އަންނަ ނާންނަ ތަނެއް ނޭނގި ދެސިކުންތުން ކަހަލަ ގޮތަކަށް ޖަހަމުންދިޔަ ފެންތިކިތަކުން ތެންމަމުންދިޔަ ޝަނާޔާގެ ކޯތާފަތް ފެނިފައި ޔާނިޢުގެ ގައިން ދިޔައީ ހީބިހި ނަގަމުންނެވެ.
އެވަގުތު ހޭނާރާ އޮތް ޝަނާޔާގެ ދިގުދިގު އެސްފިޔަތައް ތަޅުވާލުމަށް ފަހު ބަލި ގޮތަކަށް ދެލޯ ހުޅުވައިލިއެވެ.ޝަނާޔާއަށް އައިވީ ގުޅާފައި އޮތް އަތްނަގާ މޫނުމަތި ފޮހެލަމުން އޭނާއާއި ނުހަނު ގާތުގައި ހުރި ސޫރައަށް ބަލައިލެވުނެވެ.އެޒުވާނާ ހީވަނީ ރޮއިރޮއި ހަލާކުވެދާނެ ހެންނެވެ.ތިމާގެ މީހަކު މަރުވެގެންވެސް މީހަކު އެވަރަކަށް ނުރޯނެކަން ޤައިމެވެ.ޝަނާޔާއަށް ކައިރީގައި ކަޅިވެސް ޖަހާ ނުލާ އޭނާގެ ހަރަކާތްތަކަށް ބަލަހައްޓައިގެން ފާޑަކަށް ގަނޑުވެފައި އިން ޔާނިޢު ނުވެސް ފެންނަ ކަހަލައެވެ.
ޔާނިޢުގެ ހައިރާންކަން އިތުރުވީ ޝަނާޔާގެ ކުރިމަތީގައި ޔާނިޢު އިންއިރުވެސް ފެންނަކަމަށް ނުހެދި ތަނުގައި އޭނާގެ ބޯލާކޮޅުން މައްޗަށް ބަލަހައްޓައިގެން ހަމަ ބުއްދި ފިލާފައިވާ މީހަކު ފަދައިން އާގަމަވެފައި އޮތުމުންނެވެ.އަނެއްކާ ޝަނާޔާގެ ބޮލަށް ލިބުނު އަނިޔާގައި އޭނާގެ ސިކުނޑިއަށް ގެއްލުމެއް ލިބުނީކީ ނޫންބާއެވެ.ހިތަށް އެރި އެއްޗަކުން ޔާނިޢު އަވަސްވެގަތީ ނާރސަސް ކައުންޓަރަށް ދިޔުމަށެވެ.
“ނާރސް…ޝަނާޔާ ހޭ އަރައިފި…އެކަމަކު އޭނާގެ ހަރަކާތްތަކުން ހީވަނީ ކޮންމެވެސް މައްސަލައެއް އުޅޭހެން..އަވަހަށް ޑޮކްޓަރ ގެނެސްދީބަލަ”ހާސްވެފައި ހުރެ ޔާނިޢު ވާހަކަ ދެއްކިއެވެ.
“ޝަނާ…އަހަންނަށް މަޢާފުކުރޭ…މިފަހަރުވެސް އަހަންނަށް މިއާދެވުނީ މާލަހުން…ޝަނާއަށް ކަމެއް ވެއްޖިއްޔާ އަހަރެން ކިހިނެތް އުޅޭނީ..މިހިތުގަ މިހާރު ވިންދުވެސް ޖަހަމުންދަނީ ތިލޯބީގެ ބާރުން.”ޝަނާޔާއަށް ކުރެވުނުހާވެސް ކަމަކީ ޖިއާންއަށް ބަލަހައްޓައިގެން އޮތުމެވެ.ބޮޑު ފިރިހެނަކު އޭނާގެ ކުތިމަތީގައި ހުރެ ރޮމުންދާތީ އޭނާގެ ހިތަށްވަނީ އާދަޔާއި ޚިލާފު ހުސްކަމެއް ވެރިވެފައެވެ.އަނގައާއި ނޭފަތަށްވާ ގޮތަށް އަޅައިފައިއޮތް އޮކްސިޖަން މާސްކް ނަގަން މަސައްކަތް ކުރަމުން ދިޔައީ އޭނާގެ ހިތުގައި އުފެދެމުންދާ ސުވާލުތަކަށް އެޒުވާނާގެ ފަރާތުން ޖަވާބު ލިބިދާނެ ކަމަށް އޭނާގެ ހިތުން ނުސީދާ ސިގްނަލްތަކެއް ފޮނުވަމުން ދިޔައީތީއެވެ.
ޝަނާޔާ މާސްކް ނެގުމަށްފަހު ޖިއާންއާއި ސުވާލުކޮށްލަން އަނގަ ހުޅުވާލިތަނާ އައި ސީ ޔޫ ގެ ދޮރުހުޅުވާލަމުން އެތެރެއަށް ވަންނަން އައި ޑޮކްޓަރާއި ޔާނިޢު ފެނުމުން ޖިއާންއަށް މަޖުބޫރުވީ އެވަގުތަށް ޝަނާޔާގެ ލޯމަތިން ގެއްލުމަށެވެ.އެއީ އޭނާ އެތަނުގައި ޝަނާޔާގެ ކުރިމަތީގައި ހުރެއްޖެނަމަ އެމީހުންގެ ވާހަކައަށް ސަމާލުކަން ދޭން ޝަނާޔާއަށް އުނދަގޫ ވެދާނެތީއެވެ.
ޝަނާޔާގެ ލޯމަތިން ޖިއާން ގެއްލުމާއިއެކު އޭނާގެ މުޅި ހަށިގަނޑު ހީވީ ގަނޑުވިހެންނެވެ.ސިކުނޑިއަށް ބާރުކުރަންފެށީ ވަކިވަރެއް ބަލައިގެނެއް ނޫނެވެ.ބިރުންގޮސް މީހާގެ ނޭވާ ތާށިވެ ތެޅިފޮޅެން ފެށިއެވެ.ޑޮކްޓަރާއިއެކު އެތެރެއަށް ވަދެގެން އައި ޔާނިޢުއަށް އެމަންޒަރު ފެނުމުން ދުވެފައި ކަހަލަ ގޮތަކަށް އައިސް ޑޮކްޓަރާއިއެކު ޝަނާޔާ ހަމައަކަށް އަޅުވަން މަސައްކަތް ކުރިއެވެ.ޝަނާޔާގެ ހަރަކާތް ތަކުން ކަންބޮޑުވެފައިވާ ޔާނިޢުއަށް ނައްޓުވާލާފައިވާ އޮކްސިޖަން މާސްކު ފެނުމުން އޭނާގެ ހިތް އޭނާއަށް ވިސްނައިދިނީ ޝަނާޔާއަށް އެހެން އެވީ މާސްކާއި ނުލާ ނޭވާލާން އުނދަގޫ ވެގެންކަމަށެވެ.
ޝަނާޔާގެ އެ ހަރަކާތްތަކުން ކަތިލެވިގެން އެދަނީ ޖިއާންގެ ހިތެވެ.ޝަނާޔާގެ އެ ބީރަށްޓެހި ކަމުން ޖިއާން ނަގަންވީ ކޮން މާނައެއް ހެއްޔެވެ؟އޭނާ ޝަނާޔާގެ ލޯމަތިން ގެއްލުނީ ފަހަރެއްގައިވެސް ޝަނާޔާ ބިރުގަންނަވާކަށް ނޫނެވެ.އެހެން ނޫނަސް މިއީކީ ޝަނާޔާގެ ލޯމަތިން ޖިއާން އެގޮތަށް ގެއްލުނު ފުރަތަމަ ނޫނީ ދެވަނަ ފަަހަރެއްވެސްނޫނެވެ.ނަމަވެސް ޝަނާޔާ ހިފަހައްޓައި ނުލެވިގެން އުޅޭ މަންޒަރު ބަލަން ދުރުގައި ފެންކަޅި ވެފައިހުރި ޖިއާންއަށް މިވަގުތު ސިފަވަމުންދަނީ އޭނާގެ ޙަޤީގަތް އެނގުނު ރޭ ޝަނާޔާ ބިރުން ތެޅިފޮޅެމުންދިޔަ މަންޒަރެވެ.ކިތަންމެ ޝަނާާޔާ ގާތަށް ގޮސް އޭނާގެ ހިތުގެ ހޫނު ޝަނާޔާއަށް އިޙްސާސް ކުރުވަން ބޭނުންވި ކަމުގައިވިޔަސް ޙާލަތު އެކަމަށް ތަންނުދޭތީ އޭނާއަަށް ޖެހިފައި އެވަނީ ގޮތް ހުސްވެފައިވާ ހިތަކާއިގެން މަންޒަރު ބަލަން ދުރުގައި ހުންނާށެ.
ވަރަށް މަސައްކަތުން ޝަނާޔާ ހަމައަކަށް އެޅުވުނެވެ.އޭރު މުޅި މީހާ ވަނީ ވަރުބަލިވެ،ދާހިއްލާ ފޯވެފައެވެ.ޔާނިޢު ޝަނާޔާގެ ބޮލުގައި ވަރަށް ލޯބިން ފިރުމާލިއެވެ.އޭރު ޝަނާޔާގެ ދެލޯވެސް މެރެމުން ދިޔައެވެ.ނަމަވެސް ދެލޯ މެރުނުތަނާ އެޒުވާނާ ކުއްލިއަކަށް ލޯމަތިން ގެއްލުނު ގޮތް ސިފަވެގެން ދިޔުމުން އަނެއްކާވެސް ބިރުން ތެޅި ފޮޅެން ފަށައިފިއެވެ.ޔާނިޢު ޝަނާޔާއާއި ވާހަކަ ދައްކަން މަސައްކަތް ކުރަމުން ދިޔަ ވަރަކަށް ޝަނާޔާގެ ޙާލަތު ވީ އިތުރަށް ގޯހެވެ.ވާނީވެސް އެހެންތާއެވެ.ހޭ އެރީއްސުރެ އޭނާއަށް ލިބެމުން އެދަނީ ޝޮކަކަށްފަހު ޝޮކެކެވެ.ފުރަތަމަ އެ ގޮތް ނޭނގޭ ޒުވާނާއެވެ.މިހާރު ކުރިމަތީގައި އެހުރީވެސް ވަކި ކާކުކަމެއް އޭނާއަކަށް އެނގެނީއެއް ނޫނެވެ.ޝަނާޔާއަށް ލިބިފައިވާ ހައިރާންކަމުގައި އޭނާގެ ހިތުގައި އުތުރި އަރަމުން އަންނައސުވާލުތައް ކުތިމަތީގައި ހުރި އިސްކޮޅުން ދިގު ފަންއިސްތަށި ގަނޑުގެ ވެރިޔާއަށް ބަންޑުން ކޮށްލިއެވެ.”ތިއީ ކާކު؟އަހަރެން މިތަނުގައި މިއޮތީ ކީއްވެ؟މަންމަ ކޮބާ؟”.ޝަނާޔާގެ ސުވާލުތަކުން ޔާނިޢުއަށް ލިބުނު ޝޮކެއްވެސް ވަކި ކުޑައެއް ނޫނެވެ.
ޔާނިޢުއަށް ޑޮކްޓަރާއި ދިމާއަށް ބަލައިލެވުނީ އޭނާގެ ހިތުގައި އުފެދިފައި އެވާ ސުވާލުގެ ޖަވާބު ބޭނުންވާތީއެވެ.އެވަގުތު ޑޮކްޓަރ ގެ ބަހަށް ނަރުސްކުއްޖަކު އައިސް ޝަނާޔާގެ ގަޔަށް އިންޖެކްޝަނެއް ޖެހުމުން އޭނާގެ ވަރުބަލިވެފައިވާ އެސްފިޔަތަކަށް ރެސްޓެއް ލިބުނެވެ.ޝަނާޔާގެ ހަރަކާތްތަކުން އޭނާ ޔާނިޢުއާއި ވަރަށް ދުރަށް ގޮސްފައިވާކަން ޔާނިޢުއަށް އިޙްސާސް ކުރެވުނެވެ.އޭނާގެ ކުރިމަތީގައި ބަލިބަލި މޫނަކާއިއެކު ދެލޯމެރިފައި އެވަނީ ފާއިތުވި ދުވަސްތަކުގައި އޭނާއާއިއެކު އޮފީހުގައި ސަކަރާތްޖަހާ މަޖާކުރި ޝަނާޔާއެއް ނޫނެވެ.ނަމަވެސް ޑޮކްޓަރާއި އެކު ގޮސް ޑޮކްޓަރ ގެ ރޫމަށް ވަނީ ހަމަ ފަހަރުގައި އޭނާގެ ހިތުގަ އެވާ އެއްޗެއް ތެދުނުވެވެސް ހިނގައިދާނެކަމަށް ވަރަށް އުއްމީދާއި އެކުގައެވެ.
ޖިއާންގެ އަތުތެރޭގައި ޝަނާޔާ ބާއްވާލައިފައި އޮތީ ނާޒުކު ފިނިފެންމަލެއް ހެންނެވެ.ޖަހާފައިވާ އިންޖެކްޝަން ގެ ސަބަބުން ދުނިޔޭގެ ހޭވެރިކަން ނެތިފައިވާ ޝަނާޔާއަށް ކައިރީގައި އޮތް ޖިއާންގެ ހިތުގެ ތެޅުން އިޙްސާސްވާނެނަމަ ކިހާ ރަނގަޅު ހެއްޔެވެ؟އެއީ އެކްސިޑެންޓް ހިނގުމާއި ހަމައަށްވެސް އެހިތުގެ ހަމަޖެހުމެވެ.އެހިތުން ޖިއާންގެ ލޯބި ފޮހެވުމަކީ ލޯތްބަށް ކުރެވޭ ބޭއިންސާފަކަށް ނޫނީ ނުވާނެއެވެ.ޖިއާން ޝަނާޔާގެ މޫނުމަތީ ލޯބިން ބޮސްދެމުންދާއިރު ހީވަނީ ދެން އޭނާއަށް ދުވަހަކުވެސް ޝަނާޔާ ނުލިބިދާނެތީ އުޅޭހެންނެވެ.ނޫނީ ޝަނާޔާ ހަމަހޭގައި ހުރެ ޖިއާންއަށް ބަލައިވެސް ނުލާނެކަމަށް ޖިއާންއަށް ހީވަނީ ކަންނޭނގެއެވެ.އެހެން ކަމަށްވާނަމަ ޖިއާން ޝަނާޔާދެކެ ވާ ލޯބީގެ އެއްވެސް ބާރެއްނެތީ ހެއްޔެވެ؟ޖިއާންގެ މޫނުމަތީގައި ވަނީ މާޔޫސްކަމާއި އެކަނިވެރިކަމެވެ.ޝަނާޔާގެ ތުންފަތަށް ނުހަނު ލޯބިން ބޮސްދިނީ ދެމީހުން އެކުގައި ހޭދަކުރި އުފާވެރި ރޭތައް އަލުން އިޔާދަ ވުމަށް އެދެމުންނެވެ.އެތުންފަތުގެ ފޮނި ލައްޒަތު ޖިއާން ލިބިގަންނަމުން އެދަނީ އޭނާ ޝަނާޔާދެކެ އިންތިހާއަަށްވާ ސާފު ތެދުވެރި ދެގޮތެއް ނުވާ ލޯތްބަކުންނެވެ.އެންމެ ފަހަރަކުވެސް ޝަނާޔާގެ އެ ރީތި ދެލޯ ހުޅުވާލާފައި ޖިއާންގެ އެ ލޯބިވެތި ހަރަކާތްތަކަށް އިޖާބަ ދޭނެ ނަމައޭ ހިތަށް އަރާ ޖިއާންގެ ހިތް އާދޭސް ކުރަމުން ދިޔައެވެ.ސަލާން ޖަހައިގެން ޝަނާޔާގެ ލޯބި އަނބުރާ ލިބޭނެނަމަ އޭނާ އެކަންވެސް ކުރީހެވެ.ޖިއާންގެ އަތުގައި ކިތަންމެ ބާރެއްވިޔަސް މިއަދު އޭނާ އެވަނީ ލޯބީގައި ނިކަމެތިވެ ގޮތް ހުސްވެފައެވެ.އޭނާގެ ހިތުގެ ހުންގާނު ޝަނާޔާ އަތުގައި ވާއިރު، ޝަނާޔާ އެވަނީ ޖިއާންގެ ނަންވެސް އެހިތުން ފޮހެލާފައެވެ.
“ޝަނާޔާގެ ރިޕޯރޓްތަކުގައި މާބޮޑު މައްސަލައެއް ހުރިކަމަކަށް ނުފެނޭ.އެކަމަކު ބޮލަށް ލިބިފައިވާ ގެއްލުމުގެ ސަބަބުން ބޮލުގެ ނާރެއްވަނީ ވަރަށް ކުޑަކޮށް ފިތިފައި…އެހެންވެ އޭނާގެ ހަނދާނުން ބައެއް އެވަނީ ފޮހެވިފައި.އެކަމަށް ސަމާލުވެގެން ޕޭޝަންޓުގެ ސިކުނޑިއަށް މާ ބާރުބޮޑު ނުވާނެހެން އޭނައާއި މުޢާމަލާތުކުރުން އެންމެ ރަނގަޅުގޮތަކީ..”ޑޮކްޓަރ ގެ ވާހަކަ އަޑުއަހަން އިން ޔާނިޢުގެ މޫނުމަތި ބަނަވެގެންދިޔައެވެ.އެހެންވީއިރު ޝަނާޔާގެ ހަނދާނުގަ ޔާނިޢު ނެތީ ހެއްޔެވެ؟..ޔާނިޢުގެ ފައިދަށުން ހީވީ ބިންގަނޑު ދެމިގަތް ހެންނެވެ.”ޑޮކްޓަރ ޝަނާޔާގެ ފޮހެވިފައިވާ ހަނދާން ދުވަހަކުވެސް އަނބުރާ އަންނާނެތަ؟”.ޔާނިޢުގެ މާޔޫސްވެފައިވާ މޫނަށް ބަލަހައްޓައިގެން އިނދެ ޑޮކްޓަރ ވާހަކަ ދެއްކިއެވެ.”މިކަހަ ކޭސް ތަކުގައި ހަމަ ވީހާވެސްބޮޑަށް ޕޭޝަންޓްގެ ސިކުނޑި ހަމައަކަށް އެޅެން ވަގުތު ދީގެން އަވަހަށް ކުރީގެ ޙާލަތަށް ރުޖޫޢަވެފައި ހުރީ.. އެކަމަށް ނަގާނީ ކިހާ މުއްދަތެއްކަން ބުނެދޭކަށް ނޭނގޭ..ބައެއް ފަހަރު ހަފްތާއެއް ނޫނީ ދެތިންމަސްދުވަސް ވެސް ނަގައިފާނެ…ނޫނީ ދުވަހަކުވެސް އެ ހަނދާންތައް އަނބުރާ ނައިސްވެސް ހުރެދާނެ”.ޑޮކްޓަރ އޮޅުން ފިލުވައި ދެމުން ގޮނޑިން ތެދުވެގެން އައިސް ހިއްވަރުލާދިނުމުގެ ގޮތުން ޔާނިޢުގެ ކޮނޑުގައި އަތްއަޅައިލިއެވެ.
ޝަނާޔާގެ މަގަތުގައި އޮށޯވެ އޮވެގެން ޝަނާޔާގެ ބޮލުގައި ފިރުމަމުން ދިޔަ ޖިއާންގެ ދެލޯވަނީ ކަރުނުން ފޯވެފައެވެ.ޝަނާޔާގެ ލޯތްބަށް ފެން ބޮވައިގެންފައިވާ ޖިއާންގެ ހިތުގެ ޙާލު ވަރަށް ދެރައެވެ.ޑޮކްޓަރީ ބޭހަކުން އެހިތަކަށް ލުޔެއް ނުލިބޭނެއެވެ.ކޮންމެ ޙާލެއްގައި ވިޔަސް ޝަނާޔާ ވާން ޖެހޭނީ ޖިއާންގެ ޙައްޤަކަށެވެ.އެތެެރެއަށް ވަދެގެން އަންނަ ހުސްނާ ފެނުމުން ޖިއާން ޝަނާޔާގެ ބޯ އޭނާގެ އަތްދަށުން ނެގުމަށްފަހު ރީތިކޮށް ބާލީހުގައި ބާއްވާލަމުން ފެންކަޅިވެފައިވާ ރީތި ދެލޮލުން ޝަނާޔާއަށް ބަލާލުމަށްފަހު ދިޔައީ އެދެމައިންނަށް ވަގުތު ކޮޅެއް ދިނުމަށެވެ.
ާއޭގެ އަނެއްދުވަހުގެ މެންދުރުގެ ވަގުތެއްގައި ޝަނާޔާ ވޯޑަށް ޝިފްޓް ކުރެވުނެވެ.ޔާނިޢު ވަނީ ޝަނާޔާގެ ޑޮކްޓަރ ކިޔައިދީފައިވާ ހުރިހާ ވާހަކައެއް ހުސްނާއާއި ހިއްސާކޮށްފައެވެ.އެހެންވެ ހުސްނާވެސް ކެތްތެރިކަމާއިއެކު ދަރިފުޅުގެ ޙާލު ރަނގަޅުވަމުން އަންނާތީ އެޙާލަތާއި ގެން ދަރިފުޅުގެ މުސްތަޤްބަލް އުޖާލާ ކުރުމަށް އޭނާއަށް ކުރެވެން ހުރި ކަމެއް ކުރާނެއެވެ.
ޝަނާޔާ ވޯޑަށް ޝިފްޓު ކުރިފަހުން މިއީ ތިންވަނަ ދުވަހެވެ.މިއަދު މިއީ ދޫކޮށްލަންވެސް ބުނެފައިވާ ދުވަހެވެ.ޝާހިދުގެ ދެމަފިރިންނާއި ޔާނިޢުވެސް އަބަދުހެން އައިސް ތިބެނީ ޝަނާޔާ ގާތުގައެވެ.ހުސްނާވެސް ހުންނަނީ ޔާނިޢު ފަދަ އަޚްލާޤު ރަނގަޅު ކުއްޖަކު ޝަނާޔާގެ އޮފީހުގެ ވެރިޔަކަށްވެފައި، ޔާނިޢުގެ ދެލޮލުން ޝަނާޔާއަށްޓަކައި ފިޔަޖަހަމުންދާ ލޯބި ފެނި އުފަލުންނެވެ.ޝަނާޔާވެސް ޔާނިޢު އައުމުން މާ ގިނަ ވާހަކަތަކެއް ނުދެއްކިޔަސް އެއީ ޝާހިދުގެ ދަރުފުޅަށްވާތީ މަޑުމައިތިރި ހިނިތުންވުމެއް ރައްދު ކޮށްލައެވެ.ޝަނާޔާ އެވަރު ކޮށްލިޔަސް ޔާނިޢުގެ ހިތް އުފަލުން ނަށާލައެވެ.އޭނާ ޝަނާޔާގެ ދިރިއުޅުމުން ކިތަންމެ ކުޑަނަމަވެސް ޖާގައެއް ހޯދަން އެވަނީ އަތުކުރި އޮޅާލާފައެވެ.އަނެއްކޮޅުން ހުސްނާ ފަދައިން ފިރާޝާވެސް އެދެކުދިން ގުޅުވަން ވަނީ ނިޔަތްގަނެފައެވެ.
ދުރާއި ގާތުން ޝަނާޔާއަށް ފާރަލަމުންދާ ޖިއާންގެ ހިތްވަނީ މިލާފައެވެ.ލޯބީގައި ލިބުނު ނާކާމިޔާބީއިން އޭނާ އަތް އެލުވާލީކީ ނޫނެވެ.ނަމަވެސް ހިތުގައި އައު އަޒުމެއް ކަނޑަ އެޅީއެވެ.އޭނާގެ ވަފާތެރި ކަމަށް ތަޤްދީރު އެވަނީ އޭނައަށް ކެހިދީފައެވެ.ދެން ކުރީގެ މަޑުމައިތިރި އޯގާތެރި ޝަނާޔާއަށްޓަކައި މަރުވާންވެސް ތައްޔާރަށް ހުރި ޖިއާންއަކަށް ޝަނާޔާގެ ހިތެއް ކާމިޔާބެއް ނުކުރެވޭނެއެވެ.އެހެނެއްކަމަކު ޖިއާން ޝަނާޔާ ދޫކޮށެއް ނުލާނެއެވެ.އެ ހަށިގަނޑުގައި އެހެން މީހަކު ބީހުނަކަވެސް ނުދޭނެއެވެ.ލޯބިން ނޫނީ ގަދަކަމުންވިޔަސް ޖިއާންގެ މީހަކަށް ޝަނާޔާ ހަދާނެއެވެ.ޖިއާން ޝަނާޔާގެ ލޯބިން ދީވާނާ ވެފައިއެވަނީ އެއްވެސް މަޖުބޫރަކާއިނުލާ ޖިއާންގެ ޙަޤީގަތް އެނގިހުރެ ޝަނާޔާ އެލޯބި ޤަބޫލުކޮށް އެ ހިތުގެ އެކަނިވެރިކަން ފިލުވައިދިނީތީއެވެ.ޝަނާޔާގެ ހިތަށް ކުރިއަށްއޮތް ތަނުގައި ޖިއާންއަށް ބާރު ފޯރުވުނަސް ނުފޯރުވުނަސް އެހަށިގަނޑަކީ ޖިއާންގެ ހައްޤަކަށް ހަދާނެއެވެ.ހިތާމައާއި ރުޅިން ރަތްވެފައިވާ ޖިއާންގެ ލޮލުން ލޭކަރުނަ އޮހޮރަމުން އެދަނީ އިންސާނަކަށް އޭނާގެ ހިތް ހަދިޔާ ކުރެވުމުން އެހިތަށް ލިބެމުންދާ ވޭނުންނެވެ.އިންތިހާއަށް ލޯބިވެވުމުން އޭގެ ބަދަލު އޭނާއަށް ލިބިފައި އެވަނީ ކަރުނައިގެ ސިފައިގައެވެ.އެއްވެސް ޙައްޤުން ކަމަކާއިނުލައެވެ.ޖިއާން ކަރުނަތައް ފޮހެލީ ދެން އިތުރަށް ޝަނާޔާގެ ލޯތްބަށްޓަކައި ރޯން ބޭނުން ނުވާތީއެވެ.އިރެއްގައި ޝަނާޔާގެ ހިތް ކަތިލާފަދަ ޖާދޫއެއްލިބިގެންވި ޖިއާން ލޮލުގައި ވަނީ ބަނަކަމާއި ނަފްރަތުން އެކުވެފައިވާ ބިރުވެރި ކަމެކެވެ.
ޝަނާޔާ ގެއަށް ދޫކޮށްލެވުނުތާ ދެދުވަސް ފަހުން އޮފީހަށް ނިކުތެވެ.ޔާނިޢުގެ އަމުރަށް ހުރިހާ މުވައްޒަފުންވެސް ޝަނާޔާގެ ހިތުގައި ސުވާލު އުފެދިދާނެ ކަމެއް ނުކުރެވޭތޯ ބަލައެވެ.އޭނާ އޮފީހަށް ނިކުތީ އެޑްމިން އޮފިސަރެއްގެ ގޮތުގައެވެ.އެއީ ޝަނާޔާގެ ހަނދާން ހުރި ހިސާބުވެސްމެއެވެ.އެހެންކަމުން ޔާނިޢުގެ އެސިސްޓެންޓަށް ވަގުތުން ބަދަލު ކޮށްފިނަމަ އޭނާގެ ހިތާއި ސިކުނޑި ރިއެކްޓް ކޮށްފާނެ ގޮތަކާއި ދޭތެރޭ ވިސްނާ ޔާނިޢު ބޭނުންވީ އެކަމަށް ދެހަފްތާވަރު ލަސްކޮށްލާށެވެ.ޝަނާޔާ ފެންނަ ފަށުގައި ބައިންދަން ކިތަންމެ ބޭނުންވިޔަސް ޔާނިޢުއަށް ޝަނާޔާގެ ޞިއްޙަތަށްވުރެ މުހިންމު އެއްކަމެއްވެސް ނެތެވެ.އޭނާ އެހާވެސް ޝަނާޔާދެކެ ލޯބިވެއެވެ.މިއޮއް ހުރިހާ ދުވަހު އެލޯތްބަށް އިންތިޒާރު ކުރި ފަދައިން ދެންވެސް އިންތިޒާރު ކުރާނެއެވެ.ނަމަވެސް ތަފާތަކީ ކުރިން ޝަނާޔާދެކެވީ ލޯބި ހިތުގައި ފޮރުވައިގެން ހިތްހަމަ ޖައްސަމުން އައިކަމުގައި ވިޔަސް ދެން ޔާނިޢުގެ އަޒުމަކަށްވާނީ އެ ލޯބި ޙާސިލް ކުރުމެވެ.އެވެސް ލޯބިން ޝަނާޔާގެ ރުހުން ހޯދައިގެންނެވެެ.
**ނުނިމޭ**
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
49 Comments!
Comments are closed.





Wow!! V salhi…
Thanx kittiy???
Awesome.. vvvvv reethi
Thanx Navii???
Vvvv reethi story…..
Thanx lily???
Alhe yaaniu ah libeyne nama dhw … V v v v reethi mi part ves… Waiting waiting next part ???
Thanx Naju ???
V salhi ..
Thanx Shaa???
Nice….When next part noor…
Thanx Sidhu???hopefully sunday night
Beautiful ? waiting for the next part ?
Thanx Aisha ???
Wat a beautiful story. Next part avahah up kohlaa dear
Thanx Sheryn???
vv reethi
Thanx Maree???
Jiaan akah neygeytha shanaa he memory loss vi kameh????
Thanx TCgirl…ehen dhw heevany..???
Marvellous. Varah reethi mi part when next??
Thanks nonns…hopefully sunday night..???
V touching mi part..n v v reethi.. Keep it up noor??
Thanx ithoo..???
v reethi mi part…
Thanx remoo,,???
Beautiful story, love it??????????
Thanx Eeny..???
Nice story
Thanx Zee,,???
Kobaa jiaan anehkaa shanaya moyakohnulaanebaa… kihineh baa vaan miulheny v v v reeti shanaya e demeehunge gulhun hadaan neti yaaniu aa gulhihje nama eyna yaaniu maraalane noony shanaya moyakohlaane . Neyge shanaya govaigen e meehunge duniyeah daanee noon kkameh ves .what ever …. so interesting…. next part avahah kiyaalan libeyne doa noor ?????
Avahah up kureveytho try kuraanan..thanx dear.???
Story is v nice. Gavaaidhun up kuranya v happy. Story medhukandaa nulahchey ingey. And I don’t think story a pic a gulhey heneh. Kudakoh biruveri koh dho hunnan vaany. Anyways it’s juzt a suggestion ingey. ??❤️❤️
Thanx Yallu..???.n ur suggestion is noted..?
v nice mi partvess yaniu n shanaayaa gulhuvaba insiakaa jinni eh kihineh ulheyny dhw…. ?????waiting 4 the next part
Thanx nux,???
Actually twilight aah vahtharu gotheh eba huri mi story ga
Anyways reethi ☺
Thanx Sweet handi,,???
outstanding… dhen e jiaan maraalan v.. eyna akah neynge dho shanaa ge memory loose vi kameh… btw waiting for the next part…
Thanx Chum handi..???
Varah reethi mivaahaka kon irakunbaa next part kiyaalan libeynee
Thanx Shai..???.hopefully tomorrow night
Heart beat ah vaagoi bunedheyn ves neyngey…ehaa vesbreethi..keep it up ? ?
Awhhh thanx ticktock..???
V salhi..Nxt prt kiya hithun mi hunnany.????
Thanx luhan,,???
v salhi.. dhean shanaaya nulibeynetha jian aka??? ?????
Thanx dear…May b …may not b
Shanaayaa aa Jian aa gulhuneema maa reethi vaane.. Ekm vx Dhn vaane gotheh Neynge ehnu.. Nice Dhn keep it up???