Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ޝައިން (ޕާޓް-22)

shaai Level 110 Stories
May 8, 2017 2 Mins Read
18 Comments

އަވަސްއަރުވާލައިފައި ގެއިން ނިކުންނަންދިޔަ ޝިބާން ސިހުނީ އޭނާގެ އަތުގެ މުލައްދަޑީގައި މީހަކު ހިފައިލުމުންނެވެ. ސިހިފައި ފަހަތްބަލާލުމާއެކުހެން، އެތައްއިރެއްވަންދެން އެ ލޮލުގައިފޮރުވައިފައިވާ ކަރުނަތައް އޭގެ މަގާމުދޫކޮށް ކޯތާފަތުމަތިން އޮހިގަތެވެ. މިވަގުތުމީ އުފާވާންވީ ވަގުތުކަމެއް ނޫނީ ދެރަވާންވީ ވަގުތުކަން ނޭގިހުރެ ޝިބާން ބޭއިހްތިޔާރުގައި އެއްފަހަރު ރޮމުން އަނެއްފަހަރު ހެމުން ގެންދެވުނެވެ.
ޝައިން އެހާބޮޑު އޮޅުވާލުމެއް އޮޅުވާލައި އަނިޔާދިންއިރު އަނެއްކޮޅުން 8މަސް ފަހުން ބައްޕަގެ ބަލިރަނގަޅު ވުމުގެ އަލާމާތެއް ފެނުނީއެވެ. މަޑުމަޑުން ގުދުވެ ބައްޕަގެ މޫނާއި މޫނު ޖެހޭހިސާބައް ގުދުވެލަމުން އެ މޫނުގައި ފިރުމައިލީ އޯގާތެރި ކަމާއެކުއެވެ. ފަރީދުގެ އަތުގެ އިސާރާތުން ކޮޓަރިއަށް ގެންގޮސްދިނުމަށް އެދުނެވެ. ބައްޕަ ކުރަންއުޅޭކަމެއް ނޭނގިހުރެ ބުނިހާކަމެއް ކުރަމުން ގެންދިޔައީ ޗާބިދީފައިވާ ބުދެއްފަދައިންނެވެ. ކޮޓަރިއަށް ގެންދިއުމައްފަހު ބައްޕަގެ ފުރުޅުލީގޮޑިއާ އެއްވަރަށް ކޮޅުކަކޫޖަހައި ބައްޕަގެ އުގުގައި ބޯއަޅައިލިއެވެ.
” ބައްޕާ.. އަހަރެންނަށް މާފްކުރޭ.. އެންމެ ފުރަތަމަ ދުވަހުވެސް ބައްޕަ ބުނިގޮތަށް ކަންތައްކުރެވުނުނަމަ މިއަދު މިއަނިޔާ ނުލިބުނީސް… ޝައިން ނާސިއަކައްވީތީ އޭނާއަށް ރަނގަޅު ދިރިއުޅުމެއް ހޯދައިދިނުން އެއީ ކުށެއްތަ؟ ނޫނީ އޭނަދެކެ ލޯބިވުން އެއީ ކުށެއްތަ؟ ބުނެބަލަ ބައްޕާ… ދެން އަހަރެން ކިހިނެތް ހަދާނީ.. މިއޮއްހާދުވަހު އަހަރެން އަނބުރާ ނާންނަންހުރީ އިޒާން ބުނިކަންތައް ހަގީގަތަކަށްވެ އެކަން ގަބޫލުކުރަން ބޭނުން ނުވީތީ.. އެކަމަކު އަހަރެންނަށް ކެތްނުއެ އެކަންތައް ދޮގުކުރަން އައި އިރު ޝައިން… ބައްޕާ އަދިވެސް އަހަރެން ޝައިންދެކެ ލޯބިވޭ.. ވަރަށް ލޯބިވޭ.. އެކަމަކު އޭނަ ލޯބި ނުވާތީއެއްނު ޢެހެން މީހުން ގާތަށް ދާނީ… އަހަރެންގެ ގޭގައި، އަހަރެންގެ ކޮޓަރީގައި، އަހަރެންގެ އެނދުގައި އެހެންމީހެއްގެ އަރާމުގެ ހިއްސާއަކަށް ވަމުންދިޔައިރު އެ ހިތަށް ކުޑަވެސް އެއްޗެއް ނާރާތަ؟ އަހަރެންގެ ހުވަފެނީ ރީރި ގަނޑުވަރު ފުޑުފުޑުކޮށް މުޑުދާރުން ފުރިގެންވާ ކިއްލާއެއް ޝައިން އެޅީ ކީއްވެ؟ އެންމެ ބޮޑުކަމަކަށް އެހެން މީހެއްގެ ނިޝާނެއް ބަޑުގައިލާގެން އެއުޅެނީ އަހަރެންގެ އަތްބެއްގެ ގޮތުގައި އިނދެގެން.. ކީއްވެ ބައްޕާ.. ކީއްވެ.. ”
ޝިބާންގެ ބަޑިފަޅައިގެންގޮސް މުޅިކޮޓަރިއަށް އެ އަޑުފެތުރިގެންދިޔައެވެ. އެއަޑުން މުޅި ކޮޓަރިވެސް އެކީއެކައްޗަށް ގުގުމަ ގުގުމާހުއްޓެވެ. ފަރީދު އަމިއްލަ ދަރިފުޅުގެ ބޮލުގައި ފިރުމާލުމައްފަހު އެއްޗެއްބުނަން އަނގަ ހުޅުވާލިނަމަވެސް އެކަން ކާމިޔާބުވާގޮތެއް ނުވިއެވެ. ޡުހުރާގެ އަދުން މުޅިތަން ގުގުމަމުން ދިޔައެވެ.
” ޝައިން ދަރިފުޅު ލޯހުޅުވައިލަބަލަ.. ހެޔޮނުވާނެ.. މީހެކޭ އަހަރެންނަށް އެހީވެދީ.. ޝައިން ހޮސްޕިޓަލް އަށް ގެންގޮސްދީ.. ” ޒުހުރާ ރޮމުން ހަޅެއްލަވަމުން ގެންދިޔައެވެ. ޝިބާން ދުވެފައިކަހަލަ ގޮތަކަށް ނިކުތްއިރު އަމްރު ޝައިން އަތްދަނޑި މައްޗަށް ލައިގެން ގެންދަނީއެވެ. ކިތަންމެ ދާންބޭނުންވި ނަމަވެސް މިހާރު އެ ސޫރަ ދެކެ ޝިބާން ނަފަރަތުކުރެއެވެ. އެބުރިއައިސް ކޮޓަރީ ދޮރުލެއްޕުމައްފަހު ބައްޕަގެ ގާތު އިށިންދެލިއެވެ.
” ދަރިފުޅާ.. ” ފަރީދު ބަލި އަޑަކުން ގޮވާލިއެވެ. ޝިބާން ސިހިފައި ބޯ ހިއްލާލިއެވެ. ދެލޯބޮޑުކޮއްގެން ބައްޕަގެ މޫނަށްބަލަން ހުރީ އަދިއެއްފަހަރު ގޮވާލަ ބަލާށޭ ބުނާ އުސޫލުންނެވެ.
” ދަރިފުޅާ ބައްޕަ އަށް މާފްކުރޭ.. މިއޮއްހާދުވަހު ހުރިހާކަމެއް ސިއްރު ކުރެވުނީތީ.. އެކަމަކު ބޭރުގައިހުރެ ރަނގަޅުވި ވާހަކަ ބުނަންބޭނުން ނުވީވެސް ބޮޑު ސަބަބެއް އޮތީމަ.. ބައްޕައަށް ހަމައެކަނި ނުހިނގޭކަން އެކަނި.. އެހެން އެއްވެސް ކަމެއް ނުވޭ.. ޑޮކްޓަރ ދަރިފުޅަށް ދޮގުހެދީ ބައްޕަ ބުނެގެން.. ރަނގަޅުވޭތޯ އަނބުރާ މާލެ އައުމަށް އިރުޝަދު ދިނީވެސް ބައްޕަ ބުނެގެން.. އެއީ ބައްޕަ ބޭނުންވީ މިތަނަށް އައިސް ހަގީގަތް ކިޔައިދޭން.. ނަމަވެސް އެއްގޮތަކައްވެސް ހިޔެއްނުކުރަން މިހާ ކަންތައް ގޯސްވެފަ އޮންނާނެއެކޭ.. ދަރިފުޅު ބައްޕަ ކިޔާއެއްޗެހި ރަނގަޅަށް އަޑުއަހާތި.. ރުޅިމަޑުކޮށް ބުއްދީގެ ބޭނުން ކޮށްގެން ކުރިޔަށް ދާނީ.. އަޑުއަހާ… މި ކިޔާދެނީ ހުރިހާ ހަގޭގަތެއް… ” ފަރީދު ފުން ނޭވާއެއް ފަޒާތެރެއަށް ދޫކޮއްލިއެވެ..
*ނުނިމޭ*

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

shaai

Level 110 Stories

Other Articles

Previous

މާހާ 4

Next

އިންތިޒާރެއް މަ ނުކުރާނަމޭ (9)

Next
May 8, 2017

އިންތިޒާރެއް މަ ނުކުރާނަމޭ (9)

Previews
May 8, 2017

މާހާ 4

18 Comments!

  1. kiyaa says:
    May 8, 2017 at 8:31 pm

    haadha kurey,,,,

  2. Addu manje says:
    May 8, 2017 at 8:37 pm

    Alhe haadhakurey.. but story hama varah reethi.. dhen oii baii dhigu koh genesdheyne kamah ummeedhu kuran.. 🙂

  3. naju says:
    May 8, 2017 at 8:38 pm

    haadha kurey…….

  4. Luju says:
    May 8, 2017 at 8:47 pm

    Shaai thankolheh dhigu koh genes dhyba ingey waiting fr the next part❤

  5. AKI says:
    May 8, 2017 at 8:52 pm

    alhey shaai dhooni haadha kurukoh thi up kohla dhenee… ehen nuhadhaa haadha kiyaahithun ney mihiree

  6. Muju says:
    May 8, 2017 at 9:01 pm

    Haadha kurey.. dhen upkohdhin kan onnaanethaa.. bt miah vure dhigukoh genes dhinnama ehnu..

  7. Manje says:
    May 8, 2017 at 9:02 pm

    maaikalaako mi huttaalan feney . alhe fahe mee jehsumeh tha kuraa. dhen mihen bunyma ma haa nubae myhaku nuhunnaane .enmen eky mashaa dhimaa ah heyrigahnnaane . sahaadeh mikury saabas mi story liyaa kuhjjakah .thiyaa miadhu upkuri 3 part ekkohlaaha kiriaa 1 part hamavaany . istiufaa dheyn feney.???

  8. Maly says:
    May 8, 2017 at 9:04 pm

    Ehn part thakah vure mi part kuru.. next part dhigukohladheyne kamah unmeedhu kuran..

  9. nonns says:
    May 8, 2017 at 9:06 pm

    Stry v reethi. Ekam haadha kurey. Maadhan up kohdheynan dhw.

  10. haja says:
    May 8, 2017 at 9:07 pm

    Vaahaka varah reethi ekamaku digukon genesd nudey they derayee!

  11. Sanu says:
    May 8, 2017 at 9:09 pm

    Plx miahvure dhigu kohla dhybar. Mee haadha kiyaa hithun alhugandu kee vaahaka a kay. Vvvv reethi mi vaahaka. Plx then parteh dhigu kohla dhayh chay

  12. Kamana says:
    May 8, 2017 at 9:20 pm

    Meeden meehun vaahaka liyaagoetha. Kurukamun foohi.

  13. Nash says:
    May 8, 2017 at 9:52 pm

    Pis pis haadha ey dho dhigu kohfa mi othy

  14. Reader says:
    May 8, 2017 at 10:28 pm

    Hurihaa readers kurey kiyaa iru ,kiyuntheringe ihsaas thakah ihthiraam kurun.eden. thi writer ah vx balaalima engigendaane ehn writersge vaahakaige dhigumen. Ummudhu kuran rangalhu kuraane kamah. Vaahaka nice

  15. Meemi says:
    May 8, 2017 at 10:54 pm

    Vrh reethi. Ekam maa kury. mirey adhi 1 part genes dhy.

  16. Enaash says:
    May 9, 2017 at 1:28 am

    Konme part aku 2 akuru liyefa mi onnany meedhen bodu varu… liyan nukerenyaa huhtaalan feney

  17. ... says:
    May 9, 2017 at 1:39 am

    dhen hama knme meehaku vaahaka huttaalan feneyey nukiyaa foohivaa meehaku thibiyyaa nukiyabala.. aan ehenyaa fahe meehaku eba majubooru kureytha kiyan.. mashah owkey kuras vaahaka kiyaalan libenikoh.. keep it up..

  18. anm says:
    May 9, 2017 at 9:28 am

    Haadha kurey. Ehaa dhuvas kohfa genes dhey iruves dhigukoh nuleveynetha

Comments are closed.

Next Episodeޝައިން (ޕާޓް-23)←


All Right Reserved!