Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

ލޯބިވެވުމުން………10

Noor💙 Level 710 Stories100 Comments100 Login500 Comments
May 7, 2017 6 Mins Read
67 Comments

ކުޑައިރުއްސުރެ ބޭނުންވި ހުރިހާކަމެއް ދުލުން ބޭރުކުރުމަކާއިނުލާ ފުދިފައިވި ޔާނިޢު އޭނާގެ ހިތުގެ އެދުން އަދި އަމުދުން ދޫކޮށްލާނެ ހެއްޔެވެ؟ފުރަތަމަ ބީހިލުމުން އެ ހިތާއި ކުޅެލި އަންހެން ކުއްޖާ ޙާޞިލް ކުރުމަށް އޭނާ ކޮންމެފަދަ ކަމެއްވެސް ކުރާނެއެވެ.

ހިތުގައި އެވާ އެދުން ކާމިޔާބުކުރުމަށް އެންމެ ސިކުންތެއްވެސް ލަސްކުރަން ބޭނުން ނުވާތީ ޔާނިޢު އަވަސްވެގަތީ ބައްޕަގެ ކެބިން އަށް ދިޔުމަށެވެ.ކުޑަކޮށް ގޮނޑި ދަމާލުމަށްފަހު ގޮނޑީގައި އިށީންނަމުން ޔާނިޢު ވާހަކަ ދެއްކިއެވެ.”ބައްޕާ!އަޅުގަނޑަށް ހީވަނީ އާކުއްޖަކަށްވުރެ އޮފީހުން ރަނގަޅު މުވައްޒަފަކު އެސިސްޓެންޓުގެ މަޤާމަށް ބަދަލު ކުރިއްޔާ މާ ރަނގަޅުވާނެހެން..އެއީ އާކުއްޖަކު އެ މަޤާމަށް ހަމަޖައްސައިފިއްޔާ މަސައްކަތަށް ހޭނެންވެސް ދުވަސްނަގާނެތީ”.ހުށިޔާރު ކަމާއިއެކު ބައްޕައާއި އޭނާގެ ޚިޔާލު ހިއްސާކުރިއިރު، އެ ބައްޕައަށްވަނީ ދަރިފުޅު ބޭނުންވެގެން އުޅޭ ކަންތައް އިއްޔެ ލޮލަށް ފެނުނު މަންޒަރުންވެސް ކުޑަގޮތަކަށް ފަހުމް ވެފައެވެ.މަގޭ ދަރިފުޅު ހަމަ ރަނގަޅަށްވެސް ބޮޑުވީތާއެވެ.މާސިރިއަސްގޮތް މޫނުމަތިން ދައްކައިގެން ދަރިފުޅުގެ ވާހަކައަށް ސަމާލުކަން ދީގެން އިން ޝާހިދު ހިތާހިތުން އުފާ ކުރަމުންދިޔައީ އޭނާގެ ޒަމާނަށް ލޯބިކުރާ ބޯހަރު ދަރިފުޅަށް ޝަނާޔާފަދަ ރަނގަޅު ކުއްޖަކު ކަމުދިޔަ ކަމުގެ ފެހި ސިގްނަލްތައް ލިބެމުން ދާތީއެވެ.ދަރިފުޅު ދިރިއުޅުގެ މައިދާނަށް ނިކުމެ ނުބައި ގޯޅިއަށް އަޅާފާނެތީ ދުރާލާ ވިސްނަމުންދިޔަ ޝާހިދުގެ ހިތަށް ހަމަޖެހުން ލިބިގެން ދިޔައެވެ.އެހެނީ އެކުގައި ވާ ބައިވެރިޔަކީ އަޚްލާޤު ރަނގަޅު ބައިވެރިއެއްނަމަ ޙަޔާތުގެ ނައު ސާބިތުކަމާއިއެކު އޭގެ މަންޒިލަށް ވާސިލްވުމަށް އެއްވެސް ހުރަހެއް ނޯންނާނެތީއެވެ.އެހެންވެ ދަރިފުޅަށް އެންމެ ރަނގަޅުހެން ހީވާ ސްޓާފަކު ދަރިފުޅުގެ އެސިސްޓެންޓަކަށް ހަމަޖެއްސުމަކުން ބައްޕައަށް މައްސަލައެއް ނެތޭ ބުނެލީ ދަރިފުޅުގެ އިޙްސާސްތަކަށް ޤަދަރު ކުރަމުންނެވެ.

“ނާޔާ..ޔާނިޢު ސަރ ގެ ކެބިންއަށް ދުރުވާށޯ”.ސިޓީއެއް ޓައިޕްކުރަން އިން ޝަނާޔާއަށް އައިމަންގެ އަޑު އިވުމުން ފަހަތަށް ބަލާލުމަށްފަހު ކީއްކުރަންތޯ ސުވާލުކޮށްލިއެވެ.އައިމަންވެސް ނޭނގެއޭ ބުނާފަދަ ގޮތަކަށް ދެކޮނޑު އަރުވާލުމަށްފަހު ކައުންޓަރާއި ދިމާއަށް މިސްރާބު ޖެހިއެވެ.ލިޔަންއިން ސިޓީ ސޭވް ކޮށްލުމަށްފަހު ޝަނާޔާވެސްް އަވަސް ހިނގުމެއްގައި ގޮސް ޔާނިޢުގެ ކެބިންގެ ދޮރުގައި ޓަކި ޖަހާލުމަށްފަހު މަޑުމަޑުން ދޮރު ހުޅުވާލަމުން އެތެރެ ބަލައިލިއެވެ.ކޮމްޕިއުޓަރ ކައިރީގައި އިން ޔާނިޢުއަށް ޝަނާޔާ ފެނުމުން “ކަމް އިން”އޭ ބުނެލިއެވެ.

ޝަނާޔާ އެތެރެއަށް ވަދެގެން މަޑު ހިނގުމެއްގައި ގޮސް ޔާނިޢުގެ ކުރިމަތީ ކަހަލަ ގޮތަކަށް ތަންކޮޅެއް ދުރުގައި ހުއްޓިލިއެވެ.އެވަގުތު މޭޒު ކައިރީ އިން ގޮނޑިއަށް އަތުން އިޝާރާތް ކުރަމުން އިށީނުމަށް ބުންޏެވެ.ވާން މިއުޅެނީ ކީއްކަމެއް ނޭނގިފައި ހުރި ޝަނާޔާ ގޮސް ގޮނޑީގައި އިށީނުމަށްފަހު ދެއަތް ދެއަތަށް މޮޑެން ފެށިއެވެ.

ޔާނިޢުއަށް ކަޅި ޖަހާވެސް ނުލާ ޝަނާޔާއަށް ބެލެމުންދާކަން އިޙުސާސްވީ ޝަނާޔާގެ އެ ރީތި ދޮންދޮން މޫަނަށް އަރަމުންދިޔަ ޖަންބު ކުލަ ފެނުމުންނެވެ.އެވަގުތު ނުވާކަމަކަށް ހަދާލާފައި ކޮމްޕިއުޓަރަށް ނަޒަރު ހުސްކޮށްލަމުން ވާހަކަ ދެއްކިއެވެ.”މާދަމާއިން ފެށިގެން ޝަނާޔާގެ ވަޒީފާ ވަނީ އަހަރެންގެ އެސިސްޓެންޓަށް ބަދަލު ކުރެވިފަ.”އިސްޖަހައިލައިގެން އިން ޝަނާޔާއަށް ދެލޯ ބޮޑުކޮށްލާ ޔާނިޢުއަށް ބަލައިލެވުނެވެ.ޔާނިޢު ބުނި އެއްޗެއް އަޑު އެހުމުގައި އޭނާގެ ކަންފަތް ކެހިދިނީކަމަށް ހީކުރެވިގެންނެވެ.ނަމަވެސް ޝަނާޔާއަށް ވުރެ ޔާނިޢުގެ ޙާލު ބޮޑެވެ.ގައިގައި ނެތްހިއްވަރު ލައިގެން ޝަނާޔާއަށް ނުބަލަންކަމަށް އިނދެ މޭޒުމަތީގައިހުރި ކަރުދާސްތައް ހާވަމުން ދިޔައީ އެއްޗެއް ގެެއްލިގެން އުޅޭ މީހަކު ފަދައިންނެވެ.ޝަނާޔާ ދުށުމަށް އޭނާގެ ދެލޯ ދެވިހިފާފައިވާ ވަރު ޝަނާޔާއަށް އެނގިދާނެތީއެވެ.އެއީ އޭނާފަދަ ހުރިހާ ގޮތަކުންވެސް ބާރުގަދަ މީހަކު ވަކި ލޯބީގައޭ ކިޔާފައި ނިކަމެތި އަންހެން ކުއްޖެއްގެ ކިބައިން ލޯތްބަށް އެދި އެހާއަވަހަށް ދެރަ ޤަބޫލުކޮށް ސަލާން ޖަހަން ބޭނުން ނުވާތީއެވެ.ކިތަންމެ ޝަނާޔާ އޭނާގެ މިލްކަކަށް ހަދަން ބޭނުންވިޔަސް، އޭނާ ދެކޭގޮތުގައި ޔާނިޢުގެ ލޯތްބަށް އެދި އާދޭސްކުރަން ޖެހޭނީ ޝަނާޔާއެވެ.އެއީ އެންމެ ކުޑައިރުން ފެށިގެން މިހާތަނަށްވެސް އޭނައަށް އާދަވެފައި ހުރި ގޮތްވެސްމެއެވެ.އެއްކޮޅުން ޝަނާޔާއަކީ ޔާނިޢުގެ މިލްކިއްޔާތަކަށް ހަދަން މުދާ ގަނޑަކަށް ނުވާއިރު، ޝަނާޔާގެ ހިތްވެސް މިހާރުވަނީ ޖިއާން ގެ ގައިދުގައެވެ.ވީއިރު ޔާނިޢު ކިތަންމެ ވަރަކަށް ހިޔާލީފޮލާ ކެއްކިއަކަސް ދުވަހަކުވެސް ޔާނިޢުގެ ލޯތްބަށް އެދި ހުވަފެނަކުން ވިޔަސް ޝަނާޔާ ސަލާން ޖަހާނެ ހެއްޔެވެ؟ފަހަރުގައި ޔާނިޢުގެ ހިތުގައި ޝަނާޔާއަށްޓަކައި އެވަނީ ސާފު ތެދުވެރި ލޯބި ކަމުގައިވެސް ވެދާނެއެވެ.އެހެނެއްކަމަކު އެއީ ޝަނާޔާ ޖިއާންދެކެ ވާ ލޯބީގެ ކުޑަ މިންވަރަކަށް ނޫނީ ނުވާނެއެވެ.

“އެކަމަކު………………..”ޝަނާޔާގެ ދުލުގައި އޮތް ބަސް ހުއްޓުނީ ޔާނިޢު އަނެއްކާވެސް ވާހަކަ ދައްކަން ފެށުމުންނެވެ.،”ޝަނާޔާ މިގެނައީ ފަހަރެއްގައިވެސް މިކަމުގައި ޝަނާޔާގެ ޚިޔާލު ހޯދާކަށް ނޫން.އެކަމަކު ޝަނާޔާގެ ވަޒީފާއަށް ގެނެވުނު ބަދަލު ރަސްމީކޮށް އަންގައި،ލިޔުމުން ޙަވާލުކުރަން..މިއޮތީ އެއްބަސްވުން..ސޮއިކޮށްފަ ދިޔަޔަސް އެންމެ ރަނގަޅު”.ކުއްލިއަކަށް އެހާބޮޑު ނިންމުމެއް ނިންމަންވީ ސަބަބެއް ޝަނާޔާއަކަށް ނުވިސްނުނެވެ.އޮފީހުގެ މުވައްޒަފަކު އެ މަޤާމަށް ބަދަލުކުރިއަސް އޭނާއަށްވުރެ މާ އެކަށޭނަ މުވައްޒަފުންވެސް އެބަ ތިއްބެވެ.ވީއިރު އޭނާ ކީއްވެ ހެއްޔެވެ؟އަސްލު ހަޤީގަތުގައި ޝާނާޔާގެ ހިތުގައި އިތުރު ލޯތްބަކަށް ޖާގަވެސް ނެތީއެވެ.އެހެން ނޫންނަމަ ޔާނިޢު ޝަނާޔާއާއި ގާތްވެވޭނެހާ ގޮތް ގޮތަށް މަގު ކޮށަމުން އެދަނީ ކީއްވެގެންކަން ދެނެގަތުމަށް ގޫގަލް ސާރޗް ކުރާކަށް ޝަނާޔާއަކަށް ނުޖެހުނީހެވެ.

ޝަނާޔާ ވަޒީފާގެ އެއްބަސް ވުމުގައި ސޮއިކުރުމަށްފަހު ޗާބީ ދީފައި ހުރި ބުދެއް ފަދައިން ކެބިން އިން ނިކުމެގެން ދިޔައިރު އޭނާގެ ދިރިއުޅުމަށް އެނިންމުމުގެ ސަބަބުން މާދަމާ ކުރިމަތިވެދާނެ ތޫފާނަކަށް ހަމަ ކުޑަކޮށްވެސް ވިސްނާ ނުލީ ހެއްޔެވެ،؟ނޫނީ ފަޅި ސިކުންތަކަށް ވިޔަސް އޭނާއަށް އަމިއްލަ އިޚްތިޔާރުން ބޭރުވެވުނީ ހެއްޔެވެ؟

ނިޢުމާއަށް ޔާނިޢުގެ ކެބިން އިން ނިކުމެގެން އައި ޝަނާޔާ ފެނުމުން ވަރަށް ހާސްވެލާފައި އައިސް އަނެއްކާ ކަމެއް ގޯސްވީހޭ ކިޔާ ސުވާލުކޮށްލިއެވެ.އެވަގުތު ޝަނާޔާ އޭނާގެ އަތުގައި އޮތް އެއްބަސްވުން ދައްކާލިއިރު އޭނާގެ މޫނުމަތިން އެއްވެސް އަސަރެއް ފައުޅުވާކަށް ނެތެވެ.އެއްބަސްވުން ފެނި ނިޢުމާވެސް ހުރީ ތަލިން ކުޅު ހިކިފައެވެ.

ޔާނިޢު އޮފީހާއި ޙަވާލު ވީފަހުން އެމީހުންގެ ހިތުގެ ހަމަޖެހުން ވަނީ ގެއްލިފައެވެ.މިހާރު ޝަނާޔާވެސް އެމީހުންނާއި އެ ވަކި ކުރީއެވެ.ދެން އެމީހުންނަށް ރަސްމީ ގަޑީގައި ޝަނާޔާގެ މޫނުވެސް ފެންނާނީ ޔާނިޢުގެ ހުއްދަ ލިބިގެން ކަންނޭނގެއެވެ.”ހަމަ ހުވާ މިބުނީ. ބޮޑު އުނދަގުލެއް ކަހަލަ މީހެއް…ތިމީހަކު ބޮސްގެ ދަރިއަކަށް ނުވިނަމައޭ މަ ހިތަށްއަރާ”.ދެބުމަ ގޮށް ޖަހައިގެން ހުރެ ނިޢުމާ ކުދިކިޔަމުން ދިޔައެވެ.

ކުރަންފަށާފައި ހުރި މަސައްކަތްތައް ނިންމާލުމަށްފަހު ޝާނާޔާ މޭޒުމަތި ތަރުތީބު ކޮށްލީ އޭނާ ފުރަތަމަ އޮފީހަށް އައި ދުވަހުން ފެށިގެން މިއަދާއި ހަމައަށް ކުރަމުން އައި މަސައްކަތްތަކަށް އަލްވަދާޢު ކިޔަމުންނެވެ. މާދަމާއިން ފެށިގެން އޭނާ އިންނަން ޖެހޭނީ ޔާނިޢުގެ ކެބިންގައި ޔާނިޢުގެ ޚިދުމަތުގައެވެ.އެއްގަޑިއިރުވެސް ސައްވީސް ގަޑިއިރަށް ވެގެންދާނެކަން ގައިމެވެ.އޮފީސް ނިމިގެން ދިޔައިރު މުވައްޒަފުންގެ ތުންތުންމަތީވީ ޝަނާޔާ ޔާނިޢުގެ އެސިސްޓެންޓަކަށް ހަމަޖެއްސި ވާހަކައެވެ.އެއްބަޔަކު މަރުޙަބާ ކީއިރު އަނެއް ބަޔަކު ތިބީ ތުންފިއްތައިގެންނެވެ.އެހެނެއްކަމަކު އެކަމެއްގައި ޝަނާޔާ ކުރާނީ ކީއް ހެއްޔެވެ؟އޭނާގެ ވަޒިފާ ހުރިވަރަަށްވުރެ ދަށްކުރިނަމަވެސް ހަމަ ވަޒީފާގައި ހުންނަން ބޭނުމީ ވިއްޔާ އެގޮތްވެސް ޖެހުނީހީ ގަބޫލު ކުރަން ނޫން ހެއްޔެވެ؟ތޮށަލި ދުޅައަށް އެނބުރެމުން މިދާ ދުނިޔޭގައި އެއްބަޔަކު ލޯބިން ފިރުމަމުން ދާއިރު އަނެއްބަޔަކު ތިބޭނީ ހަސަދައިގެ ހޫނުން ވިރިވިރި އެވެ.އެއީ ދުނިޔޭގެ އުސޫލު ކަމުގައި ވީއިރު ޝަނާޔާ ފަކީރަށް އެކަން ބަދަލުކުރެވޭނެ ހެއްޔެވެ؟

ސިޓިންގ ރޫމްގެ ސޯފާގައި ސޯޓުބުރި ލައިގެން ހުސްގަޔާ ހަދަލާފައި ނިތްކުރި މައްޗަށް އަތް އެއްލައިގެން އޮތް ޔާނިޢު ވިސްނަމުން ދިޔައީ ހަމަ ޝަނާޔާއާއި ދޭތެރޭގައެވެ.އެއޮއްދުރަށް ޝަނާޔާ ކޮންމެ ދުވަހަކު ހަމަ އެދަނީ ހިނގާފައި ހެއްޔެވެ؟އޮފީސް ނިމިގެން ޝަނާޔާ ގެއަށް ދިޔައިރު ޔާނިޢުވެސް އޭނާގެ ފަސްފަހަތުން ދިޔައީ ޝަނާޔާ އުޅޭ ގެ ހޯދުމުގެ މަޤްޞަދުގައެވެ.ނަމަވެސް އެ ހިސާބަށް ދެވުނު އިރު އާންމުކޮށް ފައިމަގުގައި ނުއުޅޭ ޔާނިޢު ހުރީ ހިނގާ ހިނގާ ދެވަރުން އެއްވަރު ވެފައެވެ.އޭނާގެ ހިތުގެ މަލިކާ އެވަރުގެ ބޮޑު ތަކުލީފެއް އުފުލައިގެން ނުވާނެއެވެ.އަނެއްކޮޅުން އެވަރުގެ ރީތިކަން ހުސްކޮށްގެން ހުރި އަންހެން ކުއްޖަކަށް ކަތި ނަޒަރުން ބަލާނީ ކިތަށް ލޯކަމެއްވެސް ނޭނގެއެވެ.’އާފްޓަރއޯލް’އެއީ މުސްތަޤްބަލުގައި ‘މިސިސް ޔާނިޢު’ނޫން ހެއްޔެވެ؟ހިތަށް އަރައި ފައިބަމުންދިޔަ ޚިޔާލު ތަކަކުން ޔާނިޢުގެ މޫނުމައްޗަށް ހިނިތުން ވުމެއް ވެރިވެގެން ދިޔައެވެ.ޝަނާޔާގެެ އެންމެ ޚިޔާލަކުންވެސް އޭނާގެ މުޅި ދުވަސް އުޖާލާވެއެވެ.

ރޭގަނޑުގެ ވަގުތެވެ.ޝަނާޔާ އޮތީ ‘ސިޑްނީ ޝެލްޑަން’ގެ ވާހަކަ ފޮތެއް ހިފައިގެން އެއަށް ގެއްލިފައެވެ.ކުއްލިއަކަށް ކޮޓަރިތެރެއަށް ފިނިފިނި ވައިރޯޅިއެއް ވަތްކަމުގެ އިޙްސާސް ކުރެވިގެން ކިޔަން އޮތް ފޮތް އެއްފަރާތް ކޮށްލަމުން ޝަނާޔާއަށް ކޮޓަރި ތެރެއަށް ބަލައިލެވުނީ ޖިއާން އައީކަމަށް ހީކޮށެވެ.ނަމަވެސް އެއްވެސް ހިލަމެއް ނުވުމުން އަނެއްކާވެސް ފޮތް ކިޔަން ފެށިއެވެ.ޖިއާން ޝަނާޔާގެ ހަޔާތަށް އައިފަހުން އެކަހަލަ އާދަޔާއި ޚިލާފު ކުދިކުދި ކަންތައްތައް ފެނުމާއި އިޙްސާސް ކުރެވުން ވަނީ އާއްމު ކަމަކަށް ވެފައެވެ.ކުރީކޮޅުގައި ޖެހިލުން ވީ ނަމަވެސް މިހާރު ޝަނާޔާވަނީ އެކަންކަމަށް ހޭނިފައެވެ.ވާނީވެސް އެހެންތާއެވެ.ޖިއާންގެ ލޯބިން ފުރާލަދީފައި އެވާ ހިތުގައި އިތުރު އިޙްސާސަކަށް ފުރުސަތު ދެވޭވަރަށްވުރެ ޖާގައިގެ ދަތިކަންވެސް ބޮޑީއެވެ.އެހެންވެ ދުވަހަކަށް ވުރެ ދުވަހެއް ބިރު ދަނީ އޭނާއާއި ބީރަށްޓެހި ވަމުންނެވެ.

“ކަލެއަށް ކަލޭގެ ފުރާނަ މުހިންމުވިއްޔާ ޖިއާން ގެ ދިރިއުޅުމުން ދުރަށްދޭ…ޖިއާން އެއީ ހަމައެކަނި އަހަރެންގެ ޙައްޤެއް”،އިވިގެން ދިޔަ ބާރުގަދަ ތޫލި އަޑުފައްގަނޑަކުން އެނދުގައި ދެފައި ތަޅުވާލަ ތަޅުވާލަ އޮތް ޝަނާޔާގެ ކަންފަތުގެ ހިނދުރިވެސް ފަޅައިގެން ނުދިޔައީ ކިރިޔާއެވެ.ނަމަވެސް އަޖައިބަކީ ސިޓިންގރޫމްގައި ޓީވީ ބަލަން އިން ހުސްނާއަށް އެއަޑު ހަމަ ކުޑަކޮށްވެސް ނުއިވުމެވެ.ޝަނާޔާއަށް ބިރުންގޮސް އަޑުއައި ދިމާއަށް ބަލައިލެވުނު އިރު އޭނާގެ މޭގަނޑު ހީވީ އަނގައަށް އައި ހެންނެވެ.ހަށިގަނޑުގައި ލޭދައުރު ކުރަމުންދާ ހޮޅިތައްވެސް ހީވީ ގަނޑުވިހެންނެވެ.ސީލިންގުގައި ނުޖެހި،ނަމަވެސް އެލިފައި ހުރި ބިރުވެރި އެއްޗެކެވެ.އޭތީގެ ދެއަތުން ހަށަންބަނދެލާފައި ވާއިރު، އެލިފައި ހުރި ދެފައި ހުރީ ހޫރި ހޫރިއެވެ.

“ކަލޭ ހީކުރީތަ ކޮންމެ ފަހަރަކު ސަލާމަތް ކުރަން ޖިއާން އަންނާނެކަމަށް”.އަނެއްކާވެސް އޭތީގެ ބިރުވެރި ތޫލި އަޑުން މުޅި ކޮޓަރި ތެރެ ގުގުމާލިއެވެ.ހޮނު ގުގުރީގެ އަޑަށްވުރެވެސް ބާރު އެ އިންޒާރުން ފުރިފައިވާ އަޑުން، ޝަނާޔާގެ ހިތް ނެގިނެގިފައި ޖެހެމުން ދިޔައެވެ.ޝަނާޔާގެ މޫނުމަތީގައި ދިއްލަމުންދާ މުތީތަކެއްފަދަ ދާތިކިތަކުންވެސް އޭނާ ބިރުގަނެފައިވާ މިންވަރު ހާމަވެއެވެ.އޭނާ އަވަސް އަވަހަށް އެނދުން ތެދުވެ ކޮޓަރިން ނިކުތުމަށް އަވަސްވެގަތީ އެ ބިރުވެރި އަޑާއި،ތޫނު ބެލުމުގައި އެވާ އިންޒާރުން އޭތީގެ ބާރުވެރިކަން ޝަނާޔާއަށްވެސް އިޙްސާސް ކުރެވިގެން ކަންނޭނގެއެވެ.އަވަސް އަރުވާލައިފައި ހުރި ޝަނާޔާގެ ނޭވާވެސް އޭނާާއާއި އެކުގައި ވުމަށް ދެކޮޅު ހަދަމުން ދިޔައެވެ.

ޝަނާޔާ ކޮޓަރިން ނިކުތުމަށް ދުއްވައި ގަތްތަނާ އަނގަބަންޑުން ވެއްޓި ނިތްކުރި ޖެހުނީ ޑްރެސިން ޓޭބަލްގެ ދާރައިގައެވެ.ޖެހުނުލެކަށްވުރެ އަވަހަށް ނިތްކުރި ފަޅައިގެން ގޮސް ބޮކި ޖަހާފައި ލޭއަންނަން ފެށީ ދުވަސްގަނޑަކަށްފަހު ތަނެއްގައި ބަންދުކޮށްފައި ތިބިބަޔަކު މިނިވަންވި ފަދައަކުންނެވެ.

“ކަލޭ އިނގިލީގައި ތި އަނގޮޓި އިނިއްޔޭ ކިޔާފައި އަހަރެން ފަސްޖެހޭނެ ކަމަށް ހީކުރީތަ…އަހަރެމެން ކަހަލަ އެއްޗިއްސަށް ކަލޭމެންނަށް އަނިޔާ ދޭކަށް ކޮންމެހެން ގައިގަ އަތްލާކަށް ނުޖެހޭ..އެހެންވީމަ ހީކޮށްލާ މީއަދި ޓްރެއިލަރ އެއްކަމަށް”މަލާމާތުގެ ރާގުގައިވެސް އިވިގެން އެދިޔަ ބިރުވެރި އަޑާއިއެކު ދިޔަނުދިޔަ ތަނެއް ނޭނގި އޭތި ގެއްލުނީ ވިދާލި ވިދުވަރެއްހެން މުޅިތަން އަލިކޮށްލާފައެވެ.ޝަނާޔާގެ ނިތްކުރިން އަންނަމުންދިޔަ ލެއަކަށް ބަދަލެއް ނާދެއެވެ.ނަގަމުންދިޔަ ދިލަ ތަދުން ނިތްކުރީގައި އަތްއަޅައިގެން އޮތް ޝަނާޔާގެ ފުސްވަމުންދާ ނަޒަރު ހުއްޓިފައިވަނީ ޖިއާން އަޅައިދީފައިވާ އަނގޮޓިއަށެވެ.ޖިއާން އަނގޮޓި އަޅުވާފައި އެވަނީ ޝަނާޔާގެ ހިމާޔަތަކަށް ނޫން ހެއްޔެވެ؟އެކަމަކު…………ޝަނާޔާގެ ސިކުނޑިއަށް ބާރުލީ ވަރަކަށް މުޅި ކޮޓަރިތެރެ ދިޔައީ އެނބުރެމުންނެވެ.

ޝަނާޔާއަށް އަޑަށް ލެވުނުހާބާރެއް ލާފައި މަންމައަށް ގޮވާލެވުނު އިރު އޭނާއަށް ހަމަ ރަަނގަޅަށްވެސް ރޮވިއްޖެެވެ.ސިޓިންގ ރޫމުގައި ޚަބަރު ބަލަން އިން ހުސްނާއަށް ދަރިފުޅުގެ ވޭނުން ފުރިގެންވި އަޑު ެިއިވުމުން އަވަސް އަރުވާލާފައި ދަރިފުޅުގެ ކޮޓަރިއަށް އާދެވުނު ގޮތެއްވެސް ނޭނގުނެވެ.ލޭން ތަތްތެޅިފައި އޮތް ޝަނާޔާގެ މޫނު ފެނުމުން ހުސްނާގެ ދެފައި ކޮޅުންވެސް ހީވީ ބާރު ދޫވިހެންނެވެ.ޝަނާޔާގެ މެެރެމުން ދިޔަ ދެލޯފެނި ހުސްނާގެ ދެލޯވެސް ފެންކަޅި ވެގެންދިޔައެވެ.ލަސްކުރުމެއް ނެތި ޓެކްސީއަށް ގުޅީ ނިތްކުރީގައި ފެޅިފައިހުރި ތަނުގެ ފުންކަމުންނާއި، ގޭގައި ލޭ މަނާކުރެވޭނެ ގޮތެއްވެސް ނެތުމުންނެވެ.

އެމަޖެންސީ ރޫމްގެ ބޭރުގައި މަޑުކޮށްލައިގެން ހުރި ހުސްނާގެ ހެދުމުގައިވެސް ވަނީ ދަރިފުޅުގެ ނިތްކުރިން އޮހޮރިފައިވާ ލެޔެވެ.ހުސްނާގެ ރޮއިރޮއި ރަތްވެފައިވާ ލޮލުގައި އަޅައިގަތީ އެމަޖެންސީ ރޫމުން ނިކުމެގެން އައި ޑޮކްޓަރެވެ.ޑޮކްޓަރުގެ ފަރާތުން ޝަނާޔާ ހޭ އަރައިފިކަމާއި،ޙާލު ރަނގަޅުކަން އެނގުމުން ހުސްނާއަށް ދަރިފުޅު ހެޔޮޙާލުގައި ލެއްވިކަމަށްޓަކައި މާތްﷲ އަަށް ޙަމްދު ކުރަމުން ފުން ނޭވާއެއް ދޫކޮށްލެވުނެވެ.

ޓެކްސީގައި ގެއަށްދިޔަ މަގުމަތީގައި ނިތްކުރި ފަޅައިގެން ދިޔައީ ކިހިނެތް ވެގެންތޯ ހުސްނާ ސުވާލުކުރިއެވެ.ނަރުސްކުއްޖާވެސް އެ ސުވާލު ކުރިމަތި ކުރިއެއްކަމަކު އޭނާގެ އަތުތެރެއަށް ދަރިފުޅު ގެނެވުން ވަގުތުވީ ދަރިފުޅުގެ ޚަބަރު ހުސްވި ވަގުތަށެވެ.އެވަގުތު މަންމަގެ މިލާފައިވާ މޫނު ފެނި ޝަނާޔާގެ ހިތް ކުދިކުދި ވިއެވެ.މަންމަގެ ކޮނޑުގައި ބޯއަޅާލަމުން ބޮލަށް އެނބުރުން އަރައިގަނެގެން ވެއްޓި ޑްރެސިން ޓޭބަލްގައި ޖެހުނީ ކަމަށް ބުންޏެޔެވެ.ހަމަ އެވަގުތު ހީވީ އެ ބިރުވެރި އެތި ލޯމައްޗަށް ސިފަވެގެން ދިޔަ ހެންނެވެ.ގަތްބިރުން މަންމަ ގައިގައި ބައްދާލެވުނީ އެ ޚިޔާލުތަކާއި ދުރަށް ދެވޭތޯއެވެ.މިއީ ޖިންނިއެއްގެ ފަރާތުން ޝަނާޔާއަށް ލިބުނު ފުރަތަމަ ގޯނާއެވެ.އޭނާގެ ނެގިމަޑުވެފައިވާ ހިތް ބުނަމުން ދިޔައީ މިއީއަދި ފެށުން ކަމުގައެވެ.ޖިންނީންގެ ދުނިޔެއިން ލިބުނު ދަޢުވަތެއް ކަމުގައެެވެ.އޭތި އަދި އަންނާނެއެވެ.އެ ޚިޔާލުންވެސް ޝަނާޔާގެ އެތެރެ ހަށީގައި ބާރުގަދަ ތޫފާނެއް އުފެދިގެން ދިޔައެވެ.

ދެމައިންނަށް ގެއަށް އާދެވުނު އިރު ހުރީ ދިހައެއް ޖަހާ ބޮޑުވެފައެވެ.އެހެންވެ ޝަނާޔާވެސް ގޮސް ކޮޓަރިއަށްވަދެ ދޮރު ތަޅުލުމަށްފަހު ހެދުން ބަދަލުކޮށްލައިގެން އައިސް އެނދުގައި އޮށޯތެވެ.އެވަގުތު ދޮރުގައި ޓަކިޖެހި އަޑުުއިވިގެން ގޮސް ދޮރު ހުޅުވާލިއިރު ކޮޓަރި ދޮރުމަތީގައި ހުރީ ހުސްނާއެވެ.”މަންމަ މިރޭ އޮންނާނީ ދަރިފުޅު ކައިރީގަ.މިރޭ ހުންނަނީ ހަމަ ފާޑަކަށް ހިތް ބިރުގަނެފަ”މަންމަގެ މޫނުމަތިން ފެންނަމުން ދިޔަ ނުތަނަވަސް ކަމުން، ޝަނާޔާއަށް އެކަމާއި ދެކޮޅު ހަދާކަށް ނުކެރުނެވެ

ސީލިންގުގައި މަކުނެއްހެން ތަތްކޮށްލާފައި އޮތް ހޫރީންގެ މޫނުމަތީގައިވަނީ ކާމިޔާބީގެ މަކަރުވެރި ހިނިތުންވުމެކެވެ.ޖިއާންއާއި ޝަނާޔާ ދުރުކުރަން އޭނާ ނެގި ފުރަތަމަ ފިޔަވަޅުވެސް ކާމިޔާބުވީތީއެވެ.

ހުސްނާ އޮތީ ގަދަ ނިދީގައެވެ.ނަމަވެސް ލޮލުގައި ނިދީގެ ކަންފުޅެއްވެސް ނެތް ޝަނާޔާއަށް އިރުއިރުކޮޅާ ގަޑި ބަލައިލެވެއެވެ.ފާރުކައިރީގައި ދެޖީބަށް އަތް ޖަހައިލައިގެން ޝަނާޔާގެ ހަަރަކާތަކަށް ބަލަން ހުރި ޖިއާންގެ މޫނުމަތީގައި ނުފިލާ ހިނިތުންވުމެއް ހުއްޓެވެ.ޝަނާޔާ ޖިއާން ފެނުމުން ތެޅިގަތެވެ.ޖިއާން ދެކެ ބިރަކުން ނޫނެވެ.ނަމަވެސް މަންމަ ހޭލަފާނެތީއެވެ.ޖިއާންއަށް ޝަނާޔާގެ ނިތްކުރީގައި އަޅާފައި ހުރި ބޭސްގަނޑު ފެނުމުން ޝަނާޔާގާތަށް އައުމަށް ހިނގައިގަތެވެ.ޝަނާޔާވެސް މަޑުމަޑުން އެނދުން ފައިބައި މިސްރާބު ޖެހީ ފާޚާނައާއި ދިމާއަށެވެ.ޖިއާންއަށް އިޝާރާތެއް ދިން ކަހަލައެވެ.

ފާޚާނައަށްވަދެ ދޮރު ތަޅުލަމުން ޖިއާންއާއި ކުރިމަތިލީއިރު ޝަނާޔާގެ ލޮލުގައި ހިފެހެއްޓިފައިހުރި ކަރުނަތައް އޭގެ މަޤާމު ދޫކޮށް އެ ރީތި ކޯތާފަތަށް ފައިބައިގަތެވެ.ޖިއާން ނުހަނު ލޯބިން ޝަނާޔާގެ ކަރުނަ ފޮހެލައި ދެމުން ނިތްކުރި ފަޅައިގެންދިޔައީ ކިހިނެތް ވެގެންތޯ ސުވާލުކުރިއެވެ.ޝަނާޔާވެސް ރުއިން ހުއްޓާލާ ހަމަައަކަށް އެޅެން މަސައްކަތް ކުރަމުން މިރޭގެ ބިރުވެރި ޙާދިސާ ޖިއާންއާއި ހިއްސާކުރިއެވެ.އެވަގުތު ޝަނާޔާއަށް އެޙާލު އެ ޖެހުނީ ޖިއާންގެ އިހުމާލުންކަން އޭނައަށް އިނގުމުން އެހިތުގައިރނަގައިފައިހުރި ވޭން ވަރު އިތުރުވެގެން ދިޔައެވެ.އޭނާއަށް ކުރިން ހީކުރެވިފައިވީ ޝަނާޔާއާއި ދިމާކުރީ އޭނާގެ ހަށިގަނޑަަށް ފެންބޮވައިގެންފައިވާ ފިރިހެން ޖިންނިއެއް ކަމުގައެވެ.އެ އަނގޮޓި އެޅުވީވެސް ޝަނާޔާގެ ހަށިގަނޑުގައި އިތުރު އެހެން އެއްވެސް ޖިންނިއެއް އަތްލިޔަ ނުދިނުމަށެވެ.ނަމަވެސް ކަންތައް އެ ދިމާވީ އޭނާ ހީކުރިގޮތާ ދިމާ އިދިކޮޅަށެވެ.ޝަނާޔާއާއި އެ ދިމާކުރީ ޖިއާންގެ ލޯބީގައި މޮޔަވެފައިވާ ޖިންނިއެކެވެ.ޝަނާޔާއަށް އެއީ ކާކުކަން ނޭނގުނަސް، ބިންމަތީގައިވަނީ ވެލިކަން ޔަޤީންވާވަރަށް އެއީ ހޫރީން ނޫން ދެވަނަ މީހަކަށް ނުވާނެކަން ޖިއާންއަށް ޔަޤީންވިއެވެ.އަދި އޭނާ އެހާ ލޯބިން ގެންގުޅޭ މަލަކަށް އެހާ އިހާނެތި ގޮތަކަށް އަނިޔާ ދިނީތީ ޖިއާން ހުރީ ރުޅިއައިސް ރަތްވެފައެވެ.އޭނާ ހޫރީންއާއި ކުރިމަތި ލާނެއެވެ.

ޖިއާން އިޝްގުން ފުރިގެންވި ބެލުމަކުން ޝަނާޔާއަށް ބަލަމުން ދިޔައެވެ.އެބެލުމުން ޝަނާޔާގެ ހަށިގަނޑުގެ އެންމެ ހިމަ ނާރަށްވެސް އަަސަރު ކުރަމުން ދިޔައެވެ.ޝަނާޔާއަށް ލަދުންގޮސް އިސްޖަހާލެވުނެވެ.ނަމަވެސް ލޯބިން ފުރިގެންވި ފިރިހެންވަންތަ އަޑުން ޝަނާޔާގެ ކަންފަތް ދަށުގައި ޖިއާން “ވަރަށް ލޯބިވެޔޭ”ބުނެލުމުން ޝަނާޔާގެ ހިތް ހީވީ ފުރިގެން ބަންޑުން ވީހެންނެވެ.އަދި އިސް އުފުލާ ޖިއާންއާއި ހަތަރު ކަޅި ހަމަކޮށްލެވުނީ ޖިއާންގެ ހިތުގައި އެވާ އެދުމަށް މަރުޙަބާ ކިޔާ ފަދައަކުންނެވެ. ދެމީހުންގެ މޫނު ކައިރިވަމުން ދިޔައިރު ދެމީހުންނަށްވެސް އެކަކު އަނެކެއްގެ ހޫނު ނޭވާތައް އިހްސާސް ކުރެވެމުން ދިޔައެވެ.ޖިއާންގެ ކެތްތެރިކަން ކޮޅުންލާ ޝަނާޔާގެ އުނަގަނޑުގައި އަތް އަޅުވާލުމަށްފަހު ދަމާލީ އަދިވެސް އިތުރަށް ގާތްވާން ބޭނުންވެފައި ހުރި ވަރުންނެވެ.ހިތަށް ވެރިވެފައިވި ޖަޒުބާތުތަކުން ލޯމެރިފައިވި ޝަނާޔާއަށް ތެޅިގަނެފައި ދެލޯ ހުޅުވާ ބޮޑު ކޮށްލެވުނެވެ.

**ނުނިމޭ**

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Noor💙

Level 710 Stories100 Comments100 Login500 Comments

Other Articles

Previous

އިއުނާސް (4)

Next

ފުން އިހުސާސެކޭ 10

Next
May 7, 2017

ފުން އިހުސާސެކޭ 10

Previews
May 7, 2017

އިއުނާސް (4)

67 Comments!

  1. lu says:
    May 7, 2017 at 3:19 pm

    varah reethi..next part ah innthizaaru kuraanan..

    1. Noor says:
      May 7, 2017 at 3:22 pm

      Thanx Iu

  2. Noor says:
    May 7, 2017 at 3:20 pm

    Finally the 10th part is here..hope readers will like it.

    1. hud says:
      May 8, 2017 at 10:18 pm

      very nice..

    2. Noor says:
      May 17, 2017 at 4:31 pm

      ❤❤

  3. Shaa says:
    May 7, 2017 at 3:39 pm

    Reethi

    1. Noor says:
      May 7, 2017 at 3:41 pm

      Thanx Shaa

  4. ReeXa says:
    May 7, 2017 at 4:08 pm

    Oh what a nice part.. but shayaanaa ah thihen nahadhaba

    1. Noor says:
      May 7, 2017 at 4:22 pm

      Thanx ReeXa..asluves dhw

  5. princess says:
    May 7, 2017 at 4:20 pm

    V reeti

    1. Noor says:
      May 17, 2017 at 4:32 pm

      ❤❤❤❤

  6. Aisha says:
    May 7, 2017 at 4:31 pm

    Mi part ves varah reethi alhe anehvaru jiniehves udhahukuran feshieetha.. Can’t wait to read the next part

    1. Noor says:
      May 7, 2017 at 4:44 pm

      Thanx Aisha

  7. ނޫރު ނިސާ says:
    May 7, 2017 at 4:32 pm

    ކަމަކުނުދޭ އެއްގޮތަކަށްވެސް އަމިއްލަ ގޮތްނެތީމަ ވާހަކަފެށިގެން ދިހަވަނަ ޕާޓަށް އައިއިރުވެސް ހީވަނީއެކިމީހުންގެ ވާހަކަ ކިޔޭހެން. ތަފާތެއްނެތް ޖުމްލަތަކެއް. ބައެއްޖުމްލަ ވަރަށް މޮޅު އަނެއްބައި ޖުމްލަ ހަމަވެސް ނުޖެހޭ. އެހެންވެ އެނގެނީ ބައެއް ޖުމްލަ ހުރީ ކޮޕީ ޕޭސްޓު ކޮށްފަކަން. ކިތަންމެ ފެންވަރު ދަށްކޮށްނަމަވެސް އަމިއްލަ ގޮތް ޚިޔާރުކުރިނަމަ

    1. Noor says:
      May 7, 2017 at 4:44 pm

      Thanx for the comment..will try to improve dear.

  8. nonns says:
    May 7, 2017 at 4:53 pm

    Subhanallh kihineh baa dhen vaany. Alhe shanaya ah dhera gotheh nahadhachey. When next part :* 😀

    1. Noor says:
      May 7, 2017 at 5:24 pm

      Thanx nonns

  9. Nunnu says:
    May 7, 2017 at 5:11 pm

    once a cheat will always cheat for publicity they won’t know what originality means.

    1. Noor says:
      May 7, 2017 at 5:27 pm

      Thanx for the comment dear.n sorry that i didnt get what u mean.

    2. Noor says:
      May 7, 2017 at 6:48 pm

      Varah dheravejje thikahala basthakeh radhdhu kureethy…ekamaku hama bunelan othy thigothah hageegatheh nengi meehegge boluga ilzaameh alhuvaairu hama thibaa ves hedhdhevi faraathah javaabu dhaary vaan jeheyne dhuvaheh annaane kan handhaan kuraashey…

    3. Nunnu says:
      May 7, 2017 at 7:20 pm

      Heki mithanugai post kohdhineema Eyrun Noor bunaane eyee coincidence ekey. OK. Edhuni thi heki ves liye dheynan.

    4. Noor says:
      May 7, 2017 at 7:27 pm

      Varah balaalaahiyvey thi hekives conincidentally viyas hama ekachcheh tho liyevifa hury..bcs i know i didnt copy anyones story..

  10. Rainy princess says:
    May 7, 2017 at 5:20 pm

    stry vara vara reethi..cant wait to read the next part 😀

    1. Noor says:
      May 7, 2017 at 5:28 pm

      Thanx Rainy princess

  11. lily says:
    May 7, 2017 at 7:05 pm

    V reethi story but jinni vaahakaeh viyyaa ehgoh kanthah thakeh hunnaane ekam ves thafaathu reethi vaahakaeh

    1. Noor says:
      May 7, 2017 at 9:03 pm

      Thanx lily

  12. lulu says:
    May 7, 2017 at 7:30 pm

    Story v v reethi keep it up noor

    1. Noor says:
      May 7, 2017 at 7:50 pm

      Thanx lulu

  13. Fary says:
    May 7, 2017 at 7:47 pm

    Nice keep it up go on waiting for nrxt part ??

    1. Noor says:
      May 7, 2017 at 7:51 pm

      Thanx Fary

  14. Chum handi says:
    May 7, 2017 at 8:32 pm

    good job…. aslu vrh salhi… and mi thaa ebain konmes nunnu eh thoacheh noor ah bodu thagureereh ivvaafa…. thi thagureeruga inee allah(SWT) ah javaab dhaaree vaan jehey vaahaka… we all know that, but nunnu can just tell noor what’s wrong…. btw keep going noor… whn nxt prt…. gdnyt…

    1. Noor says:
      May 7, 2017 at 8:43 pm

      Thanx Chum handi.

    2. Cherry says:
      May 8, 2017 at 1:18 pm

      Nunnu J vy. Nunnu visnan vy kamaky liyuntheriyaa amilla masakkathakah amilla ah liyaa liyumah thigothah faadu kiyan heyo nuvaaane ey. hagygathuga liyuntheriyaa ves knowledge ragalhu kurany ehn molhethi liyun theringe liyunthah kiyaigen. Ehen vyma baheh idea eh eggoi ves vedhaane. Ekam mivaahaka aky mivaahakaige zaathuga unique rythi vaahaka eh. Aharun liyan dhaakuryves akuru mathyga akuru alhaigen

    3. Cherry says:
      May 8, 2017 at 1:34 pm

      Btw cherry comment mikurevuny chum ah reply koh dhw. So sorry. Hehehhe
      Dhn ehen noonas nunnu e hama olhuvaalaa bahattaafa fb ID hoadhan thoaccheh. Dhn beynumiyya rythikoh ves bunevudhaane dhw ?

    4. Noor says:
      May 8, 2017 at 3:12 pm

      Thanx Cherry???

  15. Nash says:
    May 7, 2017 at 9:10 pm

    Vaahaka v reethi n Nunnu ah bunelan meehaku vaahaka akah dhen thivaru veethy v surprised?

    1. Noor says:
      May 8, 2017 at 9:52 pm

      Thanx Nash..dnt worry dear…haters will always hate..

  16. Shaee says:
    May 7, 2017 at 10:31 pm

    Vv.reethi mi part ves. Ehen meehunge kuri erumaamedhu hasadha verivaane meehun ves ulheyne. Ignore them n keep going dear. We r with u

    1. Noor says:
      May 7, 2017 at 11:33 pm

      Thanx Shaee

  17. Maree says:
    May 7, 2017 at 11:44 pm

    v reerhi

    1. Noor says:
      May 7, 2017 at 11:59 pm

      Thanx Maree

  18. Jeem says:
    May 8, 2017 at 12:22 am

    Vvv reethi

    1. Noor says:
      May 8, 2017 at 12:04 pm

      Thanx Jeem

  19. its me says:
    May 8, 2017 at 12:44 am

    Nunnu e buny story akaa vahtharu vaahaka kanneyge.. Ekam evaru aruvaakah adhi nujehey dhw.. Thimaa ah reethi noony or hadi viyyaa nukyma nimuny dhw! Faadu faadu comments nukoh! ?
    Aslu comments nu kuriyas vaahaka eba kiyan.. Enme kiyaa hiyvaa hisaabunney alhe thi ninmaalyyyy… Can’t wait..

    1. Noor says:
      May 8, 2017 at 12:05 pm

      Thanx dear

  20. malaak says:
    May 8, 2017 at 12:47 am

    Meekaaiil vaahaka aa haadha vahtharu kanthah thakey mi vany hama… Ekam thafaathu ves eba huri.. Bt hyvany e vaahaka kiyaafa liyaa vaahaka eh hen.

    1. Noor says:
      May 8, 2017 at 12:09 pm

      Thanx dear..thats wat u think..

  21. ithoo says:
    May 8, 2017 at 1:20 am

    Mi part vx nice dearr..keep it up ?????

    1. Noor says:
      May 8, 2017 at 12:10 pm

      Thanx dear..

  22. Jiaan says:
    May 8, 2017 at 5:54 am

    E hooreenah bondieh deynan.

    1. Noor says:
      May 8, 2017 at 12:11 pm

      V.good.

  23. Jiaan says:
    May 8, 2017 at 6:03 am

    Yaaniu dhuruga huriyya ok.

  24. Jiaan says:
    May 8, 2017 at 6:31 am

    E yaaniu ah dhen shanaaya eh nulibeyne. Ei aharen huryma. Balaa magumathin dhimaavi. Myhun shanaaya ah hadali goii. Aharen
    Den ehves insaanakah shanaya eh nudeynan. aniya dheyn ulheythy. E yaaniu ves fahun ehn myhaka hedi noolheynne kameh ves nyge . Ei shanayage hithah devey aniyaeh. Dho Noor

    1. Jiaan says:
      May 8, 2017 at 11:04 am

      Sorry. Dho ithoo. Eyru noor ge vahaka eh ves kiyan inyma ehnvyy

    2. Noor says:
      May 8, 2017 at 12:12 pm

      Asluves dhw

  25. naana says:
    May 8, 2017 at 7:50 am

    myge part 9 koba??
    ebayeh nufeney

    1. Noor says:
      May 8, 2017 at 11:48 am

      Click to noor..u will get all parts dear

  26. naana says:
    May 8, 2017 at 8:45 am

    anyone????

  27. Nash says:
    May 8, 2017 at 8:54 am

    Part 9 page 4ga iny

  28. HAU says:
    May 8, 2017 at 10:28 am

    NOOR GE STORY VV REETHI. MEEHUN KIYA ECHISSAH ALHANULA KURIAH DHEY. FAADUKIYUMAKYVES KURIERUMEH.EKM EVVES MEEHAKAH ANEKA BOLUGA ILZAAMEH ELHUVUMUGE HAGGEH NOANNAANE.INSAANEHVIYYA UNI KANTHAH THAKEHVES HUNNAANE ADHI LIYUN THERIYAKAS HAMA DHASKUREVIFA ONNAANEE MAULOOMAATH THAH KIYAGEN.EKM EYGE MAANA AKY EHEN MEEHUNGE STORY COPY KURUMEH NUN. THANKOLHEH AGEHHURI MEEHEHNAMAVES EGOTHAH ECHEHIKIYAAKAHVES NUKEREYNE,,ADHI E COMMENT KURI MEEHAYAH BUNELAN OTHY INSAANUNNA TOK KURAANE REETHI GOIVES ONNAANEY ADHI KOMME MEEHAKYVES AGEH HURI MEEHEKEY THIHA FOARI ARUVANULIYAS.ANY WAYS NOOR KEEP IT UP. WE ALL WILL BE WITH U..

    1. Noor says:
      May 8, 2017 at 11:46 am

      Thanx dear ???

  29. princess says:
    May 8, 2017 at 2:38 pm

    Kobaa ebuni heki haada lahey doa heki dahkan v ma dehkeyny dahkan ahcheh oiy nama ehnu ha jey vany ti but noor don’ t worry they don’ t understand…… allah is always with u ur not alone inshaallah.

    1. Noor says:
      May 8, 2017 at 9:54 pm

      Thanx princess} ??????

  30. sheni says:
    May 8, 2017 at 7:01 pm

    v v reethi…. next part ves up kolhachey keeve mifaharu lassvii??? and meehun kiyaa echesa nuvisnaathi and masakath kuraanii kuri a vure ragalhu kuran god bless u noor…

    1. Noor says:
      May 8, 2017 at 7:30 pm

      Thanx sheni..kuda massalaeh dhimaavegen lasvy dear.

  31. hud says:
    May 9, 2017 at 7:55 am

    next part awahah upload kollaba.. mi story v reethi..

    1. Noor says:
      May 9, 2017 at 9:51 am

      Thanx dear…

Comments are closed.

Next Episodeލޯބި ވެވުމުން……….11←


All Right Reserved!