އަގެއްނެތްލޯބި 11 ވަނަ ބައި
” ކޮބާތަ އެނިސާދު. ތަނަކަށް ދިޔަސް އަވަހަކަށް އަންނާކަށް ނޭންގޭނެ. ވަރަށް ފޫހިވޭ. މިހާރު ބަނޑުހައިވެގެން ހަލާކުވާވަރު ވެއްޖެ” ރުޅިއައިސްގެން އިނދެ ހަނާ އެއްޗެހި ކިޔަމުން ދިޔައެވެ. “ހަނާ…” ރުޅިގަދަވެފައިން ހަނާއަށް މީހަކު ގޮވާލުމުން ދޮރާދިމާއަށް ބަލާލިއެވެ. އޭރު ދޮރުމަތީ ޒިޔާދު ހުއްޓެވެ. އޭނާގެ މޫނުމަތީގައި ލާނެއްހިނިތުންވުމެއް ހުއްޓެވެ. “ދެންތިވަރަށް ރުޅިނާދެބަލަ” ދޮރުކަނީގައި ލެގިލަމުން ޒިޔާދު ބުނެލިއެވެ. “އަހަރެން ކޮންކަމަކާ ރުޅިއަށްނަންވީ. ކީއްވެ ދޮރުމަތީ ތިހުންނަނީ. އެތެރެއަށް ވަދެބަލަ” ހަނާ ހިނިތުންވެލަމުން ބުނެލިއެވެ. “އާނ… ރުޅިއެއްވާ ނާދޭ. ދެން ކޮންހާ ވާހަކައެއް ތިދެއްކީ އެކަނިއިދެ” ޒިޔާދު މިހެން ބުނުމުން ހަނާ ލަދުގަންނަ ގޮތްވިއެވެ. ހަނާއަށް ދެއްކުނުވާހަކަ ޒިޔާދުއަށްއަޑު އިވިއްޖެކަން އެގުނެވެ. “އަހަރެންނަކަށް ނޭންގެ ހަނާ ހިތްހަމަ ނުޖެހިގެން އެކަނިއިދެ ވާހަކަ ދައްކަންވީ ކީއްވެކަމެއް” އެތެރެއަށް ވަންނަށް ހިގައިގަންނަމުން ޒިޔާދު ބުނެލިއެވެ. އޭރު ނިސާދު ގޭދޮރުމަތީ ދެމީހުން ދައްކަމުން ދިޔަވާހަކަ އަޑުއަހަން ހިނި އައިސްފަ ހުއްޓެވެ. “އަޅެބުނެބަލަ. ހަނާ ކޮންކަމަކާ ހިތްހަމަނުޖެހިގެން ތިއުޅެނީ. އަނެއްކާ ނިސާދުއާ ދެމީހުން…….!!! މިހާވަރަށް ބުނެފަ ޒިޔާދު ހުއްޓާލިއެވެ. “ނޫނޭ. ތިބުނާ ކަހަލަ ކަމެއްނުވޭ. ދެބަސްވާވަރުގެ ކަމެއްވީ ނަމަތާ ދެބަސްވާނީވެސް. އިރާދުކުރެއްވިޔާ އަދި އެވަރުކަމެއްނުވޭ” ފަހުރުވެރި ކަމާއެކު ހަނާ ބުނެލިއެވެ. “ދެން ކޮންކަމެއްވެފަތަ ތިއިންނަނީ ސޯފާއަށް ދެފައި އަރުވައިގެން. އަސްލު ރުޅިގަދަވެފާތިބޭ މީހުން ތިބޭނީ ތިގޮތަށް” ޒިޔާދުގެ މިހެން ބުނުމުން ހަނާ ތެޅިގަނެފަ ސޯފާއިން ބޭރަށް ދެފައި ތިރި ކޮށްލިއެވެ. ހަނާ ތެޅިގަތްގޮތުން ޒިޔާދުގެ ގާތަށް ވަރަށް ހިނިއައެވެ. ނިސާދުވެސް ވަރަށް ސިއްރުން ގޭތެރެއަށް ބަލާލިއެވެ. ހަނާ އިންގޮތުން ނިސާދުއަށް ވެސް ހެވުނެވެ. “ބުނެފީމެއްނު އަހަރެން ރުޅިއެއްނާދެއޭ…..” ޒިޔާދު ހޭތީ ހަނާ ބުނެލިއެވެ. “އެއްމެރަނގަޅޭ. ނިސާދު ދެންއާދޭ” ޒިޔާދު ގޮވާލިމުން ނިސާދު ދޮރުމައްޗަށް އެރިއެވެ. ހަނާ އިނީ ހައިރާންވެފައެވެ.
“ބުނަން ނިސާދު ތިވަރަށް ނުވާނެ ހަނާ ރުޅިއަރުވާކަށް. ދޭ އަވަހަށް އޭނަގޮވައިގެން ކާން” ހަނާގެ މޫނަށް ބަލާލަމުން ޒިޔާދު ދިމާކުރާ ފާޑަށް ބުނެލިއެވެ. ހަނާ ބަހެއްވެސް ނުބުނެއިނެވެ. “ހަނާ ހިނގާދާން. އަހަރެން ވެސް ވަރަށް ބަނޑުހައިވެއްޖެ” ހަނާ ތެދުވުމުން ނިސާދުއަށް ހީގަނެވުނެވެ. ހަނާ ބަލާކަށް ނުހުރެ ސޯފާގަ އޮތް ކުޑަބާލީސް ނަގާފަ ނިސާދުގެ ގައިގާޖެހިއެވެ. ނިސާދު ބާލީސް އަތުލާފަ އޭނާއާ ހަނާ ކައިރި ކޮށްލިއެވެ. ޒިޔާދުއިނީ އެމަންޒަރު ބަލާށެވެ. ހަނާ ކާގެއާ ދިމާއަށްދާން ހިގައިގަތުމުން ނިސާދުވެސް ފަހަތުން ހިގައިގަތެވެ. ތަންކޮޅަކަށް ގޮސްފަ ނިސާދު ފަސްއެބުރި ބަލާލިއެވެ.” ޒިޔާ ވެސް އާދޭ ކާންދާން” ނިސާދު ބުނެލިއެވެ.” އަހަރެން ނުކާނަށް” ޒިޔާދު ޖަވާބުދިނެވެ.” މާ ފޮނިތަކެއްވާނެ ކަމެއްނެތް. އަހަރެން ޒިޔާ ބަލާދިޔައީވެސް ކާންވެގެން. ހިގާދާން ” ނިސާދު ޒިޔާދުގެ އަތުގަހިފާ ސޯފާއިން ނެގިއެވެ.
ނިސާދުއާ އެއްތަށިމަތީ ކައިގެން ޒިޔާދުދިޔައީ ގެއަށެވެ. ގެއާދިމާލަށް މަޑުމަޑު ވައިރޯޅި ޖެހެމުންދެއެވެ. ފިނިކޮށްލުމުގެ ބޭނުމުގަ ޒިޔާދު ގެއާދިމާލުގަ ހުރި ޖޯލިފަތީ ގައި އައިސް އޮށޯވެ ނިއްކުރިމަތީ އަތްބާވާލަމުން ފަޒާތެރެއަށް ފުންނޭވާއެއް ދޫކޮށްލިއެވެ. “ހަނާ އާއި ނިސާދު ކިހާ ހަމަޖެހޭ ދިރިއުޅުމެއް އެއުޅެނީ. މިއަދު ރީސާ ދުނިޔޭގަ ހުރިނަމަ ރީސާގެ ހިތްކާމިޔާބުކޮށް އެފަދަ ހަމަޖެހޭ ދިރިއުޅުމެއް އުޅެއް އަހަރެންވެސް މަސައްކަތް ކުރާނަން. އެކަމަކު މިއަދު ނަމަ އަކުން ކުރެވޭނެ އެއްވެސް ކަމެއްނެތް. އަހަރެންގެ ނަސީބު ހަމަ ދެރައީ. ދިރިއުޅުމުގަ އުފަލެއް ލިބުންނެތީ….” ޒިޔާދުގެ ހިތްބުނަމުން ދިޔައެވެ. އަދިވެސް ޒިޔާދުގެ ހިތުން ރީސާގެ ހަނދާންތައް ނުފޮހެވެއެވެ. އެހަނދާން ތަކާ ދުރަށް ދިޔުމަށް ޒިޔާދު ދިޔައީ މަސައްކަތް ކުރަމުންނެވެ. ސަބަބަކީ ރީސާދެން އެބުރި ދުވަހަކުވެސް ނާންނާނެތީއެވެ. ހިޔާލުތަކަށް ގެއްލިފަ އޮތް ޒިޔާދު ސިއްސައިގެން ދިޔައީ ފުރަގަހުގައިހުރި ރުކުންކާއްޓެއް ވެއްޓުނު އަޑަށެވެ. ޒިޔާދު ބޯހިއްލާލާ ދެކޮޅުބަލާލުމަށްފަހު ޖޯލިފަތިން ތެދުވެގެންގެއާދިމާއަށް ހިގައިގަތެވެ.
ހަމައެދުވަހުގެ ހަވީރުގެ ވަގުތެވެ. ހަނާއޮތީ ކޮޓަރީގައެވެ. ޓަކިދިން އަޑާއެކު ދޮރުވެސް ހުޅުވިގެން ދިޔައެވެ. “ޒިދޫ……..ހާދަ ދުވަހެއްކޮށްލާފަ. އަނެއްކާ ކޮންދަތުރެއްތަ” ޒިދުނާ ފެނުމުން ހަނާ އަހާލިއެވެ. “ހަމަ ހަނާގެ ހާލުބަލާލަން މިއައީ. ގޭގެ އަނެއްބައި ހަދާތީ އެމީހުންނަށް ކާންދޭންތީ ބިޒީ ވީމަ ނާދެވެނީ” ޒިދުނާ އައިސް ހަނާގާތުގައި އެދުގައި އިށީންނަމުން ބުނެލިއެވެ. “އެހެންތަ. މީހަކާ އިންނަށް ވެގެންތަ ގެ ހަދަނީ” ހަނާ ސުވާލުކޮށްލިއެވެ. “އާނ ދެންލަސް ކުރުމުގެ ބޭނުމެއްނެތެއްނު ދޯ” ޒިދުނާ ބުނެލިއެވެ. “އަނެއްކާ ކާކާ އިންނަށް ވެގެން ތިއުޅެނީ” ހަނާ ސުވާލުކޮށްލިއެވެ. “އަހަރެން ބޭނުންވެގެން އުޅޭމީހަކާ” ޒިދުނާ ބުންޏެވެ. “އަދިވެސް ތިމީހެއްގެ ނަމެއްނުބުނަމެއްނު. ނަން ބުނެލަބަލަ. އޭރުންދޯ އެގޭނީ އަހަރެންނަށް ވެސް” ހަނާ ބުނެލިއެވެ. “ނަޒީލް. އޭނާ އަހަރެން ކައިރީ ރައްޓެހިވާން ތަކުރާރުކޮށް އެދުނީމަ އަހަރެން ޖަވާބު ދިނީ މަންމަ އާއި ބައްޕަގެ ގާތުވެސް އަހާފަ އެމީހުންގެ ވެސް ރުހުން ލިބުނީމަ. ދެން ނަޒީލް ބޭނުންވީ ވިހާވެސް އަވަހަކަށް މެރީ ކުރަން” ޒިދުނާ ކިޔާދިނެވެ.” ކޮންގުރާ އިގޭ ޒިދޫ. ތިވީގޮތުން އަހަރެމެން މާލެ ދިޔުންވެސް ލަސްކުރަން މިޖެހުނީ. ކޮންދުވަހަކުންތަ މެރީ ކުރަނީ” ހަނާ ޒިދުނާއަށް މަރުހަބާ ކިޔެވެ. އެއްމެ ގާތް ރަހުމަތްތެރިޔާގެ އެބޮޑު އުފަލުގާ ބައިވެރި ވުމުގެ ފޮނިއުފާ ހަނާ ލިބިގަންނަށް ބޭނުންވިއެވެ.” ދެން ހަތްދުވަސް ހަމަވީމަތާ މެރީ ކުރެވޭނީވެސް” ހިނިގަޑެއް ޖަހާލަމުން ޒިދުނާ ބުނެލިއެވެ.”މިހާރު ރަންވެސް ކީތަ؟”ހަނާގެ ސުވާލަސް ޒިދުނާ ޖަވާބު ދިނީ ބޮލުގެ އިސާރާތުންނެވެ. އެވަގުތު ނިސާދު އައިސް ކޮޓަރި އަށް ވަނެވެ. އަދި ދެމީހުން ވަރަށް އޮލަ ވާހަކައެއްގަ ތިބިކަންއެނގި އެވާހަކައާ ބައިވެރި ވެލިއެވެ. ހަނާ ޒިދުނާގެ ކައިވެނިގެ ވާހަކަ ނިސާދުއަށް ކިޔާދިނެވެ. ނިސާދުވެސް ނިއްމީ ޒިދުނާގެ ކައިވެނީގެ ފަހުން މާލެދާށެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
10 Comments!
Comments are closed.


Haadha kurey.thankolheh dhigukon genesdheebala plx
ehaa kureh nooneh nu… dhevvi hiyaalah shukuriya lovely girl…
Kuru hama kuru
Koa he key kota aha eh hitha thiulhenii
Adhu one part
Thihaa kurukohn liyumah vure Rangalhu vaaane nuliyunas
midhen koacheh ? knme bayehge dheoflhuwaiy
dhen beykaaru haasaru . foohi waahaka eh .kiyan feshunythy wes moya
Moyaheeva kanthha nukuriyaa varah ragalhu. ekamaku vaahakaige parts eh ves kiyaafa vaathy shukuru adhaa kuran….. 🙂
Shukurukuran dhaskobbala. Miadhu 2 part up koffi nun. Dhe paert ekuveemaa kureh nuvaanw.
SWEETIE ah visney…. kuru v maa dhebai up kury ves…. ekamaku bunelan othy vaahakaige kuri ah huri baithah dhiguvaaney…..
V salhy ingey aeykamaku thankolhy kuree geynesdheyley
thanx POOJA….