Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ފުން އިހުސާސެކޭ 9

Aishasha Level 310 Stories100 Login
May 2, 2017 7 Mins Read
35 Comments

ލޫކަސް ލުތްކެއް ޖަހާފައި އަނާނީ އޭނާއާ ދިމާއަށް އަނބުރައިލި ވަގުތު، އެ ބާރުމިނުގައި އަނާނީ އައިސް ތަތްވީ ލޫކަސްގެ މޭމަތީގައެވެ. އަނާނީ ބަލާކަށް ނުހުރެ ލޫކަސް އޭނާއާ ދުރަށް ކޮއްޕައިލިއެވެ.

“ކިިހިނެއް ވެގަނެގެންތަ ތިއުޅެނީ؟” ދަތްކުނޑި ވިކާލައިގެން ހުރެ އަނާނީ ކިޔައިލިއެވެ. އޭރު އޭނާގެ ދެލޯ، ރުޅި އައިސްގެން ގޮސް މިނިކާވަގެއްގެ ދެލޮލެކޭ އެއްފަދައެވެ.

“އެހެން ފިރިހެނުން އަތްލީމަ ކަމަކަށް ނުވޭ ދޯ! ހަމަ މަ ވީމަ” ލޫކަސް ބުނެލިއެވެ.

“ކޮން އެހެން ފިރިހެނުންނެއްތަ؟” އަނާނީ ސުވާލުކޮށްލީ ދެބުމަ ގޮށް ޖަހައިލަމުންނެވެ.

“ނޭނގެ މަށަކަށް!” ލޫކަސް އެއްމިޔަކަނުން ހީލީ އަނާނީ އިތުރަށް ރުޅި އަރުވާ ކަހަލަ ގޮތަކަށެވެ.

“ނޭނގޭ ވާހަކަ ނުދައްކަބަލަ!” މިހެން ބުނެފައި އަނާނީ ކޮޓަރިއަށް ވަން ގޮތަށް ވަރަށް ބާރަށް ދޮރުޖެހިއެވެ. މި މަންޒަރު ބަލަން ހުރެފައި ލޫކަސް މަލާމާތުގެ ގޮތަކަށް ހެމުން، ދެފަރާތަށް ބޯހޫރުވައިލިއެވެ. އަނާނީއަށް އަދިވެސް އޭނާގެ “ސައިޒު” އޮޅުމެއްނުފިލައެވެ. ކުރީ ރޭ އޭނާގެ ކޮޓަރިއަށް ވަދެގެން ހިންގި ކަންތައްތަކުން ވެސް މާބޮޑު އަސަރެއް ކުރިހެނެއް ހިއެއްނުވެއެވެ. އަދިވެސް އެ ޖަދަލު ކުރާ ގޮތްގަނޑު އެބަހުއްޓެއް ނޫންހެއްޔެވެ. ނަމަވެސް ލޫކަސް އަދި އަނާނީއަށް ރަނގަޅު ފިލާވަޅެއް ދީފައި ނޫނީ މައިތިރިއެއް ނުވާނެއެވެ. އޭނާގެ ކަންފަތްމަތީގައި ޖެހިކަމުގެ ބަދަލުވެސް އަދި ހިފުން އޮތީއެއްނޫންހެވެ.

އަނާނީ ކޮޓަރިއަށް ވެދަފައި އެނދުމައްޗަށް ވެއްޓިގަތެވެ. ހަމައެއާއެކު ޔާނިއުގެ ހަނދާންތަކުން އެ ސިކުނޑި ފުރާލާކަށް މާގިނަ ވަގުތެއް ނުނެގިއެވެ. ކޮފީ ޝޮޕުން ފުރަތަމަ ފެނުނު ހިނދުން ފަށައިގެން، އޭނާ ސައިކަލުގައި ގެއަށް ލައިދީފައި ދިޔުމާ ހަމައަށް ވީ ހުރިހާ ކަމެއް ސިފަވާން ފެށިއެވެ. އަދި ޚާއްސަކޮށް ޔާނިއުގެ ހަށިގަނޑު ފެނުނު ތަންކޮޅު، ފަށަފަށައިގެން އެ ސިކުނޑީގައި ކުޅެވެމުންދާ ކަހަލައެވެ. ހާދަ ފުރިހަމަ އިންސާނެކެވެ. އަދި އަނާނީއަށް އޭނާ ނުލާހިކު ހެވެވެ. އަލަށް ދިމާވިކަމުގައި ވިޔަސް، އެއްވެސް ދުރުކަމެއް ނުބަހައްޓައެވެ. އަނާނީއަށް ކުރިން ހީކުރެވިފައި އޮތީ، ރީތި މީހުންނަކީ ވަރަށް ފޮނި ބައެއް ކަމަށެވެ. ޔާނިއު ފުރަތަމަ ފެނުނު ދުވަހު އޭނާއާމެދު ވެސް ދެކެެވުނީ އެގޮތަށެވެ. ނަމަވެސް ޔާނިއުގެ ކިބައިގައި އޭނާ ހީކުރި ކަހަލަ ފޮނި ސިފަތަކެއް ނެތުމުން މިއަދު ވަރަށް އުފާވެއްޖެއެވެ.

އަނާނީގެ ފޯނަށް މެސެޖެއް އައިއަޑު އިވިފައި ޚިޔާލުތަކުން ބޭރުވެވުނެވެ. ޔަގީނެވެ. އެ ވާނީ ޔާނިއުގެ މެސެޖަކަށެވެ. އަނާނީއަށް ގެއަށް ވަދެވެންތޯ ޔަގީންކޮށްލުމަށެވެ. މިހެން ހިތަށް އަރާފައި އަނާނީގެ ތުންފަތަށް ލުއިލުއި ހިނިތުންވުމެއް ވެރިވިއެވެ. އަދި އަވަސް އަވަހަށް ފޯނު ނަގައި ބަލައިލިއެވެ. ޔާނިއުގެ މެސެޖެއް ނޫނެވެ. އަނާނީ ވަގުތުން މާޔޫސްވިއެވެ. އެއީ އަރީންގެ މެސެޖެއްކަން އިނގުމުން މެސެޖު ނުވެސް ކިޔައި ޑިލީޓު ކޮށްލިއެވެ. ރީޝާ އެހާ ރުޅި އަންނަ އިރު އަރީންއާ އެއްވެސް ގުޅުމެއް ބޭއްވުން ރަނގަޅު ނުވާނެކަމަށް އަނާނީއަށް ވިސްނުނެވެ. އެހެންކަމުން އަރީންގެ ނަންބަރުވެސް ބްލޮކު ކޮށްލިއެވެ.

ޖެހިގެން އައި ދުވަހު ކޮލެޖުގައި، ރީޝާ އަނާނީ އަކާ އެއްވެސް ވަރަކަށް ވާހަކައެއް ނުދައްކައެވެ. އޭނާ އިށީނދެގެން އިނީ ވެސް އަނާނީއާ ދުރުގައެވެ. ފެނުމުން ފެންނަ ކަމަށްވެސް ނުހަދައެވެ. ރީޝާ އެހާ ރުޅި އަންނަންވީ ކީއްވެކަމެއް ނުވިސްނުނަސް، އަނާނީ އަކަށް ވެސް އިސްވެ ވާހަކަ ދައްކާކަށް ނުކެރުނެވެ. ކުޑަމިނުން ރުޅި އައިސްހުރި ސަބަބުވެސް އޮޅުންފިލުވާލަން ދާކަށް ނުކެރުނެވެ. ރީޝާ އެންމެންގެ ކުރިމަތީގައި ރުޅިއައިސްގެން އެއްޗެހި ކިޔާފާނެތީ، އެކަމާ ބިރުންނެވެ. އޭރުން ލަދު ގަންނަން ޖެހޭނީ އަނާނީއެވެ. އެދުވަހު ކޮލެޖު ނިމުން ގަޑީގައި ރީޝާ ގެއަށް ދާން ނުކުންނަނިކޮށް އަނާނީ ފެނުމުން، އަނާނީ ހިނިތުންވެލައިފައި ރީޝާއާ ދިމާއަށް ހިނގައިގަންނަން އުޅުމުން، ރީޝާވެސް ރައްދުގައި ފާޑެއްގެ ގޮތަކަށް ހީލާފައި ނުކުމެގެން ދިޔައީ އަނާނީއަށް މަޑުވެސް ނުކޮށެވެ. އަދި ދިޔަ ގޮތަށް ގޮސް ކޮންމެވެސް މީހެއްގެ ސައިކަލު ފަހަތަށް އަރައިގެން ދިޔައީ ފަހަތްވެސް ބަލަައި ނުލައެވެ. އެހެންޏާ އެއީ އަނާނީއާ އެއްކޮށް ނޫނީ ގެއަށް ނުދެވޭ މީހާއެވެ. މިއަދު އެދިޔައީ ކާކުގެ ފަހަތަކުން ކަމެއް ނޭނގެއެވެ. ހީވާނީ ރީޝާ ރައްޓެހި ވެގެން އުޅޭ ކުއްޖާހެނެވެ. ކުއްޖަކާ ރައްޓެހިވާން އުޅޭ ވާހަކަ ރީޝާ ވަނީ މީގެ ކުޑަދުވަސްކޮޅެއް ކުރިން ދައްކާފައެވެ. އަދި އެކުއްޖާގެ ފޮޓޯވެސް ދެއްކި ހަނދާނެއް އަނާނީ ވާންފެށިއެވެ. އަނާނީއާ ވަރަށް އަވަހަށް ބައްދަލުކޮށްދޭނެ ވާހަކަ ވެސް ރީޝާ އޮތީ ބުނެފައެވެ. ނަމަވެސް މިއަދު އަނާނީ އަކީ ރީޝާއަށް ބީރައްޓެއްސަކަށް ހަދާލައިފިއެވެ. އެވެސް އަނާނީގެ ކުށަކާ ނުލައެވެ. ހަމައެކަނި ރީޝާއަށް ހީވި ހީވުމަކަށް ބަލައިގެން އެފަދަ ބޮޑު ނިންމުމެއް ނިންމާކަށް ނުވާނެ ނޫންހެވެ.

ރީޝާ ދިޔަތަން ބަލަން އަނާނީއަށް ހުރެވުނެވެ. އަދި ލޮލުކޮޅަށް ގެއްލުމުން އިސްޖަހައިލެވުނެވެ. ހަޤީޤަތުގައިވެސް އަނާނީ ވަރަށް ހިތުގަ ޖެހިއްޖެއެވެ. ރީޝާ ކަހަލަ އެކުވެރިއެއް ދެން ލިބޭނެހެނެއްވެސް ހިއެއްނުވެއެވެ. އަނާނީ މަޑު ފިޔަވަޅު ތަކެއްގައި ގެއަށް ދާން ހިނގައިގަތީ، ގެއަށް ދެވުނުހާ އަވަހަކަށް ރީޝާއަށް ގުޅައިގެން، އެ ދެމެދުގައި ހުރި ހުރިހާ ކުށްހީއެއް ފިލުވައިލުމަށް ނިންމައިގެނެވެ. ރީޝާ ފޯނު ނުނަގައިފި ނަމަ މެސެޖު ކުރާނީއެވެ.

އަނާނީއަށް ވަކި ހިސާބަކަށް ދެވުނުތަނާ، ޒުހާއާއި އޭނާގެ ދެ އެކުވެރިން އަނާނީގެ ކުރިމައްޗަށް އަރައި މަގުބައްދައިލިއެވެ. އަނާނީއަށް ލިބުނީ ބޮޑު ސިހުމެކެވެ. ޒުހާއާއި އޭނާގެ އެކުވެރިން ފެށުނީއްސުރެ އަނާނީ ދެކެ ރުޅިއާދެއެވެ. ކޮލެޖުގައި އަނާނީއަށް ފުރައްސާރަކޮށް ހަދައެވެ. އަނާނީއަށް ނުވިސްނެނީ ކީއްވެ ކަމެވެ. ކޮލެޖަށް އައުމުގެ ކުރިން އޭގެން އެކަކުވެސް އަނާނީއަކަށް ފެނިފަކާވެސް ނުވެއެވެ. ނަމަވެެސް ރީޝާ ކިޔައިދިން ގޮތުގައި އެއީ އަނާނީ ރީތިވުމުން ޒުހާމެން އެކަމާ ހަސަދަވެރިވާވަރުން ކުރާ ކަމެކެވެ. ކޮލެޖު އެންމެން ޒުހާއަށްވުރެ ބޮޑަށް އަނާނީއަށް ސަމާލުކަން ދޭތީ އެކަން ހަޖަމުނުވަނީއެވެ. ކޮލެޖުތެރެއިން ވެސް އަނާނީއަށް ފާޑުފާޑުގެ ނަންނަމުން ގޮވާ ހަދަނީވެސް އެހެންވެއެވެ. ނަމަވެސް ފަހުން ކޮންމެވެސް ކުދިންތަކެއް އެކަން ކޮލެޖުގެ އިސްވެރިންގެ ސަމާލުކަމަށް ގެނައުމުން، ޒުހާމެންގެ އުނދަގޫ ފަހަކަށް އައިސް ވަނީ ކުޑަވެފައެވެ.

“ހާދަ އެކަނިވެރިކޮށް؟” މަލާމާތުގެ ރާގަކަށް ޒުހާ އަހައިލިއެވެ. އަނާނީ އަޅައިނުލައި އަނެއްފަރާތުން ދާން އުޅުމުން، އެމީހުން އަނެއްކާވެސް ހިފެހެއްޓިއެވެ. އަދި ޒުހާ ރުޅި އައިސްފައިހުރެ ކިޔައިގަތެވެ. “ކަލެއަށް ހަމަ އެހެން ފިރިހެނެއް ނުވެގެންތަ މަގޭ ކަޒިން ބްރޯ ފަހަތުން ތިއުޅެނީ؟ ބުނަން ވާހަކައެއް، ކަލޭ ކިތަންމެ ދޮން ވެފައި ރީތިވިޔަކަސް ތިއީ އަހަރުން ފެމިލީއާ އެކަށީގެންވާ ވަރުގެ މީހެއް ނޫން. އެކަން ހަނދާނުގަ ބަހައްޓައްޗޭ؟ ކޮންމެހެން ޔާން ކަލޭގެ ޖާދޫގަ ޖައްސަން އުޅޭނެ ކަމެއްނެތް. އޭނަ ނުވެސް ނެތް ކަލެއަކަށް ޝައުގެއް. ކަލެއަށް ޔާންގެ ގޮތެއް ނޭނގޭ ދޯ. އޭނަ ކޮންމެ އަންހެން ކުއްޖެއްވެސް ގެންގުޅޭނީ އެންމެ ދެތިން ދުވަހަށް. ޔޫސް ކޮށްލާފަ އެއްލާލާނެ. އެކަމަކު އެގޮތަށް ޔޫސްކުރަން ވެސް ތިކަހަލަ ރާއްޖެ ތެރޭ ލޫޒާއެއް ނޫނީ އޭނައަކަށް ވެސް މިފަހަރު ނުފެނުން ދޯ. ހުހް ވަރަށް ފޫހިވޭ! ޖަސްޓް ސްޓޭ އަވޭ ފްރޮމް ހިމް! އެހެން ނޫނީ ދެން ވާ ގޮތް މާ ރީއްޗެއް ނުވާނެ!”

“މަ އުޅޭނެ ގޮތެއް އިނގޭނީ މަށަށް! ކޮންމެހެން ޒުހާ ނުޖެހޭނެ ކިޔައިދޭކަށް. ތީ މަށާ ބެހޭ މީހެއްވެސް ނޫން!” އަރައިގަތް ރުޅިން އަނާނީއަކަށް ވެސް މަޑަކުން ނުހުރެވުނެވެ. އޭނާ އުޅެންވީ ގޮތާ ނޫޅޭންވީ ގޮތް ކިޔައިދޭން ޒުހާ މިއީ ކާކު ހެއްޔެވެ.

“އޭ ކަލޭ ކޮން އަނގައެއް ފަޅައިގެން ތިއުޅެނީ؟ ތިފާޑަށް ފުއްޕަން ދޭ މަންމަ ކައިރިއަށް!” ޒުހާއާއެކު ހުރި ޝާނީ އޭނާގެ ދަބަހުން އަނާނީ ގައިގައި އަޅުވައިލިއެވެ. އެވަގަތު ރައްދުގައި ޖަހަން އަނާނީގެ ހިތަށް އެރިއެވެ. ނަމަވެސް ރުޅީގެ މައްޗަށް ނަފްސު ކޮންޓްރޯލު ކޮށްލިއެވެ. އަދި އެމީހުންގެ ތެރެއިން ފަޅާލާފައި އަނާނީ ހިނގައިގަތެވެ.

“ބޮޑު ބަޑި! ބޮޑު ބަޑި!” ފަހަތުން އެއްއަޑަކުން ޒުހާމެން ގޮވަން ފެށި އަޑު އިވުނެވެ. އޭރު އަނާނީގެ މަސްހުނި ވެފައިވާ ޖަޒުބާތުތަކާއެކު، ދެލޯ ފެންކަޅިވިއެވެ. ނަމަވެސް ފަހަތް ބަލައިނުލައި އޭނާ ހިނގަމުން ދިޔައީ ވީހާވެސް އަވަހަށް ގެއަށް ދިޔުމަށެވެ.

ބެލް ޖަހައިލުމުން ދޮރު ހުޅުވީ ލޫކަސްއެވެ. ލޫކަސްގެ މޫނު ފެނުމުން އަނާނީ އިތުރަށް ރުޅިއަންނަ ގޮތް ވިއެވެ. އަނެއްކާ އަނެއް ބޮލުރިހުމެވެ. އަނާނީ އެތެރެއަށް ވަދެގެން އައިއިރު، އެމޫނުމަތި މިލާފައި ހުރިތަން ފެނުމުން ލޫކަސްއަށް ކުޑަ ހައިރާންކަމެއް ލިބުނެވެ. “ކިހިނެއްވެފަ ތިހުރީ؟” އަނާނީ މާބާރަކަށް ކޮޓަރިއާ ދިމާއަށް ދާންފެށުމުން، ތަންކޮޅެއް ބާރަށް ލޫކަސް އަހައިލިއެވެ. އެ އަޑުގައި އޯގާތެރިކަން ހުރުމުން، އަނާނީއަށް ހީވީ އޭނާއަށް އަޑު އައި ގޮތްކަމަށެވެ. އަދި، ހުއްޓިފައި، ލޫކަސްއާ ދިމާއަށް އެނބުރި ބަލައިލައިފައި ލޯ އަޅައިލިއެވެ. އެއަށްފަހު ކޮޓަރިއަށްވަދެ ދޮރުޖެހިއެވެ.

ޒުހާގެ ބަސްތައް ސިކުނޑީގައި ހަރުލާފައި ހުރީ އަވަހަށް ހަނދާންނެތޭފަދަ ގޮތަކަށް ނޫނެވެ. ޔާނިއުއޭ ކިޔައިގެން އޭނާ އެ ދެއްކި ވާހަކަތަކުން އަނާނީގެ ހިތުގައި ކޫރުމެއް އެޅިފައިވާ ކަހަލައެވެ. ޔާނިއުއަކީ ހަމަ އެހާވެސް ނުބައި މީހެއް ހެއްޔެވެ. އަންހެންކުދިންގެ އިހުސާސްތަކަށް ގަދަރު ނުކުރާ މީހެއް ހެއްޔެވެ. ނަމަވެސް އަނާނީއާ ދިމާވި ޔާނިއުއަކީ އެބުނާފަދަ މީހެއް ހެނެއް ހިއެއް ނުވެއެވެ. ނޫންނަމަ އެރޭ އޭނާ އަނާނީއާމެދު އެހާ ރަނގަޅަށް ކަންތައް ނުކުރީހެއްނޫންހެއްޔެވެ. ބަލާނީ ޒުހާ އެބުނި ކަހަލަ ފައިދާއެއް ނެގޭތޯ ނޫންހެއްޔެވެ. އެހެނަސް އެކަހަލަ އެއްވެސް ކަމެއް ކުރާކަށް ޔާނިއު އުޅެފަކާ ނެތެވެ. ކުޑަމިނުން އަނާނީ ގައިގައި އިނގިލިކުރި ވެސް ޖައްސައިލީކީ ނޫނެވެ. ގައިމު އެކަހަލަ ކަމެއް ކުރަން ބޭނުން ނަމަ އެ ފިރިހެންވަންތަ ސިފަތަކުގެ ޖާދޫގައި އަނާނީ ޖައްސައިލުމަކީ އުނދަގޫ ކަމަކަށް ނުވާނެއެވެ. އަަނެއްކޮޅުން އެރޭ ވިއްސާރަ ހުއްޓަންދެން ތިބި ތަނާއި ވަގުތު ބުރަވަނީވެސް ޔާނިއުގެ ކޮޅަށެވެ. އެފަދަ ހާލަތެއްގައި އަނާނީއަށް ކުރެވޭނެ މާބޮޑު ކަމެއް އޮންނާނީކީ ނޫނެވެ. މި ހުރިހާ ކަމެއް މިހެން ހުރިއިރު ވެސް ޔާނިއުގެ ފަރާތުން ފެނުނީ އިންސާނިއްޔަތުގެ ސިފައާއި ހިތްހެޔޮކަމެވެ. އެހެންކަމުން، ޒުހާ އެބުނި ވާހަކައަކީ ދޮގެއް ކަމަށް އަނާނީގެ ހިތަށް ވިސްނައިދިނެވެ.

ކުއްލިއަކަށް ރީޝާގެ މަތިން ހަނދާންވެފައި ފޯނު ނެގިއެވެ. ނަމަވެސް ރީޝާގެ ނަންބަރަށް ފިތަން އުޅެނިކޮށް، ނުދަންނަ ނަންބަރަކުން މެސެޖެއް އައެވެ. “ވައި ސޯ ސޭޑް؟” އޭގައި އޮތީ މިހެންނެވެ. ނަމަވެސް އެއީ ކާކުތޯ ބަލާކަށް އަނާނީ ބޭނުމެއް ނުވިއެވެ. އަދި އަނެއްކާވެސް ރީޝާއަށް ގުޅޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް، ރީޝާގެ ނަންބަރު ބިޒީ ކަމަށް ދެއްކިއެވެ. ދެވަނަ ފަހަރަށް ގުޅައިލުމުން ވެސް ވީ އެހެންނެވެ. ވީގޮތް އަނާނީއަށް ވިސްނުނެވެ. ރީޝާ އޭނީ އަނާނީގެ ނަންބަރު ބްލޮކު ކޮށްލާފައެވެ.

ރީޝާއަށް ހުރިހާ ކަމެއް ތެދަށް ކިޔައިދިނުމުގެ ގޮތުން އަނާނީ ދިގު މެސެޖެއް ލިޔަން ފެށިއެވެ. މެސެޖުގެ މެދުތެރެއިން އެއްކަލަ ނުދަންނަ ނަންބަރުން ގުޅަން ފެށުމުން، އަނާނީއަށް އޮޅިގެން ފޯނު ނެގުނެވެ. އެހެންކަމުން އެއީ ކާކުތޯ ބަލައިލަން ކަންފަތުގައި ފޯނު ޖެއްސިއެވެ.

“ތިހާ ދެރަވެފަ ހުރިތަން ފެނުނީމަ ވަރަށް ދެރަވެއްޖެ. ވެގެން އުޅޭގޮތް ކިޔައިދީބަ. އަހަރެން މިހުރީ އަޑުއަހަން” އެކޮޅުން ވާހަކަ ދެއްކި އަޑަކީ އަނާނީ ވަރަށް ދަންނަ އަޑެއްހެން ހީވިއެވެ.

“ކާކު؟” އަނާނީ އަހައިލިއެވެ.

“ލޫކަސް..” މަޑުމަޑުން ލޫކަސް ބުނެލިއެވެ. އަނާނީއަށް އެ ނަން އިވިފައި ވަގުތުން ފޯނު ކަނޑައިލައިފައި، ފާރަށް ޖެހުނީ ބޭއިޚްތިޔާރުގައެވެ. ލޫކަސް އޭނާއަށް ގުޅަންވީ ކީއްކުރަން ހެއްޔެވެ. މިހާރު މާ ރަނގަޅު މީހެއް ކަމަށް ހެދިގެން އުޅުނަސް، ލޫކަސްގެ ފަރާތުން ލިބިފައިހުރި ދުއްތުރާތައް އަނާނީ ހަނދާނެއް ނުނެތެވެ. ރަނގަޅަށް ވިއްޔާ މިވެސް ވާނީ އޭނާގެ މޮޅު ރޭވުމަކަށެވެ. އެއްގެއެއްގައި އުޅެން ޖެހުނަސް، އަނާނީ ހުރީ ލޫކަސްއަށް ހިތްހެޔޮ ކުރާ ގޮތަކަށް ނޫނެވެ. އެއަށްވުރެ ބޮޑަށް ފޫހިވާ މީހެއް ނުވެސް ހުންނާނެއެވެ. އެ މޫނު ފެންނަ ކޮންމެ ވަގުތަކު ވަނީ އަމަށަކު ފޫއްސެއް ނޫނެވެ. އެހެން ގޮތެއް ހުރިނަމަ، އަނާނީ އެ މޫނު ފެންނަ ހިސާބުގައި ނުވެސް ހުރީހެވެ.

ބިންމައްޗަށް ވެއްޓިފައި އޮތް ފޯނު އަނާނީ ނެގިއެވެ. ފޯނު އޮތީ ނިވިފައެވެ. ނަސީބަކުން، ހުޅުވަން އުޅުމުން އެއްވެސް އުނދަގުލަކާ ނުލައި ހުޅުވުނެވެ. އެހެނަސް، ރީޝާއަށް ލިޔުނު މެސެޖު ފޮހެވުނީކަން އެނގުމުން ދެފަރާތަކަށް ބޯހޫރުވައިލެވުނީ، އަމިއްލަ މޮޔަކަން ހިތަށް އަރައިފައެވެ. އަނެއްކާ އަލުންބަލުން އެ ހުރިހާ އެއްޗެއް ލިޔަންވީއެވެ. އަނާނީ ގޮސް އެނދުގައި ޖައްސައިލިއެވެ. އަދި ވަރަށް ފަރުވާތެރިކަމާއެކު މެސެޖު ލިޔަން ފެށިއެވެ.

އިރުކޮޅެއްފަހެވެ. އަނާނީގެ ކޮޓަރި ދޮރުގައި ޓަކިޖަހާ އަޑުއިވެން ފެށިއެވެ. އަނާނީގެ ދެބުމަ ގޮށްޖެހުނެވެ. އަދިވެސް ލޫކަސްއަށް ނުވިސްނެނީހެއްޔެވެ. އަނާނީ އޭނާއާ ވާހަކަ ދައްކާކަށް ބޭނުމެއް ނުވެއެވެ. އޭނާ އެވަރަކުން އެއުޅެނީ ކޮން ބޭނުމެއް އޮވެގެން ހެއްޔެވެ.

“މަށާ ވާހަކަ ދައްކަން ނޫޅޭށޭ!” ދޮރު ހުޅުވައިލި ގޮތަށް ބަލައިވެސް ނުލައި އަނާނީ ރުޅިވެރި އަޑަކުން ބުނެލިއެވެ. ހަމައެއާއެކު އޭނާގެ ދެލޯ ބޮޑުވީ ކުރިމަތީގައި ހުރީ ލޫކަސް ނޫންކަން އެނގުމުންނެވެ.

ތުންކޮޅު އޫކޮށްލައިފައި އަޒްކާ ރޯންފެށީ އަނާނީ ރުޅިއައިތަން ފެނުމުންނެވެ. އަނާނީ އަވަސްއަވަހަށް ތިރިވެފައި، އަޒްކާގެ ގައިގައި ބައްދައި މާފަށް އެދެން ފެށިއެވެ. ނަމަވެސް، އަޒްކާ އަނާނީ ފޮޅާލާފައި ކަރުނަތައް ފޮހެމުން ގޮސް އޭނާގެ ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ. ދުރުގައި، ސޯފާގައި އިން ލޫކަސް ހޭންފެށިއެވެ.

“ކީއް ތި ކުރީ؟ ކުޑަކުއްޖަކަށް ވެސް ދޫނުކުރަން ދޯ.” ހެމުންހެމުން ލޫކަސް ބުނެލިއެވެ. އެވަގުތު އަނާނީގެ ސަމާލުކަން ހުރީ ލޫކަސްއަކަށް ނޫނެވެ. ލިއުދައްތަ ކައިރީ އަޒްކާގޮސް ބުނާނެ އެއްޗަކާމެދުގައެވެ. އޭނާއަށް ތުންފަތުގައި ދަތް އަޅައިލެވުނީ ކުށްވެރިވެފައިވާ ކަމުގެ އިޙްސާސްކުރެވުމުންނެވެ.

“ލިއުދައްތަމެން ގޭގަ އެބަ އުޅޭތަ؟” ފޫހިގޮތް ދައްކަމުން ވެސް އަނާނީ މިހެން އަހައިލީ، ހަދާނެ އިތުރު ގޮތެއް ނުވިސްނުމުންނެވެ. ލިއުޝާމެން ގޭގައި ނޫޅޭކަން ޔަގީންކުރެވިއްޖެ ނަމަ، އެމީހުން އައުމުގެ ކުރިން އަޒްކާ ހަމައަކަށް އެޅުވިދާނެއެވެ.

“މަ ކައިރީތަ ތި އެހީ؟” ޤަބޫލުކުރަން ދަތިވެފައި އިންކަމަށް ދައްކަމުން، ލޫކަސް އަހައިލިއެވެ. އަނާނީ ފާޑަކަށް ހުރެފައި “ހްމްމް” އޭ ބުނެލީ، ލޫކަސްއެއް އެއްވެސް ޝައުގުވެރިކަމެއް ނެތްފަދަ ރާގަކަށެވެ.

“މިތާ ކައިރިއަށް އައިސް، ތަންކޮޅެއް ރީއްޗަށް އަހާބަ” ބޮޑު ހިނިތުންވުމަކާއެކު ލޫކަސް ބުނެލިއެވެ. އިތުރު ގޮތެއް އަނާނީއަކަށް ނެތެވެ. ވަގުތު ކުޑަތަންވަނީއެވެ. އެހެންކަމުން، ދެޚިޔާލެއްގައި ހުރެފައިވެސް، ލޫކަސްއާ ދިމާއަށް ހިނގައިގަތެވެ. އަދި އެތާ ވަކިން ހުރި ސޯފާގައި އިށީނެވެ.

“ލިއުދައްތަމެން އެބައުޅޭތަ؟” އިސްޖަހައިގެން އިނދެ އަނާނީ އަހައިލީ، ލޫކަސްއާ ދިމާއަށް ބަލަން ބޭނުންނުވުމުންނެވެ. ނަމަވެސް ލޫކަސް ބުނީ އޭނާއާ ހަތަރުކަޅި ހަމަކޮށްފައި އެހުމަށެވެ. އެކަންވެސް އަނާނީ  ކުރީ މަޖުބޫރުވެފައި އިނުމުންނެވެ.

“ނޫޅޭ. ދޮންބެއާ އެއްކޮށް ބޭރުގަ ވީ.” ލޫކަސް އެންމެފަހުން ޖަވާބު ދިނެވެ. އަދި ބުންޏެވެ. “ސީ، ނައު ދެޓް ވޯޒް ސިމްޕަލް ވޮޒްންޓް އިޓް؟”

ލޫކަސްގެ ބޭކާރު ވާހަކަތައް އަޑުއަހާކަށް އަނާނީގެ ޝައުގެއްނެތެވެ. އަދި ވަގުތެއްވެސް ނެތެވެ. އަޒްކާ ހަމައަކަށް އެޅުވުމަށްޓަކައި، އަނާނީ އެ ކޮޓަރިއާ ދިމާއަށް ދިޔައެވެ. ކޮޓަރި ހުރީ ތަޅުލާފައެވެ. އަޒްކާ އަކީ ބޯހަރު ކުއްޖެކެވެ. އަނާނީ އެތައް ފަހަރަކު ދޮރުގައި ތެޅުމުންވެސް ދޮރެއް ނުހުޅުވިއެވެ. އޭގެ ބަދަލުގައި އެތެރެއިން އަޒްކާ ބުނި އަޑު އިވުނެވެ. “ކޮއްކޮ ރުޅި ނާނި ދައްތައާ. މަންމަ ކައިރީ ވެސް ބުނާނަން ދައްތަ އެއްޗެހި ކީ ވާހަކަ! ދައްތަ މިހާރު ކޮއްކޮދެކެ ލޯތްބެއް ނުވޭ! ކޮއްކޮވެސް ބޭނުމެއް ނެތް ނާނި ދައްތައާ ވާހަކަ ދައްކާކަށް ދެން. މިތަނުން ދޭ! ތީ ގޯސް ދައްތައެއް!” ހީވާގޮތުން، އަނާނީއަށް ބުނެވުނު ކުޑަކުޑަ އެއްޗަކުން އަޒްކާ އެހުރީ ވަރަށް ބޮޑަށް ހިތުގައި ޖެހިފައެވެ. އަޒްކާއަކީ ހިތްބަލި ކުއްޖެއްކަން އަނާނީއަށް ވަނީ މީގެ ކުރިން ވެސް ފެނިފައެވެ. ނަމަވެސް، އޭނާ އެހެން ބުނީ އަޒްކާއާ ދިމާއަކަށް ނޫނެވެ. މިކަން އަޒްކާއަށް ވިސްނައިދޭނީ ކިހިނެއްހެއްޔެވެ.

ގޮތްހުސްވެފައި ހުރެ، އަނާނީ އެނބުރި އޭނާގެ ކޮޓަރިއަށް ދާން ހިނގައިގަތެވެ. ލިއުޝާމެންނަށް އާދެވުމުން ދެން ވާނެގޮތެއް އޭނާއަށް ސިފައެއް ނުކުރެވެއެވެ. މީގެ ކުރިން ދުވަހަކުވެސް، އަޒްކާގެ ކަމެއްގައި ލިއުޝާ އަނާނީދެކެ ރުޅި އައިސްފައެއް ނުވެއެވެ. އަނާނީ އަޒްކާދެކެ ވާ ލޯބި، ލިއުޝާ އަށް ވެސް އެނގެނީ ކަންނޭނގެއެވެ. ނަމަވެސް މިއަދު އެހުރިހާ ކަމެއް ބަދަލުވާނެއެވެ.

“އައި ކުޑް ހެލްޕް ޔޫ..” ފަހަތުން ލޫކަސް މިހެން ބުނެލި އަޑު އިވިފައި، އަނާނީއަށް ހުއްޓެވުނެވެ. ނަމަވެސް އެއީ ލޫކަސްއެވެ. އޭނާ އަނާނީއަކަށް ހެވެއް ނޭދޭނެއެވެ. މިހެން ހީކޮށްފައި އަނެއްކާވެސް ހިނގައިގަތެވެ. އަދި ކޮޓަރިއަށް ވަންނަން ދޮރު ހުޅުވައިލިތަނާ، ލޫކަސް އިތުރުކޮށްލިއެވެ. “ސީރިއަސްކޮށް. މަށަށް އަޒްކޮއަށް ވިސްނައިދެވިދާނެ. އަދި ހަމައަކަށްވެސް އެޅުވިދާނެ. ޝީ ލަވްސް މީ. އެކަމަކު އަނާނީ ބޭނުން ނަމަ އިނގޭ. އެހެން ނޫނީ މަގޭ މައްސަލައެއް ނޫން ތީކީ. ޔޯ ޗޮއިސް.”

ފަސްއެނބުރި ބަލައިލަން އަނާނީއަށް މަޖުބޫރުވިއެވެ. ލޫކަސް އެ ހަދަނީ ތެދެއް ކަމަށް ވަންޏާ، މިއީ ފަސޭހައިން ނިމޭނެ ކަމެކެވެ. އެންމެފަހަރަކަށް ނަމަވެސް، ލޫކަސްއަށް އިތުބާރުކޮށްގެން ވާނެ ގޮތެއް ބަލައިލަން އަނާނީ ބޭނުންވިއެވެ. އެހެންނޫނަސް، އިތުރު އެހެން ގޮތެއް އޭނާގެ ބޮލަކަށް އެވަގުތު ނައެވެ. “ހެލްޕް މީ….” މަޑުމަޑުން، ލަސްލަހުން އަނާނީއަށް ކިޔައިލެވުނެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Aishasha

Level 310 Stories100 Login

Other Articles

Previous

އިންތިޒާރެއް މަ ނުކުރާނަމޭ (3)

Next

އިންތިޒާރެއް މަ ނުކުރާނަމޭ (4)

Next
May 2, 2017

އިންތިޒާރެއް މަ ނުކުރާނަމޭ (4)

Previews
May 1, 2017

އިންތިޒާރެއް މަ ނުކުރާނަމޭ (3)

35 Comments!

  1. ssss? says:
    May 2, 2017 at 7:17 am

    When is next part

  2. Maree says:
    May 2, 2017 at 7:57 am

    v reethi

    1. Aishasha says:
      May 7, 2017 at 3:41 am

      Thanks Maree

  3. ? says:
    May 2, 2017 at 8:05 am

    When next???

  4. cenhi says:
    May 2, 2017 at 8:40 am

    Nice Inge. Waiting for next part

    1. Aishasha says:
      May 7, 2017 at 3:42 am

      Thanks cenhi. Next part will be published soon.

  5. haw shia shaba shi r says:
    May 2, 2017 at 10:27 am

    Mashaa Allah v reethi mi part ves,keep it up, next part soon plx

    1. Aishasha says:
      May 7, 2017 at 3:43 am

      Thanks you so much haw shia :* Next part will be published soon.

  6. Sha says:
    May 2, 2017 at 12:22 pm

    Nice.

    1. Aishasha says:
      May 7, 2017 at 3:43 am

      Thanks Sha

  7. nonns says:
    May 2, 2017 at 12:25 pm

    Reethi. When is next part???

    1. Aishasha says:
      May 7, 2017 at 3:44 am

      Thanks nonns. Next part will be there very soon.

  8. shaha says:
    May 2, 2017 at 1:29 pm

    reethi

    1. Aishasha says:
      May 7, 2017 at 3:45 am

      Thanks shaha 🙂

  9. Lucas and Ayani shipper says:
    May 2, 2017 at 6:06 pm

    Lucas aai ayani gulhuvadhybw pls…

    1. Aishasha says:
      May 7, 2017 at 3:45 am

      Hehe let’s see dho..

  10. noo says:
    May 2, 2017 at 6:35 pm

    dhen avas next part varah kiyaalaa hithun mihuree.. pls pls pls

    1. Aishasha says:
      May 7, 2017 at 3:46 am

      Next part will be published soon. Las veema varah bodah sorry 🙁

  11. ☆Lai☆ says:
    May 2, 2017 at 7:29 pm

    Ayany aai Lucas aai varah gulhey..When is the nxt prt?

  12. Ayani and Lukas says:
    May 2, 2017 at 7:31 pm

    Ayani aai Lukas gulhuvadhyb please..

    1. Lim says:
      May 4, 2017 at 2:43 pm

      Thi dhen eba ingey ekakukan eki nannamun thi comment kurany… Anaany ah ayany kiyafa thihiri comment kurevifa 3 names n vx.. Thi othy bust vefa..
      And thyna beynun va khiyal Knmehen eki nannamun faalhu kurakah nujehey gina myhun beynun va goeh kamah dhakkakah.. Knme myhaku vx emyhaku beynun vaa goeh faalhu kuryma aishasha decide kohfa liyanetha visni gothakah.. So stop commenting by fake names plxxxxxx

  13. ? says:
    May 2, 2017 at 8:19 pm

    thi photo badalukohbala v foohi dhen

    1. Aishasha says:
      May 7, 2017 at 3:47 am

      Vaahaka kuriyah dhaa varakah ingeyne photo aa huri gulhun ves. 🙂

  14. Star says:
    May 2, 2017 at 10:17 pm

    Anany aa yuan gulhuva… Story vvv salhi.. Keep going

    1. Anonymous says:
      May 3, 2017 at 10:01 pm

      Star… Yuan eh noolhey mi story aku

    2. Star says:
      May 4, 2017 at 1:42 pm

      Oh yeah I meant yaniu

    3. Aishasha says:
      May 7, 2017 at 3:47 am

      Hehe Star let’s see dho.

  15. ssss? says:
    May 4, 2017 at 11:51 pm

    When is next part… thankolheh avahah up kohlan dhiibala…. V v kiyaa hithun miinii??

    1. Aishasha says:
      May 7, 2017 at 3:49 am

      Next part will be published tomorrow. Varah bodah sorry las veema. And thank you for your patience :*

  16. Anonymous says:
    May 5, 2017 at 7:37 am

    Miadhu upkohdheveytho balaba… Plxxxxxx

    1. Aishasha says:
      May 7, 2017 at 3:49 am

      Maadhan up kureveyne. Sorry las veema 🙁

  17. Luki says:
    May 6, 2017 at 12:55 am

    Lucas and luki v gulhey.. this story is also v nice

    1. Aishasha says:
      May 7, 2017 at 3:50 am

      Hehe thanks

  18. ssss? says:
    May 6, 2017 at 8:16 am

    When is next part…..waitinggggg

    1. Aishasha says:
      May 7, 2017 at 3:51 am

      Sorry las veema 🙁 Thanks for your patience ingey 🙂 Maadhan next part publish kohdheyne. Mihaaru up kohfa innaany.

Comments are closed.

Next Episodeފުން އިހުސާސެކޭ 10←


All Right Reserved!