Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

ކަކުނި 12

ShaiShy Level 410 Stories100 Comments500 Comments
April 29, 2017 7 Mins Read
136 Comments

ވިދުވަރެއްހާ ހަލުވި މިނެއްގައި އީތަން މައްޗަށް އަރައިގެން ދިޔައިރު އީތަން ދިޔަ ހިސާބުން އަލިފާންކަނި ބުރަމުންދިޔައެވެ. ޒިއަދަން ރުޅިވެރިމާއެކު އީތަންއަށް ބަލާލިއެވެ. އެދެލޮލުން ދުން އަރަމުންދާއިރު ގައިން ފައިބަމުންދާ ލޮނދިތަކުން އަލިފާންގަނޑު އިތުރަށް ކެކިއުތުރި ގަނެއެވެ. އީތަން ނުދަންނަ ބަހަކުން ޒިއަދަން އޭނަ ވަށައިގެން ތިބި މީހުންނާ ދިމާއަށް ހަޅޭލަވަމުން ދިޔައެވެ. އީތަންއަށް ނޭނގުނަސް ޒިއަދަން އޭނާގެ ވަށައިގެން ތިބި މީހުންނަށް އަމުރުކުރީ އީތަންގެ ދުވަސް ދުއްވާލުމަށެވެ. ޒިއަދަންގެ އަމުރަށް އެމީހުންތަށް އަޑުގަދަކުރަމުން އީތަންއާ ދިމާއަށް އަންނަން ފެށިއެވެ. ވައިގެތެރޭ އެމިހުން އުދުހިލާފައި އީތަންއާ ދިމާއަށް ދޮންކޮށްފައިވާ ދަގަނޑު ދިއްކުރަމުން ދެއެވެ. އެމީހުންނާ އެއް ހަމައެއްގައި ހުރި އީތަން އެއިން ކޮންމެ ހަމަލާއަކުން ސަލާމަތްވަނީ ހުށިޔާރު ކަމާއެކީއެވެ. އީތަންގެ އެހުށިޔާރުކަން ފެނި ޒިއަދަންއަށް ނުބައި އިހުސާސެއް ކުރެވުނެވެ. މިދުނިޔޭގައި އޭނައަށް ވުރެ ބާރުގަދަ މީހެއް ނުހުންނާނެ ކަމަށް އޭނަގެ ކާފަ ޔައުކިއްޒާ ބުނާ ކަމަށްވެއެވެ. ޒިމްރީނާ ވަނީ އެފަދަ އެތައް ވާހަކަތަކެއް ޒިއަދަން އެންމެ ތުއްތުއިރުން ފެށިގެން އެޅަސިކުނޑިއަށް ވިސްނައިދީފައެވެ. ބޮޑު ވަމުން އައިއިރު ޒިއަދަންގެ އެއްވެސް އެކުވެރިޔަކު ނުހުންނީ އެބޮޑާކަމާ ކިބުރުވެރި ކަމުގެ ސަބަބުންނެވެ. އޭނައާ އެއްފެންވަރެއްގެ ޖިންނިއެއް ހުންނާނެ ކަމަށް ޒިއަދަން ޤަބޫލެއް ނުކުރެއެވެ. އެހެން ކަމުން އާދައިގެ ޖިންނިންނާ ގުޅުން ބަދަހި ކުރުމަކީ އޭނާގެ ނަފުސަށް ކިލަނބުކަމެއް އަންނާނެ ފަދަ ކަމެއްކަމުގައި ޒިއަދަށްއަށް ވިސްނިފައިވިއެވެ. އިންސާނުންގެ ތެރޭގައި އޭނަ އުޅެނީ އެހެންވެގެންނެވެ. އިންސާނުންނަކީ ބަލިކަށި ބަޔަކަށްވެފައި އެމީހުންގެ ކުރިމަތީ އޭނަގެ ބާރު ހުރިކަން އަންގާލެވޭތީވެ ޒިއަދަން ނުހަނު ހިތްހަމަޖެހެއެވެ. ޒިއަދަން ވޭތުވެދިޔަ އަހަރުތަކުގައި ދުނިޔޭގެ އެތައް ކަންކޮޅުތަކެއްގައި ދިރިއުޅެފައި ވެއެވެ. އެތައްހާސް ރަހުމަތްތެރިންނެއް ހޯދާފައިވެއެވެ. އާންމުކޮށް އޭނާ އުޅެނީ މީހުން ދިރި ނޫޅޭ ފަޅުގެތަކުގައެވެ. ކުއްލިއަކަށް ޒިއަދަން ސިހިގެންދިޔައީ ބާރު އަޑުފައްގަނޑެއް އިވުމުންނެވެ. ދެފަރާތް ހޯދާ ބަލާލިއިރު އޭނާގެ އަޅު ޖިންނިތަކުން ގިނަބަޔަކު ވަނީ އަލިފާންގަނޑަށް ވައްޓާލާފައެވެ. އީތަންގެ ފަހަތުން އަދިވެސް ދެމީހަކު ދުވަމުންކަހަލަ ގޮތަކަށް އުދުހިލާފައި ދެއެވެ. އެމީހުން ދޮންކޮށްފައިވާ ދަގަނޑު އީތަން އާ ދިމާއަށް އެއްލަމުން ހަޅޭލަވަމުން ދެއެވެ. އެދަގަނޑުން ރެކިގަނެ އީތަން އެމީހުން ކައިރިއަށް ޖެހެމުންދެއެވެ. ޒިއަދަން ހަޅޭލަވާގަންނަމުން އީތަންއާ ދިމާއަށް އޭނަގެ ދިގު ބޯވަ ފައިތަކުން ފަޔެއް އެއްލިއެވެ. އެފައިން ޖެހުމާއެކު އީތަން ދުރަށް ވިއްސައިގެން ދިޔައެވެ. ދަނޑިވަޅުބަލާފައި ޒިއަދަން އެތަނުން މީހެއްގެ އަތުން ދަނގަޑެއް އަތުލާފައި އީތަންއާ ދިމާއަށް އެއްލިއެވެ. އެދަނގަނޑު ގޮސްވަނީ އީތަންގެ ކަނާތްފަރާތު ކޮނޑާދިމާއަށެވެ. އީތަންގެ ވޭނީ ހަޅޭކުގެ އަޑު މުޅިތާނގައި ގުގުމާލިއެވެ. އެއަޑަށް ކުއްލިއަކަށް ބޮޑު ކަކުނި ބައިގަނޑެއް ބިންމަތީގައި ދެކޮޅަށް ދުވަމުންދިޔައެވެ. ވިހި ފޫޓުމަތިން ބިންމައްޗަށް ވެއްޓެމުންއައި އީތަން ބިންމަތީގައި ޖެހުމުގެ ކުރިން ޒުއްނޫރުގެ އަތުގެ ހިމާޔަތަށް ގެނައެވެ. އީތަންގެ މެރިފައިވާ އެސްފިޔަތައް ދަށުން ކަރުނައިގެ ރޮނގެއް ފައިބައިގެން ދިޔައެވެ. އެވަގުތު ޒުއްނޫރުގެ ހިތުގައި ޒިއަދަންގެ މައްޗަށް އޮތް ފޫހިކަން ދެގުނައިތުރު ވެގެން ދިޔައެވެ. “އީތަން ދަރިފުޅާ…ލޯހުޅުވަބަލަ…މިއީ ބައްޕައޭ..” ޒުއްނޫރުގެ ދެލޮލުގައި ކަރުނަ ވިދަމުން ދިޔައެވެ. މިއަދު އޭނާ އެވަނީ ބައްޕައެއްގެ ރޯލުންވެސް ފެއިލް ވެފައެވެ. އީތަންއަށް މިވަރުގެ ބޮޑު އަނިޔާއެއް އެލިބުނީ އޭނާގެ ކުށުން ކަމުގައި ޒުއްނޫރު ދެކުނެވެ. އެވަގުތު އަމިއްލަ ނަފުސު ކުށްވެރިކުރެވުނު އަދަދެއްވެސް ނޭނގެއެވެ. ޒިއަދަންގެ ގޮތް ރަނގަޅަށް އެނގިހުރެ ޒުއްނޫރު އީތަންއަށް ދޭންވާ ހިމާޔަތް ނުދެވުނުކަން އެއީ އޭނައަށް ކުރެވުނު އެންމެ ބޮޑު ކުށެވެ. “ޒިއަދަން ކަލޭގެ ހުރި ނުބައިކަން ދެކެބަލަ..އެއްބަފާ ކޮއްކޮއަށް މިވަރުގެ ބޮޑު ދެރައެއް ދޭކަށް ނުވާނެ..ތީ ހަމަ ހައިވާނެއް…ހުރިހާ ނުބައިކަމެއް ކުރަމުން އައިސް އެންމެފަހުން އަމިއްލަ ކޮއްކޮގެ ފުރާން ދުއްވާލަންވެސް ފަހެއް ނުޖެހުނު..” ޒިއަދަންއާ ދިމާއަށް ޒުއްނޫރު ހަޅޭލަވާގަތެވެ. އޭރު ޒިއަދަން އޭނާގެ އަސްލު ސިފައިގައި އީތަން ކައިރިއަށް ފައިބައި ހުއްޓެވެ. އެބާރުގަދަ ދެއަތް މަތީ ކައިޝާ އަދިވެސް އޮތީ ލޯމެރިފައެވެ. ޒުއްނޫރުގެ ނަޒަރު ކައިޝާއަށް އަމާޒު ވުމާއެކު ޒިއަދަންއަށް ނަފުރަތުގެ ބެލުމަކުން ބަލާލިއެވެ. ” އެއްވެސް ކުށެއް ނެތް މަޢުސޫމު އަންހެން ކުއްޖަކަށް ތިދޭ އަނިޔާގެ ބަދަލު ކަލެއް ލިބޭނެ..އެދުވަހަކުން ހިތައް އަރާނެ ވަގުތު ފާއިތުވުމުގެ ކުރިން އިސްލާހު ވެވުނު ނަމައޭ..” އަކުރުތަކަށް ބާރުލަމުން ޒުއްނޫރު ދަތްކުނޑި ވިކާލިއެވެ. އެވަގުތު ޒިއަދަން ހީނލަމުން އީތަންގެ ކޮނޑާދިމާއިން ވަދެފައި ހުރި ދަގަނޑު ދަމައިގަތެވެ. އީތަން ލޯ ހުޅުވާލަމުން ވަރަށް ބާރަށް ހަޅޭލަވާގަތެވެ. އެއަޑުން ބިންގަނޑަށްވެސް ލޮޅުން އަރައިގެން ދިޔައެވެ. އެދަނގަނޑު ވަދެފައި ހުރި ތަނުން ދުންތަކެއް އެރުމަށްފަހު ކުރިން ހުރިގޮތަށް މަސްއަރާ ރީތިވިއެވެ. މިހާރު ކޮނޑުމަތިން ކަމެއް ވެފައި ހުރި ކަމުގެ އެއްވެސް ނިޝާނެއް ނުފެނެއެވެ. ” އަހަރެން ބަލާލަން ބޭނުން ކަލޭ ތިވާ ލޯތްބެއްގެ ބާރު ހުންނަނީ ކިހާވަރަކަށްތޯ..ކައިޝާ ސަލާމަތުން ހޯދަން ބޭނުންނަމަ އަހަރެން ދޭނަށް ތިންމަސް ދުވަސް..އަހަރެން ހުރި ތަނެއް ހޯދައިގެން އެތަނަކަށް އާދޭ..ހަނދާން ކުރާތި ކަލޭ އެކަނި އަންނާނީ” ނުލަފާ ވައްތަރަކަށް ހީނލަމުން ޒިއަދަން ކުރިއަށް ހިނގައިގަތެވެ. އީތަން ތެދުވަން ބޭނުން ވިޔަސް ހަށިގަނޑުގައި ހަކަތައެއް ނެތެވެ. ޒުއްނޫރު އޭނަގެ ދަރިފުޅު އެހާލަތަށް ދޫކޮށްލާފައި ޒިއަދަންގެ ފަހަތުން ދާން ބޭނުމެއް ނުވިއެވެ. އޭނަގެ ޚާދިމުންނަށް އަމުރު ކުރީ ޒިއަދަން ދާތަނެއް ހޯދުމަށެވެ. ޒިއަދަން ހިނގަމުން ކުރިއަށް ދެއެވެ. ފަހަތުން ބޮޑު ކަކުނި ބައިގަނޑެއްވެސް ދެއެވެ. ތަންކޮޅަކަށް ހިނގާލާފައި ޒިއަދަން ކައިޝާ ގޮވައިގެން ވައިގެތެރެއަށް ގެއްލިގެން ދިޔައީ އީތަން ބަލަން އޮއްވައެވެ. މަޑުމަޑުން ހިއްލެމުން ދިޔަ އީތަންގެ އަތް ދޫވެގެން ބިންމަތީގައި ޖެހުނުއިރު ދެލޯވެސް ވަނީ މެރިފައެވެ.

**

 

“މަގޭ ދަރި…އީތަން..” ހޮސްޕިޓަލު ތެރެއަށް ވަދެގެންއައި ހުސްނާ ރޮމުން ހަޅޭލަވަމުން ދިޔައެވެ. އީތަންއަށް ކަމެއް ވެއްޖިއްޔާ އޭނަ މޮޔަވެސް ވެދާނެއެވެ. އުމުރުން ވިހި އަހަރު ވީއިރު އަދި ދުވަހަކުވެސް އީތަން ހޮސްޕިޓަލަކަށް އަދި ސިއްޙީމަރުކަޒަކަށްވެސް ނުގެންދެއެވެ. މިއަދު ކުއްލިއަކަށް އެޑްމިޓް ކުރި ޚަބަރު ލިބުމުން ހުސްނާ ހިތް ނުހުއްޓުނީ ކިރިޔާއެވެ. “ކޮބާތަ މަގޭ އީތަން…ކޮބާހޭ؟” ރިސެޕްޝަނާއަރާ ހަމަވުމާއެކު ހުސްނާ އަށް ބާރަކަށް އަހާލެވުނެވެ. އެވަގުތު ހޮސްޕިޓަލްގައި ހަރަކާތްތެރިވަމުންދިޔަ ގިނަ މީހުންގެ ލޯތަށް އަމާޒު ވެފައިވަނި ހުސްނާއަށެވެ. ކައިރީގައި ހުރި ހައްމާދު ހުސްނާގެ ކޮނޑުގައި ހިފާ ގަޔާ ކައިރިކޮށްލީ ހިތްވަރު ދިނުމުގެ ގޮތުންނެވެ. ހޮސްޕިޓަލުން އޭނައަށް ގުޅާފައި އީތަން އެޑްމިޓް ކުރެވިފައި އޮތްވާހަކަ ބުނީވެސް ފަތިސްވާން ގާތްވެފައި ވަނިކޮށެވެ. އެމީހުން ކައިޝާއާ އީތަން ގެއްލިގެން ހޯދަމުން ނުފެނިގެން އެންމެ ފަހުން ޕޮލިހަށް މައްސަލަ ހުށައެޅީ ދަންވަރުގެ ވަގުތެއްގައެވެ. ” އީތަން އަހުމަދު އެޑްމިޓް ކުރެވިފައި އޮތީ ކޮން ވޯޑެއްގައިތޯ؟” ހައްމާދު ސުވާލުކުރީ އެތަނުގައި ހުރި ނަރުސް ކުއްޖަކާއެވެ. އެވަގުތު އެކުއްޖާ ހިނިތުންވެލަމުން ބުނީ އޭނަފަހަތުން އައުމަށެވެ. ” ވަރަށް ލަކީ ކުއްޖެއް އީތަންއަކީ..މިތަނަށް ގެނައިއިރު ހާރޓްބީޓް ވަނީ ވަރަށް ދަށްވެފައި..އިޓް ވޯޒް ލައިކް އަ މިރެކަލް..އީތަން ބައްޕަވެސް ދެންމެ ވޯޑް ބޭރުގައި އިންނެވި..އޭނަ އީތަން ގެނައީވެސް..” އިތަން އެޑްމިޓް ކޮށްފައިވާ ވޯޑާ އަރާހަމަވަމުން އެނަރުސް ކުއްޖާ ބުނެލި ބަސްތަކުން ހުސްނާގެ ދެފައި ބިމުގައި ތަތްވިކަހަލައެވެ. ޒުއްނޫރު އެއައީ އީތަން ބަލާ ހެއްޔެވެ؟ މިވީހާ ދުވަހު ލޮލަށް ފެނިނުލާ ދެން އެއީ ކީއްކުރަން ހެއްޔެވެ؟ ހުސްނާގެ ގައިގާ ފުރާނަ ހުރިހާ ހިނދެއްގައި އީތަން އޭނައާ ވަތްކެތް ނުކުރެވޭނެއެވެ. ” އަހަނ އެއޮއް ދުރުވަނީ އީތަންގެ ބައްޕަ..” ނަރުސް ކުއްޖާ އަޑަށް ބާރުލަފައި ބުނެލި ބަސްތައް އިވިފައި ޒުއްނޫރު އަނެއްފަރާތަށް އެނބުރި އެތާހުރި ތަނބަކާ ނިވާވެލިއެވެ. ހުސްނާ ފަސްއެނބުރި ބަލާލިއިރު އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ނަމަވެސް ހައްމާދުއަށް ޒުއްނޫރު ކިތައްމެހާވެސް ރީއްޗަށް ފެނުނެވެ. ނަމަވެސް އެއްވެސް އެއްޗެއް ނުބުނެ ހުރީ އެމީހުންގެ ޒާތީ ކަންތަކާ ނުބެހެންވެގެންނެވެ. ނަރުސްކުއްޖާ ޖެހިގެން ހުރި ވޯޑަށް ވަނުމުން ހުސްނާގެ އަތުގައި ހިފައިގެން ހައްމާދުވަނި އީތަން އޮތް ކޮޓަރިއަށެވެ. ހުސްނާމެން އެތެރެއަށް ވަތްތަން ފެނިފައި ޒުއްނޫރު އަވަސް އަވަހާ ހޮސްޕިޓަލުން ބޭރަށް ނިކުތެވެ.

 

އީތަންގެ މޫނުގައި ކުދި ޒަޚަމްތަކެއް ފިޔަވާ އިތުރު އަނިޔާއެއް ފެންނާންނެތެވެ. ހުސްނާއަށް ޙަމްދު ކުރެވުނީ އީތަން ގަދަވެ ސަލާމަތުން އޮތްތަން ފެނިފައެވެ. އެވަގުތު ހުސްނާގެ ލޮލުން ކަރުހިލިގެން ދިޔައީ ވަރުބަލި ގޮތަކަށް އީތަން މަންމާ އޭ ކިޔާ ގޮވާލުމުންނެވެ. އެއަޑުގައިވި އަސަރަކުން ހައްމާދުގެ ހިތްވެސް ރޮއްވާލިއެވެ. ހުސްނާ ލޯބިން އީތަންގެ ބޮލުގައި ފިރުމާލިއެވެ. އަނެއްކާވެސް އީތަން ދެލޯ މަރާލީ ހަށިގަނޑުގައި އަޅަމުންދާ ވޭނަކުން ސިކުނޑިއަށް ބާރު ކުރަމުންދާތީވެއެވެ. ތަނެއް ދޮރެއް ވަކި ނުވާއިރު ހޭވެރިކަން ވަނީ ސިކުންތުކޮޅަކަށެވެ. ހައްމާދުއާ ހުސްނާ އެވޯޑުން ނިކުމެގެން ދިޔައީ ޑޮކްޓަރު ދުރުވުމުންނެވެ.

**

 

މެރިފައިވާ އެސްފިތަށް ދުރުކޮށްލަމުން ކައިޝާ ދެލޯ ހުޅުވާލީ ވަރުބަލި ގޮތަކަށެވެ. ވަށައިގެން ފެންނަނީ ފެހި ގަސްތަކެވެ. ނަލަ ނަލަ ވައިރޯޅިތަކުން ގައިގައި ބީހެމުންދާއިރު ހިތް ފުރިގެންދާ ކަހަލަ މަލުގެ ލުއި މީރުވަސް ނޭފަތުގައި ހިފާފައިވެއެވެ. ދުންފިނީގެ އަސަރުން މުޅިހިސާބުގަނޑު ފުސްވެފައިވާއިރު ތަފާތު އެކި ވައްތަރުގެ ދޫނި ގޮވާއަޑު އިވެމުންދެއެވެ. ވަށައިގެންވި ބިޔަ ގަސްތަކުގެ ފަތްތަކުގެ ދޭތެރެއިން ފުރޭނިގެން އެޅިފައިވާ ކުދި ކުދި އަލިކޮޅުތައް ދޭހަކޮށްދެނީ ދުވާލުގެ ވަގުތު ކަމަށެވެ. ” ގުޑް މޯރނިންގް ބިއުޓީ..”  ފިރިހެންވަންތަ އަޑެއް އިވިގެން ދިޔައެވެ. އިތަންގެ އަޑާ ވަރަށް ވައްތަރެވެ. ކައިޝާ ވަށައިގެން ހޯދާލިއިރު އެއްވެސް މީހެއް ފެންނާކަށް ނެތެވެ. ކައިޝާ ތެދުވެލަމުން ތިރިއަށް ބަލާލިއެވެ. އޭނައަށް މިއޮއެވުނީ ވިނަގަނޑެއްމަތީކަން އެނގުމުން އަތާއި އިސްތަށިގަނޑުގައި އަތްހާކާލަމުން ލައިގެން ހުރި ހެދުންވެސް ފޮޅާލިއެވެ. އެވަގުތު ކުރިމަތިން ފެންނަން ހުރި ގެއާ ދިމާއަށް ބަލަމުން ކައިޝާ ދެބުމަ ކައިރިކޮށްލިއެވެ. އިހުގެ ގޮތަށް ހަދާފައިވާ އެކުޑަ ކޮޓެއްޖެއްކަހަލަ ގޭގެ ފުރާޅުގައި ޖަހާފައިވަނި އީޓެވެ. އެގޭގެ ދުންހޮޅިން ދުން އަރަމުންދާއިރު ހީވަނި އެތެރޭގައި ބަޔަކު އުޅޭހެންނެވެ. މިގަދަ ފިނީގައި ބަޔަކު ހީފިލުވާލަނީކަމަށް ވެދާނެއެވެ.  އެގޭ ގޭބޭރުން ލާފައިވާ ހުދު ކުލައިން އޮފުއަރަމުންދެއެވެ. ފެހިކަންގަދަ ގަސްތަކުން މުޅިގޭގެ ވަށައިގެން ޒީނަތްތެރި ކުރެވިފައިވެއެވެ. އެގޭ ބިއްދަށުން ފެންނަން ހުރީ އުސް ފަރުބަދަތަކާ ފެންކޯރުތަކެވެ. މިއީ ކޮންތަނެއް ހެއްޔެވެ؟ މިފަދަ ތަނަކަށް އޭނަ ގެނައީ ކާކު ހެއްޔެވެ؟  ކައިޝާ މަޑު ހިނގުމެއްގައި ދިޔައީ އެގެޔާ ދުރަށެވެ. ބޭނުންވީ އެހިސާބުން ވީހާވެސް އަވަހަކާ ދުރަށް ދިޔުމަށެވެ. “އީތަން! އީތަން!” ކައިޝާ އީތަންއަށް ގޮވަމުން ކުރިއަށް ދުއްވައިގަތެވެ. ތަނެއް ފެންނަވަރަށްވުރެ އެހިސާބު ވަނީ ފުސްވެފައެވެ. ކުއްލިއަކަށް ކައިޝާގެ އަތުގައި މީހަކު ހިފަހައްޓާފައި އެމީހަކާ ދިމާއަށް ދަމައިގަތެވެ. “ކެއަރފުލް ..ތިއުޅެނީ މަރުވަންތަ؟..އިފް ސޯ ހަމަ ފުންމާލަންވީ..އެކަމަކު އިނގޭތަ ތިހުރެވެނީ ސަތޭކަ ފޫޓު އުހުގައި ހުރި ފަރުބަދައެއްގެ މަތީގައިކަން..ކެރޭނެތަ ފުންމާލަން؟..ނުކެރެންޏާ އަހަރެން ހެލްޕް ވެދެންތަ؟” އެހެން ބުނެފައި އެމީހަކު ކައިޝާ ކޮއްޕާލިއެވެ. އެވަގުތު އެއުސް ފަރުބަދަ މަތިން އެއްފައި ކައްސާލުމާއެކު އަނެއްކާވެސް އެމީހާ ކައިޝާގެ އަތުގައި ހިފާ ކައިރިއަށް ދަމާލިއެވެ.

“އެހާއަވަހަކަށް ނޫން ދޯ.. ފަސްޓް ލެޓް މީ އެންޖޯއީ..ވެލް ކަމް ޓް ގްރީސް ބޭބީ..މައި ފެވްރިޓް ޕްލޭސް އޮން އަރތް..މިކަހަލަ ރީތި ތަނެއްގައި ކައި އާއެކު ރޮމޭންޓިކް ހަނީމޫނެއް ހަދާލަން ވާނެއްނު ދޯ” އެއްލޯ މަރާލަމުން ޒިއަދަން ހިނިގަނޑެއް ޖަހާލިއެވެ. “އީތަން..!” އެމީހެއްގެ މޫނު ފެނުމާއެކު ކައިޝާއަށް ބުނެވުނެވެ. އީތަން ކަމަށް ހީކޮށް ކައިޝާ ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އީތަން އޭނަ މިތަނަށް ގެނައީ ކިހިނެއްހެއްޔެވެ؟ އެންމެ ފަހުގެ ހަނދާނަކަށް ކައިޝާގެ ސިކުނޑީގައި ވަނީ އޭނަ ކޮޓަރީގައި އޮއްވާ އީތަން އައިސް ގަދަކަމުން އޭނަގެ ނޭފަތުގައި ފާޑެއްގެ މަލެއް ޖައްސާލި ހަނދާނެވެ. އެއަށްފަހު މަންޒަރު ފުސްވެ ވީގޮތެއް ނޭނގުނެވެ. ހޭލެވުނުއިރު މިހުރެވުނި ފަރުބަދައެއް މަތީއެވެ.  ކައިޝާއަށް ނޭނގުނަސް އެހުރިހާކަމެއް ކުރީ ޒިއަދަންއެވެ. އީތަންގެ ފުރާނަ ނުރައްކަލަކަށް ހުށައަޅަމުން އޭނައެއައީ ކައިޝާ ގޮވައިގެންނެވެ. އީތަން އަންނާނެ ކަމުގެ ފުރިހަމަ ޔަޤީން ކަމާއެކުއެވެ. ކައިޝާއަށް ވާނުވާއެއް ނުވިސްނިފައި ހުއްޓާ ޒިއަދަން ކައިޝާގެ އިސްތަށިގަނޑު އޭނަގެ އަތުތެރެއަށް އޮޅާލަމުން ކައިޝާގެ ބަނޑުގައި ކަކުލުން ޖަހާ ތިރިއަށް ވައްޓާލިއެވެ. އެވަގުތު އިސްތަށިގަނޑަށް ވާންވުމާއެކު ކައިޝާއަށް ރޮއެ ގަނެވުނެވެ.

 

“މަންމާ!…ޕް..ޕް..ލީޒް…އީތަން..ތަދުވެޔޭ” ދެލޯ ފުރިގެން ބަންޑުންވި ކަރުނަތައް ކައިޝާގެ ކޯތާފަތް ތެތްމާލިއެވެ. ޒިއަދަންގެ ހަޤީގަތް ނޭނގި އިން ކައިޝާގެ ހިތުގައި އެތައް ހާސް ޝަކުވާއެއް ވިއެވެ. ޒިއަދަންއެއީ އީތަންކަމަށް ހީކޮށް އެހިތުގައި އަޅަމުންދާ ވޭނަށް ކެތްވަނީއެއް ނޫނެވެ. އޭނާ އެންމެ ލޯބިވާ ފަރާތް އެފަދަ ރަހުމު ކުޑަމީހަކަށް ވެދާނެ ކަމަށް ކައިޝާއަށް އަންދާޒާކޮށްލެވިފައެއް ނެތެވެ. ޒިއަދަންވެސް ކައިޝާއަށް ކޮންމެހެން އޭނަގެ ހަޤީގަތް އަންގާކަށް ނޫޅެއެވެ. އޭނަ ބޭނުންވީވެސް ކައިޝާ އޭނައަކީ އީތަން ކަމަށް ހީކުރުމަށެވެ. އޭރުން އެހިތައް އިތުރަށް ތަދުވުން ނޫން ކަމެއް ނުވާނެކަން ޒިއަދަންއަށް އެނގުނެވެ. ޒިއަދަން ބޭނުންވަނިވެސް ކައިޝާގެ ހިތް ކުދިކުދި ކޮށްލުމަށެވެ. ޒިއަދަން ކައިޝާގެ އިސްތަށިގަނޑުގައި ހިފާ ދަމަމުން އެތަނުގައި ހުރި ގެޔާ ދިމާއަށް ދިޔައެވެ. އެގެޔެއަށް ވަދެވުމާއެކު އަތުގެ ކޮޅަށް ކައިޝާ ހޫރާލިއެވެ. އެވަގުތު ކައިޝާގެ ވިއްސައިގެން ދިޔައެވެ. ޒިއަދަން ހަލުވި ފިޔަވަޅުތަކެއްގައި ގޮސް އެތާ ހުރި ކަބަޑަކުން ބޮޑު ވާގަނޑެއް ނަގާ ކައިޝައާ ދިމާއަށް ދިޔައެވެ. އެދިޔަ ގޮތަށް ގޮސް ކައިޝާގެ އަތުގެ މުލައްދަނޑިގައި ހިފާ ކޮޅަށް ނެގުމަށްފަހު ލައިގެން ހުރި ހެދުމެގެ ކަރުވަޅުގައި ހިފާ އިރާލިއެވެ. ކައިޝާ ގަތް ލަދުންނާ ވީދެރައިން އަޑުން އަޑުނަގާ ރޮއެގަތެވެ. ޒިއަދަން އެއަޑުތަކަށް ބީރު ކަންފަތެއް ދެމުން ސިކުންތުކޮޅެއްގެ ތެރޭގައި އެތަނުގެ މެދުގައި ހުރި ތަނބެއްގައި ކައިޝާ އައްސާލި އަތެއް ފަޔެއް ގުޑާ ނުލެވޭ ވަރަށެވެ. ކައިޝާ ރޮމުން ގިސްލަމުން އާދޭސް ކުރީ އޭނައަށް އެހެން ނުހެދުމަށެވެ. ޒިއަދަންގެ ހިލަ ހިތައް އޭގެއިން އެއްވެސް އަސަރެއް ނުކުރެއެވެ. ” ވަރަށް ލޯބި ތިހެން ހުންނަ އިރު..މިރޭ ވާނެ ޕާރޓީ ކޮށްލަން..” ކައިޝާގެ މޫނުގައި ދެއަތުން ހިފަހައްޓާލަމުން އެތުންފަތުގައި ބޮސްދެމުން ޒިއަދަން ބުނެލިއެވެ. އޭރުވެސް ހުއްޓުމެއްނެތި ކައިޝާގެ ލޮލުން ކަރުނަ އޮހޮރެމުން ދިޔައެވެ. ޖިސްމުގައި އާޅަމުންދާ ވޭނަށްވުރެ ގަދަފަދަ ވޭނެއް އެހިތުގައި އަޅަމުންދެއެވެ. ޒިއަދަން ކައިޝާއާ ދުރުވެލާފައި ކުރިމަތީގައި ހުރި ސޯފާއަށް ވެއްޓިގަންނަމުން ޖީބުގައި އޮތް ފޯނު ނަގާ ނަމްބަރަކަށް ގުޅާލިއެވެ. “ހެލޯ ޑޭވިޑް..ކަމް ޓް މައި ފާރމް ހައުސް…ޓްނައިޓް އެޓް ޓެން..އެން އިންފޯރމް އަދަޒް އޯލްސޯ..އިޓްސް އަ ޕާރޓީ..ޔާ އައި ގޮޓް އަ ބިއުޓިފުލް ޗިކް..މަސްޓް އެންޖޯއީ..ސީ ޔޫ މޭން..” ކައިޝާއަށް ބަލަހައްޓައިގެން އިނދެ ޒިއަދަން ހިނިގަނޑެއް ޖަހާލިއެވެ. އެއަޑު މުޅި ގޭތެރޭ ގުގުމާލި ކައިޝާގެ ހިތަށް ބިރުވެރިކަން ގެނުވަމުންނެވެ. “ޑޯންޓް ވޮރީ ޑާރލިން އެހެން މިހުންނަށް ލިބޭނީ އަހަރެންގެ ބޭނުން ފުދުނީމަ..” ސޯފާއިން ތެދުވެގެން އައިސް ކައިޝާގެ ކަނދުރާ ކައިރިއަށް ގުދުވެލަމުން ޒިއަދަން ބުނެލިއެވެ. ކައިޝާ ދެލޯ މަރާ ތަގުޅިކޮށްލީ މި ނުލަފާ މީހާގެ ކިބައިން އޭނަ ސަލާމަތްވާނެ ކަމުގެ އެއްވެސް އުއްމީދެއް ނެތުމުންނެވެ.

 

**

 

ހަވީރުގެ ވަގުތެއްގައި ފުލުހުންގެ ދެތިން މީހަކު އީތަން އޮތް ވޯޑުގައި ހަރަކާތް ތެރިވަމުންދިޔައެވެ. ކައިރީގައި ހުސްނާ އާ މަޖުދާ ތިބި އިރު ހައްމާދު ހުރީ އިތުރު ޕޮލިހަކާ ވާހަކަދައްކަން ތަންކޮޅެއް ދުރުގައެވެ. އީތަން ހޭއެރުމާއެކު ކުރިމަތިން ފުލުހުން ފެނުމުން ކުޑަކޮށް ހައިރާންވިއެވެ. އީތަން ވަށައިގެން ހޯދާލަމުން ބޮލުގައި އަތް ޖައްސާލިއެވެ. އަދިވެސް ކޮންމެވެސް ވަރަކަށް ރިހުން އިހުސާސް ކުރެވުނަސް ކުރިއަށް ވުރެ ތަދު މަޑެވެ.

” ސޯ އަސްލު ކިހިނެއް ހިނގި އެކްސިޑެންޓެއްމީ..އެއްވެސް މީހަކަށް ޝައްކު ކުރެވޭތޯ؟ ކާރުގެ ނަމްބަރު ހަނދާން އެބަހުރިތޯ؟” އީތަން އޮތް އެނދުކައިރިއަށް ޖެހިލަމުން ފުލުހަކު ސުވާލުކޮށްލިއެވެ. އެމީހުންނަށް މަޢުލޫމާތު ލިބިފައިވާ ގޮތުންނަމަ އީތަން ހޮސްޕިޓަލަށް ގެނެވުނީ ކާރެއްގައިޖެހިގެން އެކްސިޑެންޓް ވެގެންނެވެ. އީތަން ދެފަރާތަށް ބޯހޫރުވާލިއެވެ. ” ކައިޝާއާ ދެމިހުން އެންމެ ފަހުން ދިމާވީ ކޮން އިރަކު؟ މިހެން މިބުނީ އަދިވެސް އަޅުގަނޑުމެންނަށް ކައިޝާގެ އެއްވެސް ޚަބަރެއް ނުވާތީވެ..ދެން ހައްމާދުގެ ފަރާތުން ލިބުނު މަޢުލޫމާތުން ދޭހަވާ ގޮތުގައި އޭނައަށް އީތަން ކައިޝާގެ ކޮޓަރިއަށް ވަންނަނިކޮށް ފެނުނު ކަމަށް އެބަބުނޭ..ތި ދެމީހުންގެ މެދުގައި ދެކެވުނީ ކޮންވާހަކައެއްތޯ؟ ކައިޝާގެ ފަރާތުން އެއްވެސް ކަމަކަށް ޝައްކުވާ ކަހަލަ ކަމެއް ފެނުނުތޯ؟ މިހެން މިދެންނެވި ފަހަރެއްގައި ފިލައިގެންވެސް ހިނގައިދާނެ ކަމަށް ޝައްކު ކުރެވޭތީވެ”އީތަން ވިސްނުމަކަށް ގެއްލެމުން ދަނިކޮށް އެފުލުސްމީހާ އިތުރު ސުވާލުތަކެއް ކުރިމަތި ކޮށްލިއެވެ.

 

“ކޮން ކައިޝާއެއް؟..މަންމާ ކައިޝާއެއީ ކާކު؟ މަންމައަށް އިނގޭތަ..؟” ހުސްނާގެ މޫނަށް ބަލާލަމުން އީތަން ސުވާލުކޮށްލިއެވެ. އެވަގުތު ހުސްނާ ކައިރީގައި އިން މަޖުދާ ދެލޯ ބޮޑުކޮށްލަމުން އަނގަމަތީގައި އަތް އެޅީ އަޑުބޭރު ވެދާނެތީވެއެވެ. ދެލޮލުގައި ޖަމާވަމުންދިޔަ ކަރުނަތައް ފައިބައިގަތް އިރު އީތަންއާ ދިމާއަށް ބަލަހައްޓައިގެން އިނދެވުނީއެވެ. އީތަން އޭނަގެ މަންމަ ކައިރީގައި އިން ބީރައްޓެހި އަންހެންމީހާއަށް ވަމުންދާ ގޮތް ފެނިފައި ހިތުގައި އެތައް ސުވާލެއް އެނބުރެމުންދިޔައެވެ. “ކައިޝާ”  އީތަން މަޑުމަޑުން ކިޔާލިއެވެ. އެނަން އީތަން ކުރިން އަޑުއަހާފައިވާ ނަމެއްހެން ހީވިޔަސް އެއްވެސް ހަނދާނެއް ސިކުނޑީގައި ހަރުލާފައެއްނެތެވެ.

 

 

 

 

 

 

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

ShaiShy

Level 410 Stories100 Comments500 Comments

Other Articles

Previous

ލޯބި ވެވުމުން……6

Next

ލޯބި ވެވުމުން……7

Next
April 29, 2017

ލޯބި ވެވުމުން……7

Previews
April 28, 2017

ލޯބި ވެވުމުން……6

136 Comments!

  1. kayashandy says:
    April 29, 2017 at 8:56 pm

    hello everyone 🙂 hope u all will enjoy this part too..plx leave ur comments..:) very big thanks to all de lovely readers of this story..keep waiting for next part..love u all n hav a grt nyt..:)

  2. lu says:
    April 29, 2017 at 8:58 pm

    varah reethi..keep it up..

    1. kayashandy says:
      April 29, 2017 at 11:36 pm

      thank u dear? ?❤

  3. ??? says:
    April 29, 2017 at 9:03 pm

    Yayy. Me first. Varah reethi mi part ves. When are u going to up the next part??

    1. kayashandy says:
      April 29, 2017 at 11:35 pm

      hehhehe…thaaankkkuu dear…insha allah tmrw nyt? keep waiting ☺ ❤

  4. Smarty says:
    April 29, 2017 at 9:06 pm

    Wow

    1. kayashandy says:
      April 29, 2017 at 11:34 pm

      ?❤?

  5. fal says:
    April 29, 2017 at 9:08 pm

    adhi ehbai kiyuney but still vv good..thankxx kayashandy..

    1. kayashandy says:
      April 29, 2017 at 11:34 pm

      ehentha fal…hope u ll like de other parts too?

  6. Naaa says:
    April 29, 2017 at 9:13 pm

    Wow wow wow. Vvvvvvv mi part ves. Waiting for next part. God bless u dear.

    1. kayashandy says:
      April 29, 2017 at 11:33 pm

      ????may god bless u tooo dear??? keep waiting ☺ n thaaaaannnkkkkuuu soooo much❤

  7. Jjeyツ says:
    April 29, 2017 at 9:22 pm

    Nice…. waiting for next part ingey?. Interesting kurahchey next part vs?❤. V salhi ninmun. V interesting❤..eethan qh dhera gotheh nahadhahchey ingey kayashandy?

    1. kayashandy says:
      April 29, 2017 at 11:32 pm

      thank u dear v bodukoh? insha allah i ll try my best? eethan ah vaa gothei next part in ingeyne. .keep waiting ☺ ❤ ? ✌

  8. Azu says:
    April 29, 2017 at 9:23 pm

    Alhe kai ah ehen nahadhaa pls…. ????ethan ves handhaan nethunee….dhen kihineh kai salaamaiy kuraanee….haadha dhera ey….i hate u ZIADHAN…stry vv nala…??

    1. kayashandy says:
      April 29, 2017 at 11:29 pm

      awwwnn azu plx dnt cry? kai salaamai kureveyne gothei oithw mi balanee…? fahareiga eetha handhaan aisfaane☺ lets c wat will hpn next…keep waiting dear…n a big thanz❤❤❤

  9. maan says:
    April 29, 2017 at 9:26 pm

    ethan ah ehen nahadhaa ..very nice ..kaisha salaamai kurahchey..eathan ge baaru gadha kohlabalaa ziadhan ah vure..

    1. kayashandy says:
      April 29, 2017 at 11:26 pm

      eethan ah gothei nuhadhaa veythw mi balanee? kai salaamai kuraane power ei nei plus eethan handhaanei nei kai mathin so wat to do?????
      btw thaaaaankkkuuu dear❤❤

  10. zzzzaaaaauuuu says:
    April 29, 2017 at 9:46 pm

    alhey….. vvv salhi

    1. kayashandy says:
      April 29, 2017 at 11:25 pm

      ??❤

  11. Zail says:
    April 29, 2017 at 9:51 pm

    Oh no.. Eethan handhrnnrthuny thr Kai mathin…saad? ..again v met kaya ? story is awsome n interesting too ?.. Btw why eethan Kai mathin handhrnethunyh..zail Kai handhrn ebahuri adhi?..anyways waiting fr next part …gudnyt.. ?

    1. kayashandy says:
      April 29, 2017 at 11:24 pm

      ohh yeah we met again ? thanks alot zail? me too remember kai? heheh? eethan handhaan nethunas zail kai mathin handhaan hureema v happy ?? ❤
      keep waiting ☺ ❤ nytttzz?

  12. Rehendhi says:
    April 29, 2017 at 10:07 pm

    No… Ziadhan gandaaa… Ehen nuhadhaa kaishaa ah… Alhey, dhen kihinehbaa vaanee, v v salhi

    1. kayashandy says:
      April 29, 2017 at 11:22 pm

      thank u rehendhi? dn vaa gothei balamaa dhw…keep waiting ☺ ❤

  13. ssss? says:
    April 29, 2017 at 10:23 pm

    Varah rythi

    1. kayashandy says:
      April 29, 2017 at 11:21 pm

      ????

  14. Saandy says:
    April 29, 2017 at 10:52 pm

    WOW!! Amazing… Alhe Kai ah haadha dhera gothekey thi hadhany… Eathan aslu hama han’dhaan nethuneetha? Heevany eynage hageegaiy angan adhi avas veema drama acteh jassaalaneehen… Waiting for the next part… Keep it up Kaya 🙂

    1. kayashandy says:
      April 29, 2017 at 11:21 pm

      thaank u saandy ?? kai dhw.. dn kihine hadhaanee asluves v dheravey kai ah dhimaavi gothun?…eethan ves kai mathin handhaan nethunee? ❤❤❤keep waiting dear???

  15. Sam says:
    April 29, 2017 at 10:57 pm

    Alheyyyyyyyy..ehaaa kiyaa hithun kiya kiyaa indha enimuny..ehnve maa kuruhen vx heevi?? alhe noon..eethan hama handhan nethunytha???kaivx e nulafaa ziadhan gandu gendhiyaee dhw…i hate u ziadhan gandaa..athuga jehey hisaabuga huri nama varugadha landeh dhinymus..BTW mi story vv perfct…v intrsting…waiting for the nxt ep….?☺️☺️

    1. kayashandy says:
      April 29, 2017 at 11:19 pm

      kuru dhw? next part dhigu kureveythw try kuraanan…but cnt promise cux its gonna b bxxy days so…? arrn ekey eethan handhaan nethunee ey? sad dhw…ziadhan ah jeheyne knmes gothei hadhan? hehhe..thaaankuu dear ??❤ keep waiting ☺ ❤

  16. Ethan says:
    April 29, 2017 at 11:31 pm

    Ahdhiyyoaoi!!! kayaaaaa varah thadhuvehjeyey!!!!hehehe its ok ingey..beynun varakah thadhukohlaa…nd mi story ga ves ulhenii hama Ethan Ahmed dhw…just me…aslu kurin ves othee Ethan Ahmed kiyan decide kohfa tha??varah dhere dhw Ethan , Kai mithin handhaaneh neh kan…ekamaku dnt worry ingey…I ll save my Kai…nd Kaya, I ll need ur help….btw STORY VARAH REETHI!!……KEEP IT UP!!!

    1. kayashandy says:
      April 29, 2017 at 11:49 pm

      haha…? ethan ahmed jus came to my mind wen i was typing today’s episode. ..tbh eyru aslu handhaanei i hv a reader in dat name..hehe? up kohfa kiyaali fahun get vee…dn ekam egadyga change nukurevuny cux i got bxxyy…? hope u won’t mind it..hehhe? ..mibalanee ethan ah help ei vedheveythw…? thaaaankkuu bodukoh ❤

    2. Chum handi says:
      April 29, 2017 at 11:51 pm

      hahahaa… mi cmmnt kiyaafa hevenyy…. vrh majaa…. and ethan u memory ge ehbai loss v dho… ehen ve kai mathin handhaan nethunee dho… and ZIADHAN magey athun kaley maru nuvejjiyyaa kithanme haa ves rangalhu… btw story hama habeysss… vrh obi…. gdnyt…ly…

    3. kayashandy says:
      April 30, 2017 at 7:35 am

      hehehheh…chum? ziadhan ebaulhey greece ga so hingaa dhw ethanah goss knmes gothei hadhamaa…mihaaru dn limit cross kuranee ey?? heheh? thaaaankku sooooo much??

    4. Ethan says:
      April 30, 2017 at 12:20 pm

      ok vaanei Ethan Ahmed kiyas…aslu ma varah happy…waiting for the next part

    5. kayashandy says:
      April 30, 2017 at 1:24 pm

      ??? keep waiting ☺

  17. Fathun says:
    April 29, 2017 at 11:40 pm

    Alhey don’t do that with kaishaa plz…???

    1. kayashandy says:
      April 29, 2017 at 11:58 pm

      dnt b sad fathun? will sort out something for kai…keep waiting ☺ ❤

  18. xim says:
    April 29, 2017 at 11:45 pm

    hey neh bunaane ehceh….vaahaka nimunn iruvx hoadhenee vaahakaige anehbai…ehaavx reethi……..v avahakah up khodheh cheyy ingey …….??

    1. kayashandy says:
      April 29, 2017 at 11:52 pm

      awwwnnnn xim..thaaankuu sooo much for ur lovely comments ? v ufaavejje xim like vaakahala story ei genesdheveythyve? insha allah will try to up ASAP? keep waiting ❤ ❤ ❤

  19. xim says:
    April 30, 2017 at 12:27 am

    u’r wlc kayaaa??

  20. princess says:
    April 30, 2017 at 12:39 am

    Haada kurey thankolheh dhigukoh genesdeynama…… but nice story witing for the next ephisode?

    1. kayashandy says:
      April 30, 2017 at 7:36 am

      thank u princess…will try to up a longer epi. .keep waiting ☺ ❤

  21. shuzy says:
    April 30, 2017 at 12:43 am

    MaashaaAllah v v reethi waiting for next part

    1. kayashandy says:
      April 30, 2017 at 7:37 am

      thaaaanku shuzy???❤

  22. Maree says:
    April 30, 2017 at 1:14 am

    vvvvv reethi v busy dhuvas kolhemee ehenve than kolhe dhuruga miulhevenee kayaa v vedhun ingey

    1. kayashandy says:
      April 30, 2017 at 7:38 am

      ebaulhen dhw maree…? thanks thihaa bxxy koh ulhemunves story kiyaalaafa comment ei kohleema???❤

  23. Shaa says:
    April 30, 2017 at 2:26 am

    V reethi..aslu biruveri vaahaka emme kiyahiy vanii

    1. kayashandy says:
      April 30, 2017 at 7:39 am

      thanks shaa?? v ufaavejje shaa like vaakahala vaahakei genesdheveythyve ?

  24. Suvaalu says:
    April 30, 2017 at 8:14 am

    Kaya.. I had a question.. Ethan aa Ziadhan aammugotheh ga meet vaa iru thanah vidhuvaraa echchehi aadheytha?

    1. kayashandy says:
      April 30, 2017 at 11:45 am

      well b4 they met ehen vey dhw…but they both finally met in a dramatic way n got to knw each other? so after dat therez no such lightnings n thundering wen they meet..? hope u got cleared ? btw thankz?

  25. " " says:
    April 30, 2017 at 8:20 am

    Adhi mikiyuny.. Varah reethi.. Dhen ekam vaane goih mivisnany.. Ethan gaathu ihakah kaishaage vaahaka nudhakkaany thoa.. Ziadhan eththaaku nuhunnaane thaa dhw 3 months vandhen.. Dhen konmeyakas waiting for the next part

    1. kayashandy says:
      April 30, 2017 at 11:47 am

      me too mi visnanee dn vaane gothei???? heheh…ziadhan ves neynge hadhaane gothei ? kai is in a deep trouble…let’s c wat will hapn next…thank u dear?

  26. Heyo edhey faraathe says:
    April 30, 2017 at 8:33 am

    Vara bxy schedule akun kayashandy (my favorite writer ) ge vaahaka kiyan vaguthu kolhe hus mi kohlee

    1. kayashandy says:
      April 30, 2017 at 11:50 am

      awwwwnnnn? hw sweet of u..really happy to c such a lovely comment frm a dear reader..??❤? thannkkkkkzzz vvvvvv bodukoh ?

  27. Aileen says:
    April 30, 2017 at 8:36 am

    wow.. Im just speechless.. I love ethan and hate that b**ch ziadhan. kaisha ah ehn hadhan wx nuwaannu??
    curious about the next part.. kwn irakun up kwhdheynie..??
    love The Story Kayaa.. 🙂

    1. kayashandy says:
      April 30, 2017 at 11:51 am

      thanks aileen…? hope i can see more comments frm u..? insha allah tonyt i ll upload…keep waiting ☺ ❤

  28. rainy princess says:
    April 30, 2017 at 10:11 am

    emme reethi v hisaabun e nimunee 🙁
    Sty vara reethi… 1st place stry eh :* <3

    1. kayashandy says:
      April 30, 2017 at 11:51 am

      ??? happy to c ur comment ☺ thank u soooooo much rainy princess??

  29. shafu says:
    April 30, 2017 at 10:48 am

    alhey ithaan kai mathin hadhaan nethunytha……….. v reethi

    1. kayashandy says:
      April 30, 2017 at 11:52 am

      arrrn ekey shafu…dn kihinei hadhaanee…???? keep waiting ☺ n thanku bodukoh ???

  30. Who am I? says:
    April 30, 2017 at 12:39 pm

    wow varah rythi… ??
    bt ziadhan kai ah gotheh hedhiya nudhehchey?? plx konmeves gothakun kai salaamathuge asseyri akah? gengos dhyba?
    nxt ep tonight ga dhw???
    waiting for nxt part…

    1. kayashandy says:
      April 30, 2017 at 1:23 pm

      thank u dear….?keep waiting ☺ ❤ kai ah vaagothei engidhaane mireyge part in? will try to save her..hehhe?

  31. silver mist says:
    April 30, 2017 at 1:29 pm

    Alhe pls kai ah dhera gotheh nuhadhahchey…..vaahaka vrh salhi…???

    1. kayashandy says:
      May 4, 2017 at 12:54 pm

      let’s c wat will hppn..thank u silver mist

  32. Aish says:
    April 30, 2017 at 1:42 pm

    Vvv nice.keep it up.

    1. kayashandy says:
      May 4, 2017 at 12:59 pm

      thank u aish ☺?

  33. Book lover says:
    April 30, 2017 at 4:40 pm

    Hi Kayashandy!!!! Alhey!!! Ethan ah keehtha this kury?? Ziadhan haadha nulafaa ey dho!! Btw the story was so nice! E Ziadhan e ulheny keekey hithah araigen Tha?? Anyway, I love the story. Kayashandy liyaa vaahaka hama reethee ey!!Abadhuves hiyaalakee hurey kakuni vaahaka. Adhi kiyunu hurihaa vaahaka get therein kiyunu emme reethi vaahaka kanneyge miee. Salhi ey ingey!!!!! ???LOVE IT!!!

  34. kayashandy says:
    April 30, 2017 at 8:34 pm

    sorry dear readers i may not upload tonyt’s epi cox my kid got sick n i cudnt get time to type one paragraph also…i knw some of u might think m always sayn such things..but de truth is even i am also suffering from v severe shoulder pain since last week but even though m tryn my best not to disappoint u guys..but wen it comes to my kid i cnt compromise things…hope u all will understand de situation n yeah i cnt promise wen i can upload next part but will try to up soon..keep waiting ☺ thank u all from v deep of my heart…☺

    1. Jjeyツ says:
      April 30, 2017 at 11:20 pm

      Alhey?. Its okay kayashandy.. please let us know when you will upload ingey. Hurihaa kameh fine veema❤. Get well soon both❤. May Allah bless you two?❤

    2. S.S.R says:
      May 1, 2017 at 7:41 pm

      taking care of kids are most important to parents. as a reader i appreciate your work. Hats off to u. Thank u…

  35. imagination says:
    April 30, 2017 at 9:25 pm

    memory los??!!!!! noooooo

    1. kayashandy says:
      May 4, 2017 at 12:55 pm

      ???????☺

  36. Eethaan says:
    May 1, 2017 at 4:19 pm

    Who is kai?? ???

    1. kayashandy says:
      May 4, 2017 at 1:01 pm

      neynge dhw Eethaan…hhehe?

  37. SSR says:
    May 1, 2017 at 7:33 pm

    waiting for the next episode.

    1. kayashandy says:
      May 4, 2017 at 1:03 pm

      thank u SSR..keep waiting ☺

  38. yaana says:
    May 2, 2017 at 12:39 am

    Varah salhi

    1. kayashandy says:
      May 4, 2017 at 1:04 pm

      thank u yaana

  39. zia says:
    May 2, 2017 at 9:29 am

    alhey kobaa tha next part? pls can you update.. nuvx nidhey next part kiyaa hithun.. its a nice story.. enjoying it alot…. <3

    1. kayashandy says:
      May 4, 2017 at 1:38 pm

      insha allah tonyt ? thank u zia??

  40. White says:
    May 2, 2017 at 2:20 pm

    Wow! this story is amazing and Ethan’s character is like a super hero who can do anything. This is the first time i read the story… but now i finished it from the beginning. You are doing an amazing job in writing this. I just love the description and expressiveness. Get well soon ethan dear! save your princess!!

    1. kayashandy says:
      May 4, 2017 at 1:42 pm

      thank u sooo much white…glad dat u like this story??

  41. Jinn says:
    May 2, 2017 at 7:27 pm

    kakuni vaahakaige anebbai kiyaahiyvany hama….

    1. kayashandy says:
      May 4, 2017 at 1:44 pm

      insha allah tonyt jinn…n thank u so.much??

    2. Jinn says:
      May 4, 2017 at 10:41 pm

      Kayashandy ves memory loss veetha? Mirey Story up kohdheynevaahaka bunyma inthizaaru ga varah Gina kudhin thibeyne….(Love this story… Thanx for these 12 parts….Pls up next part….???)

  42. Who am I? says:
    May 2, 2017 at 10:41 pm

    whn nxt part? plx avas kohdhyba.??btw kai ah dhera gotheh nahadhahchey plx save her ❣❣

    1. kayashandy says:
      May 4, 2017 at 1:49 pm

      thank u soooo much…will c wat will hapn to kai…?

  43. Jinn says:
    May 2, 2017 at 10:51 pm

    Kobaatha kakuni? Kakuni feneytho beach ga…. Pls avas koh up kohdhewbala next part……?

    1. Who am I? says:
      May 2, 2017 at 10:53 pm

      mithaa eba thibi baavaru kakuni.. annan vynu balan beynumiiyaa ??

    2. Jinn says:
      May 3, 2017 at 4:28 pm

      Thy konthaaku?

    3. kayashandy says:
      May 4, 2017 at 1:50 pm

      kobaa jinn kakunyei fenijjetha…hehe

    4. Jinn says:
      May 4, 2017 at 10:25 pm

      Mireyves meenee beach ga kakuni feneytho….Varah inthizaaru kuruvaa kakungneh mee…..

  44. princess says:
    May 2, 2017 at 11:01 pm

    Haada lahey aneh part genna leh mihaaru varubali vehjje intizaaru kohkoh

    1. kayashandy says:
      May 4, 2017 at 1:52 pm

      sorry princess. ..insha allah tonyt i ll upload

  45. Who am I? says:
    May 2, 2017 at 11:03 pm

    kayaa ??? plxxxx habareh veba ????

    1. Jinn says:
      May 3, 2017 at 6:15 pm

      Pls dhow……???

    2. kayashandy says:
      May 4, 2017 at 1:59 pm

      miothy habarei vevifa…hehehe…sory kurin habarei nuvevuneema?

  46. Fary says:
    May 3, 2017 at 9:52 pm

    Kayaaaaaaaaaaaaa 🙁

  47. Hehe says:
    May 3, 2017 at 10:56 pm

    Kobaatha 13 vana episode?

  48. lol says:
    May 4, 2017 at 10:48 am

    kayashandy…wt kind of name is that?

  49. bella says:
    May 4, 2017 at 10:50 am

    robert ge thi noon pic ei linama rythivaane..

  50. Rym says:
    May 4, 2017 at 12:36 pm

    kon iraku next part up kurany?waiting eagerly to know what will happen next..warah salhi story❤️❤️?

  51. yoon says:
    May 4, 2017 at 2:15 pm

    avahah nxt part update kohbaa.. i can’t wait anymore..

  52. Jinn says:
    May 4, 2017 at 11:18 pm

    Varah inthizaaru kurevijje… Mireyves kakunya meet vaagotheh nuvi…. Varah dheradhen…. “Kayashandy” ah varah heyodhua salaam…..

  53. Jinn says:
    May 5, 2017 at 12:56 am

    Vaahaka up kurevendhen mivaahaka ah kuramun ai Thaaeedhu anburaa gendhan ebavisnan. ????

  54. Unicorn?✨ says:
    May 5, 2017 at 9:10 am

    Kayashandy What’s this? You are saying “mirey” oa Upload kuraani. And where can we find that “tonight”. Esfiya site ge majority of writers do this. But I expect a lot from you. Maybe you’re stuck in some situation and you’re unable to write. But please esfiya site ge hurihaa readers Bunelan beynumeyy liyan fashaafa nuhuttashey. Mahsala eh dhimavias bunaashey. Please k? Love you kayashandy. Please upload soon k?

  55. kayashandy says:
    May 5, 2017 at 10:02 am

    i dnt knw wat to say ekam dheravey kudhinge comment thah kiyaafa…last nyt ga up kohdheynamey bunee cux i dnt knw i ll get fever in de evening…v gadha ah hun ais bolugaya gaiga rissaa varun ulhunee..n i was shivering to death..dn ehaaluga vaahaka up kuraanee kihinei?? last week ga shoulder pain hureema lap ga aives nulan so i cudnt write one line also…mihaa details koh mivaahaka mibuny some of de readers might get bored cux i cudt keep my promise..ekamves bunelan beynunvanee inthizaaruga thibi kuddinah v v bodah shukuriyyaa ey…if today i feel better i ll try to write it but as i said i am not sure…thank u all❤

    1. nym says:
      May 5, 2017 at 11:49 am

      aww get well soon dear 🙁

    2. Jjeyツ says:
      May 5, 2017 at 12:49 pm

      Alhey kayashandy?. Get well soon dear. I understand?. Will wait ingey kithahme gina dhuvaheh vias?.. fever rangalhu veehaa avahaka up kolla dhehchey ingey?. May Allah bless you dear❤. missed u ❤?

    3. Jinn says:
      May 6, 2017 at 12:15 pm

      Alhey varah dheravejje. ??. La Bausa thahoorun In Sha Allah! Shafakallah! May Allah grant you speedy Recovery.
      Anekka Ziyadhan ge kamehtha? ?? Ethan noonas i am also a Jinn in name viyas. Hehe… ?? And Dont worry Kayashandy! I will make lots of dua for you In Sha Allah. May Allah protect you and your Family. Aameen!

    4. Who am I? says:
      May 8, 2017 at 4:35 am

      gws dear

  56. Maree says:
    May 5, 2017 at 2:23 pm

    kaya baliveulheyiru haaluves ahaanuley dho kihinehtha mi haaru haalathaa vindhu rangalhutha vvvv dheravehejje baliveema

  57. Luju says:
    May 5, 2017 at 8:36 pm

    Kayaa get well soon ..beyskahche hadhaankoh ? ..ragalhuvma up kollaaaa inge i ll wait for sure … Love u kayaa .. Take vvv good care.. ???

  58. Rainy princess says:
    May 5, 2017 at 10:22 pm

    Sick ves vaaane v all readers can understand dat..Gws kaya..Hope to c the next part soon..vara kiyaalaa hithun mi innanee ves..ehaa gina dhuvas kohlaafa upkoh dhey iru kudako stry dhigu vaane kama umeedhu kurann..?

  59. Aimy says:
    May 5, 2017 at 11:41 pm

    Thankolheh dhigukoh genesdhechey dhen anna part. Avas shifa akah edhen.

  60. kaisha says:
    May 6, 2017 at 7:13 pm

    Hey eethan u done no mee…

  61. maaishahil. says:
    May 7, 2017 at 3:41 am

    hieh nukuran mansha vaahaka aai eh level ehge vaahakaeh esfiya in fennaane kamakah. but thikahala hunaru veri writer eh hureethee allah ah shukuru kuran.

  62. maaishahil. says:
    May 7, 2017 at 3:45 am

    this is the first time i’m reading one of your stories and i think i like it.

  63. maaishahil. says:
    May 7, 2017 at 3:54 am

    madhun namaves kuh hunnakan faahaga kurevey. but this is one of the best. i see that u have improved a lot so ehen baeh writers gothah vaki hisaabakun huttaa nulaane kamah ummeedhu kuran. keep it up. take care of yourself and get well soon.

  64. Fathun says:
    May 7, 2017 at 10:18 am

    Awas plz ???

  65. Fary says:
    May 7, 2017 at 8:30 pm

    Love u kayaa, get wel soon…desperately waiting for the next episode

  66. iffa says:
    May 8, 2017 at 6:22 pm

    Its hard to wait.. Plxx i cant wait anymore.. atleast..Tell.. adhivxx well nuvanytha…Gws..But next episoad update kuraane date namavx buneladhyyy.. I beggg uuu…???????????????????

  67. iffa says:
    May 8, 2017 at 9:00 pm

    V ithubaaru kuramun ai story e miii… Dont do like that

  68. Badhunaseebh says:
    May 9, 2017 at 9:20 am

    Gws

  69. maaishahil says:
    May 10, 2017 at 9:19 am

    mi story ahves mivy gina story thakah vaa gothah dho. aslu mihen vaathy ey kiyun therin foohivany. heekuran readers kolhu nugellenis continue kuran fashane kamah.

  70. saamii says:
    May 10, 2017 at 10:34 am

    Konme dhuvahaku up koh kohfa up kuraa days madhu vamun aee.. dhen dhuvas thakah bahaalaigen up kohfa anehka mihaaru ehkoh huhtuny? Hama gina writers hadhaa goiy mi ee. But unmeedhu mi kurany kaya mi story adhives continue kuraane kamah.. ?

  71. Rainy princess says:
    May 10, 2017 at 1:06 pm

    Kaya haadha dhigu inthizaare thi kuruvany ??

  72. ...... says:
    May 10, 2017 at 5:13 pm

    esfiyaage vaahakatha mathin foohivehje..madhu writers tha fiyavaa emmen hadhany mihen..hope u will update the story sooon

  73. Who am I? says:
    May 11, 2017 at 12:26 am

    kobaa kaya hAbareh ves nuvey..?????

  74. v says:
    May 11, 2017 at 5:28 am

    ?????????

  75. Ifa says:
    May 11, 2017 at 7:28 am

    Koba haadhadhuvaheh vehjeyey new part eh nufonuvaatha koba upload kohbala pls

  76. Ifa says:
    May 11, 2017 at 8:06 am

    Konirakunbaa upload kuranee???

  77. Jjeyツ says:
    May 11, 2017 at 9:47 pm

    Kaya?. Miss u. Where are u ????? . Adhi ves balitha kaya? Gws dear.May Allah bless u❤

  78. Jinn says:
    May 12, 2017 at 7:37 pm

    How u doing Kaya? We all miss you. Please say some thing… And pls let us know if you need any help or anything… And i just want to say that I love this story and This is on of the best Dhivehi story i have ever read. So please continue… Please…. Love u and miss you “as a reader”?

  79. jaisam says:
    June 20, 2017 at 1:11 am

    Jinni ves mihaaru haadha hingaalaafa ye miulheni dhw jinni phn ves eba gengulhey veeya . Mi vaahaka v habys ..

  80. Reader says:
    June 28, 2017 at 7:26 pm

    Kaya alhe upkohdheebala mihaaru haadha dhuvaheh vejjey enme fahu part up kuri fahun

Comments are closed.

Next Episodeކަކުނި13←


All Right Reserved!