Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

ލޯބި ވެވުމުން……3

Noor💙 Level 710 Stories100 Comments100 Login500 Comments
April 25, 2017 3 Mins Read
37 Comments

ދަތުރު ނިމިގެން އެދިޔައީ އޭނާގެ ހިތްވެސް އޮޔާލާފައެވެ.މިހާރު އެހިތަކަށް އޭނާގެ ކުޑަނަމަވެސް ބާރެއް ނުފޯރައެވެ.

ހެދުން ކަނޑަން އިން ހުސްނާއަށް ދަރިފުޅު އައިސް ގެއަށްވަތްތަން ފެނުމާއިއެކު، ކަނޑަން އިން ހެދުން އެއްފަރާތް ކޮށްލާފައި، ދަރިފުޅު ފަހަތުން ގޮސް ކޮޓަރިއަށްވެނެވެ. އަދި ވަރަށް ލޯބިން ދަރިފުޅަށް އެންމެ މީރު މަސްބަތް ކައްކާފައި ހުންނާނޭ ބުންޏެވެ. ޝަނާޔާވެސް ފާޚާނައަށްވަދެ ފްރެޝް ވެލައިގެން މެންދުރުގެ ކެއުމަށްޓަކައި، މަންމަ ގޮވައިގެން ގޮސް ކާކޮޓަރިއަށް ވަނެވެ.އެއީ މަންމަވެސް ހުންނާނީ ޝަނާޔާގެ އިންތިޒާރުގައި ނުކައިކަން އެނގޭތީއެވެ.

ދެމައިން އެކުގައި މެންދުރުގެ ކެއުމަށް އިންސާފުކޮށް ނިމުމުން ޝަނާޔާ ބޭނުންވީ އަރާމު ކޮށްލާށެވެ.އެހެންކަމުން ގޮސް ކޮޓަރިއަށްވެދެ، އެނދުގައި އޮށޯތުމާއިއެކު ޝަނާޔާއަށް އަރާމު ނިންޖަކުން ނިދިއްޖެއެވެ. ވާނީވެސް އެހެންތާއެވެ.ރޭގަ ނިދުނީވެސް އެހާ ލަހުންނެވެ.އަނެއްކޮޅުން ހެނދުނާ ތެދުވަންވެސް ޖެހުނީއެވެ.

ހަވީރުގެ ވަގުތެވެ.ޝަނާޔާ ބޭނުންވީ ފަރަހާއަށް ގުޅައިގެން ދެމީހުން ހަވީރު ބީޗަށް ފިނިކޮށްލަން ނިކުމެލުމަށެވެ.މިއަދަކީ މިއީ އޮފީހުގެ އަހަރީ ދުވަސްކަމުން މިއަދު އޮފީހަށް ނިކުންނަން ނުޖެހޭތީ،ދުވަސް މާދިގުހެން ހީވަނީއެވެ.ދެމީހުން ހިނގަމުން ހިނގަމުން ގޮސް އިށީނީ އާޓިފިޝަލް ބީޗްގައި ހުރި ގޮނޑިއެއްގައެވެ.އެތަނުގައި ތިބެ ތަފާތު ވާހަކަތައް ދައްކަމުންގޮސް ފަރަހާ ކައިވެނި ކުރަން އުޅޭ ޚަބަރު ދިނެވެ.ފަރަހާ ޝިމާންއާއި، ރައްޓެހި ވެގެން އުޅޭތާ ނުވަމަސް ވަނީއެވެ.ޝިމާންގެ މަންމަގެ އެދުމުގެ މަތިން ކައިވެނި އަވަސް ކުރަން ނިންމީވެސް ވަރަށް ކުއްލި ގޮތަކަށް ކަމަށް ފަރަހާގެ ވާހަކައިން އެނގުނެވެ.ޝިމާން އިތުރަށް ކިޔަވަން ބޭނުންވާތީ،ކައިވެންޏަށްފަހު ދެމަސްވަރު މާލޭގައި، މަޑުކޮށްލާފަ އެމީހުންގެ ދިރިއުޅުން މެލޭޝިއާ އަށް ބަދަލުކުރާވާކަ ބުނުމުން ޝަނާޔާ ވަރަށް ދެރަވިއެވެ. އެކުވެރިޔާ އެހާ ދުރަށްދާތީއެވެ.ނަމަވެސް އޭނާ ބެލީ ފަރަހާގެ ކުރިމަތީގައި އެކަން ނުދައްކަ ވޭތޯއެވެ.ޝިމާންއަކީ މުއްސަނދި ދެމަފިރިއެއްގެ ހުރި ހަމައެކަނި ދަރިފުޅެވެ. ނަމަވެސް އޭނާގެ ކިބައިގާ އެއްވެސް ފޮނިގޮތެއް ، ބޮޑާކަމެއް ނުހުރެއެވެ.ޝިމާންއަކީ އަޚްލާގު ރަނގަޅު، މަޑުމައިތިރި ޒުވާނެކެވެ.އެކުވެރިޔާއަށް އެފަދަ ރަނގަޅު ބައިވެރިޔަކު ލިބުނީތީ، އެކަމާ އެންމެ އުފާކުރާ އެކަކު ކަމުގައި ހަމަ ޔަޤީނުންވެސް ޝަނާޔާ ވާނެއެވެ.

ދެމީހުން ވާހަކައިގާ ތިއްބާ ޝިމާން ފެނުނީ އެތަނަށް އައިސް ހުއްޓުނު ތަނެވެ.ޝަނާޔާ ބޭނުންވީ އެ ދެލޯބިވެރިންނަށް ވަގުތު ކޮޅެއް ދޭށެވެ.އެހެންކަމުން މަޖީދީ މަގަށް ނިކުމެ ޓެކްސީއެއް ނަގައިގެން ގެއަށްދާނީ ކަމަށްބުނެ، ކުރިމަތީއޮތް ގޯޅިއަށް އެޅުމަށްޓަކައި، މަގު ހުރަސް ކުރަން އުޅެނިކޮށް ބާރުބަރުގޮނެއް އެޅުމާއިއެކު ދާދި ގާތުގައި މުދާބަރުކޮށްގެން އަންނަ ޕިކަޕެއް ފެނުނެވެ.ހާސްވީވަރުން ސިކުންތު ކޮޅަކަށް ނަމަވެސް ޝަނާޔާގެ ސިކުނޑި މަސައްކަތްކުރުން ހުއްޓާލިއެވެ. މޫނުމަތީގައި ދެއަތް އަޅާ ދެންވާނެ ގޮތެއް ނޭނގޭ ހާލު ދެލޯމަރާ ތަގުޅި ކޮށްލެވުނެވެ.

ޝަނާޔާއަށް ދެލޯ ހުޅުވާ ބޮޑުކޮށްލެވުނީ އޭނާގެ އުނަގަނޑުގައި ބާރުގަދަ އަތަކުން ހިފާ ޖެހި ލުއްކަކާއި އެކު އެމީހަކާއި ދިމާލަށް އޭނާ ދަމައިގަތުމުންނެވެ.ޝަނާޔާއަށް ހުރެވުނީ ލޮލަށް ފެންނަ މަންޒަރު ގަބޫލުކުރަން ދަތިވެފައެވެ. އެއީ ހަމަ އެޒުވާނާއެވެ.އެ ފެހި ވާދީއެއްފަދަ ރީތި ދެލޮލެވެ.ކުއްލިއަކަށް ޝަނާޔާ ކޮށި އެރުމުން އެ ޒުވާނާއަށްވެސް ހޭވެރިކަން ވިކަހަލައެވެ.ހަމަ އެވަގުތު ޝަނާޔާގެ އުނަގަނޑުދައި އަޅުވާފައި އޮތް އަތް ދޫކޮށްލިއެވެ.

ލާފައި ހުރި ކަޅުކުލައިގެ އަތްދިގު ޓީޝާޓާއި، ކްރީމް ކުލައިގެ ފަޓުލޫނު އެޒުވާނާއާއި ވަރަށްވެސް ގުޅެއެވެ.ޝަނާޔާ ބޭނުންވީ މިފަހަރު ކޮންމެހެން ހަދާފައި ނަމަވެސް އޭނާގެ ހުވަފެންތަކުގައި ޖެއްސުން ކުރަމުން އެދާ ޒުވާނާގެ ނަން އޮޅުން ފިލުވާށެވެ. އޭނާގެ ފުރާނަ ސަލާމަތް ކޮށްދިނީތީ، ޝުކުރު އަދާކުރަމުން، ފުރުސަތުގެ ބޭނުންހިފާ ނަންވެސް އޮޅުން ފިލުވާލިއެވެ.

\”މީ ޖިއާން\”.އެ ޒުވާނާ ޖަވާބު ދިނެވެ.ދެމީހުންނަށްވެސް އެކަކު އަނެކަކަށް ބަލަހައްޓައިގެން ހުރެވުނީއެވެ. އެ ހަމައިމޭން ކަމުގެ ތެރެއިން އިވިގެން ދިޔައީ ފަރާހާގެ އަޑެވެ.\”ނާޔާ..ޔޫ އޯލްރައިޓް؟\”.ޝަނާޔާއަށް ސިއްސައިގެން ގޮސް ފަރަހާއަށް ބަލައިލެވުނެވެ.ޝަނާޔާއަށް ހީވީ ވައްކަމެއް ކުރަނިކޮށް ފަޅާއެރީހެންނެވެ. އަނެއްކާވެސް އެޒުވާނާއަށް ބަލާލެވުނެވެ.އެއަށްފަހު އެކުވެރިޔާ އަށެވެ.އަދި އޭނާގެ ހިތުގައި ކުރި ފަޅައިގެން އެއަންނަ ލޯބި އެކުވެރިޔާގެ ކުރިމަތީގައި ބޭޒާރު ވެދާނެތީ ލަދުންގޮސް އިސްޖަހާލެވުނެވެ.ނަމަވެސް އެކުވެރިޔާގެ ހަރަކާތްތައް ފެނިފައި ޝަނާޔާގެ ހިތުގައި ސުވާލުއުފެދިގެން ދިޔައެވެ. ފަރަހާ އަވަހަށް ގެއަށްދާން ހިނގާށޭ ކިޔާ ޝަނާޔާގެ އަތުގައި ހިފައިގެން ހިނގައިގަތެވެ.ޝަނާޔާ އުއްމީދުކުރި ފަދައިން ޖިއާން އާ ބެހޭގޮތުން ޝައްކެއް އުފެދުން އެއްފަރާތުގައި އޮއިވައި،އެއީ ކާކު ތޯ އަހާވެސް ނުލިއެވެ.ނުވިތާކަށް ފަރަހާއަށް އެހާ ގާތުގައި ހުރި ޖިއާން ނުވެސް ފެންނަ ކަހަލައެވެ.

ކުރިމަތީއޮތް މަގަށް އޮބާލެވެންދެންވެސް ޝަނާޔާއަށް އިރުއިރުކޮޅާ ފަަހަތަށް ބަލާލެވެއެވެ.ފަނޑު ހިނިތުން ވުމެއްގައި ހަމަ އެހުރި ފިޔަވަޅު މަތީ ޝަނާޔާަށް ބަލަހައްޓައިގެން ޖިއާން ހުއްޓެވެ. ޝަނާޔާގެ ހިތުގައި ހާޖާނެއް އުފެދިގެން ދިޔައެވެ.އެކުވެރިޔާގެ ރިއެކްޝަން އާއި ދޭތެރޭއެވެ.ފަރަހާއަކީ ފިރިހެނަކު ޝަނާޔާއަށް ނުގޮތަކަށް ބަލާލިޔަސް ދިމާ ކުރާ ލާނެތް ކުއްޖެކެވެ.ނަމަވެސް ޖިއާން އެހާ ގާތުގައި ހުރުމުން ޝަނާޔާގެ އިހުސާސްތައް ގަދަކަމުން ކޮންޓްރޯލް ކުރަމުންް ދިޔައިރުވެސް އެކުވެރިޔާ އަށް ހަމަ ރެއަކާވެސް ނުލީތީއެވެ.އެފަދަ ޚިޔާލުތަކެއްގައި ހުއްޓާ ގެއާއި ހަމައަށް ދެވިއްޖެއެވެ.ޝަނާޔާ ގެއަށް ވަނުމުން ފަރަހާވެސް ގެއަށް ދިޔުމަށް ހިނގައިގަތެވެ.
ީ
މިރޭވެސް ނިދިވަނީ ޝަނާޔާ އާއި ހާސް މޭލު ދުރުގައެވެ. ވިސްނެމުންދަނީ ހަވީރު ހިނގާދިޔަ ހާދިސާއާއި ދޭތެރޭގައެވެ.ޝަނާޔާއަށް ވިސްނާ ވިސްނާ ބޮލަށް ބަރުވީއިރުވެސް އެހެންވާންވީ ސަބަބެއް ނޭނގުނެވެ.އެޚިޔާލުގައި އެތަށް ދަމެއްވަންދެން އޮތުމަށްފަހު މިހާރު ޝަނާޔާގެ ލޮލަށް އެވަނީ ނިދި ސަވާރުވެފައެވެ.ފުން ނުދީގައި ނިދާލާފައި އޮތް ޝަނާޔާގެ މޫނު ހިތްގައިމު ވެފައި ބަލާ ފޫހި ނުމެވާނެއެވެ.އެހާވެސް ރީއްޗެވެ. ޖިއާންއަށް އެންމެ ފުރަތަމަ ޝަނާޔާ ފެނުނީއްސުރެވެސް އެއީ އޭނާގެ ހާލެވެ.ނިދާފައި އޮންނައިރުވެސް އެފަން އިސްތަށިގަނޑުގެ އިސްތައްޓަކުންވެސް އެރީތި މޫނަށް ގޯނާއެއް ވުމަށް ނޭދެއެވެ.ޖިއާންގެ ހިތުގައި ޝަނާޔާގެ މަޤާމް އެހާވެސް ޚާއްސައެވެ.އެނދުގައި ޝަނާޔާގެ މަގަތުގައި އިށީންދެލައިގެން އިނދެ އެ ރީތިމޫނަށް ބަލަމުން ދިޔައެވެ.

ޝަނާޔާއަށް ލޯހުޅުވާލެވުނީ ކޮންމެވެސް މީހެއްގެ ހިލަމެއް ވީހެން ހީވެގެންނެވެ.އަދި ހުޅުވާލި ދެ ލޯ ތަންމިނަށް ބޮޑުކޮށްލެވުނެވެ.އަވަސް އަވަހަށް ފުންމައިގެން ތެދުވެ އެނދުގެ ބޯލާކޮޅުގައި އޮތް ކުޑަކުޑަ ވަށް ބުރުގާ ބޮލަށް މަހާލިއެވެ. އެނދުގެ ބިއްދަށު ފާރުގައި ލައްގަނެ ކައިރީގައި އޮތް ބާލީސްމެޔާލާ ބޮނޑިކޮށްލިއެވެ.ޝަނާޔާގެ މޭގަނޑު ގުން ގުން ލާފައި ތެޅެމުންދެއެވެ.ހިތް ހީވަނީ މޭ ފަޅައިގެން ނިކުމެދާނެ ހެންނެވެ.\”ޒާ…ޒާން\” ބިރުންގޮސް ތުރު ތުރު އަޅަމުން ދިޔަ ޝަނާޔާގެ ދުލުން ނިކުތްހާވެސް ބަހަކީ އެއީއެވެ….

**ނުނިމޭ**

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Noor💙

Level 710 Stories100 Comments100 Login500 Comments

Other Articles

Previous

އިންތިޒާރެއް މަ ނުކުރާނަމޭ ޓްރެއިލަރ

Next

ކަކުނި 10

Next
April 25, 2017

ކަކުނި 10

Previews
April 25, 2017

އިންތިޒާރެއް މަ ނުކުރާނަމޭ ޓްރެއިލަރ

37 Comments!

  1. Reesh says:
    April 25, 2017 at 8:36 pm

    Who iz zaan

    1. Noor says:
      April 25, 2017 at 8:52 pm

      Sorry…my mistake…aslu Jian

  2. Aki says:
    April 25, 2017 at 8:42 pm

    haadha rangalhey miadhu two part up kohla dhineema

    1. Noor says:
      April 25, 2017 at 9:55 pm

      ?

  3. Mash says:
    April 25, 2017 at 8:43 pm

    Itz very nice n interestinn keep it up

    1. Noor says:
      April 25, 2017 at 9:56 pm

      ?

  4. Maree says:
    April 25, 2017 at 8:54 pm

    vv salhi mi baives

    1. Noor says:
      April 25, 2017 at 9:58 pm

      ?

  5. " " says:
    April 25, 2017 at 8:57 pm

    Kurunamaves v reethi.. Waiting..

    1. Noor says:
      April 25, 2017 at 10:00 pm

      Thanx

  6. shafu says:
    April 25, 2017 at 9:10 pm

    vvvvv reethi

    1. Noor says:
      April 25, 2017 at 9:59 pm

      Thanx

  7. Sham cham says:
    April 25, 2017 at 9:16 pm

    Haadha salhiay….next part plx…..

    1. Noor says:
      April 25, 2017 at 9:55 pm

      ?

  8. You says:
    April 25, 2017 at 9:20 pm

    Thi gotha avaha up kuraa thi nice

    1. Noor says:
      April 25, 2017 at 9:54 pm

      ?

  9. Chum handi says:
    April 25, 2017 at 9:31 pm

    Thank you for updating 2 parts today…. love it… waiting for the next part…..

    1. Noor says:
      April 25, 2017 at 9:49 pm

      Thanx

  10. naxo says:
    April 26, 2017 at 5:11 am

    wow varah reethi well done noor next partvess avahah up kohla dhehchey??????

    1. Noor says:
      May 17, 2017 at 4:51 pm

      ??????

  11. lara says:
    April 26, 2017 at 7:37 am

    kurin buni Naaya ge mamma akee hafsaa ey. mihaaru Hafsaa Husnaa ah badhalu vehje. Jiaan Zaan ah badhalu vehje. Ehche balaigen tha Nooru vaahaka thi liyanee. V boda heevey ehen. Furathama liyaa vaahaka ey buni. Ehenviyas meehunge name eh noalheyne. Ehche balaigen liyan ulhen hadhaigen ekahala mistake eh jehenee.

    1. Noor says:
      April 26, 2017 at 7:51 am

      Ya….its my first story….Im writing on a book..Zaan aee enme furathama beynunkuri nan…but gina story thakuga e nan huryma I thought to change the name.. N husna is the one. thanx for the comment

  12. Anonymous says:
    April 26, 2017 at 10:09 am

    Mihaaru eba ragalhuvey eba.ibaaraai kurun ves ragalhu.keep it up

    1. Noor says:
      April 26, 2017 at 11:42 am

      Thanx

  13. Yaa says:
    April 26, 2017 at 2:30 pm

    Next part konirakun?

    1. Noor says:
      May 17, 2017 at 4:52 pm

      Sooon

  14. hajja hadhy says:
    April 26, 2017 at 2:59 pm

    Wow mi part vx v v reethi..

    1. Noor says:
      May 17, 2017 at 4:52 pm

      ??????

  15. Cherry says:
    April 26, 2017 at 5:07 pm

    Nice story. Really like

    1. Noor says:
      May 17, 2017 at 4:54 pm

      ????

  16. Maurifa says:
    April 26, 2017 at 5:09 pm

    Dear miadhu up ves nukurantha

    1. Noor says:
      May 17, 2017 at 4:54 pm

      ????writingggg

  17. i sher says:
    April 26, 2017 at 6:11 pm

    Kon irakuntha upkuraany dhn….?? Waiting……

    1. Noor says:
      May 17, 2017 at 4:53 pm

      Hopefully tomorrow

  18. haja says:
    May 4, 2017 at 11:41 pm

    he he I live it v reethi kiya hithun mi kiyaalee !

    1. Noor says:
      May 17, 2017 at 4:53 pm

      ??????

  19. Sudha says:
    September 18, 2017 at 8:05 pm

    I think it’s a lovely story . It’s like twilight film hen

Comments are closed.

Next Episodeލޯބި ވެވުމުން……4←


All Right Reserved!