Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

ކަކުނި 8

ShaiShy Level 410 Stories100 Comments500 Comments
April 22, 2017 6 Mins Read
53 Comments

ހައްމާދުއާއި އީތަންއަށް އެމަގުގެ ކޮޅާހަމައަށް އާދެވެނު ވަގުތު ފެނުނު މަންޒަރުން ހައިރާންވިއެވެ. ދާދި ދެންމެއަކާ ޖެހެންދެން ކައިޝާ ދޮރުމަތީގައި ހުރެގެން ކުރި ކަމެއް އީތަންމެންނަށް ފެނުނަސް އެހާ ދުރުން އެފިރިހެނެއް ވަކި ކުރާކަށް އީތަންއަށް ނޭނގުނެވެ. އަދިއެހެންމެ ކައިޝާ އެހެން ފިރިހެނަކާއެއްކޮށް އެފަދަ ގޮތަކަށް ފެނިދާނެ ކަމަށް އީތަން ހީކޮށްފައިނެތެވެ. މިރޭ ކައިޝާގެ ހިތުގައި ޖެއްސުމުން އެކަމުގެ ބަދަލު ދިނީ ހެއްޔެވެ؟ ކައިޝާއަކީ އެހާ ރަހުމު ކުޑަ ކުއްޖެއް ހެއްޔެވެ؟ އެވަގުތު އީތަންގެ ހިތުގައި އެމީހެއް ދެކިލުމުގެ ޝައުގުވެރިކަން އުފެދުނީ ކީއްވެކަމެއް ނޭނގެއެވެ. ހައްމާދުކައިރީގައި ގެއަށް ދާށޭ ބުނުމަށްފަހު އީތަން ހިނގައި ގަތީ ޒިއަދަންމެން ދިޔަ ގޯޅިއާ ދިމާއަށެވެ. އެގޯޅިއާ ހަމައަށް ދެވުނު އިރު އީތަންއަށް އެމީހުން ގެއްލިއްޖެއެވެ. މާޔޫސްވެ ހުރެ ގެއާ ދިމާއަށް ދިޔުމަށް އީތަން ހިނގައިގަތެވެ. ނަމަވެސް ފަހުން ޚިޔާލު ބަދަލުވެ އެހެން ދިމާއަކަށް މިސްރާބު ބަދަލު ކޮށްލިއެވެ. ދެވޭ ނުދެވޭ ދިމާއެއް ނޭނގި އީތަން ދިޔައީ ހިނގަމުންނެވެ. އެހިތުގައި އުފެދިފައިވާ އުދާސްކަމަށް ލުޔެއް ލިބޭތޯ މަންޒިލެއް ނެތް މުސާފިރެއްހެން އީތަން ކުރިއަށް ދިޔައެވެ. މީހުން ނޫޅޭ ހިސާބަކަށް ދެވުނުކަން އެނގުނީވެސް އަނދިރިކަން ވަށާލުމުންނެވެ. އީތަން ވަށައިގެން ބަލާލިއިރު ފެންނަން ހުރީ ބިޔަ ގަސްތަކެވެ. އީތަންއަށް މިހުރެވުނީ ބޮޑު ވަލެއްގެ މެދުގައިކަން ރޭކާލީދެނެވެ. މީހެއްގެ ހިލަމެއްވެސް ނުވެއެވެ. ހަނދުވަރުގެ ފަނޑު އަލިކަން ފިޔަވާ އިތުރު އަލިކަމެއް ނެތެވެ. ކުއްލިއަކަށް އީތަންއަށް ފަހަތަށް ބަލާލެވުނީ ގަސްތަކުތެރޭން އެއްޗެއް ތެޅޭކަހަލަ އަޑެއް އިވުމުންނެވެ. އެދިމާއަށް ބަލާލި ވަގުތު އީތަންއަށް ފެނުނީ ވިދުވަރެއްހެން ގަސްތަކުތެރޭން ނިކުމެގެންއައި މީހަކަށެވެ. އެމީހާއައިސް ހުއްޓުނީ އީތަން ކައިރީގައެވެ. އަނދިރިކަމުން އެހާސާފުކޮށް ނުފެންނާނީތެ އީތަން ދެލޯ ހަނިކޮށްލިއެވެ.

“ހެލޯ ބްރަދަރ..” އެއިވުނީ ބަރު އަޑެކެވެ. ނަމަވެސް އެއަޑުގައި އީތަންގެ އަޑާއި ވައްތަރު ގޮތެއް އެބަހުއްޓެވެ. އީތަން ހައިރާންވީނަމަވެސް އެއްޗެކޭ ނުބުނެއެވެ. އޭނައަށް އިނގޭހާވެސް އެއްޗަކީ ކުރިމަތީގައި މިހުރީ އިންސާނެއް ނޫން ކަމެވެ. އެމީހަކު އީތަންގެ މޫނުގެ ކުރިމަތީގައި ފުއްޓައްކެއް ޖަހާލުމާއެކު އެއަތުތެރޭން އަލިފާން ކަނިތަކެއް ބުރައިގެން ދިޔައެވެ. އިރުކޮޅަކުން އެއަތުން ދުން އަރާފައި އަލިފާންނުގެ ހުޅުފަޅައިގެން ދިޔައެވެ. އެމީހާގެ މޫނުގެ އެއްފަޅީގައިވެސް އަލިފާން ހުރި އިރު އަނެއްފަޅި ހުރީ ކަޅުކޮށެވެ. އެފަޅީގައި ލޮލެއްވެސް ނެތެވެ. އީތަން ކުޑަކޮށް ދުރައްޖެހިލީ ގަޔަށް ހޫނުވާތީވެއެވެ. މޫނާއެއްކޮށް ގައިގެ އެއްފަޅިން ހުޅުހިފާފައި އެހުރީ ކާކުހެއްޔެވެ؟ އީތަން ހިތުގައި އެނބުރެމުން ދިޔައީ އެސުވާލެވެ. އީތަންގެ މޫނުމަތިން ބިރުގެ ކަންފުޅެއްވެސް ނުފެންނައިރު ދެލޮލުން ފެންނަނީ ކޮންކަހަލަ އިހުސާސެއްކަން ބުނެދޭން ނޭނގެއެވެ.

“އިނގޭތަ އަހަރެން މީ ކާކުކަން؟ ލިޓްލް ބްރަދަރ..ހަހަ..އެކްޗުއަލީ ހާފް ބްރަދަރ..ކަލެއާ ކަލޭގެ މަންމައާއި ހެދި އަހަރެން ވަރަށް ބޮޑު ތަކުލީފެއް އުފުލަން ޖެހުނު..މިހާރު ކަލެއަށް ތިފެންނަނީ އޭގެ ކުޑަ ކުޑަ ޓްރެއިލަރ އެއް..ބޭނުންތަ ފުލް މޫވީ ބަލައިލަން؟ …ކެތްވާނެތަ އޭނ؟..އެފަދަ ވޭނެއް ކަލެއަށް ތަހައްމަލު ކުރެވޭނެތަ؟” އަނެއްކާވެސް އެބަރު އަޑު ފަޒާގައި ގުގުމާލިއެވެ. އީތަން ދެންވެސް އަގައިން ނުބުނެ ހުރީ އެވެ.

” އަހަންނަށް ކިޔަނީ ޒިއަދަން..ކަލޭގެ އެއްބަފާ ބޭބެ..އަހަންނަށް ޔަޤީން ކަލޭގެ ލޯބިވާ ބައްޕަ ހުރިހާއެއްޗެއް ކިޔާދީފަކަން ހުންނާނީ..އޭނަހިތުން އަހަރެން މީ އޭނަގެ ދަރިއެއް ނޫން..އެހެންވީމަދޯ މިއަދާހަމައަށް އޭނާގެ ފަރާތުން އަހަންނަށް ބައްޕައެއްގެ ލޯބި ނުލިބި މިހުރީ..އަހަރެންގެ އެހައްޤު ފޭރިގަނެގެން ކަލެއަށް ލައްކަ ދުވަހު ފިލާ ހުރެވިއްޖެއެއްނު..ދެން މަށަކަށް ނުފިލޭނެ..؟” ޒިއަދަންގެ ލޮލުން އާވި އަރަމުން ދިޔައެވެ. އީތަން އާއި ކައިރިއަށް ޖެހެމުން ދިޔަ ޒިއަދަންގެ ހިތުގަވި ނަފުރަތުގެ އަލިފާނުން އީތަން ފިއްސާލަން އުޅޭކަހަލައެވެ. އީތަން އާއި ހަމައަށް އައުމާއެކު ޒިއަދަންގެ މޭގައި އަޅާފައި ކޮށްޕާލިއެވެ. ނުވިސްނާ ހުރި ޒިއަދަން ދުރަވިއްސައިގެން ދިޔައެވެ. އެދިޔަ ބާރުމިނުގައި ޒިއަދަން ގޮސް ޖެހުނީ އެތަނާ ވިއްސަކަށް ފޫޓު ދުރުގައި ހުރި ރުކެއްގައެވެ. އޭރު ޒިއަދަންގެ ގައިގައި ރޯވެފައިހުރި އަލިފާންގަނޑު ވަނީ ނިވިފައެވެ. އޭގެ ކުޑައިރުކޮޅެއްފަހުން ރުވާފައި ދޫކޮށްލި ތީރެއްހެން ޒިއަދަން އައިސް ހުއްޓުނީ އީތަންގެ ފަހަތުގައެވެ. އޭރުވެސް އީތަން ހުރީ ޒިއަދަން ކޮށްޕާލި ދިމާއަށް ބަލަހައްޓައިގެންނެވެ.

“ސަޕްރައިޒް!” ފަހަތުގައި ހުރެގެން އީތަންގެ ކޮނޑުގައި ޖަހާލަމުން ޒިއަދަން ބުނެލިއެވެ. ސިހިފައި އީތަންއަށް އެނބުރިލެވުނެވެ. އެވަގުތު ފެނުނު މަންޒަރުން ހަމަހަޤީގަތުގައިވެސް އީތަންއަށް ޝޮކެއް ޖެހުނެވެ. ދެލޯ ބޮޑުކޮށްލަމުން ޒިއަދަންއަށް ކަޅިޖަހާނުލާ ބަލަހައްޓައިގެން ހުރެވުނެވެ. އީތަންއަށް ހީވީ އަމިއްލަ ސޫރަ ލޯގަނޑުން ފެނުނުހެންނެވެ. ޒިއަދަން ހީވަނީ އީތަންގެ ޓްވިންސްއެއް ހެންނެވެ. އެހާވެސް ވައްތަރެވެ. ތަފާތޭ ބުނާނެ ވަކި ކަމެއްނެތެވެ. ޒިއަދަންގެ ލޮލުގައި އެހުރި ކަޅުކަން ފިޔަވައެވެ. އަނދިރިކަމުން ހީވިގޮތެއްހެންވެސް ވެދާނެއެވެ. ދެމީހުންގެ އިސްކޮޅުވެސް ދާދި އެއްވަރެކެވެ. އީތަންހުރީ ބަސްހުއްޓި ބުނާނެ އެއްޗެއް ނޭނގިފައެވެ.

“އަސްލުވެސް ސަޕްރައިޒް ވި..މި ބުނީ އަހަރެންނަށް ކަލޭ ފެނުމުން ވަރަށް ސަޕްރައިޒްވިއޭ..އެވަގުތު އަހަރެންނަށް ވިސްނުނު ކަލޭގެ ބައްޕަ އެހާވަރަކަށް ސިއްރު މިކުރަނީ މިކަމޭ..އިއްތިފާޤުން ނަމަވެސް އަހަރެމެން މިހާ އެއްވައްތަރު ވެދާނެއޭ އަހަރެން ދުވަހަކުވެސް ހިތަކައް ނާރާ..” ޒިއަދަން ޒުއްނޫރުދެކެ އަރާ ރުޅިއެއްގެ ސަބަބުން ބައްޕަވެސް ކިޔަން ބޭނުން ނުވެއެވެ. ކިޔަސް ކިޔަނީ މަޖުބޫރުވެގެން ފަދަ ގޮތަކަށެވެ. މިރޭ އީތަން ފެނުނުކަން އެއީ ޒިއަދަންގެ ނަސީބެވެ. ކައިޝާމެންގޭ ދޮރުމަތީގައި ޒިއަދަން ހުރިއިރު އޭނައަށް އެމަގުގެކޮޅުން އީތަން ފެނުމުން ޒުއްނޫރު ސިއްރު ކުރާކަންތައް އެނގިގެންދިޔައެވެ. މިވީ އަހަރުތަކު ތެރޭގައި ޒިއަދަން ކުރަމުން އައި މަސައްކަތުގައި ކާމިޔާބު ނުވީ ޒުއްނޫރުގެ ސަބަބުންނެވެ. އެހެން ނޫންނަމަ އޭނަފަދަ މީހަކަށް އީތަން ހޯދުމަކީ ހީކުރާވަރަށް ވުރެވެސް ފަސޭހަކަމެކެވެ. ނަމަވެސް މިރޭ އީތަންއާއި ދިމާވުމުން ޒިއަދަންއަށް އިހުސާސް ކުރެވުނީ އީތަންއަކީވެސް އާދައިގެ އިންސާނެއް ނޫންކަމެވެ. އެހެން ނޫންނަމަ އެހާ ދުރަށް އޭނާ ވިއްސައިގެން ދާނެ ވަރަށް އީތަންއަށް ކޮއްޕައި ނުލެވުނީހެވެ.

“ވެލް ޒިއަދަން އަށް ހީކުރެވިފައި ތިވަނީ މުޅިއަކުން ރަނގަޅަކަށް ނޫން..ބައްޕަ އަހަރެމެން ދެމީހުންދެކެވެސް ލޯބިވޭ..ޒިއަދަން އެކަން ޤަބޫލުކުރަން ބޭނުން ނުވަނީ..ޒިއަދަން ބައްޕައާއި ދުރުވީވެސް އަމިއްލައަށް..ޒިއަދަން ކުރާ ގޯސްކަންތައްތަކަށް ފާޑު ކިޔުމަކީ ބައްޕަގެ ޒިންމާއެއް އެކަމާ ޒިއަދަންވެސް ނުޖެހޭނެ ބައްޕައަށް އިހުތިރާމް ކުޑަކުރަން..އޭގެ ބަދަލުގައި އެނަސޭހަތުގެ ބޭނުން ހިފިނަމަ ޒިއަދަންވެސް އުޅޭނީ އުފަލުގައި” އީތަން ބެލީ ޒިއަދަންއަށް ވިސްނައި ދެވޭތޯއެވެ. ޒިއަދަން އެދެބެއިންގެ ބައްޕައަށް ނަފުރަތު ކުރާކަން އީތަންއަށް އެނގެއެވެ. އީތަން ބައްޕަދެކެ އިންތިހާއަށް ލޯބިވެއެވެ. އެހެންކަމުން ބައްޕަގެ ކުށެއް ނެތްކަން ސާބިތުކޮށްދޭން ޒިއަދަންއަށް ވިސްނައިދެވޭތޯ އުޅުނެވެ. އީތަންގެ ވާހަކައިން އޭނަގެ ބައްޕައާއި އެދެމީހުންގެ މެދުގައި ތަފާތު އެތައް ކަމެއް ހިއްސާކުރެވިފައިވާކަން ޔަޤީންވެއެވެ. ޒިއަދަންގެ ރުޅި ހައްތަހާ ގަދަވީ އީތަން އޭނަގެ ބައްޕަގެ ދިފާޢުގައި ވާހަކަދެއްކުމުންނެވެ.

“ކާކު ބުނީ އަހަރެން މިއުޅޭނީ އުފަލުގައެއް ނޫނޭ..މިރޭ ކަލެއަށްވެސް ފެނިފައި ހުންނާނީ އަހަރެން އުފަލުގައި އުޅޭތަން…އަހަރެން ކައިޝާއާ އެއްކޮށް އުފާވެރި ދިރިއުޅުމެއް އުޅޭތަން ފެންނާނެ ވަރަށް އަވަހަށް” ތުންފަތުގައި އިނގިލިޖައްސާލަމުން ޒިއަދަން އެއްލޯމަރާލިއެވެ.

“ޔޫ ސަން އޮފް އަ ބި*… އިޓް ވޯޒް ޔޫ..ކައި އާ ދުރުގަ ހުރޭ އިނގޭ..އޭނަގައިގަ އިނގިލީ ކުރިވެސް ޖައްސާނުލާތި..އައި ވިލް ކިލް ޔޫ..” އީތަން ކައިރިއަށް އައީ އަމަށަކު ރުޅިއެއް ނޫނެވެ. ވީއިރު މިރޭ ކައިޝާ ހީކުރާނީ ޒިއަދަންއެއީ އީތަން ކަމަށެވެ. ޒިއަދަންގެވެސް ހުރި ނުބައި ކަމެއް ދެކެބަލާށެވެ. އެއީ އީތަންއެއް ނޫންކަން ކައިޝާއަށް އިނގޭނީ ކިހިނަކުން ހެއްޔެވެ؟ ޒިއަދަންއާ އީތަން ދެމީހުން ވަކިކުރަން ހުސްނާއަށް ވެސް ނޭނގޭނެއޭ އީތަންގެ ހިތް ބުނެލިއެވެ. އީތަންގެ ވާހަކައިން އޭނާގެ ހިތުގައި ކައިޝާއަށް ޚާއްސަ ޖާގައެއް ދެވިފައިވިކަން ޒިއަދަން އަށް ވިސްނުނެވެ. ޒިއަދަން ބޭނުންވީ އިތުރަށް އީތަން ރުޅިއަރުވާލުމަށެވެ. ” ޝީ ޓޭސްޓްސް ލައިކް އަ ސްޓޯބެރީ..އެހާވެސް ފޮނިވެފައި މީރު…ހިތަށްއަރާ އެއްކޮށް ކާލަން ލިބޭނެނަމައޭ…ސޮރީ ބްރަދަރ އެކަމަކު އަހަރެންގެ ހިތުގައި އެސޫރަ ފެވިއްޖެ..ދެން ހިޔެއް ނުވޭ އެހާފަސޭހައިން ދޫކޮށްލެވިދާނެހެން..ޔޫ ޕްލީޒް ސްޓޭ ކުއައިޓް އެން އެންޖޯއީ ދި ރެސްޓް..އަސްލު އަހަރެންނާއެއްކޮށް ހުއްޓަސް ހީކޮށްލާ އެއީ ހަމަ ކަލެއޭ..ކޯޒް ވީ އާރ ބްރަދަރޒް..ބައިދަވޭ ވީ ކޭން ޝެއަރ ހަރ…ސަޅި އައިޑިއާއެއްނު…” ހިނިގަނޑެއް ޖަހާލަމުން ޒިއަދަން ދެއަތް ޖަހަލީ އީތަން ރުޅިއަރުވާލެވުމުން އެކަމުގެ އުފަލުގައިއެވެ. ހެމުން ދިޔަ ޒިއަދަންގެ ކޯމައްޗަށް އަރައިގެން ދިޔަ ހޫނަކުން އީތަންއާއި ދިމާއަށް ބަލާލީ ރުޅިވެރި ނަޒަރަކުންނެވެ. އީތަންގެ ކަނާއަތް މުށްވެވިފައި ވީއިރު ދެބުމަވަނީ ގޮށްޖެހިފައެވެ.

“ޗީ..އަހަރެން ނޫޅެން ކަލޭ އުޅޭ ވައްތަރަށް އުޅޭކަށް…ތިކަހަލަ ޖާހިލެއް ހިނގި މަގަކުންވެސް އަހަރެން ނުހިނގާނަން..ކަލެއާ ސިފަ އެއްގޮތްވިޔަސް އުޑާ ބިމާހާ ތަފާތު ވާނެ..އަހަރެން ނޫޅެން އަންހެންކުދިން އެއީ ކުޅޭ ކުޅޭ ބަޔަކަށް ހަދައިގެން..ހިތުހުރި ގޮތަކަށް ކަންތައް ކުރަމުންވެސް ނުދަން..އަހަރެން މީ މައިންބަފައިންނަށް އިޚުތިރާމު ކުރަން އިނގޭ މީހެއް..ކައިޝާއަށް ކަލޭގެ އަސްލު އެނގުނީމަ ކިހިނެއްވާނެބާ؟ އެދުވަހަކުން ކަލޭގެ ނުބައިކަން ދައްކާލަމުން އޭނަގެ އިތްފަތްތެރިކަން ފޭރިގަންނާނީ ދޯ؟..ކަލޭ ގެންގުޅުނު އެހެން އަނހެން ކުދިންނަށްވެސް އެހެނެއްނު ހަދަނީ.. ކަލޭގެ މަންމަ އުޅުނު ވައްތަރަށް ކަލޭވެސް އުޅޭނީ ގަދަ ބާރުން ކަންކަން ހާސިލް ކުރަން..” އީތަންއަށް ދެން އިތުރަށް އެންމެ ލަފުޒެއް ނުބުނެވުނީ ޒިއަދަން ގޮށްމުށުން އީތަންގެ މޫނުގައި ޖެހުމުންނެވެ. އެއްފަހަރުއެއް ނޫނެވެ. ތިންހަތަރު ފަހަރު ޖަހައިފިއެވެ. އީތަންގެ ލޯކައިރި ދުޅަވެ ތުންފަތް ފަޅައިގެން ގޮސް ލޭފައިބަމުން ދިޔައެވެ. އެވަރުންވެސް ޒިއަދަންގެ ހިތަށް ހަމަޖެހުމެއް ނުލިބުނެވެ. އީތަން ރުޅިއަރުވާލަން އުޅުނު މީހާ ހީވަނީ ރުޅިން ފަޅައިގެންދާން އުޅޭހެންނެވެ. އެއައި ރުޅީގައި އީތަންގެ ކަރުގައި ހިފާ މައްޗަށް އުފުލާލިއެވެ. ބިމުން ފައިހިއްލުނު ވަގުތު އީތަންގެ ކަރަށް ވާންވެގެން ދިޔައެވެ. ދެފައި ތަޅުވަމުންދިޔައީ ނޭވާހާސް ވަމުންދާތީވެއެވެ. އީތަންގެ އަތަށް ބާރުލަމުން ކަރުބުޑުން ހަޅޭލަވާގަތެވެ. އެވަގުތު އަނގައިން ނިކުތް ބޮޑުއަލިފާންގަނޑާއި އެއްވަރަށް އީތަންގެ އަތުންވެސް ދުންއަރަމުން ދިޔައެވެ. އެގޮތުގައި ޒިއަދަންއަށް އީތަން ހިފަހައްޓާލެވުނީ ކުޑައިރުކޮޅަކަށެވެ. އަތަށް ވަމުން ދިޔަ ދިލަހޫނަށް ކެތްނުވުމުން ޒިއަދަން އަތުން އީތަން ދޫވެގެން ދިޔައެވެ. ނަމަވެސް އީތަން ބިމުންފެށިގެން ފޫޓެއްހާ މަތީގައި ހުރިގޮތަށް ހުއްޓެވެ. ދެލޯ ދިއްލިފައިވަނީ ގަދައޮރެންޖް ކުލައިގައެވެ. ގައިގާއި ރޯވެފައި ހުރި އަލިފާންގަނޑު އަދިވެސް އެގޮތުގައި ހުއްޓެވެ. ލައިގެން ހުރި ގަމީހާއި ޖީންސްގެ ބައިތަށް ވިރިގެން ފައިބަމުންދިޔައެވެ. އީތަން އެހުރިގޮތަށް ހުރެ ޒިއަދަންއާއި ދިމާއަށް ގުދުވެލިއެވެ.

” ހީކުރަން ދެން އަހަރެންނަށް އަދި އަހަރެންގެ ދިރިއުޅުމުގައި ހިއްސާވާ އެއްވެސް މީހަކަށް ގޯނާއެއް ދިނުމުގެ ކުރިން ދެވަނަ ވިސްނުމަކަށް ދާނެކަމަށް..އެހެން ނޫނީ އަހަރެން ހަނދާން ނައްތާލާނަށް ތީ އަހަރެންގެ ބޭބެކަމަށް..” އީތަން ވާހަކަދެއްކިއިރުވެސް އަނގައިން ދުން ނިކުންނަމުން ދިޔައެވެ. ޒިއަދަންގެ ބަހަކަށް މަޑުކުރުމެއްނެތި އީތަން އެހުރި ދިމާއިން މައްޗަށް އަރައިގެން ދިޔައީ ރޮއެކޮށްފާ ދުއްވާލި ރޮކެޓެއްހާ ހަލުވިމިނުގައެވެ. ވަކިހިސާބަކަށް މައްޗަށްގޮސް އީތަން ގެއްލުނުއިރު އެހިސާބުގަނޑުން ހީވީ ހޮނުގުގުރިއެއް ޖެހިހެންނެވެ. އެވަގުތުކޮޅުގެއަޑު އެހާވެސް ގަދަވިއެވެ.

މައްޗަށް ބަލަހައްޓައިގެންހުރި ޒިއަދަންގެ މޫނުމަތިން އިންތިހާދަރަޖައިގެ ރުޅިވެރިކަން ފާޅުވަމުން ދިޔައިރު އޭނާ އޮތީ ދެކަކުލު އަތް ވިދެލައިގެން ގުދަށެވެ. ޒިއަދަން ހަޅޭލަވާގަތެވެ. ހީވީ މީހަކު ގަދަފަދަ ރިހުމަކަށް ކެތް ނުވެގެން ހަޅޭލަވާގަތްހެންނެވެ. އެވަގުތު ޒިއަދަންގެ ބުރަކަށިން ކަށިތަކެއް ނިކުންނަމުން ދިޔައެވެ. ބުޑަށް ފަލަކޮށްހުރި އެކަށިތަށް ތިރިއަށް ފައިބައިގެން ދިޔައީ ކޮޅަށް ހިމަވަމުންނެވެ. ހަމައެފަދައިން އަތުގެ އުޅަނބޮއްޓާ ދިމާއިންވެސް ކަށިތަކެއްނިކުމެފައި ވީއިރު އަތްތިލަވެސް އާދަޔާޚިލާފަށް ބޮޑުވެފައި ނިޔަފަތިތައްވެސް ދިގެވެ. މޭމަތިން ފުޅާވެފައި އުނަގަނޑަށް ހިމަކޮށް ހުރިއިރު މޭކަށިތަށްވަނީ އަރާފައެވެ. ކޮނޑާ ދިމާއިން ހުރި ބޮޑެތި ކަށިތަށް މައްޗަށް ހިއްލިފައިވިއެވެ. އޭރު އޭނާގެ މޫނުގެ ސިފަވެސް ދިޔައީ ބަދަލުވަމުންނެވެ. ބޮލުގައި އިސްތައްޓެއް ނެތެވެ. އެއްލޯ ދިއްލިފައިވަނީ ރަތް ކުލައިގައެވެ. އަނެއް ފަރާތުގައި ލޮލެއް ނެތް އިރު އެތަނަށް ވަނީ މަސްއަރާފައެވެ. ގައިގެ ހަންގަނޑުކުރަކިވެފައި މުޅިހިސާބުގަނޑުގައި ފަރުހަކިވަސް ހިފާފައިވިއެވެ. ޒިއަދަން ތެދުވެލަމުން އޭނާގެ ބޯވާ ފައިތައް ފަތްތަކުގެ މަތީގައި ކާއްތަމުން ކުރިއަށް ދިޔައެވެ. ހިކިފައިވާ އެފަތްތައް ތެތްމަމުން ދިޔައީ ޒިއަދަންގެ ގައިން ފައިބަމުންދާ ލޮނދިންނެވެ. އެވަލުތެރޭން ޒިއަދަން ދިޔައިރު ގަސްތަކުގެ އޮފިތަށް މަގުދައްކަމުން އެއްކައިރިވަމުން ދިޔައެވެ. ޒިއަދަންގެ މިސްރާބު ހުރީ މޫދާ ދިމާއަށެވެ.

ސައިކަލުގައި އެހިސާބުން ހުރަސް ކޮށްލި ރައުލްގެ ފަހަތުގައި އިން ރަޤީބު ތުންތަޅުވާލަމުން މަތި ބަލާލިއެވެ. ތަރިތައް ފިޔަވާ އިތުރުއެއްޗެއް ފެންނަން ނެތަސް ރަޤީބުގެ ތޫނު ނަޒަރަށް ކަމެއް ފާހަގަ ކުރެވުނެވެ. ހަމަ އެވަގުތު ނޭފަތުގައި ޖެހުނު ވަހަކުން ރައުލްގެ ކޮނޑުގައި ބާރަށް ހިފަހައްޓާލިއެވެ. ރައުލްގެ ތުންފަތް ހަރަކާތް ކޮށްލި ގޮތުން ހީވީ އެއްޗެއް ކިޔަވާލިހެންނެވެ. ސައިކަލުގެ ސްޕީޑް ބާރުކޮށްލަމުން ގެއާދިމާއަށް ދިޔަ ރައުލް އާއި ރަޤީބުގެ ހިތަށް ވަނީ ބިރުވެރިކަން ވަދެފައެވެ. ކޮންމެވެސް މީހަކަށް ބޮޑު މުސީބާތެއް ކުރިމަތިވާން އުޅޭކަހަލައެވެ.

**
ދަންވަރުގެ ވަގުތެވެ. މޫދުގެ ލޮނުގަނޑު ކައްކާލަމުން ކަނޑުންއަރައިގެން އެއްގަމާ ދިމާއަށް އެއަންނަނީ އީތަންގެ ބައްޕަ ޒުއްނޫރުއެވެ. ރާޅުޖަހާފަށުގައި އީތަން ހުއްޓި ހުރިއިރު ލައިގެން ހުރި ޖީންސް ވިރިގެން ގޮސް ހުރީ ކަކުލާ ހަމައިގައެވެ. ހާމަޔަށް ހުރި އެހަށިގަނޑުގައި ބީހެމުންދާ ފިނި ވައިރޯޅިން އީތަންގެ ޖިސްމުގައިވާ ހޫނުކަމަކަށް ބަދަލެއް ނާދެއެވެ. ޒުއްނޫރު އެއްގަމަށް އަރައިގެން އައިއިރު އެމޫނުމަތިން ފެންނަމުން ދިޔައީ ހާސް ކަމެވެ. ބޮލުގައިވާ ބުޅިއިސްތަށިގަނޑުން ފެންތިކިތައް ތަޅަމުން ދިޔައިރު ތުނބުޅީގައިވެސް ހަރުލާފައިވަނީ ފެނެވެ. ލައިގެން ހުރި ނޫކުލައިގެ އަތްދިގު ގަމިހާ ހުދުކުލައިގެ އެމުންޑުވަނީ ގަޔާ ތަތްވެފައެވެ. ޒުއްނޫރު އަބަދުވެސް އީތަންއާ ބައްދަލު ކުރަނީ ހުސްނާއާއި ބައްދަލު ކުރި ސިފައިގައެވެ. ޒުއްނޫރުގއ އަސްލުސިފަ އީތަންއަށް އަދި ފެނިފައެއް ނުވެއެވެ. އީތަންވެސް އެކަމަށް ޝަޢުގުވެރިއެއް ނުވެއެވެ.

“ދަރިފުޅާ ކީއްކުރަން ބައްޕައަށް އެވަރަށްގޮވަނީ..؟ ކަންބޮޑުވެފައި ހުރި ޒުއްނޫރު ސުވާލު ކުރިއިރުވެސް ޖަވާބު އިނގެއެވެ. އީތަން އެއްފަހަރު ގޮވާލުމުން އަންނަ މީހާ މިރޭ އެއައީ އީތަން ތިންހަތަރު ފަހަރު ގޮވުމުންނެވެ. ހީވާގޮތުން އީތަން އާ ކުރިމަތިލާން ބޭނުން ނުވަނީއެވެ. އީތަންގެ ސުވާލުތަކަށްވެސް ޖަވާބު ދޭން ބޭނުން ނުވާކަހަލައެވެ. އީތަން ސީރިއަސް ނަޒަރަކުން ޒުއްނޫރާ ދިމާއަށް ބަލަހައްޓައިގެން ހުއްޓެވެ.

“ދަރިފުޅު ކައިރީ ކުރިންވެސް ބުނިން ބޭބެއަކު ހުންނަ ވާހަކަ..އަދި އޭނާގެ ކަންތައްތައް ހުންނަ ގޮތްވެސް ކިޔައިދިނިން..އެންމެ ކަމެއް ފިޔަވާ..އެކަންތައް މިހާރު ދަރިފުޅަށްވެސް އިނގޭނެ..ތިދެކުދިން ސިފަ އެއްގޮތްކަން ބައްޕައަށްވެސް އެނގުނީ މާމަގެ ފަރާތުން..އިނގެއްނު ދަރިފުޅުގެ އުމުރުން ދެއަހަރުން ފެށިގެން އަށާރަ އަހަރުވަންދެން ބައްޕައަށް ދަރިފުޅު ކައިރިއަށް ނާދެވުނުކަން..ދަރިފުޅާ ފަހުން ބައްދަލު ކުރި ދުވަހު ބައްޕަވެސް ހުރީ އަޖައިބުވެފަ..ޒިއަދަންއާ ވަރަށް ވައްތަރޭ މާމަ ބުނުމުންވެސް ބައްޕަ ހީނުކުރަން އެހާ ވައްތަރުވެދާނެކަމަށް..” އީތަންއާ ދިމާއަށް ބަލާލަމުން އިށީނުމަށް ޒުއްނޫރު އިށާރާތް ކޮށްލީ ވާހަކަ ދައްކަމުންނެވެ. ޒުއްނޫރު އެވާހަކަ އީތަންއަށް ސިއްރުކޮށްގެން ހުރީ ޒިއަދަންއާ ދެމީހުން ދިމާ ނުވާނެކަމަށް އުއްމީދު ކޮށްގެންނެއެވެ. އެކަމަށް މިއަދާ ޖެހެންދެންވެސް ޒުއްނޫރު ދިޔައީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް މިހާރު އޭނާ ކުރާ ކަންތަކުގެ ބާރު ކެނޑެމުން ދިޔުމުގެ ސަބަބުން އީތަން އާއި ޒިއަދަން އެވަނި ދިމާވެފައެވެ. އެކަން ޒުއްނޫރަށް އެނގުމުން މިރޭ އީތަން އެވަރަށް ގޮވުމުންވެސް ނާންނަން ހުރެފަ އެންމެފަހުން އެއައީ އީތަންއަށް އެނގެންޖެހޭ އިތުރު ކަންތައް ތަކެއް ހުރުމުންނެވެ.

“ދަރިފުޅަށް އިނގޭތަ ޒިއަދަންގެ ކާފަ ޔައުކިއްޒާ މަރުވެގެން ދިޔައީ ޒިއަދަން ސަލާމަތް ކުރަންވެގެން..އެކަމުގެ ތެރޭގައި ޒިއަދަންގެ މޫނުން އެއްފަޅިފިހި ލޯވެސް އަނދާފައިވަނީ..ހުސޭންފުޅު އަހަރެންގެ ބައްޕަ ކައިރީގަ ވަޢުދުވީ ފަންޑިތަ ނަހަދާނެކަމަށް އެކަމަކު އޭނައަށް ނުހުރެވުނު އެކަން ނުކޮށެއް އަލިމަނިކު ބުނެގެން އޭނަ އުޅުނީ ދަރިފުޅު ނައްތާލަން އެކަމަކު އެވަގުތު އޭނާގެ ދަލުގައި ޖެހުނީ ޒިއަދަން އެއީ އޭރު ދަރިފުޅުގެ މަންމަ އަދި ނުވިހާނެ ޒިއަދަންއަށްވެސް މަހެއްވަރު ވާނީ އެކަމަކު ހުސޭންފުޅު ހީކުރީ ބައްޕައަށް ދަރިއެއް ލިބުމުން އެއީ ހުސްނާއާ ދެމީހުންނަށް ލިބުނު ދަރިއެއް ކަމަށް އެހެންވެ ދަރިފުޅު ނައްތާލަން އަވަސްއަރުވާލައިގެން އުޅުނީ.. ހެދި ފަންޑިތައިގައި އަޅިޔަށްވެދިޔައީ ހުސޭންފުޅާ ޔައުކިއްޒާ” ޒުއްނޫރުގެ އަޑުގައި ވަނީ ހިތާމައެވެ.މިއަދާ ހަމައަށްވެސް ޒިއަދަންއަށް އޭނާގެ ކާފަ މަރުވި ގޮތެއް ނޭނގޭނެއެވެ. ނަމަވެސް ހަޤީގަތް އިނގޭނެ ދުވަހަކުން ޒިއަދަން އެކަމުގެ ބަދަލު ހިފާނެކަން އެއީ ކަށަވަރު ކަމެކެވެ.

އީތަންއާ ޒުއްނޫރުގެ ފަހަތުން އެނބުރެމުން ދިޔަ ކަކުންޏަކުން ދުންއަރަމުން ދިޔައެވެ. އެދުންތަކުގެ ތެރެއިން ފާޅުވީ މީހެއްފެ މޫނުމަތިން ފެންނަމުން ދިޔައީ ރުޅިވެރިކަމެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

ShaiShy

Level 410 Stories100 Comments500 Comments

Other Articles

Previous

އިޝާން

Next

ވަންހަނާ (ފަހުބައި)

Next
April 22, 2017

ވަންހަނާ (ފަހުބައި)

Previews
April 22, 2017

އިޝާން

53 Comments!

  1. Jjeyツ says:
    April 22, 2017 at 10:32 pm

    Me frst dho. Hehe. Adhi nu s kiyan❤

    1. kayashandy says:
      April 22, 2017 at 10:33 pm

      hehhehe…ehentha..hope u ll like it

  2. kayashandy says:
    April 22, 2017 at 10:41 pm

    thank u so much for de love n support for this story..really v happy to knw dat readers like it..: kuree partga rpl nukurevi huri kudhinnanhves vvvvv bodah thank u..:)

    i dnt knw story kuriah dhaa goi baei kudhinn like nuvedhaane..but its going de way i planned..so hope kuranee hurihaakudhinves mi kanthahthah balaigannaane kamah plus i dnt think hurihaakudhin like vaagothah liyevidhaanehen ekamakuves story kiyaane kamah umeedhu kuran adhi supportves kurin libeygothah libeynekamah hope kuran..:)

    mi part heevey kuruvaanehen but insha allah next part dhigukohleveythw try kuraanan..keep waiting for tmrw nyt..:)

    gnyt lvly ppl:)

  3. Naaa says:
    April 22, 2017 at 10:43 pm

    Varah reethi vaahaka eh.

    1. kayashandy says:
      April 22, 2017 at 11:01 pm

      thank u naaa:)

  4. Shy beauty says:
    April 22, 2017 at 10:49 pm

    Wow..vvv reethi..mee hama 1 vanaige vhk eh…waiting for the nxt epsd…☺️

    1. kayashandy says:
      April 22, 2017 at 11:02 pm

      thank u so much n keeep waiting..:)

  5. Jjeyツ says:
    April 22, 2017 at 10:52 pm

    V nice ingey. Ekam thankolheh kuru. Next part dhigukollahchey ingey. Waiting for tom nyt kayashandy… ❤?

    1. Jjeyツ says:
      April 22, 2017 at 10:56 pm

      Yes of cause enme like vaa gothakah nuliyeven. Ekantha balaigahnan. The thing ik is i like this story?

    2. kayashandy says:
      April 22, 2017 at 11:04 pm

      thank u sooooo much..heekuran hurihaakudhinge visnunves thihen hunnaanekamah..i feel happy dat u liked it:)

    3. kayashandy says:
      April 22, 2017 at 11:02 pm

      thank u n i knw kurukan..hhehe…but insha allah next part dhiguvaane..keep waiting:)

  6. " " says:
    April 22, 2017 at 11:06 pm

    Mihaarussure waiting… Heskiyaaha reethi

    1. kayashandy says:
      April 23, 2017 at 2:13 pm

      thank u soooo much dear..keep waiting:)

  7. Khajja says:
    April 22, 2017 at 11:12 pm

    Masha allah v rythi v furihama e dhun thakuge therein faalhu v ziadhan dhw ehen kamavvaanama v varugadha badhaleh hifaalaanethaa anyway stry hama habeys thanks keep it up n gud nyt

    1. kayashandy says:
      April 23, 2017 at 2:12 pm

      thank u so much dear..really happy to c ur comment..keep waiting:)

  8. Fathun says:
    April 22, 2017 at 11:25 pm

    Varah reethi hama neyvaa hifahahttalan jeheyni dhenvaane. Gothakaamedhu…..? biruveri ??

  9. imagination says:
    April 22, 2017 at 11:26 pm

    omg.. haadha reehcheyy.. istg.. this gives mee goosebumps

  10. Saandy says:
    April 22, 2017 at 11:32 pm

    WOW… V v salhi mivaahaka… Sifakurun hama obinoavey… Ziyadhan badhalu hifanvegen Kaishaa ah dhera gotheh nuhadhaathi… Eyrun v dheravaane… Next partah eba v inthizaaru kurevey…

    1. kayashandy says:
      April 23, 2017 at 2:12 pm

      awwwwnnn saandy thank u so much for de lovely comment..really happy dat u liked it..:) btw saandyge story ah ves eba varah inthizaaru kurevey..:)

  11. Saii says:
    April 22, 2017 at 11:37 pm

    Varah salhi huvaa kohfa mibuniy

    1. kayashandy says:
      April 23, 2017 at 2:11 pm

      thaaaaannnkkkuuu sooooo much:)

  12. Maree says:
    April 22, 2017 at 11:50 pm

    vvvv reeethi v furihama heevee hama ethaaga hurevunuhen ehaaves reethi

    1. kayashandy says:
      April 23, 2017 at 2:10 pm

      awwwnnn maree thank u sooooo much..:) aneikkaa ethaa huregen nufiheythi ingey…hhehehhe:)

  13. Azuna says:
    April 22, 2017 at 11:54 pm

    Mee kury ga published kohfa in vaahaka eh tha?
    V hadhaan vey story ge episode thah kiyaa varakah kurin kiyaa fa in story eh hen.

    1. kayashandy says:
      April 23, 2017 at 2:09 pm

      nope i havnt published it..mee adhi liyamundhaa vaahakaei..amilla hiyaalee vaahakei mee..knmme dhuvahakuves edhuvaheige episode liyanee mi..may b its similar to a story dat u hav read…so ehen vedhaane..dn mithaanga ulheynee aanmmukoh varah vaahaka kiyaa kudhin but adhi eives kujjei nubuney mivaahaka ehen vaahaka akaa vahtarey…thank u 🙂

  14. Misha says:
    April 22, 2017 at 11:55 pm

    Vrh salhi mi part vc..waiting for the next part…?

    1. kayashandy says:
      April 23, 2017 at 2:06 pm

      thank u misha…keep waiting:)

  15. Nana says:
    April 23, 2017 at 12:19 am

    Yah kuri dhw mi part.. Ekm vx vrh salhi ingey.. Gud nyt??

    1. kayashandy says:
      April 23, 2017 at 2:06 pm

      arrr ekey dhw nana…hehhe..thank u so much:)

  16. Mary says:
    April 23, 2017 at 12:49 am

    Varah salhi. Speech less… waiting…..

    1. kayashandy says:
      April 23, 2017 at 2:05 pm

      thank u so much mary:)

  17. xim says:
    April 23, 2017 at 4:03 am

    woow nice ingey…..whn next part

    1. kayashandy says:
      April 23, 2017 at 2:05 pm

      thank u xim..insha allah tonyt..keep waiting:)

  18. ssss? says:
    April 23, 2017 at 7:17 am

    Varah rythi…. When is next part

    1. kayashandy says:
      April 23, 2017 at 2:04 pm

      thank u..:) insha allah tonyt:)

  19. Naira says:
    April 23, 2017 at 9:12 am

    Varahh varahh varahhh varahhh reeethi?????

    1. kayashandy says:
      April 23, 2017 at 2:04 pm

      thank u naira:)

  20. Chum handi says:
    April 23, 2017 at 10:39 am

    varaha reethi… waitinng for the next part……

    1. kayashandy says:
      April 23, 2017 at 2:03 pm

      thank u chum…keep waiting..:)

  21. silver mist says:
    April 23, 2017 at 11:03 am

    Vrh vrh salhi. Pls pls pls avahah next part up kohdhiibaa..can’t wait…

    1. kayashandy says:
      April 23, 2017 at 2:03 pm

      tonyt i ll upload…keep waiting….thank u:)

  22. Heyo edhey faraathe says:
    April 23, 2017 at 1:58 pm

    Plz upload next part
    And make it long
    Plz plz

    1. kayashandy says:
      April 23, 2017 at 2:02 pm

      will try…keep waiting…thanku:)

  23. lai says:
    April 23, 2017 at 2:51 pm

    I looooooooooooooove this story .. i dont comment ekm hama gavaidhun kiyan . I just love it .. awsome ❤❤❤ .. all the best kayashandy . Keep it up .. eagerly waiting for the nexf part ?

    1. kayashandy says:
      April 23, 2017 at 9:22 pm

      thank u sooooo much lai…vvv happy vejje comment kohleema..n heekuran kuriah oi part thakah comment kuraanekamah..:)

  24. Maree says:
    April 23, 2017 at 4:29 pm

    Aan dho ma innanee vaahaka kiyaair ey gethereah vadhe dhen ehen indhe athunves baefaharu harakaai kureveyne kaya kokko ves bunaane dhonthi konhaavahtharenhey thijassanee vaahaka kiyaair inthizaaruga EBA hurin ingey dhoonyaa

    1. kayashandy says:
      April 23, 2017 at 9:23 pm

      hehhehhehhe..thanks dear..:)

  25. kayashandy says:
    April 23, 2017 at 6:29 pm

    very nice..

    1. kayashandy says:
      April 23, 2017 at 9:21 pm

      thanks but plx dnt use my name..kudhin heekohfaane writer amilla vaahaka ah comment kuranee ey..:(

  26. Saadhu says:
    April 23, 2017 at 9:36 pm

    Haadha reethi vaahakaye.kiyakiyaa hutaa thi nimaali.?avaha up kodheeba plz

    1. kayashandy says:
      April 23, 2017 at 9:40 pm

      thank u ssadhu happy to c ur comment..:) keep waiting ….

  27. Rainy princess says:
    April 23, 2017 at 9:45 pm

    vara reethi..mee adhi mihaathana kiyunu emme reethi eh story…good work kaya <3

    1. kayashandy says:
      April 23, 2017 at 10:44 pm

      thank u so much rainy princess..i hope u ll follow me until de end..:)

Comments are closed.

Next Episodeކަކުނި 9←


All Right Reserved!