އަގެއްނެތްލޯބި 9 ވަނަ ބައި
“ބޯކޮށް ވާރޭވެހި ވިދާ ގުގުރާއިރު ބޭރުގަ މިއުޅެނީ ކާކުބާ؟ މިރަށުމީހެއްބާ އެއީ!!! ކޮންތާކަށް ކީއްކުރަންދާ މީހެއްބާ؟.. ވެދާނެ މިރަށު އުޅޭ ޕާޓޭ ގުރޫޕްގެ މީހަކަށް ވެސް” ޖަވާބުނެތް ސުވާލުތަކެއް ނިސާދުގެ ހިތުގައި އުފެދިގެން ދިޔައިރުގަ، ދޭހާ އަތްވަކަށް، ވެހޭހާ ވާރޭއަކަށް ބެލުމެއްނެތި މަގުތަކުގައި ގިނަވެގެން އުޅޭ ބައެއްގެ ތެރެން މީހެކޭވެސް ނިސާދުގެ ހިތަށް އެރިއެވެ. ނިސާދުމެންގެ ޖެހިގެންހުރިގޭ ފާރުކައިރީ ހުރި ހޮޅިދަޑީގެ ހޮޅިބުރި ހުރީ އަދާފައެވެ. މަގުގެ އަނެއްފަރާތުގައި ހުރީގޭ ފާރުކައިރީ ހުރި ހޮޅިދަޑީގެ ހޮޅިބުރި ބަދަލުކުރިތާ ދެދުވަސްވީއެވެ. އެހޮޅިބުރީގެއަލި އެމީހެއްގެ ބުރަކަށްޓަށް އެޅިފައިހުއްޓެވެ. އެއަލިން ނިސާދުއަށް އެއީ ކާކުކަމެއް ނޭންގުނެވެ. ފާހަގަ ކޮށްލަން ނޭންގުނުތާ، ހިތަށްގެންނަން ވެސް ނޭންގުނެވެ. އެމީހާ އެދިޔަގޮތަށް ދިޔައީއެވެ. ނިސާދުގެ ލޮލަށް އެމީހާ ނުފެންނަ ހިސާބަށް ދިޔުމުން ކޮޓަރިއަށް ނިސާދު ދިޔައެވެ. އޭރު ހަނާއަށް އޮތީ ނިދިފައެވެ. އެއްފަހަރު ނިދަންއޮށޯވެފާނަމޭ ވެސް ނިސާދުގެ ހިތަށްއެރިއެވެ. ގަޑިއަށް ބަލާލުމުން ނިދަން އަދި މާއަވަސްހެން ހީވާތީ ނިސާދު އައިސް ބޭރު ސޯފާގައި އިށީދެލިއެވެ. އޭރު ހަފުސާ ކާގޭގައި އުޅެއެވެ.
ނިސާދު ސޯފާގައި އިންނައިރުގަ މަގުމަތި ފެނެއެވެ. ޓީވީއާ ދިމައަށް ބަލަންއިދެފަ ދޮރާދިމާއަށް ނިސާދުއަށް ބަލާލެވުނު ވަގުތު ގޭކުރިމަތިން މީހަކު ހިގާފަދަނިކޮށް ފެނުނެވެ. ނިސާދު ފުއްމައިގެންސޯފާއިން ތެދުވިއެވެ. އަދި އެމީހަކީ ކާކުތޯބަލާލުމަށް ދޮރުމައްޗަށް ދިޔައެވެ. ހަމަ އެމިހާއެވެ. އެހިގުމެވެ. އޭރު އިސްޖަހައިގެން ދިޔަގޮތަށް މިހާރުވެސް އިސްޖަހައިގެން ހިގަމުންދިޔައެވެ. އޭރު ހިމަ ފޮދު ވާރޭވެހެމުންދެއެވެ. ބޯކޮށް ވެހުނު ވާރޭގެ ސަބަބުން މަގުމަތިވަނީ ފެންބޮޑުވެފައެވެ. ހުސްފަޔާ ހުރި އެމީހާ ހިގަމުންދިޔައީ ފެންގަނޑުގެ ތެރެއިން މަގުގެ މެދުންނެވެ. ކުއްލިއަކަށް ވިދާލިވިދުވަރަކާއެކު ނިސާދުއަށް ލިބުނީ ހައިރާން ކަމެކެވެ. ވިދުވަރުގެ އައްޔާއެކު ނިސާދުއަށް އެމީހެއްގެ މޫނުގެ އެއްފަޅި ވަރަށް ސާފުކޮށްފެނުނެވެ. ހަމަ އެވަގުތު ނިސާދުއަށް އެމީހަކަށް ޝައްކުކުރެވުނެވެ. ވިދުވަރުގެ ތެރެއިން އިވިގެން ދިޔަ ބާރު ގުގުރީގެ އަޑަށް އެމީހާ މަޑުޖެހިލިއެވެ. ނިސާދު ބޭރަށް ނިކުމެގެންގޮސް އެމީހެއްގެ ކޮޑުގާ ދެއަތުން ހިފަހައްޓާ، އޭނާގެ ކުރިމައްޗަށް އަބުރާލިއެވެ. ނިސާދުއަށް ލިބުނީ ކުއްލިސިހުމެކެވެ. “ޒިޔާ….. ކޮންތާކަށް ގޮސްފަތިއަންނަނީ. ކީއްކުރަން ބޭރުގަ ތިއުޅެނީ. ކާކުބުނެގެން، ކޮންބޭނުމެއްގަ” އެއްނޭވާއިން ނިސާދު ސުވާލުތަކެއް ކުރިއެވެ. އެހާހިސާބުން ނިސާދުއަށް ޔަގީންވީ ކުރިންވެސް ގޭކުރިމަތިން ދިޔައީ ޒިޔާދު ކަމެވެ. ޒިޔާދުއަކީ އެހެން ދުވަހަކު ވެސް އުޅުން މީހަކަށް ނުވާތި ނިސާދުއަށް ވިސްނާލަންވެސް ނޭންގުނީއެވެ. ނިސާދުގެ ސުވާލުތަކަށް ޒިޔާދު ޖަވާބު ދޭން މަސައްކަތް ކުރިއެވެ. ނަމަވެސް އޭނާއަށް ވާހަކަދެއްކޭ ވަރެއްނުވިއެވެ.އެއަށްވުރެއް ބޮޑަށް އޭނާވަނީ ފިނިވެ ހީކަރުވާފައެވެ. “ޒިޔާ މަންމަ ކޮބާ؟؟ ގޭގަ ނޫޅެނީތަ؟” ނިސާދުއަނެއްކާ ވެސް ސުވާލު ކޮށްލިއެވެ. ޒިޔާދު ވާހަކަ ދައްކަން އަނގަހުޅުވާލިއެވެ. އޭރު އޭނާގެ ދަތްދޮޅި ބާރަށް ތެޅެއެވެ. ޒިޔާދުއަށް ބުނެވެނީ ފަހަރަކު ބަހެކެވެ. ދެބަސްދޭތެރޭ ދެތިން ސިކުންތުގެ ހިދުކޮޅެއްވެއެވެ. ނިސާދު އޭނާގެ ގަޔާ ޒިޔާދު ގާތް ކޮށްލަމުން ޒިޔާދުގެ މޭގަޖައްސާ ބާރުކޮށްފަހުރި އަތަށް ބަލާލިއެވެ. “އަތުގަ ކޮންއެއްޗެއްތަ ތިހުރީ” ނިސާދު ސުވާލުކޮށްލަމުން ޒިޔާދުގެ އަތުގަހިފާ އޭނާގެ ގަޔާކައިރިކޮށް ބާރަށް މުއްމަޅާފަހުރި މުއްހުޅުވާލިއެވެ.
“މީ ކޮން ދޮންވެއްޔެއްތަ؟؟؟ ޒިޔާދު ކޮންތާކަށް ގޮސްފަތަ ތިއައީ……” އަނެއްކާވެސް ނިސާދު އޭނާ ދިޔައީ ކޮންތާކަށްތޯ އަހާލަމުން ޒިޔާދުގެ ގަޔަށްބަލާލިއެވެ. އެނާގެގައިގާ ދޮންވެލި ކޮންމެވެސް ވަރަކަށް ހުރުމުން ނިސާދު ވަރަށް ހައިރާންވިއެވެ. ޒިޔާދު ޖަވާބެއް ނުދިނުމުން ނިސާދު އޭނާގެ އަތުގައި ހުރި ވެލިތަކާ، ގައިގަ ހުރި ވެލިތައް ފޮޅާލިއެވެ. އެވެލިތައް ހުއްޓާ އަނީސާއަށް ފެނިއްޖެނަމަ އެކަމާ ބެހޭގޮތުން ސުވާލުކޮށްފާނެތީއެވެ. ޒިޔާދު ގޮވައިގެން ނިސާދު ގެއަށް ދިޔުމަށް ހިގައިގަތެވެ. އޭރު މަޑުމަޑުން ވާރޭ ބޯކުރަމުން ދެއެވެ. ޒިޔާދުއާއެކު ނިސާދުގޮސް ޒިޔާދުމެންގެ ދޮރުމަތި ހުއްޓި ނިސާދު ދޮރުގައި ޓަކިޖަހާލިއެވެ. އިރުކޮޅެއްފަހުން އަނީސާ އައިސް ދޮރުޅުވާލިއެވެ. ދޮރުމަތީ ހުރި ނިސާދު ފެނިފަ އަނީސާ ހައިރާންވިއެވެ. ނިސާދު އެއްފަރާތަށް ޖެހިލުމުން އެއަށް ވުރެބޮޑަށް އަނީސާ ހައިރާންވީ ނިސާދުގެ ފުރަގަހުގާ ހުރި ޒިޔާދު ފެނިގެންނެވެ. އޭނާހުރީ ތެމިފޯވެފައެވެ. “ދަރިފުޅާ ޒިޔާދު ކޮންތާކުންތިއައީ” އަނީސާ ޒިޔާދުގެ އަތުގާ ހިފާ އެތެރެއަށް ވަށްދަމުން ސުވާލުކޮށްލިއެވެ. “ޒިޔާ ދިޔަތަނެއް ވެސް، އައިތަނެއްވެސް ނުބުނި. އަހަރެން ވަރަށް ސުވާލުކުރިން” ނިސާދު އަނީސާގާތުގައި ބުންޏެވެ. “ނިސާދާއެކު އެއްނޫންތަ ޒިޔާދު އުޅުނީ” އަނީސާ ކޮށްލީ ސުވާލެކެވެ. “އާނ ދައްތާ. އަހަރެންނާ އެކު ޒިޔާއެއް ނުދޭ” ނިސާދު ޖަވާބު ދިނެވެ. އަދި ނިސާދުއަށް ޒިޔާދު ފެނުން ހިސާބުން ކަންވީގޮތް ނިސާދު އަނީސާއަށް ކިޔާދިނެވެ. ނިސާދު ގޮސް ޒިޔާދު ކޮޓަރިއަށް ވެއްދިއެވެ. “ޒިޔާ ދެން އަހަރެން ދަނީ. މާދަން އަހަރެން އަންނާނަން” ނިސާދު ޒިޔާދުގެ ކޮޑުގާޖަހާލަމުން ބުނެލިއެވެ. އެވަގުތު ޒިޔާދު ފަސްއެބުރި ބަލާލިއެވެ. އޭނާގެ ދެލޮލަށްވަނީ ކަރުނަ ޖަމާވެފައެވެ. ނިސާދުއަށް މިތަށްވަރަށް ރަނގަޅަށް ފެނުނެވެ. އަވަސް އަވަހަށް ޒިޔާދު ނިސާދުއަށްފުރަގަސް ދިނުމަށްފަހު ބޮލުގެ އިސާރާތުން އާއެކޭބުނެލިއެވެ. ނިސާދު ކޮޓަރިން ބޭރަށްނިކުތް އިރު އަނީސާ ބޭރުގޮޑީގައި އިށީދެލައިގެން ދަތްދޮޅީއަތް ވިއްދާލައިގެން އިނެވެ. “ދައްތާ އަހަރެން ދެންދަނީ. ޒިޔާއަށް ވަރަށް ރަނގަޅަށް ބަލާތި. އެހެންނޫނީ އޭނާ ކޮންމެފަދަ ކަމެއްވެސް ކޮށްފާނެ” ނިސާދު މިހެންބުނުމުން އަނީސާ އާއެކޭ ބުނެލިއެވެ. ނިސާދު ގެއިން ނިކުތުމުން އަނީސާ އައިސް ދޮރުލައްޕާލިއެވެ. އެވަގުތު ވިދުވަރަކާއެކު ގުގުރައިގަތެވެ. ނިސާދުއަށް މަގުމަތީ މަޑުޖެހިލެވުނެވެ. ހަމައެވަގުތު ނިސާދުއަށް ލޯމަރާލެވުނެވެ. ގުގުރީގެ އަޑު ނުކެޑިގެން އުޅެނިކޮށް ބޯކޮށް ވާރޭވެހެންފެށިއެވެ.
ޖެހެމުންދިޔަ ވައިން ހިވާނީ ގަސްރުއް މުލުންލުހެލަފާނެ ހެންނެވެ. ބޯވާރޭގަ ނިސާދު ގެއާދިމާއަށް ހިގަމުން ދިޔައިރު އޭނާގެ ހިޔާލުގާވަނީ ޒިޔާދުއާ ރީސާއެވެ. ރީސާ މިދުނިޔޭގަ ހުރިނަމަ ޒިޔާދު އެހާލުގަ އުޅޭކަށް ނުޖެހުނީހެވެ. ހިޔާލުތަކުން ނިސާދު ހިތްފުރާލައިގެން ހުއްޓާ ޒިޔާދު މެންގެގެއާ މާދުރުނޫން ހިސާބުގަހުރި ފަޅުގޭގެ ތެރެއިން އަންހެންކުއްޖެއްގެ ހަޅޭކުގެ އަޑު ނިސާދުއަށް އިވުނެވެ. ބޯވާރޭގެ ތެރެއިން ނިސާދުގެ ކަންފަތުގައި އެއަޑުޖެހޭ އިރަށް އެދިމާއަށް ބަލާލެވުނެވެ. ނިސާދުއަށް އެއްވެސް އެއްޗެއް ނުފެނުނެވެ. ހީވި ގޮތެއްކަމަށް ބަލައި އަނެއްކާވެސް ނިސާދު ހިގައިގަންނަން ނެގިފިޔަވަޅަށް ހުއްޓުމެއް އައީ ދެވަނަފަހަރަށް އެއަޑު އިވިގެންނެވެ. އެދިމާއަށް ނިސާދުއަށް ބަލާލެވުނެވެ. މިފަހަރު ނިސާދުއަށް އެގޭދޮރުމަތީ ރަތްކުލައިގެ ހެދުމެއްގަ ހުރި އަންހެންކުއްޖަކު ފެނުނެވެ. އެކުއްޖާގެ ފަންދިގު އިންތަށިގަނޑު ވަޔާ ވިހުރެމުންދެއެވެ. ނިސާދު ހިތްބިރުގަންނަން ފެށިއެވެ. އަނެއްކާ މިފެންނަނީ ހުވަފެނެއްބާއޭ ނިސާދުގެ ހިތަށް އެރިއެވެ. އެކުއްޖާ އަތުގެ އިސާރާތުން ނިސާދުއަށް އަންނަން ބުންޏެވެ. ނިސާދު ފަސްޖެހެންފެށިއެވެ. ފަހަތަށް ދެތިން ފިޔަވަޅު އެޅިވަގުތު ދެންފެންނަން ހުރީ ރީސާއެވެ. ހަމައެވަގުތު ވިދާލި ވިދުވަރެއްހެން އެކުއްޖާ ގެއްލިއްޖެ އެވެ. ނިސާދުގެ ހައްޓަކު ހެއެއްނެތެވެ. އަޅާއިތިކޮށް ނިސާދު ދުއްވައިގަތެވެ. އޭރުވެސް ވެހެމުންދާވާރޭ އަކަށް، ވިދާވިދުމަކަށް، ގުގުރާ ގުގުރުމަކަށް ބަދަލެއްނާދެވެ. ނިސާދުއަށް ގެއާހަމައަށް އާދެވުނުއިރު ހުރީ ވަރުބަލިވެގެންގޮސް ހަލާކުވާ ވަރުވެފައެވެ. އަދި އެހާމެ ބިރުވެސް ގަނެފައެވެ. ފެނުނީ ދުވަހަކުވެސް ނިސާދުގެ ހަޔާތުގާ ފެނުނު މަންޒަރެއްނޫނެވެ. މަޑުމަޑުން އައިސް ނިސާދު ގޭދޮރުމަތީ ހުއްޓުނެވެ. “ދަރިފުޅާ މިވިއްސާރައިގަ ކޮންތާކަށް ގޮސްފަތިއައީ” ހަފުސާއަށް ނިސާދު ފެނުމުން އަހާލިއެވެ. “އަހަރެން މިއައި ޒިޔާ ގެއަށްލާފަ” ނިސާދު ބުނެލިއެވެ. “ޒިޔާދު ގެއަށްލާފައޭ” ހަފުސާއަށް އަހާލެވުނެވެ.” އާނ މަންމާ. އޭނަ ގޭދޮރުމަތިންލާފަ ދަނިކޮށް އަހަރެންނަށް ފެނުނީ. އަހަރެން އޭނަ ހުއްޓުވާފަ ސުވާލުކުރިން ދިޔަތަނެއްބަލަން ވެސް” އެކަމަކު އޭނާ ހީކަރުވާފަ ހުރިވަރުން ރަނގަޅަށް ވާހަކަ ނުދެއްކޭ” ނިސާދު ބުންޏެވެ.” ދެންދޭ ދަރިފުޅުވެސް ފެންވަރާލައިގެން ނިދަން. މިހާރު ގަޑިން އެހެރަ އެގާރަ ގަޑި ބައިވަނީ” ހަފުސާ މިހެންބުނެމުން ނިސާދު ގަޑިއާދިމާއަށް ބަލާލިއެވެ. ނިސާދު ހިގައިގަތުމުން ހަފުސާ ވެސް ކޮޓަރިއަށް ދިޔުމަށް ހިގައިގަތެވެ. ނިސާދުގެ ހިތުން އަދިވެސް އެބިރުވެރިކަން ނުފިލައެވެ.
[contact-form][contact-field label=”Name” type=”name” required=”true” /][contact-field label=”Email” type=”email” required=”true” /][contact-field label=”Website” type=”url” /][contact-field label=”Message” type=”textarea” /][/contact-form]
ހީވަނީ އަދިވެސް އެކުއްޖާ ފެންނަހެންނެވެ. ނިސާދު ބިރުގެންފަހުރި ވަރުން ފެންވަރަން ފާހާނާއަށް ވެސް ނުވަދެ ކޮޓަރީހުރެ އެއްޗެހި ބަދަލުކޮށްލިއެވެ. އަދި އެދަށްއަރާ ހަނާގެ ފުރަގަހުން ހަނާގެ ގައިގާ ބައްދާލިއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
10 Comments!
Comments are closed.


First dhw reethi
🙂
V reethi
thanx SAMA DHONTHI
Masha allah v rythi ?? whn nxt prt avahah up kolla dhechchey????❤❤?
thanx khajja…. vara avahah up kohlaanan
V Reethi
thanx HAFEEZ
Mi biruveri vaahaka eh tha..??
mee biruveri vaahak eh nun…. NAVYA