Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

މިހިތުގެ ފަސާނާ 32

ShaiShy Level 410 Stories100 Comments500 Comments
April 9, 2017 5 Mins Read
18 Comments

“ހެލޯ..ވެލް އައި ހޭވް އަ ނިއުސް ފޯރ ޔޫ..” ޒީޝާގެ ދުލުގައި ވާއްގެއްނެތް ކަހަލައެވެ. ނަމަވެސް ދެން އެކޮޅުން ބުނެލި ވާހަކައަކުން އިކުރާމްގެ ލޭ ކެކިގަތެވެ. ހަމަ އެވަގުތު އެއްޗެއް ބުނަން އުޅެނިކޮށް ހުޅުވާފައިވާ ލެޕްޓޮޕްގެ ސްކްރީން އިން ފެންނަމުން ދިޔަ މެޑިކަލް ޑޮކިއުމެންޓަކުން އިކުރާމް އިން ގޮނޑިން ފުންމައިގެން ތެދުވުނެވެ. މުޅި މީހާ ދާހިއްލާ ފޯވަމުން ދިޔައިރު ކަންފަތުގައި ޖަހައިގެން ހުރި ފޯނު އަތުން ދޫވެ ޓައިލްސްތައް މަތީގައި ޖެހި ފުނޑުފުނޑުވީ އަޑުފައްގަނޑު އިކުރާމްގެ ކަންފަތަށް ފޯރީ ހޮނުގުގުރިއެއް ފަދައިންނެވެ. ދެންމެ އޭނާއަށް އެ ފެނުނީ ހަމަ އަސްލެއް ހެއްޔެވެ؟ އެހެން ވެގެން ނުވާނެއެވެ. ތަޤުދީރު އޭނާއާއި ސަމާސާ ކުރަނީ ކަންނޭނގެއެވެ.

 

އިކުރާމުގެ ވަށައިގެން ހިނގަމުންދާ އެއްވެސް ކަމެއް އިހުސާސެއް ނުކުރެވެއެވެ. އެއަށްވުރެ ބޮޑަށް ހާސްކަން އޭނާ ވަށާލައިފިއެވެ. ޤަބޫލުކުރަން ކިތައްމެ ބޭނުން ނުވިޔަސް އޭނާއަށް މިއަދު އެވަނީ އެއިޑްސް ޖެހިފައެވެ. މިއަދު އޭނާއަށް އެލިބެމުންދާ ވޭނަކީ އެކަމުގެ ސަބަބުން ލިބެމުންދާ ވޭނެވެ. އިކުރާމު ގޮނޑީގައި އިށީނދެ ހަމަޖެހިލަމުން މޫނުގައި ދެއަތް އެޅިއެވެ. ކުޑައިރުކޮޅަކު އެހެން އިނުމަށްފަހު މޫނުމަތިން ދެއަތް ނަގާ ފުންނޭވައެއް ބޭރުކޮށްލިއެވެ. އެއަށްފަހު ލެޕްޓޮޕް ނިއްވާލުމަށްފަހު އެތަނުގައި ހުރި ކަބަޑަކުން ނެގި ފޮތެއްގައި ޖަހާފައިވާ ނަމްބަރަކަށް ގުޅާލީ މޭޒުމަތީގައި ހުރި ފޯނުންނެވެ. ދެތިން ފަހަރަކު ރިންގު ވުމާއެކު އެކޮޅުން ފޯނު ނެގިއެވެ.

 

” ހެލޯ..ވަޓް ހެޕެންޑް؟ އަހަރެން ބުނި އެއްޗަކުން ޝޮކެއް ޖެހުނީތަ؟ އައި ހޭވް ޑަޔަލްޑް ޔުއަރ ނަމްބަރ އަލޮޓް..” ޒީޝާ ހުއްޓުމެއްނެތި ދައްކަމުންދިޔަ ވާހަކަތަކަށް އިކުރާމުގެ މާ ބޮޑު ސަމާލުކަމެއް ނުދެއެވެ.

 

” ކުރިން ބުނި ވާހަކަ އެއީ ހަމަ ޔަޤީންތަ؟ މިބުނީ ޒީ އަށް ކިހިނެއް އެނގުނީ؟” ކުއްލިއަކަށް އިކުރާމު ސުވާލުކޮށްލިއެވެ.

 

” ޔެސް އެމް ބްލަޑީ ޝުއަރ އަބައުޓް ދެޓް ބި*..އެން އިޓްސް ޑްރައިވިން މީ ފަ** ކްރޭޒީ..” ޒީޝާގެ އަޑުވެސް ތުރުތުރުލަމުން ދިޔައެވެ. މިއަދު އެއިވުނު ވާހަކައަކުން އޭނާގެ ތަބީޢަތުވަނީ އިންތިހާއަށް ގޯސްވެފައެވެ. ކިޔޭ ނުކިޔޭ އެއްޗެއް ނޭނގޭތާނގައި ހޭވެރިކަމެއްވެސް ނުވެއެވެ.

 

 

ޒީޝާގެ ވާހަކައިން އިކުރާމް އިތުރަށް މާޔޫސްވާގޮތްވިއެވެ. އޭނާ މިކްޔާގެ ކިބައިން ބަދަލު ނުހިފަނިސް މަރުވާނެ ހެއްޔެވެ؟ ނޫނެކެވެ. އެހެން ވެގެން ނުވާނެއެވެ. އޭރުން ކަށްވަޅުގައިވެސް އޭނާ އޮންނަން އުނދަގޫ ވާނެއެވެ. އިކުރާމަށް ނުވިސްނުނު ކަމަކީ މިހާރުވެސް އޭނާގެ އަމަލުތަށް އެހުރީ އެކަމުން ސަލާމަތް ވެވޭނެފަދަ ގޮތަކަށް ނޫންކަމެވެ. ކަށްވަޅުގެ އަޒާބުގެ ކުޑަނަމަވެސް މިންވަރެއް އެނގިފައިވާނަމަ އެފަދަވިސްނުމެއް ނުގެންގުޅޭނެއެވެ. އިކުރާމު އެވަނީ އީމާންތެރިކަން ނެތިގޮސް ޣާފިލުކަމުގެ ދުނިޔެއްގެތެރޭގައި ހައްޔަރުވެފައެވެ. ވިސްނުމުގެ ބޭނުން ހެޔޮގޮތުގައި ހިފައި ދުނިޔޭގައި އުޅެވެން އޮތް މަދު ދުވަސްތަކުގެ ބޭނުން އޭގެ ފުރިހަމަ ގޮތުގައި ހިފުމަށް އިކުރާމު އެވަނީ ނުކުޅެދިފައެވެ.

 

” ކޭން ޔޫ ކަމް ޓް މޯލްޑިވްސް..އައި ހޭވް އަ ބިގް ޕްލޭން..އެން ދިޒް ވިލް ބީ ދި ފައިނަލް ވަން..” ވަރުގަދަ އަޒުމަކާއެކު އިކުރާމު ބުނެލިއެވެ. އަދި ޒީޝާގެ ޓިކެޓް އޯކޭ ކުރާނެކަމުގަޔާއި ލާރިއާއި މެދު ހާސް ނުވުމަށް ބުނުމަށްފަހު ފޯނު ކަނޑަލިއެވެ.

 

 

އިކުރާމު އިން އޮފީހުން ނިކުމެގެން ޖެހިގެން ހުރި ކޮޓަރިއަށް ވަތް އިރު އެތަނުން އިވެނީ މެޝިންތަކެއްގެ އަޑެވެ. ކުރިމަތީގައި ހުރި އެނދެއްގައި އޮތް އާލިމާގެ މޫނަށް އިކުރާމު ފަރުވާތެރި ކަމާއެކު ބަލާލިއެވެ. އެއީ އެއްއިރެއްގައި އޭނާ އެންމެ ލޯބިވި އަދި އެ ލޯތްބަށްޓާކައި ކޮންމެފަދަ ކަމެއް ކުރަން ތައްޔާރަށް ހުރި އިންސާނާއެވެ. މިހާރު އެފެންނަނީ ބަލިކަށިވެފައިވާ ހަށިގަނޑެކެވެ. އިކުރާމުގެ ހިތުގައި އާލިމާގެ ލޯބި އަދިވެސް ވެއެވެ. އެހެން ނަމަވެސް މިއަދު އޭނާ އެވަނީ މަގު އޮޅިފައެވެ. އާލިމާ ބެއްލެވި ޑޮކްޓަރުން އުއްމީދު ކަނޑާލިފަހުންވެސް އެގޮތުގައި ބާއްވާފައި އެއޮތީ ޝަމާންގެ އެދުމުގެ މަތިން ނެވެ. ޝަމާން ޤަބޫލުކުރާގޮތުގައި އޭނާގެ ބޮޑުދައިތަ އަދި ރަނގަޅުވާނެއެވެ. އިކުރާމު ގާތުގައިވެސް ޝަމާން އެދިފައިވަނީ ގިނައިން ހެޔޮ އަމަލުކޮށް ކޮންމެ ނަމާދެއްގައިވެސް އާލިމާއަށް އަވަސް ޝިފާއަކަށް އެދި ދުޢާ ކުރުމަށެވެ. ޝަމާންގެ ބަސް އަހައިގެން އިކުރާމު މަސް ދުވަހު އެގޮތަށް ކަންތައް ކުރިއެވެ. ނަމަވެސް އާލިމާގެ ހާލަތު ރަނގަޅުވާން އުޅޭކަމުގެ އެއްވެސް ނިޝާނެއް ނުފެނުނެވެ. އެހެން ކަމުން އިކުރާމު މާޔޫސްވެ ދީނާ ދުރަށް ގޮސް އަމިއްލަ ނަފުސު ހަލާކުގެ ތެރެއަށް ދޫކޮށްލިއެވެ. އޭރު އިކުރާމަށް ނުވިސްނުނު ކަމަކީ ދުނިޔެ މަތީގައި އިންސާނާއަށް ދިމާވާ ކޮންމެ ކަމަކީވެސް އިމްތިހާނެއް ކަމެވެ. އެކަމުގައި ޖެހޭނީ ކެތްތެރި ވާށެވެ. މީހުން ބުނެ އުޅެއެވެ. ކެތްތެރި ކަމުގެ މޭވާ ފޮނިވާނެއެވެ. އިކުރާމަށްވެސް އެގޮތަށް ކެތްތެރި ވެވުނުނު ނަމައެވެ.

 

އާލިމާ ކައިރީގައި އިރުކޮޅަކު މަޑުކޮށްލުމަށްފަހު އިކުރާމު އެތަނުން ނިކުމެގެން ދިޔައެވެ. ކުޑަ އިރުކޮޅަކު މަޑުކޮށްލި ނަމަވެސް އާލިމާގެ އިނގިލަތައް ހަރަކާތް ކުރާ މަންޒަރު ފެނުނީހެވެ.

**

 

ސާފު ދޮންވެލި ގަނޑެއްގައި އިށީނދެ އިން ޝަމާން ގެ ނަޒަރު ހުއްޓިފައިވަނީ ކުރިމަތިން ފެންނަމުންދާ ވިލު ނޫކުލައިގެ މޫދަށެވެ. ވަށއިގެންވާ ފެހި ގަސްތަކުން ޖެހެމުންދާ ނަލަ ވައިރޯޅިތަކުން ހިތައް ފިނިކަން ލިބެމުން ދިޔައެވެ. ޝަމާން ގެ އަތުގައި ހުރި ޖޫސްތަށިން އެތިފޮދެއް ބޯލަމުން ފޯނާ ކުޅެމުން ދިޔައެވެ.

 

ޝަމާންގެ ހަރަކާތްތައް ސިއްރުން ބަލަން ހުރި ސީމާގެ ތުންފަތުގައި ވަނީ ރަކި ހިނިތުންވުމެކެވެ. ޝަމާން ދެކެ ސިއްރުން ލޯބިވެގެންވެސް އެހިތައް ހާދަ ހިތްހަމަ ޖެހުމެއް ލިބެއެވެ. ސީމާއަށް ޔަޤީންވާ އެއް ކަމަކީ މިހާރަކަށް އައިސް ޝަމާން ވެސް އޭނާ އަށް ހާއްސަ ގޮތެއް ބަހައްޓާކަމެވެ. އައުފްގެ ތިމާގެ ކުއްޖެއްވީމަހެއްޔެވެ؟ ނޫނީ މިކްޔާގެ ހަނދާންތަކުން ދުރުވަން ޝަމާން ބޭނުން ވަނީ ހެއްޔެވެ؟ އެހެން ވެސް ބުނާނެ ނަމަ އެވެ. އޭނާ މިހުރީ ޝަމާންއަށްޓާކައި ޤުރުބާންވުމަށް ތައްޔާރަށެވެ. ނަމަވެސް އިސްވެ އެއްވެސް ވާހަކައެއް ބުނާނެ ހިތްވަރެއް ސީމާގެ ކިބައިގައި ނެތެވެ.

 

“ހޭއި!…މިތާ އެކަނި އެކަނި ކީއްކުރަނީ؟ ” ޝަމާން ކައިރީގައި އިށީންނަމުން ސީމާ ބުނެލިއެވެ

.

ޝަމާން ވެސް ފޯނުން ނަޒަރު ވަކިކޮށްލަމުން ސީމާ އާއި ދިމާއަށް އެނބުރިލަމުން ހިނިތުން ވެލިއެވެ.

ސީމާ ނުބުނި ކަމުގައި ވިޔަސް އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް ސީމާ އޭނަ އާއި ގަޔާވާކަން ޝަމާން އަށް އިނގެއެވެ. ނަމަވެސް އޭނާ އޭރު އޭނާ ވަނީ މިކްޔާގެ ލޯބީގައި ދީވާނާ ވެފައެވެ. ނަމަވެސް މިހާރު ޝަމާން ބޭނުން ވަނީ އެކަންތައް މަތިން ހަނދާން ނައްތާލުމަށެވެ. ޝަމާންވެސް އުފާވެރި ދިރިއުޅުމެއް ބޭނުންވެއެވެ. ލޯބިވާނެ އަޅާލާނެ ބައިވެރިޔަކު ބޭނުންވެއެވެ. ސީމާ އަކީ ވަރަށް ރަނގަޅު ކުއްޖެކެވެ. އަދި ޝަމާން ދެކެ އިންތިހާއަށް ލޯބިވާކަންވެސް އެދެލޯ ހެކިދެއެވެ.

 

“ހިތްހަމަ ޖައްސާލަން މީ ވަރަށް ރަނގަޅުކަމެއްދޯ؟ ޤުދުރަތުގެ ރީތިކަން ދުލަކުން ބަޔާނެއް ނުކުރެވޭނެ..ނޫންތަ؟” ޝަމާން ބުނެލިއެވެ. ސީމާވެސް މޫދާއި ދިމާއަށް ނަޒަރު ބަދަލުކޮށްލަމުން ހިނިތުންވެލިއވެ.

 

” އަސްލުވެސް ތިބުނީ.. ވަރަށް ރަނގަޅު ވާހަކައެއް…އެހެންވީމަ އަހަރެން މާލެވެސް ނުދަނީ…ބޯހަލާކުވޭ…ސޯ ކްރައުޑެޑް..ހިތައް އަރާ މާމަވެސް ރިޒޯޓަށް ޗޭންޖް ވާނެނަމައޭ…އޭރުން ހަފްތާއަކު އެއްފަހަރުވެސް ދާން ނުޖެހޭނެ..ކިހާ ހިތްފަސޭހެ ދޯ…ނަސީބެއް މި ރިޒޯޓްގަ އަހަރެމެން ފެމެލީ އަށް ހާއްސަ ގެއެއް ހުންނަކަން..އޯލް ތޭންކްސް ޓް އަންކަލް…އޯހް! މިހެން ބުނީމަ ހަނދާންވީއެ އަންކަލް ބުނި ޒީ އަންނަ ވާހަކަ..މައިންޑް ރިލެކްސް ކޮށްލަންށޭ ކިޔާފަ…ސޯ ދި ނެކްސްޓް ފައިވް ޑޭސް ވިލް ބީ އަ ހެޑޭކް..ހެހެހެ..” ސީމާ ދައްކަމުންދާ ވާހަކައަށްވުރެ ބޮޑަށް ޝަމާން އަށް ބެލެނީ އެމޫނަށެވެ. އެއްވެސް އައިބެއް ނެތް ރީތިކަމުގެ މިސާލެކެވެ. ޝަމާންއަށްވެސް މިހާރު ވާގޮތެއް އޭނާއަށް ނޭނގެއެވެ. ބައެއްފަހަރު ސީމާ މަތިން ވަރަށް ހަނދާންވެދާނެއެވެ. ވާހަކަ ދައްކާހިތްވެސް ވެއެވެ. ކަމަކާމެދު ހިތްހަމަ ނުޖެހިފައި ހުންނަ ގަޑިއެއްގައިވެސް ސީމާގެ އެ މަޖާ ވާހަކަތަކުން މޫޑު ރަނގަޅުވެއެވެ. ނަމަވެސް އަދި އަވަސް އަރުވާލާފައި އެއްވެސް ގޮތެއް ނިންމަން ޝަމާން ބޭނުމެއް ނޫނެވެ. ވަގުތަކީ ހުރިހާކަމަކަށްވެސް އޮތް ހައްލެކެވެ.

 

ޝަމާން އާއި ސީމާ އެތައް އިރަކު އެކި ވާހަކައިގައި ތިބުމަށްފަހު އެތަނުން ތެދުވީ އިރުގެ އަލި ރޭނގަޑަށް ދައުވަތު ދެމުން ދުނިޔެ އަނދިރިކޮށްލުމުންނެވެ. މިހާރަކަށް އައިސް އެއީ އަބަދުގެވެސް އާދައެވެ. ރިޒޯޓުގައި އިތުރު މަސައްކަތެއް ނެތްނަމަ ދެމީހުން އެކަނު އަނެކަށް ވަގުތު ހުސްކުރެއެވެ. މަދު މަދުން އަމިއްލަ ޒާތީ ވާހަކަތައްވެސް ހިއްސާކުރެވެއެވެ. ދެމީހުންގެ ގުޅުމަށް ބަދަލުތަކެއް އަންނަކަށް އެނގުނަސް އެކަކުވެސް އެވާހަކަދައްކަން ބޭނުން ނުވެއެވެ.

 

**

ދެތިންދުވަސް ވީއިރު މިކްޔާގެ ހާލަތު ހަމައަކަށް އެޅި މިޝްޔާ އާއި އެއްކޮށް މަޖަލާ ސަކާރުގައި ވަގުތު ހޭދަކުރަމުންދިޔައީ އެއްވެސް ހިޔާލެއް ފިކުރެއް ނެތިއެވެ. ޒީޝާވެސް ނެތުމުން އެދެމީހުންނަށް ނުހަނު އުފަލުގައި އުޅެވެއެވެ. އެހެން ނޫންނަމަ ޖެހޭނީ ކޮންމެވެސް ކަމަކާ ޒުވާބު ކުރާށެވެ. ޒީޝާ ހިތްހަމަ ޖެހޭ އެއްވެސް ކަމެއް ނޯންނާނެއެވެ.

 

“ދޮންތީ ހިނގާބަ މިރޭ ޕިއްޒާ ކާން…ވަރަށް މަޖާވާނެ ފިލްމް ބަލަމުން ޕިއްޒާ ކާން…ދެން ޕޮޕްކޯރން އާއި އެއްކޮށް…ލައިކް އިން އަ މޫވީ ތިއޭޓަރ..” މިޝްޔާ އާއި މިކްޔާ ތިބީ ޕޫލުގައެވެ. އެހެން ތިބެގެން މިރެއަށް ދެމީހުން ކމެއް ރާވާލިއެވެ. މިކްޔާވެސް އެކަމާ އެއްބަސްވީ ފާއިތުމިވީ ދުވަސް ތަކުގައި މޭވާއާއި ތަރުކާރީތައް ކައި ފޫހިވެގެން ރަހަތަފާތުކޮށްލުމަށެވެ.

 

” އެކަމް މޯމް ބުނެފަ އޮތީ ބޭރުން އޯރޑާ ނުކުރަން..އިނގޭނު އަދިވެސް ދޮންތަ އެއްކޮށް ރަނގަޅު ނުވޭ…ފުޑް ޕޮއިޒަންވީކަން އެނގުމުން މޯމް ހުރީ ވަރަށް ކަންތައް ބޮޑުވެފައި…އެއް އައި ސްޓިލް ފީލް ދި ވޮމިޓިން..” މިކްޔާ މޫނަށް ވައްތަރެއް ޖައްސާލަމުން ބުނެލިއެވެ.

 

” ދެން ނޫން ދޮންތި..އައި ނޯ އަ ޕްލޭސް ނިއަރ ބައި…އެން މޯމް ވެސް ވަރަށް ޓްރަސްޓް ކުރާނެ އެތަނަށް..ދެން އެހެން ނޫނަސް މިރޭ މޯމް ނުވެސް ހުންނާނެ ގޭގަ ސޯ ލެޓްސް އެންޖޯއީ..” ޕޫލުން އަރާ ފެން ހިއްކަމުން މިޝްޔާ މޮޅު ހިޔާލެއް ހުށައެޅިއެވެ. އެކަމާ މިކްޔާއަށް ވެސް ނޫނެކޭ ނުބުނެވުނީ މިޝްޔާ ދެރަކޮށްނުލަންވެގެންނެވެ. ދެމީހުންވެސް ފެންހިއްކުމަށްފަހު ބާރތް ރޯބެއް ލައިގެން ގޭތެރެއަށްވަނުމަށް ހިނގައިގަތެވެ.

 

ރޭގަނޑުގެ ވަގުތެވެ. ސިޓިންރޫމް އަނދިރިކޮށްލައިގެން މިކްޔާމެން ތިބީ ފިލްމެއް ބަލާށެވެ. ދެމީހުންގެ އުނގުގައި ދެބޯތަށި ފުރާ ޕޮޕްކޯރން ހުރި އިރު އިރުކޮޅަކާ އެއިން އެތިކޮޅެއް އަނގަޔަށް ލަމުން ދިޔައެވެ. ކުރިމަތީގައި ހުރި ކުޑަމޭޒުމަތީގައި ބަހައްޓާފައިވާ ދެތަށި ކޯކުތަށިން ދެމީހުންވެސް އެތިބީ ވަރަށް ކަމާވެގެންކަން އެނގެއެވެ. އެހެން އިރުކޮޅަކު ތިއްބާ ގޭގެ ބެލް ޖެހުމާއެކު ދެމީހުންވެސް ސިއްސައިގެން ދިޔައެވެ.

 

 

” ހާހާ…ފައިނަލީ ޕިއްޒާ ކޭމް.. ” މިޝްޔާ ދުވަމުން ކަހަލަ ގޮތަކަށް ދޮރާ ދިމާއަށް ދިޔައެވެ. އޭގެ ކުޑަ އިރުކޮޅެއްފަހުން އިވުނީ ވޭނީ ހަޅޭކެއްގެ އަޑެވެ. މިކްޔާ އަށް ތެދުވުނު ގޮތެއްވެސް ނޭނގެއެވެ. ދެވަނަ ސިކުންތުގައި އޭނާ ހުރީ ގޭގެ ދޮރުމަތީގައެވެ. ކުރިމަތިން ފެނުނު މަންޒަރުން މިކްޔާގެ ހިތް ނުހުއްޓުނީ ކިރިޔާއެވެ. ދެލޯ ބޮޑުކޮށްގެން މިކްޔާއަށް ހުއްޓުން އަރާފާއި ހުރެވުނީ އޭނައަށް ކުރެވިދާނެ އެންމެ ކަމަކުންވެސް މިޝްޔާގެ ފުރާނައަށް ގެއްލުމެއް ވެދާނެތީވެއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

ShaiShy

Level 410 Stories100 Comments500 Comments

Other Articles

Previous

ދުރުގައިވިޔަސް…. 12 ވަނަ ބައި

Next

ޯލޯ މެރޭ ހިނދު ހީވޭ ގާތުގާ ވާހެން(14)

Next
April 9, 2017

ޯލޯ މެރޭ ހިނދު ހީވޭ ގާތުގާ ވާހެން(14)

Previews
April 9, 2017

ދުރުގައިވިޔަސް…. 12 ވަނަ ބައި

18 Comments!

  1. kayashandy says:
    April 9, 2017 at 4:34 pm

    hope u all will enjoy…mi part kuruvaane compared to last part..sorry for dat..n vaki vakin comment thah reply nukurevunas i ha v read all de comments..i feel so sorry dat some of ur interest has lost for this story n i blv dat it happened cux of my fault…?

    i am really thankful to those who hav supported until now..without ur love n support i cannot come this far so once again thank u all…?
    next part insha allah tonyt…keep waiting ?

    1. Anonymous says:
      April 9, 2017 at 4:56 pm

      I’m very sure that you will be able to gain their trust again. keep trying.. and this story is just superb.. love it

    2. kayashandy says:
      April 9, 2017 at 5:40 pm

      thanku ?

  2. fathmath suma says:
    April 9, 2017 at 4:46 pm

    v nice this part

    1. kayashandy says:
      April 9, 2017 at 4:50 pm

      thank u?

  3. mikya says:
    April 9, 2017 at 4:47 pm

    WOW varah reethi and u are uploading it tonight thats good news keep it up ingeyy

    1. kayashandy says:
      April 9, 2017 at 4:51 pm

      thanks mikya…happy to c ur comment ☺

  4. Maly says:
    April 9, 2017 at 4:59 pm

    Me dhw first. V v v reethi.. waiting for next part..

    1. kayashandy says:
      April 9, 2017 at 5:19 pm

      hehe..? not u dhw…? thank u for reading de story ?

  5. Aish says:
    April 9, 2017 at 5:05 pm

    Adhi kithr part

    1. kayashandy says:
      April 9, 2017 at 5:20 pm

      neynge bunaakah…but i guess de end abt to come soon..hope u ll read until dat..thank u?

  6. Azu says:
    April 9, 2017 at 5:12 pm

    Ikraam gandu aeetha??mikya ah gotheh nahadhahchey…pls…..???

    1. kayashandy says:
      April 9, 2017 at 5:22 pm

      u ll get ur answers soon…keep waiting ☺ n thank u for de comment ☺

  7. Chum handi says:
    April 9, 2017 at 6:06 pm

    varah hih thelhey…. aee kaaku tha??? btw story habeys… waiting for the next part…

    1. kayashandy says:
      April 9, 2017 at 7:25 pm

      thanku chum ? happy to c dat u liked it…btw soon u ll knw who is dat…insha allah tonyt ?

  8. Dhimra and Yuan shipper says:
    April 9, 2017 at 6:54 pm

    Wow..Mi prt ves v rythi..Nd thnx for up loading 2 prts eh dhuvahun..Next prt ah v inthizaaru eba kurevey..Keep writing like this nd up loading daily koh..

    1. kayashandy says:
      April 9, 2017 at 7:24 pm

      thank u for de lovely comment ? i ll try my best to it…keep waiting ☺

  9. Maree says:
    April 9, 2017 at 7:40 pm

    V nala ingey mibaives

Comments are closed.

Next Episodeމިހިތުގެ ފަސާނާ 33←


All Right Reserved!