Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ދުރުގައިވިޔަސް…. 12 ވަނަ ބައި

writer Level 310 Stories100 Comments
April 9, 2017 4 Mins Read
23 Comments

” މިހާރު ތި ބުނާ އަންހެން ކުއްޖާތަ މުހިއްމީ މައިންބަފައިންނަށް ވުރެ.. ބޭނުން އެއްޗެއް ބުނާހާއިރަށް ހޯދައިދީ އެހާ ލޯބިދީގެން ބޮޑުކުރީމަވެސް އިސްވަނީ އެހެންމީހެއް ދޯ… ނަކީލް އަކަށް ލާހިކެއް ނޫން އެކުއްޖާއާއި ކައިވެނި ކުރެވޭކަށް… އެކަހަލަ ރަށްފުށުގެ ކުއްޖަކު ކިހިނެތް ގެންނާނީ… އެންމެންގެ ތެރޭގައި އަަހަރުމެންގެ އަގުވައްޓާލަންތަ ބޭނުންވަނީ…އޭން… އެހެން ނަސްލުގެ މީހަކާއި އިންނަން ތިއުޅެނީ ރީތި ކޮރެއާ ކުދިން މަދުވީމަތަ…ދެން ނިކަން އިދެބަ ތިކުއްޖާ އާއި… ލާހިކެއް ނޫން..” ނިހާލު ރުޅިއައިސްގެން ތުރުތުރުއަޅާ ކަހަލައެވެ.

މަންމާއާއި ބައްޕަ އެހާ ޒަމާނީބަޔަކަށް ވެފައިވެސް އެކަހަލަ ހިޔާލެއް ގެންގުޅޭތީ ނަކީލް ދެރަވިއެވެ. ދެނަސްލަށް ނިސްބަތް ވުމަކީ ކުށެއްހެއްޔެވެ. ލޯބިވުމުގެ ހައްޤު އޮންނަނީ އެބައެއްގެ ތެރޭގައި އެކަނި ހެއްޔެވެ. މިފަދަ ލޯތްބެއް ވުމަކީ ކުށެއް ހެއްޔެވެ.

”މޯމް..ޑޭޑް… ޕްލީޒް… އައި ލަވް ހާ އަ ލޮޓް… މޯމް ޑޭޑް އަށް އިހްތިރާމް އަޅުގަނޑު އަބަދުވެސް ކުރަން.. އެހާމެ ލޯބިވެސް ވޭ… އެކަމަކު އަހަރެން ބޭނުން މާޔާ އާއި އިންނަން…ޕްލީޒް ތިންކް އެބައުޓް ދިސް ޑޭޑް..” ނަކީލް މަންމަމެންނަށް ވިސްނައިދެވޭތޯ މަސައްކަތްކުރަމުންދިޔައީ މަޑުމައިތިރިކަން އިހްތިޔާރުކުރަމުންނެވެ. ބައްޕަގެ ގޮތް ނަކީލް ކިތަންމެހާވެސް ރަގަޅަށް ދަނެއެވެ. ރުޅިއައިސްފިއްޔާ އަތުންފައިން ގޯހެއްވެސް ހަދާފާއެއެވެ.

” އަހަން… ދަރިފުޅު ކިތަންމެ ވަރަކަށް އުޅުނަސް ތިކަމަކާ މަންމަމެންނަށް އެއްބަހެއް ނުވެވޭނެ… ތިހެން ކަންތައް ކޮށްފިއްޔާ އަހަރުމެން މީހުނަށް ދައްކާނީ ކޮންމޫނެއް…ކޮން އަގެއް އޮންނާނީ އަހަރެމެންގެ..” މެލިސާގެ ހިޔާލު ބަދަލުނުވާނެ ފަދައެވެ.

” މެލީ… އޭނައަށް މިހާރު ތީގެއިން އެއްވެސް ކަމެއް މުހިމެއްނުވާނެ… މި ބޮޑު ބިޒްނަސް އެމްޕަރަގެ ވާރުތަވާ މީހާ އެއުޅެނީ ފަޤީރު ނިކަމެއްޗަކާއި އިންނަން ހިތުލައިގެ… މީޑިޔާއިން ކިހާ ހަބަރެއް ފަތުރާނެ.. ލަދުން ބޯހަލާކު ވާ ވަރުވާނެ…” ނިހާލްވެސް މެލީސާގެ ބަހަށް ތާއިދު ކުރިއެވެ. ތެދެކެވެ. ބައެއް މައިންބަފައިންނަށް ދަރިންގެ އުފަލަށް ވުރެ މުހިއްމީ ވިޔަފާރީގެ ފައިދާއާއި މީހުންގެ ރުހުމެވެ.

“ޕްލީޒް… އައި ޕްރޮމިސްޑް ހާ … މަންމަމެންނަށް އެނގޭނެ އަަހަރެން ވައުދާއި ހިލާފް ނުވާނެކަން.. މަންމަ މެން މި ކަމާއި ރުހުނަސް ނުރުހުނަސް އަހަރެން މާޔާއާއި އިންނާނަން.. ޖަސްޓް ލެޓިން ޔު ނޯ” ނަކީލް އިތުރަށް އެތާ މަޑުކުރަން ނަހަދައި ކޮޓަރިއަށްވަނެވެ. އޭރުވެސް ނިހާލްގެ އަޑު ގޭތެރޭގައި ހަރުލާފައި ހުއްޓެވެ.ނަކީލް ކިބައިން ފެންނަން ފެށި ގޮތްދޫނުކުރުމުގެ ސަބަބުން ހައްތަހާވެސް އެމީހުންގެ ހިތް އެއަންހެންކުއްޖާއަށް ނުބައިވަމުންދިޔަފައެވެ.

ނަކީލްގެ ވިސްނަމުންދިޔައީ މާޔާއަށް މަންމަމެން މިކައިވެންޏާއި ނުހުރޭ ކަން އެގިއްޖެނަމަ ކަންތައްކުރާނެގޮތެވެ. އޭރަށް ނަކީލް ދޫކޮށްލަން ފަސްނުޖެހޭނެކަންވެސް އެނގެއެވެ. އެންމެ ފަހުން ފޯނު ނަގައި ނަންބަރަކަށް ޑައިލް ކޮށްލީ ކުރިއަށް ކަންތައް ގެންދަންވީގޮތް ވިސްނަމުންނެވެ.

“މައި.. ޕްރިންސެސް  އައި މިސްޑް ޔޫ ސޯމަޗް…” އެކޮޅުން ފޯނު ހަލޯއޭ ބުނުމުން ނަކީލް  ބުނެލިއެވެ.

“އައި މިސްޑް ޔޫ ޓޫ..ގެސް ވަޓް.. މޯމް އެގްރީޑް… އައި އޭމް ސޯ ހެޕީ… ލެޓްސް ގެޓް މެރިޑް ..” މާޔާގެ އަޑުގައިވާ ޖޯޝުން ނަކީލްއަށް ހިނިތުންވިއެވެ.

” ޔާ…ހިނގާދޯ އަވަހަށް އިންނަމާ… އަހަރެންވެސް ވަރަށް ބޭނުން މައި ހަމައެކަނި އަހަރެންގެ މިލްކަކަށް ހަދަން.. ގެސް ވަޓް … އައި ހޭވް އަ ސަޕްރައިޒް ފޯ ޔޫ.. ފެނުނީމަ ދޭނަށް…ގުޑްނައިޓް.. ވަރަށް ބިޒީ.. ލަވް ޔޫ..” ނަކީލް މާޔާއާއި ދައްކަން ހުރި ވާހަކަތަށް ކުރުކޮށްލަމުން ފޯނުބޭއްވީ ހިތުގައި އަޒުމެއްކަޑައަޅައިގެންނެވެ. ކޮންމެ ހާލެއްގައިވެސް ނަކީލް މާޔާ ބޭނުމެވެ.  މާޔާގެ އާބަސް ނުލިބުމުން އުޅެން ޖެހުނު ހާލު އަދިވެސް ނަކީލް ހަދާނެއް ނުނެތެއެވެ.

………………………………………………………………………………

އިބްރާހިމް ނާސިރ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ފްލައިޓް ޖެއްސުމާއި އެކު ނަކީލް ބެކްޕްކް ހިފައިގެން ތެދުވީ އެހެން ފަސިންޖަރުންނާއި ވެސް އެކުއެކީގައެވެ. ލަޖެގް ހޯދުމަށްފަހު އެއަރފޯޓުން ނިކުމެ ފަރާތްފަރާތަށް ހޯދަންފެށިއެވެ. މިއީ ނަކީލްއަށް ވަރަށްވެސް އާ މާހައުލެކެވެ.ހުދުކުލައިގެ އަތްދިދިގު ކުރުތާ ގަމީހަކާއި ކްރީމްކުލައިގެ ޖިންސްގައި ނަކީލް ފެންނަނީ ކޮރެއަން ފިލްމް ސްޓާރ އެއްހެންނެވެ. މީހުންގެ ލޯތަށް ނަކީލްއަށް އަމާޒްވަމުންދާކަށް އެނގި ލަދުގަންނަގޮތްވިއެވެ. ފިރިހެނަކަށް ވިޔަސް މާވަރަކަށް މީހުން ބަލަންޏާ ލަދުގަންނާނެތާއެވެ. ރާއްޖޭގެ މާހައުލު ނަކީލްއަށް ވަރަށް ކަމުދިޔައެވެ.

“ހޭއި..” ނަކީލްއަށް ހަމަބިމަށްއާދެވުނީ  މީހަކު ނަކީލްއަށް ގޮވާލިހެން ހީވެގެންނެވެ.

ކުރިމަތިން ފެންނަން ހުރީ އެމީހަކަށްޓަކައި އެތަށް ގުރުބާނީތަކެއްވާން ތައްޔާރަށް ހުރި މީހާއެވެ. ނަކީލް ހުރިހާ ދަތްތަކެއް ފެންނަވަރަށް ހީލީ މާޔާވެސް ހީލުމުންނެވެ.އެހާ ދުވަސްތަކަކަށް ފަހު ދެލޯބިވެރިން އެއްތަން ވުމުން ދައްކަންބޭނުން އެތަށް ވާހަކަތަށް ހުއްޓެވެ.

……………………………………………………………………………..

” ސޮރީ މޯމް ޑޭޑް.. ޕްލީޒް ފޮގިވް މީ… އިތުރުގޮތެއް ނެތީ..” ނަކީލްގެ އަތު ލިޔުމުން ލިޔެފައިވާ ނޯޓް ނިހާލް ކިޔާލިއެވެ. ބާރު ބާރަށް މެލިސާއަށް ގޮވާލީ އައިސްފައިވާ ރުޅިންނެވެ.

” ކޮބާ ނަކީލް…” މެލިސާ ފެނުމުން އަނެއްކާވެސް ނިހާލް ސުވާލުކުރީ އެ ހަރުކަށި ކަމާއި އެކީގައެވެ.

“ކޮންމެވެސް ޓްެރިޕްއަަކަށް ބޭރަށް ގޮސް ނޫންތަ ވީ… ޖޭޖޫ އައިލޭންޑްސް އަށް… ދަމުން އެހެން ބުނެފަ ދިޔައީ … ކިހިނެތްވީ… ތި ރުޅި މަޑުކޮށްބަ…” މެލިސާއަށް އެނގިފައިވާ ގޮތަށް ކިޔައިދިނުމުން ނިހާލްގެ ރުޅިގަނޑު ހައްތަހާވީ އިތުރެވެ.

” ބަލާބަ.. ޖެޖޫ އަށް ދަމުން ސޮރީ ބުނޭތަ…މީ ހައްތަހާވެސް މެލީސާގެ ކަންތައް.. މާ ޅަކޮށްގެން ލޯބިދީ ބޭނުން އެއްޗެއް ހޯދައިދިނީމަ އެ ފިލީ އަހަރުމެންނަށް އޮޅުވާާލަފަ…ވެއިޓް ޓިލް ހީ ކަމްސް ބެކް…” ނިހާލް ކުށްވެރި ކުރީ މެލީސާއެވެ.

………………………………………………………………………………

ނަކީލް މާލެގޮސް ހަފްތާއެއްވީތަނާ މާޔާގެ މަންމައާއި ކައިވެނީގެ ވާހަކަތަށް ދައްކައި ކައިވެނީގެ ހުރިހާ އިންތިޒާމެއް ހަމަޖެއްސިއެވެ. އާރިފާ ނަކީލްގެ މައިންބަފައިންނާއި އާއިލާގެ މީހުންގެ ވާހަކަ އެހުމުން ހުރިހާ ކަމެއް ރަގަޅު ކަމަށާއި މަސައްކަތް ހުރި ގޮތުން މިދުވަސްކޮޅު އާދެވެންނެތީ ކަމަށް ބުނެ ހަމަޖެއްސިއެވެ.

ދުވަސްތަށް ފާއިތުވަމުން ގޮސް މާޔާއާއި ނަކީލް އިންތިޒާރުކުރަމުން އައިދުވަސް ޖެހިއްޖެއެވެ. ކައިވެނި ކުރަންވީ ވަގުތު ޖެހި ނަކީލ މާޔާގެ އިންތިޒާރުގައި އިނީ  ހިތްއަވަސްވެފައިވާ ހާލިގައެވެ. އާރިފާާއާއި އެކީ ލަސް ފިޔަވަޅުތަކެއްގައި މާޔާ އައިސް އިށީނީ ނަކީލް އާ ޖެހިގެން ހުރި ގޮޑީގައެވެ. ނަކީލްގ ނަޒަރު މާޔާއަސް އެންމެެ ހިނދުކޮޅަކަށް ވެސް ވަކިނުވެއެވެ. މާޔާގެ ރީތި ކަމުން ހަމަ ތައުރީޕް ކޮށްލާހިތްވިއެވެ. ހުދުކުލައިގެ ވެޑިން ޑްރެސްގައި މާޔާ ފެންނަނީ ވަރަށްވެސް ފުރިހަމަކޮށެވެ.އިސްތަށިގަނޑު ރީތިގޮތަކަށް ނަގައި އައްސާފައި ވީއިރު ކޮށްފައިވާ މޭކަޕް މާޔާއާއި ވަރަށް ގުޅެއެވެ. ނަކީލްވެސް ވަކި މާޔާއަކަށް ދޫނުދެއެވެ ލާާފައިވާ ކަޅުކުލައިގެ ސުއިޓްގައި ނަކީލް ހީވަނީ އަމީރެއްހެންނެވެ. މާޔާއަށްވެސް ވީ ނަކީލްއަށް ވީވަރެއެވެ.

” އަނބި ގަބޫލުކޮށްފިން” ނަކީލްގެ ދުލުން މިބަސް ބުނުމާއި އެކު މާޔާއަށް ހިނިތުންވެވުނެވެ.ކުރި އިންތިޒާރުގެ ނިމުން ފޮނި ވީތީއެވެ.

މާހައުލަކީ ނަކީލަށް އާ މަހައުލަކަށް ވެފައި ކައިވެނީގެ ހުރިހާ އިންތިޒާމެއް ހަމަޖެއްސީ މާޔާ ބޭނުންވާގޮތަކަށެވެ. ކުޑަ ހަފްލާއަކާއި އެކު ކައިވެނީގެ ވަލީމާގެ ކަންތައް ނިންމާލެވުނު އިރު ދެމީހުންވެސް ތިބީ ވަރުބަލިވެފައެވެ.

ނަކީލް އާއި މާޔާ މިރެެއަށް ހާއްސަކޮށް ހަމަޖައްސާފައިވާ ހޮޓެލްރޫމްއަށް ގޮސް ފުރަތަމަ އެދުނީ މާޔާކައިރީ ކޮޓަރިއަށް ވަނުމަށެެވެ. މާޔާ ދޮރު ހުޅުވާލިތަނާ  ފިނިފެންމަލުގެ ފިޔަތަށް މަތިން ފައިބަންފެށިގޮތުން މާޔާހުރީ އާޝޯހު ވެފައެވެ. ފަޒާތެރޭގައި އުދުހޭ ކުޑާ ދޫންޏެހެން މާޔާ އުޅެމުންދިޔައެވެ. މާޔާ ނަކީލް ހުރިކަން ހަދާންވެގެން ފަހަތް ބެލި ހިރު ދޮރުގައި ލެގިގެން ޖީބަށް އަތްޖަހައިގެން ނަކީލްވެސް ހުރީ ހެވިފައެވެ. ދެންމެ އުޅެވުނު ގޮތުން ލަދުގަތްކަމަކު އެކަން ނުދައްކުމަށް މާޔާގޮސް ޑްރެސިންޓޭބަލް ކައިރިއަށް ޖެހިލިއެވެ.

ނަކީލްވެސް ދޮރު ލައްޕާއި ތަޅުލުމަށްފަހު މާޔާގެ ފުރަގަހުން ވާގޮތަށް ހުއްޓި މާޔާގެ އުނަގަނޑުގައި ދެއަތްވަށާއިލިއެވެ. އަދި މާޔާގެ ހާމައަށް ހުރި ކަނދުރާއިން ވަސްބަލާލިއެވެ. ނަކީލްގެ މިގާތްކަމުން މާޔާގެ ހިތުގެ ވިންދުވަނީ އަވަސްވެފައެވެ. އެހެނަސް ނޭނގޭ ކަހަލަ ފޮނި އިހްސާސެއް ކުރުވަމުންދިޔައެވެ.

” ޕްރިންސަސް… ޔޫ ލުކް ސޯ ބިއުޓިފުލް… ” މާޔާ ނަކީލްއާއި ވީ ފަރާތަށް އެނބުރުމުން ނަކީލް މާޔާގެ ލޮލަށް ބަލަން ހުރެ ބުނެލިއެވެ . އެ އަނޑުގައިވީ މަސްތުން މާޔާގެ ހަށިގަނޑުގައި މަޑު ތުރުތުރުލުމެއް އުފެދުނު ކަހަލައެވެ. މާޔާ ލަދުން ނަކީލްގެ ގައިގައި ބައްދާލިއެވެ.

” ހެހެ… ހާދަ ލަދުވެސް ގަނެޔޭދޯ މައި ޕްރިންސަސް… ކާންޓް ވެއިޓް އެނީމޯ…އައި މިސްޓް ޔޫ ސޯ މަޗް..” ނަކީލް މާޔާގެ މޫނުގައި ދެއަތުން ހިފުމަށް ފަހު މާޔާގެ ތުންފަތުގައި ބޮސްދިނެވެ. މާޔާވެސް ނަކީލްގެ މި ހަރަކާތުގައި ބައިވެރިވީ ފުރިހަމައަށް އިޖާބަދެމުންނެވެ.  އިސާހިތަކުން ދެޖިސްމުގައި ހުޅުގަނޑު ރޯވެ އެއްވެގެން ދިޔައީ އެރޭގެ ފޮނިކަމާއި މީރުކަން އެންމެ ފުރިހަމަ ގޮތުގައި ހާސިލްކުރަމުންނެވެ.

ނަކީލްގެ އަތުތެރޭގައި އަރާމު ނިންޖަކުން ނިދާފައި އޮތް މާޔާއަށް ނަކީލް ބަލަމުންދިޔައީ ނުހަނު ލޯތްބާއިއެކީގައެވެ. ނަކީލްގެ ހިތުގައި މާޔާއަށް ދީފައިވާ މަގާމު އެތަށް ގުނައަކަށް ވަނީ އިތުރުވެގެން ގޮސްފައެވެ. އެހެނީ މާޔާ ފަދަ އިއްފަތްތެރި ރަގަޅު އަތްބަކު ލިބުނުކަމަށް ޓަކާއި ހެއްދެވިފަރާތަށް ހަމްދުކުރާހާލުގައެވެ.  މާޔާއާއި ހިއްސާކުރަންޖެހޭ އެތަށް ވާހަކަ ހުއްޓެއްކަމަކު ނަކީލް ނިންމީ ކޮރެއާއަށް ގޮސް ހުރިހާވާހަކައެއް ކިޔައިދިނުމަށެވެ. ކޮންމެ ގޮތެއް ވިޔަސް ނަކީލް މިގޮތަށް ކަންތައް ކުރީ މާޔާގެއްލެން ބޭނުންނުވާތިއެވެ.

……………………………………………………………………………

އޭގެ ހަފްތާއެއްހާ ދުވަސް ފަހުން ނަކީލްއާއި މާޔާ ކޮރެއާއަށް ފުރީ މާޔާގެ މަންމަ އާރިފާ ކައިރީ އެތަކެއް ވައުދުތަކެއްވުމަށްފަހުގައެވެ. ހުރި ހަމައެކަނި ދަރިފުޅު ދެރައެއް ނުދީ ބަލާނެ ކަމުގެ ޔަޤީންކަން ދިނުމަށްފަހުގައެވެ.

އެއްގަނޑިއިރުގެ ދިގުދަތުރަކަށްފަހު ނަކީލް މާޔާ ގޮވައިގެން ނަކީލްމެން އުޅޭ ގެޔަށް ދިޔައީ ކަންތައްވެގެންދާނެގޮތާ މެދު ވިސްނަމުންނެވެ. މަންމަމެން ހިތްހަމަނުޖެހިގެން ކަންތައްކުރާނެގޮތް ސިފަވާހަކަލައެވެ. އިރުއިރުކޮޅާ މާޔާއަށް ބެލެނީ ހިތާހިތުން މައާފާއަށް އެދޭ ހާލުގައެވެ. ދެން ފެނިގެންދާނީ މާޔާ އުއްމީދުކޮށްގެން ހުރި ކަހަލަ މަންޒަރެއް ނޫންކަން ނަކީލްއަށް ޔަޤީންވެއެވެ.އެހެންނަމަވެސް އެހުރިހާ ކަމަކާއި ކެރިގެން ކުރިމަތިލުމަށް ތައްޔާރަށް ހުރިފަދައެވެ. އެއާއި ހިލާފަށް މާޔާ ހުރީ ހިތްއަވަސް ވެފައެވެ. ފުރަތަމަ ފަހަރަށް ނަކީލްގެ މައިންބަފައިންނާއި ބައްދަލުވާތީ ކުޑަކޮށް ހިތްނުތަނަވަސް ވެފައެވެ.

ނަކީލްގެ ކީކާޑް ބޭނުންކޮށްގެން ދޮރުހުޅުވުމަށްފަހު މާޔާ ގޮވައިގެން އެތެރައަށް ވަތް އިރު މެލިސާއާއި ނިހާލް އަދި ނީލްވެސް ތިބީ ސިޓިންރޫމްގައި ކޮންމެވެސް ކަމަކާއި މަޝްވަރާކުރާށެވެ.

‘ހެއި ބްރޯ… ” ނީލް ކޮރެއާ ބަހުން ނަކީލްއާއި މުހާތަބުކުރިއަޑު އިވިފައި ނިހާލް އާއި މެލީސާއަށްވެސް ނަކީލް ފެނުނެވެ.

ނަކީލް ފެނުމުން ކިތަންމެ ހިތްހަމަޖެހުނު ނަމަވެސް އެމީހުންގެ މޫނުމަތީގެ ކުލަފަޑުވީ ކައިރީގައި ހުރި އަންހެން ކުއްޖާ ފެނުމުންނެވެ. މާޔާ ނަކީލްގެ އަތުގައި ބާރަށް ހިފާލީ ހާސްވެފައިހުރުމުންނެވެ.ނަކީލްވެސް މާޔާގެ އަތަށް ކުއްޑަކޮށްފިއްތާލީ ހިތްހަމަޖައްސައިދިނުމުގެ ގޮތުންނެވެ.

” މޯމް…ޑޭޑް…. ދސް އޒް މާޔާ… މައި ވައިޕް..” ނަކީލް އެންމެނަށް މާޔާ ތައާރަފްކޮށްދިނެވެ.

ނިހާލް އައި ރުޅީގައި ނަކީލްކައިރިއަށް ޖެހިލާއި ނަކީލްގެ ކަންކަށިމަތީ ޖެހިއެވެ. މާޔާއަށް ބިރުން އަނގަމަތީ އަތްއަޅާލެވުނީ މި ވާނުވާ ނޭނގޭތީއެވެ. ސުވާލުގެ ނަޒަރަކުން ނަކީލްއަށް ބާލާލީ ޖަވާބު ބޭނުންވާފަދައިންނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

writer

Level 310 Stories100 Comments

Other Articles

Previous

އާވާ ހަނދާން 9

Next

މިހިތުގެ ފަސާނާ 32

Next
April 9, 2017

މިހިތުގެ ފަސާނާ 32

Previews
April 9, 2017

އާވާ ހަނދާން 9

23 Comments!

  1. writer says:
    April 9, 2017 at 12:36 pm

    iyye upload nukurevuny wifi connection nulibigen.
    mi story upload kuran mi visnany hafthaa aku once that is on sunday. writer aky medical student ehn v ma varah busy koh ulhen jeheny. vaahaka liyany as a hobby.. i hope u ll appreciate this work.. let me know mistakes .. keep reading .. have a nice day 🙂

  2. Naxy says:
    April 9, 2017 at 1:02 pm

    Best of luck…. story vvvvv reetji….

  3. shaa says:
    April 9, 2017 at 1:03 pm

    hii writer.. kithah episodes ge story eh mii??
    This story is interesting.. keep up the good work..

  4. reesha says:
    April 9, 2017 at 1:03 pm

    hii writer.. kithah episodes ge story eh mii??
    This story is interesting.. keep up the good work..

  5. Pink handi says:
    April 9, 2017 at 1:15 pm

    Kihineh mi vy
    Kulli akah fahu baimiaeee
    Vaanuvaa ga mi iny

    1. Hawwa says:
      April 9, 2017 at 1:46 pm

      Writer ge baiga ebahuri kureege hurihaa episode eh vs upload kohfa v kureega

    2. Chum handi says:
      April 9, 2017 at 2:15 pm

      What nei

    3. Writer says:
      April 9, 2017 at 2:29 pm

      click on my name and go to page 2 or 3 eyrah fenaane

  6. shafu says:
    April 9, 2017 at 1:21 pm

    NICE…

  7. Chum handi says:
    April 9, 2017 at 1:25 pm

    what’s this????

    1. Chum handi says:
      April 9, 2017 at 6:15 pm

      oh my godd….. what is this shit… kon chum handi eh tha?? magey nan beynun nukoh hama ehen nameh ves beynun kurevi dhaane eh nun… gaimu baivaru nan thah ovey viyyaa… hama rangalhah ves ingeyne Chum handi namuga gavaidhun comment kuraa meeheh ulhey kan… mikahala kan kamuge sababun mas lahathu gehlenee… plz don’t repeat this again… btw I like this story writer….

  8. Rish says:
    April 9, 2017 at 1:44 pm

    Aslu genan jehen 4 vans episode dhw

    1. Faathun says:
      April 9, 2017 at 1:48 pm

      Matheega in blue kulaige “writer” ah click kolleema load vaa page ga hunnaane kureege baithah

  9. Maree says:
    April 9, 2017 at 2:19 pm

    vvv reethi

  10. writer says:
    April 9, 2017 at 2:34 pm

    kiyuntheringe request ah mi iny new part eh upload kohfa..if u want to read kuryge parts click on my name and go to page two or three eyrah fenaane… i cant satisfy everyone… please understand that much… thank you ..:)

  11. writer says:
    April 9, 2017 at 2:38 pm

    https://www.esfiya.com/author/writer/page/2/

  12. Reen says:
    April 9, 2017 at 9:08 pm

    Konirakutha next up kohladhenee ?

  13. reader says:
    April 10, 2017 at 9:24 am

    wow the story is just amazing…bt emyhunge past ehaa dhigu nukuraathi…eyrun v rythivaane

  14. haw shia shaba shi r says:
    April 10, 2017 at 9:36 am

    Mashaa Allah v reethi mi vaahaka,so plx up next part soon, can’t wait

  15. lara says:
    April 10, 2017 at 11:11 am

    wow v salhi next part kiyaahithun kehmadhuvefa

  16. Aki says:
    April 12, 2017 at 3:08 pm

    alhe avahah up kohla dheebaa pls pls pls

  17. Rai says:
    April 13, 2017 at 3:15 pm

    Mi storyge 5part iny koh pageh ga..nufenigen mi ulheny

  18. ssss? says:
    April 15, 2017 at 9:30 am

    Writer…. thankolheh avahah next part neridhiilabala… Plx plx plx plx

Comments are closed.

Next Episodeދުރުގައިވިޔަސް… (13 ވަނަަބއި)←


All Right Reserved!