ނޭނގޭ ގޮތެއްވޭ 6
އެކަކަށް ވެސް ދުރެއް ނުވެވުނެވެ. ދެމީހުންގެ ވެސް ކަރު ހިއްކުން ފިލުވަމުން ދިޔައީ އެއްވެސް ކެތްތެރި ކަމެއް ނެތިއެވެ.
ޒެއިނާ އަށް ލޯ ހުޅުވާލެވުނީ އިރުގެ ރަން ދޯދި ގަޔަށް އެޅެން ފެށުމުންނެވެ. ކަންނެތް ކަމާއެކީ ފޯނު ބަލާލީ ގަޑިން ވީވަރު ބަލާލުމަށެވެ. ޒެއިނާގެ ދެލޯ ބޮޑުވެގެން ދިޔައީ ގަޑިން 10 ޖަހާފަ ހުރުމުންނެވެ. ވަގުތުން ގައިގަ އޮތް ރަޖާގަނޑު އެއްފަރާތް ކޮށްލާފަ ތެދުވީ ފާހާނައަށް ދިޔުމަށެވެ. ތެދުވިހެން ހީނުވެ ވަގުތުން އަނެއްކާ ރަޖާދަށަށް ވަނީ އޭނަ ހުރި ހާލު ފެނުމުންނެވެ.
ޒެއިނާ އަށް ބޮލުގައި ހިފަހަށްޓާލެވުނެވެ. ރޭގަ ވީ ހުރިހާ ކަމެއް ހަނދާނަށް އަންނަން ފެށިއެވެ. ޒެއިނާ އަށް ޒޭން އަށް ބަލާލެވުނެވެ. ކައިވެނި ކުރިކަމުގައި ވިޔަސް އެދެމީހުން ދެމެދުގައި މިކަހަލަ ގުޅުމެއް މިހާ ހިސާބަށް އަންނަންދެން ހިނގާފަ އެއް ނުވެއެވެ. ޒެއިނާގެ ހިތަށް ބިރުވެރިކަން ވެނެވެ. އެދެމީހުންގެ ރަހްމަތްތެރިކަން ގެއްލިދާނެތީއެވެ.
“ދަރިފުޅު މެން ސައިބޯން ވެސް ނާންނަ ދުވަހެއްތަ؟” ޒާހިދާ ދޮރުގައި ޓަކި ޖަހަމުން ބުނެލިއެވެ. ޒެއިނާ މިނިކުންނަނީ ކަމަށް ބުނެފަ ކޮރެމުން ކޮރެމުން ފާހާނައަށް ވަނެވެ.
ޒޭން އަށް ލޯ ހުޅުވާލެވުނީ ޒެއިނާ ފާހާނާގެ ދޮރު ލެއްޕި އަޑަށެވެ. ލޯ ހުޅުވާލެވުމާއެކު ޒޭން އަށް ކުއްލިއަކަށް ތެދުވެވުނީ ރޭގަ ވީ ކަންތައް ހަނދާން ވުމުންނެވެ. ޒޭން ވެސް އެމީހުންގެ އެކުވެރިކަމުގެ ގުޅުމަށް ބަދަލެއް އައިސްދާނެތީ ބިރުގަތެވެ. ނަމަވެސް އެކަމަށް ވިސްނަން ނަހަދާ ޒެއިނާ ނިކުތުމުގެ ކުރިން އެއްޗެހި ލެވޭތޯ ޒޭން އުޅުނެވެ.
ޒެއިނާ ނިކުމެފަ ބަލާލިއިރު ޒޭން އެނދުމަތީ އިށީ އިނެލިގެން އިނެވެ.. ޒޭން އަށް ވެސް ޒެއިނާ އަށް ބަލާލެވުނެވެ. ޒެއިނާ ވަގުތުން އިސްދަށަށް ޖަހައިގެން ގޮސް ތައްޔާރު ވާން ފެށިއެވެ. ޒޭން ވެސް ގޮސް ފާހާނައަށް ވަނެވެ.
“ދަރިފުޅާ މާބޮޑަށް ފައިގައި ރިއްސަނީތަ؟ މިއަދު އޮފީހަށް ވެސް ނުދަންތަ؟” ޒާހިދާ ސުވާލުކުރީ ސައިބޯން އިން ޒެއިނާ އަށެވެ. އެވަގުތު ޒޭން ވެސް އައިސް އެތާ އިށީއިނެވެ. “ނުވެއް ރިހޭ. އެކަމް ނުހޭލުވުނީމަ ހިތަށް އެރީ މިއަދު އޮފީހަށް ނުދާނަމޭ.” ޒެއިނާ އެ އިންގޮތަށް އިނެ ޖަވާބު ދިނެވެ.
“ޒޭން އަށް ވެސް ނުހޭލެވުނީ ދޯ؟” ޒާހިދާ މިފަހަރު ސުވާލު ކުރީ ޒޭން އަށެވެ. ޒޭން ވަގުތުން ބޯ ޖަހާލިއެވެ. ސައިބޯ ނިމުން އިރު ވެސް ދެމީހުން ކުރެ އެކަކުވެސް ވާހަކަ ނުދެއްކިތާ ބަލާވެސް ނުލިއެވެ. ޒާހިދާ އަށް މިކަން ފާހަގަ ކުރެވުނެވެ. ނަމަވެސް އެއްޗެކޭ ނުބުނީ ދެމީހުން ދޭތެރޭ ދެބަސްވުމެއް ހިނގިއްޔޭ ހިތާއެވެ.
މަހެއް ނިމގެން ދިޔައީ އެކަކުވެސް ވާހަކަ ނުދައްކަ ހުރެގެންނެވެ. ދެމީހުންނަށް އެކަކު އަނެއްކަކަށް ބަލާލުންވެސް ވީ ބޮޑުކަމަކަށެވެ. މި ދުވަސް ކޮޅުތެރޭ ޒޭން ވަނީ ހުދާ އާ ވަރަށް ބޮޑަށް ގުޅުން ބަދަހި ކޮށްފައެވެ.
“ވަޓް. ހުދާ އުޅެނީ މެރީ ކޮށްގެން؟ ދޮގު ދޯ.” ޒޭން ސުވާލު ކުރީ ކުރިމަތީ ކޮފީ ބޯން އިން ހުދާ އާއެވެ. “ހޫމް. ހަމައަސްލު. ބޭބީ އެއްވެސް ހުރޭ 2 އަހަރުގެ. އަހަރެންނާ އިޔާން އާ މެރީ ކުރީ ލަންކާ އަށް ގޮސް. އެހެންވެ ތި ނޭގުނީ” ހުދާ ބުނެލިއެވެ. “ހެހެ. އެހެންދޯ. ދެން ކޮބާ ތި އިޔާން އެއް މިހާރު؟” ޒޭން ސައުގުވެރިކާމާއެކު ބުނެލިއެވެ. “އޭނަ އެބަ އުޅެޔޭ. މިތާ ސުކޫލެއްގެ ޕްރިންސިޕަލް އެއް. ދެން އަހަރެ ފޫހިވާތީ އޮފީހަށް ޖޮއިން ކުރީ. ޒެއިނާ އާ އެކީ ވޯކް ކުރަނީ.” ހުދާ އެއްލޯމަރާލަމުން ބުނެލިއެވެ. “ހެހެ.”
ޒޭން ގެއަށް އައިސް ސޯފާއަށް ވެއްޓިގަތެވެ. އެއަށްފަހު ޓީވީ ހުޅުވާލިއެވެ. ޒާހިދާ އަށް މިމަންޒަރު ފެނި އައިސް ޒޭން ކައިރި އިށީއިނެވެ. “ދަރިފުޅު މެން މައްސަލަ އެއް ޖެހިގެންތަ ތިއުޅެނީ؟” ޒާހިދާ އިރުކޮޅަކު އެހެން ހުރެލާފަ ބުނެލިއެވެ. ޒޭން އަށް ސިހުން ލިބުން ނަމަވެސް ހަމަޖެހެން މަސައްކަތް ކުރަމުން ވާހަކަ ދެއްކިއެވެ. “ނޫން. ކީއްވީ” “މަންމަ އަށް އިގޭ ދަރިފުޅު ނުބުންޏަސް. މަންމަ ބުނަން އޮތް ވާހަކަ އަކީ ދެމަފިރިން ދޭތެރޭ މައްސަލަ ޖެހޭނޭ. އެކަމް އެކަން ހައްލު ކުރުމަށްޓަކައި ދެމީހުން ވާހަކަ ދައްކަން ޖެހޭނޭ. ކިތަންމެ ބޮޑު މައްސަލަ ވެސް ހައްލު ވޭ ވާހަކަ ދެއްކީމަ” ޒާހިދާ މިހެން ބުނެލާފަ ޒޭން ބުރަކަށީ ފިރުމާލިއެވެ. އެއަށްފަހު ތެދުވެން ދިޔައެވެ. ޒޭން ވިސްނާލިއެވެ. އޭނަ ވެސް ޒެއިނާ އަށް ވާހަކަ ދައްކަން ބޭނުމެވެ. އެހެންކަމުން އޭނަ ކޮޓަރިއަށް ދިޔުމަށްޓަކައި ތެދުވިއެވެ.
ޒެއިނާ ވިސްނަމުން ދިޔައީ މީގެ ކުޑައިރުކޮޅެއް ކުރިން ޒާހިދާ އައިސް ދެއްކި ވާހަކަ އާ މެދު އެވެ. ދެމީހުންގެ މައްސަލަ ހައްލުވާނީ ވާހަކަ ދެއްކުމުން ކަމުގައި ވާނަމަ އޭނަ މިއަދު ޒޭން އާ ވާހަކަ ދައްކާނެ އެވެ. މިހިޔާލުގައި ހުއްޓައި އޭނަ އަށް ފެނުނީ ދޮރު ހުޅުވާލާފައި ވަން ޒޭން އެވެ.
“ޒޭން އަހަރެ” “ޒެއީ އަހަރެ” ދެމީހުންނަށް އެއްފަހަރާ ބުނެވުނެވެ. “ހުމް ކީކޭ؟” މިފަހަރު ވެސް ދެމީހުންނަށް އެއްފަހަރާ ބުނެވުނެވެ. ޒޭން ފުންނޭވާ އެއް ލިއެވެ. “ޒެއީ އަހަންނަށް އިގޭ އެރޭ އެހެން އެވީ އެކަކުވެސް ގަސްތުގަ އެއް ނޫންކަން. ދެން ކީއްވެ ވާހަކަ ނުދައްކަ ހުންނަން ވީ؟ހެޔޮ ދެން އެކަމް އަހަރެ ވާހަކަ ދައްކާނަން. ޒެއީ ވެސް ޖެހޭނީ ދައްކަން.” ޒޭން މިހެން ބުނެލި ތަނާ ޒެއިނާ ޒޭން ގައިގަ ބައްދާލިއެވެ. “އާއެކޭ. އިނގޭތަ މިއޮއްހާދުހު އަހަރެން ހާދަ ފޫއްސެއް ވިޔޭ.” ޒެއިނާ ޒޭން އާ ދުރުވެލަމުން ވާހަކަ ދެއްކިއެވެ. “އަހަރެން އެބަހުރި ޒެއީ ކައިރި ބައިވަރު ވާހަކަ ދައްކަން ވެފަ.” ޒޭން ޒެއިނާ ގޮވައިގެން ގޮސް އެނދުގައި އިށީއިނެވެ. އެއަށްފަހު ހީހީފައި ވާހަކަ ދައްކަން ފެށިއެވެ. ހުދާ ފްރެނޑް ވި ވާހަކަ ވެސް ކިޔާދިނީ ވަރަށް ފޮނިވެފަ އެވެ.
“ޒެއީ އަހަރެ ދެކެ ލޯބި ވޭތަ؟” ޒޭން އަހާލިއެވެ. “ހެހެ.. ޒޭން އަހަރެމެން މެރީ ކުރި ފަހުން މިހާރު 100 ފަހަރު ތިހެން އަހާފި. އެކަމް އަހަރެ ޖަވާބު ބަދަލެއް ނުވޭ. ނޯ. އަހަރެ ނުވޭ ލޯތްބެއް. ހެހެ.” ޒެއިނާ ބުނެލިއެވެ. ޒެއިނާ މިހެން ބުނުމުން ޒޭން މޫނުމަތީ އަތް އަޅައިގެން ރޯ ކަމަށް ހެދިއެވެ. ޒެއިނާ އެތާ އޮތް ބާލީހުން ޒޭން ގައިގަ ތަޅަށް ފެށިއެވެ. ޒޭން ވެސް ޒެއިނާ ގައިގަ ބާލީހުން ތަޅަން ފެށިއެވެ. އެރޭ ހޭދަ ވެގެން ދިޔައީ އެގޮތަށް މަޖަލުގައެވެ.
އާދުވަހަކަށް މަރުހަބާ ކީ ޒޭން އަދި ޒެއިނާގެ މޫނަށް އުފާވެރިކަން ގެނުވަމުންނެވެ. އެކަން ސައިބޯން އިން ޒާހިދާ އަށްވެސް ފާހަގަ ކުރެވުނެވެ. ވާނީވެސް އެހެންނޫންތޯއެވެ. ދެމީހުން ސައިބޮމުން ވެސް ދިޔައީ އެކަކު އަނެއްކަކު ގައިގައި ޖަހަމުންނެވެ.
“މަންމާ ކޮންއިރަކުން ބައްޕަ އަންނަނީ؟” ޒެއިނާ އަހާލިއެވެ. “ނޭނގެ އެއްގޮތަކަށްވެސް. ބުނި ވަރަށް އަވަހަށް އަންނާނަމޭ.” ޒާހިދާ އެހެން ބުނުމުން ޒެއިނާ ހިނިތުން ވެލިއެވެ. “މިއަދު ވަރަށް ބޮޑަށް ބަނޑު ފުރިއްޖެ” ޒޭން ބަނޑުގައި އަތް ކާއްތާލަމުން ބުނެލިއެވެ. އޭރު ޒާހިދާ ކައި ނިންމައިގެން ގޮއްސިއެވެ. “އާޗާ. ތިހެން ވިއްޔާ ދެން މިރޭ ދަންވަރު ނުކައި ހުރެވޭނެ؟ މޮޅޭ ބުނާނަން ހުރެފިއްޔާ” ޒެއިނާ މިހެން ބުނީ ޒޭން ގަބޫލު ވެދާނެ ކަމަށް ހީކޮށްފަ އެއް ނޫނެވެ. ނަމަވެސް. “ހޫމް. ތި އެއްވެސް ކަމެއް ނޫން. އެކަމް ޒެއީ ވެސް ވާނެ ހުންނަން.” ޒޭން މިހެން ބުނުމުން ޒެއިނާ ވިސްނާލަން ހުރެފަ އެއްމެ ފަހުން އެއްބަސް ވިއެވެ.
ޒޭން ދިޔައީ އޮފީހަށެވެ. މިއަދު ޒެއިނާ ދާހިތް ނުވީމަ ނުދިޔައީއެވެ. ޒެއިނާ ފޫހި ވެގެން އެކި ކަންތައް ކުރުމުގަ އުޅުނެވެ. ނަމަވެސް އޭނަ ނުވެއް ކައެވެ. އޭނަ އަށް ވެސް ނުކައި ހުރެވޭނެ ކަން ޒޭން އަށް އަންގަން އޭނަ ބޭނުމެވެ. ރޭގަނޑު ވި އިރު ވެސް ޒޭން ނާދެޔެވެ. އެހެންވެ ޒެއިނާ ފޫހިވެގެން ކޮޓަރީގަ އެނބުރި އެނބުރި ހުއްޓެވެ. އޭނަ ހުރީ ނުލަހިކު ބަނޑުހައި ވެފަ އެވެ. އޭނަ ގައިގަ ވަރު ނެތް ހެންވެސް ހީވިޔެވެ.
ކުއްލިއަކަށް މޭނުބައި ކުރުމުން ޒެއިނާ ދުއްވާގަތީ ފާހާނާ އަށެވެ. ހޮޑުލާނިމުމުން ފާހާނައިން ނިކުތެވެ. އޭނަ ޒޭން އަށް ގުޅާފަ ދެން ނުހުރެވޭނޭ ނުކަޔެއް ކިޔާފަ ކާނެކަން ޔަގީނެވެ. ނަމަވެސް އެނދާ ހިސާބަށް ނުދެވެނިސް ޒެއިނާ ގެ ބޮލަށް އެނބުރުން އެރި އެވެ.ކޮޓަރިއަށް ވަން ޒޭން އަށް ފެނުނީ ޒެއިނާ ބިންމަތީ އޮތް ތަނެވެ. ވަގުތުން މަންމަ އަށް ގޮވާފަ ޒެއިނާ ގޮސްޕިޓަލް އަށް ގެންދެވޭތޯ ޒޭން އުޅުނެވެ.
ޒެއިނާ ލޯ ހުޅުވާލިއިރު ކައިރީގައި ޒޭން އަދި ޒާހިދާ ހުއްޓެވެ. ލޯ ހުޅުވުމާއެކު ޒެއިނާ އަށް އަޑު އަހަން ޖެހުނީ ޒޭންގެ ޝަކުވާއެވެ. ބަނޑު ހައި ވިނަމަ ކާން ޖެހޭނެ ވާހަކަ އެވެ. މިއަދު ތިތާ އޮންނަންވެސް ތި ޖެހުނީ ނުކައި ހުރީމަކަމަށެވެ. ޒާހިދާ ވެސް ހުރީ ހިތްހަމަ ނުޖެހިފައެވެ.
“އެސްކިއުޒް” އެތަނަށް ވަދެގެން އައި ޑޮކްޓަރު ވާހަކަ ދެއްކި އަޑަށް އެއްމެން އެދިމާލަށް ބަލާލިއެވެ. “އިޓްސް އަ ގޫޑް ނިއުސް. ޝީ އިޒް ޕްރެގްނެންޓް” ޑޮކްޓަރ ބުނެލިއެވެ.
“ވަޓް” ޒޭން އަދި ޒެއިނާ އަށް އެއްފަހަރާ ބުނެލެވުނެވެ.
ނުނިމޭ..
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
37 Comments!
Comments are closed.





Here is part 6.. enjoy.. Next part wed ga..
Haadha kuru…ekam vara reethi..next part when?
Kuru tha.. hehe.. adhi hithun v dhigu kohlaafa.. srryy igeyy… next part Wednesday ga..thankx for reading visha..☺
salhi.. hini annani hama?
Hehe.. thankx shaa..
Wow v rythi masha allah thankolheh kuru dhw anyway waiting nxt prt
Thankxx.. next part dhigu kureveythw balaanan.. thankx khajja..
Wow… V majaa Inge?
Hehe.. thankx shaai..
its nice.. waiting for the next part… can you please make it long… then it will be perfect..
I will try igey rau… thankx btw.. ☺
Really dhemiyhun ehaa bodu step eh nagaafa adhu ves friendship ah buroo araafaanethiy!!!
God dhemiyhunakah neygey tha ehulheveniy lobi vevigen kameh!!!
Story Varah reethi ingey pinkish!!!
I really can’t wait for Wednesday!!!
Luv U Good night ?
Aan dww… hehe.. thankx dear.. luv yuh.. gud nyt.. ??
hahahaa…. vrh salhi… waiting for the next part… up kuraa dhuvas thah next part ga mention koh leeyaa we’ll be happy…. I wish the answer will be daily koshey…. but dhen nuvedhaane dho ehen konme konme meehakah… life ga kuran jehey ehen kan kan hunnaane kan ingey… don’t think negatively… I just said how I wish….
Actually sunday Tuesday and Thursday ga i will be bxyy… ehnve daily koh upp nukurevunyy… thankx igeyy chum handi..
ok… so that means Friday,Saturday,Monday and Wednesday ey dho?
Varah reethi ekamu maa kuru.
I will try dhigu kuran.. thankx jaan..
Nice
Thankx Malika ❤
Yess chum handi.. friday saturday monday and wednesdayy ga.. ?
Varah reeethi … ekam maa kureee
I will try.. thankx naxy
Varah reethi but maa kury
Waiting for the next part..
Thankx nish..
Next part up kolladheeba plx
Maadhamaa in sha allah up kohdheynan.. keep waiting sham cham..
Next part up kolladheeba avaha v v kiyaa hithun mihuree
Pinkish koba Tha vaahaka avahah up kohdheeba v kiyaa hih vefa mihury
Guyx miadhu haveeru vaahaka upp kurin.. adhi publish nuve.. wait igeyy eba balaalan..
Thankx for the comment laura and maahy.. ily.. ?
Avas kohba kiyaa hithun kehmadhuvefa dhn vaane goi hithah araafa ves hini annany ??
Hehe… mihaaru bunefin publish nuvaa vaahaka.. ekolhun bunefi eba balameyy.. so i guess on the wayy..
Ehn vaahaka eh publish vejje dhn keehve mi vaahaka publish nuvany
Idk.. dhn nuvaane gina irehh… mobile in alhuga vaahaka liyanyy.. ehnve kanneyge neygenyy… dhn nuvaane gina irehh..
Zeyn r Zeina ragalhah sifa kohdheeba..
Vaahaka mi hisaabah dhiya iru vs e dhemeehun ragalhah sifa koh dheefa neh..
Vaahakaiga ulhey character thah furihama ah sifa kohdheveyne nama vaahaka v furihama vaane..
Thankx insha allah thikanthah veythw balaanan.. thankx kiara..