އަނދިރިފަރާތް (18 ވަނަ ބައި)
ވަށައިގެންވާ މާހައުލަށް ނަޒަރު ހިންގާލިއިރު އަހަރެންގެ މޫނުމަތީގައި ވަނީ ފުން ހިނިތުންވުމެކެވެ. އަހަރެން ހުއްޓިގެން ހުރީ އެޖެންސީގައި އަހަރެންނަށް ޚާއްސަކޮށްފައިވާ ކޮޓަރީގައެވެ. އޭސީގެ ފިނި މުޅިތަނުގައި ހިފާލާފައިވީއިރު ފަރުނީޗަރުތައް ހުރީ އަހަންނަށް އެންމެ ރީތި ކުލަ ކަމުގައިވާ އަޅި ކުލައިންނެވެ. ފާރުތަކުގައިވެސް ވަނީ އަޅި ކުލައިގެ ޝޭޑެކެވެ.
“ޕާރފެކްޓް ހަމަ!” އަހަރެން ދެއަތް ދަމައި ކުޑަކޮށް އެނބުރިލަމުން ބުނެލީމެވެ. އަހަރެންގެ ހަރަކާތްތަކަށް ބަލަން އަރޫންއާއި ރިޒާމްގެ އިތުރުން މާޒް ހުއްޓެވެ. އިރުކޮޅަކު ވާހަކަދައްކަން ހުރެފައި އެމީހުންވެސް ދިޔައެވެ. ކޮޓަރީގައި އަހަރެން އެކަނި ވުމުން ދޮރު ތަޅުލުމަށްފަހު އަހަރެން ދުވެފައި ގޮސް ވެއްޓިގަތީ ކިންގް ސައިޒް އެނދުމައްޗަށެވެ. އެ އެނދުގައިވާ ގޮދަޑި މަޑުކަމުން އަހަރެން އެތަނުން ތެދުވާ ހިތެއް ވެސް ނުވިއެވެ. އެހެން ކަމުން އެއޮތް ގޮތަށް އޮވެ އަހަރެން ފޯނު ނަގައި ޝާކިންއަށް ގުޅާލީމެވެ. އަހަންނާ ޝާކިންއާ ބައްދަލުނުވާތާ މިހާރު މަހެއްހާ ދުވަސްވެފައި ވީނަމަވެސް އަހަރެން އަބަދުވެސް އޭނާ މަތިން ހަނދާންވެއެވެ. އެ ލޯބި އަހަރެންގެ ހިތުން ދުވަހަކުވެސް ފަނޑެއް ނުވާނެއެވެ. އެއީ އަހަރެންގެ ދުޝްމިނަކަށް ވިޔަސްވެސް މެއެވެ.
“ހެލޯ ލަވް.. މިހާރު މާލެ ދެވުނީ ދޯ؟” ފޯނު ނެގުމަށްފަހު ޝާކިން ލޯތްބާއެކު ވާހަކަދެއްކިއެވެ.
“އާނ.. ވަރަށް ހަނދާންވޭ ޝާކިން މަތިން..” އަހަރެން އެނދުމަތީގައިވާ މަޑު ބާލީސްތަކުގައި ބައްދަމުން ބުނެލީ މަސްތީ ގޮތަކަށެވެ.
“އަހަންނާ އެއްފަހަރު ނަމަވެސް މީޓްކޮށްލާފަ ލަވް ދިޔަނަމަ ދޯ.. އައި މިސް ޔޫ ވަރަށް ބޮޑަށް…” ޝާކިން އެހެން ބުނުމުން އަހަރެން ކުޑަކޮށް ދެރަވިއެވެ. އަހަރެން ބޭނުންނަމަ އެއްފަހަރު ނަމަވެސް އޭނާއާ ބައްދަލުކޮށްފައި މިކޮޅަށް އާދެވުނީހެވެ. ނަމަވެސް އަހަރެން އެފަދައިން ކަންތައް ނުކުރީ ޝާކިންގެ މަތިން ހަނދާން ނައްތާލަން ބޭނުންވެފައި ހުރިލެއް ބޮޑުކަމުންނެވެ.
“ސޮރީ.. އަސްލު ހަމަ ކުއްލިއަކަށް ދާންޖެހުނީ…” އަހަރެން ދޮގެއް ހަދާލީމެވެ. ޝާކިންއާ ވާހަކަ ދައްކަން އަހަރެން އެތައް އިރެއް ވަންދެން އޮތީމެވެ. ޝާކިން ފޯނު ބޭއްވި ހަނދާންވިއެވެ. ނަމަވެސް އަހަންނަށް ނިދުނީ ކޮން އިރަކު ކަމެއް ނޭނގެއެވެ.
އަހަންނަށް ހޭލެވުނީ ކޮންމެވެސް މީހަކު އަހަރެންގެ ކޮޓަރީގެ ބެލް އަޅާ އަޑަށެވެ. އާ ފުރެމުން ތެދުވެ ގަޑި ބަލާލިއިރު ދަންވަރު 12 ޖަހައިފިއެވެ. އަހަރެން ފާހާނާއަށްވަދެ މޫނު ދޮވެލައި ހަދާލުމަށްފަހު ދޮރު ހުޅުވިއިރު ދޮރުމަތީގައި ފުރިހަމަ ހިނިތުންވުމަކާއެކު ހުއްޓިލައިގެން ހުރީ ރޫޝިންއެވެ. އޭނާ ފިޔަވައި އަހަރެމެން ގޭގައި ދިރިއުޅޭ އެހެން މީހަކަށް އަހަރެން ދިޔައީ މާލެ ނޫންކަމެއް ނޭނގޭނެއެވެ.
“އަނހާ ޝިން.. އާދޭ އާދޭ..” އަަހަރެން ރޫޝިން ގޮވައިގެން އެތެރެއަށް ވަނީމެވެ. ކޮޓަރީގައި ހުރި ސޯފާގޮނޑީގައި އޭނާ އިށީންދެ ހައިރާންވެ ހުރެ އެކިކޮޅުކޮޅު ހޯދަމުން ދިޔަ ގޮތުން އަހަރެން ގާތަށް ހިނިއަންނަގޮތް ވިއެވެ.
“ހާދަ ސަޅިއޭ ދޯ އަސްލު މިތަން..” އޭނާ އެހެން ބުނުމާއެކު އަހަރެން ހިނިގަނޑެއް ޖަހާލަމުން ގޮސް އޭނާ ގާތު އިށީނީމެވެ. ކަޅުކުލައިގެ ސުއިޓު ލައިގެން ހުރިއިރު ރޫޝިން ހަމަ ވައްތަރީ ސްޕައި އަކާއެވެ.
“ދެން ރޫޝިން ވެސް ޓްރެއިނިންގް ނިމުނީމަ އަންނާނީއޭ މިތަނަށް އެއްކޮށް..” އަހަރެން އެހެން ބުނުމާއެކު އޭނާ ބޯ ޖަހާލިއެވެ. އެވަގުތު އަހަރެންގެ ފޯނު ރިންގުވާން ފެށުމުން އަހަރެން ގޮސް އެނދުމަތީގައިވާ ފޯނު ނެގީމެވެ. ގުޅަނީ ޝާކިން ކަމުން އަހަރެން ފޯނުނަގައި ހެލޯ އޭ ބުނެލީ ހިނިތުންވެ ހުރެއެވެ.
“ލަވް.. އަހަރެން މިހާރު މިއުޅެނީ އިންޑިޔާއަށް ނައްޓާލަން އިނގޭ.. ނޯ ޓައިމް ޓު އެކްސްޕްލެއިން.. ވަރަށް އާޖެންޓް ވެގެން..” ޝާކިން އަވަސްކޮށްލާފައި އެހެން ކިޔާލި ގޮތުން އަހަރެން ހާސްވިއެވެ.
“ވަޓް؟ މިއޮއްފަދަ ގަޑީ..” އަހަރެންގެ ޖުމްލަ ނިމުމުގެ ކުރިން ޝާކިން ފޯނު ކަނޑާލާފިއެވެ. އަހަރެން ބާރަކަށް ފޯނުގައި ހިފަހައްޓާލައިގެން ހުރެ ރޫޝިންއާ ދިމާއަށް ބަލާލީމެވެ.
“ބިޓުތަ ގުޅީ؟” ރޫޝިން އެހެން އަހާލުމާއެކު އަހަރެން ހަމަޖެހެން މަސައްކަތް ކުރަމުން ބޯ ޖަހާލީމެވެ. މި އެޖެންސީއާ ގުޅުނަސް، އޭނާއަކަށް އަހަރެން ޝާކިންއާ ރައްޓެހިވެގެން އުޅޭ އަސްލު ހަޤީޤަތެއް ނޭނގޭނެއެވެ. އަދި ޝާކިންގެ އަސްލާ ބެހޭ އެއްވެސް ކަމެއް ވެސް ނޭނގޭނެއެވެ. އަހަރެންވެސް އަދި އޭނާއަށް އެފަދަ ބޮޑެތި ސިއްރުތައް ހާމަކުރަން ޖެހިލުންވެއެވެ. އޭނާ އަކީ އަދި ޓްރެއިން ވަމުން އަންނަ މީހެކެވެ.
“ބިޓާ މައްސަލަ ޖެހުނީ ދޯ؟ އަ.. އަހަރެން ދެން ގޮސްލީއޭ..” ރޫޝިން އެހެން ބުނުމަށްފަހު ދާން ހިނގައިގަތެވެ. އޭރު ކުރިން އެ މޫނުމަތީގައިވާ އުޖާލާކަން ގެއްލިފައިވިއެވެ. އަހަރެން ޝާކިންއާ ރައްޓެހިވެގެން އުޅޭތީ އޭނާ ދެރަވީ ހެއްޔެވެ؟
“އަހަންނަށް އެނގޭ.. އަހަރެން ޝުބީ ދެކެ ކިތަންމެ ލޯބިވިޔަސް އަހަންނަށް ޝުބީ ނުލިބޭނެކަން..” ކޮޓަރީގެ ދޮރާ ހަމައަށް އަރާފައި އޭނާ އަހަންނާ ދިމާއަށް އެނބުރިލަމުން ބުނެލިއެވެ. އެވަގުތު އޭނާގެ މޫނުމަތީގައިވީ ހިތާމައިގެ ހިނިތުންވުމެކެވެ. ރޫޝިން ހަމަ އަސްލުވެސް އަހަރެން ދެކެ އެހާ ލޯބިވޭ ހެއްޔެވެ؟ އޭނާގެ ކުރިމަތީގައި ޝާކިންއާ ވާހަކަދައްކައިގެން އަހަންނަށް އޭނާގެ ހިތަށް މިދެވެނީ އަނިޔާ ހެއްޔެވެ؟
ރޫޝިން ނިކުތުމާއެކު އަހަރެން އަނެއްކާވެސް އެނދުމައްޗަށް ވެއްޓިގަތީމެވެ. އަހަރެން ހާދަހާ މޮޔައެވެ. ލޯތްބަކީ ކިހާ ބާރުގަދަ އެއްޗެއްކަން އެންމެ ރަނގަޅަށް އެނގޭނެ އެކަކީ އަހަންނެވެ. އަހަރެން ޝާކިން ދެކެ އެންމެ ކުރީއްސުރެ ލޯބިވެއެވެ. އެންމެ ކުޑައިރުއްސުރެ އަހަރެންގެ ހިތް އެދެމުން ދިޔައީ ޝާކިން އަހަރެންގެ ހަޔާތުގެ ބައިވެރިޔާއަށް ވުމަށެވެ. އޭނާ އަކީ އަހަރެންގެ ލޮބުވެތި ޤައުމުގެ ހަތުރެއްކަން އެނގުނު ދުވަހު އަހަރެންގެ ހިތަށް ލިބުނު އަނިޔާ ކުޑައެއް ނޫނެވެ. ނަމަވެސް އޭނާއަކީ ކިތަންމެ ގޯސް މީހަކަށް ވިޔަސް އޭނާއަށްޓަކާ އަހަރެންގެ ހިތުގައިވި ލޯބި ފަނޑެއް ނުވެއެވެ.
ރޫޝިން ވެސް އަހަރެން ދެކެ ހަޤީޤީ ލޯބިވާ ކަމުގައި ވަނީނަމަ އަހަންނާ ޝާކިން ލޯބިން އުޅޭ ތަން ފެނުމުން އެހިތަށް ހާދަހާ އަސަރެއް ކުރާނެއެވެ. އޭނާގެ އިހުސާސްތަކަށް ބަލައިލުމެއް ނެތި އަހަރެން އުޅެމުން މިގެންދަނީ ހިތުހުރި ގޮތަކަށެވެ. އަހަރެން މަޑުމަޑުން ނިތްކުރިމަތީގައި ޖަހާލީމެވެ. އަހަރެންނާހެދި ރޫޝިން ހާދަ ދެރަވާނެއެވެ. ނަމަވެސް އަހަރެން ކުރާނީވެސް ކީއް ހެއްޔެވެ؟ އޭނާ އަހަރެން ދެކެ ކިތަންމެ ލޯބިވިޔަސް އަހަންނަކަށް އޭނާއާ ގުޅެވޭކަށް ނެތެވެ. އަހަރެންގެ ހިތް މިލްކުކޮށްފައިވަނީ އެހެން މީހެކެވެ. ޝާކިންއެވެ.
ޚިޔާލުތަކަށް ގެއްލިފައި އޮއްވާ އަހަރެން ސިހިގެން ދިޔައީ ކޮޓަރީގައި ހަރުކޮށްފައިވާ އެލާމު ބާރުބާރަށް އަޅަން ފެށުމެވެ. އެއާއެކު އަހަރެންގެ މޭވެސް ގުޑައިގެން ދިޔައެވެ. ވަރަށް ބޮޑު ކަމެއް ދިމާވެގެން ނޫނީ އެލާމް ނާޅާނެކަން އަހަންނަށް އެނގެއެވެ. އަނެއްކާ މިތަނުގައި އަލިފާން ރޮއިވީ ހެއްޔެވެ؟ އަހަރެން އެނދުން ފައިބައިގެން ކޮޓަރީގެ ދޮރާ ދިމާއަށް ހިނގައިގަތްތަނާ ކޮޓަރީގައި ހަރުކޮށްފައިވާ ސްޕީކަރުން މީހަކު ވާހަކަ ދައްކާ އަޑު އިވެން ފެށިއެވެ. އަހަރެން ހުރި ފިޔަވަޅު މަތީގައި ހުއްޓުނީ އެ ދައްކާ ވާހަކައެއް ކަނުލާ އަޑު އެހުމަށެވެ.
” މާލެއަށް ބަޔަކު އެޓޭކް ކޮއްފި! ފުލުހުންނާއި ސިފައިން ވެގެން އެމީހުން މައިތިރިކުރަން އެބަ މަސައްކަތްކުރޭ! އަހަރެމެން ވެސް އެބަ ދާން ޖެހޭ! ހުރިހާ އެންމެން އޮފިޝިއަލް ސުއިޓުގައި މެއިން ހޯލަށް! އައި ރިޕީޓް! ހުރިހާ އެންމެން މެއިން ހޯލަށް!” އެ އަޑު ކެނޑުމާއެކު އަހަންނަށް ހީވީ މުޅި ތަން އެނބުރެން ފެށިހެންނެވެ. ދެންމެ ހާއިރަކު ޝާކިން ގުޅާފައި އެބުނި އެއްޗެއްގެ މާނަ އަހަންނަށް ނެގުނީ އަދި ކިރިޔާއެވެ. އެމީހުން އެހާ އަވަހަށް އެޓޭކް ކުރީ ހެއްޔެވެ؟ އެޓޭކް ކުރާނަމަ ޝާކިން އަހަރެން ގާތު ނުބުނީ ކީއްވެގެން ހެއްޔެވެ؟ އެކަހަލަ ނުރައްކާތެރި ކަމަކު ނިކުންނައިރު އޭނާ އެންމެ ފަހަރަކުވެސް އަހަރެން ގާތު ބުނެލިއްޔާ ވާނީ ކީއް ހެއްޔެވެ؟ އަހަރެން ސުއިޓުލައި މާސްކު އަޅައި ހަދައިގެން ނިކުންނަން ހިނގައިގަތް އިރުވެސް ހިތުތެރޭގައި ވަނީ ޝާކިންގެ ޚިޔާލުތަކެވެ. ޝާކިންއަށް ކަމެއް ވެއްޖެ ނަމަ އަހަރެން ކިހާ ދެރަވާނެ ހެއްޔެވެ؟
“ކާމް ޑައުން ޝުބާ.. ޝުބާ ވިސްނަންވީ ޝާކިންއާ މެދު އެއް ނޫނޭ.. ޝުބާ ވިސްނަންވީ މިޤައުމާމެދު.. މިޤައުމު ޝާކިންގެ ކިބައިން ސަލާމަތްކުރުމާމެދު..” އެލެވޭޓާރއަށް އަރައިގެން މެއިން ހޯލް ހުންނަ ފްލޯއަށް ދަމުން އަހަރެން އަމިއްލަ ނަފްސަށް ވިސްނައިދެވޭތޯ މަސައްކަތްކުރަމުން ދިޔައީމެވެ. “ޝާކިން އަކީ އަހަރެންގެ ދުޝްމިނެއް.. ދުޝްމިނެއް..”
އަހަރެން މެއިން ހޯލަށް ދިޔައިރު އެކި މީހުން ކޮޅުކޮޅަށް ދުވަމުންދާ މަންޒަރު ފެނެއެވެ. އަހަރެން ވަނުމާއެކު އަރޫން ދުވެފައި އައިސް އަހަރެންގެ އަތުގައި ހިފައިގެން ދުއްވައިގަތެވެ. އޭނާ އަހަރެން ގެންދިޔައީ އާރިފް ސާރ ގާތަށެވެ. ސާރގެ މޫނުމަތިންވެސް އޭރު ފެންނަން ހުރީ އިންތިހާ ދަރަޖައިގެ ހާސްކަމެވެ. އެމީހުން މިހާ އަވަހަށް އެޓޭކްކޮށްފާނެކަމަކަށް ސާރ އެއް ވެސް އުންމީދެއް ނުކުރާނެއެވެ.
“ޝުބާ އަކަށް ނޭނގޭތަ މިއިން އެއްވެސް ކަމެއް؟؟” އާރިފް ސާރ އަޑަށް ބާރުލާފައި އަހާލިއެވެ. އަހަރެން ހުރީ އިސްޖަހައިގެންނެވެ. މިކަމުގައި އަހަރެން ކުށްވެރިކުރެވެން އެބައޮތް ވިއްޔާއެވެ.
“ސާރ.. ޝާކިން މީގެ ބައި ގަޑިއެއްހާއިރު ކުރިން ގުޅި.. ގުޅާފަ ބުނީ އިންޑިޔާއަށް ދާންށޭ މި ނައްޓާލަ..” އަހަރެންނަށް އެ ޖުމްލަ ފުރިހަމަނުކުރެވިގެން އުޅެނިކޮށް ސާރ ކައިރީގައި ހުރި މޭޒުމަތީގައި ގައިގައި ހުރި ބާރެއްލާފައި ގޮށް މުށުން ޖެހިއެވެ. އަހަރެން ދިޔައީ ސިހިގެންނެވެ.
“ދެން ޝުބާއަށް ކީއްވެގެންތަ އަހަރެންނަށް ތި ވާހަކަ ރިޕޯޓް ނުކުރެެވުނީ؟ އޭނ؟؟ ޝުބާއާ މި މަސައްކަތް ހަވާލުކުރިއިރަކު ނުބުނަންތަ ކޮންމެ ކަމެއް ވާއިރަށް ބުނާށެކޭ!!” ސާރ ޝަހާދަތް އިނގިލި އަހަންނާ ދިމާއަށް ދިއްކުރަމުން ބުނެލިއެވެ. އޭރު ރުޅިއައިސްގެން ގޮސް ސާރގެ ދެލޯ ރަތް އަނގުރުގަނޑަކަށް ވެއްޖެއެވެ.
“ސާރ.. މި ގަޑީގައި ރުޅިއައިސްގެން އެކަކު އަނެކަކަށް ބްލޭމްކުރުން ބުއްދިވެރިއެއް ނޫން.. މި ވަގުތު އަހަރެމެންވެސް އެމީހުން ހުއްޓުވޭތޯ އަވަހަށް މަސައްކަތް ފަށަންވީ!” އަހަރެން އަޑަށް ބާރުލާފައި އެހެން ބުނުމާއެކު ސާރ ހިމޭންވިއެވެ. އަހަރެންވެސް މިދެއްކީ ރަނގަޅު ވާހަކައެއްކަން އޭނާއަށް ވިސްނުނީ ކަންނޭނގެއެވެ.
އެޖެންސީގެ ހެލިކޮޕްޓަރުތަކާއި ލޯންޗުތަކަށް އަރައިގެން މީހުން ބައި ބަޔަށް ދަތުރު ފެށީ މާލެ ދިއުމަށެވެ. އާރިފް ސާރ އަހަރެން ނުގެންދިއުމަށް ވަރަށް މަސައްކުރި ނަމަވެސް އަހަރެން ގޮތްދޫނުކޮށް އެތަނުން ހެލިކޮޕްޓަރަކަށް އެރީއެވެ. ރޫޝިން އަކީ އަދި ޓްރެއިން ވަމުން އަންނަ މީހެއްކަމުން އޭނާ މާޒްމެންނާއެކު ޓެކްނޮލޮޖީ ރޫމްގައި މަޑުކުރިއެވެ.
“އަހަރެން ޝުބާއަށް ވިސްނައިދޭން ވަރަށް މަސައްކަތްކޮށްފިން.. އެކަމަކު ތިހާ ބޯ ހަރު އިންސާނަކު މިއެޖެންސީގައި އަދި މަސައްކަތްކޮށްފައެއްނުވޭ..” ހެލިކޮޕްޓަރުގައި އަހަންނާ ޖެހިގެން އިން އާރިފް ސާރ ބުނެލިއެވެ. އަހަރެން އެވަގުތު ޖަހާލީ ހިނިގަނޑެކެވެ.
“ޝުބާއަށް ކަމެއް ވެއްޖެނަމަ އަހަރެން ޝުބާގެ މައިންބަފައިންނަށް ދައްކާނީ ކޮން މޫނެއް؟” ސާރ އިރުކޮޅެއް ފަހުން އެހެން ބުނެލުމާއެކު އަހަންނަށްވެސް ވިސްނާލަން މަޖުބޫރުވިއެވެ. މިތަނުގައި އަހަންނަށްވުރެ ހަގު މީހަކުވެސް ނުހުންނާނެއެވެ. އަހަންނަށް ކަމެއް ވެއްޖެނަމަ މަންމަމެން ވާނެ ދެރަ އެންމެ ރަނގަޅަށް އެނގޭނެ އެކަކީ އަހަންނެވެ. މަންމައާއި ބައްޕަ އަހަރެންދެކެވާ ލޯބި އަހަންނަށް އިހުސާސްކުރެވެއެވެ. ނަމަވެސް އެ ހުރިހާ ވިސްނުންތަކުން ދުރުވެ އަހަރެން ބެލީ އެއް އަޒުމެއްގެ މަތީގައި ދެމި ހުރެވޭތޯއެވެ. އެއީ ކޮންމެ ގޮތެއް ވިޔަސް އަހަރެންގެ ޤައުމު ދިފާޢުކުރުމުގައި ދެމިހުރުމެވެ. ނަމަވެސް ދުޝްމިނުންތަކުގެ ތެރެއިން ޝާކިން ފާހަގަވާއިރަށް އަހަރެން ހިތް ބަދަލުނުވެ ހުރެދާނެ ހެއްޔެވެ؟ ޝާކިންއަށް ބޭވަފާތެރިވެ، އަހަންނަށް މި ޤައުމަށް ވަފާތެރިވެވިދާނެ ހެެއްޔެވެ؟
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
45 Comments!
Comments are closed.







Hii guys.. I know this part is short.. But Liaa beynunvee mihaa hisaabun nimmaalan.. becox next part is gonna be exciting ingey… next part ah inthixaar kurahchey.. i am also so excited to write next part.. hehe 😀
loves <3
Can anyone try to guess? what will happen next? 🙂
Yey ???? Lyn first tha??? Vvv obi Hama ???????
I gess she is going to kill shaakin this time. Wow . next part avaha genes dhechey..
I think shubaa shaakin dhookohlaafa rooshin aa gulheyny hen, my opinion ingey?
kihineh vaaniy shubaa and aroon!!!
i think i am in love with his eyes!!!
I think shubaa bappa ves bad meehunge therey himeneyne. Shaakin dhookolliyas dad dhookallan v v udhangoo vaanedhoa….. Its just an assumption… Hehe
Story vvv reethi. Next part konirakun???
V nice.
i actually thought rooshin was bad emmme furathama. ekm mifaharu shub is going to make everyone proud i guess. 🙂 love this
Heevany shaakin hayyaru kuraanee hen n shaakin nah shuba he hageegaii ingeyny hen
Liaa whn next part pla up kurahchey avahah
I think aroon ves lovevey shub dheke….. Nice story love it… Avahah up kohdhehchey
Vaane gotheh hithah vc naara..V salhi mi stry..Nxt prt avas kohdheythi ingey..Luv it..?
Aslu aroon ah shub libunyma salhi vaany. Noony shub ah anna hamala akun aroon shub salaamai koh aroon nulahkkaluge thereah vannaany.
i guess she will defend the Nation and loose Shaakin… plz don’t make shuba be crazy in love with shaakin on that situation and plz don’t remove shuba from the agency… BTW story habeyss… waiting for the next part…
Varah salhi…. Waiting for the next part..
Vaanee kihineh kameh hama bunaakah ves neynge….azu furathama heekiree rooshin akee bad boy eh kamah…ekam aslu vee ehen gotheh …ehen veema liaa hithuga thee keekey kameh bunaakah neynge….vaahaka is obines to tha max…..waiting for next part….?
I think nimeyiru shubaa gaumattaka
Fight kohgen shaheedhu vaaneehen. This maybe a funny opinion ingey
Shub ah ehves gehlumeh nudhehchey.. shub and Aroon gulhuneema salhi vaanee.. adhi rooshin ge ves v hageegai neygey kanthah thah ebahuri…
mi story v thafaathu ???
I love this story❤❤
Avahah up kohla dhey thi….Waiting for next part???
i think shubaa dhonbe himeneyhen bad myhun thereyga…waitng ????
beautifull.. vvvvv reethi
waiting for the next part
Shaakin and shub gulhunyma i think reethi vaanyy.. shaakin ge knmx must kameh ulhenyy kanneyge eyna bad myhun thereyga ulhenyy… anyway waiting… igidhaane eynun vaagoiyy… its awesome.. ?
Thankyou hurihaa kudhin.. And baeh kudhin v molhu ingey guess kuran.. Lets see dhw wat heppans 🙂
V habeys
Woooow
Finally some real action
Vaahaka vvvv reethi..whn next part up vaany
Liaa where r u
Aneh bai kobaa…?
Liaa..Nxt prt avas kohdhybala…
Still Waiting……. vaahakaige next part up kohdhybala..liaa..plxxxx
Anehkaa ves mi vaahaka ah break eh ai dhw
Liaa..Nxt prt avas kohdhybala..Haadha lahey..Abadhu vc bodu break eh nagaafa stry up kurany.Plxxx..
Can u plx upload it ASAP… Storry is awesome
Liaa upload soon… Waitingg
Mi story liyaa kuhjja balivee tha?
Haadha inthizaarekey thi kuru vanee..☹️☹️
Konme dhuvahaku beleymi story ge parted up kohfa in thoa……
Pls pls pls up kohla dheebala avahah
Waiting…………..
Kobaatha??????
Knirakun upload kuranee…. V v inthizaaru kurevihjje… Plz plz ?
Mi ves var gadha kame vaahaka lhiyun huhtaalhan feney
Liaa test kanyge dhoa liaa
Not being rude but. Why did you start when you can’t finish. Or vee kamehves bunelaigen ulhey nama dhwww..
Den kon irakun tha up kurany??
pls up the next part of the story
Liaaaaaaaaa….Avahah up kohdhybala…Waiting..
Liaaa…Koba tha stry?v kiya hiyy veyey mi stry..Plx avas kohbala…