Skip to content
އެސްފިޔަ

ލޯ މެރޭ ހިނދު ހީވޭ ގާތުގާ ވާހެން..(10)

އެދުވަހު ކުލާހުގައި އިން ރީމްވެސް ހީވަނީ ޖެހި ބުދެއް ހެންނެވެ.ބުރޭކު ގަޑިއަށް ދިމްރާއާއި އުޝާގެ އެތައް އާދޭސް ތަކަކުން ރީމްވެސް އެމީހުންނާއެކު ދިޔައެވެ.ނަމަވެސް އެތަނަށް ނައީ ޝާރިމްއެވެ.ރީމްގެ އަމަލުތަކުން ޝާރިމްއަށް އިންތިޒާރު ކުރޭވެކަން ދޭހަވަމުންދިޔައީ ރީމްއަށް ނޭނގި ނަމަވެސް އިރުއިރުކޮޅުން ދޮރާ ދިމާލަށް ބަލައިލެވޭތީއެވެ.ޝާރިމް ނައުމުން ހިތް ޝަކުވާއިން ފުރިގެން ދިޔަނަމަވެސް ރީމް މަސައްކަތް ކުރަމުން ދިޔައީ ބޭރުފުށުން އެކަން ނުދައްކާށެވެ.އެހެނަސް ރީމްގެ އެ ޝަރުތަށް ޝާރިމް ގަބޫލުވެ އަމަލުކުރީތީވެސް އެކަމާ އެ ހިތް ކުރަމުން ދިޔައީ ޝަކުވާއެވެ.

ހިތަށް އެރިއެވެ.ރީމްގެ ޝަރުތަކަށް ކިޔަމަނެއް ނޫވެވޭނޭ ޝާރިމް އައިސް ބުނާނެ ނަމައެވެ. މައާފް ކޮށްދީފަ އަލުން އެ ހަޔާތަށް އައިސް ދިނުމަށް އެދޭނެ ނަމައެވެ.ދެން އެފަދަ އެއްވެސް އަމަލެއް ނުފެންނާނޭ ބުނާނެ ނަމައެވެ.އޭރުން ރީމް އުފަލުން ޝާރިމްގެ ހަޔާތަށް ދާނެއެވެ.މައާފް ކޮށްދީ އިތުބާރުވެސް ކުރާނެއެވެ.

ރީމްއާއި ޝާރިމްގެ ހިތާމައިން މުޅި ގުރޫޕަށްވެސް ވަނީ އަސަރު ކޮށްފައެވެ.އަލަށް ގުޅުނު ދިޔާންއާއި އުޝާގެ ލޮލުންވެސް އަބަދުވެސް ފެންނަނީ ނުފިލާ ހުރި ކަންބޮޑުވުމެކެވެ.އެންމެ ގާތް ދެރަހުމަތްތެރިން ހިތާމައިގައި އަރަޤު ވެގެން ދާތީ އެ ހަތަރު މީހުންވެސް އަންނަނީ އެކަމާ ހިތާމަ ކުރަމުންނެވެ. އެކަމަށް ހައްލެއް ނުލިބި ދެ ދުވަސްވެގެން ދިޔައިރުވެސް ރީމްއާއި ޝާރިމްގެ ފަރާތުން މާ އެދެވޭ ނަތީޖާއެއް ނުފެނުނެވެ.އޭގެ ބަދަލުގައި ފެންނަމުންދަނީ މިޒާޖަށް ބަދަލު އައިސްފައިވާ ދެކުދިންނެވެ.

ރީމްގެ ދެލޮލުން އަބަދުވެސް ފެންނަމުންދަނީ ނުފިލާ ރިހުމެކެވެ.ގުރޫޕަށްޓަކައި ވާހަކަ ދައްކާ ކުރިން އުޅުންގޮތަށް އުޅެން ރީމް ކިތަންމެހާވެސް މަސައްކަތް ކުރެއެވެ.އޭނާގެ ސަބަބުން ގުރޫޕް ބައިބައިވެ ހީނަރުވެގެންދާކަށް އޭނާ ނެދެއެވެ.އެ އެންމެން އޭނާއާއިދޭތެރޭ ވިސްނާނެވަރު ހިތަށް އަރާފައި ރީމް އިންތިހާއަށް ދެރަވެސްވޭމެއެވެ.ނަމަވެސް ތަޤުދީރުގައި ލިޔެވިފައިވާ ގޮތުން އެ ހީނަރުކަން އެއްކޮން ނައްތާލެވޭކަށްވެސް އޭނާއަކަށް ނެތެވެ.

ދެދުވަސް ތެރޭ އެ އެންމެން ހީ ނުކުރާހާ ބޮޑު ބަދަލެއް ޝާރިމްއަށްވެސް ވަނީ އައިސްފައެވެ.މުޅި މީހާ ބަސްމަދުވެ މަޑުމައިތިރިވެފައި ވާއިރު އަބަދުވެސް ހުންނަނީ ބޮޑު ވިސްނުމެއްގައެވެ. ޝާރިމް ރީމްއަށް އެ ބަލައިލާ ނަޒަރުންވެސް މީހަކު ހިތްހަލާކުވާހާ ވާނެއެވެ.އެހާވެސް އެ ނަޒަރުގެ ވޭން ގަދައެވެ.ނަމަވެސް ކެތްތެރިކަމާއިއެކު މަސައްކަތް ކުރަމުންދަނީ ރީމް ބުނި ކަންތައް ކޮށްދިނުމަށްށެވެ.އޭނާ އެކަން ކުރޭވެސްމެއެވެ. ޝާރިމް މިހާރު އަބަދުވެސް ހުންނަނީ ރީމްއާއި ދުރުގައެވެ.މިހާރު ބުރޭކު ގަޑިއަށް ދަނީވެސް ގެއަށެވެ.

މިގޮތުގައި ދުވަސްތައް ވޭތުވަމުންދާތާ މިހާރު ހަތްދުވަސްވީއެވެ.ހުކުރު، ހޮނިހިރުގެ ބަންދު ނިމި ކިޔަވައިދޭންފެށި ހަފްތާ ދެ ދުވަސްވެސް ދިޔައީ ޝާރިމްއާއި ދިމާ ނުވެއެވެ.އާދިއްތަ،ހޯމަ ދެދުވަހު ޝާރިމް ސުކޫލަކަށްވެސް ނާދެއެވެ.ރީމްއަށް މިކަމާ ވިސްނާ ފިކުރު ކުރެވުނު ކަމުގައިވިޔަސް ދިމްރާމެން މީހަކު ކުރެ މީހެއް ކައިރީ އަހާލާކަށްވެސް ނުކެރުނެވެ.

އެވީ އެއްހަފްތާ ތެރޭ ދިމްރާމެން އުޝާމެން އެކަނި ބައްދަލުވި ކޮންމެ ވަގުތެއްގައި ހޭދަކުރީ އެކަމަށް ހައްލެއް ގެނެވޭނެ ގޮތެއްވޭތޯ އެކަމަށް ވާހަކަ ދެއްކުމުގައެވެ.ނަމަވެސް އެކަމަށް އެއްވެސް ކުރިއެރުމެއް ލިބިފައިނުވަނީ ރީމްއާއި ޝާރިމްއާއި ހިސާބަށް އެވާހަކަ ގޮސްފިއްޔާ އަޑު ނާހާ އެވާހަކަ ހުއްޓާލަން ބުނާތީއެވެ.ދެމީހުން ދެމީހުންގެ ގޮތުގައި ރަނގަޅު ކަމުގައި ދެކުނަސް، ދެމީހުންނަށްވެސް ނޭނގިނަމަވެސް އެއީ އެކަކު އަނެކަކަށް ދެވޭ އަނިޔާއެއްކަން ބުނެދޭން އެ ހަތަރު މީހުންވެސް އެވަރަށް މަސައްކަތް ކުރެއެވެ.ނަމަވެސް އެއް ހަފްތާވެގެން ދިޔައިރުވެސް އެކަމަށް އަލިމަގެއް ނުފެނުނީތީ އެމީހުން ތިބީ އިންތިހާއަށް ދެރަވެ މާޔޫސްވެފައެވެ.

ރީމް، ޝާރިމް ނުފެނި ކަންތައް ބޮޑުވެފައި ހުއްޓާ ޝާރިމް ސުކޫލަށް އައީ އަންގާރަ ދުވަހުއެވެ. ޝާރިމް ނުފެނި ހިތްނުތަނަވަސްވެފައި ހުއްޓާ އެދުވަހު ޝާރިމް ސުކޫލަށް އައުމުން ހިތްހަމަޖެހުމެއް ރީމްއަށް ލިބުނެވެ.ނަމަވެސް ޝާރިމްގެ މިލާފައިވާ މޫނުފެނި އެހިތަށް ތަދުވިއެވެ. އެ ލޮލުގައިވާ ހިތާމައިގެ އަސަރުފެނި ރީމްގެ ލޯވެސް ފެންކަޅިވިއެވެ.ނަމަވެސް ކައިރީ އުޅޭ ދިމްރާއަށާއި އުޝާއަށް އެ މަންޒަރުތައް ނުދައްކާ ވޭތޯ ރީމް ވަރަށް މަސައްކަތް ކުރިއެވެ.

އެހެނަސް، ޝާރިމްގެ ލޮލާއި ހަތަރުކަޅި ހަމަވެގެން ދިޔަ ވަގުތު ރީމްއަށް ކުރުވި އިހްސާސް ބުނެދޭންވެސް ނޭނގެއެވެ.އެ ލޮލުގައި ފޮރުވިިފައިވާ ވޭން ހުދު އޭނާއަށްވެސް އިހުސާސް ކުރެވިގެން ދިޔައެވެ.އެ ލޮލުގައިވާ ނުފިލާހުރި ވޭނުގައި އެތައްހާސް ކަރުނައަށްވުރެ އަސަރު ގަދަ ވާނޭ އެހިތަށް އެރުމުން ރީމްއަށް މަޖުބޫރުވީ އިސްޖަހާލާށެވެ.

“ރެން ނުފެނި ހުރެ ފެނުނީމަ ވީ ވަރު ދޯ ތިއީ” ފުރަގަސް ދީފައި ކުލާހާއި ދިމާލަށް ދިޔަ ޝާރިމްއާއި ދިމާލަށް ބަލަންހުރި ރީމްއަށް ބަލައިލެވުނީ ކައިރިން ދިޔާންގެ އަޑު އިވުނީމައެވެ. ނުވިސްނާ ހުއްޓާ ދިޔާން އެހެން ބުނުމުން ފުރަތަމަ އެހިތަކަށް ބުނާނެ އެއްޗެއް ނައެވެ. ނަމަވެސް ދެވަނަ ފަހަރަށް އެއްޗެކޭ ބުނަން އަނގަ ހުޅުވާލި ރީމްއަށް ދެންވެސް މަޑުޖެހިލެވުނީ ދިޔާން ވާހަކަ ދައްކަން ފެށުމުންނެވެ.އޭރު ޝާރިމް ނޫން އެއްމެންވެސް އެތާ ތިއްބެވެ.ނަމަވެސް ފެންނަ ހަމާލަކުންވެސް ޝާރިމްގެ ހިލަމެއް ވާކަށް ނެތެވެ.

“އިޓްސް ޓޫ މަޗް..ޖަސްޓް ޓޫ މަޗް..އަހަރެމެންނަށް ފެންނަ މަންޒަރު ރީ އަށް ނުފެންނާތީ އަހަރެން ހަމަ ހައިރާންވެއްޖެ..ރެންއަށް އާއި ކޮންމެ ބަދަލެއް އަހަރެމެންނަށް ފާހަގަ ކުރެވުނު އިރު ރީއަށް އެކަން ފާހަގަ ނުކުރެވެންވީ ކީއްވެ؟ރެން ރީ ދެއްކި ވާހަކަތައް ގަބޫލުކުރާތީ މިއަދު އަމިއްލައަށް ދުރުގަ އެ ހުންނަނީ..އެހެންވިޔަސް ކުރިން އުޅޭ އުޅުމުގެ އެއްވެސް ކަމެއް މިހާރަކު އަހަރެންނަކަށް ނުފެނެ.. ތި ދެމީހުންގެ ތި ގޮތްދޫނުކުރުމުގެ ސަބަބުން ދެމީހުން އަމިއްލައަށް ހަލާކުވެގެން ދާ ކަމެއް ނޭނގޭތަ” ފަހަރަކަށްވުރެ ފަހަރެއް ދިޔާންގެ އަޑު ދިޔައީ ބާރުވަމުންނެވެ.

“ރެންއަށް މިއަދު ވިސްނިފަ ހުރީމަ އޭނަ އެ ހުރީ ކުރީގެ ހުރިހާ ކަމަކާ ދުރުގަ.އަންހެންކުދިންނާ އޭނާ މިހާރު ގާތްވެ އުޅޭ މަންޒަރު ޔަގީން ރީއަށްވެސް ނުފެންނާނެކަން..އޭނަ އެ ހުރިހާ ކަމެއްވެސް އެކުރީ އެންމެ ކަމަކަށްޓަކާ..ހަޤީގަތަކީ ރެން މިހާރު ގަބޫލެއްވެސު ނުކުރެ އުއްމީދެއްވެސް ނުކުރެ ރީ ލިބޭނެ ކަމަކަށް..ނަމަވެސް ރީ ދެކެ އޭނަވީ ތެދުވެރި ލޯތުބަށްޓަކާ ރީ އޭނަދެކެ ވާ ލޯތްބަށްޓަކާ އޭނަ އެ ހުރިހާ ކަމެއް ރަނގަޅުކޮއްގެން އެގޮތުގަ އެ ހުންނަނީ..އެ ހުރިހާ ކަމެއް ބަދަލުކުރެވިއްޖެކަމުގެ ޔަޤީންކަން އޮތް އިރުވެސް ރެން ރީ ކައިރިއަށް ނައިސް އެ ހުންނަނީ ރީ އަށް ވީ ވައުދެއްގެ ސަބަބުން..ސޯ ރީ ވެއްޖޭނުން ދެން މިކަން ހުއްޓަން..މާފު ހައްޤުވާވަރު ރެން މިހާރު ކޮށްފިހެން އަހަރެންނަށް ހީވަނީ..މިވީ ކުޑަ ދުވަސްކޮޅުތެރޭ އަހަރެންނަށް ރީ ދަސްވެފަ ހުރި ވަރަށް ބަލާއިރު ރީ އަކީ އެހާ ހިލަހިތެއްގެ ވެރިއެއްނޫން..ދެން ކުއްކުރި މީހާ އެކުށަށް ތައުބާވެ ރަނގަޅު ކުރުމުން ރީ އަށް އޭނާއަށް މާފު ނުކުރެވެންވީ ކީއްވެ؟ ދިޔާންގެ އަޑުގައި އެކުލެވިފައިވާ ޝުއޫރަކުން އެންމެންގެ ހިތަށްވެސް ތަދުވެގެން ދިޔައެވެ.އެ ހުރިހާ ބަސްތަކެއް ބުނެލި މީހާ ފަހު ޖުމުލަތައް ބުނެލީ ހިތްދަތިކަމާއި އެކުއެވެ.

“ހެޔޮނުވާނެ! އަހަރެމެންގެ ރަހުމަތްތެރިޔާ އަހަރެމެންނަށް އަލުން ހޯދައިދީ..މުޅިއުމުރަށް އެ އެކުވެރިޔާ ގެއްލިދާނެތީ އަހަރެން މިހާރު ބިރުގަންނަން ފަށައިފި..ރީ މިހޭދަވި ދެދުވަހު ރެން ހޯދަމުން ދިޔަކަމުގައިވިޔަސް ރީ އަށް ރެން ނުފެނުނީ ރެން ސުކޫލަށް ނާންނާތީ..އެނގޭތަ ކީއްވެގެންކަން..އެފަކީރު އެދުވަސްތަކުގައި ހޮސްޕިޓަލުގަ އެޑްމިޓު ކޮށްފަ އޮތީ..ނުކާއި ނުބޮއެ ގިނަ ވަގުތު ވިސުނުމުގައި ހޭދަ ކުރާ މީހުންނަށް ވާ ގޮތް އެއީ…ސޯ ޕްލީޒް ރީ..އެ އެކުވެރިޔާ އަނބުރާާ ހޯދައިދީ..ރެން ގެއްލިއްޖެނަމަ އަހަރެމެންނަކަށްވެސް އަހަރެމެންގެ އަމިއްލަ ނަފްސަކަށް މާފެއް ނުކުރެވޭނެ..އާާދޭސްކުރަން ރީ” ދިޔާން މިހެންބުނެ ދެއަތް ޖޯޑުކޮށްލި ގޮތުން ރީމްގެ ހިތް ފަޅައިގެން ދާ ވަރުވިއެވެ.އަވަސް އަވަހަށް އައިސް ދިޔާންގެ އަތުގައި އޭނާއަށް ހިފަހައްޓާލެވުނު ގޮތްވެސް ނޭނގުނެވެ.އޭރު ރީމްއަށް ހުރީ ރަނގަޅަށްވެސް ރޮވިފައެވެ.ދެފަރާތަށް ބޯ ހޫރުވާއިލެވުނީ ތިގޮތަށް އާދޭސް ނުކުރާށޭ ބުނުމަށްޓަކައެވެ.

ރީމް އެވަގުތު އެންމެންގެ ކިބައިން މާފަށް އެދުނީ ގިސްޖަހަޖަހާފައެވެ.އެންމެން މައާފު ކުރުމުން އޭގެ ފަހުންވެސް ރީމްއަށް މައާފަށް އެދެވުނީ ކުއްވެރިއެއް ކަމުގެ އިހުސާސްވިލެން ބޮޑުކަމުންނެވެ.ނަމަވެސް އެންމެން އެތައް ވާހަކައެއް ދައްކައިގެން ރީމް ހަމައަކަށް އެޅުނެވެ. ސުކޫލް ގަޑިތައް ނިންމާފައި ޝާރިމްއާއި ވާހަކަ ދައްކާނެ ކަމަށް ބުނުމުން އެ އެންމެންގެ މޫނުމަތިން ފެނުނު ހިނިތުންވުން ރީމްއަށް ފާހަގަ ކުރެވިގެން ދިޔައެވެ.އެ އެންމެން އެކަމަށް ބޭނުންވެފައިވާ މިންވަރު އެވަގުތު ރީމްއަށް ކިތަންމެ ރަނގަޅަކަށްވެސް ނަގައިގަނެވުނެވެ.

ރީމްއަށް އިންތިޒާރު ކުރެވެމުން ދިޔައީ ކުލާސްތައް ނިމޭނެ އިރަކަށެވެ.ޝާރިމްއާއި ވާހަކަ ދައްކާ ހިތުން އޭނާ ހުރީ ކެތްމަދުވެފައެވެ.މިއަދުގެ ގަޑިތައް ރީމްއަށް ހީވަނީ މާލަހުން ނިމޭ ހެންނެވެ.ޔަގީން ކުރަން ގަޑިއަށްވެސް ބެލޭ އަދަދައް ނޭނގެއެވެ. އުޝާ މަޑުމަޑުން ދިމްރާގެ ގައިގައި ޖެހިލާފަ ލޮލުގެ އިޝާރާތުން މި މަންޒަރު ދައްކާލިއެވެ. އެއައްފަހު ދެމީހުން އެކަކު އަނެކަކަށް ބަލައިލިއިރު ދެމީހުންގެ މޫނުމަތީގައިވެސް ވަނީ ހިނިތުންވުމެވެ.

“ރީ ދޭ ރެން އާ ބައްދަލް ކޮށްފަ އަންނަން.. އަހަރެމެން މިތާ މަޑުކުރާނަން” އުޝާ ހޯލް ތެރޭ ހުރި ހަޓަކަށް އިޝާރާތް ކޮށްލަމުން ބުނެލިއެވެ. ކައިރީ ތިބި ތިންމީހުންވެސް ބޯ ޖަހާލީ އެކަމަށް އެއްބަސްވުމުގެ ގޮތުންނެވެ.

“ތެންކްސް..ތެންކްސް އަ ލޮޓް..އެން އަދިވެސް އެއްފަހަރު އެންމެން ކިބައިން އަހަރެން މާފަށް އެދެން..އެކަމު ތި މީހުން ނެތްނަމަ ވާނެ ގޮތް ލަފާ ކޮށްލަންވެސް ދަތި..އަސްލުވެސް ނޭނގެ ވާނެ ގޮތެއްވެސް..އަހަރެން އެ ފަރާތަށް ޝުކުރުވެރިވަން އަހަރެންނަށް ތިފަދަ ރަހުމަތްތެރިން ތަކެއް ދެއްވީތީ” ރީމް ދާން އެނބުރިފަވެސް، އޭގެ ކުރިން އެނބުރިލާފައި އެ އެންމެންނާ ދިމާލަށް ބުނެލިއެވެ. އޭރު އެ ދެލޯވަނީ ރަނގަޅަށްވެސް ފެންކަޅިވެފައެވެ.

“ކަމޯން ރީ..ދެންވެސް ރަހުމަތްތެރިންތައް ކައިރީ ބަހައްޓަންޏާ އަވަހަށް ރެން ގޮވައިގެން އާދޭ..އެ އޭނުން މިތާ ތިބި އެންމެންވެސް މިހާރު އެންމެ ބޭނުންވެފައިވާ ހަދިޔާއަކީ”

“ހޫމް!ހަމަ މިހާރު މި އަންނަނީ ގޮވައިގެން” ރީމް، މިހެންބުނެ ދިމްރާގެ ގައިގައި ބައްދާލާފައި އެނބުރި ޝާރިމް ހުންނާނޭ ބުނި ދިމާލަށް ހިނގައިގަތެވެ. ރީމް ދިޔަ ދިމާލަށް ބަލަން ތިބި ހަތަރު މީހުންގެވެސް ލޮލުގައި ވަނީ އުއްމީދެވެ.ރީމް އާއި ޝާރިމްގެ މައްސަލަ ހައްލުވެއްޖެނަމަ އަލުން ގުރޫޕުގެ އުފާވެރިކަން އެނބުރި އަންނާނެއެވެ.އެ އެންމެންވެސް މިހާރު އެންމެ ދެކެން ބޭނުންވެފައިވާ ދުވަހަކީ އެއީއެވެ.

ދިޔާންމެން ބުނިގޮތުންނަމަ ޝާރިމް ވީ ފާހާނަ ބަރިތައް ކައިރީގައެވެ.ހަލުވި ފިޔަވަޅުތަކެއްގައި އެދިމާލަށް ހިނގަމުން ދިޔައިރު ރީމްގެ މޫނުމަތީގައިވަނީ ލުއި ހިނިތުންވުމެކެވެ.ހިތްވެސް ތެޅެމުން ދިޔައީ އޮބި ނޯންނަ ވަރަށެވެ.އޭރުވެސް ހިތާ ހިތުން ރާވަމުން ދިޔައީ އެންމެ ފުރަތަމަ ދައްކާނެ ވާހަކައަކާއި މެދުއެވެ.އެ ޖޯޝުގާއި އާއި ކުއްޖާއަށް ފާހާނަ ބަރިތަށް ހުންނަ ހިސާބަށް އެރުމާއިއެކު މަޑުޖެހިލެވުނީ ފެނުނު މަންޒަރުންނެވެ.

ފާހާނަ ބަރިތަކުގެ ދޮރުމަތީ ހުއްޓިލައިގެން ހުރި ޝާރިމްގެ ކައިރީ ރާޝާވެސް ހުއްޓެވެ. ފެނުނީ އުއްމީދު ކުރިފަދަ މަންޒަރެއް ނޫނެވެ.ޝާރިމް ހުރީ ރާޝާގެ ދެކޮނޑުގައި ހިފަހައްޓާލައިގެންނެވެ. ހަރަކާތްތަކުން ކޮންމެސް ވާހަކައެއް ޝާރިމް ދައްކަނީ ކަން އެނގެއެވެ.މި މަންޒަރު ފެނުމުން ރީމް އިތުރަކަށް އެތާ މަޑުކުރާކަށް ނުހަދައެވެ. ނަމަވެސް އެނބުރި އާއިކޮޅަށް އާއިއިރު އެ މޫނުމަތީގައިވި ކުރިންހުރި ހިނިތުންވުމެއްނެތެވެ. ފިޔަވަޅުތަކުގައިވެސް ވަނީ ލަސްކަމެކެވެ.

ރީމް އެ އާއިގޮތަށް އައިސް ވަނީ ލައިބްރަރީ ތެރެއަށެވެ.ދިމްރާމެނާ ކުރިމަތިލާނެ ހިތްވަރެއް މިވަގުތު އޭނާގެ ނެތެވެ.އެންމެ ފަހަތުގައި ހުރި ހަރުގަނޑު ފުރަގަހަށްވަދެ އޭނާ ނިވާވެލީ އެތާތިބި ކުދިންގެ ލޯ ތަކުން ރެކެން ވެގެންނެވެ.އޭނާ މިވަގުތު އެކަނިވެލަން އިންތިހާއަށް ބޭނުމެވެ. ސިކުނޑިވެސް ރަނގަޅަށް މިވަގުތު މަސައްކަތް ނުކުރާކަމުގެ އިހުސާސް އޭނާއަށް ކުރެވުނެވެ.

ހަޓްދަށުގައި އުއްމީދާއެކު އިށީންދެލައިގެން ތިބި ދިމްރާމެނަށް ފެނުނީ ހަލުވިކަމާއިއެކު ހިނގާފައި އަންނަ ޝާރިމްއެވެ.ދިމްރާއަށް އެ މަންޒަރު ފެނުމާއިއެކު ދެންތިބި ތިންމީހުންގެ ސަމާާލުކަމަށްވެސް އެކަން ގެނައެވެ.ޝާރިމް ގޮސް ލައިބްރަރީއަށް ވަތްއިރުވެސް ރީމްގެ އެއްވެސް ހިލަމެއް ނުވުމުން އެންމެން ތިބީ ސުވާލު އުފެދިފައެވެ.ހަމައެހެންމެ ޝާރިމްގެ މޫނުމަތީގައިވި ހަރުކަށިކަންވެސް ހަތަރު މީހުންނަށްވެސް ސިއްރެއް ނުވިއެވެ.އަވަސް އަވަހަށް އެއާއެކު ހަތަރު މީހުންނަށްވެސް ތެދުވެވުނީ އެދިމާލަށް ދާންވެގެންނެވެ.

ޝާރިމް އެތެރެއަށް ވަންނަމުން އެތާ އެތެރެއަށް ނަޒަރު ހިންގާލިއެވެ.އޭރު އެތާ އެތެރޭގައި ވިހި ވަރަކަށް ކުދިން ތިއްބެވެ.

“ގެޓްއައުޓް އޯލް..ނައު” ޝާރިމްގެ ހަރުކަށި އަޑަށް ގިނަކުދިން ދިޔައީ ސިއްސައިގެންނެވެ.އަދި ހަމަ އެހެންމެ ޝާރިމްގެ ހަރުކަށި މޫނު ފެނުމުން އެ ހުރިހާ ކުދިންނަށް އެތަނުން ބޭރަށް ނުކުމެވުނު ގޮތްވެސް ނޭނގުނެވެ.ދިމްރާމެނަށް އެހިސާބަށް އެރުން ވަގުތަކީ ހުރިހާ ކުދިން ބޭރަށް ނުކުމެ ޝާރިމް ލައިބްރަރީ ދޮރުޖެހުމަށްފަހު އެތެރެއިން ލޮކް ކޮށްލި ވަގުތެވެ.

ހަރުގަނޑު ފުރަގަހުގައި ނިވާވެގެން ހުރި ރީމް ހުރީ ކަންތައްބޮޑުވެ ހާސްވެފައެވެ.ޝާރިމްގެ އަޑުގައިވީ ހަރުކަށިކަމުން އެހިތަށް ސިހުން ގެނުވިކަން ގައިމެވެ.މީހާގެ ހިތް ތެޅޭލެން ބާރުކަމުން އެވަގުތު އެތާ އެތެރޭ ހުރި ޝާރިމްއަށްވެސް ނީވި ނުދާނޭ ރީމްގެ ހިިތަށްއެރިއެވެ.

ކަންބޮޑުވެފައިވާ ރީމްއަށް ސިހުން ލިބުނީ ކުއްލިއަކަށް ޝާރިމް އައިސް ކުރި މައްޗަށް ހުއްޓިލުމުންނެވެ.އެވަގުތު ޝާރިމް ފެނުމުން މޭގަނޑު އަނގަޔަށް ނައީ ކިރިޔާއެވެ.ޝާރިމްއަށް އެހާ ފަސޭހަލަށް އޭނާ އެތާ ހުރިކަން އެނގުނީ ކިހިނެއް ހެއްޔެވެ؟ގައިމު އޭނާ އެތަނަށް އައިސް ވަތްކަމެއް ލައިބްރަރީގައި އެވަގުތު ތިބި ކުދިންނަށްވެސް އެނގޭނެ ހެންނެއް ހިއެއް ނުވެއެވެ.

ޝާރިމް ބަހެއް ބުނުމަކާއި ނުލާ ހިފާލީ ރީމްގެ އަތުގައެވެ.އަދި ހަރުގަނޑު ފުރަގަހުން ނުކުންނަން ހިނގައިގަތެވެ.ރީމް ހާސްވެފައި ހުރެ ޝާރިމްގެ އަތް ނައްޓުވަން މަސައްކަތް ކުރަމުން ދިޔައެވެ. ޝާރިމް އެހާ ސީރިޔަސްވެފައި ހުރުމުން ރީމްގެ ހިތުގައި ބިރުވެރިކަމުގެ ރާޅުބާނީތަކެއް ހިނގާލިއެވެ. ޝާރިމް ރީމްގެ އަތުން ދޫކޮށްލީ ލައިބްރަރީގެ މެދުގައި ހުރި މޭޒުތައް ކައިރިއަށް އައިސްފައެވެ. އޭރު ބޭރު ކުޑަދޮރުތައް ކައިރީ ތިބި ހަތަރު މީހުންވެސް ކުޑަދޮރުތަކުގައި ތަޅަމުން، ހުޅުވުމަށް ބުނަމުން ދިޔައެވެ.އެކަމަކު ޝާާރިމްއަށް އެ އަޑުތައް އިވޭ ހެންނެއް ހިއެއް ނުވެއެވެ.އޭނާ އެންމެ ފަހަރަކުވެސް އެ ދިމާލަށް ބަލާއިނުލައެވެ.

“ރެން އަހަރެން ދިޔަދީ..އަހަރެން ވަރަށް އެބަ ބިރުގަނޭ” ރީމްގެ އަޑުގައި ވަނީ ހާސް ކަމެވެ.އެ އަޑުންވެސް ރީމް ހުރީ ބިރުގެންފައިކަން އިނގެއެވެ.އެއްޗެއް ބުނުމުގެ ބަދަލުގައި ޝާރިމް އަޅާލީ ކުރިއަށް ފިޔަވަޅެކެވެ.ރީމްއަށްވެސް ފަހަތަށް ފިޔަވަޅެއް އަޅާ ލެވުނެވެ.

“ރީއަށް އެކަނިތަ އަބަދުވެސް ކަންކަމުގަ ގޮތް ނިންމޭނީ..އެ ހައްގެއް އަހަރެންނަކަށް ނެތްތަ” ޝާރިމް ވާހަކަ ދައްކަމުން ދިޔައިރުވެސް ދިޔައީ ކުރިއަށް ފިޔަވަޅަކަށްފަހު ފިޔަވަޅެއް އަޅަމުންނެވެ. ރީމްއަށްވެސް ފަހަތަށް ފިޔަވަޅުތައް އެޅެމުން ދިޔައީ މީހާ ހާސްވެފައި ހުރި ވަރުންނެވެ.

“އަހަރެންދެކެ ރީ ބިރުގަންނަންޖެހޭ ވަރުކަމެއް އަހަރެންގެ ފަރާތުން އަދި އަހަރެންނަށް ކުރެވުނު ހެންނެއް ހިއެއްނުވޭ..ރީ މިއަދުވެސް ތިއައީ ކުރިއެކޭ އެއްގޮތަށް ފެނުނު މަންޒަރުން ގޮތް ނިންމައިގެންނޭނުން..އަހަރެންނަށް އެނގޭ އަހަރެން ރާޝާއާއެކު ހުއްޓާ ރީ އަށް ފެނުނުކަން.. އެހެންވެކަން އަނބުރާލާފަ އައީ..އެކަމު ހެޔޮނުވާނެ ރީ..އަހަރެންގެ ހަޔާތަށް އަޔަނުދިނަސް އަހަރެން މިހާރު އެ ގޮތް ދޫކޮށްލައިފިކަން ގަބޫލުކޮށްދީ.. އެވަރުންވެސް އަހަރެންގެ ހިތަށް ލުޔެއް ލިބޭނެ.. އަދި ރީ ކުރިން ބުނިހެން، އަހަރެން ދުރުގަވެސް ހުރެދޭނަން..އެކަމު ރީ އަހަރެންނާ ދޭތެރޭ ދެކޭގޮތް ބަދަލު ނުވަންޏާ އަހަރެންގެ ނަފްސަކަށް ހަމަޖެހުމެއް ނުލިބޭނެ…..އަހަރެންނަށް އެދުވަހު ވިސްނުނު ރީ އެ ހުރިހާ އެއްޗެއް ކިޔާފައި ދިޔައިރުވެސް ރައްދުގައި އަހަރެންގެ ދުލުން އެންމެ ބަހެއްވެސް ނުނިކުތީ ކީއްވެކަން.އެއީ އަޑުއަހަން އުނދަގުލަސް ރީ ބުނެދީފަ ދިޔައީ ހަޤީގަތްވީމަ.. އެކަމު އަހަރެން މިއަދު ރައްދުގަ ބުނަން ބޭނުން..ދެން އެފަދަ ގާތްކަމެއް އަންހެންކުއްޖަކާ ބާއްވަނިކޮން ރީ އަކަށް ނުފެންނާނެ..ދެން ފެނުނަސް ފެންނާނީ ޔާންވެސް އެކުދިންނާ ބާއްވާ ގާތްކަން އަހަރެންވެސް އެކުދިންނާމެދު ބާއްވަނިކޮން..މިއަދު ރާޝާއާއެކު ރީ އަށް ތިފެނުނީ އަހަރެން ކުރީގެ އަމަލެއް ތަކުރާރު ކުރަން ހުއްޓަކައެއްނޫން…ޔެސް..ތެދަށް ބުނަންޏާ ޝީ ޕްރޮޕޯޒްޑް މީ..އެކަމު ޖަވާބުގައި މިގޮތަށް އެދެ ކޮނޑުގައި ހިފަހައްޓާލަމުން އަހަރެން ބުނި އެއްޗެއް އެނގޭތަ”

ޝާރިމް ރީމްގެ ދެކޮނޑުގައި ހިފަހައްޓާލީ މިއަދު ރާޝާގެ ދެ ކޮނޑުގައިވެސް ހިފަހައްޓާލައިގެން ހުރި ގޮތަށެވެ.އެ ލޮލުގައިވާ ކަރުނަތައް ފެނި ރީމްގެ ހިތުގައި ރިއްސާލިއެވެ.ނަމަވެސް ކުރީ ފަހަރާ ހިލާފަށް މިފަހަރު ދުލުން ބަހެއް ނުނިކުމެފައި ހުރީ ރީމްއެވެ.ރީމްގެ ފެންކަޅިވެފައިވާ ދެ ލޯ ޝާރިމްގެ މޫނަށް ހުއްޓާލިގޮތަށް އޭނާއަށް އެ ހުރި ގޮތަށް ހުރެވުނީއެވެ.ދުރު ބަލައިލާކަށްވެސް އެހިތަކަށް ނައެވެ.

“ރާޝްއޭ!އަހަރެން ދުވަހަކުވެސް ރާޝްއާ ދޭތެރޭ އެފަދަ ގޮތަކަށް ނުދެކެމޭ..އަހަރެންގެ ހިތުގަ ރާޝްއަށް ވަނީ ކޮއްކޮއެއްދެކެ ވާނެފަދަ ލޯތްބެކޭ.. ރާޝް ބުނާ ކޮންމެ ކަމެއްކުރަން އެހާ އަވަހަށް އަތްކުރި އޮޅާލެވެނީ އެހެންވެއޭ..ރާޝްތީ އަހަރެން ކޮއްކޮއެއްގެ ނަޒަރުން ދެކޭ ކުއްޖެކޭ..އަހަރެންނަށް ދުވަހަކުވެސް އެނޫން އެހެން ނަޒަރަކުން ރާޝްއާ ދޭތެރޭ ނުދެކެވޭނެއޭ..ނޭނގި ނަމަވެސް ރާޝްއަށް އެފަދަ ގޮތަކަށް އަހަރެންނާ ދޭތެރޭ ދެކެވުނީ އަހަރެންގެ ސަބަބުން ކަމަށް ވާނަމަ ސޮރީއޭ.. އަހަރެންގެ ކޮއްކޮ އަހަރެންނަށް ނުގެއްލޭނެ ކަމަށް ހީ ކުރަމޭ..އަދި އަހަރެންގެ ހިތްވަނީ މާކުރިން އެހެން ފަރާތަކަށް ދެވިފައޭ..ރީއަށް އަހަރެންގެ ހިތް ދެވުންތާ ކިތަންމެ ދުވަހެކޭ..ފުރަތަމަ ފެނިލުމުން އަހަރެންނަށް ކަމުދިޔަ ކުއްޖަކީ ރީ އޭ..ރާޝް އަހަރެންނަށް އަދި ރީ އަށްވެސް ހިތްބުރަ ނުކުރައްޗޭ..އަހަރެން އަބަދުވެސް ތީ އަހަރެންގެ ކޮއްކޮއެއްގެ ގޮތުގާ ދެކޭނަމޭ” ޝާރިމް މިހެންބުނެ ހުއްޓުން އަރާފައި ހުރި ރީމްގެ ދެކޮނޑުން އަތް ދޫ ކޮށްލިއެވެ.އެއައްފަހު ފެނުނީ ދެއަތުން މޫނު ފުހެލިތަނެވެ.އިހުސާސްތައް ހަމައަކަށް އަޅުވާލަން ކަންނޭނގެއެވެ.

“ދެން އެއައްފަހު ދަނީކަމަށްބުނެ އަހަރެން އެނބުރި ހިނގައިގަތީ” ޝާރިމް ރީމްއާއި ހަތަރުކަޅި ހަމަ ކޮށްލަމުން ބުނެލި ބަހުން ރީމްގެ ހިތަށް ހޫނު ތަދެއް ވެގެން ދިޔައެވެ.މި ހުރިހާ ކަމަކީވެސް އޭނާގެ ސަބަބުން ވާ ކަންތަކެވެ.މިއީ އޭނާ އަމިއްލައަށް ލިބިގަތް އަދަބެކެވެ.

ޝާރިމް އެހެން ބުނުމަށްފަހު އިތުރަށް މަޑުކުރާކަށް ނުހަދައެވެ.އެނބުރި ހިނގައިގަތީ ނުކުންނާށެވެ.އޭރުވެސް އެ މުނުމަތިން އެންމެ ކަރުނަ ތިއްކެއްވެސް ވައްޓާ ނުލުމަށް މަސައްކަތް ކުރަމުން ދާތަން ފެންނަމުން ދިޔައެވެ.ރީމް މިއަދު އަމަލު އެކުރި ގޮތުން އޭނާގެ ހިތަށް އެހާވެސް ތަދުވެއްޖެއެވެ.

“ސޮރީ” ރީމް ފުރަގަސް ދިން ޝާރިމްގެ ގައިގައި ބައްދައިގަތެވެ.އޭރު އެ ލޮލުން ފައިބަމުން ދިޔަ ކަރުނަތަކުން ޝާރިމްގެ ޔުނީފޯމް ތެއްމަމުން ދިޔައެވެ.ގިސްޖަހަޖަހާފައި ރޮމުން ދިޔަތަން ފެންނަ މީހަކުގެ ހިތަށްވެސް ގޮތް ނުވެއެއް ނުދާނެއެވެ. ނަމަވެސް ހަރަކާތެއް ގެންނަން ނޭނގިފައި ޝާރިމްއަށް ހުރެވުނީއެވެ.

“ސޮރީ..ރިއަލީ ސޮރީ..ޕްލީޒް މާފު ކޮށްދީ” ރީމް ވާހަކަ ދައްކަމުން ދިޔައީ ރޮމުންނެވެ.އޭރުވެސް ހުރީ ޝާރިމްގެ ބަނޑާ ދިމާލުން ބައްދާލި ގޮތަށެވެ.

“އަހަރެން މިއަދު ރެންއަށް ކުރީ އެފަދަ ޝައްކެއް ނޫން..ފެނުނު މަންޒަރުން އަހަރެންނަށް ހީކުރެވުނީ އަހަރެންގެ އަތުން ރެން މުޅިއުމުރަށް ބީވީކަމަށް.. އަމިއްލަ ނަފްސަށް މަލާމާތް ކުރެވުނީ އަމިއްލަ އަތުން ރެން ދުރަށް ލެވުނީމަ..ހިތަށް އެރީ އެ ހަތަރު މީހުންނާވެސް ކުރިމަތި ލާނީ ދެން ކިހިނެއް ބާއޭ..ހިތަށް އެރީ ދެން ދުވަހަކުވެސް ރެން އެއް ނުލިބޭނެޔޭ..އެކަމަކު ޝަކުވާއާއެކު ރެން ކުރި މައްޗަށް ދިއުމުގެ ހައްޤެއްވެސް އަހަރެންނަކަށް ދެން ނޯންނާނޭ..އެހެންވެ އަނބުރާލާފަ އާދެވުނީ.. ފަހަރެއްގަވެސް ރެން ކުރީގެ އުޅުން އަދިވެސް ބަދަލު ނުކުރަނީ ކަމަށް ދެކިގެންނެއް ނޫން.. ރެންގެ ހުރިހާ އުފާތަކެއް ފޭރިގަތީ އަހަރެން އަމިއްލައަށް ވެ ހުރެ ރެން އެހެން މީހަކާއެކު އާ ލައިފްއެއް ފެށީމަ އެ އުފާ އަނެއްކަވެސް ފޭރިގަންނަ މީހަކަށް އަހަރެން ވާންް ނޭދޭތީ..ޕްލީޒް..އައިމް ސޮރީ..އައިމް ސޮރީ” ރީމް ރޮމުން ދައްކަމުން ދިޔަ ވާހަކަތަކުން ޝާރިމްހުރީ ބަސްހުއްޓިފައެވެ.އުފަލުން ހިތް ފޮޅުނު ނަމަވެސް ރީމްގެ އެ ވޭނީ ކަރުނަތަކުން ހިތް ޒަހަމް ވަމުންވެސް ދިޔައެވެ.

“އަހަރެން ރެން ބުނި ކޮންމެ ކަމެއް…..” ރީމް އަނެއްކާވެސް ވާހަކަ ދައްކަން މަސައްކަތް ކުރިއެވެ.ނަމަވެސް ޖުމުލަ ފުރިހަމަ ނުކުރެވެނީސް ޝާރިމް ރީމްގެ އަތް ދުރުކޮށްލުމަށްފަހު އެނބުރި ރީމް ގެނެސް އެމޭގާއި ފޮރުވާލިއެވެ.އޭރުވެސް ރީމްގެ ކަރުނަތަކަށް ހުއްޓުމެއް ނާދެއެވެ.ޝާރިމްގެ ގައިގައި ހިފަހައްޓާލާފައި ހުރި ދެއަތް ބާރު ކުރަމުން ދިޔަ ގޮތުން ހީވަނީ ގެއްލިދާނެތީ ބިރުން އުޅޭ ހެންނެވެ.

“ރީ..ޕްލީޒް..ހުއްޓާލަބަ ދެން..އަހަރެންގެ ހިތަށް ތަދުވުން ނޫންކަމެއް ނުވޭ ރީ ތިގޮތަށް ރޯތަން ފެނުނީމަ..ޕްލީޒް ދެން ސްޓޮޕް..އައިލަވް ޔޫ ރީ..އައި ލަވްޔޫ ސޯ މަޗް” ޝާރިމް ރީމް ގަޔާ ދުރުކޮށްލާ، ރީމްގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފުހެލަމުން ބުނެލިއެވެ.ޝާރިމްގެ ކޮންމެ އަމަލެއްގައި ވަނީ ލޯތްބެވެ.ޝާރިމް ރީމްގެ ދެލޯ ފުހެލުމާއިއެކު އަނެއްކާވެސް ރީމްގެ ލޮލުން ފައިބެގެން ދިޔައީ ތާޒާ ކަރުނައެވެ.ދެންވެސް ޝާރިމް ލޯތްބާއިއެކު އެ ކަރުނަތައް ފުހެލަމުން ދެފަރާތަށް ބޯހޫރާލީ ނުރޯށޭ ބުނާ ފަދަޔަކުންނެވެ. އެއާއެކު ފެނިގެން ދިޔައީ ރީމް އަނެއްކާވެސް ޝާރިމްގެ މޭގައި މޫނު ފޮރުވާލިތަނެވެ.ޝާރިމް އެގޮތުގައި މަޑުކޮއްގެން ހުރީ ރީމް ހަމަޔަކަށް އެޅެން ދެންނެވެ.

“ލަވް ޔޫ ޓޫ..އެހެންވެ ޖެލަސް ވެވުނީވެސް ކުރިން..ލޯބިވާތީ” ހަމައަކަށް އެޅި ކަރުނަތައް ހުއްޓުމުން ރީމް ބުނެލި އަޑު އިވުނެވެ.ރީމްގެ އެ އިބާރާތްތަކުން ޝާރިމްގެ އަނގައިން ލުއި ހިނިތުންވުމެއްގެ އަޑު އިވިގެން ދިޔައެވެ.އޭރު ކުޑަދޮރު ކައިރީ މަންޒަރު ބަލަންތިބި ހަތަރު މީހުންގެ މޫނުމަތީގައިވެސް ވަނީ ހިތްހަމަޖެހުމާއި އުފާވެރި ކަމެވެ.

“ދިމްއަށް ކުރިންވެސް އޯކޭ ވާނެކަން އެނގުނީމަތަ މޫވީ ކުރީ ތި..ހަމަގައިމުވެސް ދެމީހުންގެ ހަރަކާތްތައް ފެށުން ގޮތުން އަހަރެން ހީކުރީ ރަނގަޅު ގޮތެއްގަ އެކަން ނިމިގެން ނުދާނެކަމަށް” އެއޮތް ހުރިހާ އިރު ފޯނުން މޫވީ ކުރަން ހުރި ދިމްރާ ސްޓޮޕް ކޮށްލުމަށްފަހު ފޯނު ދަބަހަށްލުމުން އުޝާ ހައިރާންވެފައި ވާހަކަ ދެއްކިއެވެ.

“އެއީ އާދައިގެ ބޮލެއް ނޫނޭ އުޝް” ދިޔާން އެހެންބުނެލީ މަޑުމަޑުން ދިމްރާގެ ބޮލުގައި ޖަހާލަމުންނެވެ.

“ބޮލޭ ތި ހަޑި ކޮށްލީ” ދިމްރާ ދިޔާންއާއި ދިމާލަށް ލޯ ހަނިކޮށްލަމުން ބަލައިލިއެވެ.ފެނުނު އެ މަންޒަރުން އުޝާ ދިޔާން އާއި ދިމާލަށް ބަލައިލާފަ ހިނިތުންވެލިއެވެ.އެވަގުތު ދޮރު ހުޅުވާފަ ޝާރިމް އާއި ރީމްވެސް ލައިބްރަރީން ބޭރަށް ނުކުތެވެ.މަރުހަބާ ކިޔާލަމުން ދިމްރާ އާއި އުޝާއާއި ރީމްގެ ގައިގައި ބައްދާލިއިރު ދިޔާންއާއި ޔުއާންވެސް ޝާރިމްގެ ގައިގައި ބައްދާލިއެވެ. އެއާއެކު ގުރޫޕުގައި ގެއްލިފައިވާ މަޖާކަމާއި ސަކަރާތްތައް އަލުން އަނބުރާ އިޔާދަ ވެގެން ދިޔައެވެ.

ގެއަށް ދިޔަ މަގުމަތީވެސް އޮތީ އެކަކު އަނެކަކަށް ދިމާ ކުރުމެވެ.ދިމްރާ އެވެރިންނާ ދިމާ ކުރުމުގައި އަދި ވަކިން އަރާ ހުރިހެން ހީވެއެވެ.އޭނާ އެމީހުންނާ ދިމާ ކުރަމުން ދިޔައީ ހަތަރު މީހުން ހާދަ ފިލްމީއޭ ކިޔައިގެންނެވެ.އަދި އެވަރުން ނުވެގެން ލިބުނު އުފާ ފާހަގަ ކުރަން ހަމީހުންވެސް ދިޔައީ އައިސް ކޯނު ބޯށެވެ.އައިސް ކޯނު ބޮމުން ގެއާއި ދިމާލަށް ދިޔައިރު އެމީހުންގެ ސަކަރާތްޖެހުންތަކަށް މަގުމަތީން ދާ މީހުންގެވެސް ލޯ ތަށް އަމާޒުވަމުން ދިޔައެވެ.

ދިމްރާއާއި ދިޔާން ގެއަށް އައިސް ވަތްއިރު ދާނިޝްވެސް ގޭގައި އުޅެއެވެ.އެދެމީހުން ފެނުމާއިއެކު ދާނިޝް އެދުނީ ފެންވަރާ ނަމާދު ކޮށްލައިގެން އައުމަށެވެ.ދާނިޝް މިއަދު ކާން ދަނީ ބޭރަށޭ ބުނުމުން ދިމްރާއަށް ފުއްމަމުން ފުއްމަމުން ކޮޓަރިއާއި ދިމާލަށް ދެވުން ގޮތްވެސް ނޭނގުނެވެ.

ދިމްރާ ފެންވަރާ ނަމާދު ކޮށްލައިގެން ނުކުތްއިރު ދިޔާންވެސް ނިމިގެން އައިސް ސިޓިންރޫމުގައި އިނެވެ.އިތުރަށް ވަގުތު ބޭކާރު ކުރަން ނުހަދާ ކާރަށް އަރައިގެން ދާންވީ ދިމާލަށް އެވެރިން މިސްރާބުޖެހިއެވެ.

ރެސްޓޯރެންޓް ކައިރިއަށް ކާރު ޕާކު ކޮށްލާފައި އެމީހުން ގޮސް އެރީ ރެސްޓޯރެންޓްގެ މަތީ ބަޔަށެވެ.ހާމައަށް އޮތް ތަނަށް އެރީ ސާފުވައިވެސް ލިބޭނެތީއެވެ.ހަމައެކަނި މަތި ހިޔާ ކޮށްލާފައި އޮތްއިރު ތިން ފަރާތުންވެސް ސާފު ވާއި ވަންނަމުން ދިޔައެވެ.ވަށައިގެންވާ މާޙައުލް ފެންނަމުން ދާތީ އިތުރު ފުރިހަމަކަމެއް ގެނުވައެވެ. މޫދާއި މޫދުގައި ދެކޮޅަށް ދުއްވަމުންދާ އުޅަނދުތައް ފެނި އާޝޯހުވާހާވެއެވެ.އެހާވެސް ހިތަށް ފިނިކަމެއް ގެނުވައިދޭ މާޙައުލެކެވެ.

ކާން ބޭނުންވާ އެއްޗިއްސަށް އޯޑަރު ދީފައި އެންމެންވެސް ތިބީ އެކިއެކި މަޖާ ވާހަކަ ދައްކާށެވެ.ކައިރީގައި ދިފްލާވެސް މަޖާވެފައި އިނެވެ. ކާ އެއްޗެހި ގެނެވި ކާންފެށި އިރުވެސް ޖަހަމުން ދިޔަ ސަކަރާތްތަކަށް ހުއްޓުމެއް ނާދެއެވެ. އެންމެންވެސް ކާއި ނިންމަމުން ދިޔައީ އެހާވެސް އުފާވެރި މާހައުލެއްގަ ތިބެއެވެ.

“ޑޭޑް!ދެން ބުނަން ވެގެން ތިއުޅޭ ވާހަކައެއް ބުނެބަލަ.އަހަރެންނަށް އެނގޭ މިގަޑީ އަހަރެމެން ގޮވައިގެން ކާންދޭން އަންނާނީ ވާހަކައެއް ބުނަންވެފަ އޮތީމަކަން”

“ފެނޭތަ..ބައްޕަގެ ހުރިހާ އުކުޅެއް ރަނގަޅަށް ދަސްކޮށްފަ ހުރި ދަރިއެއް” ސިނާ، ދިޔާންގެ ބޯ އިސްތަށިގަނޑު ހާވާލަމުން ބުނެލިއެވެ.

“މޯމް” ދިޔާން އަޑަށް ރާގު ލާފައި އެ ގޮވާލީ ކީއްވެގެންކަން އެތާ ތިބި އެންމެންނަށްވެސް އެނގެއެވެ.ހިނި އައީ އެހެންވެއެވެ.އޭނާއަކީ އަބަދުވެސް ބޮލު އިސްތަށިގަނޑާ ކުޅެންޏާ ރުޅިގަދަ ވާ ކުއްޖެކެވެ.

“އޫމް!އަސްލު މިވެގެން އުޅޭ ގޮތަކީ ޑޭޑް ބިޒްނަސް ޓްރިޕަކް ލަންކާއަށް ފުރަން ޖެހިގެން މިއުޅެނީ.އެއް ހަފްތާއަށް”               “ޑޭޑް!އަލަކަށް ނޫނޭނުން ބިޒްނަސް ކަމެއްގަ ބޭރަށް ތިދަނީއެއް”                  “އެހެންވެއޭ މިފަހަރު މި ވާހަކަ ދައްކަން މި ޖެހުނީވެސް..ޑޭޑް ދަމުން މޯމް އާއި ދިފްކޮވެސް ގޮވައިގެން ދާތީ..ޔާންއަށްވެސް އެނގޭނުން މޯމް އަތެއްގަ ރިއްސާތީ އުޅޭކަން..އެހެންވެ މޯމް އެކޮޅަށް ގެންގޮސްގެން ޗެކަޕެއް ހަދާލަންވެގެން މޯމް ގޮވައިގެން މިދަނީ..ޑޭޑްމެން އަންނަންދެން އެހެންފަހަރު ތަކެކޭވެސް އެއްގޮތަށް ޔާން އާއި ދިމް ހުންނާނީ މިފަހަރުވެސް ނާސިރުބެމެން ގޭގަ” ދާނިޝް ފަހުން ބުނެލި ޖުމުލައިން ދިޔާން އެކްސައިޓެޑް ވެލާފައި އަތްޖަހާލި އިރު ދިމްރާ ހުރީ ތެދުވެ ކޮޅަށެވެ.ދެލޯ ބޮޑުކޮށްލައިގެން ހުރިގޮތުން ހީވަނީ ޖެހި ބުދެއް ހެންނެވެ.

“ވަޓް” އެހެނަސް އެހެންބުނަމުން ދެން ފެނުނީ ދިމްރާ ހަލުވިކަމާއިއެކު ގޮނޑީގައި އިށީންދެ ދާނިޝްއާއި މަގަތަށް ގޮނޑި ޖައްސާލިތަނެވެ.

“ދޮންބޭ..ނެތްތަ ކުއްޔަށްވެސް ދޭ ތަނެއް ލިބޭކަށް..ނޫނީ ގޭގަވެސް އަހަރެން މަޑު ކޮށްފާނަން..އެކަމު އެގެއަށް ނުގޮސް ވާނެ ގޮތެއް ބޭނުމީ”

“ނޯ މޯ އެސްކިއުޒް ދިމް..މުޅިންވެސް މިވީހާތަނަށް ޔާންވެސް އެގޭގަ ބަހައްޓާފަ ދަނީ..މިފަހަރަކު ވަކި ބަދަލެއް ނުކުރެވޭނެ..ސޯ ދެޓްސް ފައިނަލް.ތިދެމީހުން ދޮންބެ އަންނަންދެން ދާނީ އެގެއަށް”                     “އަޅެ ދޮންބޭ…..”                 “ޔެސް ޑޭޑް! އެގެއަށް ދާނީ..” ދިޔާން އެހެން ބުނެލުމާއިއެކު ފެނުނީ ދިމްރާ ދިޔާންއަށް ލޯ އަޅާލި ތަނެވެެ.ދިޔާން ދިމްރާއަށް އެއްލޯ މަރާލުމަށްފަހު ފެށީ ހޭށެވެ.

“އަދި ބުނަން..ޒީނައްތަ އެކަނި ގޭގަ އުޅޭނީ..ދުވަސް ކޮޅަކުން ފަހަރެއްގަ ނާސިރުބެވެސް ބޭރަށް ދާން ފުރާނެ..އެހެންވީމަ ތިންމީހުން މާ ސަކަރާތް ބޮޑު ނުކުރާތި އިނގޭ..އަދި ހާއްސަކޮން ދިމް..ޔުއާންއާއި ތަޅާފޮޅާނީއެއްނޫން ގޮސްފަ” ދާނިޝް އެދެމީހުންނަށް ނަސޭހަތް ލައިދެމުން ދިޔައިރު ދެމީހުންވެސް އެކަމަކަށް މާ ބޮޑު ޝައުގުވެރިކަމެއް ނުދެއެވެ.ދާނިޝް ސިނާއާއި ދިިމާލަށް ބަލައިލުމަށްފަހު ކޮނޑު އަރުވާލަމުން ދެފަރާތަށް ބޯ ހޫރާލީ އެދެކުދިންގެ ކަންތައް ހުރި ގޮތުންނެވެ.

“މިހާރު ގޮސް ދެމީހުންވެސް ރެޑީވޭ..ހަވީރު ހަތަރަކަށް އެގެއަށް ދެވެންވާނެ..ޑޭޑްމެން މިރޭ ފުރާނީ” ދާނިޝް ކާރު ދުއްވާލަމުން ފަހަތު ސީޓުގައި ތިބި ދެމީހުންނަށް ބުނެލިއެވެ.

ދާނިޝްގެ އެދުމަށް ދެމީހުންވެސް ގެއަށްގޮސް ވަގުތީ ގޮތުން ބޭނުންވާނެ ސާމާނުތައް ޕެކް ކުރަން ފެށިއެވެ.ދިމްރާގެ ހަރަކާތްތަކުގައިވާ ލަސްކަމަކުން މޫޑު އޮފްވެފައި ހުރިވަރު ދޭހަ ކޮށްދެއެވެ.އޭނާ އިނީ ރަނގަޅަށްވެސް ރުޅިގަދަވެފައެވެ.ހެދުންތައްވެސް ފޮއްޓަށް އަޅަމުން ދިޔައީ ގުޅަކޮށް ޖަހަމުން ކަހަލަ ގޮތަކަށެވެ.ހީވަނީ ހުރިހާ ރުޅިއެއް ހެދުންތަކަށް ބާލަން އުޅޭ ހެންނެވެ.

ދޮންބެއަށްވެސް އޭނާ އެ ނޫން ގެއަކަށް ފޮނުވަން ނޭނގުނީ ހެއްޔެވެ؟ޔުއާންއާއި އެއްތާކު ހުންނަން ބޭނުންނުވާއިރު އެއް ފުރާޅެއްގެ ދަށުގައި އޭނާ ކެތްކުރާނީވެސް ކިހިނެއް ހެއްޔެވެ؟އެއައްވުރެ އެކަނި ކުއްޔަށް ދޭ ކޮޓަރިއެއްގަ ހުއްނަންވެސް މާ ހިތަށް ފަސޭހަ ވާނެއެވެ.ނަމަވެސް ދެރައީ ދޮންބެ ހަމަހިލާ އޭނާ އެކަނި ތާކަށް ދިޔަ ނުދޭނެތީއެވެ.

ޔުއާން ގޭ ސިޓިންރޫމްގައި އިނީ ޓީވީއިން ނެޝަނަލް ޖިއޮގްރަފީ ޗެނަލް ހުޅުވައިގެން އެ ބަލާށެވެ.އޭނާ ހަވީރު ބޭރަށް ނުގޮސް ގޭގައި މަޑުކުރީ ބައްޕަގެ އެދިލެއްވުމަކަށެވެ.ނަމަވެސް ވެގެން އުޅޭ ގޮތެން އޭނާއަކަށް ނޭނގެއެވެ.ބަލާކަށްވެސް އޭނާ މަސައްކަތެއް ނުކުރެއެވެ.އޭނާ އެތާ އިންނަތާ އިރުކޮޅެއް ނުވަނީސް މަންމައާއި ބައްޕަވެސް އައިސް އެތާ އިށީންދެއްޖެއެވެ.އެހެން ތިބޭތާ އިރުކޮޅެއްވީތަނާ ބެލް ޖަހާލި އަޑު އިވިގެން ދިޔައެވެ.

“އެ އައީ ކަންނޭނގެ” ޔުއާންގެ މަންމަ ޒީނަތު އެހެންބުނަމުން ތެދުވެ ދޮރާ ދިމާލަށް ހިނގައިގަތެވެ.ދޮރާ ފުރަގަސް ދީގެން އިން ޔުއާންއަކަށް ގެއަށް އައީ ކޮންބައެއްކަމެއް އޭރު ނޭނގެއެވެ.އެހެން އިންދާ ކުރިމައްޗަށް އައިސް ހުއްޓުން ދާނިޝްގެ އާއިލާ ޔުއާންގެ ލޮލުގައި އަޅައިގަތެވެ.ދަބަހެއް އަޅުވާލައިގެން ހުރި ދިޔާން ފެނުމުން ވީގޮތް އޭނާއަށް ލަފާކޮށްލެވުނެވެ.ދިޔާން އަބަދުވެސް އެގެއަށް އަންނާނީ ދާނިޝްއާއި ސިނާ އެއްކޮން ތާކަށް ދަންޏާއެވެ.އެހެނަސް އެހާ ހަމަޖެހިލައިގެން އިންދާ ކުއްލިއަކަށް ދަބަހެއް އަޅުވާލައިގެން ހުރި ދިމްރާ ފެނުމުން އޭނާއަށް ފުންމައިގެން ކޮޅަށް ތެދުވެވުނު ގޮތްވެސް ނޭނގުނެވެ.

“މީނަވެސް މިގެއަށްތަ؟” ދިމްރާއާއި ދިމާލަށް އިނގިލި ދިއްކޮށްލަމުން ޔުއާންއަށް ފުރަތަމަވެސް ބުނެވުނީ އެހެންނެވެ.ހީވީ ކުރިިމަތިން ފެނުން މަންޒަރު ގަބޫލު ނުކުރެވުނީ ހެންނެވެ.

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (115)

  1. nini

    Haa da gina faharu up vitho balijaya…
    finally …..
    First ya ya

    1. ithoo
      nini

      Haha..thanxx nini thihaa wait kohdhin kamah takaa..aslu v bxy bxy day eh miadhu mee..ehenve las v vx..n thanxx once again nini for ur luvly support ☺

  2. Een

    Wow…habeys hama…

    1. ithoo
      Een

      Thanxxx dearr Een☺

  3. Sunoo

    Roan fashaany dhn…enme reethi vaa hisaabun nimuny…avahah up koh dhehchey dear…v vv vvv loabi mi part…v asarugadha nd keep it up…

    1. ithoo
      Sunoo

      Thanxx dearr sunoo..ekamu nurohchey ingeyy..☺

  4. Nisha

    Vaahaka reethi. Ekm bodu sckl ehge laibrary ga evarukameh v iru isfarastheh vx hama nethytha….. Sckl kudhin v ma hama kadaee. Alevel hedhiyakas uniform eh laigen kudakudhin gothuga midhany….
    Alhe micomment ah echeh bunaane myheh vaanetha

    1. ithoo
      Nisha

      Dearr sryy dear ah hadi v ma..bt mee hiyaalee stry eh kan kiyaalaa iru vx v reehchah ingeyne..hiyaalee kan kan me beynun gothakah ehen v ma leveyneynun dww..me mibuany mihen hih hama nujehigehneh noon ingey dearr

    2. ithoo
      Nisha

      N fahun adhi ekudhin kiyavaa nimigen vx ahnaane stry..so maa serious kon nunegun edhen..mi hama hiyaalee vaahaka eh..

    3. Ell
      Nisha

      ……..

  5. Sharu

    Yeyyy… sharu ah 1st o..
    Dhn yuan n dhim gulhuvanvy.. so tht there wuld b all couples…
    Sifakurunthag v habeys hama.. hyvany film eh balaahn hama… omg omg… its jst awesum.. bunaane ehcheh vx nei…
    I think dhn dhim n yuan ge kulhigandu fennaany… maja vaane eyrun..
    Keep it up sithoo luv :* ur d best hama 😉

    1. ithoo
      Sharu

      Haha..sharu dhn faharakun frst hoadhaanee dww..dww..dhn adhi kiriyaa mi stry start vany rangalhah..thanxx sharu ekamu vx..luv u tooooo ?

  6. Maai

    V v v salhi..when is de next part..so curious

    1. ithoo
      Maai

      Thanxx Maai..happy to hear that…in sha Allah maadhan noon aneh dhuhun kuraanan..n jeehaan ah hadihyaa hadi vaahaka bunumuge furusathu ohnaaneynun dww dear..so alhaanulaa ingeyy dear..n once again thank u ☺

  7. Jeehaan

    Vvvvvvvvvvv hadi foohi vaahaka eh jeehaan ah Hama v hadi sry for that

    1. Hau
      Jeehaan

      Jeehaan ah mivaahaka in hady kn thaneh.. hau akah hadu thaneh nufenun… if u r jealous with ithoo , dhn just don’t read this story… hadi kamun dhw vaahaka thi ky… haadha heenuvey mi vaahaka hadiyyaa mi vaahaka kiyaa faane hen… lollll… hau ah heevany thiulheny ithoo ah vuren molhu writer akah nuvevunyma ekamuge hasadhaiga hen… noony thy ithoo ge enemy eh vyma ehen bunely hen… hahaha…

    2. ithoo
      Jeehaan

      Hau plxx dnt tok like that dear..plxx eh vx kujjaku idhi kolhah rahdhu nudhinun ithoo v v edhen..hope hurihaa kudhin vx mikan kohdheyne kamah..

  8. Jeehaan

    Maai thi ulheni koncheh reethi vegen thr eyyyyn

    1. Hau
      Jeehaan

      Jeehaan… are you seriously jealous… hahaha… maai mi story kiyas jeehaan ah kon kameh… mees meehun mi story kiyumun nuhuhtuva hurebala… thiulheny hama yageenun vz mi story hadi vyma eh noon… hama jealousy ge molhukan… ??

  9. Maai

    Kuraane kameh nethiyaa vaahaka nukiyabala…jeehan..

    1. Hau
      Maai

      Dhoa… dhogeh vaa noon…??

  10. Jeehaan

    Maai akah neygey ne dhw ma kuraane kanthah thakeh so please shut up

    1. Hau
      Jeehaan

      Maai tha adhi vz mouth shut kuran vee… shut urs… keep ur jealousy n fear Allah…

  11. Shaa

    This is soooo beautiful.. Varah varah reethi . Next part avahah update kohdheythi ingey ithoo ? Yuaaan I love you so much ❤️❤️

    1. ithoo
      Shaa

      Thanxx shaa thi dhey supportah hama..hehehe..yuaan dheke shaa v loabi vaa kan vx v faahaga vey ingey..hehe..thanxx dearr ?

  12. Meesh

    Wowwww. Meesh ah haadha reechey mi story. Lovely.. Just love u ithok. Ummmmmmmmmmmmuax.. ❤❤❤

    1. ithoo
      Meesh

      Thanxxx Meesh.. Really really happy to hear that..luv u too dear..?

  13. Maaaishaa

    Mi maai r jeehan miaky moyavgn ulhey 2 myhunta…2 myhunge mithaa thalhaa folhane kameh neiy

  14. luhan

    Mi stry v reethi…Alhe nxt prt avahah up kohdheythi ingey..Waiting..??

    1. ithoo
      luhan

      Thanxxxx luhan.. ☺

  15. Jeehaan

    Adhi thi kaaku thr dhw …jeehaan nube hemen nu you akaa so you don’t have to say anything about this..

  16. Cherry

    Salhi salhi salhi
    Dhn othy dhim aa yuan dhw
    ❤️❤️

    1. ithoo
      Cherry

      Thanxx cherry..mifaharu cmnt aisfi dww..hehe..☺

    2. Cherry
      Cherry

      Yeah dhw
      Hehehhe

  17. Maai

    First u shut up …jeehan..u dnt have any right to say that characterless jeehan

  18. Jeen

    V v v vvvnice…avahah next part up kohdyy..plxxxxxxxxx.

    1. ithoo
      Jeen

      Thanxxx jeen ☺

  19. Afy

    Alhey than othy emme reethi bai hen heevanee heyonuvaane avahah up kolladhee pls pls pls pls

    1. ithoo
      Afy

      Thanxx afy..thidhey supportah..yaa adhi stry rangalhah feshenee dhn bunanyaa..☺

  20. Jeehaan

    Kon jeen akey kiyaakah thr

    1. ithoo
      Jeehaan

      Jeehaan ah hadi kan me gaboolu kohfin..n thanx hama view bunela dhineema..bt plx maai aa fight nukurey..eki kudhihnah rythi vaanee eki kahala vaahaka..egothun jeehaan ah mi vaahaka hadi vi kamuga viyas maai ah hama reethi vedhaaneynun dww..so plx dhn huhtaalamaa dww..hama jeehaan hadi eh buneema ekan vx balaigenfin..

  21. Rose

    Nice story… Keep it up…. Avahah up kohdhehchey dhnin part… Cant’wait

    1. ithoo
      Rose

      Thanxx Rose ☺

  22. tui

    mee v hadhi vahaka eh kudakudhin ulhey hen ahalan beynun ithoo ah kitha aharu tho mikahala vahaka eh liyaathee mi ahaa lanee story kamaku nude sorry ithoo

    1. ithoo
      tui

      Itx ok dearr..thibunaahen vx vedhaane..ekudhin kiyavaai nimigen ahna baai fahun gehnan beynun v..ehenve migothah liyuny..thanx dear ge view bunela dhineema..

    2. Hau
      tui

      This is a nice story… ithoo dhera kuran enmen raavaigen thr miulheny.. heyo nuvaane mi vaahaka hadi ey bunan… mee v cute n salhi vaahaka eh… hasadha verin ge kibain ithoo salaamai kohdhehvaan dhey…

    3. Hau
      tui

      V salhi mi part… keep it up dear… furathama fashaiganna iru v ginain libeyne negative comments… but thigothugaa kuriyah dhiyaeema rangalhu vaane… hau beynun ithoo mi story ninmaafa adhi vz ehen story thah up kuran… when is ur next story… n veehaa vz avahakah next part up kohla dheebala… v reethi mi part… next part avas kohla dheythi ingey ithoo… ??

    4. ithoo
      tui

      Hau dont say like that..ekudhihnah hih hama nujehenyaa nujehey vaahaka bunumuge furusathu ohnaane…so e kudhin hih hama nujehun faalhu kuryma me beynumeh me ah support kuraathy ey kiyaafa e kudhinaa dhekolhah eh vx kujjaku tok kuraakah..ekudhihnah dhe kolhah tok kurumuga furusathu dhy ingey..hope u will undrerstand hau..n ehen kudhin vx kujjaku hih hama nujehey vaahaka bunyma idhi kolhah ehvx ehcheh nubunaane kamah hykuran..

    5. Hau
      tui

      Ithoo akee hau ge fav writer… ithoo aa dhekolhah eh vx meehaku hasadhaige gothun ehcheh bunyma rulhi annany… Allah vodigen vaakan handhuma kurihyaa gud vaane hurihaa hasadha verinnah vz…

    6. ithoo
      tui

      Ekamu vx hau..ithoo bunythy vx huhtaba dhekolhah vaahaka dhehkun..ekudhihnah furusathu dhy ekudhin beynun ehcheh bunumuge..dhe kolhah tok kohfihyaa hoonu gadhaavaanee..so plx plxx huhtaba ingeyy.

  23. Naa

    Next part konn irakunn, miray adhi 1part genss dhyba….. Plx

    1. ithoo
      Naa

      Thanxx Naa.. Alhey v bxy koh ulhen jehigen kiriyaa varah haalun mi baai vx mi up kurevuny dear..sry ingey..☺

  24. shau

    MashaAllah. Haadha wait kuraa vaahaka ekey mee

    1. ithoo
      shau

      Thanxx shau.. V happy vejje shau v waitt kuraakan mi stry ah ingunyma..☺

  25. raanee

    Wooo v vvv nicr

    1. ithoo
      raanee

      Thanxxx raanee☺

  26. Shahu

    Sifa Kurun varah reethi genes dheefa huri goi. But hiyaalee vaahaka eh viyas man thah hingaa hithaa relate koh genes dhinun ehen ingeyy. Aslu library e varu kameh hingaa iru e thanugaa hunna staff ah ingeh vaane. Shahu mi bunee story handi ekeyy noon ingeyy. ? varah reethi hama ❤
    Writer eh famous vaairu varah Gina inn negative comments vx libeyne. All the best. ☺

    1. Shahu
      Shahu

      Hiyaalee vaahaka eh viyas mujuthamauga hingaa kanthakaa relate koh genes dhinun ehen.** sorry for typing mistake ? lol

    2. ithoo
      Shahu

      Aslu library scene ga ithoo ah ebayah nuvisnaa levuny..srry for that..ithoo men kiyevi iru library staff nuhure dhiyaee..ehen v ma aslu ethanah ehaa bodah visnaa nulevunee..kuriah oihthaa vx ekahala thankolheh aisfa inihyaa faahaga kohla dhinun edhen..thanxx shahu for always supportin me..shahu thy hama ithoo ah v faahga kurevey kujjeh..hykuran shahu nugehleyne kamah..hehe..thanxx dearr ☺

  27. nazu

    It’s really nice story..ithoo an hama saabas. next part avahan up kondechey..

    1. ithoo
      nazu

      Thanxx nazu..glad to hear that..☺

  28. haja

    Wow asluves varah reethi mi vaahaka mi magee fast comment thanks ithoo

    1. ithoo
      haja

      Awwhh…ehentha..so wc ingey dearr..n thanxxx haja☺

  29. Naxy

    Mi dhemeehu ge majaa hunnanethaa…. eh geakah aadhevuneema

    1. ithoo
      Naxy

      Balaalaanee dww…hehe..

  30. Chum handi

    hahahahahahahhahaa….. Dhim, Yuan and Dhiyaan ge part thah enme salhee… and I totally love this story and daily koh comment nukuriyas gavaidhun kiyan…. and this is one of the best stories I had ever read in my whole life time… and haters konme ehchekey kiyas alhaa nulachey… as Shahu said writer eh famous vaanee varah gina negative comments libigen… waiting for the next part…

    1. ithoo
      Chum handi

      Yaa..chum handi ge cmnt eh stry ge kurykolhu fenun hadhaaneh veyy..thanxx chum handi..v happy vejje chum handi ah ehme rythi stry ah mi stry v ma..yaa negative cmntx vx ithoo balaigahnaanameyy hama..thanxx once again chum handi☺

    2. Chum handi
      Chum handi

      Hey ithoo… when next part? I’m waiting ?❤

    3. ithoo
      Chum handi

      In sha Allah tmrw dearr ☺

  31. Jazz

    Mihaaru esfiya ge in enme salhi story mee.. v interesting. . Keep it up love you ithooo..waiting for the next part ????

    1. ithoo
      Jazz

      It means jazz ah ehme rythi stry eyy dww mee…ufaavehje ingey .hehe..luv u more jazz..??

  32. Azu

    Subuhaanallah….miothee kanthakaa jehifa ingey….tom n jerry eh geyeyga ulhen jehuneema hunnaanethaa foari eh….v maja vaanehen heevanee dhen onna part…???naseebakun sharim n reem ves ok vehje dho…happy for them….luv this stry n u ithoo….waiting for next part…??????

    1. ithoo
      Azu

      Haha..tom n jerryy…hehe..thanxx Azu ?

  33. yalvish

    Ma foohivany lahkka myhun ulheythy.. dhen eyge ithurun drama kan maa gadha ee.. mihen bunyas bunaane hiyaaly vaahaka ekey..

    1. Hau
      yalvish

      Alhe ey dhogeh tha… hiyaaly vaahaka thah farumaa kuraany writer beynun vaa gothakah…

    2. ithoo
      yalvish

      Stry rangalhah feshuneema bodah dhimraa n yuaan ah ihnaanee..ekamu sry to say that..bt mi stry ga ulheyne baivaru myhun..hiyaalee vaahaka eh v ma gaboolu kuran buhdhi hama nujehey vaahaka liyegen nuvaanekan..aslu vx ekamu thedhah mibunany ithoo hadhaaneh neih staff ge baai mathinneh..sry for that..ekamu hiyaalee vaahaka eh ga viyya staff a gady thanakah dhiya gothah vx image kurevidhaane dww vey..ehen mibunany..sryy really dear..☺

  34. Nash

    Vrh salhi

    1. ithoo
      Nash

      Thanxxx Nash☺

  35. dhooni

    jeehaan miulheny hajam nuvegeno

  36. Ishoo

    V reethi story eh ❤

    1. ithoo
      Ishoo

      Thanxx ishoo ☺

  37. any

    Nice story

    1. ithoo
      any

      Thanxx any ☺

  38. shelly

    salhiey hama habeys in kiddys ways “obiness to the max” varah salhi dhen shelly ah rangalhu comment kuraabaiga fight nukuriyya kihaamsalhivaane eyrun ithoo ge comments thah balaairu

    1. ithoo
      shelly

      Thanxxx shelly..dww..ithoo vx mi kiyany fight nukuraashey..aee ithoo beynun vaa gotheh nooneyy..adhi ithoo mi beginner eh dww..so adhi huhnaaneynun dww rangalhu kuran jehey baivaru kanthah thah..hope all will understand..n once again thanxx thanxx shelly☺

  39. lin

    The story is awesome and I hope you will update the story soon….

    1. ithoo
      lin

      Thanxxx lin ☺

  40. imagination

    hahaa.. yes yuaann. eyna ves thigeyah.. i love this story 🙂 <3

    1. ithoo
      imagination

      Awwhh..v nufeni hurefa dww mi fenunee imagination..thanxx dearr….☺

  41. Sanu

    Wow loabigandaa haadha loahbay. Finally ren n reem gulhunee dhw. Then dhw mi kanthakaa feshenee. Heheh. Vvvvvv loabi mi story. Keep it up c thoo luv????

    1. ithoo
      Sanu

      Awwhh..sanu…thanxxx sanooooo..luv u too..hehehe..☺

  42. Eanal

    Aww.. Cute love story.. Love this Story ithoo.. Dhn emme reethiwaanii adhi Yuaan Ulheyne dhw dhn.. was waiting eyna ulhey part kiyan. haaaahh.. waiting for nextpar sweetoa..

    1. ithoo
      Eanal

      Thanxxx Eanal..haha..dhn e dhe kudhinge stry ohnaanee..☺

  43. Samee

    Finally.. Adhi mi kiyaalevunee. Stwry kiyaahithun hutta samee balivy yesterday ga.. Sry 4 that.. Btw mi prt vess v v v nycc n v asarugadha… Shaarim aa reem ge scene kiyaafa hama ragalha ves rovihje… N dhn othy dhim aa yuaan ge koalhun gandu dhw…. Hehe.. V intresting.. Thnks ithoo mihaa lwbi koh stwryy genes dheythy… N keep it up.. Luv u v bodah..

    1. ithoo
      Samee

      Avas shifa akah edhen dearr samee..n thanx thihaa bali kon ulhemun vx stry kiyaalythy..luv u tooo ?

  44. saamy

    ?? wow wow wow ithoo ur de best writer i ever n never seen before… thnxx a lot ithoo.. thiha bxy koh ulhemunves mihaa reethi stry ehge part thah saamy mennah up koh dheythy v v ufaavey.. luv u

    1. ithoo
      saamy

      Awwhh..happy to hear that frm u dear saamy..wc n thanx to u also dearr..luv u too?

  45. Shaa

    Salhi..

    1. ithoo
      Shaa

      Thanxx shaa☺

  46. ithu

    this part was awesome i luved it… kyp the gud wrk n next part ah inthiaaruge guiter kulhen mihury

    1. ithoo
      ithu

      Awwhh..ithoo dwww…hehe..thanxxx dearr ithu..☺

  47. Shuja

    Sithu love ur work darls.. Keep it up we all are with u.. Kohme kameh ga es jealousy ey kiyaa ehcheh inas this is one and only story I’ve ever can image easily in my mind. Good luck dear.. Waiting for next part..

    1. ithoo
      Shuja

      Hehe..i knw me aa eku vaa kan kudhin kudhin..hehe..thanxx shuja..?

  48. Jeen

    Kn irakun next part..ithooo

    1. ithoo
      Jeen

      In sha Allah maadhama dearr..

  49. mishele

    Ithoo miadhu avahah up kohladheebala plx

  50. Mimmi

    Www I loved it pls pls next part avahah up koh dheeba pls…………..

  51. mishele

    Ithoo kobaatha vaahaka plx up kohdheebala plx ithoo

    1. ithoo
      mishele

      Up kohfin dearr ☺

  52. Hau

    Kobaa tha next part ithoo… can’t wait ey… ??

    1. ithoo
      Hau

      Hau nw up vefa ihnaanee stry ☺

  53. Jeen

    Ithoo next part kobatha..cant wait anymore

    1. ithoo
      Jeen

      Nw up vefa ihnaanee jeen☺

  54. Bell

    Mivaahaka aky hadi vaahaka eh noon
    Maaa kuruvyma massala aky
    Mihaa kurukoh genna iru daily koh genna nama ves ok

    1. ithoo
      Bell

      Mihaaru vx kuru tha dear mi up kuraa varu…

Comments are closed.