Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ރޭޝަމް (10)

Saandy Level 1010 Stories1K Comments500 Comments100 Comments100 Stories
April 1, 2017 10 Mins Read
114 Comments

“ރީމް! މަންމައަށް މިއިން އެއްވެސް ކަމެއް އެނގިގެން ނުވާނެ! މަންމައަށް އެނގިއްޖެއްޔާ މާމަހެން ރީމްވެސް އެދޮރުން އެއްލާލާނަން! ދީ ތިފޯނު!” ފުރަގަހަށް ފޯނު ލައިގެން ހުރި ރިމްޝާއަށް ބިރުން ފޯނު ދިއްކޮށްލެވުނެވެ.

“ޝިފާން! މިގޭ ހައްވައްތަ އެބައޮތް މަގަށް ވެއްޓި ޒަޚަމްވެފަ. ހީވާގޮތުން އޭނަގެ ފުރާނައެއް ނެތް.” ޝިފާން ފޯނުގައި ހިފަން އުޅުނު ވަގުތު އެ ފްލެޓްގެ ކުރިމަތީ ބައިގައި އުޅޭ މަހުމޫދު އައިސް ވަނެވެ. އެހެންވުމުން ފޯނުގައި ހިފުމުގެ ބަދަލުގައި ޝިފާން އުޅުނީ މަހުމޫދުގެ ވާހަކައަށް ޖަވާބުދޭށެވެ.

“ހަމަ ތެދެއްތަ؟ ކޮންއިރަކު ވެއްޓުނީ؟” ޝިފާން ހާސްވިކަން މޫނުމަތިން ދައްކަމުން ރޮވިފައިވާ އަޑަކުން އަހާލިއެވެ.

“ޝިފާންއަކަށް ނޭނގޭތަ؟ ހަމަ ދެންމެ.”

“އަހަރެން މި ނުކުތީ ފާޚާނާއިން.” ޝިފާންގެ ލޮލުން ފޭދުނު ކަރުނަތިކި ފޮހެލިއެވެ. މަހުމޫދުއަށް އޮޅުވާލުމުގައި ޝިފާންއަށް އެހީވީ އެކަރުނައެވެ. މަކަރުވެރިކަމުގެ ކަރުނަ އޮހޮރަމުން މަހުމޫދުއާއެކު ޝިފާން ތިރިއަށް ފޭބިއެވެ. އެތަނުގައި ތިބި މީހުންނާއި މަހުމޫދުގެ އެހީގައި ހައްވަ ހޮސްޕިޓަލަށް ގެންދެވުނެވެ. ހޮސްޕިޓަލަށް ގެންދެވުނުއިރުވެސް ހައްވަގެ ފުރާނަ ނެތްކަން ޑޮކްޓަރ އަންގައިދިނުމުން ޝިފާން މޫނުގައި ދެއަތް އަޅާ ރޮއިގަތެވެ.

ރޭޝަމް އޮފީހަށް ދިޔަގޮތަށް ގެއަށް ނައިސް ދިޔައީ ދިމްނާމެން ކިޔާވަރުން ކޮފީއަކަށެވެ. ދިމްނާއާއި ލާރާއާއެކު ޒުހައިރުއާއި ލޫތު ބައިވެރިވިއެވެ. އެންމެން އެކުގައި މަޖާ ވަގުތުކޮޅެއް ހޭދަކޮށްލެވުނެވެ. އެންމެންގެ މަޖާ ވާހަކަތަކުގެ ސަބަބުން ރޭޝަމްގެ ހިތަށް ލިބެމުންދާ ވޭނަށް ލުއިކަމެއް ލިބުނެވެ. ކުއްލިއަކަށް އޭނާގެ ހިތާމަތައް ފިލައިގެން ދިޔައެވެ. މަޖަލުގައި ވަގުތު ދިޔަ ނުދިޔަގޮތެއް ނޭނގުނެވެ.

“ހެލޯ!” ޝިފާން ގުޅުމުން ފޯނު ނުނަގަން އިނދެފައިވެސް ރޭޝަމް ފޯނު ނެގީ ދެތިން ފަހަރު ގުޅުމުންނެވެ. ޝިފާން ދިން ޚަބަރާއިއެކު ރޭޝަމްގެ އަތުން ފޯނު ދޫވިއެވެ. މާނޭވާތަކެއް ލެވި މީހާ ހާސްވިއެވެ.

“މަންމަ! ނޫން ނޫން.” ރޭޝަމްގެ ލޮލުން އެއްވެސް އިޚްތިޔާރަކާނުލާ ކަރުނައިގެ މުތީތައް އޮހިގަތެވެ. ދިމްނާއާއި ލާރާ އެތައް ފަހަރަކު އެހުމުންވެސް ރޭޝަމްއަކަށް ޖަވާބެއް ނުދެވުނެވެ.

“ހެލޯ ޝިފާން. މީ ދިމްނާ.” ދިމްނާ ގުޅުމުން ޝިފާން ވެގެންއުޅޭ ގޮތް ކިޔައިދިނެވެ. އެޔާއިއެކު ދިމްނާއަށްވެސް ލިބުނީ ޝޮކެކެވެ. ދިމްނާ އެތަނުގައި ތިބި އެންމެންނަށް އެ ހިތާމަވެރި ޚަބަރުދިނެވެ. ވަގުތުން އެންމެންގެ އުފާވެރިކަން ކެނޑި މޫނުތަކުން ހިތާމައިގެ ކުލަތައް ފެންނަން ފެށިއެވެ. ރޭޝަމް ގޮވައިގެން ހޮސްޕިޓަލަށް ދިއުމަށް ދަތުރު ފެށިއިރު ރޭޝަމް އިނީ ގަބުކައިފައެވެ. އޭނާގެ ލޯބިވާ މަންމަ މިދުނިޔެ ދޫކުރީ އޭނަގެ ސަބަބުންކަމަށް އޭނާގެ ޟަމީރު އޭނާއަށް ވިސްނައިދެމުން ދިޔައެވެ. އޭނާގެ ކަންފަތުގައި ގުގުމަމުން ދިޔައީ ކުރިން ދުވަހަކު އޭނާގެ މަންމަ އޭނާއަށް ދިން އިންޒާރެވެ. ކުޑަދޮރުން ފުންމާލައިގެން މަރުވާނެކަމަށް ބުނިއިރު އޭނާއަށް ޔަޤީން ނުކުރެވުނީއެވެ. އޭނާގެ މަންމަ އެފަދަ ކަމެއް ކޮށްފާނެބާއޭ އޭނާގެ ހިތަށް އަރަމުންދިޔައެވެ.

އެމީހުންނަށް ރޭޝަމް ގޮވައިގެން ހޮސްޕިޓަލަށް ދެވުނުއިރު އެތަނުގައި ފުލުހުން ހަރަކާތްތެރިވަމުން ދިޔައެވެ. އެމީހުން އެކި ވަރުވަރުން އެކި މީހުންނާ ސުވާލުކުރަމުން ދިޔައެވެ.

“އަޅުގަނޑަކަށް އެއްގޮތަކަށްވެސް ނޭނގެ މިކަން ވީގޮތެއް. އަޅުގަނޑު ފާޚާނައިގަ ހުރި ވަގުތަކު މިކަމެއް ހިނގީ. ފާޚާނާއިން ނުކުމެ މަސައްކަތު ދާން އުޅުނު ވަގުތު މަހުމޫދު އައިސް އަޅަުގަނޑަށް އެޚަބަރު ދިނީ.” ޝިފާން ހަދާލައިގެން ވާހަކައެއް ކިޔާލިއެވެ. އެވާހަކަ ގިނަ ބަޔަކަށް ޤަބޫލުކުރެވުނެވެ. މަހުމޫދުވެސް އެކަމަށް އެއްބަސްވިއެވެ.

ރޭޝަމް އެތެރެއަށް ވަދެ މަންމަގެ މޫނު ފެނުމާއެކު ރޮއިގަނެވުނެވެ. އޭނާގެ އެންމެ ނިންމުމަކުން ލޯބިވާ މަންމަ ފުރާނައިން އަތް ދޮވެލީއެވެ.

“މަންމާ! އަހަރެން ދޫކޮށްފަ ނުދޭ. މަންމައާނުލާ އަހަރެން ކިހިނެއް އުޅޭނީ؟ އަހަރެންނަށް މަޢާފްކުރޭ. މަންމާ! ދެން ދުވަހަކުވެސް އެގޮތަކަށް ކަންތަކެއް ނުކުރާނަން. މަންމަ ބޭނުންވާ ގޮތަށް ހުރިހާ ކަމެއްވެސް ކުރާނަން. ޕްލީޒް މަންމާ.” ރޭޝަމް އޭނާގެ މަންމަގެ ގައިމަތީ އޮވެ ރޮމުން ދިޔައެވެ. ދިމްނާއާއި ލާރާ އައިސް ރޭޝަމް އޭނާގެ މަންމަގެ ހަށިގަނޑާއި ވަކިކޮށް އެކޮޓަރިން ނެރުނެވެ. ރޭޝަމް އަޑުން އަޑުނަގާ ރޮމުން ދިޔައެވެ. ދިމްނާއާއި ލާރާ ވިސްނައިދިނީ ރޭޝަމްގެ މަންމަ އެނބުރި ނާންނާނެކަމެވެ. ދުނިޔޭގައި ދިމާވާ ކަންތައްތަކަށް ކެތްކުރަން ޖެހޭނެކަމެވެ.

ހައްވަގެ ޖަނާޒާގެ ކަންތައް ނިމި ރޭޝަމް ގެއަށް ގެންގޮސްލާފައި ދިމްނާއާއި ލާރާ އެގޭގައި މަޑުކުރީ ރޭޝަމް ހަމައަކަށް އެޅިލަންދެނެވެ. އެހިތާމަވެރި ރޭ ނިމި ދިޔައީ ރޭޝަމްގެ ދިރުމެއްނުވާ ހިތުގައިވީ އެންމެފަހުގެ އުއްމީދުކޮޅުވެސް ހިފައިގެންނެވެ. އިތުރަށް ދުނިޔޭގައި ހުންނަން އޭނާގެ ހިތެއް ނޭދުނެވެ. މަންމަހެން މަރުވެދާން ރޭޝަމް ބޭނުންވިއެވެ. ރޭޝަމް އަމިއްލައަށް މަރުވާން އުޅެން ފެށުމުން ދިމްނާ، ޑޮކްޓަރ ލައްވާ ނިދާ އިންޖެކްޝަނެއް ޖަހާފައި ނިންދަވާލިއެވެ. ދިމްނާމެން އެގެއިން ނުކުތީ ރޭޝަމްއަށް ރަނގަޅަށް ނިދުމުންނެވެ. އޭރު ކުޑަކުޑަ ރިމްޝާއަށްވެސް އޮތީ ނިދިފައެވެ. އޭރު އިރުވެސް އަރައިފިއެވެ.

ދުވަސްތައް ފާއިތުވަމުން ދިޔައެވެ. ހައްވަ މަރުވިތާ ދެތިން ދުވަސްވީއިރުވެސް ރޭޝަމްގެ އުޅުމަކަށް މާބޮޑު ބަދަލެއް ނާދެއެވެ. ރުއިން ނޫންކަމެއް އޭނާއަކަށް ނުކުރެވެއެވެ. ޝިފާންވެސް އެއްވެސް ކަމެއްނެތި ގޭގައި މަޑުކުރީ ރޭޝަމް ގޯހެއް ހަދައިފާނެތީއެވެ. ދިމްނާއާއި ލާރާވެސް އޮފީސް ނިންމާފައި އެގެއަށް ގޮސް ރޭޝަމްއަށް ވަރަށް ވިސްނައިދެއެވެ. ކުޑަކުޑަ ދަރިފުޅުގެ ޙައްޤުގައި ތެދުވުމަށް އެދުނެވެ. ކަންކަމާއި ކުރިމަތިލާން ހިތްވަރުދިނެވެ. މިގޮތަށް އެ ދެއެކުވެރީންނާއި ޝިފާންގެ އަޅާލުން ލިބެން ފެށުމުން ރޭޝަމް މަޑުމަޑުން ރަނގަޅުވަމުން ދިޔައެވެ. ރޭޝަމް ތެދުވެ އުޅެން ފެށުމުން ޝިފާންގެ މޫނުމަތިންވެސް އުޖާލާކަން ފެންނަން ފެށިއެވެ. ރޭޝަމް ރަނގަޅުވަމުން ދިޔަޔަސް ރިމްޝާ ހުންނަނީ ސިހިސިހިއެވެ. ޝިފާންއާ އެއްވެސް ވަރަކަށް ކައިރިއެއް ނުވެއެވެ. ރޭޝަމް ނުތެދުވެ އޮތް ދުވަސްކޮޅުވެސް އެ ކުޑަކުއްޖާ އޮންނަނީ ރޭޝަމް ގާތުގައެވެ. ޝިފާން މިހާރު ދެތިން ފަހަރަކު ރިމްޝާ ގާތު އެފޯނު ކޮބައިހޭވެސް އަހައިފިއެވެ. އެއިން ކޮންމެ ފަހަރަކު ރިމްޝާ ފަށަނީ ރޯށެވެ. އެހެންކަމުން ޝިފާންއަށް އެކަން ކާމިޔާބުވާގޮތެއް ނުވިއެވެ.

ޒައިކް ކޮންމެ ދުވަހަކުވެސް އޮފީހަށް އައިސް އެންމެ ފުރަތަމަވެސް ހޯދާލަނީ ރޭޝަމްއެވެ. އެހިތަށް ފިނިކަން ލިއްބައިދޭ އެސޫރައެވެ. މިހާރަކަށް އައިސް އޮފީހުން ރޭޝަމް އެއްގޮތަކަށްވެސް ނުފެންނަކަން ޒައިކްއަށް ފާހަގަވިއެވެ. ހަފްތާއެއްވެގެން ދިޔައިރު ރޭޝަމްއަށް ވީގޮތެއް ނުބަލާ ހުރެވޭވަރަށްވުރެ ޒައިކްގެ ހާސްކަން އިތުރުވިއެވެ. ނިދުމާއި ކެއުމާއި ބުއިން ގެއްލި ފިކުރުގެ ދާނެއްގައި ވަގުތުތައް ގުނަން ފެށިއެވެ. ޒައިކް އޮފީހަށް އައި ޒުހައިރުއަށް ގޮވާ ކެބިންއަށް ވަނީ ރޭޝަމްއާއި ބެހޭގޮތުން އޮޅުންފިލުވާށެވެ.

“ޒުހައިރު! ރޭޝަމް މިހާރު އޮފީހަށް ނާންނަނީތަ؟ ނުވެސްފެނޭ. ބަލީތަ؟” ޒައިކް އެހެން އެހިއިރު އެއަޑުގައިވީ ނުތަނަވަސްކަން ކިތަންމެ ރަނގަޅަކަށްވެސް ޒުހައިރުއަށް ފާހަގަކުރެވުނެވެ.

“ސަރއަށް އެނގިނުލައްވާތޯ؟ ރޭޝަމްގެ މަންމަ ކުއްލި ގޮތަކަށް ނިޔާވެގެން އެކަމުގެ ހިތާމައިގަ އޮފީހަކަށް ނުދުރުވޭ.” ޒުހައިރު ދިން ޚަބަރުން އިރުކޮޅަކަށް ޒައިކްގެ ހިތުގެ ހިނގުން ހުއްޓުނެވެ.

“ކިހިނެއްވީ ކުއްލިއަކަށް ނިޔާވީ؟ ކޮން ދުވަހަކު ހިނގިކަމެއް ތީ؟” ޒައިކް އޭނާގެ ހިއްސުތަކަށް ބާރު ފޯރުވަމުން ތުރުތުރުލާ އަޑަކުން އަހާލިއެވެ. އެއަޑުގައިވީ ރިހުމާއި އެދެލޮލުގައި ވިދަވިދާ ހުރި ކަރުނައިގެ މުތީތައް ޒުހައިރުއަކަށް ސިއްރެއް ނުކުރެވުނެވެ.

“މީހުން ބުނާގޮތުން ރޭޝަމްގެ މަންމަ އަމިއްލައަށް ކުޑަދޮރުން ފުންމާލައިގެން މަރުވީ. އެނގިފަ އޮތްގޮތުން ވިއްޔާ ރޭޝަމް ޝިފާންއާ މެރީނުކުރުމުން އޭނަގެ މަންމަ އެގޮތަށް ކަންތައްކުރީ.” ޒުހައިރު އޭނާއަށް އެކަމުގައި ލިބިފައިހުރި މަޢުލޫމާތު ހިއްސާކުރިއެވެ.

“ދެން ކީއްވެ ޒުހައިރު ކުރިން ތިވާހަކަ ނުބުނީ؟ މިހާރު ރޭޝަމް ކޮބާ؟ މާލޭގަ އެބައުޅޭތަ؟” ޒައިކް ބޭނުންވީ އެވަގުތު ރޭޝަމް ގާތަށް ދާށެވެ. މިއަދު ރޭޝަމްއަށް އޭނާގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާނެއެވެ.

“ލައްބަ. އެބަ އުޅުއްވާ. އެކަމަކު މިހާރު އެއީ ކުރީގެ ރޭޝަމްއެއް ނޫން. ހިތާމައިގެ ތަސްވީރެކޭ އެއްގޮތް.” ޒުހައިރު ރޭޝަމް އުޅެމުންދާ ހިތްދަތި ހާލު ސިފަކޮށްދިނެވެ. ޒުހައިރު ނުކުމެގެން ދިޔައިރު ޒައިކް އިނީ ވިސްނުމެއްގެ ތެރެއަށް ގެއްލިފައެވެ.

ރިމްޝާއަށް ކާންދިނުމަށްޓަކައި ރިހަ މަސްކޮޅަކާއި ރޮށްޓެއް ހިފައިގެން ރޭޝަމް އިނެވެ. އެވަގުތު ބެލް އެޅި އަޑު އިވުނެވެ. ދެތިން ފަހަރު ބެލް އެޅުމުން ރޭޝަމް ތެދުވެގެން ގޮސް ދޮރު ހުޅުވާލިއެވެ. އެވަގުތު އޭނާގެ ދެލޯ ބޮޑުވިއެވެ. ޤަބޫލުނުކުރެވިފައި ރޭޝަމްއަށް ހުރެވުނެވެ. މި ފެންނަނީ ހުވަފެނެއް ނޫންބާއޭ އޭނާގެ ހިތަށް އެރިއެވެ.

ރޭޝަމްއަށް ބުނާނެ އެއްޗެއް ނުވިސްނުނެވެ. އެތައް ދުވަހަކަށްފަހު ޒައިކް ފެނިލުމުން އޭނާގެ ހުރިހާ ހިތާމައެއް ފިލާދިޔަ ކަހަލައެވެ. އެ ފުން ދެލޮލަށް ގެނބިގެންވާ ހާލު ރޭޝަމްއަށް ހުރެވުނެވެ. މަޑުމަޑުން ޒައިކް ކުރިއަށް ޖެހިލަމުން ރޭޝަމްގެ އަތުގައި ހިފާ ބާރުކޮށްލިއެވެ. އެ ހިފާލުމުގައި އެތައް މާނައެއް އެކުލެވިގެންވެއެވެ. ޒައިކްގެ އެ ބީހިލުމުން ރޭޝަމްގެ ހިތަށް ވަރަށް ބޮޑަށް އަސަރުކުރިއެވެ. މަންމަ ނެތިދިއުމާއި ޒައިކްގެ ކުއްލި ވަކިވެދިޔުން ރޭޝަމްއަށް ކެތްކުރަން ދަތި ވޭނަކަށް ވަނީ ވެފައެވެ.

“ރޭޝަމް! ކާކު؟” ކޮޓަރިން ނުކުމެގެން އައި ޝިފާންއަށް ދޮރުމަތީ ހުއްޓި ހުރި ރޭޝަމް ފެނުމުން ސުވާލުކޮށްލިއެވެ. ޝިފާންގެ އަޑަށް ރޭޝަމް އެއްފަރާތަށް ޖެހިލިއެވެ.

“ޒައިކް!” ކުއްލިއަކަށް ޝިފާންއަށް ހީވީ ބޮޑު ބިރެއް ފެނުނުހެންނެވެ. ޝިފާންގެ އަޑަށް ޒައިކް ބަލާލިއެވެ.

“ރޭޝަމް ވަދޭ އެތެރެއަށް. އަހަރެންނަކަށް ހިއެއްނުވޭ މިހާރު ޒައިކް މިގެއަށް އައުމުގެ ބޭނުމެއް އޮތްހެންނެއް. އޯހ. ތިއައީ ރޭޝަމް ދިރިހުރިތޯ ބަލާލަން ދޯ؟ އަދި މަރެއްނުވޭ. އެދުވަހަކުން އަހަރެން ގޮސް ޒައިކްއަށް އެޚަބަރު ދޭނަން.” ޝިފާންގެ އަމުރަށް ކިޔަމަންވެ އެތެރެއަށް ވަންނަން ހިނގައިގަތް ރޭޝަމް ފެނި ޒައިކް ހައިރާންވިއެވެ.

“ދެންވެސް މިތަނުގަ މަޑުކުރަނީތަ؟ ރޭޝަމް ބޭނުމެއްނުވެޔޭ ޒައިކްއާ ވާހަކަދައްކާކަށް. އޭނަ ހަނދާންވެޔޭ ޒައިކް އޭނާއަށް ހެދިގޮތް. މިއާއިލާ ނެތިދިޔައީ ޒައިކްގެ ސަބަބުންކަން.” ޝިފާންގެ ވާހަކަތަކުން ރޭޝަމްއަށް އޭނާގެ ހިތި މާޒީ ހަނދާންވެގެން ދިޔައެވެ. ލޯބިވާ މަންމަ މަތިން ހަނދާންވެ ދެލޯ ކަރުނުން ފުރިގެން ދިޔައެވެ.

ޝިފާންގެ އެއްވެސް ވާހަކައެއް ޒައިކްއަށް އަޑު ނީވޭކަހަލައެވެ. އޭނާގެ ނަޒަރު ހުއްޓިފައި ހުރީ ރޭޝަމްއަށެވެ. އެމޫނުމަތިން ފެންނަންހުރި އަސަރުތަކަށެވެ. ރޭޝަމް ހާދަ ހިތާމައެއް ކޮށްފިއެވެ. އިތުރަށް އެދެލޮލުން ކަރުނަ އޮހޭތަން ދެކެން ޒައިކްއަކަށް ކެތެއްނުވިއެވެ. ކުރިއަށް އެޅި ފިޔަވަޅާއެކު ޝިފާންގެ އަތް ހުރަސްކޮށްލީ ޒައިކް އެތެރެއަށް ވަނަނުދިނުމަށެވެ.

“ޝިފާން! އަހަރެން މިއައީ ޝިފާންއާ ވާހަކަދައްކާކަށް ނޫން. ރޭޝަމް ޕްލީޒް.”

“ޒައިކް ގާތު ބުނެފީމެއްނު ރޭޝަމް ބޭނުމެއްނުވެޔޭ ވާހަކަދައްކާކަށް. މިއޮއްހާ ދުވަސްވީއިރު އަންނަން ނޭނގިފަ މިއަދު ތިއައީ ކޮންކަމަކު؟ ބަލަ މީގެ ކުރިންވެސް ރޭޝަމް ދުނިޔޭގަ ހުއްޓޭ. ރޭޝަމްގެ މުޅި ހަޔާތް ބަރުބާދުކޮށްލާފަ އަންނަން ލަދެއް ނުގަނޭތަ؟ އެނގޭތަ؟ އޭނަ ބިކަވި ދުވަހު އަޅާލި މީހަކީ އަހަރެންނޭ. ދެންވެސް އަހަރެންނަށް ރޭޝަމް ބެލޭނެ. ޒައިިކް ހަމަ މިހާރު މިގެއިން ނުކުމޭ! މިބުނީނު ނުކުންނާށޭ!” ޒައިކްއަށް ފުރަގަސްދީގެން ރޯންހުރި ރޭޝަމްއަށް ޝިފާންގެ ބަސްތައް އިވިގެން ދިޔައެވެ. ނަމަވެސް މިއަދު އޭނާއަށް ޒައިކް ހުއްޓުވޭކަށް ނެތެވެ. އޭނާގެ ނިކަމެތިކަން އެއަށްވުރެ ބޮޑެވެ. ޝިފާން އެވީ އެހީގައި ކޮޅުފައިން ޖަހާ އޭނާގެ އަގު ވައްޓާލަން އޭނާގެ ޟަމީރު ދެކޮޅުހެދިއެވެ.

“އަހަރެން މިއައީ ޝިފާންއާ ޒުވާބުކޮށް ތަޅާފޮޅާކަށް ނޫން. އަދި ތަންގަނޑު މީހުންނަށް އަޑުއިވޭވަރަށް ޝިފާން ވާހަކަދެއްކިޔަސް އަހަރެން ނުސިހޭނެކަން ޝިފާންއަށް އެނގޭނެ. އެހެންނޫނަސް އަހަރެން މިއައީ މިތަނުގަ މުޅި އުމުރު ދުވަހު މިތާ ހުންނާކަށް ނޫން. އަހަރެން މިއައީ ރޭޝަމްއާ…”

“ޒައިކް! މިހާރު މާ ލަސްވެއްޖެ. އެހެންނޫނަސް މިހާރު އަހަރެންނާ ޒައިކްއާ ދައްކާނެ ވާހަކައެއް ނެތް. އަހަރެންނަށް ރަނގަޅީ ޒައިކް މިތަނުން ދިޔައިއްޔާ.” ޒައިކްގެ ވާހަކަ މެދުކަނޑާލަމުން ރޭޝަމްގެ ނިންމުން އިއްވާލުމށްފަހު ދުވެފައި ގޮސް ކޮޓަރިއަށްވަދެ ދޮރު ލެއްޕިއެވެ.

ޒައިކްއަށް ވަރަށް އަސަރުކުރިއެވެ. ހިތަށް ލިބުނު މާޔޫސްކަމުން އިތުރަށް އެތަނުގައި ހުންނާކަށް ހިތެއް ނުރުހުނެވެ. އަވަސް ހިނގުމެއްގައި ގޮސް ކާރަށް އެރިގޮތަށް ހުންގާނުގައި ބާރަކަށް ގޮށްމުށުން ޖަހާލިއެވެ.

“ކީއްވެ؟ ކީއްވެ މިހެން މިވަނީ؟ އަހަރެން ރޭޝަމްއާ ދުރަށް ދާން މަސައްކަތްކުރާ ވަރަކަށް ރޭޝަމް ގާތަށް ދެވެނީ ކީއްވެ؟ ރޭޝަމް ތިބުނީ ރަނގަޅަށް. މިދެމެދުގަ މިހާރު އެއްވެސް ގުޅުމެއް ނެތް. އަހަރެންނަށް ދުވަހަކުވެސް ރޭޝަމްއެއް ނުލިބޭނެ. އަހަރެން ޖެހޭނީ ކެތްކުރަން. އަހަރެން ކެތްކުރާނަން. އެކަމަކުވެސް މިހިތުން ތިނަމެއް ނުފިލާނެ. މުޅި އުމުރަށް ތިނަން މިހިތުގަ ވާނެ.” ޒައިކް އިރުކޮޅަކު އެގޮތުގައި ހޭދަކޮށްލުމަށްފަހު ކާރު ދުއްވާލީ ގެއަށް ދިއުމަށެވެ.

އެނދުގައި ބަންޑުން އޮތް ޒައިކްގެ ދެލޮލުން ކަރުނައިގެ ތެތްކަން ފެންނަން ހުއްޓެވެ.

“ދަރިފުޅާ! ކޮޓަރި އަނދިރިކޮށްލައިގެން ކީއް ތިކުރަނީ؟” ޒައިކް އޮތީ އަނދިރީގައިކަން އެނގުމުން ކޮންމެވެސް ކަމެއް ވެއްޖެކަން ހުސްނާއަށް ޔަޤީންވިއެވެ.

“މަންމާ! ލައިޓް ނުޖައްސާ އިހަށް މިތަނުން ދޭ. މިވަގުތު އަހަރެން ބޭނުމީ ނިދާލަން.” ޒައިކް އެއޮތްގޮތަށް އޮވެ ބުނެލިއެވެ. މިވަގުތު އޭނާގެ ހާލު އެހެން މީހަކަށް އަންގައިދޭކަށް ޒައިކް ބޭނުމެއްނުވެއެވެ. ހުސްނާއަށް އެނބުރި ދާކަށް ނުކެރުނެވެ. އޭނާގެ ހިތަށް ފިނިކަން ލިއްބައިދޭ ދަރިފުޅުގެ ހާލާއިމެދު އެހިތް ރޮމުން ދަނީއެވެ.

“ދަރިފުޅަށް ހީވޭތަ ދަރިފުޅު ތިހާލުގަ ވަނިކޮށް މަންމައަށް ދެވޭނެހެން؟ ބުނަބަލަ. ކިހިނެއްވީ؟” ޒައިކްގެ ގާތުގައި އިށީނދެ ނުހަނު ލޯބިން ބޮލުގައި ފިރުމާލިއެވެ. ޒައިކް ދެލޯ މަރާލަމުން ފުން ނޭވައެއް ދޫކޮށްލިއެވެ. އޭނާގެ ހިތް ޝަކުވާއިން ފުރެމުން ދިޔައެވެ. އޭނާގެ އާއިލާއަށްޓަކައި ޤުރުބާންވާން ނިންމައިގެން ހުރިއިރު އެހިތުގެ ޝަކުވާތައް ކުރުމުގެ ބޭނުމެއްވެސް ނެތްތާއެވެ.

ހުސްނާގެ ފިރުމުންތަކުން ޒައިކްގެ ހިތަށް ކޮންމެވެސް ވަރެއްގެ ފިނިކަމެއް ލިބިގެން ދިޔައެވެ. ދެލޮލުގެ އެސްފިޔަތައް ބަރުވާން ފެށިއެވެ. ނިދީގެ ތެރެއަށް ގެނބެމުން ދިޔައިރު ފެންނަމުން ދިޔައީ ރޭޝަމްގެ ދިރުމެއްނެތް ސޫރައެވެ. އެދެލޮލުގައިވީ ރިހުމެވެ. އެދެލޮލުން ކުރަމުންދިޔަ ޝަކުވާތަކެވެ. ކުއްލިއަކަށް ސިހިފައި ޒައިކްއަށް ތެދުވެވުނެވެ.

“ކިހިނެއްވީ؟” ޒައިކް ކުއްލިއަކަށް ތެދުވިތަން ފެނުމުން ހުސްނާއަށް އަހާލެވުނެވެ. އެއަޑުގައި ނުތަނަވަސްކަން އެކުލެވިފައިވެއެވެ. ޒައިކް ޖަވާބު ދިނުމެއްނެތި ގޮސް ފާޚާނާއަށްވަދެ މާގަނޑު ދޫކޮށްލިއެވެ. ލައިގެންހުރި އެއްޗިއްސާއެކު މާގަނޑު ދަށުގައިހުރި ޒައިކްއަށް ބޮލުގެ އިސްތަށިގަނޑުގައި ހިފަހައްޓާލަމުން އަޑުގެ ކޮޅަށް ރޭޝަމްއަށް ގޮވާލެވުނެވެ. އެޔާއެކު ފާރުގައި ބޯ ޖައްސާލެވުނެވެ. ކުރާނެ ކަމެއްނެތި ކޮށްޓެއްގައި ބަންދުވެފައި އިން ދޫންޏެކޭ އެއްގޮތެވެ. ކިތަންމެ ބޭނުންވިޔަސް އެކޮށިން ނުކުމެވޭކަށް ނެތެވެ. ކޮޓަރީގައި ހުރި ހުސްނާއަށް ޒައިކް ރޯއަޑު އިވެމުން ދިޔައެވެ. އޭނާގެ ހިތް ހީވީ މީހަކު ވަޅިއަޅާ ކުދިކުދިކޮށް ކޮށާލިހެންނެވެ.

“ނޫން ދަރިފުޅާ. އިތުރަށް އަހަރެންގެ ދަރިފުޅު ހިތާމަކުރާކަށް ނުޖެހޭނެ.” އެހެންބުނެ ހުސްނާ ދިޔައީ ޒައިކްގެ ބައްޕަ ގާތުގައި އެވާހަކަތައް ދައްކަން ނިންމައިގެންނެވެ.

ރޭޝަމް އެނދުގައި ބަންޑުން އޮވެ ރޮމުން ދިޔައެވެ. ޒައިކް ދިޔަފަހުން އޭނާގެ ހިތަށް ހަމަޖެހުމެއް ނުލިބެއެވެ.

“ރޭޝަމް! ދެން ތިވަރަށް ނުރޮއި. އަހަރެންނަށް އިހުސާސްވޭ ރޭޝަމްއަށް ވާނެގޮތް. އެހާ ދުވަސްކޮށްފަ ޒައިކް ފެނުނީމަ ކޮއްކޮ މަތިން ހަނދާންވާނެކަން އެނގޭ. އެ ނުލަފާ ޒައިކް އެކުއްޖާއަށް ހަދާލާފަ އޮތްގޮތް. ކުޑަވެސް ރަޙުމެއް އޮތް މީހަކަށް ނުކެރޭނެ އެގޮތަށް ކަންތައް ކުރާކަށް. ދެން އެކަން ހަނދާން ނައްތާލާ. އަހަރެން ދުނިޔޭގަ ހުރިހާ ހިނދަކު ޒައިކްއަށް ރޭޝަމްއަކަށް ގެއްލުމެއް ނުދެވޭނެ. އަހަރެން އަބަދުވެސް ރޭޝަމްއާ އެކުގަ ވާނަން.” ރޭޝަމްގެ ބޮލުގައި ފިރުމަމުން ޝިފާން އޭނާގެ މަކަރުވެރިކަމުގެ ދަލުގައި ރޭޝަމް ރަނގަޅަށް ޖެއްސިއެވެ. ރޭޝަމްގެ މަންމަ މަރުވެ ދިޔައީ ރޭޝަމް ޝިފާންއާ ކައިވެނިކުރަން އެއްބަސްނުވުމުން އަމިއްލައަށްކަމަށް ބުނެ ރޭޝަމް އޭނާއާ ކައިވެނިކުރަން ބާރުއެޅިއެވެ. ރޭޝަމް އޭނާގެ މަންމަގެ އެދުން ފުރިހަމަކުރަން ޝިފާންއާ އިންނަން އެއްބަސްވިއެވެ. މިއަޑު އިވިފައި ޝިފާންއަށް އުފަލުން ހުރިހާ ދަތްތަކެއް ފެންނަވަރަށް ހީލިއެވެ. އުދުހެވޭނެނަމަ މިއަދު ޝިފާން އުދުހިފައި ދުނިޔޭގެ އެކި ތަންތަނަށް ގޮސް އެ އުފާވެރި ޚަބަރު އިއްވާލީހެވެ.

ޒައިކްގެ ބައްޕަ ގާތުގައި އެވާހަކަ ދައްކަން ދިޔަ ހުސްނާއަށް އެއްޗެއް ބުނާނެ ފުރުސަތެއް ނުލިބުނެވެ. ބުނަން އައި ވާހަކަ ހަނދާން ނެތިގެން ދިޔައެވެ.

“މިއޮތީ ކާޑް. ރީތި ދޯ؟ ދެކާޑް ދެއްކީ. ދެން ޒީނަތުއަށް ރީތި ކާޑެއް މި ހޮވީ. ރަނގަޅެއްނު ދޯ؟” ހުސްނާ ކާޑް ނަގާ ބަލާލިއެވެ. ކައިވެނީގެ ހުރިހާ ކަމެއް ނިމި އަންނަ ހަފްތާގައި ކައިވެނިކުރަން ރިސޯޓަކަށް ދާން ނިންމާފައިވާކަން އެނގުމުން ހުސްނާ ވަރަށް ދެރަވިއެވެ. މިހުރިހާ ކަމެއް މިވީ އޭނާގެ ސަބަބުންކަމަށް ޤަބޫލު ކުރެވުނެވެ. އޭނާ ޒައިކްއަށް މަޖުބޫރު ނުކުރިނަމަ މިކަމެއް ނުވީހެވެ. މިއަދު އޭނާގެ ދަރިފުޅު ހިތާމައިން ހިތް ހަލާކުވާ ހާލު ދިރިއުޅުމާއި ހަނގުރާމަކުރަނީއެވެ. މިކަން ހުއްޓުވަން އޭނާ ހަދާނީ ކިހިނެއް ހެއްޔެވެ؟ ކޮންމެގޮތެއް ހަދާފައިވެސް މިކަން ހުއްޓުވަން ޖެހޭނެއެވެ. އެހެންނޫނީ އޭނާގެ ލޯބިވާ ދަރިފުޅު އޭނާގެ އަތުން ގެއްލިދާނެއެވެ.

ރޭޝަމްގެ ކައިވެންޏަށް ތައްޔާރުވަމުންދާއިރު އޭނާއަށް ޝިފާންގެ ހަޤީޤަތް އެނގޭނެ ގޮތެއްނުވިއެވެ.

“ރީމް! ކީއްވީ؟ މިހާރު ކީއްވެ ބައްޕައާ ދުރުދުރުން ތިއުޅެނީ؟” ރިމްޝާއަށް ކާންދޭން އިން ރޭޝަމް އެހެން އަހާލީ ކުރީ ދުވަހެއްގައި ޝިފާން ރިމްޝާ ގޮވައިގެން އައިސްކްރީމް ބޯން ދާން އުޅުމުން އޭނަގެ ހެދުމުގައި ހިފަހައްޓައިގެން ނުދާން އުޅުނުގޮތް ފެނިފައެވެ. އެވަގުތު ރިމްޝާގެ މޫނުމަތިން ބިރާއި ސިހުން އެކުލެވިގެންވާ ކުލަވަރުތަކެއް ފެންނަން ހުއްޓެވެ.

“ކޮއްކޮ ބައްޕަ ވަރަށް ގޯސް. ކޮއްކޮ ބޭނުމެއްނޫން އެކަހަލަ ބައްޕައެއް. އެ ހަޑި ބައްޕައެއް. މާމައަށް އައްދޯ ކޮށްލީ. ކޮއްކޮއަށްވެސް އައްދޯ ކޮށްލީ.” ރޭޝަމްއަށް ޤަބޫލުނުކުރެވިފައި އިނދެވުނީ ރިމްޝާ އެދައްކަނީ ތެދު ވާހަކައެއްބާއޭ ހިތަށް އަރާފައެވެ. ނަމަވެސް އެވަރުގެ ކުއްޖަކަށް ހަދަހަދައިގެން ވާހަކަ ދައްކާކަށް ނޭނގޭނެއެވެ.

“ރީމް! ދަރިފުޅު ގާތު ކާކުތަ ތިހެން ބުނީ؟ ބައްޕަ ދަރިފުޅުދެކެ ކިހާ ލޯބިވޭ. ތިހެން ބުނާކަށް ނުވާނެ. އޭރުން ބައްޕަ ކިހާ ދެރަވާނެ.”

“ނޫން. މަންމި ނުބުނާތި ބައްޕަ ގާތު. އޭރުން ބައްޕަ ކޮއްކޮވެސް އެދޮރުން އެއްލާލާނެ މާމަ އެއްލާލި ގޮތަށް. ކޮއްކޮ ބިރުގަނޭ.” ރިމްޝާ ކުއްލިއަކަށް ގޮނޑިން ތެދުވެ ރޭޝަމްގެ ގައިގައި އޮޅުލައިގަތެވެ. އޭރުން ބިރުގަނެފައިވާ ރިމްޝާގެ ހިތުގެ ތެޅުމުގެ އަޑު ޑަންޑަންލާފައި ރޭޝަމްއަށް އިވެމުން ދިޔައެވެ. އެތައްއިރެއް ވަންދެން އަހާ އޮޅުންފިލުވައިގެން ރޭޝަމްއަށް ހުރިހާ ކަމެއް އެނގި ސާފުވިއެވެ. އޭރު ބިރުން ރޭޝަމްގެ ހިތް ތެޅެމުން ދިޔައެވެ. ހާސްވެ ހަދާނެގޮތެއް ނުވިސްނި ދަރިފުޅު ގަޔާލާ ބޮނޑިކޮށްލެވުނެވެ. ރިމްޝާ ބުނި ފޯނު ހޯދަން އުޅެއުޅެ އެ ފެންނަގޮތެއް ނުވިއެވެ. ރިމްޝާއަށް އެ ލެވުނު ތަނެއް ހަނދާނަކަށް ނައެވެ.

“މަންމި! ފޯން.” ކުއްލިއަކަށް ރޭޝަމްގެ އަތުތެރެއިން ނުކުމެ ދުވެލާފައި ރިމްޝާ ގޮސް ފޯނު ނެގިއެވެ. ފޯނު އޮތީ ރިމްޝާގެ ކުޅޭ އެއްޗެހި އަޅަން ރޭޝަމް ގެނެސްދީފައި އޮތް ބޮޑު ދަބަހުގެ ތެރޭގައެވެ. ފޯނު އޮތީ ޗާޖު ހުސްވެފައެވެ. ރޭޝަމް އަވަސްއަވަހަށް ފޯނު ޗާޖަށް ޖަހާލިއެވެ. ރޭޝަމްގެ ނަސީބުވެސް ރަނގަޅީތާއެވެ. އެއްވެސް އުނދަގުލަކާނުލާ ފޯނު ހުޅުވުނެވެ.

ރޭޝަމްއަށް ފެންނަމުންދިޔަ ވީޑިއޯއިން ފެންނަން އޮތީ ބަލި އެނދުގައި އޮތް އަންހެންކުއްޖެކެވެ. ފެންނަ ފެނުމަށް ދަންނަ ވައްތަރު ޖެހިޔަސް އެއީ ކާކުކަމެއް ނޭނގުނެވެ. ހިކި އަނަރޫފަވެފައިވާ ހަށިގަނޑު ފެނި ރޭޝަމްގެ ހިތަށް އާދަޔާ ޚިލާފު އަސަރުތަކެއް ކުރުވިއެވެ. އޭނާގެ އަޑު ކަންފަތުގައި ޖެހުމުން ދެލޯ ބޮޑުކޮށްލެވުނެވެ. އެއީ އޭނާގެ އެންމެ ގާތް އެކުވެރިޔާ ނީލަމްއެވެ. މިއަދު ކެންސަރުގެ ޝިކާރައަކަށްވެ ހަޔާތުގެ ފަހު ދުވަސްތައް ގުނަމުންދާ ހާލު އޭނަގެ ބަލި އަޑުން ރޭޝަމްއަށް ހަޤީޤަތް ކިޔައިދެމުން ދިޔައެވެ.

**********

“ރޭޝަމް! އަހަރެންނަށް އެނގޭ މިވީޑިއޯ ފެނުމުން ހައިރާންވާނެކަން. އަހަރެންނަށް ރޭޝަމްއާ ޒައިކްއާ ދޭތެރޭ ކަންތައް ކުރެވުނީ ރަނގަޅަކަށް ނޫން. އެކަމަކުވެސް މަރުވުމުގެ ކުރިން ތިދެމީހުންގެ ކިބައިން މަޢާފަށް އެދެން ބޭނުން. އަހަރެންނަށް އެނގޭ އަހަރެންނަށް ކުރެވުނީ މަޢާފު ޙައްޤު ކުށެއް ނޫންކަން. އެކަމަކު އަހަރެން އެވަގުތު ހުރި ހާލަތު އެނގުމުން ރޭޝަމްއަށް ވިސްނޭނެކަމަށް އުއްމީދުކުރަން.

ރޭޝަމް! އަހަރެން މި ކިޔައިދޭން މިއުޅެނީ ރައިޝާއަށް ދިމާވި ކަންތައް ހިނގި ގޮތުގެ ވާހަކަ. އެކަންކުރީ ޒައިކްއެއް ނޫން. އެކަންކުރީ ޝިފާން. ޒައިކްގެ ފޯނާއި ވޮލެޓާއި ގަޑި ޝިފާން އަތަށް ގެންގޮސްދިނީ އަހަރެން. އެއްގޮތަކަށްވެސް އަހަރެންނަށް އެނގިފައެއް ނެތް ޝިފާން ކުރަންއުޅޭ ކަމެއް. އޭނަ ބުނީ އެ އެއްޗެހި ގެނެސްދިނުމަށް. އަހަރެންނަށް އެކަން ކުރަން މަޖުބޫރުވީ. އަހަރެންނަށް ޝިފާންދެކެ ލޯބިވެވުނީ. އިންތިހާއަށް ލޯބިވިން. އެލޯބީގަ މަގުއޮޅި ދިޔައީ. އޭނަ އަތުގަ ހުރި ވީޑިއޯތަކަކާ ފޮޓޯތަކެއް ލީކުކޮށްލާނެކަމުގެ އިންޒާރު ދިނުމުން އަހަރެންނަށް ގޮތްހުސްވީ. ހުރިހާކަމެއްވެ ނިމުނުފަހުން އަހަރެންނަށް އެނގުނީ ޝިފާން ލޯބިވަނީ ރޭޝަމްދެކެކަން. ޝިފާން އެހުރިހާ ކަމެއްކުރީ ރޭޝަމްއާ ޒައިކް ދުރުކުރުވަން. އޭނަގެ މަޤުސަދު ހާސިލްވެ ރޭޝަމް ލިބުމުން އޭނަ އަހަރެން ދޫކޮށްލީ. ރޭޝަމް ޕްލީޒް! އަހަރެންނަށް މަޢާފްކޮށްދީ. އަހަރެންގެ ފުރާނައަށް ހަމަޖެހުން ލިބޭނީ އޭރުން. ރޭޝަމް! ޒައިކް! އައިމް ރިއަލީ ސޮރީ.”

**********

ރޭޝަމް ތަކުރާރުކޮށް އެވީޑިއޯ ބަލަމުން ދިޔައިރު ވިސްނެމުން ދިޔައީ ޝިފާންގެ ރަނގަޅުކަމާއި އޯގާތެރިކަމާ ދޭތެރޭގައެވެ. އެ އޯގާތެރިކަމަކީ ދެއްކުންތެރިކަމެއްކަން އެނގުމުން ރޭޝަމްގެ ދެލޯ ކަރުނައިން ފުރުނެވެ. މިދުނިޔޭގައި އިތުބާރު ކުރާނީވެސް ވަކި ކާކަށް ހެއްޔެވެ؟ އެންމެ އިތުބާރުކޮށްގެން އުޅުނު މީހާ މިވީ އޭނާގެ މުޅި ދުނިޔެ ބަރުބާދުކޮށްލި މީހާއަށެވެ. އޭނާގެ ލޯބި ހާސިލްކުރަން ޝިފާން އެތައް ބައެއްގެ ފުރާނަ ދުއްވާލީއެވެ. އޭނާގެ ލޯބިވާ ކޮއްކޮއާއި މަންމައެވެ. ދެން ޝިފާންގެ ޝިކާރައަކަށް ވާނީ ކާކު ހެއްޔެވެ؟ ރިމްޝާ ހެއްޔެވެ؟ ނޫނީ ޒައިކް ހެއްޔެވެ؟ ޒައިކް މަތިން ހަނދާންވުމުން ރޭޝަމް އަވަސްއަވަހަށް ގޮސް ފޯނު ނަގާ ގުޅާލިއެވެ. ހުރިހާ ހަޤީޤަތެއް ޒައިކްއަށް ކިޔައިދޭށެވެ. އެހެންނޫނީ ޝިފާންގެ ވަކިތަކުގެ ދަށުގައި އޭނާ ހައްޔަރުވެދާނެއެވެ. ޒައިކްއަށް ގުޅާގުޅާ ފޯނު ނުނެގުމުން ރޭޝަމް ދެން ގުޅީ ޒުހައިރުއަށެވެ.

“ހެލޯ! ޒައިކް އޮފީހުގަ އެބައުޅޭތަ؟”

“ރޭޝަމް! ކިހިނެއްވީ؟ ހާދަ ހާސްވެފަ. އަނެއްކާ ކަމެއްވީތަ؟” ރޭޝަމްގެ ސުވާލަށް ޖަވާބުދިނުމުގެ ބަދަލުގައި ޒުހައިރު ސުވާލުކޮށްލިއެވެ.

“ޒުހައިރު! ފަހުން ތިވާހަކަ ކިޔައިދޭނަން. މިވަގުތު އަހަރެންނަށް ޒައިކްއާ ވާހަކަދެއްކުން ވަރަށް މުހިންމު. އެހެންނޫނީ މާބޮޑަށް ލަސްވެދާނެ. ޕްލީޒް! އަހަރެންނަށް ޒައިކްއާ ވާހަކަދެއްކޭނެ ގޮތެއް ހަދައިދީ.” މިހާރު ރޭޝަމްއަށް ރޮވޭގޮތް ވެއްޖެއެވެ. ހާސްކަމާއި ނުތަނަވަސްކަމުން ނިތްމަތީ ފިރުމާލެވުނެވެ. ޒުހައިރުއަށް ރޭޝަމް ރޯކަން އެނގުމުން ވަރަށް ބޮޑު ކަމެއް ވެއްޖެކަން އެނގުނެވެ.

“ރޭޝަމް! މިދުވަސްކޮޅު ޒައިކް ސަރ އޮފީހަކަށް ނާދޭ. ސަރގެ ކައިވެންޏަށް ކޮންމެވެސް ރިސޯޓަކަށް ގޮސްވީ. ރޭޝަމް ބޭނުމިއްޔާ އޭނަގެ ޕްރައިވެޓް ނަންބަރު ދީފާނަން. ފަހަރެއްގަ އެނަންބަރުން ގުޅިދާނެ.” ޒުހައިރު އެހެން ބުނެ ފޯނު ބޭއްވިއިރު ހިތް ނުތަނަވަސްވެފައި ވާވަރުން އަވަހަށް ގޮސް ދިމްނާއާއި ލާރާއަށް އެޚަބަރު ދިނެވެ.

ޒުހައިރު ނަންބަރު ފޮނުވުމުން ރޭޝަމް އަވަސްއަވަހަށް ގުޅާލިއެވެ. ނަމަވެސް މިފަހަރުވެސް ލިބުނީ މާޔޫސްކަމެވެ. އައި ރުޅިން ފޯނު ހޫރާލެވުނެވެ.

“ޒައިކް! ކޮންމެ ފަހަރަކުވެސް އަހަރެންނަށް ޒައިކްގެ އެހީތެރިކަން ބޭނުންވާއިރު ތިހުންނަނީ އަހަރެންގެ އަޑުވެސް ނުފޯރާހާ ދުރުގަ. އެކީއްވެ؟ ކީއްވެހޭ؟” ރޭޝަމް މޮޔައެއްހެން އަޑުގެ ކޮޅަށް ހަޅޭއްލަވައިގަތެވެ. އެނދު ކައިރިއަށް ވެއްޓިގަންނަމުން ބާރުބާރަށް ރޮމުން ދިޔައެވެ. ގޮތް ހުސްވެފައިވާ ރޭޝަމްއަށް ހަދާނެ އިތުރު ގޮތެއް ނުވިސްނުނެވެ. ރޯލަރޯލާ އިނދެވުނީއެވެ.

ޒައިކް އޮތީ ރިސޯޓް އަތިރިމަތީ ހުރި ބީޗް ގޮނޑިއެއްގައެވެ. އަވިގަދަ ހޫނު ދުވަހަކަށްވިޔަސް މާސިންގާ ބޮޑު ކަނޑުން އަންނަ ފިނިފިނި ރޯޅިތަކުން ހަށިގަނޑަށް ފިނިކަން ލިއްބައިދެއެވެ. ނޫއުޑާއި ކަނޑު އެކުލެވިގެންވާ ރީތި ގޮނޑުދޮށުގައި އެކަނިމާއެކަނި ފުން ވިސްނުމެއްގައި ޒައިކް އޮތެވެ. ދުނިޔޭގެ ހިތްގައިމު ރީތި އެއްވެސް މަންޒަރަކުން އެހިތުގެ ފަޅުކަމެއް ނުފިލައެވެ. އެހިތުގައިވާ ބޭޤަރާރުކަމަކަށް ބަދަލެއް ނާދެއެވެ. ކުއްލިއަކަށް ރޭޝަމް މަތިން މާބޮޑަށް ހަނދާންވާން ފެށިއެވެ. ރޭޝަމްއާއެކު މިވަގުތު ހޭދަކޮށްލެވޭނެނަމައޭ ހިތަށް އެރިއެވެ.

ފޯނު ނެގީ ޒުހައިރުއަށް ގުޅާފައި ރޭޝަމް އޮފީހަށް ނުކުތްތޯ ބަލާށެވެ. އެވަގުތު ލޮލުގައި އަޅައިގަތީ މިސްވެފައި ހުރި ކޯލްތަކެވެ. ނުވެސް ދަންނަ ނަންބަރަކުން ގުޅާފައި ހުރުމުން އޭނާއަށް ހައިރާންކަމެއް ލިބުނެވެ. ގުޅާފައި އިން ނަންބަރަށް ގުޅާލިއިރު ފޯނު އޮތީ ނިއްވާލާފައެވެ. ކުޑަކޮށް ވިސްނާލަން ހުރެފައި ޒުހައިރުއަށް ގުޅިއެވެ. ލިބުނު ޚަބަރުން ޒައިކްއަށް ކޮޅަށް ތެދުވެވުނެވެ. ރޭޝަމްއަށް ކަމެއް ނުވާނަމަ އޭނާގެ ނަންބަރު ހޯދައިގެން އެވަރަށް ނުގުޅާނެކަން އޭނާއަށް ޔަޤީނެވެ. ކޮންމެވެސް ބޮޑުކަމެއް ވެއްޖެއެވެ.

ޒައިކް އެއްވެސް މީހަކަށް ނާންގާ މާލެ ދިޔައެވެ. ރޭޝަމްގެ ގޭ ބެލް އެތައްފަހަރަކު އެޅިއިރުވެސް އެތެރެއިން ޚަބަރެއް ނުވުމުން ޒައިކްގެ ހާސްކަން އިތުރުވިއެވެ. ނިތްމަތިން ދަލުގެ ބޮޑެތި ތިކިތައް ފާޅުވާން ފެށިއެވެ. ހިތުގެ ހިނގުން އަވަސްވެ މާނޭވާ ލެވެން ފެށިއެވެ. ގޮތްހުސްވެފައިވާ ޒައިކްގެ ހިތަށް ވަންނަންފެށި ތަފާތު ވަހުމްތަކުން ލޮލުން ފެން އަންނަގޮތްވިއެވެ.

“ހާއި ޒައިކް! އާދޭ. އާދޭ އެތެރެއަށް.” އެތެރެއިން ދޮރުމަތީ ހުރި ޝިފާން ފެނިފައި ޒައިކްއަށް ނުބައި ގޮތްތަކެއްވިއެވެ. ހިތުގައި ގޮތް ނޭނގޭ ބިރުވެރި ރާޅުތަކެއް ދަތުރުކޮށްލިއެވެ.

“ޝިފާން! ކަލޭ ރޭޝަމްއަށް ކިހިނެއް ހެދީ؟ ކޮބާ ރޭޝަމް؟ ރޭޝަމް! ރޭޝަމް!” ރޭޝަމްގެ އެއްވެސް ޚަބަރެއް ނުވުމުން ޒައިކް އެތެރެއަށް ވަންނަން ހިނގައިގަތެވެ.

“ޒައިކް! ހާދަ ކެތްމަދުވެފަ. ކެތްކުރި މީހާއެއްނު ދެއަތުން ބޮނޑިބަތްވެސް ކެއީ. ރޭޝަމް! ނުކުމެބަލަ. މިހިރީ ޒައިކް އައިހޭ.” ޝިފާންގެ ކޮންމެ ޖުމްލައެއްގައިވެސް ފޮރުވިފައިވާ މާނައެއްވާކަން ޒައިކްއަށް ވިސްނުނެވެ. އޭނާއަށް ނޭނގޭ ކޮންމެވެސް ކަމެއް އެބައުޅެއެވެ. ކޮންކަމެއް ހެއްޔެވެ؟ މީގެކުރިން ފެންނައިރަށް ރުޅިވެރި ސިންގާއެއް ފުފިގަންނަ ޝިފާން މިއަދު އުފަލުން ހެވި ދިއްލިލާފައި ހުރުމުގައި ކޮންމެވެސް ބޮޑު ސިއްރެއްވާކަން ޔަޤީނެވެ.

ރޭޝަމް މަޑު ފިޔަވަޅުތަކެއްގައި ނުކުތްއިރު ޒައިކް ހުރީ ބުނާނެ އެއްޗެއްވެސް ނޭނގި އަނގަ ހުޅުވިފައެވެ. ރަތް ކުލައާއި ހުދު ކުލައިގެ ހެދުމެއްގައި ރަތް ކުލައިގެ ޝޯލްއެއް އަޅައިގެން ހުރިއިރު ފަލަކުން އައި ޕަރީއެކޭ އެއްގޮތެވެ. އެހާވެސް ރޭޝަމް ފުރިހަމައެވެ. އެވަގުތު އެކޮޓަރިން ދެ އަންހެންކުދިންވެސް ނުކުތެވެ. އެއީ ސެލޫންއިން ރޭޝަމް ރީތިކުރަން އައިސް ތިބި ދެކުދިންނެވެ. އެދެކުދިން ނުކުމެގެން ދިޔައިރުވެސް ރޭޝަމްއާއި ޒައިކް ތިބީ ލޮލާއި ލޯ ގުޅުވާލައިގެންނެވެ.

ރަން ކިޔުމަށްޓަކައި ތައްޔާރުވެފައިހުރި ރޭޝަމްގެ މޫނުމަތިން އެއްވެސް އުފާވެރި ކުލައެއް ނުވާތާ ތުންފަތުގައިވަނީ މަޑު ތުރުތުރެކެވެ. ލޮލުގައި ވިދަވިދާ ހުރީ ކަރުނައިގެ މުތީތަކެވެ. ޒައިކްގެ ފިޔަވަޅުތައް ރޭޝަމްއާ ގާތަށް އަޅަމުން ދިޔައިރު އެދެލޮލުގައިވެސް ވަނީ ތެތްކަމެވެ. ރޭޝަމްއާ ގާތްވީވީހެން ޒައިކްގެ ހިތުގެ ވިންދުވެސް ދިޔައީ އަވަސްވަމުންނެވެ. ރޭޝަމްގެ ހާލަކީވެސް މިއެވެ.

ރޭޝަމްގެ ގާތަށް ޒައިކް ހުއްޓުނެވެ. އެދެލޮލަށް ބަލަމުން ދިޔައީ އެދެލޮލުގައިވާ އެއްޗެއް ދެނެގަންނަން މަސައްކަތް ކުރަމުންނެވެ.

“ރޭޝަމް!” ޒައިކް ކުރިއަށް އަތް ގެނެސް ރޭޝަމްގެ ދެއަތުގައި ހިފާލަން އުޅުނު ވަގުތު ކުއްލިއަކަށް ރޭޝަމް ޒައިކްގެ ގައިގައި ބައްދާލިއެވެ. ޒައިކްއަށް ލިބުނީ ހައިރާންކަމެކެވެ. ރޭޝަމްގެ މި ކުއްލި ހަރަކާތުން ހައިރާންވެފައި ހުރި ޒައިކްއަށްވެސް ބޭއިޚްތިޔާރުގައި ރޭޝަމްގެ ގައިގައި ހިފަހައްޓާލެވުނެވެ. މިމަންޒަރު ބަލަން ދުރުގައި ހުރި ޝިފާންގެ މޫނުމަތިން ފެންނަންހުރި ހިނިތުންވުމުން ކާމިޔާބުގެ ކުލަތައް ފެންނަން ހުއްޓެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Saandy

Level 1010 Stories1K Comments500 Comments100 Comments100 Stories

ވާހަކަ ލިޔާހިތްވާ އަދި ވާހަކަ ކިޔާހިތްވާ މީހަކީމެވެ... އަދި ކޮމެންޓް ކިޔާހިތްވާ މީހަކީމެވެ https://web.facebook.com/SaandyStories/?ref=page_internal

Other Articles

Previous

ލޯ މެރޭ ހިނދު ހީވޭ ގާތުގާ ވާހެން..(09)

Next

އަނދިރިފަރާތް (16 ވަނަ ބައި)

Next
April 1, 2017

އަނދިރިފަރާތް (16 ވަނަ ބައި)

Previews
March 31, 2017

ލޯ މެރޭ ހިނދު ހީވޭ ގާތުގާ ވާހެން..(09)

114 Comments!

  1. Saandy says:
    April 1, 2017 at 7:02 am

    Assalaam A’laikum… Miothy “REYSHAM” vaahakaige 10 vana bai… Ummeedhu kuran hurihaa kudhinnahves kamudhaane kamah… Hurihaa kudhinnahves baajjaveri dhuvahakah edhen… Love u all 🙂

    1. lazaniya says:
      April 1, 2017 at 1:52 pm

      oh my sandy darling varah salhi waiting darling adhimiadhueh part UP KOHDHEEBA PLEASE 🙂

    2. Saandy says:
      April 1, 2017 at 1:54 pm

      ThanQ Lazaniya… Sorry in’gey… V dheravey mihen bunanves… Ekamves buneven othy miadhu noony mirey up kohdheveykah nethey… I’m really very sorry for that… Insha Allah!! Maadhamaa hen’dhunu up kolladheynan 🙂

  2. ReeXa says:
    April 1, 2017 at 7:21 am

    ReethiNess to the max. .. maashaa Allah. . Varah furihama… n when next part….

    1. Saandy says:
      April 1, 2017 at 1:53 pm

      ThanQ ReeXa… Maadhamaa 🙂

  3. sh says:
    April 1, 2017 at 7:27 am

    wow vrah reethi adi mihaa reethi vaahakaeh nukiyan

    1. Saandy says:
      April 1, 2017 at 1:56 pm

      ThanQ Sh 🙂

  4. Shahoo says:
    April 1, 2017 at 7:34 am

    Maasha allah v reethi. Adhi eh part plxxxxxxx

    1. Saandy says:
      April 1, 2017 at 1:56 pm

      ThanQ Shahoo… Maadhamaa hen’dhunu 🙂

  5. Rose says:
    April 1, 2017 at 7:35 am

    Alhey reysham & zaik dhurunukurahchey…. Dheragotheh nahadhahchey e’dhemeehunnah…. Nice story plz adhi eh part genesdhyba mirey plz plz

    1. Saandy says:
      April 1, 2017 at 1:57 pm

      ThanQ Rose… Maadhamaa hen’dhunu 🙂

  6. Azu says:
    April 1, 2017 at 7:53 am

    Alhey….nikan e shifan gandah gotheh hadhaabala…????zaik n reysham???thanx saandy…luv u

    1. Saandy says:
      April 1, 2017 at 1:58 pm

      ThanQ Azu… Hurey in’gey Shifaan ah varugadha gotheh hadhaaleveythoa balaanan… Dhen Saandy kudadhorun ellaanulaifiyyaa ran’galhu… Hehehe :p 🙂

  7. Aish says:
    April 1, 2017 at 8:28 am

    Varan varan reethi waitin

    1. Saandy says:
      April 1, 2017 at 1:59 pm

      ThanQ Aish 🙂

  8. Aki says:
    April 1, 2017 at 8:34 am

    wow varah furihama… adhi miadhu one part up kohla dheebaa pls pls pls

    1. Saandy says:
      April 1, 2017 at 2:01 pm

      ThanQ Aki… Sorry… Miadhu nuvaane… Maadhamaa hen’dhunu… Insha Allah!! 🙂

  9. aisha says:
    April 1, 2017 at 8:40 am

    amazing

    1. Saandy says:
      April 1, 2017 at 2:02 pm

      ThanQ Aisha 🙂

  10. shifu says:
    April 1, 2017 at 9:12 am

    Saandy miadhu adhi ebbai up kohladheythi ingey pls pls story hama habeys…

    1. Saandy says:
      April 1, 2017 at 2:03 pm

      ThanQ Shifu… Sorry!! Miadhu nuvaane… Maadhamaa hen’dhunu up kohdheynan… Insha Allah!! 🙂

  11. Naxy says:
    April 1, 2017 at 9:16 am

    Haadha reehchey…..

    1. Saandy says:
      April 1, 2017 at 2:04 pm

      ThanQ Naxy 🙂

  12. firu says:
    April 1, 2017 at 9:21 am

    waaau. varah salhi mi bai ves.? miadhu adhi ehbpart nugenes dheveynetha? ? keep it up. ❤

    1. Saandy says:
      April 1, 2017 at 2:05 pm

      ThanQ Firu… Yes Firu… Miadhu nugenesdheveyne… Sorry for that… Ekam maadhamaa hen’dhunu genesdheynan… Insha Allah!! 🙂

  13. Ell says:
    April 1, 2017 at 9:23 am

    Mirey 1 part adhi genesdheeba pllllsss. This story vrh reethi

    1. Saandy says:
      April 1, 2017 at 2:06 pm

      ThanQ Ell… Sorry!! Mirey nugenesdheveyne… Insha Allah!! Maadhamaa hen’dhunu genesdheynan 🙂

  14. tui says:
    April 1, 2017 at 9:24 am

    Alhey avahah up kohdhyba plxxxx..v kiyaahiyvaa story eh meee.v nice .

    1. Saandy says:
      April 1, 2017 at 2:07 pm

      ThanQ Tui… Maadhamaa hen’dhunu up kohdheynan… Insha Allah!! 🙂

  15. Shau says:
    April 1, 2017 at 9:25 am

    Adhi 1 part pls saandy! Mi part varah furihama! Reysham n zaik dhuru nukurahchey! Thankx saandy!

    1. Saandy says:
      April 1, 2017 at 2:08 pm

      ThanQ Shau… Maadhamaa hen’dhunu genesdheynan… Insha Allah!! 🙂

  16. Maa says:
    April 1, 2017 at 9:45 am

    Vv vvvvv nice ingey mibaivess… waiting next part…..

    1. Saandy says:
      April 1, 2017 at 2:08 pm

      ThanQ Maa 🙂

  17. Cherry says:
    April 1, 2017 at 9:49 am

    Alhey haadha dhera veyey eba
    Plz e Shifaan aa reysham ge kaiveni vevuna nudhecchey
    Plz

    1. Saandy says:
      April 1, 2017 at 2:09 pm

      ThanQ Cherry… Let’s see dhw 🙂

    2. Cherry says:
      April 1, 2017 at 4:27 pm

      Asluves rovidhaane

    3. Saandy says:
      April 1, 2017 at 9:09 pm

      Alhe Cherry… Hiyyvaru kurahchey nuroi veythoa 🙂

  18. Kitty says:
    April 1, 2017 at 9:51 am

    Vaahaka hama habeyx.. miadhu 1 more part plxxz saandy

    1. Saandy says:
      April 1, 2017 at 2:10 pm

      ThanQ Kitty… Sorry!! Maadhamaa hen’dhunu vaany 🙂

  19. ithoo says:
    April 1, 2017 at 9:57 am

    Mi part vx v salhi… Thanxx saandy.. Mi stry genes dheyn thi kuraa hih varah ☺

    1. Saandy says:
      April 1, 2017 at 2:11 pm

      ThanQ Ithoo 🙂

  20. Shifa says:
    April 1, 2017 at 9:58 am

    Vara reethi

    1. Saandy says:
      April 1, 2017 at 2:11 pm

      ThanQ Shifa 🙂

  21. Maree says:
    April 1, 2017 at 10:09 am

    vv reethi haadha asarugadha vaahakaekey saandy mi

    1. Saandy says:
      April 1, 2017 at 2:12 pm

      ThanQ Maree 🙂

  22. Anonymous says:
    April 1, 2017 at 10:12 am

    11 vna part ves miydhu kiyaaln libeyne dw

    1. Saandy says:
      April 1, 2017 at 2:13 pm

      ThanQ Anonymous… Nooney… Miadhaku mireyaku nulibeyne aa baeh kiyaalaakah… Maadhamaa hen’dhunu libeyny… Insha Allah!! 🙂

  23. Chum handi says:
    April 1, 2017 at 10:20 am

    i don’t usually comment to this story now, but vrh bodah hih thelhey eba mihaaru….. waiting waiting.. but reysham aa zaik aa gulhuvachey… dhen shifaan jalah laa…. I hate him…

    1. Saandy says:
      April 1, 2017 at 2:14 pm

      ThanQ Chum handi… Let’s see what’s going to happen 🙂

  24. saamy says:
    April 1, 2017 at 10:28 am

    Saandy u r de best… v v furihama mi part… waiting 4 de next part..

    1. raf says:
      April 1, 2017 at 2:10 pm

      dhw saamy

    2. Saandy says:
      April 1, 2017 at 2:15 pm

      ThanQ Saamy & Raf 🙂

  25. Sheryn says:
    April 1, 2017 at 10:39 am

    Oh… Haadha laobi vaahaka ekey.. 11 van a bai kiyaa hithun kehvanii ki Nunn… Saandy… Avahah 11 van a baii nereba.. Plx. ☺

    1. Saandy says:
      April 1, 2017 at 2:16 pm

      ThanQ Sheryn… Maadhamaa hen’dhunu up kohdheynan… Insha Allah!! 🙂

  26. Naadhee says:
    April 1, 2017 at 10:53 am

    V v v reethi. adhi ehpart kiyaalan miadhu libeyne nama.

    1. Saandy says:
      April 1, 2017 at 2:17 pm

      ThanQ Naadhee 🙂

  27. Aidha says:
    April 1, 2017 at 10:54 am

    I luv this story.

    1. Saandy says:
      April 1, 2017 at 2:18 pm

      ThanQ Aidha 🙂

  28. yus says:
    April 1, 2017 at 11:05 am

    Foohi hageegah egihureme kaivehyah thahyaaruveema dhem nuvey kiyaahitheh

    1. Saandy says:
      April 1, 2017 at 2:19 pm

      Yus! Vedhaane ehnu Zaik ah surprise eh dheyn ulheny kamahves… Dhen othy 2 bai… E 2 baives kiyaalaane kamah ummeedhu kuran 🙂

  29. rim says:
    April 1, 2017 at 11:15 am

    Reysham birugannaane nennu dhen maraalaanii kaaku kmehneygeyvihya ehenvma eyna egothah enimmii zaiku maraalanves eyna fasnujeheynethii v v v v furihama igey. Adhi ehpart up kohdhiiiiiiiiiii plxlxplxxxxxxxxxxxxxxxxxx

    1. Saandy says:
      April 1, 2017 at 2:21 pm

      ThanQ Rim… Aan dhw… Sorry! Miadhu nuvaane… Maadhamaa hen’dhunu up kohdheveyny 🙂

  30. tara says:
    April 1, 2017 at 11:53 am

    mendhuru class ga inna time ah story update vanee ekam ves cant wait class nimmaafa kiyan. so class ga indhegen sirrun kiyanee konme faharaku. eha ves reethi. and now what a cliff hanger damn..cant wait for tomorrow.

    1. Saandy says:
      April 1, 2017 at 2:22 pm

      Nooney Tara… Konme dhuvahaku hen’dhunu 7 ga story up vaane… Anyway, ThanQ sirrun namaves kiyaalaathy 🙂

  31. luhan says:
    April 1, 2017 at 12:21 pm

    V reethi…Hama rovey konme episode eh kiya iru vc..V habu…Nxt prt avas kohdhey thi ingey..??

    1. Saandy says:
      April 1, 2017 at 2:23 pm

      ThanQ Luhan… Yes ehaa laheh nukuraanan… Maadhamaa hen’dhunu… Insha Allah!! 🙂

  32. silver mist says:
    April 1, 2017 at 12:29 pm

    Plx plx plx adhi eh part up kohdhiiba.. Varah varah reethi mi episode ves..

    1. Saandy says:
      April 1, 2017 at 2:25 pm

      ThanQ Silver mist… Sorry! Miadhu nuvaane… Maadhamaa hen’dhunu up kohdheveyny 🙂

  33. ?ain? says:
    April 1, 2017 at 12:56 pm

    Superb???❤❤???❤❤???❤❤???❤????❤❤??❤??

    1. Saandy says:
      April 1, 2017 at 2:25 pm

      ThanQ Ain 🙂

  34. Aphy says:
    April 1, 2017 at 1:27 pm

    Saandy iyye kahala suprise eh neiytha miadhaku?story ves nimenee dhw..haadha haa ey reethy mi story..nxt part ah kehmadhuvefa…thnks mihaa reethi vaahaka eh up kohdheythy?

    1. Saandy says:
      April 1, 2017 at 2:27 pm

      ThanQ Aphy… Yes miadhu nethey surprise eh… Surprise eh eba othey bunefa up kureema surprise ekahves nuvaane ehnu… Aan… Mihaaru nimeny… Baaky othy 2 bai 🙂

  35. Shaa says:
    April 1, 2017 at 1:33 pm

    V salhi.

    1. Saandy says:
      April 1, 2017 at 2:27 pm

      ThanQ Shaa 🙂

  36. aisaa says:
    April 1, 2017 at 1:36 pm

    v vreethi

    1. Saandy says:
      April 1, 2017 at 2:28 pm

      ThanQ Aisaa 🙂

  37. Shaxy says:
    April 1, 2017 at 1:44 pm

    Mi vaahaka ehaa avahah nunimmahchey.. V reethi mi vaahaka.. V kiyaa hithun kiyaalevey

    1. Saandy says:
      April 1, 2017 at 2:29 pm

      ThanQ Shaxy… Ekam baaky dhen othy 2 bai 🙂

  38. raf says:
    April 1, 2017 at 2:09 pm

    saandy v nice mi part vexxx……

    1. Saandy says:
      April 1, 2017 at 2:30 pm

      ThanQ Raf 🙂

  39. shabaa says:
    April 1, 2017 at 2:11 pm

    Vvv reethi

    1. Saandy says:
      April 1, 2017 at 2:30 pm

      ThanQ Shabaa 🙂

  40. Shim says:
    April 1, 2017 at 3:12 pm

    V v reethi

    1. Saandy says:
      April 1, 2017 at 9:13 pm

      ThanQ Shim 🙂

  41. sooo says:
    April 1, 2017 at 3:30 pm

    Alhey saandy mivaahaka aneh baai kiyaahithun hureveny ky vex noon.. Thankolhe avahah up kohlah dhybala..

    1. Saandy says:
      April 1, 2017 at 9:15 pm

      ThanQ Sooo… Adhi 11 vana bai nuliyevey… Ehenve mirey upkoh nudheveyneyey buny… Adhi kiriyaa mi free v… V tired but will try to upload tonight… If not, then morning 🙂

  42. Yax says:
    April 1, 2017 at 4:01 pm

    That shifaan?
    Shifaan ah bunelan othiy;
    “Who do you think you are?
    Runnin’ ’round leaving scars
    Collecting your​ jar of hearts
    And tearing love apart….”

    1. Saandy says:
      April 1, 2017 at 9:16 pm

      Dhw Yax 🙂

  43. Afy says:
    April 1, 2017 at 4:09 pm

    Vaasaree varah salhi

    1. Saandy says:
      April 1, 2017 at 9:17 pm

      ThanQ Afy 🙂

  44. Black girl says:
    April 1, 2017 at 4:13 pm

    wow v nice story

    1. Saandy says:
      April 1, 2017 at 9:18 pm

      ThanQ Black girl 🙂

  45. Shai? says:
    April 1, 2017 at 4:21 pm

    Amazing

    1. Saandy says:
      April 1, 2017 at 9:19 pm

      ThanQ Shai 🙂

  46. Xaa says:
    April 1, 2017 at 4:22 pm

    Saandy If reysham zaik kairi dhuruvaan bunefiyaa zaik would sing “treat you better”
    (by Shawn mendes?) dw!!!!
    If so it’s gonna be so amazing

    1. Tara says:
      April 1, 2017 at 7:31 pm

      I support this 100000%

    2. Tara says:
      April 1, 2017 at 7:35 pm

      Hehe saandy, I’m not in Maldives. Male’ gadin hendhunu is mithaage late afternoon. Ehenve sirrun kiyanjehenee ?

    3. Saandy says:
      April 1, 2017 at 9:20 pm

      @Xaa: Yeah dhw… ThanQ 🙂
      @Tara: Ehen dhw mi v 🙂

  47. Aphy says:
    April 1, 2017 at 4:25 pm

    Maadhan mornin nuvegn dhn hureveynee story kiyaalan..saandy thee story haa salhi meeheh..hurihaa readers ge comments thakah rply ves ebakurey..writter eh vehjihyyaa thihen vaan jeheyne..inthizaaruga nubaithihbbaa knmmes dhuvahaku up ves kohdhey..keep it up..thee mihaaru my favourite writter mi site ga ulhey?????

    1. Saandy says:
      April 1, 2017 at 9:22 pm

      Oh ThanQ Aphy… V ufaavejje mi comment fenuneema 🙂

  48. Usha says:
    April 1, 2017 at 4:34 pm

    Readers geihusaas thakah ihurhiraam koh miadhu adhi eh part genes dheyn veenu plx can’t wait ingey. . Meege kurin comment nukuriyas mi vaahaka vvv reethi,

    1. Saandy says:
      April 1, 2017 at 9:24 pm

      ThanQ Usha… Aslu vaagothaky kiyuntheringe ihusaasthakah ihuthiraam nukuraneeky noon… 11 vana bai adhi othy nuliyevi… Ehenve mirey up kohnudheveyneyey buny… Saandy v tired mirey… Ehenve dhen mirey story liyan noolheveynethy… Hope u’ll understand 🙂

  49. Kiyaa Meehaa says:
    April 1, 2017 at 7:24 pm

    Woww.. v salhi mi baives.. waiting for the next 🙂

    1. Saandy says:
      April 1, 2017 at 9:25 pm

      ThanQ Kiyaa Meehaa 🙂

  50. Hajja says:
    April 1, 2017 at 8:11 pm

    Mi bai ves v reethi

    1. Saandy says:
      April 1, 2017 at 9:26 pm

      ThanQ Hajja 🙂

  51. Thushaa says:
    April 1, 2017 at 9:10 pm

    V rythi mi part ves

    1. Saandy says:
      April 1, 2017 at 9:27 pm

      ThanQ Thushaa 🙂

  52. Appy says:
    April 1, 2017 at 10:29 pm

    Alhey dhn in part kiyaahithun hurevey ky noon ..avaha nidhan dhaan v eyrun dhn heylaa iru innaany up vefa heheheh

    1. Saandy says:
      April 2, 2017 at 7:06 am

      ThanQ Appy… Now uploaded 🙂

  53. Fathi says:
    April 1, 2017 at 10:35 pm

    Varan rithi

    1. Saandy says:
      April 2, 2017 at 7:06 am

      ThanQ Fathi 🙂

  54. Xuhu says:
    April 2, 2017 at 5:55 am

    Omg vara salhi ingey hiyy varaa ehku kuriya vadaigahna vaa kaamiyaab libeyni kuraa gadha hiyy varu

    1. Saandy says:
      April 2, 2017 at 7:07 am

      ThanQ Xuhu 🙂

Comments are closed.

Next Episodeރޭޝަމް (11)←


All Right Reserved!