އަގެއްނެތްލޯބި 6 ވަނަ ބައި
ކައިވެނިކޮށް ނިމުނު ވަގުތު ހީވީ އެތަނަށް ކަރުދާހުގެ ތޫފާނެއް އައިހެންނެވެ. ކަރުދާސްތައް ފައިބައިގަތް ވަގުތު އެތަނުގައިވާ އެއްމެންނަށް މައްޗަށް ބަލާލެވުނެވެ. ކުދިކުދިކޮށްފަހުރި ކަރުދާސް ކޮޅުތައް މުޅިގޭތެރޭ އެކީއެކަށް އޮތެވެ. ޒިޔާދުއާ ނިސާދުގެ ބައެއް ރައްޓެހިން މަތީގައި ތިއްބެވެ. ނިސާދު ހީލުމުން ޒިޔާދު އަވަސް ފިޔަވަޅުތަކެއް އަޅަމުން ސިޑިން ފައިބައިގެން އައިސް ނިސާދުގެ ގައިގާ ބައްދާލިއެވެ. އުފަލުންނެވެ. “ޒިޔާ މީ ކޮންކަމެއްތަ؟ހާދަ ކަރުދާހެއް..” ވަށައިގެން ބަލާލަމުން ނިސާދު ސުވާލުކޮށްލިއެވެ. “މީ އަހަރެންގެ ކަމެއް. މިކަރުދާސް އަޅަށް މިގޮތަށް ރޭވީވެސް އަހަރެން ދޯ….” ދޯ ދިނީ ފަހަތުގާ ތިބި ނިސާދުގެ ރައްޓެހިންނަށެވެ. ޒިޔާދު އެހެން ބުނުމުން އެއްމެން އެއްފަހަރާ ހޭންފެށިއެވެ.
މާބޮޑު ޕާޓީއެއް ނުބޭވިޔަސް ކުޑަވަރެއްގެ ޕާޓީއެއް ބޭވިއެވެ. ދެފަރާތުގެ އާއިލާގެ މީހުންނާ، ގާތް ރައްޓެހިންނަށް ދަޢުވަތު ދިނެވެ. މިކުޑަ ޕާޓީއިން ދެމީހުންނަށް ސަލާމަތް ވެވުނުއިރު ހުރީ މެންދަމު އެކެއް ޖަހާފައެވެ. ދެމީހުން އެކުގަ އައިސް ކޮޓަރީ ދޮރުމައްޗަށް ހުއްޓި ދޮރުހުޅުވާލިއެވެ. ކޮޓަރީގެ ހުރިހާ ބޮކިތަކެއްވަނީ ނިއްވާލާފައެވެ. ކިރިޔާވެސް އަލިމެއްވަނީ ކޮޓަރީގެ އެކިތައްތަނުގަ ދިއްލާފަ ހުރި ރަތްކުލައިގެ އުއްބައްތި ތަކުގެ އަލިންނެވެ. އެއަލިން މުޅި ކޮޓަރިތެރެ ވަނީ ރަތް ކުލައިގައެވެ. ނިސާދު އާ ހަނާ ތިބީ ހައިރާން ވެފައެވެ. އެހެން ހުއްޓާ ނިސާދުގެ ފައިގާ އެއްޗެއް ޖެހުނުހެން ހީވެގެން ތިރިއަށް ބަލާލިއިރު ހިތެއްގެ ބައްޓަމަށް އޮތް ފުއްޕާ ހަމެއްއޮތެވެ. އެހަންނަގާ ނިސާދު ވަރަށް ރަގަޅަށް ބަލާލިއެވެ. އަދި ހަމުގަ ލިޔެފައިވާ ލިޔުންކޮޅު ކިޔާލިއެވެ. ހިނިގަނޑަކާއެކު ހަނާގެ އަތަށް ހަން ދީފަ ކޮޓަރިތެރެއަށް ވަނެވެ. މުޅި ކޮތަރިތެރޭގަ ވަނީ ފުއްޕާހަމެވެ. ފަންކާ ޖަހާފަ ހުރުމުން ކޮޅުކޮޅު މައްޗަށް ހަންތައް އުދުހެނީއެވެ. ” ޔަގީން މީވެސް ޒިޔާ ކަމެއް” ދޮރުމައްޗަށް ނިކުމެ ހަނާގެ ގާތުގައި ނިސާދު ބުނެލިއެވެ. “އޭނަ ދެން މިވަރުކުރާނެތަ؟” ހަނާއަށް ގަބޫލުރަން އުދަގޫވިއެވެ. “ހަނާއަށް ޒިޔާއަކީ ކާކުކަން ނޭގުނަސް އަހަރެންނަށް ވަރަށް ރަނގަޅަށް އެގޭ އެއީ ކާކުކަން. ހަނާ ބަލަން ހުރޭ!!” މިހެންބުނެ ނިސާދުގެ ހަނާގެ ފުރަގަހަށް ދިޔަވަގުތު ކޮޓަރީ ބޭރުފާރު ކައިރީ ހުރި ޒިޔާދު ފެނުނެވެ. އެވަގުތު ޒިޔާދު ފާޑަކަށް ހީލާފަ، ދެބުމަ އަރުވަންފެށިއެވެ. “މިހިރީނު ޒިޔާ…..” “އާނ… އަހަރެން” ޒިޔާދު ބުނެލިއެވެ. ” އެކަމަކު ޒިޔާ. ހަންފުއްޕިޔަސް މީ ބޮޑުވަރެއް. އަހަރެން ހީއެއްނުކުރަން ޒިޔާ މިވަރު ކުރާނެކަމަކަށް. ކިހިނެއްތަ މިހުރިހާ ހަންފުއްޕީ”ނިސާދު އަހާލިއެވެ. “ކިހިނެއްވީ! ކަމަކު ނުދޭތަ؟” ޒިޔާދު އަހާލިއެވެ. ނޫނޭ. ކަމުނުދަނީއެއްނޫން.” ނިސާދު ބުނެލިއެވެ. “އެހެންވިޔާ ދެން ކީއްކުރަން ހަންފުއްޕި ގޮތެއްބަލަނީދޯ ހަނާ” ޒިޔާ ދޯ ދިނީ ހަނާއަށެވެ. ހަނާ ބޮލުގެ އިސާރާތުން އާއެކޭ ބުނީ ނިސާދުއަށް ސިއްރުންނެވެ. “އަހަރެން މިހެން ހެދީ ނިސާދުއަކީ އަހަރެންގެ އެއްމެ ގާތް ރަހުމަތްތެރިޔާ… އޯޝިޓް… އަދި މިބުނެވުނީ ރަނގަޅަކަށް ނޫން…. ނިސާދުއަކީ އަހަރެންގެ ބޭބެއަށް ވާތީ. އަޅެ ބަނެބަލަ ކަމަކު ނުދޭތަ؟” ޒިޔާދުބުނެލިއެވެ. “ކަމުނުދަނީއެއްނޫން. ވަރަށް ކަމުދޭ. އަހަރެން މިހުރީ ވަރަށް އުފަލުން. ޒިޔާ އަހަރެންގެ އުފާތަކުގަޔާ، ހިތާމަތަކުގަ ތިހާ ބޮޑަށް ހިއްސާވާތީ.” ނިސާދު ހާމަކުރީ ނިސާދުގެ ހިތުގެ ސުއޫރެވެ.ހަނާ ބަލަންހުއެޓެވެ.
“އޯކޭ ދެން ދެކުދިން އަވަހަށް ނިދަންދޭ. މިރޭމީ ކައިވެނީގެ ފުތަމަރޭ ވިއްޔާ. ރައްޓެހިވެގެން އުޅުންއިރު ނުބޭލި ހުރި ތަރިއެއް ވިޔާ މިރޭ ބާލާފަ ހަނާގެ އުގައްލާތި، އަދި މާދަން އެނދެއް ގަންނަން ނޫޅޭތި” ޒިޔާދު ނިސާދުއާ ދިމާކޮށްލިއެވެ. ހަނާ ޒިޔާދުއާ ދިމާލަން ބަލާލާފަ ދެލޯ ބޮޑުކޮށްލިއެވެ. ޒިޔާދު ތައްކޮޅަކަށް ދިޔުމުން ދެމީހުން ކޮޓަރިއަށް ވަންނަށް ނެގި ފިޔަވަޅަށް ހުއްޓުން އައީ ކޮޓަރިތެރޭން ފުއްޕާހަންތަކެއް ފަޅަން ފެށުމުންނެވެ. އެއަޑަށް ހަނާ ނިސާދުގެ ގައިގާ ލައްވެގަތީ ސިހިގެން ދިޔަވަރުންނެވެ. އެތެރޭގަ ތިބީ ހަނާގެ ރައްޓެހިންނެވެ. އޭގެންވެސް އެންމެ ކުރީގައި ހުރީ ޒިދުނާއެވެ. ހަނާ ސިހިފައި ނިސާދުގެ ގައިގާ ލައްވި ގޮތުން ޒިދުނާގެ ގުރޫޕް މީހުންގެ ގާތައް ވަރަށް ހިނިއައެވެ. އިރުކޮޅަކުން ޒިޔާދުގެ އަޑު އިވިގެން ދިޔައެވެ. ނިސާދު ފަސްއެބުރި ބަލާލިއެވެ. ޒިޔާދުވެސް ހެނީއެވެ. “އޭ ޒިދޫ ހިނގާ ދަމާ… އެމީހުން އެތިބީ ވަރަށް ބިރުން ކަންނޭގެ” ޒިޔާދު ހެމުން ބުނެލުމުން ޒިދުނާއާ އޭނާގެ ބައިވެރިން އެއްކޮށް ހިގައިގަތެވެ. އެމީހުން އެތަނުން ދިޔުމުން ނިސާދުއާ ހަނާ ކޮޓަރިއަށްވަދެ ދޮރު ލައްޕާލިއެވެ. ހަމަ އެވަގުތު ފުރަގަހުން ހަނާގެ ގައިގާ ނިސާދު ބައްދާލިއެވެ. އަދި ހަނާގެ ބޮލުގާ ނިސާދުގެ ބޯޖައްސާލިއެވެ. “ކިހާ ދުވަހެއް އަހަރެން މި ވަގުތައް އިންތިޒާރު ކުރާތާ” ނިސާދު ވައި އަޑުން ހަނާގެ ކަންފަތް ދޮށުގައި ބުނެލިއެވެ. “ހޫމް… ދެން މިނިސާދު އުޅޭގޮތެއްދޯ” މިހެން ބުނެ ހަނާ ނިސާދުއާ ދުރަށްޖެހިލިއެވެ. “ވަރަށް ވަރުބަލި ވެއްޖެ. ދެފައިގަ ވެސް އެބަރިއްސާ.” ނިސާދު ބުންޏެވެ. “އެހެންތަ. ވަރަށް ވަރުބަލި ވެއްޖެދޯ” އެނދުގައި އިށީންނަމުން ހަނާ ބުންޏެވެ. “ހަނާ އަހަރެންގެ ހިތަށް މިއަރަނީ ދުވަސް ކޮޅަކު ރަށުގަ ތިބެލާފަ މާލެ ބަދަލުވާން ކަމަށް” ނިސާދު އައިސް އެދުގައި އޮށޯންނަމުން ބުނެލިއެވެ. “މާލެ ބަދަލުވާށޭ” ހަނާ ބުނެލިއެވެ. “އާނ… ކިހިނެއްވީ”ނިސާދުވެސް އަހާލިއެވެ. “ކަމެއްނުވޭ. އަހަރެންގެ މަންމަ އެކަނި ކޮށްލާފަ ދާންބޭނުން ނުވަނީ. އަހަރެން ބޭނުންވަނީ މަންމަ ފެންނަ ހިސާބުގަ އުޅެން” ޑުރެސިންގ ޓޭބަލް ކައިރީ އިނދެ ހަނާ ވާހަކަ ދައްކަމުން ދިޔައެވެ. “އަހަރެން މިހެންމިބުނީ ހަނާގެ މަންމައާ ހަނާއާ ދުރުކުރާކަށް ނޫނޭ. އެއީ މިއަދު އަހަރެންގެ ވެސް މަންމައެއްނު. އެހެންވީމާ މަންމަ ބެލުން އެއީ ހަނާގެ އެކަނި ކަމެއްކަމަކަށް އަހަރެން ނުދެކެން. އެހެން ނޫނަސް ހަނާގެ ބޮޑުބޭބެ އެހެރީނު. އޭނަ މަންމައަށް އެހީވާން ޖެހޭނެއްނު. އަހަރެމެން މާލޭގަ ތިއްބަސް މަންމައަށް އެހީވެވިދާނެ. ބޭނުން ހުރިހާ އެއްޗެއް ދެވިދާނެ. އަނެއްކޮޅުން އަހަރެންގެ މަންމަ ވެސް ހަނާގެ މަންމައަށް ވާވަރުބަލާނެއްނު. ދެން އެކަމާ އެހާ ފިކުރު ނުކޮށްބަލަ” ހަނާގެ ބޮލުގާ ފިރުމާލަމުން ނިސާދު ބުންޏެވެ.
ޒިޔާދު ގެއަށް ގޮސްފެންވަރާލައިގެން އައިސް އެދަށް އެރިއެވެ. ނިސާދުގެ ކައިވެނީގެ ހަފުލާގެ ސަބަބުން އަނެއަކާވެސް ޒިޔާދުއަށް ރީސާގެ ހަނދާންތައް އުދަގޫކުރަން ފެށިއެވެ. އެކިއެކި ގޮތްގޮތަށެވެ. ރީސާ އާއެކޭ ބުނިނަމަ ނިސާދު ފަދައިން ޒިޔާދުވެސް އެއުފާ ހާސިލް ކުރާނެއެވެ. ނަމަވެސް ރީސާ ޒިޔާދުގެ އެ ހުށައެޅުމަށް އިންކާރު ކުރުންވީ ޒިޔާދުގެ އުންމީދުތައް ވަޔަށް ބުރައިގެން ދިޔަފަދަ ކަމަކަށެވެ. ދިރިއުޅުން މަތިންފޫހިވީ ވަރުން ދެވަނަ މީހަކު ހޯދަންވެސް ޒިޔާދު ބޭނުމެއްނުވިއެވެ. އަބަދުވެސް އުންމީދުކުރެވެމުން ދަނީ ރީސާއަށެވެ.
ނިސާދުގެ ކައިވެނީގެ ފަހުން 2 މަސް ފާއިތުވެއްޖެއެވެ. ރީސާގެ ކަމަކީ އެކަނި އޮވެ ރުއިމެވެ. ކާކަށް ބޭނުމެއްނުވެއެވެ. ފެންވަރާކަށް ބޭނުމެއްނުވެއެވެ. މީހަކާ ވާހަކަ ދައްކާކަށް ބޭނުމެއްނުވެއެވެ. އޮފީހަށް ދާކަށް ބޭނުމެއްނުވެއެވެ. ކުރުގޮތަކަށް ބުނަންޏާ ބުނެވޭނީ ރީސާ ދުނިޔެމަތިން ފޫހިވެއްޖެއެވެ. ހައްވައަށް މިމަންޒަރު ބަލަން ފަސޭހައެއް ނުވިއެވެ. ރީސާގެ ލޮލުން ދުވަހަކުވެސް ކަރު ތިއްކެއް ވެއްޓޭކަށް ހައްވަ ބޭނުމެއް ނުވެއެވެ. ކިތަންމެ ފަހަރަކު ނިސާދު ކައިރިއަށް ގޮސް ރީސާއަށް އެހީވެދިނުމަށް އެދި އާދޭސް ކުރަންވެސް ހައްވަގެ ހިތަށް އެރިއެވެ. ނަމަވެސް އެކަން ކުރަން ހައްވަ ނަގާ ފިޔަވަޅަށް ހުއްޓުމެއް ގެންނަނީ ހައްވަގެ ފިރިމީހާ އިބުރާހިމު އެވެ. ރީސާގެ ފުރާނަ ދިޔަކަމުގަ ވިޔަސް އެހެން ބައެއްގެ ދިރިއުޅުން ހަލާކު ކުރާކަށް އިބުރާހިމް ބޭނުމެއް ނުވެއެވެ. އަބަދު ރުއިމުގެ ސަބަބުން ރީސާގެ ދެލޯވަނީ ދުޅަވެފައެވެ. އެރީތި ލޫޅާފަތި ހަށިގަނޑު ދުވަހެއް ދުވަހަކަށް ހިކިވެ އަނަރޫފަ ވަމުން ދިޔައެވެ. ދެލޯވަޅުޖެހި މޫނުމަތީގެ އުޖާލާކަންވަނީ ގެއްލިފައެވެ. ރީސާ ކޮންމެ ކަމެއް ކޮންމެ ގޮތަކަށް ކުރިޔަސް ނިސާދު ނުލިބޭނެއެވެ. މިހާރު އޭނާއަކީ މީހެއްގެ ފިރިއެކެވެ. ނަމަވެސް ރީސާ އެކަން ގަބޫލު ކުރާކަށް ބޭނުމެއްނުވެއެވެ. އަބަދުވެސް ބުނަމުން ގެންދަނީ ނިސާދު އަދި އޭނާ ކައިރިއަށް އަންނާނޭ!!! އެދުވަހަކަށް އިންތިޒާރު ކުރާނަމޭ!!!.
ކިތަންމެ ބޭނުން ވިޔަސް ޒިޔާދުއަށް ރީސާގެ ހަދާންތަކަކާ ދުރަކަށް ނުދެވުނެވެ. ރީސާ ބަލިވިފަހުން ކުރިޔަށް ވުރެއްބޮޑަށް ޒިޔާދު ރީސާގެ މަތިން ހަނދާންވާން ފެށިއެވެ. ރީސާއަށް ގޮވާލަންދާން ވެސް ޒިޔާދު ބޭނުންވިއެވެ. ނަމަވެސް އެކަންކުރަން ނުކެރެނީ ރީސާ އޭނާއާ މެދު ހިތްހަމަ ނުޖެހޭތީއެވެ. ކަންމިހެން ހުރިކަމުގައި ވިޔަސް ޒިޔާދު ދިޔައީ ރީސާގެ ހާލުބަލަމުންނެވެ. އެއްމެގާތުންނެވެ. ރީސާ މިގޮތަށް މިހާލުގާ ދުވަސްތައް ވޭތުކުރަމުންދާތާ ތިންމަސް ވެއްޖެއެވެ. ރީސާގެ ހާލު އެއްދުވަހު ރަގަޅުވިއްޔާ އަނެއް ދެދުވަހު ގޯހެވެ. ޑޮކްޓަރަށް ދެއްކުމުން ރީސާގެ ހިތްހަމަ ޖައްސާދިނުމަށް ތަކުރާރުކޮށް ޑޮކްޓަރު ނަސޭހަތްތެރިވިއެވެ. ނަމަވެސް ރީސާގެ މައިން ބަފައިން ވަނީ މިއަދު އެކަމަށް ނުކުޅެދިފައެވެ.
އެއްދުވަހެއްގެ ހެނދުނުގެ ވަގުތެވެ. ރީސާގެ ހާލު ކޮންމެވެސް ވަރަކަށް ރަނގަޅު ދުވަހެކެވެ. ރީސާގެ ކޮޓަރީ ކުޑަދޮރުތައް ހުންނަނީ މަގުމައްޗަށް ހުޅުވޭ ގޮތައްކަމުން މަގުމަތިން މީހަކު ވާހަކަ ދެއްކިޔަސް ވަރަށް ސާފުކޮށް އަޑުއިވެއެވެ. ރީސާ ކޮޓަރީގައި އޮތްނަމަވެސް ރީސާގެ ވިސްނުމާ، ފިކުރު ހުރީ ކޮޓަރިންބޭރުގައެވެ .ބޭރުގަ ތިބި ދެމީހަކު ދައްކަމުން ދިޔަ ވާހަކަ ރީސާ ދިޔައީ އަޑު އަހަމުންނެވެ. އެދެމީހުން ދެއްކިވާހަކައެއްގެ ސަބަބުން ރީސާއަށް އޮވެވެނިއެއް ނޫނެވެ. ތެދުވެގެން ދާންބޭނުންވިއެވެ. ނަމަވެސް އެހިތްވަރު ރީސާގެ ހަށިގަނޑުގައެއްނެތެވެ. ރީސާ ކިތައްމެ ދެރަވިޔަސް ލޮލުން އަންނާނެ އެއްމެ ކަރުނަ ތިއްކެއްވެސް ނެތެވެ. “ނޫން… ނޫން…. ނުވާނެ އެހެނެއް…. ނިސާދު ބައްޕަ އަކަށްނުވާނެ…” މޮޔައަކުފަދައިން ރީސާ އެކަނި އޮވެ ކިޔަންފެށިއެވެ.
އިރުކޮޅެއްފަހެވެ. ރޯމަހެއް ތެޅޭހެން ރީސާ އެނދުމަތީ ތެޅެންފެށިއެވެ. ދެލޯބޮޑުވެ އަނގަވަނީ ހުޅުވިފައެވެ. ނޭވާލެވޭ ފަހަރަށް ވުރެ ނޭވާނުލެވޭ ފަހަރު ގިނަވިއެވެ. ހީވަނީ މީހަކު އޭނާގެ ނޭވާހޮޅީގައި ބާރަށް ހިފަހައްޓއިގެން އުޅޭހެންނެވެ. ކުއްލިއަކަށް ރީސާ ކެއްސަންފެށިއެވެ. ދެތިންފަހަރު ކެއްސާލުމާއެކު ރީސާގެ އަނގައިން ބޮކިބޮކި ޖަހާފަ ލޭއަށްނަންފެށިއެވެ. އަނގައިގެ ދެފަރާތުން ލޭތައް އެނދުމައްޗަށް ފައިބަމުން ދިޔައެވެ. ރީސާ ސަލާމަތަށް އެދިގޮވަންފެށިއެވެ. ހައްވައަށް ވެސް ދެތިންފަހަރު ގޮވިއެވެ. ނަމަވެސް ރީސާގެ އަޑު ހައްވައާ ހަމައަށް ފޯރާވަރެއްނުވިއެވެ. ހައްވަ ހުރީ ރީސާއަށް ކޮންމެވެސް ކާއެއްޗެއް ހަދަން ބަދިގޭގައެވެ. އިރުކޮޅެއްފަހުން ރީސާގެ ހަށިގަނޑަށް އަރާފަހުރި ބާރު މަޑުމަޑުން ކެޑެމުންގޮސް ހަށިގަނޑު ހިމޭންވެއްޖެއެވެ. ރީސާއަށް ހެދި ކާއެއްޗެހި ހިފައިގެން ހައްވަ ރީސާގެ ކޮޓަރީ ދޮރުހުޅުވާލިއެވެ. އެވަގުތު ހައްވަގެ އަތުން ތަށިތައްދޫވެގެން ބިއްމައްޗަށް ފައިބައިގަތެވެ. “މާތްކަލާކޯ… މަގޭދަރި!!!” މިހެން ބުނެ ހައްވަ ދުއްވައިގަތީ ބޭރަށެވެ. “އިބުރާހިމާ….. އިބުރާހިމާ…..” ބޭރުގައި ކޮންމެވެސް މަސައްކަތެއްގައިން އިބުރާހިމަށް ވޭނުންފުރިގެންވާ އަޑަކުން ހައްވަ ގޮވާއަޑު އިވުނެވެ. އިބުރާހިމް ފަސްއެބުރި ބަލާލިއެވެ. އޭރު ހައްވަ ގެއިން ނިކުމެގެން ދުވެފަ އާދެއެވެ. އިހުތިޔާރެއްނެތް އިބުރާހިމްއަށް ވެސް ހައްވައާ ދިމާއަށް ދުއްވައި ގަނެވުނެވެ. ” ކިހިނެއްވީ.. ބުނެބަލަ” އިބުރާހިމް އަވަސް އަވަހަށް އަހާލިއެވެ. “އިބުރާހިމާ އަހަރެމެންގެ ދަރިއެއްވާ ނެތް” ހައްވަ މިހެން ބުނުމުން އިބުރާހިމް ގޭތެރެއަށް ވަންނަންވެގެން ދިޔުމަށް އަވަސްވެގަތެވެ. ފަހަތުން ހައްވަ ވެސް ދިޔައެވެ. އިބުރާހިމް ކޮޓަރީ ދޮރުމައްޗަށް އެރިއިރު ރީސާއޮތްގޮތް ފެނުމުން އިބުރާހިމްއަށް ރޮއިގަނެވުނެވެ. އަދި އަވަސް ފިޔަވަޅުތަކެއް އަޅަމުންގޮސް ރިސާގެ އެދުކައިރީ ކުޑަކަކޫ ޖަހާ އިށީނެވެ. އަދި ރީސާއަށް ގޮވަންފެށިއެވެ. ނަމަވެސް ރީސާއަށް އެއަޑެއް ނީވެއެވެ. އެދުކައިރީ ބިންމަތީވެސް ވަނީ ހުސްލެއެވެ. އޭނާ ވަނީ އެމީހުންނާ ދުރަށް މާދުރަށް ގޮސްފައެވެ. ދެންއެބުރި އައުމެއްނެތް ގޮތުގައެވެ. މިއިންސާފެއްނެތް ނެތް އަނިޔާވެރި ދުނިޔޭން ރީސާ އަބަދުގެ އަބަދަށް ވަކިވީއެވެ.
1438 ވަނަ އަހަރުގެ އަޟްހާޢީދުގެ ހެޔޮއެދުމާއި ތަހުނިޔާ އަރިސްކުރަން…
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
11 Comments!
Comments are closed.


seven vana part avahah up kodhy!
Alhe asluves maru v tha
Ya. hama reesha maruvee…. a ee huvafeneh nun….
Masha allah v rythi v furihama stry nimunytha? Nunimeynama whn nxt prt gud nyt ly eid mubaarak????❤❤????????
vaahaka nimen adhi kairi ves nuvey KHAJJA… adhi veskuri ah Episode thah hury….
Innaalillaahivainnaailaihiraajioon
Alhe haadhadheraey dho!???????
adhi fahun ragalhuvaane NADHEEMA….
Haadha kadaey eyna maru veema.? Vaahaka rythi ekamaku ehaa foari eh nuhunnaane dhw meehun jahsaa meehaa maru veema? Theethi kadaey???? avahah knmes echekey kiyaafa nooney hee akah hadhaafa eyna dhiruhvaa?
maruveema e maruvee…. star plus ge drama thakuga vaahenalun e sifaiga, ehen meeheh ge gothuga naan naane…. vaahakaige kuri ah huri baithakah inthizaaru kohlymaa vaanuvaa egidhaane RAIYA
V v hadi vaahakaeh.. ehvess kahala reyvuntherikameh nuhure… kamakah nuvaa kahala kankamugavess maa boduvaru kohlaigen
vaahaka hadikan egeyny vaahaka nimendhen kiyaalyma kamah feney…. 6 vana Episode in vaahaka hadi kameh neygeyne….dhehvi hiyaalah shukuriyaa