Skip to content
އެސްފިޔަ

ލޯ މެރޭ ހިނދު ހީވޭ ގާތުގާ ވާހެން..(08)

 ޔުއާން ހިނގައިގަތީ ކުލާހާއި ދިމާލަށެވެ.ޔުއާންގެ ފަހަތުން ދިޔާންއާއި ޝާރިމްވެސް ހިނގައިގަތެވެ.އެ މަންޒަރު ބަލަންހުރި ދިމްރާގެ ތުންފަތުގައި އޭރު ލާނެއް ހިނިތުންވުމެއްވިއެވެ.

“އޭރުވެސް އަހަރެން ބުނީމޭނުން އޭނަ ކައިރިއަށް ގޮސްފިއްޔާ ތިހެންނޭ ވާނީ” އެތަނުން އެއް އަންހެންކުއްޖަކު ނަންބަރު ހޯދަން ދިޔަ ކުއްޖާއަށް ދިމާލަށް ބުނެލި އަޑު ދިމްރާމެނަށް އިވުނެވެ.

“އާނ! ޔާންއާ ރެން ވަރަށް ރަނގަޅުވާނެ.. ނަންބަރު ދެވެން ނެތް ވާހަކަވެސް ބުނެލާނީ ހެވިލާފަ..އެކަމު އެ އާން..ލާހިކެއް ނޫން އޭނަ އަތުން ނަންބަރު ކީއްކުރަން އެދެވޭ ޖަވާބެއްވެސް ހޯދާކަށް..އެ ބަލައިލާ ތޫނު ނަޒަރުން ހިތް ހުއްޓިދާނެހެން ހީވަނީ..އެކަމުވެސް ރީތި ކަމުން ހަމަ ހޯދަން މަސައްކަތް ކުރެވެނީ..އެހާ ހޭންޑްސަމްވިއްޔަ..އޭނާގެ އެ ބެލުމަށްވެސް ފިދާވާ ކުދިންވެސް މަދެއް ނޫން..އެހެންނޭނުން ވާނީ.މި ސުކޫލުގަވެސް އެވަރުގެ ފުރިހަމަ އިންސާނެއް އުޅޭ ކަމެއް ނޭނގެ..އޭނަ އޮޅިގެންވެސް އަހަރެންގެ އަތުގައި އަތްލައިފިއްޔާ އަހަރެން އެދުވަހު އެ އަތުގައި ފެންފޮދެއްހާ ހިސާބުވެސް ނުޖައްސާލާނަން” ކައިރީ ހުރި އެހެން އަންހެންކުއްޖެއްވެސް ބުނެލިއެވެ.

“އޭނަ ލޯ ވެސް ވަރަށް ރީތި..އެކަމު ބަލައިލި ގޮތުން ބިރުގަތީ” ނަންބަރު ހޯދަން ދިޔަ ކުއްޖާވެސް ބުނެލިއަޑު އިވުނެވެ.އެކުދިންގެ އެވާހަކަ ތަކުން ދިމްރާމެން ގާތަށް އައީ ހިންޏެވެ.ތިންމީހުންވެސް ކުލާހާއި ދިމާލަށް ހިނގައިގަތްއިރު މޫނުމަތީގައިވަނީ ހިނިގަނޑު ކޮންްޓްރޯލް ކުރަން މަސައްކަތް ކުރާކަމުގެ އަލާމާތެވެ.

“އެސްކިއުޒް” ތިންމީހުންނަށްވެސް ހުއްޓެވި ފަހަތަށް ބަަލައިލެވުނީ އަނެއްކާވެސް އަންހެން ކުއްޖެއް ގޮވާލި އަޑު އިވުމުންނެވެ.ބަލައިލިއިރު ކުރިމަތީ ހުރީ އިއްޔެ ސުކޫލުން ނުކުންނަން ދިޔައިރު ދިޔާންމެނާ ވާހަކަ ދައްކަން ތިބި ޤުރޫޕު ހަތަރު ވަރަކަށް ކުދިންނެވެ.އެކުދިންގެ ތެރެއަކު މިފަހަރަކު ރާޝާއެއް ނެތެވެ.

“ތީ ދޯ އިއްޔެ ޔާންއަށް ގޮވާލި ކުއްޖަކީ..ރަނގަޅަށް އަޑުއަހާތި..އަހަރެމެން ރީތި ގޮތުގައި ބުނާނީ އެންމެ ފަހަރަކު ކަމަށްވެސް ވެދާނެ..ޔާންމެނާ ދުރުގަ ހުރޭ..ޔާން ކީއްކުރަން އާން އާ ރެންއާވެސް މާ ގާތްވާން މަސައްކަތް ނުކުރާތި..އަދި ބުނަން ލޯބިވިޔަސް މިހާރުން ފެށިގެން އުއްމީދު ކުރުން ހުއްޓާލާ”         އެތަނުން އެއްކުއްޖަކު ދިމްރާއާއި ދިމާލަށް އެހެން ބުނެލީ އިންޒާރު ދޭ ފަދަ ރާގެއްގައެވެ.އެހެނަސް އެ އިންޒާރަށް ބިރުގަތުމުގެ ބަދަލުގައިި ދިމްރާގެ މޫނުމަތިން ފެނިގެން ދިޔައީ ހިނިތުންވުމެކެވެ. ދިމްރާގެ ހިނިތުންވުންފެނި އެކުއްޖާގެ ރުޅި ގަދަވިއެވެ.އެއާއެކު އާއި ރުޅީގައި ދިމްރާގެ މޫނުމަތީޖަހަން އަތް އުފުލާލިއެވެ.

އޭނާ މިވީހާ ތަނަށް އެފަދަ އެއްޗެއް ބުނެފި ކޮންމެ ކުއްޖެއްގެ މޫނުމަތިން ފެނިގެންދަނީ ބިރުގެންފި ކަމުގެ އަސަރެވެ.އަދި އެއައްފަހު އެ ކުއްޖަކު ދިޔާންމެނާ ކައިރިންވެސް ނުފެންނާނެއެވެ.ވާނީވެސް އެހެންތާއެވެ.އެ މުޅި ސުކޫލުގައިވެސް އަންހެން ޤުރޫޕަކަށް އެވަރުގެ ޤުރޫޕެއް ނޫޅޭނެއެވެ.ހުސް ޤުރޭޑު 12ގެ ކުދިން ހިމެނޭ މި ޤުރޫޕުދެކެ ފިރިހެންކުދިންވެސް ޖެހިލުންވެއެވެ.އެތިން ފިރިހެންކުދިން އެމީހުންނާ ވާހަކަ ދައްކާތީ އެއީ އެމީހުންނަށް ލިިބިފައިވާ ބާރެއްގެ ގޮތުގައި އެމީހުން ދެކެއެވެ.އެހެންކުދިންވެސް އެ ޤުރޫޕުދެކެ އެކަންކަމާ ޖެހިލުންވާތީ އެމީހުން އެކަންކަމާ މާބޮޑަށްވެސް ފަޙްރުވެރިވެއެވެ.އެތިންމީހުން އެމީހުންނާ ވާހަކަ ދައްކާ މަންޒަރު އެހެންކުދިންނަށް ދެއްކޭތީ އެކަމާވެސް އެމީހުން ފަޙްރުވެރިވެއެވެ.

އެކަމަކު ހަގީގަތަކީ އެތިން ފިރިހެންކުދިން އެމީހުންނާ ވާހަކަ ދައްކަނީ އެއީ ރާާޝާ އާއި ލިމްނާ އެ ގުރޫޕުގައި ހުންނާތީ ކަމެވެ.ރާޝާ ، ޝާރިމްގެ ތިއްތަބޭގެ ކޮއްކޮއަށް ވެފައި ލިމްނާ ޔުއާންގެ ކަޒިން އަކަށް ވީމައެވެ.

ކުލާސް ދޮރު މައްޗަށް ހުއްޓުނު ދިޔާންމެނަށް ފަހަތަށް ބަލައިލެވުންއިރު ފެނިގެން ދިޔައީ ލިމްނާ، ދިމްރާގެ މޫނުމަތީ ޖެހިތަނެވެ.ފެނުނު މަންޒަރުން ތިންމީހުންނަށްވެސް އެދިމާލަށް ދެވުން ގޮތްވެސް ނޭނގުނެވެ.

“ލިމްނާ!! ކީއްތިކުރީ؟” ދިޔާންގެ އަޑު އިވުމުން ލިމްނާ ދިޔައީ ސިއްސައިގެންނެވެ.

“އެކަހަލަ މީހުންނަށް ދޭންޖެހޭ ފިލާވަޅަކީ މީ..އަހަރެން އެމީހުންނަށް މި ބުނެދިނީ ޔާންމެނަށް އަންހެންކުދިން ކައިރި ވަންޏާ އުނދަގޫވާނެ ވާހަކަ” ލިމްނާ މިހެން ބުނެފައި ދެންވެސް ބަލައިލީ ދިމްރާގެ މޫނަށެވެ.ކުރިއެކޭ އެއްގޮތަށް ދެންވެސް ދިމްރާގެ މޫނުމަތިން ފެނިގެން ދިޔައީ ހިނިތުންވުމެކެވެ.ކުރިއަށްވުރެ މިފަހަރުގެ ހިނިތުންވުން މާ ފުންވެފައިވެއެވެ.ކައިރީގައި އޭރުވެސް އުޝާއާއި ރީމް އަނގަމަތީ އަތް އަޅާލައިގެން ތިއްބެވެ.އެއްޗެކޭ ބުނަން އަނގަ ހުޅުވާލި ދިޔާންފެނި ، ދިމްރާ ލޮލުން އެއްވެސް އެއްޗެއް ނުބުނުމަށް އިޝާރާތް ކޮއްލިއެވެ.

“ލިމް..ގޯޓު ކުލާސް ނައު” ޔުއާން ހަރުކަށި ކަމާއިއެކު ލިމްނާ އާއި ދިމާލަށް ބުނެލިއެވެ.އިތުރަށް އެއްޗެކޭ ބުނަން އުޅެފައިވެސް ޔުއާން އެހެން ބުނީތީ ލިމްނާ ކުލާހާއި ދިމާލަށް ހިނގައިގަތެވެ. ހީކުރިގޮތާއި ހިލާފަށް އެތިން މީހުންގެ ފަރާތުން އެ އަންހެންކުދިންނަށް ރުޅިވެރިކަން ނުފެނުމުން ލިމްނާގެ ގާތަށް އައީ ރުޅިއެވެ.ލިމްނާ ހިނގައިގަތުމުން ދެންތިބި ކުދިންވެސް ލިމްނާގެ ފަހަތުން ހިނގައިގަތެވެ.

“ސާބަސް ދިމް! މޫނުމަތީ ޖަހަންދެންވެސް ބަލަން ހުރީތަ..އަދި އަހަރެން އެއްޗެކޭ ބުނަނުދިނީ ކީއްވެ؟” ދިޔާން ދެ އުކުޅުގައި އަތް އަޅުވާލަމުން ހާސްކަމާއިއެކު ބުނެލިއެވެ.

“ހަމަޖެހިބަލަ ޔާންބޭ..ރަށުގެ ސުކޫލްގަ މިފަދަ ހަދިޔާތަކެއް ނުލިބެޔޭ..ލިބޭ ފަހަރު ޖެހޭނޭނުން ބަލައިގަންނަން..އަނެއްކާ ސުކޫލްގެ މަޖާކަން އަދި ކިރިޔާ މި ފެންނަން ފެށީ..އެހާ އަވަހަށް ނިންމާލަންވީތަ؟” ދިމްރާ ހިނިގަނޑެއް ޖަހާލަމުން އެހެންބުނެލީ މަޖާ ވެފައެވެ.

“ޕިސް ޕިސް ޕިސް..މިހިރި ސިކުނޑިއެއް ދޯ..އަނެއްކާ ހަމަސިކުނޑިއެއްތަ ތީ..” ޝާރިމް ދިމްރާގެ ބޮލުގައި އަތްއަޅާ މަޑުމަޑުން ކޮއްޕާލަމުން ބުނެލިއެވެ.ޝާރިމް ބުނި އެއްޗަކުން އެންމެންގެ މޫނުމަތިން ހިނިތުންވުން ފެނިގެން ދިޔައެވެ.

“ދިމް ތަދުވިދޯ..ހާދަ ބާރަކަށޭ ޖެހީވެސް..އަހަރެން މީ މީހުން ގައިގަ ޖަހަން ކެރޭ މީހެއްނަމަ އޭނަ މޫނުމަތީ އެއައްވުރެ ބާރަށް ޖެހީމުސް” އުޝާ ކަންބޮޑުވެފައި ވާހަކަ ދެއްކީ ކުލާހަށްވަދެ ގޮނޑީގައި އިށީންނަމުންނެވެ.

“ނަސީބެއް ގިނަކުދިން ކުލާހަށް ވަތް ފަހުންކަންވެސް..އެހެންނޫންނަމަ އެ އެންމެން ތިބޭނެ މަންޒަރު ބަލަން” ރީމްވެސް ގޮނޑީގައި އިށީންނަމުން ބުނެލިއެވެ.އޭރުވެސް ދިމްރާ އިނީ ދެންމެ ވީ ކަންތަކުން މަޖާވެފައެވެ.ދިމްރާ އެއްޗެއް ބުނަން އުޅެފައިވެސް ނުބުނެ ހުއްޓާލީ ދިވެހި ޓީޗަރު އައިސް ކުލާހަށް ވަތްތަން ފެނުނީމައެވެ.އެއާއެކު ފެނިގެން ދިޔައީ މުޅި ކުލާސް ހަމަހިމޭންވެގެން ދިޔައިރު ފިލާވަޅުތަކަށް ސަމާލުކަން ދެވިގެން ދިޔަ ތަނެވެ.

މުޅި ހޯލްތެރެ އަނެއްކާވެސް އަޑުގަދަވެގެން ދިޔައީ ބްރޭކް ގަޑިއަށް ހުރިހާ ކުދިން ކުލާހުން ބޭރަށް ނުކުތުމުންނެވެ.އިންޓަވަލް ގަޑިއަށް އެކުއްޖަކު ބޭނުމިއްޔާ އިންނަނީ ގެއަށްވެސް ދެވޭ ގޮތަށެވެ.އަދި ހަމަ އެހެންމެ ގެއަށްދާން ބޭނުން ނޫން ކުދިންނަށް ސުކޫލުގައި ހާއްސަ ކެންޓީނެއްވެސް ހަދާފައި ހުރެއެވެ.

ދިމްރާއާއި އުޝާއާއި ރީމްވެސް ކުލާހުން ނުކުތީ ކެންޓީނަށް ދާންށެވެ.އެދިމާލަށް ހިނގަމުން ދަނިކޮން އެއްލި ކަޅިއަކުން އެވަގުތު އަންހެންކުއްޖަކާ ވާހަކަ ދައްކަން ހުރި ޝާރިމް ރީމްގެ ލޮލުގައި އަޅައިގަތެވެ.ހެވިލާފާއި ޝާރިމް ވާހަކަ ދައްކަމުން ދިޔައިރު އަންހެންކުއްޖާ ހުރީ ޝާރިމްގެ ގަމީހުގެ އަތްކުރި ރަނގަޅު ކޮށްލަދޭށެވެ.އަންހެން ކުއްޖާ އަތްކުރި ރަނގަޅު ރަނގަޅު ކޮއްލަދީފަ ދުރަށް ޖެހިލުމުން ޝާރިމް ކޮންމެވެސް އެއްޗެކޭ ބުނަމުން މަޑުމަޑުން އަންހެންކުއްޖާގެ ކޮލުގައި ޖަހާލިތަން ރީމްއަށް ފެނުނެވެ.އެއާއެކު ރީމް ވަގުތުން މޫނު އަނބުރާލީ އަނެއްފަރާތަށެވެ.ޝާރިމްގެ މިފަދަ އަމަލުތައް ފެނުމުން ރީމްގެ ގާތަށް އަންނަނީ ރުޅިއެވެ.ހިތުގެ އަޑިން އެކަމާ އެއްޗެހި ކިޔަމުންދިޔަ ރީމްއަށް ކުއްލިއަކަށް މަޑުޖެހިލެވުނީ އުޝާއާއި ދިމްރާވެސް ހުރިތަނަށް ހުއްޓިލުމުންނެވެ.އިސްއުފުލާ ބަލައިލިއިރު ލިމްނާމެން އެމީހުން ހުރަސް ކޮށްފައި ދަނީއެވެ.

“އިޑިއަޓް” ލިމްނާ އެހެންބުނި އަޑު ތިންމީހުންނަށްވެސް އިވުނެވެ.

“ހޭ…ޖަސްޓް ވެއިޓް” އަޅާނުލާނެކަމަށް ހީކޮށް ހުއްޓާ އިވިގެން ދިޔައީ ދިމްރާގެ އަޑެވެ.އެމީހުން ދިމްރާ އެހެން ބުނުމުން ހުއްޓި ދިމްރާމެނާ ދިމާލަށް ބަލާލިއެވެ.އަދި ހަށަން ބަދެލީ ގަޓު ހުރިބައެއްކަން ދައްކަން ކަމަށްވެސް ވެދާނެއެވެ.ނަމަވެސް ދިމްރާގެ ހިތަކަށް ކުޑަވެސް ބިރުވެރިކަމެއް ނުވަނެވެ.އެއާ ހިލާފަށް، ދިމްރާ އަދި ގޮސް ހުއްޓިލީ ލިމްނާގެ ކުރިމަތީގައެވެ.

“އިޑިއަޓް އޭ ތިބުނީ އަހަރެންގެ ހިނިތުންވުން ފެނިގެންތަ..އެހެންކަމަށް ވަންޏާ ބުނެލަން އޮތީ މިކަމަށް ހޭނޭށޭ..ކުރިއަށް އޮތްތާވެސް މި ހިނިތުންވުން ފެނިގެން ދާނެޔޭ..އަދި ބުނަން ހަޖަމް ވިއަސް ނުވިޔަސް މިސުކޫލްގައި އަހަރެން އުޅޭހާ ހިނދަކު އަހަރެންނާ ޔާން އެއްކޮން އުޅޭތަން ވަރަށް ފެންނާނެ..ސޯ ހަޖަމް ކުރަން އަވަހަށް ދަސްކުރޭ”

“ހުއް! ވަރަށް ޔާން ބޭނުންވޭ ދޯ..ތިހެން ހަމަ އަންނަހާ މީހަކަށް ޔާން ލިބެންޏާ މިހާރު މިސުކޫލުގެ އެތައް ބަޔަކަށް ޔާން ލިބުނީސް..އަދި ބުނަން އަހަރެމެން މާ ގާތްވާނެ ޔާންމެނާ..ތީ އަދި އިއްޔެ މިސުކޫލަށް އާއި ބައެއްނު..އެހާ އަވަހަށް އުދުހެން ފެށީތީ” ލިމްނާ މަލާމާތުގެ ހިނިގަނޑެއް ޖަހާލަމުން ބުނެލިއެވެ.ފަހަތުގައި ދެންތިބި ކުދިންވެސް ލިމްނާގެ ފަހަތުން ހޭންފެށިއެވެ.

“ލެޓްސް ސީ..ބަލާނީ ދޯ ކޮންބަޔަކާ ކަން އެންމެ ގާތީ..ބައިދަވޭ ރޯން ޖެހިދާނެ އެނގޭ..ރުމާލަކާ އެއްޗެހި ހިފައިގެން އުޅޭތި..އޭރުން ތި މޫނުގަ އުނގުޅާފަ ހުރި ހުރިހާ ފައުންޑޭޝަނަކާ މޭކަޕްތަކެއް ހަޑިވުމުގެ ކުރިން ސާފު ކުރެވޭނީވެސް..ރުއީމަ ހުރިހާ މޭކަޕެއް ހަޑިވާނޭނުން ދޯ”

“ޔޫ” ލިމްނާ އަނެއްކާވެސް ދިމްރާގެ މޫނުމަތީ ޖަހަން އަތް މަޅާލިއެވެ.އެކަމަކު މިފަހަރު އެ އަތުގައި ދިމްރާ މާ ކުރިން ހިފަހައްޓައިފިއެވެ.

“އެއްފަހަރު މޫނުމަތީ ޖަހާލެވުނީމަ ދެން އަބަދު ޖެހޭނެއޭ ހީނުކުރާތި..އެކަމެއް ނުވާނެ..ހަޤީގަތަކީ ކުރިންފަހަރުވެސް ތި ޖެހުނީ އަހަރެން އެފުރުސަތު ދީގެން ހުރީމަ..ކިތަންމެ ރުޅި އަޔަސް އަހަރެން ހަމަ އުޅޭނީ ޔާން ފަހަތުން..ވާހަކަވެސް ދައްކާނަން..އެކުގަވެސް އުޅޭނަން..އެކަމު ލިމްނާމެން ތިއުޅޭ ވައްތަރަކަށް މީހުންނަށް ބިރުދައްކައިގެންނެއް ނޫން އަހަރެމެން އުޅެނީއެއް..މިތާ މަންޒަރެއް ދެއްކުމަށްވުރެ މާ ރަނގަޅުވާނެ ޓީޗަރަކަށް ފެނުމުގެ ކުރިން އެބަޔަކު އެބައެއްގެ މަންޒިލަށް ދިޔައިއްޔާ” ދިމްރާާ މިހެންބުނެ ހިފަހައްޓައިގެންހުރި ލިމްނާގެ އަތް ފޮޅުވާލިއެވެ.

“ޔާންއެއް ނުލިބޭނެ..ލާހިކެއް ނޫން އަހަރެމެން ތިއްބަ ހޯދާކަށް..ވަރަށް ބޯއީ ފްރެންޑަކަށް ޔާން ހަދާހިތުންނޭނުން ތިއުޅެނީ..ޔާންގެ ޖީއެފްއަކަށް ނަމަކަށްވެސް ތި އަންހެނާއަކަށް ނުވެވޭނެ” ލިމްނާ މިހެންބުނެ އަނެއްކާވެސް މަސައްކަތްކުރީ ދިމްރާ ފަހަތަށް ކޮއްޕާލުމަށެވެ.

“ހަބަރުދާރު!އޭނަ ގައިގަ އަތްނުލާތި” ދިމްރާއާއި ރީމްއަށް ލިބިގެން ދިޔައީ ހައިރާންކަމެކެވެ.ދިމްރާއާއި ލިމްނާގެ މެދަށްވަދެ ލިމްނާގެ އަތުގައި އުޝާ ހިފަހައްޓައިލައިގެން ހުރިތަން ފެނުމުންނެވެ.އުޝާއަކީ އެފަދަ އިސްނެގުމެއް މީގެ ކުރިން ނަގަން ކެރިފައިވާ ކުއްޖެއް ނޫނެވެ.

“ދިމްގެ ގައިގަ އަތްލަންވެސް ދެން ނުވިސްނާތި..ދިމްއާއެކު އިތުރު ބަޔަކުވެސް ތިބިކަން ވިސްނާލާތި މީގެ ފަހުން..އަދި ބުނަން ދިމްއަކީ ކަލޭމެން ތި ހީކުރާ ކަހަލަ މަޤާމަކަށް ދާން އުޅޭ ކުއްޖެއް ނޫން..އޭނަ ނޫޅެ ޔާންގެ ޖީއެފްއަކަށް ނުވެވިގެންނެއް..އެއައްވުރެ މާ ގާތް މާ މަތިވެރި ގުޅުމެއް އެދެމީހުން އޮންނަނީ..އާނ!އޭނަ އެއީ ޔާންގެ ކޮއްކޮގެ މަޤާމުގަ ހުރި ކުއްޖެއް..ޔާންގެ ބައްޕަގެ ކޮއްކޮ އެއީ” އުޝާ ބުނެލި ބަސްތަކުން ލިމްނާމެނަށް ހައިރާންކަމެއް ލިބިގެން ދިޔައިރު ހާސްކަމެއްވެސް ލިބިގެން ދިޔައެވެ.

“އެންޑް ފޮރ ޔުއަރ ކައިންޑް އިންފޮމޭޝަން.. ޔާންގެ ޖީއެފްއަކީ އަހަރެން..އަދި ޔާންގެ ލޯބިވެރިޔަކީވެސް އަހަރެން..ނިކަން ކެރެންޏާ އޭނަ ހޯދަބަލަ ދެން..ޤައިމުވެސް މި އުޝާ ހުއްޓަ އެއީ ފަސޭހަ ކަމަކަށް ނުވާނެ..ދިމްއަކީ ޔާންގެ ކޮއްކޮއަކަށް ވީތީ ދެން ވާނީ އަހަރެންގެވެސް ކޮއްކޮއަކަށް..މިބުނި އެއްޗެއް ވިސްނިއްޖެ ކަމަށް ހީކުރަން..އަދި….” ލިމްނާގެ އަތް ފޮޅުވާލަމުން އުޝާ އިތުރަށް ބުނަން އުޅުނު ބަސްތަކަށް ހުއްޓުމެއްއައީ އެމީހުންނާއި ތަންކޮޅެއް ދުރުގައި ހުރި ދިޔާންމެން ފެނުމުންނެވެ.އޭރު އެއްޖީބަށް އަތްޖަހާލައިގެން ޝާރިމްގެ ކޮނޑުގައި އަތް އަޅުވާލައިގެން ހުރި ދިޔާން ހުރީ ހިނިއައިސްފައެވެ. އަދިހަމަ އެހެންމެ އުޝާއަށް އޭނާ ފެނިއްޖެކަން އެނގުމުން އެހުރި ގޮތަށް ހުރެ ދިޔާން ޝާރިމްގެ ކޮނޑުގައި ބޯ ޖައްސާލިއެވެ.ދިޔާން އޮތް ގޮތުން ދިޔާން ހެނީކަން އުޝާއަށް އެނގުނެވެ.

އުޝާއަށް ދެން ބަލައިލެވުނީ ދިމްރާއާއި ރީމްއާއި ދިމާލަށެވެ.އެދެމީހުން މޫނުމަތީންވެސް ހައިރާންކަން ފެންނަމުން ދިޔައިރު ހިނިތުންވުމެއްވެސް ފެންނަން ހުއްޓެވެ.އުޝާ އެވަގުތު ގަތީ އަމަށަކު ލަދެއް ނޫނެވެ.ގަތްލަދުން ބިންފަޅާފައި އަޑިއަށް ދާނެ ނަމައޭވެސް އޭނާ އެވަގުތު ހިތަށް އެރިއެވެ.އިތުރަށް އެތާ ހުންނަން ނުކެރުމުން އުޝާ ދުވެފައި ގޮސް ވަނީ ކެންޓީނަށެވެ.އަދި އެތަނުން އެއް ކަނެއްގައި ހުރި މޭޒެއްގެ ދަށުގައި ގޮސް އިށީންދެ ބޯ ޖެހިއެވެ.

އިރުކޮޅެއްފަހުން އެ ފަސްމީހުންވެސް އައިސް ކެންޓީނަށް ވަނެވެ.ދިމްރާމެނާއެކު ދިޔާންއާއި ޔުއާން އަދި ޝާރިމް އައިސް އިށީންކަން އެނގުމުން އުޝާ ބޯ ހިއްލައެއް ނުލިއެވެ.އެތިން މީހުންނަށް އުޝާ ބޯ ނުނަގާނަކަން ވިސްނުނީ ކަންނޭނގެއެވެ.ވަރަށް އަވަސް ކޮއްލައިގެން ތިން މީހުންވެސް މޭޒު ދޫކޮށް ދިޔައެވެ.

“ދެން ތެދުވޭ ކާން..އެމީހުން ގޮއްސިޔޭ” ދިމްރާ މިހެން ބުނުމާއިއެކު މަޑުމަޑުން އުޝާ ބޯ ހިއްލައިލިއެވެ.އޭނާގެ ލޮލުގައި ފުރަތަމަވެސް އަޅައިގަތީ ލާނެއް ނަޒަރަކުން ބަލަން ތިބި ދިމްރާ އާއި ރީމްއެވެ.އެދެމީހުން ބަލަން ތިބިގޮތުން އުޝާ މޫނުގައި އަތްއަޅާފަ ދިމްރާގެ ގައިގައި އޮޅުލައިގަތެވެ.ލަދުގަތް ވަރުންނެވެ.އެއާއެކު އިވިގެން ދިޔައީ ދިމްރާއާއި ރީމްގެ ހުނުމުގެ އަޑެވެ.

އެދުވަހު ގެއަށް ދިޔަ މަގުމަތީގައިވެސް އުޝާ ހުރީ ދިމްރާގެ އަތުގައި ހިފައިގެންނެވެ.އެންމެ ފަހަރަކުވެސް ދިޔާންއާއި ދިމާލަށް ބަލައި ނުލައެވެ. އެންމެންގެ ގާތަށް ތިބީ ހިނިއައިސްފައި ނަމަވެސް އުޝާ އިތުރަށް ލަދުގަންނާނެތީވެ ކެތްކޮށްލައިގެން ތިބީއެވެ.ދިޔާން ހުރީ އުޝާއާއި ވާހަކަ ދައްކާލަން އިންތިހާއަށް ބޭނުންވެފައި ކަމުގައިވިޔަސް ކެތް ކޮށްލައިގެން ހުރީ ހާލަތުގެ ގޮތުންނެވެ. އެހެންނޫނަސް އެދެމީހުން ބައްދަލް ކޮއްދޭނެ ކަމަށް ދިމްރާ ބުނެފައި އޮތުމުން ކެތްތެރިވުން ނޫން ގޮތެއްވެސް ނެތެވެ.

އެރޭ އަށެއް ޖެހިއިރު ދާނިޝް އޮފީސް ނިންމާފައި ގެއަށް އަންނަމުން އުޝާމެން ގެއާއި ކައިރިއަށް ކާރު މަޑުކުރީ ދިމްރާ ގުޅާފައި އުޝާ ނަގައިގެން އައިސްދޭށޭ ބުނުމުންނެވެ.އުޝާ ހުރީ އެރޭ އެއްގޮތަކަށްވެސް އެގެއަށް ދާން ބޭނުންވެފައެއް ނޫނެވެ.ނަމަވެސް ދިމްރާ އެވަރަށްކުރި އާދޭސްތަކަށް ކޮޅުފައިން ޖަހާކަށް އުޝާއަކަށް ނުކެރުނެވެ.ހިތާ ދެކޮޅަށް އަންނަން އެއްބަސްވީވެސް އެހެންވެއެވެ.

ކާރު އައިސް މަޑުކޮއްލިއިރު ދިމްރާ ހުރީ ބޭރު ދޮރުމަތީގައެވެ.އަދި އުޝާ ފޭބުމާއިއެކު އަވަހަށް ގޮސް އުޝާގެ އަތުގައި ހިފާލައިފިއެވެ.

“ދިމްކޯ! ދޮންބެދައްތަ ކައިރީ ބުނޭ އަވަހަށް އަންނާށޭ”

“އެއޯ؟ އަނެއްކާ ކޮންތާކަށް ދާން؟” ދާނިޝް ބުނެލި ވާހަކައިން ސުވާލު އުފެދިފައި ހުރެ ދިމްރާ އަހާލިއެވެ.

“ދޮންބެދައްތަ ޝޮޕިން ކޮށްލަން ދާންވީއްޔޯ” ދާނިޝް އެހެން ބުނިއިރު ސިނާ ދޮރުހުޅުވާފައި ނުކުންނަނީއެވެ.

“މިއޮއް އައީނުން”

“ހޫމް! އަވަހަށްދޭ ބޭރުގަ ނުތިބެ އެތެރެއަށް ދެން..ދިފްކޮ ބަލައިލައްޗޭ އިނގޭ..ނޭނގެ އެހާ އަވަހަށް އާދެވޭނެ ކަމެއް” މި ހުރިހާ ވާހަކައެއް ދެއްކިއިރުވެސް ސިނާ ބަލަމުން ދިޔައީ އުޝާއަށްހެން އުޝާއަށް ހީވިއެވެ.ނަމަވެސް އެ ދެލޮލުގައި ވާ ސިއްރެއް ދެނެގަންނާކަށް އުޝާއަކަށް ނޭނގުނެވެ.އެނގޭހާވެސް އެއްޗަކީ މިރޭ އެ ދެލޮލުގައިވަނީ ތަފާތު ބެލުމެއްކަމެވެ.

ދިމްރާއާއި އުޝާ އެތެރެއަށް ވަނުމަށް ހިނގައިގަތީ ސިނާ އާއި ދާނިޝް އެދެމީހުންގެ މަންޒިލަށް ދިއުމަށް ދުއްވާލުމުންނެވެ.

“އުޝް ވަދޭ އެތެރެއަށް އެނގޭ..އަހަރެން މި ވަންނަނީ މި ފައިވާން ހަރުގަނޑަށް ލާފަ”ދިމްރާ އެހެން ބުނުމުން އުޝާ ގޮސް ދޮރު ހުޅުވާލިއެވެ. އެއާއެކު ފެނުނު މަންޒަރު އުޝާ ހުރީ ގަބޫލުކުރަންވެސް ދަތިވެފައެވެ.

ލައިޓްތައް ނިވާލާފައިވާ ސިޓިންރޫމްގައި ވަނީ އުއްބައްތީގެ އަލިކަމެވެ.އެތައް ބައިވަރު އުއްބައްތި ތަކަކުން ޖަރީވެފައިވާ ސިޓިންރޫމްފެނި އުޝާ ހުރީ ރަނގަޅަށްވެސް ހައިރާންވެ ބަސްހުއްޓިފައެވެ.

އެ ހައިރާންކަމުގައި އުޝާ ހުއްޓާ ފެނިގެން ދިޔައީ ކުރިމައްޗަށް އައިސް ހުއްޓުނު ޔުއާންއެވެ.އޭރު ޔުއާންގެ އަތުގައި ބޮޑު ގަނޑެއް އޮތެވެ.ލިޔެފައިވާ އެއްޗަކަށް ވިސްނާލިއިރު އޭގައި ލިޔެފައިވަނީ “ވިލް ޔޫ” އެދެބަސް އެކަންޏެވެ.އެ ދެބަހަށް ރަނގަޅަށް ވިސްނާ ނުލެވިގެން އުޅެނިކޮން ދެން ފެނުނީ ޔުއާންގެ ފަހަތުން ނިކުމެ ޔުއާންއާއި އެއް ހަމައެއްގައި ޝާރިމް ހުއްޓިލިތަނެވެ.ޔުއާންއެކޭ އެއްފަދައިން ޝާރިމް އަތުގައިވެސް “ބީ މައި” ލިޔެފައިވާ ބޮޑު ގަނޑެއް އޮތެވެ.ހަމައެއާއެކު ދެން ފެނިގެން ދިޔައީ އެދެމީހުންނާ އެއްހަމައެއްގައި ރީމް އައިސް ހުއްޓިލިތަނެވެ.ރީމްގެ އަތުގައި އޮތް ގަނޑަށް ބަލައިލެވުންއިރު އެގަނޑުގައި އިނީ “ގާލްފުރެންޑް” މިހެން އެކަންޏެވެ.

އުޝާއަށް ރަނގަޅަށް ވިސްނާލެވުނީ ދެނެވެ.އެއާއެކު ކުރިމަތީ ހުއްޓިލައިގެން ތިބި ތިންމީހުންގެ އަތުގައިވާ ގަނޑުތަކަށް އެއްފަހަރާ އުޝާއަށް ބަލައިލެވުނެވެ. “ވިލް ޔޫ ބީ މައި ގާލްފުރެންޑް” ފެންނަ މަންޒަރު ގަބޫލު ނުކުރެވިފައިހުރެ އުޝާއަށް މަޑުމަޑުން ދުލުން ކިޔައިލެވުނެވެ.އެވަގުތު އެތިންމީހުން އުޝާގެ ކުރިމަތިން އެއްއަރިއަކަށް ޖެހިލުމުން ގޮނޑިއެއްގައި ގިޓައެއް ހިފައިގެން އިން ދިޔާން އުޝާގެ ލޮލުގައި އަޅައިގަތެވެ.

“އިޓްސް ފޯރ ޔޫ އުޝް” ދިޔާން މިހެންބުނެ ހިފައިގެން އިން ގިޓާގެ ނަރުވާތަކާ ކުޅެމުން މަޑުމަޑުން ރާގެއް އަޅުވާލިއެވެ.ލިބުނު ހައިރާންކަމާއި އުފަލެއްގެ ބޮޑުކަމުން އުޝާއަށް ކުރެވުނުހާވެސް ކަމަކީ އަނގަމަތީ އަތްއަޅާލެވުމެވެ.އެވަގުތު ދިޔާންގެ އަޑުން ރީތި ލަވައެއްގެ އަޑުވެސް އިވިގެން ދިޔައެވެ.މީގެކުރިން އުޝާއަކަށް ދިޔާންއަށް ގިޓާޖަހާ ލަވަކިޔަން އެނގޭކަމެއް އެނގިފައެއްނެތެވެ.އަދި މިގޮތަށް ނޭނގި ކިތައް ކަންތައް ވާނެބާއެވެ.ދިޔާން ލަވަކިޔަމުން ދިޔައީ ގިޓައިން އަމިއްލައަށް އެލަވައިގެ ރާގުވެސް ޖަހަމުންނެވެ.

“ލޯބިދާނުގާ އެކީ މަށާ ވެދާނުހޭ،ސާފު ލޯބިދޭނުހޭ  ބޭނުމެއް މަ ދެން ހަމަ ކަލާ ނޫން އެހެން ނެތޭ ނެތޭ ނެތޭ..ލޯބިދާނުގާ އެކީ…”

“ޝަރުތަކީ ކޮބާހެ ލޯބި ދޭނޭ، އަލަތު ލޯބިދީ ރުހުން ލިބޭނޭ..މަދަދުގާރެކޭ މިއީ ޔަގީނޭ، ބަދުލުވުން މަށެއް ތެދޭ ނެތީމޭ..އެކުއެކީ ކަނޑަށް ވިިޔަސް މަދެން އެރޭނަމޭ، ހިތް ފުރާލަ ދޭނަމޭ..ހިތް އެދޭ ކަމެއް ހަމަ ތިނޫނީ އެހެން ނެތޭ ނެތޭ ނެތޭ..ލޯބި ދާނުގާ އެކީ..” ދިޔާން ދެން އޮތް ބާއި ފުރިހަމަ ކުރަމުން ދިޔައީ އުޝާގެ ކުރި މައްޗަށް އައިސް ހުއްޓިލަމުންނެވެ.

“ރާޅުތަކުގެ ބީދައިން މި މޭގާ، ވާ އުދާސް އިތުރުވެޔޭ އެކީގާ..ހާލުދެން ދުލުން ބަޔާން ނުވާހެން، ހިޔާލުވޭ މަގޭ މިހިތު ތެރޭގާ..ގާތުގާ މަގޭ ކަލާ އިށީންދެ ލާނުހޭ، ލޯބިވޭ ބުނާނުހޭ..ހާއުފާ މަށަށް ހަމަ ތި ނޫނީ އެހެން ނެތޭ ނެތޭ ނެތޭ.. ލޯބިދާނުގާ އެކީ..” އެ ކަޑީގެ ފަހު ތަންކޮޅު ކިޔާ ނިމުމުން ލަވައިގެ ރާގު ޖަހަމުން ޖަހަމުން ގޮސް ދިޔާން ޝާރިމްއާއި ގިޓާ ހަވާލުކުރިއެވެ.އެއާއެކު ދެން އޮތް ބައިގެ ރާގު ފުރިހަމަ ކޮށްދެމުން ދިޔައީ ޝާރިމްއެވެ.

ދިޔާން އަނެއްކާވެސް އައިސް އުޝާގެ ކައިރިއަށް މަޑުކޮށްލަމުން އެއަތުގައި ހިފާށޭ ބުނާ ފަދަޔަކުން އުޝާއާއި ދިމާލަށް އަތް ދިއްކޮށްލިއެވެ.އުޝާ އެއަތުގައި ހިފަން ނުހިފަން ކަހަލަ ގޮތަކަށް ހުރެފައި އެއަތުގައި ހިފާލިއެވެ. އެއާއެކު ދިޔާން އުޝާ ގޮވައިގެން ކަޕުލް ޑާންސްގެ ސްޓެޕް ތަކަކަށް މަޑުމަޑުން ނަށަން ފެށިއެވެ.ލަވައިގެ ފަހުބާއި ދިޔާން ފުރިހަމަ ކުރަންފެށީ އެއައްފަހުގައެވެ.އެވެސް އުޝާއާއި ހަތަރުކަޅި ހަމަ ކޮށްގެން ހުރެއެެވެ.އެވަގުތު އުޝާގެ ފަރާތުން ފެނިގެން ދިޔައީ ލަދުރަކި ހިނިތުންވުމެކެވެ.

“ހާދަ ހީވެޔޭ ގަބޫލުވާހެން، ސާފު ރީތި ހީލުމުން ކަލާދެން..މައުނަވީ ތި ފަރިބަލާލުމުންދެން، މާތަކެއް ފޮޅިއްޖެ ހީވެޔޭ ދެން..ފާޅުގާ ތިހިތް މަށަށް ނަގާފަ ދޭނުހޭ، އާއެކޭ ބުނާނުހޭ..އިންތިޒާރަކަށް ބޭނުމެއް ދެން އެހެން ނެތޭ ނެތޭ ނެތޭ..ލޯބިދާނުގާ އެކީ..” ލަވަ ކިޔާ ނިމުންއިރުވެސް އުޝާ ހީވަނީ ޖެހި ބުދެއް ހެންނެވެ.ދިޔާންއާއި ހަތަރުކަޅި ހަމަކުރި ގޮތަށް ހަމަ ހުރީއެވެ.ދިޔާންވެސް އުޝާގެ ލޮލަކުން ނަޒަރު ވަކިކޮށެއް ނުލައެވެ.އެވަގުތު އެދެމީހުންނަށްވެސް އިތުރުބަޔަކު އެތާ ތިބިހެންވެސް ހީނުވެއެވެ.ދެމީހުންނަށްވެސް އުޅެވެމުން ދިޔައީ ހުވަފެނީ އާލަމެއްގައެވެ.

އުޝާއަށް ހަމަހޭވެރިކަންވީ އިރުކޮޅެއްގެ ފަހުންނެވެ. އެވަގުތު އޭނާ ގަތްލަދު ބަޔާން ކޮށްދޭންވެސް ދައްޗެވެ.އިތުރަށް ކުރިމަތީ ހުންނަން ނުކުޅަދާނަވުމުން އުޝާ އުޅުނީ އެނބުރި އާއިކޮޅަށް ހިނގައި ގަންނާށެވެ.ނަމަވެސް ހުޝިޔާރުކުމާއިއެކު ދިޔާން އުޝާގެ އަތުގައި ހިފާ ދަމާލުމުން އުޝާ އައިސް ޖެހުނީ ދިޔާންގެ ގައިގައެވެ.

“ޔާން..މި…އަހަރެން” އުޝާ އުނދަގުލުން ފުރިހަމަ ކޮއްލަން އުޅުނު ޖުމްލަ ފުރިހަމަނުވީ ދިޔާން އުޝާގެ ތުންފަތުގައި ޝަހާދަތް އިނގިލި ޖައްސާލުމުންނެވެ.

“ޝޫޝް! އުޝް މިއަދު ބުނަންވީ އެއްޗެއް ބުނެފީމޭނުން..ސޯ ދެން ވާހަކަ ދައްކާނީ އަހަރެން” ދިޔާން މިހެންބުނެ އުޝާގެ މޫނުގައި ދެއަތުން ހިފަހައްޓާލަމުން އުޝާާއާއި ހަތަރުކަޅި ހަމަކޮށްލިއެވެ.

“އުޝް!އަހަރެން އުޝްއާއި މިކުރަނީ ސަމާސާއެއް ނޫން..އަހަރެން އުޝްދެކެ މިވަނީ ތެދުވެރި ލޯތްބެއްކަން އަހަރެންނަށް ހަމަ ޔަޤީން.. އިރާދަކުރެއްވިއްޔާ އަހަރެންގެ މިލޯބި އަބަދުވެސް މިގޮތުގައި ބަދަލުވުމެއްނެތި އޮންނާނެ..އަދިި އިރާދަކުރެއްވިއްޔާ އަހަރެން ދުވަހަކުވެސް ބަދަލެއް ނުވާނެ..އެހެން ލޯބިވެރިންހެން ޅެމުން، ޝާއިރީ ބަސްތަކުން ލޯބި ހާމަ ކޮއްދޭކަށް އަހަރެންނަކަށް ނޭނގެ..އެހެންވީމަ ސީދާ ބަހުން އަހަރެން މިރޭވެސް މިބުނަނީ..އައި ލަވް ޔޫ..ސޯ ޕްލީޒް އާންސް މީ..ޔެސް އޯރ ނޯ”

“ޔެސް.ޔެސް.ޔެސް.” އުޝާ އިތުރަށް ވިސްނާލުމަކާއިވެސް ނުލާ ވަގުތުން ބުނެލިއެވެ. އަދި ދިޔާންގެ މޭގައި މޫނު ފޮރުވާލިއެވެ.

“އަހަރެެން އިތުރަށް މަޑުކުރަން ވެއްޖެއްޔާ އެމީހުން ޔާން ޖަހައިގަންނަން މަސައްކަތް ކޮއްފާނެތީ އަހަރެން ބިރުގަނޭ..އެދުހެއް ދެކޭކަށް އަހަރެން ބޭނުމެއްނޫން”

“މޮޔަ އަންހެންކުއްޖާ” ދިޔާން މިހެންބުނެ ހޭންފަށަމުން އުޝާގެ ގައިގައި އޭނާގެ ދެއަތް ވަށާލިއެވެ.އަދި އުޝާގެ ބޮލަށް ދޮނެއް ދިނީ ލިބުނު އުފާ ހާމަކޮށްދިނުމަށްޓަކައެވެ.އުޝާވެސް ފެނުނީ އިތުރަށް ދިޔާންއާއި ގާތްވެލިތަނެވެ.މިރޭ ދެހިތްވެސް ވަނީ އުފަލުން ފޮޅިފައެވެ.ވާނީވެސް އެހެންތާއެވެ. ދުނިޔޭގައި މަދު ބަޔަކަށް ނޫނީ ނުލިބޭ އުފަލެއް ދެމީހުންނަށްވެސް ލިބިގެން ދިޔައީއެވެ. ދެމީހުންނަށްވެސް ލިބިގެން ދިޔައީ ދެމީހުންގެވެސް އަލަތު ލޯތްބެވެ.މީ ދުނިޔޭގައި ވަރަށް މަދުބަޔަކަށް ލިބޭ ނަސީބެކެވެ.ދެމީހުންނަށްވެސް އެވަގުތު ހިތުން ދުއާ ކޮއްލެވުނީ މިގުޅުން އުމުރަށް މިގޮތުގައި ލެއްވުމަށެވެ.

“ކޮންގްރެޗުލޭޝަންސް..ސޯ ލެޓްސް ސެލެބްރޭޝަން” ދެމީހުންނަށްވެސް ހުވަފެނީ އާލަމުން ނުކުމެވުނީ ދިމްރާމެންގެ އަޑަށެވެ.ދިމްރާމެން ލަވައެއްގެ ރާގަށް އެހެން ކިޔާލުމާއިއެކު ބޯ ހިއްލައިލަން އުޅުނު އުޝާއަށް ކުރެވުނުހާވެސް ކަމަކީ ދިޔާންގެ ތަނަވަސް މޭގައި އަނެއްކާވެސް މޫނު ފޮރުވާލުމެވެ.އެއާއެކު ދިމްރާމެންގެ ހުނުމުގެ އަޑުވެސް އިވިގެން ދިޔައެވެ.

އިރުކޮޅަކު ސަކަރާތްޖަހާލަން ތިބެފައި އެންމެ ފުރަތަމަ ގެއަށް ދާ ވާހަކަ ނަންގަތީ ރީމްއެވެ.އެއީ ބޮޑުދައިތަ ކައިރީ އަވަހަށް ގެއަށް ދާނެ ވާހަކަ ބުނެވިފައި އޮތީމަ ކަމަށްވެސް ބުންޏެވެ.

“އަހަރެން ދަންތަ ރީ ލައިދޭން” ޝާރިމް އެހާ ފާޅުގައި އެހެން ބުނުމުން ރީމްއަށް ދެކޮޅު ހަދާކަށް ނުކެރުނެެވެ.ކިތަންމެ ޝާރިމްއާއެކު ދާން ބޭނުންނުވިޔަސް ރީމްއަށް ޖެހުނީ ޝާރިމްއާއިއެކު ދާށެވެ.ހިތާދެކޮޅަށް ރީމް ރޭގަނޑުގެ ވަދާއީ ސަލާމް އެންމެންނަށް ކިޔާލުމަށްފަހު ޝާރިމްއާއިއެކު ނުކުންނަން ހިނގައިގަތެވެ.

“ދިމްކޯ! އޯކޭދޯ އަހަރެން އުޝް ގެއަށް ލާއިދީފަ އަޔަސް..”                      “ދެން ޔާން ދައްކާ ވާހަކަ..އުޝް ހަމަ ދާން ހުރިއްޔާ ދާންވީ..އަހަރެންގެ އެއްވެސް އިއުތިރާޒެއް ނެތް..އެހެންނޫނަސް ދެމީހުންވެސް ތިއުޅެނީ ރިލޭޝަންގަ..އަހަރެންނަށް އޮންނަ ހައްޤެއް ޔާންއަށްވެސް އޮންނާނޭނުން”            “ސާބަސް! އަހަރެން އެހެން މިބުނީ އެހެންވެޔެއްނޫނޭ..ދިމް އެކަނި ގޭގަ ހުންނަން ޖެހޭނެތީއޭ” ދިޔާން ދިމްރާގެ ބޮލުގައި މަޑުމަޑުން ޖަހާލަމުން ބުނެލިއެވެ.

“ދެން އަޅެ!ޔާންގަނޑާ”

“ޔާން ގޮސް އަންނަންދެން އަހަރެން މަޑުކޮއްދޭނަން” އެވަގުތު ޔުއާން ބުނެލި ބަސްތަކުން ދިޔާންއަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބުނެވެ.

“ތޭންކްސް ބުރޯ!އަންނާނަން ވަރަށް އަވަހަށް އެނގޭ”                        “ހޫމް!މިރޭގެ ވިއްސާރަގަނޑުގަ ލައްވާ ނުލާ އާދެވިއްޖެއްޔާ ސާބަސް..ދުނިޔެމަތި އޮތީ ބަނަކޮށްލާފަ ކަން ވިސްނައިގެން ދާތި” ދިޔާންއާއި އުޝާ ގޭ ދޮރާ ހިސާބަށް އެރިތަނާ ދިމްރާާ ގޮވާލިއަޑު އިވުނެވެ.ދެމީހުންވެސް ހިނިތުންވަމުން ހިނގައިގަތީ ކުރިޔަށެވެ.ތެދެކެވެ.އުޑުމަތިން ތަރިއެއްހާ ހިސާބުވެސް ފެންނާކަށްް ނެތެވެ.މުޅިދުނިޔެއަށްވެސްް ވެރިވެފައިވަނީ ކަޅުފޮއެ އަނދިރިކަމެވެ.

“ރީ…ހިތްހަމަ ނުޖެހިފަތަ.” ޝާރިމް ހިތުގައި އޮތް ސުވާލު ކޮއްލީ ރީމް އަނގައިން ނުބުނެ މާ މަޑުމަަޑުން ހުރީމައެވެ.                “ނޫން” ރީމްގެ ފަރާތުން ލިބިގެން ދިޔައީ ކުރު ޖަވާބެކެވެ.

“ރީ..ވަޓްސް ރޯންގް. ބުނިމައޭނުން އެނގޭނީވެސް” ޝާރިމް ރީމްގެ އުޅަބޮށީގައި ހިފަހައްޓާލަމުން ޝާރިމްއަށް ވީ ފަރާތަށް އަނބުރާލިއެވެ.        “މިބުނީނުން ކަމެއް ނުވެޔޭ”            “އެކަމު ތީ ރީ އެހެންޏާ ހުންނަ ގޮތެއް ނޫނޭނުން”                      “ރެންއަށް އަހަރެންގެ ކަންތައް ކިހާ ވަރަކަށްތަ އެނގެނީ”                       “ތިބުނީ؟” ޝާރިމްއަށް ރީމް ބުނި އެއްޗެއްސާފެއްނުވިއެވެ.

 “އަހަރެން މިބުނީ އަހަރެންނަށް އުނދަގޫވެޔޭ ރެން އަހަރެންގެ އަތުގައި ހިފީމަ..ސޯ ޕްލީޒް..ފޭކް ހޯޕް ދިނުން ހުއްޓާލަ ދީބަ..ހެޔޮނުވާނެ..”ރީމް މަޑުމަޑުން ޝާރިމްގެ އަތް ނައްޓުވާލަމުން ބުނެލިއެވެ. ޝާރިމްއަށް، ރީމް ޝާރިމްއާއި ހަތަރުކަޅި ހަމަނުކުރަން އުޅޭކަން އެނގުނެވެ.ނަމަވެސް ރީމް މިރޭ އެކިޔާ ބަސްތަކެއް ޝާރިމްއަކަށް ހަމަ އެއްގޮތަކަށްވެސް ފަހުމެއް ނުވިއެވެ.ރީމް ކުއްލިއަކަށް އެހާ ދުރުވާންޖެހޭ ސަބަބެއްވެސް ނޭނގުނެވެ.

ކަންދިމާާކުރިގޮތުން އޭރު ދެމީހުންނަށްވެސް ތިބެވުނީ ގޭ ބޭރު ދޮރާށި ކައިރީގައެވެ.އިތުރު ވަގުތެއް ބޭކާރު ކުރާކަށް ރީމް ނުހަދައެވެ.ދޮރާށި ހުޅުވާފައި އެތެރެއަށް ވަންނަން ހިނގައިގަތެވެ.ކުރިއަށް ހިނގައިގަތް ރީމްއަށް ސިހުންލިބުނީ ހީ ނުކޮށް ހުއްޓާ ޝާރިމް ރީމްގެ އަތުގައި ހިފާ ދޮރާށި ފާރުގައި ޖައްސާލުމުންނެވެ.ހަމައެއާއެކު ޝާރިމް ދެން ކޮށްލި ކަމަކުން މީހާއަށް ހުއްޓުމެއްލިބި ދެލޯ ބޮޑުވެގެން ދިޔައެވެ.

 

 

 

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (114)

  1. Sis

    Wow…nice….thnx mihaa dhigukoh genesdheythy…?

    1. ithoo
      Sis

      Thanxxx dearr.. ☺

  2. Sheeby

    Varah salhi story eh❤️

    1. ithoo
      Sheeby

      Thanxx sheeby ?

  3. shafu

    mi part ves v reethi…. kn irakun next part up kuraany….

    1. ithoo
      shafu

      Thanxx shafu..in sha allah maadhen noon aneh dhuhun up kuraanan..☺

  4. Ithoo's Fan

    Waaauu! Waaaau!!
    Its so majaa!!
    Nd warah rythi.. Nxt prt maadhan up koh dheynan dhw? Alhe Ushaa haadha gut eyh! Awahah up koh dhehchey! Warah luws! ??

    1. ithoo
      Ithoo's Fan

      Thanxxx dearr..maadhen noon aneh dhuhun ingey dhn up kuraanee..mirey mi part mi up kohdhiny mirey special day eh v ma..?..hehe..thanxx dearr thi dhey supportah ingey..thanxx dear..☺

    2. Ithoo's Fan
      Ithoo's Fan

      Alhey! Thts a lng tym 4 us! Ok.. Maadhan nuun aneh dhuwas ahnan dhn inthizaaruga!

    3. ithoo
      Ithoo's Fan

      Thanxx ithoo’s Fan..happy to have a fan like u..thigothuga huhnaane kamah ummeedhu kuran..thanx dear..n kuda kuda inthixaareh kohlaanee dww..in sha Allah tmrw genesdheynan..☺

  5. Naa

    Wow, me first dhw….

    1. ithoo
      Naa

      Dhen faharakun frst hoadhaanee dww dearr..☺

  6. mnnm

    v salhi.. hyvany hama Korean?? series eh balan indhevunu hn.. keep it up.. next ep ah v intixaar kuran inge.. ???

    1. ithoo
      mnnm

      Alhey a kyhve o korean drama akaa vahtharu v..n thanxx dearr.. Inthixaaru kohallaathi ingey..☺

  7. Naa

    Ohh! Noon dhw….
    So sad…
    Bt this story is awesome

    1. ithoo
      Naa

      Naa dhen faharakun vaane ingey frst hoadhan..hehe..n thanxx dearr☺

  8. saamy

    Wow wow??? luv it.. mi part ves v v reethi … v v furihama.. thnx ithoo… thiya kura hiyyvarah hama saabas…waitin waitin…

    1. ithoo
      saamy

      Awwhh..thanxx saamy….thi gothah support dheythy v hihvaru libey ☺

  9. Xiee?

    Awwwn.? Vrh rythi mirey ge part. Vakin haassa koh. ? alhe dhn kihineii baa vaany??? ? Wen next part up kuraany. Can’t wait. Thank yuh ithoo… ??

    1. ithoo
      Xiee?

      Seriouslyy..xiee…next part kiyaalaanee dww vaagoih balan.bt y thank u xiee..ur wc dear☺

  10. Shahu

    Awlheyy varah kiyaa hithun hutta e nimunee. I think this story gonna to be awesome one. Pls do upload nimen dhn ingeyy. I enjoy reading it.?
    You can do it dear.?
    All the best. Ly ❤

    1. ithoo
      Shahu

      Hehe..adhi vx kuru v tha dear ah..thanxx dear..yap..in sha allah nimendhen up kuraanan ingey..thanxx dear ☺

  11. judge armaan

    oooooooooooooo haadha waiteh kurevijjeyey varaah ssssssssssssalhi i mean mi part usha ge role hama habeyss superppp ithooo ur doing greatly

    1. ithoo
      judge armaan

      Oowwhh..naseebeynun up vi kan dww..hehe..thanxx dear for ur support☺

  12. Shaa

    This is awesome. I love it. Hama hyvany story therey ulhevey hen. I looooove you ithooo.

    1. ithoo
      Shaa

      Really.. Hehe..luv u too dearrrr… Thanx a lot my dearr ☺

  13. judge armaan

    🙂 :-0 <3 <3

    1. ithoo
      judge armaan

      Hehehe <3 ☺

    2. shelly
      judge armaan

      kaaku tha meehunge name copy kohgen comment kuranyy “judge armaan”……………………………

  14. Any

    Nice story ?

    1. ithoo
      Any

      Thanxx dearr☺

  15. luhan

    V lwbi..Nxt part avas kohdhey thi..?

    1. ithoo
      luhan

      Thanxx luhan ☺

  16. Azu

    Usha ge hiyvarah hama saabas dhey varu vey ingey……loabi veema vaa gotheh dho eves…lamya kada vaane huvaa….?????

    1. ithoo
      Azu

      Hahaha..hmm loabeege baaru dww..a oh ladhuraky kuhja vihya a vaahaka dhehky isve..hehe

    2. Azu
      Azu

      Alhey…..olhigen anehkaa ves comment e fonuvunee….lol

    3. Azu
      Azu

      Aslu liyan miulhenee olhigen limna ge namakah limya jehifa ey eynee….???

    4. ithoo
      Azu

      Hehe..Azu..a ok vaane eyy…faseyha nameh keema..hehehe

  17. =naju=

    Wow … next part avaskohdhehchey .. <3

    1. ithoo
      =naju=

      Hehe..thanxx dearr ☺

  18. Cherry

    Loabi kameh
    Adhi dhigu koh genaima maa loabi
    Alhe ushaa. Haadha loabiveyey

    1. ithoo
      Cherry

      Cherry ah loabivevuny tha ushaa dheke..hehe..btw thanxx cherry ☺

    2. Cherry
      Cherry

      Hehehheh
      Usha kihaa lucky
      Kihaa loabi surprise eh
      V v loabi vey 6 kudhin dhekeves story ga ulhey ??

    3. ithoo
      Cherry

      Hehehe..cherry ☺

  19. imma

    Wow haadha reechey hama moyavehje

    1. ithoo
      imma

      Hehehe..thanxx imma☺

  20. Dhimra and Yuan shipper

    OMG..Alhey..V lwbi mi prt..Ithoo mi vaahaka sifa kohfa vaa goi varah furihama.. Ithoo mi vaahaka liyaa goi v kamudhey..Mi stry ah v inthizaaru kurevey tbh..Next prt ga Dhrimra nd Yuaan ge moments himanaa lahchey.. Luvv U ithoo<3..

    1. ithoo
      Dhimra and Yuan shipper

      Yaa..nxt prt ga ihnaane a dhe kudhinge moments..varaa majaa scene eh..me ah v majaa scene eh aee..hehe..thanx dearr..n luv u too☺

  21. raany

    V kamunudhey.. mulhin goas kan kan mi hingany.. hiley anhenun naa hiley firihenunge..miakahala vaahaka thakun devey msg rangalhutha.. mihen bunyma bunaa myhaa goas vaany gina faharu.. kyh kuraany dhw..

    1. ithoo
      raany

      Dear mee hiyaalee vaahaka eh kan kiyaa hurihaa kudhihnah vx ingeyne kamah me mibalany..n goas msg eh dhinumuge niyathaku noon ni stry mi liyuny..hykuran so eh vx kujjaku mi stry in goas msg eh nunagaane kamah..mi ehvx kujjakah goas msg eh dhinumuge gothun liyaa vaahaka eh noon..n hykuran mi stry in rangalhu msg eh nagaane kamah..n sry for that..

    2. Hau
      raany

      Raany ah vz ingeyne mee mihaaru ulhey kudhin ulhey goiy kan… ithoo liyaa story thakuga ekanyeh noon migothah hiley anhenunnaa firihenun eky ulhenyky… dhn kyhve hama ekani ithoo kuhveri vaan vy ky… ehn noonas kaiveni kuraany hiley anhenakaa firiheneh noon tha… furathama hiley anhenakaa firiheneh dhimaa vegen noon tha edhemeehun halaal vaane kameh, i mean marry kureveyny… mivaahaka mibuny hama ekani ithoo thihen comment kuryma… mi site ga story liyaa gina meehun loyany mikahala story ennu… ehn vy irun emeehun kairy vz thihen bunan vynu… mihen vz bunyma bunaa meehaa goas vaany..kyhkuraany… adhuge haalathu… ????
      Btw ithoo… story v reethi… keep it up dear…??

  22. Saandy

    Oh v salhi mibaives… Ushaa ves dhw… Hehehe… Ebai v fakkaa… Efakeeru ladhun maruvaane… Shaarim mee v nurakkaa meehehthaa… I think he kissed Reem… Next partge inthizaaruga… Keep it up Ithoo 🙂

    1. ithoo
      Saandy

      Heheh..thanxx saandy..aan ekujja v ladhu ganefa hury..n kuda kon nurakka vaane shaarim..hehehe..once again thanxx saandy ☺

    2. yashmaa
      Saandy

      Saandy vs anhenunthah thereah vadhegen hama kohme fadha ehcheh vs comnt kohlaakah ladheh vs nuganeytha. he kissed reem o. mihaar dhen myhak ladheh vs nuganey dho kohme kohme ehcheh kiyaakah.

    3. ithoo
      Saandy

      Yaa..dnt take it negative yashmaa..bt mithaanga ithuru kujjaku kuraa cmntakah thi gothah nubunu edhen dear..boy eh viyas grl eh viyas cmnt kurumuge hahgu ohnaaneynun dww..saandy boy akah viyas saandy ah vx a hahgu ohnaane..ehen noonas me ah vx neynge mithaa hus cmnt kohfa mihury hus grlx kameh..bt ebahuri boys kohfa hama..saandy noonakas..saandy aee me ge v fav.writer eh..me v happy vaane mi dhaairah kuriah dhiumah saandy ge hiyaal libenyaa..n saandy eyny vaanehen hyvaa gotheh bunefa…goas koh eythi nunegun edhen dearr..hykuran hih bura nukuraane kamah..bt saandy ah thigothah mention kohfa bunyma v dhera vehje..saandy ehen bunyas nubunyas stry ga vaan oih gotheh vaaneynun dww..

    4. Saandy
      Saandy

      Yashmaa!! Saandy buny Saandy ah heevany Shaarim ehen hedhyhenney… Ladhuganna varuge ehcheh bunevunuheneh hiyeh nuvey adhi thihaavaru vaakah

  23. Dhimra and Yuan shipper

    V rythi..Next prt ga Dhimrand Yuan ge moments himanaa lahchey..Ithoo vahaka sifa kuraa goi v kamudhey..Luvv you ithoo..

    1. ithoo
      Dhimra and Yuan shipper

      Yaa dearr..n thanxx dearr..luv u too ☺

  24. Dhimra and Yuan shipper

    V rythi mi baives..prt 9 kon iraku up kuraany?

    1. ithoo
      Dhimra and Yuan shipper

      Maadhemaa kuraanan..in sha allah ☺

    2. mai
      Dhimra and Yuan shipper

      Ithoo Allah ge ismufulhu liyaa iru A always write capital letter in ingey.. story v maja.

    3. ithoo
      Dhimra and Yuan shipper

      Yaa..thanxx mai..☺

  25. Samee

    Congra ushaa n dhiyaan.. Haha.. V lwbi mi prt vess.. Heevanee drama eh balaa leveyhen.. keep it up ithoo… luv u a lot..

    1. ithoo
      Samee

      Hahaa..ebunaahen a dhe kudhihnah congraa nukiyaa dww..thanxx samee..luv u too☺

  26. Sanu

    Mi parts hama v loabx. Thanx for u r special day gift. Hhehhee. Keep it up

    1. ithoo
      Sanu

      Awwhhh..thanxx sanu..☺

  27. Sunoo

    Mi part v nice..next part miadhu up kohba plxxx…nuhureveyne ehaa wait kohgen..hama ehaa ves furihama ee vaahaka…keep it up dear….

    1. ithoo
      Sunoo

      Thankkk dearr.. aslu sithu ah manage kureveny two days in dearr…kuda kon bxy life eh v ma aslu..srryy dearr for that..n thanxx thi dhey supportah dear ☺

  28. shaal

    oh v.obi thanku thiha lovely story eh genesdheythy ..

    1. ithoo
      shaal

      Thanxx shaal..☺

  29. nini

    VVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVV reethi……
    Waiting……..

    1. ithoo
      nini

      Awhhhh…thanxxxxxxxxxxxxxxxx nini..hehe..☺

  30. Eanal

    Wow..? Salhi..? Miadh Busy Kamun Adhi Mi Kiyaalwunii Storyy..?
    Sifa Kurun Thah Warah Habeys..? Wahak therey Ulheweyhen Heewanii..? korean Drama Eh Sifa Wanii..? And Yuaan, Oh God!!? Story Ga Ulhey Kudhin Noonas Eanal Wx Like Wejje..?? Ahahahhaa..
    Waiting For Next Part.. Keep It Up Sweetyy Ithoo..? And Love Yah Much..❤

    1. ithoo
      Eanal

      Thanxx Eanal..thihaa bxy koh ulhemun vz kiyaali kamah takaa..happy vey Eanal ah stry reethi vaahaka bunaathy…adhi fahun fahun maybe maa like vedhaane kahneynge..hehe..thanxx swityyy Eanal…luv u too ☺?

  31. Afy

    V v v v salhi anehbai konirakun all the best

    1. ithoo
      Afy

      In sha Allah maadhama kohdheynan…thanxxx Afy ☺

  32. Shaa

    Heyyyy I am waiting for the next part. Mirey update nukurany tha. Irukolhakaa eba beley up vehjje thw .

    1. ithoo
      Shaa

      Yaa dearr…maadhamaa kuraanee in sha allah..

  33. mishele

    Ithoo maadhan hedhunu up kohladheeba plx ithooooo??

    1. ithoo
      mishele

      In sha Allah..kureveythw balaanan..ehme las cegen maadhamaa reah balaane kamah ummeedhu kuran..aslu midhuvas kolhu kudakon bxy koh miulheny vx..

  34. ;)

    Marshallah…ithoo this story is beautiful…mi part vexx vvv obi…I ❤️ it a lot…keep it up

    1. ithoo
      ;)

      Thanxxx dearrr..thanx a lot..luv u too..☺

    2. Lyn
      ;)

      I ❤️ u…ithoo your the best…

    3. ithoo
      ;)

      Awwhhh..thanxx lyn.. Happy to hear that.. Luv u too ☺☺

  35. Jilaa

    Awwwwwwwwwwwwn..ithoooooooooooooooooooooooooooooooooooooooo……you are the best writer I have ever seen.. Thanks mihaar wonderful story eh gen dheythy…and one more thing.. this story is my favorite story… and you are my favorite writer.. alhe please can you upload next part now … waiting…tvgc ithoo..jilaa loves you..??

    1. ithoo
      Jilaa

      Awhh..seriouslyy..varah happy vejje ingey jilaa ge best writer akah vevunyma..stry fonuvaafa v..up vaane ireh neynge dearr..☺n thanx jilaa ?

  36. YammYoon

    V habeys ingey… Ithoo vx hama saandy ah dhoonukrey dhw… Mi story vx nic… kyp it upppp..??????

    1. ithoo
      YammYoon

      Adhi me aky hama beginners eh dearr..so adhi saandy aa gaathah vx nudhaane..hehe..thanxx a lot my dear yammyoon ☺

  37. nazu

    Dhen oth part kiyaahith vanee vr shali

    1. ithoo
      nazu

      Awwhh..thanxx nazu ☺

  38. mishele

    Ithoo avas kohlabala plx Can’t wait?

    1. ithoo
      mishele

      Stry fonuvaafa v..bt up vaane ireh bunaakah neynge..sry for that mishele

  39. Maahy ❤

    Ihthooooo Avas kohba iru iru kolhaa mibeleny vaahaka up vaathoa ?

    1. ithoo
      Maahy ❤

      Stry fonuvaafa v..bt up vaane ireh neynge dear bunedheykah..thanx thivarah inthixaaru kohdhey kamah takaa vx dear Maahy

  40. kiaa

    Ithoo kba tha alhe next part..?? Mihaaru neyge satheyka faharu noon kameh mivahaka up vehjetho beluny.. avahah up kohdhyba plx plx plxxxxx..????

    1. ithoo
      kiaa

      Stry fonuvaafa v bt up vaane ireh neynge dearr..sryy ingey las vaa kamah takaa aslu miadhu thankolheh lahun stry fonuvuny vx..miadhu aslu v v v v v bxy koh ulhemun liyan jehuny vz..hope kuran kiaa n dhen thibi all kudhin vx understand vaane kamah..adhi vx ehfaharu sry las vi kamahtakaa

  41. Shahu

    Where is the next part dear? Waiting. Waiting ☺

    1. ithoo
      Shahu

      Sry las vaa kamah takaa shahu..nw fonuvaafa v..bt up vun las vaane..thanx wait kuraa kamah takaa ingey ☺

    2. Shahu
      Shahu

      Ithoo ge ehme rangalhu thahkolhakee readers ge comment ah reply Kuraa thee. ?

    3. ithoo
      Shahu

      Awwhh..thanxx shahu..☺

  42. Lyn

    Ithoo sweet ❤️ waiting ngey……

    1. ithoo
      Lyn

      Lyn sweety sry las vaa kamah takaa

  43. Afy

    Inthizaaruge gita hithu thereyga haadha inthizaarekey dho pls pls pls up kolladheebala heyonuvaane sithoooooooo

    1. ithoo
      Afy

      Afy stry fonuvaafa v..bt up vaane ireh neynge dear..heekuran afy understand vaane kamah..

  44. nini

    HAA DA LAHA…………

    1. ithoo
      nini

      Now up vejje nini.. ☺

  45. princess shaal

    ithoo waiting 4 ur lovely stry

    1. ithoo
      princess shaal

      Now up vejje princess shaal☺

  46. kiaa

    Ithoo haada lahaa….
    waiting.waiting
    kba tha mi
    Admin avahah up kohdhyba.
    Admin!!!

    1. ithoo
      kiaa

      Hehehe..kiaa.. Nw up vejje dearr..☺

  47. Anonymous

    Dhen haadha lahey…..

    1. ithoo
      Anonymous

      Nw up vejje dearr ☺

  48. Hau

    Kihineh vaan baa miulheny… v salhi mi part vz… keep it up ithoo… ????

    1. ithoo
      Hau

      Thanxx my dearr hau ☺

Comments are closed.