“ބިރެއް ނުގަނޭތަ؟ މި ފަޅުގޭގަ. އެކަނިމާއެކަނި. އެއްވެސް މީހެއްގެ ހިލަމެއްވެސް ނުވާ ހިސާބެއްގަ. ކިތަންމެ ވަރަކަށް ހަޅޭއްލެވިޔަސް އެއަޑު އިވޭނެ މީހަކު ނުހުންނާނެ.” ޒައިކް އެހެން ބުނެލުމުން ރޭޝަމްއަށް ދެލޯ ބޮޑުކޮށްލެވުނެވެ. މީގެ ކުޑައިރުކޮޅެއް ކުރިން އޭނާ އެހުރިހާ ކަމެއްގެ މަތިން ހަނދާން ނެތުނީތީ އޭނާ ހައިރާންވިއެވެ.
“ޒައިކް!” ރޭޝަމް ވަރަށް ބާރަށް ޒައިކްގެ މޭގައި އަތްއަޅާ ކޮއްޕާލިއެވެ. މިކަމަށް ހުޝިޔާރުވެގެން ހުރި ޒައިކް ދެފިޔަވަޅު ފަހަތަށް ކައްސާލިޔަސް ނުވެއްޓި ބިމުގައި ފައި ހަރުކޮށްލިއެވެ. އެއާއެކު ޒައިކް ބާރުބާރަށް ހޭންފެށިއެވެ. ހެމުންހެމުން ގޮސް ކުޑަދޮރު ކައިރީ ހުއްޓި ރޭޝަމްއަށް ބަލާލިއެވެ. އޭރުވެސް ޒައިކް ދިޔައީ ހެމުންނެވެ. ރޭޝަމްގެ ދެލޮލުން ކަރުނައިގެ އަސަރު ފާޅުވަމުން ދިޔައެވެ.
ޒައިކްގެ މި ލާނެތް ސަމާސާއިން ރޭޝަމްގެ ހިތުގައިވާ ބިރުވެރިކަން އިތުރުވިއެވެ. ބިރުން ގޮސް ހަދާނެގޮތް ހުސްވިއެވެ. އެވަގުތު އޭނާގެ ކުރިމަތިން ސިފަވީ އޭނާގެ ކޮއްކޮއެވެ. އެ ކޮއްކޮ އޮތް ހާލެވެ. ޒައިކްގެ ކިބައިން ސަލާމަތްވުމަށްޓަކައި ރޭޝަމް ބިރުން ދުއްވައިގަތެވެ. ރޭޝަމް ބިރުން ދުއްވައިގަތް މަންޒަރު ފެނިފައި ޒައިކްވެސް ދުއްވައިގަތެވެ. ބިރުން ގޮސް ރޭޝަމް މޮޔަކަމެއް ކޮށްފާނެތީއެވެ.
“ރޭޝަމް! ރޭޝަމް!” ރޭޝަމްއަށް ގޮވަމުން ޒައިކްވެސް ސިޑިއާއި ދިމާއަށް ދިޔައެވެ. ކޮޓަރީގައި ކަރަންޓުގެ އަލިކަން ހުރިނަމަވެސް ގޭތެރޭގައި ރަސްކަންކުރަމުން ދިޔައީ ކަޅު އަނދިރިކަމެވެ. ލޮލަށް އިނގިލި ޖެހިޔަސް ނޭނގޭނެހާ އަނދިރިކަމުގެ ތެރެއިން ޒައިކްއަކަށް ރޭޝަމްއެއް ނުފެނެއެވެ. އޭރުވެސް ރޭޝަމް ގޮވަމުން ދިޔައީ ޒައިކް އޭނާ ދޫކޮށް ދިއުމަށެވެ. ރޮމުން ހޭރެމުންދިޔަ ރޭޝަމްގެ އަޑު ހަޅޭކުގެ އަޑަށް ބަދަލުވިއެވެ.
ސިޑީގެ ހަރުފަތްތައް ގިރާކުރަމުން ކުރިއަށް ގޮސްގޮސް ހުރި ޒައިކްގެ ފިޔަވަޅުތަކަށް ހުއްޓުން އެރިއެވެ. އޭނާގެ ހިތަށް ގަނޑުފެންތަކެއް އޮއްސާލިހެން ހީވިއެވެ. ދެފައި ސިޑީގެ ހަރުފަތްތަކުގައި ތަތްލިއެވެ. ކުރެވެމުންދިޔަ އިހުސާސުން ހިތުގައި ބިރުވެރިކަމެއް ހިނގާލިއެވެ. ނެތް ހިތްވަރުލާފައިވެސް ރޭޝަމްއަށް ވީގޮތެއް ބަލަން ޒައިކް ބޭނުންވިއެވެ. ކުރިއަށް ހިނގައިގަތީ ރޭޝަމް ގަދަވެ ސަލާމަތުން ލެހެއްޓެވުމަށް އެދިއެދިއެވެ. ސިޑިން ފަހަރަކު ހަރުފަތެއް ގިރާކުރަމުން ގޮސް އެންމެ ފަހު ހަރުފަތާއި ހަމައަށް ދެވުމުން އަނެއްކާވެސް ރޭޝަމްއަށް ގޮވާލިއެވެ. އެއްވެސް އަޑެއް ނީވުނުތާ އަނދިރީގެ ތެރެއިން އެއްވެސް އެއްޗެއް ފެންނަނީއެއްވެސް ނޫނެވެ. ޒައިކް ފޯނުގެ ލައިޓް ދިއްލާލިއެވެ. އެވަގުތު ސިޑި ކައިރިއަށް ވެއްޓިފައި އޮތް ރޭޝަމް ފެނުމާއެކު ޒައިކް ހާސްވިއެވެ. އަވަސްއަވަހަށް ރޭޝަމްއާ ގާތްވެލިއެވެ.
“ރޭޝަމް!” ޒައިކް އަވަސްއަވަހަށް ތެދުވެ އެތަނުގެ ލައިޓްތައް ހޯދާ މުޅިތަން އަލިކޮށްލިއެވެ. އެއާއެކު ރޭޝަމް އޮތް ހާލު ފެނި ޒައިކްގެ ހިތް ހަމްދަރުދީއިން ފުރުނެވެ. ރޭޝަމް ގާތަށް ދާން ކުރިއަށް އެޅި ފިޔަވަޅު ހުއްޓުނީ މިވަގުތު ރޭޝަމް ގާތަށް ދިއުން ރަނގަޅުވާނެބާއޭ ހިތަށް އެރުމުންނެވެ.
ރޭޝަމް ވެއްޓި ޖެހުނު ވަގުތު ވީތަދުން ނުތެދުވެވިފައި އޮތް އޮތުމަށްވުރެ އެހިތުގެ ހާލު މާބޮޑެވެ. ޒައިކްއާމެދު އެހިތުގައިވީ ބިރު ހަޤީޤަތަކަށް ވެދާނެތީ އޭނާގެ އަތުގެ ހިމަ ލޯލިތައް ކޮޅަށް ޖެހުނެވެ. މުޅިތަން އަލިވުމުންވެސް އެހިތަށް ފިނިކަމެއް ނުލިބުނެވެ. ޒައިކް ހިމޭނުން ދުރުގައި ބަލަންހުރީ ހަދާނެ އިތުރު ގޮތެއް ނުވިސްނިފައެވެ. ރޭޝަމްއަށް އެހީތެރިވާން ކިތަންމެ ބޭނުންވިޔަސް ރޭޝަމް އޭނާގެ އެހީތެރިކަން ލިބިނުގަންނާނެކަން އެނގޭއިރު މަޑުން ހުރުން އެއީ އެންމެ ބުއްދިވެރި ގޮތްކަމުގައި އޭނާ ދުށްޓެވެ.
ރޭޝަމް ރޮއިރޮއި އިނދެފައި ލޫދެމުން ކަހަލަ ގޮތަކަށް ސިޑިއާއި ދުރަށް ޖެހިލިއެވެ. ތަދުވި ފައި ދަމާލާ އަތުން އުނގުޅާލިއެވެ. އެއީ ކުރިންވެސް ތަދުވި ފައެވެ. ނިތްމަތިން ތަދުވާ ތަނުގައި އަތް ޖައްސާލިއިރު ދުޅަވެ އަރާފައި ހުރިކަން އެނގުމުން ރޭޝަމް ވަރަށް ދެރަވިއެވެ.
“ސޮރީ!” އަހަރެންގެ ސަބަބުން ރޭޝަމްއަށް ވަރަށް އަނިޔާ ލިބިއްޖެ. އެނގޭ ރޭޝަމް އަހަރެންނަށް މަޢާފް ނުކުރާނެކަން. އަސްލުވެސް އަހަރެން އެހެން ބުނީ މިހެން ވެދާނެކަމަކަށް ނޫން. މިބުނީ ރޭޝަމް ތިވަރަށް ބިރުގަންނާނެކަން އެނގުނުނަމަ… އެގޮތަށް ވާހަކަދެއްކުނީ ކުރީގަ ރޭޝަމް ބިރުގަންނަވާލުމުން އެލިބޭ އުފާ ލިބިގަނެވޭތޯ. އެއްގޮތަކަށްވެސް ރޭޝަމްއަށް އަނިޔާއެއް ދޭކަށް ނޫން.” ޒައިކް އިސްޖަހާލައިގެން ހުރީ ކުށްވެރިއެއް ފަދައިންނެވެ. ކޮންމެ ގޮތަކަށް އެކަން ހިނގިކަމުގައިވިޔަސް އޭނާގެ އެ ލާނެތް ސަމާސާއިން ރޭޝަމްއަށް ވަރަށް އަނިޔާ ލިބިއްޖެއެވެ. އެކަމާ އޭނާއަށް އަމިއްލަ ނަފްސު ކުށްވެރިކުރެވުނެވެ.
ޒައިކް ދެއްކި ވާހަކަ އަޑުއިވުމުން ރޭޝަމް އިސްއުފުލާ ބަލާލިއެވެ. ފަޔަށް ވެފައިވާ ތަދުން އެއްޗެއް ބުނާހިތް ނުވުމުން ފަރުވާކުޑަ ގޮތަކަށް އިސްޖަހާލިއެވެ. ރޭޝަމް އެއްވެސް ބަހެއް ނުބުނެ އިންތަން ފެނުމުން އިރުކޮޅަކު އެތާ ހުރެފައި ޒައިކް ސިޑިން އަރައިގެން ދިޔައެވެ. އިރުކޮޅަކުން އައީ އޭނާ ގެނައި ކާއެއްޗެހި ހިފައިގެންނެވެ.
“ރޭޝަމް! އަން. މި ކައިގެން މިތާ ސިޑީގަ ލެނގިލައިގެން ނިދާލާ. އަހަރެން އެހެރަ ތަނުގަ އިންނާނަން. ރޭޝަމް ބިރުގަންނާނެކަން އެނގޭ. އަހަރެން ވަޢުދުވަން. ރޭޝަމްއަށް އަހަރެންގެ ފަރާތުން ކުޑަވެސް އުނދަގުލެއް ނުވާނެ.” ޒައިކް ދިއްކޮށްލި ކޮތަޅުގައި ރޭޝަމް ހިފީ ޒައިކްއަށް މަޢާފްކުރުމުގެ ގޮތަކުން ނޫނެވެ. ދުވާލު ހަތަރުދަމު ނުކައި ހުރުމުގެ ސަބަބުން އޭނާގެ ބަނޑުގައި ރިއްސާވަރުންނެވެ. މާބޮޑަށް ބަނޑުހައިވުމުން އަބަދުވެސް ރޭޝަމްގެ ބަނޑުގައި ރިއްސާނެއެވެ.
ތަށީގެ މަތި ނެގުމާއެކު ދުވި މީރުވަހުން ބަނޑު ފުރިގެން ދިޔައެވެ. ސަމުސާ ނަގާ ބިސްމި ކިޔާފައި ކާންފެށިއެވެ. ޒައިކް ގެނެސްފައި ހުރީ ރޭޝަމްއަށް އެންމެ މީރު ކެއުމެވެ. ޒައިކްއަށް އަދިވެސް ރޭޝަމްއަށް އެންމެ މީރު ކެއުން އެނގެނީތާއޭ ހިތާ ރޭޝަމް ބަލާލިއެވެ. ޒައިކް އިނީ ހިމޭނުން ފާރުގައި ލެނގިލައިގެންނެވެ. ދެލޯ މަރާލައިގެން އިން ޒައިކް ފެނުމުން ރޭޝަމް ދެރަވެސްވިއެވެ. އެއީ ޒައިކް އެހާ ދެރަވެފައި އިންތަން ފެންނާތީއެވެ. އެވަގުތު ރުޅިމަޑުވެ އެހިތުގައި ފޮރުވިފައިވާ ލޯބި، އޭނާ އައިސްފައިވާ ރުޅީގެ މައްޗަށް ގަދަވެގަތެވެ. ޒައިކްއާމެދު ވިސްނާލުމުން ރޭޝަމްގެ ކަރުތެރެ ބެދި ކާން އުނދަގޫވިއެވެ. ފެންފުޅިން ފެންފޮދެއް ބޯލާ ހަމަޖެހިލެވޭތޯ މަސައްކަތްކުރިއެވެ. ވަރަށް މަސައްކަތްކޮށްވެސް ކާއެއްޗެހި ހުސްވާގޮތެއް ނުވިއެވެ. ރޭޝަމް ތަށީގެ މަތި ޖެހުމަށްފަހު ދުރަށް ޖައްސާލިއެވެ. އެއަށްފަހު ސިޑީގައި ލެނގިލައި ރަޖާ ގައިގައި އޮޅާލިއެވެ.
ޒައިކް ފާރުގައި ލެނގިލައިގެން އިންއިރު އޭނާގެ ޚިޔާލުތަކުގައިވަނީ އެރީތި މާޒީއެވެ. ރޭޝަމްއާއެކު ހޭދަކުރި އުފާވެރި ދުވަސްތަކެވެ. އެދުވަސްތައް އަލުން އެބުރި އައުމަށް އެދި ކޮންމެ ނަމާދެއްގެ ފަހުގައި ޒައިކް ދުޢާކުރެއެވެ. އޭނާގެ ބޮލުގައި އެޅިފައިވާ ދޮގު ތުހުމަތުން އޭނާ ބަރީޢަވެ، ރޭޝަމްގެ ހިތުގައި އޭނާއާމެދު ވާ ޝައްކު ފިލުވައިދެއްވުމަށްވެސް އޭނާ ދުޢާކުރެއެވެ.
ޚިޔާލުތަކުގެ ތެރެއިން ރައިޝާ ފެނުނު ވަގުތު ޒައިކް ސިހިފައި ދެލޯ ހުޅުވާލިއެވެ. އެއީ ވަރަށްވެސް އުފާވެރި ވަގުތުކޮޅެކެވެ. ދަތުރުދިޔަ ދުވަހެއްގައި ރައިޝާ ސަމާސާއަކަށް ހަދާފައި އޭނާއާ ދިމާއަށް “ޅިޔަންބެ”އޭ ކިޔާފައި ގޮވާލިއެވެ.
“އަހަރެންނަށް އެނގޭ ޒައިކް ތިއްތަދެކެ ލޯބިވާކަން. އަހަރެންނަށް ޒައިކް ވަރަށް ކަމުދޭ. މިބުނީ ޅިޔަންބެއެއްގެ ގޮތުގަ. އަހަރެން ހެލްޕެއް ވަންތަ ތިކަން ކާމިޔާބުކުރަން.” އެދުވަހު ރައިޝާ އެހެން ބުނެލުމުން ޒައިކް އެއްވެސް ފޮރުވުމެއްނެތި އޭނާގެ ހިތުގެ ހާލު ރައިޝާއަށް ކިޔައިދިނެވެ. ނަމަވެސް އެކަމުގައި ރައިޝާ އެއްވެސް ކަމެއް ނުކުރުމަށް ޒައިކް އެދުނެވެ. އޭނާ ބޭނުންވީ ރޭޝަމް ގާތުގައި ލޯބިވާ ވާހަކަ ނުބުނެ ޢަމަލުން އެކަން އަންގައިދޭށެވެ. އެވާހަކަ ދައްކަން ޒައިކްއާއި ރައިޝާ ތިބީ އެންމެންނާ އެކަހެރި ހިސާބެއްގައެވެ. އޭގެފަހުން ތިންވަނައަށްވީ ދުވަހު ޒައިކްގެ ހުރިހާ ހުވަފެނެއް ވިއްސިވިހާލިވެ ލޯބިވާ ރޭޝަމްއާއި ކޮއްކޮ ގެއްލުނީއެވެ.
ޒައިކް އެގޮތުގައި އިރުއަރަންދެން އިނެވެ. ރޭޝަމްއަށް ބަލަން އިންއިރު އިރުއިރުކޮޅުން އެދެލޮލުން ކަރުނަ ފާއްދާލައެވެ. މިދުނިޔެއިން އޭނާ އެންމެ ލޯބިވާ ކުއްޖާއާއެކު ފަޅު ގެއެއްގައި ދެ ބީރައްޓެހިން ފަދައިން ތިބެން ޖެހުމުން ކުރާނެ އަސަރުތައް މިވަގުތު ޒައިކްއަށް ކުރަމުން ދިޔައެވެ. ކެތްނުކުރެވޭ ވޭނެއްގައި އެރޭވެސް ނިމިގެން ދިޔައީއެވެ. ޒައިކް ތެދުވެ ރޭޝަމްއަށް ގޮވަން އުޅެފައި ވިސްނާލިއެވެ. ދެން ފޯނު ނަގާ ރޭޝަމްއަށް ގުޅާލިއެވެ. އޭނާ ރޭޝަމްއަށް ގޮވުމުން ރޭޝަމް ބިރުން އުޅެފާނެތީ އެހެން ގޮތަކަށް ގޮވަން ނިންމީއެވެ.
ނިދިޖެހިފައި އިންދާ ފޯނު ރިންގުވި އަޑަށް ސިހިފައި ރޭޝަމް ދެލޯ ހުޅުވާލިއެވެ. އަވަސްއަވަހަށް ރޭޝަމްއަށް ބަލާލެވުނީ ޒައިކް ކޮބައިތޯއެވެ. ޒައިކް ފާރުގައި އެއްފައި ވިއްދާލައިގެން އޭނާއަށް ބަލަން ހުރިއިރު ފޯނު ކަންފަތުގައި ޖަހާފައި ހުރުމުން އޭނާއަށް ޝައްކުވިއެވެ. އެގުޅަނީ ޒައިކްކަން އެނގުމުން ފޯނު ނަގަން އުޅުނު ވަގުތު ފޯނު ކެނޑުނެވެ. ޒައިކް ކުރިއަށް ހިނގައިގަންނަމުން، ތައްޔާރުވެގެން ބޭރަށް އައުމަށް ބުނެ ދޮރު ހުޅުވާފައި ބޭރަށް ނުކުތެވެ.
ޒައިކް ނުކުމެގެން ދިއުމުން ރޭގެ ހާދިސާއާމެދު ރޭޝަމް ވިސްނާލަން އިރުކޮޅަކު އިނެވެ. އެއަށްފަހު ތެދުވަން އުޅެ ނުތެދުވެވުނެވެ. ސިޑީގައި ހިފަހައްޓައިގެން އެތައް މަސައްކަތަކުން ތެދުވެވުނު ނަމަވެސް ސިޑިން އަރަން އުޅެ އެންމެ ހަރުފަތަކަށްވެސް ނޭރުނެވެ. އެހެންކަމުން ރޭޝަމް ކޮރުޖަހަމުން ބޭރަށް ނުކުތެވެ.
ދެޖީބަށް އަތް ޖަހާލައިގެން ޒައިކް ހުރީ މަގުގައި ހެދިފައި ހުރި ފެންގަނޑުތަކަށް ބަލަހައްޓައިގެން ޚިޔާލުތަކަށް ގެއްލިފައެވެ.
“ޒައިކް! ސިޑިއަކުން ނޭރުނު. އަތްދަބަސް ވީ މަތީގަ.” ރޭޝަމްގެ އަޑަށް ޒައިކް ބަލާލިއެވެ. އެއްފައިމައްޗަށް ހުރި ރޭޝަމް ފެނި ޒައިކް ވަރަށް ހާސްވިއެވެ. އޭނާގެ ސަބަބުން އެއޮއް ލޯބިކޮށް އުޅުނު ކުއްޖާއަށް އެޖެހުނު ހާލެއް ބަލާލަބަލާށެވެ. އޭނާއަށް މިކުރެވުނީ ވަރަށް ދެރަ ކަމެކޭ ހިތަށް އެރުމުން އަމިއްލަ ނަފްސުދެކެ ރުޅިއާދެވުނެވެ.
“ހެލޯ! ސައިކެއް ލިބިދާނެތަ؟” ދަބަސް ހިފައިގެން އައިސް ޒައިކް ފޯނުން މީހަކަށް ގުޅައިގެން ސައިކަލެއް ހޯދީ ރޭޝަމްއަށް ބަނދަރާއި ހަމައަށް ހިނގާފައި ނުދެވޭނެތީއެވެ.
“ރޭޝަމް! ސައިކުގަ ދާން ޖެހޭނީ. ރޭޝަމް އަހަރެންނާއެކު ދާން ބޭނުން ނުވަންޏާ އެހެން މީހަކާއެކު ދެވިދާނެ.” ޒައިކް އެހެން ބުނީ ރޭޝަމްއަށް އޭނާގެ ސައިކަލު ފަހަތަށް އަރައިގެން ދާން އުނދަގޫވާނެކަން އެނގޭތީއެވެ. ރޭޝަމް އެއްޗެކޭ ނުބުނެއެވެ.
“ޒައިކްއަށް އެނގެއެއްނު އަހަރެން ކޮންމެ ކޮންމެ މީހެއްގެ ސައިކަލު ފަހަތަށް ނާރާނެކަން.” ރޭޝަމް ހިތާހިތުން ޒައިކްއާ ދިމާއަށް އެއްޗެހި ކިޔަމުން ދިޔައެވެ. އޭނާގެ ހިތް އެދުނީ ޒައިކްގެ ސައިކަލު ފަހަތަށް އަރައިގެން ބުރެއް ޖަހާލާށެވެ. އެތައް ދުވަހަކަށްފަހު އެ މާޒީ އިޔާދަކޮށްލާށެވެ. ބާރު ދުވެލީގައި ސައިކަލު ދުއްވާލުމުން އޭނާއަށް އެލިބޭ ހިތްހަމަޖެހުން ބުނެދޭންވެސް ނޭނގެއެވެ. އުފަލުން ހިތް ފުރިދެއެވެ. ވީއިރު ތިމާ އެންމެ ލޯބިވާ ބައިވެރިޔާއާއެކު ދުއްވާލުމުން އަދި ކިހާ އުފަލެއްވާނެ ހެއްޔެވެ؟
ކުޑަ އިރުކޮޅަކުން ޒުވާން ދެފިރިހެނުން ދެ ސައިކަލުގައި އައިސް މަޑުކޮށްލިއެވެ. ޒައިކް ބަލާލީ ރޭޝަމްގެ މޫނަށެވެ. ޒައިކް އެތަނުން އެކަކުގެ ސައިކަލު ފަހަތަށް އަރަމުން ރޭޝަމް ގާތު އަނެއް ސައިކަލަށް އަރަން ބުންޏެވެ.
“ޒައިކް މިސައިކުގަ ބިޓު ގޮވައިގެން ނައްޓާލާ. މަ ދާނަން މީނދަ ސޮރާއެކު.” ސައިކަލުގައި އިން ހިލްމީ އެހެން ބުނެފައި ސައިކަލުން ފައިބައިގެން ގޮސް އަނެއް ސައިކަލަށް އަރާ ނައްޓާލިއެވެ. ޒައިކް ރޭޝަމްއަށް ބަލާލުމުން ރޭޝަމް ކޮރުޖަހަމުން އައިސް ސައިކަލަށް އަރާ ހަމަޖެހިލިއެވެ. އެވަގުތު ދެހިތްވެސް އުފަލުން ހީލިއެވެ. ޒައިކް ސައިކަލު ދުއްވާލިއިރު ރޭޝަމް އިނީ ޒައިކްގެ ކޮނޑުގައި ހިފަހައްޓާލައިގެންނެވެ. ޒައިކްގެ ގައިން ދުވަމުންދިޔަ ހިތްގައިމު މީރުވަހުން އޭނާއަށް ނޭފަތް ދަމާލެވުނެވެ. އެ މީރުވަހުން އޭނާގެ ހިތުގައި ފޮރުވިފައިވާ ޖަޒުބާތުތައް ހޭލަން ފެށިއެވެ. ޒައިކްއަށް މަޢާފުދީ އާ ޙަޔާތެއް ފަށަން ހިތް އެދުނެވެ. އެ މާޒީ ހަނދާން ނައްތާލާފައި އުފާވެރި މުސްތަޤުބަލެއް ބިނާކުރުމަށް އެހިތް އެދި ގޮވަން ފެށިއެވެ.
ބަނދަރަށް ދެވުނުއިރު ޚިޔާލީ ދުނިޔެއިން އެދެހިތް ބައްދަލުކޮށް ރީތި ހުވަފެންތަކެއް ދެކެފިއެވެ. ޒައިކްވެސް އެދުނީ އެ ހުވަފެންތަކުގައި ކުލަ ޖެހިގެން ދިއުމަށެވެ. ސައިކަލު މަޑުކޮށްލުމުންވެސް ރޭޝަމް ނުފައިބާ އިނުމުން ޒައިކް މަޑުމަޑުން ގޮވާލިއެވެ. ރޭޝަމް ސިހިފައި ފޭބިއިރު އޭނާއަށް ޚިޔާލުތަކުން މާދުރަށް ދެވިފައިވާކަން އެނގި ލަދުވެސްގަތެވެ. ސައިކަލުން ފޭބުމަށްފަހު ހިލްމީއަށް ޝުކުރު އަދާކޮށްފައި އެބުރިލިއިރު ރޭޝަމްގެ މޫނު ލަދުން ރަތްވެފައި ހުރިތަން ފެނުމުން ޒައިކްއަށް ބަލަން ހުރެވުނެވެ. އެ ލަދުވެތިކަން އެހިތް ފަތަޙަކުރިތާ ކޮން ދުވަހެއް ހެއްޔެވެ؟ އޭނާއަށް އަބަދުވެސް ރޭޝަމް އެންމެ ރީތީ ލަދުގަތުމުން އެމޫނަށް ޖަންބުކުލަ އަރާފައި ހުންނައިރުއެވެ. ރޭޝަމްއަކީ ބަލާ ފޫހިނުވާހާ ރީތި އަންހެއްކުއްޖެކެވެ.
ޒައިކްގެ ބެލުންތަކުން ރޭޝަމް އިތުރަށް ލަދުގަނެ ރަކިވާގޮތްވިއެވެ. އަވަސްއަވަހަށް ކޮރުޖަހަމުން ދާން އުޅުނު ވަގުތު އަރި އަޅާލިއެވެ. ޒައިކް ހުޝިޔާރުކަމާއެކު ރޭޝަމް ހިފެހެއްޓިއެވެ. އެވަގުތުކޮޅު ވީ ޒައިކްއަށް ވަރަށް ޚާއްސަ ވަގުތުކޮޅަކަށެވެ. ޒައިކްއެކޭ އެއްގޮތަށް ރޭޝަމްއަށްވެސް އެވަގުތުކޮޅު ޚާއްސަވެގެން ދިޔައެވެ. އެ ދެހިތުގައިވީ ސިއްރު ލޯބީގެ ބަގީޗާގައި އެތައް މަލެއް ފޮޅިގެން ދިޔައެވެ. އެ މާތަކުގެ މީރުވަހުން ދެޖިސްމު އެއްވަސްކޮށްލިއެވެ.
“ޒައިކް! ތަންކޮޅެއް އަވަސްކޮށްލަން ފެނޭ. ވިއްސާރައިގެ ކުރިން މާލެ ދެވޭތޯ.” ލޯންޗުގައި ހުރެފައި ފާރޫޤު ގޮވާލި އަޑަށް ޒައިކްއާއި ރޭޝަމްއަށް ޚިޔާލީ ދުނިޔެއިން ނުކުމެވުނެވެ. ޒައިކްގެ އެހީއާއެކު ރޭޝަމް ލޯންޗަށް އެރިއެވެ. ސީޓުގައި ހަމަޖެހިލަމުން ދެލޯ މަރާލިއެވެ. އޭނާގެ ސިކުނޑިއާއި ހިތުގެ ހަނގުރާމަ ފެށުނީ އެވަގުތުއެވެ. މާލެ ދެވެންދެންވެސް ރޭޝަމް އުޅެންޖެހުނީ އެފަދަ ހާލެއްގައެވެ. ހަދާނެގޮތެއް ނުނިންމިފައެވެ. ރޭޝަމް ލޯންޗުން ފައިބަން ޖެހުނީވެސް ޒައިކްގެ އެހީގައެވެ.
“ޒައިކް ނުދިޔަޔަސް އޯކޭ. މިހެން މިބުނީ މަންމައަށް ފެނިއްޖެއްޔާ…” ރޭޝަމް އިސްޖަހާލިއެވެ. ޒައިކް އެއްވެސް ބަހެއް ނުބުނެ ރޭޝަމްއަށް ކާރަށް އަރަން އިޝާރާތްކުރިއެވެ. މިފަހަރުވެސް ކުރީ ފަހަރެކޭ އެއްގޮތަށް ޒައިކް، ރޭޗަމް ގޭ ދޮރާއި ހަމައަށް ގެންގޮސްދިނެވެ. ޒައިކްގެ މި އޯގާތެރިކަމާއި އެދެލޮލުން ފެންނަމުންދާ ލޯބިން ރޭޝަމްއަށް ވިސްނާލަން މަޖުބޫރު ކުރުވިއެވެ. އެހާދިސާގެ ފަހަތުގައި ވަނީ ޒައިކް ނޫންނަމަ އެކަން ކުރި މީހަކީ ކާކު ހެއްޔެވެ؟ ރޭޝަމް އެމީހަކު ހޯދަން ބޭނުންވެއެވެ.
ޖެހިގެން އައި ދުވަހު އޮފީހަށް ދިއުމުން އެންމެންގެ ސުވާލުތައް ރޭޝަމްއަށް އަމާޒުވިއެވެ. އެއީ ގެއިން ލިބުނު އަނިޔާއެއްކަމަށް ބުނެ ރޭޝަމް ހަޤީޤަތް ފޮރުވިއެވެ. ރޭޝަމްއާއި ޒައިކްއޭ ކިޔާފައި އޮފީސްތެރޭ އަޑެއް އަރާކަށް އޭނާ އެއްގޮތަކަށްވެސް ބޭނުމެއްނުވެއެވެ.
“ރޭޝަމް! އަހަރީ ޖަލްސާގެ ކަންތައްތަކުގަ ގުރޫޕްތަކަށް ބަހާލާއިރު ސަރވެސް ހިމެނޭތަ؟” ލާރާ އަހާލިއެވެ.
“އެކީއްކުރަން ސަރ ހިމެނޭތޯ ތި ބަލަނީ؟” ދިމްނާ ސުވާލުކޮށްލީ ލާރާއާއެވެ.
“އަހަރެން ބޭނުންވަނީ ސަރ ހުންނަ ގުރޫޕަކަށް ދާން. ދިމްނާވެސް ބޭނުންވާނެ. އެކަމަކު ކީއްކުރާނީ ދޯ؟ ޒުހައިރު ހުއްޓާ ތިކަމެއް ނުވާނެ. ނަސީބެއްނު އަދި ބިޓެއް ނުނަގާ ހުރެވުނުކަން.” ލާރާއާއި ދިމްނާ ސަމާސާކުރަމުން ދިޔައިރު އެއިން އެއްވެސް ކަމަކަށް ރޭޝަމްގެ ވިސްނުމެއް ނުހިންގައެވެ. ރެއިން ފެށިގެން އޭނާ ވިސްނަމުން އެދަނީ ޒައިކްއާ ވާހަކަދައްކާނެ ގޮތަކާއިމެދުއެވެ. އިސްވެ ވާހަކަދައްކަން އުނދަގޫވިޔަސް ހަޤީޤަތް ހޯދޭނީ ޒައިކްގެ ފަރާތުން އެވާހަކަތައް އެނގިގެންނެވެ.
“ޤާދިރު ސަރ!” އޮފީހަށް ވަދެގެން އައި ޤާދިރު ފެނިފައި އެންމެންނަށްވެސް ލިބުނީ ހައިރާންކަމެކެވެ.
“ސަޕްރައިޒްޑް ދޯ؟ ކުރިއަށް މިއޮތް މަސްދުވަހު އަޅުގަނޑު ތިކުދިންނާއެކު އުޅޭނީ.” ޤާދިރު ބުނެލިއެވެ.
“އޯހ ނޯ!” ލާރާ ވަގުތުން ބުނެލިއެވެ.
“ޒައިކް ސަރ ވަކިވީތޯ؟” ދިމްނާ ސުވާލުކޮށްލިއިރު ރޭޝަމް އިނީ ނޭވާ ހިފަހައްޓާލައިގެންނެވެ. ޤާދިރު ބުނާ އެއްޗެއް އަޑުއެހުމަށް ސަމާލުވެގެންނެވެ.
“ޒައިކް މިވަގުތު އޮތީ ހޮސްޕިޓަލުގަ. ހުން އައިސް، ހުން މަޑުނުވެގެން ރޭ ދަންވަރުގެ ވަގުތެއްގަ ގެންދިޔަކަމަށް ވަނީ. ހީވަނީ ދެތިން ދުވަސް ވާނެހެން.” ޤާދިރުގެ ޖަވާބު އިވިފައި ރޭޝަމްގެ ހިތް ތެޅިލިއެވެ.
“ސަރ! އަޅުގަނޑުމެން ބޭނުން ޒައިކް ސަރއަށް ގޮވާލަން ދާން.” ޤާދިރުގެ ވާހަކަ ނިމުމާއެކު ލާރާގެ ކެތްތެރިކަމެއްނެތް އަޑު އިވިގެން ދިޔައެވެ. ޒައިކް ބަލިވެ އޮތްކަން އެނގުމުން އޮފީސް ނިންމާފައި ޒައިކްއަށް ގޮވާލަން ދާން އެންމެން ނިންމިއެވެ.
“ރޭޝަމް ކީއްވެ ބަހެއްވެސް ނުބުނެ ހިމޭނުން ތި އިންނަނީ؟” ދިމްނާއަށް ރޭޝަމްގެ މޫނުމަތިން ނުތަނަވަސްކަން ފެނި އަހާލެވުނެވެ. ދިމްނާގެ ސުވާލަށް އެއްވެސް ޖަވާބެއް ނުދީ ރޭޝަމް އިސްއޮބާލައިގެން އިނެވެ. ރޭޝަމްގެ މި ހިމޭންކަން ފެނިފައި ކޮންމެވެސް ކަމެއް ވެއްޖެކަން ދިމްނާއާއި ލާރާއަށް އެނގުނެވެ.
ޒައިކް އޮފީހަށް އައި ދުވަހުން ފެށިގެން ރޭޝަމްއަށް އަންނަމުންދާ ބަދަލުތައް ފާހަގަވެގެން ދިމްނާއާއި ލާރާ އެތައް ފަހަރަކު ސުވާލުކުރުމުންވެސް ރޭޝަމްގެ ފަރާތުން މާ އެދެވޭ ޖަވާބެއް ވަނީ ނުލިބިފައެވެ. ނަމަވެސް އޭނާގެ އުޅުމާއި މިޒާޖަށް އަންނަމުންދާ ބަދަލުތަކުން އެދެމެދުގައި ގޮތް ނޭނގޭ ސިއްރުވެރިކަމެއް ވާކަން އެމީހުންނަށް އެނގުނެވެ. އެއްވެސް ބަހެއް ނުބުނެ ރޭޝަމް އިންއިރު އޭނާ އިނީ ލޮލަށް ޖަމާވަމުންދިޔަ ކަރުނަތައް ހިފަހައްޓާލައިގެންނެވެ. ޒައިކް ދެކިލާ ހިތުން އޭނާއަށްވެސް ހުރެވެނީއެއް ނޫނެވެ.
“އެއްވެސް ކަމެއް ނުވެޔޭ. ކުޑަކޮށް ބޮލުގަ ރިއްސާތީ ހީވާގޮތް އެއީ.” ހަޤީޤަތް ފޮރުވުމަށްޓަކައި ރޭޝަމް ފުޅާ ހިނިތުންވުމެއް ރައްދުކޮށްލާފައި މަސައްކަތަށް އެނބުރުނެވެ.
އޮފީސް ނިންމާލުމަށްފަހު ހުރިހާ އެންމެން ދިޔައީ ހޮސްޕިޓަލަށެވެ. ކޮންމެ ކުއްޖެއްގެ އަތުގައި ރީތި މާބޮނޑިއަކާއެކު ކުޑަކުޑަ ހަދިޔާއެއްވެސް އޮތެވެ. އެންމެންވެސް ތިބީ ޒައިކް ދެކިލާ ހާލު އޮޅުންފިލުވާލާ ހިތުން ކެތްމަދުވެފައެވެ.
ގަދަ ހުމާއި ފިހިފިހި އޮތް ޒައިކްއަށް ދެލޯ ހުޅުވާލަން މަޖުބޫރުވީ ކޮޓަރިއަށް ވަތް އޭނާގެ މުވައްޒަފުންގެ ސަލާމުގެ އަޑަށެވެ. ޒައިކް މަޑުމަޑުން ލޮލުގެ އެސްފިޔަތައް ދުރުކޮށްލީ ވަރަށް ހިތްވަރުންނެވެ. އެހާވެސް އޭނާގެ ހާލު ބޮޑެވެ. ހުމުގެ ސަބަބުން ކުރަކިވެފައިވާ ދެތުންފަތަށް ލުއި ހިނިތުންވުމެއް ވެރިކުރުވިއެވެ. ނަމަވެސް ހިނދުކޮޅެއްގެ ތެރޭގައި އެހިނިތުންވުން ފިލާ މާޔޫސްކަން ވެރިވެގެން ދިޔައެވެ. ހުމުގެ ސަބަބުން ރަތް އަނގުރުހެން ހޫނު އަރައަރާ ހުރި ދެލޯ ހޯދަމުން ދިޔައީ ރޭޝަމްއެވެ. އެންމެން ތިބިއިރުވެސް ރޭޝަމް ފެންނަން ނެތުމުން ޒައިކްގެ ބަލި ހިތަށް ހީވީ މީހަކު މަޑުމަޑުން ފިތާ ބާރުކޮށްލިހެންނެވެ.
“ރޭޝަމް! އަހަރެން އޮތް ހާލުވެސް ބަލާލަން ނައީ ހަމަ އެވަރަށް އަހަރެންދެކެ ފޫހިވެ ނަފުރަތު ކުރާތީތަ؟ މިހާލުގަވެސް އަހަރެންގެ މި ދެލޯ އެދެމުންދަނީ ތިސޫރަ ދެކިލުމަށް. އެކަމަކު ކީއްކުރާނީ؟ އަހަރެންގެ ނަސީބުގަ ރޭޝަމްގެ ލޯބި ލިބެން ނެތްއިރު އިންތިޒާރުކުރުމުގެ ބޭނުމެއްވެސް ނެތްކަން އެނގޭ. އާހް.” ޒައިކް ބަލި އެންދުގައި އޮވެ އޭނާގެ ނަސީބާއިމެދު ޝަކުވާކުރަމުން ދިޔައެވެ.
އެންމެން ވަދެގެން ދިޔައިރު ރޭޝަމްވެސް ފަހަތުން ވަންނަން އުޅުނެވެ. އެވަގުތު ޒައިކްގެ ގާތުގައި ގޮނޑިއެއްގައި އިން ޒައިކްގެ މަންމަ ހުސްނާ ފެނުމުން ރޭޝަމްއަށް އެންމެ ފިޔަވަޅެއްވެސް ކުރިއަށް އަޅާކަށް ނުކެރުނެވެ. ހީވީ މީހަކު އޭނާގެ ދެފައިގައި ހިލިހިލާ ޖަހާ ހިފެހެއްޓިހެންނެވެ. ހުސްނާއަށް އޭނާ ފެނިގެން މަސްލަހަތު ގެއްލިދާނެތީ އެންމެ ރަނގަޅު ގޮތަކީ އެތެރެއަށް ނުވަދެ ބޭރުގައި މަޑުކުރުންކަމުގައި އޭނާ ދުށްޓެވެ.
ދޮރުން ބޭރުގައި މަޑުކޮށްލައިގެން ހުރި ރޭޝަމްއަށް އެތެރެއަށް ވަންނަން ނުކެރުނުތާ އެނބުރި ގެއަށް ދާކަށްވެސް ނުކެރުނެވެ. ދިމްނާއާއި ލާރާއަށް ޝައްކުވެފައި އޮއްވާ އޭނާ ގޮސްފިނަމަ އެމީހުންގެ ހިތުގައި އިތުރު ސުވާލުތަކެއް އުފެދޭނެތީއެވެ.
“ކީއްވެ އެތެރެއަށް ނުވަދެ ތިހުރީ؟” ޚިޔާލީ ދުނިޔެއަކަށް ގެއްލިފައިހުރި ރޭޝަމް ސިހުނީ ދިމްނާގެ އަޑަށެވެ.
“ކުއްލިއަކަށް ފޯނެއް އައިސްގެން ބޭރުގަ މަޑުކޮށްލީ. ކޮބާ ސަރ ރަނގަޅުތަ؟ ކިހިނެކޯ މިހާރު ވަނީ؟” ރޭޝަމް އޭނާގެ ހާސްކަން ފޮރުވަން މަސައްކަތްކުރަމުން ޒައިކްގެ ހާލު ކިހިނެއްތޯ އަހާލިއެވެ.
“ރޭޝަމް އެތެރެއަށް ވަދެބަލަ. އޭރުން އެނގޭނެ ސަރ އޮތް ހާލު…”
“އަހަރެމެންނަށް ހާދަ ހީވެޔޭ ރޭޝަމް ހަމަ ގަސްތުގަ އެތެރެއަށް ނުވަންނަން އުޅޭހެން.” ދިމްނާގެ ވާހަކަ މެދުކަނޑާލަމުން ލާރާ ބުނެލިއެވެ. ލާރާ އެހެން ބުނެލުމުން ރޭޝަމްއަށް ތެޅިގަނެވުނެވެ. ހީވީ މީހަކު ވައްކަމެއް ކުރަން އުޅެނިކޮށް ފަޅާއެޅުމުން ހާސްވެގެން ތެޅިގަތްހެންނެވެ.
“ތީ ލާރާއަށް ހީވާގޮތް. އަހަރެން ކީއްވެ އެތެރެއަށް ނުވަންނަން އުޅެންވީ؟ އެހެންނޫނަސް އެންމެން ދާންއުޅޭ ގަޑީގަ އަހަރެން އެތެރެއަށް ވަނީމަ ލަސްވާނެ. ދެން ހިނގާ އަވަހަށް ގެއަށް ދާން. ލާރާގެ ދަރިއެއް ނެތަސް މަގޭ ހުރެޔޭ ކުޑަކުޑަ ދަރިއެއް. އެދަރި ބަލާ ސްކޫލްދޮށަށްވެސް ދާން އެބަޖެހޭ. މިއަދު މަންމަވެސް އުޅެނީ ކުޑަކޮށް ބަލިވެ.” ރޭޝަމް އެވާހަކަތައް އޮއްބާލިއެއްކަމަކު ޒައިކްގެ ހާލު އެނގެން ބޭނުންވިއެވެ. ނަމަވެސް އިތުރަށް އެހުން ރަނގަޅު ނުވާނެތީ ދާން ހިނގައިގަތެވެ.
“އާނ. އަހަރެމެންގެ ނެތް ބޭބީއެއް. އަދި ކާންދީ ބަލަހައްޓާނެ ފިރިއެއްވެސް. ދޯ ދިމޫ.” ދިމްނާއަށް ދޯ ދެމުން ލާރާ ރޭޝަމްއާ ދިމާކޮށްލިއެވެ.
“ފިރިއެކޭ!؟ އެއީ ކާކު؟”
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
58 Comments!
Comments are closed.






Assalaam A’laikum!! Here’s the 4th part of “REYSHAM”… Hey guys… Here’s a surprise for u guys!! Hope u all like this part too… Love u all 🙂
Oooh…wow…tankq u Saady?
ThanQ Naash 🙂
U r the best
ThanQ Aisha 🙂
thanks saandy.. mi part ves varah reethi.. when next part up kuraanee??
waiting waiting…
ThanQ Mysterious girl… Maadhamaa hen’dhunu 5 vana bai up vaane… Insha Allah!! 🙂
Reysham ge dharieh hurey?????
I think ebunee eynage cousin eh nooni kokko ehege vaahaka kanneyge
@Whaaatt @Ell Reyshamgeves hama huredhaane ehnu dhariaku… Dhen kuriah dhaa varakah en’gemun dhaany kanthahthah 🙂
Thank u love it ??????
ThanQ Addu koyya 🙂
Kon irakun aneh baai.. V v v nice mi vaahaka..
ThanQ Sooo… Maadhamaa hen’dhunu… Insha Allah!! 🙂
Mi part kyma heeve varah avasaruvaalaigen liyefahen…dhn hyvany ingey ekamaku ves varah reethi Mi vaahaka…
ThanQ Observer 🙂
aharen ge namuga esfiya ga meege kurin comment eh nukure ekaku ves. ehenviyas mihaaru mi fenunee thaa ithuru observer eh ulheykan.
Vv reethi masha allah ey reysham majalakah buni ehcheh dho ey
ThanQ Lai… En’gidhaanethaa thiyehves 🙂
Wow v salhi
ThanQ Shabaa 🙂
V happy vaahaka up kuryma..story is best I love ur work dear…
ThanQ Rai… Thi msg Nain ah rahdhu vejjekamah ummeedhu mi kurany 🙂
Wow….saandy….adhi nuves kiyan…fenuneema ufalun furathama ves comment kohlee mi…..love u..
ThanQ Azu 🙂
Wow its really surprise… vvv reethi mi vaahaka. And thanx 4 uplod.
ThanQ Beautiful 🙂
Vaahaka vv reethi….maadhamaage bai kiyaalaahiy vanee mihaaru….
ThanQ Azu… Hen’dhunu up vaane… Insha Allah!! 🙂
Wow .v reethi mi part ves. Thq saandy mi kahala reethi story yen up kondhey thi..masha allah..
ThanQ Niky 🙂
thnkx saandy…
vrh kiyaahithun indha thi up kohdhiny…
vrh rythi mi prt ves…
ThanQ Aysh 🙂
Wow v nice story eh me thanks saandy
ThanQ Any 🙂
Saamy heekury tmmrw kamah up kuraany.. i rly suprised…. v v happy vejje avahah up koh dhinyma.. thnkx saandy.. n i luv de stry..
ThanQ Saamy… Miadhu baeh kudhin next part kon irakunthoa eheema v avahashey buny surprise ehge gothuga mirey up kollan plan kohfa otheema… 🙂
Oh thankiu thankiu thankiu saandy ….For the lovely surprise. …vaahaka up kohfa innaane kamakahh noon mi vadhuny vx ekam up vefa in than fenunyma i’m soooooooooo happy ..ekam mi saandy abadhu vx v hiythalhuvaalaafa nimmaalaany ….
ThanQ Appy… Hehehe… Egothah ninmaaleemaehnu bodah kiyaa hiyyvaany… Ehenveyey ekahala thanthanun ninmaalany… Hehehe 🙂
Wow varah reethi u a tha best
ThanQ Rish 🙂
V v reethi story
ThanQ Ss 🙂
saandy haadha rangalhey miadhu 2 part up kohla dhineema… thanks thanks
ThanQ Aki 🙂
The best story here ❤❤
ThanQ Bluish 🙂
Good. Luv u Saandy
ThanQ Vaahaka foshi 🙂
Thanx saandy. Mibaives vvvv nice
ThanQ Maa 🙂
Yeyyyy thankx saandy. So beautiful.
ThanQ Mimmi 🙂
OMGGG.. SAANDYY ILY FOR THUS <3 <3
lol.. this***
Hehehe Thus ey… :p ThanQ Imagination 🙂
Woah..rangalhah vx surprise eh ingey thi dhiny..mi part vx v v v v salhi..☺
ThanQ Ithoo 🙂