Skip to content
އެސްފިޔަ

ލޯ މެރޭ ހިނދު ހީވޭ ގާތުގާ ވާހެން… (04)

“ދަރިފުޅާ މަޑުވާނެ ދޮރު ޖަހާލިލެން”

ބަން ލާފައި ދޮރު ޖަހާލި ދިޔާން މަންމަގެ އަޑަށް ދިޔައީ ސިއްސައިގެންނެވެ. އަޑުއާއި ދިމާލަށް ބަލައިލިއިރު ދިފްލާ އުރާލައިގެން އޭނާގެ މަންމަ ސިނާ ކައިރީގައި ހުއްޓެވެ.ސިނާ ބުނި އެއްޗަކަށް ރައްދު ދިނުމުގެ ބަދަލުގައި ދިޔާން ހިނިގަނޑެއް ޖަހާލަމުން ކުޑަކުޑަ ދިފްލާ ނަގާ ކޮނޑަށްލައިގެން ގޮސް ސިޓިންރޫމް ސޯފާއަށް ވެއްޓިގަތެވެ. އަދި އެއާއެކު ކުޑަކުޑަ ދިފްލާއާއި އޭނާ ސަކަރާތް ޖަހަން ފެށިއެވެ. މި މަންޒަރު ބަލަން ތިބި ސިނާއާއި ދާާނިޝްއާއި ތިބީ މަންޒަރު ބަލަން އުފަލުން ފުރިފައެވެ.

ރޭގަނޑު އިޝާ ނަމާދު ކޮށްލައިގެން ދިމްރާ ނުކުތްއިރު ދިޔާން އާއި ޔުއާން މިސްކިތުން ފައިބެގެން އައިސް ގެއަށް ވަންނަނީއެވެ. އެންމެންގެ ގުޅުން އެތައް ތަނެއް ބަދަހިވެފައިވާއިރުވެސް ޔުއާންއާއި ދިމްރާގެ ދޭތެރޭ އަދިވެސް އޮތީ ނަފްރަތާއި ރުޅިވެރިކަމެވެ. ވާހަކަ ދެއްކުމުގައި އަދިވެސް ގިނަ ފަހަރަށް އޮންނަނީ އެކަކު އަނެކަކަށް ވައްބަހުން ޖެހުމެވެ. އެހެން ފަހަރު ތަކެކޭ އެއްފަދައިން މިފަހަރުވެސް ދިމްރާއާއި ނަޒަރު ސީދާވުމުން ޔުއާން މޫނު އަނބުރާލީ އަނެއް ފަރާތަށެވެ. ދިމްރާވެސް ހިތުގެ އަޑިން ކުދިކިޔަމުން އައިސް އެދެމީހުން ކައިރިއަށް މަޑުކޮށްލިއެވެ.

“އަޅޭ! އަޅުގަނޑުގެ ކޮއްކޮ ދިމް މިރޭ ގެއްލޭނެހެން ހީވަނީ.. އެހާވެސް ރީތިވިއްޔަ “ ދިޔާން ، ދިމްރާއާއި ދިމާލަށް ބަލައިލަމުން ބުނެލިއެވެ. ދިމްރާ މިރޭވެސް ލައިގެން ހުރީ ކަޅުކުލައިގެ އެހެންޏާވެސް ލާއިއުޅޭކަހަލަ ފަޔާ ހަމަޔަށް އަންނަ ދިގު ތިރިއަކާއި ހުދުކުލައިގެ މަތި ކޮޅެކެވެ.އިސްތަށިގަނޑު ހުރީ މައްޗަށް ނަގާ އައްސާލާފައެވެ.

“ޔާންއަށް މީހަކު ރީތިވެފަ ހުއްޓާ ފެނިއްޖެއްޔާ އެނގޭނެތަ..ގައިމު އަހަރެން މިހުރީ ހަމަ އާދައިގެ ހެދުމެއްވިއްޔަ ލައިގެން” ދިމްރާ އެހެންބުނުމުން ދިޔާންގެ ގާތަށް އައީ ހިންޏެވެ.

“އާން އެތެރެއަށް ވަދެގެން އާއި އިރު މާ ވަރަކަށް ބެލީމަ އަހަރެން ހީކުރީ ދިމް އެހެން ރޭރެއަށްވުރެ މިރޭ ރީތީ ކަމަށް..އެހެންވެ އަދި އަހަރެންވެސް ތައުރީފެއް ކޮށްލެވޭތޯ މިބެލީ “ ޔުއާން ސިއްސައިގެން ގޮސް ދިޔާންގެ މޫނަށް ބަލައިލިއިރު ދިމްރާއަށް ބަލައިލެވުނީ ޔުއާންގެ މޫނަށެވެ. ހިނދުކޮޅަކަށް މީހާއަށް ސިހުމެއް ލިބުން ކަމުގައިވިޔަސް ޔުއާން އެކަން ފޮރުވާލުމުގައި ކާމިޔާބު ކުރިއެވެ. އޭރުވެސް ޔުއާންގެ މޫނުން އެއްވެސް އަސަރެއް ފާޅުވޭތޯ ދިމްރާ ދިރާސާ ކުރަމުން ދިޔައެވެ.

“ނިކުމެގެން އައިއިރު އަހަރެންނަށް ހީކުރެވުނީ ކުޑަކުއްޖަކު އަންނަނީ ކަމަށް.. އެހެންވެ ބަލައިލެވުނީ” ޔުއާން ދިމްރާއާއި ދިމާލަށް ބަލައިލުމެއްނެތި ބުނެލިއެވެ.

“ޔޫ…ޔޫ ފްރީކް…” ޔުއާން ބުނި އެއްޗެއް ގަބޫލުނުކުރެވިފައި ހުރެވެސް ދިމްރާ ރުޅިގަދަވެފައި ޝަހާދަތް އިނގިލި ދިއްކޮށްލަމުން ޔުއާންއާއި ދިމާލަށް އެއްޗެއް ބުނަން މަސައްކަތް ކުރިއެވެ. ނަމަވެސް ޖުމުލަ ފުރިހަމަ ނުކުރެވެނީސް ދިޔާން ދިމްރާގެ އަތުގައި ހިފައިގެން ގެއިން ނުކުންނަން ހިނގައިގަތެވެ. ޔުއާންގެ މޫނު މައްޗަށް ވެރިވީ އެވަގުތު ލުއި ހިނިތުންވުމެކެވެ. ނަމަވެސް ދިމްރާ ދެލޯ އަޅާލަމުން އެނބުރި ފަހަަތަށް ބަލައިލުމުން ޔުއާން އެ ހިނިތުންވުން ފޮރުވާލިއެވެ. އަދި އެއްވެސް އަސަރެއް ނެތް މޫނަކާއިއެކު އެމީހުންގެ ފަހަތުން އޭނާވެސް ހިނގައިގަތެވެ.

އެތިންމީހުން އުޝާމެން ގެއާއި ހިސާބަށް އެރިއިރު އުޝާ އާއި ރީމް އެގެއިން ނުކުއްނަނީއެވެ. އުޝާގެ ނަޒަރު ފުރަތަމަވެސް ދިޔާންގެ މޫނާ ސީދާވެގެން ދިޔައިރު ދިޔާން ބަލަންހުރުމުން އެހެންފަހަރު ތަކެކޭ އެއްގޮތަށް މިފަހަރުވެސް އުޝާއަށް މޫނު އިސްދަށަށް ޖަހާލެވުނީ ލަދުންނެވެ. އުޝާގެ މި އަދާއިން ދިޔާންގެ މޫނަށް ވެރިވީ ލުއި ހިނިތުންވުމެކެވެ.

ޝާރިމްގެ ގެއަށް ދާން ފަސްމީހުންވެސް މިސްރާބު ޖެހީ މިރެއަށް ކައްކަން ބޭނުންވާނެ ސާމާނު ގަނެގެންނެވެ. އެ ފަސްމީހުން އެގެއާއި ހިސާބަށް އެރިއިރު ގޭ ބެލްކަނީގައި ޝާރިމް އެމީހުންގެ އިންތިޒާރުގައި ހުއްޓެވެ. އެމީހުން ފެނުމާއިއެކު ޝާރިމް އެތެރެއަށް ވަދެގެން ގޮސް ބޭރު ދޮރު ހުޅުވާލާ އެމީހުންނަށް ވަންނަން ތަން ދެއްކިއެވެ.

“ލަސްވެފަދޯ ތިހުރީ” ދިޔާން އެތެރެއަށް ވަންނަމުން ޝާރިމްއާއި ސުވާލު ކޮށްލިއެވެ. ނަމަވެސް ޝާރިމްއަށް ދިޔާން ބުނި އެއްޗެއް އަޑު އިވުންހެންނެއް ހިއެއް ނުވެއެވެ. އޭނަ ހުރީ ފަހަތުން ވަތް ރީމްއަށް ބެލުމުގައެވެ.

“ސާބަސް ރެން! ވަރެއް ވެފަ ދޯ” ދިޔާން ކޮނޑުގައި ޖަހާލުމުން ޝާރިމް ދިޔައީ ސިއްސައިގެންނެވެ. ޝާރިމްއަށް ވީ ގޮތުން ރީމްގެ ގާތަށް އައީ ނުލަފާ ހިންޏެކެވެ.

“ކީކޭތަ ދެންމެ ތިބުނީ “ ޝާރިމް ބޯ ކަހާލަމުން ދިޔާންކުރެ އަހާލިއެވެ. ނަމަވެސް ދިޔާން ދެފަރާތަށް ބޯ ހޫރާލާފައި އިތުރަކަށް އެއްޗެއް ނުބުނެއެވެ.

މިރޭ ގިނަ މީހުންގެ ތާއީދު ލިބުނީ ޕާސްތާ ހަދަންކަމުން ، މިރޭ ކައްކާ ގޮތަށްވެސް ހަމަޖެހުނީީ ޕާސްތާއެވެ. ހަމީހުންވެސް އިތުރަށް ވަގުތު ބޭކާރުކުރަން ނުހަދާ ދިޔަ ގޮތަށް ގޮސް ވަނީ ބަދިގެއަށެވެ.އަދި ކެއްކުމަށް ތާއްޔާރުވާން ފެށިއެވެ.

ފިޔާ ނޮޅަން ހުރި ރީމް ބޭރަށް ނުކުތީ ރީމް މަންމަގެ ކޯލެއް އައުމުންނެވެ.އެގޭގައި ހުރި އުނދޯލީގައި ރީމް އިށީންދެލައިގެން މަންމައާއި ވާހަކަ ދައްކަން ދިހަވަރަކަށް މިނެޓު އިނެވެ. މަންމަ ފޯނު ބޭއްވުމުންވެސް ރީމް އުނދޯލީގައިޱނުތެދުވެ މަޑުކޮށްލީ މާލެ އާއި ފަހުން އަލަށް އުނދޯލީގައި އިށީންދެލަން ލިބުމުންނެވެ.އޭނާ އެވަގުތު ހަނދާންވީ ރަށުގައި އަބަދުވެސް ބާރުބާރަށް އުނދޯލި ހެއްލާ މަޖާކޮށް އުޅުން ދުވަސްތައް މަތިންނެވެ. މި ހިޔާލުތަކުގައި އިން ރީމްއަށް ސިހުމެއްލިބި ހަޅޭއްލަވައި ގަނެވުނީ މީހަކު އައިސް ވަރަށް ބާރަށް އުނދޯލި ހެއްލާލުމުންނެވެ.

ބަދިގޭގައި ތިބި ހަތަރު މީހުންވެސް ރީމްގެ ހަޅޭއްލެވުން މާބޮޑު ކަމަކަށް ނުހެދީ އެއީ ޝާރިމްގެ ކަމެއްކަން އެނގޭތީއެވެ.ދެން އިވެންފެށީ ރީމް ބާރުބާރަށް ހެމުން ދިޔަ އަޑެވެ. އަދި ޝާރިމް ކައިރީ އެހާ ބާރަށް އުނދޯލި ނުހެއްލަން ކިޔަމުން ދިޔަ އަޑެވެ. އޭރު ރީމްއާއި އެއްވަރަށް ޝާރިމްގެ ހުނުމުގެ އަޑުވެސް އިވެމުން ދިޔައެވެ.އެދެމީހުންގެ ސަމާސާގެ އަޑު އިވުމުން ބަދިގޭގައި ތިބި ހަތަރު މީހުންގެ މޫނަށްވެސް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ.

“އޭ ގިތެޔޮ މިރުހެއް ނެތެއްނު “ އުޝާ އައިސްއަަލަމާރި ތެރެ ބަލަން ހުރެގެން ބުނެލިއެވެ. ޝާރިމް މިރުސް ހުންނާނޭ ބުނި ބައިގަ މިރުސް ނެތުމުން އުޝާ އައިސްއަލަމާރީގެ ދެންހުރި ބައިތައްވެސް ބަލަމުން ދިޔައެވެ.

“އަޅެ އެހެންތާކުވެސް ހުރެދާނޭނުން..ދިމް ދޭބަލަ ރެން ކައިރީ އަހާލަން” ދިޔާން ފިޔާގަނޑު ރަތް ކުރަން ހުރެ ވާހަކަ ދެއްކިއެވެ. އުޝާއާއި ދިމްރާ އެވަރަށް އެމީހުން އަތަށް ދޭށޭ ކިޔާ ކިޔާވެސް ދިޔާން އެއްގޮތަކަށްވެސް އެމީހުން އަތަށް ދޭކަށް އެއްބަހެއް ނުވިއެވެ. އަންހެނަކަށްވުރެ ވަކި ދެރައެއް ނުވާނޭ ބުނެލީ ޔުއާންއަށްވެސް ދޯ ދެމުންނެވެ. ދިޔާން އެހެންބުނުމުން ޔުއާންވެސް ދިޔާންއާއި އެއްބަސްވުމުގެ ގޮތުން ބޯ ޖަހާލި ތަން ފެނުނެވެ.

ދިޔާންގެ ބުނުމަށް ދިމްރާ ބޭރަށް ނުކުތްއިރު ރީމްއާއި ޝާރިމް ތިބީ ކޮންމެވެސް ވާހަކައެއް ކިޔާފައި ހޭށެެވެ. ދިމްރާ ފެނުމުން އައިސް އެތާ އިށީންނުމަށް ރީމް ބުނެލިއެވެ.

“ނޫނޭ ބަގީޗާއަށް މާ އުފުރާ މީހާ އައީމަ ތި މީހުންނަށް މަލެއް ނުފޮޅުވޭނޭނުން…އަހަރެން މިއައީ އައިސްއަލަމާރީގަ މިރުސް ނެތީމަ އެހެންތާކުވެސް މިރުސް ހުންނާނެތޯ އަހާލަންވެގެން”

“އައިސްއަލަމާރިއަކު ނެތް ދޯ…ތިހެންޏާ ދެން މިގެއަކު ނުހުއްނާނެ” ޝާރިމް ވިސްނާލާފައި ދެފަރާތަށް ބޯ ހޫރާލަމުން ޖަވާބުދިނެވެ. ދިމްރާ އެނބުރި ބަދިގެއަށް ގޮސް ޝާރިމް ދިން ޖަވާބު ބުނެދިނެވެ.

“އަހަރެން އަންނާނަން ގެއަށް ގޮސް މިރުހެއް ހިފައިގެން” ޔުއާން އެހެންބުނުމުން ދިޔާން ޔުއާންއާއި ވީ ފަރާތަށް އެނބުރެން އުޅުނީ އެއްޗެއް ބުނަން ވެގެންނެވެ.ނަމަވެސް ކަންދިމާ ކުރި ގޮތުން އެވަގުތު ދިޔާންގެ އަތް ޖެހުނީ ހޫނު ތެލީގައެވެ. އެއާއެކު ދިޔާންގެ އަނގައިން މަޑު އާހެއްގެ އަޑު އިވިގެން ދިޔައެވެ.

މި މަންޒަރު ފެނި ކައިރީ ހުރި އުޝާގެ ދެ ލޯ ބޮޑުވެގެން ދިޔައިރު ދިޔާންއާއި މަގަތަށް ޖެހި އެ އަތުގައި ހިފާލެވުނު ގޮތްވެސް އުޝާއަކަށް ނޭނގުނެވެ. ހީ ނުކޮށް ހުއްޓާ އުޝާ އައިސް އަތުގައި ހިފުމުން ދިޔާންވެސް ދިޔައީ ސިއްސައިގެންނެވެ. އޭރުވެސް އުޝާ ހުރީ ބޮޑު ބިރެއް ފެނިފައިހުރި މީހެއް ހެންނެވެ.

ދިޔާންއަށް އެއްޗެކޭ ނުބުނެވިގެން އުޅެނިކޮން އުޝާ ދިޔާންގެ އަތުގައި ހިފައިގެން ގޮސް ޒިންކު ކައިރީ ހުއްޓި އިސްކޫރު ދޫކޮށްލާ އެ އަތަށް ފެން އަޅަން ފެށިއެވެ. އޭރުވެސް އެ މޫނު މަތީގައި ވަނީ އިންތިހާއަށް ހާސް ކަމެވެ.

ދިޔާންގެ އަތަށް ހުރިހާ ސަމާލުކަމެއް ހުސްކޮށްލައިގެން ހުރި އުޝާއަށް އިސްއުފުލާ ދިޔާންއާއި ދިމާލަށް ބަލައިލެވުނީ ދިޔާންގެ އެއްވެސް އަޑެއް ނީވުމުންނެވެ. އުޝާ ދިޔާންގެ މޫނަށް ބަލައިލިއިރު ދިޔާންވެސް ބަލަހައްޓައިގެން ހުރުމުން ދެމީހުންގެ ހަތަރުކަޅި ހަމަވެގެން ދިޔައެވެ. ދެމީހުންގެ ލޮލުގައިވެސް އެވަގުތު ވީ ތަފާތު އަސަރު ތަކެކެވެ. އުޝާގެ ލޯ ފެންކަޅިވެފައި ވާއިރު އެ ލޮލުން އިންތިހާ ހާސްކަން ފެންނަން ހުއްޓެވެ. ދިޔާންގެ ލޮލުގައި އެވަގުތު ފެންނަން ހުރީ ބަޔާން ކުރަންދަތި ޝުއޫރުތަކެކެވެ. އުޝާގެ ހާސްވެފައިވާ ދެލޯ ފެނި ، އުޝާއަށް އެވަރުވީ ދިޔާންގެ ސަބަބުންކަން އެނގި އެވަގުތު އެހިތް އުފަލުން ފުރިގެން އައެވެ.

މި މަންޒަރު ބަލަން ހުރި ދިމްރާގެ މޫނުމަތިންވެސް އެވަގުތު ފެނިގެން ދިޔައީ އުފާވެރިކަމެވެ. ދޮރުން ބޭރަށް ނިކުތް ޔުއާން އާއި ދިމާލަށް ދިމްރާއަށް އެވަގުތު ބަލައިލެވުނީީ ސިކުނޑިއަށް އެވަގުތު ޔުއާންއާއިއެކު ދިޔުމުގެ ހިޔާލު އައުމުންނެވެ. ވަގުތުން ދިމްރާ ޔުއާންގެ ފަހަތުން ދިޔުމަށް އަވަސްވެގަތެވެ.

“އަހަރެންވެސް އެބަ އަންނަން ޔުއާންއާއި އެކު ގޮއްސަ” ނަމަވެސް ދިމްރާގެ އަޑު އެދެމީހުންނަށް އިވުނު ކަމަކަށް ނުވިއެވެ. އެއަޑަށް ވިސްނޭ ވަރަށް ވުރެ ދެމީހުންވެސް ހީވަނީ އަމިއްލަ ދުނިޔެއެއްގައި ތިބި ހެންނެވެ. އެދެމީހުންނަށް ބަލައިލުމަށްފަހު ދެ ފަރާތަށް ބޯ ހޫރާލަމުން ދިމްރާ ނުކުންނަން ހިނގައިގަތެވެ. ނަމަވެސް އެވަގުތު މީހާ ފައި އޮޅިފަ ދޮރުމައްޗަށް ވެއްޓުނީއެވެ.މިއަޑަށް ދިޔާން އާއި އުޝާއަށްވެސް ސިހުންލިބި ދުރަށް ޖެހިލައިފިއެވެ.

ދިމްރާ އެންމެ ލަދުގަތީ ޔުއާންގެ ފައި ކައިރިއަށް ވެއްޓުނީމައެވެ. ވެއްޓިފައި އޮތްގޮތުން މީހާގެ މޫނު ނުފެނުނަސް އެއީ ޔުއާންގެ ފައިކަން ދެނެ ގަންނާކަށް ދިމްރާ އަަކަށް އުނދަގުލެއް ނުވިއެވެ. ދިމްރާ މަޑުމަޑުން ތަށިމުށިގަނޑު މަތީ ބޯ ޖަހާލީ ކަޑަވި ވަރުންނެވެ. ނަމަވެސް ގިނައިރު އޮންނަން ނުހަދާ ދިމްރާ އަވަސް އަވަހަށް ކޮޅަށް ތެދުވިއެވެ.

ޔުއާން އަތުގެ ނުފުށުން އަނގަމަތި ފުހެލާކަމަށް ހަދާލީ ހިނިގަނޑު މަތަކޮށްލުމުގެ ގޮތުންނެވެ. ނޫނީ ޔުއާން ހެއުންކަން އެނގިއްޖެއްޔާ އެކުއްޖާ އޭނާ ކާލާކަށްވެސް ފަހެއް ނުޖެހޭނެއެވެ. އެހެންކަމުން ޔުއާން އިތުރަށް މަޑުކުރަން ނުހަދާ ބޭރު ދޮރާ ދިމާލަށް ހިނގައިގަތެވެ. އެއާއެކު ދިމްރާވެސް އިސްތަށިގަނޑު ރީތި ކޮށްލަމުން ދުވެފައި ގޮސް ޔުއާންއާއި އެއްވަރު ކުރިއެވެ. އޭރު ދެމީހުންނަށްވެސް ތިބެވުނީ މަގުމަތީގައެވެ.

“ކީއްކުރަން އަހަރެން ފަހަތުން ތި އަންނަނީ؟”

“ކީއްކުރަން ޔުއާން ބަދިގެ ދޮރު ކައިރީ މަޑުކުރީ؟ އަހަރެން އަންނަން ދެން ދޯ” ޔުއާން ކުރި ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި ދިމްރާވެސް ކޮށްލީ ސުވާލެކެވެ. ބޭނުމަކަށްވީ ޔުއާން ކަޑަ ކޮށްލުމެވެ. ޔުއާން ދިމްރާ ކުރި ސުވާލަށް އެއްވެސް ޖަވާބެއް ނުދިނުމުން ދިމްރާ ބޭނުންވި ކަންތައް ހާސިލް ވެއްޖެކަން ދިމްރާއަށް އެނގުނެވެ. ވާނީވެސް އެހެންތާއެވެ. ޔުއާން ނުކުތީ ދިިމްރާއަށްވުރެ ކުރިން ކަމަށް ވާއިރު ޔުއާން އެވަގުތު ހުންނަން ޖެހޭނީ ގާތްގަނޑަކަށް ގޭ ސިޓިންރޫމާ ހިސާބުގައެވެ. ބަދިގެ ދޮރު ކައިރިއަކު ނޫނެވެ.

“އަހަރެން ޔުއާން ފަހަތުން މިދަނީ ދާހިތުންނޭ ހިތާ ފޮނި ނުވާތި…އަހަރެން ޔުއާން ފަހަތުން މިދަނީ އެދެމީހުންނަށް އެކަނި ވަގުތުކޮޅެއް ދޭންވެގެން..ކޮންމެހެން ދާ ހިތަކުންނެއް ނޫން” ދެންވެސް ވާހަކަ ދެއްކީ ދިމްރާއެވެ. ދިމްރާގެ ވާހަކަަތަކުން ޔުއާންއަށް ދެލޯ މަރާލައި ފުން ނޭވާއެއް ދޫކޮށްލެވުނީ ބޯ ހާސްވި ވަރުންނެވެ.

މިނޫނީ މިފަދަ އަންހެން ކުއްޖެއް ޔުއާންގެ ހަޔާތަށް އައިސްފައެއް ނުވެއެވެ. އިސްވެ ޔުއާންއާއި ދިމާލަށް އެއްޗެހި ކިޔަން ކެރޭ ކުއްޖެއްވެސް މިނޫނީ އައިސްފައެއް ނުވެއެވެ. ސުކޫލް ގިނަ އަންހެންކުދިން އޭނާއަށް ބަލަނީ ލޯބީގެ ނަޒަރުންކަމަށް ވިޔަސް މިކުއްޖާގެ ލޮލުން އެފަދަ ކަމެއްވެސް ޔުއާންއަކަށް ފާހަގައެއް ނުވެއެވެ. ބަދަލުގައި އެހެން އަންހެންކުދިންނާއި އަޅާ ބަލާއިރު އަނގަ ގަދަ ކަމުގެ އިންތިހާއެވެ. ލާނެއްކަމުގެވެސް ހައްދެއް ނެތެވެ.

“މި މަގުން ދާއިރު އަހަރެން ކައިރީ ހުންނާތި..ކޮޅު ކޮޅަށް ނުބަލާތި” ގެއާއި ކައިރި ގޯޅިގަނޑެއްގެ ކުރިމައްޗަށް ހުއްޓެމުން ޔުއާން ދިމްރާއާއި ދިމާލަށް ބުނެލިއެވެ.

“މަގުމައްޗަކީ ވަކި ބަޔަކަށް މިނިވަންކަން އޮންނަ ތަނެއްތަ” ދިމްރާ ޔުއާން އެހެން ބުނުމުން ހިތްހަމަ ނުޖެހުން ފާޅުކުރިއެވެ. ޔުއާން މީ ވަރެއްގެ އިންސާނެކެވެ. ޔުއާން އަބަދުވެސް އުޅެނީ ދިމްރާގެ ހިޔާލުތަކާ ދެކޮޅަށް ވާހަކަ ދައްކާށެވެ.

ދިމްރާއަށް ބޭނުން ދިމާލަކަށް ބެލެން ޖެހޭނެ ނޫން ހެއްޔެވެ؟. އަމިއްލަ ދެލޯ ވިއްޔާއެވެ. ޔުއާންގެ ދެލޮލެއް ނޫނެވެ. އަދިއެހެންމެ ޔުއާން ކައިރީ އޭނާ ހުންނަންވެސް ޖެހޭނީ އޭނާ ބޭނުމިއްޔާތާއެވެ. އަނެއްކާ އަރަތެއް ކަހަލަ މީހެކެވެ. އެހެންޏާ އެއްޗެހި ކިޔާ އުޅެނީ އަބަދު ކައިރި ވާތީއެވެ. ދިމާލަށް ބުނަމުން ދަނީވެސް އަބަދު ދުރުގައި ހުރުމަށެވެ.

ދިމްރާގެ ވާހަކައިން ޔުއާންގެ ގާތަށް އައީ ރުޅިއެވެ. އެހެންކަމުން ދިމްރާގެ އުޅަބޮށީގައި ހިފައިގެން ގަދަކަމުން އޭނާ އެމަގުން ހިނގައިގަތީ ދިމްރާ އަތް ސަލާމަތް ކުރުމަށް ގަދަ ހަދަހަދާ އޮއްވައެވެ.ދިމްރާ ގަދަ ހަދަމުން ދިޔަ ނަމަވެސް ޔުއާން ދިމްރާގެ އަަތުން ދޫކޮށްލީ ތަންކޮޅަކަށް ދެވުނު ފަހުންނެވެ.

ފުދޭ ވަރަކަށް އަނދިރި މަގެކެވެ. މަގުގައ ކިރިޔާވެސް ވަނީ ފަނޑު އަލިކަމެކެވެ.ޔުއާން އެހެން ބުނީތީވެސް ދިމްރާ ދިޔައީ ޔުއާން އާއި ދެ ފޫޓު ތިން ފޫޓު ދުރުންނެވެ. މަގުގެ ގާތްގަނޑަކަށް ނިމޭހާއި ހިސާބަށް ދެވުންތަނާ އެތާ އޮތް ބޮޑު ފިރިހެން ޤުރޫޕެއް ދިމްރާގެ ލޮލުގައި އަޅައިގަތެވެ. އެމީހުންނާ ހިސާބަށް އެރުމާއިއެކު ޔުއާން ދިމްރާއާއި ދިމާލަށް ބަލައިލިކަން ދިމްރާއަށް އިހްސާސްވިއެވެ. ވަގުތުން ދިމްރާ އެތާ ތިބި އެންމެންނަށް ބަލައިލަމުން ހިނިތުންވެލިއެވެ. އެ އެންމެން އޭރުވެސް ތިބީ އެދެމީހުންނާއި ދިމާލަށް ބަލާށެވެ.

އެމަގުން ނުކުމެވުމާއިއެކު ޔުއާންގެ ހިނގުން ބާރު ކޮށްލިއެވެ. ބޭނުމަކަށްވީ އައިސްފައި ހުރި ރުޅި ދިމްރާއަށް ނުދެއްކުމެވެ. މުއްކަރުވާލެވިފައި އޮތް ދެއަތް އޭރުވެސް ހުރީ ދެޖީބަށް ޖަހާލައިގެންނެވެ. ދިމްރާއާއި އެއް ހަމައެއްގައި ހިނގަން ވެއްޖެނަމަ އޭނާއަށް ކޮންމެ ފަދަ ކަމެއްވެސް މިވަގުތު ކުރެވިދާނެއެވެ. އެހެނަސް ޔުއާންގެ ހާލަތު ނޭނގިހުރެ ފެނުނީ އަދި ދިމްރާ ދުވެފައި ގޮސް ޔުއާންއާއި އެއްވަރު ކޮށްލިތަނެވެ.

“މަޑުކޮށްބަލަ! އަހަރެންނަކަށް ތިހާ ބާރަކަށް ނުހިނގެޔޭ” ދިމްރާއަށް ރަނގަޅަށް އެހެން ނުބުނެވިގެން އުޅެނިކޮން ފެނުނީ ޔުއާން ދިމްރާގެ އުޅަބޮށީ ހިފާއި ކޮއްޕާލިތަނެވެ. ފާރުގައި ނުޖެހި ސަލާމަތްވީވެސް އެދިމާލުގައި ހުރި ހޮޅިދަނޑީގައި ހިފަހައްޓާާލެވުނު ކަމުންނެވެ.

“ދިމްރާ އަހަރެން ބުނާ އަޑު ނާހަންޏާ އަހަރެން ނުޖެހޭނެ ދިމްރާ ބުނާ އަޑު އަހާކަށްވެސް.. ދިމްރާއަށް ރަނގަޅަކަށް އަހަރެން އެހެން ބުނީ.. ދިމްރާއަށް ކަމެއް ވެއްޖެއްޔާ ޔާން ރުޅި އަންނާނީ އަހަރެން ދެކެއޭ” ޔުއާން އައިސް ހުއްޓިލީ ދިމްރާގެ ކައިރީގައެވެ. މަޑުމަޑުން ޔުއާން އެބަސްތައް ބުނެލިކަމުގައިވިޔަސް ، އެ ބަސްތަކުގައި ފޮރުވިފައިވާ ރުޅި ދިމްރާއަކަށް ސިއްރެއް ނުވިއެވެ. ޔުއާން އެހާ ރުޅި އައިސްފާއި އެހެން ބުނެލިގޮތުން މުޅި މީހާ ފިނިވެގެން ދިޔައެވެ. ނަމަވެސް ހިތަށް ފަސްނުޖެހުމަށް ދިމްރާ ވިސްނައިދިނެވެ.

“ޔުއާންއެއް ނޫންތަ ބުނީ އަހަރެން ޖަހަނީ ކުޑަކުއްޖެއްގެ ވައްތަރޭ..ސޯ ކުޑަކުއްޖަކު ވައްތަރު ޖަހާއިރު އަހަރެން މަގުމަތީ ހިނގަން ބިރުގަންނަންވީ ސަބަބެއް ނެތެއްނު “ ދިމްރާ ދެލޯހަނިކޮށްލާފައި ޔުއާންގެ މޫނަށް ބަލައިލަމުން ބުނެލިއެވެ.

ދިމްރާ މިރޭ އެހެން ކަންތައް ކުރުމުގެ މަޤުސަދު ، ޔުއާންއަށް ފަހުމްވެގެން ދިޔައިރު އެ ޖުމުލަތަކުން ޔުއާންގެ ރުޅި ދިޔަތަނެއްވެސް ނޭނގުނެވެ. އެ ރުޅީގެ ބަދަލުގައި އެދެލޮލުން ފެނިގެން ދިޔައީ ހައިރާންކަމެވެ. ދިމްރާ މިރޭ އެގޮތަށް ކަންތައްއެކުރީ ޔުއާން މިރޭ ހަމަ އެހެން ބުނެފައި ވާތީ ހެއްޔެވެ؟

އަޖައިބެއްފަދަ އަންހެން ކުއްޖެކެވެ. ޔުއާން ބުނާ ކޮންމެ ބަހަކަށް އެކުއްޖާ އަމަލުންވިޔަސް ރައްދު ދެވޭތޯ އެބަ ބަލައެވެ. އިރުކޮޅަކު ދިމްރާއާއި ދިމާލަށް ބަލަން ހުރެފައި ޔުއާން ގޮސް ގޭގެ ފޫޓު ދޮރުން އެތެރެއަށް ވަންނަން ދިމާކޮށްލީ އިތުރަށް ބުނާނެ އެއްޗެއް ނުވިސްނުމުންނެވެ.

“އަހަރެން…އަހަ..އަހަރެން ވަންނަންވީީތަ “ ދިމްރާ އަހަން ނާހަން ހުރެފައި ސުވާލު ކޮށްލިއެވެ.

“ވަންނަންޏާ ވަންނަންވީ..ބޭނުން ނޫނިއްޔާ ނުވަންނަންވީ “ ޔުއާން ފަހަތަށް އެނބުރި ބަލައިލުމެއްނެތި ޖަވާބު ދީފައި އެތެރެއަށްވަނެވެ.

“އަޅެ އެއީވެސް ދެން ޖަވާބެއްތަ..ހުއް..ވަރަށް ފޫހިވޭ” ދިމްރާ މިހެންބުނެ ތުންކޮޅު އޫކޮށްލަމުން މަގުމެދަށް ޖެހިލާފައި ޔުއާން ވަތް އިމާރާތާއި ދިމާލަށް ބަލައިލިއެވެ.

“މާތްކަލާކޯ! މީ ގެއެއްތަ ނޫނީ ގަނޑުވަރެއްތަ..ވާއޮ ހާދަ ސަޅިއޭ..އަޅެ އަޅެ ބަލައިލަން ވަންނަންވީ ކަންނޭނގެ..ދެން ނޭނގެ މި ނޫނިއްޔާ ފުރުސަތެއް ލިބޭނެ ކަމެއްވެސް..އެކަމު ވަދެއްޖެއްޔާ ކިހިނެއްބާ ވާނީ..ނުވާނެ ކަންނޭނގެ ގޮތެއް. އެހެންނޫނަސް އޭނާ ނޭނގެ މިހާރުވެސް ރެއަކަށް ދިހަ ބާރަ އަންހެންކުދިން ގެއަށް ނުގެންނަ ކަމެއް..މިހާ ރީތި ގެއެއްގަ އުޅޭއިރު މޮޔަ އަންހެންކުދިން ތިބޭނީ އޭނަ ފުއްޓަތްކެއް ޖަހާލާއިރަށްވެސް ތައްޔާރުގަ..ޕްލޭބޯއީއެއްހެން ހީވަނީވެސް “ ދިމްރާ އަމިއްލަ ނަފްސަށް ވާހަކަ ދައްކަން ހުރެފައި މަޑުމަޑުން އެތެރެއަށް ވަނެވެ. ފެންނަމުން ދިޔަ ރީތިކަމާއި ފުރިހަމަކަމަށް ހިތާ ހިތުން ތައުރީފު ކުރަމުން ދިމްރާ ގޮސް އެގޭ ސިޓިންރޫމް ދޮރުމައްޗަށް އެރިއެވެ. އޭރު ޔުއާން ބަދިގެއާއި ދިމާލަށް ދާތަން އޭނާއަށް ފެނުނެވެ.

“ޔުއާން! އަހަރެން ވަންނަން ވީ ދޯ..” ދިމްރާ އަނެއްކާވެސް ޔުއާންއަށް ގޮވާލަމުން އަހާލިއެވެ. ދިމްރާގެ އަޑަށް ޔުއާން ލޯ ބޮޑުކޮށްލާފައި އެނބުރި ބަލައިލިއެވެ. ޔުއާން ބަލައިލާފަ އެނބުރި ބަދިގެ ތެރެއަށް ވަނުމުން އެއީ ލިބުނު ހުއްދައެއް ކަމަށް ދިމްރާ ދެކުނެވެ. އޭރު ފާރުކޮޅަކާއި ނިވާވެވިފައި ހުރެވުމުން ދިމްރާއަށް އިތުރު މީހަކު ނުފެނުނަސް އެފާރާ ހިސާބުން ނެއްޓެވުމާއިއެކު ސޯފާގައި ތިބި ދެ ފިރިހެނުންނާއި ދެއަންހެނުން ދިމްރާއަށް ފެނިގެން ދިޔައެވެ. ވަގުތުން މީހާއަށް ހުރިތަނަށް ހުއްޓިލެވުންއިރު އެ ހަތަރު މީހުންވެސް ހައިރާންވެފާއި ދިމްރާއާއި ދިމާލަށް ބަލަން ތިއްބެވެ. އެވަގުތު ގަތް ލަދުން އެނބުރި ދުވެފާއި ދާންވެސް ދިމްރާ ހިތަށް އެރިއެވެ. އެހާވެސް ބޮޑަށް އޭނާ ލަދުގަނެއްޖެއެވެ. ނަމަވެސް އޭގެ ބަދަލުގައި އަދި އޭނާއަށް ބޯ ތިރިކޮށްލާފައި އެ އެންމެނަށް ދެވުނީ ހިނިތުންވުމެކެވެ. އޭނާގެ އެ މޮޔަ އަދާއިން ކަމަށް ވެދާނެއެވެ. އެ އެންމެންގެ މޫނުމަތިން އިރުކޮޅަކުން ފެނިގެން ދިޔައީ ހިނިތުންވުމެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (52)

  1. L

    Nice.keep it up..

    1. ithoo
      L

      Thanxx L .. ☺

  2. UMe

    Dhimraa kuraa kanthah!!!
    ☺???????
    Varah gulhey hurihaa kudhinves!!!
    Love your story ithoo

    1. ithoo
      UMe

      Hehehe. Dww… Thanxx Ume

  3. Afy

    Haadha reecchey kon irakun aneh bai up vaanee avahah up kolladhee bala heyonuvaane pls pls pls pls

    1. ithoo
      Afy

      Hehehe.. Maadhen noon aneh dhuhun in sha allah.. evaru las tha.. ☺

  4. Afy

    Haadha lahekey hitheh obieh novey ehenve miahaalevunee

    1. ithoo
      Afy

      Hahaha..evaru vx las tha..maadhen rey ekani inthixaaru kohlan jeheynee ☺

  5. Herkko

    Alheyhh!! Avahah up koh dhyba? Cant wait.. varah varah majaa.. nd varah lwbi stry eh! Daily koh up koh dhn v ehnu? If you dnt mind! Vrhaka rythi v ma hama nuhure wenyhh! Lwbines to the max..

    1. ithoo
      Herkko

      I’ll try ingey dear..bt yageen kameh adhi nudheveyne ingey..thanx for the compliment dearr.. ☺

  6. Lee min ho

    dhim, ren?? mi dhemeehun ulhey vaahaka eh kurinves ai
    Vaahaka kuriyah dhaa goives evaahaka aa vahtharu gotheh eba huri
    Mee anekka evaahakaage season 2 tha
    Vaahaka reethi

    1. ithoo
      Lee min ho

      Sry dearr..a hama coincidence eh.. Adhi me akah fenifa eh neih a dhe kudhin ehkon ulhey stry eh.. Hama reethi kamun liyun nanthakeh aee..n thanxx dearr ☺

    2. Coco
      Lee min ho

      Eyga Ren maruvany eh noon tha

  7. Samee

    Can’t wait ithoo… V v v nycc mi prt vess.. Keep it up.. N bunela dhyfaanah thrr ithoo ge age….

    1. ithoo
      Samee

      Thanxx samee..inthixaaru kuraa kamah takaa vx thanxx..heekuran nimendhen kiyaa hama thigothah view vx bunedhemun dhaane kamah.. Y age thi ehy..hehehe.. ☺

    2. zoaee
      Samee

      ithoo ah 65 .. dhw ithoo :p :p :p <3 🙂 :*

    3. Samee
      Samee

      Samee ge hobby eh vaahaka kiumaa vaahaka liyumakee.. Bt adhi ehves site ehga vaahakaeh nuliyan ekm v kuraahih vaa kameh… N samee mi site ga vaahaka liyaa liyuntherin eh therein ehnme reehcha vaahaka liyanee ithoo.. Ehnve ithoo ge age ehee.. N as a friend eh gotha tolk kohlaan v beynun.. Bt as u wish…

    4. ithoo
      Samee

      Hehehe… Zoaee.. Bt samee me ah 65 eh noon ingeyy ☺

  8. Thaa

    Waitless ithoooo avahah up kohladheychey pls

    1. ithoo
      Thaa

      Hehehe.. In sha allah maadhen noon aneh dhuhun up kuraanan.. ☺

  9. cham

    Omg haadha reechey story waiting for next part.

    1. ithoo
      cham

      Awwhhh…thanxx dearr.. ☺

  10. Sanu

    Wow! vvvv loabi c thooooo. Ehaa kiyaa hithun huhta a nimenee. Gud job c thooo n keep it up dear?

    1. ithoo
      Sanu

      Awwhhh..hehe…thanxx sanu ?

  11. Saandy

    Adhi mi kiyaalevuny… V salhikoh adhi kuriyah dhany… Dhimraa kada vaane… Yuaange mamma men kanneynge ethaa ethiby… Dhen emeehun Dhimraa aky Yuaange bitu kamah kanneynge heekuraany… Dhimraa aa Yuaange bai enme kamudhany Saandy ah… Next partah eba v inthizaaru kurevey… 🙂

    1. ithoo
      Saandy

      Hehehe…thanxxx saandy..dhen vaa goih vx balamaa dww..ehkon kiyaalaane kamah heekuran..maadhen rey in sha allah aneh baai up kuraanan ☺

  12. Sunoo

    Beautiful

    1. ithoo
      Sunoo

      Thanxx sunoo ☺

  13. mm

    Love your story

    1. ithoo
      mm

      Thanxx dearr ☺

  14. Sharu

    Wow wow wow wow… i wish i was dhim… hehehe… story hama habeys… u r d best :*

    1. ithoo
      Sharu

      Dhim ulhey gothah ulheynee..eyrun k vaane..hehe..ekamu sharu abadhu vehti vehti ohnan jeheynee..hehe..thanxxdearr… ☺

    2. sharu
      Sharu

      hehehe dhw… mijehuny vehten train vaakahnu.. still keep it up grl

  15. Unko

    V v reethi story… Maadhan noon aneh dhuvas… OMG? Dhn ehaa irah vx wait kuraany dhw… Dhn ekamakuvx avas kollahchey…

    1. ithoo
      Unko

      Dww..hehehe..Thanxx dearr.. Thihen support dheythy v bodah thanx..aslu vx varah bodu hih varakah vey ehenve..☺

  16. munni

    Sithupppaaaa….iru iru kolhaa 5th part up veythoa ves eba beley…. <3

    1. ithoo
      munni

      Hehehe.. ☺

  17. Afy

    Pls pls pls avahah up kolladhee nuves nidheyne pls heyonuvaane Mirey up vey tha

    1. ithoo
      Afy

      Aslu admin ah fonuvaafa v dearr..bt up nuve adhi.. Sryy..dearr..

  18. Afy

    Pls pls pls bunela dheebala Mirey up veytha

    1. Afy
      Afy

      Javaabeh dheeba

    2. Afy
      Afy

      Haadha dheraey up nuveema

  19. Sarah

    I’m in love with this stry…Pls mirey up koh dheeba..

    1. ithoo
      Sarah

      Srryy dearr.. Miadhu aslu network mahsal mikolhuga jehifa hury..really srryy dearr..

  20. Afy

    Up kolla dheebala heyonuvaane haadhahaa dheraekey mivanee lolun karuna nuhikey ehaa dhera nukollaa kabuloah alhaala ithooo ithoo pls pls pls

    1. ithoo
      Afy

      Im really srryy afy.. Plus miadhu network mahsala eh vx dhimaavegen ulhevuny.. So admin ah fonuvuny vx thankolheh lahun..srryy dearr..in sha allah maadhamaa kiyan libeyne

  21. Afy

    Haadha dheraey up eh nuvi ithoo gehlihje ithoo vaahaka liun huttaalaifi

    1. ithoo
      Afy

      Noon.. Nuhttaalan.. 5 vana part vx liyefa v aslu..

  22. Afy

    Dhan keeve thoey up nuvanee kiuntharinge hih kilabuvaan fashaifi liyefai vaakamah kihineh gabool Kuraanee inthizaaruge vaguthu fahana alhaa gosfi ummeedhu kudhavehje hulhukolhu niveney vassalaam

  23. Afy

    Kiuntherin ge haalakee kobai kan egilavvaatho

    1. ithoo
      Afy

      Alhe sryy dearr.. Nw up vefa iny..thedhah mibunany admin ah ihye haveeru fonuvin..dhen maybe ekolhun technical mahsala eh jehigen kanneynge up nukurevi a dhiyaee..so really srry dearr..

  24. Aish

    varah reethi vaahaka. <3

Comments are closed.