Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އިންތިޒާރުގައި ހުރިން 18

Ryn 100 Stories10 Stories1K Comments500 Comments100 Comments100 Login
March 20, 2017 9 Mins Read
90 Comments

“ބުނެބަލަ އެންމެ ފަހަރަކުވެސް ލޯބިވެޔޭ ޔާން.. ޕްލީސް..” ޔައިނާ އެހެން ބުނުމުން ޔާއިން އޭނާގެ ކޮލުގައި ހިފަހައްޓާލިއެވެ. މިރޭ އޭނާއަށް އަމިއްލަ ނަފްސް ކޮންޓްރޯލް ނުކުރެވުނީތީ ދެރަވިއެވެ. އެއްޗެއް ނުބުނެ އޭނާ އިންގޮތަށް އިނެވެ. ކިތަންމެ ލޯބިވާ ވާހަކަ ބުނަން ބޭނުންވިޔަސް އޭނާ މަޑުމައިތިރިކަން އިހްތިޔާރު ކުރިއެވެ. ފަރާތުން ޖަވާބެއް ނައުމުން އޭނާ ބޯ އަރިކޮށްފައި ބަލާލިއިރު ޔައިނާއަށް ނިދިއްޖެއެވެ. ޔާއިން އެ ހަށިގަނޑު އޭނާއާއި ތަންކޮޅެއް ބޮޑަށް ކައިރިކުރިއެވެ. އަދި އިސްތަށިގަނޑުގައި ބޮސްދިނެވެ. “ވަރަށް ލޯބިވޭ…” ޔާއިން އެހެން ބުނެލިއެވެ.

ޔައިނާ އޭނާގެ އެނދުމަތީ ބާއްވާލާ ރަޖާގަނޑު ގައިގާ އަޅައިދިނުމަށްފަހު ޔާއިން ޔައިނާގެ ބޮލުގައި ފޮރުމާލިއެވެ. ވީ ކަންތަށް ހުވަފެނެއްކަމުގައި ޔައިނާ ދެކިއްޖެއްޔާ ވަރަށް ރަނގަޅެވެ. އެހެންނޫނީ ޔައިނާވެސް އެދެމުން ދާނީ އެފަދަ އިތުރު ރެއަކަށެވެ. ލޮތްބަކީ މިއީއެވެ. ކުޑަ ހިނދުކޮޅަކަށް އަނެކާ ފަރާތުން ލޯބި ލިބުމުން އަދިވެސް އެދެވެމުން ދެވޭނެއެވެ.

ޔާއިން ޔައިނާއަށް ބަލަން ހުރުމަށްފަހު ހިނގައިގަތެވެ. އަދި މަޑުމަޑުން އެ ދޮރު ހުޅުވާލާ ލެއްޕިއެވެ. ދުވެފައި ކަހަލަ ގޮތަކަށް ގޮސް އަމިއްލަ ކޮޓަރިއަށް ވަދެ ފެންވަރަން ވަނީ އިތުރަށް ނިދަން ބޭނުންވާތީއެވެ. ފެންވަރަން ހުރިއިރުވެސް އޭނާއަށް ހަނދާންވަމުން ދިޔައީ ރޭގެ ކަންތަކެވެ. ކިތަންމެ ބޭނުންނުވިޔަސް ޔައިނާއަށް އެ ލޯބި ފޯރުކޮށްދެވުނީ އެ ހިތުގެ ހަމަޖެހުމަށްޓަކައެވެ. ޔައިނާ ރޯތަން ބަލަން އެ ހިތަށް ކުޅަދާނަނުވީމައެވެ.

…..

އެނދުމަތީ އޮތް ޔާއިންއަށް ހޭލެވުނީ ސުމާ ގޮވަންފެށި އަޑަށެވެ. “ތެދުވަންވީނު.. މަންމަ މިއައީ ޔާލް ލާފައި… ކޮންއިރަކުން ދަނީ ހޮސްޕިޓަލަށް؟” “މެންދުރުން..” ޔާއިން މޯޅިއަށް ދެމިލަމުން ބުނެލިއެވެ. “އާދޭ ފެންވަރައިގެން… ސައި ބޯން…” ސުމާ ބުނެފައި ނުކުތެވެ.

ޔާއިން ފެންވަރާ ހަދާލައިގެން ކޮޓަރިން ނިކުތް ވަގުތު ޔައިނާވެސް ކޮޓަރިން ނިކުތެވެ. އޭނާ ހުރީ ލޯ މަރާލައިގެން ބޮލުގައި ހިފަހައްޓާލައިގެންނެވެ. ލޯ ހުޅުވާލިވަގުތު ޔާއިންމެން ފެނުމުން ޔައިނާ ފުންނަޒަރަކުން ޔާއިންއަށް ބަލައިލިއެވެ. އެ ބަލާލުމުންވެސް ޔާއިން ހިތުގައި އުފެދުނު ސުވާލު ޔާއިންއަށް އިނގި އޭނާ ރޭވި ރޭވުން ކުރިއަށް ގެންދަން ނިންމިއެވެ. ޔާއިން ކުރިންވެސް ކަންތަށްކުރާގޮތަށް ޔައިނާ ހުރިކަމަށް ހަދާނުލާ ހިނގައިގަނެއްޖެއެވެ.

ޔައިނާ ކޮޓަރިތެރެއަށް ވަނެވެ. އޭނާ ނިކުތީ ޔާއިން ގެ ކަންތަށް ޔަޤީންކުރާށެވެ. ރޭ ފެނުނީ ހުވަފެނެއްކަމަށް ހިތްބުނަމުންދިޔައީ ހެނދުނު ހޭލެވުނީވެސް ހުވަފެނަކާއި އެކުގައި ކަމަށްވުމުންނެވެ. “އަޅެ!! ހުވަފެނެކޭ އެއީ… އެހެންނޫނަސް މިސްޓަރ ޕާރފެކްޓް ސަން އޭނާގެ އެ ބުނި ބަސްތަކުން ފަހަތަކަށް ނުޖެހޭނެ…. ދެންމެ އެ ހެދިގޮތުންވެސް އިނގިއްޖެ ކަމެއް ނުހިނގާކަން…. އެކަމް ހާދަ ހީވޭ ތެދެއްހެން… އަދިވެސް އޭނާ ކައިރި އުޅޭލާފައި ބަލައިލަންވީ ކަންނޭނގެ ހަޤީޤަތެއް ތޯ….” ޔައިނާ އެހެން ބުނެފައި ފެންވަރަން ވަނެވެ. އަދި އަވަސް އަވަހަށް ތައްޔާރުވެގެން ތިރިއަށް ފޭބިއެވެ. ސިޑިން ފައިބަނިކޮށް ސުމާއާއި އެކު ކޮފީ ބޯން އިން ޔާއިން ފެނި ޔައިނާ ދެލޯ ހަނިކުރަމުން އެ މޫނަށް ބަލަމުންދިޔައީ ޝައްކުވާ ކަމެއް ފެނޭތޯއެވެ. ނަމަވެސް ޔާއިން ގެ ފަރާތުން އެކަހަލަ ކަމެއް ނުފެނެއެވެ.

“އަނހަ… ދަރިފުޅު.. ކޮފީތަ ނޫނީ މަންމަގެ މޮޅު މައިލޯތަށިތަ..؟” ސުމާ ތެދުވަމުން ބުންޏެވެ. “މައިލޯ…” ޔައިނާ އައިސް މޭޒުމަތީ ބޯއަޅާލަމުން ޖަވާބުދިނެވެ. ސުމާ ޔައިނާއަށް މައިލޯތަށީ ގިރައިދިނެވެ. އަދި އެ ހިފައިގެން އައިސް އޭނާ ކައިރި ބެހެއްޓިއެވެ. “މިހާރު ޔަނާ އެނބުރުން އަރާތަ؟” ސުމާ އެހުމުން. ޔައިނާ ނޫނެކޭބުނެފައި ކިރުތަށި ބޯންފެށިއެވެ.

ސުމާ ޔާއިންއަށް ބަލާލިވަގުތު ޔާއިން އިޝާރާތަށް ސުމާ އާއެކޭ ބުނީ ބޮލުންނެވެ.. “ޔާން ރޭ ގޮއްސަ ކިރިޔާ ދޯ ތިއައީ ހޮސްޕިޓަލުން؟” ސުމާ އެހިއެވެ. “ލައްބަ، ރޭ 11 ހާއިރު ހޮސްޕިޓަލުން އައިސް ހަމަ ޖައްސާލެވުނުތަނާ ހެން މަންމަ ގޮވީ..” ޔާއިން ބުނެލީ ބޮލުގައި ހިފަހައްޓާލަމުންނެވެ.

ޔައިނާ ޔާއިންއަށް ބަލައިލިއެވެ. ފެނުނީ ހުވަފެނެއްކަން އިނގި ފޫހިވެސްވިއެވެ. ޔައިނާ ކައިރި އޭނާއަށް ވަގުތު ހޭދަކުރެވޭނީ ގޭގައި ހުރިއްޔާތާއެވެ. ބޭފުޅާ މުޅި ދަންވަރު އެ އުޅުނީ ހޮސްޕިޓަލުގައެވެ. “ޕާރފެކްޓް ސަން” އިން “ޕާރފެކްޓް ޑޮކްޓަރ” އަކަށްވެސް އެވަނީއެވެ. “ޕާރފެކްޓް ލަވަރ” އަކަށް ވެވޭނީ ކޮންއިރަކުންބާއެވެ. ޔައިނާ ފޫހިވީވަރުން އެތަނުގައި އިތުރަށް އިންނަންވެސް ބޭނުންނުވިއެވެ. އެތާ އެ އިނީވެސް ކަމެއް ޝައްކުވޭތޯއެވެ. ޔައިނާ ތަށިހިފައިގެން ތެދުވެ މައްޗަށް އަރަން ހިނގައިގަތެވެ. އެވަގުތު ޔާއިންއަށް ފުން ނޭވައެއް ދޫކޮށްލެވުނެވެ. “ތެންކްސް މަމް..” ޔާއިން ބުނެލީ ސުމާއަށެވެ. “ކިހިނެއްވީތަ އަސްލު؟؟ ކީއްވެތަ މަންމަ ކައިރި ބުނީ އެހެން ބުނާށޭ؟” ސުމާ ބުންޏެވެ.. ޔާއިން ސުމާ އަށް އެއްޗެއް ކޮންމެހެން ފޮރުވާކަށް ބޭނުމެއްނޫނެވެ.

“ރޭ ވަރަށް ބޮޑުކަމެއް ހިނގީ..” ޔާއިން ބުނުމުން ސުމާ ވީ ކީއްތޯ ސުވާލުކުރިއެވެ.  ޔާއިން އިސްޖަހާލައިގެން އިނދެ ރޭގެ ހާދިސާ ސުމާއަށް ކިޔައިދިނެވެ.. އޭނާ އެއްބައިތަންތަން ނުބުނެ ދޫކޮށްލީ ސުމާ ހިތްހަމަނުޖެހިދާނެތީއެވެ. ސުމާ އިނީ ފެންކަޅިވެފައެވެ. އޭނާ ނޭފަތް ދަމާލަމުން ކަރުނަތަށް ހިންދާލިއެވެ. “މަންމައަށް އިނގެއެއްނު ފާއިތުވެ ދިޔަ 3 އަހަރު ޔަނާ ޑިޕްރެސް ވާނެ ވަރު… ޑިޕްރެސް ވެފައި ހުރި މީހަކަށް ކުރެވޭ ނުކުރެވޭ އެއް ނޭނގޭނެ.. އަނެއްކަ މިހާރު މަންމަމެންނާއި ވެސް އޭނަ ދުރު… މަރުވުމަކީ ވަރަށް ފަސޭހަކަމެއް މަންމާ… ހިތުގައި އީމާންތެރިކަން ނެތީމައެއްނޫން އަމިއްލަ އަށް މީހުން މަރުވަނީ.. އެކަން ބައެއް މީހުންނަށް ނޭނގެނީ.. ސިކުނޑި ކުޅޭ ކުޅިވަރުތަކަކީ ދިރިހުރެގެން ހަނގުރާމަކުރަން ފަސޭހަ ކުޅިވަރުތަކެއް ނޫން… އެކަމް ކޮންމެމީހެއްގެވެސް އޮންނާނީ ހިތްވަރު…. ޔަނާ ހެން.. ޔަނާ ވަރަށް ހިތްވަރުގަދަ މަންމާ! އެކަމް ރޭ… ރޭ އޭނާގެ އެ ހުރިހާ ހިތްވަރެއް ދިޔަފަދަ…… އަޅުގަނޑަށް އެހެންވެ……” ޔާއިން އިސްޖަހާލިއެވެ.

“ބައްޕަ ހިއެއްނުކުރަން ޔާއިން ތިހާ ފިނޑިވެދާނެކަމެއް…” ދެމީހުން ސިހުނީ މާޒިން އެހެން ބުނެލުމުންނެވެ. ޔާއިންވެސް އިސްޖަހާލައިގެން އިނދެ އެވާހަކަތަށް ކިޔައިދެމުން ދިޔުމުގެ ސަބަބުން މާޒިން އައިކަން ނޭނގުނީއެވެ. ޔާއިން ހިތްތެޅިގަތެވެ. ސުމާއަށްވެސް ވީ އެވަރެވެ. “ބައްޕައަށް އިވިފައި އޮތް ގޮތުންނަމަ ޔާންގެ އަސްލު ބައްޕައަކީވެސް ވަރަށް ކެރޭ މީހެއް… އަނެއްކާ މި ބައްޕައަކީވެސް ކެރޭ މީހެއް… މަންމައާއި ޔާންގެ އަސްލު މަންމަ އެއީ ކުޑައިރުންސުރެ ހަމަ ވަރަށް ކެރޭ ބިރުކުޑަބައެއް.. އެހެންވެ އެއްނު ބައްޕައާއި ވެސް މަންމަ ކުރިމަތި ލާފައި ލޯބި ހުށައެޅީ…. 4 މީހުން އެހާ ކެރޭއިރުވެސް ހައިރާންވޭ ޔާން ތިހަ ފިނޑިވީމަ…” މާޒިން ހީލަމުން ބުނެލީ ސުމާ ކައިރި އިށީނދެފައެވެ.. “ބައްޕަ ތިބުނީ ކީކޭތޯ؟” ޔާއިން އެހިއެވެ.

“މިބުނީ ދެން ތިހެން ނޫޅޭށޭ… ލޯބިވާންޖެހޭނީ ނިކަން ކެރިގެން… ޔާން ތިހިރީ ފިނޑިކަން.. ކެރިގެން ލޯތްބަށްޓަކައި ފައިޓްކޮށްބަލަ..” މާޒިން ބުންޏެވެ.. އަދިވެސް އެދެމީހުންނަށް މާޒިން ކިޔައި އެއްޗެއް ނޭނގުނެވެ. “ބައްޕައަށް އިނގޭ މީގެ 3 އަހަރު ކުރިން ކުރެވުނީ ވަރަށް ބޮޑު ކުށެއްކަން.. ބައްޕަވެސް އިހްސާސްވޭ އަންޑަސްޓޭންޑްވޭ… އެކަމް ބައްޕައަށް އޭރު ކުރާނެކަމެއް ނޭނގުނު، ބައްޕަގެ ދެ ދަރިފުޅުގެ ގުޅުމަށް މީހަކު އެއްޗެކޭ ބުނާކަށް ބޭނުމެއްނުވޭ…. އެކަމް މިހާރު އެބައޮތް ގޮތެއްވެސް…. ބައްޕަ މިހާރު ގަބޫލުކުރަން ދެކުދިން ތި ދޭ ގުރުބާނީ، ތިވާ ގުރުބާނީ.. ނުބުނެ ހުއްޓަސް ކޮންމެ ދުވަހަކު ޔައިނާވެސް އެވަނީ ގުރުބާނީތަކެއް…ބައްޕަ މިހާރު ބޭނުންވަނީ އެންމެ ކަމެއް… ދެކުދިން ގުޅުން.. ތިހެން ދެމީހުން ހިތްހަލާކުވާތަން ބަލަން ކިހިނެއް ހުންނާނީ؟ ހިތަށް އެރި ފަހުން ރަނގަޅުވާނޭ އެކަމް މިހާރު އިނގިއްޖެ ދެހިތުގައި ތި ޖަހާ ވިންދެއް ބަދަލެއްނުވާނެކަން…” މާޒިން އެހެން ބުނެލުމާއި އެކު ސުމާ އަނގަމަތީ އަތް އަޅާލެވުނު އިރު ޔާއިންއަށް އިނދެވުނީ މާޒިންއާއި ދިމާލަށް ދެލޯ ބޮޑުކޮށްލައިގެން ބަލަންށެވެ.

“ބައްޕަ ޔާން އަށް ދޭނަން ހަފްތާއެއް… މި އެއް ހަފްތާ ތެރޭގައި ޔައިނާ ބޭނުންވަރަކަށް ތަޅުވާ ބޭނުންކަމެއް ކުރޭ، އެކަމް ހަފްތާއެއް ފަހުން ބައްޕަ ބޭނުންވާ ކަންތަށް ޖެހޭނެ ދެމީހުންވެސް ކުރަން… ބައްޕައަށް އިނގިއްޖެ ދެކުދިންނަށް ކޮށްދޭންވީ ކަންތަށް.. އެހެންވީމަ އެއް ހަފްތާ މިދެނީ ޔާންއަށް ޔަނާ އަށް ބޭނުންގޮތެއް ހަދަން، ތަޅުވާވަރަކަށް ތަޅުވާލަން.. ލޯބިވާކަން އަންގަން…..” މާޒިން ބުންޏެވެ. “ދެން އެއް ހަފްތާފަހުން ކީއްކުރަން؟” ޔާއިން ސުވާލުކުރިއެވެ. “އިނގޭނެ އެއްނު ފަހުން…. މާ ބޮޑުކަމެއް ނުކުރާނަމޭ…. ދެމީހުންނަށް އެކީ އުޅެން ފަސޭހަވާނެހެން ކަމެއްކުރަން މިއުޅެނީ… އެންމެ ރަނގަޅެއްނު… ވަރަށް ވިސްނައިފިން.. އެންމެ ފަހުން ނިންމުނު ގޮތަކީ އެއީ.. ދެން އެއް ހަފްތާ ފަހުން އިނގޭނެ” މާޒިން އެހެން ބުނިއިރު. ޔާއިން ދެލޮލުގައި ވީ ކަރުނައެވެ.

“އެކަމް ޔާން ކުރަންވީ ކަމެއްއެބައޮތް… ހަފްތާ ނިމުމުގެ ކުރިން ދެމީހުންވެސް ޖޮބް އިން ވަކިވާންވީ… ޔަނާ ވެސް ޔާއިންވެސް…” މާޒިން ބުންޏެވެ. ސުމާ އާއި ޔާއިން ސުވާލުގެ ނަޒަރަކުން މާޒިންއަށް ބަލަހައްޓައިގެން ތިއްބެވެ. “ރިލެކްސް… އެވެސް ސަޕްރައިޒް ގެ ބައެކޭ.. ޓްރަސްޓް މީ…. މާ ރަނގަޅު އަދި ފަސޭހަ ކަމެއްކުރަން މިއުޅެނީ..” މާޒިން އެހެން ބުނުމުން. ޔާއިން ތެދުވެފައި ގޮސް މާޒިން ގެ ގައިގާ ބައްދާލިއެވެ. “ތެންކިޔު ބައްޕާ… ތެންކިޔު.. ބައްޕަ ތިކޮށްދިނީ ވަރަށް ބޮޑު ކަމެއް….. ތެންކިޔު..” ޔާއިން ބުންޏެވެ. އޭރު އޭނާ ދެލޮލުގައިވަނީ އުފާވެރިކަމުގެ ކަރުނައެވެ. ސުމާވެސް އުފަލުން އެ ދެމީހުންގެ ގައިގާ ބައްދައިގަތެވެ.

“ބައްޕައަށްވެސް ދެމީހުން ތިކުރަނީ ކުޑަކަމެއްތަ؟ އެކަމް ބައްޕަ ބޭނުމެއް ނުވޭ ދެމީހުން ދޭތެރޭ ފާރަކަށްވެ ހުންނާކަށް…. އެއަށްވުރެ ދެމީހުންދެކެ ލޯބިވޭ..” މާޒިން އިތުރުކުރިއެވެ. ކުޑަކޮށް އެމީހުންގެ ތެރޭ ޔައިނާއާއި ޔާއިންގެ ވާހަކަ ދެކެވުނެވެ. “ދެން ޔާން ތި ނިންމަނީ ކިހިނެއް ޔަނާ ރުއްސަން؟ ބުނަން ޔަނާ އަކީ ހަމަ މަންމަ، ލޯބިން ނޫނީ ނުއެއް ގެންގުޅެވޭނެ ނުއެއް ރުއްސޭނެ..” މާޒިން ބުނެލުމުން ސުމާ މާޒިންގެ ގައިގާ ޖެހިއެވެ.. “އަޅުގަނޑު ބޭނުން ލިބުނު މި އެއް ހަފްތާ ގެ ބޭނުން ރަނގަޅަށް ހިފާލަން.. ޔަނާ ވަރަށް ތަޅުވާލަން… ބޭރުފުށުން ކިތަންމެ އަޅުގަނޑު ދެކެ ރުޅިއަންނަކަމަށް ހަދާލިޔަސް އެއަށްވުރެ މާ ބޮޑަށް ލޯބިވާކަން އިނގޭ…. އެންމެ ޓަޗަކުންވެސް އޭނާ ވިރޭނެ…” ޔާއިން ބުންޏެވެ. “އާނ އެހެންވީމަ ބައްޕައާއި މަންމަ ތިބެންވީ ހަމަ ޗުއްޕު ވެގެން ދޯ… ސޯ މަގޭ ދޮށީ ދަރިފުޅާ.. ގުޑް ލަކް ވިދް ޔުއަރ މިޝަން..” މާޒިން އެހެން ބުނުމުން ޔާއިން ޝުކުރުއަދާކުރިއެވެ. އެވަގުތު ހީވީ މުޅި ކައިނާތު އޭނާއަށް ލިބުނުހެންނެވެ. ސުމާވެސް މާޒިންގެ ކަރުގައި އޮޅުލައިގަތީ އުފަލުންނެވެ.

…..

ޔައިނާ ސައިބޯން އާއިރު އެންމެންވެސް ތިއްބެވެ. އޭނާ ވަރަށް ނޫންކަމަށްހަދާފައި އިރު އިރުކޮޅާ ޔާއިންއަށް ބަލައިލަނީ ރޭ އެ ފެނުނު ހުވަފެނެއްގެ ކަންތަށް ސިފަވާތީއެވެ. “ޔަނާ! މިއަދު ނުދައްޗޭ ހޮސްޕިޓަލަށް… މަންމައަށް ރަނގަޅީ ހަފްތާއެއް ވަރު މަޑުކުރިއްޔާ……” ސުމާ ބުންޏެވެ. “ދެން އެކަމް މަންމާ! އަޅުގަނޑު އެހާވެސް ބައްޔެއް ނޫނޭ….” ޔައިނާ ދެކޮޅުހެދިއެވެ. “ޔަނާ! މަންމަ ބުނީމަ ބުނާގޮތް ހަދާލަންވީނު.. ޔަނާއަށް ރަނގަޅަކަށޭ އެހެން އެ ބުނީ..” މާޒިން އެހެން ބުނުމުން ޔައިނާ އޯކޭ އޭ ބުނެލީ ފޫހި ރާގެއްގައެވެ. “ޔާންވެސް ވީނު ދެން މި ޗާންސްގައި ޗުއްޓީއެއް ނަގަން… ޔާންވެސް ވާނެޔޭ ބްރޭކްއެއް ނަގަން..” މާޒިން ބުންޏެވެ. ޔައިނާ ޔާއިންއަށް ބަލައިލިއެވެ. ޔާއިން ފޫހިގޮތަކަށް މޫނުމައްޗަށް ހަދާލިގޮތުންވެސް ދާން ބޭނުންވާކަން ހާމަވިއެވެ. ނަމަވެސް ޔާއިން ކުރާނީ މާޒިން ބުނާ ކަންތަށް ވިއްޔާއޭ ޔައިނާ ހިތާހިތުން ކިޔަންފެށިއެވެ.. “އޭޒް ޔޫ ވިޝް ޑޭޑް..” ޔާއިން ބުނުމުން. ޔައިނާ ތުން އަނބުރާލިއެވެ. “އެކަމް މިރޭ ޑިއުޓީ ނިންމާފައި ޗުއްޓީއެއް ނަގާނީ… ރޭވެސް ކުޑަ އެމަރޖެންސީއެއް ވެގެން ދާން ޖެހުނޭ…..” ޔާއިން އެހެން ބުނުމުން ސުމާ އައި މާޒިން ހީލީ އެއީ ޔައިނާ ހައްދާލަން ބުނި އެއްޗެއްކަން އިނގޭތީއެވެ.

……

12ޖަހާ ކަށް ހާއިރު ޔައިނާ ކޮޓަރިން ނިކުތެވެ. ރޭ އެފެނުނު އާދަޔާ ހިލާފް ހުވަފެނާއި މެދު ވިސްނަމުން ޔައިނާ ޓެރެހަށް އެރިއެވެ. “ހާދަ ފޫހިވެޔޭ….އެކަމް ހަމަ ހީވަނީ ތެދެއްހެން..” ޔައިނާ އަމިއްލަ އަމިއްލައާއި ވާހަކަދައްކަމުން ގޮސް ރެއިލިންގައި އަތް އެޅިއެވެ. ޔައިނާ އަންނާނެކަން އިނގި އޭނާގެ އިންތިޒާރުގައި އިން ޔާއިންގެ އިންތިޒާރު ނިމުމަކަށް އައީއެވެ.. މިހާރު މި ލޯބީގެ މެދަކު އެއްވެސް ހުރަހެއްނެތެވެ. ކުރިމަތިން އެ ފެންނަނީ އޭނާގެ ރާނީއެވެ. އެއްވެސް ޖެހިލުމަކާއި ނުލާ އޭނާ މިލްކު ކުރެވޭނެއެވެ. ޔާއިން ލައްގަނެގެން އިން ފާރު ކައިރިން ތެދުވެ ޔައިނާއާއި ދިމާލަށް ހިނގައިގަތެވެ.

“ބޭބީ އަންނަންދެން މި އިނީ އިންތިޒާރުގައި..” ޔައިނާ ސިހުނީ އޭނާއާއި ދާދި ކައިރިން ޔާއިންފެނުމުންނެވެ. އެ ބުނި ޖުމްލައިން އިތުރަށް އޭނާ ސިހުނެވެ. ގައިމުވެސް ޔާއިން ވީ ހޮސްޕިޓަލުގައެވެ. އަދިވެސް އޭނާ ނާންނަކަން ޔައިނާއަށް އިނގެނީ ރޭގަނޑު ކާން އިނދެފައި ސުމާ ޔާއިން އަންނާނީ 4 ޖަހާއިރުކަމަށް ބުނީމައެވެ. ދެން ކުރިމަތީ މިހިރީ ކާކުބާއެވެ؟ އަނެއްކާ އެ ބުނީވެސް ޔާއިން ނުވެސް ބުނާނެކަހަލަ ޖުމްލައެކެވެ. ޔައިނާ ބިރުގަތެވެ. ވަރަށް ބޮޑަށް ބިރުގަތެވެ. މިތާ އަނދިރީގައި އިނދެ އިނދެ ޖިންނި އަވަލީއޭ ހިތަށް އަރާފައި އޭނާ ބިރުން ރެއިލިން އާއި ދުރަށްޖެހުނެވެ. “ތީ ކާކު؟؟” ޔައިނާ ބުނެލީ ތުރު ތުރު އަޅާ ހާލުގައެވެ. “މީ ޔައިނާ ލޯބިވާ ޔާއިންއެއްނު..” ޔައިނާ ބިރުގަތީކަން އިނގި ޔާއިން ކައިރިއަށް ހިނިވެސް އައެވެ. “ނޫން.. ޔާއިން ތިހެންނެއް ނޫޅޭނެ… ތީ ޔާއިން އެއް ނޫން…” ޔައިނާ ބުންޏެވެ. އެހެން ބުނެފައި އޭނާ ދުއްވައިގަތީ ޔާއިން އިތުރު އެއްޗެއް ބުނުމުގެ ފުރުސަތުވެސް ނުދީއެވެ. އެވަރަށް އޭނާ ތަޅުވަން ބޭނުންނުވިޔަސް ޔާއިންއަށް ވީ މަޖާކަމަކަށެވެ. ފަހުން އޭނާ އުފާވާނެކަން ޔާއިންއަށް އިނގެއެވެ.

…..

ދެރޭވެގެން ދިޔައިރުވެސް ޔައިނާ ޓެރެހަކަށް ނާދެއެވެ. ތިންވަނަރެއެވެ. ޔާއިން ޓެރެހުގައި ކޮފީތަށްޓެއް ހިފައިގެން އޭނާގެ އިންތިޒާރުގައި ހުރިނަމަވެސް ޔައިނާގެ ހަބަރެއްނުވިއެވެ. ދެން އިތުރަށް ޔައިނާއަށް އުނދަގޫކުރަން ބޭނުންނުވީއެވެ. އެ ހިތްވެސް ޔައިނާއަށް ތެދު އަންގަން ތެޅި ފޮޅެނީއެވެ. އެއްވެސް ބިރަކާއި ނުލާ ޔައިނާ ދެކެ ވާ ލޯބި ހާމަކުރަން ބޭނުންވަނީއެވެ. އެރޭ ގޮތަށް އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލަން ބޭޤަރާރުވަނީއެވެ. މި ދެދުވަހު ޔައިނާ ޔާއިންއަށް ބަލަނީވެސް ވަރަށް އެހެންކަހަލަ ގޮތަކަށެވެ. މިރޭ ޔާއިން ބޭނުންވީ ކޮންމެ ގޮތެއް ހަދާފައިވެސް ޔައިނާ އަށް ތެދުއަންގާށެވެ. އަދި އެދެލޯބީގެ މެދުގައިވާ ފާރު ފުނޑިއްޖެކަން ހާމަކުރާށެވެ..

ޔާއިން ކޮފީތަށި ހުސްކޮށްލާފައި ފަހަތަށް އެނބުރުނު އިރު ދޮރުމަތީ ޔައިނާ ހުރިތަން ފެނުނެވެ. ޔާއިން ބަލާލުމުން ޔައިނާ ދެލޯ ބޮޑުވިކަން އޭނާއަށް އިނގުނެވެ. ހީވީ ބިރެއްފެނުނު ހެންނެވެ. “ކިހިނެއްވީ؟” ޔާއިން އަހާލީ އާދައިގެ ގޮތަކަށެވެ. ޔައިނާ އެއްޗެއް ނުބުނެ ފަސްއެނބުރުނެވެ. “މަޑުކޮށްބަލަ ބޭސް ކެއީތަ؟” ޔާއިން އަހާލުމުން ޔައިނާ ހުމްމް އޭ ބުންޏެވެ. ” މި ތަށި ގެންގޮސްދެވިދާނެތަ ބަދިގެއަށް؟” ޔާއިން ޔައިނާ އޭނާ ކައިރިއަށް ގެންނަން ވެގެން ބުންޏެވެ. ޔައިނާ ފަސްއެނބުރި ޔާއިންއަށް ބަލައިލިއެވެ. “ތީ ކާކު؟؟” ޔައިނާ އެހިއެވެ. “އަމްމް.. ޔާއިން… ކިހިނެއްވީ؟ ކާކުކަމައްތަ؟ ޔައިނާ އެހެން ކުއްޖެއް މިތާ ބަހައްޓައިގެންތަ ތިހެން ތިބުނީ؟ ” ޔާއިން ހަމަޖެހޭ ގޮތް ދައްކަމުން ބުންޏަސް އޭނާ ހުރީ ހިނިގަނޑު ހިފަހައްޓާލައިގެންނެވެ. “ނުކުރާނަން ގަބޫލެއް… ފުރަތަމަ އައޫޒު ކިޔާ… ދެން ކުރުސި ކިޔާ….” ޔައިނާ އެ ހުރިގޮތަށް ހުރެ ބުންޏެވެ. “ތަށި ގެންދަން ބޭނުން ނުވަންޏާ ބުނެވޭނެ ދޯ ތިހާ ބަހަނާ ނުދައްކަ..” ޔާއިން ބުނެލީ ޔައިނާ އެހެން ބުނީމާ އަންނާނެކަން އިނގޭތީއެވެ.

އެ ޖުމްލައާއި އެކު ޔައިނާއަށް އެއީ ޔާއިންކަން އިނގުނެވެ. އޭނާ ފުން ނޭވައެއް ދޫކޮށްލުމަށްފަހު ހިނގައިގަތެވެ. ނަމަވެސް ކުރުސި ކިޔައިލުމަށްފަހުގައެވެ. ޖިންނިންގެ ގޮތެއް ނޭނގޭނެއެވެ. ޔައިނާ ޔާއިން އާއި ކައިރިވާ ވަރަކަށް ޔާއިންގެ ހިތް އަވަސްވެއެވެ. އެ ދެމެދުގައި އެޅިފައިވާ ފާރެއް މިހާރު ޔާއިންއަކަށް ނުފެނެއެވެ. ޔާއިން ޖޯޑު ދިއްކޮށްލުމުން ޔައިނާ އޭގައި ހިފެހެއްޓިއެވެ..

“ޔަނާ… ވާހަކައެއް ބުނަންތަ؟” ޔާއިން ބުނެލީ ޔައިނާ ޖޯޑާއި އެކު ހިނގައިގަންނަން އުޅުމުންނެވެ. ޔައިނާ އެއްޗެއް ނުބުނެ އެ ހުރިގޮތަށް ހުއްޓެވެ. “އައި ލަވް ޔޫ…” ފުން ނޭވައެއް ލުމަށްފަހު ޔާއިން ބުނެލީ ސިދާ ޔައިނާގެ ލޮލަށް ބަލަހައްޓައިގެން ހުރެއެވެ. ޔައިނާ ފަހަތަށް ޖެހުނެވެ. “ތީ ޔާއިންއެއް ނޫން..” ޔައިނާ ބުންޏެވެ. “މީ ޔާއިންއޭ.. ކީއްކޮށްދެންވީ މަގޭ ޖާނުގަނޑަށް މީ ޔާއިންކަން ޔަޤީންކޮށްދެން؟” ޔާއިން ބުންޏެވެ. “ޔާއިން ތިހެންނެއް ނޫޅޭނެ… ޔާއިން ކިތަންމެ ލޯބިވިޔަސް އޭނާ މޫނު އަނބުރާލީ ފަހަތަށް ބަލާކަށެއް ނޫން…” ޔައިނާ ބުނެލީ ފަހަރަކު ފިޔަވަޅެއް ފަހަތަށް އަޅަމުންނެވެ. އޭރުވެސް އޭނާ ބަލަމުން ދިޔައީ ޔާއިންގެ މޫނަށެވެ.

“ޔަނާ ދުވަހަކުވެސް އަހަރެން ދެކެ ލޯބިވިއްޔާ ހުރިތާ ހުރޭ..!” ޔައިނާ ގޮސްދާނެތީ ޔާއިން އެހެން ބުނެލުމާއި އެކު ވަގުތުން ޔައިނާ ހުއްޓުނެވެ. “ކީއްކޮށްދެންވީ މީ ޔާއިންކަން ޔަޤީންކޮށްދެން؟ ތިންރޭ ކުރިންވެސް މިތާހުރީ އިތުރު މީހެއްނޫނޭ.. އަހަރެން..  ޔަނާ ހީކޮށްގެން ތިއުޅެނީ ޖިންނިއެއްކަމަށްތަ؟ އޭގެ އެއްރޭ ކުރިން ޔައިނާ މިދެއަތު ތެރޭ ބާއްވައިގެން ނިންދެވީ….. ލޯބިވާ ވާހަކަ ފުރަތަމަ ފަހަރަށް ބުނީ… ޔައިނާ ގެ ކަރުނަތަށް ފޮހެދިނީ… ޔަނާ! ހެނދުނު މަންމަ އަހަރެން ހޮސްޕިޓަލަށް ދިޔައޭ ބުނީ ޔަނާއަށް އެއީ ހުވަފެނެއްކަން ޔަޤީންކޮށްދެން ވެގެން… މަންމަ އަށް އިނގޭ ޔަނާ އާއި އަހަރެން ދޭތެރޭ ކުޑަކަމެއް ހިނގިކަން… އެން ޔަނާ ކައިރި އެރޭ ހުރީ ބުނަން އެވާހަކަ އެކަމް ޔަނާ ދިޔައީނު، ދެން ދެރޭ ނުވެސް އާދޭ.. އެރޭވެސް މަންމަ އެހެންބުނީކީ އަހަރެން ހޮސްޕިޓަލަށް ދާތީކީ ނޫނޭ.. އަހަރެން ބުނީ އެހެން ބުނާށޭ…. ބޭނުންވީ ޔަނާ ތަޅުވާލަން… އެކަމް ދެން ނުވާނެ….. މާ ބޮޑަށް ކެތެއް ދެންނުކުރެވޭނެ… ބޭބީ އައި ލަވް ޔޫ…. ވަރަށް ބޮޑަށް… ޕްލީސް…. އާދެބަ…”

ޔާއިން ބުނެލީ ދެއަތް ޔައިނާއަށް ޓަކައި ހުޅުވައިދެމުންނެވެ. އޭރު ޔައިނާގެ ދެލޮލުގައި ވަނީ ކަރުނައެވެ. “ނޫން…. ތީ ހުސް ދޮގު… ޔާއިން ކީއްކުރަން އެ ހުރިހާ ދޮގުތަކެއް މަންމަ ލައްވުވާ ހަދުވަންވީކީ؟؟ ޔާއިން އެހެންނެއް ނުހަދާނެ… ޔާއިން ބައްޕަ ދެރަވާކަހަލަ ކަމެއް ނުކުރާނެ… ތި ޔާއިން އެއްނޫން…” ދެންވެސް ޔައިނާ ގަބޫލުކުރާކަށް ބޭނުމެއްނުވިއެވެ. އޭނާ ޖޯޑު ހުރިތަނުގައި ބަހައްޓާފައި ދުއްވައިގަތެވެ. ޔާއިން ނިތްކުރިމަތީ ޖަހާލުމަށްފަހު ޖޯޑު ހިފައިގެން ޓެރެހުން ފޭބިއެވެ. އޭރު ޔައިނާ ބަން ކިޔާފައި އޭނާގެ ކޮޓަރި ދޮރު ލެއްޕިއެވެ. ޔާއިން ޖޯޑް ތަނަކު ބޭންދުމަށްފަހު ޔައިނާ ކޮޓަރި ދޮރުމަތީ މަޑުކުރިއެވެ. “ޔަނާ! އަޅެ ހަމަ އަސްލުކޮށްވެސް އޭ.. ގަބޫލުކޮށްބަލަ.. އެންމެ ކުޑަމިނުން އެއްފަހަރު ވާހަކަ އަޑުއެހިދާނެއެއްނު…” ޔާއިން ދޮރުގައި ޖަހާލަމުން ބުނެލީ ވަރަށް މަޑުންނެވެ.

އެވަގުތު ޔައިނާ ޔާއިންގެ ފޯނަށް ގުޅިއެވެ ޔާއިން ކައިރިއަށް ހިނިއައެވެ.  އެ ގުޅީ ޔާއިން ފަރާތުން ޔަޤީންކަމެއް ހޯދާށެވެ. ވައިބްރޭޓް ވަމުން ދިޔަ ފޯނަށް ބަލަހައްޓައިގެން ހުރެ އޭނާ ފޯނު ނެގިއެވެ. ޔާއިން ތަންކޮޅެއް ބޮޑަށް ކޮޓަރިއާއި ދުރަށްޖެހުނެވެ. “ހަލޯ؟” ޔާއިން ބުނެލީ އެކޮޅުން ވާހަކަ ދެއްކި އަޑު ނީވޭތީއެވެ. އޭރު ޔައިނާ ފުން ނޭވާތަކެއް ލަމުންދާ އަޑު ޔާއިންއަށް އިވެއެވެ. “ކޮންތާކު ތިހިރީ…؟؟” ޔައިނާ އިރުކޮޅަކުން އެހެން ބުނެލިއަޑުއިވުނެވެ. “ޔައިނާގެ ކޮޓަރި ކުރިމަތީގަ މިހުރީ.. ގަބޫލުކުރޭ ޔަނާ.. އިޓްސް މީއޭ… އެޓްލީސްޓް ދައްކާ ވާހަކަ އަޑު…….” ޔާއިން ދައްކަމުން ދިޔަ ވާހަކަ މެދުކެނޑުނީ ޔައިނާ ފޯނު ކަނޑާލުމުންނެވެ. ޔައިނާ މަޑުމަޑުން ދޮރު ހުޅުވިއެވެ. ޔާއިން ހިނިތުންވެލާފައި ފޯނު ދައްކާލަމުން ކުރިއަށް ފިޔަވަޅެއް އެޅިއެވެ. “މަޑުކުރޭ!” ޔައިނާ އެހެން ބުނުމާއި އެކު ވަގުތުން ޔާއިން ހުއްޓުނެވެ. “އައޫޒް ކިޔާ.. ކުރުސި ކިޔާ.. ނާސި ސޫރަތް ކިޔާ..” ޔައިނާ ބުންޏެވެ. ޔާއިން އެތާ ހުރެގެން އައޫޒް އާއި ކުރުސި އަދި ނާސި ސޫރަތްވެސް ކިޔައި ނިންމިއެވެ.

“އޯކޭ؟” ޔާއިން އެހިއެވެ.. ޔައިނާ ސުވާލުގެ ނަޒަރަކުން ޔާއިންއަށް ބަލަހައްޓައިގެން ހުއްޓެވެ. “އެޓްލީސްޓް ލިސަން ޓު މީ ބޭބީ…” ޔާއިން ބުންޏެވެ. “އެތާ ހުރެގެން ހެދީ ހުސް ތެދުތަ؟ އެއީ ހުވަފެނެއް ނޫންތަ؟” ޔައިނާ އެހުމުން ޔާއިން އާއެކޭ ބުންޏެވެ. “ދެން ތި ހުރިހާ ކަމެއް ކުރުމުގެ ބޭނުމަކީ ކޮބާ؟ ބައްޕަގެ ލޯބިވާ ދޮށީ ދަރިފުޅު ނޫޅޭނެ ތިހެންނެއް…” ޔައިނާ އެހެން ބުނެފައި ބާރަކަށް ދޮރު ޖެހިއެވެ. ޔާއިން ނިތްކުރިމަތީ އަތުން ޖެހިއެވެ. ބައްޕަ ބުނާހެން ޔައިނާ ރުއްސަން ޖެހޭނީ ލޯބިންނެވެ. ޔައިނާގެ ގޮތް އިނގޭތީ ޔާއިން މިރޭވެސް ހިތަށް ގާބުރިއެއްލައިގެން ކޮޓަރިއަށް ވަނެވެ. އޭނާ ހުރީ ކެތްމަދުވެފައެވެ. މާދަން ރޭ ޔައިނާ ރުއްސާނީ ލޯބިންކަން ހިތުލައިގެންނެވެ.

ޔައިނާ އެ ދުވަހު މުޅިންހެން ހޭދަކުރީ ޔާއިން ގެ ކުރިމައްޗަށް ނާރާވޭތޯއެވެ. ހިތުގައި ސުވާލު އުފެދުނީ އެ ހުރިހާ ކަމެއް ކުރުމުގެ ބޭނުމަކީ ކޮބައިކަމާއި މެދުގައެވެ. ލޯބި ވަގުތުކޮޅެއް ހޭދަކުރުމަށްފަހު ހުވަފެނެއްކަން ޔަޤީންކޮށްދީ އަނެއްކާ ފަހުން ލޯބިވެޔޭ ބުނެ ހަޤީޤަތް ކިޔައިދިނުމުގެ ބޭނުމަކީ ކޮބައިބާއެވެ؟

…………

ދުވަސްތަށް އެ ގޮތުގައި ހޭދަކުރެވިގެން ދިޔައީ ބަލަބަލަ ހުއްޓައެވެ. ޔައިނާ ޔާއިން ދައްކާ ވާހަކައަޑު ނާހާއިރު ވާހަކަދައްކާލަން ފުރުސަތުވެސް ނުދެއެވެ. މިރެއަކީ މާޒިން ޔާއިންއަށް ދިން އެއް ހަފްތާ ނިމޭ ދުވަހެވެ، އިޝާ ނަމާދުކޮށްލުމަށްފަހު ޔައިނާ ބޭރަށް ނިކުތެވެ. ސުމާވެސް އަދި މާޒިންވެސް ފެންނާކަށް ނެތެވެ. ޔައިނާ ގޮސް ޔާއިލްގެ ކޮޓަރި ބަލާލިއިރު އޭނާ އިނީ ފިލާވަޅު ހަދާށެވެ. “ޔާލް، މަމް މެން ދިޔައީތަ؟” ޔައިނާ އެހިއެވެ.. “ޔެސް ދޮންތީ…! މަމް އަދި ޑޭޑް ވެސް ވީ ގޮސް.. އަޅުގަނޑު ކައިރި ބުނި ކައިގެން ނިދާށޭ، މަމް މެންނަށް އާދެވޭނީ ދަންވަރު ހާއިރު އޯ…” ޔާއިލް ޖަވާބު ދިނެވެ. މިލައްވާލީ ރަނގަޅު ފުރުސަތެކޭ ހިތާ ޔައިނާ އޯކޭ އޭ ބުނެފައި އަވަހަށް ގެއިން ނިކުތެވެ. އޭރު ޔާއިންވެސް ފެންނާކަށް ނެތެވެ.

ޔައިނާ ގޮސް ރެސްޓޯރެންޓަކަށް ވަދެ ކައިގެން މާލޭގެ އެކި ފިހާރަތަކަށް ވަންނަމުން ދިޔައެވެ. ހިނގާ ހިނގާ އޭނާ ވަރުބަލިވެސް ނުވާފަދައެވެ. މި ފުރުސަތުގައި އޭނާ އައު އަންނައުނުވެސް ގަންނަން ލިބުނީއެވެ. ގެއަށް ދާނީ ދަންވަރުގައޭ ޔައިނާ ހިތާހިތުން ބުނެލި. ނަމަވެސް އެ ހުރިހާ އިރު ކުރާނެކަމެއް ނޭނގުނެވެ. ފިހާރަތެރެއެއްގައި ހުރި ހެދުމެއް ބަލަން ހުއްޓާ ޔައިނާ ސިހުނީ ފޯނު ރިންގްވުމުންނެވެ. ބަލާލިއިރު އެއީ ޔާއިންއެވެ. ޔައިނާ ފޯނު އޮފްކުރިއެވެ. ދެން އިތުރަށް ގުޅާނެ ގޮތެއް ނޯންނާނެ ނޫންހެއްޔެވެ.

ޔައިނާ ފިހާރަކޮށް ނިންމާލުމަށްފަހު ރާޅުގަނޑު ސަރަހައްދު ކައިރި މަޑުކުރިއެވެ. އަދި ފާރު ބުރިމަތީ ގަތް އެއްޗެހީގެ ކޮތަޅު ތަކާއި އެކު އިށީނެވެ. އޭރު ފިހާރަތަށް ބަންދުވެސްކޮށްފިއެވެ. އެވަގުތު ފިނި ފިނި ވައި ރޯޅިއެއް ޖެހުނެވެ. ޔައިނާ މުޅި ތަނަށް ނަޒަރު ހިންގާލިއެވެ.. ރާޅު ޖަހާ އަޑާއި އެކު އިވިގެން ދަނީ ކައިރި ގެއަކުން ޖަހާފައި ހުރި ލަވައެކެވެ. ޔައިނާ އެތަށް އިރަކު އެތަނުގެ މަސްތުގައި ޖެހިފައި އިނީ ގެއަށްވެސް ދާން ބޭނުންނުވެފައެވެ. ކުއްލިއަކަށް ޔައިނާ ސިހުނީ މީހަކު ފަހަތުން އައިސް އޭނާގެ އަތުގެ މުލައްދަނޑީގައި ހިފާލަމުން ފަހަތަށް އަނބުރާލުމުންނެވެ. ޔައިނާ ދެލޯ ވެސް ބޮޑުވިއެވެ.

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ryn

100 Stories10 Stories1K Comments500 Comments100 Comments100 Login

Hello! I love reading stories and writing obv. I hope my stories will make you happy. Don't forget that reading is what gives you more knowledge about the world. Don't stop reading. Visit my facebook page RYN'S stories. Thankyou

Other Articles

Previous

ދަ ލެޖެންޑްރީ ވޯރިއާރސް (2 ވަނަ ބައި)

Next

އެއީ ކީއްވެ….؟ 10 ވަނަ ބައި

Next
March 20, 2017

އެއީ ކީއްވެ….؟ 10 ވަނަ ބައި

Previews
March 20, 2017

ދަ ލެޖެންޑްރީ ވޯރިއާރސް (2 ވަނަ ބައި)

90 Comments!

  1. Fathey says:
    March 20, 2017 at 2:08 pm

    first mee oo

  2. Eyra says:
    March 20, 2017 at 2:09 pm

    Wow Ryn
    Varah varah rythi
    Waitn 4 next part

  3. jookool says:
    March 20, 2017 at 2:23 pm

    haasaru bondi is back

  4. luboo says:
    March 20, 2017 at 2:24 pm

    vvvvvvvv reeeethi ryn alhe konirakun next part……………

  5. sooo says:
    March 20, 2017 at 2:28 pm

    Alhey aneh part thankolhe avas kohlah dbybalaa plx.. V v rythi.

  6. Meesh says:
    March 20, 2017 at 2:28 pm

    Maadhama dho dhen aneh part v reethi

  7. r says:
    March 20, 2017 at 2:33 pm

    Varah reethi kon irakun mivaahakaige next part nikunnanee kon irakun?

  8. Ely says:
    March 20, 2017 at 2:37 pm

    Mailo thashi giraafa milk thashitha boney

    1. Mine says:
      March 20, 2017 at 3:55 pm

      Saaabas..Kuda kuda mistake eh inas balaaathi..insaaanekey vaaahaka liyani.. Mistake eh vs indedaaane..Asl vs u r disgusting..Ely yo dehn maaa vefa

    2. Ely says:
      March 21, 2017 at 1:29 pm

      Liyefa othiyyaa vaaney liyefa oiy kamah thiheh comment kuriyas aharemen liyan beynun ehcheh liyaanan . mine are you jelous. Aharen saabithukohdheyfaanah Ryn ah dhivehibahuge gavaidhu neygeykan.

  9. Ryn ge fan says:
    March 20, 2017 at 2:40 pm

    Thank god vaahaka avahah nimen ulhey kan!!

  10. zahu says:
    March 20, 2017 at 3:03 pm

    HAHAHAHHAHA the sifakurun is epic. heevany kuda kujjaku liyefa oi vahaka eh hen.

    1. Chum handi says:
      March 20, 2017 at 5:18 pm

      *** This Comment has been removed due to violation of Esfiya rules. ***

    2. Bleh says:
      March 20, 2017 at 7:04 pm

      Asluves… ryn ge vaahakathakuge concept kithamme rychchas sifakurumaa ehen baithakah dheveyny hama 3/10

    3. hello Hola hi hey(HHHH) says:
      March 20, 2017 at 8:25 pm

      Hadi echehi nukiyabala chum handi…ehenoonas zahu buNY the Dhu vaahakaeh…

    4. Chum handi says:
      March 20, 2017 at 9:50 pm

      ok hadi ehchis eh nukiyaanan…. but let me tell you… Ryn is a good writer…. and her story is awesome… as a reader and her one of the number one fan I’ll defend her kk…..

    5. hello Hola hi hey(HHHH) says:
      March 20, 2017 at 11:12 pm

      Negative comment ah reply nukuriyaam ragaluvanyy….anyway her stry is fake

    6. Lieutenant says:
      March 21, 2017 at 1:50 am

      Chum handi… Kk stands for kalhuthukalaa koshi.. Mndf ge ge marukazakaa thigothah nubehechey…

    7. Lieutenant says:
      March 21, 2017 at 2:05 am

      And also her story is not good she needs improvement in the concept plus sifakurun.. As some readers says it is haasaru… So chum handi, don’t be a baby and face the reality.. U might be ryn’s biggest fan, but ryn’s biggest fan has to point out mistakes and let her correct it not totally defend her so she might ( most people will duh) think she is the best writer.. So u might wanna think twice before uo say anything (I am really mad that u wrote kk just like that) oh and u r not the admin to comment like that.. One more thing , I can hajam , because my digestive system has not failed yet thank u very much.. U wanna know my age before u reply back? 14 (dude I m serious)

    8. nyR says:
      March 21, 2017 at 10:32 am

      Number ONE FAN!!!
      Uh big deal?
      Any way i think chum handi ge digestive system has a problem, cuz you can stand when we show ryn her mistakes!!!
      Go to the doctor ASAP

    9. Ely says:
      March 21, 2017 at 1:36 pm

      Mi chum handi men thibeny abadhuves Ryn goanifulah laafa ehenve Ryn noolhey liyun ragalhukuraakahves. Aslu vaagothakey e’ey.

  11. kiya says:
    March 20, 2017 at 3:07 pm

    Wow ryn vvv salhi story

  12. aira says:
    March 20, 2017 at 3:07 pm

    dhen maa hasaru dhigu nukoh nimmaba mi vahaka, very boring maa haasaru dhamanya

    1. Raii handi says:
      March 20, 2017 at 9:23 pm

      U call it haasaru
      We call it suspense
      😉
      Keep it up ryn ❤

    2. Lieutenant says:
      March 21, 2017 at 2:12 am

      Handis.. Why can’t you face the reality… Mi site ga majaa kuran thibey baeh thi ryn ah support dheykah nun.

    3. nyR says:
      March 21, 2017 at 10:34 am

      You stupid handis are killing ryn than supporting!!
      Uh! Get real!!!!

  13. Shiu says:
    March 20, 2017 at 3:09 pm

    Ryn when next part
    Plz wait kuran nujassa up koddhyba

  14. niky says:
    March 20, 2017 at 3:10 pm

    V vvvvvvvvv reethi mi part ..waiting next part..

  15. imagination says:
    March 20, 2017 at 3:10 pm

    ahhah…yainaa dhw.. mihaaru heehee varubali vehjje.. story v majaa n salhi

  16. Nava says:
    March 20, 2017 at 3:11 pm

    Skimming and scanning through the story made me realize that this is all haasaru. :@

  17. Naxy says:
    March 20, 2017 at 3:15 pm

    Hmmmmm hmmm… anehkaa kaakubaa????????… kon irakun next part… avass koh up kohdhehchey
    . Good luck?

  18. mau says:
    March 20, 2017 at 3:26 pm

    Alhey haadha reehchey mi part vx… Ryn next part thankolheh avahah up kohladhyba… Kiaahithun nuves hurevey… Vvvvv reeeethi…… Meehun kiaaehchehi adunaahaathi please keep it up?????

  19. Manaal says:
    March 20, 2017 at 3:44 pm

    Alhey haadha reehchey mi part vx…..ryn next part thankolheh avahah up kohladheeba..pleas…

    1. Nava says:
      March 21, 2017 at 11:17 am

      alhey mau and manaal same comment dho.. alhey dhen ekaku dhe namehga dho miothy comment koffa alhey…

  20. Sama sabto says:
    March 20, 2017 at 3:53 pm

    Varah varah reethi… Kaakubaaa eii?

  21. Maahy says:
    March 20, 2017 at 4:07 pm

    V salhi
    Konirakun next part?

  22. Eesh says:
    March 20, 2017 at 4:22 pm

    Eii ekkala paatey dho? thankolheh kurin yaina aai alhaiganegen ulhunu

  23. Thaa says:
    March 20, 2017 at 4:25 pm

    Hayaathugaa kiyunu enme reethi vashaka thanx ryn waiting for next part

  24. Mau says:
    March 20, 2017 at 4:31 pm

    Varah reethi waiting next part

  25. Anonymous says:
    March 20, 2017 at 4:35 pm

    vvvv majaa yanaa ulhey goi..

  26. Binthi says:
    March 20, 2017 at 4:52 pm

    Mirey adhi eh part genesdheebala.. V curious.. V v v v v v v nice mi part ves.. Love you ryn..

  27. names says:
    March 20, 2017 at 5:04 pm

    Hama jaimu ves yaain eh noon dhow…. jumaah aeee… story vvvvvvvvvv reethi…. keep it upp…. ?

  28. Ish says:
    March 20, 2017 at 5:08 pm

    “Emme touch akun okay vaane” mamma aa bappa kairi bunan hadi vaahaka eh dho. E meehun heelan

    1. Lydia says:
      March 20, 2017 at 7:07 pm

      True, hama mihen comment kuran ulhuny…

    2. Void Stiles says:
      March 20, 2017 at 11:55 pm

      Hei lydia martin.. The banshee girl..

    3. nyR says:
      March 21, 2017 at 10:36 am

      OMG!!
      Teen wolf is in the air!!!

  29. Lai says:
    March 20, 2017 at 5:26 pm

    I think its jumaah or yaain mi part ves vv reethi v kiyaa hithun indha nimuny waiting for the next part

  30. Liz says:
    March 20, 2017 at 5:30 pm

    mivaahakaiga dhivehi bas beynun kurummugai v Gina massalathah hunnakan faahaga kurevey.dhivehi bahun liyaanama dhivehi bas ragalhah beynun kurun v muhinmu kamah gabool kurevey.

    1. Suggestion says:
      March 20, 2017 at 7:13 pm

      Asluvs
      Ryn dhivehi vaahakaige badhalugai ingireysi vaahaka liyan feney…. eyrun hyvany varah hit vaane hen

    2. dhivehi fahulavaanu says:
      March 20, 2017 at 9:29 pm

      Why cant u tell her at least five varakah mistake frm this part??

    3. nyR says:
      March 21, 2017 at 10:38 am

      Poor dhivehi fahulavaanu?
      You also cant speak in dhivehi?

  31. Kaai says:
    March 20, 2017 at 6:15 pm

    #haasaru
    Pls stop giving bad messages and ways to commit bad things to community

  32. Kaai says:
    March 20, 2017 at 6:19 pm

    Miee dhn reehchah enme vaahaka ehvex liyan ingey myheh nonnn
    Hus haasaru ?

  33. Faathee says:
    March 20, 2017 at 6:20 pm

    V reethi. Avaha next part up kohla dheveyne tha? Kiyaa hithun inthizaaru ga

  34. Kaai says:
    March 20, 2017 at 6:26 pm

    Dhn eiee yaain dhn dhemyhun maa folhuvaanee dhn eyge aneh dhuvahu maaZin bunaanee emyhunge marriage ge vaahaka
    Dhn dhemyhun suprize vaany
    Ekam myhun nubai ehchehi kiyaanethee beyrah fonuvaalaanee dhemyhun
    And they live happily ever after ?
    Same shit
    Abadhu ehgothakah

  35. Aish says:
    March 20, 2017 at 7:12 pm

    Alhey vr reethi.madhan annepart upload kollaba plx plx

  36. haw shia shaba shi r says:
    March 20, 2017 at 7:23 pm

    Mashaa Allah v v v reethi mi part ves,keep it up,waiting for the next parts,nest part soon plx

  37. luboo says:
    March 20, 2017 at 8:19 pm

    vvvvvv reeeethi.next part konitakun

  38. hello Hola hi hey(HHHH) says:
    March 20, 2017 at 8:20 pm

    Eoh Gina vaahaka liyunuiruves adhIves improve eh nuvey…kudakujjaku liyaahen liyany???

  39. Saandy says:
    March 20, 2017 at 8:31 pm

    Yainaa ulhey gothun baeh faharu v foohivey… Anehbai faharu v hinives aadhey… Mi Maazinves mee v goiy neyngey meehehthaa… Dhefaharu ekahchekey nukiyaane… Vaahaka nimumakah annany dhw… Hope the ending will be great… Best of luck 🙂

    1. hello Hola hi hey(HHHH) says:
      March 20, 2017 at 8:36 pm

      SAndy haadhavarakah comment thi kuranyyyy point hoadhantha???

    2. Saandy says:
      March 21, 2017 at 2:54 am

      Saandy kurinves comment kuran… bixy vegen dhuvaskolhehge medhuken’dumeh aee… mihaaru anekkaaves free veema mi comment kuran feshy… ummeedhu kuran mikan olhifa thibi kudhinnah olhunfilaifi kamah

    3. R says:
      March 21, 2017 at 10:41 am

      Saandy why dont you teach ryn how to write a story

    4. Baby girl says:
      March 21, 2017 at 12:52 pm

      My god hello? What is wrong with you? Do you have any problems with saandy? Or saandy ge points ginavefa Level 4ga ulheythi aslu hajam nuvany dhw? I request admin to remove such commnts. hama zaathy gothun jahsaalaigen liyuntherin hiymaruvaa kahala commnt mi kurany eves ehn writer ehge story ah commnt kuryma. J viyas thidhen bodu varu.

    5. Baby girl says:
      March 21, 2017 at 12:54 pm

      My god hello? What is wrong with you? Do you have any problems with saandy? Or saandy ge points ginavefa Level 4ga ulheythi aslu hajam nuvany dhw? Mikahala commnt thah remove kohdheynama. hama zaathy gothun jahsaalaigen liyuntherin hiymaruvaa kahala commnt mi kurany eves ehn writer ehge story ah commnt kuryma. J viyas thidhen bodu varu.

    6. Y says:
      March 21, 2017 at 6:18 pm

      Boy!!! baby girl what is this between you and saandy!!!
      Saandy ey kiyaigen ehchekey kiyaairah hiyvaniy fookoluga alifaan rovegen ulheuhen?
      Thi dhen thanfukeh boduvaru

  40. Eyra says:
    March 20, 2017 at 8:58 pm

    Ryn aa haadha jassaalaafa ey baeh kiun thern miulheny
    Ryn thy hama best
    I like ur stories
    Emme molhu liunthernge ves hunnaane liumuge kuh
    Nd there are professionals whose stories are popular bt hadhisaa hama 0

    1. hello Hola hi hey(HHHH) says:
      March 20, 2017 at 11:08 pm

      vaahaka rangalha liyan neyngenyaam buneveynedhw

  41. ms says:
    March 20, 2017 at 9:03 pm

    miden fadu kiyas bodu varu thivaru meehun nukiya thibebala mihar kuhveri lobi nimunee den mi site ga mihar in enme salhi vahaka mee vv reethi

  42. zee says:
    March 20, 2017 at 9:22 pm

    mi vaahaka kamu nudhaa kudhin keehkurantha kiyanee thihaa kamu nudhan yaa… ryn ur the best..lurv ur stories ..keep it up… nd plz next part avahah up kohdheh chey ?

  43. Mary says:
    March 20, 2017 at 9:41 pm

    Konme meehakah ves beynunvaa echeh bunumuge haggu ovey dho… Ehenveema mivaahakayah faadu kiyumakun ehen meehun massala jassaakah nujehey…. E faadukiyunthah ran’galhah balaiganegen dhen ves rangalhu kureveynee dho…. Vaahaka reethi…. Ekam hama v baivaru mistakes thah ebahuttey buneveynee….. Gud luck nd waiting for the next part ……

  44. Glitzy ?? says:
    March 20, 2017 at 10:26 pm

    Yaina aky bas nahaa bodu drama queen eh ?

  45. im says:
    March 20, 2017 at 11:05 pm

    oh common she is just curies
    hurihaa liyuntharin liyaa vaahaka ves v.reethi
    and me story also nice i like it
    every one is not a perfect guy we all are humans we can do mistakes so it does not means that all readers should give a negetive comment just give her your supports
    and u ryn keep it up i appretiate your hard work good luck
    and by the way this is my first comment for this story i m waiting for next part

  46. Nooky says:
    March 20, 2017 at 11:13 pm

    Konirakun next part

  47. Eleesha ? says:
    March 20, 2017 at 11:16 pm

    Yaina is a doctor or mental patient……?????
    I am totally confused
    Vrh haasaru
    Mujthamah dheefaii vanee vrh goas msg eh…misaalakah mi vaahakaiga ebain bunefa amilla ah maru vanee eemaan theriikan netheema eh nooney…that is totally wrong… Ehenve gina in namaadhukoh quraan kiyavaa dua kuranvee… N mii vaahakaiga ehvzxx gothakah heyo amalu kuraa vaahakathakeh neh.! Misaalakah namaadhu.!
    Dhen anekkaa ehuree mom men kaireega dhakkaa vaahka emme touch akun set vàne vàhaka..
    N mamma bodu dhedharin kaireega nidhii vaahaka..evxx anhen kujjakaa firihen kujakkaa….BUT THAT IS OK FOR THEM
    Plxx dont argue with me.!this is view.!

    1. Kaai says:
      March 21, 2017 at 1:17 am

      And mamma dhekudhin kairi nidhi iru dhe dharin ulhunee ekaku anekakaa hithaa vegen
      WHat the what is this?

    2. Mashah fenna goiiii says:
      March 21, 2017 at 8:24 am

      Idea huttas dhynaa hilaafa v gina kanthah mivaahakaiga hurey
      Eii evaru ryn ah visnaanulevi liyevifa kamah ves vun ekashygen vey

    3. nyR says:
      March 21, 2017 at 10:49 am

      Totally true but you drop one point
      Brother and sisters unaccepteable love

  48. Eleesha ? says:
    March 20, 2017 at 11:17 pm

    Yaina is a doctor or mental patient……?????
    I am totally confused
    Vrh haasaru
    Mujthamah dheefaii vanee vrh goas msg eh…misaalakah mi vaahakaiga ebain bunefa amilla ah maru vanee eemaan theriikan netheema eh nooney…that is totally wrong… Ehenve gina in namaadhukoh quraan kiyavaa dua kuranvee… N mii vaahakaiga ehvzxx gothakah heyo amalu kuraa vaahakathakeh neh.! Misaalakah namaadhu.!
    Dhen anekkaa ehuree mom men kaireega dhakkaa vaahka emme touch akun set vàne vàhaka..
    N mamma bodu dhedharin kaireega nidhii vaahaka..evxx anhen kujjakaa firihen kujakkaa….BUT THAT IS OK FOR THEM
    Plxx dont argue with me.!this is view.! Gud night all

  49. Malika❤️ says:
    March 21, 2017 at 3:19 am

    story ge plot varah varah reethi. Ekm liyuntherikan improve kohlan jehey. Good luck.? Hoping that I can read the next part soon.
    Yaain and Yaina forever.?

  50. Shewish says:
    March 21, 2017 at 8:16 am

    Love koba
    Heyli gothah ves belin
    Duty ah ai gothah mibely
    Plz up koddhyba
    Ehen noony neyge miadhu work kureveyne kameh ves

  51. Good girl says:
    March 21, 2017 at 10:33 am

    Ahahaha dhen kuda kudhin liyaaagothah…auoooz kiyaa..bismi kiyaa…cant stop laughing ??

  52. Ayaani says:
    March 21, 2017 at 11:27 am

    When is the next part? ?:)

  53. kalo says:
    March 21, 2017 at 12:33 pm

    Kobaaaaaaaaaaaaaaaaa

  54. vishaa says:
    March 21, 2017 at 12:37 pm

    next part when/? waiting…………………………………cant wait….plx up koba..ryn ge vaahaka nukiyaa nidhives naadhe ..ur the best

  55. nish says:
    March 21, 2017 at 12:50 pm

    Where is the next part pls pls up kondhybla

  56. cham says:
    March 21, 2017 at 12:58 pm

    Story hadhi meehun nukiyaba. Konhaaa faadhu kiyumeh. Negative comments dhey meehun geh hitheh nufureyneh udhun thari baalaa dhinas. Varah foohi vey..

    1. ? says:
      March 21, 2017 at 6:23 pm

      Dhen mistake dhehkiyma hajam nuvanyà comment thah nukuyabala!!!
      Varah fuhivey?
      You RYNS FANS are making me sick?
      ???

  57. lai says:
    March 21, 2017 at 2:04 pm

    Aee jumah dhw?? V foohivey neyge eyna yaee ah hadhaalaane gothehvx!.

  58. Malika❤️ says:
    March 21, 2017 at 3:34 pm

    Where is next part????????

Comments are closed.

Next Episodeއިންތިޒާރުގައި ހުރިން. ފަހުބައި←


All Right Reserved!