Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ވަންހަނާ (31)

layaal Level 310 Stories100 Comments
March 16, 2017 9 Mins Read
58 Comments

“އައްޔާދް.. އައްޔާދް.” އޭނާގެ ނަން ގޮވާލި އަޑު އިވެމުން ދިޔަ ނަމަވެސް މެރިފައިވީ ދެލޯ ހުޅުވާލާނެހައި ހިތްވަރެއް ނުލިބުނެވެ. ފުން ނިދިން ހޭލަން ބޭނުންވި ނަމަވެސް ހީވަނީ އިތުރަށް ނިދީގެ ތެރެއަށް ގެނބިގެން ދާ ހެންނެވެ. މަޑު އަތްތިލައެއް އޭނާގެ ކުރު އިސްތަށި ކޮޅުގައި ބީހިލި ކަމުގެ އިހުސާސް ވުމުން އައްޔާދް ސިހިފައި ދެލޯ ބޮޑުކޮށްލިއެވެ. އޭރު އެނދުގެ ފަޑީގައި ލެނގިލައިގެން އިނދެވުނު ގޮތުން ކަރަށް ނާރެއް އަރާފައި ވީއިރު ކުއްލިއަކަށް ހޭލެވުމުން ބޮލަށް ވެސް ގޮތެއް ވިއެވެ.

ދެފަހަރަކު ދެލޯ މަރާލަމުން ކުރިމަތިން ފެންނަމުން ދިޔަ މަންޒަރު ނަގައި ގަނެވުމާއި އެކު އެނދުގެ މަގަތުގައި އިށީދެލައިގެން އިން ރިއުމާން ފެނި އޭނާ ހައިރާންވިއެވެ. “ރިއު ކޮންއިރަކު؟” އައްޔާދްގެ ވާހަކަ ރިއުމާން މެދުކަނޑާލިއެވެ. “ހެނދުނު އައީ.. ނުކެރުން މިކަހަލަ ކަމެއް ވީމައި ދުރުގައި ހުންނާކަށް. އެހެންވެ އައީ..” އައްޔާދްގެ މިލާފައިވާ މޫނުގައި ފިރުމާލަމުން ރިއުމާން ވާހަކަދެއްކިއެވެ. އެލޮލުގައި ރުއިމުގެ ސަބަބުން މަޑު ރަތްކަމެއް ވީއިރު މޫނުމަތީގައި އެއްވެސް ދިރުމެއް ނެތެވެ. ޓީޝާޓަކާއި ޖިންސެއް ލައިގެން އިނުމުން އައްޔާދަށް ރޭގައި އެނިދުނީ ފަޑީގައި ލެނގިގެން އިންދައިކަން އޭނާއަށް އިނގުނެވެ.

މާރިއާގެ މަރުގެ ޚަބަރު ލިބުމުން އައްޔާދް ނާންނަށް ބުނި ނަމަވެސް އެކަމާއި އޭނާގެ ހިތް ދެކޮޅުހެދިއެވެ. މިފަދަ ވަގުތެއްގައި އޭނާ ބޭނުންވީ އައްޔާދް ކައިރީގައި ހުންނާށެވެ. އާދިލްގެ ފަރާތުން އައްޔާދް އޭނާގެ ގެއަށް އެނބުރި ދިޔަ ކަމުގެ ޚަބަރު ލިބުމުން ރިއުމާން މާލެ އައިސް އެންމެ ފުރަތަމަ ވެސް އެއައީ އެގެއަށްށެވެ. އެވަގުތު ގޭގައި އަނާގެ އިތުރުން އާއިލާ ދެމީހަކު އުޅުނު އިރު އިތުރު ސުވާލަކާއި ނުލައި ރިއުމާންއަށް އައްޔާދްއާއި ބައްދަލު ކުރުމުގެ ފުރުސަތު ދިނެވެ. ގޭތެރެއިން އާޒިމް ފެންނަން ނެތް ނަމަވެސް ކާމޭޒު ކައިރީގައި އަނާ އިނީ ބަސްމަދު ވެފައެވެ.

“ރިއު..” އައްޔާދްގެ ލޮލުން ނިރާލި ކަރުނަ ކޯތާފަތަށް ފޭބުމުން ރިއުމާން އެކަރުނަ ފޮހެލަ ދިނެވެ. އައްޔާދަށް ބޭއިޚްތިޔާރުގައި ރިއުމާންގެ އުނގުގައި ބޯއަޅާލިއިރު މަޑު ގިސްލުމެއްގެ އަޑުއިވުނެވެ. އެއަތުގެ އިނގިލިތަކުން ރިއުމާންގެ އުނަގަނޑުގައި ބާރަށް ހިފައްޓާލެވިފައި ވާއިރު ބަސްމަދުވެފައި އިން ރިއުމާން އޭނާގެ ބުރަކަށީގައި ފިރުމާލަ ދެމުން ދިޔައެވެ. އިރުގަނޑެއް ވަންދެއް އައްޔާދް އެގޮތަށް އޮވެ ގިސްލަމުން ގޮސް އެއަޑު މަޑުވިއެވެ.

“ދެން ހުއްޓާލާ.. ހިތްވަރު ކުރަންވާނެ. ޕްލީޒް..” އުނގުގައި އޮތް އައްޔާދް ތެދުވުމުން އޭނާ މަޑުމަޑުން އެމޫނުގައި ފިރުމާލިއެވެ. ތުނިކޮން ފަޅާފައި ހުރި ތުނބުޅީގައި އަތް ހާކާލަމުން ރިއުމާން އޭނާގެ އަތުގައި ހިފައިގެން ތެދުވިއެވެ. “ދޭ ފެންވަރާލައިގެން އަންނަން.. އައްޔާދްގެ ދައްތަ ބުނި އިއްޔެ އެއްކޮން ނުކަޔޯ ހުރީ. ރޭގައި ވެސް ނުކައި ހުރި ވާހަކަ ބުނި.. މިހާރު އެގާރަ ޖަހަނީ އެޔޮށް.. ބަނޑުހައި ވެސް ވާނުން. އަހަރެން ބޭރުގައި މަޑުކޮށްލާނަން. އާދެ އިނގޭ..” ރިއުމާން ނިކަން ލޯބިން މިހެން ބުނެފައި ނިކުންނަން ހިނގައި ގަތުމުން އައްޔާދް އޭނާގެ އަތުގައި ހިފައި ހުއްޓުވިއެވެ.

“ޔޫ ޑިޑިންޓް ހެވް ޓު ކަމް.. ކުރަން ދިޔަ ކަންތައްވެސް ނުކޮށް. ކީއްވެ ތި އައި؟” އައްޔާދް މާޔޫސްވެފައި ހުރެ ބުނެލިއެވެ. “ނޫން.. ކުރަން ދިޔަ ކަންތައް ވެސް ކުރިން. އެންޑް އައި ކޭމް ފޯ ޔޫ.. ނުބުނައްޗޭ ދެން ކީއްވެހޭ އައީ. އަހަރެން އެންމެ ބޭނުންވި ދުވަހު އައްޔާދް ހުރީމެއްނުން. އެހެންވީމަ އަހަރެން ވެސް ބޭނުން މިވަގުތު މިތާ ހުންނަން.. ޔޫ ނީޑް މީ އޭސް މަޗް އޭސް އައި ނީޑް ޔޫ. އިނގޭ ދޫންޏާ..” އައްޔާދްގެ ކުރު އިސްތަށިކޮޅަށް އިނގިލި މަހާލަމުން ރިއުމާން ލޯބިން ފުރިގެންވާ ނަޒަރަކުން ބުނެލިއެވެ. އަދި ފައިތިލާގެ ކުރި ޖައްސާ ކޮރާލުމަށްފަހު އައްޔާދް ނިތުގައި ބޮސްދެމުން ދެއަތުން އެކަނދުރާގައި އަތްއަޅުވާލަމުން ބައްދާލިއެވެ. ރިއުމާންގެ މިހަރަކާތުން މާޔޫސްވެފައިވީ އައްޔާދްގެ ހިތަށް ލުއި ކަމެއް ލިބުނެވެ. މިނޫނީ އަދި ރިއުމާން އެގޮތަށް އޭނައާއި އެހައި ގާތްވެފައެއް ނުވެއެވެ. އަދި އައްޔާދް ވެސް ވަކި މާ ގާތްވާން ނޫޅެނީ ރިއުމާންގެ މާޒީ ރަނގަޅަށް އިނގޭތީއެވެ.

ނަމަވެސް މިފަދަ ވަގުތެއްގައި ރިއުމާންގެ ފަރާތުން އެލިބުނު ހިތްވަރާއި އަޅާލުމުން އެހިތާމައަށް ކުޑަ ލުއިކަމެއް ލިބުނެވެ. އޭނާ ވެސް ރިއުމާންގެ އުނަގަނޑުގައި ހިފައި ގަޔާއި ކައިރި ކޮށްލުމުން ރިއުމާންގެ ފައި ބިންމަތި އުފުލުނެވެ. ހިނދުކޮޅަކަށް މިހެން ތިބުމަށްފަހު އައްޔާދް އޭނާގެ ގައިން ދޫކޮށްލައި ތިރިކޮށްލުމުން ރިއުމާން ލުއި ގޮތަކަށް ހިނިތުންވެލިއެވެ. “ދެން ދޭ..” އިރުކޮޅަކަށް އައްޔާދްގެ މޫނަށް ނަޒަރު ހުއްޓާލައިގެން ހުރުމަށްފަހު ރިއުމާން މިހެން ބުނެފައި ފަސްއެނބުރި ކޮޓަރި ނިކުމެ ދޮރު ލައްޕާލިއެވެ.

****

ކޮޓަރީގެ ދޮރު ލައްޕާލުމަށްފަހު ގޭތެރެއަށް ނަޒަރު ހުއްޓާލިއިރު އަނާ އަދި ވެސް ކާމޭޒު ކައިރީގައި ނުކާން އިނެވެ. އޭރު މެދު އުމުރުގެ އަންހެނަކު އަނާގެ ބޮލުގައި ފިރުމާލަމުން ތަށީގައި އޮތް ޕާން ފޮތި ދިއްކޮށްލިއެވެ. “އަނާ ދެން ކާލަބަލަ.. ނުކައި ހުއްޓައި އަނެއްކާ ކަމެއް ވެއްޖެއްޔާ މާދެރަވާނެ..” އޭނާ ވިސްނައިދިން ނަމަވެސް އަނާ ކާ ޚިޔާލެއް ނުކުރިއެވެ. އޭރު ސޯފާގައި އިން އިތުރު އަންހެނަކު ތެދުވެ އައިސް ރިއުމާން ކައިރި މަޑުކޮށްލިއެވެ. “އައްޔާދް ހޭލައިފިތަ؟ ގޮވަން ވެސް ނުކެރިފައި މިތިބީ.. ރޭގައި ވެސް ވަރަށް ލަހުންހެން ހީވަނީ ނިދުނީއެ. މިއީ އައްޔާދްގެ ބޮޑައިތަ..” އޭނާ ލުއި ގޮތަކަށް ހީލުމުން ރިއުމާން ވެސް ހީލިއެވެ.

“އާނ.. ހޭލައިފި. ކޮބާ.. ކޮބާ އައްޔާދްގެ ބައްޕަ؟” ގޭތެރެއިން އާޒިމް ފެންނަން ނެތުމުން ރިއުމާން އަހާލިއެވެ. “އާޒިމް ހެނދުނު ސައިބޮއެގެން ކޮޓަރިއަށް ވައިން ގޮތަކަށް ނުނިކުމޭ އަދި.. ދެން ކީއްކުރާނީ. އެހައި ކުއްލިގޮތަކަށް މާރިއާ ނިޔާވީމަ އެންމެވެސް ތިބީ ސިހިފައި. އަނާ އަދިވެސް ނުކާން އެއުޅެނީ..” އޭނާ މިހެން ބުނެފައި އަނާއަށް ނަޒަރު ހުއްޓާލިއެވެ.

ރިއުމާން ލަސްފިޔަވަޅު ތަކެއްގައި ގޮސް އަނާއާއި ޖެހިގެން އިން ގޮނޑި ދަމާލުމަށްފަހު އިށީނދެލިއެވެ. ރޮއެރޮއެ އެދެލޯ ރަތްވެފައި ވީއިރު މަޑު ދުޅަކަމެއް ވެސް ލޯ ކައިރީގައި ވިއެވެ. ދެއަތް ދެއަތާ މޮޑެމުން ދިޔައިރު އަދިވެސް އެލޮލުގައި ނުހިކި ކަރުނަ ވިއެވެ. “އަނާ..” ރިއުމާން މަޑުމަޑުން ގޮވާލި ނަމަވެސް އަނާ އެއްވެސް ޖަވާބެއް ނުދިނެވެ. “ހިނގާ އެއްޗެއް ކާލަން ދޯ..” ރިއުމާން މަޑުމައިތިރި ކަމާއި އެކު ބުނެލިއެވެ. މިނޫނީ އަދި އަނާއާއި ކުރިމަތިން ވާހަކަ ދެކެވިފައި ނުވި ނަމަވެސް ރަށަށް އައިފަހަރު ދެމީހުން އެކުގައި އުޅުނީ ނިކަން ގާތް ކޮށެވެ.

“ސޭންޑްވިޗް ނުކަންޏާ އެހެން އެއްޗެއް ހަދާލަ ދެންތަ؟” ރިއުމާންގެ އެއްވެސް ސުވާލަކަށް އަނާ ޖަވާބު ނުދިން އިރު ކައިރީގައި ހުރި އަންހެން މީހާ ވެސް މާޔޫސްވެފައި އެތަނުން ދުރަށް ޖެހިލިއެވެ. “އަނާ ހިތްވަރު ކުރަންވާނެ. އިނގޭ މިހެން ބުންޏަސް އުނދަގޫ ވާނެކަން. އެކަމު ނުކައި ނުބޮއެ ހުރުމަކުން ކޮން ފައިދާއެއް ވާނީ.. އެޓްލީސްޓް ކުޑަކޮން ނަމަވެސް ކާލާ.” އަނާ ކޮނޑުގައި އަތް ބާއްވާލަމުން ރިއުމާން ވިސްނައި ދެވޭތޯ އުޅުނެވެ.

އެވަގުތު ކޮޓަރީގެ ދޮރު ހުޅުވުނު އަޑަށް ރިއުމާންގެ ނަޒަރު އެދިމާއަށް ހުއްޓުނު އިރު އައްޔާދް ކޮޓަރިން ނިކުމެގެން އާދެއެވެ. އޭނާ ލަސްފިޔަވަޅު ތަކެއްގައި އައިސް ދުރުގައި މަޑު ކޮށްލަމުން އަނާއަށް ނަޒަރު ހުއްޓާލިއެވެ. މާރިއާ ވަޅުލުމަށްފަހު އަނާ ހުއްޓުމެއް ނެތި ރުއި މަންޒަރު އައްޔާދް އަދިވެސް ހަނދާނުގައި އެބަ ހުއްޓެވެ. އޭނާ އެކަކާ ވެސް ވާހަކަ ނުދައްކާ އިރު އައްޔާދް ވެސް ކައިރި ވާކަށް ޤަބޫލެއް ނުވިއެވެ. އެވަގުތު އައްޔާދް ނަޒަރު ރިއުމާންއަށް ހުއްޓުނު ވަގުތު އޭނާ އިޝާރާތުން ތަށީގައި އިތް ޕާން ފޮއްޗަށް ނިއް އެއްލުމުން ވެގެން އުޅޭގޮތް އައްޔާދަށް ފަހުމް ވިއެވެ.

ކަރުކެހިލަމުން އޭނާ އައިސް އަނާ ކައިރި ހުއްޓިލަމުން މަޑުމަޑުން އެބޮލުގައި ފިރުމާލިއެވެ. “އަނާ..” އައްޔާދް ގޮވާލި ނަމަވެސް އޭނާ އަނގައިނެއް ނުބުންޏެވެ. އައްޔާދް އެއްފައި މައްޗަށް ތިރިވެލަމުން އަނާގެ މޫނުގައި ހިފާލަމުން އޭނާއަށް ދިމާއަށް އަނބުރާލިއެވެ. “ބަލާބަ.. ބަލާބަ ދޮންބެއަށް..” އައްޔާދް މިހެން ބުނުމުން އަނާ ދެކޮޅު ހެދުމެއްނެތި އައްޔާދަށް ނަޒަރު ހުއްޓާލިއެވެ. އޭރު އެލޮލުގައި ބޮނޑިވެގެން ދިޔަ ކަރުނަތައް ފެނި އައްޔާދް ހިތަށް އިތުރު ތަކުލީފެއް ވިއެވެ. ހިންދިރުވާލަމުން އޭނާ ބެލީ އަނާއަށްޓަކައި ނުރޮއެ ހިތްވަރު ކުރާށެވެ.

“ހިނގާ ސައިބޯން ދޮންބެއާއި އެކު.. ޕްލީޒް. އަނާ ނުކައި ހުއްނަންޏާ ދޮންބެ ވަރަށް ދެރަވާނެ.. މަންމަ ވެސް ބޭނުމެއް ނުވާނެ ދޯ އަނާ ތިގޮތަށް އިންނާކަށް.” އައްޔާދްގެ ދުލުން މަންމަގެ ބަސް ބޭރުވުމާއި އެކު އަނާއަށް ބޭއިޚްތިޔާރުގައި ގިސްލެވުނެވެ. “ދޮންބޭ..” އަނާ މިހެން ބުނުމުން އައްޔާދް އޭނާ ބޮލުގައި ފިރުމާލަމުން އެކޮނޑުގައި ބޯ ބައްވާލިއެވެ. އަނާ ގިސްލަ ގިސްލާފައި ރޮމުން ދިޔައިރު މިއިން އިރަކު ވެސް ހުއްޓާނެ ހެންނެއް ހިއެއް ނުވެއެވެ. އެންމެފަހުން އައްޔާދް ކޮޅަށް ތެދުވެ އަނާގެ ލޯ ފޮހެލަދެމުން ދެން ނުރޯން ބުނެލިއެވެ. އެއަށްފަހު އައިސް އަލަމާރިން ޖޫސް ޕެކެޓެއް ނަގައި ތައްޓަށް ޖޫސް އަޅައި ދިނުމަށްފަހު އަނާގެ ތުމުގައި ޖެއްސުމުން އޭނާ އެއްވެސް ދެކޮޅު ހެދުމެއް ނެތި ތަށީގައި ހިފައި އެއްނޭވާއިން އެ ޖޫސްތަށި ހުސްކޮށްލިއެވެ. އޭރު ރިއުމާން މި މަންޒަރު ބަލަން އިންއިރު އައްޔާދް ކެތްކުރާވަރު އިނގި އޭނާ ވެސް ދެރަ ވިއެވެ.

އަނާ ކައިރި އިނދެގެން އައްޔާދް ސައިބުއި އިރު އޭނާއަށް ވެސް މާ ގިނައިންނެއް ވަކި ނުކެވުނެވެ. ކުޑަގޮތެއް ހަދާލައިގެން އަނާ ގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ. އޭރު އައްޔާދް ވެސް ތެދުވެގެން ގޮސް ބޭރު ބެލްކަނީގައި މަޑުކޮށްލިއިރު ރިއުމާން އޭނާގެ ފަހަތުގައި ހުއްޓެލިއެވެ. ބާރަ ޖަހަން ކައިރިވެފައި ވީއިރު މެންދުރުގެ ގަދަ އަވިން ގަޔަށް ދިލަ ހޫނެއް ވަމުން ދިޔައެވެ. “އާދެބަ ޖޯލީގައި އިށިނދެލަން.. މިތަން ކިހާ އަވި..” ރެއިލިންގައި އަތް އަޅުވާލައިގެން ހުރި އައްޔާދް ފެނި ރިއުމާން ބުނެލިއެވެ. އިރުކޮޅަކު ބޭރަށް ނަޒަރު ހުއްޓާލައިގެން ހުރުމަށްފަހު އޭނާ އައިސް ޖޯލީގައި އިށީނދެލިއެވެ.

“ސޯ ޓެލްމީ.. ބުނީމެއްނުން ކުރަން ދިޔަ ކަންތައް ކުރީމޭ.. ބައްޕަ ކީކޭ ބުނީ؟” އައްޔާދް މިހެން އަހާލުމުން ރިއުމާން ފުންނޭވާއެއް ލިއެވެ. އުނގުގައި އޮތް ދެއަތަށް ނަޒަރު ހުއްޓާލަމުން އޭނާ ކަންތައް ވީގޮތް އައްޔާދަށް އޮޅުން ފިލުވައިދޭން ފެށިއެވެ.

*****

އެއްދުވަސް ކުރި

“ރިއުމާން..” ދޮރުގައި ޓަކި ޖަހާލަމުން އެތެރެއަށް ވައިން ހާޖަރާ ގޮވާލިއެވެ. އޭރު އެނދުގެ މަގަތުގައި އިން ރިއުމާން އިސްޖެހިފައި އިންއިރު އޭނާގެ ނަޒަރު ވަނީ އަތުގައި އޮތް ފޯނަށް ހުއްޓިފައެވެ. “މާ ލަސްވާތީ މިއައީ.. ހިނގާ ދަމާ.” ކޮޓަރި ތެރެއަށް ވަދެގެން އައި ހާޖަރާ މިހެން ބުނެލިއިރު ރިއުމާން އިންގޮތް ފެނި ކަމެއް ގޯސް ވެއްޖެކަން އޭނާއަށް ރޭކާލިއެވެ.

“ދަރިފުޅާ ކިހިނެތްވެފައި ތިއިނީ؟” އެނދުގައި އިށީނދެލަމުން ހާޖަރާ މިހެން ބުނެލުމުން އެސްފިޔާގައި ވީ ކަރުނައިގެ ތެތްކަން ފޮހެލަމުން ރިއުމާން ނޭފަތް ދަމާލިއެވެ. “އައްޔާދް ގުޅި ދެންމެ.. އޭނާގެ މަންމަ.. މަންމަ ނިޔާވެގެން އުޅެނީ.” ރިއުމާން މިހެން ބުނުމާއި އެކު ހާޖަރާ ސިހުނެވެ. “ކީކޭ؟ ހާދަ ކުއްލި ގޮތަކަށް.” ހާޖަރާ މިހެން އަހާލުމުން ރިއުމާން ވީގޮތް ކިޔާދިނެވެ. “އިންނާ ލިއްލާހި ވައިންނާ އިލައިހި ރާޖިއޫން.. ދަރިފުޅު ދާން ވީއެއްނުން. މިވަގުތު އައްޔާދް ކިހައި ދެރަވާނެ.. އެހައި ކުއްލިގޮތަކަށް މާރިއާ ތި ނިޔާވީ.” މާޔޫސްވެފައި އިނދެ ހާޖަރާ މިހެން ބުނުމުން ރިއުމާން އެކަމާއި އެއްބަސް ވިއެވެ.

“އާނ.. އައްޔާދް ބުނި އެކަމު އަންނާނެ ކަމެއް ނެތޯ.. އެކަމު އަޅުގަނޑު ބޭނުން ދާން. ދެން އެހައި އަވަހަށް ފުރީމަ މަންމަޔޯ.. މިއައީ އެއްނުން ހަމަ މިއަދު” ރިއުމާން ދެރަވެފައި އިނދެ ބުނެލުމުން ހާޖަރާ ދެފަރާތަށް ބޯ ހަލުވާލިއެވެ. “ނޫނޭ.. މިގޮތަށް ކަންތައް ވެދާނެ ކަމެއް ކުރިއަކުން ނޭނގޭނެ ދޯ.. މަންމައަށް މައްސަލައެއް ނެތޭ ދަރިފުޅު ދިޔަ ޔަސް. އެހެންނޫނަސް މިވަގުތު އެކޮޅަށް ދިޔުން ކަންނޭގެ ދޯ ރަނގަޅު ވާނީ.” ހާޖަރާ އޭނާ ދެކޭ ގޮތް ބުނެދިނެވެ. އިރުކޮޅަކު ވިސްނާލުމަށްފަހު އޭނާ ފޯނުން ނަންބަރަކަށް ގުޅާލަމުން އެރޭގެ ވަގުތެއްގައި މާލެދާން ހަމަޖެއްސިއެވެ.

“ކޮބާ ބައްޕަ؟ އަޅުގަނޑު ބޭނުން ފުރުމުގެ ކުރިން ކުރަން މިއައި ކަންތައް ކުރަން.” އެނދު ތެދުވަމުން ރިއުމާން ބުނެލިއެވެ. “ބައްޕަ ވާނީ މިހާރު ނަފީސާމެން ގެއަށް ގޮއްސަހެން ވާނީ.. ކައިގެން އައިސް އެވާހަކަ ދައްކަން ވީނުން.” ހާޖަރާ މިހެން ބުނުމުން ރިއުމާން އެކަމާއި އެއްބަސްވިއެވެ..

މެންދުރުގެ ކެއުން ކުރިއަށް ދިޔައިރު ރިއުމާން އިނީ ބަސްމަދުވެފައެވެ. މާގިނައިން ނުކެވުނު އިރު ޒުބޭރު ދޭތެރެއަކުން އޭނާއަށް ކަޅި އަޅާލައެވެ. އިރުކޮޅަކު އެންމެންނާއި ވާހަކަދައްކާލަން ތިބެފައި ރިއުމާން މެން ގެއަށް ދާން ނިކުއިން އިރު ހަވީރު ވެއްޖެއެވެ. ކައިރީގައި ހާޖަރާ ހުރިއިރު ޒުބޭރު ދުރު ދުރުން ހިނގާފައި އާދެއެވެ. ގޭތެރެއަށް ވަދެވުމާއި އެކު ރިއުމާން ގޮސް ކޮޓަރިއަށް ވަދެ ދޮރު ލެއްޕިއެވެ. ދޮރުގައި ލެނގިލަމުން ރިއުމާން ހަމައަކަށް އެޅެލި އިރު ކޮންމެ ގޮތެއް ވިއަސް ފުރުމުގެ ކުރިން ޒުބޭރުއާއި ވާހަކަ ދައްކަން އެބަޖެހެއެވެ.

އެތަށް އިރަކު ވިސްނަން ހުރުމަށްފަހު ރިއުމާން ދޮރު ހުޅުވާލަމުން ގޭތެރެއަށް ނިކުއިން އިރު ސޯފާގައި ޒުބޭރު ދުފާ ތަބަށް ހިފައިގެން ބިލަތް ކޮޅަކަށް ހުނި ކޮޅެއް ލާން އިނެވެ. ހިންދިރުވާލަމުން ރިއުމާން ލަސްފިޔަވަޅު ތަކެއްގައި ގޮސް ޒުބޭރު އިން ސޯފާގެ ފަހަތުގައި މަޑުކޮށްލިއެވެ. އޭރު ހުޅުވާފައި ހުރި ކޮޓަރީގެ އެނދުގައި އިން ހާޖަރާ ރިއުމާންއަށް ނަޒަރު ހުއްޓާލައިގެން އިނެވެ.

ރިއުމާން ކުޑަކޮން ކަރުކެހިލުމުން ޒުބޭރު ފަސްއެނބުރި އޭނާއަށް ނަޒަރު ހުއްޓާލިއެވެ. އެހެން ހުރިއިރު ވެސް ޒުބޭރުގެ ބެލުމުގައި އެވީ ގޮތްގަނޑުފެނި ރިއުމާން ހިތްހަމަނުޖެހުނެވެ. “ދަރިފުޅާ ރިއުމާން..” އާދައިގެ މަތިން ޒުބޭރު މިހެން ބުނެލުމުން ރިއުމާން ދަތްކުނޑި ވިކާލިއެވެ. އޭނާ އިތުރު އެއްޗެކޭ ނުބުނެ ގޮސް ޒުބޭރުއާއި ވިހާވެސް ދުރުގައި ހުރި ސޯފާގައި އިށީނދެލިއެވެ.

“އަޅުގަނޑު މިއައީ ވަރަށް މުހިއްމު ވާހަކައެއް ދައްކަން ވެގެން..” ރިއުމާން މިހެން ބުނުމުން ޒުބޭރު އެއްބުމަ އަރުވާލިއެވެ. “އެހެންތަ.. އަނެއްކާ ކިހާވަރެއްގެ ވާހަކައެއް ބުނަން ވެގެން މިރަށަށް ތިއައީ.” ދުފާ ރަތްކޮށްގެން އިން ޒުބޭރު ބުނެލިއެވެ. އޭނާ އަތުން ތުންފަތް ކައިރީގައި އިނގިލި ހާކާލަމުން އެއްފައި ނަގައި މޭޒުމައްޗަށް އަރުވާލަމުން ރިއުމާންއަށް ލޯ އަޅާލިއެވެ. ޒުބޭރުގެ އަމަލުތައް ހުރި ގޮތުން ރިއުމާން ހަމަ ކިރިޔާ ރުޅިގަނޑު ހިފައްޓާލައިގެން އިނދެވުނުކަމެވެ.

“އަޅުގަނޑު މީހަކާއި އިންނަން ނިންމައިފިން..” ރިއުމާންގެ ދުލުން އެޖުމްލަ ބޭރުވުމާއި އެކު ޒުބޭރު ފާޑަކަށް ހީލިއެވެ. “ދެން އަހަރެން ގާތަށް ތިއައީ ވަލީ ހޯދަންތަ؟” ޒުބޭރު މަލާމާތް ކުރާކަހަލަ ގޮތަކަށް ބުނެލިއެވެ. ރިއުމާން ވަކި އެއްޗެކޭ ނުބުނުމުން ޒުބޭރު ސޯފާއިން ތެދުވެގެން އައިސް ރިއުމާން ކައިރީގައި އިށީނދެލިއެވެ. މަޑުން އިން ނަމަވެސް ރިއުމާން ވަގުތުން ދުރަށް ޖެހިލިއެވެ. “އައްދެ.. ހާދަ ދުރުން ތިއުޅެނީ.. ދެން ބުނެބަލަ ކާކުތަ އަހަރެންގެ ރިއުމާންއާއި އިންނަން ހިތް ކިޔައިގެން އުޅެނީ.” ޒުބޭރުގެ ވާހަކަ ހުރި ގޮތުން ރިއުމާން ރުޅި ހަމައިން ނެއްޓިއެވެ.

“އަހަރެން މިއީކީ ކަލޭގެ ރިއުމާންއެއް ނޫން ތިފާޑަށް ވާހަކަ ދައްކާކަށް!” ރިއުމާން ސޯފާއިން ތެދުވެ ހަރުކަށި ކަމާއިއެކު މިހެން ބުނުމުން ޒުބޭރު ފާޑަކަށް ލޯ އަޅާލިއެވެ. އޭރު ކޮޓަރީގައި އިން ހާޖަރާ ވެސް އެއަޑަށް ބޭރަށް ނިކުއިން އިރު ރިއުމާންގެ މޫނުމަތިން ފާޅުވަނީ ނަފްރަތެވެ. “އަދިވެސް ހަމަ ލަދެއް ނުގަނޭ ދޯ..” ރިއުމާން މޫނު ކުނިކޮށްލުމުން ޒުބޭރު އިންތަނުން ތެދުވުއެވެ.

“އޭތް! މާ އަދަބު އިޚްތިރާމު ކުޑަވެގެން އުޅޭނެ ކަމެއްނެތް! އަހަރެން މިއީ ކަލޭގެ ބައްޕައޭ.. ރީތިކޮން ވާހަކަ ދައްކާނީ.” ކުއްލިއަކަށް ޒުބޭރު ރިއުމާންގެ މުލައްދަނޑީގައި ހިފުމުން ދުރުގައި ހުރި ހާޖަރާ ދުމެއް ޖަހާފައި އެދިޔަ ގޮތަށް ގޮސް ރިއުމާން ދުރަށް ލިއެވެ. “އޭނަ ގައިގައި ތި މުޑުދާރު އަތުން އިނގިލި ކުރިވެސް ޖައްސާލާނެ ކަމެއް ނެތް!” ހަޖާރާ އިނގިލި ދިއްކޮށްލަމުން މިހެން ބުނިއިރު އެއަޑުގައި އެއްވެސް ޖެހިލުމެއް ނެތެވެ.

“މިއީ އަދި ކާކުތަ!” ޒުބޭރު އައި ރުޅީގައި އަތް މަޅާލި ވަގުތު ކުއްލިއަކަށް އޭނާގެ އަމިއްލަ ކަންކަށިމައްޗަށް ދިލަ ހޫނެއް އަރައިގެން ދިޔައެވެ. ހާޖަރާގެ ލޮލުން އިންތިހާ ރުޅިވެރިކަން ފާޅުވާން ހުރިއިރު ލިބުނު ސިހުމުން ޒުބޭރު އަމިއްލަ މޫނުގައި އަތްލިއެވެ. އޭރު ރިއުމާންއަށް ބޭއިޚްތިޔާރުގައި އަނގަމަތީގައި އަތް އެޅުނު އިރު ހާޖަރާގެ އެ އަމަލު ފެނި އޭނާ ވެސް ހައިރާންވިއެވެ. “ކީކޭ މަ މި ބުނީ! އަތް ނުލާށޭ. ހީކުރީތަ އަދިވެސް އަހަރެން މަޑުން ހުންނާނެއޭ! ނުހުންނާނަން.. ބުނެބަލަ ކީއްކުރާނީ.. އޭނ؟ ޖަހާނީތަ އަނެއްކާ ވެސް؟ ޖަހާބަލަ.. އަހަރެން މިހުރީ ބަލާށޭ! ނިކަން ޖަހާބަލަ ކެރެންޏާ. ހުރި ލަދުކުޑަކަން.” ހާޖަރާ ހަރުކަށިކަމާއި ވާހަކަދެއްކި އިރު އޭނާ ހުރީ ރުޅި އައިސް ދެބުމަ ގޮށްޖެހިފައެވެ.

“ލައްކަ ދުވަހު ހުރެފިން ބިރުން އެއްޗެކޭ ނުބުނެ. ދެން އިތުރަށް އެންމެ ފިޔަވަޅެއް މަގޭ ދަރި ކައިރިއަށް އަޅާލިއަސް ހޭއަރުވާލާނަން! ކޮޓަރިއަށް ގޮސް ފޮށްޓަށް އެއްޗެހި އަޅާ ރިއުމާން. އަދި ބުނަން އޭނަ ބޭނުން މީހަކާއި އިންނާނީ.. އަހަންނަށް އެ ހެޔޮ ޒުބޭރު ވަލީ ދިނަސް ނުދިނަސް!” ހާޖަރާ ހަޅޭ ލަވައިގަތުމުން ރިއުމާން އިތުރަށް އެތަނުގައި މަޑު ކުރުމެއް ނެތި އަވަސް ފިޔަވަޅު ތަކެއްގައި ކޮޓަރިއާއި ދިމާއަށް މިސްރާބުޖެހިއެވެ. “އަހަރެން މިރޭ ރިއުމާންއާއި އެކީ މާލެ ފުރާނަން.. އާނ އަދި ބުނަން. މާލެ ގޮސް ވަރިވާން ކޯޓަށް ފޯމު ވެސް ލާނަން!” ހާޖަރާ ފަހު ފަހަރަށް މިހެން ބުނެފައި އެދިޔަ ގޮތަށް ގޮސް އޭނާގެ ކޮޓަރިއަށް ވަދެ އަލަމާރިން ހެދުންތައް ނަގަން ފެށިއެވެ.

ގުޑިލާން ވެސް ނޭގި ކޮލުގައި އަތް އަޅައިގެން ހުރި ޒުބޭރު ހުރީ ގަބުވެފައި ކަހަލަ ގޮތަކަށެވެ. ހާޖަރާ އެކީ އެއްފަހަރާ ގޮވާލި އެތިފަހަރުން ބުނާނެ އެއްޗެއް ނޭނގި ބަސްމަދު ވެފައި ހުރިއިރު ފުރަތަމަ ފަހަރަށް އެހިތް ނުތަނަވަސް ވިއެވެ. މިނޫނީ އަދި ހާޖަރާގެ ފަރާތުން މިވަރުގެ ކަމެއް ނުފެންނަ އިރު ވަރިވާން ބުނީތީ ވެސް އޭނާ ސިހުނެވެ. އެތަނުގައި ހިނދުކޮޅަކަށް ވެސް މަޑުކުރަން ނުކެރިގެން ދުމެއް ޖަހާފައި އެދިޔަ ގޮތަށް އޭނާ ގެއިން ނިކުތެވެ.

****

“ވަޓް؟ ޝީ ސްލެޕްޑް ހިމް؟” ރިއުމާންގެ ވާހަކަ ނިމުމުން އައްޔާދް ޤަބޫލު ކުރަން ދަތިވެފައި އިނދެ އަހާލިއެވެ. ޖަވާބުގައި ރިއުމާން ބޯ ޖަހާލުމުން އައްޔާދް އަތުން ތުނިކޮން ފަޅާފައި ހުރި ތުނބުޅީގައި އަތް ހާކާލިއެވެ. “ދެން މަންމަ ވެސް އައީތަ މިކޮޅަށް؟” އިރުކޮޅަކު ހިމޭނުން އިނދެފައި އައްޔާދް ސުވާލު ކޮށްލިއެވެ. ޖަވާބުގައި ރިއުމާން އަނެއްކާ ވެސް ބޯ ޖަހާލިއެވެ. “ދެން ވަރިވަނީ؟” އައްޔާދް އިތުރަށް ކޮށްލި ސުވާލަށް ވެސް ރިއުމާން ބޮލުގެ އިޝާރާތުން ޖަވާބު ދިނެވެ.

“އައި އެމް ސަޕްރައިޒްޑް.. ހިއެއް ނުކުރަން ރިއުގެ މޯމް ތިހާ އަވަހަށް މިވަރުގެ ބޮޑު ސްޓެޕެއް ނަގާފާނެ އެކޭ..” އައްޔާދް ވިސްނާލަން އިނދެފައި ބުނެލިއެވެ. “އަސްލު ލަސް ވެސް ވެއްޖެ ވަރިވާން.. މިހާ ދުވަހު މަންމަ އެކަހަލަ މީހަކާއި އެކީ އުޅުނީތީ ވެސް ހައިރާންވޭ. އެކަމު ކިހިނެތް ދޯ ހަމަ ހުރެފައި ވަރިވާނީ.. އެކަމު ވަރަށް އުފާވޭ މިއަދު މަންމަ އެކަން ކުރަން ނިންމީތީ. ހީ ޑަޒަންޓް ޑިޒާވް ހާ..” ދުރަށް ނަޒަރު ހުއްޓާލައިގެން އިނދެ ރިއުމާން ވާހަކަ ދެއްކިއެވެ.

“ދެން ކިހިނެތް ހަދަނީ މިހާރު؟” އައްޔާދްގެ ސުވާލުން ރިއުމާން ހިނދުކޮޅަކަށް ހިމޭން ވިއެވެ. މަގުމަތީގައި ދުއްވަމުން ދިޔަ އެއްޗެހީގެ އަޑުން ހަމަހިމޭންކަން ފަޅު ފިލުވާ ދެމުން ދިޔައިރު އައްޔާދް އިނީ ޖަވާބެއްގެ އިންތިޒާރުގައެވެ. “ކޯޓަށް މައްސަލަ ހުށައަޅާނީ.. އެބިއުސް ކޭސް އެއްގެ ގޮތުގައި.. އިނގޭ ލަސް ވެއްޖެކަން. އެކަމު ވެސް ކުރިކަމެއް ނުކުރާ ކަމަކަށް ނުވާނެ. ކިތަންމެ ލަހުން ވިއަސް އަހަރެން ބޭނުން ބައްޕައަށް އޭގެ އަދަބު ލިބޭން..” ރިއުމާން އިރުކޮޅެއް ފަހުން ބުނެލިއެވެ.

“ކިތަންމެ ދުވަހެއް ވިޔަސް އެ ދިން އަނިޔާތަށް މަތިން ހަނދާނެއް ނުނެތޭނެ. ކޮންމެ ފަހަރަކު އަނގަމަތީގައި ހިފައި ފިއްތާލާ އިރު ލޭ ރަހަ ލާނެ.. ލައިގެން ހުންނަ ހެދުން ދަމައި ގަންނަ އިރު ދެއަތުން ކިތަންމެ ފަހަރަކު ގައި ފޮރުވަން އުޅުނިން.. އަބަދުވެސް ހީވާނީ ހުރެވެނީ ހަޑިކޮންނޭ.. އެ އަތުން އަތްލާ ތަންތަން ކަހައި އެންމެފަހުން ހަން ކެނޑޭ ވަރުވާ އިރުވެސް ހީވަނީ ހަމަ ހަޑިކަމެއް ނުދާނެއޭ..” މާޒީގެ ހިތި ހަނދާންތައް އާވުމުން ރިއުމާންއަށް އިޚުތިޔާރަކާއި ނުލައި އެހުރިހާ ކަމެއް ދުލުން ބޭރު ކުރެވުނު އިރުވެސް ނޭނގުނެވެ.

ބުނާނެ އެއްޗެއް ނޭނގިފައި އިން އައްޔާދްގެ ހިތަށް ހީވީ އެއްފަހަރާ ތޫނު ކަށިތަކެއް ހެރުނު ހެންނެވެ. މިނޫނީ އަދި ރިއުމާންގެ ދުލުން އޭނާއަށް ދިމާވި ކަންތައްތައް ތަފްސީލުކޮށް ކިޔާދީފައެއް ނުވެއެވެ. ނޭނގި ނަމަވެސް ރިއުމާން އެކަންތައްތައް ކިޔަމުން ދިޔައިރު އައްޔާދްގެ އަތް މުށްކެވުނެވެ. ޒުބޭރުގެ ހުރި ނުބައި ނުލަފާކަން ހިތަށް އަރައި އޭނާ ދަތް ކުނޑި ވިކާލިއިރު ރިއުމާންގެ ލޮލުން ވެއްޓުނު ކަރުނަ ތިކި ފެނި އެހިތަށް ކެތެއް ނުވިއެވެ. ރިއުމާން ރޯނެ ވަރާއި ވޭނުގައި ހަޅޭލަވާނެ ވަރު އަންދާޒާ ކޮށްލެވުމުން އައްޔާދް ހިން ދިރުވާލިއެވެ. “ރިއު..” ރިއުމާންގެ މަޑު ދެއަތް ތިލައިގައި ހިފާލަމުން އައްޔާދް ގޮވާލި އަޑަށް އޭނާ ސިހުނެވެ. “ހޫމް.. ކީކޭ؟” ކުއްލިއަކަށް އައްޔާދްއާއި ހަތަރު ކަޅި ހަމަވުމުން އޭނާގެ ހިތަށް އެރި އެއްޗެހި ދުލުން ހާމަ ކުރެވުނީކަން އިނގުމުން ރިއުމާންއަށް ބޭއިޚްތިޔާރުގައި އަނގަމަތީގައި އަތް އެޅުނެވެ. އޭނާ އެއްގޮތަކަށް ވެސް އެކަންތަކުގެ ތަފްސީލް އައްޔާދަށް އަންގާކަށް ބޭނުމެއް ނޫނެވެ.

“އައްޔާދް.. އައި އެމް ސޮރީ..” ރިއުމާންގެ ވާހަކަ އައްޔާދް މެދުކަނޑާލިއެވެ. “ނޫން.. އަހަރެން.. އަހަރެން ހިއެއް ނުކުރަން ތިވަރު ވީކަމަކަށް. ބަޓް އިޓްސް އޯކޭ.. އެއީ ރިއުގެ ކުށެއް ނޫން..” ރިއުމާންގެ އަތަށް ކުޑަކޮން ފިއްތާލަމުން އައްޔާދް ބުނެލިއެވެ. “އެކަމު މިހާރު ދެން އައްޔާދް ކީކޭ ހިތަށް އަރާނީ؟ އައި އެމް ސޯ ޔޫސްޑް..” އިސްޖެހިފައި އިނދެ ރިއުމާން މިހެން ބުނުމުން އައްޔާދް އޭނާ އިން ޖޯލިން ތެދުވެ ރިއުމާން ކައިރިއަށް ތިރިވެލަމުން ދެއަތުން އޭނާގެ މޫނުގައި ހިފާލިއެވެ.

“ނުބުނައްޗޭ ދެން ތިހެން.. ޔޫ އާ ނޮޓް ޔޫސްޑް. ތީ ހަމަ އަހަރެން އަބަދުވެސް އެންމެ ބޭނުންވި ކުއްޖާ.. ތި ކިޔާދިން އެއްޗަކުންނެއް އަހަރެން ދެކޭ ގޮތެއް ބަދަލެއް ނުވޭ.. ކޮންމެ ގޮތަކަށް ހުއްޓަސް ފޫއްސެއް ނުވާނެ. އައި ވުޑުންޓް ޗޭންޖް އަ ތިންގް އެބައުޓް ޔޫ. އިނގޭ..” އައްޔާދް ނިކަން ލޯބިން މިހެން ބުނެފައި ރިއުމާންގެ ތެމިފައިވާ ކޯތާފަތުގައި ތުންފަތް ޖައްސާލިއެވެ. “ވަރަށް ލޯބިވޭ..” ވައި އަޑުން އައްޔާދް މިހެން ބުނެލުމުން ރިއުމާންގެ ތުންފަތަށް ލުއި ހިނިތުން ވުމެއް ވެރިވިއެވެ.

-ނުނިމޭ-

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

layaal

Level 310 Stories100 Comments

Other Articles

Previous

ޢަޞްރު (ފަންސާސްތިންވަނަ ބައި)

Next

ކީ ވަދާއޭ ރަންއަލީގާ…….

Next
March 17, 2017

ކީ ވަދާއޭ ރަންއަލީގާ…….

Previews
March 16, 2017

ޢަޞްރު (ފަންސާސްތިންވަނަ ބައި)

58 Comments!

  1. layaal says:
    March 16, 2017 at 11:38 pm

    Look who updated her story! Yes i’m still here. Didn’t disappear. Do I ever leave you guys hanging on the edge. Enjoy reading and let me know what you think. Oh and the story got delayed because I got a viral fever so I have been sick for the past three weeks. And I wrote as soon as I got better. And be safe you guys there is this flu going on in male’ right. So stay clear of that. Again my apologies and I missed you all so much. I know lot of you all commented on the last part but i didn’t reply to any of you because I wanted to update first and than comment on what happened or else it would seem like i’m giving excuses. Anyways this comment has got reallly long so i’m gonna stop. Oh and I will try to update this week in sha allah. I started my collage so kinda busy with these days but i WILL complete this story for sure. Won’t disappoint all of my lovely readers. ok i’m gonna stop now its getting long again. See ya on next part. Much Love. <3
    PS. Sorry.. again.

    1. Ranaa says:
      March 16, 2017 at 11:52 pm

      Layaaal. Dhoonya alhe v goi angaali nama kurin. Haadha ha dhigu inthizaarekey mi kuri kalaa ya takaa. Salhi mi part ves. Haajara gadha igey. And update kurachey igey dhen. Glad you are better now. Thi hama best. Missed you hama mi kolhun ves.

    2. nanni says:
      March 17, 2017 at 12:05 am

      Layaaal eburi aisfi eve. Esfiya site ah bahaaru moosum ves eburi ai eve.

  2. Saandy says:
    March 16, 2017 at 11:42 pm

    V salhi… ekam haadha dhuvaheh fahunney thi up kolly… ummeedhu kuran next part ehaa gina dhuvas nuve up kolladheyne kamah

  3. Orchid. says:
    March 16, 2017 at 11:46 pm

    Oh my god!! Layaaaa you updated! Thank you soooooo much. Varah salhi mi part ves. And it’s okey igey. I always knew you wouldn’t leave hama hurefa. So sweet of you layaa. Thee hama best. Mi site GA enme gadhai hama layaa. Las viyas v goi angaa laafa up kuraathi varah ufaavey. My favorite writer. Up koh dhechey next part ves avaha.

  4. shau says:
    March 16, 2017 at 11:47 pm

    MashaAllah. Ekm haadha Madhun ney thi up kuranee

  5. Shaa says:
    March 16, 2017 at 11:47 pm

    Wow salvo egee next part kohn iraku

  6. Mary says:
    March 16, 2017 at 11:56 pm

    Mibai maa kuru hrn hyvany. Vedhaane kiya hithun inyma kamah ves. Hehe… v happy vehjje up kob dhinyma lahun vias. V inthizaaru kurevey vaahakarh mee. Annnd vvvv salhi mibai ves…

  7. no says:
    March 17, 2017 at 12:06 am

    Adhi nuvey upload kuraakah madu knlee nama ahnan aharu.. Dhen knme meehaku vx bunane negative cmmnt libe vaahaka 1mnt ehfaru upload eh nukuey vey.. Dhuvas knfa vaahka upload knfa bunane bali ey. Gaboolu kuran bali vaane kn. Ehaa dhigu inthixaaru kuran jehi thi massala ehky.. Negative cmmnt kuraa kah Beynmey nuvey but ehaa dhuvas knfa up kuri hiythu ga hunan jehi govaaley veyne

    1. layaal says:
      March 17, 2017 at 12:17 am

      I sincerely apologize for the delay. And i do agree with you. Las vun ei massla eh. Kiyun therin inthizaaru kuraane kan liyun theriyaa ah ves igey. Ehene veema kithanme las vias alhugadu vi goi angaala dhee vaahaaka update koh dhevey tho abadhu ves balan. Most of the stories on this site are left incomplete so I try not to do that with mine. Sorry for the delay again dear. And its okey even if it’s a negative comment I appreciate it as well.

  8. iris says:
    March 17, 2017 at 12:40 am

    Wow layaa.. Thanks mihaa dhuvas fahun ves genesdhineethee.. Story hama vvvvvvvv salhi ??

  9. yashmaa says:
    March 17, 2017 at 12:42 am

    Kyhve kurin bali vaahaka angaa nulee.. myhun evarah comnt kuti iru vx.. hama ekani bayyey jahaafa vx comnt fonuvaalan nukerunu..

  10. Shammi Butterphlai says:
    March 17, 2017 at 12:42 am

    Subuhaanallah haadha dhuvas fahun

  11. lifaz says:
    March 17, 2017 at 12:45 am

    mi vaahaka ekani mihaaru misite in kiyaa hivva vaahaka akee.. vaahakaige mi part kiyalan libuneethee thank you.. heekuree dhen kiyaa lan nulibeyne kamah

    1. layaal says:
      March 18, 2017 at 1:12 am

      Thank you and you will get to read it 🙂

  12. Chum handi says:
    March 17, 2017 at 12:57 am

    layaal is back! finally i thought ya stopped the story…. anyways story fab!

  13. imagination says:
    March 17, 2017 at 1:14 am

    yeyy..layaaa is back!!! story hama habeys ingey.. missed u layaa. n yeah abt the sickness…even i had it for the past four weeks.. so guyss be really carefull ingeyyy..take fluids wash ur hands often and be safe..luv u layaaaa <3 <3

    1. layaal says:
      March 18, 2017 at 1:09 am

      thanks dear.

  14. who am i? says:
    March 17, 2017 at 1:32 am

    wow layaal is back ??? thanks you sooooo much lAyaal this story is the best.. mi baives varah reethi.??? n IK kameh dhimaavyma kan layaal stwry up nukoh ehaa dhuvas vy.☺???

  15. AN says:
    March 17, 2017 at 1:43 am

    happy to see you back.worth the waiting.hope you will upload the story to the end.

  16. Reen Hayaa says:
    March 17, 2017 at 1:54 am

    Alhe..mivaahaka thankolheh ginain update kohba pls..varah kiyaa hiyy vey..

  17. saamii says:
    March 17, 2017 at 2:04 am

    Layaa vaahaka up kuri dhuvas kolhu hama regular koh up kurii..mihaar busy v ma up nukurevun eii massala eh noon.. vaahaka nimendhen kiyaanan hama one of the best story mi ee.. ❤

  18. Ali says:
    March 17, 2017 at 9:32 am

    Lolies. Adhi dhethin mas las kohlaafa upload kurinama ehnu. And molhu comment eh jahaaleema enmen okay vaane. GUYYS. LAYAAL mareh nuvey!!! :’D :’D

  19. Aysh says:
    March 17, 2017 at 10:00 am

    Layaaal. Haadha miss viye. Sooo happy up kurima. Varah salhi mi part. And ayaaadh is soooooo sweeeet. Loabikan.

  20. Glitter says:
    March 17, 2017 at 12:35 pm

    wow layaal, this part is awesome, its been ages since i wanted to read this part , i thought that this part will be the end of this story, but indeed , it continued . eagerly waiting for the next part. You’ve done a splendid job by giving us more confidence that you won’t leave us . i greatly admire your situation before. and it should be valued by all the readers. Splendid Job. Keep it up Layaal. Ly

    1. layaal says:
      March 18, 2017 at 1:10 am

      Thank you. ly too.

  21. aysh says:
    March 17, 2017 at 2:02 pm

    heii layaal…vrh happy vejje mi prt up kohdhinyma…
    vrh vrh vrh vrh salhi mi prt ves…
    hykuran next prt avahah up kohdheyne kamah…

  22. Nyy says:
    March 17, 2017 at 7:33 pm

    Layaal finally you’re back after a long time. Thank god that you’re fine and take good care of yourself ❤ you’re my favourite writer. I love your stories a lot ? ?

    1. layaal says:
      March 18, 2017 at 1:11 am

      Thank you.

  23. Ma says:
    March 17, 2017 at 8:08 pm

    How ungrateful of you ppl..the gal was sick for gods sake..put a lid on it will ya..layaal keep goin gal ur doin a great job ??

  24. she says:
    March 17, 2017 at 9:11 pm

    wow varah reethi mivaahaka

  25. naz nax says:
    March 17, 2017 at 9:41 pm

    vvvv salhi mi part ves. v ufaavejje e haa dhigu inthizaareh koffaves aa part eh kiyaalan libuneethee. Layaa is the best.

    1. layaal says:
      March 18, 2017 at 1:13 am

      Thank you.

  26. Nilaa says:
    March 17, 2017 at 10:40 pm

    Hello layaal. I was beginning to think you stopped the story. But the same thing happened in your last story as well. There were delays towards the end of the story. But you still managed to update. So I had hope that you will continue this story as well. And i’m so glad you did. I have noticed that you are the only writer on this site who actually updates regularly even if there are delays you come back and let us know. Not that other writers don’t do that. But its my personal opinion that your one of the few writers who actually care to complete the story. And one of the best writers right now. Layaal ey bunima ei kaaku kan neyge meehun varah madhuvaane like Laraa ey bunima meehun dhana hen. Your famous for your writing skills and i have heard so much praise about you. I just wanted to say this and appreciate the effort you put into writing a story. It would take a lot of your time and thank you so much for bringing us such beautiful stories that take us into your world of imagination. You are my personal favorite writer next to laara. Just wanted to let you know how much i love your stories and look forward to it. The describing of each and every scene every emotion is so well written that it seems i’m in that scene. The twisting plots and turns so well planned. I adore your work. So good at such a young age. mifadha molhethi liyun therin mi raajeyge adhives ulhey kami hama varah ufaa vaa kame. haahsa kon mihaa lha umuruga mihaa furihama koh vaahaka genes dhinumi madhun nooni nufenaane kame. Glad the young generation is as talented. At last i just wanna say do what your doing and keep enveloping us in your fictional world.

    1. layaal says:
      March 18, 2017 at 1:08 am

      Thanks a bunch for the sweet encouragement. I’m glad you like it and i’m so touched by what you said. Thanks again.

  27. F2 says:
    March 18, 2017 at 12:55 am

    Thee vara gaboolu nukurevey vaahaka eh layaal. Meehaku 3 hafthaa vandhenn hunais vaahaka nuliyevey varah.thee vaahaka update nukoh lasveema hurihaa liuntherinves dhakkaa bahanaa.hunaun, noony laptop halaakuvun.what is this??konmeves molhu uzureh onnaane.we r not kids to believe what ever u say.aslu varah foohi ekahala bahanaa dhakkaa liuntherin.

    1. layaal says:
      March 18, 2017 at 1:05 am

      Sorry for the inconvenience but sickness cannot be predicted and i hope your safe from the viral flu going on. Thank you for reading and hope you enjoyed it <3

  28. Xxxxxxx says:
    March 18, 2017 at 8:57 am

    Konirakun new part up kuraany

  29. Zahara says:
    March 18, 2017 at 2:53 pm

    Varah reethi mi baives

  30. Snow flake❄ says:
    March 18, 2017 at 3:46 pm

    Layaaal Beb Is Baack.????
    Yaaaayyy.! ????
    I knew You Won’t Stop Writing the Story.?
    Thats Why You My fav Writer.???
    Best Ever.?
    Vrh Reethi Ingeyy.?
    Zubeyru Heyaruvaalevihjje Dho.???
    Naseebehnu?. Haajaraa Ah ves Hiyvaru Libihjje.???
    Dhen Avahah Divorce Veema salhi vaane.?
    Layaal Take care Of Your Self.✨?
    Thank God You recovered.☺??
    Balaigen Ulhehcheyy.?
    bye bye Pretty.? Tc.?

  31. Mubaah says:
    March 19, 2017 at 10:07 am

    Layaal! week aku kithah dhuvahu vaahaka genes dheveyne tho?

  32. Inthizaar says:
    March 20, 2017 at 5:10 pm

    Haadha lasveye vashaka up vaaleh. Nuvangnaa vaahaka ninmaalan veenu?

  33. ސޯލިހު says:
    March 20, 2017 at 5:16 pm

    ތިހެން ހާލަކުން ދުވަހަކު ވާހަކަ ގެނައުމަށްވުރެ ހުއްޓާލުންވެސް މާރަނގަޅުވާނެ އިނގޭތޯ ލަޔާލޫ

    1. Soliha says:
      March 21, 2017 at 12:34 am

      Solih ge vaahaka eh kiyaalan dheebala…

  34. layaal says:
    March 21, 2017 at 10:16 am

    Hey all. So writing in progress will update tomorrow. Thanks for the lovely comments.

  35. Xoo says:
    March 22, 2017 at 8:24 pm

    00:00ah update kuran tha thihunnany… adhi ves tomorrow nuvany kanneyge

  36. Snow flake❄ says:
    March 23, 2017 at 10:57 am

    Layaaal??⁉
    Kobr Storyyy???
    Avahah Up Kohdheeba Bbg.?
    Bebz bunee 22 Ka upload kuraanameyy dho????
    Bebz Please Avahah upload kohlaba kehvaneekee noon.???
    Never Break My Trust.??✨?⁉
    ????XOXO????

  37. Xoo says:
    March 23, 2017 at 1:06 pm

    Layaaloooo…. tomorrow kiyany kohchakah tha anekkaaa?????

  38. I'm me says:
    March 24, 2017 at 9:58 am

    ahannah hyvany mifaharu vex vhk nikunnaany month eh fahun thoacheh.. And e neruvunu dhuvahakun foni vhk dhakkaane.. I’m done reading this story..

  39. layaal says:
    March 24, 2017 at 10:47 am

    Guys. So I have finished the story but my laptop is having an issue connecting to wifi or even hotspot. So I’m trying to get it fixed so hopefully will update it tonight or ASAP. So I was thinking if you guys want an epilogue? I can write one if you want.

  40. Jeen says:
    March 25, 2017 at 12:53 am

    Aslu vaane gothakii kurin ves ehen veema vrh udhagoo vaane dhw e trust alun kuran.. kurin story ah ves vii ehn.. anekka mi story ah ves.. layaal kaarii bunelan beynunvaniii meehu Negetive comment kuriyas, layaal ge story reethi koh kiyuntherinna hama ah deliver kohdheyn massaiykaiyy kuraashey.. mi faharuge baiga kurin story ga hunna kahala asaru thakeh ehaa neh.. ahannah fenna gothuga.. stress aa hedhi kamah ves vedhaane.. kuraa kameh rangalheh kuraashey bunelan beynun vaniii.. week aku effaharey genesdheveynii bunyas jeen ah ok ey.. ekam layaal ge vaahakaiga hunna quality hunnan vaaney.. layaal thii vrh molhu kujjeh.. be brave.. and good luck

  41. Snow flake❄ says:
    March 26, 2017 at 11:28 am

    Awww Adhi ves Lap Okay Nuvey tha.⁉✨
    Beb Fix It ASAP ????……. Cuz Storyy Kiyaahithun Hureveneekee Noon.???
    Lallu Ge Storryy Ah Addict Vefa Mi innanee Assu Vess. ????
    Hehe Abadhu Indhevenee Vahaka Kiyan.?
    I am Addicted To stories now…????
    Specially Your Storiess.?
    Layaal Thee Esfiya Site Ga huri Emme Kamudhaa Eh Writer.???
    Vrh Obi Writer Eh thee.????
    Ehehe Your My Queen of esfiya.???
    Okayyy byeeez

  42. zulfigzzru says:
    March 26, 2017 at 5:56 pm

    layaa l ahkah nuoon bali thi vee mi vaahaka kiyaameehuhnah. thy jehifa huri bahyeh thy… dhogu hedhiyas thy dhen boduvaru ngey…

  43. Star says:
    March 28, 2017 at 9:04 am

    mi varakah inthizaaru kureveynee mivaahaka ah.

  44. Yalv says:
    March 28, 2017 at 11:15 am

    Adhives vaahaka up kurevey varu nuveytha ? Pls mivaahaka nimendhen genesdheeba layaal dhooni ?

  45. Snow flake❄ says:
    March 28, 2017 at 1:29 pm

    Umm Darl??
    Lap Still not fixed?????
    Please Lallss Fix it Soon….❤
    Umm How Many Parts Left Now????
    Best Writer Evrr ??
    I Am Really Impressed With Your Work?
    I Agree You Have Delays , But Still You Come And Tell Us The Reason. I Guess Your The Only Writer Who Does That As Far as I know.✨✨
    And I Believe You Will Not Stop Writing This Storyy…. ?✨
    Having Delays Is Not A Problem For Me…✨
    Cuz I know You will Come Back Again With A New Twist ?, Which Will Make Us Happy…?
    You Be My Fav.?

  46. Jeen says:
    March 28, 2017 at 4:14 pm

    Everyone please calm down.. Please encourage her to write.. I want to read it.. Please dnt stop writing.. Waiting for it..

  47. fazy says:
    March 31, 2017 at 1:21 am

    Layaal alhe kondhuvahakuntha up kollany . haadha kehmadhuvefaey mihunnany

Comments are closed.

Next Episodeވަންހަނާ (32)←


All Right Reserved!