Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އިންތިޒާރުގައި ހުރިން 16

Ryn 100 Stories10 Stories1K Comments500 Comments100 Comments100 Login
March 16, 2017 8 Mins Read
38 Comments

ޑރ ނާފިޒް އެތަނުގެ އިންޗާރޖަކަށް އެވަގުތު ހުރުމުގެ ސަބަބުން އޭނާވެސް އަވަސް އަވަހަށް އެތަނަށް ވަތްތަން ޔާއިންއަށް ފެނުނެވެ.

އެތަށްއިރެއްފަހުން ސުމާ އާއި މާޒިން ނިކުތެވެ. ޔާއިން ކިތަންމެ އަހަން ބޭނުންވެފައި ހުއްޓަސް ކެތްކޮށްލައިގެން އިނީ މާޒިން ހުރީމައެވެ. ސުމާ އަށް އެކަން އިނގުމުން ޔާއިން ކައިރި އިށީނެވެ. “ލޭ ވަރަށް ބޮޑަށް މަދުވެފައި ހުރީ، އެހެންވެ އެނބުރުން އެރީ، ޔަނާ އަކީ އަބަދުވެސް މި ދުވަސްކޮޅު ޕްރޮބްލަމް ހުންނަ ކުއްޖެއް….މިފަހަރު މާ ބޮޑުވަރުވީ ކަންނޭނގެ.. ނުވެސް ކައި ގިނައިން އެ އުޅެނީވެސް… ޓެސްޓުތަށް ހަދުވަންވީ ކަންނޭނގެ…” ސުމާ ބުންޏެވެ. އެ ބުނި އެއްޗެއް ޔާއިންއަށް އިތުރު ތަފްސީލަކާއި ނުލާ އިނގުނެވެ. “2 ގަޑިއިރު ބާއްވާފައި ރަނގަޅީއާއި ގެއަށް ގެންދާށޭ ބުނީ، މިހާރު އެ އުޅެނީ ރޫމްއަށް ޗޭންގް ކުރަން… އައިވީ ނުގުޅަނިސް ހޭއެރީމަ އެމީހުން އެބަތިބި އައިވީ ގުޅަން… މިދަނީ ރޫމްގެ ކަންތަށް ބަލާލަން….” ސުމާ އެހެން ބުނެފައި ހިނގައިގަތީ ކޮޓަރީގެ ކަންތަށް ހަމަޖައްސާށެވެ. މާޒިން ޔާއިންއާއި ދިމާ ބަލައިލިއިރު އޭނާގެ މޫނުމަތިން ފެންނަމުން ދިޔަ ކުލަވަރު ރަނގަޅަށްވެސް އޭނާއަށް އިނގުނެވެ.  ނަމަވެސް މޫނު އަނބުރާލަމުން މާޒިން ތެދުވިއެވެ.. “ބައްޕަ އެމަރޖެންސީ ކޭސްއެއް ދޫކޮށްލާފަ އާދެވުނީ ބޮޑު ކަމެއްވީ ކަމަށް ހިތާ ދެން އިރުކޮޅަކުން ރޫމްއަށް ޗޭންގްކޮށްފައި އައިވީ ގުޅާނެއެއްނު… ބައްޕަ އަންނާނަން އެކަން ނިންމާފައި އިނގޭ..” މަޒިން އެހެން ބުނެފައި ހިނގައިގަތީ ނިކަން ހަލުވިކޮށެވެ.

ކުއްލިއަކަށް ޑރ ނާފިޒް އެތަނުން ނިކުތްތަން ފެނުނެވެ. އޭނާ ހުރީ ހާސްވެފައެވެ. ޔާއިން އަވަހަސް ތެދުވެފައި ނާފިޒް ކައިރިއަށް ގޮސް ސުވާލުކުރިއެވެ. “މަ ފެންނައިރަށް ބުނީ ތިމަން ނޫޅެމޯ އެކައްޗެއްވެސް ޖަހާކަށެއް، މިތަނުން ގެންދާށޯ ބޭނުމެއް ނޫނޯ އައިވީ ގުޅާކަށެއްވެސް…އެތަނުން ތެދުވަން އެ އުޅެނީ، މަ މި ނުކުތީ ޑރ ސުމާ އަށް ނަމަވެސް ގޮވަން..” ނާފިޒް ބުންޏެވެ. “އޭނާ ރޫމްއަށް ގެންދަންވީނު، އަހަރެން އައިވީ ގުޅައިދީފާނަން…” ޔާއިން ބުންޏެވެ. “މަވާ ސަލާމް ނުވެސް ވަންނާނަން ހީވީ އެ ބެލުމުންވެސް މަ ނޮޅާ ކާލަފާނެހެން، މަ ސޮރީ އޭވެސް ކުރިން ދުވަހު ބުނިން އެދުވަހުވެސް ބުނީ އަނެއް ފެންފުޅި މޫނުމައްޗަށް ނުޖަހަނިސް ދާށޯ މިތަނުން…. ޑރ ޔާއިން ދޭބަލަ އޭނާ ހަމަޖައްސަން، އެ އެނދުގައި ރީއްޗަށް އޮވެގެންނެއްނު އައިވީ ކީއްކުރަން، އެ ދުއްވާފައި ރޫމްއަށްވެސް ގެންދެވޭނީ…” ނާފިޒް ބުނީ ހިތްހަމަނުޖެހިފައެވެ. ޔާއިން ނިތްކުރިމަތީ އަތް އަޅާލަމުން ޕިސް ޕިސް ޖެހިއެވެ. އޭނާ އަކީ ޑޮކްޓަރެއް ކަމަކު އިންޖިކްޝަނާއި އެފަދަ ކަންތަކަށް ވަރަށް ބިރުގަންނަ ކުއްޖެކެވެ. ނާފިޒް ބޭރުގައި ބަހައްޓާފައި ޔާއިން އެތެރެއަށް ވަތްއިރު ޔައިނާ އެނދުން ފައިބަން އުޅެނީއެވެ. ޔާއިން ފެނިފައި ހުއްޓުނެއްކަމަކު އަވަހަށް ނަޒަރު ވަކިކޮށްލާ އެނދުން ފޭބިއެވެ.

“ޔަނާ! މިތާ އޮވޭ..! ޑރ ބުނެފައި އޮތީ 2 ގަޑިއިރު މިތާނގައި އައިވީ ގުޅައިގެން އޮތީމަ ނޫނީ ނުފޮނުވޭނޭ އަވަސް މިތާ އޮވޭ ބައްޕަ ނުގެންނަނިސް..” ނަރުހަކު އެތާ ހުރުމުން ޔާއިން ޖެހުނީ އެދެމެދުގައިވާ ދުރުކަން ފިލުވާލާށެވެ. ޔައިނާ ނަރުހާއި ދިމާލަށް ބަލައިލުމަށްފަހު ޔާއިންއަށް ބަލައިލިއެވެ. އޭނާ އެގޮތަށް ކަންކުރީ ކީއްވެކަންވެސް އިނގުނެވެ. “އަހަރެން ބޭނުމީ ގެއަށް ދާން.. ކީއްކުރަން މިތަނަށް ގެނައީކީ…. ބޭނުމެއް ނޫން އޮންނާކަށް.. ބައްޔެއްވެސް ނޫނޭ މިތާ އޮންނާކަށެއް..” ޔައިނާ ބުނެލީ ލޯ އަޅާލާފައެވެ. “ސިސްޓަރ.. ޑރ ސުމާ ވެއްޖެ ރޫމްކަންތަށް ހަމަޖައްސަން ގޮސް.. ޕްލީސް ގޮވައިދެން ދޭބަލަ…” ޔާއިން ބުނެލީ ޔައިނާ މައިތިރި ނުވާނެކަން އިނގޭތީއެވެ. އެ ނަރުސްކުއްޖާ ދިޔުމުން ދެމީހުން އެތާ އެކަނިވިއެވެ. ޔައިނާ އެވަރުންވެސް އަޅައިނުލާ ތެދުވެއްޖެއެވެ.

“ބައްޕަ ގެނަޔަސް މަންމަ ގެނަޔަސް މިތާކު ނޯންނާނަން އިނގިއްޖެއެއްނު…” ޔައިނާ ބުނެލީ ތަންކޮޅެއް ބާރަށެވެ. އެއަށްފަހު ދާން ފިޔަވަޅު އަޅާލި ވަގުތު އަނެއްކާވެސް އެނބުރުން އެރިއެވެ. ޔައިނާ އެނދުގެ ފަޑީގައި ހިފަހައްޓާލި ވަގުތު ޔާއިން އެދިމާލަށް އައިސް ޔައިނާގެ ކޮނޑުގައި ހިފަހައްޓާލަމުން އެނދުގައި ބޭއްވިއެވެ. “ރީއްޗަށް އޮވޭ…!!!!” ޔާއިން އެހެން ބުނެލީ އަމުރުވެރި ރާގަކަށެވެ.

މާ ގިނައިރު ތަކެއް ނުވެ ޔައިނާ ރޫމްއަކަށް ބަދަލުކުރެވުނެވެ. ސުމާ އާއި މާޒިން ވީ ތަނެއް ޔާއިން އޮޅުން ފިލުވިއިރު މާޒިން އަދިވެސް ބިޒީއެވެ. އަދި ސުމާ އިރުކޮޅަކުން އެބަ އާދޭކަމަށް ބުނުމުން ޔާއިން ރޫމްގެ ބޭރުގައި މަޑުކުރީ ޔައިނާ އަށް އައިވީ ގުޅަންދެންނެވެ. ނަރުސް ކުއްޖާ ވަދެގެން އުޅުނުއިރު ޑރ ނާފިޒް ފަހުން ނުވެސް ފެނުނެވެ.

ނަރުސް ކުއްޖާ އިރުކޮޅަކުން ނިކުތެވެ. “ޑރ ޔާއިން، ޑރ ޔައިނާ އައިވީ ގުޅާކަށް ބޭނުމެއް ނޫނޭ ކިޔާފައި އަތްވެސް ނުދިން، މިތަނުން ގެންދާށޯ އޭނާ ރަނގަޅޯ ބުނީ…” ނަރުސްކުއްޖާ ބުނުމުން ޔާއިން ފުންނޭވައެއްލިއެވެ. “ޑރ ސުމާ ކައިރި ބުނޭ މިރޫމްއަށް އަވަހަށް އައިސްދޭށޭ، މިދަނީ ޓްރައި އެއް ޖައްސަން އިނގޭ..” ހިނިތުންވެލާފައި ޔާއިން އެހެން ބުންޏަސް އޭނާ ހުރީ ޔައިނާގެ ކަންތަށްހުރިގޮތުން ހިންހަމަނުޖެހިފައެވެ.

ވާނީވެސް އެހެންނެއްނޫންހެއްޔެވެ؟ އޭނާއަށް އެހުރީ ސުމާގެ ގޮތްގަނޑު ލިބިފައެވެ. އެމީހުން ބޮޑުވަމުން އާއިރުވެސް ސުމާ ޑރ އަކަށްވުރެ ހުރެ އަމިއްލައަށް ފަރުވާކުރަން ބޭނުންނުވާކަން އެމީހުންނަށް ކައިރިން ވަނީ ދެކިފައެވެ. ވައްތަރީ ހަމައެކަނި މޫނާއި ހަށިގަނޑެއް ނޫނެވެ. އުޅުންވެސް ހުންނަނީ ސުމާ ހުންނަހެންނެވެ.

ޔާއިން އެތެރެއަށް ވަތްއިރު ޔައިނާ އެނދުގައި ލައްގަނެލައިގެން އިނެވެ. އޭނާ އިނީ ދެބުމަ ގޮށްޖަހާލައިގެންނެވެ. “މި ބުނީނު ބޭނުމީ ގެއަށް ދާ…….” ޔައިނާ ހަޅޭލަވައިގަތީ ނަރުސްކުއްޖާ ކަމަށްހިތާއެވެ. ނަމަވެސް ޔާއިން ފެނުމާއި އެކު ހިމޭންވިއެވެ. ޔާއިން ރުޅި މަޑުކުރަމުން ގޮސް އައިވީ ގުޅަން ތައްޔާރުވުމުން  ޔައިނާ އޭނާގެ ވާއަތް ފޮރުވިއެވެ. “ދޭ މިތަނުން!!” ޔައިނާ ބުނެލީ ޔާއިން އާއި ދިމާ ނޫން އަނެއްދިމާލަށް މޫނުއަނބުރާލަމުންނެވެ. ޔާއިން އެއްޗެކޭވެސް ނުބުނެ ޔައިނާގެ ވާއަތުގެ މުލައްދަނޑީގައި ހިފައިފާ އޭނާއާއި ދިމާލަށް ގެނައެވެ. “ނޫޅެމޭ މި ބުނީނު…” ޔައިނާ ބުނެލީ އަތް ދަމައިގަންނަމުންނެވެ. އެވަރުންވެސް ޔާއިން އެއްޗެއް ނުބުނެ ގޮނޑި ކައިރިކޮށްފައި އިށީނެވެ. “ޔައިނާ! ސީ…! ހަށިގަނޑު ކޮންމެވެސް ވަރަކަށް ވީކްވެފައި ހުރީމަ ޑރ ބުނާނީ އައިވީގުޅަން… ތީވެސް ޑޮކްޓަރެއް ނޫންތަ، މިއީ އެހެން މީހެއްގެ ފަރާތުން އިނގެން ޖެހޭނެ ކަންތަކެއްވެސް ނޫނޭ، މިތާ 2 ގަޑިއިރު ހޭދަކޮށްފައި ރަނގަޅުކަމަށް ވަންޏާ ދޫކޮށްލެވޭނެ، އޭރުން އަވަހަށް ގެއަށްވެސް ދެވޭނެ، އެހެންނު؟ ތިހެން ގަދަހެދީމަ ލަސްވުން ނޫންކަމެއް ނުވާނެ… ކޮންމެ ގޮތެއްވިޔަސް މިތާ  އޮވެފަ ނޫނީ ގެއަށް ދިޔަކަ ނުދޭނަން…” ޔާއިން ބުންޏެވެ. ޔައިނާ ޔާއިންއާއި ދިމާ ބަލައިވެސް ނުލާ އިނީ އަނެއް ދިމާލަށް މޫނު އަނބުރާލައިގެންނެވެ.

ޔައިނާ ގޮތްދޫނުކޮށް އިނުމުން ޔާއިންއަށްވެސް ކުރާނެކަމެއް ނޭނގުނެވެ. “ޔައިނާ…. އަތް ގެނޭ..” ޔާއިން އޭނާގެ އަތް ދިއްކޮށްލަމުން ބުންޏެވެ. ޔައިނާ އެއަތަށް ބަލާލިނަމަވެސް ޔާއިންގެ މޫނަކަށް ބަލައެއްނުލައެވެ. “މީ ފަހު ފަހަރު ބުނާ، ދެން ގަދަކަމުންވެސް ކުރެވޭނެ އިނގޭ…. ޔައިނާ!! އަތް ގެނޭ..” ޔާއިން ދެންވެސް ތަކުރާރުކުރީ ގަދަކަމުން އެކަން ކުރުވަން ބޭނުންނުވާތީއެވެ.. އެހެން ބުނުމާއި އެކު ޔައިނާ ޔާއިންގެ މޫނަށް ބަލައިލީ ކުއްލިއަކަށެވެ. ސިކުންތުކޮޅެއް ތެރޭގައި އެ ދެލޮލަށް ކަރުނަޖަމާވާން ފެށިއެވެ. ޔައިނާ ޔާއިން އަށް ބަލަން އިނދެ ޔާއިންގެ އަތް ތެރެއަށް އޭނާގެ އަތްލެވުނީ ކީއްވެކަމެއްވެސް ނޭނގުނެވެ. އެ ދެލޮލުގެ ޖާދޫގައި ޖެހުނުގޮތުން ޔައިނާ އަށް ކުރެވޭ ނުކުރެވޭވެސް ނޭނގުނީކަމަށް ވެދާނެއެވެ. ޔައިނާ އިރުކޮޅަކު އެހެން އިނދެފައި މޫނު އަނބުރާލީ ކަރުނަތަށް ފައިބައިގަންނަން ފެށުމުންނެވެ. އޭނާ ޔާއިންއަށް އެއްވެސް ވަރަކަށް އެ ކަރުނަތަށް ދައްކަން ބޭނުމެއްނުވެއެވެ.

ޔާއިން ޔައިނާގެ އަތަށް އައިވީ ގުޅައިލަދިނެވެ. އަދި މަޑުމަޑުން އެނދުމަތީ އެ އަތް ބާއްވަމުން އައިވީ ފުޅިގެ ލެވެލް ހަމަޖެއްސިއެވެ. އެ ހުރިހާ އިރު ދޮރުމަތީ އެމީހުންގެ ހަރަކާތް ތަކަށް ބަލަން ސުމާއަށް ހުރެވުނީވެސް ފެންކަޅިވެފައިހުރި ހާލުގައެވެ. ދެމީހުން އެއުޅެނީ ހާދަ ހާލެއްގައެވެ. ކުރިމަތިން އަބަދު ފެނި ފެނި  އެކަކު އަނެކަކު ދެކެ ވާ ލޯބި ފޮރުވާލައިގެން އުޅެން ފަސޭހަހެއްޔޭވެސް އޭނާ ހިތަށް އެރިއެވެ. އޭނާ އިރުކޮޅަކުން ދާނަމޭ ބުނީވެސް ޔާއިން އާއި ޔައިނާއަށް ކުޑަވަގުތުކޮޅެއް ލިބިދަނެކަމުގެ އުއްމީދުގައެވެ. ޔާއިން ހުރީ ވަރަށް ބިރުގަނެފައިކަން ސުމާއަށް އިނގެއެވެ.

“ގުޑް ގާރލް ދެން މިތާ އޮވޭ….! އަންނާނަން ބޭސް ނަގައިގެން…” ޔާއިން އެހެން ބުނެފައި ކަބަޑުމަތީ އޮތް ބޭސް ސިޓީ ހިފައިގެން ނިކުތެވެ. ސުމާ އަވަހަށް ދުރަށް ޖެހުނެވެ. އަދި ޔާއިން ނިކުންނަންވާއިރަށް އޭނާ ވަންނަކަމަށް ހެދިއެވެ.

ޔާއިންއަށް ސުމާ ފެނުމުން އެއްޗެއް ނުބުނެ ޔައިނާ ދައްކާލުމަށްފަހު ހިނގައިގަތެވެ. ޔާއިންގެ ޑިއުޓީ އޮތީ ރޭގަނޑުގައި ކަމުން އޭނާ ހުރީ ހަމަޖެހިފައެވެ. ސުމާ އައިސް ޔައިނާ ކައިރި އިން ގޮނޑީގައި އިށީނެވެ. ޔައިނާ އޭރުވެސް އޮތީ ރުޅިމޫނު ހަދާލައިގެންނެވެ. “ދަރިފުޅު މިހާރު ރަނގަޅުތަ؟؟” ސުމާ އަހާލުމުން ޔައިނާ ހޫމްމް އޭ ބުންޏެވެ.. “މަންމައަށް ހީވަނީ ތިކަހަލަ ޕްރޮބްލަމްއެއް ނަމަ އަވަހަށް ޓެސްޓްތަކެއް ހަދަންވީހެން.. ލޭ މަދުވުމަކީ މައްސަލައެއްކަން ޔަނާއަށް އިނގެއެއްނު، މަންމަ އޭ ތިކަމާ އުޅޭނީ، އިތުރު މީހެއްނޫނޭ އެހެންވީމަ ފަސޭހަވާނެއެއްނު..” ސުމާ ބުނެލީ ކަންބޮޑުވެފައެވެ. “އަޅުގަނޑު ބޭނުމެއްނޫން އެއްވެސް ޓެސްޓެއް ހަދާކަށް…. މިއީ ނޯރމަލް ކަމަކަށްނުވިޔަސް ހެޔޮ،  އަޅުގަނޑު މިހުރީ ހަމަ ފިޓްކޮށްނެއްނު…..” ޔައިނާ ބުންޏެވެ. “އެކަމް، ޔަނާ…… އެންމެ ފަހަރަކުވެސް ބުނާ ބަސް އަހާލަންވީނު، ތީ މައްސަލައެކޭ، އެއްބައި މަސްތަކުގައި ނުވެފަ، މަހަކު ދެފަހަރު ވެފަ އަނެއްކާ ރަނގަޅުވާން ގިނަދުވަސް ނަގާފަ، މިއީ މައްސަލައެކޭ.. ހިނގާބަލަ ޓެސްޓްތަށް ހައްދާލަން..” ސުމާ ބުންޏެވެ. “ބޭނުމެއްނޫން….” ޔައިނާ ބުނެލިއެވެ. “ދެން އަބަދު ލޭ މަދުވެގެން އެނބުރުން އަރައިފައި އޮންނަންތަ ޔަނާ ބޭނުމީ؟؟؟ މުޅި އުމުރަށް ބަލިވާންތަ ބޭނުމީ؟؟؟” ސުމާ ހިތްހަމަނުޖެހުނުއިރު އަޑުވެސް ކުޑަކޮށް ގަދަވިއެވެ.

“އާނ އަޅުގަނޑަށް ހެވޭ ކޮންމެ ކަމެއްވިޔަސް…” ޔައިނާ މޫނު އަނބުރާލަމުން ބުނެލިނަމަވެސް ވަރަށް ދެރަވިއެވެ. އެކަން ދައްކަން ބޭނުންނުވީއެވެ. “ޔަނާ އެ ދުވަހު ގެ ސަބަބުން މުޅި އުމުރަށް މަންމަ ކުށްވެރިކުރަންތަ ބޭނުންވަނީ؟؟؟ އިނގެޔޭ ޔަނާ ރުޅިއައިސް ދެރަވެސް ވާނެކަން…. އެކަމް މުޅި އުމުރުދުވަހު އޭގެ ކުށްވެރިއެއްގެ ގޮތުގައި ބަހައްޓަންތަ ޔަނާ ބޭނުމީ؟؟؟” ސުމާ އެހިއިރު އޭނާ ގެ ދެލޯ ކަރުނުން ފުރުނެވެ. ޔައިނާ ގެ ދެލޮލުން ކަރުނަ ފައިބައިގަތެވެ. “އެދުވަހަކީ ދުވަހަކުވެސް ހިތުން ނުފިލާނެވަރުގެ އުފަލާއި ދުވަހަކުވެސް ހަނދާނުން ނުފިލާނެވަރުގެ ހިތާމަ ލިބުނު ދުވަސް… އަމިއްލަ ހިތް ކުށްވެރިކުރުން ހުއްޓާލުމަކީ ކިހާ އުފާވެރި ވަގުތުކޮޅެއް ކަން މަންމަ ކައިރި ބުނެދޭކަށް ނުޖެހޭނެކަންނޭނގެ…އެކަމް މަންމަ އާއި ޔާއިން އެ ލިބުނު ކުޑަ ކުޑަ އުފާވެސް ނިގުޅައިގަތީ، ބައްޕަ ގެ ޕޮއިންޓް އަޅުގަނޑަށް ވިސްނެޔޭ އެކަމް އެންމެ ފަހަރަކުވެސް މަންމައާއި ޔާއިން ވިސްނައިދިންނަމަ އަޅުގަނޑުގެ ސައިޑަށް ވާހަކަދެއްކިނަމަ، އެދުވަހު މަންމަ މަޑުންހުރީ ގައިމުވެސް އަޅުގަނޑަށް ވާނެ ގޮތް ނޭނގޭތީއެއްނު… ފައިބުޑަށް ވެއްޓި އާދޭސްކުރިން…. މި ހިތް ކުށްވެރިނުކޮށް ހަމަޖެހެވެން ނެގި މަދު ސިކުންތުކޮޅުވެސް މަންމައާއި ބައްޕަ އަދި ޔާއިންވެސް ފޭރިގަތީ….. މަންމައަށް ހީވޭތަ އަޅުގަނޑަށް އުޅެންފަސޭހަވެގެންނޭ އުޅެނީ؟ މިހުރިހާ ދުވަހު މިހެން އުޅެނީ ހަމަ އުޅެވޭތީއޭ؟ މިހިތަށް ވާ ގޮތާއި ކެތްކުރާވަރު ދެނެވޮޑިގެންވާނީ ހަމަ އެންމެ ފަރާތެއް………..

މިއަދު އަޅުގަނޑު ބޭނުމީ އެކަނި އުޅެން.. ދެޓްސް އޯލް.. ފަސޭހަވާނީވެސް އެކަނި އުޅުނީމަ ކަންނޭނގެ.. ފަހަރެއްގައި ޔާއިން ހާ މާތް ދަރިއަކަށް ނުވެދާނެ… އެކަމް ބުނަން ޔާއިން ވެސް އެ ވެދިން ޤުރުބާނީ އަޅުގަނޑުވެސް މިހުރީ ވެގެން… ޔާއިން އެކަންޏެއްނޫނޭ ޤުރުބާންކުރީކީ… އަޅުގަނޑުވެސްކުރިން…. އެތަކެއް އަހަރުވެސް ކުރިން އެ ދުވަހުވެސް ކުރިން.. މިހާރުވެސް މި ކުރަނީ…. ހަމަ މަންމައާއި ބައްޕައަށް ޓަކައި… ޔާއިން ނޫނަސް އަޅުގަނޑުވެސް ޤުރުބާންވިން.. އަޅުގަނޑުވެސް……..” ޔައިނާގެ އަރު ބެދުނެވެ. އޭނާއަށް ރޮވެން ފެށުނުއިރު ސުމާގެ ދެލޮލުން ކަރުނަ ފައިބައެވެ.

ތެދެކެވެ. އޭނާ ސުމާ އާއި މާޒިން އާއި ޔާއިން ކުށްވެރިކުރަން ހައްޤެވެ. އެ ހިތުގައި އަޅާވޭން އަދިވެސް އަންދާޒާ ނުކޮށްލެވުނަސް އަދިވެސް ޝަކުވާތަށް ހުއްޓަސް އެ ހިތުގައި ވާ އެއްޗެއް ސުމާއަށް އިނގުނެވެ. އެހެން ބުނާއިރުވެސް އެ ހިތުގައި ރިއްސާނެވަރު އިހްސާސްވިއެވެ. “މަންމަ ދަނީ!! ނަރުސްކުއްޖެއް ފޮނުވާނަން، ބޭނުން އެއްޗެއް އޭނާ ކައިރި ބުނާތި…” ސުމާ އަށް އިތުރަށް ހުންނާކަށްވެސް ނުކެރުނެވެ. އޭނާ އެތަނުން ތެދުވެގެން ދިޔައިރު އޭނާވެސް ހުރީ ރޮވޭނުރޮވޭ ވަރުގައެވެ. ސުމާ ނިކުތުމާއި އެކު ޔައިނާ މޫނުމަތީ އަތް އަޅާލަމުން ރޯންފެށިއެވެ.

އޭނާ މިތަނުން ފިލައިގެން ދާން ބޭނުންވިއެވެ. ޔައިނާ ތުންފަތުގައި ދަތް އަޅާލަމުން އައިވީ ނައްޓުވާލީ ގަދަކަމުންނެވެ. ކުޑަކޮށް ތަދުވިނަމަވެސް ހިތުގައި އަޅައިވޭން މާ ބޮޑެވެ. ޔައިނާ އަތަށް ބަލާލިވަގުތު އައިވީ ނައްޓުވާލިތަނުން ލޭ އާދެއެވެ. ނަމަވެސް ފަރުވާލެއް ނެތެވެ. އޭނާ ބޭނުމީ މިތަނުން ދާށެވެ. ޔައިނާ ތެދުވި ވަގުތު ބޮލަށް އެނބުރުން އެރިނަމަވެސް އޭނާ ހިތްވަރުކޮށްފައި ހިނގައިގަތެވެ. ހަށިގަނޑުގައި ހަކަތައެއްވެސް ނެތެވެ.

ޔައިނާ ގޮސް ދޮރު ހުޅުވާލަމުން ދެކޮޅު ބަލައިލިއެވެ. ނަސީބަކުން އެއްޗެކޭ ބުނެ އޭނާ ހުއްޓުވާނެ މީހެއް ނެތެވެ. ޔައިނާ ފަޔަރ އެކްސިޓް އިން ނިކުންނަން ދިމާކޮށްލީ ސުމާމެންނަށް އޭނާ ފެނިދާނެތީއެވެ. ޔައިނާ ސިއްރު ސިއްރުން ގޮސް ވާއަތަށް އެޅުނުވަގުތު ޖެހުނީ ޑރ ނާފިޒް ގެ ގައިގައެވެ. ޔައިނާއާއި ދިމާލަށް ނާފިޒް ދެލޯ ބޮޑުކޮށްލައިގެން ބަލަހައްޓައިގެން ހުއްޓެވެ. “ޑރ ޔައިނާ، ބެޑްގައި އަރާމް ކުރަން އޮންނަން…………….” “މިފަހަރު ފެންފުޅިއަކުން ފެން ނެރެފައެއްނޫން ގޮށްމުށުން ޖަހާނީ… ނުވާނެ ދިޔަކަން އަންގައިގެންވެސް… މަންމަމެން ފަރާތުން ޑރ ނާފިޒް އޭ ޔައިނާ ދާތަންފެނިގެން ބުނީ އޭ ބުނެފިނަމަ ހަނދާން ބަހައްޓާތި މާދަން ކުރިމައްޗަށް އަރާއިރުން ލަނޑެއް ދޭނަން….. ހީ ނުކުރާތި ކަމެއް ނުކުރެވޭނޭ..” ޔައިނާ ބޭނުންވީ ނާފިޒް ބިރުދައްކާލާށެވެ. ކިތަންމެ ފޮނި ކަނޑާއި އުޅުނަސް އޭނާ އަކީ ވަރުގަދަ ފިނޑިއެކެވެ. ޔައިނާ ނާފިޒްއަށް އަތް މަޅާލާފައި ދައްކާލުމުން ނާފިޒް އެ އަތަށް ބަލާލިއިރު ހުރީ ރަނގަޅަށްވެސް ބިރުގަނެފައެވެ. “ޔައިނާ ގޮއްސިޔޭ ކިޔާ ތި އަނގަ ހުޅުވާލިޔަސް……” ޔައިނާ އެހެން ބުނެފައި ހިނގައިގަތެވެ. “ކަލޯ ގަޔާ… އަންހެނަކަށްވުރެ ބޮޑަށް ފިރިހެނެއް ކަހަލަ… މަވާ ސަލާމް އެކަމް ޔާއިން ކައިރި ބުނަން ޖެހޭނެ އެހެންނޫނީ އަނެއް ބޮނޑި، މަ ސިއްރުކުރިކަން އެނގިއްޖެނަމަ ޔައިން މަރާލާނެ އަހަރެން…” ނާފިޒް އެހެން ބުނެފައި ދުވެފައި ދިޔައީ ޔާއިން ހޯދާށެވެ.

ޔައިނާ އަވަސް އަވަހަށް ބޭރުން ގޮސް ޓެކްސީއެއް ނަގައި ގެއާއި ދިމާލަށް ދިޔައެވެ. ނާފިޒްއަށް ޔާއިން ހޯދަންދެވޭވަރަށް ވުރެ މުހިންމު ކަމެއް ލައިގަނެގަން އެކަމުގައި އުޅެން ދެވުނީ އެކަން ނިމޭހާކޮށް ޔާއިންއާއި ބައްދަލުކުރާށެވެ.

ބޭސް ކޮތަޅު ހިފައިގެން މަޑު ހިނގުމެއްގައި ޔާއިން އައިސް ކޮޓަރި ދޮރު ހުޅުވާލިއިރު ކަމަކު ދާކަށް ނެތެވެ. އައިވީ ނައްޓުވާލައިގެން ޔައިނާ ފިލައިފިއެވެ. އޭނާ އަތުން ފޭބި ލޭކޮޅު އެނދުމަތީ ހުރިއިރު ސުމާގެވެސް ހަބަރެއް ނެތެވެ. ޔާއިން ބޯ ފަޅައިގެންދިޔައެވެ. ޔައިނާ މިއުޅެނީ އެހެންޏާ މީހަކު ނޫޅޭ ވައްތަރަކަށެވެ. އަޖައިބެކެވެ.

ޔާއިން ސުމާ ހޯދަން ނިކުތް ގަޑީގައި އެރުނީ ޑރ ނާފިޒް ގެ ކުރިމައްޗަށެވެ. “ޑރ ޔާއިން.. 15 މިނެޓް ވަރު ކުރިން ފަޔަރ އެކްޒިޓް އިން ޑރ ޔައިނާ ނިކުމެގެން ހިނގައްޖެ، އަހަރެން އޮންނަން ބުނީމަ ބުނީ މިފަހަރު ޖަހާނީ ގޮށް މުށުންނޯ އަދި ޑރ ސުމާމެން ކައިރި އަހަރެންގެ ފަރާތުން މިކަން އެނގިއްޖެކަން އިނގުނުނަމަ ލަނޑެއް ދޭނަމޯ އެކަމްވެސް އަހަރެން މިއައީ ބުނަންވެގެން.. އޭނާ ވަރަށް ޑޭންޖަރަސް އެކަމް ބުނަން އޭނާ ވަރަށް ވީކް… އިޓްސް އިމްޕޯރޓަންޓް ފޯރ ހާރ ޓު ސްޓޭ ހިއަރ…” ޑރ ނާފިޒް ވަރަށް އަވަސް އަވަހަށް ވާހަކަދައްކަމުންދިޔައެވެ. “ތެންކްސް ބުނީތީ… އައި ވިލް ޓޭކް ކެއަރ އޮފް އިޓް..” ޔާއިން ބުންޏެވެ. “އެކަމް މަ ބުންޏޭ ނުބުނާތި، މަގޭ ހުރިތަނަށް ގަންބައިވެސް ލާފާނެ އޭނާ އަންހެނަކަށްވުރެ ބޮޑަށް ހީވޭ ފިރިހެނެއްހެންވެސް..” ނާފިޒް އެހެން ބުނެފައި ހިނގައިގަތީ ޔާއިން އޯކޭ އޭ ބުނެލުމުންނެވެ.

ޔައިނާ މިހާރު ގެއަށް ދާނެކަން ޔާއިން އަށް އިނގުމުން ސުމާ ގެ ކެބިންއަށް ދިޔައެވެ. އޭރު ސުމާ އިނީ ބަލިމީހެއްގެ ހިދުމަތުގައެވެ. “އެސްކިޔުޒް މީ…” ޔާއިން ބުންޏެވެ. ސުމާ ކުޑަކޮށް އެއްފަރާތަށް ޖެހުނީ ޔާއިން މުހިންމުއެއްޗެއް ބުނަންވެގެން ނޫނީ އެގޮތަށް ކަން ނުކުރާނެކަން އިނގޭތިއެވެ. ޔަޤީނުންވެސް ޔައިނާ ކަމެއް ކުރީއެވެ. “މަމް.. ޔައިނާ ގެއަށް ގޮއްސި ފިލައިގެން…. ފަޔަރ އެކްޒިޓް އިން… އަޅުގަނޑު މިދަނީ ގެއަށް.. ގޭގާ ހުރިހާ ކަމެއް ހަމަ ޖައްސާނަން.. އެހާ ހާސްނުވެ މަމްގެ ޑިއުޓީ ނިމުނީމަ އާދޭ އިނގޭ.. އަޅުގަނޑު ޔައިނާ ޗެކް ކޮށްލާނަން… ގޯސްކަމެއް ފާހަގަވަންޏާ ހޭނައްތާލައިގެންވެސް ހޮސްޕިޓަލަށް ގެންނާނަން..” ޔާއިން ސިއްރު ސިއްރުން އެހެން ބުނުމާއި އެކު ސުމާ ދެލޯ ބޮޑުވިއެވެ. ނަމަވެސް ޔާއިން އެކަން ހަމަޖައްސާނެކަން އިނގޭތީ ސުމާ ހިތްހަމަޖެހުނެވެ. އެމީހުންނަށް ނުވާނެކަންތަށް ޔާއިން އަށް ކުރެވޭނެކަން ޔަޤީނެވެ.

…..

ޔާއިން ހިތްހަމަނުޖެހިފައި ހުރެ ކާރަށް އަރައިގެން ގެއަށް ދިޔައެވެ. އޭރު ޖެނީމެން ކަންބޮޑުވެފައި މޭޒުކައިރި ތިއްބެވެ. “ކޮބާ ޔައިނާ؟” ޔާއިން އެހިއެވެ. “ޔައިނާ މެޑަމް ދަނީ ކޮޓަރިއަށް… ޖަވާބުވެސް ނުދިނީ..” ޖެނީ ބުންޏެވެ. “އޯކޭ….” ޔާއިން އެހެން ބުނެފައި ޔައިނާގެ ކޮޓަރިއަށް ދިޔުމުގެ ކުރިން އޭނާގެ ކޮޓަރިއަށް ވަދެ އޭނާގެ އަމިއްލަ ކަށިގަނޑުގެ އިތުރަށް ބީޕީ ބަލާ އެތި ހިފައިގެން ނިކުމެ ޔައިނާގެ ކޮޓަރިއަށް ދިޔައެވެ. ހީކުރިގޮތަށް ދޮރު ހުރީ ތަޅުލާފައެވެ. ޔާއިން ދެފަހަރު ޓަކި ޖެހިއެވެ. “ޔައިނާ!! ދޮރު ހަލާކުނުކުރަނިސް ހުޅުވާ.. ހަމަ މިހާރު..!” ޔާއިން އަމުރުވެރިގޮތަކަށް ބުންޏެވެ.. “ދޮރު ހަލާކުކޮށްލަންވެއްޖެއްޔާ މާ ރަނގަޅެއް ނުވާނެ އިނގޭ…..” ދެންވެސް ޖަވާބެއް ނައުމުން ހަމަ އެ ރާގުގައި ޔާއިން ބުންޏެވެ.

ޔައިނާ ދޮރު ކައިރި ހުރިކަން ޔާއިން އަށް އިހްސާސްވިއެވެ. ” ދޮރު ބުޑުގައި ހުރިކަން އިނގެޔޭ އެހެންވީމަ މިހާރު ދޮރު ހުޅުވާ…” ޔާއިން ބުނެލިއެވެ.. ޔައިނާ ބަސްގަބޫލުނުކުރާނެކަން އިނގި ޔާއިން ރުޅިއައެވެ. “ދޮރާއި ދުރުގައި ހުރޭ އެހެން ނޫނީ ހަލާކުކޮށްލާއިރު ޖެހޭނީ ގައިގަ… އެކެއް… ދޭތް …..” ޔާއިން އެހެން ބުނެފައި ދޮރުގައި އަޅާ ކޮށްޕާލަން ރެޑީވިއެވެ. “ތިނެއް” ޔާއިން އެހެން ބުނެފައި ދޮރުގައި ޖެހިގަތް ވަގުތު ދޮރު ހުޅުވައިފިއެވެ. ޔާއިން ނުވެއްޓުނީވެސް ކިރިޔާއެވެ. ޔައިނާ މޫނުމަތީ ހުރީ ރުޅިވެރިކަމެވެ. ނަމަވެސް އެއަށްވުރެ ބޮޑަށް ޔާއިން ރުޅި އައިއްސިއެވެ.

ދޮރުތަންކޮޅެއް ބޮޑަށް ހުޅުވާލަމުން ޔާއިން އެތެރެއަށް ވަދެ ކަބަޑުމަތީ އޭނާ ގެނައި އެއްޗެހި ބެހެއްޓިއެވެ. އަދި ޔައިނާއަށް ބަލައިލިއެވެ. “މިހާރު އެތަކެއް ފަހަރު ޔައިނާ ކައިރި ކިޔާ އެކައްޗެއް އެބަ ޖެހޭކިޔަން.. އެކަމް ދެން ބުނާނީ އެންމެ ފަހަރަކު… އެވަގުތު އެކަން ނުކޮށްފިއްޔާ ގަދަކަމުންވެސް ކުރުވާނަން…” ޔާއިން ބުންޏެވެ.. “މިތާ އެނދުގައި އޮށޯވޭ މިހާރު..!” ޔާއިން އެނދަށް އިޝާރާތްކުރިއެވެ. ޔައިނާ ހަށަން ބަނދެފައި ނުދާން ހުއްޓެވެ. މިމީހުން ހެދުނުހާ ގޮތެއް ހަދަން ހުންނާކަށް އޭނާއަކަށް ނުޖެހޭނެއެވެ.

ޔާއިން އައި ރުޅީގައި ގޮސް ޔައިނާގެ ކޮނޑުގައި ހިފަހައްޓާލަމުން ފާރުގައި ޖައްސާ އޭނަ ފިއްތާލިއެވެ. ޔައިނާ ހުރީ ފާރުގައި ޖެހި ފިތިބާރުވެފައެވެ. ޔާއިންގެ ހޫނު ނޭވާ އެޅޭހާ ކައިރީގައި އޭނާ ހުރިއިރު ޔާއިން ދިޔައީ ފުންނޭވާތަކެއް ލަމުންނެވެ. “ބުނީމަ ބުނާ ގޮތް ހަދާނީ…!” ޔާއިން ބުނެލީ ދާދި ކައިރިން ފެންނަމުންދިޔަ ޔައިނާގެ މޫނަށް ބަލަހައްޓައިގެން ހުރެއެވެ. ޔައިނާ ގެ ހިތް ތެޅިގަތެވެ. ޔައިނާގެ ދެލޮލުން ފެނުނު ކަރުނަ ތިއްކާއި އެކު ޔާއިންގެ ރުޅި ފިލައިގެން ދިޔައީ ކިހިނެއްކަމެއްވެސް ނޭނގުނެވެ؟ އޭނާގެ ނޭވައި ލަސްވެ ގޮށްޖަހާލެވިފައިވާ ދެބުމަ ދޫކޮށްލެވުނެވެ. ކައިރިން ފެންނަމުންދިޔަ މައުސޫމްކަމުން ފުރިގެންވާ އޭނާގެ ރާނީ ގެ މޫނަށް ބެލެންފެށުނެވެ. އޭނާ ކުރުކޮށް ހުރުމުގެ ސަބަބުން އޭނާ ލަމުންދިޔަ ހޫނު ނޭވާ ޔާއިން ލައިގެން ހުރި ޓީޝާޓުން ފުރޭނިގެން މެއަށް އެޅެމުންދިޔައެވެ. ދެމީހުންގެ ހިތް ތެޅެންފެށީ އެޔެއް މިއެއް ބަލާފައެއް ނޫނެވެ. ތުރުތުރު އަޅަމުންދިޔަ ޔައިނާގެ ތުންފަތަށް ޔާއިންއަށް ބަލާލެވުނެވެ.

އިހްތިޔާރަކާއި ނުލާ ދެމީހުންގެ މޫނު އެކަކު އަނެކަކާއި ގާތްވަމުން ދިޔައެވެ. ޔައިނާއަށް ދެލޯ މަރާލެވުނީ ޔާއިންގެ ތުންފަތާއި ޔާއިންގެ ތުންފަތް ޖެހެން ކައިރިވުމާއި އެކުގައެވެ. “ނޯ….. ޝިޓް… ޝިޓް… ޝިޓް…” ޔާއިން އަށް ކުއްލިއަކަށް ކުރެވެން އުޅުނުކަންތަށް އިހްސާސްވެގެން ޔައިނާ އާއި ވަގުތުން ދުރަށް ޖެހުނެވެ. ޔައިނާ ލޯ ހުޅުވާލިއިރު އޭނާގެ ހިތާއި އެއްވަރަށް ނޭވައިވެސް ވަނީ އަވަސްވެފައެވެ. ޔާއިން ޔައިނާއަށް ފަސްއެނބުރެމުން ލޯ މަރާލާ ހަމަޖެހުނެވެ. ޔައިނާ ގެ ތުންފަތްމަތީ ކުޅެލީ ލާނެއް ހިނިތުންވުމެކެވެ. ޔާއިން ތަޅުވާނެ ގޮތްތަށް އޭނާއަށް އިނގުނެވެ. އޭނާ އަދިވެސް ލޯބިވާކަން އެނގޭއިރު ކުދި ކުދި އަމަލުން އޭނާ ތަޅުވާލަން ވަރަށް މަޖާ ހުންނާނެއެވެ. ފަހަރުގައި އެ ވެގެން އުޅޭ “މާތް ދޮށީ ދަރި” ގެ ލަގަބުން ފުއްމާލާ އަމިއްލަ ހިތުގެ އެނދުންތަކަށް އާބަސްބުނެފާނެއެވެ. އެ ހިތަށް އެހާ އަނިޔާ ނުދީ ހިތްހަމަޖެހުމެއް ހޯދަފާނެއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ryn

100 Stories10 Stories1K Comments500 Comments100 Comments100 Login

Hello! I love reading stories and writing obv. I hope my stories will make you happy. Don't forget that reading is what gives you more knowledge about the world. Don't stop reading. Visit my facebook page RYN'S stories. Thankyou

Other Articles

Previous

ލޯ މެރޭ ހިނދު ހީވޭ ގާތުގާ ވާހެން… (01)

Next

ޢަޞްރު (ފަންސާސްތިންވަނަ ބައި)

Next
March 16, 2017

ޢަޞްރު (ފަންސާސްތިންވަނަ ބައި)

Previews
March 16, 2017

ލޯ މެރޭ ހިނދު ހީވޭ ގާތުގާ ވާހެން… (01)

38 Comments!

  1. Ryn says:
    March 16, 2017 at 9:30 pm

    Salaam!! Wish me luck, tomorrow i have a very imp exam ?? Anyway ehaabodah check vx nukhlamey vrh busy kh miulheny… Tc good night. c u guys sat ga. And ya mi week ge radio drama ok tha? U guys liked it? Do tell me ingey.. tc ??

  2. girl :))) says:
    March 16, 2017 at 9:40 pm

    anehkka konfadha kameh kuran e visnaniii

  3. sonaalee says:
    March 16, 2017 at 9:43 pm

    Wow..nice..but yaina n yaain kaari kuruvaba…maa dhurudhurunney thi gengulheny..e dhemeehunge rom baa thakah v inthixaar kurevey..v v v reethi

  4. Aik says:
    March 16, 2017 at 9:46 pm

    Haadhahaa haasaru gina ey. Hus ehvaahaka thakei hunnay. Ibaarai kurun grade 5 gaulhey kujjekey ehvaru.

    1. Anonymous says:
      March 17, 2017 at 9:54 am

      Agree; layaal shine mi meehun liyaa vahakathakuge ibaaraahkuru fashui kan sifakurun vvv ragalhu .mi vahaka kiyan fashaafa ves foohi vegen kuri akah nudhi ya. Reeche obiness e bunnas negative comments thaka balaagen ragalhu kuranna kuriyah dhaanee; quantity e noon beynume quality

    2. nmnm says:
      March 17, 2017 at 10:03 pm

      Mi vaahaka v nice.. ibaaraaiy vs reethi

    3. Ely says:
      March 18, 2017 at 11:34 am

      Baeh meehun Ryn bahahtaney goani fulahlaafa eynayah neyge ekanves.

  5. Amazing says:
    March 16, 2017 at 9:49 pm

    Best of luck for your exams…..this part is very nice?

  6. Soora says:
    March 16, 2017 at 10:00 pm

    Mulhi akun goaheh noon ekam ehaa reethi eh ves noon thankolheh nugulhey gotheh mihuree yanaa ge eyna doc ah huryma goahee ehen noon nama midhaa goiy ves ok dhen abadhuves adk

  7. Mary says:
    March 16, 2017 at 10:11 pm

    Good luck dude.. v v nice mi bai ves…

  8. Saandy says:
    March 16, 2017 at 10:19 pm

    Mi Yainaa ulhey gothun v foohivey.. meehunge attention hoadhan ulheyhen heevany.. waiting for the next part

  9. shau says:
    March 16, 2017 at 10:23 pm

    Mi part ves varah reethi. N best of luck for your exam dear

  10. ReeXa says:
    March 16, 2017 at 10:38 pm

    Best of luck for your exam.. varah reethi mi part vx. .. hama varah chaalu

  11. haw shia shaba shi r says:
    March 16, 2017 at 10:57 pm

    Mashaa Allah v reethi mi part ves,waiting for the next parts,n whis u all the best in ur exam,

  12. Yalv says:
    March 16, 2017 at 11:05 pm

    Hama vv reethi mi part?

  13. imagination says:
    March 16, 2017 at 11:13 pm

    exam ah good luck… story is niceeee <3

  14. Mary says:
    March 16, 2017 at 11:18 pm

    Varah reethi

  15. sara says:
    March 16, 2017 at 11:35 pm

    good luck ryn.

  16. Ha v says:
    March 16, 2017 at 11:43 pm

    Yana mihaaru ehuree visna visna dipretion ah gossa ehen v ma ulhey goi e.aslu egothah kanthah dhimaa v ma ehen ulheynee.

  17. Ha v says:
    March 16, 2017 at 11:43 pm

    Yana mihaaru ehuree visna visna dipretion ah gossa ehen v ma ulhey goi e.aslu egothah kanthah dhimaa v ma ehen ulheynee.v reethi mi vaahaka.

  18. Meemi says:
    March 16, 2017 at 11:48 pm

    Varah varah reethi. waiting for the next part

  19. Sheyou says:
    March 17, 2017 at 12:23 am

    V rythi ❤️
    Good luck dear ???

  20. rain says:
    March 17, 2017 at 12:35 am

    Haasaru ginakamun dhw dhen.. vaahaka nuliye ihah fenavaru rangalhu liyuntheringe vaahaka thah kiyan fehnany..

  21. ❤️ Mimmi ❤️ says:
    March 17, 2017 at 1:08 am

    Wow varah reethi mi part ves ♥
    Waiting for the next part ?
    And good luck ?

  22. mine says:
    March 17, 2017 at 1:09 am

    best of luck for ur exam……! n story is nice…!

  23. AN says:
    March 17, 2017 at 1:14 am

    salhi mi part.n good luck for ur exam

  24. Chum handi says:
    March 17, 2017 at 1:21 am

    hey rynn…. mi yaina jinni avalevee tha? she’s acting quite weird…. but i totally love the story …. mihaaru kurin kuraa varah cmnt nukuriyas baraabarah story kiyan ingey…. dhen mi ulhey handi thah ves mihaaru habareh ves nuvey….
    police handi…
    handian…
    xoxo handi…
    fehi handi…
    pinky handi…
    foni handi…
    princess handi…
    baby handi…
    maa handi..
    huvan’dhumaa handi…..
    kalhu handi…
    dhon handi…
    makeup handi…
    raii handi…
    kpop handi…
    pink handi….
    ran handi…
    neynge handi….
    and many more are there… but can’t even write a word… so sad… wish to see u guys sooner or later….

    1. Police Handi says:
      March 17, 2017 at 1:13 pm

      Chum handi am here ey .. kobaatha magey loabivaa HANDIAN .. Baraabarah story thah kiyamey , ekam comment nukurany mithaa ulhey baigandau undhagu vaathy . . Handithakaa hadhagen bolaa undhagu vaa baigandeh ulhey . Ehenveye . . MISs all handithakaa . SPecially Magey HANDIAN ?????

  25. sam says:
    March 17, 2017 at 1:26 am

    Wow lovely please up next part

  26. I shu says:
    March 17, 2017 at 1:29 am

    Vvvvvv reethi.love it ryn??

  27. Hunana says:
    March 17, 2017 at 2:45 am

    Good luck. Exam rangalhah hadhaafa vahaka up kolladheythi ingey. Thee, maa sha allah varah molhu liyuntherieh.

  28. Shaa says:
    March 17, 2017 at 12:16 pm

    V reethi

  29. Aishaa says:
    March 17, 2017 at 2:15 pm

    Wow ryn it was just amazing

  30. Meemi says:
    March 17, 2017 at 7:07 pm

    Next part plX plx plx ☺

  31. ♡♡♡ says:
    March 17, 2017 at 11:39 pm

    Vr vr reethi

  32. Malika? says:
    March 18, 2017 at 2:10 am

    Varah reethi… yaan nd yana thankolheh kairi kohladhybah :((( <3

  33. who am i? says:
    March 18, 2017 at 3:07 am

    wow ryn… varah furihama

  34. Shiu says:
    March 18, 2017 at 9:20 am

    Love koba??
    Reyga nidhan ove ves hama hithah ery Yana eburifa hingaany kihaa varegge kameh baa ey
    Aslu v v salhi
    Shiu v beynun Yana aa yaan gulhen ?
    Ekam maazin ge point of view ves dhogeh nun
    Avahah up koddhyba dear
    V v salhi midhaagoiii

Comments are closed.

Next Episodeއިންތިޒާރުގައި ހުރިން 17←


All Right Reserved!