Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރި

ހަތިޔާރު (ތިންވަނަ ބައިގެ 1)

Jaishan Level 110 Stories
October 12, 2013 6 Mins Read
28 Comments

ޝެނިން
ނޫ ކުލައިގެ ޔުނީފޯމެވެ. އެފް ކްލާހެވެ. އަހަރެން މިހުރީ ސްކޫލް ކުރިމަތީގައެވެ. ނަމަވެސް ވަންނަން ބޭނުން ނުވެފައެވެ. މިއަކީ އަހަރެން ބޭނުންވާ ގޮތެއް ނޫން ހެއްޔެވެ؟ ދެން މިހާ ނުތަނަވަސް ކަމެއް އިޙްސާސް ކުރެވެނީ ކީއްވެހެއްޔެވެ؟ އަނބުރާލާފައި ދާން ވެސް ޚިޔާލު ކުރެވުނު ވަރެއް އަހަރެންނަކަށް ނެނގެއެވެ. “ލެޓްސް ޖަސް ގެޓް ދިސް އޯވަރ ވިތް!” އަހަރެން މަޑުމަޑުން ބުނީ އަމިއްލައަށް އަޑު އިވޭ ވަރަށެވެ. ފުން ނޭވާއެއް ލުމަށް ފަހު، އަގުބޮޑުކޮށް ހެދިފައިވާ ދޮރާށިން އަހަރެން ވަނީމެވެ.
މާލެ އައުމަށްފަހު އަހަރެންނަށް ނޭވާލާން ލިބުނީ އިއްޔެ އެކަންޏެވެ. އެވެސް މެންދުރުގެ ފްލައިޓުން މާލެ އާދެވުނީމައެވެ. ނަމަވެސް އަހަރެން ސްކޫލަށް ދާން ޖެހެނީ ހެނދުނެވެ. އެހެން ނޫން ނަމަ އިއްޔެވެސް ސްކޫލަށް އަންނަން ޖެހޭނެއެވެ. މަންމަމެން އަހަރެންނަށް ނޭވާއެއް ލާކަށް ފުރުސަތެއް ނުދޭނެއެވެ. އަހަރެން އެންމެ ފޫހިވީ އަހަރެން އަންނަން ވީ އިރަށް ސްކޫލްގައި ރެޖިސްޓަށް ކޮށްފައި އޮތީމައެވެ. ނަމަވެސް އެކަންވެސް އޮތީ ކޮށްފައެވެ. އަދި އެވެސް އާދައިގެ ސްކޫލަށް ނޫނެވެ. ރާއްޖޭގައި ހުރި އެންމެ ފެންވަރުމަތި ސްކޫލްގައެވެ. ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލް. ފުރަތަަމަ މިސްކޫލުން ޖާގަ ލިބުން ކަމަކީ އަހަރެން ހައިރާން ވާ ތަންކޮޅެވެ. ނަމަވެސް އެއްޗެއް ބުނުމަށް ވުރެ އަދި ސުވާލެއްގެ ޖަވާބެއް މަންމަމެން ފަރާާތުން ހޯދުމަށް ވުރެ ރަނގަޅުވާނީ އަޅާ ނުލީޔާއެވެ.
ވަދެވުމާއެކު އަހަރެންނަށް އެންމެފުރަތަމަ ފެނުން މީހެއް ކައިރީ އަހައިން އަހަރެންގެ ކްލާސް ހޯދީމެވެ. އަލަށް ހަދަންފަށާފައި ހުރި އިމާރާތުގެ ފުރަތަމަ ފަންގިފިލާއެވެ. މަޑުމަޑުން އަހަރެން އަރަމުުން ދިޔައީމެވެ. ނަމަވެސް ހިތް އަވަސް ވާން ފެށީ އެއްކަލަ ދަންނަ އިޙްސާސް ކުރެވެން ފެށުމުންނެވެ. ގައިން ހީބިހި ނަގަނީއެވެ. މީހަކު ފަހަތުން ބަލާހެން ހީވާން ފެއްޓެވެ.
ފަހަތަށް ބަލާ ހިތްވެސް އެބައެވެ. ބަލަންވެސް ބޭނުމެވެ. ނަމަވެސް ބިރުވެސް އެވަރަށް ގަނެއެވެ. ފިލްމު ތަކުގައި ބަތަަލުން އަދި ބަތަލާއިން ބިރުވެރި ކަމުގެ މެދަށްދާ ސަބަބު އިނގެއެވެ. ހަމަ އެންމެ ސަބަބެކެވެ. ސިއްރަކީ ކޮބައިކަން ބެލުމަށެވެ. ކިތަންމެ ބިރުގަތް ކަމަަށް ވިޔަސްވެސް ހެެވެވެ. އެއީ އިންސާނުންގެ ޠަބީއަތުގައި ވާކަމެއް ކަންނޭނގެއެވެ. ސިއްރެއް އޮތީ ކަމުގައި ވާނަމަ ކިތަންމެ ވަަރެއް ކޮށްގެން ނަމަވެސް އެކަމުގެ އަސްލެއް ހޯދަން އުޅޭނެއެވެ. ނަމަވެސް އަހަރެން ހަމަ ނޭނބުރި ވޭތޯ ބެލީމެވެ. ވަރަށް ވަރު ކޮށްގެން އަހަރެން ގޮސް ކްލާހަށް ވަނީމެވެ.
ނަސީބެކެވެ. ކްލާހަށް ވަދެވުމާއިއެކު ހިތުގެ ތެޅުން އަނެއްކަ ކުރީގެ ގޮތަށް ބަދަލުވާން ފެއްޓެވެ. ނަމަވެސް ހިތްހަމަ ޖެހުމުގެ ނޭވާއެއް ލެވުނީ ކްލާހުގެ ތެރެއަށް ބަލާލެވުނީމައެވެ. ދެކުއްޖަކު ފިޔަވާ މުޅި ކްލާސް އޮތީ ހުހަށެވެ. ނަމަވެސް އެދެކުދިން ބަލަން ތިބިގޮތުން ހީވަނީ އަހަރެން ދެބޯ ފަޅާފައި ހުރިހެނެވެ. “ކިހިނެއް ހަދަނީ؟ ކުއްޖެއް ހޯދަނީތަ؟” އެތަނުން ދޮންކޮށް ހުރި އަންހެން ކުއްޖާ އަހަރެން ކައިރީ ފޫހިވެފައިވާ ރާގަކުން އެއްސެވެ.
“މިއަކީ ޓްވެލް އެފް އެއް ނޫންތަ؟” އަހަރެންވެސް އެހީމެވެ. “ޖަސްޓް ޗޭންޖްޑް ސްކޫލް.” އަހަރެން ފަހަތަށް އިތުރު ކޮށްލީމެވެ. ކުއްލިއަކަށް ދެމީހުން އެކީ ހިނިތުން ވެލިއެވެ. ނަމަވެސް އަހަރެންނަށްް އެ ދޮން ކުއްޖާ ދީގެން ހުރި ހިނިތުންވުން އެނގެއެވެ. އަހަރެންނަށް ގިނަމީހުން ދެއްކި ހިނިތުން ވުމެކެވެ. އެއަކީ ހަމައެކަނި ދެއްކުންތެރިކަމުގެ ހިނިތުންވުުމެވެ. އެހެންކަމުން އަހަރެންގެ ހިނިތުންވުންވެސް އަމާޒު ކުރީ އޭނާގެ ކައިރީ ކުއްޖައަށެވެ.
އެ އަންހެން ކުއްޖާ، ދޮންކޮށް ކޮށް ހުރި އަންހެން ކުއްޖާހާ ދޮން ނުވެދާނެއެވެ. ނަމަވެސް މާ ރީއްޗެވެ. އަދިއެ ތެދުވެރި ހިނިތުންވެރިކަން އޭނާގެ މުޅި މޫނުމަތި އުޖާލާ ކުރެއެވެ. އަހަރެންގެ އިސްކޮޅެވެ. “ހޭ! ތިދޯ ޝެނިން އަބްދުލް ރަހީމަކީ! އިއްޔެ ހުމާޒްސާާރ ބުނި އާ ކުއްޖެއް އަންނަވާހަކަ. އައި ޓޯޓަލީ ފޮރގޮޓް.” މިހާރު ހަމަ ގައިމުވެސް އެ އަންހެން ކުއްޖާގެ ހުރިހާ ދަތެއް ހުރީ ހާމައަށެވެ. ކީއް ހެއްޔެވެ؟މ މިހާރު އަހަރެންވެސް ހުންނާނީ އެހެން ކަންނޭނގެއެވެ.
އުފަލުން ހިނިތުން ނުވާތާާވެސް މިހާރުވީ ދުވަހުގެ އަދަދެއް ނޭނގެއެވެ. ފުރަތަމަ ފަހަރަށް އައު ފެށުމެއްގެ މާނަ އަހަރެންނަށް ހާސިލް ކުރެވޭނެ ކަމުގެ އުއްމީދު ކުރެވުނެވެ. “އައިމް އިޒްނާ އެންޑް ދިސް ހިޔަރ އިސް ޒިމާނާ” ދޮން ކުއްޖަ އަކީ ޒިމާނާއެވެ. ނަން އަޑު އިވުނަސް ގައި ކަހާ ކަހަލައެވެ. މީހަކު ކައިރި ހުރުމުން އަހަރެންނަކަށް މިހެންނެއް އުނދަގުލެއް ނުކުރެއެވެ. ނަމަވެސް މި ޒިމާނާގެ ވާހަކައަކީ އެހެން ކަމެކެވެ.
އަހަރެން ބަލަން ހުއްޓައި އިޒްނާ އަހަރެން އަތުގައި ހިފައި ދަމާފައި ގެންގޮސް މޭޒެއް ކައިރީ މަޑު ކުރުވިއެވެ. ދަބަސް ފެނުމުން އެއަކީ އޭނާ އިންނަތަން ކަން އެނގިއްޖެއެވެ. “މިޔަދު އިންނާާނީ އަހަރެން ކާރީ!” އޭނާ ބުނީ ވަރަށް ހިތްހެޔޮ ކޮށެވެ. އަހަރެން ހަމަގައިމުވެސް އެއަކަށް ދެކޮޅެއް ނުހަދަމެވެ. ޖެހިގެން އިން ގޮނޑިގައި އިށީންނަމުން އަހަރެން ގަޑިއަށް ބަލާލީމެވެ. ކިޔަވައިދޭން ފެށެން ދިހަ މިނެޓަށް ވަނީއެވެ.
ކުރިން ވަމުން ދިޔަ ހާސްކަން މިހާރު ފަނޑުވޭއެބައެވެ. އެއްފަހަރު އަހަރެން ފަހަށް އެނބުރިލީމެވެެ. ޒިމާނާ އިނެވެ. ފަހަތުގައެވެ. ފޯނާއި ކުޅޭށެވެ. އަހަރެންވެސް އިތުރަށް ނުބަަލާ ކުރިއަށް އެނބުރި އިނީމެވެ. ކްލާހަށް ކުދިންތަށް މަޑުމަޑުން ވަންނަމުން ދިޔައެވެ. ނަމަވެސް އެއްކަލަހެން ހާސްވާން ފެށީ ވަންނަ ކޮންމެ ކުއްޖަކު، ދުވަހަކު ނުފެންނަ އެއްޗެއްހެން އަހަރެންނަށް ބަލާތީއެވެ. އަހަރެން އިސްދަށަށް ޖަހާލައިން އިނީ މައްޗަށް ބަލަން ނުކެރިފައެވެ.
ދެކުދިން ދެކުދިން އަންނަމުން ވެސް އެ ދިހަ މިނެޓް ތެރޭ ކުދިން ހަމަވެއްޖެއެވެ. ހީވަނީއެވެ. ލިސްްޓްގައި އިނީ އަހަރެންނާއި ނުލާ ތިރީސް ކުދިންނެވެ. މިހާރު ކްލާހުގައި އެހެން ކަމުން ތިބީ ތިރީސް ކުދިިންނެވެ. އެކަކު ފިޔަވައެވެ. އަހަރެން އައުމުން ކްލާހުގައި އަހަރެން މިއީ ތިރީސް އެއްވަނަ ކުއްޖައެވެ. އަހަރެންނާއި ވާތްފަރާތަށް ޖެހިގެން އިންގޮނޑީގައިވެސް މިހާރު އެކަކު އެބައިނެވެ. އޭނާވެސް ހިނިތުން ވެލިއެވެ. އަހަރެން ކަނާތްފަރާތަށް އެނބުރެމުން އިޒްނާއާއި ކައިރިވެލީމެވެ. ސުވާލެއް ކޮށްލުމަށެވެ.
“ވަރަށް ޕަންކްޗުއަލް ދޯ މިސްކޫލް ކުދިން.” އަހަރެން ހަމަ ހައިރާން ކަމާއި އެކު އެހީމެވެ. ކުދިން ގަޑި ފެށުމުގެ ކުރިން އައިސް މައިތިރި ވާހެން ހީވާތީއެވެ. ނަމަވެސް އިޒްނާ ޖެހީ ހިނިގަނޑެކެވެ. “ޔޫ ވިޝް! މިހަމަ މިޔަދު ކެމް ފުރަތަމަ އޮތީމަ. ވަރަށް ފާޑެއްގަ މީހެއް އެއަކީ. އެންމެނަށްވެސް ވަރަށް އަދަބު ދޭހިތް ވާނެ. ދެން އެސިސްޓެންޓް ޕްރިންސިޕަލް ވީމަ ނާޖައިޒު ފައިދާވެސް ނަގާނެ.” އަހަރެން މިހާރުވެސް އޭނަ ދެކެ ބިރުގަނެއްޖެއެވެ. “އޭނަ އަދި ޙާއްސަކޮށް ލޯބިވާނެ އިރަމް ދެކެ.” އޭނާ އިތުރު ކޮށްލިއެވެ. އަހަރެން އެއަކީ ކާކުތޯ ބަލަން ކުޑަކޮށް އެނބުރިލާ ހަދަން އުޅުނީމެވެ. ނަމަވެސް މިތަނުން އެކަކުވެސް އަހަރެންނެށް ނުދަންނަމެވެ. އެހެންކަމުން އިން ގޮތަށް އިނީއެވެ.
“ކޮބާ އިރަމް އަކީ؟” އަހަރެންނަށް ބުނެވުނު އެންމެ މަޑަކުން ބުނީމެވެ. ނަމަވެސް އިޒްނާާ ހިނިތުން ވެލިއެވެ. “އޭނަ އަދި ނާދެ. މިޔަދު ރަނގަޅު ބޮނޑިއެއް ލިބޭނެ ސައީދު އައުމުގެ ކުރިން އޭނަ ނައިއްސިޔާ.” އަހަރެން ބޭނުންވީ ސައީދު އެއަކީ ކާކުތޯ އަހަންށެވެ. ނަމަވެސް ކެމް ސާރ ކަމަށް އަހަރެން ހީ ކޮޮށްލީމެވެ. އަހަރެންގެ އުފެދިފައިވާ ސުވާލު ތަކެއް އެބަ ހުއްޓެވެ. ނަމަވެސް އިތުރު ސުވާލެއް ކުރުމުގެ ކުރިން މުދައްރިސް ކްލާހަށް ވަދެއްޖެއެވެ. އެއާއި އެކު މުޅި ކްލާހަށް ވެރިވީ ހަމަ ހިމޭން ކަމެވެ. ނަމަވެސް މިހަމަހިމޭން ކަމުން އަހަރެން ގައި ކަހާ ކަހަލަ ގޮތެއް ވާން ފެއްޓެވެ.
އަހަރެންނަށް އެއަކީ ވާގޮތެއް ނޫނެވެ. ނަމަވެސް އެމީހާ މި ތަނަށް ވަނުމާއެކު ވައި ތަފާތުވި ކަހަލައެވެ. ހީވާ ގޮތް ކަންނޭންގެއެވެ. ނަމަވެސްް އެމީހާގެ ކޮންމެވެސް ކަމެއް ގޯސް ހެން އަހަރެނަށް ހީވަނީ ކުޑަކޮށެއް ނޫނެވެ. ނަމަވެސް އަހަރެންނަށް ހުރީ ބައްޔެއް ޖެހިފައެއް ނޫން ހެއްޔެވެ؟
“ވެލް! ވީ ހޭވް އަ ނިއު ފޭސް ޓުޑޭ! ކިހިނެއް ވާނީ ހުރިހާ ކުދިންނަށް ފުރަތަމަ އިންޓްރޮޑިއުސް ވެލީއްޔާ؟” ކެމިސްޓްރީ ޓީޗަރު އެބުނީ އަހަރެން އެންމެ އަޑުއަހަން ބޭނުން ނުވި އެއްޗެވެ. ހަމަ ގަައިމުވެސް އަހަރެންް ދޫފުރޮޅޭ ވަރުން އެއްޗެކޭ ނުބުނެވޭނެއެވެ. ނަމަވެސް އަހަރެން ތެދުވީމެވެ. “އަ… އަޅު…” އަހަރެންނަށް ބުނެވުނީ އެހާ ހިސާބަށެވެ.

ކްލާހުގެ ދޮރު ހުޅުވިއްޖެއެވެ. މިހާާރު ހހަމަ ގައިމުވެސް އެކަކުވެސް އަހަރެންނަކަށް ސަމާލު ކަމެއް ނުދެއެވެ. އެންމެންވެސް ބަލަން އެތިބީ އެދޮރުކައިރީ ހުރި މީހަކަށެވެ. އޭނަ ފިޔަވައެވެ. “ވެލް، މިސްޓަރ އިރަމް އަށްް ދުރުވެވިއްޖެދޯ މިތަނަށް!” ރުޅިއައިސް ހުރި ވައްތަރަށް އޭނާ ބުންޏެވެ. އެއަށްފަހު އަހަރެންނަށް ނުބަލާ އަތުން އަހަރެންނަށް އިށީންނަން އިޝާރާތް ކުރިއެވެ. އަހަރެންނަށް ހިފަހައްޓައިގެން ހުރި ނޭވާ ދޫކޮށްލެވުން ކަހަލައެވެ. އޭނާއަށް މާ ފޫހި ފިލާ ކަމެއް ފެނުނީއެވެ.
އިރަމް އަހަރެންނަށް ހަމަ ބަލައިގެން ހުރީއެވެ. އޭނަ އާއި ސައީދު ވާހަކަ ދައްކާ ކަމެއް އޭނައަށް ނޭނގެނީ ބާވެއެވެ؟ އަހަރެން ވެސް ބަލައިން ހުރީއެވެ. ރީތި ދެލޮލެވެ. މިހާރު އެބަލާ ގޮތުން އަހަރެންގެ ގައިން ލޯވަޅު އަޅާލާނެހާ ތޫނު ނަޒަރެކެވެ. އެންމެ ފަހުން އަހަރެން އިސް ދަށަށް ޖެހީމެވެ. އަހަރެންނަކަށް މާ ގިނައިރު ބަލާކަށް ނުކެރުނެވެ. ނަމަވެސް އޭނަގެ ނަޒަރު އަހަރެންނަށް އަމާޒުވެފައިވާ ކަމުގެ އިޙްސާސް ކުރެވެއެވެެ.
ހަމައެއާއި އެކު ކުރެވެން ފެށުނީ ކުރިން ކުރެވޭ އިޙްސާސެވެ. މީހަކު ފަހަތުގައި ހުރެގެން ބަލާ ކަމުގެ އިޙްސާސެވެ. މިހާރު އެބަލަނީ އިރަމް ނޫން ކަން އަހަރެންނަށް އެނގެއެވެ. ގައިން ހީބިހި ނަގައިގަތީ ދެނެވެ. ނަމަވެސް އަހަރެން ފަހަތަކަށް ނޭނބުރޭނަމަވެ. “ގަޑި ނިންމާފަ މިޔަދު ބައްދަލު ކުރާތި.” އަހަރެންނަށް މިހާރު މުދައްރިސް ކިޔާއެއްޗެއް އިނގެނީ ކިރިޔާއެވެ.
އަޑު އިވޭ ކަމަށްވެސް ނުހަދާ އިރަމް އައިސް އަހަރެންގެ ފަހަތުގައި އިން ޑެސްކުގައި އިށީނދެއްޖެއެވެ. ނަމަވެސް އަހަރެންގެ ހަންގަނޑުން އަހަރެންނަށް ފުންމައި ނުގަނެ އިނދެވުނީ ކިރިޔާއެވެ. ފަހަތުން އެބަލަން ހުރި އެއްޗެއް މިހާރު އެހުރީ އެންމެން ކުރިމަތީގައެވެ. އަހަރެން ހަމަ މިއިނީ ހަޅޭ ލަވައި ގަތުމާއި ދެސުކުންތު ދުރުގައެވެ. މޭޒުގައި ހިފުންހާ އެންމެ ބާރަކަށް އަހަރެން ހިފަހަށްޓައިގެން އިނީމެވެ. މުށްކަރުވާލުމަށްފަހު މާގިނައިރެއް، އަތް އައްސިވާކަށް ނުނެގިއެވެ. މިހާރު ތަދެއްވެސް އިޙްސާސެއް ނުކުރެވެއެވެ. އަތަށް އަހަރެން ބަލާލީމެވެ. މުށްކެރުވިފައިވާލެއް ބާރުކަން އެނގުނީ އަތް ހުދުވެފައި އޮތުމުންނެވެ.
ބިރުގަތް ވަރަށް ވުރެ ބޮޑަށް ހައިރާންވީ އޭނާ ލައިގެން ހުރިއެއްޗަށް ނަޒަރު ހިންގާލެވިގެންނެވެ. އަހަރެމެންގެ ސްކޫލްގެ ޔުނީފޯރމެވެ. ވަޓް ދަ ހެލް؟ ހަމަ ވާނީ މިސްކޫލްގެ ކުދިންގެ އުމުރެވެ. އޭނަގެ މޫނަށް ބަލާލީމެވެ. އަަހަރެން ހިތްވަރު ކޮށްލާފަ މޫނަށް ބަލާލީމެވެ. ފަން އިސްތަށިގަނޑެކެވެ. ކަނދުރާ އާއި ހިސާބަށް ހުރީ ކޮށާލާފައެވެ. ކޮށާފައި ހުރީ ނިތްކުރި ފޮރުވޭގޮތަށެވެ. ބޮޑު ބޮޑު ދެލޮލެވެ. އައިބެއް ނެތްހާ ފުރިހަމައެވެ. އަނގަމަތީ ހުރިލޭ ފިޔަވައެވެ.
މުޅި ހަށިގަނޑަށް އަހަރެން ނަޒަރު ހިންގާލީ ދެނެވެ. އަތުގެ ތަންތަނުން ހުރީ ލޭއައިހެވެ. ދިގުކޮށް އެކި ދިގުމިނަށް ކެފިފައި ހުރި ތަން ފެނެއެވެ. އަހަރެން މިފަހަރު ބިރުގަތް ވަރަށް ވުރެ ވީ ދެރައެވެ. އަހަރެންނަށް ފެނުނު ގޮތަށް ހަގީގަތުގައި އެކަމެއްް ވެއްޖެނަމަ ކިހާ ވޭނެއް ކުރާނެ ހެއްޔެވެ؟
ނަމަވެސް އެންމެން އަހަރެން ކައިރީ ބުނީ އެއަކީ ބައްޔެކޭ ނޫން ހެއްޔެވެ؟ ބައްޔެއް ނޫން ނަމަ ފެންނާނީ އަހަރެންނަށް އެކަންޏެއް ނޫނެވެ. އެހެން އެންމެނަށްވެސް ފެންނާނެ އެއްނޫން ހެއްޔެވެ؟ ހަމަ ގައިމުވެސް އެއީ ހިންޏެއް ނޫނެވެ. ހިންޏެއްނަމަ ބައެއްގެ ނަޒަރުގައި އަޅައިނުގަނެ ދާނެއެވެ. ނަމަވެސް އަހަރެންގެ ކުރިމަތީ އަހަރެންނާއެއްވަރު އަންހެން ކުއްޖެކެވެ.
އެއަންހެން ކުއްޖާ ފުރަތަމަ ފަހަރަށް އަހަރެންނަށް ބަލައިލިއެވެ. އެއަށްފަހު އޭނަ މަޑުމަޑުން އަހަރެންނާއި ދިމާލަށް އަންނަ ފެއްޓެވެ. އަހަރެން މިއިނީ ނޭވާ ވެސް ލާން ނުކެރިފައެވެ. ނަމަވެސް ބިންގަނޑު ކައްސާލާ ކަހަލަ ކަމެއް ކުރީ ދެނެވެ. އޭނަ އިޒްނާގެ ގައިތެރެއަށް ވަނީއެވެ. އާއެކެވެ. ހަމަ ވަނީއެވެ. ދެންވެސް އަހަރެން ގަބޫލް ކުރަންވީ މިއަކީ ބައްޔެއް ކަމަށް ހެއްޔެވެ؟
އަހަރެން އިޒްނާއާއި ދިމާލަށް ބަލާލީމެވެ. ވަށް ކަޅިންނެވެ. އިޒްނާ ތުރުތުރު އަޅަނީއެވެ. އަހަރެންނަށް އޭނަ ވަރަށް އުނދަގުލުން ގަލަން ނެގިތަން ފެނުނެވެ. ގަނޑުގައި އޭނާ ލިޔަން ފެއްޓިއެވެ. ހަމަ އެހާ އަވަހަށް ގަލަން އަތުން ވެއްޓުނެވެ. އެއާއި އެކު އިޒްނާވެސް ތެޅިގަތުމަށްފަހު މޫން މޭޒުމަށްޗައް ވެއްޓުނެވެ. އަހަރެން މިހުރީ ހަދާނެ ގޮތެއް ނޭނގިފައެވެ. “އޮޓޯ ޕައިލެޓް” މޯޑުގައެވެ. އަހަރެން އިޒްނާގެ ކޮނޑުގައި ހިފާ ތަޅުވާލީމެވެ. ނަމަވެސް އެއްވެސް ގޮތެއް ނުވެއެވެ. މިހާރު މުދައްރިސް ވެސް އަހަރެމެން ތިބި ދިމާލަށް އަންނަން ފަށައިފިއެވެ.
މާގިނަ އިރު ތަކެއް ނުވެ އިޒްނާ ގެންދެވުނެވެ. އަހަރެން މިހުރީ ފެނުނި އެއްޗެއް ހަޖަމު ނުވެފައެވެ. ނަމަވެސް މިހަމަ ގައިމުވެސް މިހާރު އަހަރެންނަށް ޖެހިފައި ހުރި ބައްޔެއްގެ ގޮތުން ވާކަމެއް ނޫން ކަން އެނގެއެވެ. ނޫނީ މިއީ ބޮޑު އިއްތިފާގެއް ހެއްޔެވެ؟ އަހަރެންްނަށް އެ ކުއްޖެއް ފެނުން ގަޑީ އިޒްނާ އަށް އެހެން ވީހެއްޔެވެ؟ ވީގޮތަކީ އެއަކީ ކަންނޭނގެއެވެ.
އިޒްނާގެ ފޮތް ފެނުނީ ދެނެވެ. ހަމަ ހުޅުވާފައި އިނީ އެގަނޑުގައެވެ. ނަމަވެސް އެއްޗެއް ލިޔެފައި އިނެވެ. އަހަރެން އަތަށް ފޮތް ނެގީމެވެ. އެންމެ ބަހެކެވެ. ‘ހެލްޕް’ އިނގިރޭސިން ލިޔެފައި އިނެވެ. މިހާރު ދުވަހަކު ނުގަންނަހާ ބިރު ގަންނަން ފަށައިފިއެވެ. އަހަރެންގެ ސިކުނޑި ނިވުން ކަހަލައެވެ. އަތުގައި ފޮތް އެބަ އޮތެވެ. ނަމަވެސް އެބާއްވަންްވެސް އަހަރެން މިހުރީ ނޭނގިފައެވެ.
މިއީ ޖަވާބެއް ނޫން ހެއްޔެވެ؟ މިއޮއް ހުރިހާ ދުުވަހަކު އަހަރެން ބޭނުންވީ އަހަރެންނަށް މިފެންނަ އެއްޗެއްސަކީ ހަގީގަތަށް ވާށެވެ. މިހާރު އަހަރެންނަށް މިފެންނަ އެއްޗެއްސަކީ ހަގީގަތް ކަމަށް ގަބޫލް ކުރެވެން އެބަ ފަށައެވެ. ނަމަވެސް މިޖަވާބުގެ ސަބަބުން އަހަރެންނަށް އުފެދެން ފެށީ ހައްތާވެސް އިތުރު ސުވާލު ތަކެކެވެ. ޖަވާބަކީ އެކަހަލަ އެއްޗެއް ނޫން ހެއްޔެވެ؟ އުފައްދާނީ އިތުރު ސުވާލު ތަކެކެވެ. ކުރިއަށް ވުރެވެސްް އަހަރެންނަށް ހުރިހާ ކަމެއް މިހާރު ފުސްވާ ކަހަލައެވެ. ހީވަނީ ހައްތާވެސް ހަގީގަތާާ ދުރުވާ ހެންނެވެ. އަހަރެން ހަމަ ރަނގަޅަށްވެސް މޮޔަވަނީކީ ނޫންހެއްޔެވެ؟
(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Tags:

"ޕެރަނޯރމަލް" "ފިކްޝަން"

Share Article

Follow Me Written By

Jaishan

Level 110 Stories

Other Articles

Previous

ކުށަކާނުލާ.. (9 ވަނަ ބައި)

Next

ވީމޭ އިންތިޒާރުގައި 1 ވަނަ ބައި

Next
October 14, 2013

ވީމޭ އިންތިޒާރުގައި 1 ވަނަ ބައި

Previews
October 12, 2013

ކުށަކާނުލާ.. (9 ވަނަ ބައި)

28 Comments!

  1. ޔުމީ says:
    October 12, 2013 at 3:55 pm

    ދިސް ކީޕްސް ގެޓިން ބެޓަރ އެވްރި ޓައިމް…:)

    1. Jaishan says:
      October 12, 2013 at 5:38 pm

      ހެހެ. ތޭންކްސް ޔުމީ….:)

  2. bookworm says:
    October 12, 2013 at 8:36 pm

    ,just amazing, i am liking dhivehi version too 😀 keep it up,waiting for the next part,iram got to find shenin

    1. Jaishan says:
      October 12, 2013 at 8:49 pm

      އެބަ އިމްޕްރޫވް ވޭއެބަ ދޯ… :).. ތެންކިޔު ބުކްވޯރމް.. 🙂

  3. Inna says:
    October 12, 2013 at 10:31 pm

    Thi dhen marany nun.. Hama nais indha vaahaka nimmany.! Miaky comment kurevey varahvure obi concepteh. <3

    1. Jaishan says:
      October 13, 2013 at 5:56 pm

      ތޭންކްސް އިންނަ… 🙂

  4. LILY says:
    October 13, 2013 at 6:10 pm

    nice….intrestin

    1. Jaishan says:
      October 13, 2013 at 6:50 pm

      ތޭންކްސް ލިލީ.. 🙂

  5. noona says:
    October 18, 2013 at 7:10 pm

    god its amazing! i can’t wait for the next part 🙂 jai ur story is getting better and better i love it 😉

    1. Jaishan says:
      October 26, 2013 at 11:37 am

      ތެންކިޔު ނޫނާ….

  6. ކެޓް says:
    October 20, 2013 at 5:09 pm

    vAau this is grt.. thnkxx jaish…. waitin for da next part
    enme kiyaa hivvanee shenin ge bai ♥ ☺

    1. Jaishan says:
      October 26, 2013 at 11:40 am

      އެހެންތަ… ޝެނިންގެ ކޮން ސިފައެއް އެންމެ ކަމުދަނީ….? ޝުކުރިއްޔާ…

  7. Rifaah says:
    October 22, 2013 at 7:46 pm

    You are one bad behaving authur. Mithibeny dhen vaane gothehge inthizaaruga neyva hifahattaigen. We want this NOW!!! Mivaahaka dhemyhunge nazarun genna iruves ehaa unpredictable. Varah beynun vefa mihury vaane gotheh balan…

    1. Jaishan says:
      October 26, 2013 at 11:42 am

      ތިހާ އިންޓްރަސްޓް އަޅުގަނޑުގެ ވާހަކަ އަށް ދޭތީ ޝުކުރިއްޔާ…

  8. bookworm says:
    October 25, 2013 at 1:47 pm

    story up nukuranytha? alhey kiyaa hithun check eba vey konme dhuvahaku?where u jaish

  9. Jaishan says:
    October 25, 2013 at 5:38 pm

    ފުރަތަމަ ވެސް އަޅުގަނޑު ނިހާހަތަށް މަޢާފަށް އެދެން….. ހާއްސަކޮށް ބުކްވޯރމަށް. އަދި ކިރިޔާވެސް މި ވާހަކަ ކަމުދާ ބަޔަކަށް….. އަޅުގަނޑު ގެ ބިޒީ ކަމުން ނުލެވެނީ… ދެން އިން ބައި ނޮވެމްބަރ 8 ގައި ނުކުންނާނެ ކަމަށް ހިކުރަމެވެ. އިންޝާﷲ…. ޝުކުރިއްޔާ ތިދޭ ތަރުހީބަށް…..

  10. nasha says:
    October 27, 2013 at 10:25 am

    އައި ލަވް އިޓް ޖައި ♥
    އެކަމް ނޮވެމްބަރ 8 ؟؟؟ ހާދަ ލަހޭ! -_-

    1. Jaishan says:
      October 27, 2013 at 3:41 pm

      ސޮރީ.. އަޅުގަނޑުގެ އެގްޒާމް ނިމުންހާ އަވަހަކަށް އަޕް ކުރާނަން….. 🙁

    2. nasha says:
      October 28, 2013 at 11:50 am

      aww… its okay then =) will wait & goodluck !

  11. Jaishan says:
    October 28, 2013 at 12:38 pm

    ޝުކުރިއްޔާ…

    1. Minni says:
      October 30, 2013 at 4:35 pm

      …..Avas Avas

  12. Jaishan says:
    October 30, 2013 at 4:41 pm

    ވީވަރަކުން އަވަސް ކުރާނަން.. 🙂

  13. ޒަޔާން says:
    October 30, 2013 at 8:28 pm

    ވަރަށް ތަފާތު…. ނޭވާ ހިފަހަށްޓައިގެން އިންދަ ކޮންމެ ބަެއްވެސް ނިމެނީ އަޅުގަނޑު ހަމަ ބުނެލަން އޮތީ އެންމެ ވާހަކަ އެއް. މިއީ ލޯބީގެ ވާހަކަ ެަަަށް ނުވެދާނެއެވެ. ނަމަވެސް މިވާހަކަ އަކީ ވަރަށް ބޮޑަށް އެޕްރިޝިއޭޓް ކުރަން ޖެހޭ ވާހަކައެއް… ފުރަތަމަ ފަށްޓާއިރު ވާނުވާ ނޭނގިދާެނެއެވެ. އެކަމު ާހަކައަށް އިންޓްރަސްޓްދީ ތަންކޮޅެއް މައިންޑް އޯޕަންވެލީމަ އިނގޭނެ. . ވެދާނެ ފިކްޝަންއެއް ވީމަ އަދި ބަލައިގަންނަން އުނދަގުލީކަމަށް. އެކަމު މިވާކަ މާބޮޑަށް އަންޑަރ ރޭޓެޑް. މިއަށްމަދުވެގެން 3000 ވިއުސް އިންނަން ޖެހޭނެ… އަޅުގަނޑު މިއަށް ދޭނަން ★★★★★.. ހަމައެހާވެސް ސަޅިމީތި. ޖައިޝަން ތިކުރާ ހިތްވަރަށް ސާބަސް…

  14. Jaishan says:
    October 30, 2013 at 9:02 pm

    ފުރަތަމަ, އައިމް ފްލެޓާރޑް…. އަސްލުގަ ހިޔެއްވެސް ނުކުރަން ބަޔަކަށް މިވާހަކަ ކަމުދާނެކަމަކަށް…. ފްރެންޑެއްވެސް ބުނި މިވާހަކަ އެހާ ސަޅިއެއް ނޫނޭ…އެކަމު އަޅުގަނޑުގެ އެހެން ލިޔުމެއް ކިޔާފަ ބުނީ ވަރަށް ރީއްޗޭ..އައަި ކާންޓް ވެއިޓް ޓު ޝެއަރ އިޓް ވިތް ޔޫ…. އެކަމު ތިހާ ތަރުހީބު ލިބުނީމަ އައި ފީލް… ކްރެޕް. ނޭނގެ ފީލްވާ ވާ އެއްޗެއްވެސް ބުނާކަށް… ތެންކިޔު ޒަޔާން… 🙂

  15. Ryan says:
    October 31, 2013 at 4:01 pm

    …Nine days
    …Unbearable Days
    ……..I m Dying Here
    /: /: /: /: /:

  16. Jaishan says:
    October 31, 2013 at 4:03 pm

    ހެހެ.. ހަމަ ބަލަން ހުއްޓަ 9 ދުވަސް ނިމިދާނެ.. ތެންކިޔު… 🙂

  17. Zahaa says:
    November 3, 2013 at 7:45 pm

    ……………..Fas dhuvas avahah aadhey

  18. Jaishan says:
    November 3, 2013 at 7:52 pm

    ހީހީ… ކައުންޓްޑައުންގަ ދޯ… ސޮރީ ލަސްވާތީ.. ތެންކިޔު ތިދޭ ތަރުހީބަށް… 🙂

Comments are closed.

Next Episodeހަތިޔާރު (ތިންވަނަ ބައިގެ 2)←


All Right Reserved!