Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ކުށަކާނުލާ.. (9 ވަނަ ބައި)

aal Level 110 Stories
October 12, 2013 2 Mins Read
3 Comments

ވިޝާމްއާމެދު ވިސްނަން އޮވެ ނިދުނު އިރެއްވެސް ނޭނގެއެވެ. ހޭލެވުނީ ދީބާ ގޮވަން ފެށުމުންނެވެ. “އޭ. އެހެރަ ގަޑި ޖެހެނީ. ރޭގަ މާ ލަހުން ނިދި ރެއަކީތަ؟” އަހަރެން އަވަސްވެގަތީ ފެންވަރާ ތައްޔާރުވެލުމަށެވެ. “ދީބާ ދޭ. މަ ދާނަން ރެޑީވެގެން.” އަހަރެން ބުނެލީމެވެ. ފެންވަރައިގެން ނިކުތުމަށްފަހު ލާނެ ހެދުމަކާ ދޭތެރޭ ވިސްނާލީ އެހެން ދުވަސްތަކަށްވުރެ ރީތިވުމުގެ ނިޔަތުގައެވެ. މަޑު ފިޔާތޮށި ކުލައިގެ ހެދުމެއް ނެގުމަށްފަހު، އަތުގައި ގުޅޭނެހެން ތަނޑިބައެއް އަޅާލީމެވެ. ތުންފަތުގައި ކުލަ ޖައްސާލާ އިސްތަށިގަނޑު ހާމައަށް ނިއުޅުވާލީމެވެ. “މިއަދު ވިޝާމަށްވެސް ޖެހޭނީ ހަމަ އަހަރެން ކައިރިއަށް އަންނަން\” އަހަރެން ހިތާ ހިތާ ކިޔާލީމެވެ. “ޝިޓް. ފުރަތަމަ ގަޑިން 15 މިނެޓް ލަސްވެއްޖެ.” ގަޑި ފެނުމާއެކު އަހަރެން ދުއްވައިގަތީ ކުލާހަށް ދިޔުމަށެވެ.
ގަޑިޖެހިފައިވުމުން އަހަރެން ކުލާހަކަށް ނުދަމެވެ. ބަގީޗާ ސަރަހައްދުގައި ހުރި ގޮނޑިބަރިމަތީ އިށީނދެގެން އިނީއެވެ. އެތަނަށް އައީސުރެ އަހަރެން ހުއްޓުމެއްނެތި އެކި ދިމަދިމާއަށް ބަލަމުން ދިޔައިމެވެ. ވިޝާމް ފެނޭތޯއެވެ. މާޔޫސްކަން ހިތަށް ވެރިވި ވަގުތު ލައިބްރަރީއާއި ދިމާއަށް ވިޝާމް ދާތީ ފެނުނެވެ. ފުމެމުން ކަހަލަ ގޮތަކަށް އެދިމާއަށް ދުއްވައިގަނެވުނެވެ.
“އަހަރެން މިތާ އިށީނަސް އޯކޭތަ؟” ވިޝާމް ކައިރީ ޖެހިގެން ހުރި ގޮނޑީއަށް އިޝާރާތް ކޮއްލަމުން އަހަރެން ބުނީމެވެ. “ނީ؟؟؟” އަހަރެން ފެނުމުން ވިޝާމް ހައިރާންވިކަން އޭނާގެ މޫނުމަތިން ކިތަންމެ ރަނގަޅަކަށްވެސް ދޭހަވެއެވެ. “އަދިވެސް ޖަވާބެއް ނުދެމެއްނު؟” އަހަރެން ވިޝާމްއަށް ހިނތުންވެލީމެވެ. “އަ.. އާ.. އާން އިށީނދޭ\” ބުނަން ނުކެރިގެން ކަހަލަ ގޮތަކަށް ވިޝާމް ބުނެލިއެވެ. “ހާދަ ހާހެއް ތިވަނީ؟ އަހަރެން ޝާމް ކައެއް ނުލާނަމޭ.\” އަހަރެން ވިޝާމްއާ ދިމާކޮއްލީމެވެ. ވިޝާމްއަށް އުނދަގުވީ ކަންނޭގެއެވެ. އޭނާ ތެދުވެގެން ދާން ހިނގައިގަތެވެ. އަހަރެންވެސް ވިޝާމްގެ ފަސްފަހަތުން ހިނގައިގަތީމެވެ. “މަޑުކޮއްބަލަ. އަހަރެން ބޭނުން ވަހަކަ ދައްކަން. ޕްލީސް.” އަހަރެން ވިޝާމްގެ ކުރިމައްޗަށް އަރާ ހުއްޓުވީމެވެ. “އައިމް ސޮރީ. ވަރަށް ބޮޑަށް ސޮރީ. އަހަރެން ވިޝާމްއަށް ހާރޓް ކުރާކަށް ބޭނުމެއްނުވޭ. އަހަންނަށް ހެދުނު މިސްޓޭކެއް އެއީ. ޕްލީސް ތިހެން އަހަންނާ ނުފިލަބަލަ.” “ނީ ކިޔާ އެކައްޗެއް ކިޔާބަލަ. އެދުވަހު ބުނީ ބޭނުމެއް ނުވެޔޭ. ފެނުނީމަވެސް އުނދަގުވެޔޭ. މިއަދު ތިބުނަނީ ކުރިމައްޗަށް އަރާށޭ. އަހަންނަކަށް ނޭގެ ދެން.” ވިޝާމް ގާތަށް ރުޅިއައެވެ. “މާދަން ކަންނޭގެ ބުނާނީ ދުރަށް ދާށޭ. ނީއަށް ވަޒަންވެސް ނުކުރެވޭނެ އަހަރެން ނީދެކެ މިވާ ލޮތްބެއް.” އަހަރެންގެ ލޮލުން ކަރުނަ ހިލެން ފެށުނެވެ. “އަހަރެން ގަބޫލްކޮއްފިން. އަހަރެންނަށް ވިސްނުނީ ވަރަށް ގޯސްކޮށް. އަހަރެން ހީކުރީ ވިޝާމްއަކީވެސް…” އަހަރެންގެ އަޑުމަޑުވިއެވެ. އަޔާންގެ ނަން ބޭރު ކުރާކަށް އަހަރެންގެ ހިތެއް ނުރުހުނެވެ. “ބުނަން ނީ. ހުރިހާ އެންމެން އެއްގޮތެއް ނުވާނެ. އަހަރެން ގަޑިޖެހޭ އެބަ. ދެން ދަނީ.”
ވިޝާމް ދާތަން ބަލަން އަހަންނަށް ހުރެވުނީއެވެ. ވިޝާމްގެ ކުށެއް ނެތެވެ.. ކޮންމެ މީހެއްނަމަވެސް ކަންކުރާނީ އެހެންނެވެ. ވިޝާމްގެ ޖަގައިގައި އަހަރެން ހުރިނަމަވެސް ހެދޭނީ އެހެންކަން ޔަގީނެވެ. އަހަރެން ހީކުރީ ވިޝާމްދެން ދުވަހަކުވެސް ވަހަކަ ނުދައްކާނެކަމަށެވެ. ނާކާމިޔާބީ މޫނަކާއިއެކު ކުލާހަށް ދިޔައިމެވެ. ނަމަވެސް އެއްވެސް ފިލާވަޅަކަށް ސަމާލުކަމެއް ނުދެވުނެވެ. ވިޝާމް މަތިން ވިސްނެނީއެވެ. އެންމެފަހުން ދީބާއަށް މެސެޖު ކޮއްލީމެވެ. ވިޝާމްގެ ނަންބަރު ދިނުމަށް އެދިއެވެ. ވިޝާމްގެ ނަންބަރު ލިބުމާއެކު އަހަރެން މެސެޖު ކޮއްލީމެވެ. “އަހަންނަށް ހަމަ މާފް ނުކުރާނަންތަ؟” ވިޝާމްގެ ޖަވާބެއް ލިބުމުން އަހަރެންގެ ހިތަށް ހަމަޖެހުން ލިބުނެވެ. “މާފް ކޮއްފިން. :)” އަހަރެން އުފަލުން ފޮޅުނު ކަހަލައެވެ. އެދުވަހުގެ ކަމަކަށް އޮތީ މެސެޖު ކުރުމެވެ. ނިދަންވަންދެން މެސެޖު ކުރީމެވެ. ވަކި ހާއްސަ ވަހަކައެއް ނޫނެވެ. ހަމަ އާދައިގެ އެކި އެކި ވާހަކަތަކެވެ.
ދުވަސްތައް ފާއިތުވަމުން ދެއެވެ. އަހަރެމެންގެ ގުޅުމަށްވެސް ބަދަލުތަކެއް އަންނަން ފެށިއެވެ. އެކުގައި ހޭދަކުރެވޭ ވަގުތުތައް ގިނަވާން ފެށިއެވެ. ދެކެވޭ ވާހަކަތައް ގިނަވާން ފެށިއެވެ. ކޮންމެ ދުވަހެއްގެ އިރުއަރަނީ އަހަރެމެންގެ މެސެޖެކުން ފަދައެވެ. އިރުއޮއްސެނީވެސް ހަމައެފަދައިނެވެ. ވިޝާމްއާއެކީ ދުވަސްތައް ހޭދަވަމުން ދިޔަހެން އަޔާންގެ މަތިންވެސް މަޑުމަޑުން ހަނދާން ނެތެމުން ދިޔައެވެ. ދެމީހުން ވާހަކަ ދައްކަމުން ގެންދިޔައީ ލޯބީގެ ގޮތުން ގުޅިގެނެއް ނޫނެވެ. ނަމަވެސް އެގޮތަށް އެކަން ބަދަލުވާކަށް ދުވަހެއް ނުނެގިއެވެ. އަހަރެންގެ ހިތް ވިޝާމްއަށް ލެބެން ފެށީއެވެ. ވިޝާމްގެ ސޫރައަށް ހިތް ކިޔުނީއެވެ. އަބަދާއި އަބަދު ހިޔަނި ފަދައިން ވުމަށް އެދެވެން ފެށުނީ އިސާހިތަކުއެވެ.
ރެއަކީ ވިޝާމްއާ ބައްދަލު ކުރުމަށް ހަމަޖެހިފައިވާ ރެއެކެވެ. ނަލަ ހެދިލައިގެން އަހަރެން ގަޑި ކިޔާފައިވާ ތަނަށް ދިޔައިމެވެ. އަހަރެން ނިންމައިގެން ހުރީ ވިޝާމްއަށްވެސް އަހަރެންގެ ހިތުގެ މިރޭ ޝުއޫރު ހާމަކޮށްދިނުމަށެވެ. ގަޑިއިރެއް ހޭދަވެގެން ދިޔައިރުވެސް ވިޝާމްގެ ހަބަރެއް ނުވިއެވެ. ވިޝާމްއަކީ އެހެންޏާ އަބަދުވެސް ގަޑިއަށް އަންނަ މީހެކެވެ. ވީގޮތެއް ބެލުމަށް އަހަރެން ގުޅާލީމެވެ. ފޯނުވެސް ނިވާލާފައެވެ. އަހަރެން ހާސްވިއެވެ. ބިރުގަތެވެ. ވިޝާމަށް ކިހިނެތްވީބާއެވެ. ބަލިވީބާއެވެ. އެކަމަކު މިއަދުވެސް ހުރީ ހަމަ ރަނގަޅަށެވެ. އެވަގުތު ފޯނު ރިންގުވާން ފެށިއެވެ. އަހަރެން ހީކުރީ ވިޝާމް ކަމަށެވެ. “ދީބާ؟ ކިހިނެތްވީ؟ ހާދަ ހާސްވެފަ؟ ޔޫ އޯކޭ؟” އެކޮޅުން ވަހަކަ ދެއްކީ ދީބާއެވެ. ދީބާގެ އަޑުގައި ވަނީ ހާސްކަމާއި ނުތަނަވަސްކަމެވެ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

aal

Level 110 Stories

Other Articles

Previous

ނޭދެމޭ ވަކިވުމެއް… ހާދަހާ ލޯބިވޭ 45

Next

ހަތިޔާރު (ތިންވަނަ ބައިގެ 1)

Next
October 12, 2013

ހަތިޔާރު (ތިންވަނަ ބައިގެ 1)

Previews
October 12, 2013

ނޭދެމޭ ވަކިވުމެއް… ހާދަހާ ލޯބިވޭ 45

3 Comments!

  1. Aju says:
    October 13, 2013 at 2:20 am

    Alhe dhen haadhaha vaa kurey. Vaahaka reethi ekamu mihaa kuru veema foohi

  2. aish says:
    October 13, 2013 at 12:52 pm

    ,,mi part haadha kurey..reethi ekam ves

  3. lIzA says:
    October 13, 2013 at 2:27 pm

    ހާދަ ކުރޭ…. ވަރަށްރީތި ވާހަކަ.ދެނަ އަންނަ ޕާޓް ދިގުކޮށްލައްޗޭ

Comments are closed.

Next Episodeކުށަކާނުލާ.. (10 ވަނަ ބައި)←


All Right Reserved!