Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ހިތުގެ އެދުމޭތީ (6 ވަނަބައި)

Maahee Level 110 Stories100 Comments
March 2, 2017 3 Mins Read
10 Comments

މީޝާ ރޮއެގަންނަމުން އަމަރްގެ ގައިގަބައްދާލިއެވެ.

“މީޝާ….. ކިހިނެއްވީ…… ކީއްވެތި ރޮނީ………….”

އަމަރް ހާސްވެހުރެ ސުވާލުކުރިއެވެ. މީޝާ ރުއިން ކޮންޓުރޯލް ކުރެވޭތޯ މަސައްކަތް ކުރިއެވެ. ކުރު ގޮތަކަށް އަމަރްއަށް ހުރިހާ ވާހަކަތަކެއް މީޝާ ކިޔާލަދިނެވެ. އަމަރް މީޝާ އަތުގަހިފާ ކޮޅަށް ނެގިއެވެ. މީޝާ ކިޔަވަން އައިންސުރެ މީޝާގެ އެންމެގާތް ރަހުމަތްތެރިޔަކީ އަމަރްއެވެ. އަމަރްގެ ރަގަނޅު އަހުލާގާ، އޯގާތެރިކަމުގެ ސިފަ އަބަދުވެސް މީޝާއަށް އެހީވެދެއެވެ. އުފާވެރިކަމެއްވިޔަސް ހިތްދަތިކަމެއް ވިޔަސް އަމަރް މީޝާގެ އެންމެގާތުގައިހުރެއެވެ.

“މީޝާ…………………………”

މީޝާއާ އަމަރް އެބުރިބަލާލީ ޓެރަސްމައްޗަށް އަރަމުންއައި ޔާނިޝްގެއަޑަށެވެ. ޔާނިޝް ފެނުމުން މީޝާ ފުރަގަސްދިނެވެ.

“މީޝާ………… އަހަރެންދައްކާ ވާހަކަ އަޑުއަހާބަލަ……………….”

ޔާނިޝްގެ އަޑުގަވެސްވަނީ ވޭނީ އާހެކެވެ.

“ޔާނިޝް ޕުލީސް…. އަހަރެން އެކަނި އުޅެން ދޫކޮއްލާ………………….”

މީޝާ އަދިވެސްހުރީ ފުރަގަސްދީގެންނެވެ.

“މީޝާ ޕުލީސް………………”

ޔާނިޝް މީޝާގެ ގާތަށް ދާންއުޅުމުން އަމަރް ޔާނިޝް ހިފޭއްޓިއެވެ.

“ޔާނިޝްއަކަށް މީޝާއެބުނި އެއްޗެއްނީވޭތަ…………….”

އަމަރްހުރީ ކުޑަކޮން ހިތްހަމަ ނުޖެހިފައެވެ.

“ވަރަށް ރަގަނޅަށް އިވިއްޖެ………. މީޝާ އަހަރެންދެކެ ހިތްހަމަ ނުޖެހިފަ ހުރި ވަރަށްވުރެ މާބޮޑަށް މީޝާ އަހަރެންދެކެ ލޯބިވާނެ…………….”

ޔާނިޝް އަމަރްގެ އަތްފޮޅުވާލުމަށްފަހު މީޝާގެ ގާތަށްދިޔައެވެ. އަމަރް ޔާނިޝް ދުރުކުރަން އުޅުމުން މީޝާ އެކަން މަނާ ކުރިއެވެ.

“އަމަރް……. އަމަރް ދޭ މިތަނުން……..”

މީޝާ މިހެންބުނުމުން އިރުކޮޅަކު ހުރުމަށްފަހު އަމަރް ހިނގައިގަތެވެ. ޓެރަސްމަތިން ފައިބަމުން އަމަރް އެބުރިފަހަތް ބަލާލިއެވެ. ޔާނިޝް މީޝާގެ ގައިގަ ބައްދާލައިގެން ހުރިތަންފެނިފަ އަމަރްގެ ހިތަށް ވަރަށް އަސަރުކުރިއެވެ. މީގެކުރިން ދުވަހަކުވެސް އަމަރްގެ ހިތަށް އެހާ ތަދެއްނުވެއެވެ. އަވަސްއަވަހަށް އަމަރް ޓެރަސްމަތިން ފޭބިއެވެ.

ޔާނިޝް މީޝާއަށް ކަންތައްވީގޮތް ވަރަށް ރަގަނޅަށް ކިޔައިދިނެވެ. އަދި ޔާނިޝްގެ އެއްވެސް ކުށެއްނެތްކަން އޮޅުންފިލުވައިދިނެވެ.

އަމަރް ކޮޓަރިއަށްވަދެ ދޮރުލައްޕާލުމަށްފަހު ދޮރުގަ ލައްގަނެލިއެވެ. ހިތާދިމާ މޭގަ އަމަރް ބާރަށް އަތްއަޅާލިއެވެ. ދޮރުކައިރީ އިށީދެލީ ހިތަށް ކުރި އަސަރަށް ކުޑަވެސް ބަދަލެއް އާދޭތޯއެވެ. އަމަރް މުޅިކޮޓަރި އެކިދިމަ ދިމާލަށް ނަޒަރު ހިންގާލިއެވެ. ހުރިހާ ފާރެއްގަޔާއި ސީލިންގަނޑުގަ ހުރީ ފޮޓޯތަތް ކޮއްފައެވެ. އެއީ އަމަރް އެންމެކުރިންސުރެވެސް އެދެމުންއައި އިންސާނާގެ ފޮޓޯތަކެވެ. މީޝާގެ ފޮޓޯތަކެވެ. އަމަރް މަޑުމަޑުން ތެދުވެ ކޮޓަރިތެރޭ ހިނގަން ފެށިއެވެ.

” އަހަރެން ނުވިސްނަނީ ކޮންކޮން ކަންކަމަކަށް……. އަހަރެން ނުދެކެނީ ކޮންކޮން ހުވަފެންތަކެއް….. އަހަރެންގެ ހިތް ބޭނުންވެފައިވަނީ ކިހާކަންކަމެއް…… އަހަރެންގެ ހިތް އެދެނީ ކަލާޔަށް…… މިހިތަށް ތޫފާނެއް އައިއްސި……. ކަލާޔާ ނުލާ އަހަރެން ދިރިހުންނާނީ ކިހިނެއް….. އަދި މަރުވާނީ ކިހިނެއް……. ތިލޯތްބާނުލާ ރޭދުވާ ވާނީ ގަރުނުތަކަކަށް….. ކަލާއެބުރި އާދޭ…. އަހަރެންގެ ގާތަށްއާދޭ……. މިހިތް އެދެނީ ހަމައެކަނި ކަލާޔަށް….. ހަމައެކަނި މީޝާއަށް…..”

މޮޔައަކު ފަދައިން އަމަރް މީޝާގެ ފޮޓޯތަކާ ވާހަކަދައްކަމުން ދިޔައެވެ.

“އައި ލަވް ޔޫ މީޝާ……. އައި ލަވް ޔޫ ސޯ މަޗް………”

އަމަރްއަށް ހަމަ ރަގަނޅަށްވެސް ރޮވިއްޖެއެވެ. ހިތަށްކުރި އަސަރަށް ލުޔެއްލިބޭތޯ ކުރި މަސައްކަތްވީ ބޭކާރެވެ.

“ކޮބާ އަޔާން……………………..”

ކާމޭޒުކައިރީ އިށީނަމުން ޔާނިޝް އަހާލިއެވެ.

“އަޔާން ބުނީ ޔާނިޝްއަށް ކޮންމެސް ސަޕްރައިޒްއެއް ދޭންވެގެންނޯ…….. ދިޔަތަނެއް ނުބުނޭ…..”

ރައުފާގެ ޖަވާބުން ޔާނިޝްގެ ހިތް ނުތަނަވަސްވިއެވެ. މިހާރު އަޔާންގެ ސަޕްރައިޒްވެސް ވަނީ ޔާނިޝްއަށް ބޮޑުބިރަކަށްށެވެ. މީޝާއާއި އާޔާވެސް ސައިބޯން އައިސް އިށީނެވެ.

“ޔާނިޝް……… ސަޕްރައިޒް………”

އަޔާންގެ އަޑަށް އެންމެން ދޮރާދިމާލަށް ބަލާލިއެވެ. ދެބައި އުމުރަށް ގޮސްފައިވާ ފިރިހެނަކު އަޔާންގެ ކައިރީ ހުއްޓެވެ. އެމީހާ ފެނުމާއެކު ޔާނިޝްގެ ބޮލަށް ހީވީބަރު އެއްޗެއް ވައްޓާލިހެންނެވެ. ޔާނިޝްގެ މުޅި ހަށިގަނޑު ހޫނުވިއެވެ. ދެއަތްބާރަށް މުއްކަވާލިއެވެ.

އަޔާން އެފިރިހެންމީހާ ގޮވައިގެން އައިސް ކާމޭޒުކައިރީ އިށީނެވެ.

“ޔާނިޝްގެ ކައިވެންޔަށް އެންމެ މުހިއްމުވާނީ ޔާނިޝްގެ ބައްޕައެއްނު……. އެހެންވެ އަހަރެން ހިތަށްއެރީ ޔާނިޝްއަށް ސަޕްރައިޒް އެއްދޭންވީއޭ…………. ކިހިނެއްވަނީ އަހަރެންގެ ސަޕްރައިޒް…..”

އަޔާން ހިނިތުންވެއިދެ ބުނެލިއެވެ.

ހަގީގަތުގަވެސް އަޔާންގެ ސަޕްރައިޒްއިން ޔާނިޝް ވަރަށް ސަޕްރައިޒް ކުރުވައިފިއެވެ. ކުޑައިރުންސުރެ އެމީހަކަށް ނަފްރަތު ކުރަމުން އައި ބައްޕަފެނި ޔާނިޝް ވަރަށް ސަޕްރައިޒް ވެއްޖެއެވެ. އެބައްޕަގެ ސޫރަފެންނަ ހިސާބުގަވެސް ނުހުންނާނަން ކަމަށް ޔާނިޝްވަނީ ވައުދުވެފައެވެ. އެހެންނަމަވެސް އަޔާންގެ ކުރިމަތީ އެނަފްރަތު ދައްކާކަށް ޔާނިޝް ބޭނުމެއްނުވިއެވެ. ޔާނިޝް ހިނިތުންވެލަމުން އާނއެކޭ ބުނެލިއެވެ.

” މީ އަކްރަމްބެ އިނގޭ……… ކައިވެނީގެ ހުރިހާ ކަމެއް ނިމެންދެން އަކްރަމްބެ ހުންނާނީ މިގޭގަ………..”

އަޔާން ރައުފާއަށް ޔާނިޝްގެ ބައްޕަ ތައާރަފް ކޮއްދިނެވެ.

ޔާނިޝްހުރީ ހަށަންބަދެލައިގެން ޓެރަސްމަތީގައެވެ. ހީވަނީ ކޮންމެސް ކަމަކާ ވިސްނަމުންދާ ހެންނެވެ.

“ޔާނިޝް……………”

މީޝާގެ އަޑަށް ޔާނިޝް ކުޑަކޮންމޫނު އަބުރާ ބަލާލިއެވެ. ޔާނިޝްގެ މޫނުމަތިންވެސް ފެންނަނީ ހިތްހަމަ ނުޖެހުމުގެ އަސަރެވެ.

“ކިހިނެއްވީ………. މިހާރު ޔާނިޝްގެ ބައްޕަވެސް އައީ އެއްނު……. ދެންމާގިނަ ދުވަހެއްނުނެ ޔާނިޝްއާ އާޔާގެ ކައިވެނި ކުރެވިދާނެ………………”

މީޝާ މޮޅިވެހުރެ ބުނެލިއެވެ.

“މީޝާ ޕުލީސް…….. މިހާރުވެސް އަހަރެންގެ މޫޑު މިހިރީ ހަރާބުވެފަ…… އިތުރަށް އަހަރެންގެ މޫޑު އޮފް ކުރަން ނޫޅެބަލަ……..”

ޔާނިޝް ކުޑަކޮން ރުޅި އަންނަގޮތްވިއެވެ. މީޝާ ޔާނިޝްގެ ގައިގަ ފަހަތުން ބައްދާލިއެވެ.

“އަހަންނަށް މިހާރު ހީވަނީ ޔާނިޝް އަހަންނަށް ގެއްލެނީހެން……..”

މީޝާ މިހެންބުނުމުން ޔާނިޝް މީޝާއާ ދިމާލަށް އެބުރިލިއެވެ.

“މީޝާ….. ޓުރަސްޓް މީ……. އަހަރެން ކޮންމެސް ގޮތެއް ވިސްނާނަން……”

ޔާނިޝް ދެއަތުން މީޝާގެ މޫނުގަ ހިފާއްޓާލަމުން ބުނެލިއެވެ.

 

“ޔާނިޝް ކީއްވެ ކައިވެނި ކުރަންއުޅޭ ވާހަކަ ބައްޕަގާތު ނުބުނީ……….”

އަކްރަމް ވާހަކަ ދެއްކީ އެނދުމަތީ ހުރަހަށް އޮށޯވެއޮތް ޔާނިޝްއާއެވެ. ނަމަވެސް ޔާނިޝްއަށް އަކްރަމްގެ އެއްވެސް ވާހަކައެއް އަޑުނީވޭކަހަލައެވެ. އަކްރަމް ދެތިންފަހަރު ބުނުމުންވެސް ޔާނިޝްގެ ޖަވާބެއް ނުލިބުނެވެ.

“ބަލަ އަހަރެންމީ ޔާނިޝްގެ ބައްޕައޭ…………….”

އަކްރަމްގެ އަޑުބާރުވުމުން ޔާނިޝްގެ ރުޅިގަނޑު ކޮންޓުރޯޅުން ނެއްޓިއެވެ.

“އަހަރެންގެ ބައްޕައެއް ނުހުރޭ………………..”

ޔާނިޝް ފުންމައިގެން ތެދުވިއެވެ.

“ކަލޭ އަހަރެންގެ މަންމަ މަރާލިދުވަހު އަހަރެންގެ ބައްޕަވެސް މަރުވެއްޖެ…….”

ޔާނިޝްގެ ރުޅިގަނޑުފެނިފަ އަކްރަމް ކުޑަކޮން ޖެހިލުންވިއެވެ.

“އަހަރެން މަންމަގެ އާދޭސްތަކަށް ކަމޭހިތާތީ ކަލޭ މިއަދާ ޖެހެންދެންވެސް ތިހުރީ…… އެހެންނޫންނަމަ ކަލޭ މިހާރު އޮންނާނީ ބިންގަނޑުއަޑީ ވެއްޔަށްވެފަ………..”

ޔާނިޝް މިހެންބުނެފަ ކޮޓަރިން ނިކުމެގެން ގޮއްސިއެވެ. އަކްރަމް އެނދުމަތީ އިށީދެލަމުން ދެއަތުން މޫނުމަތީ ހުރި ދާތިކިތައް ފޮހެލިއެވެ. އަދި އަވަސް އަވަހަށް ބޭރަށް ނިކުމެ އަޑުއިވޭ ހިސާބުގަ މީހަކު ހުރިތޯ ދެކޮޅު ހޯދާ ބަލާލިއެވެ. މީހަކު ފެންނަށް ނެތުމުން ހިތްހަމަޖެހުމުގެ ނޭވާއެއް ދޫކޮއްލިއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Maahee

Level 110 Stories100 Comments

Please Give Me Your Comments and Advice......???

Other Articles

Previous

ހިތާ ފުރާނައިގެ ދިރުމޭ (10)

Next

ރޯލީމޭ (05) ފަހުބައި

Next
March 2, 2017

ރޯލީމޭ (05) ފަހުބައި

Previews
March 2, 2017

ހިތާ ފުރާނައިގެ ދިރުމޭ (10)

10 Comments!

  1. Ahoo says:
    March 2, 2017 at 7:40 pm

    Wooow..v reethi..ekm thankolheh kury

    1. Maahee says:
      March 5, 2017 at 7:58 am

      Thanks Ahoo………

  2. Someone says:
    March 2, 2017 at 7:59 pm

    Nice…. Ekam thankolheh kuru……. Waiting for the next part…..☺

    1. Maahee says:
      March 5, 2017 at 7:59 am

      Thanks Someone………

  3. leesa says:
    March 2, 2017 at 10:11 pm

    Varah reethi.waiting for the next part ❤thankolheh dhigu koh genesdhehchey next part?

    1. Maahee says:
      March 5, 2017 at 8:00 am

      Thanks Leesa………

  4. 404 Error! says:
    March 3, 2017 at 1:26 am

    ??varah salhi.. e kaiveni nukuruvahchey… ??

    1. Maahee says:
      March 5, 2017 at 8:01 am

      Thanks 404Error!………

  5. Aysha says:
    March 3, 2017 at 1:02 pm

    Haadha reehcheyy… Can’t wait for the nxt part!!! Avas kh lah cheyyy ????

    1. Maahee says:
      March 5, 2017 at 8:01 am

      Thanks Aysha………

Comments are closed.

Next Episodeހިތުގެ އެދުމޭތީ (7 ވަނަބައި)←


All Right Reserved!