Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އިންތިޒާރުގައި ހުރިން (13)

Ryn 100 Stories10 Stories1K Comments500 Comments100 Comments100 Login
March 11, 2017 7 Mins Read
43 Comments

ސުމާ އަށް މާޒިންއާއި ދެކޮޅަށް އެއްޗެއް ބުނަން ނުކެރުނަސް ހިތުން އެތަކެއް ފަހަރު ޔާއިން އެ ނިންމި ނިންމުން ބަދަލުކުރުމަށް އާދޭސްކުރަމުންދިޔައެވެ.

މާޒިން ހިތްހަމަޖެހުނުތަން ފެނުނެވެ. އޭނާ އަބަދުވެސް ޔާއިންދެކެ ލޯބިވާއިރު މިފަހަރުވެސް ޔާއިން އޭނާ ގެ ނަން ވެއްޔާއި މޮޑުމުގެ ފުރުސަތު ލިބުނަކަ ނުދިނެވެ. މާޒިން އަށް އެ ނިންމުން ކިތަންމެ ހިތްދަތިވިޔަސް އޭނާ އެ ގުޅުމަށް ކިތަންމެ އާބަސް ބުންޏަސް މި ދުނިޔޭގައި އެދެމީހުންނަށް އެކީ އުޅެން އުނދަގޫވާނެކަން މާޒިންއަށް އިނގެއެވެ. ޔައިނާ ދެދުވަސްފަހުން އޮސްޓްރޭލިޔާއަށް ދިޔައީމާ ހުރިހާ ކަމެއްވެސް ރަނގަޅުވާނެކަމަށް އޭނާ ހީކުރިއެވެ. “ނޫން…! ނޫން..! މަންމާ ބުނެބަލަ އެހެން ނުހަދާށޭ.. މަންމައަށް އިނގެއެއްނު އަޅުގަނޑު ކުރި އިންތިޒާރު.. މަންމަ ބުނެބަލަ އެހެން ނުހަދާށޭ…” ޔައިނާ ސުމާ ކައިރިއަށް ގޮސް އެހެން ކިޔަންފެށިއެވެ. ސުމާ އަށް އިތުރު ކަމެއް ނުކުރެވުނެވެ. އެއްޗެއް ނުބުނެވުނެވެ. ޔައިނާގެ ކޮނޑުގައި ހިފައިފާ ނަގާ އޭނާ ބައްދާލިއެވެ.

މާޒިން ގޮސް ޔާއިންގެ ގައިގާ ބައްދާލިއެވެ. “ތެންކިޔު ސަން.. ހީކުރަން ބައްޕަ މި ނިންމި ނިންމުމުގެ ސަބަބުން ބައްޕައަށް ނަފްރަތު ނުކުރާނެކަން.. ބައްޕަވެސް ބޭނުންވޭ އުފާވެރިކަން ދެމީހުންނަށް… އެކަމް ގަބޫލުކުރޭ މިއީ އަދި އެދެވޭ ގުޅުމެއް ނޫން…. ގަބޫލުކުރަން ދޯ އެކަން؟” މާޒިން ހުރިގޮތަށް ހުރެ އެހެން ބުނެލުމުން ޔާއިން ބޯ ޖަހާލިއިރު އެ ދެލޮލުން ކަރުނަފައިބައެވެ. ސުމާ ޔާއިން އާއި ދިމާލަށް ބަލަންހުރީ ގަބޫލުނުކުރެވޭ ފަދަ ގޮތަކަށެވެ. އެފަދަ ނިންމުމެއް ނިންމީތީ އެ ދެލޮލުގައިވަނީ ޝަކުވާއެވެ. ޔާއިން ސުމާއަށް ބަލާލުމުން ސުމާ ދެކޮޅަށް ބޯ ހަރަކާތްކޮށްލީ އެހެން ނުހަދާށޭ ބުނަމުންނެވެ.

“ނުން.. ބައްޕާ ޕްލީސް… ޔާން.. ޔާން ޕްލީސް.. އެހެން ނުހަދާ.. ޕްލީސް ބައްޕާ އެހެން ނުހަދާ… އަޅުގަނޑު މަރުވެދާނެ..” ސުމާގެ އަތުން ވީއްލިގެން ގޮސް ޔައިނާ މާޒިން އާއި ޔާއިންގެ ފައިގާ ހިފަހައްޓާލަމުން ބުންޏެވެ. ޔާއިން އާއި މާޒިން  ދުރުވިއެވެ. ޔާއިން އަށް އިތުރަށް ކުޅަދާނައެއްނުވިއެވެ. އޭނާ ޔައިނާ އަށް ބަލާލުމަށްފަހު ޔައިނާގެ އަތުން އޭނާގެ ފައި ނައްޓުވާލިއެވެ. “އެކަމް، އަޅުގަނޑަށް އިތުރު އެންމެ ސިކުންތަކުވެސް މިގެއަކު ނޫޅެވޭނެ، ބައްޕަ ހީނުކުރާތި އަޅުގަނޑު މިހެން މި ހެދީކީ ރުޅިއައިސްގެންނޭ ނޫނީ އެހެންކަމެއް ވެގެންނެކޭ، ބައްޕަ ނިންމި ނިންމުމަކީ އަޅުގަނޑަށްވެސް އަދި މި އާއިލާއަށްޓަކައި ވެސް ނިންމޭނެ އެންމެ ރަނގަޅު ނިންމުން.. އަޅުގަނޑު މިދަނީކީ މި ގޭ އެންމެންނާއި އޮތް ގުޅުން ކަނޑާލާފައެއް ނޫން، އެކަމް ހަމަ ލޯބިވާތީވެ އެންމެން ދެކެ، އަޅުގަނޑު ބޭނުން އަމިއްލަ ނަފްސަށް ވަގުތު ކޮޅެއް…… މަމް… އަމް ސޮރީ.. ޑޭޑް އަމް ސޮރީ ހާރޓް ކުރެވިފައި ވާނަމަ…. އައި ލަވް ޔޫ ބޯތް އަލޮޓް….” ޔާއިން އެހެން ބުނެފައި ޔައިނާއަށް ބަލައިވެސް ނުލާ ހިނގައިގަންނަން އުޅުނެވެ.

“ނޫން… ޕްލީސް ބައްޕާ ޕްލީސް… މަންމަ ޕްލީސް ޔާން ހުއްޓުވަބަލަ.. ޔާން ޕްލީސް ނުދޭ… ޕްލީސް ނުދޭ ޕްލީސް…. ޕްލީސް …” ޔައިނާ ތަށިމުށިމަތީ ބޯ އަޅާލިއެވެ. ޔާއިންގެ ފިޔަވަޅުތަށް ހުއްޓުނުނަމަވެސް އަވަހަށް އެތަނުން ހިނގައިގަތީ އެ ނިންމި ނިންމުމުން ފަހަތަށް ފިޔަވަޅެއް އެޅިދާނެތީއެވެ. އެ ހުރިހަ އިރު ސުމާ މަޑުން ހުރިއިރު އޭނާގެ ދެލޮލުންވެސް ދިޔައީ ކަރުނަ އަންނަމުންނެވެ. މާޒިން ސުމާގެ އަތުގައި ހިފަހައްޓާލައިގެން ޓެރެހުން ފޭބީ ޔައިނާ އެ އޮތްގޮތަށް އޮއްވައެވެ. ޔާއިން މާޒިންގެ ވާހަކަ އަޑުއެހި ގޮތަށް ޔައިނާ އަޑު ނޭހީތީ އޭނާ ހިތްހަމަނުޖެހުނީއެވެ. އެހެން އެކަނި އޮވެލުމުން ރަނގަޅުވާނެކަމަށް މާޒިން އަށް ހީވިއެވެ.

ޔައިނާ ގެ ހިތުގައި ވީ ޝަކުވާއެވެ. އެ ލޯބި ދެނެގަތް ސުމާވެސް އޭނާއަށް އެހީނުވިއިރު ޔާއިން ވެސް މާޒިންވެސް އޭނާގެ އާދޭހަށް ދިނީ ބީރުކަންފަތެކެވެ. އޭނާ އުޅޭނީ ވަކި ކިހިނެއްހެއްޔެވެ؟ ކުރާނީ ކީއްހެއްޔެވެ؟

ފޮށްޓަށް އެއްޗެހި އަޅަން ހުރި ޔާއިން ގެ ދެލޮލުގައި ވަނީ ކަރުނައެވެ. ޝަކުވާއެވެ. އޭނާ ދާނެ މަންޒިލެއް ނެތެވެ. ނަމަވެސް އެ މަންޒިލަކަށް ވާން ޖެހޭނީ އޭނާގެ ރާނީ ނުވެސް ފެންނަ ހިސާބެއްކަން ޔަޤީނެވެ. އޭނާގެ ހިތަށް ހަމަޖެހުމެއް ލިބުނު ހަމައެކަނި ކަމަކީ ޔައިނާ އޭނާ އާއި ރަހިމްގެ ގުޅުމެއް ނެތްކަން އިނގުމުންނެވެ. މާތް ﷲ ހުރިހާ ކަމެއްވެސް އައްސަވާ ބައްލަވާ ވޮޑިގެންވާއިރު ކޮންމެކަމެއްގައިވެސް ހިކުމަތެއް އަދި ސަބަބެއް ވާނެކަމަށް ޔާއިންއަށް މިހާރު އިނގި ހާމަވެއްޖެއެވެ. އެވަގުތު މާޒިން އާއި ސުމާ އެ ކޮޓަރިއަށް ވަނެވެ. ސުމާ ފަހަތުގައި މަޑުކުރިއރު މާޒިން ޔާއިން ކައިރި ހުއްޓިލިއެވެ. “ބައްޕަ ނިންމައިފިން ގޮތެއް….” މާޒިން އެހެން ބުނެލުމުން އުއްމީދުން ފުރިގެންވާ ގޮތަކަށް ޔާއިން މާޒިންއަށް ބަލައިލިއެވެ. ނަމަވެސް މާޒިން ބުނި ޖުމްލައާއި އެކު އެ ހިތް މޯޅިވެގެން ދިޔައެވެ. ފަހަތުގައި ހުރި ސުމާއަށް ބަލާލިއެވެ. ސުމާ ބަހަކުން ބަހެއް ނުބުންޏަސް އެ ހިތުގައިވާ އެއްޗެއް ޔާއިން އަށް އިނގެއެވެ.

ޔާއިން ބޯ ޖަހާލަމުން މާޒިންއާއި އެއްބަސްވީ އެއީ އެންމެ ރަނގަޅު ގޮތްކަމަށް ދެކިފައެވެ. އަދި ޔާއިންއަށްވެސް ވަގުތު ލިބި ހިތްހަމަވެސް ޖެހެވޭނެއެވެ. ހަމައެފަދައިން ޔައިނާއަށްވެސް ވީ ހުރިހާ ކަމެއް ހަނދާން ނައްތާލެވޭނީ އޭރުންނެވެ. އެކަނި ހުރެއްޖެނަމަ އޭނާ ރޮއެ ރޮއެ ހަލާކުވަނެކަން ޔަޤީނެވެ. މާޒިން ބުނި ކޮންމެ އެއްޗަކަށް ޔާއިން އެއްބަސްވީ ހިތާއި ދެކޮޅަށްނަމަވެސް އޭނާ ހިތަށް ވިސްނައިދިނެވެ. މާޒިން އޭނާ ބަލާ ބޮޑުކުރީ އެއްވެސް އެއްޗެއް އުނިވިޔަނުދީއެވެ. މިއަދު އެ ބައްޕަގެ ނަން ވެއްޔާ މޮޑުނަ ދޭކަށް އެނާ ނޭދެއެވެ. އެއްވެސް ގުޅުމެއް ނެތް ގުޅުމަކަށް ނަމެއް ދީ މާޒިން ލޯބި ދިނީ މިއަދު މާޒިންއަށް ފުރަގަސްދީ އަމިއްލަ ލޮތްބަށް އާނބަސް ބުނާ ތަން ދެކޭކަށް ނޫނެވެ. އޭނާ ވަނީ މަޖުބޫރުވެފައެވެ. ހާލަތްތަށް ދިމާވިގޮތުން މާޒިން އެ ނިންމި ނިންމުމަކީ އެންމެ ރަނގަޅު ނިންމުންކަން އޭނާވެސް ގަބޫލުކުރިއެވެ. އޭނާ ހީކުރާގޮތުން އެއީ އޭނާއަށް ޓަކައި މާޒިން ވެދިން ހުރިހާ ކަމެއްގެ ކުޑަ ކުޑަ ބަދަލެކެވެ. ސުމާ އާއި ގުޅުން އޮތެއްކަމަކު ޔާއިން އާއި މާޒިން އާއި އެއްވެސް ގުޅުމެއް ނެތްތާއެވެ. ނަމަވެސް ފަހުރުވެރިކަމާއި އެކު ދޮށީ ދަރިފުޅޭ ބުނަނީ ޔަޤީނުންވެސް މާޒިންއެކަން ގަބޫލުކުރާތީއެވެ. އޭނާގެ އުއްމީދުތަށް ވަނީ ޔާއިންއާއި އެކުގައި ވާތީއެވެ. އެކަން ފުނޑު ފުނޑު ވިޔަ ދޭނީ ކިހިނެއްހެއްޔެވެ؟

………………….

3 އަހަރު ފަސް…

“އާތް!!!!! އޯ ގޯޑް…. މަންމ……” ޔައިނާ ދެލޯ މަރާލައިފައި ހަޅޭލަވައިގަންނަން އުޅުނެވެ. ނަމަވެސް ފަހު ބަސް ބުނުމުގެ ކުރިން ހުއްޓާލާފައި އެތަނުން ދުއްވައިގަތެވެ. އޭނާއަށް އޭނާގެ ކޮޓަރިތެރެއިން އެއްޗެއް ދުވާހެން ހީވުމުން ބިރުގަތީ ކުރަތްޕެއްކަމަށް ހިތާއެވެ. “ރިލެކްސް ދޮންތީ.. އެއީ ޓޮޑީއޭ..” ޔައިނާ ދެލޯ ހުޅުވާލީ ޔާއިލް އެކޮޓަރި ދޮރު މައްޗަށް އަރާ އެހެން ބުނި އަޑަށެވެ. ކޮޓަރިން ނިކުމެ ނިކުމެ ހުރި ޔައިނާ ހުއްޓުނެވެ. “ހޫ ދަ ހެލް އިޒް ޓޮޑީ ޔާލް؟” ޔައިނާ ހިތްހަމަނުޖެހިފައި އެހެން ބުނެލީ އެތެރެއަށް ވަދެ އަނެއްކާވެސް ފޮށްޓަށް އެއްޗެހި އަޅަންހުރެފައެވެ.

އޮސްޓްރޭލިޔާއަށް އެމީހުން އައިތާ 3 އަހަރު ވީއިރު އޭނާ އާއި އެކު ސުމާ އާއި މާޒިން އަދި ޔާއިލްވެސް އައެވެ. އޭނާގެ ކިޔެވުން ނިމި އެންމެ މޮޅު ދަރިވަރުކަމުގައި ހޮވި ސެޓްފިކެޓް ލިބުނުއިރު އޭނާ އެކަމަކަށް ފަހުރުވެރިއެއްނުވެއެވެ. ހިތުގެ އަޑިން އުފަލެއްނުވެއެވެ. އެދުނު އުފާވެސް ވީ އެނާގެ އަތުން ފޭރިގަނެފައެވެ. އެކަމުގެ ސަބަބުން އޭނާ ވަނީ އެންމެންނާއިވެސް ދުރުވެފައެވެ. ސުމާ އާއި ވާހަކަދައްކަނީ ކޮންމެހެން ބޭނުންވީމައެވެ. މާޒިންއާއި ވެސް ވާހަކަދައްކަނީ މަޖުބޫރުވީމައެވެ. މަޖުބޫރު ނޫންނަމަ ވާހަކަ ނުވެސް ދައްކާ ހުރެދާނެއެވެ. އޭނާގެ އާދޭސް ކުރިއިރު އަދި ލޮތްބަށް އެދި އެމީހުން ކައިރި ސަލާން ޖެހިއިރު އެ މޫނު އަނބުރާލި ފަދައިން މިއަދު އޭނާވެސް ވަނީ އެންމެންނަށް މޫނު އަނބުރާލާފައެވެ. ޔާއިންއަށްވެސް މެއެވެ. އެ ލޮތްބަށްވެސްމެއެވެ. މިހާރު އެމީހުން ތައްޔާރުވަމުން އެ ދަނީ އެނބުރި ރާއްޖެދާށެވެ.

“މައިންޑް ޔުއަރ ލޭންގުއޭޖް ޔައިނާ!” ދޮރުމައްޗަށް އެރި މާޒިން އެހެން ބުނެލުމުން ޔައިނާ ސިހުނެއްކަމަކު އިތުރު އެއްޗެއް ނުބުނެއެވެ. މާޒިން އައީ ޔައިނާގެ ފާސްޕޯޓާއި ޓިކެޓް ހިފައިގެންނެވެ. “މީތި އަތުން ހިފާ ދަބަހަށް ލާނީ….” މާޒިން އެހެން ބުނެލުމުންވެސް ޔައިނާ އެއްޗެއް ނުބުނެ އޭގައި ހިފިއެވެ. މާޒިން ނިކުމެގެން ދިޔުމުން ޔައިނާ ފުންނޭވައެއް ލުމަށްފަހު ޔާއިލް ކޮބައިތޯ ބަލައިއެވެ. އޭރު ޔާއިލް އަލަމާރި ބިއްދޮށް ބަލަނީއެވެ. “ކޯޗެއް ހޯދަނީ؟” ޔައިނާ އެހިއެވެ. “ޓޮޑީ..” ޔާއިލް ބުންޏެވެ. “ޓޮޑީ އޭ؟ މިހާރު ކޮން ނިއު ޕެޓް އެއް؟ ޔާލް ދާން އުޅޭއިރު ތި ހުރިހާ ޕެޓް ތަކަށް ކީއްތަކުރާނީ ވަކި؟” ޔައިނާ ބުނެލީ ކުޑަ ހިނިތުންވުމަކާއި އެކުގައެވެ.

“ދެޓްސް މައި ސްކްއެރަލް… އެން ޓޮޑީ އާއި ޓައިނީ އާއި ބަނީ  މިތާ ގަހުގައި ބައިންދާފައި ދާނީ… އައި ވިލް މިސް ދެމް އަލޮޓް..” ޔާއިލް ބުންޏެވެ. އެއީ އޭނާ ގެންގުޅޭ މުގޮށިމީދާތަކެކެވެ. އެ އެއްޗެހި ދެކެ ޔާއިލް ވަރަށް ލޯބިވާއިރު އަބަދުވެސް އުޅެނީ އެއިން އެއްޗެއް އަތަށް ލައިގެންނެވެ. “ހިއަރ އިޓް އިޒް.. ދޮންތީ.. ބަލާ.. އިޓްސް އަ ބޭބީ… ޓޮޑީ ސޭ ހައި ޓު ދޮންތި..” ޔާއިން ކުޑަ ކުޑަ މުގޮށި މީދާ އަތަށް ލައިގެން އައިސް ޔައިނާ ކައިރި ހުރެ ބުންނެވެ. ޔައިނާ ހީލާފައި އޭގައި ފިރުމާލިއެވެ. “ދޭ ފައިނަލް ގުޑް ބައި ބުނަން… ދޮންތި ޕެކް ކޮށް ނިމުނީމި.. ޔާލް ނިމުނީތަ؟” ޔައިނާ ބުނެލީ ފޮށި ބަންދުކޮށްލާފައެވެ. ޔާއިލް ހޫމް އޭ ބުނެފައި ނިކުމެގެން ދިޔައީ ފުންމަމުން ފުންމަމުންނެވެ.

ޔައިނާ އެނދުމަތީ އިށީނެވެ. އޭނާ ވިސްނަމުންދިޔައީ މީގެ 3 އަހަރު ކުރިން ހިނގި ކަންތަކާއި މެދުގައެވެ. އަދިވެސް އެ ރޭ ބިރުވެރި ހުވަފެނެއްހެން އޭނާގެ ކުރިމަތީ ފިލްމެއްފަދައިން ސަިފަވަމުންދެއެވެ. އަނބުރާ އެތަނަށް ދާން އުޅޭއިރު އެ އިންސާނާގެ ކުރިމައްޗަށްވެސް އޭނާއަށް އެރޭނެއެވެ. ހިތުގައި ޝަކުވާ އުފެދުނެވެ. ދެލޮލުން ކަރުނައައެވެ.

ރަހުމްކުޑަގޮތަކަށް އެ ހިތް ކަތިލާފައި އޭނާގެ ބައްޕަ ދިޔައިރު އޭނާގެ ރާޖާއާއި މަންމަ ހިމޭނުން ކުޅި ބަލަން ތިބީ އެއްވެސް ރަހުމެއް ނެތީމަހެއްޔެވެ؟ އެ އާދޭސްތަކަށް ބީރު ކަންފަތެއް ދިނީ ލޯބިނުވާތީހެއްޔެވެ؟ މިވީ 3 އަހަރު އޭނާ ޔާއިންއާއި އެންމެ ފަހަރަކުވެސް ވާހަކަނުދައްކައެވެ. އެންމެން އޭނާއާއި ވާހަކަދައްކަ ދައްކާފައި ހީހީފައި އުޅޭއިރު އޭނާ އަޅައިވެސްނުލައެވެ. ޔާއިންވެސް އުފަލުގައި އެންމެން އުޅޭހެން އުޅުނީމަ ނިމުނީނުންހެއްޔެވެ؟ އެދުވަހު އޭނާއަށް އެނބުރި ބަލައިވެސް ނުލާ ދިޔައީ ޔައިނާއަށް ބޮޑު އުފަލެއް ދެވޭނެކަމަށް ހިތަށް އަރާފަނޫންހެއްޔެވެ؟ ހިތުގައި އެ ލޯބި އޮތެއްކަމަކު މިހާރު އެ އިންސާނާއަށް އޭނާ ކުރަނީ ނަފުރަތެވެ. އޭނާގެ މަންމައާއި ބައްޕަދެކެ ލޯބިވިޔަސް އެ ހާދިސާއަށްފަހު އެކަން ވެސް އޭނާ ހުންނަނީ ފޮރުވާލައިގެންނެވެ. އެމީހުންދެކެ ނަފްރަތު ކުރާކަމަށް ދެކިގެންނެވެ.

ޔައިނާ ސިހުނީ މީހަކު ކޮނޑުގައި އަތް އަޅާލަމުންނެވެ. އޭނާ އިސްއުފުލާ ބަލާލިއިރު މަންމަ ފެނުމާއި އެކު އަވަހަށް ކޮޅަށް ތެދުވެ ކަރުނަތަށް ފޮހުނެވެ. ސުމާ ގެ ދެލޮލުގައިވެސް ވަނީ ކަރުނައެވެ. ހިތުގައި ވާ އެއްޗެއް ޔައިނާއަށް އިނގޭނަމައެވެ. އެދުވަހު އޭނާގެ ހިތުގައި ޝަކުވާ އުފެދުނު ވަރު ޔައިނާއަށް އިނގޭނެނަމައެވެ. އަނގައިން އެއްޗެއްނުބުނެ ހުއްޓެއްކަމަކު އެ ހިތް ރުއިވަރު އިނގޭނަމައެވެ. ޔައިނާ ގެ ނަފްރަތު އެމީހުންނަށް ހައްޤެވެ. ހާއްސަކޮށް ސުމާއަށެވެ. އެހެނީ އޭނާ ވަނީ އެ ލޯތްބަށް އުއްމީދުތަކެއް ކުރުވާ ހަމަ އެހިނދު ފުނޑު ފުނޑު ކޮށްލުމުގައި ވެސް އެހީވެފައެވެ. ޔައިނާ ސިއްރުންނަމަވެސް ކުރާ ހިތާމަ ސުމާއަށް އިނގެއެވެ.

“ޔަނާ..! ނިމުނީތަ ޕެކްކޮށް؟” ސުމާ ބުނެލީ ހިތާމަ ފޮރުވަމުންނެވެ. ޔައިނާ އެކޭ އެއްގޮތަށް އޭނާވެސް ހުންނަނީ އުފާވެރިކަމުގެ ފަރުދާއެއް އަޅައިގެންނެވެ. އެދެމީހުންނަށްޓަކައި އެ ހިތް ފަޅިފަޅިވެފައިވާ ކަމެއް އެކަކަށްވެސް ނޭނގޭނެއެވެ. ޔައިނާ ހޫމްމް އޭ ބުންޏެވެ. “އެހެންވިއްޔާ ހިނގާ ފައިބަން…. ޓޮމް އަންނާނެ ފޮށި ބަލައި.. ބައްޕަ ބުނީ އަތުން ހިފައި ދަބަސް ހިފައިގެން ފައިބާށޯ.. ޖެހޭނެއެއްނު ކައިރި ގެތަކުގެ މީހުންނާއި ބައްދަލުކުރަން…” ސުމާ އެހެން ބުނެފައި ހިނގައިގަތުމުން ޔައިނާ ފުން ނޭވައެއްދޫކުރިއެވެ. އެއަށްފަހު ބެކްޕެކް އަޅުވާލަމުން ފޭބިއެވެ. ކުޑަކޮށް ހަށިގަނޑު ފަލަވެފައި ކޮލުގައި މަސްޖަހައިފައި ހުއްޓަސް ޔައިނާ އަކަށް ބަދަލެއް އައިހެންނެއް ހިއެއްނުވެއެވެ. މިހާރު އޭނާ ހުންނަނީ އޭނާގެ ލޯބިވާ ދިގު އިސްތަށިގަނޑު ކޮނޑާއި ހަމާއަށް ކޮށާލާފައެވެ. ފަންވެފައި އެ އިސްތަށިގަނޑު ބޯކަމުން ޔައިނާއާއި ވަރަށް ގުޅެއެވެ. ލޯބިވާ ހުރިހާ އެންމެން ދޫކޮށްލިއިރު އޭނާއަށްވެސް ވަނީ ބޮޑު ބަދަލެއް އައިއްސައެވެ. ހަމައެކަނި އިސްތަށިގަނޑަށް ބަލައިލާފައިވެސް އެކަން އިނގޭނެއެވެ. ލައިގެން ހުރީ ހުދުކުލައިގެ ޓީޝާޓަކާއި ނޫ ކުލައިގެ ސްކިނީއެކެވެ. ބޯ ނިއުޅާލާފައި ވާއިރު އޭނާ ގައިގާ ރީތިގޮތެއްހުރެއެވެ.

…..

ހުޅުމާލެ ފެރީ ޓާރމިނަލްއާއި ދިމާލަށް މިޝްރާބު ހުރިއިރު ޔާއިލް އާއި މާޒިން އަދި ސުމާ ގެ މުނުމަތިން ފެންނަނީ ހިނިތުންވުމެވެ. ކެތްމަދުވެފައި ހުރިކަމެވެ. ނަމަވެސް އެއިން އެއްވެސްކަމަކަށް ޔައިނާ ފަރުވާލެއް ނެތެވެ. އޭނާ ދިޔައީ ޓްރޯލީ ދުއްވަމުންނެވެ. އަދި ފޯނާއި ކުޅެމުންނެވެ. ކުއްލިއަކަށް މާޒިން “މައި ސަން” އޭ ކިޔާލުމުން ޔައިނާއަށް ވީގޮތް އިނގުނެވެ. އިސްއުފުލާ ބަލައިލަން ބޭނުންނުވިޔަސް ބަލައިލެވުނެވެ. 3 އަހަރު ފަހުން އެ މޫނުމަތި ފެނުނު އިރު އަދިވެސް އެ އަސަރުގަދަ ބެލުމާ ހިތްކަތިލާ ނަޒަރެވެ. އަދިވެސް ހިތް ތަޅުވާކަހަލަ ރީތިކަމެކެވެ. ޔާއިން މާޒިންގެ ގައިގާ ބައްދާލައިގެން ހުރިއިރު އެ ހިނިތުންވުން ރީއްޗަށް ފާހަގަވެއެވެ. ފަހަތުގައި ހުރި ޔައިނާ އެ މަންޒަރު ބަލަން ގެއްލިފައި ހުރެވުނީ ހިތަށް ހަމަޖެހުމެއްލިބޭތީއެވެ. ނަމަވެސް ކުއްލިއަކަށް އައި ހިޔާލުން އިސްޖަހާލިއެވެ. އޭނާގެ ހަމަޖެހުން ނަގައިލާ ފަސްއެނބުރުނީ އެ ޔާއިންއެވެ. މިއަދު އޭނާއަށް ޓަކައި ކޮން ލޮތްބެއް ހެއްޔެވެ؟

ޔާއިލް ބާރަކަށް ޔާއިންގެ ގައިގާ ބައްދައިގަތެވެ. ޔާއިން އަސަރުގަދަ ބެލުމަކާއި އެކު ގޮސް ސުމާގެ ގައިގާ ބައްދާލިއެވެ. ސުމާ އަށް ރޮވުނެވެ. އަދިވެސް އަމިއްލަ ނަފްސް ކުށްވެރި ކުރެވޭތީއެވެ. “އޯ މަމް.. ކަމޯން.. މި ރޯގަޑިތަ ދެން.. ހިނގާ އަވަހަށް ދާން ގެއަށް.. ޖެނީ މެން ކައިރި ބުނީމޭ އެންމެންގެ ފޭވްރިޓް ހަދާށޭ..” ޔާއިން ސުމާގެ ކޮނޑަށް އަތް ވައްޓާލައިގެން ހުރެ އެހެން ބުނެފައި ހިނގައިގަތެވެ. އެންމެންވެސް އޭނާގެ ފަހަތުން ހިނގައިގަތުމުން ޔައިނާ ހިތުގައި ޖެހުނެވެ. އެންމެ ފަހަރަކުވެސް ޔައިނާ އާއި ދިމާލަށް ޔާއިން ބަލައިނުލައެވެ. ނަމަވެސް އޭނާ ފަސްއެނބުރުނީ އެ މޫނު އަނބުރާ ބަލާކަށް ނޫންތާއެވެ.

ޔާއިން އެމީހުންނާއި ބައިވަރު ވާހަކަ ދައްކަމުން ދިޔައިރު ޔައިނާ ފަހަތުގައި ހުއްޓެވެ. “ޔަނާ! އަރާ އަވަހަށް…. ފޮށިތަށް ލާނަން ބައްޕަ..” މާޒިން އެހެން ބުނުމާއި އެކު ޔައިނާ ބަލައިލީ ޔާއިން އައި ލޯންޗަށެވެ. އޭގައި ހުރި މީހަކު ފާޑަކަށް ޔައިނާއަށް ބަލާލުމުން އޭނާ ލޯ އަޅާލިއެވެ. ލައިގެން ހުރި ޓޮޕަށް ދަމާލަމުން އޭނާ ލޯންޗަށް އެރީ އެއްވެސް މީހެއްގެ އެހީ އޭނާ ބޭނުންނުވާތީއެވެ. ސުމާ އެރުވުމަށް ޔާއިން އެހީވެފައި ޔާއިލްވެސް އެރުވިއެވެ. އަދި އެންމެން ގޮސް އިށީނެވެ. ޔައިނާ ގޮސް އިނީ އެންމެ ކުރީގައެވެ. މާޒިން އާއި ސުމާ އާއި ޔާއިލް އަދި ޔާއިން އެންމެ ފަހަތު ބައިގައި އިށީނެވެ. “ޔަނާ އަންނަންވީނު މިތަނަށް؟” ސުމާ ޔައިނާ އެތާ ބައިންދަން ބޭނުންނުވާތީ ބުންޏެވެ، ޔައިނާ އެއްޗެއް ނުބުނުމުން ސުމާ ދެރަވިއެވެ. “ދޮންތި އަންނަންވީނު، ތިތާ އިންނަން ބިރުނުގަނޭތަ؟” ޔާއިލް ބުނީ ސުމާ ދެރަވިތަން ފެނިފައެވެ. ސަބަބެއް ނޭނގުނަސް ޔައިނާ ސުމާ އާއި މާޒިންއާއި މެދު ބަހައްޓާ ދުރުކަން ޔާއިލްއަށް އިނގެއެވެ.  “ހުމްމް.. އޯކޭ އޭ މިތަން..” ޔައިނާ ޖަވާބު ދެމުން ބޭރުން ފެންނަ މޫދަށް ބަލަންއިނެވެ.

އެފަދަ ގޮތަކަށް އެމީހުންނަށް މާލެ ދެވުނެވެ. ޔައިނާ އިނީ އެންމެން ފޭބިފައި ފައިބާށެވެ. ފަހަރަކު މީހަކު ވެގެން ފައިބައިފިއެވެ. އެންމެ ފަހަތުން ފޭބީ ޔާއިންއެވެ. ޔައިނާ ޔާއިން ފައިބާނެހާ އިރުކޮށްފައިދަބަސް އަޅުވާލަމުން ތެދުވިއެވެ. އެއްވެސް އެހީއަކާއި ނުލާ ދެންވެސް ޔައިނާ ލޯންްޗުން ފޭބިއެވެ.

ސުމާމެން ކާރަށް އެރުމުގެ ކުރިން ޔައިނާ ގޮސް ކާރަށް އަރާ ހަމަޖެހުނެވެ. ޑިކީއަށް އެއްޗެހި ކުޑަވެގެން ޔައިނާ ޖެހުނީ  ޔާއިލް ގެ ކުޑަ ބެންޓެން ފޮށި ފައިމައްޗަށް ލައިގެން އިންނާށެވެ. ކުރީ ސީޓުގައި އިން ޔާއިންވެސް އިނީ ފޮށްޓެއް ފައިމަތީ ބައިންދައިގެންނެވެ. ސުމާ އާއި ޔާއިލް ތިބިތާ ވެސް ދެތިން ފޮށި ބަހައްޓާފައި ހުރި އިރު ޑީކީ ވަނީ ފުރިފައެވެ. މާޒިންއާއި ޔާއިން ވާހަކަދައްކަމުންދިޔައެވެ. “ލައްބަ،އަޅުގަނޑު ބުނިން މަންމައާއި ބައްޕަ ދުރުވާނެޔޭ، އެހެން ބުނީމަ ބުނީ ޖޮއިން ކުރުމުގެ ކުރިން ބައްދަލު ކުރާށޯ….” ޔާއިން ބުންޏެވެ. އޭނާ ދެއްކީ ސުމާއާއި މާޒިން ދޫކޮށްލާފައި ދިޔަ ވާޒީފާގެ ވާހަކައެވެ. “އެހެންތަ، އެހެންވީމަ ރަނގަޅެއްނު ދޯ ސުމް..؟” މާޒިން ސުމާއަށް ދޯ އެއްލުމުން އޭނާ އާއެކޭ ބުންޏެވެ. “ދޮންތިވެސް ދަނީ އޭޑީކޭއަށްތަ؟ މިގޭގަ ހުސް ޑޮކްޓަރުން މިތިބީ ދޯ، ޔާލްވެސް ވާނީ ޑޮކްޓަރަކަށް..” މެދުގައި އިން ޔާއިލް އެހެން ބުނެލުމުން ޔައިނާގެ މޫޑް ހަރާބުވިއެވެ.

“ނޫން ޔާލް، ދޮންތި ދާނީ އޭޑީކޭ އަކަށް ނޫން، ދޮންތި އެންމެ ފޫހިވާތަން އެއީ..” ޔައިނާ ބުނެލީ ފޫހިކަމާއި އެކުގައެވެ. ކާރުތެރެ އެއްކޮން ހަމަހިމޭންވިއެވެ. ޔާއިލް ނޫން އެންމެންނަށްވެސް އޭގެ މާނަ އިނގެއެވެ. މާޒިންވެސް ސުމާވެސް ބަލަނީ ކުރިން އުޅޭ ގޮތަށް ޔައިނާއާއި އުޅުމަށެވެ. ނަމަވެސް ޔައިނާ އަބަދުވެސް އެކަހަލަ ރައްދު ދީ އެމީހުން އަނގަ ބަންދުކޮށްލައެވެ. “ޔަނާ!” މާޒިން މަޑުމަޑުން ގޮވާލި އަޑުއިވުނެވެ. ޔައިނާ ޔާއިންއަށް ބަލާލިއިރު އޭނާއަށް މީހަކު އެއްޗެކޭ ކިޔާހެންވެސް ހީނުވާކަހަލައެވެ. ޔައިނާ ރުޅިގަދަވިއެވެ. “ދެން އޭގައި ކޮބާތަ މައްސަލައަކީ؟ އަޅުގަނޑު ބޭނުންތާކުއެއްނު ވޯރކްކުރާނީ.. ބައްޕަމެންވެސް ބޭނުންގޮތަކަށްނު ކަންތަށް ކުރީ.” ޔައިނާ ބުންޏެވެ މާޒިން ފުން ނޭވައެއް ދޫކުރިއެވެ.. “ޔަނާ ބޭނުންތާކު އޭ ކުރާނީ.. އިޓްސް ފައިން އެކަމް ބައްޕައާއި މަންމަވެސް އަސްލު ބޭނުންވީ ދަރިފުޅުވެސް އެއްކޮށް މަސައްކަތްކުރަން… ބަޓް އިޓްސް ފައިން..” މާޒިން ބުންޏެވެ. އެއާއި އެކު ޔައިނާގެ ހިތުގައި ޖެހުނެވެ. އެމީހުންވެސް އޭނާ ބޮޑުކުރާނީ އުއްމީދު ތަކެއް ކޮށްގެންތާއެވެ. ޔައިނާ ނިންމީ އެމީހުން ބޭނުންވާގޮތަށް އޭނާވެސް އޭޑީކޭގައި މަސައްކަތްކުރާށެވެ. އެމީހުންނަށް އެކަން ކޮންމެހެން އަންގަން ބޭނުމެއްނޫނެވެ. އޭނާ ކިތަންމެ ރުޅިއަންނަ ކަން ދައްކަން ބޭނުންވިޔަސް އާހިރުގައި އޭނާ އަށް އަބަދުވެސް ކަންތަށްކުރެވެނީ ސުމާއާއި މާޒިން ބޭނުންވާގޮތަށެވެ. އެއީ އޭނާ އެމީހުންދެކެ ވާ ލޯބީގެ ސަބަބުން ވާ ކަމެކެވެ.

……..

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ryn

100 Stories10 Stories1K Comments500 Comments100 Comments100 Login

Hello! I love reading stories and writing obv. I hope my stories will make you happy. Don't forget that reading is what gives you more knowledge about the world. Don't stop reading. Visit my facebook page RYN'S stories. Thankyou

Other Articles

Previous

ހުވަފެން (15)

Next

ޢަޞްރު (ފަންސާސްދެވަނަ ބައި)

Next
March 12, 2017

ޢަޞްރު (ފަންސާސްދެވަނަ ބައި)

Previews
March 11, 2017

ހުވަފެން (15)

43 Comments!

  1. Ryn says:
    March 11, 2017 at 12:03 pm

    Salaam and afternoon. Take a very good care. See you maybe tomorrow or monday ?? Ly guys and thanks for the support if u find some mistakes or something which shouldn’t actually be there then do tell me i will change it.. ;)?

  2. Ninni says:
    March 11, 2017 at 12:10 pm

    Knirakun next part

  3. nux says:
    March 11, 2017 at 12:31 pm

    v reethi mibaivess avahah up kohdheeba kehtherikan kolhun laafi mi story ehkon kiyaahithun, alhey ryn ge story v reethi thikuraa bura masahkathah sukuru adhaakuran love u ryn ???

  4. thaath says:
    March 11, 2017 at 12:32 pm

    Reethi v magey life story aa ves gulhey kudakoh eba

  5. Aishathoo says:
    March 11, 2017 at 12:32 pm

    Waaau❤

  6. Riff Rif says:
    March 11, 2017 at 12:38 pm

    Vrh Salhi…??

  7. Xeeee says:
    March 11, 2017 at 12:46 pm

    Gud yainaa please don’t work with them v haaves dhurun ulhey eyrun emyhunnah realise vaane kanthah kurevunu goiy avahah next part please

  8. Aisha says:
    March 11, 2017 at 2:07 pm

    Foohi vaahakaeh

  9. sam says:
    March 11, 2017 at 2:08 pm

    Nice … alhe dhen kihineh vaaany ???????

  10. Ishqaa says:
    March 11, 2017 at 2:23 pm

    Nice…Waiting…..

  11. Dhondhooni says:
    March 11, 2017 at 2:44 pm

    mivaahakamathin mulhin foohivee yaain and yaina aa dheythereyga onna gulhun ingunufahun..kamakunudhey.

  12. hi says:
    March 11, 2017 at 2:53 pm

    Varah furihama kiyaahithun ovva nimunee pls thunkolhrh avahah up kohdheebala

  13. moyameehaa says:
    March 11, 2017 at 3:06 pm

    RYNves mee amilla ah amilla meehaa story ah commnt kuraa meeheh eki nan namuga.. varah engi hure proof aa ehkoh mi bunanee

  14. Unknown says:
    March 11, 2017 at 3:29 pm

    very interesting. waiting for the next part

  15. Ris says:
    March 11, 2017 at 3:45 pm

    Yana kiyevee doc kantha? Doc kan viyya 3yrs in nimeynetha? I dont think so

  16. kaisaa says:
    March 11, 2017 at 3:48 pm

    VVVVVV fohi…3 fahun vas hama ehaluga…
    love stry numi….sahada….
    yaain aaa yaina ge scene anani kinun …..
    nulafa katu hiyalu huru MMMaaaaaZZZin gadu….HATE this STRY……….

  17. Rash says:
    March 11, 2017 at 6:04 pm

    Haadha kurukoh..

  18. Ina says:
    March 11, 2017 at 9:13 pm

    Islaam dhynaa vyhaaves rattehikoh hulhaguge nuvatha hindhy goii dhuvvalyma ragalhuvaane
    Baeh faharu ekahala kanthakaa hure islaam dheena dhuruvaahen hyvey
    Ehen noony hama salhi

    1. haseena says:
      March 12, 2017 at 9:11 am

      Asluvrs dhw ina. Aee dera kamaky..

  19. ReeXa says:
    March 11, 2017 at 10:13 pm

    Mi part vx varah varah reethi…Obinex to the max

  20. kiya says:
    March 11, 2017 at 11:43 pm

    It’s beautiful waiting for next part good job ryn

  21. mari says:
    March 12, 2017 at 8:24 am

    doctor akah nuveveyne 3 aharakun. rangalhah research koffa liyanveenu dho. Facts nubaikoh gennanya vahaka kiyan varah foohivey.

    1. . says:
      March 12, 2017 at 9:16 am

      Liyefa ebainennu 4 aharu raajjege college ga dhen baakee 3 aharu Australia ga. Kiyaalaafa comment kuraanama

    2. mari says:
      March 12, 2017 at 10:33 am

      I am sorry raajeyga doctor kan kiyevenya ma vaany doctor akah 😛

    3. Wishka says:
      March 12, 2017 at 1:26 pm

      Medicine dhaairaa raajjein nukiyeveyne
      Adhi efenvaruge aailaa egge kujjaku mithaaku kiyavaakah nubahattaane
      Mivaahakaiga ekahala foonubedhey kanthah hurey

  22. Lii says:
    March 12, 2017 at 2:44 pm

    Thihen kiyanna vaahaka thaku hunnaany huss foonubedhey kan thah thah mi story thakaky asleh noon so mihen hutas its no problem…

  23. Anonymous says:
    March 12, 2017 at 2:56 pm

    Raaaje college ga kiyeviru thibuna anhen manje doctor kan kiye virus kon pro ject e ehedhee are doctoraka behe project e noon : doctor kiyavan 5 years and 1 year internship or housing job hadhan jehe ; MBBS aka vaan ves

  24. sonaalee says:
    March 12, 2017 at 9:34 pm

    Hiyaalee vaahakaaga konmehen hageegathah kanthahthah hurun konmehen muhinmeh noon..beynumakee muni foohi filuvaalun..j viyas thidhen boduvaru..vaahaka hama habeys..keep it up…v v reethi.next part avahah up kolladheeba .pls pls

    1. afyyyy says:
      March 13, 2017 at 12:39 am

      Thy ajaabeh.. hagygaiy huhnan vaany diriulhumakah binaa koh liyanyaa.. thyna balaigathas ekan balainugahna myhun v gina vaane.. ehen veema kiyan vee kohme ehchekey vx.. thuthu kudhinah darin libijjeyvx.. hiyaaly vaahaka veema.. j vaa myheh noolhey.. ehme vx edheny hiyaalehnnu.. kurierun libeyny nagtv comnts ves balaiganegen kan engey ryn ah engeye.. thyna ah neygunas..

  25. Ain says:
    March 13, 2017 at 1:40 pm

    Ryyyyyyn,
    Haadha varakah aeba balamey up veythoa,
    Avas kohlabala pls… ?

  26. sha who says:
    March 13, 2017 at 4:51 pm

    Kobaatha nxt episode…v check kurewihje…plxx awas kohdhyybala..

  27. Inko says:
    March 13, 2017 at 4:58 pm

    Mivaahaka huttaalybaa

  28. Nooky says:
    March 13, 2017 at 8:05 pm

    Kobatha next part plx avaskobal

  29. Shahu says:
    March 13, 2017 at 8:45 pm

    Eagerly waiting for the next part ?

  30. shaf says:
    March 13, 2017 at 10:01 pm

    Koba?

  31. sha who says:
    March 13, 2017 at 10:28 pm

    Ryyyn kobaatha aneh bai…

  32. Gulhu furunyyy says:
    March 13, 2017 at 11:00 pm

    Aneh bai kobaaaaaaa

  33. lol says:
    March 14, 2017 at 12:44 am

    Mikan minimuny thoaccheh

    1. sad says:
      March 14, 2017 at 7:10 am

      Aaa mikanves mi nimuny thoacchhe

  34. vishaa says:
    March 14, 2017 at 7:57 am

    ryyn kobaatha story up kodheeba plxxxxxxxxxxxxxxxx

  35. Someone says:
    March 14, 2017 at 8:51 am

    Mihen vaathy mi site thakuga hunna story thah kiyaa hiyviyas kiyan foohi vany.. esfiya in ves thankolheh harudhana gaanooneh mikamah onna nama mikahala kanthakeh dhimaeh nuvaane.. hithah eriyya up koffa hithah eriyya up nukoh mihaalathah dhaathy misite thakah myhunge magboolu kan kuda vany

    1. Eva says:
      March 14, 2017 at 8:53 am

      I agree

  36. kiya says:
    March 14, 2017 at 10:42 am

    Run konmever javaabeh dheeba waiting———–

Comments are closed.

Next Episodeއިންތިޒާރުގައި ހުރިން (14)←


All Right Reserved!