Skip to content
އެސްފިޔަ

އިންތިޒާރުގައި ހުރިން (10)

ޔައިނާ އުފުއްލާލައިގެން އުޅުމުގެ ސަބަބުން އޭނާގެ އަނގައިންނާއި ބޮލުން ފޭބި ލޭތަށް ޔާއިންގެ ޓީޝާޓުގެ އިތުރުން އަތުގައިވެސް ހުއްޓެވެ. ގޮނޑީގައި ގައި އިށީނދެ އިން އިރު އޭނާ ދެއަތަށް ބަލަމުން ދިޔައީ ގަބުއަރާފައި އިނދެއެވެ.

ޔައިނާއަށް އަނިޔާވިތަން އޭނާއަށް ސިފަވަމުންދިޔައެވެ. އެވަގުތު ދުވެފައި ކަހަލަ ގޮތަކަށް މާޒިންއާއި ސުމާ އައީ އެހަބަރު އެމީހުންނަށް ހޮސްޕިޓަލުގެ މުވައްޒަފެއްގެ ފަރާތުން ލިބުމުންނެވެ. ސުމާ އާއި މާޒިން އައިސް ޔާއިންގެ ދެފަރާތުގައި އިށީނދެ ޔާއިންއަށް ގޮވަމުން ދިޔައިރު އޭނާ އިނީ ހަރަކާތްވެސް ހުއްޓި ބުނާނެއެއްޗެއްވެސް ނޭނގިފައެވެ. “ޔާއިން!! ކިހިނެއްތަ ވީ؟؟ ޔާއިން!!!” ސުމާ ޔާއިން ތަޅުވައިގަތް ގަތީނުން އޭނާ އަށް ސިހުން ލިބުނެވެ. ސުމާ ފެނުމާއި އެކުސުމާގެ ގައިގާ ބައްދައިގަނެވުނެވެ. އެވަގުތު އެ ދެލޮލުން ކަރުނަހިލުނެވެ. “މަންމާ!!!! މަންމާ އެމީހާ ޔަނާގެ ގައިގާ ޖެހީ… މަންމާ! އަހަރެންނަށް ޔަނާ ސަލާމަތެއް ނުކުރެވުނު….” ޔާއިންގެ އަޑުނިކުތީ ކިރިޔާއެވެ. “ދަރިފުޅާ ވީގޮތް ބުނެބަލަ… ޔާއިން…” ސުމާ ބުނި ނަމަވެސް ޔާއިން އެއްޗެއް ނުބުނެ އޮތުމުން ސުމާ އޭނާ ދުރަށްޖެއްސިއެވެ. އެވަގުތު އޭނާގެ މޫނުމަތި ނޫފައިގަނެފައި ހުރި އިރު އަނގައިން ލޭ އަންނަކަންވެސް އިނގުނީ ކިރިޔާއެވެ. މާޒިންއާއި ސުމާ އަވަސްވެގަތީ އޭނާއަށް ފަރުވާކުރާށެވެ. ފަރުވާ ކުރަން ގެންދެވުނު ވަގުތު ފުލުހުންވެސް އައެވެ. އަދި ޔާއިންގެ ފަރާތުން ކަންހިނގައި ދިޔަ ގޮތް އޮޅުން ފިލުވަންފެށިއެވެ.

ޔާއިން އެނދުމަތީ އިނދެ ވީ ހުރިހާ ކަމެއް ކިޔައިދިނެވެ. އޭރު ނަރުހަކު ދިޔައީ ޔާއިންގެ އަނގައިން ފޭބި ލޭތަށް ސާފުކުރަމުންނެވެ. ސުމާއާއި މާޒިންއަށްވެސް އިވުނީ އެވަގުތުއެވެ. ކުރިންވެސް ޔައިނާއަށް އެމީހާ އުނދަގޫކުރާކަމާއި އޭނާއަށްވެސް އިނގުނީ ރޭގައި ކަމަށް ބުނެލިއެވެ. އަދި ދެދުވަހަކު އޭނާ ޔައިނާގެ އަތުގައި ހިފައި ތަދުކޮށް އިންޒާރުދީ ބިރުވެސް ދެއްކިކަމަށް ބުންޏެވެ. މިއަދު އޭނާ އާއި ޔައިނާގެ މެދަށް ޔާއިން ވަނުމުން އޭނާ ޔާއިންގެ ގައިގާ ޖަހައި ކުޑަ ހަމަނުޖެހުމެއް ހިނގިކަމަށާއި ޔާއިންގެ ގައިގާ އޭނާ ދަގަނޑުބުރިން ޖަހަން އުޅެނިކޮށް ޔައިނާ ކުރިމައްޗަށް އެރުމުގެ ސަބަބުން ޔައިނާގެ ގައިގާ ޖެހި އޭނާ ވެއްޓުނީކަމަށެވެ. ފުލުހުން އެ މައްސަލަ ބަލަމުންދާނެކަމަށް ބުނެ އެތަނުން ދިޔައިރު ޔާއިން މޫނުމަތީ އަތް އަޅާލައިގެން އިނެވެ.

އެތަނުން އޭނާ ނިކުތީ ރަނގަޅަށް ފަރުވާވެސްނުކޮށެވެ. ނިކުތްގޮތަށް އޭނާ ގޮސް އިނީ އަވަސްފަރުވާ ދޭ ތާ ކުރިމަތީ ހުރި ގޮނޑިބައްރިން ގޮނޑިއެއްގައެވެ. ސުމާ އާއި މާޒިން އައިސް އޭނާގެ ދެފަރާތުގައި އިށީނެވެ. ސުމާ ޔާއިންގެ ގައިގާ ދުޅަވެ ރަތް އަރާފައި ހުރިތަން ތާ އައިސްކިއުބު ޖައްސަމުން ދިޔައެވެ. “ދަރިފުޅާ ތަދެއްނުވޭތަ؟” ސުމާ ބުނެލީ ކޮލުގައި އަތްލަމުންނެވެ. “މަންމާ! ޔަނާއަށްވެސް ތަދުވާނޭ.. އޭނާ ޖެހީ ވަރަށް ބާރަށް…. ކޮލުގައި ޖެހިލެއް ބާރުކަމުން އަނގައިން ލޭއާދޭ… ބޯ ފަޅައިގެން ދިޔަ މަަގުމައްޗަށް ވެއްޓުނުގޮތުން…. އަދިވެސް އަހަރެންތަ ތަދުވެގެން އުޅެންވީ.. މަންމަ ޕްލީސް…” ޔާއިން އެހެން ބުނެފައި އޭނާގެ މޫނުފޮރުވާލީ އިތުރަށް އެ އައިސްކިއުބު ޖެއްސުނަ ނުދޭށެވެ. އޭނާ ދިޔައީ އަމިއްލަ ނަފްސް ކުށްވެރިކުރަމުންނެވެ. ޔައިނާ ރައްކާތެރިނުކުރެވުނު ތާނގާއި އޭނާގެ ބޭބެއެއްގެ ޒިންމާވެސް އަދާނުކުރެވުނެވެ.

“މަމް.. ޕްލީސް… އެތަނަށް ވަދެފައި ބަލާބަ ވާ ގޮތް.. މަމް ތީ ޑޮކްއެއްނު.. ދޭބަ ބަލާލަން…. ޔަނާ އޯކޭތޯ.. މަމް ޕްލީސް.. ނޫނީ ބައްޕަ… ބައްޕަ ޕްލީސް ދޭބަ ބަލާލަން… ޕްލީސް” ޔާއިން އާދޭސްކުރަންފެށިއެވެ. ސުމާ މާޒިންއަށް ބަލައިލިއެވެ. ދެމީހުން އިޝާރާތުން ވާހަކައެއް ދައްކާލުމަށްފަހު އެއްބަސްވުމުގެ ގޮތުން ބޯޖެހިއެެވެ. މާޒިން ތެދުވެފައި އެތަނަށް ވަނެވެ. ސުމާ ޔާއިން ކައިރިކޮށްލައިގެން އިނެވެ.

އެތަށް އިރެއްފަހުން ޑޮކްޓަރާއި އެކު މާޒިން ނުކުތެވެ. އޭރު މާޒިން ދިޔައީ ޑޮކްޓަރާއި ވާހަކަދައްކަމުންނެވެ. ސުމާ ޔާއިން އާއި އެކު ކޮޅަށް ތެދުވެ މާޒިން ކައިރިއަށް ދިޔައީ ޑޮކްޓަރު ދިޔުމުންނެވެ. “އިރާދަކުރެއްވިއްޔާ މާ ބޮޑު ވަރެއް ނުވޭ… އަނގަމައްޗާއި ބޯ ފަޅައިގެން ގޮއްސަ ހުރީ ވަރަށް ބޮޑަށް.. އަދި ހެޔެއް ނާރަ.. ޕްރައިވެޓް ރޫމްއަކަށް  ޗޭންގް ކުރަން އުޅެނީ..” މާޒިން ބުންޏެވެ. ސުމާއަށް ފުން ނޭވައެއް ދޫކޮށްލެވުނެވެ. ޔާއިން ގޮސް ކުރިން އިން ގޮތަށް އިނެވެ. ސުމާ ގޮސް އޭނާގެ ކޮލުގައި އައިސްފެން ޖައްސަމުންދިޔުމުން ޔާއިން ސުމާގެ އަތް ދުރަށްލިއެވެ. “ޔަނާހޭ އެރީމަ ނޫނީ އަޅުގަނޑު ފަރުވާއެއް ނުކުރާނަން… އެ ހުރިހާ ކަމެއްވީވެސް އަޅުގަނޑާއި ހެދި..” ޔާއިން ބުންޏެވެ. މާޒިން ސުމާ ކައިރި އިޝާރާތުން އޭނާ ބުނާގޮތަށް ހެދުމަށް އެންގިއެވެ. އަދި ޔައިނާ ރޫމްއަކަށް ބަދަލުކުރުމުގެ ކަންތަކާއި އުޅުނެވެ. “މަމް.. އަމް ސޮރީ… އަޅުގަނޑު ޔަނާ ފަހަތުގައި ބަހައްޓައިގެންނޭ އޭނާއާއި ކުރިމަތި ލީ.. އަޅުގަނޑަކަށް ނޭނގެ ޔަނާ ކުރިމައްޗަށް އެރިއިރުވެސް…” ޔާއިން ބުނެލީ ސުމާގެ ކޮނޑުމަތީ ބޯ އަޅާލަމުންނެވެ. “އިނގެޔޭ މަންމައަށް.. ދަރިފުޅު ގޮތަށް ޔަނާވެސް މަސައްކަތްކުރީ ދަރިފުޅުގެ ސަލާމަތަށްކަން.. އެކަމް ތިކަން ފޮރުވީމަ މަންމަ ވެސް ބައްޕަވެސް މިހުންނަނީ ހިތްހަމަނުޖެހިފައި.. އެކަމް މިހާރު ވަކި ރުޅިއައިސްގެން ވާނެކަމެއް ނެތް.. އެމީހުންވެސް އަތުލައިގަނެފި..” ސުމާ ބުންޏެވެ.

މާ ގިނައިރުތަކެއް ނުވެ ޔައިނާ ޕްރައިވެޓް ރޫމްއަކަށް ބަދަލުކުރެވުނެވެ. އޭރުވެސް އޭނާ ހެއެއް ނާރައެވެ. ޑޮކްޓަރު 2 ގަޑިއިރު ދީފައިވާރި އަދި ހޭއަރަން ވަގުތު އެބައޮތެވެ. ސުމާ އާއި ޔާއިން ތިބީ ޔައިނާގެ މޫނުމައްޗަށް ބަލަންށެވެ. އޭނާގެ މޫނުމަތިން މައުސޫމްކަން ފާޅުވާންހުރި އިރު ކޮލުގައި އަދިވެސް ނިޝާން އެބަހުއްޓެވެ. އޭނާގެ އިސްތަށިގަނޑާއި އެކު ބެންޑޭޖެއް ވަނީ އޮޅާލެވިފައެވެ. މެޝިނެއްގެ އެހީގައި އޭނާ އޮޕަރޭޓް ކުރަމުންދިޔައިރު ހީވަނީ ދެންމެ ދެންމެ ހޭލަފާނެހެންނެވެ. “ޔާން… ދަރިފުޅާ… މަންމައާއި ބައްޕަ އެބަ އަންނަން ގެއަށް ގޮއްސަ، ޔަނާ ހޭއަރަން އަދި ވަގުތު އެބައޮތް… ޔާލްވެސް މިހާރު ހޯދާނެ.. ޔާލް ގޮވައިގެން މަންމައާއި ބައްޕަ މި އަންނަނީ އިނގޭ… ޔަނާ ހޭއެރިއްޔާ ދަރިފުޅު ޑޮކްޓަރަށް ގޮވާލާތި، މަންމަ މިދަނީ ނަރުހަކު ކައިރިވެސް ބުނެފައި ޔަނާ ހޭއެރީމަ ޔާންއަށް ފަރުވާކުރާށޭ… ބަލާބަލަ މިތަންވެސް ދުޅަވެފައި މިހުރީ..” ސުމާ ވާހަކަދައްކަމުން ގޮސް ޔާއިންގެ އަތުގައި ހިފެހެއްޓިއެވެ. އެއީ ޖުމާހު އެރިތަނެވެ. ޔާއިން ހޫމް އޭ ބުނުމުން ސުމާމެން ހިނގައިގަތެވެ.

ޔާއިން އިށީނދެ އިނީ ޔައިނާއަށް ބަލަހައްޓައިގެންނެވެ. ޔައިނާ އެގޮތަށް ހެދީ ކީއްވެބާއެވެ؟ ޔައިނާއަށް ވާ ވަރާއި އެއްވަރަށް އެ ހިތަށްވެސް އެބަ ތަދުވެއެވެ. ކުރިމަތިން ސިފަވެގެން ދިޔައީ ޔައިނާގެ މޫނުމަތީ ޖެހި އޭނާ ވެއްޓުނުގޮތެވެ. ޔާއިން މޫނުމަތީ އަތް އަޅާލިއެވެ.

……..

ޔައިނާ ދެލޯ ހުޅުވިއެވެ. އަނެއްކާވެސް މަރާލަމުން ހުޅުވާލީ ފުސްވެފައި ހުރުމުގެ ސަބަބުން ތަނެއް ދޮރެއް ނުފެންނާތީއެވެ. ދެވަނަ ފަހަރަށް ހުޅުވާލުމާއި އެކު އޮތްތަން އިނގުނެވެ. އޭނާގެ ބޮލުގައި ރިހުމެއް ހުރިއިރު އަތުގައި ވަނީ އައިވީއެއް ގުޅާފައެވެ. ޔައިނާ ކަނާތް ފަރާތަށް ބަލާލިވަގުތު މޫނުގައި އަތް އަޅައިގެން އިން ޔާއިން ފެނި ހިނގައިދިޔަ ކަންތަށް ސިފަވިއެވެ. ޔާއިންގެ ޓީޝާޓުގައި އަދިވެސް ލޭ ހުރިތަން ފެނި އޭނާ ހީކުރީ ޔާއިން ގެ ގައިން ލޭ އަންނަނީކަމަށެވެ. ހިނިތުންވެވުނީ ޔާއިން ސަލާމަތްކުރެވުނު ކަމަށްޓަކައެވެ. ޔާއިން އަށް ޔައިނާ ހޭއެރިކަންވެސް ނޭނގުނެވެ. ނަރުހަކު ގަޑިހަމަކޮށް ބަލައިލަން އާއިރު ޔައިނާ ހޭއަރައިފައި އޮތް ތަން ފެނި ޑޮކްޓަރު ބަލައިދިޔައެވެ. ޑޮކްޓަރު ވަތް އަޑަށް ޔާއިންވެސް މޫނުމަތިން އަތް ނަގާލަމުން ބަލާލިއިރު އޭނާއަށް ބަލަހައްޓައިގެން އޮތް ޔައިނާ ފެނުނެވެ. އޭނާގެ ދެލޮލުން ޔައިނާއަށް ފެނުނީ ޝަކުވާއެވެ. އެ މޫނުމަތިވެސް ފެނުނީ ކިރިޔާއެވެ. އަނގަމަތީ ލޭ ހިކިފައި ހުރިއިރު ކޯ ހުރީފަނޑު ނޫކުލައާއި ރަތްކުލައިގައެވެ.. ދެމީހުން އެކަކު އަނެކަކަށް ބަލަހައްޓައިގެން ތިއްބާ ޑޮކްޓަރު ޔައިނާ ޗެކްކޮށް ނިންމާލިއެވެ. “ކޮބާ؟ ކޮއްކޮ ހޭ އެރީއޭ، ބައްޕަ ބުނުއްވި ޔާއިން ބޭސް ކުރާނީ ކޮއްކޮ ހޭއެރީމައޭ.. އަވަހަށް އެކަމާ އުޅޭ.. ނާރސް….!” މާޒިން ގެ އެކުވެރި ޑޮކްޓަރަކު އެހެން ބުނެލީ ޔާއިންއާއި ދިމާލަށެވެ. އެއަށްފަހު ނަރުހަށް އިޝާރާތްކުރުމުން އޭނާ ބޯ ޖަހާލާފައި ނިކުތެވެ. ޔާއިން އާއި ޔައިނާގެ ނަޒަރު ވަކިވީ އެވަގުތުއެވެ. ޑޮކްޓަރު އެ ބުނި ޖުމްލައިން އެދެމީހުންނަށް އެ ދެމެދުގައިވާ ގުޅުން ހަނދާންކޮށްދިންފަދައެވެ.

ޑޮކްޓަރ ދިޔަތާ އިރުކޮޅެއްނުވެ ނަރުސް އައިސް ޔާއިންއަށް ފަރުވާކުރަން ފެށިއެވެ. ޔައިނާ އިނީ އެދިމާ ބަލަހައްޓައިގެންނެވެ. ޔާއިން އިނީ އިސްޖަހާލައިގެންނެވެ. ކުއްލިއަކަށް އެ ނާރސް ޖެއްސި ގޮތުން އޭނާއަށް ތަދުވެގެން މަޑު އާހެއް އަނގައިން ނިކުތެވެ. “ބީ ކެއަރފުލް ސިސްޓަރ ޕްލީސް..” ޔައިނާ އެހެން ބުނެލުމުން ނަރުސް ކުއްޖާ ހީލާފައި ވަރަށް ބަލައިގެން ފަރުވާކުރަން ފެށިއެވެ. ޔާއިން އިނީ ޔައިނާއާއި ދިމާލަށް އެއްޗެހި ކިޔާހިތްވެފައެވެ. ނަރުސްކުއްޖާ އެ ކުރާކަމެއްކޮށްފައި ދިޔުމުން ޔާއިން ޔައިނާއަށް ބަލައިލީ ދެލޯ ހަނިކޮށްލަމުންނެވެ. “ކީއްވެ އެހެން ހެދީ؟؟؟ މީ ކުޅޭ ކުޅިވަރެއް ނޫނޭ ޔައިނާ؟” ޔާއިން ބުނެލީ ހިތްހަމަނުޖެހިފައެވެ.

ޔައިނާ އެއްޗެއް ނުބުނެ އޮތުމުން އިތުރަށް ޔާއިން ރުޅިއައެވެ. “ކީއްވެތަ އެހެން ހެދީ؟؟؟” ޔާއިންއަނެއްކާވެސް އެހިއެވެ. ޔައިނާ ޔާއިންއާއި ދިމާލަށް މޫނުއަނބުރާލިއެވެ. “އަހަރެންގެ ކުރިމައްޗަށް އަރާ ދޮންބެވެސް އޭނާ އާއި ފައިޓްކުރި ސަބަބަށްޓަކައި” ޔައިނާ އެހެން ބުންޏެވެ. “ދޮންބެ” އޭ ބުނިވަގުތު އޭނާގެ ނޭވައި އަވަސްވީ މި ނޫނީ ދުވަހަކުވެސް އޭނާ ޔާއިންއާއި ދިމާލަށް ދޮންބެއޭ ބުނެފައި ނުވާތީއެވެ. ޔާއިން އަށް ލޯ މަރާލެވުނެވެ.

ދެމީހުންގެ މެދުގައި އިތުރު ވާހަކައެއް ނުދެއްކެނިސް ސުމާމެން އައެވެ. ޔާއިލް ވެސްމެއެވެ. ޔާއިލް ހުރިގޮތުން ވީ ގޮތް އިނގެން ބޭނުންވާކަހަލައެވެ. ސުމާމެން އޭނާ ކައިރި ބުނީ ޔައިނާ ސިޑިން ވެއްޓުނީކަމަށެވެ. އެހެނީ ޔާއިލް އިތުރަށް އެ މައްސަލައަށް ވަންނަން އެމީހުން ނޭދުނީއެވެ. ޔައިނާއަށް ޔާއިލް ފެނުމުން ހީލިއެވެ. ޔާއިލް ހުރީ ދެރަވެފައިކަން އެ މޫނުމަތިން ކިތަންމެހާވެސް ރަނގަޅަށް އިނގެއެވެ.

……

4 ދުވަސްފަހުން ޔައިނާ ދޫކޮށްލެވުނު އިރު ތުންތުން މަތިން އިވެމުންދިޔަ ހަބަރަކީ އެ ޖަމީހުމެން ޖަލަށްލެވުނު ވާހަކައެވެ. އެމީހުންނަކީ މަސްތުވާތަކެތީގެ ވިޔަފާރިކޮށް އެ ބޭނުން ކުރާ ބަޔަކަށް ވެ އެކަން ސާބިތުވުމުން އެމީހުން ޖަލަށް ލެވުނީއެވެ. ސުމާ އާއި މާޒިން ޔައިނާއަށް ނަސޭހަތް ދިނީ އެކަހަލަ ކަމެއްވާނަމަ ނުފޮރުވުމަށެވެ. އަދި އެމީހުންކައިރި ބުނުމަށެވެ. ޔައިނާއެކަމަށް އެއްބަސްވީ ކިތަށްމެ ހިތިކޮށްނަމަވެސް އޭގެ ނަތީޖާ ފެނުމުންނެވެ.

އެދެމީހުން ދޭތެރޭ އަނެއްކާވެސް ދުރުކަމެއް ވެރިވިއެވެ. އެކަކު އަނެކަކާއި އަނގައިން ނުބުނެ ބަލައިވެސްނުލައެވެ. ޔައިނާ ގެއަށް ދޫކޮށްލެވުނުއިރު މަލަންކޮޅު އަޅާލެވިފައި އިނީ ހަމައެކަނި ފަޅައިގެން ގޮއްސާ އިން ހިސާބުގައެވެ. އެއީ ނިއްކުރިމައްޗެވެ. އޭގެ ދެ ދުވަސްފަހުން އޭނާ ކޮލެޖަށް ދާންފެށިއެވެ. ސުމާ މެން އެކަނި ދާން ނޭދުނަސް މިފަހަރުވެސް ދޫކޮށްލީ ޔައިނާ ބޭނުންގޮތަކަށް ކަންތަށްކުރާށެވެ. އެމީހުންގެ ބިރަށްޓަކައި ދަރިފުޅު އަމިއްލަ ނަފްސަށް ކުރާ އިތުބާރު ގެއްލުވާލައިގެން އެ ދެވޭ އަނިޔާ މާ ބޮޑުކަން އެމީހުންނަށް އިނގެއެވެ. ހަމަގައިމުވެސް މިފަހަރު އެ ކޮލެޖަށް ދާން ނިކުންނަނީ ކުރީގެ އެ ޔައިނާއެއް ނޫނެވެ. މިހާރު އޭނާ ވަނީ ކުރިއަށްވުރެ ބޮޑަށް ސަމާލުވެގެން އުޅުމަށް އަޒުމްވެސް ކަނޑައަޅާ ފިނޑިނުވެ ކޮންމެ ބަޔަކާއި ވެސް ކުރިމަތިލާނެކަމަށް ވައުދުވެފައެވެ.

……..

ޔާއިން އަށް އޭޑީކޭއިން އޭނާއަށް އެކަށޭނެ ވަޒީފާއެއް ލިބުން ވެގެން ދިޔައީ އޭނާއަށްވެސް މާ ގިނައިން ގޭގާއި ނޫޅެ ޔައިނާގެ މޫނު ނުފެންނަ ހިސާބުގައި އުޅުމަށް ލިބުނު ފުރުސަތަކަށެވެ. ޑިއުޓީ އިންނަ ގަޑިއަށްވުރެ ގިނައިރު އޭނާ މަސައްކަތްވެސް ކުރެއެވެ. ގެއަށް އަންނަގޮތަށް ކޮޓަރީ އޮވެފައި ދެން ނިކުންނަ މީހާ ކާނީ އެންމެން ކައިވެސް ނިމޭފަހުންނެވެ. އެ ހިތަށް ކުޑަނަމަވެސް ބަދަލެއް ލިބޭތޯ ކުރަމުން އަންނަ މަސައްކަތް ކާމިޔާބު ވާހެންނެއް ހިއެއްނުވެއެވެ. ޔައިނާގެ މޫނު ރަނގަޅަށް ނުފެނި ހަފްތާއެއް ވީއިރު އެ ހިތުގެ ހާލު ވަރަށް ގޯހެވެ.

ޔައިނާގެވެސް ހާލަކީ އެއީއެވެ. އޭނާވެސް ދުރު ދުރުން އުޅެނީ ޔާއިން އަށް ޓަކައި އެ އުފެދޭ މުޅިން ގޯސް އިހްސާސްތަށް ނައްތައިލެވޭތޯއެވެ. އޮސްޓްރޭލިޔާއަށް ދާ ދަތުރުވެސް ފައިނަލްވެ ޑިސެމްބަރު ފަހުކޮޅު ދިޔުމަށް ވަނީ ހަމަޖެހިފައެވެ. އެކަމުން ޔައިނާއަދި ޔާއިންއަށްވެސް ހަމަޖެހުން ލިބުނީ ދުރުގައި އުޅުމުން ހުރިހާ ކަމެއް ރަނގަޅުވާނެކަމަށް ހިތާއެވެ. މާޒިންއާއި ސުމާ ދިޔައީ އެދެމީހުންގެ ދެ ދަރިފުޅަށްވެސް އަންނަމުންދިޔަ ބަދަލުތަށް ގާތުންދެކެމުންނެވެ. ދެމީހުންނަށްވެސް ނޭނގޭ ކަމަކީ ދެމީހުން އެ ފިލަނީ އެކަކު އަނެކަކު ކައިރިންނެވެ. އެ ހިތް ބޭޒާރު ވެދާނެތީއެވެ. އެދެމީހުންގެ ހިތުގައި ރަސްކަން ކުރަނީ އިތުރު އެހެން ބައެއް ނޫނެވެ. އެ ދެމީހުންނަށް އެ ބަދަލު އައީވެސް އެހެން ބައެއްގެ ސަބަބުންނެއްނޫނެވެ. “އަހަރެން ހިތަށް އަރާ ކިހިނެއްބާއޭ މިވަނީ..” ކާން އިން ސުމާ ބުނެލީ ޔައިނާ އާއި ޔާއިން އުޅޭ ގޮތުން ކަންބޮޑުވެފައި އިނދެއެވެ. ދެމީހުން ކައިގެންވެސް އެދިޔައީ ވަރަށް ކުޑަކޮށެވެ. ހީވަނީ ކޮންމެހެން ކާންޖެހޭތީ ކައިގެން ދިޔަހެންނެވެ.

“އަހަރެންނަށް ހީވަނީ، ދެމީހުންވެސް ކިރިޔާހެން މި ބޮޑުވާންފެށީ… އިނގިއްޖެ ދޯ މި ބުނި އެއްޗެއް.. ސުމް ވާހަކަދައްކާލަންވީނު ޔާން އާއި.. އަހަރެން ދައްކާނަން ޔަނާ އާއި…” މާޒިން ބުންޏެވެ. “ހުމްމް…. މަށަށް ވެސް ތިގޮތް އެންމެ ރަނގަޅީ…” ސުމާ އެއްބަސްވިއެވެ.

ދެމީހުން ވާހަކަދައްކައިގެން ކުޑަކޮށް ކަންތަށްތަށް ރޭވިއެވެ. ސުމާ ޔާއިންގެ ކޮޓަރިދޮށަށް ދިޔައިރު މާޒިން ދިޔައީ ޔައިނާގެ ކޮޓަރިއަށެވެ. ސުމާ ދޮރު ހުޅުވިއިރު ޔާއިން އޮތީ ފުން ވިސްނުމެއްގައެވެ. އޭނާ ގޮސް ޔާއިން ކައިރި ހުއްޓުނުއިރުވެސް އޭނާއަށް ނޭނގުނެވެ. ސުމާ ކެއްސާލުމާއި އެކު ސިހިފައި ޔާއިން އެދިމާލަށް ބަލައިލިއެވެ. އަދި އަވަހަށް ތެދުވެ އެނދުގައި ލައްގަތެވެ.

“ކޮން ކުއްޖެއްތަ އެއީ؟” ސުމާ ސީދާ ޕޮއިންޓަށް ދިޔުމާއި އެކު ޔާއިންގެ ދެލޯ ބޮޑުވެ ހިތް ތެޅިގަތެވެ.

……….

“ޑޭޑް.. އެއްވެސް ކުއްޖެއް ނޫނޭ… އަޅުގަނޑު ބުނީމެއްނު އެކަހަލަ އެއްވެސް ކަމެއް ނޫނޭ..” މާޒިން ކޮށްލި ސުވާލުން ޔައިނާ ސިހުނެއްކަމަކު އާދައިގެ ގޮތަކަށް އެހެން ބުންޏެވެ. “ދެން ކޮންކަމަކާ ތި ވިސްނަނީ؟ ބައްޕައަށް އިނގެޔޭ ޔަނާ ކަމަކާ ވިސްނާކަން.. ބައްޕަ ކައިރިވެސް ބުނަންވީނު…” މާޒިން ބުނެލީ ޔައިނާގެ ބޮލުގައި ފިރުމާލަމުންނެވެ. ޔައިނާ ވިސްނާލިއެވެ. ބައްޕަ ކައިރި އޮޅުވާލައިގެން އެވާހަކަ ދައްކާލަންވީ ކަންނޭނގެއެވެ. ފަހަރެއްގައި ހައްލެއް ބައްޕައަށް ދެވިދާނެއެވެ. އެހެންނޫނަސް ދެން ބައްޕަ ކައިރިން ޖަވާބު ނުދީހެއް ސަލާމަތެއްވެސް ނުވެވޭނެއެވެ.

…….

“ދެން ބުނެބަލަ…” ސުމާ ބުނެލީ ޔާއިން ވިސްނުމެއްގައި އިނުމުންނެވެ. އޭނާ ވިސްނަމުން ދިޔައީ އެވާހަކަ ސުމާ ކައިރި ބުނާނެ ގޮތަކާއި މެދުގައެވެ. އޭނާ ސީދާ އެވާހަކަ ބުނެފިނަމަ މިގެއިންވެސް އޭނާ ނެރޭކަށް ސުމާ ފަހަތަށް ނުޖެހޭނޭ ޔާއިން ހިތަށް އެރިއެވެ. އޭނާދެކެ އޭރުން އެންމެންވެސް ނަފްރަތު ކުރާނެއެވެ. ހިތަށް ހަމަޖެހުން ކޮންމެސް ވަރަކަށް ލިބޭނީ ސުމާއާއި ވާހަކަދައްކައިގެން ކަންނޭނގެއެވެ. “މަންމާ.. އަނެއްހެން މާ ބޮޑުކަމެއްނުވޭ………. އެކުވެރިއަކަށް ދިމާވިކަމެއް، އެހެންވެ އެކަމާއި މި ވިސްނެނީ އޭނާ ކަންތަށްކުރާނެ ގޮތެއް ނޭނގޭތީ…..” ޔާއިން ބުނެލިއެވެ.

…….

“މާ ބޮޑުކަމެއް ނޫން އެކަމް ޑޭޑް.. އަޅުގަނޑު ފްރެންޑަކަށްވީ ކަމެއް މީ… އަޅުގަނޑު ކައިރި އެވާހަކަ ބުނީމަ ހަމަ ވިސްނެނީ އޭނާ އަށް ވާނެ ގޮތެއް ނޭނގޭތީ، އޭނާ ކަންތަށް ކުރާނެ ގޮތެއްވެސް ނޭނގޭތީ..” ޔައިނާ ބުނެލީ މާޒިން އަށް ބަލާލަމުންނެވެ. “ހުމްމް… ކިހިނެއްތަ ވީ އެ ފްރެންޑަށް؟” މާޒިން އަށް ޔައިނާ އެ ޖެއްސި މަޅި އިނގުނެވެ. ރައްޓެއްސެކޭ ކިޔައިގެން ޔަޤީނުންވެސް އެ ދައްކަން އުޅެނީ އޭނާގެ ވާހަކައެވެ. އަމިއްލަ ނަން ލައިގެން ބުނަން ނުކެރުނީ ކަންނޭނގެއެވެ. މާޒިން ކިތަންމެހާވެސް ބޮޑަށް އަޑުއަހާ ހިތްވިއެވެ.

….

ސުމާވެސް ވިސްނަމުން ދިޔައީ މާޒިން ވިސްނަމުންދިޔަގޮތަށެވެ. ޔާއިން އެ ދައްކަން އުޅެނީ އެކުވެރިއެކޭ ކިޔައިގެންވެސް އޭނާގެ އަމިއްލަ ވާހަކައެވެ.

“އޭނާއަށް އަމިއްލަ ކޮއްކޮ ދެކެ ލޯބި ވެވުނީއޯ..” ޔާއިން ބުންޏެވެ.

….

“އޭނާއަށް އަމިއްލަ ބޭބެ ދެކެ ލޯބި ވެވުނީއޯ..” ޔައިނާ ބުންޏެވެ.

………

ސުމާ އާއި މާޒިން ފުން ވިސްނުމެއްގައި ތިބެ އެ ކޮޓަރިން ނިކުތެވެ. ޔައިނާ އެ ބުނީ ރައްޓެއްސެއްގެ ވާހަކައެވެ. ހިތާހިތުން އެދެއްކީ ހަމަ ރައްޓެއްސެއްގެ ވާހަކައޭ އޭނާ ބުނަމުން ހިތްހަމަ ޖައްސާލިއެވެ. ޔައިނާ އެފަދަ ގޮތަކަށް ނުވިސްނާނޭ އޭނާ ހިތްބުނަމުން ދިޔައީ ޔައިނާ އެހާ ޅަ އަދި ގޯސް ވިސްނުމެއް ނުހުންނާނެކަން އިނގޭތީއެވެ. އެހެނީ އަދިވެސް އެއާއިލާ ތެރޭ އޮތް ސިއްރު އެ އޮތްގޮތަށް އޮތް އިރު ޔައިނާ އެކަހަލަ ގޮތަކަށް އަމިއްލަ ބޭބެއާއި ދެތެރޭ ނުވިސްނާއެވެ. ސުމާވެސް އެފަދަ ގޮތަކަށް ހިތްހަމަ ޖައްސާލަމުން ކޮޓަރިއާއި ދިމާލަށް ދިޔައެވެ. މާޒިންއާއި ސުމާއަށް އެރުނީ އެކަކު އަނެކަކު ކުރިމައްޗަށްކަމުން ސިހުނެވެ. ދެމީހުންވެސް ގަދަކަމުން ހިނިތުންވެލާފައި ކޮޓަރިތެރެއަށް ވަނެވެ. “ހުމްމް ދެން ބުނެބަލަ، ކިހިނެއްވީ ޔާންއަށް؟” މާޒިން ވާހަކަ ފެށިއެވެ. ސުމާ އެވާހަކަ ބުނާނެ ގޮތެއް ނޭނގުނެވެ. “މާ ބޮޑުކަމެއްނުވޭ.. ޔަނާއަށް ކިހިނެއްވިއްޔޯ؟” ސުމާ އެހިއެވެ. މާޒިންވެސް އެވާހަކަ ބުނާނެގޮތެއް ނޭނގުނެވެ. “އޭނާވެސް މާ ބޮޑުކަމެއް ނުވެޔޯ…” މާޒިން ބުނެފައި އެނދުމަތީ އޮށޯތެވެ. ސުމާވެސް އޮށޯތެވެ. ދެމީހުންގެ ސިކުނޑީގައި އެނބުރެމުން ދިޔައީ އެއްކަމެކެވެ. ދެމީހުންގެ ހިތްވެސް ތެޅެމުންދިޔައީ އެޔެއްމިއެއް ބަލާފައެއްނޫނެވެ.

“ޒިން..” “ސުމް” ދެމީހުންނަށް އެކީ އެހެން ބުނެފައި އެކަކު އަނެކަކާއި ދިމާލަށް އެނބުރުނެވެ. “ހުމް ކީކޭ؟؟” އަނެއްކާވެސް އެކީ އެހެން ބުނެވުނެވެ. މާޒިން ސުމާއަށް ފުރުސަތު ދިނެވެ. ނަމަވެސް އޭނާ ބުނާނެގޮތެއް ނޭނގުނެވެ. އަމިއްލައަށް އެކަން ބަލަން ބޭނުންވީއެވެ. އެކަމުގެ ތެރެއަށް ވަދެލަން ބޭނުންވީއެވެ. “ހަމަ ގޮވާލީ… ޒިން ކީއްވެ ގޮވީ؟ ކީކޭ ބުނަންތަ؟’ ސުމާ އެހިއެވެ. މާޒިންވެސް ހަމަ އެ ޖަވާބު ދީފައި ނިދަން އުޅުނެވެ. އޭނާވެސް ނިންމީ އެކަން އޭނާ އަމިއްލައަށް ބެލުމަށެވެ.

…..

އަނެއްދުވަހު ހެނދުނެވެ. ކުރިންދުވަހަކު ޔައިނާގެ ކޮލެޖް މުޅިން ބަންދުވީއެވެ. އޭނާ ދެން ފެށޭނީ އޮސްޓްރޭލިއާގައި އާ ސެމިސްޓަރ ގެ ކިޔެވުމެވެ. ޔާއިލްގެވެސް ޗުއްޓީ ފެށުނީއެވެ. އެންމެންވެސް ގޭގައި އުޅެމުން ދިޔައެއްކަމަކު މާޒިންގެ ނަޒަރު ހުރީ ޔައިނާއަށެވެ. ސުމާގެ ނަޒަރު ހުރީ ޔާއިންއަށެވެ. ދެމީހުންވެސް ހަފްތާއެއް ވަރު ޗުއްޓީއެއް ނަގައިގެން އުޅުނީ އެކަން ބެލުމުގެ ގޮތުންނެވެ. ނަމަވެސް އެންމެންނަށް އެ ހަބަރު ދިންއިރު އޭގެ ސަބަބު ބަދަލުވެގެން ދިޔައީ އެއްކޮށް ވަގުތު ހޭދަކޮށްލާށޭ ކިޔާފައެވެ.

ޔާއިން ހޮސްޕިޓަލުން ގެއަށް އަންނަ ކޮންމެ ފަހަރަކު ސުމާ އޭނާގެ ކަންތަށް ބަލާ ފާސްކުރަމުންދިޔައެވެ. ޝައްކުވާ ކަހަލަ އެއްކަމެއްވެސް ނުވެއެވެ. ހިތާއި ސިކުނޑިއަށް ހަމަޖެހުން ލިބިގެން ދިޔައީ އޭނާއަށް ޝައްކުވިކަހަލަ އެއްވެސް ކަމެއް ނުފެނުމުންނެވެ. މާޒިންވެސް ވަރަށް ބަލާ ޗެކްކުރަމުންދިޔައެވެ. ޔައިނާގެ ކޮންމެ ހަރަކާތެއްވެސް މެއެވެ. އޭނާއަށްވެސް ޝައްކުވާކަހަލަ ކަމެއް ނުފެނުމުން ނިންމީ ޔައިނާ ހަމަ ތެދު ތެދަށްވެސް އެކުވެރިއެއްގެ ވާހަކަދެއްކީކަމަށެވެ. ސުމާއާއި މާޒިން އެއްތާތިބެގެން އެވާހަކަ ދެއްކިނަމަ ޔަޤީނުންވެސް ޔައިނާއާއި ޔާއިންއަށްވެސް ނޭނގޭ ހަޤީޤަތް ދެމީހުންނަށް އިނގުނީހެވެ. ނަމަވެސް އަދި އެވަގުތު ނުޖެހެނީ ކަންނޭނގެއެވެ.

އެއްރެއެވެ. ޔައިނާ ޓެރެހުގައި ދެފައި ވައްކޮށްލައިގެން އިށީނދެ އިން އިރު އޭނާ ދިޔައީ ރޮމުންނެވެ. އޭނާއަށް އެފަދަ ބޮޑު ސަޒާއެއް ދެއްވީ ކީއްވެތޯ އޭނާ ދިޔައީ ސުވާލުކުރަމުންނެވެ. ދުވަހަކުވެސް ދެން ލޯބިނުވެވޭނެ އިރު އެ ލޯބި ވެވުނީވެސް ދުވަހަކުވެސް ލިބޭނެ މީހަކަށް ނޫނެވެ. އޭނާ ކީ ވާހަކަތަކުގައި ލޯބިވެވިގެން އެތަކެއް މައްސަލަތަށް ޖެހިގެން ލޯބިނުލިބޭނޭ ބުންޏަސް ވާހަކަތަށް ނިމެނީ އެ ލޯބި ލިބިގެންނެވެ. ނަމަވެސް ޔައިނާއަށް އަމިއްލަ ބޭބެގެ ލޯބި ލިބޭނީ ކިހިނެއްހެއްޔެވެ؟ މިއީ ކިހާ ބޮޑު ފާފައެއްހެއްޔެވެ؟ އަމިއްލަ ބޭބެގެ ލޮތްބަށް އެދުމަށްވުރެ އަމިއްލައަށް މަރުވުންވެސް މާ ރަނގަޅުވާނެއޭ ޔައިނާ ބުނެލިއިރު އެ ދެލޯ ކަރުނުން ވަނީ ފުރިފައެވެ. ހެއްދެވި ފަރާތަށް ޝަކުވާ ކުރަމުންދިޔައީ އޭނާ އަށް އެ އިހްސާސްތަށް ބަދަލުކޮށްލުމުގެ ފުރުސަތެއް ދެއްވާތޯ ދުޢާ ކުރަމުންނެވެ. ގާތްއެކުވެރިން ތިބިއިރުވެސް އޭނާ އެވާހަކަ އެމީހުން ކައިރި ނުބުނެ އަމިއްލަ އަމިއްލައިން ފޮރުވައިގެން އެ ހުންނަނީ އޭނާ ގަންނަންޖެހޭނެ ލަދެއްގެ ބޮޑުކަމުންނެވެ. އެ ހުރިހާ ކަމަކާއި ޝަކުވާތަށް މީހަކަށް ހިއްސާނުކޮށް ހިތުގައި ފޮރުވާލުމަކީ ފަސޭހަކަމެއް ނޫނެވެ.

ޔާއިން ޓެރެހަށް އައިސް ވަނީ އެވަގުތުއެވެ. އޭނާއަށް ފަސްދީގެން އިން ޔައިނާ ފެނި ހިތުގެ ވިންދު އަވަސްވިއެވެ. ކެތްކުރެވޭނެ އެންމެ މަތީ ދަރަޖައަށް ދެމީހުންވެސް ތިބީ ކެތްކޮށްގެންނެވެ. ލޯބިވާ މީހަކަށްޓަކައި މިފަދަ ބޮޑު އިމްތިހާނަކާއި ދެމީހުން ކުރިމަތި ލާއިރު ދުނިޔެ ހަނދާންކޮށް ދެމުން ދިޔައީ އެދެމީހުންގެ ގުޅުމެވެ. ކޮއްކޮ ބޭބެގެ ގުޅުމެވެ. ކެތްވާނީ ކިހިނެއްހެއްޔެވެ؟

ޔާއިން ޔައިނާގެ ފަހަތަށް ވާ ގޮތަށް ޓެރެހަށް ވަދެވޭ ދޮރު ހުރި ފާރުގައި ލައްގަނެލައިގެން އިނެވެ. ދެމީހުންގެ ހިތުގައިވެސް ވަނީ ޝަކުވާއެވެ. ހައްދަވާ ބޮޑު ކުރެއްވި ރަސްކަލާނގެއަށް ދަންނަވަމުން ދިޔައީ ކެތްތެރިކަމަށެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (29)

  1. Ryn

    Salaam. Every Tuesday Thursday and Saturday is hama for sure up kuraanan dhn 4 vana dhuvas confirm eh nukurevidhaane ekm week aku 4 dhuvas iraadhain genesdheynan. So keep waiting 😉 next part tomorrow in sha Allah ??
    Aaand kuhjaku ebain bodu vaahakeh bunefa.. About commenting on saandy and not in shine when shine is my fav. But ryn bunelanvx bunin kiriyaa ey vaahaka kiyan feshy again 2 part kiyaafa huhtaalaafa busy vgn and now also aslu vrh busy kiriyaa 16 vana part ga miulheny lol and epart thakah comment kuryma aslu balaane myheh vx nuhuhnaane its maa kuryge dhw.. Ryn saandyge vaahaka ebakiyey daily kh cx its on every morning and hama free vgn eba kiyan evaahaka but vaa ehchaky adhi ryn shine ge mihaaruge part thakaa hamaa ah naadhe so aiima i will also comment if it doesnt end before i reach to it lol! So ehvx hasadha eh ehvx kahala kameh noave dhn vrh aslu awkward dhw myhun ehn bunaathy. Emyhehge amihla reason ovedhaane dhw vaahaka ah comment nukurevumuge..Knme myhaky goas myheh nun 😉 ? anyway tc ?

  2. Miny

    Nice. When next part upload kurany

    1. Ryn
      Miny

      Tomorrow in sha Allah ? thankyou ?

  3. Ryn

    Aaand i forgot to tell mirey to tune vfm rynge vaahaka adu ahaalaathi.. Name is “thi loaibahtakaa” and tell me about it too. tc ? ?

  4. Butterfly girl

    Time?

    1. Ryn
      Butterfly girl

      Even idk the time darling.. hehe!

  5. Girl

    Nyc…btw as in your comment, ‘hamaalah’ nukiyaane.da right way is ‘hama ah’ .?

    1. Ryn
      Girl

      Aah thankyouuu ryn vaahakaiga eword rangalhu kurias talk kuraairu i cant cx im born with that hamaalah.. hehe anyway thankyou 🙂

  6. Aish

    Maa haasaru gina nukohba reethi ekam maa haasaru ginaee

  7. Anonymous

    alhe radio in genna vaahaka vx meega up kohladheebala.. i want to read it..mi vaahaka vx v nice,.. kurin heekury ehaa reecheh nuvaane kamah bt aslu v reethi n varah kiyaa hiyyvehje mi vaahaka

  8. Xoxo

    Ryn liyaa huriher vaahakaehga partey in ulheythee vrh boring..

  9. Shew

    Salhi
    Ekam heddhevi faraathah edhi dua kuraa iru udah balaigenney inyma V v v v udhaguu vey
    Aharemen muslimun vaagi edheyny udah balaigeneh noon
    Ekahala kanthah ragalhu kuriyya v v furihama vaane

    1. Eena
      Shew

      Yes aslu heddhevi faraai hadhumakurumaa shukuru kurumuga udah belyma dhen dhynaa hilaafa vy.. mi vaahaka ah kithamme shaugeh huttas kiyun ragalhu noon kan ihusaas vaan fashaifi.. publish kurumuga esfiya in ves mikahala kanthakah samaalu vun ragalhu

  10. haw shia shaba shi r

    Mashaa Allah v v reethi mi part ves,InshaaAllah vaahaka liyumuge vee ehme kuriyakah dhaaney kamah Uhmeedhukuran

  11. sunshine

    Vvvvv salhi mibaives.. Thnkx ryn…

  12. Sm1

    Heard your story frm vfm.. Prsnt kohdheyley reehcheh noon..
    Ekam stry reethi vaane hen hyvey.. 🙂

  13. Azu

    Rynnn…..radio drama adu ahaalaifeemey….v reethi vaanehen heevanee…..gamaaru kuhjaa dheke viyya jaish ah loabi mi vevunee…..hehe

    1. Maya
      Azu

      Koniraku e vaahaka annany

  14. sam

    Haaaadha lovely STORY ekey please up next part

  15. Afoo

    Mibaivex v v v v nice

  16. Xoxo

    Ryn liyaa vaahakathakuga maa ginan partey in ulheythee vrh boring

    1. lol
      Xoxo

      She likes parteyn.

  17. Eyn

    Lol

  18. vishaa

    vara reethi..ur the best ..keep it up..waiting for next part

  19. Aishu

    Heddhevi faraathah vakeelu kuran jeheny udah balan idhe eh noon… meeky udah tharithakah handhah alhukan kuraa meehun thibi gaumeh noon…. aharemen aharemenge dheenah ihuthiraam kuran jeheyne

  20. marsha

    Aslu migothah vaaahaka liyaa myhun gina vegen vaahaka liyaa rythi ibaaraaiy gehlifa othas myhunah kamudey.. asl ehmenah aada akah vefa mihaar huhnany mikahala kan kan.. vaa goiy rythi veema nimuny.. ibaaraiy kurumaa kankan nethas ok

  21. kiaa

    Vrh rythi mi baives…. thnks ryn…. Next part avahah up kohdhyba….☺☺❤❤????

  22. sam

    iam waiting for u r STORY next part please up next part

  23. sara

    after a long time. vadheli iru ryn ge stories hama mi balaaly first. this story is really nice.

Comments are closed.