Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އިންތިޒާރުގައި ހުރިން.. (8)

Ryn 100 Stories10 Stories1K Comments500 Comments100 Comments100 Login
March 2, 2017 8 Mins Read
15 Comments

އޭގެ އަނެއްދުވަހެވެ. މާޒިން ހޮސްޕިޓަލަށް ދިޔައިރު ސުމާ ގޭގައި އުޅޭ ދުވަހެކެވެ. ޔައިނާ އާއި ޔާއިން އަދިވެސް ސައިބޯކަށް ނާދެއެވެ. ޔައިނާ ކޮލެޖަށްވެސް ދާންޖެހޭނެއެވެ. ސިޓިންގް ރޫމްގައި ރުޅިގަދަވެފައި އިން ސުމާ ތެދުވީ ދެމީހުންނަށް ގޮވަންދާށެވެ. ސިޑިއާއި ހަމާއަށް އެރުމާއި އެކު ލޮލުގައި އަޅައިގަތީ ޔައިނާއެވެ. އޭނާ ކޮލެޖްއިން ގެނައި ބައެއް ޓެސްޓް ޓިއުބްތަކެއްގެ އިތުރަށް ދެ ފޮތް ހިފައިގެން އާދެއެވެ. ސުމާ ފެނުމުން ހިނިތުންވުމަކައި އެކު ބާއްޖަވަރި ހެނދުނަކަށް އެދުނެވެ. “ކޮބާ ޕްރޮޖެކްޓް؟” ސުމާ އެހިއެވެ. “ދަބަހުގައި….. ދަބަހަށް ލެވޭވަރުވޭ.. އެހެންވެ ދަބަހަށް ލީ..” ޔައިނާ އެހެން ބުނެލިއެވެ. “އެހެންތަ. ދޭ ކާން އަވަހަށް…” ސުމާ ޔައިނާގެ އިސްތަށިގަނޑުގައި ފިރުމާލަމުން އެހެން ބުންޏެވެ. އޭރުވެސް ޔާއިން ނާދެއެވެ. “ދޮންބެ ނުހޭލަނީ ކަންނޭނގެ.. ހޭލީމަ ދެން އަންނާނެއެއްނު ކާން..” ސުމާވެސް އެހެން ބުނެފައި ގޮސް ޔައިނާ އާއި އެކު ކާން އަރައިފިއެވެ.

………..

ޔައިނާ ކޮލެޖްއިން މިއަދު ނިމޭނީ 4 ޖަހާއިރުއެވެ. އޭރުން ރޭގަނޑުވަންދެން އިންނަން ނުޖެހޭތީ އޭނާ އަށް ފުން ނޭވައެއް ދޫކޮށްލެވުނެވެ. އިއްޔެހިނގި ކަންތަކާއި ހެދި އޭނާ ހުރީ ވަރަށް ފިކުރުބޮޑުވެފައެވެ. ކޮލެޖްއިން އޭނާ ނިކުމެގެން ގެއަށް ދާން ހިނގައިގަތީ ބިރުންހުރެއެވެ. އުއްމީދު ކުރިގޮތާއި ހިލާފަށް އެމީހާ އާއި ޔައިނާއާއި ދިމައެއްނުވިއެވެ. މިއަދު ނިމުނު ގަޑީގެ ގޮތުންކަންނޭނގެއެވެ. ހަމަޖެހިލާފައި ޔައިނާ ގޮސް ގޭގެ ބޮޑު ގޭޓް ކައިރި ހުރި ކުޑަ ދޮރުން އެތެރެއަށް ވަނެވެ. ގެއަށް ވަންނަ ބޮޑު ދޮރު ހުރީ ލައްޕާފައެވެ. ސުމާ ހޮސްޕިޓަލުގައި ކަމަށް އަންދާޒާ ކޮށްލީ ސުމާ ގެ ބޫޓް ފެންނަން ނެތުމުންނެވެ. ޔައިނާ ބެލްޖަހާލުމާއި އެކި މީހަކު ދުވެފައި އައި އަޑުއިވުނެވެ. އެއީ ޔާއިލްކަން އޭނާއަށް ޔަޤީނެވެ.

ޔާއިލް ދޮރު ހުޅުވާލުމުން ޔައިނާ ފެނިފައި ފުޅާ ހިނިތުންވުމެއް ދިނެވެ. ޔައިނާ ހިނިތުންވެލާފައި ޔާއިލްގެ އިސްތަށިގަނޑާއި ކުޅެލިއެވެ. “މަންމި ދިޔައީތަ؟” ޔައިނާ އެހިއެވެ. ޔާއިލް އާއެކޭ ބުންޏެވެ. “ޔާލް ކެއީތަ؟” ޔައިނާއާއި އެއްވަރަކަށް ޔާއިލް ހިނގަމުންދިޔައެވެ. “ޔަޕް ކައިފިން… ދޮންބެއާއި އެކު” ޔާއިލް އެހެން ބުނެލުމުން ޔައިނާ އެހެންހޭ ބުންޏެވެ. އޭނާ ޔައިނާ އާއި އެކު ސިޑިއަށްވެސް އަރައިފިއެވެ. ޔަޤީނެވެ. އެ އުޅެނީ ކޮންމެވެސް ކަމެއްކުރާށޭ ބުނާށެވެ. އެހެންނޫންނަމަ އޭނާ މިގޮތަކަށް ނޫޅޭނެއެވެ. “ހުމްމް ދެން ދޮންތި ކައިރި ބުނެބަ ކޯޗެއް ބޭނުންވީ؟” ޔައިނާ އެހެން އެހުމުން ޔާއިލް ހޭންފެށިއެވެ. “ދޮންތި.. ހިނގާބަ އާރޓިފިޝަލް ބީޗްއަށް ދާން… ޕްލީސް ޕްލީސް….” ޔާއިލް ކިޔަންފެށިއެވެ. “އެޔޯ؟” ޔައިނާ ސުވާލުކުރިއެވެ. “އެއީ، މިސް ބުނީ އާރޓް ގަޑިއަށް އަންނައިރު ރީތި މަންޒަރެއް ކުރަހަން…. އެހެންވެ… ދޮންތި ގެންދާނަން ދޯ.. ޕްލީސް…” ޔާއިލް ބުނިގޮތުން ޔައިނާ ކައިރިއަށް ހިނިއައެވެ.

“ދެން، ދޮންތި ދާނެއެއްނު ތިވަރަށް ޕްލީސް ނުކިޔަސް، ދޭ ރެޑީ ވާން އިނގޭ..” ޔައިނާ އެހެން ބުނެލުމުން ޔާއިލް ޔައިނާގެ ގައިގާ ބައްދާލާފައި ދުއްވައިގަނެއްޖެއެވެ. ޔައިނާ އަވަސްވެލީ ފެންވަރައިގެން ރީތިވެލާށެވެ. ކުޑަ ހޭންޑް ބޭގް އަޅުވާލުމަށްފަހު އޭނާ ެަރައްކާކުރާ ލާރިން 500 ނެގީ ޔާއިލްއާއި އެކު ޑައިނަމޯއިން ރަނގަޅު އެއްޗެއް ކާލަންވެގެންނެވެ. ކުލާސްތަށް އޮތް ގޮތުންނާއި ބިޒީކޮށް އުޅެވުމުގެ ސަބަބުން ޔާއިލްއަށްވެސް އެނާއަށް ވަގުތުނުދެވެއެވެ. އެހެންޏާ އަބަދުވެސް ދެމީހުން ހަވީރު ހިނގާލަން ދާނެއެވެ. ނޫންނަމަ ކޮންމެވެސް ތާކަށް އައިސްކްރީމް ކަހަލަ އެއްޗެއް ބޯންދާނެއެވެ.

ސުމާއަށް މެސެޖްކޮށްލަމުން ޔައިނާ ދޮރު ހުޅުވާލާ ނިކުތްތަނުން އެރުނީ ދޮރުމައްޗަށް އެރި ޔާއިލްގެ ކުރިމައްޗަށެވެ. އާޓް ފޮތުގެ އިތުރަށް ޕެންސިލްކޭސް ހިފަހައްޓައިގެން އޭނާ ހުރީ ފުޅާ ހިނިތުންވުމަކާއި އެކުގައެވެ. ޔައިނާ ޕެންސިލް ކޭސް އޭނާގެ ކުޑަ ހޭންޑް ބޭގަށް ލަމުން ހިނގައިގަތެވެ. “ދޮންތި ނުކައިތަ ދާން ތިއުޅެނީ؟” ޔާއިލް އެހިއެވެ. “ގޮއްސަ ކާނީ، ޑައިނަމޯރ އިން ދެމީހުން.. ދޮންތި އެބަ ލާރި ގެންދަން..” ސިއްރު ސިއްރުން ޔައިނާ އެހެން ބުނެލުމުން ޔާއިލް އުފަލުން ފުންމާލިއެވެ. އޭނާވެސް ހުރީ ވަރަށް އުފާވެފައެވެ. ދުވަސްގަނޑަކަށްފަހު ޔައިނާ އާއި އެކު ބޭރަށް ދެވޭތީއެވެ. އެންމެ އުފާވަނީ ބޭރަށް ދެވޭ ދުވަހަކުވެސް އެކަހަލަ ކުދި ކުދި ކެއުންތަށް ލިބޭތީއެވެ. “ދޮންބެ ކޮބާތަ؟” ޔައިނާ އަހާލީ އޭނާ ގެ ބޫޓަށް އަރާލަމުންނެވެ. “ދޮންބެ ކައިގެން ދިޔައީ ބޭރަށް” ޔާއިން ބުންޏެވެ.

ދެމީހުން ހިނގާލާފައި އާރޓިފިޝަލް ބީޗަށް ދިޔައިރު 5 ޖަހަާ ބޮޑުވެއްޖެއެވެ. ނަމަވެސް މިވަގުތުގެ މަންޒަރު މާ ރީތިވާނޭ ޔައިނާ ބުނެލުމުން ޔާއިލް ހިލަގޮނޑީގައި އިށީނދެ ކުރަހަންފެށިއެވެ. 10 އަހަރުގެ ކުދިންނާއި ބަލާފާ އޭނާގެ ކުރެހުން ވަރަށް މޮޅެވެ. ޔާއިންވެސް އެހާ މޮޅުތާއެވެ. ޔާއިލް މަޑުމަޑުން އިނދެ ކުރަހަމުން ދިޔައިރު އޭނާގެ ލޮލުގައި އަޅައިގަތީ ދުރުގާ ހަމަ އޭނާގެ ގޮތަށް ކުރަހަން އިން އޭނާގެ އެކުވެރިއެކެވެ. “ދޮންތި، ޔާލް މިދަނީ އީވާން ކައިރިއަށް، އޭނާވެސް އޭނީ ކުރަހަން…” ޔާއިލް ދުރުގައި އިން އެ ކުއްޖާ ދައްކާލުމުން ޔައިނާ އޯކޭ އޭ ބުނެލުމުން އޭނާ ދުވެފައި ގޮއްސިއެވެ. ޔައިނާ ފޯނުން އެފްބީއަށް ވަދެގެން އިނެއްކަމަކު އިރު އިރުކޮޅާ ޔާއިލްމެންނަށް ބަލައިލައެވެ. ވާހަކައިގައި އެދެމީހުންވެސް ކުރަހަމުން ދިޔައިރު އުދަރެސް އަނދިރިވަމުން ދިޔައެވެ. އިރު އޮއްސެން ކައިރިވެފައި ވާއިރު ލައިޓްތަށް ދިޔައީ ޖެއްސެމުންނެވެ. މީހުންތަށް ދިޔައީ މަދުވަމުންނެވެ. ޔައިނާ ސިހުނީ މީހަކު ފަހަތުން އައިސް އޭނާގެ ކޮނޑުގައި ހިފަހައްޓާލުމުންނެވެ.  ސިހިފައި ތެދުވެ ފަހަތަށް ބަލާލިއިރު ވިހަ ހިނިތުންވުމަކާއި އެކު ހުރީ އޭނާ އެންމެ ފޫހިވާ އެ ޕާޓޭ ގަނޑެވެ.

“ހާދަ ރީތިވެލައިގެން، ކާކާއި ބައްދަލުކުރަން؟ އަހަރެންނާއިތަ؟” ނުލަފާ ފާޑަކަށް އޭނާ އެހެން ބުނެލުމުން ޔައިނާ ވީ ފޫއްސަކުން އެތަނުން ދާން ހިނގައިގަތީ ޔާއިލްމެން ކައިރިއަށެވެ. ހަމައެވަގުތު އޭނާ ޔައިނާގެ އަތުގައި ހިފެހެއްޓިއެވެ. “ބަލަ، މަ ސުވާލެއްކޮށްފިން ދޯ؟ ހީކުރީތަ ޔައިނާއަށް ތިހާ ފަސޭހަވާނެކަމަށް އަހަރެން ކައިރިން ނެއްޓެން.. އަހަރެންނަށް ރީތިވާ ކޮންމެ އެއްޗެއް ހުންނާނީ ހާސިލްކޮށްފައި… ޔައިނާވެސް ކުރާނަން..” އެމީހާ ބުންޏެވެ. ޔައިނާ ދެލޯ ބޮޑުވީ އޭނާއަށް ޔައިނާގެ ނަން އިނގުނީމައެވެ. އެހާ އަވަހަށް އޭނާގެ މައުލޫމާތުތަށްވެސް ހޯދީތާއެވެ. “އަހަރެން ކެތްތެރިކަމާއި އެކު ކަމެއް ނުކޮށް މިހުންނަނި ތިމާ ލިބޭއިރު ތާޒާ މަލެއްގެ ގޮތުގައި ބައިންދަން ބޭނުންވާތީ.. މޯޅިވިޔަ ނުދިނުމަށް.. އެކަމް ޔައިނާ ތި ކުރާކަންތަކުން އަހަރެން މިޖެހެނީ ތިމާ މޯޅިކޮށްލައިގެންވެސް އަހަރެންގެ އެއްޗަކަށް ހަދަން. އަހަރެން ކަމެއް ކުރާދުވަހު ނުބުނާތި އަހަރެން އިންޒަރެއް ނުދެމެކޭ….” އެ ޖުމްލަތަކާއި އެކު ޔައިނާގެ ލޯލިތަށް ކޮޅަށް ޖެހުނެވެ. އެންމެ ފަހަރަކުވެސް އޭނާއާއި ދިމާލަށް އޭނާ ބަލައެއްނުލައެވެ. އަތް ނެއްޓުވޭތޯ އޭނާ ދިޔައީ މަސައްކަތްކުރަމުންނެވެ. އެވަގުތު ޔާއިލްގެ އެކުވެރިޔާ ދާން ތެދުވިއެވެ. ޔާއިލްއާއި ސަލާމްކޮށްލުމަށްފަހު އެމީހުން ރާޅުގަނޑު ސަރަހައްދާއި ދިމާލަށް ދިޔައިރު ޔާއިލް އިނީ ފަހުތަންކޮޅު ހަދާށެވެ.

“ދޫކުރޭ މި ބުނީނު ދޫކުރާށޭ…! އަހަރެން ދުވަހަކުވެސް ތިކަހަލަ މީހެއް އަހަރެން ހާސިލްކުރިޔަ ނުދޭނަން..” ޔައިނާ އެހެން ބުނެފައި ޖެހި ކުއްލިން އޭނާގެ އަތް އެމީހާ އަތުން ނެއްޓިއެވެ. ދުއްވައިގަންނަން އުޅުމުގެ ތެރެއިން އެމީހާ އެރީ ޔައިނާގެ ކުރިމައްޗަށެވެ. އަދި ޔައިނާގެ ކޮނޑުގައި ހިފައިލީ ނިކަން ބާރަށެވެ. “އަހަރެންނަކީ ޖުމާހް… ލޯބިން ޖުމަށްޓެ… ޖުމަށްޓެއަށް ރީތިވާ ކޮންމެ އެއްޗަކީ އޭނާ ހާސިލްކުރާނެ އެއްޗެއް.. އެހެންމީހުން ބޭނުންވިޔަސް ނުވިޔަސް ޖުމަށްޓެ ބޭނުންނަމަ އެ އޮންނާނީ މުށުތެރޭ” ޖުމާހް ފޮނި ރާގެއްގައި އެހެން ބުނެފައި ޔައިނާގެ ކޮލުގައި އަތް ބީއްސާލިއެވެ. ޔައިނާ ތެޅި ތެޅި އޮތް ހިތަކާއިއެކު އޭނާގެ އަތް ދުރަށްލެވޭތޯ އުޅުނެވެ. އެވަގުތު ކުރަހާ ނިންމައިގެން އެދިމާލަށް ދަން ތެދުވި ޔާއިލްއަށް އެ މަންޒަރު ފެނުނެވެ. ޔާއިލްގެ ދެލޯ ބޮޑުވިއެވެ. އަދި ދުވެފައި އެދެމީހުންގެ ކައިރިއަށްއައެވެ.

“ދޮންތީ….!” ކަންބޮޑުވެފައިހުރެ ޔާއިލްއަށް ގޮވާލެވުނެވެ. ޔައިނާ އެމީހާގެ އަތް ފޮޅާލަމުން ޔާއިލްގެ ގައިގާ ބައްދައިގަތީ އޭނާ ބިރުގަނެއްޖެކަން އިނގުނީމައެވެ. “އޯހް… ކޮއްކޮ ދޯ…. ހައި.. މީ ވާން އުޅޭ ޅިޔަނު..” ޖުމާހް އެހެން ބުނެފައި ޔާއިލް އަށް ސަލާމަށް އަތް ދިއްކުރިއެވެ. ޔާއިލް އައި ރުޅީގައި އެ އަތް ފޮޅާލިއެވެ. ޔައިނާ އަވަހަށް ޔާއިލް ގޮވައިގެން އެތަނުން ދާން ހިނގައިގަތެވެ. އޭނާ ސިހުނީ އަނެއްކާވެސް އެ އަތުގައި ޖުމާހް ހިފެހެއްޓުމުންނެވެ. ޔާއިލްވެސް ސިހުނީއެވެ.

“އަހަރެންނަސް މޫނު އަނބުރާލާފައި ތިދަނީ އަހަރެން އަތުން މީހަކަށް އަނިޔާއެއް ހޯދާ ހިތުންތަ؟” ޖުމާހް ބުނެލިއަޑާއި އެކު ޔާއިލްގެވެސް ޔައިނާގެ ހިތްވެސް އެއްވަރަކަށް ތެޅިގަތެވެ. އެމީހާ ޔައިނާ އޭނާއާއި ދިމާލަށް ގެނައުމާއި އެކު ޔައިނާއަށް ޔާއިލްގެ އަތުން އަތް ނައްޓުވާލެވުނެވެ. ޖުމާހް ޔައިނާގެ ކޮލުގައި ވަރަށް ބާރަށް ހިފެހެއްޓިއެވެ.. އަދި ހިފަހައްޓައިގެން ހުރި އަތަށް ބާރުކުރިއެވެ. “އަހަރެންނަށް ކަމެއްނުކުރެވޭނޭ ހީ ނުކުރައްޗޭ، އަހަރެންނަށް މިދުނިޔޭގެ އެންމެން މަރާފައި ޔައިނާ ހޯދަން ޖެހުނަސްހޯދާނަން..” އެހެން ބުނެފައި އޭނާ އިތުރަށް އަތަށާއި ކޮލަށް ބާރުކޮށްލާފައި ދޫކުރިއެވެ. ޔައިނާގެ ދެލޮލުން ކަރުނަތަށް ފައިބައިގެން ދިޔަވަގުތު ހުރިތަނަށް ތިރިވެވުނެވެ. ވިހަ ހިނިތުންވުމެއް ދެމުން ޖުމީހް ހިނގައިގަތީ ބިރުގަނެފައި ހުރި ޔާއިލްކައިރިއަށެވެ. ޔައިނާއަށް އެ މަންޒަރު ފެނުމުން އެދެމީހުންގެ މެދަށް ވަންނަން ތެދުވެފައި ހިނގައިގަތެވެ. “ދޮންތި ކައިރި ބުނޭ މާ ހުޝިޔާރުވެގެން ނޫޅޭށޭ، އެހެންނޫނީ އެ ދޮންތި އެހެން މީހަކަށް ވެސް ނުލިބޭވަރު ކޮށްލާނަމޭ.. ދޮންތިބެއަށް ދޮންތި ނުލިބެންޏާ އެހެން މީހަކަށްވެސް ނުލިބޭނެ..” ޖަމީހު އެހެން ބުނެފައި ހިނގައިގަތެވެ. ޔާއިލް ރޮވިފައި ހުރި ޔައިނާގެ ގައިގާ ވަރަށް ބާރަށް ބައްދައިގަތެވެ.

ޔައިނާއަށް ރޮވުނެއްކަމަކު ރުއިން ކޮންޓްރޯލްކުރަމުން ހިނިތުންވެލީ ގަދަކަމުންނެވެ. އޭނާގެ އަތަށާއި ކޮލަށް އެވަގުތު ވަރަށް ތަދުވިއެވެ. “ހިނގާ ދޯ ކާން ދާން..” ޔައިނާ ހަމަޖެހިލަމުން ބުނެލީ ޔާއިލް ދުރަށްލާފައެވެ. ޔާއިލް ޔައިނާގެ މޫނަށް ބަލައިލި އިރު އެ މޫނުމަތިން އަދިވެސް ބިރުވެރިކަން ފާޅުވަން ހުއްޓެވެ. އެނާ ބިރުގަތީ ޔައިނާއާއި މެދުގައެވެ.

ޔާއިލް އެއްޗެއް ނުބުނުމުން ޔައިނާ އޭނާގެ އަތުގައި ހިފަހައްޓައިގެން ހިނގައިގަތެވެ. ޔައިނާއޭނާގެ ހިތާއި ވީ ފަޅީގައި އަތް އަޅައިގެން ހިނގަމުންދިޔައިރު އޭނާ ގެ ދެލޮލުގައިވަނީ ކަރުނައެވެ. ދެމީހުންގޮސް ޑައިނަމޯރ އަށް ވަދެ ބޭނުންވާ އެއްޗެހި އޯޑަރ ކޮށްލިއިރު ކުރިންހުންނަ ފޯރިއެއްނެތެވެ. ދެމީހުންގެ ހިތުގައިވެސް ވަނީ ދެންމެ ހިނގައިދިޔަ ކަންތަކެވެ. ޔައިނާ އެކަން ހިންދާލަމުން ޔާއިލްގެ ކުރެހުން ބަލާލިއެވެ. ވަރަށް ފުރިހަމައެވެ. މޫދާއި އެކު ހިލަތަކާއި އުދަރެސް ފެންނަގޮތަށް ކުރަހާލާފައި އޮތް އިރު ތައުރީފު ހައްޤެވެ. “ވާއު ޔާލް..  ވަރަށް ވަރަށް ރީތި އިނގޭ..” ޔައިނާ އެހެން ބުނުމުން ޔާއިލް ހަމައެކަނި ހިނިތުންވެލީއެވެ.

“ދޮންތީ…. އެމީހާ ކީއްވެ ދޮންތިއަށް ތަދުކުރީ… އެއީ ކާކު؟ އެހެން ބުނީ ކީއްވެ؟” ޔާއިލް ސުވާލުކުރިއެވެ. “އެއީ، ދޮންތިއަށްވެސް ނޭނގެ. އޭނާ ތަދެއް ނުކުރެޔޭ އޭނާ އެއީ ކުޑަކޮށް މޮޔަ މީހެއް، ދެން ފެންނަ ކޮންމެ މީހަކާއި އެގޮތަށް ޖެއްސުން ކުރާނެ، އޭނާ އެއީ ގުރައިދޫއަށް ފޮނުވާލަންވެފައި ހުރި މީހެކޭ.. އޭނާ ގެ ވާހަކަ ނުދައްކައްޗޭ މީހެއް ކައިރި އިނގޭ.. މޮޔަ މީހުންގެ ވާހަކަ ނުވާނެ ދައްކާކަށެއް…. އިނގޭ ޔާލް؟ މަންމަމެން ކައިރިވެސް ނުބުނާތި އެހެންނޫނީ ވަރަށް ކަންތަށް ބޮޑުކުރާނެ… މޮޔަ މީހުންނަކީ އެހެން އުޅޭ މީހުންނެއްނު ދޯ.” ޔައިނާ ބެލީ ވާހަކައެއް ހަދާލައިގެންވެސް ޔާއިލްގެ ބިރުކަނޑުވާލާށެވެ. ޔާއިލް އެއްޗެއް ނުބުނެ މަޑުން އިނީއެވެ. “ޔާލް…! ޕްލީސް…. މަންމިމެން ކައިރި ނުބުނައްޗޭ… އޭރުންމަންމި މެން ކިހާ ހާސްވާނެ.. ދޮންތި މި ބުނީނު އެއީ އެހާ ބިރުގަންނަ ވަރުކަމެއް ނޫނޭ.. އެއީ މޮޔަ މީހެއް، އޭނާ އެގޮތަށް އެކި މީހުންނަށް އުނދަގުކޮށް އެކަހަލަ މޮޔަ ވާހަކަދައްކާނެ.. ޕްލީސް ޔާލް ޕްލީސް..” ޔައިނާ ކިޔަންފެށުމުން ޔާއިލް އޯކޭ އޭ ބުނެލިއެވެ. ނަމަވެސް އޭނާ އިނީ ވަރަށް މަޑުންނެވެ. އޭނާގެ ކުރިމަތީ މީހަކު އެހެން ހެދި މީ ފުރަތަމަ ފަހަރެވެ. އަދި އެވެސް ލޯބިވާ ދޮންތިއަށެވެ. ދޮންތި ނުބުންޏަސް ދޮންތި އެހުރީ ބިރުގަނެފައެވެ. ހަމައެހެންމެ އެމީހާ ހިފިގޮތުން ތަދުވެސް ވާނެކަން ޔަޤީނެވެ. ޔާއިލް ހިތަށް އަރަމުންދިޔައެވެ.

މަޑުމައިތިރިކަމާއި އެކު ދެމީހުން ކަމުންދިޔައެވެ. ޔައިނާއަށް ޔާއިލްކަންތަށް ކުރާނެ ގޮތެއް ނޭނގޭތީ އިނީ ފުންވިސްނުމެއްގައެވެ. ހަމައެހެންމެ އެ ޖުމާހް ދެއްކި ވާހަކަވެސް ހިތަށް އަރައެވެ. އަތަށް ބަލާލެވުނީ އަދިވެސް ދިލަ ހުރުމުންނެވެ. އޭނާ އެއަންނަނީ އަލިފާނާއި ކުޅެފައިހެއްޔެވެ؟ އެހެނީ އަތްލާ ކޮންމެފަހަރަކު ދޫކޮށްލަނީ އެތަނުގައި ނިޝާން ހުންނަ ވަރުކޮށްލާފައެވެ.

ކައިގެން ދެމީހުން ގެއަށް ދާން މިޝްރާބްޖެހިއެވެ. މާ ގިނަ ވާހަކަތަކެއް ނުދައްކައެވެ. “ޔާލް.. ނުބުނާނަން ދޯ؟” ޔައިނާ އަދިވެސް ބޭނުންވީ ޔަޤިންކަމެވެ. ޔާއިލް ޔައިނާގެ މޫނަށް ބަލައިލާފައި ޔައިނާގެ ގައިގާ ބައްދާލިއެވެ. އެވަގުތު ޔައިނާވެސް ހިފަހައްޓައިގެން ހުރިކަރުނަތަށް ދޫވިއެވެ. ނަމަވެސް އަވަސް އަވަހަށް ފޮހުނެވެ. އިތުރު އެއްޗެއް ނުބުނެ ޔާއިލް ހިނގައިގަތުމުން ޔައިނާއަށް އިތުރަށް އަހާކަށް ނުކުރުނެވެ.

ދެމީހުން ގެއަށް ދެވުމާއެކު މީހަކާއި ކުރިމަތި ނުލާ ސިޑިއާއި ދިމާލަށް ދިޔައީ އިސްޖަހައިގެން ތިބެއެވެ. އޭރު މާޒިން އާއި ޔާއިން ގޭގައި އުޅެއެވެ. އެދެމީހުން ތިބީ ސިޓިންގް ރޫމްގައެވެ. “އަނހަ…. މިތިބަ ފިލައިގެން ދަނީއޭ އައިކަންވެސް ނާނގަ.. މަންމަ ބުނި ޔާލް ކުރަހާށޭ ދިޔައީ.. ދައްކަބަލަ ބައްޕިއަށްވެސް..” މާޒިން ބުންޏެވެ. ފޯނާއި ކުޅެން އިން ޔާއިންގެ ނަޒަރު ސިޑިމަތީ ތިބި ދެމީހުންނަށްވެސް ދިޔައެވެ. ދެމީހުން އެކަކު އަނެކަކާއި ދިމާލަށް ބަލައިލާފައި ހިންދިރުވާލުއެވެ.. ޔާއިން ތަންކޮޅެއް ރަނގަޅަށް ޔައިނާގެ މޫނު ބަލާލިއިރު އެ ސިހުމާއި ބިރުވެރިކަން ރަނގަޅަށް ފެނިގެންދިޔައެވެ. ޔާއިލްގެ މޫނުމަތީވެސް ވަނީ އެކަމެވެ. ޔާއިލް މާޒިންއާއި ދިމާލަށް ދަމުންވެސް ޔައިނާއަށް ބަލައިލިއެވެ. ޔައިނާ ބޮލުގެ އިޝާރާތުން ޔާއިލް ކައިރި ނޫނެކޭ ބުނެލުމުން ޔާއިލް ބޯ ޖަހާލިތަން ފެނި ޔައިނާ ހަމަޖެހުމުގެ ނޭވައެއް ދޫކުރިއެވެ.

އެ ހުރިހާ މަންޒަރެއް ޔާއިންއަށް ފެނުނެވެ. ޔާއިލް މަޑުމައިތިރިކަމާއި އެކު އައިސް އޭނާ ކުރެހި އެތި ޔާއިން އަށާއި މާޒިންއަށް ދެއްކިއެވެ. ކުރަހާފައިވާ ފޮތަށްވުރެ ބޮޑަށް ޔާއިލްގެ މޫނުން އެއްޗެއް ދެނެގަނެވޭތޯ ޔާއިން ބަލަންއިނެވެ. “ވަރަށް ރީތި، ވަރަށް ދުވަސްފަހުން ދޮންތިއާއި އެކު ތި ދިޔައީ ދޯ، ކީއްތަކުރީ؟” މާޒިން ކޮށްލި ސުވާލުން ސިޑިން މައްޗަށް އަރަ އަރަ ހުރި ޔައިނާގެ އިތުރަށް ޔާއިލްވެސް ތެޅިގަތެވެ. ޔާއިލްގެ ނަޒަރު ޔައިނާއަށް ދިޔައެވެ.

“ކެއީ..” ޔާއިލް އެހެން ބުނެފައި ފޮތް ހިފައިގެން މަޑުމަޑުން ހިނގައިގަތެވެ. ޔައިނާ ޔާއިލް އޭނާއާއި ހަމާއަށް އަރަންދެން ހުރުމަށްފަހު ޔާއިލްގެ ގައިގާ ބައްދާލަމުން ހިނގައިގަތެވެ. ޔާއިން ހުރީ ސުވާލުމާކެއްގެތެރޭގައެވެ. ކޮންމެވެސް ކަމެއްވެއްޖެކަން އޭނާއަށް އިނގެއެވެ.

“ދޮންތި އިއްޔެވެސް އެމީހާ އުނދަގޫ ކުރީމަ ހުރީ މޫޑް އޮފް ވެފަ؟” ޔާއިލް ކޮޓަރިއަށް ދަމުން އެހިއެވެ. ޔާއިލް އަށް މިހާރު ކަންތަށް ވިސްނޭނެއެވެ. ޔައިނާ ޖަވާބުދިނީ ބޮލުގެ އިޝާރާތުންނެވެ. . އިތުރު އެއްޗެއް އަހާފާނެތީ ޔައިނާ އަވަހަށް ދިޔައީއެވެ. ޔާއިލް ކޮޓަރިއަށް ވަތްގޮތަށް ކުރަހާ ފޮތް ބާއްވާފައި މޭޒުމަތީ ބޯ އެޅިއެވެ. އޭނާގެ ސިކުނޑީގައި އެނބުރެމުން ދިޔައީ އެ ހިޔާލުތަކެވެ. ޔައިނާ ދޮގުހެދީކަންވެސް އިނގެއެވެ. އެހެނީ އޭނާއަށްވެސް ހަޤީޤަތާއި ހަދަ ހަދައިގެން ދައްކާ ވާހަކަތަށް ފާހަގަކުރަން އިނގެއެވެ. އޭނާ އެހާވެސް ގަމާރެއްނޫނެވެ. އެމީހާ ޔައިނާ ގެ އަތުގަޔާއި ކޮލުގައި ހިފަހައްޓާފައި އެ ދެއްކި ވާހަކަތަށް އޭނާގެ ކަންފަތުގައި ގުގުމައިގަތެވެ. އެތަން ސިފަވެސްވިއެވެ.  ޔައިނާ ޔަޤީނުންވެސް މަންމަމެން ކައިރި އެވާހަކަ ފޮރުވަން އެ ބުނާނީ ކޮންމެވެސް ކަމެއްވީމައެވެ. ނަމަވެސް އެމީހާ ޔައިނާއަށް އުނދަގޫކޮށް އެހެން ތަދުކުރަންޏާ ވާނީ ކިހިނެއްހެއްޔެވެ؟

ޔާއިލް ބިރުގަތީ އެމީހާ ހުރިގޮތުންނެވެ. ޕާޓޭއެއްހެން ބޮލާއި ހެދުން އެޅުމުގެ ގޮތްހުރި އިރު ބަލައިލާފާވެސް ވަރަށް ގޯސް މީހެއް ވައްތަރު ޖަހައެވެ. އެ ވިސްނުމުގައި އޮއްވާ މީހަކު ދޮރު ހުޅުވިއަޑުއިވުނެވެ. އޭނާ ހީކުރީ އައީ ޔައިނާކަމަށެވެ. ޔާއިލް އެވާހަކަ މީހެއްކައިރި ބުނެފާނެތީ ހާސްވެގެން އޭނާ އިތުރަށް ހައްދަން އައީއެވެ.  އެހެންވެ ބޯ ހިއްލާލުމެއްނެތި ވާހަކަދެއްކިއެވެ. “ދޮންތީ… ބުނީމެއްނު އެވާހަކައެއް ނުބުނާނަމޭ….” ޔާއިލް ބުންޏެވެ.

“ޔާލް؟” ޔާއިލް ދެލޯ ބޮޑުކޮށްލާފައި ތެދުވެ ފަހަތް ބަލާލިއިރު ދޮރުމަތީ ހުރީ ޔާއިންއެވެ. ޔާއިންއަށް އޭނާ ބުނިއެއްޗެއް އިވޭނެބާއޭ ހިތާ އޭނާ ބިރުގަތެވެ. “ހިނގާ ނަމާދަށް ދާން…” ޔާއިން އެހެން ބުނެފައި ހިނގައިގަތުމުން ޔާއިލް ފުން ނޭވައެއްލާފައި ހިނގައިގަތެވެ. ޔާއިންއަށް އަޑެއްނީވެޔޭ ހިތަށް އެރިއެއްކަމަކު އޭނާއަށް ސާފްކޮށް އަޑުއިވުނެވެ.

ކާގަޑިއަށް ސުމާއަށް ނާދެވޭނެކަން ބުނުމުން ޔައިނާ އާއި ޖެނީމެން އުޅުނީ ބަދިގެތެރޭގައެވެ. އޭނާ ތަށިތަށް ގާތްކޮށްދިނުމަށްފަހު މާޒިންމެންނަށް ގޮވަންދިޔައެވެ. ޔައިނާ ގޮސް ޔާއިލް ކޮޓަރި ހުޅުވި އިރު ޔާއިލް އިނީ ފިލާވަޅު ހަދާށެވެ. “ޔާލް.. އާދޭ ކާން..” ޔައިނާ ޔާއިލްގެ ބޮލުގައި ފިރުމާލަމުން ބުނެލިއެވެ. މާ ގިނަ ވާހަކައެއް ނުދައްކަ އޭނާ ހިނގައިގަތެވެ. އަދި ޔައިނާއަށްވުރެ ކުރިން ފައިބަން ދުއްވައިގަތެވެ. އޭނާ އުޅުނީ ޔާއިލް ކައިރި ޔާއިންއަށްވެސް ގޮވާށޭ ބުނަންވެގެންނެވެ. ނަމަވެސް ކަންވީގޮތުން އޭނާ ޖެހުނީ ބުނާށެވެ. އެހެންކަމުން ގޮސް ދޮރުގައި ޓަކި ދިނެވެ. ޔާއިން ދޮރު ހުޅުވާލުމުން ކާން އައުމަށް ބުނެ ޔައިނާ ދިޔައީ މާޒިން ކައިރިއަށެވެ.

…

އެންމެން ކާން އެރުމުން ކެއުންފެށިގެން ދިޔައެވެ. އެހެންދުވަސްތަކާއި ހިލާފަށް ޔާއިލް އިނީ މަޑުންނެވެ. ޔާއިންއަށް އެ ހުރިހާ މަންޒަރެއްފެނެއެވެ. ޔައިނާ އިރު އިރުކޮޅާ ޔާއިލްއަށް ބަލައިލައެވެ. “ޔާލް ކިހިނެއްވީ؟” މާޒިން އަހާލީ މަޑުމަޑުން ކާން އިން ޔާއިލްއަށެވެ. އޭނާއަށްވެސް ޔާއިލްގެ ހަމަހިމޭންކަމުން އުނދަގޫވީއެވެ. ޔައިނާ އިސްއުފުލާލާ ޔާއިލްއަށް ބަލައިލުމުން ޔާއިލްވެސް ޔައިނާއަށް ބަލައިލިއެވެ. “ނަތިން ޑޭޑް.. ނިދި އައިއްސަ ހުރީމަ…” ޔާއިލް އެހެން ބުންޏެވެ. “ޔާން ކޮންއިރަކު ވާޒީފާއަކަށް އެޕްލައި ކުރަނީ؟ ބައްޕަ މައްސަލައެއް ނެތް ބޭނުންއިރަކު ކުރިޔަސް އެކަމް މި ދުވަސްކޮޅާއި ބަލާފައި ބުނެވޭނީ ޔާން ގޮތަށް އެތަށް ބަޔަކު އައިއްސި ކިޔަވައިގެން، އެމީހުންވެސް އެޕްލައި ކުރަންފަށާނެ.. އޭރުން ޖޮބް ނުލިބިދާނެ ޔާން ބޭނުންވާކަހަލަ.. ނޫނީ އެކަށީގެންވާ…” މާޒިން ބުނެލީ ޔާއިންއަށެވެ. “ބަލަން ފަށައިފިން.. އެންމެ ރަނގަޅީ އޭޑީކޭއިން ލިބުނީއާއި.. އޭޑީކޭއިން އަޅުގަނޑާއި ގުޅޭ  ޖޮބްއެއް ހުސްވީމަ އެޕްލައި ކުރާނަން.. އޭރުން ބައްޕަމެންނާއި އެކު މަސައްކަތްކުރެވޭނެއެއްނު… މަންމިގެ ޑްރީމް ޕްލޭސްގަ..” ހީލަމުން ޔާއިން އެހެން ބުންޏެވެ.

ކެއުން ނިމިގެން ދިޔައީ އެފަދަގޮތަކަށެވެ. މާގިނަ ވާހަކަތަކަކާއި ނުލައެވެ. އެންމެން ކައިގެން ފޭބުމުން ޔައިނާ ތެދުވެ ތަށިތަށް ދޮވުނީ ޖެނީމެންނަށް އިތުރަށް ނުގޮވާށެވެ. އެއަށްފަހު އޭނާ ދިޔައީ ޓެރެހަށެވެ. ރެއިލިންގައި އަތް އަޅާލައިގެން ހުރެ އޭނާއަށް ބެލެނީ އަތުގައި އިން ޖުމާހްގެ އަތުގެ ނިޝާނަށެވެ. އޭނާ ބުނި ކޮންމެ ލަފްޒެއް އެ ހިތުގައިވާ ބިރުވެރިކަން އިތުރުކުރުވައެވެ. އޭނާއަށް ނޭނގުނަސް ޔާއިލްގެ ހާލަކީވެސް އެއީއެވެ. އޭނާ މޭޒުމަތީ ބޯ އަޅާލައިގެން ފޮތެއްގައި ކުރަހާލަ ކުރަހާލަ އިނީ އެ ވިސްނުމުގައެވެ. ގެއްލިފައި އިންލެއް ބޮޑުކަމުން ޔާއިން އެތެރެއަށް ވަތްކަމެއްވެސް އޭނާއަކަށް ނޭނގެއެވެ.

ޔާއިން އައިސް ޔާއިލްގެ ކައިރި އިށީނދެ ބޮލުގައި ފިރުމާލުމާއި އެކު ޔާއިލް ސިހިފައި ތެދުވިއެވެ. “ކިހިނެއްވެފަ މިހިރީ މިގޭ ޔާލްއަށް؟”  ޔާއިން ސުވާލުކުރިއެވެ. ޔާއިލް އެއްޗެއް ނުބުނެ ޔާއިންއަށް ބަލައިލީ އޭނާއާއި އެވާހަކަ ހިއްސާކުރަންވީތޯ ނޫނީ ނުކުރަންވީތޯ ހިތާހިތުން ސުވާލުކުރަމުންނެވެ.

“ޔެސް ޔާލް! ބޭނުން އެއްޗެއް ޝެއަރ ކުރެވޭނޭ.. ދޮންބެ ނުބުނާނަން އެކަކު ކައިރިވެސް…” ޔާއިލްގެ ބެލުމުގެ މާނަ އިނގިގެން ޔާއިން އެހެން ބުންޏެވެ. “ޓްރަސްޓް މީ… ޔާލް އަށް ފަސޭހަވާނީ ބުނީމަ… ކަމެއް ވެއްޖެކަން އިނގެޔޭ ދޮންބެއަށް…. ބުނޭ އަވަހަށް..” ޔާއިން ބުންޏެވެ. “ދޮންބެ!! ދޮންތި..” ޔާއިލް ހުއްޓާލުމުން ޔާއިން އޭނާގެ އަތުގައި ހިފެހެއްޓިއެވެ.

ޔާއިލް ޔާއިންގެ މޫނަށް ބަލަހައްޓައިގެން އިނދެ ހުރިހާ ވާހަކައެއް ކިޔައިދިނެވެ. އަދި އޭނާ ޔައިނާއަށް ތަދުކުރިވާހަކަވެސް ބުންޏެވެ. ޔައިނާ ދޮގުހަދާފައި އޭނާ ހައްދާލީ މާޒިންމެން ކައިރި ބުނެފާނެތީއޭ ޔާއިލް ބުނުމުން ޔާއިން ރުޅިވެސްއައެވެ. “އެކަމް، ދޮންބޭ! ދޮންތި ކަމެއްވެގެން ބުނާނީ ބައްޕިމެން ކައިރި ނުބުނާށޭ، އެ މީހާ އެއީ ޕާޓޭއެއް.. ދޮންތި ރޯންވެސް ރުއި އޭނާ ހިފެހެއްޓީމަ…. ދޮންބެ ހަނދާންވޭތަ ރޭ މަންމަ ބުންޏެއްނު ދޮންތި އަށް ކަމެއްވެއްޖެޔޭ.. އެކަމް ދޮންތި އޮޅުވާލީއޭ ވާހަކަ… ދޮންތި ބުނީ ރޭވެސް އެމީހާ އާއި ހެދިއޭ އެގޮތަށްވީ….” ޔާއިލް ފުރިހަމަކޮށްލިއެވެ. ޔާއިން ވަރަށް ބޮޑަށް ހިތްހަމަނުޖެހުނެވެ. ރުޅިއާދެވުނީ އެ ޕާޓޭ މީހާއަށްވުރެ ބޮޑަށް ޔައިނާ ދެކެއެވެ.

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ryn

100 Stories10 Stories1K Comments500 Comments100 Comments100 Login

Hello! I love reading stories and writing obv. I hope my stories will make you happy. Don't forget that reading is what gives you more knowledge about the world. Don't stop reading. Visit my facebook page RYN'S stories. Thankyou

Other Articles

Previous

އެޕާރޓްމަންޓް 4ބީ (ފަސްވަނަބައި)

Next

އަނދިރިފަރާތް (14 ވަނަ ބައި)

Next
March 2, 2017

އަނދިރިފަރާތް (14 ވަނަ ބައި)

Previews
March 2, 2017

އެޕާރޓްމަންޓް 4ބީ (ފަސްވަނަބައި)

15 Comments!

  1. Ryn says:
    March 2, 2017 at 1:00 pm

    Good afternoon guys!!! So its Vfm ingey.. Every monday night ga vfm in rynge story ahnaany.. “thi loaihbahtakaa” aaand i cant hear them so idk whether its nice or not so adu ahaa kudhin buneladhehchey rythi or rythi nuny r. 😉 tc ??

  2. Miny says:
    March 2, 2017 at 1:07 pm

    Varah reethi. komme dhuvahaku genes dheynama. waiting for next episode

  3. Addu manje says:
    March 2, 2017 at 2:00 pm

    Varah reethi.. Ryn,ur the best!! ☺

  4. 404 Error! says:
    March 2, 2017 at 2:06 pm

    varah rivethi…???
    waiting 4 nxt ep ???❤❤

  5. Poor me.. says:
    March 2, 2017 at 2:17 pm

    Ryn eh kamaku guraidhoo aa nubehehchey… ??? varah dhera vejje..????
    But story nice…

  6. Shiu says:
    March 2, 2017 at 2:23 pm

    When aneh bai????????

  7. sha who says:
    March 2, 2017 at 2:41 pm

    Wow…v reethi ingeyy..

  8. ¥¤¤n?37 says:
    March 2, 2017 at 2:49 pm

    Nyc

  9. Aisha says:
    March 2, 2017 at 2:50 pm

    Story ge idea salhi
    Bahuge hamathakah balaigen liyefinama adhi v v furihama vaane

  10. Anonymous says:
    March 2, 2017 at 3:04 pm

    Miadhu mulhinvex kiyeny guraidhoo ah fonuva vahaka… Boa halaku

  11. ReeXa says:
    March 2, 2017 at 4:04 pm

    Varah reethi mi part vx…..

  12. Anth says:
    March 2, 2017 at 5:35 pm

    plz miadhu adhi geness dhee

  13. ely says:
    March 2, 2017 at 7:07 pm

    Adhives bodah keumuge bai kudakuran feney. Eyrun kahnneynhe story kuriah dhaany. Cime on do something elae other than eating. Mee hana hiyaaleh. Nice story byw ?

  14. yashmaa says:
    March 2, 2017 at 11:45 pm

    Ma hithah araa mi story myhunah rythi vany kyhvebaa ey.. haasaru ehaa gina.. ibaaraiy rycheh noon.. dhen kiyaane kameh neiy. Ryn gina ginain dhivehi story thah kiyaabala.. eyrun ingeyne liyan.. kaa vaahaka ves dhen huhtaa nulaa..

  15. Ishqaa says:
    March 3, 2017 at 8:48 pm

    Wen next part….? Waiting ingey ryn…!

Comments are closed.

Next Episodeއިންތިޒާރުގައި ހުރިން (9)←


All Right Reserved!