Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ހުވަފެން (10)

Saandy Level 1010 Stories1K Comments500 Comments100 Comments100 Stories
March 6, 2017 8 Mins Read
23 Comments

ޖެހިގެން އައި ދުވަހު ޝަރީފާއަށް ޝައްކެއްވެސް ނުވާނެހެން ސާރާ ފުރުމުގެ ކަންތައް ރިޒްނާ ހަމަޖެއްސިއެވެ. ޝަރީފާ މެންދުރުފަހު ދޭއްގެ ޚަބަރު ބަލަން އިންދާ ސާރާ ކޮޓަރިން ނުކުތެވެ. ސާރާ ހިފައިގެން ހުރި ފޮށި ފެނިފައި ޝަރީފާއަށް ކޮޅަށް ތެދުވެވުނެވެ.

“ދައްތާ! އަހަރެން ދަނީ. ހިތްހެޔޮކުރާތި!” ސާރާ އޭނާގެ އިހުސާސްތަކުގެ މައްޗަށް ބާރު ފޯރުވަމުން ބުނެލިއެވެ. އޭނާ އެގެއިން ދާކަށް ބޭނުމެއް ނޫނެވެ. މިއަދު އޭނާ އެގެއިން އެދަނީ އިތުރު ގޮތެއް ނެތުމުންނެވެ. އަމިއްލަ ފުރާނައަށްވުރެވެސް ލޯބިވާ ހުޒާމްގެ ފުރާނައަށްޓަކައެވެ.

“ސާރާ! އެކީއްވެ؟ ހުޒާމް އެހާލުގަ އޮއްވާވެސް ދަނީތަ؟ އޭނަ ރަނގަޅުވީމަ ސާރާއާ ބެހޭގޮތުން ސުވާލުކުރާނެ. އޭރުން ދައްތަ ކޮން ޖަވާބެއް ދޭނީ؟” ޝަރީފާ ހުރީ ސާރާ އެގެއިން ދާތީ ދެރަވެފައެވެ.

“ދައްތާ! އަހަރެން މިދަނީ އެއްވެސް ކަމެއް ވެގެނެއް ނޫން. ދައްތަމެން އަހަރެންނާ ދޭތެރޭ ބެހެއްޓި ގާތްކަމާއި އޯގާތެރިކަމަށް ވަރަށް ބޮޑަށް ޝުކުރިއްޔާ. ދައްތަމެންގެ ތި ހެޔޮކަން އަހަރެން އަބަދުވެސް ހަނދާން ކުރާނަން. ދެން ދަނީ. ހިތްހެޔޮކުރާތި!” ސާރާ ވާހަކަދެއްކިއިރު ޝަރީފާއާ ހަތަރުކަޅި ހަމަނުކުރަން މަސައްކަތްކުރިކަން ޝަރީފާއަށް ފާހަގަކުރެވުނެވެ.

“ސާރާ އެބަ ކޮންމެވެސް ކަމެއް ސިއްރުކުރޭ. ދައްތައަށް ބުނެދީބަލަ. މިގޭގަ ސާރާ ހިތްހަމަނުޖެހޭ ކަމެއް ހިނގަނީތަ؟ ބުނެބަލަ. އޭރުންނެއްނު އެކަމެއްވެސް ރަނގަޅުކުރަން އެނގޭނީ.” ޝަރީފާގެ ވާހަކަތަކުން ސާރާ ބިރުގަންނަ ގޮތްވިއެވެ. ޝަރީފާ ވިއްދާފައި ހުރިގޮތުން އޭނާއަށް މިގެއިން ދެވިދާނެބާއެވެ. އެހެންވެއްޖެނަމަ ހުޒާމްއަށް ވާނީ ކިހިނެއްބާއެވެ. ނޫނެކެވެ. އޭނާ އެހެންވިޔަކަ ނުދޭނެއެވެ.

“ނޫން ދައްތާ. ތިކަހަލަ އެއްވެސް ކަމެއްނުވޭ. އަހަރެން…”

“ދެން އެހެންވިއްޔާ ކީއްވެ؟” ޝަރީފާ އަނެއްކާވެސް ސުވާލުކުރިއެވެ.

“ދައްތާ! ދެން ރަނގަޅުވާނީ އަހަރެމެން އިތުރަށް މިވާހަކަ ނުދެއްކިއްޔާ. ދައްތާ ޕްލީޒް. އަހަރެން ހުއްޓުވަން މަސައްކަތް ނުކުރޭ. އަހަރެންނަށް އެބަ ލަސްވޭ. ދެން އަހަރެންނަށް ޒާމް ފެންނާނެ ކަމެއްވެސް ނޭނގެ. އެހެންވީމަ ދައްތަ ޒާމްއަށް އަހަރެންގެ ސަލާމް ވަރަށް ގިނައިން ބުނެދޭތި. އަދި ބުނެދޭތި އަހަރެންގެ ހެޔޮދުޢާ ވަނީ އަބަދުވެސް ޒާމްއާ އެކުގައޭ. ދެން ދަނީ.” ސާރާ ހިތުން ލޭ އޮހޮރޭ ހާލު ދާން ހިނގައިގަތެވެ. އޭރު އޭނާގެ ލޯ ވަނީ ކަރުނުން ފުރިފައެވެ. އޭނާ އަވަސްއަވަހަށް ލޯ ފޮހެލިއެވެ.

ގޭ ދޮރާއި ހަމައަށް ގޮސްފައި ސާރާ ފަސްއެނބުރި އެބޮޑު ގެއަށް ނަޒަރު ހިންގާލިއެވެ. އެގެއަކީ މިވީ މަދު ދުވަސްކޮޅުގެ ތެރޭގައި ލޯބި އޭގެ އިންތިހާއަށް ލިބުނު ގެއެވެ. އޭނާގެ އެކަނިވެރިކަން ފިލުވައިދިން ގެއެވެ. ކުރިމަތީގައި އެހުރީ މިވީ ދެތިން މަސްދުވަހުގެ ތެރޭގައި އޭނާއަށް މައެއްގެ ލޯބި ދިން މީހާއެވެ. މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި އޭނާއަށް ދުވަހަކުވެސް ނުލިބޭހާ އުފާ ލިބުނެވެ. ނަމަވެސް މިއަދު އޭނާ އެހުރިހާ އުފަލަކާއި ހަނދާނަކަށް ފަސްއަޅާ ފޮރުވާލަމުން ލޯބިވާ މީހުން ދޫކޮށް އެދަނީ ހަމައެކަނި ހުޒާމްއަށްޓަކައެވެ. ލޮލުން އޮހިގަތް ކަރުނައިގެ ބޮޑެތި ތިކިތައް ފޮހެލަމުން އޭނާ ޝަރީފާއާ ވަދާޢީ ސަލާމް ކޮށްލުމަށް އަތް ހިއްލާލިއެވެ. އެއަށްފަހު ހިނިތުންވުމެއް ރައްދުކޮށްލަމުން އޭނާ ބޭރަށް ނުކުތެވެ. ސާރާ މަގުމައްޗަށް ނުކުތްއިރު ރިޒްނާ ހުރީ އޭނާ އައުން ލަސްވެގެން ހިތްހަމަނުޖެހިފައެވެ.

“މިހާރު ކޮންއިރެއް އަހަރެން މިތާ ހުންނަތާ؟ ދެފައި ވާޅުވެސް ވެއްޖޭ މިހާރު. އަތުގަ ތެރަސް ލައިގެންތަ ކަންތައް ކުރަން އުޅެނީ؟ އާނ އެހެންޏަ. މިހާރު އެހެރަ ޗެކިން ފެށެން ބައި ގަޑިއިރަށް ވިއްޔޭ.” ރިޒްނާ އެތިވަރު ގޮވައިގަތެވެ. ސާރާ އޭނާގެ ލޮލުން އޮހިގަތް ކަރުނަތައް ފޮހެލިއެވެ.

“ކާކަށް ދައްކަންތަ ތި ކަރުނަ ބާލަނީ؟ ތިކަރުނަތައް ދެކޭކަށް ކަލޭ އަމައެއް ނާންނާނެ…”

“ރިޒްނާ! ކިތައް ފަހަރު ބުނެފިންތަ މަގޭ މައިންބަފައިންނާ ނުބެހޭށޭ! ކަލޭ ކިޔާ އެއްޗެއް މަށާ ދިމާއަށް ކިޔާބަލަ އެމީހުންނާ ނުބެހި.” ސާރާ ގާތަށް ރުޅިއައެވެ. އަދި އެއްވެސް އެއްޗެކޭ ނުބުނެ ގޮސް ކާރަށް އެރިއެވެ. ރިޒްނާވެސް ކާރަށް އެރިއެވެ. އޭރުވެސް ސާރާގެ ލޮލުން ކަރުނަ ފައިބަމުން ދިޔައެވެ. މިކަމުން ރިޒްނާއަށް އާދަޔާ ޚިލާފު ހިތްހަމަޖެހުމެއް ލިބުނެވެ. ސާރާ ގޮވައިގެން ރިޒްނާ ހުޅުލެއަށްވެސް ދިޔައެވެ. ސާރާ އެތަނުން ފިލައިގެން ގޮސްދާނެޔޭ އޭނާގެ ހިތް ބުނާތީއެވެ. ސާރާ ފުރުވާލުމަށްފަހު ރިޒްނާ އެއާރޕޯޓުން ނުކުތީ ހުޒާމްގެ ހަޔާތުން މުޅި އުމުރަށް ސާރާ ފައްސާލެވުނުކަމުގެ ހިތްހަމަޖެހުމާއެކުގައެވެ.

ރިޒްނާ ގެއަށް އައިއިރު ޝަރީފާ ސޯފާއަށް ޖެހިފައި އިންގޮތުން އޭނާ ފޫހިވިއެވެ. އޭނާ މޮޅިވެފައި އެއިނީ ސާރާ ގޮސްގެންކަން އޭނާއަށް އެނގެއެވެ. ނަމަވެސް ހަޤީޤަތަކީ ޝަރީފާ އެހާ ދެރަވެފައި އެއިނީ ހަމައެކަނި ސާރާ ދިއުމުން ނޫންކަމެވެ. ބޮޑޫ އޮޕަރޭޝަނަކަށްފަހު ހުޒާމް ކޯމާއަކަށް ދިޔަ ވާހަކަ ޑޮކްޓަރ ބުނި ހިސާބުން އޭނާ އެއިންނަނީ ނުލާހިކު ދެރަވެފައެވެ. ޝަރީފާއަށް މީހަކު އައިކަންވެސް ނޭނގުނީ ޚިޔާލަށް ގެއްލިފައި އިންލެއް ބޮޑުކަމުންނެވެ. ރިޒްނާވެސް އެތާ މަޑުކުރަން ނުހަދާ ދިޔައީ އޭނާގެ ކޮޓަރިއަށެވެ. ކޮޓަރިއަށް ވަދެ ދޮރު ތަޅުލިތަނާ ޝަރީފާ ގޮވާލި އަޑު އިވުނެވެ. ނަމަވެސް އޭނާ އެއަޑު އިވޭކަމަށް ނުހެދީ ޝަރީފާ ސާރާގެ ވާހަކަ ދައްކާނެކަން އެނގޭތީއެވެ. އެއީ އޭނާ އަޑުއަހަން ބޭނުންވާ ވާހަކައެއް ނޫނެވެ. އެހެނީ ސާރާއަކީ އޭނާގެ ލޯތްބަށް އޮތް ބޮޑު ހުރަހެކެވެ. އޭނާ އެއައީ އޭނާގެ އަތުން އެ ހުރަސް ނެތިކޮށްލާފައެވެ.

ރިޒްނާއަށް ހީވީ މުޅި ދުނިޔެ އެކީ އޭނާއަށް މިލްކުވީހެންނެވެ. އޭނާއަށް ކޮޓަރިތެރޭގައި އެނބުރެން ފެށުނެވެ. ނެށެންވެސް ފެށުނެވެ. އުފަލުން ގޮސް ކޮށްފައި ނުކުރާނެ ކަމެއްވެސް އޭނާއަކަށް ނޭނގެއެވެ. ހުޒާމްގެ ދިރިއުޅުމުން އެހާ ފަސޭހައިން ސާރާ ފައްސާލެވުނީތީ އޭނާ ހުރީ ވަރަށް ހިތްހަމަޖެހިފައެވެ. ސާރާގެ މަތިން ހަނދާންވުމުން ރިޒްނާ ގާތަށް އައީ ނުލަފާ ހިންޏެކެވެ. ސާރާގެ ސިކުނޑީގެ ޅަކަމުންނެވެ. އޭނާ ޖަހާލި އެންމެ މަޅިއެއްގައި އެހާ ފަސޭހައިން ސާރާ ބެދުނީތީއެވެ. އޭނާގެ ހުޝިޔާރުކަމާމެދު އޭނާއަށް ފަޚުރުވެރި ވެވިއްޖެއެވެ. އޭނާއަށް ނުވިސްނުނު ކަމަކީ ނުވަތަ ހަނދާން ނެތުނު ކަމަކީ އޭނާ އެކުރި ކަންތަކުގެ ނަތީޖާ ނިކުމެގެންދާނެ ގޮތެވެ.

ރިޒްނާގެ ހުރިހާ ޚިޔާލެއް ވަނީ ހުޒާމްއާ ގުޅިފައެވެ. ކުޑައިރު ކުޅެ، ކުރި އެކި ސަމާސާތަކެވެ. ކުޅެން އުޅޭއިރު ހުޒާމް އޭނާ ރުޅިއަރުވާލާފައި ރުއްސާލާ ގޮތެވެ. ވިހި އަހަރު ފަހުން ދެމީހުން ދިމާވިއިރު ދެމީހުންގެ އުޅުމާއި މިޒާޖަށް އައިސްފައިވާ ބަދަލެވެ. ޚިޔާލުގެ ކަނޑެއްގައި ބެހެމުން ދަނިކޮށް އޭނާއަށް ނިދުނު އިރެއްވެސް ނޭނގެއެވެ. ދެން އޭނާއަށް ހޭލެވުނުއިރު ރޭގަނޑު ދިހައެއްވެސް ޖަހައިފިއެވެ.

“އޯހ ނޯ! މިހުރިހާއިރު އަހަރެންނަށް ނިދުނީތަ؟” ރިޒްނާއަށް ބުނެވުނެވެ.

“ދާންވީ އަވަހަށް ޒާމް ކައިރިއަށް ގޮސްލާފަ އަންނަން. ނޫނީ މިރޭ ދެން ހަމަޖެހިވެސް ނުލެވޭނެ.” އަމިއްލަ ނަފްސާ ވާހަކަދައްކަމުން ރިޒްނާ އަވަސްއަވަހަށް ތުވާލި ހިފައިގެން ފާޚާނާއަށް ވަދެ ފެންވަރާ ތާޒާވެލިއެވެ. އަދި ރަނގަޅަށް ނަލަ ހެދިލައިގެން ހޮސްޕިޓަލަށް ދާން ނުކުތެވެ.

“ރިޒޫ! ހިނގާ ކާން. ހާދަ ވަރަކަށް ގޮވައިފީމޭ. ބަލީތަ؟” ރިޒްނާ ފެނުމާއެކު ޝަރީފާ ސުވާލުކުރިއެވެ.

“ނޫން. ބައްޔެއް ނޫން. މެންދުރު ޒާމް ކައިރިއަށް ގޮސްލާފަ އައިސް ޖައްސާލިތަނާ ނިދުނީ.” ރިޒްނާ ހަޤީޤަތް ފޮރުވަމުން ބުނެލިއެވެ.

“އެހެންތަ؟ ދެން އަވަހަށް ހިނގާ ކާން.” ޝަރީފާ ބުންޏެވެ.

“ނޫން. އަހަރެން ނެތް މިރޭ ކާހިތެއް. ޝަރީފާއްތަ ކައިފިންތަ؟” ރިޒްނާ ބުނެލިއެވެ.

“ނޫނޭ. އެކަނިވީމަ ރިޒޫއާ އެކީ ކާންވެގެން މި މަޑުކުރީ.” ޝަރީފާ ދެރަވެލާފައި ބުންޏެވެ.

“ކީއްވެ އެކަނިވާންވީ؟ ސާރާ ހުންނާނެއެއްނު. އޭނައާއެކު ކެއިނަމަ.” އެއްވެސް އެއްޗެއް ނޭނގޭ ކަމަށް ހަދާލަމުން ބުނެލިއެވެ.

“ސާރާ ގެއިން ނުކުމެގެން ގޮސްފި.” ޝަރީފާ އެހެން ބުނުމުން ރިޒްނާގެ މޫނަށް ހައިރާންކަމުގެ އަސަރުތައް ވެރިކުރުވިއެވެ.

“ގެއިން ނުކުމެގެން ގޮސްފިޔޭ! އެކީއްވެ؟ ކޮންތާކަށް ދިޔައީ؟” ރިޒްނާ ވަރަށް ހާސްވާކަމަށް ހެދުނެވެ.

“ދައްތައަކަށްވެސް ނޭނގެ ކީއްވެކަމެއް. ކޮންތާކަށް ކަމެއްވެސް. އަހާއަހާވެސް ނުބުނި.” ޝަރީފާ ހުރީ ހަޤީޤަތުގައިވެސް ވަރަށް ދެރަވެފައެވެ.

“ދެން އެކަމާ އަޅާނުލާ. އޭނައަށް މިގެ ކަމުނުދިޔައީމައެއްނު އެދިޔައީ. ނޫންނަމަ ޒާމް އެހާލުގަ އޮއްވާ ދާކަށް ނުކެރުނީހެއްނު.” ރިޒްނާ މަތި އޮމާންކޮށްލިއެވެ.

“ނޫނޭ. އޭނަ އެދިޔައީ ކޮންމެވެސް އެހެން ކަމެއްވެގެން. ނޭނގެނީ އެއީ ކީއްވެކަން.” ޝަރީފާ ޔަޤީންކަމާއެކު ބުނެލިއެވެ. ރިޒްނާގެ ހިތުގައި ކުޑަ ނުތަނަވަސްކަމެއް ވެރިވިއެވެ. އަނެއްކާ ޝަރީފާއަަށް އެނގުނީބާއެވެ. ނޫނީ ސާރާ އޭނާގެ ވާހަކަ ބުނީބާއެވެ. ނޫނެކެވެ. ސާރާ އެވާހަކަ ބުނިނަމަ ޝަރީފާ އޭނާއާ އެސުވާލު ކުރީހެވެ. ހަމަ ވިސްނުން ލިބުމުން ރިޒްނާއަށް ހަމަޖެހުމެއް ލިބުނެވެ.

“ޝަރީއްތަ ދެން އަވަހަށް ކާންދޭ އިނގޭ. އަހަރެން އަންނާނަން ހޮސްޕިޓަލަށް ގޮސްލާފަ.” ރިޒްނާ ހިނިތުންވެލާފައި ބުނެލިއެވެ.

“ރިޒޫ! ދައްތަވެސް ގޮވައިގެން ހިނގާބަލަ.” ޝަރީފާ އެހެން ބުނުމުން ރިޒްނާ ވަގުތުން ދެކޮޅު ހެދިއެވެ.

“ނޫނޭ. ޝަރީއްތަ ދެން މިހާ ލަސްވީމަ ދާނެ ކަމެއްނެތް. މާދަމާ ކޮންމެވެސް ގަޑިއެއްގަ ދާނީ އިނގޭ.” ރިޒްނާ އެހެން ބުނެލުމުން ޝަރީފާ އެކަމާ އެއްބަސްވިއެވެ.

“ހޫނ. ހާދަ ވަރުގަދަ ސާރާއެކޭ ދޯ؟ އޭނަ ގޮސްގެން ހަމަ ނުވާނެ އެހާ ދެރަނުވެއެއް. ކިހާ ދެރަ ކަމެއް. ވަރަށް ފޫހިވޭ.” ޝަރީފާ ބަދިގެއަށް ވަނުމުން ރިޒްނާ ހިތާހިތުން އެތިވަރު ގޮވަމުން ގޮސް ހޮސްޕިޓަލަށް ދިއުމަށްޓަކައި ގެއިން ނުކުމެއްޖެއެވެ.

**********

އިންޑިޔާ އެއާރޕޯޓުން ނުކުމެވުމާއެކު ސާރާ އަވަހަށް ބެލީ ހޮޓަލަށް ދެވޭތޯއެވެ. އިރު އޮއްސުމާއި ދާދި ގާތްވެފައިވުމާއެކު ވިއްސާރަ ވިލާތަކުން އުޑުމަތި ބަނަކުރަމުން ދާތީއެވެ. އޭނާއަކީ މާ މައްޗަށް ކިޔަވާފައިވާ މީހެއް ނޫނަސް ގްރޭޑް ހަތަކާއި ހަމައަށް ކިޔެވިފައި ހުރުމުން އޭނާއަށް އެތާ އުޅެން މާ އުނދަގުލެއް ނުވާނެއެވެ. އޭނާ އަވަހަށް އޮޓޯއެއް ނެގިއެވެ. ގާތްގަނޑަކަށް ދޮޅު ގަޑިއިރުގެ ދަތުރަކަށްފަހު ހޮޓަލަށް އާދެވުނުއިރު އިރު އޮއްސިއްޖެއެވެ. އޭރު ވަރުބަލިވެގެން އޭނާއަށް ކޮޅަށް ހުރުންވެސް ވަނީ ދަތި ކަމަކަށް ވެފައެވެ. އެހެންކަމުން އޭނާ އެތެރެއަށް ވަދެ ގޮނޑިބަރީގައި އިށީނދެލީ ވަރުބަލި ފިލުވާލުމުގެ ބޭނުމުގައެވެ. ނަމަވެސް އެވަގުތު އޭނާގެ ހިތަށްއެރި އެއްޗަކުން ކަށިން ހިތްވަރުލައި ތެދުވިއެވެ. އަދި ރިސެޕްޝަނަށް ގޮސް އެއްމަސް ދުވަހަށް ކޮޓަރިއެއް ނެގިއެވެ.

“ވަރަށް ބޮޑަށް ސޮރީ! މިވަގުތު ހުރިހާ ރޫމެއް ވަނީ ފުލްވެފައި.” ރިސެޕްޝަންގައި އިން ކުއްޖާ އިނގިރޭސި ބަހުން ބުނެލި އަޑަށް ސާރާއަށް އޭނާއާ ޖެހިގެންހުރި މީހާއަށް ބަލާލެވުނެވެ. އެމީހާގެ މޫނު ފެނުނު ވަގުތު އޭނާގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. އެޒުވާނާ ހުޒާމްއާ ވައްތަރު ގޮތެއް އެބަހުއްޓެވެ. އަނެއްކާ މިއީ ހުޒާމްގެ އާއިލާ ކުއްޖެއްބާއެވެ. ނޫނެކެވެ. އެހެނެއް ނުވާނެއެވެ. ހުޒާމް ބުނިގޮތުން އޭނާގެ އާއިލާ އެކަކުވެސް މިދުނިޔެއަކު ނެތެވެ. އެހެންވީއިރު މިއީ އޭނާގެ އާއިލާ މީހަކަށް ނުވާނެއެވެ. ކޮންމެއަކަސް މިޒުވާނާއާ ބެހޭ މަޢުލޫމާތު ހޯދުމުގެ ޝައުޤުވެރިކަން، ސާރާގެ ހިތުގައި ވަރަށް ބޮޑުވެއްޖެއެވެ. ނަމަވެސް އޭނާ އެވަގުތު އެކަން އޮއްބާލީ އެއީ ނުދަންނަ މީހަކަށްވެފައި އެއީ އެފަދަ ކަމަކަށް އެންމެ އެކަށީގެންވާ ތަނެއް ނޫންކަން ވިސްނިފައެވެ.

ތަޅުދަނޑި ލިބުމުން ސާރާ އަވަހަށް އޭނާގެ ކޮޓަރިއަށް ދިޔައީ ވަރުބަލިވެފައިވާ އޭނާގެ ޅަ ހަށިގަނޑަށް އަރާމެއް ހޯދައިދެވޭތޯއެވެ. އޭނާ ކޮޓަރިއަށް ވަތްތަނާ ބޯކޮށް ވާރޭ ވެހެންފެށި އަޑު އިވުނެވެ. ކޮޓަރި ތަޅުލުމަށްފަހު އޭނާ ގޮސް އޭސީ ނިއްވާލީ އޭނާއަކީ އަބަދުވެސް ފިންޏަށް ވަރަށް ބަލި މީހަކަށް ވާތީއެވެ. އޭނާ ނިދަންލާ ތުނި ހެދުން، ފޮށިން ނަގާ އެނދުމަތީގައި ބާއްވާލާފައި ތުވާލި ހިފައިގެން ފާޚާނާއަށް ވަދެ ހޫނު ފެނުން ފެންވަރާލިއެވެ. ފެންވަރައިގެން ނުކުމެ އެނދުގައި ޖައްސާލިހެނެއް ހިއެއްނުވެ އޭނާއަށް ނިދިއްޖެއެވެ.

ސާރާއަށް ހޭލެވުނީ ފަތިހުއެވެ. ރޭގައި ނުކައި ނިދުމުގެ ސަބަބުން އޭނާއަށް ހައިހޫނުކަން އިހުސާސްވާން ފެށީ އިންތިހާއަށެވެ. އެ ހައިހޫނުކަމުގައި އޭނާއަށް ދެ ފެންފުޅި ހުސްކޮށްލެވުނެވެ. ބޭނުންހާ އިރަކު މިތާނގައި ކެވެން ނޯންނާނެކަން އެނގޭތީ އޭނާ ހެނދުނުގެ ސައި ގަޑިއަށް ކެތްކޮށްލިއެވެ. އޭނާ އެވަގުތުކޮޅުގައި ފޮށީގައި ހުރި އޭނާގެ ސާމާނުތައް ކޮޓަރީގައި ހުރި އަލަމާރިއަށް އަޅާ ތަރުތީބު ކޮށްލިއެވެ. އަދި އޭނާ ގެންގުޅޭ މަދު ފޮތްކޮޅު ކޮޓަރީގައި ހުރި ބޮޑު މޭޒުމަތީގައި ބަހައްޓާލިއެވެ. އެއަށްފަހު އެއިން ފޮތެއް ހިފައިގެން ގޮސް ކޮޓަރީގެ އެއްކޮޅުގައި ހުރި ބޮޑު ސޯފާގައި ޖައްސާލިއެވެ.

ފޮތް ކިޔަން ފެށިތާ ގިނައިރެއް ނުވެ އޭނާގެ ހުރިހާ ސަމާލުކަމެއް ފޮތަށް ހުއްޓިއްޖެއެވެ. ހުސްވަގުތާއި ފޫހިވާ ވަގުތުތަކުގައި އޭނާ އެހީތެރިކަން ހޯދަނީ މިފަދަ ފޮތްތަކުންނެވެ. ޢިލްމީ ފޮތްތަކާއި ވާހަކަ ފޮތްތަކެވެ. ދިވެހި ބަހުގެ ކޮންމެ ކަމަކީވެސް އެކަމެއްގެ ތެރެއަށް އޭނާގެ ޝައުޤުވެރިކަން ނުހަނު އަވަހަށް ދަމައިގަންނަ ކަމެކެވެ، މިފަދަ ކަންކަމުން އޭނާގެ ހިތަށް ހަމަޖެހުން ލިބުމާއެކު ހޭލުންތެރިކަން އިތުރުވެސްވޭމެއެވެ.

**********

މަސްދުވަސް ފާއިތުވެގެން ދިޔައިރު ކޮންމެ ދުވަހަކުވެސް އެތައްއިރެއް ވަންދެން ރިޒްނާ ހުޒާމް ގާތުގައި އިނދެއެވެ. ހުޒާމް ހޭއަރާނެ އިރަކަށް އޭނާ އިންތިޒާރު ކުރަމުން ދިޔައީ ފޫހިކަމެއް ނެތިއެވެ. ޝަރީފާވެސް އައިސް ހުޒާމް ގާތުގައި އިންނަމަވެސް ރިޒްނާގެ އެދުމަށް އޭނާ މާގިނައިން ހޮސްޕިޓަލަށް އައިހެއް ނޫޅެއެވެ. އޭނާ މުސްކުޅިވެ ގައިބާރު ދެރަވެފައިވާތީއެވެ.

މިއަދުވެސް ރިޒްނާ އެއިނީ ހުޒާމްގެ ގާތުގައެވެ. އޭނާ އެގޮތުގައި އިނދެ ކޮންމެ ދުވަހަކުވެސް ތަކުރާރުކޮށް އެއްވާހަކަތަކެއް ދައްކައެވެ. އޭނާ ހުޒާމްދެކެ ލޯބިވާ ވާހަކައެވެ. ހުޒާމް އަވަހަށް އޭނާގެ ހަޔާތަށް އައުމަށް އެދެއެވެ.

“ޒާމް! ދެން އަވަހަށް ރަނގަޅުވެބަލަ. އަހަރެން ޒާމްދެކެ ވަރަށް ލޯބިވޭ. އަހަރެން އަބަދުވެސް ޒާމްއާއެކު ވާނަމޭ. ޒާމް! އަހަރެން ތިލޯތްބަށް އިންތިޒާރުކުރާތާ ހާދަ ދުވަހެކޭ. އަވަހަށް ރަނގަޅުވެގެން އަހަރެން ގާތަށް އާދޭ. ދެން އަހަރެންނަށް އިތުރަކަށް ކެތެއް ނުކުރެވޭނެ.” ރިޒްނާ މޮޅިވެރިކަމާއެކު ވާހަކަދައްކަމުން ދިޔައެވެ. އެތައް ވާހަކައެއް ދެއްކުމަށްފަހު، އެންމެފަހުން އޭނާ އައިސީޔޫ އިން ނުކުމެގެން ދިޔައީ އޭނާގެ ކެތްތެރިކަން ކޮޅުންލާން ފެށީމައެވެ. އެވަގުތު ހުޒާމްގެ ލޮލުން ރޮނގެއްހެން ފޭބި ކަރުނަތިކި އޭނާއަށް ނުފެނުނީ އޭނާ ނުކުމެގެން ދިޔައީމައެވެ.

**********

ސާރާ އޭނާގެ އާދައިގެ މަތިން ވާހަކަ ފޮތެއް ހިފައިގެން އިނީ ގެއާއި މާދުރު ނޫން ޕާކެއްގެ ތެރޭގައެވެ. ޝައުޤުވެރިކަމާއެކު ވާހަކަ ކިޔަމުން ދިޔައިރު، މީހަކު އޭނާގެ ހަރަކާތްތަކަށް ފާރަލަމުން ދިޔަކަމެއް އޭނާއަކަށް ނޭނގެއެވެ. އެމީހަކު އޭނާގެ ހުރިހާ ހަރަކާތެއް ވީޑިއޯ ކެމެރާގައި ރައްކާކުރަމުން ދިޔައިރު އޭނާއަށް ރޭކާވެސް ނުލައެވެ. ހިސާބަކަށް އަނދިރިވާން ފެށުމުން އޭނާ ފޮތް ލައްޕާލާފައި ދާން ތެދުވި ވަގުތު އެއްލުނު ކަޅިއަކުން މީހަކު އެތާނގައިހުރި ގަސްތަކާއި ނިވާވެލިތަން ފެނުނެވެ. އެހެންކަމުން އެއީ އޭނާއަށް ފާރަލަމުންދިޔަ މީހެއްކަން އޭނާއަށް އެނގި އޭނާގެ ހިތުގައި ބިރުވެރިކަން އުފެދުނެވެ. އޭނާއަށް ފާރަލާނީ ކާކުބާއޭ ހިތަށް އެރިއެވެ. ކުއްލިއަކަށް ހިތަށް އަރަންފެށި އެއްޗެހިތަކަކުން އިސާހިތަކު އޭނާ ހާސްވެ ދާހިއްލާ ފޯވެއްޖެއެވެ. އޭނާ ބާރުބާރަށް ޕާކުން ނުކުމެ ހޮޓަލަށް ދިއުމަށް މިސްރާބުޖެހިއެވެ. ގެންފައި ހުރި ބިރެއްގެ ސަބަބުން އޭނާއަށް ހިނގަންވެސް އުނދަގޫވިއެވެ. އެހެންކަމުން އޭނާ އަވަހަށް އޮޓޯއެއް ނެގިއެވެ. އޮޓޯއަށް އެރި ވަގުތު މަގުގެ އަނެއް ފަރާތުން އޭނާއަށް ފެނުނީ ހޮޓަލުގެ ރިސެޕްޝަން ކައިރިން ފެނުނު ޒުވާނާއެވެ. އެޔާއެކު އޭނާގެ ބިރުވެސް ފިލާ ދިޔަކަހަލައެވެ.

ސާރާ އޮޓޯއިން ފޭބިއެވެ. އަދި ޑްރައިވަރ ކިބައިން މަޢާފަށް އެދުމަށްފަހު ދަތުރަށް ވާވަރަށް ފައިސާ ދިނެވެ. ޑްރައިވަރގެ ހިތް ރުއްސާލުމަށްޓަކައެވެ. އޭނާ އެޒުވާނާއާ ވާހަކަދައްކާލުމުގެ ޝައުޤުވެރިކަން ބޮޑުވީ އެމީހާވެސް އޭނާއާ ދިމާއަށް ބަލަހައްޓައިގެން ހުރުމުންނެވެ. އެޒުވާނާ އޭނާ ދަންނަނީބާއެވެ. އެކަމަކު ކިހިނެއް ހެއްޔެވެ؟ އެގޮތެއްވެސް އެނގޭނީ އެޒުވާނާއާއި ވާހަކަދައްކާލެވިގެން ނޫން ހެއްޔެވެ؟ އެހެންކަމުން އޭނާ އެޒުވާނާއާ ދިމާއަށް ހިނގައިގަތެވެ. އޭނާ ގޮސް އެމީހާއާ އަރާ ހަމަވުމާއެކު އެޒުވާނާ ސަލާމް ގޮވާލިއެވެ.

“ވަޢަލައިކުމުއްސަލާމް!” ސާރާ ސަލާމް ބަލައިގަތެވެ.

“ވަޓްސް ޔުއާރ ނޭމް އެންޑް ވެއަރ އާރ ޔޫ ފްރަމް؟” އެޒުވާނާ ހިނިތުންވެލަމުން އަހާލިއެވެ.

“ސާރާ! އައިމް ފްރަމް މޯލްޑިވްސް. އެންޑް ޔޫ؟” ސާރާ އަހާލިއެވެ. އަލަށް ދިމާވި މި ޒުވާނާއާ ވާހަކަދައްކަން އޭނާއަށް އެހާ އުނދަގުލެއް ނުވިއެވެ. އެޒުވާނާ ވާހަކަދެއްކިލެއް ގާތްކަމުންނެވެ.

“އެހެންތަ؟ ރާއްޖެއަކީ ވަރަށް ރީތި ޤައުމެއް.” އެޒުވާނާ އެހެން ބުނެލުމުން ސާރާއަށް ދެލޯ ބޮޑުކޮށްލެވުނެވެ.

“ތީ ދިވެއްސެއްތަ؟” ސާރާއަށް ހައިރާންކަމާއެކު އަހާލެވުނެވެ. އެއީ އާންމުކޮށް ދިވެހިން އަންނަ ހިސާބެއް ނޫންކަމުން އޭނާއަށް އެތަނުން ދިވެހި އެނގޭ މީހެއްވެސް ދިމާވެދާނެ ކަމަކަށް އޭނާ ހިއެއް ނުކުރެއެވެ. ނަމަވެސް އިއްތިފާޤަކުން އޭނާއާ މިދިމާވި ޒުވާނާގެ ސަބަބުން އޭނާއަށް ކުޑަ ހިތްހަމަޖެހުމެއް ލިބުނެވެ.

“ނޫން. އަހަރެން އިންޑިއާ. އެކަމަކު އަހަރެންގެ ވަރަށް ގިނަ ރައްޓެހިން ތިބޭނެ ރާއްޖޭގައި.” އެޒުވާނާ އޮޅުންފިލުވައިދިނެވެ.

“ކޮންނަމެއް ކިޔަނީ؟” ސާރާ އެޒުވާނާއާ ވަރަށް ވާހަކަދައްކާހިތް ވެއްޖެއެވެ.

“އަދި ނަންވެސް ނުބުނެ ދޯ މި އުޅެވެނީ. އަހަރެންނަށް ކިޔަނީ ސަލީމް ޚާން. އަނެއްކާ ސަލްމާން ޚާންގެ ބައްޕައެއް ނޫން އިނގޭ.” ސަލީމް އެހެން ބުނެލުމުން ސާރާއަށް ބާރަށް ހެވުނެވެ. ސަލީމްވެސް ހީލިއެވެ. ހާދަ ސިޔާސަ ފިރިހެނޭ ސާރާގެ ހިތަށް އެރިއެވެ.

“ހިނގާބަލަ މިތާ މިހިރަ ހޮޓަލަށް ސައި ތަށްޓެއް ބޯލާ ކުޑަކޮށް ވާހަކަދައްކާލަން.” ކައިރި ހިސާބެއްގައި ހުރި ކުޑަ ސައި ހޮޓަލަށް އިޝާރާތްކޮށް ސަލީމް އެހެން ބުނެލުމުން ސާރާ ކުޑަކޮށް ޖެހިލުންވިއެވެ. ނަމަވެސް އެކަން ހާމަނުކޮށް ސަލީމްއާއެކު ދިޔައީ އޭނާއަށް އިތުބާރުކޮށްފައެވެ. ހޮޓަލަށް ވަދެ އޯޑަރ ދީފައި ދެމީހުން ގޮސް ގޮނޑީގައި އިށީނދެލިއެވެ.

“ސާރާ މިކޮޅަށް އައިސް ތިއުޅެނީ ބޭހަކަށްތަ؟ މިހާރު މަހެއްހާ ދުވަސް ވީއެއްނު މިކޮޅުގަ އުޅޭތާ.” ސަލީމް އެހެން އަހާލުމުން ސާރާ ހައިރާންވިއެވެ. ސަލީމްއަށް އެކަން އެނގުނީ ކިހިނެއްބާއެވެ. އޭނާ ހޮޓަލަށް ދިޔަ ދުވަހު ރިސެޕްޝަން ކައިރިން ސަލީމް ފެނުނު ފަހުން އެހޮޓަލަކުން ސަލީމްއެއް ނުފެނެއެވެ. އެހެންވީއިރު ސަލީމްއަށް އޭނާ އިންޑިއާގައި އެއްމަސް ވެއްޖެކަން އެނގުނު ގޮތަކާމެދު އޭނާ ވިސްނިއެވެ.

“އޭތް! ކިހިނެއްވީ؟ އަހަރެން އެހާ ރީތިކޮށް ދިވެހިން ވާހަކަދައްކާތީތަ މާ ހައިރާންވެފަ ތި އިންނަނީ؟ ނޫނީ ސާރާ މިކޮޅުގަ އުޅޭތާ އެހާ ގިނަ ދުވަސްވީކަން އެނގުނީމަތަ؟” ސަލީމް އަހާލިއެވެ. ސާރާ ބޯޖަހާލިއެވެ

“އަހަރެން ދިހަ އަހަރު ވަންދެން ރާއްޖޭގަ މަސައްކަތް ކުރިން. މީގެ ދެތިން މަސް ކުރިން އަހަރެން މިކޮޅަށް އައީ. ރާއްޖޭގަ އުޅުނުއިރު އަހަރެން ވަރަށް ރަނގަޅަށް ދިވެހި ބަސް ދަސްކުރިން. އަހަރެންނަށް ދިވެހި ބަސް ވަރަށް ކަމުދޭ. އެހެންވެ.” ސަލީމް ބުނެލިއެވެ.

“ދިހަ އަހަރު ވަންދެންނޭ. އެހެންވިއްޔާ މީނައަށް މިހާރު ތިރީހަކަށް އަހަރު ވެދާނެ ޔަޤީނުންވެސް. އެކަމަކު ހާދަ ޒުވާނޭ.” ސާރާ ހިތާހިތާ ކިޔާލިއެވެ. އެވަގުތު އޯޑަރ ކުރި އެއްޗެހި ހިފައިގެން ވެއިޓަރ އައެވެ. ވެއިޓަރ ގެނައި އެއްޗެހި މޭޒުމަތީ ބަހައްޓާފައި ދިއުމުން ސަލީމް އަނެއްކާވެސް ވާހަކަދައްކަން ފެށިއެވެ.

“ދެން އޮތް ސުވާލަކީ ސާރާ މިތާ އުޅޭތާ އެހާ ގިނަ ދުވަސްވީކަން އަހަރެންނަށް އެނގުނީ ކިހިނެއްތޯ؟ އަހަރެންނަށް ސާރާ ފެނުނީ ހޮޓަލަށް ދިޔަ ދުވަހު. އެދުވަހު ދެން ކަން ދިމާވިގޮތުން އަހަރެންނަށް ކޮޓަރިއެއް ނުލިބުނީ. އަހަރެން އެރޭ އެއްކޮށް އެތާ ގޮނޑިބަރީގަ އިނީ. އަނެއްދުވަހު ކޮޓަރިއެއް ހުސްވީމަ ކޮޓަރިއެއް ހިފީ.” ސަލީމް ކިޔައިދިނެވެ.

“އެކަމު އެދުވަހުގެ ފަހުން އަހަރެން ސަލީމްއެއް ނުދެކެން.” ސާރާ ބުނެލިއެވެ. އޭނާ އިނީ ހައިރާންވެފައެވެ. އެއް ހޮޓަލެއްގައި އެއްމަސް ވާންދެން އުޅުނުއިރު އެންމެ ފަހަރަކުވެސް ދިމާނުވީތީއެވެ.

“އަސްލު އަހަރެން މިއުޅެނީ އޮފީސް މަސައްކަތެއްގައޭ މިކޮޅަށް އައިސް. ނިދަން އެކަނި ހޮޓަލަށް އަންނަނީ. އެހެން ހުރިހާ ކަމެއް ބޭރުން ކުރެވޭ ގޮތަށް އަހަރެން ދަނީ.” ސަލީމް އޮޅުންފިލުވައިދިނެވެ.

“ހޫމް. ދެން ބުނެބަލަ. ސާރާ ތިއުޅެނީ ބޭހަކަށްތަ އައިސް؟” ސަލީމް އަހާލިއެވެ.

“ނޫން. މީ ދެން ހަމަ ޖައްސާލީ.” ސާރާ ތެދަށް ބުނާކަށް ގަސްތެއް ނުކުރިއެވެ. ނުވެސް ދަންނަ މީހަކަށް ފުރިހަމައަށް އިތުބާރުކޮށް ހުރިހާ ވާހަކައެއް ކިޔައިދިނުމުން ފަހަރުގައި އޭގެ ނާޖާއިޒު ފައިދާ ނަގައިފާނެއެވެ. އެއްވެސް މީހަކަށް އެފުރުސަތު ދޭކަށް އޭނާ ބޭނުމެއްނޫނެވެ.

“ދެން ކޮންއިރަކުން ރާއްޖެ ދަނީ؟” ސަލީމް އަހާލިއެވެ.

“ދެން ނުދާ ގޮތަށް. މިކޮޅުން މީހަކާ އިންނާނީ ދެން.” ސަމާސާ ރާގަކަށް ސާރާ ބުނެލިއެވެ. ނަމަވެސް އެއީ އޭނާއަށް ކުރެވޭނެ ކަމެއް ނޫންކަން އޭނާއަށްވެސް އެނގެއެވެ. ދުވަހެއްގެ ކޮޅުންވެސް އޭނާއަކަށް ހުޒާމްގެ ހަނދާންތަކަކާ ވަތްކެއް ނުވެވޭނެއެވެ. ހުޒާމްގެ މީހަކަށް ނޫނީ އޭނާ ވާކަށް ބޭނުމެއްވެސް ނޫނެވެ. ހުޒާމްގެ މީހަކަށް ނުވެވުނިއްޔާ ދެން އޭނާ މީހަކާ ނީނދެ ހުންނާނީއެވެ.

“އެހެންތަ؟ ހެހެހެ.. ދެން ސީރިއަސްކޮށް ބުނެބަލަ.” ސަލީމް ހީލާފައި ބުނެލިއެވެ.

“ހަމަ ސީރިއަސްކޮށޭ މިބުނީ. ދެން ނުދާ ގޮތަށް.” ސާރާ ސީރިއަސްވެލާފައި ބުނެލިއެވެ. ސާރާގެ ވާހަކައިން ސަލީމްއަށް ކޮންމެވެސް އެއްޗެއް ވިސްނިއްޖެއެވެ. ނަމަވެސް ސާރާ އެވާހަކަ ދައްކަން ބޭނުންނުވާހެން ހީވުމުން އޭނާ އެވާހަކަ އިތުރަކަށް ނުދައްކައެވެ.

**********

ރިޒްނާ އޭނާގެ ކޮޓަރީ އެނދުގައި އޮތީ ޚިޔާލީ ދުނިޔެއަކަށް ގޮސް ހުސްވެފައެވެ. ހުޒާމްއާ އޭނާގެ ކައިވެނި ކުރެވުނީއެވެ. މުޅި ރާއްޖޭގައިވެސް މިހާތަނަށް ބާއްވާފައި ނުވާފަދަ ފުރިހަމަ ބޮޑު ހަފްލާއަކާ އެކުގައެވެ. ހަފްލާ ނިމުމާއެކު ހުޒާމް، ރިޒްނާ އޭނާގެ އަތްދަނޑިމައްޗަށް ލައިގެން ގޮސް ކޮޓަރިއަށް ވަނެވެ. އެކޮޓަރިތެރެ ޒީނަތްތެރިކޮށްފައިވާލެއް ފުރިހަމަކަމުން ރިޒްނާއަށް ހުރެވުނީ ބަސް ހުއްޓިފައެވެ. އެތައް ދުވަހެއްގެ ދިގު އިންތިޒާރަށްފަހު މިއަދު އޭނާގެ ހުވަފެން ހަޤީޤަތަކަށްވީއެވެ. މިހާރު އޭނާ އެހުރީ ހުޒާމްގެ އަނތްބެއްގެ ގޮތުގައެވެ. ކޮޓަރި ތަޅުލާފައި ހުޒާމް ރިޒްނާއާއި ގާތްވެލިއެވެ. ހުޒާމްގެ ދެލޮލުގައިވީ މަސްތުކަން ފެނި ރިޒްނާގެ ހިތް ހަލަބޮލިވެގެން ދިޔައެވެ. ހުޒާމްގެ މޫނު މަޑުމަޑުން ރިޒްނާގެ މޫނާއި ކައިރިވަމުން ދިޔައެވެ. ކުއްލިއަކަށް ފޯނު ރިންގުވާން ފެށުމުން ސިހިފައި އޭނާއަށް ޚިޔާލުން ބޭރަށް ނުކުމެވުނެވެ. ޚިޔާލުގެ އެންމެ ފޮނި ހިސާބުން ފޯނެއް އައުމުން ފޫހިވެފައިހުރެ ރިޒްނާ ފޯނަށް ބަލާލިއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Saandy

Level 1010 Stories1K Comments500 Comments100 Comments100 Stories

ވާހަކަ ލިޔާހިތްވާ އަދި ވާހަކަ ކިޔާހިތްވާ މީހަކީމެވެ... އަދި ކޮމެންޓް ކިޔާހިތްވާ މީހަކީމެވެ https://web.facebook.com/SaandyStories/?ref=page_internal

Other Articles

Previous

ބިދޭސީ (ދެވަނަ ބައި)

Next

ލޯބިވޭ (2)

Next
March 6, 2017

ލޯބިވޭ (2)

Previews
March 5, 2017

ބިދޭސީ (ދެވަނަ ބައި)

23 Comments!

  1. Sahee says:
    March 6, 2017 at 7:21 am

    Mivaahaka varah rethi hadha kuda thiliunee

  2. Sahee says:
    March 6, 2017 at 7:26 am

    Mivhaaka varah reethi

  3. Fthoo says:
    March 6, 2017 at 7:27 am

    Wow me first … Vvvvv salhi vahaka.. Waiting 4 next part

  4. Anonymous says:
    March 6, 2017 at 7:46 am

    Manjey….asaasee thauleemu fenvarakun english eh neyngeyne….grs 5 or 7 hisaabah kiyavaala dhin nama sara yah…..ethankolhu hama nujehenee….vaahaka vvv reethi…..

  5. maree says:
    March 6, 2017 at 8:22 am

    VVV reethi

  6. Ryn says:
    March 6, 2017 at 8:55 am

    It’s obiness to the Max. ????? aaand I’m really proud of what u r saandy.. Just don’t let the negative things ruin u and keep going like thus and better than this. This story is just fab. ??❤

  7. haw shia shaba shi r says:
    March 6, 2017 at 9:06 am

    Mashaa Allah v reethi mi part ves,keep it up.

  8. Addu manje says:
    March 6, 2017 at 9:12 am

    Varah reethi.. and thank you soo much for uploading the story inspite of the negative comments frm readers..
    🙂 🙂 🙂 🙂 🙂 🙂

  9. Yaana says:
    March 6, 2017 at 10:36 am

    Vaahaka varah reethi thanx writer

  10. Xyzl says:
    March 6, 2017 at 11:37 am

    v reethi

  11. ❤️ Mimmi ❤️ says:
    March 6, 2017 at 12:00 pm

    Wow ?
    waiting for the next part ?

  12. Sweet gril says:
    March 6, 2017 at 2:32 pm

    Mivaahaka varah reethi. Waiting for next part.

  13. Aish says:
    March 6, 2017 at 2:51 pm

    Aley haadha reeche e riznaa varugadha ladeh dhehche and saaraaya guluvaa eyrun reethivaany

  14. i'm me! says:
    March 6, 2017 at 2:59 pm

    wow salhi…

  15. Baby girl says:
    March 6, 2017 at 4:11 pm

    Saandyyyyyyyyyyyyyyyyyyyy
    Varah varah varah varah varah varah salhi mi partves

  16. Saandy's fan says:
    March 6, 2017 at 4:25 pm

    varah reethi story eh. keep it up dear

  17. Naxy says:
    March 6, 2017 at 10:04 pm

    When next part

  18. Kiyaa Meehaa says:
    March 6, 2017 at 11:08 pm

    WOW!! V furihama… I love this story… waiting for the next part…

  19. sannu says:
    March 7, 2017 at 2:37 pm

    wowwww… haadha reethiey mivaahaka… next part vexx reethi vaane kamah hope kuran

  20. xeyboo says:
    March 16, 2017 at 3:19 pm

    ebahuri dhw gabool kuran dhathi kanthah thakeh mistakes..dhw..

    1. Saandy says:
      March 16, 2017 at 6:37 pm

      Xeyboo! Misaalakah konkahala kanthahthakeh? Ekahala kankan & mistakes buneladhineema dhen liyaa vaahakaehga ekahala kankan ran’galhu kollan en’geyny…

  21. ♥Almasa♥ says:
    July 22, 2017 at 12:13 pm

    Varah nice stry…….
    Mikahala stry eh adhi dhuvahaku ves nufeney…
    Waiting for the next part…

    1. Saandy says:
      July 23, 2017 at 12:07 am

      ThanQ Almasa.. Mee mihaaru ekkoh nimifa oiy story eh.. Saandy ge namah click kollaafa page thah balaaleema story ge hurihaa baeh fennaane 🙂

Comments are closed.

Next Episodeހުވަފެން (11)←


All Right Reserved!