Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތުގެ އެދުމޭތީ (2 ވަނަބައި)

Maahee Level 110 Stories100 Comments
February 21, 2017 2 Mins Read
26 Comments

ޔާނިޝްއަށް އެރީތި ކުއްޖާ ފިޔަވައި އިތުރުމީހަކު ފެންނަހެންވެސް ހީނުވެއެވެ.

“މީ ރައު…… އަހަރެންގެ ވާންއުޅޭ އަނބިމީހާ…….”

ޔާނިޝް ސިހުނީ އަޔާންގެ އަޑަށެވެ. އަޔާންގެ އަތުގައި ހިފާލައިގެން ހުރި ރައުފާ ދަށްކާލަމުން އަޔާން ވާހަކަ ދެއްކިއެވެ. ހިނިތުންވެލަމުން ޔާނިޝް ރައުފާޔާ ސަލާމް ކޮއްލިއެވެ. ޔާނިޝް އެބުރި ބަލާލިއިރު އެރީތި އަންހެން ކުއްޖާ ފެންނާކަށްނެތެވެ. ޔާނިޝް އެކިދިމަދިމާލަށް ނަޒަރު ހިންގާލިއެވެ. ނަމަވެސް ފެންނަގޮތެއްނުވިއެވެ.

ގޯތިތެރޭ އަތުރާލެވިފައިވާ ގޮނޑިތަކުގައި ޔާނިޝް އަދި އަޔާން ތިބީ ކޮފީބޯށެވެ. އެކިވާހަކަތައް ދެއްކުމުގައެވެ. ޔާނިޝްގެ ނަޒަރު ހުއްޓުނީ ކުރިމަތީއިން އައްޓެއްގައި އައިސް އިއްތާލި ދެކުއްޖަކަށެވެ. އެތަނުން އެއްކުއްޖަކީ ޔާނިޝްގެ އުވަފެނީ ޕަރީއެވެ. ޔާނިޝްގެ ނަޒަރު ހުއްޓިފައިވަނީ އެރީތި އަންހެންކުއްޖާއަށެވެ. އޭނާއަށްވެސް ޔާނިޝް ފެނިއްޖެކަހަލައެވެ. ދޭތެރެއަކުން އިސްއުފުލާލާ ލަދުރަކި ގޮތަކަށް ބަލާލައެވެ. އޭނާގެ ކޮންމެ ހަރަކާތަކުން ޔާނިޝްގެ ހިތް އޭނާއަށް އެދި ގޮވަމުންދެއެވެ. އަޔާންގެ ވާހަކަތަކާ ދުރުވެ އެރީތިކަމަށް ޔާނިޝްއަށް ސަމާލުކަން ދެވުނެވެ. އަޔާންއަށްވެސް އެކަންފާހަގަ ކުރެވުނެވެ.

“އޭނ……. ތިކޮންކަމެއް……..”

އަޔާން ޔާނިޝްގެ މޫނުމަތީ އަތް ހޫރާލަމުން ބުނެލިއެވެ. ޔާނިޝް އަޔާންއަށް ބަލާލަމުން ހީލިއެވެ. އަދި އެރީތި މޫނަށް ބަލާލަމުން އިސްޖަހާލިއެވެ. އަދިވެސް ހިތް ނުފުރޭ ކަހަލައެވެ.

“ހިނގާ މަސައްކަތްތައް ބަލާލަންދާން……….”

އަޔާން ތެދުވަމުން ބުނެލިއެވެ. ޔާނިޝްވެސް އަޔާންއާއެކީ ހިނގައިގަތެވެ. ޔާނިޝްއެބުރި އެއަންހެން ކުއްޖާއަށް ބަލާލިއެވެ. އޭރު އެރީތި ދެލޮލުގެ ނަޒަރުވެސް ހުއްޓިފައިވަނީ ޔާނިޝްއަށްށެވެ. އެވަގުތު ޔާނިޝްގެ ހިތަށް ނޭނގޭ ހިތްހަމަޖެހުމެއް ލިބުނެވެ.

“އެއީ ކޮންދެކުދިންނެއް……….”

ވާހަކައިގެ ތެރެއިން ޔާނިޝް އަހާލިއެވެ.

“ކޮބާ…… އޯނ އެއީ ދޯ………..”

ފަހަތަށް އެބުރި ބަލާލަމުން އަޔާން ބުނެލިއެވެ.

“އަދި ޔާނިޝްއަށް އިންޓުރޮޑިއުސްވެސް ކޮއްނުދީދޯ މިއުޅެނީ……. އެއީ އާޔާ…. އަހަރެންގެ ކޮއްކޮ… ދެންއޭނީ މީޝާ…. އާޔާގެ ފުރެންޑެއް….. މިކޮޅުގަ ކިޔަވަން އުޅެނީ……”

އަޔާންގެ ވާހަކަތަކުން ޔާނިޝް ގަބޫލްކުރީ އޭނާގެ ހުވަފެނުގެ ރާނީއަކީ އާޔާކަމުގައެވެ.

ރޭގަނޑުގެ ކެއުމަށްފަހު ޔާނިޝް ދިޔައީ ޓެރަސްމައްޖަށްށެވެ. އަޔާންވެސް މިރޭ ދިޔައީ ރައު އާއެކު ޝޮޕިންއަށެވެ. އެހެންކަމުން ޔާނިޝްއަށް ހުންނަން ޖެހުނީ އެކަނިއެވެ. ޓެރަސްމަތީ ބަހައްޓާފަހުރި ސޯފާގައި ޔާނިޝް އިށީދެލިއެވެ. އަދި ކުރިމަތީ އިންކުޑަ މޭޒަށް ދެފައިނަގާ ހަމަޖެހިލިއެވެ. ހެމުން، ސަކަރާތް ޖަހަމުން އައިސް އާޔާ އަދި މީޝާ ޓެރަސް މައްޖަށް އެރިއެވެ. މިދެކުދިން ގޮސް ހުއްޓުނީ ޓެރަސް ވަށައިގެން ޖަހާފައިވާ ދަގަނޑު ހޮޅިތަކުން ހޮޅިއެއް ކައިރީގައެވެ. ޔާނިޝް އެތާއޮތްކަންވެސް ނޭނގޭ ކަހަލައެވެ. މިދެކުދިންގެ ހަރަކާތް ތަކަށް ޔާނިޝް ބަލަމުންގެންދިޔައީ ފޫލިކަމެއް ނެތިއެވެ. އެތައްއިރަކު ތިބުމަށްފަހު މީޝާގޮއްސިއެވެ. ޔާނިޝްގެ ހިތް އުފަލުން ނަށައިގަތް ކަހަލައެވެ. ހޮޅީގަ ލެގިލައިގެންހުރި އާޔާއާ ދިމާލަށް ޔާނިޝް ހިގައިގަތެވެ. ޔާނިޝްގެ ހިތުގެ ވިންދުވަނީ ބުނަންނޭނގޭހާ އަވަސްވެފައެވެ. އާޔާގާތު ދައްކާނީ ކޮންވާހަކައެއް ބާއޭވެސް ހިތަށްއެރިއެވެ. ނަމަވެސް އެހާރީތި ކުއްޖަކު ދުރުގަބަހައްޓައިގެން ބަލަންހުރެވޭނީ ކިހިނަކުން ހެއްޔެވެ.

“ހައެ……….”

ޔާނިޝްގެ އަޑަށް އާޔާ ސިހުނެވެ. އާޔާ އެބުރި ޔާނިޝްއަށް ބަލާލިއެވެ. ކަކުލުން ތިރިއަށް އައްނަ ދަގަނޫ ކުލައިގެ ސޯޓަކާ، އޮރެންޖު ކުލައިގެ ޓީޝާޓެއް ލައިގެން ހުރިއިރު ޖެހެމުންދިޔަ ވަޔާ ޔާނިޝްގެ އިސްތަށިކޮޅު ހެލިލަހެލިލާ ހުއްޓެވެ. ތުންފަތް މައްޖަށް ވެރިވެފައިވަނީ ކުޑަ ހިނިތުންވުމެކެވެ. އާޔާ ޔާއިޝްގެ ލޮލަށް ބަލައިލިއެވެ. ޔާނިޝްގެ ނަޒަރު އާޔާއަށް ހުއްޓިފައިވާތަން ފެނުމުން އޭނާ އިތުރަށް ސިހުނެވެ. އަވަސްއަވަހަށް އިސްޖަހާލަމުން ހިނގައިގަތެވެ.

“ވަޓް………”

ޔާނިޝް އެބުރި ބަލާލިއިރު އާޔާ ޓެރަސްމަތިން ފައިބަނީ އެވެ.

“އަޔާން ދުވަހަކުވެސް އަހަރެން ފެނިފަ ބިރަކުން ނޫޅޭ…… ދެން އާޔާ ކީއްވެ ބިރުން އެދިޔައީ………”

ޔާނިޝް ދެކޮޑުހިއްލާލަމުން ބުނެލިއެވެ.

ޖެހިގެންއައި ދުވަހަކީ ވަރަށް މަސައްކަތް ބުރަ ދުވަހެކެވެ. ކައިވެންޔަށް ތައްޔާރުވުމަށް އޮތް އެންމެ ފަހު ދުވަސްކަމަށްވާތީ އެންމެންވެސް އުޅުނީ އަވަދިނެތިއެވެ. ގޯތިތެރޭ ފަންޖެހުމުގަޔާއި، މާފަތިތަކާ ބޮކިތައް ހަރުކުރުމުގައެވެ. ނިމިފަހުރި މަސައްކަތްތައްބަލާ، އުނިކަމެއް އިދެއްޖެނަމަ ފުރިހަމަ ކުރުމުގައި ޔާނިޝް އުޅެއެވެ. އަޔާންހުރީ ވަރަށް އެކްސައިޓިންގ ވެފައެވެ. ޔާނިޝް އިރުކޮޅަކޮޅާ އައިސް ކޮށްމެސް އެއްޖެކޭ ކިޔާފަ އަޔާންއާ ދިމާކޮއްލައެވެ. އާޔާ އަދި މީޝާ އުޅުނީ އަޔާންގެ ކޮޓަރިތެރެ ތައްޔާރު ކުރުމުގައެވެ. ރަތްކުލާ މަލުގެ ފިޔަތަކުންނާއި، ރަތްކުލައިގެ އުއްބައްތިތަކުން މުޅިކޮޓަރިތެރެ ދަނީ ޒީނަތްތެރި ކުރަމުންނެވެ. އިތުރަށް މަލުގެފިޔަބަލައި މީޝާބޭރަށް ދިޔަ ވަގުތެވެ. ޔާނިޝްއައީ އަޔާންގެ ފޯނުބަލައި ކޮޓަރިއަށެވެ. ކޮޓަރިތެރޭ އިތުރު މީހަކު އުޅޭކަމެއް ޔާނިޝްއަކަށް ނޭނގެއެވެ. ފޯން ހިފައިގެން ހިނގައިގަންނަށް އުޅެފަ ހުއްޓުނީ، ކުޑަދޮރުތަކާދިމާ ތިރީ އުއްބައްތި ބަހައްޓަންއިން އާޔާ ފެނިފައެވެ. ޑުރެސިން ޓޭބަލްމަތީ ފޯންބާއްވާލަމުން ޔާނިޝް އާޔާއާ ދިމާލަށް ހިނގައިގަތެވެ. މަޑުހިނގުމެއްގައި ޔާނިޝްގޮސް އާޔާކައިރިއަށް ހުއްޓިލިއެވެ.

“ހައެ………………”

ޔާނިޝްގެ އަޑަށް އިސްއުފުލާ ބަލާލަމުން އާޔާތެދުވިއެވެ. މިފަހަރުވެސް އާޔާ އުޅުނީ ދާށެވެ. ނަމަވެސް ޔާނިޝް އޭނާއަކަށް އެފުރުސަތެއް ނުދިނެވެ. އާޔާދާން ހިނގައިގަތުމުން ޔާނިޝް އާޔާގެ އަތުގަ ހިފިއެވެ. ޔާނިޝް އާޔާގެނެސް ފާރުގަ ލައްކޮއްލިއެވެ. އެއްއަތުން އާޔާގެ އަތުގަ ހިފައިގެން އަދި އަނެއްއަތް ފާރުގަ ވިއްދާލާފަ ޔާނިޝް ހުރިއިރު، އާޔާއަށް ދެވޭނެ އެއްވެސް ގޮތެއްނެތެވެ…………..

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Maahee

Level 110 Stories100 Comments

Please Give Me Your Comments and Advice......???

Other Articles

Previous

ފުން ލޯބި (20)

Next

ފުން ލޯބި (21)

Next
February 22, 2017

ފުން ލޯބި (21)

Previews
February 21, 2017

ފުން ލޯބި (20)

26 Comments!

  1. ReeXa says:
    February 21, 2017 at 4:23 pm

    Nice… keep it up

    1. Maahee says:
      February 21, 2017 at 5:53 pm

      Thanks ReeXa……..

  2. ReeXa says:
    February 21, 2017 at 4:25 pm

    Knirakun next part upload kohlaanee.. m waiting for next part

    1. Maahee says:
      February 21, 2017 at 5:55 pm

      Inshaa Allah mi week ga adhi eh Part upload kohleveytho balaanan…..

  3. Zaee says:
    February 21, 2017 at 4:45 pm

    Reethi ekamaku maa haasaru digee.

    1. Maahee says:
      February 21, 2017 at 5:57 pm

      ohhh…….. ehentha…… misaaleh dhahkaa levidhaanetha…. konmes thankolheh……. eyrah next part ga will take care……

  4. ms says:
    February 21, 2017 at 7:02 pm

    Misalakah pretty and shine men kahala kudhin ge vahakatha kiyaalan feney

    1. Maahee says:
      February 22, 2017 at 8:01 am

      ok ms…. but this is my first story… so i may be weak…. will try my best….

  5. Inu says:
    February 21, 2017 at 7:02 pm

    Anehkka ragalhu kuhjja ah ragalhu nan tha e kiyani yaanish… Misunderstand eh vedhaane dhurun 2 kudhin dhahkkafa nan kyma…. Ehen nuni e anhen kuhjja ya namun muhaathab kuran vynun eyrun igeyni conform vaany heheh v salhi

    1. Maahee says:
      February 22, 2017 at 8:02 am

      ok Inu…… Thanks……

  6. Axee says:
    February 21, 2017 at 7:08 pm

    Dhen ehmen ehvareh nuvaanedho…….alhugadah thankolheh kury….next part dhigukohladheyne kamah ummyd kuran…kyp it up.nice…☺☺

    1. Maahee says:
      February 22, 2017 at 8:03 am

      ok….. Thanks Axee………

  7. Unknown says:
    February 21, 2017 at 7:57 pm

    Ehchekey Tha Ehjekey tha??..
    Mistakes ginakan faahaga wey..
    Chawiyani beynun Kuranwaa thanthanah Jawiyani Beynun Koffaa Waakan warah Bodah faahaga wey..

    1. Maahee says:
      February 22, 2017 at 8:12 am

      v bodah sry…… next part ga will take care…… thanks thi comment ah vx…..

  8. aysh says:
    February 21, 2017 at 8:17 pm

    vrh vrh nice…waiting for the next part…avahah up kolla dhehchey…

    1. Maahee says:
      February 22, 2017 at 8:04 am

      Thanks aysh…… Inshaa Allah Thursday ga next part upload kohladheveytho balaanan…….

  9. aish says:
    February 21, 2017 at 9:11 pm

    Ihthaaly jahaafa inyma alhugandakah kamaku nudhey.. cox liyumuga egothah beynuj kuryma.. dekki vaahaka ehge therein nama ok.. alhugand ge hiyaal..

    1. Maahee says:
      February 22, 2017 at 8:06 am

      ok aish….. Thanks hama thi hiyaalah vx……

  10. Sharu says:
    February 22, 2017 at 7:19 am

    aslu maa bodah ves kuru.. mihaa lahun genessheyiru.. story nice.. but dhn faharaku story thankolheh dhigukoh kiyaalan libeyne kamah ummydhu kuran.. suvaaleh ebaoi.. week kithah dhuvahutha mivaahaka genedheny and kn dhuvasthakeh ga?

    1. Maahee says:
      February 22, 2017 at 8:10 am

      Thanks Sharu……. Story genesdheyny week ehga 3 day…… Sunday, Tuesday n Thursday…… ok ehnu……

  11. lara says:
    February 22, 2017 at 8:31 am

    v reethi bt v kuru

    1. Maahee says:
      February 22, 2017 at 9:52 am

      Thanks….. Next part dhigukon genes dheveytho balaanan….

  12. Alya says:
    February 22, 2017 at 8:45 am

    Very nice part ?keep it up

    1. Maahee says:
      February 22, 2017 at 9:53 am

      Thanks Alya………..

  13. reader says:
    February 22, 2017 at 9:56 am

    ޗަ ބޭނުންކުރަންޖެހޭ ވަރަށް ގިނަ ތަންތަނުގައި ޖަ ބޭނުންކޮށްފައި ހުރިކަން ފާހަނގަ ކުރެވޭ. މިސާލު: ޓެރަސްމައްޖަށް، ތުންފަތް މައްޖަށް ، މިކަންތައް ރަނގަޅު ކޮށްލުން އެދެން

    1. Maahee says:
      February 22, 2017 at 10:03 am

      Ok….. Thanks…..

Comments are closed.

Next Episodeހިތުގެ އެދުމޭތީ (3 ވަނަބައި)←


All Right Reserved!