Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އިންތިޒާރުގައި ހުރިން 4

Ryn 100 Stories10 Stories1K Comments500 Comments100 Comments100 Login
February 21, 2017 8 Mins Read
20 Comments

 

…..

5 މަސް ފަސް..

5 މަހުގެ ބަނޑަކާއި އެކު ސުމާ އަށް ކުރިން އުޅޭހެން އުޅެން ވީ އުނދަގުލަކަށެވެ. އަބާޔާގެ ބަދަލުގައި ގަޔަށް ދޫކޮށް ހުންނަ ކަކުލާއި ހަމާއަށް އަރާ އެއްޗެހި ލާންފެށީ އޭނާގެ ފަސޭހައަކަށެވެ. ހެދުން ދޫކޮށްލިއެއްކަމަކު ބަނޑު އިންނާތީ އިންނަނީ ފިޓްކޮށެވެ. ޔާއިން ކޮންމެ ދުވަހަކުވެސް ބަނޑުގައި އަތްލާފައި ކޮއްކޮއާއި ވާހަކަދައްކާ ހަދައެވެ.

އެއްދުވަހެކެވެ. ދުވަސްވަރަކީ ސުކޫލު ބަންދު ދުވަސްކޮޅުކަމުން ޔާއިންވެސް ސުކޫލަކަށް ނުދެއެވެ. މާރިޔާ އޭރުވީ މާހާމެން ގެއަށް ގޮހެވެ. މާހާވެސް ވިހޭފަހުން 3 މަސްވީއިރު ލިބުނީ ލޯބި ލޯބި ފިރިހެންކުއްޖެކެވެ. ނަމަކަށް ކަޔާން އަހުމަދު އަމީން ކީއިރު އެންމެންނަށްވެސް އެނަން ވަރަށް ކަމުދިޔައެވެ.ބައެއްދުވަސް ދުވަހު ޔާއިން ގޮވައިގެން މާރިޔާ އެގެއަށް ދާތީ ޔާއިން އައިސް ކަޔާންގެ ވާހަކަ ދައްކާ ހަދަނީ އޭނާގެ ކޮއްކޮވެސް އޮންނާނީ އެހެނެއްނޫންހޭ ކިޔާފައި ވަރަށް މަޖާވެލާފައެވެ. އެއްބައި ދުވަސްދުވަހު އޭނާ ކޮއްކޮ އަންނަލެއް ހާދަލަހޭވެސް ބުނެ ބަނޑުގައި އަތް އަޅައިގެން ހުރެ ވާހަކަދައްކައެވެ.

ސުމާ ބަދިގެތެރޭ ހުރީ ޔާއިންއަށް ބިސްގަނޑެއް އަޅައިދޭށެވެ. ޔާއިންއަށް އެހެންމީހަކު ހެދީމާ ބިސްގަނޑެއް ނުކާތީވެ އޭނާ ޖެހެނީ ކޮންމެދުވަހަކުވެސް އެކަން ކުރާށެވެ. ޝަކުވާއެއްނެތެވެ. ޔާއިން އަކީ އޭނާ ގެ ފުރަތަމަ ދަރިފުޅެވެ.

ތަށްޓަށް ބިސްގަނޑާއި ފެންތަށްޓެއް ހިފައިގެން ސުމާ ދިޔައީ ކޮޓަރިއަށް ދާށެވެ. ކޮޓަރި ދޮރު ހުޅުވާނެ އަތެއް ނެތުމުން ބިސްގަނޑު އިން ތަށިން މަޑު މަޑުން ޓަކި ޖަހާލިއެވެ. އެތެރެއިން މާޒިން އާއި ޔާއިން ހޭންފެށި އަޑު އިވިގެން އަނެއްކާ ކޮންކަމެއް ކުރީބާއޭ ހިތާ އޭނާ އެތެރެއަށް ވަންނަ ހިތްވިއެވެ. އިރުކޮޅެއްނުވެ ދޮރު ހުޅުވުނެވެ. ސުމާ ވަތް އިރު މާޒިން އާއި ޔާއިން ހުރީ އެނދު ކައިރި ސުމާއަށް ފުރަގަސްދީގެންނެވެ. އެމީހުންނާއި ދިމާލަށް ފާޑަކަށް ބަލަންހުރެފައި ސުމާ ގޮސް ތަށިތަށް ކަބަޑުމަތީ ބެހެއްޓިއެވެ. ހިތުން އެދެމީހުން ކޮންމެވެސް ކަމެއް ކޮށްފިކަން ނަގައިގަނެވުނެވެ. ފެންބޮވައިގަނެގެން ކަބަޑުމަތީ އަބަދުވެސް އޭނާ ފެން އަޅާފައި ބަހައްޓާ ފެންފުޅި ނަގާ ތުން ޖަހާލަމުން މާޒިންމެންނާއި ދިމާލަށް ބަލާލިއެވެ. އެވަގުތު މާޒިންއާއި ޔާއިން އެއްވަރަކަށް ސުމާއާއި ދިމާލަށް އެނބުރުނެވެ. އެދެމީހުން ފެނިފައި ސުމާގެ އަނގައިގާ ހުރި ފެންކޮޅުތަށް ޓައިލްސް މައްޗަށް ބުރައިގެން ގޮސް ކޮށިއަރަންފެށިއެވެ. ގަދަކަމުން ކޮށި މައިތިރިކޮށްފައި ކުރިމަތީ ހެވި ދިއްލިފައި ތިބި މާޒިންއަށާއި ޔާއިން އަށް ސުމާ ބަލައިލިއެވެ. އޭރުވެސް އެނާ ހުރީ ދެލޯ ބޮޑުވެ އަންތަރީސްވެފައެވެ.

ޔާއިން އާއި މާޒިން ތިބީ ޓީޝާޓު ދަށަށް ކޮންމެވެސް އެއްޗެއް ލައިގެން ބަނޑު ބޮޑުކަމަށް ހެދިގެންނެވެ. އަސްލަށްވެސް ހީވަނީ ބަނޑުބޮޑުހެންނެވެ. ސުމާ އަނގަމަތީ އަތް އަޅާލައިގެން އަނެއްފަޅިއަށް އެނބުރުނީ ހިނިގަނޑުމަތަ ކުރާށެވެ. ނަމަވެސް އޭނާގެ ހިނިގަނޑު ދިޔައީ ފަޅައިގެންނެވެ. އަނެއްކާވެސް ފަސްއެނބުރި އެދެމީހުންނާއި ދިމާލަށް ބަލާލަމުން އޭނާއަށް ހެވުނެވެ. ސުމާ ކުރިއަށް ފިޔަވަޅެއް އަޅަނިކޮށް މާޒިން އެކަން ހުއްޓުވާ ތަށިމުށިމަތީ ހުރި ފެންތަށް ސާފްކުރިއެވެ. އެއަށްފަހު ސުމާ އެދެމީހުންނާއި ކައިރިކުރިއެވެ.. މާޒިން އޭނާގެ ބަނޑާއި ސުމާގެ ބަނޑު ޖައްސާލަމުން ޔާއިންއަށް ދެއްކިއެވެ. ޔާއިން ވަރަށް ބާރަށް ހޭންފެށިއެވެ. ހަމައެގޮތަށް މާޒިން ޔާއިން އުރާލާ އޭނާގެ ބަނޑާއި ސުމާގެ ބަނޑު ޖެހޭހެން ހަދައިދިނެވެ.. ތިންމީހުން އެ ސަކަރާތުގައި ތިއްބާ ކުއްލިއަކަށް ސިހުނީ ބަޔަކު މާ ގަދަޔަށް ހޭންފެށިއަޑެވެ. ތިން މީހުން އެކީ ދޮރާއި ދިމާލަށް ބަލާލިއިރު ކަމަކު ދާކަށް ނެތެވެ.

މާރިޔާއާއި މާހާ ބިނދި ބިނދިފައި ހެނީއެވެ. ދޮރު ނުލައްޕަ ވަދެވުނުކަން ސުމާއަށް ހަނދާންވީ ދެނެވެ. މާޒިން ގަތް ލަދުން ޓީޝާޓު ތެރެއަށް ކޮށްޕި ބެޑްޝީޓުގަނޑު ނެރުނުއިރު ޔާއިންވެސް އަވަސް އަވަހަށް އޭނާގެ ޓީޝާޓު ތެރެއިން ބޮނޑިކަރުވާފައި އޮތް ބާލިސް އުރަނަގައި އެނދާއި ދިމާލަށް އެއްލާލިއެވެ. މިހާރަކަށް އައިސް މާޒިން އާއި ޔާއިންގެ ހަރަކާތްތަށް ވަރަށް އެއްގޮތެވެ. އެމީހުން ހޭންފެށުމުން ސުމާވެސް ދެރަނުވާން އެމީހުންނާއި ބައިވެރިވިއެވެ.

“ދޮންތަ ނުބުނަމެއްނު ތިންމީހުން މިގޭގައި ބަނޑުބޮޑުކަމެއް..” މާހާ ބުނީ އެތެރެއަށް ވަންނަމުންނެވެ.ެ. މާޒިން ނުވާކަމަށް ހަދާފައި ފޯނާއި ކުޅެންފެށިއެވެ. ޔާއިންވެސް ޓެބްލެޓާއި ކުޅެންފެށީ މާޒިންގެ ހަރަކާތްކޮޕީ ކުރަމުންނެވެ. “ދެންމެ ފޮޓޮއެއް ނެގުނު ނަމަ.. އަޅެ މާޒިން އަދިވެސް އެ ލާބަލަ.. ހާދަ ރީއްޗޭ ބަނޑުބޮޑިވީމަ…” މާހާ އަށް މަޑަކުން ނުހުރެވުނެވެ. މާޒިން ދެލޯ އެޅިއެވެ.. މާރިޔާ ވެސް އެމީހުންނާއި ޖެއްސުން ކުރަންފެށިއެވެ. ސުމާ އިރު އިރުކޮޅާ ހޭންފަށައެވެ. “ބަލާބަލަ ހަމަ ބައްޕަ އުޅޭހެން މިހިރަ އުޅެނީ… މީހަކު އެއްޗެކޭ ކިޔާހެން އޭނާއަށް އަޅެ ހީވޭތަ؟” މާހާ ގޮސް ޔާއިންގެ ބޮލާއި ކުޅެމުން ބުނެލިއެވެ. “އާނ މާޒިންގެ ކަންތަށްވިޔަ ދަސްވެފައި މިހުރީ މިހާރު…. ކުޑަޔަސް ހީވަނީ ހަމަ މާޒިންހެން އުޅޭ ގޮތުން…” މާރިޔާ ވެސް އެ ސަކަރާތުގައި ބައިވެރިވިއެވެ.”ކޮބާ މަގޭ ކަޔާން؟؟” މާޒިން ވާހަކަ އޮޅުވާލަމުން އެހިއެވެ.

“ކަޔާން އެބައޮތް ދޮންތަ ކޮޓަރީގައި ނިދާފައި…. ރީތިކޮށްގެން އަންނަން ކާރަށް އަރާއިރަށް ނިދީ.. ދެން އެހެންވެ މިއައީ ބާއްވާފަ.. ޝަރޫ އެތާ އުޅޭތީވެ މިއައީ މިމީހުން ކޮބައިތޯ ބަލާލަން.. އާއިރު ކަމަކުދާކަށް ނެތް.. ތިން ބަނޑު ފެނުނީ..” މާހާ ހީހީފައި އެހެން ބުންޏެވެ. ސުމާވެސް ހިނިގަނޑުމަތަކޮށްލައިގެން ހުރިއެވެ. “ދޮންތާ! އަހަރެމެންނަށް ނުހީ ތިބެފައި ފޮޓޮއެއްނެގުނުނަމަ ކޮންފަދައެއް.. ގައިމުވެސް އެ ވާނެ ލިބެން އުޅޭ ކުއްޖާގެ ވެސް ހަނދާނުން ނުފިލާނެވަރުގެ ފޮޓޮއަކަށް…” މާހާ އެހެން ބުނެލިއެވެ. ސުމާ އެ ވާހަކައިގައި ޔާއިންއަށް ކާންދެވޭތޯ އުޅުނެވެ. ޔާއިންވެސް މާޒިން ގޮތަށް އިނީ ލަދުގަނެފައި ކަންނޭނގެއެވެ. އަނގައިން ބަހެއްވެސް ބުނެނުލައެވެ.

“އެތިބީ ދެން ލަދުންނޯ..” މާރިޔާ ބުންޏެވެ. “އާނ ދެން މަންމަމެން ނުވާނެއެއްނު އެކަހަލަ ސްޕެޝަލް ވަގުތުކޮޅުތަށް ހަރާބު ކުރާކަށް… ޔާން އާއި ބައްޕިއާއި ވަރަށް ހާލުންނޭ ޕްލޭންކޮށްފަ އެކަން ޓައިމްއަށް ނިންމާލީ ދޯ ޔާން..” ކަޑަނުވާން މާޒިން އެހެން ބުންޏެވެ. ހަވީރު ނިމިގެން ދިޔައީ އެ ވާހަކައިގައި އެމީހުންނަށް ޖެއްސުންކޮށްކޮށް ތިއްބައެވެ. ފަހުން އެމީހުންވެސް ދެރަނުވާން އެކި ވާހަކަ ދައްކަންފެށިއެވެ.

…….

އެ އެންމެންވެސް އިންތިޒާރު ކުރަމުން ދިޔަ ވަގުތު އައީ އޭގެ 4 މަސްފަހުންނެވެ. އެއީ ޑޮކްޓަރު ސުމާއަށް ދީފައިވާ ދުވަހަށްވުރެ ދެދުވަސްފަހެވެ. ބަނޑުގައި ރިހޭވަރުން ރޭގަނޑު ނުނިދިފައި ސުމާ އޮއްވާ ކުއްލިއަކަށް މާ ބާރަށް ރިއްސައިގަތެވެ. އޭނާއަށް އޭރު ސިފަވަމުން ދިޔައީ އޭނާގެ ދޮންތަ އުޅުނު ހާލެވެ. އެވަގުތު ގައިން ހީބިހި ނަގައިގަނެވެ. އޭނާ ބިރުގަތީއެވެ. ދޮންތަ ގޮތަށް މިފަހަރު އެކަން ތަކުރާރުވެއްޖެ ނަމަ ޔާއިން ބަލާނީ ކާކުހެއްޔެވެ؟ ދަރިފުޅު ބަލާނީ ކާކުހެއްޔެވެ؟ މާޒިންއަށް ވާނީ ކިހިނެއްހެއްޔެވެ؟ “ޒިން… މާޒިން.. ތެދުވެބަ..” ސުމާ ބުނެލީ މާޒިންގެ އަތުގައި ހިފާ ތަޅުވާލަމުންނެވެ. އޭނާ މާ ބޮޑަށް ބިރުގަތީއެވެ. މާޒިން ތެދުވީ ކުއްލިއަކަށެވެ. “ވަރަށް ބަނޑަށް ތަދުވޭ އެބަ…” ސުމާ ބުނީ ބަނޑުގައި އަތް އަޅާލަމުންނެވެ. “ވޯޓަރ ބްރޭކް ވީތަ؟” މާޒިން ކޮށްލީ ސުވާލެކެވެ. ސުމާ ނޫނެކޭ ބުންޏެވެ. “އެކަމް ވަރަށް ބޮޑަށް ރިއްސާ.. އެހެން އިރު އިރަށްވުރެ….” ސުމާ ފެންކަޅިވާން ފެށިއެވެ. “ހިނގާ ދާން ހޮސްޕިޓަލަށް…” މާޒިން އެހެން ބުނުމުން ސުމާ ތެދުވެލީ ވަރަށް އުނދަގުލަކުންނެވެ. މާޒިން ޓީޝާޓުލަމުން އައިސް ސުމާގެ އަތުގައި ހިފައި އޭނާއާއި އެއްވަރަށް ހިނގަންފެށިއެވެ. ސުމާ ބަނޑުގައި އަތް ހާކަމުން ދިޔައިރު އެ މޫނުމަތިން ތަދުވާވަރު ސާފުކޮށް އިނގެއެވެ.

މާޒިންގެ ހިތުގައި ޖެހުނެވެ. އެ ވޭން ސުމާ ތަހައްމަލު ކުރުމުގެ ބަދަލުގައި އޭނާ ކުރަންޖެހޭނެނަމައެވެ. އެ ވޭނަށްފަހު އޮތީ ކިތަންމެ އުފާވެރި ދުވަހެއްކަމަކު އެ ވޭން އަޅާވަގުތު އޭނާއަށް ވާނެ އިހްސާސް މާޒިންއަށް އަންދާޒާ ނުކުރެވޭނެކަން އޭނާއަށް އިނގެއެވެ. “އޯކޭ ވާނެ އިނގޭ ހުރިހާ ކަމެއް…. ވޯޓަރ ބްރޭކްވާން ކަންނޭނގެ އެ އުޅެނީ.. ޔޫ ހޭވް ޓު ބީ ބްރޭވް..” މާޒިން ބުނެލީ ސިޑިން ސުމާ ފައިބަން އެހީވެދެމުންނެވެ. “އަޅެ.. ޒިން ވަރަށް ތަދުވޭ އެބަ….. މަންމައަށް ގޮވާބަ..” ސުމާ އިތުރަށް ފިޔަވަޅެއް ނާޅާ ހުރިތާ ހުރެފައި ބުންޏެވެ. އޭރު މާޒިން އުޅުނީ އޭޑީކޭއަށް ގުޅައިގެން އެކަންތަށް ހަމަޖައްސާށެވެ. ސުމާއަށް ދެން ނުހިނގޭނެކަން އިނގި މާޒިން ސުމާ ދެއަތްދަނޑި މައްޗަށް ނެގިއެވެ. އެއިން ކޮންމެކަމަކުންވެސް އޭނާގެ ހަނދާނަށް އަންނަމުން ދަނީ ދޮންތައާއި ދޮންތަބެގެ ފަހު ވަގުތުތަކެވެ.

އޭނާ ބިރުގަންނަ ވަރަކަށް އެ ހިތް ފަޅައިގެން ދާކަހަލައެވެ. މާޒިން ސުމާ ސިޑި ކައިރި ބެހެއްޓުމަށްފަހު ދިޔައީ މާރިޔާއަށް ގޮވާށެވެ. ދެފަހަރު ގޮވާލުމާއި އެކު މާރިޔާ ދޮރު ހުޅުވިއެވެ. “މަންމަ ސުމާ…. ބަނޑަށް ތަދުވަނީއޯ… މިދަނީ ހޮސްޕިޓަލަށް ދާން… ވޯޓަރ ބްރޭކްވާން ކަންނޭނގެ އެ އުޅެނީ..” މާޒިން ބުންޏެވެ. އެނދުމަތީ ނިދާފައި އޮތް ޔާއިންއަށް އެނާ ބަލައިލިއެވެ. “ހުރޭ… ޝަރުމީލާ މިކޮޓަރިއަށް ގެނެއްސަ ދާނީ… ދޭ ސުމާ ކާރަށް ލާން މަންމަ މިދަނީ…” މާރިޔާ އެހެން ބުނެފައި ހިނގައިގަތެވެ. ސިޑިކައިރި ހުރި ސުމާ ކުއްލިއަކަށް އިހްސާސްވީ ދިޔާ އެއްޗެއް ފައިބައިގެން ދިޔަކަހަލަ އިހްސާސްއެކެވެ. ފައިން ތިރިއަށް އޭނާ ބަލާލިވަގުތު ބަނޑުގައި ރިއްސައިގަތީ އެޔެއް މިއެއް ބަލާފައެއް ނޫނެވެ.

“މަންމާ…” ސުމާ ހުރިތަނަށް ތިރިވެވުނީ ތަދުވިލެއް ބޮޑުވެގެންނެވެ. އެދިމާލަށް އައިސް ހުރި މާޒިން ދެލޯ ބޮޑުކޮށްލާފައި ސުމާ ކައިރިއަށް ދުވެފައި ގޮސް އޭނާ ނެގިއެވެ. އޭނާއަށް ވަގުތުން ވީ ގޮތް އިނގިއްޖެއެވެ. “މަންމާ އަވަސް.. ވޯޓަރ ބްރޭކް ވެއްޖެ.. މަންމާ.. އަވަސް…” މާޒިން ސުމާ އޭނާގެ އަތުތެރެއަށް ލަމުން ބުނެލިއިރު އޭނާ ހާސްވާންފެށިއެވެ. ސުމާ ގެންގޮސް ކާރުތެރޭ ބާއްވާފައި މާޒިން އޭނާގެ އަތަށް ހޫނުކޮށް ކޮށް ހުރީ މާރިޔާ އަންނާނެ އިރަކަށެވެ. “ބޭބީ.. ލޯ ހުޅުވައިގެން އޮވޭ.. ބޭބީ… ލޯ ނުމަރަ… ހިތްވަރުކޮށްލާ.. މިއުޅެނީ ދާން.. މަންމާ އަވަހަށް އިނދޭ.. އޭނާ ލޯމެރިޔަ ނުދޭތި…” މާޒިން ސުމާއާއި ވާހަކަދައްކަން ހުރެފައި އެތަނަށް އައި މާރިޔާ ކައިރި އެހެން ބުނެފައި އިށީނދެ ކާރު ސްޓާރޓްކުރަން އުޅުނެވެ. މާރިޔާ ދޮރު ލެއްޕިއަޑަށް އޭނާ ސްޓާރޓްކޮށްލައިފިއެވެ.

ސުމާ ފުންނޭވާ ލަމުން ދިޔައިރު އޭނާގެ ދެލޮލުން ހޯސްލާފައި ކަރުނަތަށް ފައިބައިގެން އާދެއެވެ. އޭނާއަށް ކެތްވަނީކީ ނޫނެވެ. ބިރުގަންނަވަރަކަށް އޭނާ ހާސްވެއެވެ. މާރިޔާ ސުމާ ކައިރި ހިތްވަރުކުރުމަށް ބުނަމުންދިޔައެވެ. މާޒިންގެ ހިތްވެސް ތެޅެމުން ދިޔައެވެ. އެމީހުންނަށް ސުމާ އެ ވިސްނަނީ ކޮންކަމަކާ މެދުކަން ނުވެސް އިނގެއެވެ.

އޭޑީކޭއަށް ދެވުމާއި އެކު އެމަރޖެންސީގައި އޭނާ އެތެރެއަށް ގެންދެވުނެވެ. އެންމެންވެސް ތިބީ ތައްޔާރަށެވެ. މާޒިން އެކަން ކުރީގައި އެންގުމުންނެވެ. މާޒިން ލޭބަރރޫމްގެ ކުރިމަތީ އިނީ މޫނުމަތީ އަތް އަޅާލައިގެންނެވެ. އިރު އިރުކޮޅާ ސުމާ ގެ އަޑުއިވެއެވެ. އެއިންކޮންމެ ފަހަރަކު އެހިތުގައި ހީވަނީ މީހަކު ކަޓަރު އަޅާހެންނެވެ. އޭނާގެ ދެލޯވެސް ކަރުނުން ފުރުނެވެ. ކައިރި އިން މާރިޔާ ދިޔައީ އޭނާއަށް ހިތްވަރު ލައިދެމުންނެވެ. “ހަލޯ ޝަރޫ…. އިރުކޮޅަކުން ދާނެ މުނާ، މުނާ އަތަށް އަހަރެން ކޮޓަރީގެ އެއްކަނެއްގައި ހުރި ވަށިގަނޑު ދީ އިނގޭ.. އޭގައި ހުންނާނެ ބޭބީ ސާމަނު.” މާރިޔާ ފޯނުން ޝަރުމީލާއަށް ގުޅިއެވެ. މުނާ އަކީ މާރިޔާގެ ކޮއްކޮއެވެ. އެއީ މާހާ މަންމައެވެ. މާރިޔާ ހުރީ ދުވަސް ކައިރި ވި ވަރަކަށް ފުރިހަމައަށް ތައްޔާރުވެގެންނެވެ.

30 މިނެޓް ފަހުން ރޫމްތެރެއިން ކުޑަކުއްޖެއް ރޯލި އަޑުއިވުމާއި އެކު މާރިޔާއާއި މާޒިން އެކަކު އަނެކަކާއި ދިމާލަށް ބަލައިލެވުނެވެ. އޭރު މުނާވެސް ކައިރި އިނެވެ.  މާޒިން ގެ ގައިގާ މާރިޔާ އޮޅުލައިގަތެވެ. އިރުކޮޅެއް ތެރޭ ނަރުހަކު ނިކުތެވެ. އޭނާގެ ފަހަތުން އެހެން ނަރުހަކު ނިކުތްއިރު އޭނާގެ އަތުގައި ހުދު ފޮތިގަނޑަކުން އޮޅާލެވިފައި އޮތީ ޕިންކު ކުލައަކަށް ދާ ލޯބި ލޯބި ކުއްޖެކެވެ. މާރިޔާ އާއި މާޒިން އެދިމާލަށް ދިޔައެވެ. މުނާވެސް ތެދުވެފައި އެދިމާލަށް ދިޔައެވެ. “މަރުހަބާ… އަންހެންކުއްޖެއް… މަންމަގެ ހާލު ރަނގަޅު… އިރުކޮޅަކުން ހަމަޖެއްސި ޕްރައިވެޓް ރޫމްއަށް ގެންދެވޭނެ…” ނަރުސްކުއްޖާ އެހެން ބުނެފައި މާރިޔާގެ އަތުތެރެއަށް އެ ކުއްޖާ ލިއެވެ. މާރިޔާ އެ ކުއްޖާއާއި ދިމާލަށް ބަލަން ހުރިއިރު ދެލޮލުގައިވަނީ ކަރުނައެވެ. “ދޮންތާ… މަރުހަބާ.. މާމައަކަށް ވީއޭ..” މުނާ މާރިޔާގެ ގައިގާ އޮޅުލާގަތް އިރު އެ ދެލޮލުގައިވެސް ވަނީ ކަރުނައެވެ.

“މާޒިން.. ދަރިފުޅާ…. މަރުހަބާ…” މާރިޔާ މާޒިން އަށް އެ ކުއްޖާ ދައްކާލަމުން ބުންޏެވެ. މާޒިން އެ ކުއްޖާގެ ކުޑަކުޑަ މޫނަށް ބަލައިލުމަށްފަހު ނިތުގައި ތުންފަތް ޖައްސާލިއެވެ. މާރިޔާ މާޒިންގެ އަތުތެރެއަށް އެ ކުއްޖާ ލުމާއި އެކު މާޒިންއަށް ހީވީ ހުރިހާ އުފަލެއް ލިބުނުހެންނެވެ. ފުރަތަމަ ދަރިފުޅުކަމަށް ގަބޫލުކުރާ ޔާއިން ވެސް ލިބުނީ އަމިއްލައަށް ހިނގަންފެށިފަހުންނެވެ. މީ އަލަށް ކުރާ ތަޖުރިބާއެއްކަމުން އޭނާ ހުރީ އުފަލުން ފޮޅިފައެވެ. “ޔާން ވަރަށް އުފާވާނެ.. ޔާން ބޭނުންވެސް ވީ ބޭބީ ގާލް އެކޭ ބުނީ…” މާޒިން ގޮނޑީގައި އިށީންނަމުން ބުނީއެ މައުސޫމްކަމުން ފުރިފައިވާ އޭނާގެ ދަރިފުޅަށް ބަލަމުންނެވެ.

“އަސްލުވެސް.. ޔާން ހަމަ އުފަލުން މޮޔަވާނެ.. އަޅެ މުނާ ބުނެބަލަ، ވައްތަރު ކަމެއް އެބަހުރި ދޯ އަހަރެމެންގެ ސުމާއާއި…” މާރިޔާ ބުންޏެވެ. އެހާއަވަހަށް ވައްތަރުވެސް ކިޔަން ފެށުނީއެވެ. މާޒިންއަށް ހެވުނެވެ. އެވަގުތު ރޫމްއަށް ބަލައިލެވުނީ ސުމާގެ ހާލެއް އިނގެން ބޭނުންވާތީއެވެ. “މަރުހަބާ ޑޮކްޓަރ މާޒިން…. އަންހެނުންވެސް އިރާދަކުރެއްވިއްޔާ ރަނގަޅު…” ލޭބަރ ރޫމް އިން ނިކުތް އަންހެން ޑޮކްޓަރ ބުންޏެވެ. އެއީވެސް އޭނާގެ އެކުވެރިއެކެވެ. “ޝުކުރިއްޔާ…” މާޒިން ބުންޏެވެ. “ކޮންއިރަކުން އޭނާ ނެރޭނީ؟” މާރިޔާ އެހިއެވެ. “އިރުކޮޅަކުން ނެރެވޭނެ…. ސިސްޓަރ… ޕޭޝެންޓް ގެންދިޔުމުގެ ކުރިން ރޫމްނަމްބަރު މި މީހުންނަށް ބުނެދެއްޗޭ..” އެ ޑޮކްޓަރ އެހެން ބުނެފައި މާޒިން ގެ ކައިރިއަށް އައިސް ދަރިފުޅަށް ބަލައިލިއެވެ. “ޑރ. މާޒިންވެސް މިހާރު ބައްޕައަކަށް ވީ އޭ ދޯ…. މަރުހަބާ އެންމެންނަށްވެސް…. އެކަމް ބުނަން ދަރިފުޅު ނެތް މާޒިންގެ އެއްވެސް ވައްތަރުކަމެއް.. ހީވަނީ ހަމަ އަންހެނުންހެން…” ޑޮކްޓަރު ސަމާސާކޮށްލާފާ އެތަނުން ދިޔައެވެ.

“އަޅެ މަންމާ އަހަރެންނާއި ހަމަ ވައްތަރު ނޫނީތަ؟” މާޒިން ބުނެލީ ހިނިއައިއްސާއެވެ. “އާނ… ހަމަ އަހަރެންގެ ސުމާ ވައްތަރު ޖަހަނީ…” މާރިޔާ މާޒިންއާއި ދިމާކުރަންވެގެން އެހެން ބުންޏެވެ. ނަރުސް ކުއްޖާ އެމީހުން ރޫމްއަށް ގެންދިޔައެވެ. މާ ގިނައިރުތަކެއް ނުވެ ސުމާވެސް ގެނެވުނެވެ. ސުމާ އޮތީ ލޯމަރާލައިގެންނެވެ. އެއްއަތަށް އައިވީ ގުޅާފައި ވާއިރު އެ މޫނުމަތިން އަދިވެސް ވަރުބަލިކަން ފާހަގަވެއެވެ. އޭނާ ލަމުން ދިޔައީ ފުން ނޭވާތަކެކެވެ. އޭރު ދަރިފުޅު ކުޑަ އެނދެއްގައި ވަނީ ބާއްވާފައެވެ. ސުމާ ކޮޓަރިއަށް ގެނެވުނުއިރު މާޒިން އާއި މާރިޔާ ތިއްބެވެ. މުނާ ވެސް ހުއްޓެވެ. “ދަރިފުޅޫ… މަންމަގެ ސުމް ކަހަލަ ލޯބި ލޯބި އަންހެން ކުއްޖެއް ލިބުނީ.. މަރުހަބާ..” މާރިޔާ ސުމާގެ ބޮލުގައި ފިރުމާލަމުން ބުންޏެވެ. ސުމާ އޭރު އޮތީ ބުރުގާ ނާޅާ ކަމުން އޭނާގެ ފަން އިސްތަށިގަނޑު ވަނީ އައްސާލެވިފައެވެ. މާރިޔާ ވަރަށް ބަލައިގެން އިސްތަށިގަނޑު ނައްޓުވާލާ ނިއުޅާލާފައި ބޭއްވީ ސުމާއަށް ފަސޭހައަކަށެވެ. ސުމާ ހިނިތުންވެލިތަން ފެނުނެވެ. ނަމަވެސް އެ ދެލޯ ހުޅުވާނެހާ ވަރު އޭނާގެ ނެތީކަންނޭނގެއެވެ.

މާރިޔާ މާޒިންއަށް އައުމަށް އިޝާރާތް ކުރުމަށްފަހު މުނާ އާއި އެކު ނިކުތީ 2 މިނެޓޭ ބުނެފައެވެ. އެދެމީހުންނަށް ވަގުތުކޮޅެއް ދޭށެވެ. މާޒިން އައި ގޮތަށް އައިސް އޮށޯވެ އޮތް ސުމާގެ ގައިގާ އޮޅުލައިގަތެވެ. އޭނާ ހާސްވީވަރު ދެނެވޮޑިގެންވާނީ ހެއްދެވި ރަސްކަލާނގެއަށެވެ. މާޒިން ސުމާގެ މޫނުމަތީ ބޮސްދޭންފެށުމުން ސުމާ ހިނިތުންވެލާފައި ލޯ ހުޅުވިއެވެ. އެވަގުތު ކަރުނަތަށް އެ ދެލޮލުން ފައިބައިގެން ދިޔައެވެ. މާޒިން ހިނިތުންވެލާފައި ކަރުނަތަށް ފޮހެދިނެވެ. އަދި ގޮނޑީގައި އިށީނދެ ސުމާގެ އަތުގައި ހިފަހައްޓާލިއެވެ. “ބޭބީ…. އައި ލަވް ޔޫ…” މާޒިން ސުމާގެ އަތަށް ބާރުކޮށްލަމުން ބުނެލީ އެ އަތުގައި ތުންފަތް ޖައްސާލަމުންނެވެ. އޭނާއަށް ވާނަމަ ހަމަ މިގަޑީގައި ސުމާ ނަގާފައި އެ ދެއަތުތެރެއަށް ލީހެވެ. ނަމަވެސް އެކަން ކުރަން މީ ރަނގަޅު ގަޑިއެއް ނޫންކަން އޭނާއަށް އިނގެއެވެ.

މާރިޔާ އާއި މުނާ އިރުކޮޅަކުން ވަނެވެ. މާޒިން ނިކުތީ ޑޮކްޓަރާއި ވާހަކަދައްކާލާށެވެ.

ނިދިފައި އޮތް ކުޑަ ކުޑަ ފުރާނަ ސުމާގެ އަތަށް ލީ ހިނދު ކުރީ ތަފާތު އިހްސާސްއެކެވެ. ވޭނާއި ތަހައްމަލުކޮށްގެންވެސް ދޮންތައަށް މިވަގުތުކޮޅުގެ ހާއްސަކަން ނުލިބުމުން ރޮވުނެވެ. ފަހުނޭވާއި ގެ ކުރިންނަމަވެސް މި ހާއްސަވަގުތުކޮޅު ތަޖުރިބާކޮށްލެވުނުމުގެ ފުރުސަތު ލިބުނުނަމަތާއެވެ. މާރިޔާ ސުމާގެ އަތުތެރޭ އޮތް ކުޑަ ކުޑަ ކުއްޖާގެ ބޮލުގައި ހިފަހައްޓާލައިގެން އިނީ ސުމާއަށް ފަސޭހައަކަށެވެ. މައިވަންތަކަމުގެ ލޯބި އެންމެ ފުރިހަމައަށް އިހްސާސްވާ ހިނދަކީ މިއީއެވެ. ސުމާއަށް އެކަން ފުރިހަމައަށް ލިބިގަނެވުނެވެ.

……

ފަތިހެވެ. ޝަރުމީލާ އާއި އެކު ޔާއިން ހޮސްޕިޓަލަށް އައެވެ. އޭނާ ހުރީ ކެތްމަދުވެފައެވެ. ކޮޓަރިއަށް ވަދެ އެންމެ ފުރަތަމަވެސް ހޯދީ ސުމާއެވެ. “މަންމީ….” ޔާއިން އައިސް ސުމާގެ އެނދުކައިރި މަޑުކުރިއެވެ. އެވަގުތު ސުމާ ކައިރި ލޯބިކޮށް ނިދާލާފައި ތުއްތު ކުއްޖާ އޮތެވެ. ސުމާ އިނގިލި ތުންފަތުގައި ޖައްސާލީ އަޑުގަދަނުކުރުމަށް ބުނެފައެވެ. “މަންމީ… ޑޮކްޓަރ ދިނީތަ މަންމިއަށް ކޮއްކި؟” ވައި އަޑުން ޔާއިން ބުނެލުމުން ސުމާ ބޯޖަހާލިއެވެ. މާޒިން ހެމުން އޭނާގެ އުނގުގައި ޔާއިން ބޭންދިއެވެ. “މަންމި ބަނޑު ދެން ނީންނާނެތަ؟ ކީއްވެ އެހެން އެވީ؟ ޑޮކްޓަރ މަންމި ބަނޑުން ކޮއްކޮ ނެގީތަ؟” ޔާއިންގެ ސުވާލުތަށް ކުރިމަތިވެގެން ދިޔައެވެ. “ހުމް..މަންމި ބަނޑުން ޑޮކްޓަރ ކޮއްކޮ ނެގީ.. އެހެންވެ މަންމި ބަނޑު މިހާރު ނެތީ…” މާޒިން ޖަވާބު ދެމުން ޔާއިންގެ ގައިގާ ބައްދާލިއެވެ. “ޔާން ބޭނުންވީ ޕްރިންސެސްއެއްނު ދޯ.. ބަލާ.. ހަމަ ކުޑަ ކުޑަ ޕްރިންސެސް އެކޭ ލިބުނީ… އެހެންވީމަ އެ ވީގޮތް އިނގިއްޖެތަ ޔާންއަށް؟” މާޒިން ބުނެލުމުން ޔާއިން އެ ވީގޮތަކީ ކޮބައިތޯ ސުވާލުކުރިއެވެ. ސުމާ އެއްއަތް މައްޗަށް އޮތީ އެދެމީހުން ދައްކާ ވާހަކަ އަޑުއަހާށެވެ. އޭރު އޭނާގެ ތުންފަތް މަތީ ވަނީ ހިނިތުންވުމެކެވެ.

“މަންމި އަކީ ކުއީން.. ބައްޕި އަކީ ކިންގް. ދެން ޔާން ތީ ޕްރިންސް.. އެއޮތީ ލޯބި ލޯބި ޕްރިންސެސް.. އޭރުން ފުރިހަމަވީނު ކިންގްޑަމް ދޯ ޔާން؟” މާޒިން އެހެން ބުނުމުން ޔާއިން އަނގަހުޅުވާލާފައި އާއެކޭ ބުނީ އުފަލުންނެވެ. “މަންމީ… ޔާންވެސް ހަމަ މިގޮތަށްތަ އޮތީ؟ ހަމަ މިހެންތަ މަންމި ބަނޑުން ޑޮކްޓަރު ނެގީ؟ ކޮއްކޮ ގޮތަށް ޔާންވެސް މަންމި ބަނޑުތެރޭ ވަރަށް ގިނަދުވަސް ވަންދެން އޮތްތަ؟” ޔާއިންކޮށްލި ސުވާލުން ސުމާގެ ހިނިތުންވުން ފަނޑުވިއެވެ. އޭނާ މާޒިންއަށް ބަލައިލީ ފެންކަޅިވެފައި ހުރެއެވެ. ދޭނެ ޖަވާބެއް އޭނާއަށް ނޭނގުނީއެވެ. ތުންފަތުގައި ދަތް އަޅާޅެވުނީ ރުއިން ކޮންޓްރޯލްވޭތޯއެވެ.

“މާމަގެ ޔާން….” އެވަގުތު މާރިޔާ ދޮރުމަތީ ހުރެ ޔާއިންއަށް ގޮވާލާފައި އެތެރެއަށް ވަނެވެ. އޭނާ ކުރި ސުވާލުތަށް މާރިޔާއަށް ސާފުކޮށްއިވުނެވެ. “ޔާންވެސް ހަމަ އެގޮތަށޭ އޮތީ… ހަމަ އެގޮތަށް ލޯބިކޮށް… މަންމިއަތަށް ޔާން ދިނީވެސް ހަމަ ޑޮކްޓަރޭ…” މާރިޔާ ބުންޏެވެ. ސުމާ ހަމމަޖެހުނީ ދެނެވެ. މާރިޔާ އައިސް ޔާއިން އަށް އެ ތުއްތު ކުއްޖާ ކައިރިން ދައްކާލިއެވެ. “މާމާ އަތްލަންތަ ކޮއްކި ގައިގަ؟ ހީވަނީ ޕިންކީއެއްހެން ދޯ…” ޔާއިން އެހެން ބުނުމުން މާރިޔާ ހީލާފައި ޔާއިންގެ އިނގިލި އެ ކުއްޖާގެ ކޮލުގައި ޖައްސާލަދިނެވެ. ޔާއިން ވަރަށް އުފާވިއެވެ. “ކީއްވެފަ ކޮއްކޮ ފޫޅަށް އޭނީ؟” ޔާއިން އަހާލީ ފޫޅަށް އިޝާރާތްކުރަމުންނެވެ. އޭރު ސުމާ އޮތީ ފުންވިސްނުމެއްގައެވެ. މާޒިން އިނީ ޔައިންގެ ހަރަކާތްތަކަށް ބަލާށެވެ. އެހާއަވަހަށް ކޮއްކޮ ދެކެ ލޯބިވާން އެފެށީއެވެ.

“ހިނގާ ޔާން ދާންދޯ.. ދެން އަންނާނީ ކޮއްކޮ ހޭލީމަ.. ޔާން ޖެހޭނެއެއްނު ސުކޫލަށްވެސް ދާން ދޯ… ހިނގާ އަވަހަށް…” މާރިޔާ ލޮލުގެ އިޝާރާތުން މާޒިންއަށް ސުމާ ދައްކާލުމަށްފަހު ޔާއިން ގޮވައިގެން ދިޔައެވެ. ޔާއިން ދިޔުމާއި އެކު ސުމާ ފުން ނޭވައެއް ދޫކުރިއެވެ.

މާޒިން މަސައްކަތަކަށް ދެންވީ ސުމާ ހިތްހަމަޖައްސައިދިނުމެވެ. “އެންމެން ބުނަނީ ސުމް އާއި އޭ ވައްތަރީ… އަސްލުވެސް ވައްތަރޭ ދޯ..” މާޒިން އެހެން ބުނުމުން ނިދާފައި އޮތް ދަރިފުޅަށް ސުމާ ބަލައިލިއެވެ. މާޒިން ވާހަކަ އޮޅުވާޅުމުގެ ސަބަބުން އޭނާގެ ސިކުނޑި އެހެން ވިސްނުމަކަށް ބަދަލުވިއެވެ. “ކޮން ނަމެއްތަ ކިޔާނީ؟ ސުމް ބުނި ސަޕްރައިޒް އެކޭ… ދެން މިހާރު ބުނަންވީނު..” މާޒިން ބުންޏެވެ. “ހުމްމް.. އަންހެންވެސް ފިރިހެންވެސް 2 ނަން ރީތިވީ.. ދެން ޒިން ވީ އެތަނުން އެކަތި ނަގަން…. ގާލް އަކަށް ނެގީ… ޔައިނާ… ޔުމްނު.” ސުމާ ބުނެލިއެވެ. “ޔައިނާ ވަރަށް ލޯބި… ޔާއިންއާއިވެސް ގުޅެއެއްނު…” މާޒިން އެހެން ބުނުމުން ސުމާ އާއެކޭ ބުންޏެވެ.

“އައިމިނަތު ޔައިނާ… ވަރަށް ލޯބި… އަހަރެމެންގެ ޔާއިންއަށް އާއި މި ދަރިފުޅާއި އެއްވެސް ތަފާތެއް ކުރާކަށް ބޭނުމެއްނޫން.. ޔާއިންއަށް މުހައްމަދު ޔާއިން ކީހެން، މި ދަރިފުޅަށް އައިމިނަތު ޔައިނާ.. ދޯ ބޭބީ؟ މާޒިން އޭ ނުލިޔުނަސް އެދެމީހުންގެ ބައްޕައެއް ގޮތުގައި ހަމަގައިމުވެސް ހުންނާނެ ދޯ..؟ އަހަރެން ބޭނުމެއްނޫން ފަހުން ޔާއިންގެ ފަރާތުން އެކަހަލަ ސުވާލެއް މެދުވެރިވާކަށް..” މާޒިން އެހެން ބުނުމުން ސުމާ އެކަމަށް އެއްބަސްވީ އެއީ އެންމެ ރަނގަޅު ގޮތްކަމުގައި ދެކިފައެވެ.

 

ހަފްތާއެއް ނުވަނިސް ސުމާ ހޮސްޕިޓަލުން ދޫކޮށްލެވުނެވެ. ގެއަށް ހީވަނީ ބަހާރުމޫސުމެއް އައިސްގެން އުޅޭހެންނެވެ. ޔާއިންވެސް އުފަލުން ދެފައި އެއްތާނުޖަހައެވެ.

އެ ދަރިފުޅަށް “އައިމިނަތު ޔައިނާ” ކިޔާ އެންމެންނަށްވެސް ކެއުން ބެހީ މާރިޔާ ވަރަށް ފޯރިއާއި އެކުގައެވެ. އެންމެންވެސް އަޒުމް ކަނޑައެޅީ ޔައިނާ އާއި ޔާއިން އާއި މެދު އެއްވެސް ތަފާތުކުރުމެއް ނުބާއްވާށެވެ. ޔާއިންއަކީ އެދެމީހުންގެ ފުރަތަމަ ދަރިފުޅުކަމާއި ޔައިނާ އަކީ ކުޑަ ދަރިފުޅުކަމަށް ނިންމާ އެންމެންވެސް އެކަމަށް އެއްބަސްކުރުވިއެވެ.

……………………………………………………………………………………………………….

20 އަހަރު ފަސް…

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ryn

100 Stories10 Stories1K Comments500 Comments100 Comments100 Login

Hello! I love reading stories and writing obv. I hope my stories will make you happy. Don't forget that reading is what gives you more knowledge about the world. Don't stop reading. Visit my facebook page RYN'S stories. Thankyou

Other Articles

Previous

ރޯލީމޭ (02)

Next

ފުން ލޯބި (20)

Next
February 21, 2017

ފުން ލޯބި (20)

Previews
February 21, 2017

ރޯލީމޭ (02)

20 Comments!

  1. Ryn says:
    February 21, 2017 at 12:59 pm

    Salaam and Good afternoon. Mi storyga himeneny 22 parts but i guess baeh than than jeheyhen remove khlan edit vx khlan ehnve maybe parts eah vure madhuvedhaane ingey? So hope like vaane kamah. Maa gina time eh nulibey kiyaalaakah and edit khlaakah.. Mathi mathin balaalaafa baeh hisaabu huhnaany remove vx khlaafa to make it look nice. So hope its nice.. tc. .see u guys next thursdayga.. till than tc.. ly guys 🙂

    1. Nanna says:
      February 21, 2017 at 4:00 pm

      Ryn dear, 5 months fahun vyma suma bandah vaane 6 months. Bcox pregnancyga days calculate kurany from LMP, nt from the day u miss ur period..

  2. lara says:
    February 21, 2017 at 1:33 pm

    v salhi

  3. 404Error says:
    February 21, 2017 at 1:34 pm

    wow ?? salhi eve.

    .
    ..
    …
    ….
    …..
    ……
    …….
    ……..
    ………
    ………..

  4. liyaa says:
    February 21, 2017 at 1:38 pm

    vvv reethi story.??

  5. Aalo says:
    February 21, 2017 at 1:46 pm

    This story is damn awsome
    Waiting for the next part
    Ryn u r the best

  6. Kitty says:
    February 21, 2017 at 1:50 pm

    Vrh reethi.. waitin..
    Ur the bst ryn??

  7. Aisha says:
    February 21, 2017 at 2:34 pm

    Ban’du nueh inaane Ryn kakulaa hamaalah araa egothakah nuliyeveyne. Varah majaa ehen liyefa otheyma nubai maanaeh dheyhavany. Bisgadaa thatta dheythi iny koniraku tha Ryn majaley dho fisaari. liyun ragalhuthoo nubalai avahah upload kureveythoo balany .dhivehibahah huthuru kuranthaulheny baeh liyun therin.

  8. Aisha says:
    February 21, 2017 at 2:42 pm

    Konmes dhekudhin thafaathu nukuraathi.. Varah asarukuraane eyrun.. Aneh bai kiyan kehmadhuvefa mihiriee

  9. Brainless says:
    February 21, 2017 at 2:44 pm

    Ohh wow.. I just love it ryn..dhn yainaa huhnaanee big girl akah vefa dhw.. Next part vvvvvvvvv kiyaahiy vehje.. And ryynn me ahh wish ehh nukuraanan tha..??
    Its my birthday eyy..
    And vaahaka vvvvvvvvvvvv lwbi..??????????????????????????????????

    1. Ryn says:
      February 21, 2017 at 3:06 pm

      Hey. Bbg thank you and I didn’t know it’s ur b day.. ?? sorry aaaanddd a very very very happy b day darling. ?? hope u will enjoy ur day. May God bless u. ?❤✨ and thankxx for alwaysssss commenting one of the best and sweet comments. ???

  10. Ryn says:
    February 21, 2017 at 3:02 pm

    Thank you guys and aisha I will keep that in my mind ingey. ?❤

  11. ? says:
    February 21, 2017 at 4:25 pm

    ????riithi?

  12. Someone says:
    February 21, 2017 at 7:33 pm

    Wow… Masha Allah….. Varah loabi mi part(^.^)

  13. ?? says:
    February 21, 2017 at 7:37 pm

    ????????woahh.. Nice and waiting v bwkoh ????????

  14. R...a says:
    February 21, 2017 at 8:50 pm

    Adk ga vadheveyne vihsaakotariyah firimeehaayah nunee mamma ah nunee maidhaatha ah….

  15. Inu says:
    February 21, 2017 at 11:18 pm

    20 aharu fahun ma kohllanan share… Heheh v salhi

  16. Inu says:
    February 21, 2017 at 11:19 pm

    20 aharu fahun ma kohllanan share… Heheh v salhi Yaina v salhi name ma namuga fahathuga innany Ina pis pis

  17. Yalv says:
    February 22, 2017 at 3:05 pm

    20 aharu fahun yaain & yainaa 2 kudhin rahtehi vaany kan yageen ?

  18. mishel says:
    February 23, 2017 at 12:44 pm

    Ryn upload soon plx

Comments are closed.

Next Episodeއިންތިޒާރުގައި ހުރިން 5←


All Right Reserved!