ހިމޭނުން އިނދެ އައިމަން ކުރިއަށް އޮތް އަހަރުގެ ޖެނުއަރީ މަހުގެ އިމްތިޙާނަށް ވެސް ތައްޔާރުވާން އުޅޭތަން ނުފެނުމުން އަޒާން އިތުރަށް މާޔޫސްވިއެވެ. އޭނަގެ މޮޅު، ހީވާގި ކޮއްކޮއަށް ކިހިނެއްވީބާއޭ އޭނަގެ ހިތަށްއަރަންފެށިއެވެ.
ލަންކާއިން އަނބުރާ އައިތާ މާ ގިނަ ދުވަހެއްނުވެ މަންމައާއި ބައްޕަ އޭނަ ކައިރިއަށް ކައުންސެލަރަކު ގެނައުމުން އެމީހުން އޭނައާއިމެދު ކަންބޮޑުވާ މިންވަރު އައިމަނަށް އަންދާޒާ ކުރެވުނެވެ. އެހެނަސް ނޭނގޭ ސަބަބަކާހުރެ އޭނަ ދެންވެސް ވާހަކަ ދައްކާކަށް ބޭނުމެއްނުވިއެވެ. އެއްވެސް ކަމެއް ކުރާކަށް ހިތް ނޭދުނެވެ. އަމިއްލަ ގޭގެ ހިތްގައިމު މާޙައުލުގައި ކައުންސެލިންގް ދެވެން ފެށިއެއްކަމަކު އައިމަނަށް އެއިން އެއްވެސް ފައިދާއެއް ކުރާކަމަކަށް ނުވިއެވެ. ވާނީވެސް އެހެންތާއެވެ. ކައުންސެލަރުގެ ގިނަ ވާހަކަތަކަށް އޭނައަށް ސަމާލުކަން ދެވޭ ގޮތެއްވެސް ނުވިއެވެ. އޭނަގެ ސިކުނޑީގައި ހުއްޓުމެއްނެތި ގުގުމަމުން ދިޔައީ އެރޭ ޝިޔާގެ ބައްޕަ އޭނައާއި ދިމާލަށް ބުނެލި ބަސްތަކެވެ. ލޮލަށް ސިފަވަމުން ދިޔައީ އޭނަ އެ ބައްޕައާއި ދެކޮޅަށް ވާހަކަ ދެއްކުމުން ވެސް ޝިޔާ ބައްޕަގެ ކޮޅު ޚިޔާރު ކުރުމުންނެވެ. އޭގެ މާނައަކީ ޝިޔާ އޭނަދެކެ ލޯބިނުވުންހޭ އައިމަންގެ ހިތަށްއަރަމުން ދިޔައެވެ. އެހެނަސް އެރޭ ޝިޔާ އޭނައާއި ވާހަކަ ދެއްކީ ހާދަ ޖަޒުބާތާއިއެކީގައެވެ. އެއީ ޝިޔާ އޭނަ އޮޅުވާލަން ދެއްކި ދަޅައެއް ހެއްޔެވެ؟ އޭނަގެ އެކުވެރިން ބުނާހެން އެންމެ ފަހުން އޭނަގެ ޙަޔާތަށް ވެސް ކެހިވެރިކަމުގެ ބާބެއް އައީ ހެއްޔެވެ؟ ސިކުނޑިއަށް ވެރިވަމުން ދިޔަ ސުވާލާއެކީ ޝިޔާގެ ބައްޕަ އޭނަ ކޮއްޕަމުން ގޮސް އެ ގޭގެ ކުރިމަތީގައި އޮތް ވިނަގަނޑުމައްޗަށް ވައްޓާލި މަންޒަރު ލޮލަށް ސިފަވެގެން ދާ ކޮންމެ ފަހަރަކު އައިމަންގެ ހިތުގައި ނަފްރަތުގެ އަލިފާންގަނޑެއް އުފެދެއެވެ. އޭނައަށް އެފަދަ ޙާލެއް ޖައްސަން އެ ޝިޔާމެންނަކީ ވަކި ކޮންބައެއް ހެއްޔެވެ؟ އޭނައަކީ ކާކުކަން އެމީހުންނަށް ނޭނގެނީ ހެއްޔެވެ؟ އާނއެކެވެ. އޭނަގެ ޒާތު އަދި ޝިޔާއަށް ވެސް ޝިޔާގެ ބައްޕައަށް ވެސް ނޭނގެނީއެވެ. އޭނައަކީ ކާކުކަން އޭނަ އެމީހުންނަށް ދައްކާލާނެއެވެ. އެ ޚިޔާލާއެކީ އައިމަން އަނެއްކާވެސް އަމިއްލަ ފައިމައްޗަށް ކޮޅަށް ތެދުވެ އާ ފެށުމަކުން ފަށަން ބޭނުންވިއެވެ. އޭނަ މީހުންނާއި ހިނިތުންވުންތަކާއެކީ ކުރިމަތިލައި ކުރިއަށް އޮތް އިމްތިޙާނަށް ތައްޔާރުވާން ފެށި ގޮތުން މިއީ ކައުންސެލިންގްގެ ހެޔޮ ބަދަލުތައް ކަމަށް އޭނަގެ ޢާއިލާއިން ނިންމިއެވެ. އެއީ ތެދަކަށް ވެސް ވެދާނެއެވެ. ކައުންސެލަރު ދެއްކި ވާހަކަތަކުގެ ތެރެއިން އޭނައަށް އޭނަގެ މާޒީ ހަނދާން ނައްތާލެވިދާނެކަމަށް ތަކުރާރުކޮށް އެ ކައުންސެލަރު ބުނެލި ވާހަކަ ތަކުން ޝިޔާ ހަނދާން ނައްތާލުމަށް އައިމަނަށް ހިތްވަރެއް ލިބުނެވެ. ހިނިތުންވެ އެހެން އަންހެން އެކުވެރިންނާއެކީ މަޖާކޮށް ލޯބީގެ ލަވަތައް އަޑުއަހަން ފެށުމުން އަނެއްކާވެސް އައިމަންގެ ޚިޔާލުތައް ޝިޔާގެ ސޫރައިން ފުރިގެން ދިޔައެވެ. އަދި އަމުދުން އިސްލާމް މާއްދާ މުތާލިޢާ ކުރާއިރު ޝިޔާގެ މަތިން ހަނދާންވަނީ އަމަށަކު ވަރަކަށް ނޫނެވެ. “ހިދާޔަތާއި” މާތް ﷲ ދެއްވާނެ “ޖަޒާ”ގެ ވާހަކަ ކިޔަން އައިމަނަށް އިނދެވެނީ ހަމަނުޖެހިފައިވާ ހިތަކާއިއެކީގައެވެ. އެއީ އޭނަގެ ޢުމުރުންވީ ސަތާރަ އަހަރުގައި ވެސް ރަނގަޅަށް މާނަ ނޭނގި ހުރި ބަސްތަކެވެ. މާނަ ހޯދާކަށް ވެސް އޭނަ މަސައްކަތެއް ނުކުރެއެވެ. އެ އެއްޗެހި ނުބަލައި ދަސްކޮށްގެން މާއްދާއިން އޭ ސްޓާރ ލިބި ގަދަ ދިހައިގައި ހިމެނުމުން އެ ނިމުނީ ނޫންހެއްޔެވެ؟ ރަނގަޅަށްވިއްޔާ އެއީ ވަކި އެހާ ފުން މާނަތަކެއްވާނެ ބަސްތަކެއްނޫނެވެ. ވަކިން ޚާއްސަކޮށް ހިދާޔަތަކީ ކޯޗެއްތޯ އައިމަންގެ ހިތަށްއަރަމުން ދިޔައެވެ. ޝިޔާ އޭނައަށް ހިދާޔަތް ލިބުނު ދުވަހަކުންނޭ ބުނި ހަނދާންވެފައި އެއީ ކޮންމެވެސް ތަނަކުން ގަނެވިދާނެ އެއްޗެއްހޭ އައިމަންގެ ހިތަށްއަރަމުން ދިޔައެވެ. އެހެންނޫނީ އެއީ ކޮންމެވެސް ޝަރީޢަތަކަށް ގޮސް ސޮއިކޮށްގެން ލިބޭ ބީދައިން ލިބޭނެ އެއްޗެއް ހެއްޔެވެ؟ ކުލާސްތަކުގައި ކިޔެވި ކިޔެވުމުން ވެސް އޭނައަށް އެކަމެއް ސާފެއް ނުވިއެވެ. އޭނަ އިތުރަށް ސާފުކުރާކަށް ވެސް ބޭނުމެއްނުވީ އޭނަ އޭނަގެ ސިކުނޑި އެއްޚިޔާލަކުން ބަންދުކޮށްލަން ބޭނުންވީތީވެއެވެ. އެ ޚިޔާލަކީ ޝިޔާއަށް ވެސް ޝިޔާ އެރޭ ދެއްކި ވާހަކަތައް ސާފެއްނުވާކަމެވެ. ޝިޔާ އެ “މުސްކުޅި” ބަސްތައް ބޭނުންކޮށްގެން ވާހަކަ ދެއްކީ އޭނަ ހައްދާލަންކަމަށެވެ. އެ ބަސްތައް މުސްކުޅި ބަސްތަކެއްގެ ގޮތުގައި އައިމަނަށް ސިފަވީ، އަބަދުވެސް ދީނީ ވާހަކަތައް ދެއްކުމުގައި އެންމެ ކުރީގައި ތިބޭތަން އޭނައަށް އެންމެ ގިނައިން ފެންނަނީ މުސްކުޅިން ކަމަށްވާތީވެއެވެ. ކާފަމެންނާއި މާމަމެންގެ ދީން ފަތުރަން އެ ޅަ ޢުމުރުގައި ޝިޔާ އެ މަސައްކަތް ކުރަނީ ކީއްވެ ހެއްޔެވެ؟ އެ ދީނާއި ނުލާ އުޅެންވުމުން އޭނައަށް ލިބޭނީ ހިތްދަތި ޙަޔާތެކޭ ޝިޔާ ބުނީ ކީއްވެ ހެއްޔެވެ؟ ހިތަށްވެރިވި އެ ސުވާލާއެކީ ނޭނގޭ ސަބަބަކާހުރެ އައިމަން ޝިޔާގެ އެ ވާހަކަ ދޮގު ކުރަން ބޭނުންވިއެވެ. އަޅެފަހެ އެ ދީނާއި ނުލާ އުފަލުގައި ނުއުޅެވޭނީ ކީއްވެ ހެއްޔެވެ؟ މި ދީނުގައި ޙަރާމް ކުރެވިފައިވާ ހުރިހާކަމެއް އެއްފަހަރާ ކުރިޔަސް އޭނައަށް އުފަލުގައި އުޅެވިދާނެއެވެ. ޓީވީއިން ފެންނަ މީހުންވެސް އުފަލުގައި އެއުޅެނީ ނޫންހެއްޔެވެ؟ އާނއެކެވެ. އޭނަ އެކަން ޝިޔާއަށް ދައްކާލާނެއެވެ. ޝިޔާ އޭނައަށް ދިން ކެހީގެ ބަދަލު ހިފުމެއްގެ ގޮތުންނެވެ. އެހެންނޫނަސް ކައުންސެލަރު ބުނި ގޮތަށް “މޫވް އޮން” ވާން އެ ވެގެން ދާނީ ވަރަށް ރަނގަޅު ފުރުޞަތަކަށް ކަމަށް އައިމަނަށް ނިންމުނެވެ.
އެއްރެއެއްގެ ދަންވަރު އެ ނިންމުނު ނިންމުމާއެކީ އައިމަންގެ ޙަޔާތަށް އަނދިރިގަނޑެއް ވެރިވާން ފެށިއެވެ. އޭގެ އަނެއްދުވަހު ހެނދުނު ހެނދުނާ އޭނަ ގެއިން ނިކުތީ “ގަދަ” މީހަކަށްވާން ލިބޭ ކޮންމެ ފުރުޞަތެއްގައި ހިފުމަށެވެ. މަގުމަތިން އެކަނި ހިނގާފައިދާން ފޫހިވުމުން އައިމަން އޭނަގެ އެހެން “ގަދަ” އެކުވެރިން ކޮޅަކަށް ގުޅައި މުޅި މަގު ފުރާލިއެވެ. އެމީހުން ހިނގާފައި ދިޔަ މަގަކުން ޢުމުރުން ދުވަސްވީ ފިރިހެނަކު ބައިސްކަލުން ދިޔަތަން ފެނިފައި އައިމަންގެ އެކުވެރިން އެމީހާއަށް މަލާމާތްކޮށް ހޭންފެށިއެވެ. އައިމަންވެސް އެމީހުންނަށް ބަލަން ހުރެފައި ހޭންފެށީ މިއީ ޝިޔާގެ ނަޒަރުން ގޯސްކަމަކަށް ވެދާނެކަމަށް ހިތް ބުނީތީވެއެވެ. ދުވަހަކުވެސް އޭނައާއި ނުވެސް ބެހޭ މީހަކާއި ދިމާލަށް ފުރަތަމަ ފަހަރަށް ނުބައި ބަސްތަކެއް ބުނެވުމުން އައިމަންގެ ހިތަށް އުނދަގޫވިއެވެ. އެކަން އިޙްޞާޞް ކުރެވުމުން އޭނަ އިތުރަށް އަޑުހަރު ކުރަން ފެށީ އެހިތުގެ އަޑު ގަންބާލެވޭނެ ކަމުގެ އުއްމީދުގައެވެ. އަދި މިކަމުން އޭނައަށް ވަރަށް ބޮޑު އުފަލެއް ލިބޭކަމަށް އޭނަ އަމިއްލަ ނަފްސަށް ވިސްނައިދެވޭތޯ ބެލިއެވެ. އެއަށްފަހު އޭނަ ފުޅާ ދާއިރާއެއްގައި ކުރަން ފެށި ކޮންމެ ނުބައި ކަމަކަށްފަހު އޭނަގެ ހިތް ހަމަޖެހިގެން ދަނީ އެތައް މަސައްކަތަކުންނެވެ. ދުވާލު ގަޑީގައި އެތައް އަންހެން ކުދިންނާއި އެއްފަހަރާ ރައްޓެހިވެ، މަގުމަތިން ފެންނަ ކުދިންނާއި ދިމާކޮށް، ގޭގެ ކައިރީގައި ތިބޭ ފަޤީރު ކުދިން ދެރަކޮށްލެވޭ ފަދަ ގޮތަށް އެކުދިންގެ ކުރިމަތީގައި އެކުދިންނަށް ނުދީ މީރު މޭވާތައް ކެއުމަށްފަހު ރޭގަނޑު އޭނައަށް ހަމަ ނިދި ވެސް ލިބޭ ގޮތެއްނުވެއެވެ. ނިދި ނުލިބުމުން އޭނަ އޭނަގެ ރޭތައް ވެސް ހޭދަކުރަން ފެށީ އެކިއެކި ފާފަތައް ކުރުމުގައެވެ. އޭނަ މިހާތަނަށް އައިއިރު ކިތަންމެ ހިތް އެދުނަސް އާދައިގެ ފިލްމެއްގެ ތެރެއިން ނޫނީ ފާޙިޝް މަންޒަރެއް ބަލާފައެއް ނުވެއެވެ. އެހެނަސް ނިދިން މަޙުރޫމްވުމުން އައިމަން ރޭގަނޑުގައި ކުރަން ޚިޔާރުކުރި ފާފައަކީ އޭނަގެ އިންސާނިއްޔަތުކަމުގެ މަތިން ހަނދާން ނައްތާލަދޭ އެ މަންޒަރުތައް ބެލުމެވެ. މިގޮތަށް ކަންތައްވާން ފެށިތާ މާ ގިނަ ދުވަހެއްނުވެ ފާފަތައް ކުރެވުމުން މި ކުރެވެނީ ނުބައި ކަމެކޭ ވެސް އައިމަންގެ ހިތަކަށް ނާރައެވެ. އަދި އަމުދުން ޝިޔާއަށްޓަކައި އޭނަގެ ހިތުގައިވި ނަފްރަތާއެކީ މި ހުރިހާ ޢަމަލެއް އޭނައަށް ރީތި ޢަމަލުތަކަށްވިއެވެ. އޭނަ ބޭނުންހާ ކަމެއް ކޮށްގެން އޭނަ މި އުޅެނީ ކިހާ އުފަލުގައިހޭ ބުނެ އޭނަގެ ހިތް ހަޅޭއްލަވައެވެ. އެހެނަސް ޙަޤީޤަތަކީ އަދިވެސް ބަންގި ގޮވާ އަޑު އިވުމުންނާއި މުޞްޙަފެއް ފެނުމުންނާއި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމްގެ ނަންފުޅު އިވޭ ކޮންމެ ފަހަރަކު އޭނަގެ ހިތަށް ދަތިވާ ގޮތްވެއެވެ. އޭގެއިން ކޮންމެ ފަހަރަކު ފުން ކަނޑެއްގައި އޭނަ ގެނބެމުން ދާހެން ހީވާ ފަދައަކުން އޭނަގެ ނޭވާ ކުރުވާ ފަދަ އިޙްޞާޞެއް އޭނައަށް ކުރެވެއެވެ. އެ އިޙްޞާޞް އަދިވެސް އޭނައަށް ކުރެވޭ ކަމީ ކިހާ ބޮޑު ނިޢުމަތެއްކަން އައިމަނަކަށް ރޭކާ ނުލައެވެ.
ޖެހިގެން އައި އަހަރު ފެށިގެން ދިޔައިރު ވެސް އައިމަންގެ އުޅުން ގޯސްވުން ނޫންކަމެއް ނުވުމުން ފުރަތަމަ ފަހަރަށް އެ މީހުންގެ ދަރިފުޅު ބޭނުންހާ ކަމެއް ކުރާތަން ފެނިފައި ޚާލިދާއި ހަފްސާ ހާސްވާން ފެށިއެވެ. އެމީހުން ދިން މިނިވަންކަމުގެ ނާޖާއިޒު ފައިދާ މިފަދަ ގޮތަކަށް އައިމަން ނަގާފާނެ ކަމަކަށް އެމީހުން އެއްގޮތަކަށް ވެސް ހިއެއް ނުކުރެއެވެ. ރަށުތެރޭގައި އައިމަނާއި މެދު ދެކެވެމުން ދިޔަ ވާހަކަތަކުން ހަފްސާގެ ބޮލުގައި ރިއްސަމުން ދިޔައެވެ. އިވޭ ކޮންމެ ވާހަކައެއް ހަފްސާ ޙިއްސާކުރަމުން ދިޔައީ އޭރު ރިސޯޓުގައި ހުރި ޚާލިދާއެވެ.
“އޭނަ ރަނގަޅުވާކަށް ނުއުޅޭ ޚާލިދު. މިއަދު އަޒާންމެންގެ އިމްތިޙާންވެސް ފެށިއްޖެ. އައިމަން ނޫޅޭ އެކަމަކާވެސް…..މިހާރު އޭނަ ސިނގިރޭޓި ވެސް ބޮއިއުޅޭހެން އަހަންނަށް ހީވަނީ. އެ ވަސް ދުވާ އޭނަގެ ކޮޓަރި ތެރެއިން. ރޭގަ އޭނަ ގެއަށް އައީ ވަރަށް ލަހުން. މީހުން އެބަބުނޭ އޭނަ ކޮންމެވެސް އަންހެން ކުއްޖެއްގެ ގޭގައޭ ރޭ ހުރީ. ގޭގެ ކައިރީގަ އުޅޭ ވަލީދާ ވެސް އެހެން ކިޔާފަ މަގޭ ބޮލަށް އެބަ އުނދަގޫކުރޭ. ދެން އަހަރުމެން ކިހިނެއްތަ ހަދާނީ ޚާލިދު؟” ހަފްސާ އޭނަގެ އެނދުމަތީގައި އިނދެ ރުޅިވެރިކަމާއެކީ ހެޑްބޯޑް މަތީގައި ސްޕީކަރަށް ލާފައި އޮތް ފޯނުން ވާހަކަ ދެއްކިއެވެ. އެވަގުތު އެކޮޓަރީގެ ހުޅުވިފައިވާ ދޮރުމަތީގައި ހުރި އަޒާންގެ މޫނުމައްޗަށް ވެސް ވެރިވެފައިވީ ހިތާމަވެރިކަމެވެ.
“ދެން އަހަރުމެންނަށް ކުރެވޭނީވެސް ކޮން ކަމެއްތަ ހަފްސާ؟ އުޅުން ބަދަލު ނުކުރިއްޔާ ޖެހޭނީ ގެއިން ނިކުމެގެން ދާށޭ ބުނީމަ ކިހާ ފަސޭހައިންތަ އެދުވަހު އޭނަ ބުނެލީ ތިމަންނަ ހިނގައިދާނަމޭ؟ އަހަންނަށް ފެންނަނީ އޭނަ ބޭނުންވާ ގޮތަށް އޭނަ ގެއިން ނެރެލަން. އެހެން ހެދިޔަސް އޭނަ ގޮސް އުޅޭނީ ކޮންތާކު؟ އެކުވެރިއެއްގެ ގެއަކަށް ދިޔަޔަސް އައިމަނަކަށް ނުހުރެވޭނެ ތަނަވަސް ނޫން ގެއެއްގަ އެހާ ގިނަ ދުވަސްވަންދެނެއް. އެހެންވީމަ……” ޚާލިދުގެ ވާހަކަ މެދުކެނޑުނެވެ.
“އެކަމަކު އެހެން ހެދީމަ އޭނަ އިތުރަށް ގޯސްވެއްޖެއްޔާޔޯ؟ އަނެއްކާވެސް އުނދަގޫވާނީ އަހަރުމެންގެ ބޮލަށް.” ހަފްސާ ކަންބޮޑުވުން ފާޅުކުރިއެވެ. ޚާލިދު ޗޮއްކަނޑާލިއެވެ.
“ގޯސްވެއްޖެއްޔާ އެއީ އަހަރުމެންގެ ދަރިއެއްނޫންކަމަށް ބަލާނީ. އެ ނިމުނީއެއްނު؟ އައިމަން ނޫނަސް އަހަރުމެންނަށް ރީތި ނަމެއް ހޯދައިދޭނެ ކުއްޖަކު އެބަހުރި. އައިމަން ނެތަސް އަޒާންގެ ސަބަބުން އަހަރުމެންގެ ޤަދަރު އުފުލިގެންދާނެ. ދެން އަހަރުމެން ސަމާލުކަން ދޭންވީ އަޒާނަށް. އަޒާންގެ މުސްތަޤްބަލް އުޖާލާކުރެވޭތޯ އަހަރުމެން ބަލަންވީ. އަހަރެން ރަށަށް އައިސް ގެ ބަހާއިރުވެސް އަޒާނަށް ބޮޑުބައެއް ދޭން ނިންމައިގެން މިހިރީ. އައިމަން ރަނގަޅު ނުވިއްޔާ އޭނައަށް އެއްވެސް އެއްޗެއް ނުދޭގޮތަށް. އަދި މިހާރުއްސުރެ ވެސް އޭނައަށްޓަކައި އެއްވެސް ޚަރަދެއް ނުކުރަން ނިންމައިގެން މިހިރީ. އޭރުން އޭނައަށް ވިސްނޭނެތާ އަހަރުމެންނާ ދިމާލަށް އެއްޗެހި ކިޔައިގެން އޭނައަށް ކުރެވުނީ ކިހާ މޮޅުކަމެއްކަން.” ޚާލިދު ބުނެލިއެވެ.
“އާނ…..ތިއީ ރަނގަޅުގޮތެއް. އެހެންނޫނަސް ޒާންއާ ދޭތެރޭ އަހަރުމެންނަށް ހާދަ ގޯސްކޮށޭ ހެދިފަ ހުރީ. އަހަރުމެން އޭނައަށް ކިތަންމެ ކުޑަ ސަމާލުކަމެއް ދިނަސް ހާދަ ބަސްއަހައިގެންނޭ އެކުއްޖާ އުޅުނީ……” މަޑުމައިތިރި އަޑަކުން ހަފްސާ ދެއްކި ވާހަކަތައް އިވިފައި އަޒާނަށް ހުރެވުނީ ހުއްޓުން އަރާފައެވެ. އެންމެ ފަހުން އޭނަގެ މަންމައަށް އޭނަގެ އަގުވަޒަން ކުރެވުނު ކަމަށްޓަކައި އޭނަގެ ހިތުގައި އުފާވެރިކަމުގެ ވިންދެއް ޖެހިއެވެ. އެހެނަސް މަންމަމެން އައިމަނާއިމެދު ކަންތައް ކުރަން އުޅޭ ގޮތުން އޭނަގެ ހިތުގައި ބިރުވެރިކަމެއް އުފެދި އެ ހިތް ދެރަވިއެވެ. މަންމަމެން އޭނައަށް ލޯބިދިނުމަށްޓަކައި އައިމަން ދޫކޮށްލާކަށް އަޒާން ބޭނުމެއް ނޫނެވެ. އެއީ އޭނަ އިހުގައި ހުރި ފަދަ މަޤާމެއްގައި އައިމަން ހުންނަން އޭނަ ބޭނުންނުވާތީވެއެވެ. އައިމަން މިހާރު އެހެން އުޅުނަސް އައިމަނަކީ އޭނަދެކެ ހާދަ ލޯބިވީ ފަރާތެކެވެ. ހާދަ ގިނަ ޙާލަތްތަކުގައި އޭނައަށްޓަކައި ކޮޅަށް ތެދުވި މީހެކެވެ. ވީއިރު އޭނަ އަމިއްލަ ބޭނުން ފުއްދުމަށްޓަކައި އެ ކޮއްކޮ ހަލާކުގެ ތެރެއަށް ގެއްލިގެން ދާތަން ދެކެން އޭނައަށް ބަލަން ހުރެވިދާނެ ހެއްޔެވެ؟ ނޫނެކެވެ. އޭނަ އައިމަން މި ދަލުން ސަލާމަތް ކޮށްދޭނެއެވެ. ކޮންމެ ގޮތެއް ހަދާފައިވެސް އައިމަން ނިކަމެތިވިޔަ ނުދޭނެއެވެ. ހިތަށް ވެރިވި ޚިޔާލުން އަޒާން ހަމަ އެރޭ އައިމަންގެ ކޮޓަރިއަށް ގޮސް އެ ދޮރުގައި ޓަކި ޖެހިއެވެ. އޭނަ އުއްމީދު ކުރި ގޮތާއި ޚިލާފަށް އައިމަން މާ ގިނައިރެއްނުކޮށް ދޮރު ހުޅުވާލިއެވެ. ފަހަކަށް އައިސް މަދުން ނޫނީ ނުފެނޭ އޭނަގެ ކޮއްކޮގެ ބަދަލުވެފައިވާ ސޫރަ ފެނިފައި އަޒާންގެ މެއަށް ގޮތެއްވިއެވެ. އޭނަގެ ކުރިމަތީގައި ހުރީ ކާކުކަން ވެސް ނަގައިގަންނަން އޭނައަށް ހިނދުކޮޅެއް ނެގިއެވެ. އައިމަންގެ ފުސްކޮށް ހުރި ފަން އިސްތަށިގަނޑުވަނީ ކަނދުރައާއި ހަމައަށް ދިގުވެފައެވެ. މޫނުގެ ކުލަވަރު އޮއްސި މުޅި މީހާ ހިކިފައިވާކަން އޭނައަށް ފާހަގަ ކުރެވުނެވެ. ލޮލުގެ ދަށުން ކަޅުވެފައިވި ގޮތުން އެތައް ދުވަހެއް ވަންދެން ނުނިދާހެން ހީވެއެވެ. އިންސާނެއްގެ ބޮލުގެ ނާށިގަނޑު ހުރި ކުލަ ފޭދިފައިވާ ޓީޝާޓަކާއި އަޅިކުލައިގެ ސޯޓެއް ލައިގެން ހުރިއިރު އޭނަގެ ވާތް އަތުގައި ރިހިކުލައިގެ ޗޭނެއް އެޅުވިފައިވިއެވެ.
“ވަޓް؟!” ހިސާބެއްގެ ނުރުހުންތެރިކަމަކާއެކީ ބުމަގޮށްޖެހިފައިހުރެ އައިމަން އަހާލިއެވެ. އެތައް ދުވަހެއް ފަހުން އޭނަގެ ކޮއްކޮ އޭނަގާތު އެންމެ ބަހެއްވެސް ބުނެލީތީ އަޒާން އުފާވިއެވެ. އޭނަ މި ފުރުޞަތުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފަން ބޭނުންވިއެވެ.
“އަހަރެންގެ ފޮތެއް މި ކޮޓަރިތެރޭގަ އޮންނާނެ. އޭތި ނެގިދާނެތަ؟” އަޒާން ހިނިތުންވުމަކާއެކީ އަހާލިއެވެ. ސީދާ މަޢުޟޫއަށް ނުގޮސް އޭނަ އެހެން ބުނެލީ އައިމަނާއި އިތުރަށް ގާތްވުމަށެވެ. ހީނަރުވެފައިވާ އެދެމީހުންގެ އަޚްވަންތަކަމުގެ ގުޅުން ވަރުގަދަ ކުރުމަށްފަހު އޭނައަށް ނަޞޭޙަތްތެރިވާށެވެ.
“ވަޓްއެވާރ!” އައިމަން އެހެން ބުނެ ކޮޓަރީގެ ދޮރު ބޮޑުކޮށް ހުޅުވާލާފައި ގޮސް ކޮޓަރިއަށްވަނެވެ. އަޒާން އުފާވެފައިވާ ހިތަކާއެކީ އެ ކޮޓަރިއަށް ވަނެވެ. އެއާއެކު އޭނައަށް ޤަބޫލުކުރަން ވެސް ދަތިވިއެވެ. މުޅި އެކޮޓަރީގެ ތަރުތީބު ގެއްލިފައިވި ގޮތުންނެވެ. އެނދުމަތީގައި ވި ގިނަ ބާލީސްތައް ބިންމަތީގައި ވީއިރު އެނދުގެ ރަޖާ ގުޅައަކަށް ލައި ބެޑްޝީޓް އެއްކަނަކުން ނެއްޓިފައިވިއެވެ. ކިޔަވާ މޭޒުދޮށުގެ ކައިރިން ބިންމަތީގައި އެތައް ސީޑިތަކެއްވިއެވެ. އެ ހުރިހާ ސީޑީތަކެއްގެ ބޭރުގައި ހުރި މަންޒަރުތައް ފެނިފައި އަޒާނަށް ހިތާމަވެރިކަމާއެކީ ބަލާލެވުނީ އެ މޭޒުދޮށުގައި އިން އައިމަނަށެވެ. އެވަގުތު އައިމަންގެ މޭޒުމަތިން ސިނގިރޭޓި ފޮށްޓެއް ފެނިފައި އަޒާން އިތުރަށް މާޔޫސްވިއެވެ. މަންމަމެން ދެއްކި ވާހަކަތަކަކީ ޙަޤީޤަތްތަކެއް ނޫންކަން އޭނަ ކިތަންމެ ޤަބޫލުކުރަން ބޭނުމެއްނުވިޔަސް ޙަޤީޤަތް މިއޮތީ އޭނަގެ ލޯކުރިމަތިން ފެންނާށެވެ. އައިމަނަށް ޖެހުނީ ކާކުގެ އެސްފީނާއެއްތޯ އޭނަގެ ހިތަށްއެރިއެވެ. ހަމަ އެހިނދު އައިމަން އޭނަގެ ލެޕްޓޮޕުން ކޮންމެވެސް ވީޑިޔޯއެއް ބަލަން ފެށިތަނާހެން އަޒާނަށް ގޮށްމުއްކަވާލެވުނެވެ. އޭގެ ދެވަނަ ސިކުންތުގައި އޭނަ ދިގު ފިޔަވަޅުތަކެއްގައި ގޮސް ބާރު އަޑަކާއެކީ އެ ލެޕްޓޮޕް ލައްޕާލިއެވެ.
“ވަޓް ދަ…….” އައިމަން އެހެން ބުނަމުން އަޒާނަށް ބަލާލިއެވެ. އެއާއެކު އޭނަ ރުޅިވެރިކަން ވެރިވެގެން ދިޔަ މޫނަކާއެކީ ކޮޅަށް ތެދުވެ ދެވަނަ ވިސްނުމެއްވެސް ނެތި އަޒާންގެ މޫނުމައްޗަށް ވަރުގަދަ އެތިފަހަރެއް ވިއްލާލިއެވެ. ވީތަދާއެކީ އަޒާނަށް ދެލޯ މަރައި ތަގުޅި ކޮށްލަމުން ތަދުވީ ކޯތާފަތުގައި ހިފާލެވުނެވެ. އެއަށްފަހު އައިމަނަށް ބަލާލެވުނެވެ. އެވަގުތުވެސް އައިމަން ހުރީ ރުޅިން ރަތްވެފައެވެ. އޭނަގެ ހިތުގައި ޙަމްދަރުދީގެ ކަންފުޅެއްވެސް ނެތީހޭ ހިތަށްއެރި ވަގުތު އޭނަ ވާހަކަ ދެއްކިއެވެ.
“ފާޑުފާޑަށް މަގޭ ކޮޓަރިއަށް ވަދެގެން އައިސް މަގޭ އެއްޗެހީގަ އަތްލާން ހަދާނެކަމެއްނެތް! ދޭ މިތަނުން.” އައިމަން އެހެން ބުނެ ދެންވެސް އަޒާންގެ މޭގައި އަތް އަޅައި ކޮއްޕާލިއެވެ. ވަކި ހިސާބަކަށް ފަހަތަށް ޖެހެވުނު އަޒާނަށް ހުރެވުނީ ޤަބޫލުކުރަން ވެސް ދަތިވެފައެވެ. އޭނައާއި މިގޮތަށް މުޚާތަބު މިކުރަނީ ހަމަ އޭނަގެ ލޯބިވާ ކޮއްކޮ ހެއްޔެވެ؟
“ތިހުންނަނީ ކީއްވެ؟ ދާށޭ މި ބުނީއެއްނު؟!!” އައިމަންގެ އަޑު ހަރުވިއެވެ. އަޒާން އިރުކޮޅެއް ވަންދެން ހިތާމަވެރި މޫނަކާއެކީ އައިމަނަށް ބަލަން ހުރެފައި ވާހަކަ ދެއްކިއެވެ.
“އައްމު ޕްލީޒް ޑޯންޓް ޑޫ ދިސް ޓު ޔުއާސެލްފް. އައްމުއަށް ތި އުޅެވޭ ގޮތުން ގެއްލުންވަނީ ހަމައެކަނި އައްމުއަށް. މަންމައާއި ބައްޕަ ވެސް އައްމުއާހެދި ވަރަށް ދެރަވެފަ އެ ތިބެނީ. އެމީހުން ކުރާނެ ކަމެއް ނޭނގިގެން މިހާރު އައިމަނަށް އެއްވެސް ޚަރަދެއް ނުކުރަން ނިންމައިފި. އެއީ އައިމަން އުޅުން ބަދަލުނުކުރަންޏާ. ސޯ ޕްލީޒް…..” އަޒާންގެ ވާހަކަ މެދުކެނޑުނެވެ.
“މަށަށް ވަރިހަމަ އެއްވެސް މީހަކު މަށަށް އެއްވެސް އެއްޗެއް ނުދިނަސް. އަޑުއިވިއްޖެ؟ ދެން ވެސް ދާށޭ!” އައިމަން އެންމެ ފަހު ޖުމްލަ ބުނެލީ ދަތްކުނޑި ވިކަމުން އަޒާންގެ ކޮނޑުގައި އަތް އަޅައިކޮއްޕަމުންނެވެ. ކޮއްޕަމުން ގޮސް އަޒާން ކޮޓަރިން ބޭރު ކޮށްލެވުނުތަނާހެން އޭނަ ބާރު އަޑަކާއެކީ ދޮރު ލައްޕާލިއެވެ. އެއަށްފަހު ސިކުންތުކޮޅެއް ވަންދެން އޭނައަށް އެ ދޮރާއި ދިމާލަށް ބަލަން ހުރެވުނެވެ. އޭގެ މާ ގިނައިރެއްނުވެ އޭނަގެ ލޮލަށް ކަރުނަތައް ޖަމާވާންފެށިއެވެ. ދާދި ދެންމެއަކު އެތައް ދުވަހެއް ފަހުން މީހަކު އޭނައަށް އަޅާލާފަދަ އިޙްޞާޞެއް އޭނައަށް ކުރެވުނެވެ. އެހެނަސް އެ އަޅާލި މީހާއާމެދު އޭނައަށް ކަންތައް މި ކުރެވުނީ ކިހިނެއް ހެއްޔެވެ؟ އޭނަ އަމިއްލަ ބޭބެއަށް އަނިޔާ ކުރާވަރަށް ހިތް ހަރުވީ ކޮން ދުވަހަކު ހެއްޔެވެ؟ އެއީ އެތައް ދުވަހެއްގެ މަތިން އޭނަގެ ރަނގަޅަކަށްޓަކައި އޭނައަށް ނަޞޭޙަތްދިން ބޭބެއެވެ. އޭނައަށް މިރޭ އެ ބޭބެ އެ ދުރުކޮށްލެވުނީ ކޮންފަދަ ގޮތަކަށް ހެއްޔެވެ؟ އެ ސުވާލު ހިތަށް ވެރިވުމުން އައިމަންގެ ކޯތާފަތް މައްޗަށް ކަރުނައެއް ފައިބައިގެން އައެވެ. އޭނަ ޙަޤީޤަތުގައި އަޒާނަށް އެންމެ ބޮޑަށް ބޭނުންވެފައިވަނީ މިއަދެވެ. އޭނަގެ ކިތަންމެ އެކުވެރިން ގިނަ ވިޔަސް އޭނައަކީ އެކަނިވެރިއެއްހެން އައިމަނަށް ހީވެއެވެ. އެމީހުންނަކީ އޭނައަށް ހެޔޮ އެދިގެން ނަޞޭޙަތެއް ދެވޭނެ ބައެއް ނޫނެވެ. އެމީހުންނަކީ ހަމައެކަނި ނުބައި ކަންތައް ކުރުމަށް އޭނައަށް އެހީވެދޭ މީހުންނެވެ. އޭނަ އެމީހުންދެކެ ލޯބިވީ އެކަމަށްޓަކައެވެ. އެހެނަސް އެކަމުން މިހާތަނަށް އައިއިރު އޭނައަށް އެއްވެސް އުފަލެއް ލިބިފައެއްނެތެވެ. ފާފައެއް ކުރެވޭ ވަގުތު އޭނައަށް ލައްޒަތެއް ލިބޭކަމީ ޝައްކެއް އޮތްކަމެއް ނޫނެވެ. ނަމަވެސް އޭގެއިން ކޮންމެ ޢަމަލެއްކޮށް ނިމޭ ވަގުތު ހިތަށް އެ ލިބޭ މާޔޫސްކަމުގެ ފަހަތުގައި ވި ސަބަބެއް އައިމަނަށް އެއްގޮތަކަށް ވެސް ނޭނގެއެވެ. ފާފަތައް އޭނަ ގިނަގިނައިން ކުރަން ފެށީ އެ މާޔޫސްކަމުން ފިލުމަށެވެ. އެހެނަސް އެކަން ކާމިޔާބުވާ ގޮތެއްނުވެއެވެ. އޭނަ މިވާހަކަތައް މީހަކާ ޙިއްސާކުރަން ބޭނުންވެއެވެ. ނަމަވެސް މިއަދު އޭނަގެ މުޅި ޢާއިލާވަނީ އޭނައަށް ރުޅިވެފައެވެ. އޭނައަކީ ކުރިއާއި ޚިލާފަށް މިހާރު އެންމެންގެ ނަފްރަތު އަމާޒުވާ މީހެއްކަން އެނގުންވާ ކޮންމެ ފަހަރަކު އޭނަ މި ދުނިޔެއަށް އަލްވަދާޢު ކިޔަން ބޭނުންވެއެވެ. އޭނަ އަނިޔާ ކުރި ނިކަމެތިންނާއި އަންހެން ކުދިންގެ ޝަކުވާތައް ބިރުވެރި ހުވަފެންތަކެއްގެ ސިފައިގައި އޭނަގެ ލޯ ކުރިމަތިން ފެނެއެވެ. އެ ލޮލުން ކޮންމެވެސް އެހެން އެއްޗެއް ބަލައި ކަންފަތުން ކޮންމެވެސް އެހެން އެއްޗެއް އަޑުއެހޭތޯ އަބަދުވެސް މަސައްކަތް ކުރެވެނީ އެހެންވެއެވެ. އެވަގުތުވެސް އެފަދަ ގޯސް ޚިޔާލުތަކުން އޭނަގެ ސިކުނޑި ފުރެން ފެށުމުން އައިމަން ގޮސް އޭނަގެ ލެޕްޓޮޕް ކައިރީގައި އިށީނެވެ.
އެއްވެސް މީހަކު އެއްވެސް އެއްޗެއް ނުދިނަސް ވަރިހަމަކަމަށް ބުންޏެއްކަމަކު އޭގެ އަނެއްދުވަހުގެ ހެނދުނު އޭނަގެ މަންމަ އޭނައަށްޓަކައި ސައިވެސް ނަހަދައި ހުރި ގޮތުން އައިމަން ދެރަވިއެވެ. ސައި ކޮބައިތޯ ބުނުމުން މަންމަގެ ފަރާތުން ލިބުނު ޖަވާބުން އައިމަންގެ ހިތަށް ތަދުވިއެވެ.
“މިގެއަކުން ދެން އައިމަނަކަށް ސައެއް ނުލިބޭނެ.” ކާމޭޒު ދޮށުގައި އައިސް އިށީން ހަފްސާ ރުންކުރު ރާގަކަށް ބުނެލި އަޑު އެތާތިބި އަޒާނަށާއި ރަޝީދާއަށް ވެސް އިވުނެވެ.
“ހަފްސާ އެކަމަކު……” ކޮޅަށް ހުރި އައިމަން ބުމަގޮށްޖެހިގެން ދިޔަތަން ފެނިފައި ރަޝީދާ އެއްޗެކޭ ބުނަން އުޅުނެވެ. އެހެނަސް ހަފްސާ އެކަމަށް ހުރަސް އެޅިއެވެ.
“އަހަރުމެންގެ ދަރިފުޅު ބަލަންވީ ގޮތް އެނގޭނީ އަހަރުމެންނަށް. އައިމަން، އައިމަން ތި އުޅޭ ގޮތަށް އުޅެންޏާ އައިމަނަށް ދެން އަހަރުމެންގެ ފަރާތުން އެއްވެސް ޚަރަދެއް ނުލިބޭނެ. ބޭނުމިއްޔާ އަމިއްލައަށް ފައިސާ ހޯދައިގެން އަމިއްލައަށް ކައި އުޅޭ. މިގެއަކުން އައިމަނަށް ކާ އެއްޗެއް ނުލިބޭނެ. އެއީ އައިމަންގެ ބައްޕަވެސް އަންގާފަ އޮތްގޮތް!” ހަފްސާ ބުނެލިއެވެ. އޭނައަށް މުހިއްމުވަނީ އޭނަގެ ދަރިފުޅަށްވުރެ ވެސް ބޮޑަށް އޭނައަށް ލިބިފައިވާ ޤަދަރެވެ. މިއަދު އައިމަންގެ ފަރާތުން އޭނައަށް ޤަދަރެއް ލިބެން ނެތްހެން ހީވުމުން އެއީ އޭނަގެ ދަރިއެއްނޫންކަމުގައި ދެކެން ހަފްސާއަށް ފަސޭހައެވެ. އެހެނަސް އޭނަ ދެއްކި ވާހަކަތަކުން އަޒާނާއި ރަޝީދާގެ ވެސް ދެލޯ ބޮޑުވިއެވެ. އެ ދެމީހުންނަށް ވެސް ބަލާލެވުނީ އައިމަނާއި ދިމާލަށެވެ. އައިމަން ވަކި އެއްޗެކޭ ނުބުނެ އެމީހުންނަށް ފަސްދީފައި ދާން ހިނގައިގަތީ މައިދޮރާއި ދިމާލަށެވެ.
“އައްމު!” އަޒާނަށް ގޮނޑިން ތެދުވަމުން ގޮވާލެވުނެވެ. އެވަގުތު ރަޝީދާ ވެސް އެ ނިންމުމާއި ދެކޮޅަށް ވާހަކަ ދައްކަން ފަށައިފިއެވެ. ނަމަވެސް އައިމަނަށް އޭގެއިން އެއްވެސް އަޑެއް ނުއިވުނު ފަދައެވެ. އޭނަ ފަސްއެނބުރި ބަލާލުމެއްވެސް ނެތި އެގެއިން ނިކުމެގެން ދިޔައެވެ.
އެ ދިޔަ ގޮތަށް ގޮސް އައިމަން ވަގުތުން ހޯދަންފެށީ ވަޒީފާއެކެވެ. ހަމައެކަނި އޯ ލެވެލް ނިންމައިގެން ފަސޭހައިން މަތީ މަޤާމެއްގެ ވަޒީފާއެއް ނުލިބޭނެކަން އޭނައަށް އެނގޭތީ އޭނަ ކޮންމެ ވަޒީފާއެއް ލިބުނަސް ހޯދަން ނިންމިއެވެ. އޭނައަށް އެހެން ގޮތެއް ނެތުމުންނެވެ. އަދި އޭނައަކީ ބަލި ޤަބޫލުކުރާ ޒާތުގެ މީހަކަށް ނުވާތީވެއެވެ. އޭނަގެ ޢާއިލާ އެންމެން އޭނައަށް ފަސްދިނަސް އޭނައަށް އުފަލުގައި އުޅެވިދާނެނޫން ހެއްޔެވެ؟ ޢަޒުމް ވަރުގަދަ ވާ ފަދަ ޚިޔާލުތައް ސިކުނޑިއަށް ވެރިވިއެއްކަމަކު ހެނދުނު ތެދުވެ ފެން ފޮދެއް ވެސް ނުބޮއި އަވީގައި ހިނގަންވުމުން އައިމަނަށް އިޙްޞާޞްކުރެވުނު ހައި ކަމާއެކީ އޭނަގެ ބޮލުގައި ރިހުމެއް އުފެދުނެވެ. އޭނަ އެންމެފަހުން ހިނގަމުން ގޮއްސަ ރެސްޓޯރެންޓަކަށް ވަނީ ވަކި ކާކަށް ނޫނެވެ. އެތާނގެ މޭޒުދޮށެއްގައި އިށީނދެ ކާއެއްޗެހީގެ ވަހުން ވިޔަސް ބަނޑު ފުރައިލެވޭތޯއެވެ. މޭޒުދޮށުގައި އިންދާ އޭނައަށް ކޮންމެވެސް މީހަކު ވާހަކަ ދައްކާ އަޑަށް ކުރިމައްޗަށް ބަލާލެވުނެވެ. އެވަގުތު އެތާ ހުރީ ފޯނުން ވާހަކަ ދައްކަން ހުރި ފިރިހެނެކެވެ. ހީވާ ގޮތުން އެއީ ރެސްޓޯރެންޓްގެ ވެރި ފަރާތެވެ. ދެއްކި ވާހަކަތަކުން އޭނަ އުޅެނީ އިތުރު ވެއިޓަރަކު ނުލިބިގެންކަން އައިމަނަށް އެނގުންވިއެވެ. އެއާއެކު އައިމަން ވަގުތުން އެމީހާގެ ކައިރިއަށް ދިޔައެވެ. އަދި ދުރުދުރުން ވާހަކަ ދައްކަމުން ގޮސް އޭނައަށް ވެއިޓަރަކަށް ވެވިދާނެ ވާހަކަ ފަށުވި ޢިބާރާތުން ކިޔައިދިނެވެ. އެކަމުގައި އޭނަގެ ތަޖުރިބާ ވެސް ހުރި ވާހަކަ ބުނެ ހެދި ދޮގެއްގެ ސަބަބުން އައިމަނަށް ނުހަނު ފަސޭހައިން އެ ވަޒީފާ ލިބުނެވެ.
އުފާވެރިކަމާއެކީ ދުވަސްތައް ގުނަމުން ދިޔަ ވިސާމާއި ޝަފަޤަށް އައިމަންގެ ޙަޔާތަށް ވެރިވި އަޑިގަނޑާމެދު ރޭކާވެސް ނުލައެވެ. ފާއިތުވާ ކޮންމެ ދުވަހަކާއެކީ އެދެމަފިރިންގެ ގުޅުން ފުންވަމުން ދިޔައެވެ. ވިސާމް އަދިވެސް ޝަފަޤަށް ސިއްރުން އޭނަގެ އަލްބަމްގެ ކަންތައް ކުރިއަށް ގެންދިޔައެއްކަމަކު އެއަކުން އޭނައާއި ޝަފަޤްގެ ގުޅުމަށް އެއްވެސް އަސަރެއް ނުކުރާނެކަމަށް އަމިއްލަ ނަފްސަށް ވިސްނައިދެމުންދެއެވެ. އަދި ޝަފަޤަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަންތައް ނޫން އެހެނިހެން ކަންތައްތައްވެސް ކޮށްދޭން ފެށީ ކޮށްދޭ ހިތުންނެވެ.
އެގޮތުން އެއްރެއަކު ވިސާމް ޝަފަޤާއި މިޝްކާ ގޮވައިގެން ދިގު ދަތުރަކަށްފަހު ހިތަދޫގެ ރެސްޓޯރެންޓަކަށް ދިޔައެވެ. ފަނޑު އޮރެންޖް ކުލައިގެ އައްޔަކުން އަލި ކުރެވިފައިވި ރެސްޓޯރެންޓަށްވަދެ ތިން މީހުން މޭޒުދޮށެއްގައި އިށީންތާ މާ ގިނައިރެއްނުވެ ވެއިޓަރަކު އެމީހުންގެ އޯޑަރު ނަގައިގެން ދިޔައެވެ. ވެއިޓަރު ދިޔަތަނާހެން މިޝްކާ އާ ފުރާލިއެވެ.
“އަނގައިގަ އަތް އަޅައިގެން އަޢޫޒު ކިޔާބަލަ ކޮއްކޯ!” ޝަފަޤް މިޝްކާގެ އަނގަމަތީގައި އެއްއަތް އަޅާލަމުން ހަނދާން ކޮށްދިނެވެ. މިޝްކާ ވަގުތުން އަޢޫޒު ކިޔާލަމުން ދެންވެސް އޭނަގެ މެރެމުން ދިޔަ ލޯ ހުޅުވައިގެން ހުރެވޭތޯ ބެލިއެވެ.
“މިޝީ އުޅެނީ ނިދިއައިސްގެންދޯ؟ މަންމި ކައިރި އެހެން ބުނީމަވެސް މަންމި އަޑެއްނޭހި. އަސްލު މިރޭ އަންނަން ޖެހެނީ މަންމިއާ ބައްޕި އެކަންޏޭ.” ވިސާމް ލާނެތް ހިނިތުންވުމަކާއެކީ ޝަފަޤަށް ބަލާލިއެވެ. ޝަފަޤް ކަޅިމައްޗަށް ހިންގާލަމުން ބޯހޫރުވާލިއެވެ.
“ނޫން ކޮއްކޮ ނިދިނާދޭ!” މިޝްކާ އެހެން ބުނެ މޭޒުމަތީގައި އަތް އަޅާލި ވަގުތު ވެއްޓެން ނުހަނު ކައިރިވެފައި އޮތް ސަމުސަލެއްގައި އޭނަގެ އަތް ޖެހި ސަމުސާ ގޮސް ބިންމަތީގައި ޖެހުނެވެ. އެއަޑަށް އެމީހުންނަށް ބަލާލި މީހުންގެ ތެރޭގައި އެމީހުންނާ ދާދި ކައިރީގައި ހުރި މޭޒެއްގެ މަތީގައި ކާއެއްޗެހި ބަހައްޓަމުން ދިޔަ އައިމަން ވެސް ހިމެނުނެވެ. ނުހަނު ކައިރިން ވިސާމްމެން ފެނިފައި އައިމަންގެ ހިތް ތެޅިލީ ދެ ސަބަބަކާ ލައިގެންނެވެ. ފުރަތަމަ ސަބަބަކީ އޭނަ އެތަނުން ފެނިފައި ވިސާމްގެ ފަރާތުން ކުރިމަތިވާނެ ސުވާލުތަކާ ހެދިއެވެ. އަނެއް ސަބަބަކީ އޭނައަށް ދާދި ދެންމެއަކު ބަދިގެތެރެއިން އިވުނު ވާހަކަތަކެވެ. އެ މީހުންނަށް ހަމަ މިރޭ ތިއްތިބެ މި ރެސްޓޯރެންޓަށް އަންނާނެކަން އެނގުނީ ކިހިނެއްބާއޭ އޭނަގެ ހިތަށްއެރިއެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
32 Comments!
Comments are closed.







Mihaar ragalhu.. Thank you Jana.. Adhives shafaq ge bodudhaitha mathinn handhaan vey ingey…
Alhamdhulillah! (All praise and thanks belong to Allah) 🙂 adhi bodudhaitha ge vaahaka annaane varah kairi musthaqbalegga In Sha Allah 😀
shafakallah jana
Barakallah Feeka! 🙂
V reethi
Alhamdhulillah! 😀
Assalam’alaikum. rey kandhimaavi gothaa medhu jana thiya hurihaa kiyuntheringe arihun ves maafah edhen. Aslu rey jana ge bali haalathu huri gothun ehenvy. beys kaigen hure dhelo ves nuhulhuvai liyevunu thankolheh ey. Hithah eri up nukuraanamey ves. ekamaku thursday ey bunevifa otheema hama up kury. ekamaku ehen hedhyma ves emme furihama gothuga vaudhu nufudhdhunukan jana ves qabool kuran. komme akas mi thajuribaain varah bodu filaavalheh libijje. ey shakkegge matheegai hure vaudheh nuvun. hehe….dhen oiy bai genesdheveyny kon dhuvahakukan mifaharu jana ah neyngey bunaakah. ey kureefaharuves heekury thursday aa hama ah jana rangalhuvedhaane kamah. mihaaruves mihiry fudheyvarakah rangalhuvefa. ekamaku jana kuran jehifa huri kanthakaa eky goas nuvaane kameh neyngey. Ekamaku In Sha Allah mi bayaa gulhey fb post thah maadhamaa fenigen dhaane. hurihaa kiyuntherinves fb post thah kiyumaky varah bodu edhumeh 🙂
https://www.facebook.com/Asr-1445208739121696/
v reethi…….. GWS Jana..?
Alhamdhulillah! 🙂 hehe….jana amilla akah well eh nuveveyne dho? Shifa dhevvany hama ekani Allah swt. mifff jana attakai dua kohdhehchey In Sha Allah 😉
Maasha allah v reethi vaahaka. Laa bausha thohoorun insha allah jana
Alhamdhulillah! 🙂 In Sha Allah 😀
Alhey aiman
dho? :/
FB Post:
“And whoever turns away from My remembrance indeed he will have a depressed life.” Surah Ta Ha, ayah 124
And the amount of money and luxuries you have will not avail you from this grief. No doubt in the remembrance of Allah do hearts!
FB Post:
It’s mind-boggling to come to the realization that we could get through hundreds of hours of Islamic studies classes throughout our lives and still not be convinced of Islam all together. The question that arises is, why in the world?! One might argue that it’s because the curriculum is not well-designed. Another might argue that its because the curriculum is not being taught well. These reasons might be true. But there is something else that people don’t usually address. And to tell you about what it is that doesn’t get addressed, I’ll give you an example of it from my own experience.
My entire life, I’ve read that the Quran is a miracle. I’ve heard that statement from multiple teachers and memorized bullet points about why the Quran is a miracle just for the exams. But I never gave it a thought for myself. I assumed that it must be right since my elders are saying that its right. I stuck to that assumption and was too “busy” to be thinking about such a thing.
And after one point in life, it just hit me. I remember learning the exact same topic in high school. The teacher was telling us about how the Quran is a miracle. And for the first time in life I thought to myself, “Really? Is this really a miracle?” That question didn’t let me be satisfied with just the short explanations given in the text book. I didn’t just want evidence from one source. I wanted evidences from multiple sources so that I was sure that this is in fact the right thing. And by the Will of Allah, I came across sources that really led me to a leap of faith Alhamdhulillah! 🙂 And have been continuing to learn about deen ever since.
So my dear brothers and sisters, especially the young ones out there, whatever you learn about, THINK about it with a sound mind. Think about it for your own self so that you could reach conclusions independently. That’s what we are supposed to do as muslims. We don’t just follow something out of mere assumptions. Neither are we supposed to become close minded because of an assumption we make. That’s what people of other religions do. But we are different. We call to this path with our eyes open, with insight.
A doubt you might still have is that, why didn’t I think so deeply before high school. That’s a separate issue which will be addressed in a later post In Sha Allah. The issue about “Why we refused to think” 🙂
May Allah increase us in knowledge and correct understanding. May He make us people of sound minds who reach conclusions that help us strengthen our iman. Ameen!
salaam jana 🙂 varah dhuvas fahun episode 32 in feshigen mi kiyaaly. varah bali vegen raajjeyn beyrag gos surgery eh hadhaalaigen mia aee…. dhanvaru duty ga nidhigen vehttunas hithah ery emme fahun baya hama ah kiyaalanee ey…. masha allah… vahaka mihaaru miothy varah interesting hisaabegga. aiman ah thedhu magu dhekkevumah edhi dhuaa kuran. varah dheravey aiman ulhey gothun. ya edheny aiman rangalhuvegen shiya liben. visaam ge hiy madu madun badhalu vamun annaathy ufalun meenee… ekamu mihaaru hama emme bodah beyinumee aiman rangalhuvaan. hafsa and khalidh ves kanthah ekury rangalhakah noon. thimaage dhariah heyo naseyhatheh dhinumuge badhaluga gein beyru viyya e kury. so sad 🙁 vahaka mihaaru in hisaabun hiyeh nuvey kuriah oi dhiha nuvatha fanara varakah episodun ninmaalevidhaane heneh. aneh bai ge inthizaaruga huri vahaka ves bunelan. lasnukuracuhe jana 🙂 🙂 🙂
Innaa lillaahi ya ves balitha? 🙁 Shafakillah darling!
Aiman ah vaagotheh balamaa In Sha Allah. hmm hafsa men kanthah kury rangalhakah noon. ekamaku aakhirathaa medhu handhaan nethuneema ekahala gotheh vedhaane dho? 🙂 kuriah oiy jeeluthakah heyo magu dhekkumah vure e jeeluthakun mi dhuniyeygai reethi nameh hoadheytho e balany. hehe….jana ahves hieh nuvey ingey 15 bain nimeyne heneh. ey mi vaahakaige maazy dhiguvefa characters ves dhiguveema. plus jana ah kurukoh ves baivaru baithah genesdhevifa hunnaathy. next part wednesday ga. mifaharu ekani ehaa lasvaany In Sha Allah. mirey ves up kuran beynunvi. ekamaku jana avas aruvaalaakah beynumeh noon. baliveema break akah fahu kulliakah liyan nufesheynethy mi laskollany. e mode ah dhaan vaguthukolheh nagaane. ekamaku maadhamaa dhan nukoh up kohdheynan In Sha Allah. 🙂
Innaa lillaahi ya ves balitha? 🙁 Shafakillah darling!
Aiman ah vaagotheh balamaa In Sha Allah. hmm hafsa men kanthah kury rangalhakah noon. ekamaku aakhirathaa medhu handhaan nethuneema ekahala gotheh vedhaane dho? 🙂 kuriah oiy jeeluthakah heyo magu dhekkumah vure e jeeluthakun mi dhuniyeygai reethi nameh hoadheytho e balany. hehe….jana ahves hieh nuvey ingey 15 bain nimeyne heneh. ey mi vaahakaige maazy dhiguvefa characters ves dhiguveema. plus jana ah kurukoh ves baivaru baithah genesdhevifa hunnaathy. next part wednesday ga. mifaharu ekani ehaa lasvaany In Sha Allah. mirey ves up kuran beynunvi. ekamaku jana avas aruvaalaakah beynumeh noon. baliveema break akah fahu kulliakah liyan nufesheynethy mi laskollany. e mode ah dhaan vaguthukolheh nagaane. hehe…..ekamaku maadhamaa dhan nukoh up kohdheynan In Sha Allah. mirey ves kuriah oiy baige half namaves liyefa nidhaany In Sha Allah 🙂
Jana.. varah kiyaa hithun kiya vaahaka eh my jana ya rahumai theri vevi dhaanetha.. Are u a girl.. If u don’t mind can u tell me
yes i’m a girl. If you are a sister you could be friends with me. leave a msg on Asr page and i will reply In Sha Allah 🙂
https://www.facebook.com/Asr-1445208739121696/
If you are not on facebook, send a msg to esfiya admin asking for my number. admin no. 7997991
when is next part?
Waiting for the next part
next part wednesday ga In Sha Allah 🙂
Mirey upkoh dhyba plxxxxxx
mi comment fenifa mirey varah up kuran beynunvi. ekamaku adhi kudakoh laskollany ingey Ro? maafu kolla dhehchey. 😀 next part wednesday ga In Sha Allah 🙂
Of course jana you are forgiven.. Waiting
Asalaam alaikum. Waiting for the story hope you will upload it soon. Great effort. Jazakhallah kahira
Wa’alaikumussalam. next part wednesday ga In Sha Allah. Alhamdhulillah! Barakallah Laka! 😀
alhe jana koba story… thivarah inthizaaru nukuruvaa…. anekka jana ah kameh v tha? jana story lasvanya ves angaaladhee….. 🙁 🙁 🙁
jana ah maa bodu kameh nuvey ingey ya? hehe….ehaa haas vaa kanthahthakeh noon ey. 🙂 dhen ehaa laheh nuvaane In Sha Allah. next part wednesday ga In Sha Allah 🙂
Salaam..Kobaa miothy wednesday aissa.. irukolhakaa eba beley update vefa tho 🙁 jana plz thivarah hiy thalhuvaakah nuvaane ehnu dho heheh? waiting waiting….
Haadha lahey
Jana awahah up kohdhehchey mirey