Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ނަމަވެސް… 5 ވަނަބައި

Shiya Level 110 Stories100 Login
January 25, 2017 5 Mins Read
4 Comments

އެއީ ޖުމާނާގެ އުފަންދުވަހެއްގައި ނަނގާފައިވާ ފޮޓޯއެކެވެ. ދެމީހުން އެކުގައި ނަނގާފައިވާ ފޮޓޯ ތަކުގެ ތެރެއިން ދެމީހުން އެކުގައި ނަނގާފައިވާ ފޮޓޯ އެކެވެ. އެ ފޮޓޯގެ ކޮޕީއެއް ޖުމާނާ އޭރު ޝިޔާޒަށްވެސް ދިނެވެ.

އަހަރެން މިހާރު ޝިޔާޒް މަތިން އެހާ ބޮޑަށް ހަނދާންވަނީ ކީއްވެ؟… ޖުމާނާ އަށް މަޑު މަޑުން ބުނެވުނެވެ. އަދި ފޮޓޯގައި ފިރުމައިލިއެވެ. ޝިޔާޒް އިނީ ކޮމްޕިއުޓަރ ރޫމްގައި މަސައްކަތެް ކުރާށެވެ. ސެކްޝަނުގެ އެހެން މުވައްޒަފުންވެސް ތިބީ މަސައްކަތުގައެވެ. މާހިން ގޮސް ޓީވީ ހުޅުވައިލިއެވެ. ޓީވީން ދައްކަމުން ދަނީ ” މެންދުރުފަސް ” ލަވަ ޕްރޮގްރާމެވެ. އެވަގުތު ޝިޔާޒްގެ ނަޒަރު ހުއްޓުނީ ޓީވީއާ ދިމާއަށެވެ. އޭރު ޓީވީން ދައްކަމުން ދަނީ ޝިޔާޒަށް އެންމެ ކަމުދާ ފިލްމީ ތަރި ( ނާއްކޮ) ގެ ލަވައެކެވެ.

” އިނގޭތަ އަހަންނަށް ނާއްކޮ އެންމެ ކަމުދަނީ ކީއްވެކަން؟..” ޝިޔާޒް ސުވާލުކުރީ ޖެހިގެން އިން ޒެއިނާއާ އެވެ.

” ނޭނގެ ! ޝިޔާޒް ބުނީމެއްނު އިނގޭނީ…” ޒެއިނާ ބުންޏެވެ.

” އެއީ ނާއްކޮގެ ބޮލުގެ އިސްތަށިގަނޑާއި  ޖުމާ ބޮލުގެ  އިސްތަށިގަނޑާއި ވަރަށް އެއްގޮތް ވީމަ … ޖުމާގެވެސް  އޮންނަނީ އެކަހަލަ ރީތި އިސްތަށިގަނޑެއް…” ހިނިތުންވެލަމުން ޝިޔާޒް ބުނެލިއެވެ.

” އަސްލުވެސް …”  ޒެއިނާ ހިނިތުން ވެލިއެވެ.  ” އެހެންވިމަ ނާއްކޮ ފެނުމުން ޝިޔާޒް ޖުމާ މަތިން ވަރަށް ހަނދާންވޭ ދޯ؟…” ” އާނ.. ވަރަށް ހަނދާންވޭ….” ޝިޔާޒް ޓީވީއަށް ބަލަހަޢްޓައިގެން ހުރެ ބުންޏެވެ.

” ޒެއިނާ އަހާބަލަ އޮފީހުން ޝިޔާޒް އަށް ޒެއިނާ ކަމުދަނީ ކީއްވެތޯ؟..؛” ޝިޔާޒް ދައްކަމުން ދާ ވާހަކަ އަޑުއަހަން އިނދެފައި މާހިން އެހެން ބުނުމުން ޝިޔާޒާއި ޒެއިނާ އަށް އެއްފަހަރާ ހީނގަނެވުނެވެ.

”އެއީ ކީއްވެކަން ޒެއިނާ އަށް އިނގޭނެދޯ؟…” ޝިޔާޒް ބުންޏެވެ.

” ޢަނ..! އިނގޭ…. ޝިޔާޒް ބުނީމެއްނު އެއީ އަހަންނާ ޖުމާއާ ވައްތަރު ގޮތެއް ހުރީމައޭ….” ޒެއިނާ ބުނެލިއެވެ.

” ޒެއިނާ ފެނުނީމަވެސް ޖުމާ މަތިން ވަރަށް ހަނދާންވޭ..” ޝިޔާޒް އެހެން ބުނެފައި މާހިންގެ މުނަށް ބަލައިލިއެވެ. މާހިން ހިނިތުން ވެލަމުން މަޑުމަޑުން ބޯހޫރައިލިއެވެ. ޖުމާނާ އަކީ ޝިޔާޒް އެންމެ ލޯބިވާ އަދި ދުވަހަކުވެސް ހަނދާނުން ނުނެތޭނެ އަންހެން ކުއްޖާކަން މާހިންގެ އިތުރުން އިނގޭ މީހަކީ ޒެއިނާ އެެވެ. އެހެން ނަމަވެސް އެދެމީހުންގެ ގުޅުމުގެ ޙަޤީޤަތަކީ ކޮބައިކަން މާހިން އާއި ޒެއިނާ އަކަށް ނޭނގެއެވެ. މާހިން މީހާރު ވަރަށް ގިނަ ފަހަރަށް ޖުމާނާގެ ވާހަކަ ކިޔައިދިނުމަށް ޝީޔާޒް ގާތު އެދެފިއެވެ.

” މާހިން ހާދަ ކެއްތެރިކަން ކުޑައޭދޯ!… ކެއްކޮށްބަލަ!.. އަދި ނެތެއްނު ކިޔާ ނުދެވިފައެއް؟… އަހަރެން އަދި ހުރިހާ ވާހަކައެއްވެސް މާހިން އަށް ކިޔާދޭނަމޭ…” މާހިން އެވާހަކަ އަހާ ކޮންމެ ފަހަރަކުވެސް ޝިޔާޒްގެ ޖަވާބަކި އެއީއެވެ.

އިމްރާން އޮތީ ނިދާފައެވެ. ދޮވެ އިސްތިރި ކޮށްފައި ހުރި ހެދުންތަށް ހިފައިގެން ޖުމާނާ ވަނީ ކޮޓަރިއަށެވެ. ހެދުންތައް އަލަފާރިއަށްލާފައި އަލަމާރި ތަޅުލުމަށްފަހު ޖުމާނާ އިމްރާނަށް ބަލައިލިއެވެ.އެވަގުތު ޖުމާނާގެ ނަޒަރު ހުއްޓުނީ އިމްރާނުގެ ފޯނަށެވެ. ފޯން އޮތީ އިމްރާން ކައިރީގައި ( އެނދުމަތީގައި) ބާއްވާފައެވެ. ޖުމާނާ އެނދާއި ދިމާއަށް ހިނގައިގަތެވެ. ނިދާފައި އޮތް އިމްރާނުގެ މޫނަށް ބަލަމުން ޖުމާނާ މަޑު މަޑުން ގޮސް ފޯނު ނެގިއެވެ. އަދި ފޯނު ހިފައިގެން ކޮޓަރިން ނިކުމެ ސިޓިންގރޫމް ސޯފާގައި އިށީނެވެ.

އޮފީހުން އައިސް ވަރުބަލިވެފައި ހުރުމުން ޝިޔާޒް  އޮތީ ނިދާފައެވެ. ފޯނު ރިންގ ވާން ފެށިއަޑަށް ޝިޔާޒް އަށް ހޭލެވުނެވެ.  ޝިޔާޒް އަވަހަށް ފޯނު ނަގާފައި ބަލާލިއެވެ. ގުޅަނީ ޝިޔާޒް ނުދަންނަ ނަންބަރަކުންނެވެ.

” ހަލޯ!..”  ފޯނު ކަންފަތުގައި ޖައްސައިލަމުން ޝިޔާޒް ބުންޏެވެ.

” ހަލޯ!..” ޝިޔާޒަށް އެކޮޅުން އިވުނީ ޖުމާނާގެ އަޑެވެ. ޝިޔާޒްގެ ދެލޮލުން ނިދިވެސް ފިލާއިގެން ދިޔަ ކަހަލައެެވެ. ފުންމައިގެން ކަހަލަގޮތަކަށް ތެދުވެ އެނދުގައި އިށީނެވެ. އަދި ފޯނުގައި ބާރަށް ހިފަހައަޓައިލިއެވެ.

” ޖުމާ ކީއްކުރަން ތިގުޅީ؟…” ޝިޔާޒް އަހާލިއެވެ.

” މިގުޅީ ޝިޔާޒް މަތިން ހަނދާން ވާލެއް ބޮޑުކަމުުން… ޝިޔާޒް އަހަރެންގެ މަތިން ހަނދާނެއް ނުވޭތަ؟..” ޖުމާނާ އެހެން ބުނުމުން ޝިޔާޒް ފުންނޭވާއަކާއެކު ދެލޯ މަރައިލިއެވެ.

” މިހާރު ދެން ޖުމާ އަހަރެން މަތިން ހަނދާން ކުރުމުގެ ބޭނުމަކީ ކޮބާ؟… އަހަރެން ރެއާއި ދުވާލު ޖުމާ މަތިން ހަނދާންކުރި ދުވަސްތައް ފާއިތުވެގެން މާޒީވެއްޖެ. އެދުވަސްތަކަކީ އަހަރެންގެ ހަޔާތުގައި ބޭކާރު ދުވަސްތަކެއް..” ޝިޔާޒް ބުންޏެވެ.

” އަަހަރެން މިހާރު ޖުމާ މަތިން ހަނދާނެއްނުވޭ!.. އަދި ހަނދާން ކުރާކަށް ބޭނުމެއްވެސް ނޫން..” ޝިޔާޒް ހެދި ދޮގެކެވެ. ޝިޔާޒް އެހެން ބުނުމުން ޖުމާނާ ވަރަށް ދެރަވިއެވެ. ދެލޮލުން ކަރުނަ ފާއްދައިިލިއެވެ.

” އަހަރެން ބޭނުން ޝިޔާޒަށް ހުރިހާ ވާހައެއް ކިޔައިދޭން..” ދެލޮލުން ކަރުނަ ފޮހެލަމުން ޖުނާމާ ބުންޏެވެ.

” ކީއްކުރަން؟.. މިހާރު ދެން ކޮން ބޭނުމަކު؟…. ޖުމާ އަހަންނަށް ހުރިހާ ވާހަކައެއް ކިޔައިދޭން ވީ ދުވަހު ކީއްވެ ކިޔައިނުދިނީ؟.. ޖުމާ ގަސްތުގައި އަހަންނަށް އޮޅުވާލީ..”

” ތިހެން ނުބުނޭ ޝިޔާޒް.. އަހަރެން ގަސްތުގައި ޝިޔާޒް އަށް އޮޅުވާލީކީއެއް ނޫން… ހުރިހާ ކަމެއް ނިމިގެން ދިޔައީ އަހަރެންގެ ބާރުގައެއް ނޫން…” ޖުމާނާ އަށް ރޮވެން ފެށިއެވެ.  ޖުމާނާ ރޯ އަޑު އަހަން ޝިޔާޒް އަށް ވަރަށް އުނދަގޫ ވިއެވެ. ޝިޔާޒްގެ  ހިތަށް އަސަރު ކުރިއެވެ. އެހެންނަމަވެސް ޝިޔާޒް އެއްވެސް އެއްޗެއް ނުބުނެ އަޑު އަހަން އިނެވެ. ދެންވެސް ވާހަކަ ދެއްކީ ޖުމާނާއެވެ.

”އަހަރެން ގުޅީމަ ރުޅިއައިސްގެން ޝިޔާޒް ފޯނު ކަނޑާލާތީ ވަރަށް ދެރަވޭ!.. ދެން އެހެން ނުހަދައްޗޭ!… އަހަރެންގެ ފޯނު އޮތީ ހަލާކުވެފަ.. އެހެންވެ އެހެންމީހެއްގެ ފޯނުން މިގުޅީ… އަހަރެން އެހެން ވަގުތަކުން ގުޅާނަން.. މިހާރު ދެން ބާއްވަނީ… އައި .. މިސް.. ޔޫ..” ޖުމާނާ އެހެން ބުނެފައި އަވަހަށް ފޯނު ކަނޑައިލިއެވެ. ފޯނަށް ބަލަހަށްޓައިގެން ޝިޔާޒް އިނި ހުއްޓުން އަރާފައި އިން ކަހަލަ ގޮތަކަށެވެ.

ނަޖުވާ ކޮޓަރިއަށް ވަންއިރުވެސް ޝިޔާޒް އިނީ އެގޮތަށެވެ. ނަޖުވާ ހައިރާން ކަމާއިއެކު އިރުކޮޅެއް ވަންދެން ޝިޔާޒް އަށް ބަލަންހުރެފައި ، ޝިޔާޒް އަށް ގޮވައިލިއެވެ. ޝިޔާޒް ސިހިފައި ނަޖުވާ އަށް ބަލައިލިއެވެ.

” ކިހިނެއްވެފަ ތިއިނީ؟..” ނަޖުވާ އައިސް އެނދުގައި އިށީނެވެ.

” މިއަދު މިއުޅެނީ ވަރަށް ބޮޑަށް ބޮލުގަ ރިއްސާތީ….” އިރުކޮޅެއް ވަެގންދެން ނަޖުވާގެ މޫނަށް ބަލަންއިނދެފައި ޝިޔާޒް ބުންޏެވެ. ވެގެން އުޅޭ ގޮތް ނަޖުވާ އަށް ކިޔައިދިނުމަކީ ޝިޔާޒް އަށް އެހާ ފަސޭހަ ކަމަކަށް ނުވިއެވެ.

” ހިނގާ ޑޮކްޓަރަށް ދައްކަން ދާން… ތިހެން ދުވަސް ދުވަސް ކޮޅުން ބޮލުގައި ރިއްސަންޏާ ، ޑޮކްޓަރަށް ނުދައްކާ ހުރުން ރަނގަޅެއްނުވާނެ… ހިނގާ އަވަހަށް ދާން…” ” ޕެނެޑޯލް ކެއީމަ ރަނގަޅުވެދާނެ..” ޝިޔާޒް އެހެންބުނަމުން އެނދުގައި އޮށޯވެލިއެވެ.

” އަހަރެން ބުނާގޮތަކަށް ޝިޔާޒް ނުހަދާނެ!.. ” ނަޖުވާ ހިންހަމަ ނުޖެހިފައި އެނދުން ތެދުވެ ކޮޓަރިން ނުކުންނަން ހިނގައިގަތެވެ. ***********

ރޭދަނޑުގެ ވަގުތެވެ. އިމްރާން އިނީ ބަތް ކާށެވެ. ޖުމާނާ ހުރީ ތައްޓަކަށް ކެބެޖް ކޮށާށެވެ. އިމްރާން އިރު އިރު ކޮޅާ ޖުމާނާގެ މޫނަށް ބަލައިލައެވެ. އިމްރާން ހީވަނީ ޖުމާނާ ގާތު ކޮންމެވެސް ވާހަކައެއް ބުނަން ބޭނުން ވެގެން އުޅޭ ހެންނެވެ.

އިމްރާންގެ ހަރަކާތް ތަކަށް ބަލަން ހުރެފައި ޖުމާނާ އިމްރާނަށް ގޮވައިލިއެވެ. އިމްރާން ކެއުން ހުއްޓާލުމަށްފަހު ޖުމާނާގެ މޫނަށް ނަޒަރު ހިންގައިލިއެވެ. ”އަހަންނަށް ހީވަނީ އަހަރެން ގާތު ކޮންމެވެސް ވާހަކައެއް ބުނަން ބޭނުންވެގެން އުޅޭހެން… އަހަންނަށް ރަނގަޅައްތަ މިހީވީ؟…” ޖުމާނާ އެހިއެވެ. ކާން އިން ބަތްތަށި ދުރަށް ޖައްސާލާފައި، އިމްރާން ކޮޅަށް ތެދުވިއެވެ. އަދި ޖުމާނާގެ މޫނަށް ރުޅިވެރިކަމާއި އެކު ބަލާލިއެވެ. އިމްރާން އެއްވެސް އެއްޗެކޭ ނުބުނެ ކާކޮޓަރިން ނިކުންނަން ހިނގައިގަތެވެ. ޖުމާނާ ވަރަށް ހައިރާންވިއެވެ.

ޖުމާނާގެ ހިތަށް އެރިއެވެ. އިމްރާން އަހަރެން ދެކެ ރުޅިއައިސްގެން އެހުރީ ކީއްވެބާއެވެ؟ ޔަޤީނެވެ. ކޮންމެވެސް ކަމެއް ވެއްޖެއެވެ. ޖުމާނާ ކާކޮޓަރިން ނިކުމެގެން ގޮސް ސިޓިންގރޫމް އަށް ވަނެވެ. އިމްރާން އިނީ ސިޓިންގރޫމްގައި އަތުގައި އޮތް މޯބައިލް ފޯނަށް ބަލަހައްޓައިގެންނެވެ. ޖުމާނާ ވަރަށް ބިރުންހުރެ ގޮސް އިމްރާން ކައިރީގައި އިށީނެވެ.

” ކިހިނެއް ވީތަ؟.. ކިއްވެ ރުޅިއައިސްގެން ތިއިނީ؟..” ޖުމާނާ މަޑުމަޑުން އެހިއެވެ.

” އަހަރެން ރުޅިއައިސްފަ އިނދެއްޖެއްޔާ ޖުމާނާ ވަރަށް ކަންބޮޑުވޭދޯ؟ ޖުމާނާ އަކަށް ނޭނގޭތަ އަހަރެން ރުޅިއަންނަން ޖެހެނީ ކީއްވެކަމެއް؟… ޖުމާނާ އަށް ކުރެވޭ ކަންތައްތަކާ މެދު އެއްފަހަރު ނަމަވެސް ވިސްނާލަބަލަ…” ސޯފާއިން ތެދުވަމުން އިމްރާން ޖުމާނާއާ ދިމާއަށް ބާރަށް ހަޅޭއްލަވައިގަތެވެ. ” އަހަރެން ކީއްތަ ކުރީ؟… ” ޖުމާނާ އަށް ރޮވޭ ގޮތްވިއެވެ.. ” ” ކޮންކަމެއް ޖުމާނާ ނުކުރަނީ؟…” އިމްރާން ކުރިއަށްވުރެވެސް ބާރަށް ހަޅޭއްލަވައިގަތުމުން ޖުމާނާ ކޮޅަށް ތެދުވިއެވެ. އަދި ހައިރާންކަން އެކުލެވިގެންވާ ނަޒަރަކުން އިމްރާންގެ މޫނަށް ބަލަން ހުއްޓެވެ.

” ކޮންކަމެއްހޭ ޖުމާނާ ނުކުރަނީ؟…” އަނެއްކާވެސް އިމްރާން ހަޅޭއްލަވައިގަތެވެ. އެވަގުތަކީ، ލިމްޔާ އައިސް ގެއަށް ވަން ވަގުތެވެ. އިމްރާން ޖުމާނާއާ ދިމާއަށް އެހާ ބާރަށް ހަޅޭއްލަވައިގަތުމުުން ލިމްޔާގެ މުނަށް ވެރިވެގެން ދިޔައީ ހައިރާންކަމެކެވެ. ޖުމާނާގެ ރޮމުން ރޮމުން ދުވެފައި ގޮސް ލިމްޔާގެ ކޮނޑުގައި ބޯއަޅައިލިއެވެ. ” ކިހިނެއްވީތަ ޖުމާ؟.. ” ލިމްޔާ ހުރީ ވަރަށް ކަންބޮޑުވެފައެވެ.

”އަހަންނަކަށް ނޭނގެ ވީގޮތެއް؟…” ރޮމުން ޖުމާނާ ބުންޏެވެ.

” އިމްރާން އަހަރެން ދެކެ ރުޅިއައިސްގެން އަހަންނާ ދިމާއަށް ހަޅޭއްލަވަނީ…. ”

” ކަމަކާ ނުލައި އަހަރެން ހަޅޭއްލަވައި ގަންނާނެތަ؟… ” ޖުމާނާ ލިމްޔާގާތު އެހެންބުނި އަޑު އިވުމުން އިމްރާން ހިސާބަކަށް ބާރަށް ބުންޏެވެ.

އިމްރާން ގޮސް ޖުމާނާ އަތުގައި ވަރަށް ބާރަށް ހިފަހަޢްޓައިލިއެވެ. އަދި ޖުމާނާގެ ބުރަކަށީގައި އަތް އަޅައި ވަރަށް ބާރަށް ސޯފާއާ ދިމާއަށް ކޮށްޕާއިލިއެވެ،.. ޖުމާނާ ސޯފާ މައްޗަށް ވެއްޓުނެވެ. ލިމްޔާ އަވަހަށްގޮސް ޖުމާނާ އަތުގައި ހިފައި ތެދުކުރިއެވެ. ” އިމްރާން މޮޔަވީތަ؟… ކީއްވެތަ ޖުމާ އަށް ތި އަނިޔާކުރަނީ؟.. އިމްރާނުގެ އެއްވެސް އިންސާނިއްޔަތު ކަމެއްކޮބާ؟…” ލިމްޔާ ވަރަށް ރުޅިއައިސްފައި އިމްރާންޢާ ދިމާއަށް ބުންޏެވެ.

” މިދޭތެރެއަށް ވަންނަން ކަލޭތީ ކާކު؟.. މިއީ ކަލެއާ ބެހޭކަމެއް ނޫނޭ….” އިމްޔާން ލިމްޔާއާ ދިމާއަށް އެހެން ބުނަމުން ގޮސް ޖުމާނާގެ އަތުގައި ހިފިއެވެ. ޖުމާނާ ރޮމުން އިމްރާންގެ އަތުތެރެއިން އޭނާގެ އަތް ދަމައިގަންނަން އުޅުނެވެ. އެހެންނަމަވެސް އިމްރާން މާ ބާރުގަދައެވެ. އިމްރާން ޖުމާނާ ގަދަކަމުން ކަހަލަ ގޮތަކަށް ގެންގޮސް ކޮޓަރިތެރެއަށް ކޮށްޕާލިއެވެ. އެއަށްފަހު އިމްރާން ކޮޓަރިއަށް ވަދެ، ކޮޓަރީގެ ދޮރު ވަރަށް ބާރަށް ލެއްޕިއެވެ. ލިމްޔާ ހުރީ ގެއިން ނިކުމެގެން ނުދާށެވެ. އިމްރާން ޖުމާނާ އަށް ކޮންމެފަދަކަމެއްވެސް ކޮށްފާނެކަން ލިމްޔާއަށް އިނގެއެވެ. ކޮޓަރިތެރެއިން ޖުމާނާގެ ރުއިމުގެ އަޑު ލިމްޔާއަށް އިވެމުން ދިޔައެވެ. އިރު ކޮޅަކުން އިމްރާން ކޮޓަރީގެ ދޮރު ހުޅުވައިލިއެވެ. ލިމްޔާ އަދިވެސް ގެއިން ނިކުމެގެން ނުގޮސް ހުރިތަން ފެނުމުން އިމްރާން ގާތަށް އައިސްފައިވާ ރުޅި އިތުރުވިއެވެ.

” ކަަލޭ އަދިވެސް މިތާނގަ؟.. ދޭ.. ދޭ… ހަމަމިހާރު ނިކުމޭ!…. ” އިމްރާން ވަރަށް ބާރަށް އެހެން ބުނުމުން ނުދާން ހުރެފައިވެސް ލިމްޔާ ގެއިން ނިކުންނަން ހިނގައިގަތެވެ.

އިމްރާން އަނެއްކާވެސް ކޮޓަރިއަށް ވަނެވެ. ޖުމާނާ އޮތީ އެނދުގައި ބަންޑުން އޮށޯވެގެން ރޯށެވެ. ޖުމާނާގެ ބޮލުގެ އިސްތަށިގަނޑު އޮތީ ހޭވިފައެވެ. މޫނުމަތީގައި އިމްރާންގެ އަތުގެ ނިޔަފަތިން އެޅިފައިވާ ކުދި ޒަހަމްތަކެއް ހުއްޓެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Shiya

Level 110 Stories100 Login

Other Articles

Previous

ޢަޞްރު (ސަތިރީސްވަނަ ބައި)

Next

އަނދިރިފަރާތް

Next
January 25, 2017

އަނދިރިފަރާތް

Previews
January 24, 2017

ޢަޞްރު (ސަތިރީސްވަނަ ބައި)

4 Comments!

  1. HERO says:
    January 25, 2017 at 10:34 pm

    V v v nice waiting next part…

  2. Zara says:
    January 26, 2017 at 9:16 am

    Wow nice story shiyaa…

  3. ? says:
    January 26, 2017 at 1:54 pm

    Avaha up koh deeba

  4. Ninni says:
    July 8, 2017 at 11:45 pm

    Nice story…. wr is the other parts…

Comments are closed.

Next Episodeނަމަވެސް.. 6 ވަނަބައި←


All Right Reserved!