އިންތިހާޔަށް (18ވަނަ ބައި)
ކޮންފަރެންސް ރޫމަށް އެޅި ފުރަތަމަ ފިޔަވަޅާއި އެކީ ލައިޝާގެ ދެފައި ތަޅުލެވުނީ ކުރިމަތިން ފެނުން މޫނެއްގެ ސަބަބުންނެވެ. އެއީ މިހުރިހާ ދުވަހު ލައިޝާ ފިލައިގެން އުޅުން ސޫރައެވެ.
“ލައި” ހަރަކާތް ހުއްޓިފައި ހުރި ލައިޝާގެ އަތުގައި ނިކް މަޑުމަޑުން ކޮށްޓައިލިއެވެ. ލައިޝާ ދިޔައީ ސިއްސައިގެންނެވެ. ލައިޝާ މަޑުމަޑުން ކުރިޔަށް ހިނގަން ފެށިއެވެ. ނިކް ހުރީ މި ވާނުވާއެއް ނޭންގިފައެވެ.
ކުއްލިއަކަށް ލައިޝާ ފެނުމުން އައިޝާ ހުރީ ބުނާނެ އެއްޗެއްވެސް ނޭންގިފައެވެ. އުފާ ކުރާންވީ ކަމެއް ނޫނީ އުފަލުން ރޯންވީ ކަމެއްވެސް ނޭންގެއެވެ. ކުއްލި ސިހުމަކާއި އެކީ އައިޝާ ނަގަން އުޅުން ފިޔަވަޅު ހުއްޓުނީ ކުއްލިއަކަށް ލައިޝާ ގޮސް އައުސްގެ ކުރިމަތީގައި ހުއްޓުމުންނެވެ.
އެވަގުތު އައުސް ހުރީ އަތްފައި ފިނިވެފައެވެ. އަހަރުތަކެއް ފަހުން ހިތް ދެކެން އެންމެ ބޭނުން ސޫރަ ކުރިމަތިން ފެނުމުން ބުނާނެ އެއްޗެއްވެސް ނޭންގިފައެވެ. އަނގައިން ބުނާނެ ބަހެއްވެސް ނޭންގިފައެވެ.
ކޮންފަރެންސް ރޫމް ތެރޭގައި ތިބި އެންމެން ހަރަކާތް ހުއްޓިފައި ބަލަން ތިބީއެވެ. އެންމެން ވެސް ތިބީ ވާނުވާ ނޭންގިފައެވެ.
“މީ އެއްކަލަ ފޮޓޯ އިން ފެނުން ކުއްޖާތަ؟” ލަމްހާ ސިއްރު ސިއްރުން ޝުވާ ކައިރީ އަހައިލިއެވެ.
“އާނ ހީވަނީ… އައުސް ކުރިމަތީ މި ހުއްޓުނީ ކީއްވެ؟” ޝުވާ އަހައިލިއެވެ. ލަމްހާ ކޮނޑު އަރުވައިލިއެވެ.
ވަރަށް ފުންކޮށް ލައިޝާ އައުސްގެ މޫނަށް ބަލަމުން ދިޔައެވެ. އައުސް ހުރީ ގަނޑުވި ގޮތައް ގުޑައިލަންވެސް ނޭންގިފައެވެ. މަޑުމަޑުން ލައިޝާގެ އަތް މައްޗައް އުފުއްލައިލިއެވެ. އަދި ގަނޑު ފެންކޮޅެއްފަދަ އެފިނި އަތުން އައުސްގެ އެއް ކޮލުގައި ފިރުމައިލިއެވެ. އެވަގުތު އައުސްގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ.
މަންޒަރު ބަލަން ހުރި ނިކް އަކަށް މަޑަކުން ނުހުރެވުނެވެ. ބާރު ހިނގުމެއްގައި އައިސް ލައިޝާގެ ކޮނޑުގައި އަތް ބާއްވައިލިއެވެ.
“ވަޓް އިޒް ދިސް ލައި؟ ޔޫ ނޯ ހިމް؟” ނިކް އަހައިލިއެވެ. އެޔާއި އެކީ ލައިޝާ ބޯ ޖަހައިލިއެވެ.
“އައުސް….” ލައިޝާ ވައި އަޑުން ބުނެލިއެވެ. އެވަގުތު ނިކް އައުސްގެ މޫނަށް ބަލައިލިއެވެ.
“ލައި…” އައުސް ބުނެލިއެވެ. އެވަގުތު ލައިޝާގެ ލޮލުން ކަރުނަ އަންނަމުން ދިޔައެވެ. އައުސް މަޑުމަޑުން ލައިޝާގެ ދެއަތުގައި ހިފައިލިއެވެ.
“ޔޫ އާ އެލައިވް!!!” އައުސް އަށް ބުނެވުނެވެ. އެވަގުތު ލައިޝާ ބޯ ޖަހައިލިއެވެ.
ދެއަތް މޭޒުގައި ވިއްދައިގެން ހިނގަމުން ދިޔަ މަންޒަރު ބަލަން އައިޝާ ހުއްޓެވެ. އޭރު އައިޝާގެ ދެލޯ ވަނީ ކަރުނުން ފުރިފައެވެ. ލައިޝާ ވަދެގެން އައި އިރު ކުރިމަތީގައި އައިޝާ ކޮޅަށް ހުއްޓެވެ. ނަމަވެސް އެ ލޮލުގައި އަޅައިގަތީ ހަމައެކަނި އައުސްއެވެ. އެއީ ކީއްވެގެން ހެއްޔެވެ؟ ކުއްލިއަކަށް އައިޝާ މޭޒުމަތިން ދެއަތް ނައްޓުވައިލިއެވެ. އަދި ބާރު ބާރަށް ހިގައިފައި ލައިޝާ ހުރި ދިމާއަށް ދާން ހިނގައިގަތެވެ. އެދިޔަ ބާރުމިނުގައި އައިޝާ ގޮސް ލައިޝާގެ ކަނާއަތުގެ މުލައްދަނޑީގައި ހިފައި އަނބުރައިލިއެވެ. އެވަގުތު އެތާ ތެރޭ ތިބި އެންމެން ދިޔައީ ސިއްސައިގެންނެވެ. ހައިރާންކަންމަތީ އެންމެން ބަލަހައްޓައިގެން ތިބީއެވެ.
އައިޝާގެ މޫނުމަތި ފެނުމުން އައުސް ހިންދިރުވައިލިއެވެ. މަޑުމަޑުން ޝުވާއަށް އެންމެން ނެރުމަށް އިޝާރާތް ކޮށްލިއެވެ.
“މީޓިން އިޒް ޕޯސްޕޯންޑް ޓު ޓުމޯރޯ.. ވީ ވިލް ޓެލް ދި ޓައިމް ލޭޓާރ..” ޝުވާ އެންމެންނަށް އިވޭ ވަރަށް ބުނެލިއެވެ. އެވަގުތު އައުސް، އައިޝާ، ލައިޝާ އަދި ނިކް ފިޔަވައި އެންމެން އެތަނުން ނިކުމެގެން ދިޔައެވެ.
އަވަސް ހަރަކާތަކާއި އެކީ އައިޝާ ލައިޝާގެ ގައިގައި އޮޅުލައިގަތެވެ. އޭރު ދެމީހުންނަށް ވެސް ރޮވެމުން ދިޔައެވެ.
“އިޝީ..” ލައިޝާ ބުނެލިއެވެ.
“އާނ އިޝީ… މިހުރިހާ ދުވަހު ކޮންތާކު އުޅުނީ؟ ނޭންގޭތަ ދެރަވާނެ ވަރެއް؟ އެންމެން ހީކުރީ ލައި މަރުވީކަމަށް… ކީއްވެގެން އެހެން ހެދީ؟ ފާޑެއްގެ ސިޓީ އެއް ލިޔެފަ ސުސައިޑް ކުރަނީ އޭ ކިޔާފަ ކޮންތާކު މިހުރިހާ ދުވަހު އުޅުނީ؟” އައިޝާގެ ގަޔާއި ލައިޝާ ދުރުކޮށްލަމުން ބާރަށް ހަޅޭތްލަވަމުން ދިޔައެވެ. އައިޝާގެ ވާހަކަތައް އަހާފައި ލައިޝާގެ ހައިރާންކަން އިތުރު ވަމުން ދިޔައެވެ.
“ނޫން އިޝީ… ލައި ނުލިޔަން ސިޓީއެއް…. ލައި އޭގެ ފަހަކުން ސުސައިޑް ކުރާކަށް ނުވެސް އުޅެން…” އައިޝާގެ ދެއަތުގައި ހިފައިލަމުން ލައިޝާ ބުނެލިއެވެ. ލައިޝާގެ ދެ އަތް ފޮޅުވައިލުމަށްފަހު އައިޝާ މޭޒު ކައިރިޔަށް ޖެހިލިއެވެ. އަދި މޭޒުމަތީގައި އޮތް އައިޝާގެ ދަބަސް ތެރެއިން ވޮލެޓް ނެގުމަށްފަހު، އޭގެތެރެއިން ކަރުދާސް ގަނޑެއް ހިފައިގެން އައިސް ލައިޝާގެ އަތައް ދިނެވެ. ލައިޝާ އެއްފަހަރު އައުސްގެ މޫނަށް، އަނެއްފަހަރު އައިޝާގެ މޫނަށް ބަލައިލުމަށްފަހު ސިޓީ ކިޔަން ފެށިއެވެ.
“އިޝީ މީ ލައި އެންމެ ފުރަތަމަ ސުސައިޑް ކުރަން އުޅުން އިރު ލިޔުން ސިޓީ… މި ކިހިނެއް ލިބުނީ؟ މީތި އޮތީ ފަރީއްތަ އަތުގައެއްނު؟” ލައިޝާ އެހެން ބުނުމުން އައުސް އެ ސިޓީ ލައިޝާގެ އަތުން ޖަހައިގަތުމަށްފަހު ކިޔައިލިއެވެ.
“އާނ މީ އެ ސިޓީ…” އައުސް ބުނެލިއެވެ. ލައިޝާ އައުސްގެ މޫނަށް ބަލައިލިއެވެ.
“އައުސް އަށް ކިހިނެއް އިނގުނީ؟” ސުވާލުގެ ނަޒަރަކުން ލައިޝާ އަހައިލިއެވެ. ދެން އައުސް އަށް އެސިޓީ ގެ ވާހަކައާއި ލައިޝާގެ މާޒީގެ ކަންތައްތައް އިނގުން ގޮތް ކިޔައިދިނެވެ.
“ހުރިހާ ކަމެއް އިނގޭނެ… ހިނގާ ގެޔަށް ގޮސްފަ ވާހަކަ ދައްކަން ދޯ؟ މަންމަ ވަރަށް އުފާވާނެ ލައި ފެނުނީމަ… ހިނގާ ދާން… ލައި އަކަށް ނޭންގޭނެ އިޝީ މިހުރިހާ ދުވަހު އުޅުން ހާލެއް… އައި މިސްޑް ޔޫ ސޯ މަޗް…” ލައިޝާގެ ގައިގައި ބައްދައިލަމުން އައިޝާ ވާހަކަ ދައްކަމުން ދިޔައެވެ. އައިޝާގެ ކޮނޑުމަތީ ބޯ އަޅައިގެން އޮވެ ލައިޝާ އައުސްގެ އަތުގައި ހިފައިލުމަށްފަހު ބަލައިލިއެވެ. އަދި ހީލިއެވެ. އޭރު އައުސްގެ ފެންކަޅިވެފައިވާ ދެލޯ ވިދަމުން ދިޔައެވެ.
މަންޒަރު ބަލަން ހުރި ނިކްއަށް މިމީހުން ކިޔާ އެއްޗެހި ނޭންގުނު ކަމުގައި ވިޔަސް ވާނުވާ ކުޑަކޮށް އިނގިއްޖެއެވެ. އެކަކު އަނެއްކަކަށް މުޚާތަބު ކޮށްގެން ކިޔާ ނަންނަމުންވެސް އެއީ ކޮންބައެއްކަން އެނގިއްޖެއެވެ. ލައިޝާގެ އަތުގައި ހިފައިގެން ހުރި އައުސް ފެނުމުން ނިކްއަށް މުށްކަވައިލެވުނެވެ. ދެން ކުރެވޭނެ ހަމަ އެއްވެސް ކަމެއް ނެތެވެ. ލައިޝާ ރާއްޖެ ގެނެސް ނުވިތާކަށް މީޓިން އަށް ވެސް މިގެނެވުނީ ނިކް ގެ މޮޔަ ކަމުންނެވެ. މިހާރު ލައިޝާ ބުނި ގޮތައް ނުހެދުން މޮޔަވެސް ހިތައް އަރަން ފެށިއެވެ. ދެރަވިވަރުން އެތަނުން ދާން ނިކް ހިނގައިގަތެވެ.
“ނިކް…” ދާން އެނބުރެލި ވަގުތު ނިކް ހުއްޓުންއެރީ ލައިޝާ ގޮވައިލުމުންނެވެ. ބާރަށް ހިނގާލައިފައި އައިސް ލައިޝާ ނިކްގެ އަތުގައި ހިފައިލިއެވެ. އެމަންޒަރު ފެނިފައި އައުސްގެ މޭ ކަރައިގެން ދިޔައެވެ. ނުބައި ގޮތެއް ވަމުން ދިޔައެވެ. ނިކްގެ އަތުގައި ހިފައިގެން އައިސް ލައިޝާ އެމީހުންގެ ކުރިމައްޗައް ހުއްޓުނެވެ.
“މީ ނިކް… މައި ގާޑިއަން…” ލައިޝާ ބުނެލިއެވެ. ބަހެއްވެސް ނުބުނެ އައިޝާ އަދި އައުސް ނިކްއަށް ބަލަމުން ދިޔައެވެ.
“އޮސްޓްރޭލިއާގަ ލައި މިހުރިހާ ދުވަހު ހުރީ ނިކް ކައިރީގަ…” ލައިޝާ ބުނެލިއެވެ.
“އޮސްޓްރޭލިއާގަ އޭ!” ދެލޯ ބޮޑު ކޮށްލާފައި އައިޝާއަށް ބުނެލެވުނެވެ. ލައިޝާ ބޯ ޖަހައިލިއެވެ.
“ދިސް އިސް އިޝީ.. އައުސް” ލައިޝާ ނިކް އަށް އެމީހުން ތައާރަފް ކޮށްދިނެވެ.
“ޔޫ.. ޔޫ.. ވޯސް…” އައިޝާ ބުނަން އުޅުން ޖުމްލަ ހުއްޓުން އެރީ އައިޝާގެ އަތުގައި ލައިޝާ ހިފައިލުމުންނެވެ.
“ހިނގާ ގެޔަށް ދާން… ހުރިހާ ވާހަކައެއް ދައްކާނީ ހަމަ ޖެހިގެން…. ބައިވަރު ވާހަކަ އެބަހުރި… އާދެ އައުސް ވެސް…” ލައިޝާ ބުނެލިއެވެ. އެންމެން ދާން ހިނގައިގަތެވެ.
“ލައިޝާ ވީ ތަނެއް އަހަރެންނަށް އިނގޭ… ކުރީ ދުވަހުގެ ރިކޯޑިން އަހަރެންނަށް ގެނޭ އޭރަށް ބުނާނަން…” ފަރީޝާ ބުނެލިއެވެ. އޭރު ފަރިޝާ ހުރީ ގޭ ދޮރުމަތީގައި ރިޔާޒް ކައިރީގައެވެ. ފަރީޝާ ފާރުގައި ލެނގިގެން ހުރި އިރު ރިޔާޒް ހުރީ ފާރުގައި ދެއަތް ވިއްދައިގެން ފަރީޝާއަށް ނުދެވޭނެހެން ހިފަހައްޓައިގެންނެވެ.
“ހެހެހެހެ…. ނުކުރާނަން ގަބޫލެއް… އެއް ފަހަރު ބުނާނެ ނޭންގެއޭ… އަނެއް ފަހަރު ބުނާނެ ބޭރު ބަޔަކަށް ވިއްކާލީއޭ…. ނޫނީ ބުނެފާނެ މަރުވެފަޔޭ… ދެން ކިހިނެއް ގަބޫލު ކުރާނީ؟” ހެމުން ހެމުން ރިޔާޒް ބުނެލިއެވެ.
“އަހަރެންނަށް ބިރު ދައްކަންތަ ރިޔާޒް ތި އުޅެނީ؟” ފަރީޝާ ބުނެލިއެވެ. ރިޔާޒް ޗޮކެއް ކަނޑައިލިއެވެ.
“އަމިއްލަ ދަރިފުޅު ދެކެ ބިރު ގަންނަނީ ކީއްވެގެން؟” ރިޔާޒް ބުނެލިއެވެ. ވަކި އެއްޗެއް ނުބުނެ ފަރީޝާ ހުރީއެވެ.
“މަންމަ އަކު ދަރިޔެއް ދެކެ ބިރުގަތުމަކީ ދެން ވަރަށް ހެއްވާ ކަމެއް…” އަނެއްކާވެސް ރިޔާޒް ބުނެލިއެވެ.
ސިޑި މަތީގައި އައުސްގެ އިންތިޒާރުގައި އިން ޒީޝާ ސިހުނީ ފަހަތުން އާލިމް ގޮވައިލުމުންނެވެ.
“މިރޭވެސް އިންތިޒާރުގަތަ؟” އާލިމް އަހައިލިއެވެ. ޒީޝާ ހިނިތުންވެލިއެވެ.
“ކީއްވެގެން މާ ބޭބީ ކޮށް ތި އުޅެނީ؟ އޭނަ އެއީ ކުޑަ ކުއްޖެއްވެސް ނޫނޭ… ޒީގެ ނިދި ނަގާލާފަ ކޮންމެ ރެޔަކު އޭނަގެ އިންތިޒާރުގަ ތި އިންނަނީ…” ޒީޝާ ކައިރީ އިށީންނަމުން އާލިމް ބުނެލިއެވެ.
“ޒީ މިތާ އިންނަހާ ހިނދަކު ތިއްތިވެސް ހުންނަމެއްނު ބަލާން ދުރުގަ…” ޒީޝާ އެހެން ބުނުމުން އާލިމް ކުޑަކޮށް ސިހުނެވެ.
“ޒީ އަށް އިނގެޔޭ ތިއްތި ހުންނަކަން ބަލަން… އެހެންވީމަ ތިއްތި ޒީ އަށް ކެއާ ކުރާވަރަށް ޒީ އައުޓީ އަށް ކެއާ ކުރެމޭ….” އަނެއްކާވެސް ޒީޝާ ބުނެލިއެވެ. އެޔާއި އެކީ އާލިމް އަށް ފުން ނޭވަޔެއް ލެވުނެވެ.
“އައުޓީ ދެކެ ލޯބިވޭތަ؟” އިޚްތިޔާރަކާއި ނުލައި އާލިމް އަށް އަހައިލެވުނެވެ. އެހުނު އެއްޗެއް އިނގުނީ ބުނެ ނިމުން ފަހުންނެވެ. އާލިމް އެހެން އަހައިލުމުން ޒީޝާ ދިޔައީ ސިއްސައިގެންނެވެ. ދެން ދެމީހުންގެ މެދުގައި ހިމޭން ކަމުގެ ވަގުތު ކޮޅެއް ހޭދަވެގެން ދިޔައެވެ. ބަހެއްވެސް ނުބުނެ އިސްޖެހިގޮތައް ޒީޝާ އިނީއެވެ.
“ތިއްތިއަށް އިނގޭ އެކަން…” އާލިމް މަޑުމަޑުން ބުނެލިއެެވެ. އޭރުވެސް ޒީޝާ ބަހެއްވެސް ނުބުނެ އިނީއެވެ.
އާލިމް ކުޑަކޮށް ވިސްނައިލިއެވެ. މިހާރު ދެން ޒީޝާ އައުސް ދެކެ ލޯބިވާކަން ޔަގީން ވެއްޖެއެވެ. ޒީޝާގެ ހިތް އާލިމް ކިތަންމެހައި ވެސް ބޭނުމެވެ. ނަމަވެސް އެހިތް ވަނީ މާކުރިން އައުސް އަށް ދީފައެވެ. ފަހަރެއްގައި އައުސްގެ ހިތުގެ ހާލު ޒީޝާ ކައިރީ ބުނެފިނަމަ އާލިމްއަށް ޒީޝާ އާއި ގުޅުން ބަދަހި ކުރުމަށް މަގުފަހި ވެދާނެއެވެ. ވަރަށް ވިސްނުމަށްފަހު ޒީޝާ ކައިރީ ހުރިހާ ވާހަކައެއް ކިޔައިދެން އާލިމް ނިންމިއެވެ.
“ޒީ ކައިރީ ވަރަށް ބޮޑު ވާހައެއް ބުނަން ބޭނުން…” އާލިމް ބުނެލިއެވެ. ޒީޝާ ވަގުތުން އާލިމްއަށް ބަލައިލިއެވެ.
“ކޮން ވާހަކައެއް؟” ޒީޝާ ބުނެލިއެވެ.
“ރިޔާޒް ޕްލީޒް އަހަރެން ޔޫސް ނުކުރޭ… ދެން ވީ ކަމެއް ވެ ނިމިއްޖެ އެއްނު…” ފަރީޝާ އާދޭހުގެ ރާގަކަށް ބުނެލިއެވެ.
“އިނގޭތަ އަހަރެންނަށް ކުރި އަސަރު؟ ހަތް އަހަރު… ހަތް އަހަރު އަނދިރި ޖަލެއްގަ އިނދެފަ ދުނިޔޭގެ އަލިކަން މިދެކުނީ… ފަރީ މެން ބޮޑު ގެޔެއްގަ އަރާމުގަ އުޅުން އިރު އަަހަންނަށް އިނގޭ އަހަރެން މަތިން ހަނދާންވެސް ނުވާނެކަން…. ހަތް އަހަރު އެތާ އިނދެގެން ވިސްނީ ލައިޝާ ހަލީމްގެ ކިބައިން ބަދަލު ހިފާނެ ގޮތެއް… އެ ނުލަފާ ފުރޭތަ އެންމެ ފަހުން މުދާ ގަނޑާވެސް ވެރިވެގަތީ…. އެއީ މަގޭ އިޝީ ގެ އެއްޗެހި.. މަގޭ އެއްޗެހި…” ރިޔާޒް ބާރަށް ވާހަކަ ދައްކަމުން ދިޔައެވެ.
“އެއީ ރިޔާޒް ގެ އެއްޗިއްސެއް ނޫން…. އެއީ ރިޔާޒް އާ ވާވެސް އެއްޗިއްސެއް ނޫން… އެއީ އިޝީ އާ ލައި ގެ އެއްޗެހި….” ރިޔާޒްގެ ލޮލަށް ބަލަން ހުރެ ފަރީޝާ އަޑަށް ބާރުލާފައި ބުނެލިއެވެ. އަދި ރިޔާޒްގެ ދެއަތް ފޮޅައިލުމަށްފަހު ދާން ހިނގައިގަތެވެ. ނަމަވެސް ރިޔާޒް ފަރީޝާގެ އަތުގައި ހިފައި އޭނަޔާ ދިމާއަށް އަނބުރައިލިއެވެ.
“ކީއްވެ މަށަށް ހައްގު ނުވާންވީ؟ އިޝީ އެއީ މަގޭ ދަރިޔެއް… އެހެންވީމަ މަށަށްވެސް ލިބޭންޖެހޭނެ…” ފަރީޝާގެ އަތައް ފިތައިލަމުން ރިޔާޒް ބުނެލިއެވެ.
“އައްދޯތް… ދޫކުރޭ މަގޭ އަތުން…. ވަރަށް ސާފުކޮށް ވާހަކައެއް ބުނަންތަ؟ އައިޝާ އަކީ ރިޔާޒްގެ ދަރިޔެއް ނޫން… އެއީ ލައިޝާގެ ބައްޕަ ހަލީމްގެ ދަރިޔެއް….” ފަރީޝާ ހަލޭތް ލަވައިގަތެވެ. ދެން ކުއްލިއަކަށް ދުލުގައި ތަޅު އެޅުވުނީ ފަހަތުން އައިޝާ ފެނުމުންނެވެ. (ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
40 Comments!
Comments are closed.


Sorry for the late post. I was little busy these days!
There you go- Inthihaayah Ep18??
alhe mivaahakaige 17 vana part kobaitha ehgothakahves e parteh nufenunu kihineh hadhaanee
Click to my name wasee. So that you can find all the episodes?
Damn damn bas huttifa mihuree!! Fareesha haadha nubayey.. Alhey ifaa adhi 1 part genesdheebala please??
Haadha lahakunney dhw up mivee. Kiyaa hithun ulhenyaa lasvaane?
Ekamaku mi part v salhi…
Next part kiyaa hithun keh madhuvefa mihuree…. Avaaaaaaaaaas
Allah akbar!!!!!
Fareesha ishy athun maruvaane mifaharu. Story vvvvvvvvvv reethi??
Mi vee kihineh? Fareesha haadha nubayey dhw?
God damn story v reethi!! Emme hiy huttey hisaabun thi ninmaalee!!
Love you iph??
Tsk tsk tsk… Bunaane ehcheh ves neyngun!! Dhen aisha hadhanee kihinehbaa? Lai ah hedhi goiy vs falhaa araane kanneynge mifaharu!! Eiy tha fareeshage bodu sirrakee? Maaiykalaakoa!! Fareesha mee nubaikamun foavefa huri anhenennu…
Aaan ekey hama speechless??
Agree with you nazy!! I have the same questions… Let’s see yah wat happens next!! Beautiful story.
Mi story fashaigen kiyaanee kihineh? Hamy akah neyngun. Konmes kujjaku bunedheebala
Ifaau ge name ah click kureema hurihaa episode eh vs fennaane
1part miss vefa dho
Haadha kurey
Alim miuleheen aus ge vaahaka bust kollan dhw zee ah? Eynayah keiy nuvegen. Dhn ragalhu vaanee vs thi vaahaka bunegen aalim avahah zee ah propose kuriyyaa.. Anekolhun fareesha mi hedhee koacheh? Lai aisgen ehaa ufaa vefa hutta miyoh kee ehcheh dhw. Dhen ingey kulhigan’du fesheynee. Asluves fareesha kaanulaafiyyaa ragalhu aisha?? Haadha reehchey mi vaahaka. Dhefaharuves reethi kamun kiyaalavey.
Subbuuu…???
In shock…????
Haaaaaaadha furihama story ekeyy..
I really really like this story..
Knme part ehhgavex shock ehh..
Speeeechlesss…
Amazing…
Dhnnn vaanee kihinehbaa..
Mivee gotheh dhw.. Story v habeys
Just wow. Waiting for next part.
When is next part ifaa? Please upload it tomorrow
dayummmm.. farreesha yah vaane. huvaa mibuni. komme kamehgge adiga egolaa. hahaha. story v nala <3
Hiy huttey kahala hisaabakunnehnu thi ninmaalee… Mirey adhi 1 part up kodheebala ifaau!!
Finally vaahaka up vejje dhw!! v salhi ingey!!
Wow nice story
Konirakuntha next. Plssss avaaaas. Vvvvvv ryyhythiii. Can’t wait
Alhey haadha reechey mi story….thankolheh avahah up kohdhehchey….dhen fareesha ah vaanee kihinehbaa
Vaahaka tha haadh up nukurevey esfiya ge liyun therin… Huriha vaahaka kiya nimijje… Iru kolhaka nubalany story eh up koffa in tho… Feeling boring
Salhi mi vaahaka vess adhi.. Ifaau thankolhe Gina story liye bala…
Wow nice story . Konirakun next part avas kobala kethe nuvaane
Alhey haadha reechey
When is next part?
ޭއިނގިރޭސި ވާހަކަ އެއް ލިޔަން ފެނ
Liyaa irah bunaane mee dhivehi vaahaka liyaa sitekey aneh ehchekey mi dhivehihnah nohnaane heyo eh goi ves? Btw srty is awsmmn
Miadhu aneh part up kohdheythi ingey ifaau?
Story v reethi
Hey everyone! Thank you all for the lovely comments?
Ep19 will be uploaded today insha allah?
Miadhu kihaairaku up vaanee?
Kobaatha story. When update?????
Waitinggggggggggg
Alhe kobaatha story..
Ifaa buny mehnu niadhu up kuraananeyy..
Adhi kehkohlan v dhw..
It is uploaded baby?
Miadhu**
Speechless.. 🙂 Masha Allah!