Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ވަންހަނާ (21)

layaal Level 310 Stories100 Comments
January 22, 2017 10 Mins Read
39 Comments

“ހާއި އައްޔާދް.. ނައިސް ޓު މީޓް ޔޫ އަގައިން.” ރިއުމާން ހިނިތުންވުމެއް ރައްދުކޮށްލަމުން އެލޮލުގައިވީ ކަރުނަތައް ހިންދާލިއެވެ. ހިތާއި ދެކޮޅަށް އެއްވެސް ކަމެއް ނުވާކަމަށް ހަދައި ލައިބާ ކުރިމަތީގައި އެހިތުގެ އުދާސްތައް ފޮރުވިއެވެ. އޭރު އައްޔާދް ސިހިފައި ހުރިއިރު ރިއުމާންއަށް ދޭނެ ޖަވާބެއް ވެސް އެދުލަކަށް ނައެވެ. އެއްފަހަރު ލައިބާއަށް އަނެއްފަހަރު ރިއުމާންއަށް ނަޒަރު ހުއްޓާލާއިރު އޭނާ ހުރީ ވާނުވައި ނޭނގި އޮޅުންގަނޑެއް ތެރޭގައެވެ.

“ވަރަށް ދުވަސް ވެއްޖެ ރިއުމާން ކައިރި އައްޔާދްގެ ވާހަކަ ކިޔާތާ.. ސޮރީ ކުރިން ނަން ނުބުނީ ރިއުމާންއަށް ދިމާވި ހާދިސާއާއި ހެދި އެހަދާންތައް އިތުރު ނުކުރަންވެގެން.” ލައިބާ ހަމްދަރުދީވެފައި ރިއުމާންގެ އަތުގައި ހިފާލަމުން ބުނެލިއެވެ. “ނޫނޭ.. އިޓްސް ފައިން. ވަރަށް އުފާވެއްޖެ ލައިބާއަށް އައްޔާދް ކަހަލަ މީހެއް ލިބުނީތީ.. ހީ ރިއަލީ އިޒް ވަން އޮފް އަ ކައިންޑް..” އައްޔާދްއާއި ހަތަރު ކަޅި ހަމަކުރަމުން ރިއުމާން މިހެން ބުނެލިއިރު އެބެލުމުގައިވީ ހިތްދަތިކަން އައްޔާދްއަށް ސިއްރެއް ނުވިއެވެ. އޭނާ އިތުރު އެއްޗެކޭ ބުނުމުގެ ކުރިން ރިއުމާން އެތަނުން ދިޔައީ ޚަފްލާ ފެށެނީ ކަމަށް ބުނެފައެވެ.

އޭރުވެސް ގަބުވެފައި ފާޑަކަށް ހުރި އައްޔާދް ހޭވެރިކަމެއްވެ ދެންމެ އެހިނގި ކަންތައް ސިކުނޑީގައި ކުޅެލެވުނެވެ. ލައިބާ އެފަދަ ވާހަކަށް ބުނަން ހިތަށް ވެސް އެއެރީ ކިހިނަކުން ބާއޭ އަމިއްލަ ޒަމީރު ސުވާލުކުރިއެވެ. “ލައިބާ..” އައްޔާދް އެކަން އިތުރަށް އޮޅުން ފިލުވަން ގޮވާލި ވަގުތު ޚަފްލާ ފެށިގެން ދިޔުމުން ލައިބާ އަވަސް އަވަހަށް އޭނާގެ އަތުގައި ހިފައިގެން ގޮސް ގޮނޑީގައި އިށީނެވެ. ބޮލުގައި ހައިޖާނުގަނޑެއް އުފެދިފައި ވީއިރު އޭނާ އިރުއިރުކޮޅުން ތަންކޮޅެއް ދުރުގައި އިން ރިއުމާންއަށް ނަޒަރު ހުއްޓާލާއެވެ. އޭނާގެ މޫނުމަތިން އެއްވެސް އަސަރެއް ނުފެނުނު އިރު އެއްފަހަރު ވެސް އައްޔާދްއާއި ދިމާއަށް ބަލައެއް ނުލައެވެ.

ސްޓޭޖަށް ނަޒަރު ހުއްޓާލައިގެން އިން ކަމަކު ރިއުމާންގެ ވިސްނުންވަނީ މިހުރިހާ ކަމަކާއި ދުރުގައެވެ. އައްޔާދްގެ ޚިޔާލުތަކުން އުނދަގޫ ކުރިވި އިރު އެގޮތަށް އޭނާގެ އަވައިގައި ޖެހުނީތީ އަމިއްލަ ނަފްސު ކުއްވެރި ކުރެވުނެވެ. އެތަށް ފަހަރެއް މަތިން ސިކުނޑީގައި ދެންމެ ހިނގާ ދިޔަ ކަންތައް ފިލްމެއް ސިފައިގައި ރޯލު ވަމުން ދިޔައިރު ލޮލުން ހިލުނު ކަރުނަ ބޭރުވެ ނުދީ ހިފެއްޓިއެވެ.

ދުރުގައި އައްޔާދް އިންއިރު އޭނާ އެންމެފަހަރަކު ވެސް އެނބުރިއްޖެ ނަމަ އެސޫރަ ފެންނާނެކަން އިނގޭތީ ރިއުމާން ފަރާތަކަށް ޖެހި ވެސް ނުލައި އިނެވެ. “ރިއުމާން ޒުބޭރް..” ސްޓޭޖްމަތީގައި ހުރި ކުއްޖާ އޭނާގެ ނަން ގޮވާލުމުން ވެސް ރިއުމާންއަށް އަޑު އިވުނުހެންނެއް ހިއެއް ނުވެއެވެ. އޭނާ އިނީ އެކަމަށް ވުރެ ބޮޑަށް އަމިއްލަ ޚިޔާލުތަކަށް ގެއްލިފައިއެވެ. ކުއްލިއަކަށް ކައިރީގައި އިން ކުއްޖާ އޭނާ ގައިގައި ކޮއްޓާލުމުން ރިއުމާން އިސްނަގައި ވަށައިގެން ނަޒަރު ހިންގާލިއިރު އެންމެން ތިބީ އޭނާ ސްޓޭޖަށް އަރާނެ އިރެއްގެ އިންތިޒާރުގައެވެ. މޫނުމަތިން ހަމަޖެހުން ފާޅުކޮށްލަމުން ރިއުމާން ހިނިތުންވެފައި ހުރެ ތެދުވެ ސްޓޭޖަށް އެރުމުން އެންމެންގެ އަތްތިލަ ބަޑީގެ އަޑު ހިފާލިއެވެ.

ވެބްސައިޓް ތަޢާރަފްކޮށް ނިމުނު އިރުވެސް އައްޔާދްއަށް ލައިބާ ކައިރީގައި އެކަން އޮޅުން ފިލުވާލާކަށް ފުރުސަތެއް ނުލިބުނެވެ. އެހެންނޫނަސް އެވާހަކަ ދައްކަން މިވަގުތު އެކަށީގެން ނުވާތީ އޭނާ މަޑުކުރީ ރަނގަޅު ފުރުސަތެއްގައި އެކަން އޮޅުން ފިލުވާށެވެ. ނަމަވެސް އެއަށް ވުރެ ބޮޑަށް ރިއުމާންއާއި ވާހަކަދައްކަން އޭނާ ބޭނުންވިއެވެ. ޚަފްލާ ނިމެން ދިޔައިރު އެއްފަހަރު ވެސް ރިއުމާންގެ ނަޒަރު އޭނާއަކަށް ނުހުއްޓެއެވެ. ކުރިން އެލޮލުން ފާޅުވީ ހިތްދަތިކަމާއި ލައިބާ ކުރިމަތީގައި އެކަން ފޮރުވައި ވާހަކަ ދެއްކި ގޮތުން އޭނާ ވެސް އެހުރީ އޮޅުމެއްގެ ތެރޭގައި ކަން އިނގުނެވެ.

ޚަފްލާ ނިމި އެންމެން ކެއުމަށް އިންސާފު ކުރަން ފެށުމުން އައްޔާދް ބެލީ އަވަސް އަވަހަށް އެތަނުން ދުރަށް ގޮސް ރިއުމާންއާއި އެކީ އެކަހެރި ވެވޭތޯއެވެ. ނަމަވެސް އެކި ކޮޅުކޮޅަށް ނަޒަރު ހިންގާލިއިރު ވެސް ރިއުމާން ލޮލުގައި އަޅައި ގަންނަގޮތެއް ނުވިއެވެ. އެކި މީހުން އައިސް އޭނައާއި ސަލާމްކޮށް ވާހަކަދައްކަން މަޑު ކުރިއިރު ކުއްލިއަކަށް ލޮލުގެ ކަނަކުން ފެނުނު ރިއުމާން ދެން ބަލާލި ސިކުންތުގައި ގެއްލިއްޖެއެވެ. “ހޭއި.. ހިނގާ ކާން..” ލައިބާ އައިސް އޭނާގެ އަތުގައި ހިފާލަމުން އެހެން ބުނިއިރު އޭނާގެ ފަރާތުން މިރޭ މިފެންނަ ގާތްކަމުން އައްޔާދަށް އުނދަގޫވިއެވެ. ދޭތެރެއަކުން އައިސް އައްޔާދް މުލަށްދަނޑީގައި ހިފާލައިގެން އެކިމީހުންނާއި ވާހަކަ ދައްކާއިރު އެއަތުން އައްޔާދްގެ އަތުގައި ހިފާ އެ ހިމަ އިނގިލިތައް މަހާލައެވެ.

“ލައިބާ.. ކެން ވީ ޓޯކް.” އައްޔާދް ކުޑަކޮން ހިތްހަމަނުޖެހިފައި ހުރެ ބުނެލުމުން ލައިބާ އިތުރު ސުވާލެއްނުކޮށް އޭނާ އާއި އެކީ އެންމެންނާއި ތަންކޮޅެއް ދުރަށް ޖެހިލާ ސްޓޭޖް ފަހަތުގައި މަޑުކޮށްލިއެވެ. “ކިހިނެތްވީ؟” ލައިބާ އާދައިގެ ގޮތަކަށް ހިނިތުންވެލަމުން ބުނެލިއެވެ. “ކީކޭ އޭރު ބުނީ؟” އައްޔާދް ދެޖީބަށް އަތްޖަހާލަމުން އަހާލިއެވެ. “ކޮންއިރަކު؟” ރިއުމާންގެ މޫނުމަތިން ހައިރާންކަން ފާޅުވިއެވެ. “ހަމަ ނޭނގޭތި ތިއަހަނީ؟” އައްޔާދް އަނެއްކާ ވެސް އަހާލިއެވެ.

“މިތަނަށް އައިފަހުން ކިތަންމެ ބަޔަކާ ވާހަކަ ދައްކައިފިން. ކޮންއިރަކުތަ؟” ލައިބާ އޭނާގެ މޫނުމައްޗަށް ވެއްޓުނު އިސްތަށި ކޮޅު ކަންފަތުގައި އަޅުވާލަމުން ބުނެލިއެވެ. “ރިއުމާން ކައިރީގައި..” އައްޔާދް މިހެން ބުނުމުން ލައިބާ ޖަވާބުގައި ހީލިއެވެ. “ކިހިނެތްވީ؟ އޭނަ ކައިރި ބުނީމަތަ؟ ޑޯންޓް ވޮރީ.. އަހަރެން މީހުން ކައިރިއަކު ނުކިޔަމޭ. އޭނަ ކައިރީ އެކަނި ބުނީ.” ރިއުމާންގެ ޖަވާބުން އައްޔާދްއަށް އިތުރަށް ކަންތައް އޮޅުނެވެ.

“ކީއްވް އެހެން ބުނަންވީކީ ފުރަތަމަ؟ އަހަރެން ކީއްކުރަން..” އައްޔާދްގެ ވާހަކަ މެދު ކެނޑުނީ އެތަނުން ބޭރަށް ނިކުންނަށް ދިޔަ ހުދު ހެދުމުގައި ހުރި ރިއުމާން ލޮލުގައި އަޅައި ގަތުމުންނެވެ. އޭނާ އަވަހަށް އެދިމާއަށް ދާން ހިނގައިގެން ވަގުތު އަނެއްކާ ވެސް ފިޔަވަޅުތައް ހުއްޓުނީ ލައިބާ ބުނެލި އެއްޗަކުންނެވެ. “އިނގޭ އައްޔާދަށް އެވާހަކަ ދައްކަން ނުކެރިގެން ކަން އާޒިމް އަންކަލް ފޮނުވައިގެން ކައިވެނީގެ ވާހަކަ ދެކުވީ. އިޓްސް އޯކޭއޭ. އަހަރެން ނުބުނަން އެހެން އެއްވެސް މީހެއް ކައިރި އަކު..” ކަމުގެ ހަޤީޤަތް އޮޅިފައި ހުރެ ލައިބާ ވާހަކަ ދައްކަމުން ދިޔައިރު އައްޔާދްއަށް ލިބުނީ އަނެއްކާ އިތުރު ހައިރާން ކަމެކެވެ.

“ބައްޕައޭ؟..” އައްޔާދްގެ އަޑު ކިރިޔާ ބޭރުވިއިރު ލައިބާއަށް އޭނާ އެބުނި އެއްޗެއް ފަހުމެއް ނުވިއެވެ. އެމޫނުމަތިން ހައިރާންކަން ފާޅުވާން ހުރިއިރު އަނެއްކާވެސް އޭނާގެ ސަމާލުކަމަށް އައީ ރިއުމާންއެވެ. ދޮރާއި ދިމާއަށް ނަޒަރު ހުއްޓާލިއިރު ރިއުމާން ބޭރުން ހިނގާފައި ދިޔަ މަންޒަރު ފެނުމުން އޭނާ އަވަސް ފިޔަވަޅު ތަކެއްގައި އެދިމާއަށް ހިނގައިގަތެވެ. “އައްޔާދް..” ލައިބާ އޭނާގެ ފަހަތުން ވާނުވައި ނޭނގި ހިނގައިގެން ނަމަވެސް ތަނުގެ މެހެމާނެއް އޭނާއާއި ވާހަކަ ދައްކާލަން ހުއްޓުމުން ލައިބާއަށް އައްޔާދް ފަހަތުން ދެވޭ ގޮތެއް ނުވިއެވެ. އޭނާ ހިނިތުންވެލާފައި އެމެހެމާނާއި ވާހަކަ ދައްކަމުން ދިޔައިރު ލޮލުގެ ކަނުން އައްޔާދް އެތަނުން ނިކުމެގެން ދިޔަތަން ފެނުނެވެ.

****

އިސްޖެހިފައި ހުރެ ރިއުމާން އަވަސް ފިޔަވަޅު ތަކެއްގައި ނިކުމެ ބެލީ އެތަނުން ދެވޭތޯއެވެ. އައްޔާދްގެ އަތުގައި ލައިބާ ހިފާލައިގެން ހުރި އެކި މީހުންނާއި ވާހަކަދައްކަމުން ދިޔަ މަންޒަރި ފެނުނުމުން އެހިތަށް ތަދުވިއެވެ. އައްޔާދް ވެސް ހިނިތުންވެ ހުރެ ލައިބާއާއިއެކު އުޅުނު އިރު އެއްފަހަރު ވެސް އެތަނުގައި ރިއުމާން ހުރިކަން އެހިތަށް ނޭރިބާއޭ އަމިއްލަ ޒަމީރު ސުވާލުކުރިއެވެ. އެތަށް ފިރިހެނެއްގެ ކިބައިން އޭނާއަށް ވަނީ ބަޔާން ކުރަން ދަތި އަނިޔާތަކެއް ލިބިފައެވެ. ނަމަވެސް އައްޔާދް އޭނާގެ ހިތަށާއި ޒަމީރަށް އެދިން ޒަޚަމް ދުވަހަކު ވެސް ފަސޭހައެއް ނުވާނެއެވެ.

ލޮލުން ވެއްޓުނު ކަރުނަތަކި ފޮހެލަމުން ރިއުމާން ބެލީ ވީހާ ވެސް އަވަހަށް އެއެންމެންގެ ބެލުންތަކުން ދުރަށް ދެވޭތޯއެވެ. ފާށަނާ މާލަމްއިން ނިކުމެގެން ދަރުބާރުގެ ބޭރަށް ހުސްކޮން އޮންނަ ހިސާބަށް ނިކުތެވެ. އެހިސާބުގައި މީހަކު ފެންނަ ނެތްއިރު މަގުމަތިން ދާ ދުއްވާއެއްޗެހީގެ އަލި އެޅެމުން ދިޔައެވެ.

“ރިއުމާން..” އައްޔާދްގެ އަޑުން އެނަން ކިޔާލި އަޑު އިވިފައި މިއަދު ހިތަށް ތޫނު ތަދެއްވިއެވެ. އެހެންނޫނީ އެދުލުން އަމިއްލަ ނަން އަޑުއިވުމުން އެލިބޭ ހިތްހަމަޖެހުމުގެ ބަދަލުގައި އެހިތުގައި އިތުރު ޒަޚަމްތަކެއް އެޅުނެވެ. ރިއުމާން ހުއްޓުމުގެ ބަދަލުގައި ފިޔަވަޅުތައް އަވަސް ކޮށްލަމުން ހިނގުން ބާރު ކޮށްލިއެވެ. އަރައިގެން ހުރި އުސް ފައިވާނުގެ ސަބަބުން ހިނގަން އުނދަގޫ ވީއިރު ލައިގެން ހުރި ހެދުން ދިގުކަމުން އެއްއަތުން ހެދުމުގެ އަރިއެއްގައި ހިފައިގެން ހުއްޓެވެ.

“ރިއުމާން މަޑުކޮށްބަލަ..” އައްޔާދްގެ އަޑު ކައިރިވަމުން އައި ނަމަވެސް އޭނާ އެއްވެސް ފަރުވާލެއް ނުދީ ދިޔައިރު ކަރުނައިން އެލޯ ފުސްވަމުން ދިޔައެވެ. ކުއްލިއަކަށް ފަހަތުން އައްޔާދް އައިސް އޭނާގެ އަތުގެ މުލައްދަނޑީގައި ހިފައި އަނބުރާލުމުން ރިއުމާންއައި ރުޅީގައި އަތްފޮޅު ވާލި ބާރުމިނުން ފަހަތަށް އަރި އަޅާލިއެވެ. އެވަގުތު އައްޔާދް ހުށިޔާރު ކަމާއި އެކު އޭނާ ހިފައްޓަށް އުޅުން ނަމަވެސް ރިއުމާން އައްޔާދްގެ މޭގައި އަޅައި ކޮށްޕާލިއެވެ.

“އަތް ނުލާ!” ރިއުމާން ހަރުކަށި ކަމާއި އެކު މިހެން ބުނިއިރު ނަސީބަކުން އެތަނުގައި އެދެމީހުން ފިޔަވަ ކައިރި ހިސާބެއްގައި މީހަކު ނުވެއެވެ. “ރިއުމާން ހަމަޖެހިބަލަ.. އައި ކެން އެކްސްޕްލެއިން.” އައްޔާދް ބެލީ ރިއުމާންއަށް ވެގެން އުޅޭގޮތް އޮޅުން ފިލުވައި ދެވޭތޯއެވެ. “އެކްސްޕްލެއިން؟ އާނ.. އެއީނުން އައްޔާދް އަބަދުވެސް ކުރަން އިނގޭ ކަމަކީ. ހިތަށް އެރިގޮތެއް ހަދާފައި އާދެ ފަހުން އެކްސްޕެލެއިން ކޮށްދޭނަމޭ ކިޔާފައި.. އަހަރެން ކުރިންވީ ކަންތައް މަތިން ހަނދާން ނައްތާލާފައި ބެލިން އައްޔާދްއާއި ދޭތެރޭ އެނޫން ގޮތަކަށް ދެކެވޭތޯ.. އައި ޓްރަސްޓެޑް ޔޫ. އެކަމަކު.. ދުރަށްދޭ. އަހަރެން ބޭނުމެއް ނޫން ތި ސޫރަ ދެކެން ވެސް.” ރިއުމާން އެއްފަހަރާ ހުރިހާ އެއްޗެއް ކިޔާލިއިރު އެލޮލުގައި މުތީތަކެއް ފަދައިން ކަރުނަ ބަބުޅަމުން ދިޔައެވެ.

“ރިއުމާން ޕްލީޒް.. ތިހީކުރާ ގޮތަކަށް ނޫނޭ ކަންތައް ވަނީކީ..” އައްޔާދް ހާސްވެފައި ހުރެ ރިއުމާން ކައިރިއަށް ޖެހިލުމުން އޭނާ ދެފިޔަވަޅު ފަހަތަށް ޖެހުނެވެ. “އެހެންތަ.. އަދިވެސް އޮޅުވާލެވުނު ވަރު ކުޑައީ. ލައިބާ ފެށުނީއްސުރެ އަހަންނަށް ހުރިހާކަމެއް ކިޔާދިން.. ތި ދެމީހުން އެކީގައި ގޮއްސަ އައްޔާދް ދެއްކި ހުރިހާ ވާހަކައެއް ކިޔާދިން. ވަރަށް ކަމުދާ ކުއްޖަކު ހުރެޔޭ ކިޔައި ލޯބީގެ މާފޮޅުވިއިރު އަހަރެން މިއީ ކާކު؟ ބުނެބަލަ.. ކީއްކުރަން އޭނައާއި އިންނަށް ކިޔާފައި އަހަރެން ގޮވައިގެން ޑޭޓަށް ތަންތަނަށް ގޮސް އެތަށް އުއްމީދުތަކެއް ދޭންވީ ކީ. އަހަންނާއި އެކީ އުޅެއުޅެފަތަ އޭނަ ކައިރިއަށް ދަނީ.. ނޫނީ އޭނަ ކައިރި އޮވެފަ ހިތްފުރޭވަރު ވީމަތަ އަހަރެން ކައިރިއަށް ތި އަންނަނީ؟” ރިއުމާން ދުލަށްއައި ހައި އެއްޗެއް ކިޔަމުން އައްޔާދް ހަމައިން ނެއްޓިއެވެ.

“ރިއުމާން!!” އައްޔާދް އައި ރުޅީގައި ހަޅޭލަވައި ގަތީ ރިއުމާން އެފަދަ ގޮތަކަށް ވިސްނީތީއެވެ. ނަމަވެސް ރިއުމާންގެ މޫނުމަތިން އެއްވެސް އަސަރެއް ފާޅެއް ނުވިއެވެ. “ކިހިނެތްވީ؟ ކަމު ނުދިޔައީތަ ހަޤީޤަތް އަޑު އަހަންވީމަ.. އަހަރެން ހީކުރީ އައްޔާދް ތަފާތު ވާނެކަމަށް. ހުރިހާ ފިރިހެނުން އެއްގޮތް ނުވާނެކަމަށް ޤަބޫލު ކުރުވީ އައްޔާދް.. މިހިތުން ފުރަތަމަ ލޯބިވެވުނީ ވެސް ހަމަ ތި އައްޔާދް ދެކެ..” ރިއުމާން ވާހަކަ ދައްކަމުން ދިޔައިރު ހޫނު ކަރުނަތައް ކޯތާފަތުގައި ބޮސްދެމުން ފޭބިރު އެއަޑު ކުރެހުނެވެ. ރިއުމާންގެ ބަސްތައް އިވި އެހިތަށް ތަދުވިއިރު އައްޔާދް ބޭނުންވީ އެ މޭގައި ރިއުމާން ފޮރުވާލާ ކަރުނަތަށް ފޮހެދޭށެވެ.

“ބޭނުމެއްނޫން ދެން.. ލޯތްބަކީ އިންސާނާގެ ހަލާކު.” ރިއުމާން އަތުގެ ނުފުށުން ލޯ ފޮހެލަމުން އެތަނުން ދާން ހިނގައިގަތެވެ. އައްޔާދް އަވަސް ހަރަކާތަކާއި އެކު އަނެއްކާ ވެސް ރިއުމާން ހުއްޓުވަން އުޅުނެވެ. އައްޔާދް ވެސް އޭނާގެ ހިތުގެ ހާލު ބަޔާން ކުރަން ބޭނުންވިއެވެ. “ރިއުމާން ޕްލީޒް.. މި ދައްކާ ވާހަކަ އަޑުއަހާބަލަ.” އައްޔާދް އަނެއްކާ ވެސް އޭނާގެ އަތުގައި ހިފުމުން ރިއުމާން އެއަތް ނައްޓުވަން ގަދަ ހަދަމުން ދިޔައެވެ. އައްޔާދް ކިޔާ އެއްވެސް އެއްޗެއް އަޑުއަހަން އޭނާ ބޭނުން ނޫވާކަހަލައެވެ.

“ދިސް އިޒް އޯލް އަ މިސްއަންޑަސްޓޭންޑިން..” އައްޔާދް އެބާރު އިނގިލިތަކުން ރިއުމާން އަތުގައި ހިފައިގެން ހުރިއިރު އެކަމުން އޭނައަށް ތަދުވެދާނެ ކަމެއް ވެސް ހިތަށް ނޭރިއެވެ. އެއަށް ވުރެ ބޮޑަށް އޭނަ ހުރީ ރިއުމާން ހުއްޓުވަން ބޭނުންވެފައެވެ.

އައްޔާދްގެ އަތް ނައްޓުވަން މަސައްކަތް ކުރަމުން ދިޔައިރު ރިއުމާންގެ ޚިޔާލަށް އަންނަމުން ދިޔައީ ގަދަ ހަދައިގެން އޭނާގެ ހަށިގަނޑަށް އެތަށް ފިރިހެނުއްނެއް ދިން އަނިޔާތަކެވެ. ހިތަށް ބިރުވެރިކަމާއި އުދާސް ވެރިވުމުން ގެނައި ހަރަކާތަކާއި އެކު އޭނާ ހޫނު އަތް ތިލައިގެ އަސަރު އައްޔާދްގެ ކޯތާފަތަށް އަރައިގެން ދިޔައެވެ.

“އަހަރެން ނޫޅެން ލައިބާއާއި އިންނާ..” އައްޔާދް މިހިސާބަށް ބުނިތަނާ ކޯތާފަތަށް އަރައިގެން ދިޔަ ދިލައިން އެހަރަކާތްތައް ހުއްޓުނެވެ. އޭރު ރިއުމާންގެ އަތް އޭނާގެ އަތުތެރެއިން ވީއްލިގެން ދިޔައިރު އައްޔާދް އިސް ނަގައި ރިއުމާންއާއި ހަތަރު ކަޅި ހަމަކުރިއެވެ. އެލޯ ކަރުނުން ފޭދި ރަތްލޭ ކުލަ އަރާފައި ވީއިރު އެއް އަތް ތިލައިން އަނެއް އަތުގެ މުލައްދަނޑީގައި ހިފައިގެން ހުރެ ފަހަތަށް ޖެހެމުން ދިޔައެވެ.

“ޑޯންޓް ޔޫ ޑެއާ ޓަޗް މީ އަގައިން!” ރިއުމާންގެ ދުލުން އެބަސްތައް ބޭރު ވުމާއި އެކު އޭނާ ދުވެފައި ކަހަލަ ގޮތަކަށް މަގުމައްޗަށް ނިކުމެގެން ދިޔައެވެ. ރިއުމާން ފަސްދީފައި ދިޔަ މަންޒަރު ބަލަން ހުރި އައްޔާދް ޖެހި ބުދެއްހެން ހިރިލަން ނޭނގިފައި ހުރިއިރު އޭނާއަށް ދެންމެ އަކު އެކުރެވުނު ކަންތައް ރޭކާ ލުމުން އަމިއްލަ އަތަށް ނަޒަރު ހުއްޓާލެވުނެވެ. މިނޫނީ ދުވަހަކު ވެސް އޭނާ އަންހެނެއް ގައިގައި ހިފައި އެގޮތަށް ތަދު ކޮށްފައެއް ނުވެއެވެ. ފަޅި ސިކުންތު ކޮޅަކަށް ހަމަ ބުއްދި ފިލާ ގޮސް ކުރެވެ ކަމެއް ނޭނގި ރިއުމާންއަށް އަނިޔާ ކުރެވިއްޖެއެވެ.

އެކުރު އިސްތަށިކޮޅުގައި އަތް ހިންގާލި އިރު ރުޅިވެރިކަމާއި ހިތާމަ އެތެރެ ހަށީގައި އުތުރި އަރަމުން ދިޔައެވެ. މަދު ވަގުތުކޮޅެއް ތެރޭގައި ރިއުމާން އަތުން ބީވެގެން އެދިޔައީ ހަމަ އެންމެ މީހަކާއި ހެދިއެވެ. އޭނާގެ ހިތް ހަލާކުއެވީ ހަމަ އެމީހެއްގެ ސަބަބުންނެވެ. އެންމެ ދޮގެއްގެ ސަބަބުން އެތަށް މީހުންގެ ހަޔާތަށް ތޫ ފާނެއް އައިސްދާނެ ކަމަށް އެއްފަހަރު ވެސް އޭނާ ހިތަށް ނޭރީ ކީއްވެބާއޭ އައްޔާދްގެ އަމިއްލަ ޒަމީރު ޝަކުވާ ކުރަމުން ދިޔައެވެ. ގޮށް މުއްކަވާފައި ކައިރީގައި ހުރި ތަނބުގައި ޖެހިލެއް ބާރުކަމުން އެއަތަށް އަނިޔާ ވީ ނަމަވެސް އޭގެ އިހުސާސް އައްޔާދަށް ނުވާފަދައެވެ. އޭނާ ހަރު ފިޔަވަޅުތަކެއްގައި އެތަނުން ނިކުއިން އިރު ދަތްކުނޑި ވިކާލެވިފައިވެއެވެ.

****

“ބައްޕާ!!” ގޭތެރެއަށް ވަދެވުމާއި އެކު އައްޔާދް އަޑުގައި ހުރި ބާރެއް ލާފައި ގޮވާލިއެވެ. އޭރު ކޮޓަރީގައި ނިދި ތައްޔާ ޖެހެމުން ދިޔަ މާރިއާ ސިހިފައި ހަތަރެސްފައި ކޮޅަށް ޖެހި ކައިރީގައި އޮތް އާޒިމަށް ނަޒަރު ހުއްޓާލިއެވެ. “ބައްޕާ!” އަނެއްކާ ވެސް ގޭތެރެއިން އައްޔާދްގެ އަޑު ހިފާލުމާއި އެކު މާރިއާ ކޮޅަށް ތެދުވެ އާޒިމަށް ގޮވަށްފެށިއެވެ.

“އާޒިމް.. އާޒިމް. އާޒިމު ބަލަ އޭތް! ހޭލަބަލަ.. އާޒިމޫ!” މަރިއާ ތަންކޮޅެއް ބާރަށް އާޒިމްގެ ކޮނޑުގައި ހިފައި ތަޅުވައި ގަތުމުން ނިދިފައި އޮތް އާޒިމް ސިހިފައި ދެލޯ ބޮޑުކޮށްލަމުން ތެދުވެ އިށީނެވެ. “ސާބަހޭ ކިހިނެތްވީތަ؟” އާޒިމް ހިތްހަމަ ނުޖެހިފައި ބުނެލިއެވެ. “ނީވޭތަ އައްޔާދް ގޮވާއަޑެއް.. އަހަންނަށް ހީވަނީ ކަމެއް ވީހެން އަނެއްކާ. ހިނގާބަލަ.” މާރިއާ މިހެން ބުނެފައި ހަރުގަނޑަށް އެއްލަފައި އޮތް ބުރުގައި ނަގައި އަޅާލަމުން ނިކުންނަށް ހިނގައިގަތެވެ. އޭރު އެނދުގައި ދެލޯ އުނގުޅަމުން ލަސް ހަރާކާތްތަކާއި އެކު އެނދުން ދެފައި ބާލަން އިން އާޒިމް ފެނި މާރިއާ އުނުގައި އަތް އަޅުވާލިއެވެ.

“ތި ތަންފުކެއް އަވަސް ކޮށްގެން އާދެބަލަ! ދެރަކަމެއްނުން..” މާރިއާ މިހެން ބުނިތަނާހެން އަނެއްކާވެސް އައްޔާދެގެ އަޑު ގޭތެރެއިން އިވުމުން އާޒިމަށް ހޭވެރިކަން ވެ އަވަސް އަވަހަށް ތެދުވިއެވެ. އެއަޑުގައި ވެސް ފޮރުވިފައިވީ ރުޅިވެރިކަން އާޒިމަށް ނަގައިގަނެވުނެވެ. ކޮންމެވެސް ކަމެއް ގޯސް ވެއްޖެކަން އާޒިމް ހަވަނަ ހިއްސު ބުނަމުން ދިޔައެވެ.

“ކޮބާ ބައްޕަ؟” ދޮރު ހުޅުވާލާފައި ބޭރަށް ނިކުއިން މާރިއާ ފެނި އައްޔާދް އަހާލިއިރު އެލޮލުގައި އިންތިހާ ރުޅިވެރިކަން ވިއެވެ. “އެބަ އާދޭ.. ކިހިނެތްވީތަ މިގަޑީގައި މާ އަޑުގަދަކޮށްލައިގެން ތިއުޅެނީ؟” މާރިއާ އައިސް އައްޔާދް ކައިރީގައި މަޑުކޮށްލަމުން އަހާލިއެވެ. “ކިހިނެތްހޭވީ؟ ވެގެން އުޅޭގޮތް ބައްޕަ ކައިރި އަހާބަލަ!” އައްޔާދްގެ ބަސްމަގު ހުރި ގޮތުން މާރިއާ ހިތްހަމަ ނުޖެހުނެވެ.

“އައްޔާދް ތިވައްތަރަކަށް ނޫން އަމިއްލަ ބައްޕައާއި ވާހަކަ ދައްކާނީކީ..” މާރިއާ މިހެން ބުނިއިރު އާޒިމް ކޮޓަރިން ނިކުމެގެން އައިސް އެމީހުން ކައިރީގައި މަޑުކޮށްލަނީއެވެ. “ދަރިފުޅު ހަމަޖެހިބަލަ.. ކޯއްޗެއްތަ އަހަރެން ކައިރި އަހަންވީ؟” އާޒިމް އޭނާ ބޭރުން ލައިގެން ހުރި ރޯބުގެ ވާގަނޑު އައްސާލަމުން ބުނެލިއެވެ.

“ބައްޕައަށް ހަމަ ރަނގަޅަށް އިނގޭނެ މިދައްކަނީ ކޮންވާހަކައެއްކަން.. ކީއްކުރަން ލައިބާމެން ގެއަށް ގޮސް އެކަހަލަ ވާހަކައެއް ދައްކަންވީ ކީ؟” އައްޔާދް ރުޅި މައިތިރި ކުރަން މަސައްކަތް ކުރިއެވެ. “ކޮންވާހަކައެއްތަ؟ ތަންކޮޅެއް އޮޅުން ފިލާ ގޮތަކަށް ކިޔާބަލަ..” އާޒިމް ދެނަހުރި ކަމަށް ވެސް ހަދާ ނުލައި އަހާލިއެވެ. “އަޅުގަނޑާއި ލައިބާގެ ކައިވެނީގެ ވާހަކަ!” އައްޔާދް ހިތްހަމަނުޖެހިފައި މިހެން ބުނުމުން މާރިއާ ސުވާލުގެ ނަޒަރަކުން އާޒިމަށް ބަލާލިއެވެ.

“ބަލަ އައްޔާދް ބުނީމައެއްނުން އެވާހަކަ ދެއްކީ..” އާޒިމް އެއްވެސް ޖެހިލުމެއް ނެތި ބުނެލިއެވެ. “އަޅުގަނޑު ބުނެގެންނޭ؟ ބައްޕަ ކީކޭ ތިކިޔަނީ؟” އައްޔާދްގެ މޫނުމަތިން ފާޅުވަމުން ދިޔައީ ހައިރާން ކަމުގެ ކުލަވަރެވެ. އެއްފަހަރު ލައިބާ އޭނައާއި އިންނަނީއޭ ބުނެފައި އެކަން ކުރީ އާޒިމް ކަމަށް ބުނިއިރު މިހާރު މިވަނީ އޭނާ ބުނެގެން ކުރި ކަމަކަށްށެވެ.
“އާޒިމް ކިހިނެތްތަ މިވަނީ؟ ދަރިފުޅު ބޭނުންވެގެން ނެއްނުން ލައިބާމެން ގާތު ބައްޕަ އެވާހަކަ ދެއްކީ..” ވާނުވައި ނޭގިފައި ހުރި މާރިއާ ބުނެލިއެވެ. އެވަގުތު ކޮޓަރިން އަނާ ހާފުރެމުން ނިކުތެވެ. “ކިހިނެތްވީތަ މާ އަޑުގަދަ ކުރަނީތީ.” އަނާ ނިދި މޯޅީގައި ހުރެ ބުނެލިއެވެ. “އަޅުގަނޑު އެކަހަލަ އެއްވެސް ވާހަކައެއް ނުބުނަން ބައްޕަ ކައިރިއަކު..” އައްޔާދް ތަންކޮޅެއް ބާރަށް މިހެން ބުނިއިރު އެންމެންގެ ސުވާލުން ފުރުފައިވާ ނަޒަރު އާޒިމަށް ހުއްޓުނެވެ.

“އައްދެ.. އަހަރެން ގޮސް ކައިވެނީގެ ވާހަކަ ދެއްކީމަ މިހާރު އައްޔާދް ކީކޭ ތިކިޔަނީ؟ ފުރަތަމަ ވެސް އެހިންދޯ ޔަޤީންހޭ.. ބޭނުންވޭ ހޭ. އައްޔާދެއްނުން ބޭނުންވީ އަހަރެން ގޮސް އެވާހަކަ ދައްކަން. އޭރުން މާ ރަނގަޅު ވާނެޔޭ ކިޔާފައި. ދެން މިހާރު ހިތް ބަދަލުވީ؟ ތަންކޮޅެއް ހަރުދަނާވާން ވެއްޖެއެއްނުން!” އާޒިމް ހިތްހަމަނުޖެހިފައި ހުރެ ދެއްކި ވާހަކަތަކުން އައްޔާދްއަށް ހަމަ ބުނާނެ އެއްޗެއް ވެސް ނޭނގުނެވެ. ދޮގަކަށްފަހު ދޮގެއް ހަދަމުން ދިޔައިރު އައްޔާދް ހަމަ ހައިރާންވެފައި ހުއްޓެވެ.

“އެތެދެއް އައްޔާދް؟ ކީއްކުރަން މިހާރު ތިހެން ތިކިޔަނީކީ؟ ޔަޤީން ނުވަންޏާ ކީއްކުރަން ކައިވެނީގެ ވާހަކަ ދައްކާށޭ ބުންނަވީ. ދެން އަހަރެމެން ގޮސް ކީކޭ ބުނަނީ އެމީހުން ކައިރި.” މާރިއާ ވެސް ހަޤީޤަތް ނޭނގި ހުރެ ރުޅި އާދެވުނީ އައްޔާދް ދެކެއެވެ. “ވަޓް؟ ދޮންބެ އިންނަންތަ އުޅުނީ؟ ދެން މިހާރު ޚިޔާލު ބަދަލުވީ.. ނިއްނިއަށް ކިހިނެތްވާނީ އޭރުން؟ އޭނަ އެންމެ ކުރިން ސުރެ ވެސް ދޮންބެއާއި ހެދި މޮޔަވެފައި އެހުންނަނީ. ހައު ކެން ޔޫ ޕްލޭ ވިތް ހާ ފީލިންގަސް ލައިކް ދިސް..” އަނާ ވެސް ހިތްހަމަނުޖެހިފައި ކުއްވެރި ކުރީ އައްޔާދެވެ.

“ނޫނެކޭ.. އަދިވެސް މި ދައްކާ ވާހަކައެއް ނޭނގެއެއްނުން.. ބައްޕަ ދޮގު ހަދައިގެން ގޮސް..” އައްޔާދް މިހިސާބަށް ބުނިތަނާ އާޒިމްގެ ހަރުކަށި އަޑުން އޭނާގެ ވާހަކަ މެދުކަނޑާލިއެވެ. “ހުއްޓާލާ! ތިވައްތަރަށް އަހަންނާއި ވާހަކަ ދައްކާނެ ކަމެއް ނެތް.. މިއީ އައްޔާދް ބޭނުންވި ގޮތް. މިހާރު އެހެން މީހުން ކުށްވެރި ކުރާނެ ކަމެއް ނެތް.. އަހަންނަށް ލާހިކެއް ނޫން ދެން ގޮސް އެމީހުން ކައިރި ކައިވެނި ނުކުރެވެނެޔޭ ބުނާކަށް. އައްޔާދް ތިއުޅެނީ އަހަރެމެން ލަދު ގަންނަވާނެ ގޮތެއް ނޭނގިގެންތަ؟ މިއީތަ ދެވުނު ތަރުބިއްޔަތަކީ! ހަމަ މިހާރު މިވާހަކަ ހުއްޓާލާ.. ދެން އިތުރަށް އެންމެ ބަހެއް ބުންޏަސް ނިމުނީ!” އާޒިމް އިނގިލި ދިއްކޮށްލަމުން މިހެން ބުނެފައި އެދިޔަ ގޮތަށް ގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ.

ގޮތް ހުސްވެފައި ހުރި އައްޔާދް މާރިއާއަށް ނަޒަރު ހުއްޓާލިއެވެ. “މަންމާ..” އާދޭހުގެ ރާގަކަށް އައްޔާދް ގޮވާލި ނަމަވެސް މާރިއާ އިތުރަށް އެއްޗެކޭ ނުބުނީ އާޒިމް އަނެއްކާ ވެސް ހިތްހަމަނުޖެހިދާނެތީއެވެ. އޭނާ އެއްޗެކޭ ނުބުނެ ގޮސް އާޒިމްގެ ފަހަތުން ކޮޓަރިއަށް ވައިން އިރު ދުރުގައި ހުރި އަނާ ވެސް ފާޑަކަށް ހުރެފައި އޭނާގެ ކޮޓަރިއަށް ވަނެވެ. ގޭތެރޭގައި އެކަނިވެފައި ހުރި އައްޔާދް އިރުކޮޅަކު ގުޑިލަން ވެސް ނޭނގިފައި ހުރެ އަމިއްލަ ކޮޓަރިއަށް ވަދެ އަތުގެ ކޮޅަށް ދޮރުޖެހިއެވެ.

ދޮރުގައި ލެނގިލަމުން އޭނާ ތިރިވެ އިށީން އިރު އޭނާ މުޅިންހެން މާޔޫސް ވެއްޖެއެވެ. ދެއަތުން މޫނުގައި އަތް ހާކާލަމުން މުށްކެވިފައިވާ އަތް ދުޅަވެފައި ވީތަން ފެނުނެވެ. ދެލޯ މަރާލަމުން ދޮރުގައި ބޯޖައްސާލުމަށްފަހު ލެނގިލި އިރު މިރޭ ހިނގާ ދިޔަ ހާދިސާތައް ޚިޔާލަށް އައެވެ. ރިއުމާން ރުއި ރުއިމާއި އެލޮލުން ފެނުނު ނަފްރަތު ދުވަހަކު ހަނދާނަކުން ނުފިލާނެއެވެ. އެދުލުން ލޯބިވާކަން ހާމަ ކުރިއިރު އޭނާ އެވަނީ އެލޯބި ވެއްޔައި ހަދައި ބުރުވާލާފައެވެ. އާޒިމްގެ އެރޭވުމުން އައްޔާދްގެ މުޅި ދިރިއުޅުން އެފުށް މިފުށަށް ޖެހުނީއެވެ. އެހިތަށް ކުރި އަސަރުން ކެތްނުވެގެން މެރިފައިވާ އެސްފިޔަތަށް ފޫ ދުއްވާލާފައި ކަރުނައިގެ ރޮނގެން އެކޯތާފަތަށް ފޭބިއެވެ.

****

ކާރުން ފޭބުމާއި އެކު ރިއުމާން ހެދުމުގެ އަރިއެއްގައި ހިފައިގެން ހުރެ އެ އަނދިރި ގޯޅިގަނޑު ތެރެއިން ލާފައި ކުރިއަށް ދިޔައެވެ. ހޮޅިބުރި އަނދާފައި ވުމުން ހަނދުވަރުގެ ރިހި އަލި އެޅިފައި އޮތްއިރު ކައިރި އިމާރާތްތަކުން އެފަނޑުކަން ފިލުވައިދެވެއެވެ. ހުއްޓުމެއްނެތި ލޮލުން ކަރުނަ ފޭބިއިރު އެހިތުގައި ރިއްސަމުން ދިޔައިއެވެ. އަރައިގެން ހުރި އުސްފައިވާނުގައި ނުހިނގިގެން އައި ރުޅީގައި އެންމެފަހުން ފައިވާން ބާލާ އަތަށް ނަގައިގެން ހިނގައިގަތެވެ.

އޭނަގެ ގިސްލުމުގެ އަޑުއިވެމުން ދިޔައިރު އެ ކަރުތެރެވަނީ ހިކިފައެވެ. އައްޔާދްއަށް އެދެވުނި ހިތާމަ ކުޑަވެގެން އަދި އަނިޔާ ކުރީތީ އެހިތް ރޮމުން ދިޔައެވެ. އޭނާއަށް ކުރެވުނީ ކޮން ކުށެއް ހެއްޔެވެ؟ ކުޑައިރު ބައްޕަ އަނިޔާ ކުރީ ކީއްވެ ހެއްޔެވެ؟ އަންހެންކުއްޖަކަށް ވީތީ ހެއްޔެވެ؟ ބޮޑުވުމަށްފަހު ވެސް ފިރިހެނުން ހިތު ހުރި ގޮތެއް އެހަދާލަނީ ހަމަ އަންހެންކުއްޖަކަށް ވީތީ ހެއްޔެވެ؟ އަމިއްލަ ޒަމީރު އެތަށް ސުވާލެއް ކުރަމުން ދިޔައިރު ރިއުމާން އަޑުގެ ކޮޅަށް ހަޅޭ ލަވައިގަންނަން ބޭނުންވިއެވެ.

އަވަސްފިޔަވަޅު ތަކެއްގައި އެހަނި ސިޑީގެ ހަރުފަތްތައް ގިރާ ކުރަމުން މައްޗަށް އެރިއިރު ދެތިން ފަހަރު ފައިވެސް ކައްސާލިއެވެ. މައްޗަށް އެރުމާއި އެކު ފައިވާން އަތުން ދޫކޮށްލުމަށްފަހު ގޭތެރެއަށް ވަދެގެން ދިޔައެވެ. އޭރު ސިޓިން ރޫމުގައި ހުރި ސަރަންފީ ގޮނޑިއެއްގައި ފާތުމަ އިންއިރު އެތެރެއަށް ވަދެގެން ދިޔަ ރިއުމާންފެނި ކަމެއް ގޯސް ވެއްޖެކަން އިނގުނެވެ. ރިއުމާން އެދިޔަ ބާރު މިނުގައި ގޮސް ކޮޓަރިއަށް ވަދެ ލޯގަނޑުން އަމިއްލަ ސޫރައަށް ނަޒަރު ހުއްޓާލިއެވެ.

ރުއިމުގެ ސަބަބުން ލޮލުގައި އަޅައިފާ ހުރި އަދުން ކަރުނަޔާއި އެއްވެ ފޭދިފައިވީ ވީއިރު ނޭފަތާއި މޫނަށް ލޭއަރައި ރަތްވެފައި ވިއެވެ. މިއަދު އޭނާ އަމިއްލަ ސޫރަ ދެކެވެސް ރުޅި އާދެވުނެވެ. އަޅައިގެން ހުރި ރަތް ޝޯލްގައި ހުރި ޕިންތައް އަވަސް އަވަހަށް ނައްޓަމުން ދިޔައިރު އޭނާބޭނުންވީ އޭތި ބޮލުން ވަކި ކުރާށެވެ. އޭގެ ސަބަބުން ބޮލަށް ބާރުވެ ނޭވާލާން ވެސް އުނދަގޫ ވަމުން ދިޔައެވެ. ގިސްލެވިފައި ހުރެ ޝޯލްގެ ކަނުގައި ހިފައި ބޭލި ވަގުތު އޭގައި އިން ޕިނަކުން އަތުގައި އެޅި ލޭއެރިއެވެ. ނަމަވެސް އެއްވެސް ފަރުވާލެއް ނެތި ރިއުމާން ޝޯލް ބާލާ އެއްލާލުމަށްފަހު އެނދުގެ މަގަތުގައި އިށީނެވެ. އައްސާފައި ހުރި އެ އިސްތަށިގަނޑު ހޭވިފައި ވީއިރު ދޮރުގައި ޓަކި ޖަހަމުން ދިޔަ އަޑުއިވެއެވެ.

“ރިއުމާން.. ދަރިފުޅާ. ކިހިނެތްވީ؟ ހުޅިވަބަލަ..” ބޭރުން ފާތުމަ ގޮވާ އަޑަށް ރިއުމާން ގިސްލަމުން ތެދުވެ ގޮސް ދޮރު ހުޅުވާލިއެވެ. ކުރިމަތީގައި ހުރި ރިއުމާންގެ ހާލު ފެނި ފާތުމަ އަވަހަށް އެތެރެއަށް ވަދެ ރިއުމާން ގައިގައި ހިފައްޓާލިއެވެ. “ކިހިނެތްވީ އަނެއްކާ؟” ފާތުމަ ހާސްވެފައި މިހެން އެހުމާއި އެކު ރިއުމާނަށް ހިފެއްޓުމެއްނެތި ރޮއެ ގަނެވުނެވެ. ފާތުމައަށް އޭނާ ހިފައްޓާލެވުނީ ކިރިޔާއެވެ. ޓައިލްސްތަކު މައްޗަށް އޭނާ ތިރިވި އިރު ފާތުމަ ރިއުމާން ގެނެސް ގަޔާއި ކައިރި ކޮށްލަމުން ބުރަކަށީގައި ފިރުމަމުން ދިޔައެވެ. ރިއުމާންއަށް އެތަށް ކަމެއް ކުރިމަތިވީ އިރުވެސް މިނޫނީ އަދި އޭނާ މިފަދަ ގޮތަކަށް ރޯތަނެއް ފާތުމަ ނުދެކެއެވެ.

“ކިހިނެތްވީ؟ ހުއްޓާލާ.. ވީގޮތެއް ބުނީމައެއްނުން އިނގޭނީ ވެސް.” ރިއުމާންގެ ގައިގައި ހިފައްޓައިގެން އިނދެ ފާތުމަ ވާހަކަ ދެއްކިއެވެ. ނަމަވެސް ރިއުމާންއަށް ހަމަ ހުއްޓުމެއްނެތި ރޮވެނީއެވެ. އެހިތް މިއަދު ހަލާކުވެއްޖެއެވެ. ދެން އިތުރަށް ލޯތްބަށް ދޭނެ ޖާގައެއް އެހިތަކު ނެތެވެ. އެންމެން ވެސް އޭނާ ބޭނުން ކޮށްލާފައި ފައި ފުހޭ ފުއްސެއްހެން އެއްލާލަނީއެވެ. އަމިއްލަ ޒަމީރު އެ ޚިޔާލުތައް ކުރަމުން ދިޔައިރު ލޮލުން ފޭބި ކަރުނައިން އެދޮން ކޯތާފަތް ތެމެމުން ދިޔައެވެ. އެވޭނީ ރުއިމުގެ އަޑު އިވި ފާތުމަ ވެސް ހިތް ފަޅައިގެން ދިޔައެވެ.

“ރިއުމާން ކޮއެފުޅާ ހުއްޓާލާ ދެން.. ތިވަރަށް ރޯ އެއްޗެއް ނޫނޭ.” ފާތުމަ މަޑުމަޑުން ރިއުމާންގެ ބޮލުގައި ފިރުމަމުން ހޭވިފައިވީ އިސްތަށިތައް ރީތި ކޮށްލަދިނެވެ. ފާތުމަގެ އުނގުގައި ބޯ އަޅައިގެން އޮވެ ރިއުމާން ގިސްލަމުން ދިޔައިރު ކުލަކެނޑެމުން ދިޔަ މަންޒަރު ތަކެއް ފަދައިން އައްޔާދްއާއި އެކީ ހޭދެކުރެވުނެ ވަގުތުތައް ފެންނަމުން ދިޔަ ކަހަލައެވެ. ކުޑައިރު ބައްޕަ ކުރި އަނިޔާއާއި އޭނާ އެރުއިރުއިން އިހްސާސްވަމުން ދިޔައެވެ. ދެލޯ މަރާ ބާރު ކޮށް ލުމުން ފެނުނު ކަޅު އަނދިރިކަން އޭނާގެ ދުނިޔެ ވަށާލިއެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

layaal

Level 310 Stories100 Comments

Other Articles

Previous

ހިތް ބޭނުމޭ… 17

Next

އަބަދަށް އެކީގާ… (07)

Next
January 23, 2017

އަބަދަށް އެކީގާ… (07)

Previews
January 21, 2017

ހިތް ބޭނުމޭ… 17

39 Comments!

  1. layaal says:
    January 22, 2017 at 4:23 pm

    Enjoy reading.
    Sometimes fate isn’t always in our favor.

  2. maiha? says:
    January 22, 2017 at 4:23 pm

    ohhh…me first tha?

  3. maiha? says:
    January 22, 2017 at 4:25 pm

    thanx…layaaa…love u??

  4. maisha says:
    January 22, 2017 at 4:31 pm

    me first

  5. Luya says:
    January 22, 2017 at 4:32 pm

    ?

  6. Aff says:
    January 22, 2017 at 4:38 pm

    Masha allah ? bt haadha kuruhen hyve ey

  7. inaa says:
    January 22, 2017 at 4:44 pm

    alhey hama rovijje fahu bai kiyaafa. riuman baby… ok vaane dhw adhi. vvvvvvvvv reeethi igey layaa dhoonya. hama best thi i. kiyun therin hithuga jassan nikan molhu vaane. hehe. luv u

  8. liyaa says:
    January 22, 2017 at 4:46 pm

    ??????

  9. Dory's girl says:
    January 22, 2017 at 4:56 pm

    ??????u made mee cryyyyy

  10. Shu says:
    January 22, 2017 at 5:08 pm

    Kobaa part 19 & 20,,,,,, hoadha hodha nufenun…..v sad……anyways mi part vs vvvvvvv salhi…..

    1. lizu says:
      January 22, 2017 at 6:00 pm

      click on layaal’s name above.

  11. Rose says:
    January 22, 2017 at 5:09 pm

    Alhe. Azim haadha goahe. Ayyadh gadha kolla ninniaa gulheyne kameh neiy. V v salhi mibai ves thankolheh kuri

  12. Naxy says:
    January 22, 2017 at 5:44 pm

    ????

  13. Snow flake says:
    January 22, 2017 at 6:19 pm

    ???????????
    Layaaa Loabi gandaaaa.?
    Love youuuu?

  14. mai says:
    January 22, 2017 at 6:24 pm

    Mirey adhi up kohdheeba layaaaaa

  15. Anonymous says:
    January 22, 2017 at 7:04 pm

    Ma Sha Allah.. u made me cry.. ??? poor ayyaadhu.. ???

  16. wasee says:
    January 22, 2017 at 7:09 pm

    alhe part 19 20 kobaatha edhe baeh nufenuney

    1. nadhaa says:
      January 22, 2017 at 7:26 pm

      click on her name. eyrun fenaane.

  17. Faathee says:
    January 22, 2017 at 9:13 pm

    Ayyadh ah rovunu thankolhu vara touching. V v salhi story. Dhen aslu ayyadh ah khonmes gothakah Riumaan ge hageegai ves anga baa. Eyrun dhw salhi vaanee. Hageegai engey fahun ves e loaibah badhaleh naas hama e gotha loabi veema dhw salhi vaanee

  18. Azu says:
    January 22, 2017 at 9:45 pm

    ??????

  19. Pinker says:
    January 22, 2017 at 11:11 pm

    Layaal aky girl ehtha noony boy ehtha? ?

  20. Pinker says:
    January 22, 2017 at 11:13 pm

    Layaal aky girl ehtha noony boy ehtha? ? nway stry v reethi..

    1. layaal says:
      January 23, 2017 at 12:06 am

      I’m a girl and thanks 🙂

    2. Pinker says:
      January 23, 2017 at 1:24 pm

      mi hurihaa dhuvahaku heekohgen mihury layaal aky boy eh kamah ? aaand Wc ☺

  21. Redrose says:
    January 22, 2017 at 11:23 pm

    Mi part varah furihama

  22. Chapii says:
    January 22, 2017 at 11:25 pm

    Whn next part

  23. Redrose says:
    January 22, 2017 at 11:31 pm

    Waiting for the next part

  24. Inaa ❤ says:
    January 22, 2017 at 11:34 pm

    Haadha asaru gadha ey. ???

  25. layaal says:
    January 23, 2017 at 12:04 am

    Hey all. Thank you so much for the lovely comments. So from now onwards i won’t update everyday since its takes a lot of my time to write. Hope you all will understand. I’ll update it three times a week just like my previous story. So it will be updated every SUNDAY, TUESDAY and FRIDAY from now on in sha allah. see you guys on Tuesday. Again thanks all..

  26. Aan says:
    January 23, 2017 at 12:19 am

    alhe hama rovijje. v salhi ingey

  27. Rsy says:
    January 23, 2017 at 4:56 am

    VVVVVVVVVVVVVVV reethi……..

  28. Yax says:
    January 23, 2017 at 1:30 pm

    Alhe layaa haadha gohey,?
    You just broke my heart???
    Love you?

  29. Faathee says:
    January 23, 2017 at 8:09 pm

    Hey layaal buneemehnu story ehkoh liye nimifa oi vaahaka

    1. layaal says:
      January 23, 2017 at 9:46 pm

      i did mention it in a previous episode that it was a originally 12 episode story but i decided to broad the story line so i’m continuing writing.

    2. Faathee says:
      January 23, 2017 at 9:52 pm

      Ok. Waiting ?

  30. Snow flake says:
    January 23, 2017 at 8:20 pm

    Noon dhen Layaalll. Dhera Kohlleee Thi.?
    But Okay I understand.?
    Ekam Ves Ketheh Nukureveyne Kaneyge.?
    Alheyyyy I cant Wait For The Next Part….✨
    So Thibunee Next part Tomorrow Ey.??
    Okayyy I will Wait. Mikahala Vahaka Akah Kaaku wait nukuraani.❤ Ehaaves Reethi , Touching , Sad , &Emotional vihyya.?
    Bye bye.
    Good Night.
    Love Youuu Darlaa.♥
    Good Luck Bbg.?

  31. Riu says:
    January 24, 2017 at 3:28 pm

    Kobaa tha anehbai. Genes dhey dhuvas buni iru up koh dheyne gadi eh ves bunelinama????

  32. zagambo bagombo says:
    February 13, 2017 at 7:33 pm

    Alheyyyy my heart is broken for the second time.luckily this time not from a boy ?

  33. Kitty says:
    February 8, 2019 at 1:59 am

    Hama rangalhah ves rovijje mi bai kiyaafa..

Comments are closed.

Next Episodeވަންހަނާ (22)←


All Right Reserved!