Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ވަންހަނާ (15)

layaal Level 310 Stories100 Comments
January 14, 2017 9 Mins Read
19 Comments

ރިއުމާންގެ ހިތް އަވަސް ވަމުން ދިޔައިރު އޭނާ ބޭނުންވީ އަވަހަށް ކޮޓަރިއަށް ވަދެ ތަޅުލައިގެން އިންނާށެވެ. ފާއިތުވަމުން ދިޔަ ކޮންމެ ސިކުންތަކާއި އެކު ކުރީގެ ހަނދާތައް ޚީޔާލުގައި ފުނި ޖެހެމުން ދިޔައެވެ. އޭނާ ކުޑައިރު އަނިޔާ ކޮށްލި ގޮތެވެ. އޭނާ ލެވި ހަޅޭކުން ކަރުން ލޭރަހަ ލީ ދުވަސްތެކެވެ. އެހެންމީހުން އޭނާ ކިބައިން ހުރިހާ އަބުރެއް ނޮޅާލި އިރު އެއްވެސް ބާރެއް ނެތި އޮންނަން ޖެހުނު ގޮތެވެ. އެޚިޔާލުތަކުން އޭނާގެ ނޭވާ ތާށިވަމުން ދިޔަ އިހުސާސް ވީއިރު ނިއްކުރިން ދާތިކި ފާޅުވިއެވެ.

ރިއުމާން އަވަސް އަވަހަށް އަނގައިން ވެސް ނުބުނެ ފެންފުޅި އައިސް އަލަމާރިއަށް ލާފައި ތެދުވެ ދޮރު ލެއްޕި ވަގުތު އޭނާގެ ހަރަކާތްތައް ހުއްޓުނެވެ. ޒުބޭރުގެ އެއަތް އޭނާގެ ކޮނޑުގައި ބީހިލުމުން އެތެރެއަށް ލީ ނޭވާ ވެސް ތާށިވިއެވެ. އެއަތް ދަތުރު ކުރަން ފެށުމުން އޭނާ ބަންދުކޮށް ހިފައްޓައިގެން ހުރި ރުޅި ކެކި އުތުރި ގަތެވެ. ނޫނެކެވެ. ދެނެއް އެދުވަސްތައް ތަކުރާރު ވިޔަކަ ނުދޭނެއެވެ.

ކުއްލިއަކަށް ރިއުމާން ގެނައި ހަރަކާތަކާއި އެކު ގައިގައި ހުރި ބާރެއް ލާފައި އެ އަތް ތިލައިގެ ހޫނުކަން ޒުބޭރުގެ މޫނުމައްޗަށް އަރުވާލިއެވެ. ލޮލުން ކަރުނަ ފާޅުވީ ނަމަވެސް އެލޮލުގައި ވަނީ ރުޅިވެރިކަމުގެ އަލިފާނެވެ. “ހަބަރުދާރު ދެން އަހަރެން ގައިގައި އިނގިލި ކުރި ޖައްސާލިއަސް!” ރިއުމާން އިނގިލި ދިއްކޮށްލަމުން ހަޅޭ ލަވައިގެން އިރު އެމޫނުމަތިން ފެނުނީ މިނޫނީ ދުވަހަކު ވެސް ޒުބޭރު ނުދެކޭހާ ނަފްރަތެވެ.

“ލަދެއް ނުގަނޭތަ އަދިވެސް؟ ބަލަ އަހަރެން މިއީކީ މިހާރު ކުޑަކުއްޖެއް ނޫނޭ! ކުރީގައި ބޭނުންހައި ގޮތެއް ހަދަން ދެން ހުއްޓަސް މިހާރަކު ނުހުންނާނަން.” ރިއުމާން ދަތްކުޑި ވިކާލަމުން ބުނެލިއެވެ. އޭރު ޒުބޭރު އޭނާގެ ކަންކަށިމަތީގައި އަތް ލައިގެން ހުރިއިރު އޭނާއަށް ހުރެވުނީ ރިއުމާން ބަދަލުވެފައި އެވާ މިޒާޖު ފެނި ސިހިފައެވެ. މިނޫނީ ދުވަހަކު ވެސް އޭނާ ކުރިމަތީގައި ބަސް ބުނަން ކީއްކުރަން ހެއްޔެވެ. އިސްއުފުލާ ބަލާލަން ވެސް ނުކެރޭ މީހަކު މިއަދު އޭނާއަށް އަތް އިސް ކުރީއެވެ.

“ކޯއްޗެއްތި ބަލަނީ! އެންމެ ފިޔަވަޅެއް ކުރިއަށް އަޅާލިއަސް..” ރިއުމާން މިހެން ބުނެފައި ކައިރީގައި ލައްކޮށްފައި ހުރި ފިހިގަނޑު އޭނާގެ ލޮލުގައި އަޅައިގަތެވެ. “ހޭއަރުވާލާނަން!” ފިހިގަނޑު ނަގައި އަތަށް ހެޔޮވަރު ކޮށްލަމުން އޭނާ ބުނެލިއެވެ. އޭނާ ދެން އިތުރަށް ޒުބޭރުގެ އެދުން ތަކަށް އިޖާބައެއް ނުދޭނެއެވެ. ދެން އެއްވެސް އިތުރު މީހަކަށް އޭނާގެ ހުއްދައާއި ނުލައި ގައިގައި އިނގިލި ކުރި ޖައްސާލިއަ ވެސް ނުދޭނެއެވެ.

އެދެމެދަށް ހިމޭކަން ވެރިވި އިރު ރިއުމާން އަދިވެސް ފިހިގަނޑު ހިފައްޓައިގެން ޒުބޭރުއާއި ހަތަރު ކަޅި ހަމަކޮށްގެން ހުއްޓެވެ. “ކަލޭ!” ޒުބޭރު މިހެން ބުނެފައި ކުރިއަށް ފިޔަވަޅު ނެގުމާއި އެކު ރިއުމާން ފިހިގަނޑު މަޅާލިއެވެ. ނަމަވެސް އެ ސިކުންތުގައި ފާތުމަގެ އަޑު އިވުމުން އެމީހުންގެ ހަރަކާތްތަށް ވަގުތުން ހުއްޓުނެވެ.

“ރިއުމާން އައިސްގެން އެއުޅެނީ.. މިހިރީނުން ފައިވާން.” ސިޑިން އެރި ފާތުމަ މިހެން ބުނިއިރު އަދި ގޭތެރެއަށް އޭނާގެ ނަޒަރެއް ނުހުއްޓެއެވެ. އޭރު ރިއުމާން ފިހިގަނޑު ތިރިކޮށްލަމުން ހަމަޖެހިލިއެވެ. ޒުބޭރު ވެސް ދުރަށް ޖެހިލި އިރު އެލޮލުގައި އަނދަމުން ދިޔަ އަލިފާނުން ހީވަނީ ދެންމެ ދެންމެ ކަމެއް ކޮށްފާނެ ހެންނެވެ. އެވަގުތު ފާތުމަ މެން ނައިނަމަ މިފަހަރު ރިއުމާން ހަމަ ރަނގަޅަށް ވެސް ޒުބޭރުއަށް ހޭއަރުވާލީހެވެ.

“ކުނިކަހަނީތަ ތި؟” ގޭތެރެއަށް ވައިން ފާތުމައަށް ރިއުމާން ފިހިގަނޑު ހިފައިގެން ހުރިތަން ފެނުމުން އަހާލިއެވެ. އޭރު ހާޖަރާއާއި ނަދާ ކޮތަޅުތަކެއް ހިފައިގެން ވަނެވެ. “އާނ.. ކުޑަކޮން ކަހާލީ. ކޮން އެއްޗެއްސެއް ގަނެލައިގެން ތިއައީ..” ދުރުގައި ފިހިގަނޑު ބަހައްޓަމުން ރިއުމާން ބުނެލިއެވެ. އޭރު ޒުބޭރު ދުރުގައި އަނގައިން ބަހެއް ނުބުނެ ހުއްޓެވެ.

“މިދެން ރަށަށް ދާން ވާއިރަށް ބަދިގެ ސާމާނު ކޮޅެއް ގަނެލީ.. ދަރިފުޅު ސައިބޮއެފިންތަ؟” ކޮތަޅުތައް ކަނެއްގައި ބަހައްޓަމުން ހާޖަރާ ބުނެލިއެވެ. “ނޫން.. ދެންމެ ރައްޓެއްސަކާއި އެކީ ބޭރުން ކައިގެން މިއައީ.. ދެން މިރޭ ކާނީ.” ރިއުމާން ހިނިތުން ވެލާފައި ކޮޓަރިއަށް ވަންނަން ދަމުން ޒުބޭރުއަށް ލޯ އަޅާލިއެވެ. “ޒުބޭރު ސައި ބޯންވީނުން.” ފާތުމަ ބަދިގެއަށް ވަންނަމުން ބުނެލިއެވެ. އޭރު ނަދާ ގޮސް ރިއުމާންގެ ފަހަތުން އޭނަގެ ކޮޓަރިއަށް ވަނެވެ. “ނެތް ސައިބޯ ހިތެއް.. އަންނާނަށް ބޭރަށް ޖެހިލާފައި.” ޒުބޭރު ރުންކުރުގޮތަކަށް މިހެން ބުނެފައި ނިކުމެގެން ދިޔައެވެ.

“ރިއުމާން..” ފަހަތުން އައިސް ކޮޓަރީގައި ހުއްޓެއްލި ނަދާ ގޮވާލިއެވެ. “އާނ.. ކިހިނެތްވީ؟ އާދެ އިށީންނަން.” ރިއުމާން ގޮސް އެނދުގައި އިށީނުމުން ނަދާ ވެސް ގޮސް އޭނާ ކައިރީގައި އިށީނދެލިއެވެ. “އައި އެމް ސޮރީ..” އިސްޖެހިފައި އިނދެ ނަދާ ބުނެލިއެވެ. “ކޮންކަމަކާ؟” ރިއުމާން އަހާލިއެވެ. “ކުރިން ވަރަށް ގޯސްކޮން ރިއުމާންއާއި ދޭތެރޭ ކަންތައް ކުރެވުނީ.. އަސްލު އައި ޔޫސްޑް ޓު ހޭޓް ޔޫ. މަންމަ ވެސް އަބަދު ރިއުމާންއާއި ހެދި އުޅޭނީ.. އެންޑް ޖޮބަށް ގޮއްސަ އެހައި ފޭމަސް ވީމަ.. ދެން އަހަރެން ދެރަވީ. އައި އެމް ނޮޓް ލައިކް ދެޓް..” ނަދާ ދެރަވެފައި އިނދެ ބުނެލިއެވެ.

“އަހާ.. އެއީ މަޢާފަށް އެދޭވަރު ކަމެއް ނޫނޭ.. އަހަރެން އަބަދު ވެސް ދެކުނީ ނަދާ ތިއީ ކޮއްކޮއެއްގެ ގޮތުގައި. އަހަރެން އަމިއްލަ ކޮއްކޮއެއް ނެތީމަ މިގެއަށް އައި ދުވަހުން ފެށިގެން ވެސް ދެކެނީ ތީ ހަމަ އަމިއްލަ ކޮއްކޮއެއް ކަމަށް.. އިޓްސް އޯކޭ. އަދި ނަދާ ވެސް ޖޮބަކަށް ގޮސް ކާމިޔާބު ވާނެ. ޔޫ ޖަސްޓް ހެވް ޓު ޓްރައި..” ރިއުމާން މިހެން ބުނުމުން ނަދާ ހިނިތުންވެލިއެވެ. އިރުކޮޅަކު ވާހަކަ ދައްކާލަން ތިބުމަށްފަހު ނަދާ އެ ކޮޓަރިން ނިކުތުމުން ރިއުމާން އޭނާގެ ފޯނުނަގައި ހުޅުވާލިއެވެ.

އާ ފޯނު ގައިން ފަހުން އަދި ހަމަޖެހިލައިގެން އެއާއި ކުޅެލާނެ ފުރުސަތެއް ވެސް ނުލިބެއެވެ. ފޯނުގައި ސޭވް ނުކޮށް ހުރި ނަމްބަރުތައް ސޭވް ކުރަމުން ގޮސް ބައެއް އެޕްތައް ވެސް އަޅާލިއެވެ. ކުއްލިއަކަށް އޭނާގެ ޚިޔާލަށް އައީ އައްޔާދްއެވެ. އަނެއް ފޯނު ގެއްލުނު ފަހުން އައްޔާދް ގުޅާ ވެސް ނުލައެވެ. އޭނާއަށް އައްޔާދްގެ ނަމްބަރު ނުވެސް އިނގެއެވެ. އައްޔާދް މަޤާމުން ސަސްޕެންޑް ކުރި ޚަބަރު އިވުނު ނަމަވެސް އޭގެފަހުން އެއްވެސް ޚަބަރެއް ނުވެއެވެ.

ރިއުމާން އެކަމާއި ވިސްނަން ބޭނުން ނުވި ނަމަވެސް އައްޔާދްއާއި ވާހަކަ ދައްކާލާ ހާލު އޮޅުން ފިލުވާލަން ބޭނުންވިއެވެ. އެރޭ އޭނާއަށް އެވަރަށް އަނިޔާވި އިރުވެސް ބެލީ ރިއުމާން ސަލާމަތް ކުރެވޭތޯއެވެ. ހަޤީޤަތުގައި އައްޔާދް ނައިނަމަ މިއަދު އެ މަހުދީ އޭނާގެ ވަސް ވެސް ފޮހެލާނެއެވެ. އޭގެ ބަދަލުގައި އައްޔާދްއާއި ދިމާއަށް ކިޔުނު އެއްޗެއްސަށް މަޢާފަށް އެދެން އޭނާ ބޭނުންވިއެވެ.

އެހިތުގައިވީ ނަފްރަތު މަޑުމަޑުން ފިނިވަމުން ދިޔައިރު އައްޔާދް އެގޮތަށް ކަންތައް ކުރީ އިތުރު ގޮތެއް ނެތިގެން ކަން ރިއުމާންއަށް ވިސްނުނެވެ. އެހައި ދުވަސް ވަންދެން ހަމަ އެކަނި އެއަޑު އިވުނު އިރު އެއްވެސް އެއްޗެކޭ ހިތަށް ނޭރި ނަމަވެސް މިހާރު އެއަޑު ނީވޭތީ އެހިތް އެދެނީ އެންމެ ކަމެވެ. އަދި އެއްފަހަރު ނަމަވެސް އައްޔާދްގެ އެއަޑު އަހާލާށެވެ.

****

“އަޑު އަހާބަލަ ދެން.. ނުހީބަލަ. އިޓްސް ނޮޓް ފަނީ!” އަނާ މޫނު ކުނިކޮށްލަމުން މިހެން ބުނިއިރު ލައިބާއާއި އައްޔާދް ދެމީހުން ސޯފާގައި ތިބެ ހެމުން ދިޔައެވެ. “އިޓް އިޒް ފަނީ.. އެހެން ވާނީ އަދިވެސް މީހުންނަށް ލަނޑު ދޭން އުޅެންޏާ..” އައްޔާދް ހެމުން ބުނެލިއެވެ. “ދެން ނޭނގޭނެ ދޯ އެދުވަހު ކްލާޗް އެރޭންޖްމެންޓް ބަދަލު ކުރާން ކަމެއް.” އަނާ ތުން ދަމާލަމުން ބުނެލިއެވެ.

“އަހަންނަށް ލަނޑު ދޭން ވެގެން ގޮނޑީގައި ތެރެސް ހޭކިއިރު އެންމެފަހުން އަނާއަށް ޖެހުނީ ގޮސް އެތަނުގައި އިންނަށް.” ލައިބާ ހިނިގަނޑު މައިތިރި ކުރަމުން ބުނެލިއެވެ. “އަދިވެސް މީހުންނަށް ލަނޑު ދޭތި.. ދިމާ ވެސް ކުރަން ވާނެ” އައްޔާދް ސޯފާގައި ލެނގިލަމުން ބުނެލިއެވެ. “އޯ.. އެހެންތަ.. ތިހެން ވީއިރު ދޮންބެ އޭރު ކުރާ ކަންތަކޯ؟ ނިއްނި މިގެއަށް އަންނަ އިރަށް ޗަބީއޭ ކިޔައި ދިމާ ކުރާއިރު އޯ.. އަދި ބުނާނެ ނިއްނިގެ ކޯ ހިވަނީ ބޮޑު ދެ މާޝްމެލޯ ހެންނޭ.. އޭރު ކާކުތަ އެ ދިމާ ކުރަނީ.” ލައިބާއަށް ނިއް އަރުވާލަމުން އަނާ ބުނެލިއެވެ.

“އެދެން މަޖާ.. ދޯ ނިއްނި.” އައްޔާދް ހެމުން ބުނެލިއެވެ. އޭރު ލައިބާ ރަކި ގޮތަކަށް ހީލިއިރު އޭނާ އަދިވެސް އެދުވަސްތައް މަތިން ހަނދާން އެބަހުއްޓެވެ. އައްޔާދް އަބަދުވެސް އޭނާގެ ކޯ ބޮޑުވެފައި ހުންނަލެއް ފަލަކަމުން އެކަމާއި ވަރަށް ފާޑު ކިޔާނެއެވެ. ނަމަވެސް އެކަމާއި ލައިބާ ހިތްބުރައެއް ނުކުރެއެވެ. އެއީ ހަމަ ހުސް މަޖަލަށް ކިޔާ އެއްޗެހިކަން އޭނާއަށް އިނގެއެވެ.

އައްޔާދް އޭނާއަށް ބަލާލާއި ޗަބީއޭ ބުނެލުމުން އޭނާ އުފާވެއެވެ. އޭރު ވެސް އައްޔާދްއަށް އެހިތުގައި ހާއްސަކަމެއް ދެވިފައި ވެއެވެ. އެކަން ޚުދު އައްޔާދްއަށް އިނގޭ އިރު ދުވަހަކު ވެސް އެކަހަލަ ވާހަކައެއް ނުދައްކައެވެ. ނަމަވެސް އައްޔާދްގެ އެ އުޅުމުން ބައެއް ފަހަރަށް އޭނާއަށް ވެސް ލައިބާ ކަމުދާހެން ހީވެއެވެ.

“މިކޮޅަށް ބަދަލުވީތަ ތި؟” އައްޔާދް ހިނިތުންވެލަމުން އަހާލިއެވެ. “އާނ.. އެއްކޮން ބަދަލުވީމި. ހަފްތާއެއް ފަހުން ޖޮބަށް ނިކުންނަން ޖެހޭ.” ލައިބާ އޮޅުން ފިލުވާ ދިނެވެ. “އެހެންތަ.. ކޮންގްރޭޓްސް.” އައްޔާދް ހިނިތުންވެލާފައި މިހެން ބުނުމުން އަނާ ވެސް އޭނައާއި އެއްބައިވިއެވެ.

“ދަރިފުޅުމެން ކީއްކޮށްލަނީތި؟ ކޮބާ މަންމަ؟” އާޒިމް އޮފީސް ބޫޓު ބާލަމުން ވާހަކަ ދެއްކިއެވެ. “މަންމަ ވެއްޖެ ކޮޓަރީގައި..” އަނާ މިހެން ބުނިތަނާހެން އާޒިމްގެ ލޮލުގައި ސޯފާގައި އިން ލައިބާ އަޅައިގަތެވެ. “މިއީ ކޮންކުއްޖެއް؟ ހާދަ ދަންނަ ކުއްޖަކާ ވައްތަރޭ..” އާޒިމް ދެލޯ ކުޑަކޮށްލަމުން ލައިބާއަށް ނަޒަރު ހުއްޓާލައިގެން ހުރެ އަހާލިއެވެ. “ބައްޕާ މިއީ ލައިބާ އެއްނުން.. އަޅުގަނޑާއި އެކީ އެއް ކްލާހެއްގައި އުޅުނު.. ލަންކާގައި ކިޔަވަން ހުރެފައި ނިމިގެން އެއައީ” އަނާ އޮޅުންފިލުވަ ދިނުމުން އާޒިމް ހިނިތުންވެލާފައި ލައިބާއާއި ސަލާމްކޮށްލަން އަތް ދިއްކޮށްލިއެވެ.

“ޔެސް.. ޔެސް. ހަދާން ވެއްޖެ. ހާދަ ހިކިއްޖެއޭ މިހާރު. ނޭނގޭނުން.. ބައްޕަމެން ވެސް އައިތަ؟” އާޒިމް ހިނިތުން ވެލަމުން ވާހަކަ ދެއްކިއެވެ. “ލައްބަ.. އަންކަލްއާއި ދިމާ ވެއްޖެއްޔާ ސަލާމް ބުނާށެ ބުނި..” ލައިބާ ޖަވާބުގައި ބުނެލިއެވެ. “މިވީ ގޮތުން ދިމާވެލަން ވާނުން.. ރަނގަޅު ދޯ.” އާޒިމް މިހެން ބުނުމުން ލައިބާ ޖަވާބުގައި ބޯ ޖަހާލިއެވެ.

“އައްޔާދް.. ބައްޕަ ކުޑަ ވާހަކައެއް ދައްކާލަން ވެއްޖެ.” އައްޔާދަށް އިޝާރާތް ކޮށްލަމުން އާޒިމް ބުނެލިއެވެ. އޭރު އައްޔާދް އިން ތަނުން ތެދުވެ އޭނާގެ ބައްޕަ ފަހަތުން ގޮސް ދުރުގައި މަޑުކޮށްލިއެވެ. “ދަރިފުޅު އަދިވެސް އެ އަންހެން ކުއްޖާއާއި ގުޅުމެއް ބާއްވަންތަ؟” އާޒިމްގެ މޫނުމަތިން ސީރިއަސްކަން ފާޅުވުމުން އައްޔާދް ކޮން ކުއްޖެއްތޯ ސުވާލު ކޮށްލިއެވެ. “ރިއުމާން.” އާޒިމް މިހެން ބުނުމުން އައްޔާދް ޖަވާބުގައި ނޫނެކޭ ބުނެލިއެވެ. “ރަނގަޅު.. ބައްޕަ ބޭނުމެއް ނޫން އޭނައާއި ދަރިފުޅު އެއްވެސް ކަހަލަ ގުޅުމެއް ބާއްވާކަށް.” އާޒިމް މިހެން ބުނެފައި ކުޑަކޮން އައްޔާދްގެ ކޮނޑުގައި ޖަހާލިއެވެ. ނަމަވެސް އައްޔާދްގެ މޫނުމަތިން އެއްވެސް އަސަރެއް ފާޅެއް ނުވެއެވެ.

“އަންކަލް އަޅުގަނޑު ދަނީ ދެން..” ލައިބާ މިހެން ބުނުމުން އާޒިމް އޭނާއަށް ސަމާލުކަން ދިނެވެ. “އާނ.. ބައްޕަމެންނަށް ސަލާމް ބުނައްޗޭ. ބުނޭ އަދި ދިމާވެލާނަމޭ.” އާޒިމް މިހެން ބުނެފައި ކޮޓަރިއަށް ވަންނަން ހިނގައިގަތެވެ. ލައިބާ ބޯ ޖަހާލުމަށްފަހު އައްޔާދްއަށް ހަނާ އަޅާލަމުން ހިނިތުންވެލާފައި އެގެއިން ނިކުއިން އިރު ނަދާ އޭނާ ބޭރަށް ލާން ނިކުތެވެ.

އައްޔާދް އިރުކޮޅަކު ހުރުމަށްފަހު ގޮސް ކޮޓަރިއަށްވަނެވެ. އެނދުމަތީގައި އޮތް އޭނާގެ ސްކެޗް ފޮތުން އޭނާ ކުރިން ކުރަހަން އިން ގަނޑު ނަގައި ފަންސޫރުން އިތުރަށް އެ ކުރެހުން ފަވާލުމަށްފަހު އެ ގަނޑަށް ނަޒަރު ހުއްޓާލިއެވެ. އެތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވިއިރު އޭނާ އެކުރެހުމުގައި އިނގިލިން ފިރުމާލިއެވެ.

“ރިއުމާން.” އައްޔާދްގެ ދުލުން އެނަން ކިޔުނީ އިޚްތިޔާރަކާއި ނުލައެވެ. އޭނާ އެގަނޑު ސްކެޗް ފޮތުގެ ތަންކޮޅެއް ފަހަތަމުން އެ ފޮތް ލައްޕާލުމަށްފަހު ގެންގޮސް އަލަމާރިގެ ވަތްގަނޑެއް ހުޅުވައި އެތަނަށް ލިއެވެ. އެއަށްފަހު އޭނާ ފޯނު ނަގައި ރިއުމާންގެ ނަމްބަރު ކީޕެޑްގައި ލިޔެލުމަށްފަހު އެއަށް ނަޒަރު ހުއްޓާލައިގެން އިނެވެ. ނަމަވެސް އިރުކޮޅަކު މިހެން އިނުމަށްފަހު އޭނާ ފޯނު ދުރަށްލައި އެނދުގައި އޮށޯވެލަމުން އެ ބޯ އެސްފިޔަތައް މަރާލިއެވެ.

****

އާދައިގެ މަތިން ދުވަސްތައް ފާއިތު ވަމުން ދިޔައިރު އެދުވަހަށްފަހު ޒުބޭރުގެ ފަރާތުން އެއްވެސް އުނދަގުލެއް ނުވެއެވެ. އަދި ހަފްތާއެއް ފަހުން އެމީހުން ފުރަން ހަމަޖެހިފައި ވާއިރު ހާޖަރާ އޭނާ ކައިރީ ކުޑަ ދުވަސް ކޮޅަކަށް ޗުއްޓީ ނަގައިގެން އެމީހުންނާއި އެކު ރަށަށް އަންނަން އެދުނެވެ. ނަމަވެސް ރިއުމާން އެކަމަށް އިންކާރު ކުރީ އެގެއަށް ގޮސް އަނެއްކާ ވެސް ޒުބޭރުގެ ދަންމަޅީގައި ޖެހެން ނޭދޭތީއެވެ.

“ރިއުމާން.. ކަމެއް ކޮށްލަދީބަ.” ތަނުގެ މުވައްޒަފަކު އޭނާއަށް ގޮވާލުމުން ލެޕްޓޮޕަށް ގެއްލިފައި އިން ރިއުމާން އޭނާ އިން ގޮނޑި އަނބުރާލިއެވެ. “ޔެސް..” އޭނާ ހިނިތުންވެލިއެވެ. “އެއްކަލަ އަޒޭ ކިޔައިފި މި މަހު ފަހުކޮޅު އޮތް ކޮންފަރެންސް އަކަށް ރިއުމާން ދާން ވިއްޔޯ.” ފާއިޒް މިހެން ބުނުމުން ރިއުމާން އެއްބުމަ އަރުވާލަމުން ދުރުގައި އިން އަޒްމީއަށް ނަޒަރު ހުއްޓާލިއެވެ.

“އެހެން މުވައްޒަފުން ވެސް އެބަ ތިއްބެއްނުން. އެންމެ ފަހު ފަހަރު ވެސް އަހަރެން ދިޔައީ.” ރިއުމާން މިހެން ބުނެފައި ގޮނޑި އަނބުރާލަމުން އޭނާ ކުރަން އިން މަސައްކަތަށް ރުޖޫޢަ ވިއެވެ. “ހީވަނި އަހަރެން މިއީ މި ވެބްސައިޓް އެންޑޯސް ކުރާ ފޭސް އެއް ހެން.. ކީއްވެތަ އަބަދު އަހަރެން ދާންވީ؟” ރިއުމާން ރުންކުރު ގޮތަކަށް ޝަކުވާ ކޮށްލިއެވެ.

“އެއީ ހަމަ އަހަރެން ރިއުމާންއަށް ޖެއްސުން ކުރާ ހިތުން.” ފަހަތުން އަޒްމީގެ އަޑު އިވުމުން ރިއުމާން ގޮނޑި އަނބުރާލަމުން އޭނާއަށް ލޯ އަޅާލިއެވެ. “ނުދާނަން ތިހެން ވީއިރު.” ރިއުމާން މޭ މައްޗަށް އަތް ހުރަސްކޮށްލަމުން ކޮނޑީގައި ލެނގިލިއެވެ. “ޖަސްޓް ކިޑިން.. ބަޓް އޮން އަ ސީރިއަސް ނޯޓް.. މި ކޮންފަރެންސް ވަރަށް މުހިއްމު. އަސްލު އޭގެ ކުރިން މީހަކާއި ބައްދަލު ކޮށްލަން ދާން ވީ.. މި ވެބްސައިޓަށް އަލަށް ޖޮއިން ކުރިން މާކެޓިންގެ ހެޑް އެބަ ބޭނުންވޭ ރިއުމާން.” އަޒްމީ ކައިރީގައި ހުރި ގޮނޑިއެއްގައި އިށީނދެލަމުން ބުނެލިއެވެ.

“އެކީއްކުރަން؟” ރިއުމާން އޮޅުން ފިލުވާލަން އަހާލިއެވެ. “ނިއު ސްޓްރެޓަޖީ. އޭނަ ބޭނުން ވަނީ ރިއުމާންގެ ސްޓޯރީ އާއި ތި ފޭސް ބޭނުން ކޮށްގެން ވެބްސައިޓް މާކެޓް ކުރަން.. ޔޫ ނޯ.. ލައިކް މި ވެބްސައިޓަކީ ނިކަން ހީވާގި ކެރޭ ޒުވާން ނޫސްވެރިން އުޅެ ތަނެއްކަމަށް ދައްކަން. ވީ ވިލް ރިވީލް ތަ ޓްރުތް ޓު ދަ ސޮސައިޓީ ލައިކް ޔޫ ޑިޑް.. އޭނަ ބުނާ ގޮތުން ނަމަ ވީ ޕްރޮމޯޓް ކަރެޖް.. ވިތް ޔުއާ ފޭސް އޮން އިޓް. އަސްލު ވަރަށް ސަޅި ކޮންސެޕްޓެއް.” އަޒްމީ ޝައުޤުވެރިކަމާއި އެކު ކިޔާ ދިނެވެ.

“ސޯ ޝީ އޯ ހީ ވޯންޓް ޓު ޔޫސް މީ.. ފޯ އަ މާކެޓިން ސްޓްރެޓަޖީ.” ރިއުމާން ކުޑަކޮން ހިތްހަމަ ނުޖެހިފައި ހުރެ ބުނެލިއެވެ. “އިޓްސް އަ ޝީ. އެންޑް ނޯ .. ތިހެންނެއް ނޫން މިބުނީ. ވީ އާ ނޮޓް ޖަސްޓް ޔޫސިން ޔޫ ޓު ޕްރޮމޯޓް ދިސް ވެބްސައިޓް. ރިއުމާން ޔޫ އިންޒްޕަޔާ ސޯ މެނީ ޕީޕަލް.. ތިކަހަލަ ކެރޭ ކުދިންނޭ މި ދާއިރާއާށް ބޭނުންވަނީ.. އެހެންވީމަ އެކަމަށް ދެވޭ ހިތްވަރެއް ދޯ މި. ޖަސްޓް މީޓް ހާ. އޭރުން ހިތްހަމަ ނުޖެހޭ ކަމެއް ވިއްޔާ ވެސް އޭނަ ކައިރި ބުނޭ. ވަރަށް ނައިސް ވާނެ” އަޒްމީ ވިސްނައިދިނެވެ.

“ހޮޓް ވެސް ވާނެ..” ކައިރީގައި އިން ފާއިޒް ޖެއްސުމަށް ބުނެލިއެވެ. “ޝަޓް އަޕް!” އަތުގައި އޮތް ކަރުދާސް ބޮނޑިން ފާއިޒްގެ ގައިގައި ޖަހާލަމުން އަޒްމީ ބުނެލިއެވެ. “ޝާފިޤް ކީކޭ ބުނީ މިކަމާ؟” ރިއުމާން ވިސްނާލަން އިނދެފައި އަހާލިއެވެ. “އޭނަ ވެސް މިކަމަށް ތާއިދު ކުރި. އެކަމު ބުނީ ރިއުމާން ހިތްހަމަޖެހޭ ނަމަ ޔޯ މިކަން ކުރާނީ. ނޯ ވަން އިޒް ފޯސިން.” އަޒްމީ އޮޅުން ފިލުވައި ދިނެވެ.

“އޯކޭ.. ބައްދަލު ކޮށްލެވިދާނެ. އެކަމު އަދި އާނއެކޭ ނުބުނަން. އައި ނީޑް ޓު ތިންކް..” ރިއުމާން އޭނާގެ ނިންމުން ހާމަ ކުރިއެވެ. “ގްރެއިޓް.. އެހެންވީމަ މާދަން ހެނދުނު އަށެއް ޖަހާއިރަށް އަނެއް ބިލްޑިންއަށް ދާންވީ. ޝީ ވޯކްސް އެބައިގައި..” އަޒްމީ މިހެން ބުނުމުން ރިއުމާން ގަނޑު ކޮޅެއްގައި އެނަން ލިޔެލީ ހަނދާން ނެތިދާނެތީއެވެ. “އޯކެ.. އައި ވިލް ބީ ދެއާ..” ރިއުމާން ހިނިތުން ވެލިއެވެ.

****

ރޭގަނޑުގެ ހިމޭން ކަންމަތީ ކޮޓަރީގައި ހުރި ދެބުރި އެނދުގެ މަތީގައިގެ އިން ރިއުމާން ފޯނުން މެސެޖް ކުރަމުން ދިޔައިރު އުނގުގައި ބައިންދާފައި އިން ލެޕްޓޮޕް ހުޅުވާފައި ހުއްޓެވެ. ހަޖަރާ ތިރީ އެނދުގައި ނިދާފައި އޮތްއިރު ވެރިވެފައިވާ ނިދާ ބޮކީގެ ފަނޑު އަލި ކޮޓަރި ތެރެއަށް އެޅިފައި ވިއެވެ. ‘ކޯއްޗެއް ތި ބަލަނީ؟’ އެކޮޅުން އާދިލް މެސެޖު ކޮށްލިއެވެ. ‘ހައު ޓު ގެޓް އަވޭ ވިތް މާޑާ.’ ރިއުމާން ރެޕްލައި ކޮށްލުމަށްފަހު އޭނާ ބަލަން އިން ސީރީޒަށް ނަޒަރު ހުއްޓާލިއެވެ.

‘ހޫ އާ ޔޫ ޕްލޭނިން ޓު ކިލް؟’ އާދިލްގެ މެސެޖު ލިބުމުން ރިއުމާން ގާތަށް ހިނިއައެވެ. ‘ޔޫ..’ އޭނާ ޖަވާބުގައި ލިޔެލިއެވެ. ‘ތިހެން ނަހަދާ.. މިހާ ލޯބިވާނެ ކުއްޖެއް ނުވެސް ލިބޭނެ ދެން.’ އިރުކޮޅެއްފަހުން ލިބުނު މެސެޖު ކިޔާލުމަށްފަހު ރިއުމާން ދެފަރާތަށް ބޯ ހޫރުވާލިއެވެ. ‘ގުޑް ނައިޓް އާދިލް.. އައި ނީޑް ޓު ޕްލޭން ޔުއާ މާޑާ. ލޮލް.’ ރިއުމާން މެސެޖު ފޮނުވާލުމުން އެކޮޅުން އިތުރު މެސެޖެއް ލިބުނީ ނިދާލާށޭ ކަމަށް ބުނެފައެވެ.

އޭނާ ލެޕްޓޮޕަށް ގެއްލިފައި އިންދައި އަނެއްކާ ވެސް އިތުރު މެސެޖެއް ލިބުނެވެ. މިފަހަރު ވެސް އާދިލް ކަމަށް ހީކޮށް ފޯނު ބަލައިލި އިރު އެއީ ޕްރައިވެޓް ނަމްބަރެކެވެ. ނަމްބަރު ނެތުމުން އޭނާ ދެ ޚިޔާލެއްގައި ހުރެފައި މެސެޖު ހުޅުވާލިއެވެ. ‘މިސް މީ؟’ ލިބިފައި އިން މެސެޖު ކިޔާލުމުން އޭނާއަށް އެއީ ކާކުކަން އިނގުމުން އެތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވި އިރު އޭނާ އަވަސް ހަރަކާތަކާއި އެކު އެއަށް ރެޕްލައި ކޮށްލިއެވެ.

‘އިން ޔުއާ ޑްރީމްސް..’ ރިއުމާންގެ ނަމްބަރުން ލިބުނު މެސެޖު ކިޔާލުމަށްފަހު އެނދުގައި އޮތް އައްޔާދް ގާތަށް ހިނިއައެވެ. ރިއުމާންއަށް އޭނާ އެއީ ކާކުކަން އިނގިއްޖެއެވެ. ދެމީހުން އިރުކޮޅަކު ވާހަކަ ދައްކާލަން ތިބިއިރު ރިއުމާން މަޢާފަށް އެދުނެވެ. އެރޭ ކިޔުނު އެއްޗެއްސާއި މެދު ދެރަވެ އޭނާ ސަލާމަތް ކޮށް ދިނީތީ ޝުކުރުވެރިވިއެވެ. އެކަކު އަނެއްގެ ހާލު ބަލައިލާ އެންމެ ފުރަތަމަ އައްޔާދް އޭނާ ހޯދަން އުޅުނު ގޮތުގެ ކިޔާ ދިނުމަށްފަހު އެދެމެދުގައި ގުޅުމެއް ޤާއިމްވިއެވެ. ‘ސޯ ޑަޒް ދިސް މީން ވީ އާ ފްރެންޑްސް؟’ އައްޔާދް ބާލިހުގައި ބައްދާލަމުން މެސެޖު ފޮނުވާލިއެވެ.

‘މޭބީ..’ ރިއުމާން ޖަވާބުގައި ލިޔެލިއެވެ. އިރުކޮޅެއްފަހުން އަނެއްކާ ވެސް އައްޔާދްގެ މެސެޖެއް ލިބުނެވެ. ‘މޭބީ.. ގުޑް ނައިޓް.’ މެސެޖު ކިޔާލުމަށްފަހު ރިއުމާން ވެސް ‘ގުޑް ނައިޓް’ ލިޔެލިއެވެ. ފޯނު ދުރަށް ލުމަށްފަހު އޭނާ ފުންނޭވާއެއް ލިއެވެ. އައްޔާދްގެ ފަރާތުން ދެން އެއްވެސް ގުޅުމެއް ނުލިބޭނެ ކަމަށް ހީކޮށް މިހައި ދުވަހު ހުއްޓައި އޭނާ މެސެޖު ކުރުމުން ރިއުމާން ހިތްހަމަޖެހުނެވެ. އެރޭ އޭނާ ނިދިއިރު އާ އުފަލެއް އެހިތުތެރޭ އުފަން ވިކަހަލައެވެ.

****

އިރުފެނުން ތޮޅެ ލުމާއި އެކު މާލޭގެ މަގުތައް ހަލަބޮލި ވިއެވެ. އާދިލްގެ ސައިކަލު ފަހަތުގައި ރިއުމާން މިސްރާބު ޖަހާފައި ހުރީ އެ ވެބް ސައިޓްގެ މާކެޓިން ހެޑްއާއި އެކު ބައްދަލުވުން އޮތް އިމާރާތާއި ދިމާއަށްށެވެ. “ދެން ފެންނާނީ މިތާ ބިލް ބޯޑު ތަކުން ރިއުމާންގެ ފޭސް ދޯ..” އާދިލް ޖެއްސުމަށް ބުނެލިއެވެ. ޖަވާބުގައި ރިއުމާން ހިނިގަނޑެއް ޖަހާލަމުން އަވަހަށް ދުއްވުމަށް ބުނެލިއެވެ. ސައިކަލު އައިސް އެ އިމާރާތް ކުރިމައްޗަށް ހުއްޓާލުމުން ރިއުމާން އަވަސް ފިޔަވަޅު ތަކެއްގައި އެތެރެއަށް ވަދެގެން ދިޔައެވެ.

ރިސެޕްޝަން ކައިރިއަށް ހުއްޓިލަމުން އޭނާ އަތުކުރި ގަޑިއަށް ބަލައިލި އިރު އަށެއްޖަހަން ފަނަރަ މިނެޓު އިނެވެ. “އެސްކިއުޒް.” ރިއުމާން ރިސެޕްޝަނިސްޓްއަށް ގޮވާލަމުން ބުނެލިއެވެ. “އަޅުގަނޑު މިއައީ އަށެއް ޖަހާއިރު ހަމަޖެހިފައި އޮތް މީޓިންއަކަށް..” ރިއުމާން ހިނިތުން ވެލަމުން ބުނެލިއެވެ. “ކޮން ބޭފުޅަކާއި އެކީތޯ ބައްދަލަވުން އޮތީ؟” ރިސެޕްޝަނިސްޓް އަހާލިއެވެ. “ނަމެއް ނޭނގެ.. މި ވެބްސައިޓްގެ މާކެޓިން ހެޑް. އަޅުގަނޑު މިއީ ރިއުމާން ޒުބޭރް” ރިއުމާން އޮޅުން ފިލުވާލަ ދިނެވެ. “މަޑުކޮށްލައްވާ..” ރިސެޕްޝަނިސްޓް ޓެލެފޯނުން ނަމްބަރެއް ޖަހާލަމުން ބުނެލިއެވެ.

އިރުކޮޅެއްފަހުން ރިސެޕްޝަނިސްޓް އޭނާއަށް ގޮވާލުމުން ރިއުމާން ކައިރިއަށް ޖެހިލިއެވެ. “ސެކަންޑް ފްލޯ ދުރުވޭ..” ރިސެޕްޝަނިސްޓް މިހެން ބުނެ ހިނިތުންވެލިއެވެ. “ތޭންކްސް.” ރިއުމާން އަވަސް ފިޔަވަޅު ތަކެއްގައި ލިފްޓަށް އަރައި ދެވަނަ ފަންގިފިލާއަށް ދާން އެ ބަޓަންއަށް ފިއްތާލިއެވެ. ލިފްޓުގެ ދޮރު ހުޅުވުމުން އޭނާ ނިކުމެ އެތެރެއަށް ހިނގައިގަތެވެ. “މިސް ރިއުމާން.” އެތާ ކައުންޓަރު ކައިރި އިން ކުއްޖާ އޭނާއަށް ގޮވާލުމަށްފަހު ދުރުގައި ވަކިން ހުރި ކެބިންއަށް އިޝާރާތް ކޮށްލިއެވެ. ރިއުމާން ހިނިތުން ވެލާފައި ގޮސް އެ ކެބިންގެ ދޮރުގައި ޓަކި ޖަހާލުމަށްފަހު އެތެރެއަށް ވަނެވެ.

އެ ބޮޑު ކެބިން ތެރޭ ހުރި މޭޒު ކައިރީގައި އަންހެނަކު އޭނާއަށް ފުރަސް ދީގެން ފޯނެއްގައި ހުއްޓެވެ. ރިއުމާން ލަސް ފިޔަވަޅު ތަކެއްގައި ގޮސް އެ މޭޒުކުރިމަތީގައި ހުއްޓިލަމުން އެތަނަށް ނަޒަރު ހިންގާލިއެވެ. ކުޑަވަރެއްގެ ސޯފާއެއް ދުރުގައި ހުރިއިރު އެ މޭޒުމަތީގައި ދެތިން ޕޯސްޓަރ ޝީޓު އަތުރާފައި އޮތެވެ. ބައެއް ފައިލްތައް ހުޅުވާފައި ހުރިއިރު އޭނާ އަކީ ބުރަކޮން މަސައްކަތް ކުރާ މީހެއްކަން ރިއުމާންއަށް ނަގައިގަނެވުނެވެ. ކުރިމަތީގައި ހުރި އަންހެން ކުއްޖާ ފޯނު ބޭއްވުމަށްފަހު ފަސް އެނބުރި ހިނިތުންވެލިއެވެ. “މިސް ރިއުމާން. އައި ވޮސް ލުކިން ފޯވާޑް ޓު މީޓް ޔޫ.. އަޅުގަނޑު މިއީ މި ވެބެސައިޓްގެ މާކެޓިން ހެޑް ލައިބާ ނަޒީރް.” ލައިބާ އަތް ދިއްކޮށްލުމުން ރިއުމާން ހިނިތުން ވެލާފައި ސަލާމް ކޮށްލިއެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

layaal

Level 310 Stories100 Comments

Other Articles

Previous

ހިތް ބޭނުމޭ..14

Next

ހުރީ ވެވިފާ ބާކީ… (ފަހުބައި)

Next
January 14, 2017

ހުރީ ވެވިފާ ބާކީ… (ފަހުބައި)

Previews
January 14, 2017

ހިތް ބޭނުމޭ..14

19 Comments!

  1. layaal says:
    January 14, 2017 at 10:11 pm

    Hey all. I had an issue with my laptop so couldn’t update lastnight. sorr for the delay. Enjoy reading.
    What will fate bring next?
    Share your views <3

  2. areee says:
    January 14, 2017 at 10:12 pm

    Thanks ??
    Ufa laa eku nidhaa leveyne dhn mirey

  3. mai says:
    January 14, 2017 at 10:23 pm

    Nice
    Nice
    Varah lovely story

  4. mai says:
    January 14, 2017 at 10:25 pm

    Varah ufalaaeku nidhaaleveyne
    Story varah habeys
    Kiyaahithun hutaa enimuny

  5. hanna says:
    January 14, 2017 at 10:33 pm

    wow!! varah salhi. dhen kihine baa vaani. laiba and riuman dhimaa v dhw. luv u layaa. your the best

  6. Xxx says:
    January 14, 2017 at 10:44 pm

    V v v rythi sorry… Maadhan 2 part up kohdhythi… Last day ga part ah aku….

  7. hyny says:
    January 14, 2017 at 10:45 pm

    salhi

  8. original says:
    January 14, 2017 at 10:46 pm

    awsome! nimmaalun hama ? and zubeyru ?

  9. ammi says:
    January 14, 2017 at 11:08 pm

    vvvvvvv reeethi! love it layaal. mirey nidheyne dhen. huvafenun ves fenaani ayyaadh thoche ?

  10. Luya says:
    January 14, 2017 at 11:22 pm

    Layaal kon rasheh kan bunedheefaanan?

  11. maryy says:
    January 14, 2017 at 11:44 pm

    Varah salhi mi vaa goi. so interesting!! ❤️❤️❤️ abadhu mi vaahaka uo veytho mi belni. you are a fantastic writer masha allah. keep going.

  12. Sabeeha says:
    January 14, 2017 at 11:55 pm

    v reethi story eh??

  13. Kalhu handi says:
    January 15, 2017 at 2:43 am

    Eyruves aee laiba hen heeviyey

  14. hanni says:
    January 15, 2017 at 6:47 am

    alhey dhen laiba e ai. plx ayyadh and riu gulhuvachey igey. Love this story ❤️❤️❤️❤️❤️❤️❤️❤️

  15. malaka says:
    January 15, 2017 at 9:15 am

    hama thalhaiganan v zubeyru gaiga! varah reethi igey layaa dhooni

  16. Bluish ❤ says:
    January 15, 2017 at 1:06 pm

    Kon dhuvas thakeiga thoa mi vaahaka up vani ??? ?

    1. elly says:
      January 15, 2017 at 1:46 pm

      everyday up vaane mi vaahaka. btw varah salhi mi part ves ?

  17. fathun R says:
    January 15, 2017 at 4:23 pm

    V reethi

  18. yax says:
    January 15, 2017 at 5:19 pm

    ayadhu aa riumaan aa guluvaathi ingey!!!
    love your story?

Comments are closed.

Next Episodeވަންހަނާ (16)←


All Right Reserved!