Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އިންތިހާޔަށް (13ވަނަ ބައި)

Ifaau Level 210 Stories
January 14, 2017 6 Mins Read
18 Comments

ބާރު ބާރަށް ހިނގާފައި އައިސް ރިޔާޒްބެ ބަލައިލިއެވެ. އަހަރެން އޮތީ ބިރުން ތެދުވަންވެސް ނޭންގިފައެެވެ.

“ލައި!” އަހަރެން ވެއްޓިފައި އޮއްވައި ރިިޔާޒްބެ އަހަރެންނަށް ބަލައިލިއެވެ.

“މިތާ ކީއްކުރަނީ؟” އަހަރެންނަށް ބަލަން ހުރެފައި އަހައިލިއެވެ. އަހަރެން މަޑުމަޑުން ތެދުވީމެވެ.

“މި.. ގަސްތަކަށް ފެންދޭންވެގެން…” އަހަރެން ބުނެލީމެވެ.

“މިތާ ހުންނަތާ ކިހާ އިރެއް ވެއްޖެ؟” އަހަރެންގެ މޫނަށް ބަލައިލަމުން ރިޔާޒްބެ އަހައިލިއެވެ. އެއީ އަހަރެން ރިޔާޒްބެގެ މޫނަށް އެހާ ކައިރިން ބަލައިލި ފުރަތަމަ ދުވަހެވެ. ކުރީގައި ރިޔާޒްބެ އާއި އެކު އުޅޭއިރު ފާހަގަ ނުވާ ސިފައެއް ރިޔާޒްބެެގެ މޫނުމަތިން ފެނުނެވެ. ބިރުވެރި ސިފައެވެ. އެ ރަތް ދެލޯ އެކަނި ފެނުމުންވެސް އަހަރެންނަށް ފަހަތައް ފިޔަވަޅެއް ނެގުނެވެ.

“ލައިޝާ… މިތާ ހުންނަތާ ކިހާ އިރެއް ވެއްޖެހޭ؟” ތަންކޮޅެއް ބާރަށް ރިޔާޒްބެ ބުނެލިއެވެ.

“އި.. އިރު.. އިރުކޮޅެއް…” އަހަރެންނަށް ހިންދިރުވައިލެވުނެވެ.

“ކުޑަޔަކަސް ފާރަލާން ދަސްވެފަ އެބަހުރި…” އޯގާތެރި އަޑަކުން ރިޔާޒްބެ ބުނެލިއެވެ. ކުއްވެރިއެއްގެ އިހުސާސް އަހަރެންގެ ހިތައް ވެރިވަމުން ދިޔައެވެ. މީހުން ދައްކާ ވާހަކަ އެގޮތައް އަޑު އެހުމަކީ ރަގަޅު ކަމެއް ނޫނެވެ. އަދި ހާއްސަކޮށް ބޮޑެތި މީހުން ދައްކާ ވާހަކައެވެ. އަހަރެން ހުރީ ބިރުން ވިރިވިރިއެވެ.

“ދެންމެ ފެނުން އެއްވެސް ކަމެއް މީހެއް ކައިރީ ނުބުނާތި… އެހެން ނޫނީ މިގެޔަކު ނުހުރެވޭނެ…” އަހަރެންނާއި ދިމާއަށް ޝަހާދަތް އިނގިލި ދިއްކޮށްލަމުން ރިޔާޒްބެ ބުނެލިއެވެ. އަދި އަހަރެން އަނެއްފަރާތައް އަނބުރާލުމަށްފަހު ބުރަކަށީގައި އަޅައި ކޮށްޕައިލިއެވެ. ތިރީގައި އޮތް ހޮޅީގައި ފެއްސިފައި އަހަރެން ވެއްޓުނެވެ. ރިޔާޒްބެ އަހަރެންގެ ގައި މަތިން ގިރާކޮށްފައި ދިޔައީއެވެ. އަހަރެންނަށް ރޮވުނެވެ. ގިސްލެވެން ފެށުނެވެ. ތެދުވަން އުޅެ އުޅެ ނުތެދުވުނެވެ. ފަޔަށް ތަދުވަނީއެވެ. އެއްގޮތަަކަށް ފަޔަށް ބާރު ނުލެވުމުން އަހަރެންނަށް އަޑުން އަޑުނަގައި ރޮވެން ފެށުނެވެ.

“ލައި….” އަހަރެން ހޯދަން ބަގީޗާއަށް އައި އިޝީގެ ލޮލުގައި އަހަރެން އަޅައިގަތެވެ. އޭރުވެސް އަހަރެންނަށް ރޮވެމުން ދިޔައެވެ. އިޝީ އަހަރެން އެތަނުން ނެގިއެވެ. އަދި އަަހަރެންގެ އަތުގައި ހިފައިގެން ގޭތެރެޔަށް ވެއްދިއެވެ.

އޭގެ ފަހުން އަހަރެންނަށް ރިޔާޒްބެގެ ފަރާތުން އެތައް އަނިޔާއެއް ލިބެމުން ދިޔައެވެ. މީހުން ކުރިމަތީ އޯގާތެރިކަމަށް ހެދިގެން އުޅުނަސް އެކަނިވާ ކޮންމެ ވަގުތަކު އަހަރެންގެ ގައިގައި ތަޅާ އަނިޔާ ކުރެއެވެ. އަދި މީހެއް ކައިރީ ބުނެފިނަމަ އިޝީއާއި ވަކިކުރާނަމޭ ކިޔާ އަހަރެންނަށް ބިރު ދައްކައެވެ. ފަހުން ފަހުން ރިޔާޒްބެގެ ނަން އިވުނަސް އަހަރެން ބިރުގަނެއެވެ. އިޝީ ކައިރީ ބުނާންވެސް ހިތައް އަރައެވެ. ނަމަވެސް ބިރުގަންނަނީ އިޝީ ގަބޫލު ނުކޮށްފާނެތީއެވެ. އެއީ އިޝީގެ ބައްޕައެވެ. އިޝީ އިންތިހާޔަށް ރިޔާޒްބެ ދެކެ ލޯބިވެއެވެ.

ދުވަސްތައް ފާއިތުވަމުން ގޮސް ސުކޫލު ނިމިއްޖެއެވެ. އަހަރެންނާއި އިޝީ ފުރާވަރަށް އަޅައިފިއެވެ. ބޮޑު ވެއްޖެއެވެ. އޭރު އަހަރެންނާއި އިޝީ ވަނީ ވަކި ނުވާވަރަށް ގުޅިފައެވެ. ދެހިތް ވަނީ އެކުވެރިކަމުގެ ލޯބިން ފުރިފައެވެ. އެހެން ކަމުން ދެމީހުން ދެމީހުންނަށް ވާ ލޯބި ހާމަ ކުރުމަށް ހެދުންލުމުގެ ގޮތް ބަދަލުކުރީމެވެ. ހުސް ހުދު ކުލައިން ހެދުން ލާން ފެށީމެވެ. އެއީ އަހަރެންނާއި އިޝީއަށް ވެސް އެންމެ ރީތި ކުލަ ކަމަށް ވާތީއެވެ. އެއީ އަހަރެމެން ދެމީހުންގެ އެކުވެރި ކަމުގެ ކުލައެވެ. އެގޮތައް ހެދުން އަޅަން ފެށުމުން ގޭ އެންމެންވެސް ސުވާލު ކުރިއެވެ. ނަމަވެސް އެއްވެސް ޖަވާބެއް ނުދެމެވެ. އެއީ އަހަރެންނާއި އިޝީގެ ސިއްރެއް ކަމަށް ވާތީއެވެ.

ސުކޫލު ނިމުނުތަނާހެން ރިޔާޒްބެގެ އަސްލު ކުލަވަރު ފެންނަންފެށިއެވެ. ކުޑައިރު އަހަރެންނަށް ފެންނަނީ ކުޑަވަރެކެވެ. ނަމަވެސް ކާފަގެ ވަސިއްޔަތް އަހަރެންނާއި އިޝީގެ ދިރިއުޅުން ބަދަލުކޮށްލިއެވެ.

ކާފަގެ ވަސިއްޔަތަކީ އަހަރެންނާއި އިޝީއަށް 18 އަހަރު ވާދުވަހުން ފެށިގެން ކާފަގެ ހުރިހާ މުދަލާކާއި ފައިސާއެއް ލިބިގެންދާނީ އަހަރެންނާއި އިޝީއަށް ކަމުގައެވެ. ހަގީގަތުގައި އެއީ އަހަރެން ބޭނުންވާ އެއްޗެއް ނޫނެވެ. މަންމައާއި ބައްޕަ ނެތް ދުނިޔޭގައި އަހަރެންނަށް މިއާއިލާގެ ފަރާތުން ލިބުނު ލޯތްބާއި ކުލުނު އެކަނިވެސް ފުދެއެވެ. ނަމަވެސް ކާފަގެ އެ ނިންމުން އަހާފައި އިޝީގެ އިތުރުން ފަރީއްތަވެސް ވަރަށް އުފާވިއެވެ. ހަގީގަތުގައި ފަރީއްތަ އެމުދަލުން އެކައްޗެއްވެސް ބޭނުމެއް ނޫނެވެ. ފަރީއްތަ އެންމެ ދެކެން ބޭނުންވާ ދުވަހަކީ ކާފަ އަލުން ފަރީއްތައާއި އަނގައިން ބުނާނެ ދުވަހެކެވެ. ނަމަވެސް މައްސަލައަކަށް ވީ ރިޔާޒްބެއަށެވެ. އަހަރެންނަށާއި އިޝީއަށް މިހުރިހާ މުދަލެއް ބައިކުރަން ޖެހުމުން ރިޔާޒްބެ އިންތިހާޔަށް ރުޅިގަދަވިއެވެ.

އޭގެ ސަަބަބަކަށް ވެގެން ދިޔައީ ރިޔާޒްބެ އަހަރެންނަށް ކުރަމުންދިޔަ އަނިޔާތައް އިތުރުވުމެވެ. ހަށިގަނޑުގައި އެތައް ލަކުނެއް ލަމުން ދިޔައެވެ. ނަމަވެސް އެކަން ފޮރުވޭތޯ އަހަރެން މަސައްކަތް ކުރަމުން ދިޔައީމެވެ. ހަށިގަނޑުން ފެންނަ ލަކުނުތައް ގިނަކަމުން ގޭތެރޭގައި އެތައް ސުވާލެއް އަހަރެންނާއި ކުރިމަތިވިއެވެ. ނަމަވެސް ބުނަން ނުކެރެނީ އެއީ އިޝީގެ ބައްޕަ ކަމަށް ވާތީއެވެ. އެންމެ ފަހުން އަހަރެންނަށް ބައްޔެއް ޖެހުނީކަމަށް ބުނެ ރިޔާޒްބެ އަހަރެންނާއި އިޝީ ދެ ކޮޓަރިޔަށް ބަދަލުކުރިއެވެ. ފަރީއްތަ ވެސް އެކަމަކާ އެއްޗެއް ނުބުނެއެވެ. ނަމަވެސް އިޝީ އެކަމާ ވަރަށް ދެކޮޅު ހެދިއެވެ. އަހަރެންވެސް ވަރަށް ދެރަވިއެވެ. ނަމަވެސް އެމީހުންގެ ކުރިމަތީގައި އަހަރެންމީ ބަލި މީހެއް ނޫން ހެއްޔެވެ؟ ކެތްކޮށްލައިގެން އަހަރެން އެކޮޓަރީގައި އުޅެން ފެށީމެވެ.

މިހުރިހާ ކަމެއްގެ ހަގީގީ ކުލަވަރު ފެނުނީ އެހިސާބުންނެވެ. މިގޮތައް ފޮތަކު ލިޔަން ލަދުވެސް ގަނެއެވެ. ނަމަވެސް ހިތުގައިވާ އުދާސްތައް ކޮންމެވެސް ގޮތަކުން ބޭރުކުރަން ބޭނުމެވެ. އެގޮތުން މިވާހަކަތައްވެސް ހިއްސާ ކޮށްލާނަމަވެ.

އަހަރެން އެކަނި ނިދަން ފެށީއްސުރެ ރޭގަނޑު ނިދުމުގެ ކުރިން އިޝީގެ އަތުން ކިރު ތައްޓެއް ލިބެއެެވެ. ބައެއް ފަހަރު އެ ކިރު ތަށި ހިފައިގެން ފަރީއްތަވެސް އާދެއެވެ. އެ ކިރު ތަށި އަހަރެންނަށް ބޯންދެނީ އަހަރެންނަކީ ގޮތް ނޭންގޭ ބައްޔެއްގެ ޝިކާރައަކަށް ވެފައިވާ މީހަކަށް ވާތީއެވެ. ދެއްކި ޑޮކްޓަރުންނަށްވެސް އަހަރެން ގައިގައި ލަމުންދިޔަ ލަކުނުތަކުގެ ހަގީގަތެއް ނޭންގުނެވެ. ދެބަހެއްވެސް ނުވެ އެ ކިރު ތަށި އަހަރެން ބޮމެވެ.

އެ ކިރު ތަށި ބޯން ފެށީއްސުރެ ކޮންމެ ދުވަހެއްގެ ހެނދުނު އަހަރެންގެ މުޅި ގައިގައި ވަރަށް ރިއްސައެވެ. ހުޅުތަކުގަޔާއި މަސްތަކުގައެވެ. ބޮޑަށް ރިއްސަނީ ފައިފަލަ މަސްގަނޑުގައެވެ. ފަހުން ފަހުން ކުރިމަތީ ފަރާތުން ލޭ ވެސް އާދެއެވެ. އަހަރެންނަށް އަމިއްލަ ހަށިގަނޑުގައި ބައްޔެއް ހުންނަކަން ގަބޫލު ކުރެވެން ފެށުނެވެ. ބިރު ގަންނަން ފެށިއެވެ. މީހެއްގެ ކައިރީ ބުނަން ފަސްޖެހުނެވެ. އެކަނި އިނދެވެން ފެށިއެވެ. އިޝީ އަހަރެން ކައިރީ ކިތަންމެ އިރަކު އިނަސް އަހަރެން އިންނަނީ ނެގި މަޑުވެފައެވެ. އެއްވެސް މީހަކާ ވާހަކަ ދައްކާކަށް ބޭނުމެއް ނުވެޔެވެ. މީހުން އައިސް އުޅެން ފެށުމުން ފޫހިވެއެވެ. ބޭރަށް ދާހިތެއް ނުވެއެވެ. އަހަރެންނަށް އަންނަމުން ދިޔަ ބަދަލުތައް ފެނިފައި އަހަރެންނަށް ވެސް ރޮވޭ ގޮތްވެއެވެ. އަހަރެން މިހެން މިއުޅެނީ ކީއްވެގެން ހެއްޔެވެ؟

މިކަން މިހެން ހިނގާތާ ދުވަސްތަކެއް ފަހުން އަހަރެންނަށާއި އިޝީއަށް ދައުވަތެއް ލިބުނެވެ. އެއީ އަހަރެެމެންނާއި އެކީ ސުކޫލުގައި އުޅުން ކުއްޖެއްގެ ދައްތައެއްގެ ކައިވެނި ޕާޓީ އަކަށެވެ. އައްޑޫ އަކީ އަހަރެން އަބަދުވެސް ދާހިތްވާ އަތޮޅެކެވެ. ހުރިހާ ކަމެއް މަތިން ފޫހިވެފައި އިން އަހަރެން ކުއްލިއަކަށް ދާން ބޭނުންވިއެވެ. އިޝީ އާއި އެކު މަޖާ ކޮށްލުމަށެވެ. އެކަނި ވެލުމަށެވެ. މި ހުރިހާ ކަމެއް މަތިން ކުޑަ ވަގުތު ކޮޅަކަށް ނަމަވެސް ހަނދާން ނައްތައިލުމަށެވެ. މިވާ ހުރިހާ ތަދަކާއި ވޭނަކާއި ދުރަށް ދެވޭތޯއެވެ. ނަމަވެސް ކާފަ ކުޑަކޮށް ބަލިކަމުން އިޝީ ދާކަށް ބޭނުމެއް ނުވިއެވެ. ނަމަވެސް އަހަރެން ކައިރީ ދިއުމަށް އެދުނެވެ. އެހެން ކަމުން އަހަރެން އެދަތުރު ދާން ނިންމީމެވެ.

ބައެއް ފަހަރު ނިންމާ ނިންމުމަކުންވެސް އެތައް އުފަލަކާއި ހިތްހަަމަ ޖެހުމެއް ލިބިގެންދާނެއެވެ. އެދަތުރު ވެގެން ދިޔައީ ދުވަހަކުވެސް ހަނދާނުން ފިލައިގެން ނުދާނެ ފަދަ ދަތުރަކަށެވެ. އެދަތުރު އަނެއްކާވެސް އަހަރެންގެ މޫނުމަތީގެ ހިނިތުންވުން ގެނެސްދިނެވެ. އެދަތުރު އަހަރެންގެ ހިތުގައި އާ ވިންދެއް ޖަހައިލިއެވެ. އާނ އެކެވެ. އެދަތުރު އަހަރެން ލޯބިވާ މީހުންގެ ލިސްޓަށް ނަމެއް އިތުރު ވެގެން ދިޔައެވެ.

އައްޑޫއަށް ދާން ގެއިން ނިކުތީއްސުރެ އަހަރެންނަށް ނޭންގެ ހިތްހަމަ ޖެހުމެއް ލިބެމުން ދިޔައެވެ. ސަބަބަކާ ނުލައި ހިނިތުން ވެވެއެވެ. އުފާވިއެވެ. ނޭންގެ އިހުސާސެއް ވަމުން ދިޔައެވެ. އެ އިހުސާސް އަހަރެންނަށް ދެނެގަނެވުނީ ހިތަދޫ ގޮނޑު ދޮށުގައި އޮތް ޕާޓީ ތެރޭގައި އުޅެނިކޮށް މީހެއްގެ ގައިގައި ޖެހިފައި އަހަރެން ވެއްޓުމުންނެވެ.

ވެއްޓުމުން ބިންމަތީ އޮވެގެން ކުރިމަތީ ހުރި ސޫރަޔަށް ހެވިފައި ބަލަން އޮތީމެވެ. އެ މޫނު ފެނުމުން އަހަރެންގެ ހިތުގައި މުޅިން އާ ވިންދެއް ޖަހައިލިއެވެ. ތެދުވަން ވެސް ނޭންގިފައި އަހަރެން އޮތީމެވެ. ކުރިމަތީ ހުރި ނުދަންނަ ކުއްޖާއަށް ވެސް އަހަރެން ފެނިފައި ވީ ހަމަ އެވަރެވެ. އެހެން އޮވެފައި އަހަރެން ތެދުވީ އެގޮތައް މީހަކު ބަލަން ފެށުމުން ލަދު ގަންނަން ފެށުމުންނެވެ. “ސޮރީ” އޭ ބުނުމަށްފަހު އަހަރެން ދާން ހިނގައި ގަތުމުންވެސް ހަރަކާތް ހުއްޓިފައި ހުރީއެވެ. ހިނގަމުން ދަނިކޮށް ސިހުނީ ފަހަތުން މީހަކު ގޮވައިލުމުނެވެ.

“އެ އޭ… ކޮން ނަމެއް ކިޔަނީ؟” އަހަރެން ފަހަތް ބަލައިލީމެެވެ. ވާހަކަ ދެއްކީ އެކުއްޖާގެ ކައިރީ ހުރި މީހާއެވެ.

“އަހަރެންގެ ކޮއްކޮއަށް ތިކުއްޖާ ރީތިވެގެން އުޅޭތީ އެހެން މި އަހާލީ… ރޭގަ ނުވެސް ނިދާ އުޅުނީ!” އަނެއްކާވެސް އެމީހާ އިއްވައިލިއެވެ. ދެން އިވުނު ޖުމްލައިން އަހަރެންގެ ހިތް އުފަލުން ނަށައިލިއެވެ. ހިނިތުންވުމެއް ދީފައި އަަހަރެން އަވަަހަށް ދިޔައީ އިޝީ ކައިރީ އެވާހަކަ ބުނާށެވެ.

“އަސްލުވެސް؟ ކޮން ނަމެއް ކިޔަނީ؟” އިޝީ ވެސް އުފަލުން ހުރެ އަހައިލިއެވެ.

“ނޭންގެ ކިޔާ ނަމެއް… ވާރަށް ރީތި… ހޮޓް… އޯ މައި ގޯޑް… ބަލަން ހުރި ގޮތުން ހީވީ އަސްލުގަވެސް ލައި ގެ ބީއެފް ހެން… އަޅެ އަޅެ އިޝީ ލައި ވަރަށް ބޭނުން އޭނަޔާ ވާހަކަ ދައްކާލަން….” ފޯނުގައި ހުރެ އަހަރެން ފުންމަމުން ދިޔައީމެވެ.

އޭގެ އަނެއް ދުވަހު އަހަރެން ގޮނޑު ދޮށަށް ދިޔައީ އެތަނުން އެ ނުދަންނަ ކުއްޖާ ފެނިދާނެ ކަމަށެވެ. ގޮނޑު ދޮށުގައި އިން ގަލެއް މަތީ އަހަރެން އެތައް އިރަކު އިން އިރުވެސް އެކުއްޖާގެ ހަބަރެއް ނުވިއެވެ. އަހަރެން ވެސް މީ މޮޔައެކެވެ. މިޔޮއް ބޮޑު އައްޑޫގަ އޭނަ މިތަނަށް އަންނަންވީ ކީއްވެގެން ހެއްޔެވެ؟ އަނެއްކާ އޭނަ އެއީ މިރަށު މީހެއް ކަމެއްވެސް އަހަރެންނަކަށް ނޭންގެއެވެ. މޫދަށް ގާ އުކަން އިންދައި އިރު އޮއްސެން ކައިރިވިއެވެ. ދާން ވެގެން އުޅުން ވަގުތު އަހަރެން ސިހުނީ ފަހަތުން ފޮޓޯ ނަގާ އަޑު އިވުމުންނެވެ. އަހަރެން ފަހަތް ބަލައިލި އިރު ކޮންމެވެސް މީހަކު އަހަރެންގެ ފޮޓޯ ނަގަން ތައްޔާރުވަނީއެވެ. ނުރުހިފައި އަހަރެން ތެދުވީމެވެ. ނަމަވެސް ކުރިޔަށް ނަގަން އުޅުން ފިޔަވަޅު ހުއްޓުނީ އެމީހަކު ކެމެރާ ތިރިކޮށްލުމަށްފަހު އަހަރެންނަށް ބަލައިލީމައެވެ. އެއީ ހަމަ އެކުއްޖާއެވެ. އަހަރެންގެ ލޯ މިހާ އިރު ވަންދެން ހޯދަމުން ދިޔަ ކުއްޖާއެވެ. އަހަރެންނަށް އެވަގުތު ތަފާތު އިހުސާސެއް ކުރެވުނެވެ. ދެލޯ ބޮޑުވި ގޮތައް އެސްފިޔަ ޖަހައިލަންވެސް ނޭންގިފައި އަހަރެން ހުރީމެވެ. ހަމަ އެހެންމެ އޭނަވެސް ހުރީ ހަރަކާތް ހުއްޓިފައެވެ. ހަތަރު ކަޅި ހަމަ ވެގެން ދިޔައިރު އަތްފައި ފިނިވެގެން ދިޔައެވެ. އަހަރެން އެހެން ބަލަން ހުއްޓައި އެކުއްޖާ އަހަރެންގެ ކުރިމައްޗައް އަރައި އަހަރެންގެ ފޮޓޯއެއް ނަގައިލިއެވެ. އަހަރެން ހަމަ އެހުރި ގޮތައް ހުރީއެވެ.

“ހައި… އައުސް… ފިއުޗާގަ ސަކްސެސްފުލް ފޮޓޯގްރަފާ އެއް… އަތޮޅާއި ރަށް.. ކ.މާލެ.. ދިރިއުޅެނީ މާލޭގަ… ތީ؟” އަހަރެންނާއި ސަލާމް ކުރަން އަތް ދިއްކޮށްލަމުން އައުސް ތައާރަފް ވެލިއެވެ. އަހަރެން ހުރީ ބުނާނެ އެއްޗެއްވެސް ނޭންގިފައެވެ.

“ނައިސް އެޓިޓިއުޑް…” އަހަރެން ސަލާމް ކޮށްލަމުން ބުނެލީމެވެ. އައުސް ހީލިއެވެ.

“ލައި… ލައިޝާ… މާލެ” އަހަރެން ބުނެލީމެވެ. އޭރުވެސް އައުސް ހުރީ އަހަރެންގެ އަތުގައި ހިފައިގެންނެވެ. އަހަރެންގެ އަތުގައި ހިފައިގެން ހުރުމުން އަހަރެންނަށް ބުނެދެން ނޭންގޭ ހަމަޖެހުމެއް ލިބެމުން ދިޔައެވެ.

“އަމް… މިކޮޅުގަ ކީއްކުރަނީ؟” އައުސް އަހައިލިއެވެ.

“ވެޑިން އަކަށް…” އަހަރެން ބުނެލީމެވެ.

“އަހަރެން ވެސް” އައުސް ބުނެލިއެވެ.

އެވަގުތު އައުސްގެ ނަޒަރު ހުރީ އަހަރެންގެ ފާޅުވެފައިވާ ކަރު ދޮށަށެވެ. އަހަރެންނަށް އުނދަގޫ ވަމުން ދިޔައެވެ. އަހަރެން ހެދުން ރީތިކޮށްލީމެވެ. އައުސް އިސްޖަހައިލުމަށްފަހު ހީލިއެވެ.

“ތި ފޮރުވާ ފާރުގަނޑަކީ އަބަދު ފޮރުވޭނެ އެއްޗެއް ނޫން… ކޮންމެވެސް ދުވަހަކުން ކޮންމެވެސް މީހަކަށް ފެންނާނެ… އަހަރެންނަށް ވެސް އެ ފެނުނީނު..” އަހަރެންގެ މޫނަށް ބަލައިލަމުން އައުސް ބުނެލިއެވެ. އައުސް ބުނި އެއްޗަކުން އަހަރެން ސިހުނެވެ. އަހަރެންގެ ކަރު ދޮށުން އައުސް އަށް އެ ފެނުނީ ރިޔާޒްގެ ފަރާތުން ލިބުން އަނިޔާއެއްގެ ލަކުނެވެ. އަހަރެން އައުސްގެ މޫނަށް ބަލައިލުމަށްފަހު ދާން ހިނގައިގަތީމެވެ. އައުސް ދެއްކި ވާހަކައަކުން އަހަރެން ވަރަށް ފޫހިވިއެވެ.

“ލައި…” އައުސް އަހަރެންގެ އަތުގައި ހިފައިލުމަށްފަހު ހުއްޓުވިއެވެ. އަހަރެން ބަލައިލުމުން ކައިރީ ހުރި ގަހަކުން މަލެއް އުފުރުމަށްފަހު އަހަރެންގެ ކަންފަތް ދޮށަށް ޖަހައިދިނެވެ.

“ކަންކަމާ ކުރިމަތިލާން ދަސްކުރޭ.. ކަމެއް ވާއިރަށް ފުރަގަސްދީފަ ދާ މީހުންނަކީ އެންމެ ފިނޑި މީހުން… އަހަރެންނަކަށް ނޭންގެ ލައި ކުރިމަތިލަމުން ދާ ކަމެއް… އެކަމަކު އަހަރެން ފާރުގަނޑުގެ ވާހަކަ ބުނުމުން ތި ދެލޮލުން އަހަރެންނަށް ވޭނެއް ފެނުން… ކެރިގެން ކުރިމަތިލާން ޖެހޭނެ…” އަހަރެންގެ އަތުން ދޫކޮށްލަމުން އައުސް ބުނެލިއެވެ. އަހަރެން ފެންކަޅިވިއެވެ. އަހަރެންގެ ލޮލަށް އެކަނި ބަލައިގެން އަހަރެން ކަމަކަށް ފިލަން އުޅޭކަން އައުސް އަށް އިނގުނީ ކިހިނެއް ހެއްޔެވެ؟ އަހަރެން ވަގުތުން ދާން ހިނގައިގަތީމެވެ.

ގެޔަށް އައިސް އަހަރެން ވަރަށް ވިސްނީމެވެ. އައުސް މިއަދު އަހަރެންނާއި ވާހަކަ ދެއްކި ގޮތަކަށް އެކަކުވެސް ވާހަކައެއް ނުދައްކައެވެ. މީހަކު އެހާ އޯގާތެރިކޮށް ހިތްވަރު ދީފައެއް ނެތެވެ.

އަހަރެން އެރޭ އައުސް ދެއްކި ވާހަކައާއި ދޭތެރޭ ވަރަށް ވިސްނީމެވެ. އަހަރެންގެ ހަޔާތުގައި އަހަރެން ބޭނުމީ އެގޮތައް އަހަރެންގެ ކޮންމެ ފިޔަވަޅެއްގައި ހިތްވަރުދޭ މީހެކެެވެ. އަހަރެންނަށް އައުސް ވަރަށް ކަމުދިޔައެވެ. އައްޑޫ އަށް އަންނަން ގެއިން ނިކުތީއްސުރެ އަހަރެންނަށް ލިބުންދިޔަ ހިތްހަމަ ޖެހުމަކީ މިއީ ހެއްޔެވެ؟ އެއީ އައުސް އާއި ދިމާވަން އުޅޭތީ ލިބެމުންދިޔަ ހިތްހަމަ ޖެހުމެއް ހެއްޔެވެ؟ އެހާ ލޯބި މީހެއް އަހަރެން ހަޔާތުގައިވެސް ނުދެކެވެ. އައުސް އަހަރެން ބޮލަށް ޖަހައިދިން މާ ހިފައިގެން އޮވެ އަހަރެން ވިސްނަމުން ދިޔައީމެވެ. (ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ifaau

Level 210 Stories

Story writing is one of the best thing I wanna do always. Thank you all❤ Check me out in Facebook- Iphaa / Instagaram- iiiphoooo

Other Articles

Previous

ވީލޯބިން (1)

Next

ހިތް ބޭނުމޭ..14

Next
January 14, 2017

ހިތް ބޭނުމޭ..14

Previews
January 14, 2017

ވީލޯބިން (1)

18 Comments!

  1. Yal says:
    January 14, 2017 at 7:33 pm

    Wow v reethi❤

  2. Miaa says:
    January 14, 2017 at 7:42 pm

    Lai nujeheyne foruvaigen hunnaakah. Buney emmen kairee riyaaz hadhaa goiy??
    Kiru thattah ehcheh alhaafa tha mi dhenee? Ekam faree and ishee ehn hadhaanebaa dhoa? Interesting. Waiting waiting

    1. Ifaau says:
      January 14, 2017 at 9:54 pm

      Let’s see dhw Miaa? Thank you??

  3. mai says:
    January 14, 2017 at 7:43 pm

    Wow lovely story

  4. Xeesha says:
    January 14, 2017 at 7:45 pm

    woowwwww…v nice..next part avahah up kohdhyba

  5. Kummii says:
    January 14, 2017 at 7:46 pm

    Omg just wow. Wow wow. Lai and aus ge love story fesheyne dhoa next part ga?

  6. Brainless says:
    January 14, 2017 at 8:11 pm

    Alhe lai haadha pain ekey dhw e suffer kuranyy… Feeling sad for her..????
    Vvvvv dheravejje..
    And story is awesome, amazing, fantastic, beautiful, nice,lovely…
    Dhnnnn hama wow..☺

  7. naai says:
    January 14, 2017 at 8:37 pm

    Alhey me first ingey…hama reethi kamun nuhurevigen comment eh khlee….haadha salhiey ??

  8. Jum says:
    January 14, 2017 at 9:03 pm

    Amazing. Mihaaru mee mi site in kiyaalevey emme loabi story. Maa sha allah??

  9. Amy says:
    January 14, 2017 at 9:37 pm

    Salhi ingey iph??

  10. Amy says:
    January 14, 2017 at 9:38 pm

    I guess lai aa meehaku beheneetha anekkaa? Eyna thedhuvaairu gaiga rissaathee ehen mi ehee. Or maybe bayyeh ves huridhaane dhoa hama. Let’s see…….

  11. Santhi says:
    January 14, 2017 at 9:44 pm

    Reethi story eh mee

  12. Ifaau says:
    January 14, 2017 at 9:55 pm

    Thank you all. Thank you so much. Let’s see what happens next? Love you all though I couldn’t comment to every comment here.??

  13. Ishy says:
    January 14, 2017 at 9:59 pm

    Damn Ifaau. Lai and aus v gulhey. Very beautiful

  14. Kalhu handi says:
    January 14, 2017 at 11:13 pm

    Eyna ah nidhaa beys dhyfa eyna nidhi jehunyma eyna rape kurany dho… Eves e riyaaz dho ehn ehadhany. Haadha dheraey dho…

  15. Xum says:
    January 15, 2017 at 1:10 am

    Yeah kalhu handi xum ah ves keevanee thihen. Story is beautiful

  16. Khaan says:
    January 25, 2017 at 12:06 pm

    Hama vvv reethi…

  17. Sm1 says:
    February 11, 2017 at 10:40 pm

    Varah reethi 🙂 Masha Allah!!

Comments are closed.

Next Episodeއިންތިހާޔަށް (14ވަނަ ބައި)←


All Right Reserved!