Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ދީނީލޯބި

ޢަޞްރު (ބައްތިރީސްވަނަ ބައި)

Jana 100 Stories10 Stories1K Comments500 Comments100 Comments100 Login500 Login
January 13, 2017 9 Mins Read
23 Comments

އޭނަ ދެންމެ ޖައްސާލީ ދުވުމުގެ ތެރެއިން އޭނަގެ ޚިޔާލަށް އައި ޑްރާމާއެއްގެ ބައެކެވެ. އޭނަ މިފަހަރު ކުޅިގަނޑެއް ރާވާލީ މާޒިން ކޮންމެ ކަމެއް ކުރިޔަސް އޭނައަށް އެއްވެސް ގެއްލުމެއް ނުވާނެ ފަދައަކުންނެވެ. ކުރީ ފަހަރު ގޮތަށް މިފަހަރު ވެސް މާޒިން އޭނަގެ އަންހެނުންނާއި ގާތްވާން މަސައްކަތް ކުރާނެކަން ވިސާމަށް ޔަޤީން ކުރެވެއެވެ. އެކަމުގެ ތެރެއިން މާޒިން ބޭނުންވަނީ އޭނަގެ ސިކުނޑި ހާސްކޮށް އޭނަ ދަށްކޮށްލާށެވެ. އެހެނަސް މިފަހަރު އެހެންނެއްނުވާނެއެވެ. މިފަހަރު މާޒިން އޭނަގެ އަންހެނުން ގޮވައިގެން ދިޔަޔަސް އޭނައަށް މައްސަލައެއްނެތެވެ. އޭނަ މިވަގުތަށް ޝަފަޤް ހައްލާލީ މިޝްކާއަށްޓަކައެވެ. މެހެނާޒް ގޮތަށް ޝަފަޤް ވެސް މާޒިނާއި ކައިރިވެ އޭނަ ދޫކޮށް ދިޔުމުން ޝަފަޤް ވެސް ކިހާ ގޯސްކަން އޭނައަށް މިޝްކާއަށް ސާބިތުކޮށްދެވިދާނެއެވެ. މިފަދަ ޚިޔާލުތަކުން ހިތް ފުރުވާލި ވިސާމަށް ނޭނގުނުކަމަކީ، ޝަފަޤަކީ މެހެނާޒް ނޫންކަމެވެ. ޝަފަޤަކީ ކިތަންމެ ރީތި މީހަކު ފެނުނަސް އެ ރީތިކަމުގެ އަވައިގައި އެހާ ފަސޭހައިން ޖެހޭނެ ކުއްޖެއް ނޫންކަމެވެ. އޭނައަކީ ކޮންމެ ޙާލަތެއްގައި ވެސް އޭނަގެ ފިރިމީހާއަށް ޤަދަރު ކުރާނެ ކުއްޖެއްކަމެވެ. އަދި އޭނައަކީ ކިތަންމެ ކުޑަ މިންވަރަކުން ވެސް ލަދުކުޑަ ކަމެއް ކުރަން ޖެހިލުންވާނެ ކުއްޖެއްކަމެވެ. މި ހުރިހާ ކަމެއްގެ ސަބަބުން ކަންތައްވެގެން ދާނީ ވިސާމް ހީކުރި ގޮތާއި ޚިލާފަށްކަން އޭނައަށް ރޭކާވެސް ނުލައެވެ. އޭނަގެ ޙަޔާތުގައި ދެން ކަންތައް ހިނގާނީ އޭނަގެ މާޒީއާއި އިދިކޮޅަށްކަން އޭނަ އެއްގޮތަކަށް ވެސް ނުދެނެ ހުއްޓެވެ.

 

ކޮންމެއަކަސް އެދުވަހަށްފަހު ދުވަސްތައް ފާއިތުވާންފެށީ އޮމާންކަމާއެކީގައެވެ. ވިސާމް އާދައިގެ މަތިން އެކުވެރިންނާއި ބައްދަލުކުރުމުގެ ބަހަނާގައި އެކުވެރިއެއްގެ ގެއަކަށް ގޮސް ލަވަތައް ލިޔެ އެ އެކުވެރިޔާ އަތުގައި އޮންނަ ގިޓާއިން ރާގު ހަދަމުން ދިޔައެވެ. ވިސާމް މިފަހަރު އޭނަގެ ޅެންތައް ދުވަހަކުވެސް ފުރިހަމަ ނުކުރާ ވަރަށް ފުރިހަމަ ކުރަން ބޭނުންވީތީ އޭނަ އެކަމަށްޓަކައި ވަގުތު ނަގަމުން ދިޔައެވެ. އޭނައަށް މި އަލްބަމް ނެރެވޭނީ އަންނަ އަހަރުގެ ފެބްރުއަރީ ހިސާބުގައި ކަން އޭނައަށް އަންދާޒާ ކުރެވުނެވެ. އެއީ އަދި 5 މަސްފަހުންކަން އެނގުންވުމުން ވިސާމްގެ ހިތްހަމަ ނުޖެހުނެއްކަމަކު އޭނަ ދެންވެސް އަވަސްއަރުވާލާކަށް ނުއުޅުނެވެ. އޭނައަށް ނޭނގުނު ކަމަކީ އެ އަލްބަމަށްޓަކައި އޭނަ އަޅާ ކޮންމެ ފިޔަވަޅަކީ އޭނަގެ ދުޝްމިނުންގެ ނުބައި ރޭވުމާއި ކައިރި ކުރުވާ ފިޔަވަޅެއްކަމެވެ.

 

ވިސާމް އޭނައަށް އެއްވެސް ކަމެއް ސިއްރުކުރަމުން ދިޔަކަމެއް ނޭނގުނު ޝަފަޤް ދުވަސްތައް ގުނަމުން ދިޔައީ އުޖާލާވި ހިނިތުންވުންތަކާއިއެކީގައެވެ. ވިސާމްގެ ފަރާތުން އަނެއްކާވެސް އޯގާތެރިކަމާއި ލޯބި ލިބެމުން ދިޔަ ގޮތުން ޝަފަޤްގެ ލޮލުން އުފާވެރިކަމުގެ ކަރުނަތައް ހިލެމުން ދިޔައެވެ. އޭނަ އެކުވެރިއެއްހެން މުޅި ދުވަހުގެ ތެރޭގައި ކުރާ ސަމާސާތަކުން ޝަފަޤަށް ހެވެމުން ދިޔައެވެ. އެންމެ ބޮޑަށް ހިތާހިތުން ޙަމްދުކުރެވެމުން ދިޔައީ އޭނަ ދީނާއިބެހޭ ގޮތުން އެކިއެކި ވާހަކަތައް މިޝްކާއަށް ކިޔައިދޭ ވަގުތުގައި ވިސާމްވެސް އެހެން އެއްވެސް ކަމެއް ނުކޮށް އެ ވާހަކަތައް އަޑުއަހަން ހުންނަ ގޮތުންނެވެ. އެފަދަ ކޮންމެ ވަގުތުކޮޅެއްގައި ވިސާމަށް ހިދާޔަތް އިތުރުކޮށްދެއްވުމަށް އެދި ޝަފަޤަށް އެތައްހާސް ފަހަރަކު ދުޢާ ކުރެވެއެވެ.

 

އަނެކެއްގެ އަސްލު ނޭނގި ލޯތްބެއް ވެވެމުން ދިޔައީ ހަމައެކަނި ޝަފަޤަކަށް ނޫނެވެ. ސްކޫލް ޗުއްޓީ ކައިރިވަމުން ދިޔަ ވަރަކަށް ރޭގަނޑުގެ ނިދި ގެއްލެމުން ދިޔަ އައިމަންގެ ހިތުގައި ވެސްވި އެފަދަ ލޯބި އިތުރަށް ފުންވަމުން ދިޔައެވެ. ނޮވެމްބަރު މަހުގެ 5 ވަނަ ދުވަސް ގާތްވަމުން ދިޔަދިޔަހެން އައިމަނަށް އެއްވެސް ކަމަކަށް ފުރިހަމަ ސަމާލުކަމެއް ދެވޭ ގޮތެއް ނުވިއެވެ. މުޅި ދުވަސް ތެރޭގައި ޝިޔާގެ ސޫރަ އޭނަގެ ލޯ ކުރިމަތިން ފެންނަމުން ދާހެން އޭނައަށް ހީވަމުން ދިޔައެވެ. މުޅި ދުވަސް ވޭތުވަނީ އޭނަ ޝިޔާގެ ހަނދާންތަކުގައި ނުފިލާ ހިނިތުންވުމެއްގައި ވަނިކޮށެވެ. އައިމަނަށް އަންނަމުން ދިޔަ ބަދަލުތައް އޭނަގެ ޢާއިލާގެ އެންމެނަށް ފާހަގަވިއެވެ. އެހެނަސް އޭގެ ތެރެއިން އެއްވެސް މީހެއްގެ ފަރާތުން ކުރިމަތިވި އެއްވެސް ސުވާލަކަށް އޭނަ ޖަވާބެއް ނުދިނެވެ. ހަފްސާއާއި ޚާލިދަކީ އެމީހުންގެ ދަރިންނަށް ފުރިހަމަ މިނިވަންކަން ދޭ ބަޔަކަށްވާތީ އެމީހުން ވަކި އައިމަންގެ ސިއްރު ދެނެގަންނާކަށް ނުއުޅުނެވެ. އައިމަންގެ ހިނިތުންވުންތަކުގެ ފަހަތުގައިވީ އަންހެން ކުއްޖެއްކަން ޔަޤީންވި އަޒާން ދޭތެރެ ދޭތެރެއިން އޭނައާއި ދިމާކުރަމުން ދިޔައެވެ.

 

“އެއީ އައްޑޫ ކުއްޖެއްތަ؟” އެއްދުވަހު އަޒާން އައިމަންގެ ކޮޓަރިއަށްވަދެ އޭނަ އެއްދިމާލަކަށް ގެއްލިފައި އިންތަން ފެނިފައި ލާނެތް ހިނިތުންވުމަކާއެކީ އަހާލިއެވެ.

 

“ނޫން.” އައިމަން އެނދުމަތީގައި ހަމަ އެ އިންގޮތަށް އިނދެ ލުއި ހިނިތުންވުމަކާއެކީ ބުނެލިއެވެ. އައިމަން ކާކުތޯ ވެސް ނާހައި ޖަވާބުދިން ގޮތުން އަޒާނަށް ނުހޭން ހުރެފައިވެސް ބާރަށް ހީގަނެވުނެވެ. އެވަގުތު ހަމަ ހޭވެރިކަމެއް ލިބުނު އައިމަން ކުއްލިއަކަށް އަޒާނަށް ބަލާލިއެވެ.

 

“ކްކް….ކާކު ވާހަކަތަ ޒާން ދެއްކީ؟” އައިމަން ހާސްކަމަކާއެކީ އަހާލިއެވެ.

 

“ހެހެހެ…..ދެން ކީއްކުރަން ތި ސުވާލުކުރަނީ؟ މިހާރު ޖަވާބު ދީފީމެއްނު؟” އަޒާން ހެމުން ހެމުން ގޮސް އެތާ ކިޔަވާ މޭޒުދޮށުގައި ހުރި ގޮނޑީގައި އިށީންނަމުން އައިމަނާއި ދިމާލަށް އެނބުރިލިއެވެ. އައިމަން ވެސް ހީލަމުން އަނެއްކާވެސް އޭނަ ބަލަން އިން ދިމާލަށް ނަޒަރު ހުއްޓާލިއެވެ. އިރުކޮޅެއް ވަންދެން އައިމަނަށް ބަލަން އިނދެފައި އަޒާން ވާހަކަ ދެއްކިއެވެ.

 

“މިފަހަރު ލަންކާއިން އައްމު އަނބުރާ އަންނާނީ މެރީކޮށްގެންހެން އަހަންނަށް ހީވަނީ. ސީރިއަސްލީ އައްމު! ދުވަހަކުވެސް ނުދެކެން އައްމު ތިހެން އިންތަނެއް.” އަޒާން ހެވިފައި އިނދެ ބުނެލިއެވެ.

 

“ހެހެ……އަދި މެރީ ކުރާކަށް ނުވެއެއްނު؟ މެރީ ނުކުރިޔަސް ކޮންމެވެސް އެއްގޮތަކަށް އޭނައާއެކީ އަނބުރާ އަންނަން ނިންމައިގެން އަހަރެން މިހިރީ.” އައިމަން އަޒާނަށް ބަލާލަމުން ބުނެލިއެވެ.

 

“ގުޑް ލަކް ވިތް ދެޓް!” އަޒާން ތުންފިއްތާލަމުން އެހެން ބުނެލީ އައިމަނަށް ހެޔޮއެދޭ ހިތަކާއެކީގައެވެ. އޭނަ އުއްމީދު ކުރީ އައިމަން ސާބިތުކަމާއެކީ އޭނައަށް ބަލާލަމުން ބޯޖަހާލުމަށެވެ. އެހެނަސް އައިމަން ނުތަނަވަސްވެގެން ދިޔަ މޫނަކާއެކީ ތޭންކްސްއޭ ބުނި ގޮތުން އަޒާން ޙައިރާންވިއެވެ. އެ އަންހެން ކުއްޖެއްގެ ސަބަބުން ދުވަހަކުވެސް އެއްވެސް މީހަކަށް ބަލިކަށި ނުކުރެވޭ އޭނަގެ ކޮއްކޮވެސް ބަލިކަށިވީ ހެއްޔެވެ؟

 

އަޒާނަށް ހީވީ ރަނގަޅަށެވެ. އައިމަނަށް އިޙްޞާޞް ކުރެވެމުން ދިޔައީ އޭނަ ދުވަހަކުވެސް އިޙްޞާޞް ނުކުރާފަދަ ބަލިކަށި ކަމެކެވެ. ފުރަތަމަ ފަހަރަށް ދިރިއުޅުމުގައި އޭނަ އޭނަގެ މުސްތަޤްބަލުގައި ކަންވާނެ ގޮތަކާމެދު ނުތަނަވަސްވަމުން ދިޔައެވެ. ޝިޔާ އޭނަ ފެނުމާއެކު އުފަލާއެކީ އައިސް އޭނަ ގައިގައި ބައްދާލާނެއޭ އެއްސިކުންތުގައި އޭނަގެ ހިތް ބުނާއިރު އަނެއް ސިކުންތުގައި ޝިޔާ އޭނަ މަތިން މިހާރު ހަނދާން ނުހުންނާނެއޭ އޭނަގެ ހިތް ބުނަމުން ދިޔައެވެ. އޭނަގެ ހިތުގައި ވަކި އަޅަމުން ދިޔަ އެ ޚިޔާލަށް އިތުރު ބާރެއް އެޅެމުން ދިޔައީ އޭނަ ފްރެންޑް ރިކުއެސްޓެއް ފޮނުވުމުން ވެސް ޝިޔާ އޭތި ޤަބޫލު ނުކުރި ގޮތުންނެވެ. ޝިޔާ އެ ރިކުއެސްޓް ޤަބޫލު ނުކުރީ ކީއްވެކަމާމެދު އައިމަނަށް އެތައް ގޮތަކަށް ވިސްނެމުން ދިޔައެވެ. އޭނަ އެ ރިކުއެސްޓް ފޮނުވިފަހުން ޝިޔާ ފޭސްބުކަށް ނުވަންނަނީތޯ އޭނަގެ ހިތަށްއަރަމުން ދިޔައެވެ. ނޫނީ ނޭނގޭ މީހެއްގެ ފަރާތުން ޝިޔާ ފްރެންޑް ރިކުއެސްޓް ޤަބޫލު ނުކުރަނީ ހެއްޔެވެ؟ އެހެނަސް ޝިޔާއަށް އޭނަ ނޭނގި ދާނީ ކިހިނެއް ހެއްޔެވެ؟ ޕްރޮފައިލް ޕިކްޗާރއަށް އޭނަ ލާފައިވެސް ހުރީ މީގެ 2 އަހަރު ކުރިން އޮތް ޔޫތް ޑެވެލޮޕްމެންޓް ޕްރޮގްރާމްގެ ތެރެއިން ނެގިފައިވާ ފޮޓޯއެކެވެ. 2 އަހަރު ކުރިން ފެނުނު ސޫރައެއް މީހަކު ހަނދާން ނެތިދާނެ ހެއްޔެވެ؟ އަދި އަމުދުން ޝިޔާ އޭނައާއެކީ ޙިއްސާކުރިހާ ހިނިތުންވުންތަކެއްގެ މަތިން ހަނދާން ނެތުނީ ހެއްޔެވެ؟ އެ ވަގުތުތަކަކީ ޝިޔާއަށް އެއްވެސް އަގެއްނެތް އެއްޗަކަށްވީ ހެއްޔެވެ؟ ހިތަށް ވެރިވަމުން ދިޔަ މިފަދަ ޚިޔާލުތަކުން އައިމަންގެ މޭގައި ރިހުމެއް ވެސް އުފެދެމުން ދިޔައެވެ. އެ ޚިޔާލުތަކުގައި ހުރެ އަޑުއަހަމުން ދިޔަ ހިތާމަވެރި ލަވަތަކުން އެ ރިހުން ތޫނުވުން ނޫންކަމެއް ނުވިއެވެ.

 

ކޮންމެއަކަސް އައިމަން ފުރާ ދުވަސް ކައިރިވަމުން ދިޔަވަރަކަށް ނުހަނު ޖޯޝާއެކީ އާ އެއްޗެހި ގަންނަމުން ދިޔައެވެ. ޝިޔާއަށް އެންމެ ރީތީ ކަޅުކުލަކަން އެނގޭތީ ކަޅުކުލައިގެ ގަމީސްތަކާއި ޓީޝާޓުތަކުން އޭނަ އޭނަގެ ހެދުން ފޮށި ފުރުވާލިއެވެ. މާލެއަށް ގޮސް ލަންކާއަށް ފުރަން އޮތް ދުވަހު އޭނަ އިސްތަށިގަނޑުގައި ފުނާ އަޅައި އެތައް އިރެއް ވަންދެން މޫނުބަލާ ލޯގަނޑަށް ބަލަން ހުރީ ހަމަ އެދުވަހުވެސް ޝިޔާއާއި ދިމާވެދާނެކަމަށް އޭނަގެ ހިތް ތަކުރާރުކޮށް ބުނަމުން ދިޔައީތީވެއެވެ. އޭނަ އަޒާނާއެކީ ފްލައިޓަށް އަރަމުން ދިޔައީ އަދިވެސް އުއްމީދުގެ ހުޅުކޮޅެއް ރޯވެފައިވި ހިތަކާއެކީގައެވެ. ޝިޔާ އޭނަގެ ރިކުއެސްޓް އަދި ޤަބޫލު ނުކުރެވިގެން ޝިޔާއަށް ކޮންމެވެސް ކަމެއް ދިމާވެގެން އުޅޭތީވެކަމަށް އައިމަން ނިންމިއެވެ. އޭނަ ލަންކާއަށް ގޮސް ޝިޔާއާއި ބައްދަލުކުރުމުން ހުރިހާ ކަމެއް ރަނގަޅު ވެދާނެކަމަށް އޭނަގެ ހިތް ބުންޏެވެ.

 

ބަންޑާރަނައިކެ އިންޓަނޭޝަނަލް އެއާރޕޯޓުގައި އައިމަންމެން ތިބި ފްލައިޓް ޖެއްސީ ކޮލޮމްބޯއަށް ރޭގަނޑު 8 ޖެހި ވަގުތެވެ. އެއާރޕޯޓުގައި ޖެއްސި ފުރަތަމަ ފިޔަވަޅާއެކު ވެސް އައިމަންގެ ދެލޯ ވަށައި ހޯދަން ފެށީ އޭނަގެ ހިތް އެދޭ ސޫރަ ފެނޭތޯއެވެ. އޭނަގެ ޙަރަކާތްތަކަށް ސަމާލުވެހުރި އަޒާން ދިމާކުރުމުން ވެސް އެރޭ އައިމަނަށް ހިނިތުންވެލެވުނީ ފަނޑު ގޮތަކަށެވެ. އައިމަން ކަމަކާ މާޔޫސްވެގެން އުޅޭހެން ހީވުމުން އަޒާން ދެން އިތުރަށް އޭނައަށް އުނދަގޫ ކުރާކަށް ނުއުޅުނެވެ. އެއާރޕޯޓަށް އެމީހުން ބަލާ އައި މަންމަ ފަރާތު ބޮޑުބޭބެގެ ކާރަށް އަރައި އަޒާން އައިމަންގެ ކޮނޑުގައި ޖަހާލަމުން ހުރިހާ ކަމެއް ރަނގަޅުވާނެއޭ ބުނެލީ އޭނަގެ ހިތްހަމަޖައްސައިދެވޭތޯއެވެ. މާޔޫސްވެގެން ހުއްޓާ އައިމަނާއި ވާހަކަ ދައްކަން އުޅެފިނަމަ އޭނަ ރުޅިއައުން ނޫންކަމެއް ނުވާނެކަން އެނގޭތީ އަޒާން ދެން އިތުރު ސުވާލެއް ނުކުރިއެވެ.

 

އެރޭ ބޮޑުބޭބެމެންގެ ގެއިން އޭނައަށް ލިބުނު ކޮޓަރީގެ އެނދުގައި އޮށޯތް ވަގުތުވެސް އައިމަންގެ ހިތުގެ ހަމަޖެހުން ގެއްލިފައިވިއެވެ. އެނދުގައި އޮވެ ދެ ފަރާތަށް ދެ ފަރާތަށް ފުރޮޅޭތާ ގަޑިއެއްހާއިރު ވީއިރު ވެސް އޭނައަށް ނިދޭ ގޮތެއްނުވިއެވެ. އެންމެ ފަހުން އޭނަ އައި ރުޅިއާއެކީ ތެދުވެލައިފިއެވެ. އޭނަ ރުޅި އައީ އަމިއްލަ ނަފްސު ދެކެއެވެ. ކަމަކަށް ބޭނުންވެގެން ހުރެވެސް އެކަމަށްޓަކައި އޭނައަށް ފިޔަވަޅެއް ނާޅައި ހުރެވޭތީވެއެވެ. އެކަން އެނގުންވުމުން އައިމަން ވަގުތުން ފިޔަވަޅެއް އަޅަން ނިންމަމުން އޭނަގެ ފޯނު ނެގިއެވެ. ފޯނުން ފޭސްބުކަށް ވަދެލުމަށްފަހު އޭނަ ޝިޔާއެއް މެސެޖެއް ފޮނުވުމަށްޓަކައި ޗެޓް ލޮގެއް ހުޅުވާލިއެވެ. އޭތި ހުޅުވީ ކިތަންމެ ހިތްވަރާއެކީ ކަމަށްވިޔަސް މެސެޖް ލިޔަން ވީ ވަގުތު އޭނަގެ ދެއަތް ފިނިވިއެވެ. މި ލިޔަން އުޅެނީ ދެ އަހަރު ފަހުން ފުރަތަމަ ފަހަރަށް އޭނަ ޝިޔާގާތު ބުނަން އުޅޭ ވާހަކަކަން އެނގުންވުމުން އައިމަން ނުތަނަވަސްވެގެން ދިޔައެވެ. ހަމަ އެއާއެކު އޭނަގެ ސިކުނޑި އެކި ދިމަދިމާލުން އެންމެ ރީތި ބަސްތަކާއި ޢިބާރާތްތައް އޭނައަށް ހަނދާން ކޮށްދޭން ފެށިއެވެ. މެސެޖެއް ލިޔަން އުޅެފައިވެސް އެގޮތް ރަނގަޅު ނުވާނެއޭ ހިތައި އެތައް އިރެއްވަންދެން އޭނައަށް ވިސްނަން އިނދެވުނެވެ. އެއްވެސް ކުރިއެރުމެއް ނުލިބި އިންގޮތަށް އިންނަތާ 20 މިނެޓްވީކަން އެނގުންވީ ވަގުތު އައިމަން އަނެއްކާވެސް ނުރުހުންވިއެވެ. އޭނަ އެންމެ ރީތި ޢިބާރާތަކާމެދު ވިސްނަންވީ ކީއްކުރަން ހެއްޔެވެ؟ އޭނަ އެހެން ނޫނަސް އައީ ވަކި ޝިޔާއާއި ރައްޓެހިވާކަށް ނޫނެއްނޫންހެއްޔެވެ؟ އެދުވަހު އަޒާން ގާތު އެހެން ބުނެވުނަސް އޭނަ އައީ ޙަޤީޤީ މަޤްޞަދަކީ ޝިޔާ ނުލިބުނަސް އޭނަ ހަނދާން ނައްތާލަންވީ ސަބަބެއް ހޯދަން ނޫންހެއްޔެވެ؟ ވީއިރު އޭނަ އެހާވަރަށް ފިކުރުކުރަންވީ ކީއްވެހެއްޔެވެ؟ ހިތަށް ވެރިވި އެ ސުވާލުތަކުން އައިމަން ވަގުތެއް މެސެޖެއް ލިޔުނެވެ.

 

“ހޭއި ޝިޔާ! ލޯންގް ޓައިމް ނޯ ސީ. ހައު އާރ ޔޫ؟” އައިމަން އެހެން ލިޔެ އޭތި ފޮނުވާލީ ދެލޯ މަރާލަމުންނެވެ. ސިކުންތުކޮޅެއް ވަންދެން އެހެން ހުރުމަށްފަހު ދެލޯ ހުޅުވާލި ވަގުތު އޭނަގެ ހިތް ހުއްޓުމަކަށް އައީ، 12:16 ވީ ވަގުތު ޝިޔާއަށް އެ މެސެޖު ފެނުނު ވާހަކަ އެރުމުންނެވެ. އޭނަ ނޭވާ ހިފަހައްޓާލަމުން އިންތިޒާރު ކުރަން ފެށީ ޝިޔާގެ ފަރާތުން ލިބޭނެ ޖަވާބަކަށެވެ. މިނެޓްތަކެއް ހިނގިއިރު ވެސް ޝިޔާ ޓައިޕް ކުރާ ވާހަކަ ވެސް ނޭރުމުން ޝިޔާ އޭނަގެ ޕްރޮފައިލް ބަލަނީތޯ އައިމަންގެ ހިތަށްއެރިއެވެ. ހަމަ އެއާއެކު އޭނަގެ ފްރެންޑް ރިކުއެސްޓް ވެސް އެކްސެޕްޓްވާނެ އިރަކަށް އޭނައަށް އިންތިޒާރު ކުރެވުނެވެ. އެ އިންތިޒާރުގައި އިންދާ 15 މިނެޓް ހިނގުމުން ވެސް ޖަވާބެއް ނުލިބުމުން ޝިޔާ ކޮންމެވެސް ކަމަކު އުޅެނީތޯ އޭނަގެ ހިތަށްއެރިއެވެ. އެހެނަސް މި ގަޑީގައި މީހަކު އުޅޭނީ ކޮން ކަމަކު ހެއްޔެވެ؟ ކަމަކު ނުއުޅޭނަމަ ޝިޔާ މިވަގުތު އޭނައާއެކީ ހޭދަކުރި ވަގުތުތައް ހަނދާނަށް ގެންނަނީ ހެއްޔެވެ؟ އެ ހަނދާންތަކުން ޝިޔާގެ ހިތަށް އަސަރެއް ނުކޮށް ނުދާނެކަން ޔަޤީންކުރެވުނީ ކީއްވެކަމެއް ނޭނގެއެވެ. ބައި ގަޑިއިރުވީ އިރުވެސް އެއްވެސް ޖަވާބެއް ނުލިބުމުން އައިމަން އިތުރު މެސެޖެއް ފޮނުވަން އުޅުނެވެ. އެހެނަސް އޭނަގެ ހިތުގައި ވި ކިބުރުވެރިކަން އެކަމަށް ފުރުޞަތެއް ނުދިނެވެ. އަންހެން ކުދިން އަންނަނީ އޭނަގެ ފަހަތުންނެވެ. އޭގެ އިދިކޮޅަށް ކަންތައްވުމަކީ ދުވަހަކުވެސް ވާނެކަމެއް ނޫނެވެ. ޝިޔާ އޭނައަށް ޖަވާބެއް ނުދިނުމަކީ ޝިޔާއަށް ލިބުނު ބަދުނަސީބެކެވެ. މިއީ ޝިޔާ ހަނދާން ނައްތާލަން ރަނގަޅު ސަބަބެއްކަމަށް އައިމަންގެ ސިކުނޑި ބުނެލީ ހިނދު އޭނަގެ މޫނުމައްޗަށް ސާބިތުކަން ވެރިވިއެވެ. އާނއެކެވެ. މިއަދަށްފަހު އޭނަ ޝިޔާ މަތިން ހަނދާނެއް ނުކުރާނެއެވެ. އޭނަގެ މެސެޖަކަށް ވެސް ޖަވާބެއް ނުދޭނީ ޝިޔާ އޭނައާއި އެއްވެސް ގުޅުމެއް ބާއްވަން ބޭނުން ނުވާތީވެއެއްނޫންހެއްޔެވެ؟ ވީއިރު އޭނަ ޝިޔާގެ ހަނދާންތަކުގައި ވަގުތު ބޭކާރު ކުރުމުގެ ބޭނުމެއްނެތެވެ. ހިތަށްވެރިވި އެ ޚިޔާލުން އައިމަން ވަގުތުން ފޯނުން ބެކަށް ގޮސް އޭނަގެ ޕްލޭ ލިސްޓުން ލޯބީގެ ލަވައެއް ނޫން ކޮންމެވެސް އެހެން ލަވައެއް ޖަހައި ނިދޭތޯ ބެލިއެވެ.

 

އޭގެ އަނެއްދުވަހު އައިމަން ތެދުވެ މޫނު ދޮވެ ތާޒާ ވެލީ އާ ދިރިއުޅުމަކަށް މަރުޙަބާ ކިޔަން ތައްޔާރުވަމުންނެވެ. އޭނަ ހެނދުނުގެ ސައި ގަޑީގައި ދާނެ ތަންތަނާމެދު އިސްނަގައި ވާހަކަ ދައްކަމުން ދިޔައީ ހެވިފައި ހުރެއެވެ. ކޮންމެއަކަސް ބޮޑުބޭބެމެންނާއެކީ ތަންތަނަށް ދާން ކާރުގައި ދަތުރު ފެށުމުން ވެސް ދޭތެރެ ދޭތެރެއިން ޝިޔާގެ ހަނދާންތަކުން އޭނަގެ ހިތަށް އުނދަގޫވަމުން ދިޔައެވެ. އެ އުނދަގޫތައް ފިލުވުމަށްޓަކައި އައިމަން ހާދަ ފޫއްސޭ ކިޔައި ލަވައެއް ޖަހާލަން ބޮޑުބޭބެ ގާތު އެދުނެވެ. އެހެނަސް އެއިން އޭނަގެ ޙާލަތު ގޯސްވުން ނޫންކަމެއް ނުވިއެވެ. އެންމެ ފުރަތަމަ ވެސް އިވެން ފެށީ ޝިޔާ އޭނައާއި ދިމާވެގެން އުޅުނު ދުވަސްވަރު މަޝްހޫރުވެގެން ދިޔަ އިނގިރޭސި ލޯބީގެ ލަވައެކެވެ. އޭނަ އެ ލަވަ ޝިޔާއާއި ޙިއްސާކުރުމުން އޭތި ވަރަށް ރީތި ވާހަކަ ޝިޔާ ވެސް ބުނެފައިވެއެވެ. އެ ލަވައިން ބުނަމުން ދިޔަ ވާހަކަތައް އޭނަ ހަނދާން ނައްތާލަން އުޅޭ އިޙްޞާޞްތަކާއި ގުޅޭހެން ހީވި ހިނދު އެ އިޙްޞާޞްތަކުން އޭނަ ޙިސާރުވެގެން ދިޔައެވެ. އޭނައަށް އިސްޖެހިފައި އެ ލަވަ ބަދަލު ކުރަން ވެސް ބުނަން ނޭނގިފައި އިންގޮތަށް އިނދެވުނީ ޝިޔާގެ ހަނދާންތަކުން މުޅި މީހާގެ ވާގި ދޫވެފައިވި ފަދައަކުންނެވެ.

 

ބޮޑުބޭބެ އެންމެ ފުރަތަމަ ގޮސް ކާރު މަޑުކޮށްލީ ފިހާރައަކަށް ކަން ވެސް އައިމަނަށް އެނގުންވީ އަޒާން އޭނަގެ އަތުގައި ކޮއްޓާލުމުންނެވެ. ބޮޑުބޭބެމެން ފޭބުމުން އައިމަން ވެސް ކާރުން ފައިބަން އުޅުނު ވަގުތު އަޒާން އޭނަ ހުއްޓުވައި ކަންބޮޑުވުމަކާއެކީ ކިހިނެއްވީތޯ އަހާލިއެވެ. އައިމަން ހިނިތުންވުމަކާއެކީ ކަމެއް ނުވެއޭ ބުނެ ކާރުން ފޭބިއެވެ.

 

ފިހާރައަށް ވަދެ ވެސް އައިމަން އެ ވަގުތަށް ބޭނުންވީ އެކަނިވެލާށެވެ. ނޭނގޭ ސަބަބަކާހުރެ އޭނަ ބޭނުންވީ އަނެއްކާވެސް އޭނަގެ ހިތްދަތި ކުރަމުން ދިޔަ އިޙްޞާޞްތަކުން އޭނަގެ ހިތް ފުރުވާލާށެވެ. އެކަމަށްޓަކައި އޭނަ ބަހަނާއެއް ދައްކާފައި ބޮޑުބޭބެމެންނާއި ދުރަށް ދާން އުޅުނެވެ. ބޮޑުބޭބެމެން އިންކާރު ކުރަން އުޅުމުން އަޒާން އޭނައަށް އެހީވެދިނެވެ.

 

“ބޭބޭ! އައްމުއަށް ވަރަށް އުނދަގޫވާނެ އެހެން މީހުންނާއެކީ ޝޮޕިންގް ކުރަން. އެހެން މީހުން ގޮތް ކިޔުނީމަ އޭނައަށް އުނދަގޫވާނެ އެއްޗެއް ޗޫޒްކުރަން. އެހެންވީމަ އެންމެ ރަނގަޅުވާނީ އޭނަ ފޮނުވާލުން. މޯމްއާ ޑޭޑްއާ އެކީ ދާއިރުވެސް އޭނަ އަބަދުވެސް އެހެން ހަދާނެ. އަހަރުމެންނަށް ފަހުން ގުޅާލެވިދާނެއެއްނު ދޯ އޭނައަށް؟” އަޒާން އައިމަނަށް އެހީވުމުގެ ގޮތުން ބުނެލިއެވެ. އެވާހަކަ އަޑުއަހާފައި ބޮޑުބޭބެމެން ޖެހިލުންވުމަކާއެކީ އައިމަން ފޮނުވާލި ވަގުތު އައިމަން ސިއްރުސިއްރުން އަޒާނަށް ޝުކުރުވެރިވިއެވެ.

 

އައިމަން އެކަނިވެލުމަށްޓަކައި އޭނަ ގޮސް އެރީ އެ ފިހާރައިގެ ލިފްޓަކަށެވެ. ލިފްޓުން ދެވެނީ ކޮން މަންޒިލަކަށްތޯ ބެލުމެއްނެތި އެންމެ ފުރަތަމަ ލިފްޓު ހުޅުވުމާއެކު އޭގައި ތިބި ބައެއް މީހުންނާއެކީ އައިމަން ވެސް އެ ފްލޯއަށް ފޭބިއެވެ. ފަހަތުން ލިފްޓު ބަންދުވީ ވަގުތު އޭނަގެ ފޯނަށް މެސެޖެއް އައެވެ. އޭނަ ފޯނު ނަގައި ބަލާލިއިރު އެއީ ބައްޕަގެ މެސެޖެކެވެ. ބައްޕަ އަހާފައި އޮތީ މިވަގުތު ކީއްކުރަނީތޯއެވެ. އައިމަން އެއަށް ޖަވާބު ދިނުމަށްޓަކައި ފޯނު ހިއްލާލިތަނާހެން ކޮންމެވެސް ކުޑަ ފިރިހެން ކުއްޖެއްގެ ހުނުމުގެ އަޑު އައިމަނަށް އިވުނެވެ. އެއަކަށް ފަރުވާލެއްނެތި އައިމަން ކުރިއަށް ހިނގަމުން މެސެޖެއް ލިޔަން ފެށިއެވެ. މާ ދުރަކަށް ނުދެވެނީސް 2 އަހަރަށްދާ ކުޑަ ފިރިހެން ކުއްޖަކު އޭނަގެ ކައިރިން ލާފައި ދުވެފައި ދިޔަކަން އޭނައަށް އެނގުންވިއެވެ. ދެންވެސް ފޯނުން ނަޒަރު ވަކި ކުރުމެއްނެތި ކުރިއަށް ހިނގަމުން ދަނިކޮށް އޭނަގެ ކައިރިން ބާރު ހިނގުމެއްގައި އައި އަންހެން ކުއްޖެއްގެ އަތުގައި އޭނަގެ އަތް ޖެހި އޭނަގެ އަތުން ފޯނު ދޫވެގެން ގޮސް ޓައިލްސް މަތީގައި ޖެހި ތެޅިގެން ދިޔައެވެ. އޭނަގެ އެންމެ ފަހުގެ އަގުބޮޑު އައި ފޯނު ބިންމަތީގައި އޮތް މަންޒަރު ފެނިފައި އައިމަންގެ ބުމަގޮށްޖެހުނެވެ. އެވަގުތު ފަހަތުން އެ އަންހެން ކުއްޖާ ވާހަކަ ދެއްކި އަޑު އިވުނެވެ.

 

“އައި……އައި އޭމް ސޯ ސޮރީ!” އެހެން ބުނެލި އެ އަޑު އިވިފައި އައިމަންގެ ނިތުން ރޫ ފިލައިގެންދާން ނެގީ ހިނދުކޮޅެކެވެ. އެއީ ކާކުގެ އަޑެއްކަން އެނގުންވީ ވަގުތު އޭނައަށް ޤަބޫލުކުރަން ވެސް ދަތިވެފައި ފަހަތް ބަލާލެވުނީ ކުއްލިއަކަށެވެ. އެވަގުތު އޭނަގެ މެއަށް ފިނިވެ އޭނަގެ ހިތުގެ ތެޅުން އަވަސްވެގެން ދިޔައީ އާދަޔާ ޚިލާފަށެވެ. އޭނަގެ ކުރިމަތީގައި ހުއްޓި ހުރީ ޝިޔާ ނޫން ދެވަނަ މީހެއްނޫނެވެ. އޭނަ ފެނިފައި ޝިޔާގެ ވެސް ދެލޯ ބޮޑުވެގެން ދިޔަކަން އޭނައަށް ފާހަގަވިއެވެ. ދެމީހުންނަށް ވެސް ސިކުންތުކޮޅެއް ވަންދެން އެކަކު އަނެކަކަށް ބަލަން ތިބެވުނެވެ. ޝިޔާ ކަޅުކުލައިގެ ދިގު ހެދުމަކާއި ކަޅު ބުރުގާއެއް އަޅައިގެން ހުރި ގޮތުން އައިމަންގެ ހަނދާނަށް އައީ ޝިޔާގެ ޕްރޮފައިލްއިން ފެނުނު ޕޯސްޓްތަކެވެ. ޝިޔާ ހަމަ އަސްލުވެސް އެހާ ވަރަށް ދީނީވީތޯ އައިމަންގެ ހިތް ސުވާލުކުރިއެވެ. ހަމަ ގައިމުވެސް ކުރީގައި ޝިޔާ ލައި އުޅުނީ ކުރު ހެދުންތަކާއި ޖިންސްތަކެވެ. ކޮންމެ ގޮތެއްވިޔަސް އައިމަނަށް އެ ވަގުތު ވެސް ޝިޔާ ރީތިވިއެވެ. އޭނަ މީގެ 2 އަހަރު ކުރިން ފަދައިން އެސްފިޔަ ޖަހާލުމެއްނެތި ހިތް ފުރެންދެން އެ ސޫރައަށް ބަލަން އުޅުނުތަނާހެން ޝިޔާ ގޮށްމުއްކަވާލަމުން އޭނައަށް ފަސްދީފައި ދާން ހިނގައިގަތެވެ.

 

“ޝިޔާ!” އައިމަނަށް ކުރިއަށް ފިޔަވަޅެއް އަޅާލަމުން ބޭ އިޚްތިޔާރުގައި ގޮވާލެވުނެވެ. ނަމަވެސް ޝިޔާ މަޑު ކުރާ ކަހަލަ ޚިޔާލެއް ނެތި ކުރިއަށް ދިޔައެވެ. ޝިޔާ ހަރުގަނޑުތަކުން ހެދިފައިވި ގޯޅިން އަނބުރާލުމުން އައިމަނަށް ކުރިއަށް ހިނގައިގަނެވުނީ ރޭގަ ވީ ކަންތައްތަކާއި އޭގެ ސަބަބުން އޭނަގެ ޢަޒުމުގެ މަތިން ހަނދާން ނައްތާލަމުންނެވެ. ޝިޔާއާއި މިހާ ގާތްވެފައި އޭނައާއި ވާހަކަ ދެއްކުމެއްނެތި ވަކި ވާކަށް އައިމަން އެއްގޮތަކަށް ވެސް ބޭނުމެއް ނުވިއެވެ. ވާހަކަ ދެއްކުމުން ޝިޔާ ހަނދާން ނައްތާލަންވީ އިތުރު ސަބަބެއް ވެސް ލިބިދާނެ ކަމަށް ބުނެ އޭނަގެ ހިތް އުޒުރު ދެއްކިއެވެ. އައިމަން ހިނގަމުން ދަނިކޮށް ކުއްލިއަކަށް އޭނަގެ ފިޔަވަޅުތައް މަޑުޖެހުނީ ޝިޔާ އެތާ ދުރުގައި ހުރި ފިރިހެނަކާއި ވާހަކަ ދައްކަން ފެށުމުންނެވެ. ގަމީހަކާއި ފަޓުލޫނެއްގައި ފަލަކޮށް ހުރި އެމީހާގެ އިސްތަށިގަނޑު ނުރަވާން ފަށާފައިވިކަން އައިމަނަށް ދުރުގައި ހުރެވެސް އެނގުންވިއެވެ. އެއީ ޝިޔާގެ ބައްޕަހެން ހީވި ވަގުތު އައިމަންގެ ހިތް ނުތަނަވަސްވިއެވެ. އެއަށްވުރެ ބޮޑަށް ނުތަނަވަސްވީ ޝިޔާ ވާހަކަ ދައްކަމުން އޭނައަށް ޢިޝާރާތްކޮށް އެއްޗެކޭ ބުނަމުން ދިޔަ ގޮތުންނެވެ. އޭގެ މާ ގިނައިރެއްނުވެ އެ ފިރިހެން މީހާ ޝިޔާއާއެކީ އޭނަ ކައިރިއަށް އަންނަން ފެށުމުން އައިމަނަށް ހިންދިރުވާލެވުނެވެ. އޭނަ ޝިޔާގެ ފަހަތުން އައި ކަމަށްޓަކައި ޝިޔާ އޭނަގެ ބައްޕަގާތު ޝަކުވާ ކުރީތޯ އޭނަގެ ހިތަށްއެރިއެވެ. އެމީހުން ކައިރިވަމުން ދިޔަދިޔަހެން އައިމަން ދުވެ ފިލަން ބޭނުންވިއެވެ. އެހެނަސް އޭނަ ދެޚިޔާލެއްގެ މަތީގައި ހުރިތާ ހުއްޓާ އެ ދެމީހުން އައިސް އޭނަގެ ކުރިމައްޗަށް ހުއްޓިލައިފިއެވެ.

 

“ކޮން ނަމެއްތަ ކިޔަނީ؟” އެ ފިރިހެން މީހާ ސުވާލުކުރިއެވެ.

 

“އައިމަން….” އައިމަނަށް އެ ޖަވާބު ދެވުނީ ވައި އަޑުންނެވެ. އެކަމަށްޓަކައި އޭނަ އަމިއްލަ ނަފްސަށް މަލާމާތްކުރިއެވެ.

 

“އައިމަން، ވަރަށް ބޮޑަށް މަޢާފަށް އެދެން އިނގޭ ޝިޔާގެ އަތުން އައިމަންގެ ފޯނު ތެޅުނީމަ؟ އެއީ ކޮންކަހަލަ ފޯނެއްތަ؟” ފިރިހެން މީހާ އަހާލިއެވެ. އެއާއެކު ލެވުނު ހަމަޖެހުމުގެ ނޭވާއާއެކީ އައިމަނަށް ހިނިތުންވެލެވުނެވެ. އޭނައަށް ޝިޔާއާއި އެ ފިރިހެން މީހާއަށް ވަކިވަކިން ބަލާލެވުނީ މިއީ ހާދަ ހިތްހެޔޮ ބައެކޭ ހިތް ބުނަމުން ދިޔައީތީވެއެވެ. އެހެނަސް އެމީހުން ދެންވެސް ކަންބޮޑުވުމަކާއެކީ އޭނައަށް ބަލަން ތިބި ގޮތުން އޭނައަށް ވާހަކަ ދެކެވުނެވެ.

 

“އެއީ މައްސަލައެއްނޫނޭ ބޭބެ. އެ ފޯނު އެހެންނޫނަސް އޮތީ ހަލާކުވެފަ.” މި ޙާލަތުގައި ބާރު އޮތީ އޭނައަށް ހެން ހީވީތީ އައިމަން ހަމަޖެހިފައިވާ ހިތަކާއެކީ ބުނެލިއެވެ.

 

“އުނހު…….އެހެން ކަމަކު ނުދާނެ. އަހަރުމެންގެ ފަރާތުން ގެއްލުމެއް ލިބުނީމަ ކޮންމެވެސް ބަދަލެއް ލިބެންވާނެދޯ؟” އެ ފިރިހެން މީހާ ދެންވެސް ބުނެލިއެވެ. އައިމަނަށް ބަލާލެވުނީ ޝިޔާއަށެވެ. އޭނަ ބަލާލުމާއެކު ޝިޔާ ދުރު ހޯދަމުން ގޮސް އިސްޖަހާލިއެވެ. ޝިޔާ އޭނަ މަތިން ހަނދާނެއް ނުނެތޭކަން އައިމަނަށް އެ މޫނުމަތިން ޔަޤީން ކުރެވުނެވެ. ޝިޔާ ވެސް މިހުރިހާ ދުވަސްތައް ގުނީ އޭނަގެ އިންތިޒާރުގައިތާއޭ އޭނަގެ ހިތް ބުންޏެވެ. ހަމަ އެއާއެކު ޝިޔާ އޭނައާއި ދުރުވީ ކީއްވެކަން އައިމަން ތަފްޞީލުކޮށް ދެނެގަންނަން އައިމަން ބޭނުންވިއެވެ. އެކަމަށްޓަކައި އޭނައަށް މޮޅު ޚިޔާލެއް ލިބުނެވެ.

 

“ބޭބޭ އެއީ އަސްލު ވަރަށް އަގުބޮޑު ފޯނެއް. އެ ބޮޑު އަގު ދިނުމުގެ ބަދަލުގަ އަޅުގަނޑަށް ވަރަށް ރަނގަޅު އަޅުގަނޑު ލަންކާއަށް މި އައި ދުވަސްކޮޅަށް ދައްކަންޖެހޭ ލާރިކޮޅު މަދުކޮއްލަ ދީފިއްޔާ. އަޅުގަނޑަށް ބޭބެމެންނާއެކީ މި ޗުއްޓީގަ އުޅެވިދާނެތަ؟” އައިމަން ބުނެލި ވާހަކައިން ޝިޔާ ސިހުމަކާއެކީ އިސްއުފުލާލިތަން އޭނައަށް ފެނުނެވެ. އެ މޫނުމަތިން ނުރުހުންތެރިކަން ފެނިފައި އައިމަންގެ މޫނުމައްޗަށް ލާނެތް ހިނިތުންވުމެއް ވެރިވިއެވެ.

 

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Jana

100 Stories10 Stories1K Comments500 Comments100 Comments100 Login500 Login

Other Articles

Previous

މަލަކާ (16ވަނަ ބައި)

Next

ވޭނީ ކަރުނަ…2 ވަނަބައި

Next
January 14, 2017

ވޭނީ ކަރުނަ…2 ވަނަބައި

Previews
January 13, 2017

މަލަކާ (16ވަނަ ބައި)

23 Comments!

  1. Chum handi says:
    January 13, 2017 at 11:35 pm

    wow… masha allah chum first again… waiting 4 the next part

    1. Jana says:
      January 14, 2017 at 1:35 pm

      Alhamdhulillah! (All praise and thanks belong to Allah) 🙂

  2. nashfa says:
    January 13, 2017 at 11:41 pm

    Nice

    1. Jana says:
      January 14, 2017 at 1:36 pm

      Alhamdhulillah! 🙂

  3. Pop says:
    January 14, 2017 at 12:08 am

    Shafag ge bai madhuvyma kada

    1. Jana says:
      January 14, 2017 at 1:37 pm

      mi bai ves adhi interesting vaane ingey In Sha Allah 🙂 mi baithakaky ves Shafaq menge bayah muhimmu baithah 🙂

  4. Adhu says:
    January 14, 2017 at 12:26 am

    Nice.. but adhu abadhu ves kuraa shakuvaa miadhu ves kuran jehunyma dhera vehjje.. janaa its too short.. haadha kiyaalaa hithunney mihuree dhigu parteh

    1. yax says:
      January 14, 2017 at 6:24 am

      ha ha ha ha aadhu ey hama konme reader ehgeves shakuvaaey aadhu ekanyeh nuney!!!

    2. Jana says:
      January 14, 2017 at 1:39 pm

      hehe….jana vaahakaige kureekolhu ehaa dhigukoh baithah genesdhineema readers men mithiby spoil vefa dho? 😛 hama mega episode akun noony nufudhey. jana eba masakkaiy kuran genesdheveytho ingey. ekamaku yageen kameh nudheveyne. jana adhives kuran huri kanthah varah baivaru hurefa ehaa vagutheh ves netheema. understand vaane kamah ummeedhu kuran 🙂

    3. Yax says:
      January 14, 2017 at 2:16 pm

      Its okey jana we readers never get satistifyied !!!
      Thats all!!

    4. Yax says:
      January 14, 2017 at 2:17 pm

      *Satisfiyed

  5. Aishhh says:
    January 14, 2017 at 2:06 am

    Loved it! Jazaakillah khair

    1. Jana says:
      January 14, 2017 at 1:40 pm

      Alhamdhulillah! Barakallah Laki! 😀

  6. saj says:
    January 14, 2017 at 8:38 am

    Masha Allah vvv reethi.When next part?

    1. Jana says:
      January 14, 2017 at 2:07 pm

      Alhamdhulillah! next part monday ga In Sha Allah. maadhamaa genes nudheveynehen heevany. ehenveema. monday ga dhigukoh avahah genesdheveytho balaanan In Sha Allah 🙂

  7. shifa says:
    January 14, 2017 at 9:40 am

    Jazakihllah khaeran. Varah ibraeh theri vahaka eh.

    1. Jana says:
      January 14, 2017 at 2:08 pm

      Alhamdhulillah! Barakallah Laki! 😀

    2. Jana says:
      January 14, 2017 at 2:09 pm

      FB Post:

      It ok to like someone. But when we do we must be mature enough to handle it.

      https://www.youtube.com/watch?v=Tdifrrnt4Fo

    3. Jana says:
      January 14, 2017 at 2:11 pm

      https://www.facebook.com/Asr-1445208739121696/

      mi page ah ziyaaraiy koh page ga huri post thah kiyaalun edhen. mi post thakaky vaahakaige therein anna filaavalhuthah tafseel kuraa post thakeh kan bunelan. kuriah oiy thanuga mi fb post thakaa vaahaka gulhi laamehigen dhaane. ehenveema kiyuntherin mi post thah follow kurun muhimmu 🙂 evves post akun faidhaa eh kuriyya e naseyhaiy aailaa aa ekuverinna hisaakurun edhen. fb gai noolhuvva kiyuntherinnah comment thakuge zariyyaain e post thah foarukohdhevemun dhaane vaahaka bunelan In Sha Allah 🙂

  8. afa says:
    January 14, 2017 at 9:37 pm

    Waaaaau!

  9. raasi says:
    January 15, 2017 at 8:03 pm

    REETHI MAASHAA ALLAH

  10. Maari says:
    January 16, 2017 at 5:54 pm

    Koba jana vahaka

  11. Nw1 says:
    January 16, 2017 at 11:33 pm

    Wheres da story? Isnt today monday??

Comments are closed.

Next Episodeޢަޞްރު (ތެއްތިރީސްވަނަ ބައި)←


All Right Reserved!