Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ފިރިމީހާގެ ހައްޤުގައި (8)

shafu Level 110 Stories100 Comments
January 12, 2017 9 Mins Read
16 Comments

 

މެހެކް އަނގަމަތީގައި ދެއަތް އަޅާލިއެވެ.

“ސަޕްރައިޒް”. ނަސީރުބެ އާއި ޝިޔާމައްތަ އެއްއަޑަކުން ހެމުން ބުނެލިއެވެ.

ހަމަ އަސްލުވެސް މެހެކް “ސަޕްރައިޒް” ވެއްޖެއެވެ. އޭނާގެ ކުރިމަތީގައި ހެވިލާފައި އެ ހުރީ އޭނާ ގެ ލޯބިވާ މަންމަ އެވެ.

“މަންމާ” މެހެކް މަންމަ ގެ ގައިގައި ބައްދައިގަތެވެ. އޭނާ ހުރީ އުފަލުން ރޮވިފައެވެ. “މަންމަ ގެ ލޯބިވާ ދަރިފުޅާ” މަންމަ ލޯބިން މެހެކް ގެ ބޮލުގައި ފިރުމާލިއެވެ. ދަރިފުޅު މިހާރު ކުރިއަށް ވުރެވެސް ދޮން ވެއްޖެ ދޯ، އިސްތަށިގަނޑު ވެސް ދިގުވެއްޖެ ދޯ” މަންމަ މެހެކް ގައިގައި ފިރުމަން ފެށިއެވެ.

“މަންމަ މިތާ ކިހިނެއް؟ މިބުނީ……” މެހެކް ހިތުގައި ކުއްލިއަކަށް ސުވާލު އުފެދުނެވެ. ” މަންމަ މިއައީ ދަރިފުޅަށް ޗުއްޓީ ވީމަ، ދަރިފުޅާ އެކު ޗުއްޓީ ދުވަސްކޮޅު ހޭދަކޮށްލަން އަދި މަންމަ ޑޮކަޓަރަށް ދައްކާލާ ހަދާލަން” މަންމަ ހިނިތުންވެލަމުން ބުންޏެވެ.

ކުއްލިއަކަށް މެހެކް، އާހިލް މަތިން ހަނދާންވިއެވެ. މަންމަ މިކޮޅުގައި މެހެކްގެ ޗުއްޓީ ދުވަސްކޮޅުގައި މަޑުކުރާ ނަމަ އޭނާ ރާއްޖެ ދާނީ ކިހިނެއް ހެއްޔެވެ؟ އާހިލް އާއި ބައްދަލުވާނީ ކިހިނެއް ހެއްޔެވެ؟ ދެލޯބިވެރިން އަހަރެއް ހައި ދުވަހު ކުރަމުން އައި އުންމީދު ތަކަށް ވާނީ ކިހިނެއް ހެއްޔެވެ؟ އާހިލަ އަށް ދެން އޭނާ ދޭނީ ކޮން ޖަވާބެއް ހެއްޔެވެ؟ އެ ސުވާލުތައް އޭނާ ގެ ހިތައް އުނދަގޫ ކުރަން ފެށިއެވެ.

” އަސްލު މަންމަ ދަރިފުޅަށް ނޭނގި މިކޮޅަށް ފޮނުވަން ނިންމީ ބޮޑުބޭބެ، އެއީ އެއްދުވަހު މަންމަ ގެ ފައިގަ މާ ބޮޑަށް ރިއްސަން ފެށީމަ، ބޮޑުބޭބެ ބުނީ މެހެކް އަށް ޗުއްޓީ ވީމަ އިންޑިއާ އަށް ޑޮކްޓަރަށް ދައްކާލަން ދަމާހޭ. އޭރުން މެހެކް ވެސް ވަރަށް އުފާވާނެއޭ. ޗުއްޓީ ވީމަ ދަރިފުޅަށް ވެސް ވަގުތު އޮންނާނެ އެއްނު. އެހެންވެ އެހެން ބުނީ”.

“ދެން އަނެއްކާ ބުނެފި މެހެކް އަށް ނޭނގި ދޯ އޭ ދާނީ. މަންމަ އަށް ވެސް އެކަން ވީ ވަރަށް މަޖާ ކަމަކަށް ދަރިފުޅު އުފާކޮއްލަން. ދެން ބޮޑުބޭބެ ގުޅީ ނަސީރުބޭ މެންނަށް. އަދި ބޮޑުބޭބެ ގެ ރަހުމަތްތެރި ބަޔަކާއެކު މަންމަ ފޮނުވީ. އެމީހުން ވަރަށް ރަނގަޅު. މިތަނަށް ލައިދީފަ އެދިޔައީ ވެސް”.

“މަންމަ މި ވިސްނަނީ ދަރިފުޅު ކޮލެޖް ހުޅުވުނީމަ ދާން” މަންމަ ހެވިފައި ހުރެ ވީގޮތް ކިޔާދެމުން ބުނެލިއެވެ

އެއީ ތެދެއް ދަރިފުޅާ، މީ އެންމެން ގެ ރޭވުމެއް.” ޝިޔާމައްތަ ވެސް ހީލިއެވެ.

ނަމަވެސް، މެހެކް ވާން ޖެހޭ ވަރަކަށް އުފަލެއް ނުވިއެވެ. މަންމަ ފެނިގެން އޭނަ ކިތަންމެ އުފާވި ނަމަވެސް، އާހިލް ނުފެންނާނެކަން އެނގުމުން ވީ ދެރަ މާ ބޮޑެވެ.

” މަންމަ އަވަހަށް ކޮޓަރިއަށް ގެންދޭ، ޝިޔާމައްތަ މަންމަ އަށް ކާން ހަދާލާނަން. ”

ދެމައިން އެކީގައި ކޮޓަރިއަށް ވަނެވެ. ގަދަކަމުން ހިނިތުން ވެގެން ހުރި ނަމަވެސް މެހެކްގެ، ހަށިގަނޑުގެ އެތެރެއިން ހިތަށް ކުރަމުން ދާ އަސަރު ބަޔާން ކުރަން ނޭނގެއެވެ.

” ހާދަ ރީތި ކޮޓަރި އެކޭ ދޯ ދަރިފުޅާ” ފޮށިން އެއްޗެހި ނަގަމުން މަންމަ ބުނެލިއެވެ. އަދި ތުވާލި ހިފައިގެން ފާހާނާ އާ ދިމާއަށް ހިނގައިގަތެވެ.

މަންމަ ފާހާނާ އަށް ވަނުމާއެކު، ހިތްވަރު ކުރި ނަމަވެސް މެހެކް ގެ ދެ ލޯ ކަރުނުން ފުރުނެވެ. އޭނާ އާހިލް ދެކެ ހާދަހާ ލޯތްބެއްވެއެވެ. އާހިލް އާއި ބައްދަލުވާނެ ކަމަށް އޭނާ ކިހާ އުންމީދެއް ކުރި ހެއްޔެވެ؟

ކުއްލިއަކަށް އޭނާ ސިހުނީ ފޯން ރިންގް ވާން ފެށި އަޑަށެވެ. ގުޅަނީ އާހިލް އެވެ. ހިތައް ހީވީ ފިނިފިނި ފެން އެއްޗެއް އޮއްސާލި ހެންނެވެ. އާހިލްގެ ފޯން ނަގައިގެން އޭނާ ކިޔާނީ ކީކޭ ހެއްޔެވެ؟” މެހެކް ވަގުތުން ފޯން ސައިލެންޓައް ލުމަށް ފަހު ބަންޑުން ބާއްވާލީއެވެ. އާހިލް ގުޅާތަން އޭނާ އަށް ފެނުނަ ނުދިނުމައްޓަކައެވެ.

މަންމަ ފާހާނާއިން ނުކުން އަޑު އިވުމާއެކު އޭނާ އަވަސް އަވަހަށް ކަރުނަ ފޮހެލިއެވެ.

ދެމައިން ބޭރަށް ނުކުތީ އެކީގައެވެ. އޭރު ޝިޔާމައްތަ މީރުކޮށް ކާން ހަދާފައި ހުއްޓެވެ.

“ކޮބާ މާދަމާ މަންމަ އަށް މިތާ ރީތި ތަންތަން ދައްކާލަން ދާން ވާނެ އެއްނު ދޯ؟ މެހެކް ގެ ކޮލެޖާ މިތާ ކައިރި ހުންނަ ޕާކް ތަކާ” ޝިޔާމައްތަ ބުނެލިއެވެ.

“ލައްބަ، ކޮލެޖް ނިންމާލާފަ ދާނީ، ދޯ މަންމާ”. މެހެކް ހިނިތުންވެލިއެވެ.

މަންމަ އާއި ޝިޔާމައްތަ އޮލަ ވާހަކައިގައި ޖެހުނެވެ. އެއަޑުތައް އަހަން އިން ނަމަވެސް މެހެކް އަށް ނީވޭ ކަހަލައެވެ. އޭނާގެ ސިކުނޑީގައި އެބުރެމުން ދަނީ އެހެން ޙިޔާލުތަކެކެވެ.

އެރޭ މެހެކް އަށް ނިދޭގޮތެއް ނުވިއެވެ. ވެފައިވާ ވަރުބަލީގައި މަންމަ އޮތީ އަރާމުގައި ނިދާލާފައެވެ. މެހެކް މަންމަ ގެ މޫނަށް ބަލާލިއެވެ. މަންމަ އޭނަ ދެކެ ކިހާ ލޯބި ވޭ ހެއްޔެވެ؟ އެފަދަ ގޮތަކަށް މަންމަ އެއައީ އޭނާ އުފާކޮއްލުމަށް ޓަކައެވެ. ނަމަވެސް….”

ފުން ނޭވާއެއް ދޫކޮއްލުމަށް ފަހު އޭނާ ފޯން ބަލާލިއެވެ. އާހިލްގެ ތިން މިސްޑްކޯލް ގެ އިތުރުން މެސެޖެއްވެސް އޮތެވެ.

“ލޯބި ނިދުނީތަ؟ ވަރަށް ލޯބިވޭ، ގުޑްނައިޓް” އާހިލްގެ މެސެޖްގައި އޮތެވެ. މެހެކް އާހިލް އަށް ގުޅާލަން ހިތަށް އެރިއެވެ. ނަމަވެސް އާހިލް އެހާ ދެރަވާނެ ވާހަކައެއް މިގަޑީގައި ބުނަން މެހެކް ބޭނުންނުވީއެވެ. އާހިލްގެ އަރާމު ނިދި ގެއްލިދާނެތީއެވެ.

މި ވީހާ ދުވަހު މެހެކް އެންމެފަހަރަކުވެސް އާހިލްގެ ކޯލެއް މިސްވިޔަކަ ނުދެއެވެ. އެހާވެސް އޭނާ އާހިލް އަށް ސަމާލުކަން ދެއެވެ. އެހާވެސް ލޯބިވެއެވެ.

އޭނާ ފޯންގެ ގެލެރީ އަށް ވަދެލިއެވެ. ދެން އާހިލްގެ ފޮޓޯއަށް ބަލަން ފެށިއެވެ. ފެންކަޅިވެފައި އޮވެގެންނެވެ. އަދި މަޑުމަޑުން މޭމަތީގައި ފޯން ބާއްވާލިއެވެ. އަދި އޭނާ ދެލޯމަރާލިއެވެ. އާހިލް އަކީ އޭނާ ގެ ހިތުގެ ތެޅުމެވެ. ހިތާހިތުން ބުނެލަމުންނެވެ.

އިރުކޮޅެއްނުވެ، އޭނާ އަށް ހޫނުވާން ފެށިއެވެ. މަޑުމަޑުން ތެދުވެގެން ގޮސް ކޮޓަރި ތެރޭގައިވާ ބެލްކަންޏައް ނުކުމެލިއެވެ. އޭރު ވާރޭ ވެހެމުން ދިޔައެވެ. ބެލްކަނި ފެންނަނީ ވަރަށް އަނދިރިކޮށެވެ. ބައެއް ފަހަރު ވިދާލާ ވިދުވަރުން މުޅި ބެލްކަންޏަށް އަލިވެގެން ދެއެވެ. އެތަނަށް ނުކުތުމާއެކު، ޖެހެމުން ދިޔަ ފިނިވައިރޯޅިތައް އައިސް ގައިގައި ބީހިލިމުން އޭނާ ހީކަރުވަން ފެށިއެވެ.

ކުއްލިއަކަށް މީހަކު އޭނާގެ އަތުގައި ހިފާލިހެން ހީވިއެވެ. ސިއްސައިގެން ގޮސް ބަލާލިއިރު ދާދި ގާތުގައި ހުރީ އިވާން އެވެ. މޫނާ މޫނުޖެހޭ ހިސާބުގައެވެ. ” އިވާން މިތާ…..؟” މެހެކް އަޖައިބުވިއެވެ. “ސްސްސް” އިވާން ތުންފަތުގައި އިނގިލި ޖައްސާލިއެވެ. އަދި މަޑުމަޑުން މެހެކް އާއި ގާތްވާން ފެށިއެވެ. އޭނާ މަޑުމަޑުން މެހެކް ގެ އަތުގައި ހިފާލިއެވެ.

ކުއްލިއަކަށް ކޮޓަރީގެ ދޮރާ ދިމާއިން އިވުނު ބާރު އަޑުފައްގަނޑާ އެކު މެހެކް ސިއްސައިގެން ގޮސް ބަލާލިއެވެ. އެހިނދު ވިދާލި އަލިގަދަ ވިދުވަރާއެކު ދޮރުމަތީގައި ހުރި މީހާގެ މޫނު ފާޅުވެގެން ދިޔައެވެ.

އޭނާގެ ފައި ދަށުން ބިންގަނޑު ދެމިގެން ދިޔަ ކަހަލައެވެ. މޭގަނޑު އަނގައަށް ނާއީ ކިރިޔާއެވެ. ދޮރުމަތީގައި މެހެކްގެ މޫނަށް ބަލަން ހުރީ އާހިލް އެވެ. އޭނާގެ ދެލޯވަނީ ކަރުނުން ފުރިފައެވެ. މިވަނީ ކިހިނެއް ކަމެއް މެހެކް އަކަށް ނޭނގުނެވެ. އާހިލް ގެ މޫނުމަތިން ފެންނަމުން ދިޔައީ ރުޅިވެރިކަމެވެ. އެ ރުޅީގައި އޭނާ ޑްރެސިންގް ޓޭބަލް މަތީގައި ހުރި މާގަސް ނަގާ އަތުގެ ކޮޅަށް ހޫރާލިއެވެ.

ސިއްސައިގެން ގޮސް މެހެކް އަށް ހޭލެވުނެވެ. ފެނުނީ ހުވަފެނެކެވެ. އޭރު އޭނާ އަށް މާ ނޭވާ ލެވެނީއެވެ. މުޅި މީހާ ވަނީ ދާހިތްލާ ފޯވެފައެވެ. އަވަސް އަވަހަށް ގަޑި ބަލާލިއިރު ގަޑިން މެންދަމުން އަލިވެ ތިނެއް ޖެހީއެވެ. މީ ކޮންކަހަލަ ހުވަފެނެއް ހެއްޔެވެ؟ އިވާން މިގޮތައް މިފެނުނީ ކީއްވެބާއެވެ؟ އޭނާ އަށް މަޑުމަޑުން ބުނެލެވުނެވެ. އާހިލް އަށް އޭނާ ދުވަހަކުވެސް ބޭވަފާތެރިއެއް ނުވާނެއެވެ. އަދި އެ ހުވަފެން ހަޤީޤަތަކަށް ނުވުމަށް އެދި އޭނާ ދުޢާ ކުރިއެވެ.

ތުރުތުރު އަޅާ އަތަކުން އޭނާ ފޯން ބަލާލިއެވެ. އާހިލް ގެ ފޮޓޯއަށް ލީ ގޮތަށް ފޯން އޮތެވެ. ހިނިތުންވެފައިވާ އާހިލްގެ ރީތި މޫނަށް ބަލަން އޭނާއަށް އޮވެވުނީއެވެ. “ސޮރީ ލޯބީ، އަނެއްކާވެސް ނުފެނި އެއް އަހަރު ހޭދަކުރަން ޖެހުނީތީ” ފޯންގައި ތުންފަތް ޖައްސާލަމުން މެހެކް މަޑުމަޑުން ބުނެލިއެވެ.

އެހުވަފެނުގެ ސަބަބުން ހިތަށް ވެރިވެފައިވާ ނުތަނަވަސްކަން ފިލުވާލަން، އާހިލް އާއި ވާހަކަ ދައްކާލުމަށް އޭނާގެ ހިތް އެދެން ފެށިއެވެ. ފޯން ނަގާފައި ވައިބާރ ބަލާލިއިރު އާހިލް އެންމެ ފަހުން އޮންލައިން ވެފައި އިނީ އެރޭ އެކެއް ޖެހިއިރުއެވެ. ޔަގީނުންވެސް މެހެކް މެސެޖެއް ކޮއްލާނެ އިރެއްގެ އިންތިޒާރުގައި އާހިލް ހުންނާނެއެވެ.

އާހިލް އަށް މެހެކް ގުޅާލިއެވެ. ފޯން ނަގައިފިނަމަ އޮންލައިން ވެލުމަށް ބުނާ ހިތުންނެވެ. މި މެންދަން ގަޑީގައި މަންމަ އޮއްވާ ދެމީހުންނަށް ވާހަކަ ދައްކާލެވެން އޮތް ގޮތަކީ ހަމައެކަނި އެއީ ކަމަށް ވާތީއެވެ.

“ތިޔަ ގުޅުއްވި މޯބައިލް ފޯން މިވަގުތު ވަނީ ނިންވާލާފައި” ދުވަހަކު ވެސް އާހިލްގެ ފޯނަށް ގުޅުމުން، ނުލިބޭ ޖަވާބެއް މެހްކް އަށް ލިބުނެވެ. އާހިލް ގެ ފޯން އޮފް ވީ ހެއްޔެވެ؟ ފަހަރުގައި ޗާޖް ދިޔައީ ކަމަށް ވެދާނެއެވެ. އެހެން ހިތައް އަރުވާލާފައި ހިތް ހަމަ ޖައްސާލައިގެން އޭނާ އޮވެލިއެވެ. ނިދިވަނީ އޭނާގެ ލޮލާ މާ ދުރުގައެވެ. ދެފަޅިއަށް ފުރޮޅި ފުރޮޅި ނިދޭ ގޮތެއް ނުވިއެވެ. ލޯ މަރާލެވޭ އިރަށް ހިތައް ސިފަވަނީ އޭނާއަށް ފެނުނު ބިރުވެރި ހުވަފެނެވެ. އާހިލް އާއި ވާހަކަ ދައްކާ ލެވުމުން ނޫނީ ދެން އޭނާގެ ހިތަށް އަރާމެއް ނުލިބޭނެއެވެ.

އާދައިގެ މަތިން ފަތިސް ވުމާއެކު ފޯން އެލާމް ވާން ފެށިއެވެ. މެހެކް އަވަސް އަވަހަށް ތެދުވެގެން ގޮސް ވުޞޫ ކޮއްލިއެވެ. އޭނާ ފާހާނާއިން ނުކުން އިރު މަންމަ ވެސް ތެދުވެއްޖެއެވެ.

ފަތިސް ނަމާދު ކޮއްލައިގެން މަންމަ ކޮޓަރިން ނުކުމެލިއެވެ. އޭރު ނަސީރުބެ އާއި ޝިޔާމައްތަ ތިބީ ސައި ބޯށެވެ. ” އަވަހަށް އާދޭ ސައިބޯން” މަންމަ ނުކުތުމުން ޝިޔާމައްތަ ބުނެލިއަޑު އިވުނެވެ.

މަންމަ ހިނގައި ގަތީ ޝިޔާމައްތަ ހުރި ދިމާއަށެވެ. ނަމަވެސް މެހެކް އަށް ދެވުނީ ކޮޓަރީގެ ބެލްކަންޏާއި ދިމާއަށެވެ. ބެލްކަންޏައް އޭނާ ނުކުމެލުމާއެކު ހިތަށް ބިރުވެރިކަން ވަދެގެން ދިޔައެވެ. އޭނާ އަށް ފެނުނު ހުވަފެން މަތިން ހަނދާން ވުމުންނެވެ. އަނެއްކާވެސް އޭނާ އާހިލްގެ ނަންބަރަށް ގުޅާލިއެވެ. ލިބެނީ ހަމަ އެއް ޖަވާބެކެވެ. އާހިލްގެ ފޯން އޮތީ އޮފް ކޮއްފައެވެ. އާހިލް އަށް އަދިވެސް ނުހޭލެވެނީ ކަންނޭނގެއެވެ. އެހެން ހިތަށް އަރުވާލާފައި މެހެކް ހިތް ހަމަޖައްސާލިއެވެ.

ސައިބުއީ އެންމެން އެކީގައެވެ. ކޮލެޖަށް ދާ ގަޑި ކައިރިވުމުން މެހެކް ތައްޔާރުވެލިއެވެ. “މަންމާ އަހަރެން ދަނީ އިނގޭ” މަންމަ ގައިގައި ބައްދާލަމުން މެހެކް ބުނެލިއެވެ. “ކޮބާ ސާދުނާ” މަންމަ ގެ ގާތުގައި ސާދުނާ އާއި އެކު ކޮލެޖަށް ދާ ވާހަކަ ބުނެފައިވާތީ މަންމަ ސާދުނާ މަތިން ހަނދާން ވިއެވެ. ” ގުޅައިފި. އެބަހުރި ތިރީގައި، އަހަރެން ގެ އިންތިޒާރުގައި”

“އެހެންތަ؟” މަންމަ ހަމަޖެހުމުގެ ނޭވާއެއް ދޫ ކޮއްލިއެވެ.

މެހެކް ތިރިއަށް ފޭބިއިރު ސާދުނާ އާއި އިވާން ތިރީގައި ތިއްބެވެ. މެހެކް ފެނުމާއެކު ދެމީހުން ހިނިތުންވެލިއެވެ.

” މެހެކް މިއަދު ހާދަ ރީއްޗޭ ދޯ ސަދޫ”. ރަތް ކުލައިގެ ލޭސް ލާފައިވާ ކަކުލާ ހަމައަށް ހުރި ރީތި ގަމީސް މަތިކޮޅާއި ކަޅު ސްކިނީ ޖީންސްގައި މެހެކް ފެންނަލެއް ރީތި ކަމުން އިވާން ތަޢުރީފް ކޮއްލިއެވެ.

ކުއްލިއަކަށް އިވާން ފެނުމުން މެހެކް ހަނދާން ވީ އޭނާ އަށް ފެނުނު ހުވަފެން މަތިންނެވެ. ހިތަށް ވެރިވެފައިވާ ނުތަނަސްކަމުގައި އޭނާ ހުރީ އަނގައިން ބުނާހިތް ނުވެފައެވެ

” އާ، ދޯ” ސާދުނާ އެއްބަސް ވެލިއެވެ. ” ކޮންދުވަހަކުތަ މެހެކް ފުރަނީ ރާއްޖެ ދާން؟” އިވާން ބުނެލިއަޑު އިވުނެވެ.

“މެހެކް ގެ މަންމަ އަތުވެއްޖެ މިކޮޅަށް އެހެން ވީމަ މެހެކް ޗުއްޓީ މިކޮޅުގައި ހޭދަ ކުރާ ގޮތައް ދޯ މެހެކް” ސާދުނާ ބުނެލިއެވެ. “ނަސީބެއް، އަހަންނަކަށް ވެސް ޗުއްޓީއެއް ނުލިބޭ މި މަހަކު، މެހެކް ގޮސްފި ނަމަ އަހަރެން ކިހާ ފޫހި ވާނެ”. ސާދުނާ ތުން ދަމާލިއެވެ އެހެންތަ؟ އަހަރެން ވެސް މިހުރީނު” އިވާން ސަމާސާ ކޮއްލިއެވެ.

“އިވާން ނުދަންތަ؟” ސާދުނާ ވަގުތުން ސީރިއަސް ވިއެވެ. “އާ، އަހަރެން ގެ މަންމަ މެންވެސް މިކޮޅަށް އަންނާނެ” އިވާން ބޮމަ އަރުވާލަމުން ބުނެލިއެވެ.

ވާހަކައިގައި ތިބެ ކޮލެޖާ ހަމައަށް އާދެވުމުން ސާދުނާ ބަސް މަޑުކުރާ ދިމާއަށް މިސްރާބު ޖެހިއެވެ. މެހެކް އަދިވެސް މަޑުމަޑުން ހުރީއެވެ. “ކީއްވެ ތިހާ މަޑުން ތިހުރީ؟”. މެހެކް އެގޮތައް ހުރުމުން އިވާން އަހާލިއެވެ. “ނޫން ކަމެއް ނުވޭ” މެހެކް އަވަސް އަވަހަށް ބުނެލިއެވެ

” ހިނގާ މިއަދު ހަވީރު ނުކުންނަމާ” ކޮލެޖް ނިންމާލާފައި މެހެކް ގެއަށް ވަދެލިތަނުން ނަސީރުބޭ ބުނި އަޑު އިވުނެވެ. ” މިއޮއް އައީނު މަންމަ ގެ ދަރިފުޅު ވެސް” މެހެކް ފެނުމާއެކު މަންމަ ހިނިތުންވެލިއެވެ. “އަންނާނަން އިނގޭ ފެންވަރާލައިގެން” އާހިލް އަށް ގުޅާލަން ބޭނުންވެފައި ހުރިލެއް ބޮޑުކަމުން އޭނާ ކޮންމެވެސް ބަހަނާ އެއް ދައްކާފައި މަޑުނުކޮށް ކޮޓަރިއާ ދިމާއަށް ހިގައިގަތެވެ.

ކޮޓަރިއަށް ވަދެވުމާއެކު އޭނާ އާހިލް އަށް ގުޅަން ފެށިއެވެ. ނަމަވެސް ލިބެނީ ހަމަ އެއް ޖަވާބެވެ. އާހިލްގެ ފޯން ނިވާލައިވާ ވާހަކައެވެ. އާހިލް އޭނާ ދެކެ ރުޅި އައީ ބާ އެވެ؟ އަނެއްކާ އާހިލް އަށް ކަމެއް ދިމާ ވީ ބާ އެވެ.؟ ފޯން އެނދުމައްޗަށް ހޫރުވާލުމަށް ފަހު އޭނާ އެނދުމަތީގައި އިށީ އިނދެލިއެވެ. ބޮލުގައި ދެ އަތް އަޅާލައިގެންނެވެ.

އިރުކޮޅެއް ނުވެ ފޯން ރިންގް ވާ އަޑު އިވެން ފެށިއެވެ. ” އާހިލް” މަޑުމަޑުން މެހެކް އަށް ބުނެލެވުނެވެ. އަވަސް އަވަހަށް ފޯން ބަލާލިއިރު ގުޅަނީ ސާދުނާ އެވެ. ” ހެލޯ” ފަރުވާކުޑަ ގޮތަކަށް މެހެކް ބުނެލިއެވެ”.

” މެހެކް، އިވާން ދީފި ވަރަށް ސަޅި އައިޑިއާ އެއް. ބުނީ ހިނގާށޯ އެންމެން އެކީގައި މިތާ ފަރުބަދަ ތައް ހުންނަ ދިމަ ބަލާލަން ދާން. އެގޭގަ އޮވެއޯ ބޮޑު ކާރެއް، އެގޭ ބޮޑުމީހާ ގެ ދަރިފުޅު ބުންޏޯ އެކާރުގަ ގެންގޮސް ދޭނަމޭ. އަޅެ މެހެކް، އިވާން ކިހާ ރަނގަޅު. ހުރިހާ ކަމެއް ހަމަޖައްސާފަ އެގުޅީ އަދި އަހަރުމެން އެންމެން، މަގޭ ދޮންތަ އާއި މެހެކް ގެ މަންމަ މެން، އެކަމް ދޮންތަ ބުނީ ނުދެވޭނެޔޭ، ދޮންތަ ވަރަށް ބިޒީ އޭ”

“އެބަ ދަން ތިގެއަށް..” މެހެކް އަށް އެއްޗެއް ބުނާނެ ފުރުސަތެއް ނުދީ ސާދުނާ ދައްކާނެ ވާހަކައެއް ދެއްކުމަށް ފަހު ފޯން ކަނޑާލިއެވެ.

ފެންވަރާލައިގެން މެހެކް ނުކުން އިރު ސާދުނާ އިނީ އެގޭގައެވެ. އިވާން ކަމަކަށް އެދިފި ނަމަ އޭނާ ހުންނާނީ ކޮންމެ ފަދަ ޤުރުބާނީ އެއް ވެގެން ވެސް އެކަމެއް ކުރަން ތައްޔާރަށެވެ. އިވާން އަށް އޭނާ ފިދާވެއެވެ. އެކަން ޙުދު އިވާނަށް ވެސް އެނގެއެވެ. ނަމަވެސް އިވާން އަބަދުވެސް ސާދުނާ އާއި ދޭތެރޭ ޢަމަލް ތައް ބަހައްޓަނީ ގާތް ރަހުމަތް ތެރިއެއްގެ ހައިސިއްޔަތުންނެވެ.

“ތީ ވަރަށް ރަނގަޅު ހިޔާލެއް” ނަސީރުބޭ ސާދުނާ ގެ ޙިޔާލަށް ތާޢީދު ކުރިއެވެ. މަންމަ އާއި ޝިޔާމައްތަ ވެސް ބޯ ޖަހާލިއެވެ.

އެދުވަހުގެ ހަވީރު ވަގުތު ވާން ކައިރި ވެއްޖެއެވެ. އާހިލްގެ އެއްވެސް ހަބަރެއް ނުވެއެވެ. މެހެކް އަށް އާހިލް ގެ ފޯނަށް ގުޅުނު ޢަދަދެއް ވެސް ނޭނގެއެވެ. ” އަނެއްކާ އަހިލް އަށް ކަމެއް ވީ ބާވައެވެ؟. ނޫނެކެވެ. އިރާދަކުރެއްވިއްޔާ އެހެނެއް ނުވާނެއެވެ”. މެހެކް ހިތް ހަމަ ޖެއްސޭތޯ މަސައްކަތް ކުރިއެވެ.

އެދުވަހުގެ ހަވީރު ގެ ވަގުތެވެ. އެންމެން އެކީގައި ބޭރަށް ނުކުތެވެ. ކާރު އޮތީ ބޭރުގައި މަޑުކޮއްލައިގެންނެވެ. ނަސިބަކުން އެންމެންނަށް ހަމަޖެހިލައިގެން އެރޭވަރުގެ ކާރެކެވެ. ” އަގެއް ކިޔަން ވާނެ އިނގޭ” ކާރު ދުއްވާލުމާ އެކު ނަސީރުބޭ، ދުއްވަން އިން ކުއްޖާ އާއި މުޙާތަބުކޮށް ބުނެލިއެވެ. ” އަގެއް ވިއްޔާ އިވާން ދައްކައިފި” އޭނާ ހިނިތުންވަމުން ބުނެލިއެވެ.

ސާދުނާ މެހެކް ގައިގައި ކުޑަކޮށް ޖަހާލިއެވެ. އަދި ހުރިހާ ދަތެއް ފެންނަވަރަށް ހީލިއެވެ. އޭނާ ހީވަނީ އެހެން ކަމެއް ވެގެން އުޅޭ ހެންނެވެ. އެވަގުތު އިވާން ކާރުގެ ލޯގަނޑުން ފަހަތައް ބަލާލިއެވެ.

މެހެކް އަށް ވެސް އެދިމާއަށް ބަލާލެވުނީ ހަމަ އެވަގުތުއެވެ. ލޯގަނޑުން ދެމީހުންގެ ހަތަރުކަޅި ބައްދަލު ވިއެވެ. މެހެކް އަވަސް އަވަހަށް އިސް ޖަހާލިއެވެ. އޭނާގެ ހިތައް ވީ އުނދަގުލެކެވެ.

ސަންގްލާސްއެއް އަޅާފައި އާދައިގެ އަތްދިގު ކަޅު ޓީޝާޓަކާއި ޖިންސްގައި އިން އިރު އިވާން ބޭރު މީހަކާއި ތަފާތެއް ނެތެވެ. އޭނާ އަކީ ރާއްޖޭ މީހެއް ކަމަށް އެކަކުވެސް ގަބޫލެއް ނުކުރާނެއެވެ. އޭނާ ގެ ދޮން މޫނާއި ތުނިކޮށް ފަޅާފައިވާ ކަށި ތުނބުޅިން އޭނާގެ ރީތިކަމަށް އިތުރު ފުރިހަމަކަމެއް ގެނުވައެވެ.

ބައިގަޑީރުގެ ދަތުރަކަށް ފަހު ކާރު އައިސް މަޑުކޮއްލީ ފަރުބަދަތައް ފެންނަން އޮތް ހިސާބާއި ތަންކޮޅެއް ދުރުގައެވެ.

އެންމެން ކާރުން ފައިބައިގެން ފަރުބަދަތަކާއި ދިމާއަށް މިސްރާބު ޖެހީ ކާރު ދުއްވަން އިން ކުއްޖާގެ އެހީ އާއި އެކުއެވެ.

“އަހަރެން ހަމަ އަޖާއިބުވެއްޖެ. މިކަހަލަ ހިތްގައިމު މަންޒަރެއް އަދި ނުދެކެން ” ފަރުބަދަ ތައް އޮންނަ ދިމާއަށް ހިނގައި ގަންނަމުން ސާދުނާ ބުނެލިއެވެ. ” އަދި ހުރެބަލަ، މިއަށް ވުރެވެސް ރީތި މަންޒަރު ފެންނާނެ”. އިވާން ސާދުނާ އާ ދިމާއަށް ބަލާލަމުން ބުނެލިއެވެ.

އެރުނު ދިމާލުން ފެނުނީ ރީތި ބޮޑު ކޯރެކެވެ. އެ ކޯރުގެ ރީތި ކަމާއި އޮއެވަރަށް ވެރިވެފައިވާ ހަމަހިމޭން ކަން ފެނި އެންމެންނަށް ވެސް ބަލަން ތިބެވުނީއެވެ. “ހާދަ ރީއްޗޭ މާޝަ ﷲ” މަންމަ މެހެކް އާއި ދިމާއަށް ބަލަމުން ބުނެލިއެވެ. މެހެކް ވެސް ބޯޖަހާލިއެވެ. މަންމަ އާއި އެއްބަސް ވެލަމުންނެވެ.

ތަންކޮޅެއް ދުރުގައި ހުރެ އެރީތި މަންޒަރުތައް އިވާން ފޮޓޯނަގަން ފެށިއެވެ. ކާރު ދުއްވަން އިން ކުއްޖާ އޭނާ ގާތުގައި ހުރެ ދައްކަމުން ދިޔަ ވާހަކައަށް މާ ބޮޑު ސަމާލުކަމެއް ދޭ ހެނެއް ހިއެއްނުވެއެވެ. “މެހެކް އަޅެ ހިނގާބަ އިވާން ކައިރިއަށް ދަމާ ޕްލީޒް” ސާދުނާ މެހެކް ގެ އަތުގައި ހިފާ ދަމާލަމުން ބުނެލިއެވެ. ” އަހަރުމެން އިވާން ހުރި ދިމާއަށް މިގޮސްލަނީ އިނގޭ” މަންމަމެން ގާތު ބުނެލުމަށް ފަހު ސާދުނާ އާއިއެކު މެހެކް އެ ދިމާއަށް ހިނގައިގަތެވެ.

“އިވާން ހާދަ ފޮޓޮއެކޭ ތި ނަގަނީ؟” ސަމާސާ ރާގެއްގައި ސާދުނާ އަހާލިއެވެ. “ސަދޫ ދޭބަ އެތާ ކުރިމަތީ ހުންނަން، ފޮޓޮއެއް ނަގާލާނަން” އިވާން ސާދުނާ އާ ދިމާކޮއްލިއެވެ. ” އިވާން ގެ ގާރލްފްރެންޑް އެތާ ބަހައްޓަން ވީނު” ސާދުނާ ބޭނުންވީ އިވާން ގެ ހިތުގައި އޭނާ އާއި ދޭތެރޭ އޮތް އެއްޗެއް ބަލާށެވެ. “ގާރލްފްރެންޑް ދޯ” އިވާން ފުން ނޭވާއެއް ދޫކޮއްލިއެވެ.

އަހަރެންގެ ގާރލްފްރެންޑެއް ނުހުރޭ. އެކަމަކު.. އެކަމަކު ވަރަށް ލޯބިވާ ކުއްޖެއް އެބަހުރި” ދުރަށް ބަލަމުން އިވާން ބުނެލިއެވެ.

“ބައެއް މީހުންނަކަށް ނޭނގޭގެ ތިމާއަށްޓަކައި އެހެން މީހަކު އިންތިޒާރު ކުރަން ހުރެދާނެ ކަމެއްވެސް” އިވާން ކޯރަށް ގާކޮޅެއް އެއްލިއެވެ.

އެވަގުތު ސާދުނާ ހިނިތުންވަމުން އިސްޖަހާލިއެވެ. އޭރު އިވާންގެ ތޫނު ނަޒަރު މެހެކްގެ މޫނަށް އަމާޒުވެފައި ހުއްޓެވެ. މެހެކް އަވަސް އަވަހަށް މަންމަ މެން ހުރި ދިމާއަށް ދާން ހިނގައިގަތެވެ.

މަޖާ ވަގުތުތަކެއް ހޭދަކޮއްލުމަށް ފަހު އެންމެންނަށް ގެއަށް އާދެވުނުއިރު ހައެއް ޖަހާ ބޮޑުވެއްޖެއެވެ. އެންމެން އުފާކުރާއިރުވެސް މެހެކް އަކަށް އުފަލެއް ނުލިބެއެވެ. އޭނާ ގެ ހިތް ހަށިގަނޑު އެތެރޭގައި ކުދިކުދި ވަމުން ދިޔައެވެ. ނަމަވެސް ބޭރުން އުފަވެރިކަން ދައްކަން އޭނާ މަސައްކަތް ކުރިއެވެ.

އެގޮތުގައި ހަފްތާއެއް ފާއިތުވެ ދިޔައެއެވެ. ކޮލެޖް ވެސް ބަންދުވެއްޖެއެވެ. އަދިވެސް އާހިލްގެ އެއްވެސް ހަބަރެއް ނުވެއެވެ. މެހެކް ހުންނަނީ އަބަދު އެހިތާމާގައެވެ. އެޙިޔާލް ތަކުގައެވެ. ނަމަވެސް މީހުންގެ ކުރިމަތީގައި ހިތްވަރު ގަދަ މީހަކަށް ވެގެންނެވެ. ހިތުގައިވާ ހުރިހާ ހިތާމަތަކާއި ޝަކުވާއެއް އޭނާ ބޭރުކޮއްލަނީ ކަރުނައިގެ ގޮތުގައެވެ. އެންމެން ނިދީމައެވެ. ނޫނީ ފާހާނާގައި ފެންވަރަން ހުރެއެވެ. އިއްޔެ ނުލާހިކު ލޯބިން އުޅެފައި މިއަދު އާހިލް ގެއްލިދާނެ ކަމަށް އޭނާ ޙިޔާލުވެސް ނުކުރެއެވެ. އާހިލް އަކީ މެހެކް ގެ ހިތުގެ ވިންދެވެ. ލޯތްބެވެ. އުންމީދީ ހުވަފެންތަކުގެ ވެރިޔާއެވެ.

އާހިލް ހޯދޭތޯ މެހެކް، އޭނާ އުޅޭ ފިހާރައިގެ އޮފީސް ނަންބަރ ހޯދަން ވެސް މަސައްކަތް ކުރިއެވެ. އިންޓާރނެޓް މެދުވެރިކޮށެވެ. ނަމަވެސް އެއްވެސް ކާމިޔާބީއެއް އެ މަސައްކަތަކުން ނުލިބުނެވެ. އެހެންވީމަ، އާހިލްވީ ތަނެއް އޭނާ ހޯދާނީ ކިހިނެއް ހެއްޔެވެ؟”

އަނެއްކާވެސް ހަމަ އެކަހަލަ ރެއެކެވެ. ދެލޯމަރާ ތަގުޅި ކޮއްލައިގެން މެހެކް ނިދޭތޯ މަސައްކަތް ކުރަމުން ދިޔައެވެ. މާދަމާ ހެނދުނު ހެނދުނާ މެހެކް މަންމަ އާއި އެކު ޑޮކަޓަރަށް ދައްކަން ދާން ޖެހޭނެތީއެވެ. ނުނިދިއްޖެ ނަމަ އޭނާ ކިހާ ވަރުބަލި ވާނެ ހެއްޔެވެ؟ މަންމަގެ ކަންކަމުގައި ދޭންވާ ފުރިހަމަ ސަމާލުކަން އޭނާ ދޭން ބޭނުމެވެ. ނަމަވެސް ފަތިސް ވީ އޭނާ އެގޮތުގައި ތެޅި ތެޅި އޮއްވައެވެ. މެހެކް ތެދުވެ އެނދުގައި އިށީ އިނދެލިއެވެ. އެވަގުތު އޭނާ އަށް ރޮވުނެވެ. އާހިލްގެ ހަނދާން ތަކުގައި ތެޅިފޮޅޭވަރު އާހިލް އަށް އެނގޭނެ ނަމަ އޭ ހިތަށް އަރާފައެވެ.

އާދުވަހަކަށް އިރުއަރައިފިއެވެ. ހެނދުނު ސައި ބޮއިގެން އެންމެން އެކީގައި ހޮސްޕިޓަލަށް ދާން ނުކުތެވެ.

“ދަރިފުޅު އުފާ ވެފަތަ ތި ހުންނަނީ؟” މަންމަ އޮޓޯގައި އިނދެ ބޭރު ބަލަމުން އަހާލިއެވެ. މަންމަ ގެ ސުވާލުން މެހެކް އަށް ލިބުނީ ސިހުމެކެވެ. މަންމަ އަށް ކަމެއް ފާހަގަ ވީ ބާއޭ އޭނާ ހިތަށް އެރިއެވެ. ” އާ މަންމާ ވަރަށް އުފާވެފައި، އެކަމް ދެން މަންމަ ދިޔާމަ އަހަރެން ކިހާ ދެރަވާނެ؟” މެހެކް އަށް ރޮވެން އުޅުނެވެ. “ދަރިފުޅު ތިހެން ނުބުނޭ، ޝިޔާމައްތަމެން ދަރިފުޅަށް ކިހާ ރަނގަޅު” މަންމަ ވެސް ދެރަވިއެވެ.

ހޮސްޕިޓަލުގެ ކަންކަން ނިންމާލުމަށް ފަހު ރެސްޓޯރެންޓަކުން ކައިގެން ގެއަށް އާދެވުނުއިރު ރޭ ވާން ކައިރިވެއްޖެއެވެ. ވެފައިވާ ވަރުބައްޔާ އެކު މެހެކް ގެ ހަޑިގަނޑަށް ލޮޑުކަން އިހްސާސްވިއެވެ. އޭނާ ގާތައް ނިދި އަންނަން ފެށިއެވެ.

އަވަސް އަވަހަށް އޭނާ ފެންވަރައި ތާޒާވެލިއެވެ. އޭރު މަންމަ އާއި ޝިޔާމައްތަ ކޮންމެވެސް ވާހަކައެއް ދައްކަން ބޭރުގައި ތިއްބެވެ.

ނިދާ ހެދުން ލުމަށް ފަހު މެހެކް އެނދުގައި ހަމަޖެހިލިއެވެ. ކުއްލިއަކަށް އާހިލް މަތިން ހަނދާންވާން ފެށިއެވެ. އެސްފިޔަތައް މެރެމުން ދިޔަ ނަމަވެސް އާހިލް އަށް ގުޅާލަން އޭނާގެ ހިތް އެދެން ފެށިއެވެ. އެފޯނަށް ނުގުޅޭކަން އެނގޭއިރުވެސް ލޯބިވާވަރުން އޭނާ އަށް ކެތްނުވަނީއެވެ.

ފޯން ނަގާފައި އާހިލްގެ ނަންބަރަށް ގުޅާލުމާއެކު މެހެކް އަޖާއިބުވެ ނިދި ފިލިއެވެ. ހިތުގެ ތެޅުން ބާރުވާން ފެށިއެވެ. ކުއްލިއަކަށް އާހިލްގެ ނަންބަރުން ރިންގް ވާން ފެށީމައެވެ. ލިބުނު އުފަލުން އޭނާ ފެންކަޅިވިއެވެ.

އެވަގުތު އޭނާ ތައްޔާރުވެލިއެވެ. ހިތުގައި ވާ ޝަކްވާތައް ބަނޑުން ނުކޮއްލައި އޭނާއަށް ހަމަޖެހުމެއް ނުލިބޭނެއެވެ. އާހިލް ވެސް ޝަކުވާ ކުރާނެކަން ޔަގީނެވެ. އެދުވަހު ފޯން ނުނެގުނީތީ މަޢާފަށް އެދެން އޭނާ ބޭނުމެވެ.

އިރުކޮޅެއް ނުވެ ފޯން ނެގިއެވެ. އޭނާ ފިނިވިއެވެ. އާހިލްގެ އަޑު އަހާލަން ކެތްމަދުވެފަހުންނަތާ ކޮން ދުވަހެއް ހެއްޔެވެ؟”

“ހެލޯ”. ވަރަށް މަޑުމަޑުން މެހެކް ބުނެލިއެވެ.

“ހެލޯ”. އެއަޑާއެކު މެހެކް އަށް ލޯ ހުޅުވާލެވުނެވެ. އޭނާއަށް ގަބޫލެއް ނުކުރެވުނެވެ. އެކޮޅުން އިވުނީ އަންހެން ކުއްޖެއްގެ އަޑެވެ.

ކަ..ކާކު ތީ؟ މެހެކް އަޖައިބުވިއެވެ. ” މީ އާހިލްގެ ވައިފް” އަންހެން ކުއްޖާ ބުނެލި ޖުމްލައިން މެހެކް ހުއްޓުން އެރިއެވެ.

“އާހިލް ތިހެން ނަހަދަބަ” ތުއި ގޮތަކަށް ހެމުން އެ އަންހެން ކުއްޖާ ބުނެލުމާއެކު މެހެކް ގެ ހިތް ކުދިކުދި ވެގެން ދިޔައެވެ.

 

*ނުނިމޭ*

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

shafu

Level 110 Stories100 Comments

Other Articles

Previous

ވަންހަނާ (14)

Next

އިންތިހާޔަށް (12ވަނަ ބައި)

Next
January 12, 2017

އިންތިހާޔަށް (12ވަނަ ބައި)

Previews
January 12, 2017

ވަންހަނާ (14)

16 Comments!

  1. shelly says:
    January 12, 2017 at 7:38 pm

    aahil haadha goahey dho but varah reethi next part tommorow please shafu

    1. shafu says:
      January 12, 2017 at 10:56 pm

      V bodah thankx.. madama noon aneh dvahu up kraanan ingey in sha Allah..

  2. Cher says:
    January 12, 2017 at 7:44 pm

    Avi Ainu alhaigen in iru kihineh hatharu kalhi hama kureveny?? But varah salhi mi part ingey..can’t wait for the next part…

    1. shafu says:
      January 12, 2017 at 10:57 pm

      Ethan kolhu visnaanulevifa einy. Dhn in sha Allah rangalh kuraanan

  3. reen says:
    January 12, 2017 at 7:47 pm

    Wow its awsome me first dhw

    1. shafu says:
      January 12, 2017 at 11:33 pm

      Thank u reen….☺

  4. rainaa says:
    January 12, 2017 at 10:15 pm

    Alhay ahil mehek ah e hedhy kihineh..

  5. shelly says:
    January 12, 2017 at 10:24 pm

    boma akee varah ginain mi vaahaka ga liyevey kusheh rangalhukohlacheyyy umm story v reethi

    1. shafu says:
      January 12, 2017 at 10:57 pm

      In sha Allah..

  6. crazi says:
    January 13, 2017 at 7:57 am

    Ragalha viyaa aey revumeh…ahil kantha ehgunee mah bodu bey be men reyvumun dhuru kureee. ..

  7. Inu says:
    January 13, 2017 at 12:29 pm

    Alhe anhen adakun vaahaka dhahkkani aahil kamah vaane nama nuni eynage family kuhjakah vaane nama. Aahil ehen mihakaa merry koh fiyya mi vaahaka
    Kiyan foohi vaane me

    1. shafu says:
      January 13, 2017 at 1:01 pm

      Pls foohi nuve kiyahchey ingey.. eyrunehnu vaa goiy vx ingeyny ☺

  8. mary says:
    January 13, 2017 at 1:54 pm

    Ivaan vx ehurynu.. dhn mehek gulheyny ivaan aa kahneyge mashah hyvany

    1. shafu says:
      January 13, 2017 at 2:10 pm

      Hehe vaa goiy balamaa.. ivaan vx ehurynu dhw mary

    2. Aakee says:
      January 14, 2017 at 2:43 pm

      asluves dho evaan aa mehek gulhuneema maa bodah ves reethi vaane

  9. Hawwoo....?? says:
    January 13, 2017 at 9:32 pm

    Ivaan aslu mehek aa gulheny.aahil aa nugulhey. Me beynumy aahil egothr kanthr kuryma mehek ivaan aa gulhen… Vvv nice ma sha allaah…

Comments are closed.

Next Episodeފިރިމީހާގެ ހައްޤުގައި (9)←


All Right Reserved!