Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އިންތިހާޔަށް (10ވަނަ ބައި)

Ifaau Level 210 Stories
January 10, 2017 6 Mins Read
18 Comments

މަންޒަރު ފުސްކޮށް ފެންނަމުން ދިޔައެވެ. ލޯ ހުޅުވޭ ވަރަކަށް ބޮލުގެ ރިހުން ގަދަވަމުން ދިޔައެވެ. ބޮލަށް ވަމުންދިޔަ ތަދެއްގެ ސަބަބުން ދެއަތުން ބޮލުގައި އަތް އަޅައިލިއެވެ. އެކީ ލޯ ހުޅުވުމުން މުޅި މާހައުލަށް ބަލައިލެވުނެވެ. އެވަގުތު ފަރީޝާގެ ލޮލަށް ސިފަވެގެން ދިޔައީ އެންމެ ފަހުން ހިނގާދިޔަ ހާދިސާއެވެ. ރިޔާޒް ކަންތައް ކުރި ގޮތް ހަނދާންވެފައި ފަރީޝާ ލޯމަރައި ތަގުޑި ކޮށްލިއެވެ. އޭރު ލޮލުން ކަރުނަ ފައިބަމުން ދިޔައެވެ. އެނދުގައި އަތް ވިއްދައިގެން ތެދުވުމަށްފަހު އެނދަށް އަރާ ހަމަޖެހިލިއެވެ. ގަޑި ބަލައިލިއިރު މެންދަމުން އަނބުރާ 2 ޖަހަނީއެވެ. ފޯނުގައި އައިޝާގެ ދެތިން މިސްކޯލުވެސް އިނެވެ. ބޮލަށް ވާންވެފައި ހުރުމުން މަޑުމަޑުން ފަރީޝާގެ ލޯމެރެމުންގޮސް ފުން ނިންޖަކުން ނިދުނެވެ.

“ކަލޭމެން މިކުއްޖާ ގެންދޭ!” ފަރަންޖީ ބައެއްގެ އަތައް ނިދިފައި އަޮތް އަންހެން ކުއްޖަކު ދެމުން ފަރީޝާ ބުނެލިއެވެ. އޭރު އެކުއްޖާ ކޮޅަށްހުރީ ފަރީޝާގެ ބާރުގައެވެ. ބޯ އޮތީ ފަރީޝާގެ ކޮނޑުމަތީގައެވެ.

“ކަލޭމެން ބުނި ވަރެއް ދޭނަން! އެކަމަކު ގެންދިޔުމަށްފަހު ރާއްޖެ ނުގެންނާތި!” ފަރީޝާ ޝަރުތު ކުރިއެވެ.

“އަހަރެމެން މީ ކޮން ގައުމެއްގެ ކޮން ބައެއްކަންވެސް ނުބަލާނަންތަ؟” ކައިރީ ހުރި މުސްކުޅި އަންހެން މީހާ ބުނެލިއެވެ.

“އަހަރެންނަށް ވަރިހަމަ ކޮންމެ ގައުމަކަސް… މީނަ ގެންދޭ! ހޭއެރީމަ ބުނޭ ހޮވައިގެން ގެނައްޔޭ…. މިހާރު ހަބަރުގަވެސް އެބައޮތޭ ކުއްޖަކު މަރުވެއްޖެއޭ…. ފޮޓޯއިން ދައްކަނީ މީނަގެ ސިފަޔޭ! އެހެންވީމަ އެންމެންވެސް ހީކުރަނީ މީނަވީ މަރުވެފަޔޭ!” ފަރީޝާ ކިޔައިދިނެވެ. ފަރީޝާ ބުނިގޮތައް އެމީހުން ފުރައިގެން ދިޔައީ އެކުއްޖާ ގޮވައިގެންނެވެ.

“މަންމާ ލައި މަރެއް ނުވާނެ…. މަންމާ އިޝީ އެކަނި ވެއްޖެ…. ލައި މަރެއްނުވާނެ…..” އައިޝާ އަޑުން އަޑުނަގައި ރޮމުން ދިޔައެވެ.

“މަންމާ…. އިޝީ ލައި ބޭނުން…. މަންމާ…..” ސިއްސައިގެންގޮސް ފަރީޝާއަށް ހޭލެވުނެވެ. ހީވަނީ އަދިވެސް އައިޝާ ރޮމުން ވާހަކަ ދައްކާހެންނެވެ. މުޅި މީހާ ހުރީ ދާހިތްލާފައެވެ. މަޒީގެ ސަފްހާއެއް ހުވަފެނުން ފެނުމުން ފަރީޝާ ގައިން ތުރުތުރު އަޅައިގަތެވެ. މިއީ މިވީ ހައަހަރު ތެރޭގައި ހިޔާލަކަށްވެސް ގެނަ ކަމެއް ނޫނެވެ. ކޮންމެވެސް ކަމެއް ގޯސްވާން އުޅޭ ކަމުގެ ފެހި ސިގްނަލެއް ކަމަށް ފަރީޝާއަށް ގަބޫލުކުރެވުނެވެ. ބިރުން ބެޑްޝީޓްވެސް އަތައް ބޮނޑިކޮށްލެވުނެވެ. ގިސްލެވެން ފެށުނެވެ. ދެލޮލުން ފެން އަންނަމުން ދިޔައީ އިޚްތިޔާރަކާއި ނުލައެވެ.

ހެނދުނުގެ ނާޝްތާއަށް އިންސާފު ކުރުމަށްފަހު ހުރިހާ އެންމެންވެސް މަސައްކަތާއިގެން މަސްއޫލުވެގެން އުޅުނެވެ. އައިޝާ އިނީ ސޯފާގައި ލެޕްޓޮޕް ހިފައިގެންނެވެ. ކައިރީގައި ޝުވާ ކޮންމެވެސް ވާހަކައެއް ދައްކަން އިނެވެ. މޭޒުދޮށުގައި ދެތިން ކުއްޖަކު ކޮންމެވެސް އެއްޗެހިތަކެއް ކަފަން ތިއްބެވެ.

“އައުސް ކޮބާ؟” ފަރާތް ފަރާތް ބަލައިލަމުން ކަރަމް އަހައިލިއެވެ. އެއަޑަަށް އައިޝާވެސް މުޅިތަނަށް ނަޒަރު ހިންގައިލިއެވެ.

“ސައި ބޮއިގެން ބޭރަށް ނިކުތީ…. ދެން އެންމެން މިހާ ބުރަކޮށް އުޅޭއިރު އޭނަ ޖެހޭތަ ނިކުމެގެން ދާން؟” ހިތް ހަމަ ނުޖެހިފައި ހާރިޝް ބުނެލިއެވެ. އައިޝާ ވަގުތުން ލެޕްޓޮޕް ޝުވާ އަތައް ދިނުމަށްފަހު ބޭރަށް ނިކުތެވެ. އެގޮތައް އައިޝާ ބޭރަށް ނިކުތުމުން އެންމެންވެސް ހައިރާންކަންމަތީ ބަލަން ތިއްބެވެ.

ބޭރަށް ނިކުމެފައި އައިޝާ ހިނގައިގަތީ އިއްޔަ އައުސްއާއި ދިމާވި ގޮނޑު ދޮށަށެވެ. އައިޝާ ގޮނޑު ދޮށަށް ފޭބިއިރު އައުސް ކެމެރާ ހިފައިގެން ގުދުރަތީ މަންޒަރު ފޮޓޯ ނަގަމުން ދިޔައެވެ.

“އައުސް!!!” ކުޑަކޮށް ގުދަށް އޮވެ ފޮޓޯއެއް ނަގަން ކެމެރާ ފޯކަސްކޮށްލި އިރަށް އައުސް ސިއްސައިގެން ދިޔައީ ފަހަތުން މީހަކު އޭނަގެ ނަމުން ބާރަށް ގޮވައިލީމައެވެ. ކެމެރާ ތިރިކޮށްލުމަށްފަހު އައުސް ފަހަތް ބަލައިލިއިރު، ނުރައްކާތެރި ގޮތަކަށް ބަލަމުން އައިޝާ އައިސް އައުސްއާއި ހަމަކުރަނީއެވެ. އައިޝާގެ މޫނު ފެނިފައި އައުސް ހިންދިރުވައިލިއެވެ.

“އެންމެން އެހާ ބުރަކޮށް އުޅޭއިރު މިތާ ކީއްތިކުރަނީ؟” އައުސްގެ މޫނަށް ބަލައިލަމުން އައިޝާ ހަރުކަށިކޮށް ބުނެލިއެވެ.

“މީ… މި..” ކެމެރާއަށް ބަލައިލަމުން އައުސް ކޮންމެވެސް އެއްޗެއް ބުނަން އުޅުނެވެ. ނަމަވެސް ކުރިޔަށް ދެވޭ ގޮތެއް ނުވިއެވެ. އައިޝާ ހަށަން ބަނުމަށްފަހު އައުސްގެ މޫނަށް އަނެއްކާވެސް ބަލައިލިއެވެ.

“ފޮޓޯއެއް ނަގާލަން…” މަޑުމަޑުން އައުސް ބުނެލިއެވެ.

“އައުސްގެ މަސައްކަތަކީ ފޮޓޯނެގުން ކަމުގަ ވިޔަސް އެހެން މީހުން ކުރާ ބުރަ މަސައްކަތުގަ އެހީތެރިވާން ޖެހޭނެ.. އޭރަށްދޯ ޓީމް ވޯކް ޕާފެކްޓް ވާނީ؟” އައިޝާ ބުނެލިއެވެ. އައުސްވެސް ބޯޖަހައިލުމަށްފަހު ދާން ހިނގައިގަތެވެ.

މެންދުރުގެ ވަގުތެވެ. ކޮޓަރިޔަށް ވަތް ގޮތައް އައިޝާގެ ހަބަރެއް ނުވުމުން ހުރިހާ އެންމެންވެސް ތިބީ ކާން ނުދެވިފައެވެ. ގުޅުމުން ފޯނެއްވެސް ނުނަގައެވެ. އެއްވެސް މީހަކަށް ތިބީ އައިޝާގެ ކޮޓަރިޔަށް ވަންނަން ނުކެރިފައެވެ.

“ހާދަ ބަނޑުހަޔޭ! އޭނަ މަރުވީތަ އަނެއްކާ؟” ނީންދެވިގެން ހާރިޝް ބުނެލިއެވެ.

“އައުސް ދޭބަލަ ގޮވާން….” ޝުވާ ބުނެލިއެވެ. އެންމެންވެސް ދެކޭ ގޮތުގައި އައިޝާ އެންމެ ގާތްކޮށް އުޅެނީ އައުސްއާ އެކީއެެވެ. އެހެންކަމުން އެންމެން ކިޔަން ފެށުމުން އައުސް އައިޝާއަށް ގޮވަން ދާން ތެދުވިއެވެ.

ކޮޓަރި ހުރީ ތަޅު ނުލާ ކަމުން އައުސް ކޮޓަރީގެ ދޮރު ހުޅުވައިލިއެވެ. ނިދާ ބޮކީގެ ފަނޑު އަލީގައި ހުރި މުޅި ކޮޓަރީގައި ވަނީ އޭސީގެ ފިނިކަމެވެ. އައުސް ބަލައިލިއިރު ފުން ނިންޖަކުން އައިޝާ އެނދުމަތީ ނިދާލާފައި އޮތެވެ. ނިދާފައި އޮތުމުން ނުގޮވަންވެގެން އެނބުރެލި ވަގުތު އައުސް ލޮލުގައި އަޅައިގަތީ ވައިބްރޭޓް ވަމުން ދިޔަ އައިޝާގެ ފޯނެވެ. މިސްކޯލަކަށް ވެގެން ފޯނު ކެނޑުމުން އައުސްގެ ލޮލުގައި ދެން އަޅައިގަތީ ފޯނުގެ ވޯލްޕޭޕާރއެވެ. އެފޮޓޯ ޔަގީން ކޮށްލުމުގެ ގޮތުން އައުސް ފޯނަށް ފިތައިލިއެވެ. އެވަގުތު ފޯނުގެ ވޯލްޕޭޕާރ ފެނިފައި އައުސް ފޯނު ނަގައި ސްކްރީނަށް ވަރަށް ފުންކޮށް ބަލައިލިއެވެ. އެއްފަޅީގައި ހުރީ އައުސްގެ ހިތުގެ ވިންދެވެ. އަނެއްފަޅީގައި ހީލައިގެން ހުރީ މިހާރު އައުސްގެ ކުރިމަތީ ނިދާފައި އޮތް އައިޝާއެވެ. އައުސް ކަޅި ޖަހައިނުލައި ފޯނު ހަމަ ނިވޭއިރަށް ފޯނަށް ފިތާލައިގެން ފޮޓޯއަށް ބަލަމުންދިޔައެވެ.

“ކީއްތިކުރަނީ؟” އައުސް ސިހުނީ ފަހަތުން އައިޝާ އައުސްގެ އަތުން ފޯނު ދަމައިގަތުމުންނެވެ. ސިހުނުވަރުން އައުސް އައިޝާގެ މޫނަށް ބަލަން ހުރީއެވެ.

“އެއީ ކާކު ވޯލްޕޭޕާރގަ؟” އައުސްއަށް ފުރަތަމަވެސް އަހައިލެވުނީ އެހެންނެވެ.

“އެއީ އައުސް ކީއްކުރަން ބަލާ އެއްޗެއް؟” އައުސްގެ މޫނަށް ބަލައިލަމުން އައިޝާ ބުނެލިއެވެ.

“އެއީ…. އެ.. އަޅާނުލާ!!” އެއްޗެއް ބުނަން އުޅުމަށްފަހު އައުސް ނިކުމެގެން ދިޔައީއެވެ. އައުސް ދިޔަ ދިމާއަށް ބަލަން ހުރެފައި ފޯނުގެ ލޮކް ފިލުވުމަށްފަހު އައިޝާ ސްކްރީނަށް ބަލައިލިއެވެ. އައުސްއަށް މިފޮޓޯ ފެނުނީއެވެ. ދެން އައުސްގެ އެތައް ސުވާލަކާ އައިޝާއާއި ކުރިމަތިވާނެއެވެ.

އެރޭގެ ވަގުތެވެ. ގޭގެ ސިޑި ކައިރީ ޒީޝާ އިށީންދެލައިގެން އިނީ އައުސްއަށް ގުޅައިލުމަށެވެ. އެތައް ފަހަރަކު ގުޅިއްޖެއެވެ. ނަމަވެސް ދިޔަފަހުން ގުޅާނުލިތާންގައި މެސެޖެއްވެސް ނުކޮށްލައެވެ. ޒީޝާއަކީ އައުސްގެ މޫނު ނުފެނި ނިދޭވެސް ކުއްޖެއް ނޫނެވެ. ރޭގައިވެސް ނިދުނީ އެތައް އިރަކު އެނދުގައި ފުރޮޅި ފުރޮޅި އޮއްވައެވެ.

“ތީ…” ފޯނަށް ބަލަންއިން ޒީޝާ ސިހުނީ ޒައިން އައިސް ކައިރީ އިށީނުމުންނެވެ.

“އައުޓީ ފޯނެއް ނުނަގާ…” ދެރަވެލާފައި ޒީޝާ ބުނެލިއެވެ.

“ވެދާނެ އެއްނު ހަމަ އަސްލަށްވެސް އެކޮޅުން ބިޓެއް ނެގީ ކަމަށްވެސް…” މަޖާ ވެފައި ޒައިން ބުނެލިއެވެ.

“ތެދުވެގެންދޭ ނުޖަހަނިސް އިނގޭ… ފާޑު ފާޑު ވާހަކަ ދައްކާނެ ކަމެއް ނެތް… އައުޓީ އެކަހަލަ ކަމެއް ނުކުރާނެ…” ޒައިންއާއި ދިމާއަށް އަތް މަޅައިލަމުން ޒީޝާ ހަޅޭތްލަވައިގަތެވެ. ޒައިން އަވަހަށް ދުއްވައިގަތީ ޒީޝާގެ އަތް ދަށުން ސަލާމަތްވާށެވެ. ޒައިން އަތުކުރަން ދާންވެގެން ތެދުވަން އުޅުންވަގުތު ޒީޝާގެ ފައި ފުރުޅާލައިގެން ސިޑިން ވެއްޓެން ދިޔައެވެ. ނަމަވެސް ސިހުނީ ފުރަގަހުން މީހަކު ހިފެހެއްޓުމުންނެވެ. އޭރު ޒައިން ގެޔަށްވަދެ ދޮރު ޖަހައިފިއެވެ.

“ޒީ ނުވެއްޓެއްޗޭ!” ޒީޝާގެ ގައިގައި އެޔަށްވުރެ ބާރަށް ހިފަހައްޓަމުން އާލިމް ބުނެލިއެވެ. ލޯ މަރައިގެން އޮތް ޒީޝާ ވަގުތުން ލޯ ހުޅުވީ އާލިމްގެ އަޑު ކަންފަތުގައި ޖެހުމުންނެވެ.

“ނަސީބެއްނު ނުވެއްޓުންކަން….” ޒީޝާ ބިމާ ހަމަކޮށް، ޒީޝާގެ ގައިން ދޫކޮށްލަމުން އާލިމް ބުނެލިއެވެ.

“ޒީ ވެއްޓޭ ކޮންމެ ފަހަރަކު ނަގަން ތިއްތި ހުންނާނަމެއްނު…” އާލިމްގެ ކޮލުގައި ހިފައިލަމުން ޒީޝާ ހެވިފައިހުރެ ބުނެލިއެވެ.

“ޒީ ޕްލީޒް ތިއްތި ނުކިޔާބަލަ…” ތަފާތު ގޮތަކަށް ޒީޝާގެ މޫނަށް ބަލައިލަމުން އާލިމް ބުނެލިއެވެ. ޒީޝާ އެއަޑަށް ހީލިއެވެ.

“އައުޓީ ކިޔާ އެއްޗެއް ޒީ ވެސް ކިޔާނީ!” މިހެން ބުނުމަށްފަހު ޒީޝާ ގެޔަށް ވަންނަން ދިޔައެވެ. ޒީޝާ ދިޔަ ދިމާއަށް ބަލަން ހުރެފައި އާލިމް ތިރިޔަށް ފައިބަން ދިޔައެވެ.

އަނދިރީގައި އެއްވެސް ބޮތްކެއް ނުދިއްލާ ފޯނާ ކުޅެން އިން އައިޝާ ސިހުނީ ކައިރިން މީހެއްގެ ހިލަމެއް ވީހެން ހީވުމުންނެވެ. އައިޝާ ފޯނުން އަލިކޮށްލި ވަގުތު މީހެއްގެ ފައި ފެނުނެވެ. އެވަގުތު މުޅިތަން އަލިވެގެން ދިޔައެވެ.

“އައުސް..” ކުރިމަތީގައި ހުރި އައުސް ފެނިފައި އައިޝާ ހައިރާންވިއެވެ.

“އަލިގަދަ ބޮކިތައް ހުއްޓަ އަނދިރީގަ އިންނާކަށް ނުވާނެ.. އޭއްޗިހިވެސް ދެރަވާނެ އެއްނު އޭއްޗިހީގެ ބޭނުން ނުކުރާއިރުން…” އައިޝާ އިށީންދެއިން ސޯފާއާއި ޖެހިގެން އިން ސޯފާގައި އިށީންނަމުން އައުސް ބުނެލިއެވެ. ވަކި އެއްޗެއް ނުބުނެ އަނެއްކާވެސް އައިޝާ ފޯނަށް ނަޒަރު ހިންގައިލިއެވެ.

“ކިތަންމެ ވަރަކަށް އިގްނޯ ކުރިޔަސް މިކުރާ ސުވާލުގެ ޖަވާބު ނުލިބެންޏާ ފަހަތުން ދުވާނަށް…” އައިޝާގެ މޫނަށް ބަލައިލަމުން އައުސް ބުނެލިއެވެ. ފޯނާ ކުޅެން އިނދެފައި އައުސްގެ މޫނަށް އައިޝާ ވަރަށް ފުންކޮށް ބަލައިލިއެވެ. އޭރު އައިޝާގެ އަތުގެ ހަރަކާތްވެސް ވަނީ ހުއްޓިފައެވެ. އައިޝާގެ އެބަލައިލުމުން އައުސް ހީލިއެވެ.

“ލައިޝާ ދަންނަނީ ކޮންގޮތަކުން؟” އައުސް އަހައިލިއެވެ.

“އައުސް ލައިޝާ ދަންނަނީ ކޮންގޮތަކުން؟” އައިޝާވެސް ކޮށްލީ ސުވާލެކެވެ. އައިޝާ އެސުވާލު ކޮށްލުމުން އަނެއްކާވެސް އައުސް ހީލިއެވެ. އަދި ކަނާއަތުން މޭގައި އަތް އަޅައިލިއެވެ. އަދި ހިތާއި ވީ ފަޅީގައި ޝަހާދަތް އިނގިލި ޖައްސައިލިއެވެ. އެމަންޒަރު ބަލަން އައިޝާ ޝައުގުވެރިކަމާއި އެކު އިނެވެ.

“ތިހެން އައުސް އިޝާރާތުން ބުންޏަސް ދުވަހަކުވެސް އަހަރެންނާއި ލައިޝާއާއި އޮތް ގާތްކަމެއް އިހުސާސެއް ނުވާނެ!!” މިހެން ބުނުމަށްފަހު އައިޝާ ދާން ތެދުވިއެވެ. ނަމަވެސް ހުއްޓުންއެރީ އައުސް ހިފެހެއްޓުމުންނެވެ.

“އައުސް ބުނީމެއްނު ކުރީރެޔަކު މިހާރު އޭނަ ކޮބާހޭ؟ އައުސް އެރޭ ބުނީ އޭނަ ވީ މަރުވެފަޔޭ… އެކަމަކު އަހަރެން މިބުނަނީ އޭނަ މަރެއް ނުވެޔޭ.. އޭނަ އެބަ އުޅޭ އަހަރެމެންނަށް ފިލައިގެން… އައުސް ބަލަން ބޭނުންވަނީ އެއީ އަހަރެންގެ ކާކުކަމެއްނު؟ އެހެންނު؟ އައުސްގެ ހުރިހާ ސުވާލެއްގެ ޖަވާބު މާލެ ދިޔައީމަ ލިބޭނެ! ކެތް ކޮށްލައިގެން ހުރޭ…” މިހިސާބަށް ބުނުމަށްފަހު އައުސްގެ އަތް ފޮޅުވައިލުމަށްފަހު އައިޝާ އެތަނުން ދިޔައެވެ. އައިޝާ ދިއުމުން އައުސްވެސް ކޮޓަރިޔަށް ދިޔައެވެ.

އެދަތުރުގެ ބާކީ އޮތް ދުވަސްތައް ދިޔައީ އައިޝާއާއި އައުސްގެ މެދުގައި އެއްވެސް ވާހަކައެއް ނުދެކެވިއެވެ. ދެމީހުން ދެމީހުންނަށް ފެންނަ ކޮންމެ ފަހަރަކު ދެމީހުންގެ ހަރަކާތް ހުއްޓެއެވެ. ނަމަވެސް ބަލައިލުން ފިޔަވާ އެއްވެސް ހަރަކާތެއް ނުގެނެއެވެ. އައުސްގެ ހިތުގައި އެތައް ސުވާލެއް އުފެދެމުން ދިޔައިރު، އައިޝާގެ ހިތުގައި އެތައް އުދާހެއް އަނދަމުން ދިޔައެވެ. ދެމީހުންވެސް ތިބީ އެކަކު އަނެކަކާ ވާހަކަ ދައްކަން އިންތިހާޔަށް ބޭނުންވެފައެވެ. ނަމަވެސް ވާހަކައިގެ ގޮތުން އެކަކަށްވެސް ފަށަން ނުކެރެނީއެވެ.

އަނެއްކޮޅުން ޒީޝާގެ ހާލަކީ ކޮބައި ހެއްޔެވެ؟ އައުސް ދިޔަފަހުން ހަފްތާއެއް ވެގެން ދާއިރު، ހަބަރެއްވެސް ނުވެއެވެ. އެކަނިވާ ކޮންމެ ފަހަރަކު ޒީޝާގެ ލޮލުން ކަރުނަ އަންނަނީ އައުސް އެގޮތައް ކަންތައް ކުރާތީއެވެ. މެސެޖެއް ކުރުމުން ޖަވާބުވެސް ނުދެއެވެ. އަނެއްކާ ޒައިން ބުނިފަދައިން ހަގީގަތުގައިވެސް އައުސްއަށް ކުއްޖަކު ފެނުނީ ހެއްޔެވެ؟ ނޫނެކެވެ. އެކަހަލަ ކަމެއް ވެއްޖެނަމަ އައުސް އެންމެ ފުރަތަމަވެސް ގުޅާނީ ޒީޝާއަށެވެ. އެވާނީ އައުސް މާ ބުރަކޮށް އުޅެނީ ކަމަށެވެ. އަމިއްލަ ނަފްސަށް ކިތަންމެ ވަރަކަށް ވިސްނައިދޭން އުޅުން ކަމުގައި ވިޔަސް ހިތް އޮޮބިނޯންނަ ވަރަށް ތެޅެނީއެވެ. ހިތް ބިރުގަންނަނީއެވެ. އަބަދު އިނދެވެނީ އައުސް މަތިން ހަނދުމަކުރާށެވެ.

ހޮނިހިރު ދުވަހުގެ ހެނދުނު ހުރިހާ އެންމެން މާލެދާން ތައްޔާރުވަމުން ދިޔައެވެ. އައުސްގެ ހިތް ކުރިޔަށްވުރެ ބާރަށް ތެޅެމުންދިޔައެވެ. މާލެ ދިއުމުން އައިޝާގެ ހަގީގަތް އިނގޭނެއެވެ. ފަހަރެއްގައި ލައިޝާގެ ހަބަރެއްވެސް ވެދާނެއެވެ. އައިޝާ ބުނާގޮތުގައި ލައިޝާ އަދި މަރެއް ނުވެއެވެ. އެހެން ކަމަށް ވަނީނަމަ އައުސްއަށް ލައިޝާ ފެނިވެސްދާނެއެވެ. މިކަހަލަ އެތައް ހިޔާލުތަކަކާއި އެކީ އައުސް މާލެ ދިއުމަށް ތައްޔާރު ވަމުން ދިޔައެވެ.

މެންދުރުގެ ވަގުތެވެ. މިއަދަކީ ހަފްތާއެއް ފަހުން އައިޝާ މާލެ އަންނަ ދުވަހެވެ. އައިޝާ ނެތުމުން އެކަނިވެފައި ހުރި ފަރީޝާ މިއަދު ހުރީ ވަރަށް އުފާވެފައެވެ. ދަރިފުޅު އަންނަން އުޅޭތީ ބަދިގޭގައި އަވަދިނެތި ކައްކަމުން ދިޔައެވެ. މިހެން ހުއްޓައި ސިހުނީ ގޭގެ ބެލް އަަޅައިލުމުންނެވެ.

“ހާދަ އަވަހަކަށް އިޝީ މިއައީ…” ހިތާ ހިތާ މިހެން ކިޔަމުން ފަރީޝާ ދޮރު ހުޅުވިއެވެ.

“ބޫމް…” ވައި އަޑުން ރިޔާޒް ބުނެލިއެވެ. ސިހުނުވަރުން ހަރަކާތް ހުއްޓިފައި ފަރީޝާ ހުރީއެވެ.

“ކަލޭ ކީއް….” ފަރީޝާ އެއްޗެއް ބުނަން އުޅުން ވަގުތު ރިޔާޒް ފަރީޝާގެ އަނގަމަތީ އަތް އެޅިއެވެ. އަދި ގޭތެރެޔަށް ދެމިގަތެވެ. ރިޔާޒް އެދިޔަގޮތައް ފަރީޝާ ގޮވައިގެން ވަނީ ކޮޓަރިއަށެވެ.

“ކިހިނެއް ވެގެން ތިއުޅެނީ؟ މަގޭ ގައިން ދޫކުރޭ!” ރިޔާޒްގެ އަތްދަށުން ދެމިގަންނަން މަސައްކަތް ކުރަމުން ފަރީޝާ ހަޅޭތްލަަވައިގަތެވެ. ރިޔާޒް ފާޑަކަށް ހެމުންދިޔައެވެ.

“ނުކުރާނަން… އަހަރެންނަށް އިނގޭ ފަރީ އަސްލު މަގޭ އަތްދަށުން ސަލާމަތްވާން ބޭނުން ނުވާކަން.. އެޔައްވުރެ މާ ބޮޑަށް ލޯބިވެޔެއްނު ދޯ؟” ފަރީޝާގެ މޫނުގައި އަތް ހާކައިލަމުން ރިޔާޒް ބުނެލިއެވެ. އޭރުވެސް ފަރީޝާ މަސައްކަތް ކުރަމުން ދިޔައީ ރިޔާޒްގެ އަތްދަށުން ސަލާމަތްވާށެވެ.

“ދެން ދޯ! އަޅެ ބުނެބަލަ ލޯތްބެއް ނުވެޔޭ… އޭރަށް ދޫކޮށްލާނަށް…..” ފަރީޝާގެ ބުރަކަށީގައި ހިފައި ގަޔާއި ކައިރި ކޮށްލަމުން ރިޔާޒް ބުނެލިއެވެ. އެހާ ހިސާބުން ފަރީޝާ މައިތިރިވިއެވެ. އަދި ރިޔާޒްގެ މޫނަށް ބަލައިލިއެވެ.

މާލެ ބިމުގައި ފައި ޖެހުން ހިސާބުން ފެށިގެން އައިޝާއަށް ނުބައި ގޮތެއް ވަމުން ދިޔައެވެ. ކޮންމެވެސް ކަންތައްގަނޑެއް ވާން އުޅޭކަމުގެ އިހުސާސެއް ވެގެން ދިޔައެވެ. ގޭޔަށް ވަތްއިރު ގޭގެ ދޮރު ހުރީ ހުޅުވައިފައެވެ. އައިޝާ ވަރަށް ރަގަޅަށް މުޅި ގޭތެރެޔަށް ނަޒަރު ހިންގައިލިއެވެ. ކޮންމެވެސް ކަމެއް ގޯސްކަމަށް އައިޝާގެ ހިތް ބުނަމުން ދިޔައެވެ. ކާކޮޓަރިޔަށް ވަތްއިރު ކޮންމެވެސް އެއްޗެއް ކައްކަން އެއްޗެހި ކޮށާފައި ހުއްޓެވެ. އަނެއްކާ މަންމައަށް ކަމެއްވީ ހެއްޔެވެ؟ ހާސްވިވަރުން އައިޝާ ދަބަސްތައް ގޭތެރެޔަށް އުކައިލައިފައި ގޮސް ފަރީޝާގެ ކޮޓަރީގެ ދޮރު ހުޅުވައިލިއެވެ. ނަމަވެސް ދެފައިގައި ތަޅު އެޅުވުނީ ފެނުނު މަންޒަރަކުންނެވެ.

“މަންމާ!!!!” އަޑުގެ ނެތްކޮޅަށް އައިޝާ ހަޅޭތްލަވައިގަތެވެ. (ނުނިމޭ)

 

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ifaau

Level 210 Stories

Story writing is one of the best thing I wanna do always. Thank you all❤ Check me out in Facebook- Iphaa / Instagaram- iiiphoooo

Other Articles

Previous

ވަންހަނާ (12)

Next

މަލަކާ (13ވަނަ ބައި)

Next
January 10, 2017

މަލަކާ (13ވަނަ ބައި)

Previews
January 10, 2017

ވަންހަނާ (12)

18 Comments!

  1. Ammu says:
    January 10, 2017 at 6:34 pm

    Hahahaha fareesha batu vee tha?? Dhen varah majaa vaane ingey kulhigan’du?? Aisha mamma maraa nulaathi. Sory is perfect.

  2. Loabiveriyaa says:
    January 10, 2017 at 6:38 pm

    You story ninmaalythi i menge hiy dindin kohlaafa ehnu.. Maasha allah ❤ waiting for the next part

  3. Loabiveriyaa says:
    January 10, 2017 at 6:39 pm

    You mi part ninmaalythi i menge hiy dindin kohlaafa ehnu.. Maasha allah ❤ waiting for the next part

  4. Miaa says:
    January 10, 2017 at 6:40 pm

    Story is so interesting. Fareesha and riyaz bust v tha e? Waiting for next part. Very much curious.

  5. fau says:
    January 10, 2017 at 6:47 pm

    Toin. Why did ishy shouted? i guess what she saw inside the room. Waiting for next part omg.

  6. Amy says:
    January 10, 2017 at 6:53 pm

    Oh god. Haadha reethi hisaabakunney thi ninmaalee. Next past thankolheh vahaha up kohdheebala Iphooo.??

  7. Anonymous says:
    January 10, 2017 at 9:04 pm

    woww haadha rethi hisaabakun vaahaka thi ninmaalee.. v kuruhn heevany vaahka,,.. fautee batu v dhw? hehe.. ulhey gotheh dhw aisha ge mum

  8. Aus says:
    January 10, 2017 at 9:11 pm

    Oh gadha. Thothee nanuga mas ganefa. Next part v salhi vaane dhen??

  9. Rifa says:
    January 10, 2017 at 9:16 pm

    Kb tha nurahkaatheri gothakah belumaki..bunedheeba knmeves kujjeh

    1. Poop says:
      January 10, 2017 at 9:24 pm

      rulhi gadhavefa belun eiy. Biruveri gothah belun. Mivarun fudhene kamah heekuran.

  10. QueenBee says:
    January 10, 2017 at 11:39 pm

    Wow masha allah very nice.

  11. Flower says:
    January 10, 2017 at 11:46 pm

    Wow keevebaa ishy maa vaarah mi halheylavaagathee? Anekkaa riyaaz aa fareeshaya bust v kanneynge dho?

  12. Anonymous says:
    January 11, 2017 at 9:20 am

    aisha konme meehakah balany nurakkaatheri gothakah dhw….. hehehee….. kihiehba faranjee myhun laisha emeehunge gaumah gendhiyaee…. hama hithah eri suvaaleh engey…. gaimun laisha hey aran vaairah nugendheveyne dhw. anekkaa nimman jehey kanthakeh hunnaane dhw….. hama nujehey…. drama aai ehgoi nukuran liyamun gos vahaka hamanujehey hisaabah gossi….. adhives vahaka kiyaalan undhagu gotheh hurey….. kuriah oi thanugaa mikankan rangalhu vaane kamah heekuran….
    ol da best 🙂

    1. Flower says:
      January 11, 2017 at 3:57 pm

      Hama genedhevidhaane flightga!! And fareesha is rich so hama adi adin vs thiya kanthah kurevidhaane dhoa? And story is basically different feon the series.

    2. Maree says:
      January 11, 2017 at 4:05 pm

      Pssprt nd tickt otheema dheveney hama dhw? Visnaigen keema hama nuhejey thanthan vs mindah nagaiganeveyne.

  13. Brainless says:
    January 11, 2017 at 2:41 pm

    Photo ga white kulaige dress ehh laigen eiee laisha dhw.. Dhn eiee aus.. I thought photo ga eiee aishaa and auss kamah.. Aisha nooney laisha or xeeshaa eiee tha main character aky..
    Some body plxxx answer me..

  14. Brainless says:
    January 11, 2017 at 2:42 pm

    Anyway story vvvvv salhi…

  15. Sm1 says:
    February 11, 2017 at 9:58 pm

    Masha Allah!! 🙂 varah reethi

Comments are closed.

Next Episodeއިންތިހާޔަށް (11ވަނަ ބައި)←


All Right Reserved!