Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ދީނީލޯބި

ޢަޞްރު (ތިރީސްވަނަ ބައި)

Jana 100 Stories10 Stories1K Comments500 Comments100 Comments100 Login500 Login
January 10, 2017 8 Mins Read
18 Comments

“ވިސާމް! އެދުވަހު ގުޅީ ކާކު؟” ޝަފަޤް ހުރިތާހުރެ އެހެން އަހާލުމުން ވިސާމްގެ ފިޔަވަޅުތައް މަޑުޖެހުނެވެ. އޭގެ ދެވަނަ ސިކުންތުގައި އޭނަ ގޮށްޖެހިފައިވާ ބުމައަކާއެކީ ޝަފަޤާއި ދިމާލަށް މޫނު އަނބުރާލިއެވެ.

 

“އެއީ ކަލެއަށް އެނގެންޖެހޭ ކަމެއްނޫން.” ވިސާމް ރުޅިވެރި މޫނަކާއެކީ މަޑުމައިތިރި އަޑަކުން އެހެން ބުނެލަމުން އަނެއްކާވެސް ދާން ހިނގައިގަތެވެ. އޭނަގެ ޖަވާބުން ޝަފަޤް އަނެއްކާވެސް ނުރުހުންވިއެވެ.

 

“އަހަންނަށް އެނގެންޖެހޭ! އަހަރެން މިއީ ވިސާމްގެ އަންހެނުން. އަހަރެން ނޫޅެން ވިސާމް ވާހަކަ ދައްކާ ކޮންމެކޮންމެ މީހަކު ދެނެގަންނާކަށް. އެދުވަހު ގުޅި މީހަކު ދެނެގަންނަން ބޭނުމީ އެ މީހަކު ދެއްކި ވާހަކައަކުން ވިސާމަށް އުނދަގުލެއްވެގެން އުޅޭހެން ހީވާތީ. ވިސާމް ހިތްހަމަޖައްސައި ދިނުމަށް ވެވެން އޮތްހާ ކަމެއް ކޮށްދިނުމަކީ އަހަރެންގެ ޒިންމާއެއް.” ވިސާމާއި ދިމާލަށް ފިޔަވަޅުތަކެއް އަޅާލަމުން ޝަފަޤަށް މިފަހަރު ވާހަކަ ދެކެވުނީ ހިސާބަކަށް ބާރުވެފައިވި އަޑަކުންނެވެ. އޭނަގެ ވާހަކައިން ވިސާމް އަނެއްކާވެސް އޭނަގެ ފިޔަވަޅުތައް މަޑުޖައްސާލިއެވެ. އެއަށްފަހު ޝަފަޤާއި ދިމާލަށް އެއްކޮށް އެނބުރިލިއެވެ.

 

“ބުނަންތަ ވާހަކައެއް؟ ކަލޭ މަށާ ދުރުގަ އުޅުނިއްޔާ ރަނގަޅުވާނީ. މަ ކަލެއާއި އިނީ ހަމައެކަނި މިޝްކާއަށް މަންމައެއް ހޯދައިދޭން ބޭނުންވީތީ. އަޑުއިވިއްޖެ؟ އެ ވާހަކަ ކަލޭ ހަނދާނުގަ ބެހެއްޓޭތޯ ބަލާތި!” ވިސާމް އޭނައަށް ބަލަން ހުރެ ހަރު އަޑުން އެހެން ބުނެލިއިރު، އޮރެންޖް ކުލައިގެ ފަނޑު އަލީގެ ތެރެއިން އެ ރުޅިވެރި މޫނު ފެނިފައި ޝަފަޤްގެ ހިތް ބިރުގަތް ވަގުތު އޭނަގެ ލޮލަށް ކަރުނަތައް ވެސް ޖަމާވިއެވެ. ވިސާމް އެބުނީ ހަމަ ތެދެއްތޯ އޭނަގެ ހިތަށްއެރިއެވެ. މިޝްކާއަށް މަންމައެއް ހޯދައިދިނުމަށްޓަކައި އޭނައާއި އިނަސް އިނުމަށްފަހު ވިސާމްގެ ހިތުގައި އޭނައަށްޓަކައި އިޙްޞާޞްތަކެއް ނުއުފެދެނީ ހެއްޔެވެ؟ ވިސާމް އޭނައާއި އެހާ ކައިރިވީ އޭނައަށްޓަކައި ހަމަ އެއްވެސް ލޯތްބެއް ނެތިހެއްޔެވެ؟ މިޝްކާ ނުހުންނަ ވަގުތުތަކުގައި ވެސް ވިސާމް އޭނައާއި ސަމާސާކޮށް ހެމުން ދިޔައީ ހަމަ އޭނަގެ ހިތާއި ކުޅެލަން ހެއްޔެވެ؟ ހިތަށް ވެރިވެގަތް ސުވާލުތަކުން ޝަފަޤްގެ ލޮލަށް ކަރުނަތައް ގިނަވެގެން ގޮސް އޭގެއިން ކަރުނައެއް އޭނަގެ ކޯތާފަތްމައްޗަށް ފޭބިއެވެ. ހަމަ އެއާއެކު ވިސާމް އޭނައަށް ފަސްދިނެވެ. މިފަހަރު އޭނަގެ ފައިގައި ތަޅުއެޅުވިގެން ދިޔައީ ފުރަގަހުން އިވުނު ޅަ އަންހެން ކުއްޖެއްގެ ގިސްލުމެއްގެ އަޑަށެވެ. ވިސާމަށް ނުތަނަވަސްވެގެން ދިޔަ ހިތަކާއެކީ ފަހަތް ބަލާލެވުނު ހިނދު ޝަފަޤަށް ވެސް އެދިމާލަށް ބަލާލެވުނެވެ. އެވަގުތު ކައިރީގައި ހުރި ކޮޓަރީގެ ހުޅުވިފައިވާ ދޮރު ކައިރީގައި ރޮވިފައި ހުރި މިޝްކާ ފެނިފައި އެ ދެމީހުންގެ ހިތަށް ވެސް ވެރިވެގެން ދިޔައީ އެއްކަހަލަ ޝުޢޫރުތަކެވެ. އެމީހުން ދެއްކި ހުރިހާ ވާހަކައެއް މިޝްކާއަށް އިވުނީކަން އެނގުންވީ ހިނދު އެ ދެމީހުން ވެސް ހިނދުކޮޅަކަށް ހުއްޓުންއަރާ ގޮތްވިއެވެ. އެހެނަސް މާ ގިނައިރެއްނުވެ ވިސާމް ކޮއްކޯއޭ ކިޔާލަމުން ކުރިއަށް ފިޔަވަޅެއް އެޅިއެވެ. ހަމަ އިސާހިތަކު މިޝްކާ ފަހަތަށް ފިޔަވަޅެއް އެޅުމުން ވިސާމްގެ ހިތް ދެރަވިއެވެ. އޭނަ މިޝްކާއާއި ދިމާލަށް ހިނގައިގަތުމުން މިޝްކާ ދެންވެސް ގިސްލަމުން ކޮޓަރި ތެރެއަށްދާން ހިނގައިގަތެވެ. ވިސާމް އިތުރަށް ކަންބޮޑުވެގެން ދިޔަ ހިތަކާއެކީ އެ ކޮޓަރިއަށްވަނެވެ. ޝަފަޤް ވެސް އޭނަގެ ފަހަތުން ދިޔައިރު ދެންމެއަކު ދެކެވުނު ހުރިހާ ރުޅިވެރި ވާހަކަތަކެއްގެ މަތިން ހަނދާންނެތިއްޖެއެވެ. ވިސާމް ކޮޓަރިއަށް ވަތްތާ މާ ގިނައިރެއްނުވެ މިޝްކާ ފަހަތް ބަލާލުމެއްވެސް ގޮސް އެނދަށް އެރިއެވެ. އެއަށްފަހު ދެންވެސް އޭނަގެ ބައްޕައަށް ބަލާލުމެއްނެތި އެނދުމަތީގައި އޮތް ބޮޑު ހުދުކުލައިގެ ޓެޑީ ބެއާރ ނަގައި އޭގައި ބައްދާލަމުން މޫނު ފޮރުވާލިއެވެ. މިޝްކާ ރުޅި އައީކަން ވިސާމަށް ވަގުތުން އެނގުންވިއެވެ. އޭނައަށް ރުޅިވުމުން އެއީ އަބަދުވެސް މިޝްކާ ހަދާ ގޮތެވެ. މީގެ ކުރިން އެހެންވާ ކޮންމެ ފަހަރަކު ވިސާމަށް ހިނިތުންވެލެވެއެވެ. އެހެނަސް މިރޭ ނޭނގުމެއްގެ ތެރެއިން ވެސް މިޝްކާއަށް ދައްކާލެވުނު މަންޒަރަކުން އޭނަ އެކަމަށް ނުކުޅެދުނެވެ. ކޮންމެ ގޮތެއްވިޔަސް އޭނަ ލަސް ފިޔަވަޅުތަކެއްގައި ގޮސް އެނދުގައި އިށީނދެ މިޝްކާއަށް ބަލާލިއެވެ.

 

“ކޮއްކޯ….” ވިސާމް މަޑުމައިތިރި އަޑަކުން ގޮވާލިއެވެ. އެއާއެކު މިޝްކާ އޭނަގެ މޫނު އިތުރަށް ފޮރުވޭތޯ ބެލިއެވެ.

 

“ލޯބި ބައްޕިއަށް ރުޅިވީތަ؟” ވިސާމް އަހާލިއެވެ. މިޝްކާ އިންގޮތަށް އިނދެ ބޯޖަހާލިއެވެ.

 

“ބައްޕިއަށް ރުޅިވީމަ ބައްޕި ދެރަވާކަން ކޮއްކޮ ހަނދާންނެތުނީތަ؟ ބަލާބަލަ ބައްޕި މިހިރީ ސޭޑްވެފަ. ކޮއްކޮ ބަލާލަބަލަ ބައްޕިއަށް.” ވިސާމް އޭނަގެ އަތް ދިއްކޮށް މިޝްކާގެ އަތުގައި ހިފައި އޭނައާއިވީ ފަރާތަށް އަނބުރާލަން އުޅުނެވެ. ނަމަވެސް މިޝްކާ އޭނަގެ އަތް ފޮޅުވާލި ގޮތުން އޭނަގެ ހިތް ދެރަވާ ގޮތްވިއެވެ. އޭނައަށް ސިކުންތުކޮޅެއް ވަންދެން ހިތާމަވެރި މޫނަކާއެކީ އިންގޮތަށް އިނދެވުނެވެ. އެހެނަސް އާ ޚިޔާލެއް ލިބުމުން އޭނަ ހިނިތުންވެވޭތޯ ބެލިއެވެ. އަދި ރަނގަޅަށް އެނދުމައްޗަށް އަރައި މިޝްކާގެ ގާތަށް ދިޔައެވެ. އެއަށްފަހު ކުއްލިއަކަށް މިޝްކާ ގިލިކޮއްޓަން ފެށީ ހީގަންނަމުންނެވެ. ނަމަވެސް މާ ގިނައިރެއްނުވެ މިޝްކާ ރުޅިވެރި ހަޅޭކަކާއެކީ އޭނައާއި ވީ ފަރާތަށް އެނބުރިލިއެވެ.

 

“ބައްޕި ވަރަށް ގޯސް!” މިޝްކާ ރޮވިފައިވާ އަޑަކުން ބާރަށް އިއްވާލިއެވެ. މިޝްކާގެ އެ ވާހަކައިން ވިސާމްގެ ދެލޯ ބޮޑުވެ އޭނަގެ ނޭވާ ކަރުގައި ތާށިވިއެވެ. އެ ބަސްތަކުން އޭނަގެ ހިތުގެ އެންމެ ހިމަ ނާރާއި ހަމައަށް ވެސް އަސަރުކުރިއެވެ. މާޒީގައި އޭނަ މި ދުވަސް ނާންނާނެ ކަމުގެ އުއްމީދުގައި ކެތްކުރީ ކިތައް މުޞީބާތަކަށް ހެއްޔެވެ؟ އޭނަ މިޝްކާއަށްޓަކައި ކޮށްދިންހާ ކަންތައްތައް މިޝްކާއަށް ނޭނގެނީ ހެއްޔެވެ؟ އޭގެ ތެރެއިން ގިނަ ކަންތައް ހަނދާން ކުރަން މިޝްކާ ނުކުޅެދުނަސް އޭނަގެ އެންމެ ކުށެއްގެ ސަބަބުން މިޝްކާގެ ނަޒަރުގައި އޭނަ ގޯސްވީ ހެއްޔެވެ؟ ހިތަށް ވެރިވެގަތް ސުވާލުތަކުން ވިސާމްގެ ލޯ ރަތްވެ އެ ދެލޮލުން ދިލަ ނަގަން ފެށިއެވެ. އޭނަ އެވަގުތު އެއްޗެކޭ ބުނަން އުޅުނެއްކަމަކު އަރު ބެދެން ފެށުމުން އޭނަ އެކަމަށް ނުކުޅެދުނެވެ. އޭނަ އިންގޮތަށް އިންދާ ދުރުގައި ކޮޅަށް ހުރި ޝަފަޤް ވާހަކަ ދެއްކިއެވެ.

 

“ކޮއްކޯ…..ތިހެން ބައްޕިއާ ދިމާލަށް ބުނާކަށް ނުވާނެ. ބައްޕި ހާދަ ގިނަ ކަމެއް ކޮށްދެއޭ ކޮއްކޮއަށްޓަކައި.” ޝަފަޤް ދެރަވެފައިހުރެ ބުނެލިއެވެ. މިޝްކާއަށް ބަލަން ހުރެފައި ޝަފަޤަށް އަނެއްކާވެސް އޭނަގެ ނަޒަރު ހުއްޓާލެވުނީ ވިސާމަށެވެ. ވިސާމް އިން ގޮތް ފެނިފައި އޭނަގެ މޭގައި ވެސް ރިހުމެއް އުފެދުނެވެ.

 

“އެކަމަކު ބައްޕި މަންމިއާ ދިމާލަށް އެއްޗެހި ގޮވަނީ. މަންމި ދުރުގަ ހުންނާށޭ ބުނަނީ. ބައްޕި ރަނގަޅުނަމަ އެހެން ނުބުނާނެ.” މިޝްކާ ޝަފަޤަށް ބަލަން ހުރެ ބުނެލިއެވެ. އެވަގުތު ޝަފަޤް އެއްޗެކޭ ބުނަން އުޅުނުތަނާހެން ވިސާމް ވާހަކަ ދެއްކިއެވެ.

 

“ސޮރީ……ބައްޕި ދެން މިޝީގެ މަންމިއާ ދިމާލަށް އެއްޗެހި ނުގޮވާނަން.” ވިސާމް އޭނަގެ އަޑު ހަމައަކަށް އެޅުވޭތޯ ބަލަމުން މިޝްކާގާތު ބުންޏެވެ. އެވަގުތު ޝަފަޤަށް ވިސާމަށް ބަލަން ހުރެވުނީ ޝައްކެއްގެ މަތީގައެވެ.

 

“ނޫން ބައްޕި! މަންމިއަށް ސޮރީ ބުނޭ. މަންމި ސޭޑްވީ ބައްޕި އެއްޗެހި ގޮވީމަ.” މިޝްކާ ދެންވެސް ނުރުހުންތެރިކަމާއެކީ ވިސާމަށް އަމުރު ކުރިއެވެ. ވިސާމް ފުން ނޭވައެއް ދޫކޮށްލަމުން ޝަފަޤަށް ބަލާލިއެވެ.

 

“ސޮރީ.” ވިސާމް އެންމެ ފުރަތަމަ ޝަފަޤަށް މަޢާފަށް އެދުނު ފަދައަކުން މަޢާފަށް އެދުނެވެ. ޝަފަޤަށް އެކަން މާ ރަނގަޅަށް ވެސް އެނގުނެވެ.

 

“އިޓްސް އޯކޭ.” ޝަފަޤް ސީރިއަސް ނަޒަރެއްގައި ހުރެ އެހެން ބުނެލަމުން އޭނަގެ މޫނުމައްޗަށް ލުއި ހިނިތުންވުމެއް ވެރިކުރުވިއެވެ. އެދުވަސް ގޮތަށް ޝަފަޤް ވިސާމަށް ހިތް ސާފުކުރީ އޭނަ އެކަމުގެ ޘަވާބަށް އެދުނީތީވެއެވެ. ނަމަވެސް އެދުވަހާއި ޚިލާފަށް އޭނަ އެހެން ބުނުމުން މިޝްކާގެ މޫނުމަތި އުޖާލާވެގެން ނުދެއެވެ. އެ ޅަ މޫނުމައްޗަށް ވެސް ވެރިވީ ލުއި ހިނިތުންވުމެކެވެ.

 

“މަންމި އާދެބަލަ ބައްޕިއާއެކީ ކޮއްކޮއަށް ހަގީއެއްދޭން.” މިޝްކާ އޭނަގެ ދެއަތް އުފުލާލަމުން ވިސާމާއި ޝަފަޤަށް ވަކިވަކިން ބަލާލިއެވެ. އެއާއެކު އެދެމީހުންނަށް ވެސް ހީލެވުނެވެ. ވިސާމް މިޝްކާގެ ގާތަށް ޖެހިލުމުން މިޝްކާ ވަގުތުން އޭނަގެ އަތުން ބައްޕަގެ ކަނދުރައިގައި ވަށާލިއެވެ. ޝަފަޤްވެސް މިޝްކާގެ އަނެއްކޮޅުން އައުމުން މިޝްކާ އޭނަގެ އަނެއް އަތް ޝަފަޤްގެ ކޮނޑުން ވައްޓާލަމުން ބާރަށް ބައްދާލިއެވެ. ތިން މީހުން އެކީގައި އިރުކޮޅެއް ވަންދެން އެގޮތަށް ތިއްބެވެ. އެއަށްފަހު މިޝްކާ ކުޑަކޮށް ދޫދިނުމުން ވިސާމް މިޝްކާގެ ކޯތާފަތަށް ބޮސްދީފައި މިޝްކާގެ ބޯމަތީގައި ދަތްދޮޅި ޖައްސާލިއެވެ. އެ ވަގުތު ޝަފަޤަށް އޭނައާއި ދިމާލަށް ބަލާލެވުނެވެ. ދެމީހުންގެ ހަތަރުކަޅި ހަމަވީ ވަގުތު ވިސާމް އަނގައިގެ ޙަރަކާތުން “ތެންކިއު”އޭ ބުނެލިއެވެ. ޝަފަޤަށް އިސްޖަހާލަމުން ފުން ނޭވައެއް ދޫކޮށްލެވުނެވެ.

 

އެރޭ ދެވަނަ ފަހަރަށް މިޝްކާއަށް ނިދުނީ އޭނަގެ މަންމައާއި ބައްޕަ ދެ ފަރާތުގައި ބައިތިއްބައިގެންނެވެ. މިޝްކާއަށް ނިދުނުތާ މިނެޓްތަކެއް ފަހުން ޝަފަޤް އެ އެނދުން ފައިބައިގެން ކޮޓަރިން ނިކުންނަން ދިޔައެވެ. ޝަފަޤް ލޯ މައްޗަށް ގެއްލުނު ހިނދު ވިސާމް ބާރަށް ތެޅިގަތް ހިތަކާއެކީ އެނދުން ފޭބިއެވެ. އެއަށްފަހު އަވަސް ފިޔަވަޅުތަކެއްގައި ގޮސް ކޮޓަރިން ނިކުތެވެ.

 

“ޝަފަޤް!” އެމީހުންގެ ކޮޓަރިއާއި ދިމާލަށް ހިނގަމުން ދިޔަ ޝަފަޤް ފެނިފައި ވިސާމަށް ގޮވާލެވުނެވެ. ޝަފަޤް ރަނގަޅަށް ފަސްއެނބުރިލަމުން ބަލާލިއެވެ. އޭނަ ހުރިތާ ހުންނަން ފެށުމުން ވިސާމް ލަސް ފިޔަވަޅުތަކެއްގައި ގޮސް އޭނަ ކުރިމަތީގައި ހުއްޓިލިއެވެ.

 

“ޝަފަޤް……އައި ޑޯންޓް ވޯންޓް ޓު ފައިޓް އަގެއިން. އެކަމަކު ބުނަން ބޭނުންވަނީ ޝަފަޤް އަހަރެން މި ކުރާ ކަންތައްތަކާ ޤަބޫލު ނުވަންޏާ މިޝްކާއަށް ތަކުރާރުކޮށް މިރޭ ފެނުނުފަދަ މަންޒަރުތައް ފެންނާނެއޭ. ސޯ ޕްލީޒް. ޕްލީޒް ބީ އެޓް ޕީސް ވިތް މީ.” ވިސާމް އާދޭހުގެ ރާގަކަށް އެދުނެވެ. ޝަފަޤް ސީރިއަސް ނަޒަރެއްގައި ހިމޭންކަމާއެކީ އިރުކޮޅެއް ވަންދެން ވިސާމަށް ބަލަން ހުރެފައި ވާހަކަ ދެއްކިއެވެ.

 

“ވިސާމް ތިކަން ހުއްޓާލިއްޔާ ވެސް ގޭގެތެރޭގަ ހިމޭންކަން އޮންނާނެއެއްނު؟” ޝަފަޤް އެހެން އަހާލުމާއެކު ވިސާމް ޗޮއްކަނޑާލިއެވެ.

 

“އަހަރެން ކުރަންޖެހޭ ކަންތައް އަހަރެން ކުރާނަން!” ވިސާމް ދެދަތްޕިލަ ޖައްސައިގެން ހުރެ ވައި އަޑުން އެހެން ބުނެލިއިރު އަނެއްކާވެސް އެ މޫނުމައްޗަށް ރުޅިވެރިކަން ވެރިވެއްޖެއެވެ.

 

“ތިހެންވެއްޖެއްޔާ އަހަރެން ޖެހޭނީ މިގެއިން ދާން. ވިސާމް ނިންމުމެއް ނިންމާ. އެންމެ ބޮޑަށް ބޭނުންވަނީ ތިކަންތޯ، ނޫނީ މިޝްކާގެ މަންމަތޯ.” ޝަފަޤް ވިސާމް އިޚްތިޔާރު ކުރާނެ ގޮތަކާމެދު ނުތަނަވަސްވެފައިހުރެ ބުނެލިއެވެ. އެއަށް ވިސާމް އެއްޗެކޭ ބުނަން އުޅެފައިވެސް ނުބުނެވުނީ މި ޙާލަތުގައި ޝަފަޤަށް އޮތް ބާރު ކުއްލިއަކަށް އެނގުންވުމުންނެވެ. އޭނަ މި ހުރިހާ ދުވަހުވެސް ޝަފަޤް ބުނިހާ ގޮތަކަށް ކަންތައް ކުރީ ކީއްވެގެންކަން ކުއްލިއަކަށް ޔަޤީންވުމުންނެވެ. ހަމަ އެއާއެކު އޭނަ ނުރުހުންވީ އަމިއްލަ ނަފްސަށެވެ. ޝަފަޤަށް އެ ބާރު ދިނީ ޚުދު އޭނަ އަމިއްލައަށް ކަން ހަނދާންވުމުންނެވެ.

 

“ކީކޭ ވިސާމް ބުނަނީ؟” ޖަވާބެއް ނުލިބި ގިނައިރު ވާން ފެށުމުން ޝަފަޤް އަނެއްކާވެސް އަހާލިއެވެ. ވިސާމް ހަމައަކަށް އެޅޭތޯ ބަލަމުން ފުން ނޭވައެއް ދޫކޮށްލިއެވެ.

 

“އެންމެ ރަނގަޅު. އަހަރެން ބޭނުންވަނީ މިޝްކާގެ މަންމަ. މިފަހަރު ވެސް މިޝްކާއަށް ތިކަހަލަ މަންމައެއް ލިބުނު ކަމަށްޓަކައި ހިތާމަކުރަން. އަހަރެން އެކަމެއް ކުރަންޏާ މިޝްކާ ރުޔަސް ކަލޭ ހަމަ ހިނގައިދާނަންދޯ؟ ހެހެ……..މިހާރު މޮޔަހީވޭ ތިކަހަލަ މީހެއްގެ ހިތް މަޑުވެދާނެކަމަށް އުއްމީދު ކުރެވުނު ގޮތާމެދު ވެސް.” ވިސާމް އެހެން ބުނެލަމުން އަމިއްލަ ނަފްސާއި ކަހަލަ ގޮތަކަށް ބޯހޫރުވާލިއެވެ. އެއަށްފަހު ޝަފަޤަށް ފަސްދީފައި ދާން ހިނގައިގަތެވެ. އޭނަގެ ފުރަގަހުން ކޮޓަރީގެ ދޮރު ލެއްޕުނު އަޑުއަހަން ޝަފަޤް ހުރީ ދެރަވެފައިވާ ހިތަކާއެކީގައެވެ. އޭނަ ދެންމެ އެ ޝަރުޠު ކަނޑައެޅީ މުޅި ޢާއިލާގެ މުސްތަޤްބަލަށް ވިސްނާފައިކަން ވިސާމަށް އެނގޭނެ ނަމައެވެ. މިޝްކާ ރުއިމުން އޭނަގެ ހިތަށް ކިހާ އުނދަގޫވާކަން ވިސާމަށް އެނގޭނެ ނަމައެވެ. ވިސާމަށާއި މިޝްކާއަށް ދުނިޔޭގައި ވެސް އަދި އާޚިރަތުގައި ވެސް ގެއްލުމެއްވާން އޭނަ ނޭދެނީކަން ވިސާމަށް އެނގޭނެ ނަމައެވެ. އެ ޚިޔާލު ހިތަށް ވަނުމުން ޝަފަޤްގެ ހިތް މާޔޫސްވިއެވެ. އެހެނަސް އޭނަ ޖެހޭނީ މަންމަ ބުނި ގޮތަށް އޭނަގެ ޢަމަލުން ވިސާމަށް އެ ހުރިހާކަމެއް ދައްކަން ކަން ހަނދާންވި ހިނދު ޝަފަޤަށް އާ ހިތްވަރެއް ލިބުނެވެ. އޭނަ މާދަމާ ހެނދުނު ވާއިރު މިރޭ ހިނގި ހުރިހާ ކަމެއްގެ މަތިން ހަނދާން ނައްތާލަން ޢަޒުމް ކަނޑައެޅީ ކޮންމެވެސް އެއްދުވަހަކުން މި ހުރިހާ ކަމެއްގެ ފޮނި ނަތީޖާ އޭނައަށް ލިބޭނެ ކަމުގެ އުއްމީދުގައެވެ.

 

އޭގެ އަނެއްދުވަހު ޝަފަޤް އޭނަ ޢަޒުމް ކަނޑައެޅި ގޮތަށް ވިސާމާއި ކުރިމަތިލަމުން ދިޔައީ ހިނިތުންވުންތަކާއެކީގައެވެ. ވިސާމް މިފަހަރު ޙައިރާންވާ ގޮތް ނުވީ ޝަފަޤްގެ މޫޑު ބަދަލުވާ ގޮތް އޭނައަށް މިހާރު ނަގައިގަނެވިފައިވާތީވެއެވެ. އޭނަ ޝަފަޤަށް އެއްވެސް ސަމާލުކަމެއް ނުދޭން ނިންމީ ރޭ ޝަފަޤް ކަނޑައެޅި ޝަރުޠަށްޓަކައި އޭނަގެ ކިބައިން ބަދަލު ހިފުމަށެވެ. އެ ޝަރުޠުގައި ހިފަން އޭނަ ކަނޑައަޅައިގެން ނެތް ކަމަށްވީ ނަމަވެސްއެވެ. ގޭގައި ނޫނަސް އޭނަ ހުރީ އޭނަގެ އާ އަލްބަމްގެ މަސައްކަތްތައް ވީހާވެސް އަވަހަކަށް ނިންމާށެވެ. އެހެނަސް ގޭގެ ތެރޭގައި އޭނަ އެއީ ވާކަމެއްކަމަށް ނަހަދައެވެ. އަދި މިޝްކާއާއެކީގައި ހުންނައިރު ޝަފަޤާއި ސަމާސާކޮށް ހަދަން ފެށިއެވެ. ދެމީހުން އެކަހެރި ވާއިރަށް ވާހަކަ ދައްކާ މީހަކީ ހަމައެކަނި ޝަފަޤަށްވެއެވެ. އެހެން ކަންތައްވިއެއްކަމަކު ވިސާމް ފަދައިން ޝަފަޤް ވެސް ހުރީ ނުގުޑާ ޢަޒުމެއްގައެވެ.

 

އެއްދުވަހެއްގެ ހަވީރު ވަގުތު މިޝްކާގެ އެދުމުގެ މަތިން ވިސާމް ޝަފަޤާއި އޭނަ ގޮވައިގެން ކާރުގައި ބުރެއްޖަހާލަން ދިޔައެވެ. ހިތަދޫގެ ފިހާރަތަށް ހުންނަ ބޮޑު މަގަށް އެޅުނުތަނާހެން މިޝްކާ ވަގުތުން ފިހާރައަކަށް ވަންނަން ބޭނުންވިއެވެ. މިޝްކާ އެދުނު ފިހާރައިގެ ކުރިމައްޗަށް ކާރު މަޑުކޮށްލުމުން ތިން މީހުން ކާރުން ފައިބައިގެން އުފާވެރި ޢާއިލާއެއް ގޮތަށް ފިހާރައަށް ގޮސްވަނެވެ. އެ ފިހާރައިން ޝަފަޤް ކޭކު އަޅަން ބޭނުންވާ އެއްޗެހި ވެސް ފެންނަން ފެށުމުން ޝަފަޤް އެ އެއްޗެހި ވެސް ކާރޓަށް އަޅަން ފެށިއެވެ. އޭނަ ކައުންޓަރަށް ގޮސް އެއަށް ލާރި ދެއްކީ އޭނަގެ ވިޔަފާރި ފައިސާއިންނެވެ. އޭނައަށްފަހު މާ ގިނައިރެއްނުވެ ވިސާމް ވެސް މިޝްކާއަށްޓަކައި ގަތް އެއްޗެއްސަށް ލާރި ދައްކާފައި އޭނައާއެކީ ފިހާރައިން ނިކުތެވެ. ހުރިހާ ކޮތަޅުތަކާއެކީ އެ މީހުން ކާރަށް އަރައި ހަމަޖެހިލީ ވަގުތުވެސް ޝަފަޤް ކުރީ ސީޓުގައި އިނީ ވިސްނުމެއްގެ ތެރެއަށް ގެއްލިފައެވެ. ވިސާމް ކާރު ސްޓާޓް ކުރުމުގެ ކުރިން ވެސް ޗޮކްލެޓެއް ކަނޑައި ކާންފެށި ވަގުތު ޝަފަޤް ކުއްލިއަކަށް އޭނަގެ ވޮލެޓް ހުޅުވައި އޭގެ ތެރެއިން އެ ފިހާރައިން ލިބުނު ބާކީ ނެގިއެވެ. ސިކުނޑި ތެރޭގައި ހިސާބު ހަދަމުން ދަނިކޮށް ވިސާމް ކާރު ސްޓާޓް ކޮށްލަމުން ދުއްވާލަން އުޅުނެވެ. އެވަގުތު ޝަފަޤަށް ވާހަކަ ދެކެވުނެވެ.

 

“ވިސާމް މަޑުކުރޭ! އަހަރެން އެބަ އަންނަން ފިހާރައަށް ގޮއްސަ.” ޝަފަޤް އަވަސްއަވަހަށް ބުނެލިއެވެ. ވިސާމަށް ޗޮއްކަނޑާލެވުނެވެ.

 

“ދެން ފަހުން ދުވަހަކުން އަންނާނީ އެހެން އެއްޗެއް ގަންނަން.” ވިސާމް ޝަކުވާގެ ރާގަކަށް ބުންޏެވެ.

 

“އެއްޗެއް ގަންނާކަށް ނޫނޭ. އެމީހުންނަށް ބާކީ ދެވިފަ މިހިރީ ބައި ލާރި ގިނަކޮށް. އޭތި އަނބުރާ ދޭންވާނެއެއްނު؟” ޝަފަޤް އެހެން ބުނެ ދޮރުގެ އަތްގަނޑުގައި ހިފާލިއެވެ.

 

“މިއޮތް ކަމެއް! އެންމެ ބައި ލާރިން އެމީހުންނަކަށް ގެއްލުމެއް ނުވާނެ. އެމީހުންނަކަށް ފާހަގައެއްވެސް ނުވާނެ ތިކަމެއް ކޮންމެ ދުވަހަކު ހާހުން ލާރި ލިބޭއިރު. ތީތި ބަހައްޓާ!” ވިސާމް އެހެން ބުނެ އަނެއްކާވެސް ދުއްވާލަން އުޅުނެވެ. މިޝްކާ ވެސް ފަހަތުގައި އިނދެ އެއީ ތެދެކޭ ބުނެލި އަޑު އިވުނެވެ.

 

“ނޫން ނޫން ޕްލީޒް މަޑުކޮށްލަދީބަލަ. އެމީހުންނަށް ފާހަގަ ނުވިޔަސް އަހަރެން އަބަދުވެސް ބައްލަވާވޮޑިގެންވާ ކަލާނގެއަށް މިކަން އެނގޭ. އެމީހުންނަށް މާ ބޮޑު ގެއްލުމެއް ނުވިޔަސް އަހަރެން ބިރުގަނޭ އެންމެ ޙަކީމްވަންތަ ރަސްކަލާނގެ މި މައްސަލައަށް ޙުކުމް ކުރައްވާނެ ދުވަހަކަށް. ޕްލީޒް އަހަރެން ދިޔަދީ.” ޝަފަޤް ނުހަނު ކަންބޮޑުވުމަކާއެކީ އެހެން ބުނެލި ގޮތުން ވިސާމަށް ބަލަން އިނުން ނޫންކަމެއް ނުކުރެވުނެވެ. އޭނަ އިންގޮތަށް އިންދާ ޝަފަޤް ކާރުން ފޭބިއެވެ. ޝަފަޤް ކާރުގެ ވަށައިގެން ދިޔަ މަންޒަރު ވިސާމަށް އެސްފިޔަ ޖަހާލުމެއްނެތި ބަލަން އިނދެވުނެވެ. މިޝްކާ ފަހަތުން އެއްޗެކޭ ބުނަމުން ދިޔައެއްކަމަކު އޭނައަށް އެކަމަކަށް ސަމާލުކަމެއް ނުދެވެއެވެ. ޝަފަޤް ގޮސް ފިހާރައަށް ވަތް މަންޒަރު ފެނިފައި ވިސާމްގެ ހަނދާނަށް އައީ މަންސޫރެވެ. މަންސޫރު ފިހާރަތަކަށް ގޮސް އޮޅުވާލައިގެން ލާރި ހޯދާ ގޮތެވެ. ދީނުގައި އޮންނަ ގޮތަކީ އެއީހެން ނޭނގުމެއްގެ ތެރެއިން ވެސް އޭނަގެ ސިކުނޑިއަށް ހީވެފައި އޮތެވެ. އެހެނަސް މިއަދު މިފެންނަނީ ކޮން ކަހަލަ މަންޒަރެއް ހެއްޔެވެ؟ ކިތަންމެ ކުޑަ ޢަދަދަކުން ވިޔަސް އެހެން މީހަކަށް ގެއްލުންދޭން ބޭނުމެއްނުވާ ޝަޚުޞިއްޔަތެއް ވިސާމަށް މިފެނުނީ ފުރަތަމަ ފަހަރަށެވެ. މިއީ ހަމައެކަނި ޝަފަޤްގެ ގޮތް ހެއްޔެވެ؟ ނޫނީ ޝަފަޤްގެ ދީން އޭނައަށް އުނގައިންނައިދިން ގޮތް ހެއްޔެވެ؟ އެ ދެ ސުވާލު އެތައް އިރެއްވަންދެން ވިސާމްގެ ސިކުނޑި ތެރޭގައި އެނބުރުނެވެ. އޭނައަށް އޭނަގެ ފިކުރުތަކުން ނިކުމެވުނީ ޝަފަޤް ކާރަށް އަރައި ހިނިތުންވުމަކާއެކީ ހިނގާށޭ ބުނެލުމުންނެވެ.

 

ހަމަ އެދުވަހު ވިސާމްމެންގެ ނޫކުލައިގެ ކާރު އެ ފިހާރައިން ދުރަށް ދުއްވާލިތާ މާ ގިނައިރެއްނުވެ ޚާލިދުމެންގެ ހުދުކުލައިގެ ކާރު އެ ފިހާރައިގެ ކުރިމައްޗަށް މަޑުކޮށްލިއެވެ. އެ ކާރުން ފޭބީ ކޮންމެ ކުއްޖަކަށް ކްލިޕް ބޯޑަކާއި ފަންސުރެއް ހިފައިގެން ތިބި އައިމަނާއި އަޒާނެވެ. ދެބެއިން ފިހާރައަށް ވަދެގެން ދިޔައީ ވާހަކައިގައި ތިބެއެވެ. އައިމަން ހުދާއާއި ރައްޓެހިވިކަން އެނގުނު ދުވަހު އަޒާންގެ ހިތުގައި އުފެދުނު ޙަސަދަވެރިކަން މިއަދު މުޅިންހެން ވަނީ ފިލާފައެވެ. އައިމަން ވަނީ އޭގެ އަނެއްދުވަހު އޭނަ ހުދާއާއި ވަކިވި ވާހަކަ އަޒާން ގާތު ބުނެފައެވެ. އެއަށްފަހު ވެސް އަޒާން ހުރީ މާޔޫސްވެފައެވެ. ހުދާގެ ފަރާތުން އޭނައަށް ރުޅިވެރި ނަޒަރުތައް ނޫނީ ނުލިބޭތީވެއެވެ. މިކަން އައިމަނަށް ފާހަގަވުމުން ހުދާދެކެ ލޯބިވާ ފަރާތަކީ އަޒާން ކަމަށް ބުނެ އައިމަން ހުދާއަށް މެސެޖު ކޮށްފައިވެއެވެ. އަދި އޭނަގެ ޤަދަރު ބޭނުންވާކަމަށް ވާނަމަ އަޒާނަށް ޤަދަރު ކުރަން އޭނަ ހުދާގާތު އެދުނެވެ. އެދުވަސްފަހުން ހުދާ އަޒާނަށް ރަނގަޅުވީ ކުއްލިއަކަށެވެ. ގްރޭޑް 8 ގައި އުޅުނު ގޮތަށް އަޒާނާއެކީ އެކި މަޢުޟޫއުތަކަށް ވާހަކަ ދައްކައި އޭނައާއެކީ ގިނަ ވަގުތުތައް ހޭދަކުރަން ފެށިއެވެ. އަޒާނަށް މިވާހަކަތައް އައިމަނާއި ޙިއްސާ ކުރެވުނީ އުފަލާއެކީގައެވެ. އައިމަން އޭނައާއި ހުދާއާއި ދެމެދު ދެކެވުނު ވާހަކަތައް ސިއްރު ކުރީ އަޒާންގެ އެ އުފާވެރިކަން ދެމެހެއްޓުމުގެ ނިޔަތުގައެވެ. އަދި ހައި ސްކޫލްގައި އަންހެން ކުދިން ހިތަށް “ސަޅި” ވާނީ ޢާއްމުގޮތެއްގައި މޮޅު ކުދިންކަމަށް ބުނަމުން އަޒާންގެ ހިތްހަމަޖައްސާލިއެވެ.

 

ދެކުދިން ފިހާރައަށްވަދެ މާ ގިނައިރެއްނުކޮށް އެމީހުންގެ މަސައްކަތް ފެށިއެވެ. ދެމީހުން ވެސް އައީ ސްކޫލުން ދިން އެސައިންމެންޓްތަކާއި ގުޅިގެން މަޢުލޫމާތުތައް ހޯދާށެވެ. އަޒާން އެކި ބާވަތްތަކުގެ އެއްޗެހީގެ އަގުތަކާއި އެ އެއްޗެހި ވިކޭ މިންވަރު ފިހާރައިގެ މީހަކާއި ސުވާލުކޮށް ބަލަމުން ދިޔައެވެ. އެވަގުތު އައިމަން ކާއެއްޗެހީގެ ބާވަތްތަކުގައި ބޭރުގައި ހުރި ލޭބަލް ބަލައި މުހިއްމު ނުކުތާތައް ނޯޓުކުރަމުން ދިޔައެވެ. މަސައްކަތުގެ ވަކި ހިސާބަކުން ދެމީހުންނަށް ވެސް ތިބެވުނީ އެ ބޮޑު ފިހާރައިގެ ދެ ފަރާތުގައެވެ. ދެމީހުން ވެސް އެކަމާއި އަޅާނުލީ ދެމީހުންގެ މަސައްކަތް ތަފާތުވުމުން އެކަކު އަނެކަކަށް ވެވޭނެ އެހީއެއް ނޯންނާނެތީވެއެވެ.

 

15 ވަރަކަށް މިނެޓް ހިނގިއިރު އަޒާނަށް އޭނަ ބޭނުންވާހާ މަޢުލޫމާތެއް އެއްކުރެވުނެވެ. ކްލިޕް ބޯޑުގައި ހަރުކުރެވިފައިވި ގަނޑުގައި އޭނަ ލިޔެފައިވާ އެއްޗެހި ކިޔާފައި އަޒާން ހަމަޖެހުމުގެ ނޭވާއެއްލިއެވެ. އެވަގުތު އޭނަ ކައިރީގައި އައިމަން ނެތްކަން އެނގުންވުމުން އޭނަ ފަޓުލޫނުގެ ޖީބުން ފޯނު ނެގިއެވެ. ނަންބަރުތަކަށް ފިތާލަން އުޅުނުތަނާހެން އޭނައަށް ނުހަނު ކައިރިން ބަރު އަޑެއް އިވުނެވެ.

 

“ހެހެހެ………މަ ހާދަ ތަޅުވާ ހިތްވެޔޭ އޭނަ. ކުރީދުވަހު އަހަރެން ގުޅާފަ ބުނިން އަނެއްކާވެސް އަނބިދަށުވެގެންހޭ ތިއުޅެނީ. މިފަހަރު މުޅިން ވެސް އަނބީގެ ބަހަށް ހެއްލުނީހޭ. ތިހެން އުޅެންޏާ މަ އަނެއްކާވެސް އަނބި ޖަހައިގަންނާނަމޭ. ހެހެހެހެހެ……..މަށަށް ހަމަ ޔަޤީން އޭނަ މިހާރު އަލްބަމެއް ހަދަން ފަށާފާނެކަން. ރަނގަޅަށްވިއްޔާ މިހާރުއްސުރެ އަންހެނުންނާ މައްސަލަޖެހިފަ އޮންނާނީ. ވީހާވެސް ރަނގަޅީ އޭނަ އެގޮތަށް އުޅުނިއްޔާ. އަލްބަމެއް ނެރޭއިރަށް އޭނަ ދުވަހަކުވެސް އަޑިއަށް ނުފޮނުވޭވަރަށް ފޮނުވޭނީ އޭނަ މިހާރުއްސުރެ އެ ހާސްކަމުގަ އުޅެންޏާ. މިހާރު ވެސް އޭނަގެ ލަވަތަށް އެބަ އުޅޭ ދުނިޔޭގެ ޗާޓުގަ. މަ ބޭނުމީ އޭނަގެ ސޫރަ ޓީވީއިން ވެސް ނުދެއްކޭނެ ވަރަށް އޭނަ ބަދުނާމު ކުރަން!” އަޒާންގެ ކަނާތް ފަރާތުން ފަސް ފިޔަވަޅު ދުރުގައި ހުއްޓިހުރި އެ ބިޔަ ފިރިހެން މީހާގެ ވާހަކަ ނިމުނީ ރުޅިވެރި އަޑަކުންނެވެ. އެ މީހާ އެ ދެއްކީ ކާކުގެ ވާހަކަކަން ނަގައިގަނެވުނު ވަގުތު އަޒާންގެ ހިތުގައި ބިރުވެރިކަމުގެ ރާޅުބާންޏެއް ނެގިއެވެ.

 

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Jana

100 Stories10 Stories1K Comments500 Comments100 Comments100 Login500 Login

Other Articles

Previous

ހިތް ބޭނުމޭ..13

Next

ފިރިމީހާގެ ހައްޤުގައި (7)

Next
January 10, 2017

ފިރިމީހާގެ ހައްޤުގައި (7)

Previews
January 9, 2017

ހިތް ބޭނުމޭ..13

18 Comments!

  1. Adhu says:
    January 10, 2017 at 12:44 am

    Wow me first.. hehe adhi nuves kiyan

    1. Jana says:
      January 10, 2017 at 12:47 am

      hehe…..mivaguthu heylaa thibi hurihaa kiyuntherinnahves jana dheyne naseyhathaky nidhan dhaairu fathis namaadhah heyleveytho dua koggen nidhun 😀 varah salaam!

  2. Adhu says:
    January 10, 2017 at 1:00 am

    Mi part ves varah reethi, maasha Allah.. keep it up.. waiting for next update

    1. Jana says:
      January 10, 2017 at 9:05 pm

      Alhamdhulillah! (All praise and thanks belong to Allah) 😀 next part budha dhuvahu In Sha Allah 🙂

  3. lidhoo says:
    January 10, 2017 at 2:19 am

    Varah Varah Varah Reethi konirakun next part

    1. Jana says:
      January 10, 2017 at 9:12 pm

      Alhamdhulillah! 🙂 next part budha dhuvahu In Sha Allah 🙂

  4. sHaHoO says:
    January 10, 2017 at 6:00 am

    Maasha allah ??

    1. Jana says:
      January 10, 2017 at 9:13 pm

      😀 <3 <3

  5. Fatho says:
    January 10, 2017 at 7:59 am

    Maashaa Allah ???

    1. Jana says:
      January 10, 2017 at 9:14 pm

      haadha varakah heveny Fatho? 😛 hehe…. 😀

  6. Sha says:
    January 10, 2017 at 11:21 am

    Masha Allah. V reethi mi partves….

    1. Jana says:
      January 10, 2017 at 9:14 pm

      Alhamdhulillah! 🙂

  7. ya says:
    January 10, 2017 at 5:09 pm

    mi bai ves varah kiyaala hithun kiyaalevihjje jana…. v reeti…. edhuvahu wisam gulhi meeha dhw e’ee…. e dhuvahu emeeha ehen bunyma dhw wisam album neren eulheny… ya ah hithah arany e’ ee mansoorah vedhaane baaey… v dheravey wisam and shafag abadhu zuvaabu kuraathy… shafag haadha rangalhey… firimeeha egothah vahaka dhakkanya ya akah shafag gothah abadhu adu ahan nuhureveyne….. aslu kithanme keh kuriyas buneveyne dhifaauga ehcheh…. wisam ehen gothakah maithiri kuran shafag molhu plan eh hadhanvy…. kithanme goes meehakas eyna ah allah heyo visnun dhevva rangalhu magu ihthiyaaru kuran emme sikuntheh ves nunagaane… ehennu jana…. konme akas mee varah interesting vahaka eh…. v v kiyaahiy vey….. 🙂

    1. Jana says:
      January 10, 2017 at 9:29 pm

      hmm ya…..heevany emeehaahen dho? yageeneh nukureveynethaa Wisaam ge dhushminun ehaa ginaveema. hehe….kaivenyeh viyya zuvaabuves onnaane dho? kaivenya behey gothun maa bodu ehcheh engigeneh noon ingey mihen mi buny 😛 Shafaq rulhi madu kuraa manzaruves mi liyany vaki kaiveni kuriah gendheveyne goiy thah jana ah maa rangalhah engeythyve eh noon. 🙂 Shafaq egothah rulhi madu kuraa vaahaka mi liyany ves Quranuge ayathakun inspire vegen. Ey Surah Furqan ge fahu kolhuga Allah swt sifa kuravvaafaivaane ekalaange rahmaiy haqquvaa alhunge vaahaka. e list ge thereygai himeney “jaahil” meehaku (emeehegge ihsaasthakegge mahchah baaru nufoaruvey meehaku) emeehunna mukhaathabu kurumun amaankamaa eky emeehakaa mukhaathabu kuraa meehunves 🙂 ehenveema e sifa, sifa kohdheyn jana masakkaiy kury. kaivenyakah ves varah muhimmu sifa eh kanneynge dho ey ya? 😉 hehe…Alhamdhulillah! 🙂

      ya keh madhu nuvanees jana mi fonuvany e ayah 😛

      http://tanzil.net/#trans/en.sahih/25:63

  8. Pearl says:
    January 10, 2017 at 5:29 pm

    Vaahaka v nice

  9. Kudakamana says:
    January 10, 2017 at 9:15 pm

    Al hamdh lillah, v reethi vaahaka, ya bunihen mashakah ketheh nuvey kiyaahaa ehcheh adu ahan hunnaakah, ekam aslu ragalhu kamehves noon dho egothah bahakah baheh bunumakee, ehenve v visnaigen ulheveytho ves ulhen, ?? dhen vaahaka v habeys, masha allah, dhen mashah heevanee azaanah e ivunee mansooruge adeh noon kanneynge, a e konmeves “star” ehhen, dhen next part ah varah kehmadhu vefa mihuree ingey jana, jana plz las nukurahchey, konme reaku vaahaka kiyaa hithun a ovva nidheny, dhen anna rey 10 ge kurin up kureveytho balahchey…

  10. Riya says:
    January 11, 2017 at 7:08 pm

    Janaa… jaahilunnaky kobaa?

  11. Jaa says:
    January 11, 2017 at 10:42 pm

    Jana, Waiting for the story… when are you gonna upload it???

Comments are closed.

Next Episodeޢަޞްރު (އެއްތިރީސްވަނަ ބައި)←


All Right Reserved!