Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އިންތިހާޔަށް (8ވަނަ ބައި)

Ifaau Level 210 Stories
January 8, 2017 5 Mins Read
10 Comments

ފަރީޝާއަށް ރޮވެން ފެށުމުން އައިޝާގެ ރުޅިއެކީ ފިނިވެގެން ދިޔައެވެ. މަންމަގެ ލޮލުން ކަރުނަ ފައިބުމަކީ އައިޝާގެ ހިތައް ކެތްވާނެ ކަމެއް ނޫނެވެ. ދެރަވިވަރުން އައިޝާ އައިސް ފަރީޝާގެ ގައިގައި އޮޅުލައިގަތެވެ. ފަރީޝާ އަޑުން އަޑުނަގައި ރޮމުންދިޔައެވެ. އައިޝާއަށް ބުނެވުނީ ކިހާވެރެއްގެ އެއްޗެއްކަން ވިސްނުނީ ދެނެވެ.

“އިޝީއަށް އިނގޭ މަންމަ އެކަހަލަ ކަމެއް ނުކުރާނެކަން… އެޔައްވުރެ މަންމަ ލައި ދެކެ ލޯބިވާނެ…. އެކަަމަކު ލައި މަރެއް ނުވެޔޭ މަންމާ…” ފަރީޝާގެ ބޮލުގައި ފިރުމައިލަމުން އައިޝާ ބުނެލިއެވެ.

އެރޭގެ ވަގުތެވެ. އާލިމް ތައްޔާރުވަމުން ދިޔައީ ޒީޝާ ގޮވައިގެން ބޭރަށް ކާން ދިއުމަށެވެ. މިދުވަސް ދެކެން އާލިމް ވަރަށް އިންތިޒާރުކުރިއެވެ. ދެމީހުންއެކީ ބޭރަށްދާން ނިންމާ ކޮންމެ ފަހަރަކު އައުސް އެދެމެދަށް ވަދެއެވެ. ނަމަވެސް މިރޭ ޒީޝާވެސް އައުސް ދެރަކޮށްލަން ގެންދާކަށް ބޭނުމެއް ނޫނެވެ. އާލިމްހުރީ އެކަމާ ވަރަށް އުފާވެފައެވެ.

“ކޮބާ ހިނގާ ދާން….” ލޯގަނޑު ދޮށުގައި އާލިމް ބޯހަދަން ހުއްޓައި ޒީޝާ އައިސް ގޮވައިލިއެވެ. އެވަގުތު އައުސް އައިސް ކޮޓަރިޔަށް ވަންނަނީއެވެ.

“މަ ނުލާ ކޮންތާކަށް ދާން؟” އެނދު މައްޗައް ވެއްޓިގަންނަމުން އައުސް އަހައިލިއެވެ.

“ޑޭޓަކަށް….” އާލިމްގެ އަތުގައި ހިފައިލަމުން ޒީޝާ ބުނެލިއެވެ. ޒީޝާގެ ޖަވާބުން އައުސްއަށް ހެވުނު ކަމުގައި ވިޔަސް ފޮނި އުންމީދެއް އާލިމްގެ ހިތުގައި އުފެދުނެވެ. އަދި އުފަލުން ހިތް ނަށައިލިއެވެ. ނަމަވެސް އެކަން ނުދައްކައި ޒީޝާއާއި އެކު ދާން ހިނގައިގަތެވެ.

މާލޭގެ ނަން މަޝްހޫރު ރެސްޓޯރެންޓެއް ކަމަށްވާ ސީ ހައުސްގައި އާލިމްއާއި ޒިޝާ ކެއުމަށް އިންސާފު ކުރަމުން ދިޔައެވެ. ދެމީހުން އެކިއެކި ވާހަކަތައް ދައްކަމުންދިޔައިރު، އާލިމްގެ ލޯ ޒީޝާގެ މޫނުން އެންމެ ހިނދުކޮޅަކުވެސް ނުނެއްޓެއެވެ. ޒީޝާގެ މޫނަށް އާލިމް ބަލަމުންދާކަން ޒީޝާއަށް ރޭކާވެސް ނުލައެވެ. ބަޔެއްފަހަރު ދައްކާ މޮޔަ ވާހަކައިން އާލިމްއަށް ހެވޭގޮތްވެސް ވެއެވެ. އަނެއްބައި ފަހަރު ކިޔާ އެއްޗެއް އަޑު އިވޭ ކަމަކަށްވެސް ނުވެއެވެ. ޒީޝާ ކައި ނިމުންއިރު އާލިމްގެ ތަށި ހުރީ ހުރިގޮތަށެވެ.

“ކާ އެއްޗިއްސަށް ބަލަން އައި މީހެއްތަ؟” އާލިމް ކާން އިން ތައްޓަށް ބަލައިލަމުން ޒީޝާ ބުނެލިއެވެ.

“ހާދަ އަވަހަކަށް ތި ހުސްކޮށްލީ؟” ނޭންގޭ ކަމަށް ހަދާފައި އާލިމް ބުނެލިއެވެ. އެންމެފަހުން ޒީޝާއަށް ލަސްވާން ހެދުމުން އާލިމް ޖެހުނީ ކާއެއްޗެހިތައް ނުކައި ގެޔަށް އަންނާށެވެ. ނަމަވެސް އުފަލުންހުރީ މިރޭ އެއްވެސް ހުރަހެއްނެތި ޒީޝާއާއި އެކު ވަގުތުކޮޅެއް އެކަނި ހޭދަކޮށްލެވުމުންނެވެ.

ނިދުމުގެ ނިޔަތުގައި އެނދަށް އަރާ އޮތް އައިޝާއަކަށް އެއްގޮތަކަށްވެސް ނިދޭ ގޮތެއް ނުވިއެވެ. ލޮލަށް ނިދިނައުމުން އެނދުން ތެދުވުމަށްފަހު މިއަދު އައުސް ކުރެހި ގަނޑު ނެގިއެވެ. އަދި އެ ކުރެހުމަށް ބަލަން އެތައް އިރަކު އިނެވެ.

“އައުސް ހާދަ ޓެލެންޓެޑް އޭ ދޯ އިޝީ….” އައިޝާ ސިހުނީ ދާދި ކައިރިން ލައިޝާގެ އަޑު އިވުމުންނެވެ. ލައިޝާ އެހާ ކައިރިން ފެނުމުން އައިޝާ އުފަލުން ފޮޅުނެވެ. އަދި ވަގުތުން ބޯޖަހައިލިއެވެ.

“ލައިގެ އައުސް އަކީ މޮޅު ކުއްޖެކޭ…” އަނެއްކާވެސް ލައިޝާ ބުނެލިއެވެ.

“ލައިގެ އައުސްއަކީ ވަރަށް މޮޅު ކުއްޖެއް!” ކުރެހުމަށް ބަލައިލުމަށްފަހު އައިޝާ ބުނެލިއެވެ. އަނެއްކާވެސް އެއްޗެއް ބުނަން އަނގަ ފުޅާކޮށްލުމަށްފަހު އައިޝާ ދެކޮޅު ބަލައިލިއެވެ. ނަމަވެސް ލައިޝާއެއް ފެންނާކަށް ނެތެެވެ. ދެންމެ އެފެނުނީ ހޭލާ ހުއްޓައި ހުވަފެނެކެވެ. ވީދެރައިން އައިޝާގެ އަތުގައި އޮތް ކުރެހުން މެޔާލައި ބޮނޑިކޮށްލިއެވެ.

އަނެއްދުވަހު ހެނދުނު ފަރީޝާއަށް ހޭލެވުނީ ފޯނު ރިންގުވާ އަޑަށެވެ. ފޯނަށް ބަލައިލިއިރު ގުޅަނީ ނުދަންނަ ނަމްބަރަކުންނެވެ. ފޯނަށް ބަލައިލުމަށްފަހު ފަރީޝާ ގަޑި ބަލައިލިއެވެ. އޭރު ގަޑިން 9އެއް ޖަހަނީއެވެ.

“ހަލޯ….” ކުޑަކޮށް ތެދުވެލަމުން ފޯނު ނަގައި ފަރީޝާ ޖަވާބުދިނެވެ.

“ފަރީ!” އެކޮޅުން އިވުން ބަރު ފިރިހެން އަޑުން ފަރީޝާ ކޮޅަށްޖެހުނެވެ. ނިދި އެކީ ފިލައިގެން ދިޔައެވެ.

“ރިޔާޒް…” ސިހުންވަރުން ފަރީޝާއަށް ނަން ކިޔައިލެވުނެވެ.

“ފަރީ ދެން ލައިޝާ ވީ ތަނެއް ބުނެދީބަލަ…” ރިޔާޒް ވަރަށް ލޯބިން އަހައިލިއެވެ.

“ނޭންގެ!” ފަރީޝާ ބުނެލިއެވެ.

“އިނގޭނެ….” ރިޔާޒް ހެޅޭތްލަވައިގަތެވެ. އެއަޑަށް ފަރީޝާ ސިހުނެވެ.

“އޭނަ އަތުޖެހުނު ދުވަހަކުން އަހަރެން އަތުން މަރުވާނެ! ހުވާ އަހަރެން ބޭނުން ބަދަލު ހިފާން…” ރުޅިވެރި އަޑަކުން ރިޔާޒް ބުނެލިއެވެ.

“އޭނަ މަރުވެއްޖެ!” ފަރީޝާ ބުނެލިއެވެ. އެއަޑަށް ބާރުބާރަށް ރިޔާޒް ހޭން ފެށިއެވެ.

“މަރުވިއްޔޭ؟ ތީ އަހަންނަށް އޮޅުވާލަން ކިޔާ އެއްޗެއް! އެންމެންވެސް ބުނަނީ ތިހެން….. ގަބޫލެއް ނުކުރެވޭ! ހީވަނީ އަހަރެން އަތުގަ ޖެހިދާނެތީ ފިލައިގެން އުޅޭހެން… ދެން ރީތިގޮތުގަ ބުނެބަލަ ލައިޝާ ކޮބާ؟” ރިޔާޒް އަނެއްކާވެސް އަހައިލިއެވެ.

“މިބުނީނު މަރުވެއްޖެއޭ!!!” ފަރީޝާވެސް ބާރަށް ހަޅޭތްލަވައިގަތެވެ.

“މާ ބާރަށް ހަޅޭތް ނުލަވާ އިނގޭ! އަހަރެން ފަރީޝާދެކެ ބިރެއް ނުގަނޭ…. ފަރީޝާގެ ނުފެންނަ ފަޅި ފެނިފަހުރީ އަހަރެންނަށް އެކަނި… ދެން ފެނުނީ ކަލޭގެ ބަފަޔަށް…. އެހެންވެ ބަފާވެސް ކަލޭ ބޭކާރުކޮށްލީ…. އައިޝާއަށް އިނގެއްޖެނަމަ މަގުމަތިވީނު؟” ހިނިގަނޑެއް ޖަހައިލަމުން ރިޔާޒް ބުނެލިއެވެ.

“ކޮންކަމެއް ބޭނުން ވެގެން ތިއުޅެނީ؟ ފައިސާތަ؟ އަހަރެން ރިޔާޒް ބުނިވަރެއް ދީފާނަން… އަހަރެންނަށް އުނދަގޫ ނުކުރޭ!” ރޮއެގަންނަމުން ފަރީޝާ ބުނެލިއެވެ. ރިޔާޒް ނުބައި ގޮތަކަށް ހެމުންދިޔައެވެ.

“އަހަރެން ބޭނުމީ ލައިޝާ…..” ހުނުން ހުއްޓާލަމުން ރިޔާޒް ބުނެލިއެވެ.

“ރިޔާޒްއަށް ހީވޭތަ އަހަރެން މަޑުން ހުންނާނެހެން؟ އެޔަށްވުރެ އަހަރެން ރިޔާޒްދެކެ ލޯބިވޭ! ރިޔާޒް ޖަލަށް ދިއުމުން އަހަރެން އޭގެ ބަދަލު ލައިޝާގެ ކިބައިން ހިފާފަ އޮންނާނީ!” ފަރީޝާ ތަންކޮޅެއް މަޑުން ބުނެލިއެވެ.

“އޭނަޔަށް ކީއްކުރީ؟ ކަލޭ އޭނަ މަރާލީތަ އަނެއްކާ؟” ޝައުގުވެރިކަމާއި އެކު ރިޔާޒް ސުވާލުކޮށްލިއެވެ.

“އަހަރެން ކުރި ކަމެއް އޮންނާނީ ކޮށްފަ… ދެން މައިތިރި ވެގެން ހުރޭ! އެކަމަކު ކުރެވުނު ކަމަކުން އަހަރެން ހިތާމަ ކުރަން… އަހަރެންގެ ދަރިފުޅު މުޅިން އެކަނިވީ އަހަރެންގެ ސަބަބުން…. ލައިޝާ ވީތަނެއް ހޯދަން ދެން ނުގުޅާތި….” ފަރީޝާގެ ވާހަކަ ނިމުމުން ފޯނު ކަނޑައިލިއެވެ. އަދި އަތްދަމާ އެނދު މައްޗައް ފޯނު ހޫރައިލިއެވެ.

ފަރީޝާ ފޯނު ކަނޑައިލުމުން ރިޔާޒް ސިނގިރޭޓެއް ރޯކޮށްލުމަށްފަހު ދަމަން ފެށިއެވެ. އަދި ދެންމެ ފަރީޝާ ދައްކަމުންދިޔަ ވާހަކައާއި ދޭތެރޭ ވިސްނައިލިއެވެ. ރިޔާޒްދެކެވާ ލޯބީގެ ސަބަބުން ފަރީޝާ ބަދަލު ހިފައިފާނެއެވެ. ނަމަވެސް ލައިޝާގެ ކިބައިން ބަދަލު ހިފުން އެއީ ގަބޫލު ކުރެވޭ ވަރުގެ ކަމެއް ނޫނެވެ. އަނެއްކާ ލައިޝާ މަރައިލީ ފަރީޝާ ހެއްޔެވެ؟ ނޫނީ އެހެން ކަމެއްވެސް ކޮށްފާނެއެވެ. ފަރީޝާ ފޮރުވައިގެން މިއުޅޭ ކަމެއް ހޯދުން ވަރަށް މުހިންމެވެ. އެއް ސިނގިރޭޓު ހުސްވުމުން އަނެއްކާ އަނެކެތި ރޯކޮށްލުމަށްފަހު ރިޔާޒް ނިތްކުރީގައި އަތްހާކައިލިއެވެ. އަދި ހިތުގައި އުފެދެމުންދިޔަ ހައިޖާނުގަނޑަށް ލުޔެއް ލިބޭނެ ގޮތެއް ވިސްނައިލިއެވެ. އެކަމަށް އެންމެ ފަސޭހަ ގޮތަކީ ފަރީޝާއާއި ކުރިމަތިލުމެވެ.

މީޓިންގއަށް ކިޔާފައިވާ ގަޑިޔަށް ހުރިހާ މުވައްޒަފުންތިބީ ކޮންފަރެންސް ރޫމުގައެވެ. އައުސްވެސް އިނީ ދައްކަން މިއުޅޭ މުހިންމު ވާހަކައެއް އަހާހިތުންނެވެ. އެންމެން ހަމަވުމުން އައިޝާ ވާހަކަ ދެއްކިއެވެ.

“މިއަދު މީޓިންގ އެއް މި ބޭއްވީ އަލަށް ނިކުތް ޑިޒައިންތައް ޕްރޮމޯޓް ކުރުމުގެ ގޮތުން ރާއްޖެތެރެއަށް ދިއުމުގެ ހިޔާލު ޑިސްކަސް ކޮށްލަން….” ރާއްޖެތެރޭގެ ރަށްތަކަށް ދާ ވާހަކަ ބުނުމުން އައުސްއިނީ ވަރަށް ފޮނިވެފައެވެ.

“އައުސް ބައިވެރިވާނީ އައްޑޫއަށް ދާ ޓީމްގަ…. ދެން ހުރި ރަށްތަކަަށް ފޮޓޯގްރާފަރުން ހަޔާރ ކުރާނަން….” އައުސްއަށް އިޝާރާތްކޮށް އައިޝާ ބުނެލިއެވެ.

“އައިޝާ ދާނީ ކޮން ރަށަކަށް؟” އައުސްއަށް ނީންދެވިގެން ސުވާލުކޮށްލިއެވެ.

“ވެލް ދާން މީނީ 3 ރަށް… ކުޅުދުއްފުށި، ނައިފަރު، އައްޑޫ…. އެހެންވީމާ އައްޑޫއަށް ދާނީ!” ވަރަށް ވިސްނައިލުމަށްފަހު އައިޝާ ޖަވާބުދިނެވެ.

“އެކަމަކު ނައިފަރު މާ ސަޅި ވާނެ އަސްލުގަ… ހިނގާ ދެމީހުންވެސް ނައިފަރަށް ދާން… ނޭފަރު!” ހީލުމަށްފަހު އައުސް ބުނެލިއެވެ. އައުސް އެހެން ބުނެލުމުން އެންމެންނަށް ހެވުނެވެ.

“ބޭކާރު ވާހަކަ ނުދައްކާ!” އައިޝާގެ އަޑަށް އެންމެން ހިމޭންވިއެވެ. މީޓިންގ ނިމުނީ ޓީމްތަކަށް މީހުންނާއި، މޮޑެލުންނާއި މޭކަޕްކުރާމީހުން ބެހުމަށްފަހުގައެވެ. އައުސްހުރީ އައްޑުއަށް ދާން ޖެހުމުން ޖެހިލުންވެފައެވެ.

“ހީވަނީ ކަމަކާ ހިތްހަމަ ނުޖެހިފަ ހުރިހެން…” އޮފީހުގެ ކަނެއްގައި އެކަނި އައުސް ފެނުމުން އައިޝާ ކައިރިޔަށް ޖެހިލުމަށްފަހު ބުނެލިއެވެ. އެއަޑަށް އައުސް ދިޔައީ ސިއްސައިގެންނެވެ.

“ދާން ބޭނުން ނުވާ ތަނަކަށް ދާން ޖެހުނީމަ!” ތުން ދަމައިލަމުން އައުސް ބުނެލިއެވެ.

“އެ ކީއްވެ؟” ޝައުގުވެރިކަމާއި އެކު އައިޝާ އަހައިލިއެވެ.

“ދެން ބަޔެއް ތަންތަނަކީ އެތަންތަނުގެ ނަން އިވުނަސް އެތައް ކަމެއް ހަނދުމަކޮށްދޭ ތަންތަން!” އައިޝާގެ މޫނަށް ބަލައިލަމުން އައުސް ބުނެލިއެވެ.

“މިސާލަކަށް؟” ހަށަން ބަނދެލަމުން އައިޝާ އަހައިލިއެވެ.

މިސާލަކަށް މީހެއްގެ ހަނދާންތައް….” އިސްޖަހައިލަމުން އައުސް ބުނެލިއެވެ.

“ވެދާނެ އެއްނު އެހަނދާންތައް ތިމާ ދަމާފަ އެތަނަކަށް ގެންދަނީ ކަމަށްވެސް…. ކިތަންމެ ދާން ބޭނުން ނުވިޔަސް އެހަނދާންތައް ހިތުގަ ހުންނާނެދޯ އަބަދު ހަރުލާފަ. ވަޅުލެވިފަ ހުރި ހަނދާންތަކެއްވެސް ހޭލަފާނެ ހަމަ….” އައިޝާ ދެއްކި ވާހަކައިން އައުސްގެ ހަނދާނަށް އެތައް ކަމެއް ސިފަވަމުންދިޔައެވެ. ފިލަން މިދުވަނީ މަރުވެފައިހުރި މީހެއްގެ ހަނދާނަށް ހެއްޔެވެ؟ އެއީ ހަނދާނުން ފުހެލަން ބޭނުންނުވާ ހަނދާންތަކެކެވެ. އެކަމަކު އެހަނދާންތައް ފެށުން މަންޒިލަށް ދެވެން އުޅުމުން ފިލަން މިއުޅެނީ ކީއްވެގެން ހެއްޔެވެ؟

“އަހަރެން އައްޑުއަށް ދާނަން….” ވިސްނައިލުމަށްފަހު އައުސް ބުނެލިއެވެ. އަދި އެތަނުންދާން ހިނގައިގަތެވެ.

އައުސް ދިޔަ ދިމާއަށް ބަލައިލަމުން ފުން ނޭވާއެއް އައިޝާ ދޫކޮށްލިއެވެ. އެއީ ހަމަޖެހުމުގެ ނޭވާއެކެވެ. އައުސް ހިނގާފައި ދިޔަ ދިމާއަށް ބަލަންހުރެ އައިޝާ ކުޑަކޮށް ހީލިއެވެ.

އެރޭގެ ވަގުތެވެ. ގޭގައި އެކަކުވެސް ނެތުމުން އައުސް ބޭނުންވީ އެކަނި ކޮންމެވެސް އެއްޗެއް ކައްކާލައިގެން ކާށެވެ. އައުސްއަކީ އަބަދުވެސް އަމިއްލަޔަށް ކައްކައިގެން ކާހިތްވާ ކުއްޖެކެވެ. އެހެންކަމުން ސޫޕެއް ހަދަން ހުއްޓައި ސިހުނީ ފަހަތުން ޒީޝާ އައިސް ސިއްސުވައިލުމުންނެވެ.

“މި ހޫނު ފެން އެތި ބޮލަށް އަޅާފާނަން އިނގޭ!” އުނދުން ދޮށުގައި ހުރެފައި އައުސް ބުނެލިއެވެ. ޒީޝާ ގޮނޑިޔަކަށް ދެފައި އަރުވައިގެން އައުސްގެ ހަރަކާތްތަކަށް ބަލަން އިނެވެ. އުނދުން ދޮށުގައި ފުރަގަސްދީގެން ލަވަޔެއް ކިޔަމުން ޑާންސުކުރަމުން އައުސް އުޅެމުންދިޔަ ގޮތް ޒީޝާއަށް ކިތަންމެހާވެސް ހިތްގައިމެވެ. ދުވެލާފައި ފަހަތުންގޮސް ބައްދާލަންވެސް ހިތައް އެރިއެވެ. ނަމަވެސް އެކަހަލަ ކަމެއް ކޮށްފިނަމަ ޒީޝާގެ ހިތް ބޭޒާރުވެދާނެއެވެ.

ބޭރުން އައިސް ގެޔަށް ވަދެގެންއައި އާލިމްއަށް ބަދިގެފަރާތުން އަޑެއް އިވޭހެން ހީވުމުން ކާކޮޓަރިއާއި ދިމާއަށް މިސްރާބުޖެހިއެވެ. އާލިމްގެ ފައިގައި ތަޅުއެޅުވުނީ އައުސްއަށް ބަލަން ގޮނޑިއެއްގައި އިން ޒީޝާ ފެނުމުންނެވެ. ޒީޝާ ބަލަން އިން ގޮތް ފެނިއްޖެނަމަ އެހިތުގައިވާ ހުރިހާ ކަމެއް އެނގިގެންދާނެއެވެ. އެބެލުމުގައި ތަފާތު ގޮތެއް ހުރިކަން އާލިމްއަށް އިނގުނެވެ. އައުސްއަށް ނޭންގުންކަމުގައި ވިޔަސް އާލިމްއާއި ޒީޝާގެ ހިތުގައި ލޯބީގެ ރާޅުބާނީއެއް ހިނގަމުން އެބަދެއެވެ. ނަމަވެސް އެއީ އެކަކު އަނެކަކަށްޓަކައެއް ނޫނެވެ. އައުސްއަށްޓަކައި ޒީޝާގެ ހިތުގައިވާ ލޯބި އާލިމްއަށް އިހުސާސް ކުރެވުން ނަމަވެސް އާލިމްގެ ހިތް އަދިވެސް މިވަނީ މީހުންގެ ލޯތަކަށް ސިއްރުވެފައެވެ. މިކަހަލަ ހިތްދަތި މަންޒަރުތައް ފެންނަ ކޮންމެ ފަހަރަކު އާލިމްގެ ހިތުގައި ލޯބިވާ ކޮއްކޮއާއި މެދު ރުޅިވެރިކަމެއް އުފެދިގެންދެއެވެ. ނަމަވެސް ކަމެއްނުކޮށް ބަލަން ހުންނަނީ އަމިއްލަ ލޭ ކަމަށްވާތީީއެވެ. (ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ifaau

Level 210 Stories

Story writing is one of the best thing I wanna do always. Thank you all❤ Check me out in Facebook- Iphaa / Instagaram- iiiphoooo

Other Articles

Previous

ވަންހަނާ (10)

Next

މަލަކާ (11ވަނަ ބައި)

Next
January 8, 2017

މަލަކާ (11ވަނަ ބައި)

Previews
January 8, 2017

ވަންހަނާ (10)

10 Comments!

  1. Ifaau says:
    January 8, 2017 at 3:22 pm

    !!ދެން ހުރި ބައި ތަކުގައި މާޒީގައި ހިނގި އައުސް އަދި ލައިޝާގެ ލޯބީގެ ސަފްހާތައް ފެށިގެންދާނެ

  2. Shiya says:
    January 8, 2017 at 3:28 pm

    Asluves tha? Past ga vee kanthah engigen dhen story reethivaanee bodah. Mihaaruves maa lasvejje past feshen. This part is nice

  3. Ammu says:
    January 8, 2017 at 3:29 pm

    Addu ah dhaa hisaabun dhen maazee fesheynee. Wow beautiful❤

  4. Hassu says:
    January 8, 2017 at 3:33 pm

    Fareesha dhoa mi nubai hadhanee???

  5. Mal says:
    January 8, 2017 at 3:39 pm

    Beautiful. When is next part?

  6. Poop says:
    January 8, 2017 at 3:49 pm

    Haadha kurey

  7. Maai says:
    January 8, 2017 at 4:05 pm

    Asluves haadha kurey. Thankolheh dhigukoh genesdheebala pleez

  8. Anonymous says:
    January 9, 2017 at 9:58 am

    aisha ge mum haadha goahey? aisha ge mum akee laisha ge mum eh nunta? n a bunaa riyaz akee aisha ge kaaku?
    vaahaka vvv salhi.. knme duvahaku mi vaahakayah inthizaaru kurevey

  9. Anonymous says:
    January 9, 2017 at 8:30 pm

    ma buny aus keevvetha offyhuga kanegga inee meeting ninmaafa gos…. gaimun ishinnaane gondi hurey drama ga ves…. ehen v ma aisha ge offyhuga ves hunnaanethaa….. ethankolhu varah hini ai kiyaalaafa aus kanakah jehi ineema… hiyaalah fenuny ehen indhaa

  10. Sm1 says:
    February 11, 2017 at 9:39 pm

    Masha Allah!! 🙂 varah reethi

Comments are closed.

Next Episodeއިންތިހާޔަށް (9ވަނަ ބައި)←


All Right Reserved!