Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ވަންހަނާ (9)

layaal Level 310 Stories100 Comments
January 7, 2017 9 Mins Read
26 Comments

“ޔޫ އާ ފަޔާޑް!” ނާހިދް އަޑުގައި ހުރި ބާރެއް ލާފައި ބުނެލިއެވެ. އޭރު ކުރިމަތީގައި ހުރި ރިއުމާންގެ މޫނުމަތިން ހައިރާން ކަމުގެ އެއްވެސް އަސަރެއް ނުފެނެއެވެ. “ބުނިންދޯ އިތުރަށް މި މައްސަލަގައި ކުރިއަށް ގޮސްގެން ނުވާނެޔޭ.. އަދި އަހަންނަށް ދޮގު ހަދާފަ އެ ރިޕޯޓު ޝާޢިއު ކުރަން ކެރުނީތީ ވެސް ހައިރާން ވެއްޖޭން. ގެޓް އައުޓް. މީގެ ފަހުން މި އޮފީސް ފެންނަ ހިސާބަށް ވެސް އައިސްގެން ނުވާނެ. ކަލެކްޓް ޔުއާ ތިންގްސް އެންޑް ލީވް. ޔޫ އާ ފަޔާޑް. އިފެކްޓިވް އިމީޑިއެޓްލީ!” ނާހިދް ޝަހާދަތް އިނގިލި ދިއްކޮށްލަމުން އޮފީސް ހުރިހާ މުވައްޒަފުން ކުރިމަތީ ރިއުމާން އާއި ދިމާއަށް ބުނެލިއެވެ.

“އެކަމަކު ސާރ.. މިކަމަށް މިހާރު މުޅި ރާއްޖެއިން ކަވަރޭޖް ލިބިފައި މިވަނީ. ރިއުމާން އެކުރީ ގިނަ ނޫސްވެރިންނަށް ކުރަން ވެސް ނުކެރޭނެ ކަހަލަ ކަމެއް. ވީ ނީޑް ހާ އެންޑް..” ޝާރިމް ރިއުމާންގެ ދިފާޢުގައި މިހިސާބަށް ބުނި ތަނާ ނާހިދް އޭނާގެ ވާހަކަ މެދު ކަނޑާލިއެވެ. “ޝަޓް އަޕް! މިތާގައި ވެރިއަކީ އަހަރެން.. އަހަރެންގެ ބޮޑަށް ތިބި މީހުން ސުވާލު ކުރާނީ އަހަންނާ.. ހޫ އާ ޔޫ؟ މިއަދު އިތުރު މީހަކު ވަޒީފާއިން ވަކި ނުކުރަނީސް ޔޫ އޯލް ޖަސްޓް ޝަޓް ޔުއާ ޑޭމް މައުތް. މާ މިނިވަން ކަން ދެވުނީމަ ވާހާ ކަންތައް މިއީ. ރިއުމާން އަދިވެސް މިތާ ހުރީތަ؟ މޫވް!” ނާހިދް ހަރުކަށި ކަމާއިއެކު އިންޒާރެއް ދީފައި އޭނާގެ ކެބިންއަށް ވަދެ އަތުގެ ކޮޅަށް ދޮރުޖެހިއެވެ.

އަނގައިން ބަހެއް ނުބުނެ ހުރި ރިއުމާން އޭނާގެ މޭޒު ދޮށަށް ގޮސް އަމިއްލަ އެއްޗެހި އެއްތަން ކުރަން ފެށިއެވެ. “ހީ ކާންޓް ފަޔާ ޔޫ އަދި އެހެން.. ބަލައްޗޭ.. މިކަން ރިއުމާންގެ ކޮޅަށް ނިމުނީމަ އޭނަ ހަމަ ދާނީ އަނެއްކާ ވެސް މި ވަޒީފާ ހުށައަޅަން ރިއުމާން ގާތަށް.” ޝާރިމް އެތަނުގައި ހުއްޓިލަމުން ބުނެލިއެވެ. ނަމަވެސް ރިއުމާން ވަކި ޖަވާބެއް ނުދިނުމުން ޝާރިމް އޭނާއަށް އެހީތެރިވެ ބައެއް އެއްޗެހި ހިފައިގެން ރިއުމާންގެ ފަހަތުން އޮފީހުގެ ފަހަތު ދޮރުން ނިކުތެވެ.

އޮފީސް ކުރިމަތީގައި އަދިވެސް ބައެއް ރިޕޯޓަރުން ތިބުމުން އެމީހުންނަށް ނުފެނި ދިއުމަށް ރިއުމާން އަނެއް ފަރާތުން ނިކުތީއެވެ. އެތަނުން ދިޔަ ކާރަކަށް ހަނާ އަޅާލަމުން ރިއުމާން އޭނާގެ އަތުގައި ހުރި އެއްޗެހިތައް ކާރު ތެރެއަށް އެރުވިއެވެ. “އިފް ޔޫ ނީޑް އެނީތިން ކޯލް މީ.. އަހަރެން މިހުރީ ހަމަ އެހީވާން ތައްޔާރަށް. އޯކޭ..” ޝާރިމް ބުނެލިއެވެ. “ތޭންކްޔޫ ޝާރިމް..” ރިއުމާން ހިނިތުން ވެލާފައި ޝާރިމްގެ ކޮނޑުގައި ކުޑަކޮން ޖަހާލަމުން ކާރަށް އެރިއެވެ.

ސީޓުގައި ލެނގިލަމުން ރިއުމާން ބަރުވެފައިވާ އެލޯ މަރާލިއެވެ. ފާއިތުވި ދެދުވަހު ހަމަ ނިދި ނުލިބޭ އިރު އަދި ކުރިއަށް އޮތް ދުވަސްތަކުގައި ލޮލުފިޔަ ޖަހާލެވޭނެ ކަމެއް ވެސް ނޭނގެއެވެ. ވަޒީފާ އިން ވަކި ކުރާނެކަން ރިއުމާންއަށް ކުރިން ވެސް އިނގެއެވެ.

މިހާރު އޭނާ ވިސްނަމުން އެދަނީ ޑިފެންސް މިނިސްޓަރ ދިން ދައުވަތާއި މެދުއެވެ. އޭނާއަށް ޚަބަރުދޭ ފަރާތުން ބައްދަލު ކުރަން ދާން ބުނި ނަމަވެސް މަންމަ ގުޅާފައި އެކަން ނުކުރާން ބުނެފިއެވެ. އާދިލް ވެސް އެއީ ބުއްދިވެރި ކަމެއް ނޫންކަމަށް ބުނި އިރު އެކަމުގައި ނާހިދްގެ އެއްވެސް ޚިޔާލެއް ނުލިބުނެވެ. ރިއުމާންގެ ވިސްނުން ފުނިޖެހުނު އިރު އޭނާއަށް އަދިވެސް ވަކި ގޮތެއް ނުނިއްމެއެވެ.

****

“މިއީ ކިހިނެތް ވީ ކަމެއް؟” މޭޒުގައި ގޮށް މުއްކަވާފައި ޖަހަމުން މަހުދީ ބުނެލިއެވެ. އޭނާގެ އެ ބޮޑު އޮފީސްތެރޭ އެކި މީހުން މޭޒު ވަށައި ތިބި އިރު މަހުދީގެ މޫނުމަތިން ރުޅިވެރިކަން ފާޅުވާން ހުއްޓެވެ. އެކަކު ވެސް އަނގައިން ނުބުނި އިރު އެތަނުގައި ތިބި ފުލުހުން ވެސް އިސްޖެހިފައި ތިއްބެވެ.

“ކޮބާ މި މައްސަލައިގައި އިސްކޮން ހަރަކާތްތެރިވާ ފުލުސް އޮފިސަރު؟ ވީގޮތް ފޮރުވާ ތަހުޤީޤުގެ ހުރިހާ އެއްޗެއް ނައްތާލި އިރު ކިހިނެތް މިކަންތައް ބޭރުވީމި؟ ކުރަން ބުނި ކަންތައް ވީކީ ނޫން، މިހާރު ގަޑި އަކަށް ކިއީމަ މިތަނަށް އާދެވޭ ކަމަކަށް ވީކީ ވެސް ނޫން!” މަހުދީ ހަރުކަށި ކަމާއިކު މިހެން ބުނިތަނާ އޮފީހުގެ ދޮރު ހުޅުވާލުމަށްފަހު އެތެރެއަށް ވައިން ޒުވާނާއަށް އެންމެންގެ ނަޒަރު ހުޓުނެވެ.

ނޫކުލައިގެ ފުލުސް ޔުނީފޯމް ލައިގެން ހުރި އިރު ބޮލުގައި ފުލުސް ތޮފި އަޅާފައި ވިއެވެ. އެމޫނުމަތިން ސީރިއަސްކަން ފާޅުވާން ހުރި އިރު ތުނިކޮށް ލެވިފައިވާ ތުނބުޅިން އޭނާގެ ޝަޚްސިއްޔަތު ފުރިހަމަ ކުރުވައެވެ. އޭނާ ހަރުކޮން ހިނގާލާފައި އައިސް މަހުދީ ކުރިމައްޗަށް ހުއްޓި ސެލިއުޓް ނެގުމަށްފަހު ދެފިޔަވަޅު ފަހަތަށް ޖެހުނެވެ. “އަޅުގަނޑަށް އާދެވުން ލަސްވީތީ މަޢާފަށް އެދެން.” ފުލުސް ސާޖެންޓް މުޙައްމަދު އައްޔާދް އާޒިމް ބުނެލިއެވެ.

“އައި ނީޑް އޭން އެކްސްޕެލެނޭޝަން.. އަހަރެން ހިއެއް ނުކުރަން އަދި އާދައިގެ ނޫސްވެރިއެއް އެއްފަހަރަކު ރިޕޯޓެއް ލިޔެލައިގެން އޭނާ އަތުގައި ދެއްކޭނެ ހެކިތަކެއް އޮންނާނެ ކަމަކަށް.. ކިހިނެތް އެ ފޮޓޯތައް އޭނާ އަތަށް އެރީ؟” މަހުދީ ހިތްހަމަނުޖެހިފައި ހުރެ ބުނެލިއެވެ.

“ތިކަން ވީގޮތް ބަލާފައި އަންނަން ލަސްވީ. ސާރގެ ދަރިފުޅުގެ ފޯނު ހެކް ކޮށްގެން ތި ފޮޓޯތައް ލީކްވެފައި އެހުރީ.. އަޅުގަނޑުމެން މިހާރު މިދަނީ ހެކް ކުރީ ކޮންފަރާތެއް ތޯ ބަލަން މަސައްކަތް ކުރަމުން” އައްޔާދް މިހެން ބުނުމުން މަހުދީ އަތުން މޫނު ފޮހެލިއެވެ.

“މިހާރުގެ މިއުޅޭ ކުދިންނަށް ފޯނެއް ލިބިއްޖެއްޔާ ދެން އެއޮތީ ވެފައި! ފާޑު ފާޑުގެ ފޮޓޯތައް ނުނަގާށޭ ބުންޏަސް އަޑެއް އިވެނީކީ ނޫން. އެވެސް ޑްލީޓް ނުކޮށް ހުރުމުން ލިބުނު ލަނޑު މިއީ.. ހޯދާނެ ކަމެއްނެތް. އަހަރެން ބޭނުމެއް ނޫން ތި ހެކް ކުރި މީހެއް ހޯދާކަށް.. ހޯދިއަސް ވާނެ ކަމެއް ނޯންނާނެ. އަހަރެން ބޭނުމީ އެ ރިޕޯޓު ލިޔުން ފަރާތް. އޭނާގެ އަނގަ ބަންދު ކުރަންވީ!” މަހުދީ ދެއަތް މުއްކަވާ ލަމުން ބުނެލިއެވެ.

“ސާރގެ ދަޢުވަތަށް ވަކި ޖަވާބެއް ލިބިއްޖެތޯ؟ އަސްލު އަޅުގަނޑަކަށް ނުފެނޭ އެކަން ކުރާކަށް.. އިތުރަށް މައްސަލަ ގޯސްވުން އެކަށީގެންވޭ..” އައްޔާދް މިހެން ބުނެފައި އޭނާ އަޅައިގެން ހުރި ތޮފި ނެގިއެވެ. “އަޅުގަނޑު ވެސް ތިވާހަކައާއި އެއްބަސް.. އެރިޕޯޓަރާއި ވާހަކަ ދައްކައިގެން މިކަން ގޯސް ވެދާނެ. ސީދާ ހައްޔަރު ކުރަން ފެންނަނީ” މޭޒު ކައިރީގައި ތިބި މީހުންގެ ތެރެއިން އެކަކު ބުނެލިއެވެ.

“ނޫނޭ.. އަހަރެން ވަރަށް ވިސްނާފައި އެދަޢުވަތު ހުށައެޅީ..” މަހުދީ ވާހަކަ ދައްކަމުން ގޮސް ބޭރު ފެންނަ ގޮތަށް ހުރި ބޮޑު ލޫއްވަގަނޑު ކައިރީގައި މަޑުކޮށްލިއެވެ. “ސާރގެ އޯޑަރަށް އޭނާ ހައްޔަރު ކުރަން ވެސް އަޅުގަނޑުމެން މިތިބީ ތައްޔާރަށް.” އައްޔާދް ޔަޤީން ކަމާއިއެކު ބުނެލިއެވެ.

“އޯ ކާމް ޑައުން.. އަދި ހައްޔަރު ކުރާކަށް ނުވޭ. އޭނާ އަދި އެއީ ކުޑަކުއްޖެއް. ވިސްނައި ދިނީމަ ޤަބޫލު ކުރާނެ. ކުޑަކުދިން ވެސް ފުރަތަމަ ނިކަން ވަރުޖަހާފައި ގޮތް ދޫ ނުކުރާނެ. އެކަމަކު ހަމަ ހިފައްޓާލާފައި އިންޒާރެއް ދިނީމަ ދެން ލާހިކެއް ނޫން ވަރުގަނޑު އަރާކަށް. އެހެން ނޫނަސް ދިސް އިޒް ޕޮލިޓިކްސް.. ވީ ޕްލޭ ޑާޓީ. އޭނާ ވެސް ކުޑަކޮން އަތް ހަޑި ކޮށްލަދޭން ވާނުން.” މަހުދީ އޭނާގެ ތުބުޅީގައި އަތް ހާކާލަމުން ބުނެލިއެވެ.

“އޭނާ ނައިސްފިއްޔާ ދެން ކިހިނެތް ހަދަންތޯ ވިސްނަނީ؟” އެތަނުން އެކަކު އަހާލިއެވެ. “އަންނާނެ.. އަހަންނަށް ޔަޤީން އޭނާ އަންނާނެކަން. އައްޔާދް ޖެހޭނެ އޭނާ އަންގާލީމަ ގޮވައިގެން އަންނަން. ބީ ރެޑީ… އިޓްސް ޕްލޭ ޓައިމް.” މަހުދީގެ ތުންފަތަށް ނުލަފާ ހިނިތުން ވުމެއް ވެރިވިއެވެ.

“ޔެސް ސާރ” އައްޔާދް ހަރު އަޑުން މިހެން ބުނުމުން އެ ބައްދަލުވުން ނިމި އެންމެން އެކީ އޮފީހުން ނިކުތެވެ. “ސާޖެންޓް އައްޔާދް.. އަދި އިތުރު ކަމެއް ކޮށްލަދޭން އެބަ ޖެހޭ. އެ އަންހެން ކުއްޖާގެ ފުލް ބެކްރައުންޑް ޗެކެއް ހަދާ.. އޭނަ އުފަން ވީންސުރެ މިއަދާއި ހަމައަށް ހުރިހާ ޑީޓެއިލްސް އެއް އަހަރެން ބޭނުން.” މަހުދީގެ އޯޑަރަށް އައްޔާދް ބޯ ޖަހާލަމުން އެތަނުން ނިކުތެވެ.

****

ގޭތެރެއަށް ވަދެގެން އައި ޒުބޭރު އަވަސް ފިޔަވަޅުތަކެއްގައި ސިޓިން ރޫމަށް ވަދެގެން ދިޔައެވެ. “ހާޖަރާ.. ހާޖަރާ!” ޒުބޭރު ނިކަން ބާރަށް ގޮވާލުމުން ބަދިގެ ފަރާތުގައި ހުރި ހާޖަރާ ޖަވާބު ދިނެވެ. “ފޮއްޓަށް އެއްޗެހި އަޅާ.. ހަވީރުން ފުރަންވީ.” ޒުބޭރު މިހެން ބުނުމުން ރިހަ ކައްކަން ހުރި ހާޖަރާ އަވަސް އަވަހަށް އުނދުން ގިނި މަޑުކޮށްލާފައި ބޭރަށް ނިކުތެވެ.

“އެކީއްކުރަން އެހާއަވަހަށް ފުރަނީ؟ އަދި އެމީހުން އާ ގެއަށް ބަދަލު ވެސް ނުވެއެއްނުން.” ހާޖަރާ އަޅައިގެން ހުރި ބުރުގާ މަތި ކޮށްލަމުން ބުނެލިއެވެ. “އަހައްނަން ހެވޭ. ރިއުމާން އެމީހަކާ ބައްދަލުކުރަން ދިއުމުގެ ކުރިން އޭނާ ހިފަހައްޓަން އެބަޖެހޭ. ފާޑުފާޑަށް ސަރުކާރުގެ ބޮޑުންނާ ބައްދަލު ކުރަން ދާނެ ކަމެއް ނެތް. ފޯނުން ގުޅައިގެން އޭނާ ޤަބޫލެއް ނުކުރާނެ.” ޒުބޭރު ހިތްހަމަނުޖެހިފައި ހުރެ ވާހަކަ ދެއްކިއެވެ.

“އޭނަ ނުދާނެ.. އަހަރެން ބުނެފިން ދާނެ ކަމެއް ނެތޭ ވެސް. ފާތުމައަށް ގުޅައިގެން ވެސް ކިޔައިފިން އޭނަ ދިޔަ ނުދޭށޭ.” ހާޖަރާ ވިސްނައިދެމުން ބުނެލިއެވެ. “އަހަރެން ޤަބޫލެއް ނުކުރާނަން. އެއީ ކާކު؟ ގޮތް ދޫ ކުރާ ކުއްޖެއްތަ އެއީ.. ފާޑުފާޑުގެ ރިޕޯޓު ލިޔާނެ ކަމެއް ނެތޭ ބުނީމަ ވެސް ލިޔުނީނުންއެ.. ރީތި ވެއްޖެއެއްނުން.. ކޮބާ އަހަރެން ފޯނު؟” ޒުބޭރު ގޭތެރެއަށް ވަދެ އޭނާގެ ފޯނު ހޯދަން ފެށިއެވެ.

****

ލޯގަނޑު ކުރިމަތީގައި ޝޯލް އަޅަން ހުރި ރިއުމާން ބޮލުގައި ޕިނެއް ޖަހާލަމުން ބުރުގާ ރީތި ކޮށްލިއެވެ. އެވަގުތު ރީތިވާ މޭޒުމަތީގައި އޮތް ފޯނު ވައިބްރޭޓް ވާން ފެށުމުން އެއަށް ބަލާލިއިރު ގުޅަނީ ޒުބޭރުއެވެ. ދެ ޚިޔާލެއްގައި ހުރެފައި ރިއުމާން ފޯނު ނެގިއެވެ. “ކީއްކުރަނީތި؟ ނުވާނެ ގޮސްގެން!” ފޯނު ކަންފަތުގައި ޖެހުމާއި އެކު އެކޮޅުން ޒުބޭރު ހަޅޭލަވައިގެން އަޑު އިވުނެވެ.

“އަޅުގަނޑު ރަނގަޅު. ބައްޕަ ހާލު ކިހިނެތްތަ؟” ރިއުމާން ޖެއްސުމަށް މިހެން ބުނެފައި އަނެއްކާވެސް ބުރުގާ ރީތި ކޮށްލިއެވެ. “މާ ވާހަކަ ގިނަ ކުރާނެ ކަމެއް ނެތް. ބުނީމަ ބުނާގޮތް ހަދާނީ. މިއަދު ހަވީރު ފުރަން މިއުޅެނީ.. ގޮސްފިއްޔާ އަހަންނަށް އިނގޭ ހަދާނެ ގޮތް!” ޒުބޭރު މިހެން ބުނެފައި ފޯނު ކަނޑާލުމުން ރިއުމާން އައި ރުޅީގައި އެނދުމައްޗަށް ފޯނު ހޫރުވާލިއެވެ.

މީހަކު ކިޔާނެ އެއްޗަކާއި މެދު މިހާރު ފަރުވާލެއް ނެތެވެ. އޭނާ ފޯނުން ނަމްބަރަކަށް މެސެޖު ކޮށްލަމުން ދަބަސް ހިފައިގެން ކޮޓަރިން ނިކުތެވެ. “ރިއުމާން ކޮންތާކަށް؟” ބޭރަށް ނިކުއިން ރިއުމާން ފެނި ފާތުމަ އަހާލިއެވެ. “މިދަނީ އެ ދަޢުވަތަށް ބައްދަލު ކުރަން ދާން.” މިހެން ބުނެފައި ފާތުމަ އިތުރު އެއްޗެކޭ ބުނުމުގެ ކުރިން ރިއުމާން ކުޑައެއް ހިފައިގެން ސިޑިން ފައިބައިގެން ދިޔައެވެ.

ބޭރަށް ނިކުއިން އިރު އުޑުމަތި ބަނަވެފައި ވީއިރު ބާރު ވަޔާއި އެކު ހިރަފުސް އާދެއެވެ. އެވަގުތު ފޯނު ރިންގުވުމުން އޭނާ އެއަށް ޖަވާބު ދިނެވެ. “ހަލޯ.. ލައްބަ. ނޫނޭ.. އަޅުގަނޑު ބަލާ ނުފޮނުވިއަސް ތި ހިސާބަށް ދެވިދާނެ އެކަމު ޝުކުރިއްޔާ.” ރިއުމާން މިހެން ބުނެފައި ބޭރަށް ނިކުމެ ޓެކްސީއެއް ނެގުމަށްފަހު އޭނާގެ މަންޒިލަށް ދާން ދަތުރު ފެށިއެވެ.

****

ޓެކްސީ އައިސް މަޑު ކޮށްލުމާއިއެކު ރިއުމާން އެއިން ފައިބައިގެން ކުރިމަތީގައި ހުރި ބޮޑު އިމާރަތަށް ނަޒަރު ހުއްޓާލިއެވެ. އޭރު ވަންނަ މައި ދޮރު ކައިރީގައި އޭނާގެ އިންތިޒާރުގަ ދެ ފުލުހުން ތިއްބެވެ. ރިއުމާން އެމީހުންނާއި އެކު އެތެރެއަށް ވަދެގެން ދިޔައިރު ތަނުގެ މުވައްޒަފުން އޭނާއަށް ކަޅި އަޅަމުން ދިޔައެވެ.

އެމީހުން ރިއުމާން ގެންގޮސް ގޮނޑިއެއްގައި ބެއިންދުމަށްފަހު ދުރުގައި މަޑުކޮށްލައިގެން ތިއްބެވެ. ފަހަތުން ފެންނަށް އޮތް މާލޭގެ ހަލަބޮލި މަގަށް ރިއުމާން ނަޒަރު ހުއްޓާލައިގެން ހުރިއިރު އެ ހިތް ނުތަނަވަސް ވަމުން ދިޔައެވެ. އޭނާ މިތަނަށް އައި ނަމަވެސް ވާން އުޅޭގޮތާއި މެދު އޭނާ ޖެހިލުން ވިއެވެ.

“ރިއުމާން ޒުބޭރް.” ފަހަތުން އޭނާގެ ނަން ގޮވާލުމުން ރިއުމާން ސިހުނެވެ. އެއީ ކޮންމެ ވެސް ތާކުން އަޑުއެހި އަޑެކެވެ. ރިއުމާން ފަސް އެނބުރި ބަލައިލި އިރު ކުރިމަތީގައި ހުރި ޒުވާނާ ފެނި އެއީ އޭނާ ދަންނަ މޫނެއް ހެން ހީވިއެވެ. “އައްސަލާމް އަލައިކުމް.. ސާޖެންޓް އައްޔާދް އާޒިމް. މި މައްސަލައިގައި އިސްކޮން ހަރަކާތްރެވާ އޮފިސަރަކީ އަޅުގަނޑު.” އައްޔާދް ސަލާމްކޮށްލަން އަތް ދިއްކޮށްލުމުން ރިއުމާންގެ އަށް އެއީ ކާކުކަން ޔަޤީންވިއެވެ.

މީގެ ފަސް އަހަރު ކުރިން އައްޔާދް ރަށަށް އައިރު ހުރި ގޮތާއި މިހާރު ހުރި ގޮތް ވަރަށް ތަފާތެވެ. އެ މޫނު ކުރިއެކޭ އެއްގޮތް ވިއަސް މިހާރު ތުނބުޅިއެއްލައި ހަރުދަނާ ކަމަށް ދައްކައެވެ. ލައިގެން ހުރި ފުލުސް ޔުނީފޯމުން ވެސް އޭނާގެ ހައިބަތު އިތުރު ކޮށްދޭ އިރު ހަށިގަނޑު ވެސް ކުރިއަށް ވުރެ ބޮޑުވެފައި ތަފާތެވެ.

“އައްޔާދް.. ކިހިނެތް؟ ފުލުހުގަތަ މިހާރު އުޅެނީ..” ރިއުމާން ހައިރާންވެފައި ހުރެ މިހެން އަހާލުމުން އައްޔާދްގެ މޫނުމަތިން ފެނުނީ ސުވާލު މާކެކެވެ. “މާފްކުރޭ އެކަމު އަޅުގަނޑަކަށް ތިބުނި އެއްޗެއް އޮޅުމެއް ނުފިލި..” އައްޔާދް މިހެން ބުނުމުން ރިއުމާންއަށް އޮޅުނެވެ. “ހަނދާނެއް ނެތްތަ؟ ވީ މެޓް.. އީދަށް ރަށަށް އައިފަހަރު ދިމާވިއެއް ނުން.” ރިއުމާން މިހެން ބުނުމުން އައްޔާދް އެއްބުމަ އަރުވާލިއެވެ.

“ނޫނޭ.. އަޅުގަނޑު ހަނދާނަކަށް ނާދޭ.. ތިވާނީ އޮޅުނީ ކަމަށް. އަދި ކިރިޔާ ރިއުމާންއާއި މި ބައްދަލުވީ. ޑިފެންސް މިނިސްޓާ އިންނެވީ އިންތިޒާރުގައި..” އައްޔާދް މިހެން ބުނެފައި ރިއުމާން އިތުރު ސުވާލެއް ކުރުމުގެ ކުރިން ކުރިއަށް ހިނގައިގަތެވެ. އޮޅުމެއްގެ ތެރޭގައި ހުރި ރިއުމާން އޭނާގެ ފަހަތުން ހިނގައިގެން އިރު އައްޔާދް އޭނާ ނުދަންނަ ކަމަށް ބުނެ އެކަން އިންކާރު ކުރީ ކީއްވެބައޭ ހިތަށް އެރިއެވެ. ނަމަވެސް އޮފީސް ކުރިމައްޗަށް އެރުމާއި އެކު އެ ޚިޔާލުތައް އެއްފަރާތް ކޮށްލަމުން އައްޔާދްގެ ފަހަތުން އެތެރެއަށް ވަނެވެ.

****

ފަސް އެނބުރިގެން ހުރި މަހުދީ އޭނާގެ އަތުގައި އޮތް ގަނޑުތަކަށް ނަޒަރު ހުއްޓާލައިގެން ހުރެފައި އައްޔާދް ގޮވާލުމުން އޭނާ އެނބުރުނެވެ. އޭރު ކުރިމަތީގައި ދަބަހެއް ކޮނޑުގައި އަޅުވާލައިގެން ހުރި ރިއުމާން ފެނި އޭނާ ހީލިއެވެ. މަހުދީ ކުރިއަށް ޖެހިލާ ގަނޑުތައް މޭޒު މަތީގައި ބަހައްޓަމުން އަޅައިގެން ހުރި ނަމްބަރު އައިނު ނެގިއެވެ.

“މިސް ރިއުމާން. ދުރުވޭ ދުރުވޭ.. ހަމަ އިންތިޒާރުގައި މި އިނީ. ރިއުމާން ކިޔަސް މައްސަލައެއް ނެތް ދޯ..” މަހުދީ ރިއުމާން އިންނަށް ކައިރީގައި ހުރި ސޯފާއަށް އިޝާރަތް ކޮށްލަމުން ބުނެލިއެވެ. ޖަވާބުގައި ރިއުމާން ހީލަމުން މަހުދީއާއި ސަލާމް ކޮށްލުމަށްފަހު ސޯފާގައި އިށީނދެލިއެވެ. އޭރު އައްޔާދް ދުރުގައި ކޮޅަށް ހުއްޓެވެ.

“އެއްޗެއް ގެންނަންތަ ބޯލަން؟ ކޯއްޗެއް ބޭނުމީ.. ވީ ހެވް ކޮފީ، ޓީ، އެޕަލް ޖޫސް، މެންގޯ ޖޫސް އަދި ހުންނާނެ އަންނާރު ޖޫސް ވެސް. އެއީ ސިކުނޑިއަށް ވަރަށް ރަނގަޅު އެއްޗެއް ކަމަށް ވަނީ.” މަހުދީ ބޮލަށް އިޝާރާތް ކޮށްލަމުން ބުނެލިއެވެ. “ނޫނޭ.. އަޅުގަނޑު އެއްޗެއް ބޭނުމެއް ނޫން.” ރިއުމާން ހަމަޖެހިލަމުން ބުނެލިއެވެ.

މިހާ ފިނި އިރެއްގައި ޖައްސާފައި ހުރި އޭސީއިން އޭނާ ހީކަރުވަމުން ދިޔައެވެ. “ނޫނޭ. ތިގޮތް ކަމަކު ނުދާނެ.. ތީ އަޅުގަނޑުގެ މެހެމާނެއް. އެހެން ވީމަ އެއްޗެއް ބޯލަން ވާނެ. ނަޝާ.. ނަޝާ.. ޔެސް. އެއް އައްނާރު ޖޫސްތައްޓާ ކޮފީއަކާއި ގެނެސްދީ. ޑޯންޓް ވޮރީ ރިއުމާން.. އިޓްސް ނޮޓް ޕޮއިޒަންޑް..” މަހުދީ ފަހުން އެބުނެލި ޖުމްލަ އަޑު އިވި ރިއުމާން ހިންދިރުވާލިއެވެ.

“އެހެންވީމަ.. ވާހަކައެއް އަޑުއަހައިގެން މިއުޅެނީ. ރިއުމާން މާ މޮޅު ރިޕޯޓެއް ލިޔުނިއްޔޯ.” ރިއުމާންގެ ކުރިމައްޗަށް ވާ ގޮތަށް އިން އަނެއް ސޯފާގައި ޖައްސާލަމުން މަހުދީ ބުނެލިއެވެ. “އަޅުގަނޑު ހަޤީޤަތް ހާމަ ކުރީ..” ރިއުމާން ޖެހިލުމެއްނެތި ބުނެލިއެވެ.

“ހޫމް.. އެއީ ނިކަން ކުރާ ހިތްވާ ކަމެއް ދޯ.. އަހަރެން ބަލާލީމޭ ރިއުމާންގެ މަސައްކަތް. ކުރިން ވެސް ޑަރަގްސްގެ މައްސަލައެއްގައި ރިޕޯޓެއް ލިޔެ އެކަން ފަޅާ އަރުވާލާފައި އޮތްލެއް ވަރަށް މޮޅު.. އަނެއްކާ ފަހުން ތި ލިޔުން ރިޕޯޓު ވެސް އެހާމެ ފުރިހަމަ. އިނގޭތަ އެތަނުން އަހަންނަށް އެންމެ ކަމުދިޔަ ލައިން.. ‘ޑިފެންސް މިނިސްޓަރ އަކީ ހަޤީޤަތް އޮޅުވާލާ ދޮގުތަކުން އެ ބަނޑު ފުރާފައިވާ މީހެކެވެ’ ހެހެހެ.. އަހަރެން ބަނޑު ހަމަ އެހައި ބޮޑު ވީމަ ބުނިއެއްޗެއްތަ އެއީ؟” މަހުދީ އޭނާގެ ބަނޑުގައި އަތް ލަމުން ހިނިގަނޑެއް ޖަހާލިއެވެ.

“މިވީ ގޮތުން ދެން މިޖެހުނީ ޖިމަށް ދާންތާ.. ދޯ ސާޖެންޓް އައްޔާދް.. ބަލާބަލަ އޭނަ ފިޓުކަން.. ވާނެ ދެމީހުން އެކީ ޖިމަށް ޖައްސާލަން ދޯ.” މަހުދީ ހީލަމުން ބުނެލިއެވެ. “އަޅުގަނޑު މިތަނަށް އަންނަން ދަޢުވަތު ދިނީކީ ތިބޭފުޅުން ޖިމަށް ދާ ވާހަކަ ދައްކާކަށް ނޫން ދެއްތޯ.” ރިއުމާން ހިތްހަމަ ނުޖެހިފައި މިހެން ބުނިއިރު އެތަނަށް ޖޫސް ހިފައިގެން ކުއްޖަކު އައިސް ވަނެވެ.

“އޯ ސީދާ ޕޮއިންޓަށް ދޯ ދާންވީ.. ތޭންކްސް ނަޝާ.” މަހުދީ މިހެން ބުނެފައި އެ ކުއްޖާއަށް ދިމާއަށް އެއް ލޯ މަރާލުމުން ރިއުމާންގެ އަތް މުއްކެވުނެވެ. މިކަހަލަ ފިރިހެނުން ދެކެ އޭނާ ރުޅި އަންނަނީ ސަބަބެއް ނެތިއެއް ނޫނެވެ. މަހުދީ އޭނާގެ ކޮފީތަށިން ކޯވަރެއް ބޯލަމުން ހަމަޖެހިލިއެވެ. “އެހެންވީމަ ރިއުމާން ހަދަންވީ ގޮތަކީ މަޢާފަށް އެދިފައި މިއީ ހުސް ދޮގު ކަމަށް ހާމަ ކުރަންވީ.. ވަރަށް ސިމްޕަލް.” މަހުދީ މިހެން ބުނުމުން ރިއުމާން ހީލިއެވެ.

“އަޅުގަނޑު އެވަރުން ތިބޭފުޅާގެ ދަރިފުޅު ފޯނު ހެކްކޮށް މި ރިޕޯޓާއި އެއްޗެހި ލިޔުނީކީ ފަހުން މަޢާފަށް އެދޭކަށް ނޫން.. މަޢާފަށް އެދެން ޖެހޭނީ ތިބޭފުޅުން. އަމިއްލަ ބާރުގެ ބޭނުން ކޮށްގެން މައުސޫމް ކުދިން މަރަމުން ދާއިރު ލަދޭ މިކިޔާ އެއްޗެއް ގަނޭތޯ؟” ރިއުމާން ޔަޤީން ކަމާއި އެކު މިހެން ބުނުމުން މަހުދީ އޭނާއަށް ލޯ އަޅާލިއެވެ. “ބުނަން ތި ވާހަކަ ދައްކަނީ ޑިފެންސް މިނިސްޓަރާ.. އެކަން ހަނދާނުގައި ބަހައްޓައިގެން ވާހަކަ ދައްކާނީ.” މަހުދީ ހަރުކަށި ކަމާއިއެކު ބުނެލިއެވެ.

“އެކަން ހަނދާނުގައި ހުރީމަ އެހެން މިބުނީ.. އެއީ ހަޤީޤަތަކީ. ޔޫ އާ ނަތިން ބަޓް އަ ކޯލްޑް ބްލަޑެޑް މާޑަރާ!” ރިއުމާން ލޯ އަޅާލަމުން މިހެން ބުނުމާއިއެކު ދުރުގައި ހުރި އައްޔާދް ދުމެއް ޖަހާފައި އޭނާ ކައިރިއަށް އައެވެ. “މައިންޑް ޔުއާ ލެންގުއޭޖް ވެން ޔޫ ޓޯކް ޓު ދަ ޑިފެންސް މިނިސްޓަރ އޮފް ދިސް ގަވާމެންޓް.” އައްޔާދް ހަރުކަށި ކަމާއިއެކު ބުނެލިއެވެ.

“ތިއީ ދެން ކާކުތޯ؟ މިކަހަލަ މީހުން ބުނާހާ ކަމެއް ކުރަން ހުރި ޕަޕެޓެއް އެހެއްނުން..” އެއްވެސް ޖެހިލުމެއް ނެތި ރިއުމާން ވާހަކަ ދައްކަމުން ދިޔައިރު އައްޔާދް ހުރީ ރުޅި އައިސް ރަތްވެފައެވެ.

“އޮފިސާރ.. ހަމަޖެހޭ! އޭނާ ދޮގެއް ނޫނެއްނުން އެ ހަދަނީކީ.. އާނ. އަހަރެންނަށް އެނގި ހުރެ އެ އަންހެން ކުއްޖާ މަރާލީ. އެކަން ކުރީ ވެސް އަހަރެންގެ ދަރިފުޅު.. އެކަން ފޮރުވީ އަހަރެން. އެކަން ފޮރުވަން ޖެހުނީ އަހަރެންގެ ދަރިއަށް އެކަންތައް ރަނގަޅަށް ނުކުރެވުނީމަ.. އައި ވޮޒް އައުޓް އޮފް ކަންޓްރީ.. އޭނަ ވެސް މޮޔަ ކަމުން އަންގާނުލައި ގޯންޏަކަށްލާ ކަނޑު ފެއްތީ. ހޫ ޑަޒް ދެޓް؟ ސޯ ސްޓުޕިޑް.” މަހުދީ ހަމަޖެހިލައިގެން އިނދެ ބުނެލިއެވެ.

“ޔޫ އާ ޑިސްގަސްޓިން..” ރިއުމާން މޫނު ކުނިކޮށްލަމުން މިހެން ބުނެ އިންތަނުން ތެދުވިއެވެ. “އައުޗް.. އަހަރެންގެ ހިތަށް އަސަރު ކޮށްފި.” މަހުދީ ހިނިގަނޑެއް ޖަހާލާފައި ކޮފީތަށި ބޯލިއެވެ. “ބުނަން މިތަނުން ބޭރަށް ނިކުންނަ އިރު ތިބޭނެ ރިޕޯޓަރުން.. އެމީހުން ކުރިމަތީގައި ރިއުމާން ޖެހޭނީ ކުށް ޤަބޫލުކޮށް މިއީ ހުސް ދޮގު ކަމަށް ބުނަން. ބުނޭ އެއީ ލާރިގަނޑެއްގެ ބޭނުމުގައި ކުރިކަމެކޭ. އެކަމަކު މިހާރު ވިސްނިއްޖެޔޭ.” މަހުދީ ހަރުކަށި ކަމައިއެކު އަމުރު ކުރިއެވެ.

“އަޅުގަނޑު ތިކަން ކުރާނެހެން ހީވޭތޯ؟ ނުކުރާނަން!” ރިއުމާން ސީދާ ދިމާލަށް ބުނެލިއެވެ. “ނުކޮށްފިއްޔާ އަހަންނަށް އިނގޭ ރިއުމާންގެ މައިންބަފައިން މިއަދު މާލެ އަންނަކަން.. އަދި ތިއުޅޭ ގޭގައި އުޅޭ މީހުންނާއި އެމީހުން ކުރާ ކަންތައް ވެސް. އޯ އަދި ތިގޭގައި ހުރެ އެއްނުން ކުއްޖެއް.. ކޮން ނަމެއްތަ ކިޔަނީ.. ޔެސް ނަދާ. ވަރަށް ރީތި ދޯ އޭނަ.. ހަމަ ހޫރު ޕަރީއެއް ހެން ހީވަނީ.” މަހުދީ މިހެން ބުނުމުން ރިއުމާންގެ ހިތް ތެޅިލިއެވެ. އޭނާ ހާސްވި އިރު ޖަވާބެއް ދޭން އުޅުނު ނަމަވެސް ދޫ ހަރަކާތެއް ނުކުރިއެވެ.

“އަދި ރިއުމާންގެ ބޮސް ނާހިދް ވެސް އުޅެއެއްނުން އެބަ… އުހުން. އެކްސް ބޮސް. ވަޒީފާއިން ވަކި ކޮށްލީދޯ.. އޭނަ މިހާރު މިވަގުތު އުޅެނީ ސައިކަލުގައި މަގުމަތީގައި.. ނިކަން ދުއްވާ އެއްޗެހި ގިނަ ތަނެއް މާލެ މިއީ.. އެކްސިޑެންޓް އެއްވެއްޖެއްޔާ ޔޯ؟” މަހުދީ މިހެން ބުނުމުން ރިއުމާން ހާސްވެފައި އެއްޗެކޭ ބުނަން އަނގަ ހުޅުވާލި ވަގުތު މަހުދީ އޭނާ މެދުކަނޑާލިއެވެ.

“އަދި އޭނާގެ އަންހެނުން ވެސް އެބަހުރި.. އަލަތު ދަރިއަށް ބަލިވެ ދޯ އިނީ. ކިހާ އިންތިޒާރެއް ކުރާނެ އެދަރިފުޅު ދެކިލާ ހިތުން އެދަމަފިރިން. އެ ނަސީބު އެމީހުންނަށް ނުލިބިއްޖެއްޔާ ޔޯ؟” މަހުދީ ސޯފާއިން ތެދުވެ އޮފީސްތެރޭ ދެކޮޅަށް ހިނގާލަމުން ބުނެލިއެވެ.

އޭރު ރިއުމާންގެ ޚިޔާލުތައް ފުނި ޖެހެމުން ދިޔައިރު އެ ބުނި ކޮންމެ މީހެއްގެ ސޫރަ ލޯމަތިން ފެންނަމުން ދިޔަ ކަހަލައެވެ. “ދެން މީގައި ގޮތެއް ނިންމާނީ ރިއުމާން. އެމީހުންތަ ނޫނީ ހަޤީޤަތްތަ؟ ޔޫ މޭ ލީވް. އައްޔާދް އޭނަ ބޭރަށް ލާން ދޭ.” މަހުދީ މިހެން ބުނިއިރު އެ ތުންފަތުގައި ނުލަފާ ހިނިތުންވުމެއް ވެރިވެފައި ވިއެވެ.

ރިއުމާން އިތުރަށް އެއްޗެކޭ ނުބުނެ އަވަސް ފިޔަވަޅު ތަކެއްގައި އެ އޮފީހުން ނިކުތެވެ. އޭރު އައްޔާދް އޭނާގެ ފަހަތުން އާދެއެވެ. ކުރިއަށް އަޅައި ކޮންމެ ފިޔަވަޅަކާއި އެކު އެހިތް ދެގުނައަށް ތެޅިލައެވެ. ބޭރުގައި ތިބި ރިޕޯޓަރުންގެ އަޑު އިވެމުން ދިޔައިރު މަހުދީގެ ވާހަކަތައް އެކަންފަތުގައި ގުގުމަމުން ދިޔަ ކަހަލައެވެ.

އިމާރާތުން ބޭރަށް ނިކުއިން އިރު އެކި މީޑިއާ ތަކުގެ ރިޕޯޓަރުން އެތަނަށް އެއްވެފައި އޮތެވެ. ބޯ ކުރަމުން ދިޔަ ކަޅު ވިލާތަކުން ހޯސްލާގައި ކެރިގަނޑު އޮއްސާލިއެވެ. އެވަގުތު ރިޕޯޓަރުންތައް އޭނާ ކައިރިއަށް ޖެހި ޖަވާބަކަށް އެދި އެއްފަހަރާ ސުވާލު ކުރަން ފެށިއެވެ. ބޯ ވާރޭ ތެރޭ ތެމެމުން ދިޔައިރު ރިއުމާންގެ ސިކުނޑި ސުމަކަށް ދިޔައެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

layaal

Level 310 Stories100 Comments

Other Articles

Previous

އިންތިހާޔަށް (7ވަނަ ބައި)

Next

އެ ވާހަކަ

Next
January 7, 2017

އެ ވާހަކަ

Previews
January 7, 2017

އިންތިހާޔަށް (7ވަނަ ބައި)

26 Comments!

  1. layaal says:
    January 7, 2017 at 3:08 pm

    enjoy reading.
    Will she save her loved ones or stand with the truth?

    1. Mai says:
      January 7, 2017 at 4:27 pm

      Varah kerigen eulheny, ehenvyma thedh haama kuraane. Adhi edhehki vaahaka record kihfa onnaany

    2. Salhivaane!!! says:
      January 7, 2017 at 5:12 pm

      Ey salhi vaane ethanun miyhakuge mike ah honu alhifiyaa!!!!

  2. Rammu says:
    January 7, 2017 at 3:22 pm

    Egolaa kee huriha ehcheh kiyaalaanama dhw very salhi vaane

  3. Sun says:
    January 7, 2017 at 3:25 pm

    Stand with truth

  4. Ayyaadh says:
    January 7, 2017 at 3:43 pm

    Haas nuvey aharen mihurynu riu kairyga dho…

  5. Shi..... says:
    January 7, 2017 at 3:46 pm

    V REETI

  6. meera says:
    January 7, 2017 at 3:46 pm

    alheyy! hama hiy thalhuvaalaafa eba ninmaa konme faharaku. loved everything about this episode. hama sifavey mahudhee with his huge badu ? riu tell the truth igeyy

  7. cindrella says:
    January 7, 2017 at 3:54 pm

    Alhe Kee hurihaa ehcheh record kuraane nama dhw

  8. Aish says:
    January 7, 2017 at 3:55 pm

    Aleyy riumaa tell true nuvisnaa ey birugehnevy thedha byney storry habeys waiting waiting

  9. imagination says:
    January 7, 2017 at 3:56 pm

    woooah. speech less

  10. Jjj says:
    January 7, 2017 at 4:09 pm

    Riuman akee meehekey bunaanan if she stands with the truth. Aslu motivate vehje journalist akah vaan ?

  11. faathi says:
    January 7, 2017 at 4:21 pm

    omg omg! haaadha reechey mi vaahaka. heevani hama ethanuga hure vey hen. varah salhi igey.

  12. pinky says:
    January 7, 2017 at 4:26 pm

    hop hop riumaan! buney kee hurihaa ehche. mahudhee gym akah ves noon dhaan v ki

  13. Shu says:
    January 7, 2017 at 5:02 pm

    Record kuraanekan yageen dhehki hurihaa vaahakaeh….enme fahu vaguthu falhaa aruvaalaane….vvvvv salhi

  14. Ayyaadh says:
    January 7, 2017 at 5:21 pm

    I think ahanah jeheyny riu salaamaiy kuran. Aharen vvvv loabivey riu dheke. Mahudhy bust kohlaanyyy aharenkekekeke mahudhy kae aharen ge riu aaa nubeheythi.

  15. Faathee says:
    January 7, 2017 at 5:51 pm

    Alhey ayyadh keehve baa neyngey kamah e hadhaalee..

  16. Araa says:
    January 7, 2017 at 5:51 pm

    Plxxxx say the truth..defence minister can’t do anything…dhogu hedhima riuman ah hama gehluh vaanii ..thikahala verih thah tha thibey thi mi ulheynii kahthah thah goas vegeh

  17. elli says:
    January 7, 2017 at 6:46 pm

    habeys story eh hama. layaal vare neh. aslu laraa menge story thakaa gaai kurey. varah furihama

  18. Aik says:
    January 7, 2017 at 9:37 pm

    Mashah heevany ayyaad hen riumaan ah information dheny. Police eh veema hurihaa kamei igeyne ehnu. Bodunge nufoozu gadha kamun ayyaad ah ehves kamei nukurevethy riumaan lahvaa bust kuruvany. Vaahaka v reethi

    1. ... says:
      January 7, 2017 at 10:35 pm

      exactly… ? eyna kanneynge record koffa riumaan ah fonuvaany..

  19. Mimmi says:
    January 7, 2017 at 11:08 pm

    This story is really nice..keep it up..?
    Plsssssssss awahah upload kohdhehcheyy can’t wait?

  20. maiha says:
    January 8, 2017 at 9:53 am

    layaaa..kobatha story?

  21. Mal says:
    January 8, 2017 at 2:09 pm

    Avahah dhen next part upload kohdhee plx

  22. Shu says:
    January 8, 2017 at 8:23 pm

    8 vana part kobaatha.mi haadha reethi story ekey…..

  23. zagambo bagombo says:
    February 8, 2017 at 6:59 pm

    Wow she has to decide on one thing dhw.eyndhi bunefa sikundi sumakah ves dhiya ee o

Comments are closed.

Next Episodeވަންހަނާ (10)←


All Right Reserved!