”ހިނގާފަތަ ދަނީ؟” މިތަނާއި އެހާ ދުރެއްނުވާނެ ލަޔާ އުޅޭ ގެއަކާ، އެކަން އީމާ އުޅެނީ ތަންކޮޅެއް ދުރުގައި ހުންނަ ގެއެއްގައި..” ލޫކަސް އަހާލުމުން ޖަވާބުދިނީ ލަޔާލީ އެވެ.
ޖެހިގެން އައިދުވަހު ލަޔާލީ އަށް ހޭލެވުނީ ހެނދުނު 9 އެއް ޖަހަން އުޅެނިކޮންނެވެ. ތެދުވެގެން ގޮސް މޭޒުމަތީގައި އޮތް ފޯނު ނަގައި ބަލައިލި އިރު އެއްވެސް މީހަކު ގުޅާފައި ނެތުމުން ވަރަށް ހައިރާންވިއެވެ. ޙާއްސަކޮށް ޒޭން ގުޅާފައި ނެތުމުންނެވެ. ކޮންމެދުވަހަކުވެސް ޒޭން ލަޔާލީ އަށް ގުޑްމޯނިންގް މެސެޖް ކުރެއެވެ. ނަމަވެސް މިއަދު މެސެޖެއްހާ މިންވަރުވެސް ނެތުމުން ލަޔާލީ ވަރަށް ދެރަވެފައި ހުރެ ފޯން އެދުމައްޗައް އެއްލާލުމަށްފަހު ވަނީ ފެންވަރަން ފާޙާނައަށެވެ. ފެންވަރައި ރީތިވެގެން އައިސް އަނެއްކާވެސް އެނދުމަތީގައި އޮތް ފޯނު ނަގައި ބަލާލިއެވެ. ޒޭން ގުޅާފައިވެސް ނެތުމުން ލަޔާލީ ޒޭން އަށް އަނެއްކާވެސް ގުޅިއެވެ. ނަމަވެސް ޒޭން ފޯން ނުނެގުމުން ލަޔާލީ ވަރަށް ކަންބޮޑު ވިއެވެ. ކޮޓަރިތެރޭގައި ދެކޮޅަށް ހިނގާލަ ހިނގާލަ ހުރެފައި އަނެއްކާވެސް ޒޭން އަށް ގުޅިއެވެ. ޒޭން ފޯން ނުނަގާތީ ލަޔާލީ އީމާ އައްވެސް ގުޅިއެވެ. އިމާ ވެސް ފޯނެއް ނުނަގައެވެ. އަޖައިބެއް ނޫން ހެއްޔެވެ؟ ދެމީހުންވެސް ފޯނެއް ނުނަގައެވެ. ލަޔާލީ އަށް ބުނެވުނެވެ. އުނަގަނޑުގައި ދެއަތް ވިއްދާއިގެން ހުރެފައި ގޮސް ކޮމްޕިއުޓަރ ކައިރީގައި އިށީނެވެ.. ފޭސްބޫކް އަށް ވަދެ ޒޭން އޮންލައިނުގައި އިންތޯ ބަލާށެވެ. ފޭސްބޫކަ އަށްވެސް ވަދެވިއްޖެއެވެ. އެހެން ނަމަވެސް ޒޭން އޮންލައިނަކު ނެތެވެ. މާޔޫސް ވެފައި އިނދެ ފޭސްބޫކް ހާވާނިކޮށް ފްރައިންޑް ރިކުއެސްޓެއް އަތުވެއްޖެއެވެ. ލަޔާލީ ވަގުތުން ކާކުތޯ ބަލައިލިއިރު އެއީ ލޫކަސް އެވެ. އެކްސެޕްޓް ކުރިތަނާ ލޫކަސް ” ހައި” ޖަހާލިއެވެ. ހަމައެއާއެކު ލަޔާލިވެސް ހައިޖަހާލިއެވެ.
ލޫކަސް: ”ކީއްކުރަނީ؟”
ލަޔާލީ : ”ކަމެއްނުުކުރަން ހަމައިނީ ލޫކަސް ކީއްކުރަނީ މިއޮއް ހެނދުނު ހެނދުނާ؟”
ލޫކަސް: ”ހޭލެވުނީމަ ފޭސްބޫކްއަށް ވަދެލީ”
ލަޔާލީ: ”އެހެންތަ؟”
ލޫކަސް: ”ހުމް”
ލަޔާލީ: ”ޒޭން ދެކުނިންތަ؟”
ލޫކަސް: ”ނޫން ނުދެކެން”
ލަޔާލީ: ”އޯކޭ ސީ ޔޫ އެގެއިން ބައި…” މިހެން ބުނުމަށްފަހު ލަޔާލީ އޮފްލައިން ވިއެވެ. އަދި ތެދުވެގެން ގޮސް ސައިބޮއިގެން ވާހަކަ ފޮތެއްނަގައިގެން އެނދުގައި އޮށޯވެގެން އޮވެފައި ހަވީރުވުމުން ޒޭންގެ ގެއަށް ދާން ނުކުތެވެ. ތަންކޮޅަކަށް ދެވުނުތަނާ ލަޔާލީ އަށް ފެނުނީ ޒޭން އެވެ. ފޯނާކުޅެން ފިހާރައެއްގެ ބޭރުގައި ސައިކަލު ޕާކް ކޮށްގެން ސައިކަލު މަތީގައި އިން ޒޭން ފިހާރަތެރެއަށް އަތުން އިޝާރާތް ކުރާތަން ފެނުމުން ލަޔާލީ ޒޭން އާ ދިމާލަށް ހިނގައިގަތެވެ. ވަކިހިސާބަކަށް ދެވުނުތަނާ ފިހާރައިން އަންހެން ކުއްޖަކު ނުކުމެ ޒޭންގެ ސައިކަލު ފަހަތަށް އެރިއެވެ. ލަޔާލީ ހުރީ ޒޭން އާއި ތަންކޮޅެއް ދުރުގައި ކަމުން އެ އަންހެން ކުއްޖާގެ މޫނު ރަނގަޅަކަށް ލަޔާލީ އަށް ފެންނަގޮތެއް ނުވިއެވެ. އަތުގައި ދެތިން ކޮތަޅުވެސް އޮތެވެ. އެވަގުތު ލަޔާލީ ގާތަށް ރުޅިއައެވެ. އަދި އަބުރާލާފައި އައި ކޮޅަށް ހިނގައިގަތެވެ.
ގަޑިން ރޭގަނޑު 8 އެއް ޖަހަނީ އެވެ. ލަޔާލީ ހުރީ ކޮޓަރީގައި ހެދުން އިސްތިރި ކުރާށެެވެ. މާދަމާ އަކީ އާދީއްތަ ދުވަހަށް ވެފައި އޮފީހަށް ދާންޖެހޭތީއެވެ. އިސްތިރި ކުރަން ހުރި އިރުވެސް އިރުއިރު ކޮޅާ ފޯނަށް ބަލާލައެވެ. ޒޭން ގުޅާ ތޯއެވެ. ޒޭން އާއި އެކީ ސައިކަލުގައި ދިޔައީ ކޮންކުއްޖެއްބާއެވެ. ގުޅީމަ ފޯން ނުނަގަނީ ކީއްވެބާއެވެ.، ޒޭން ދުވަހަކުވެސް އަހަންނަކަށް ކަމެއް ސިއްރެއް ނުކުރައެވެ. މިކަހަލަ އެތަކެއްސުވާލެއް ލަޔާލީގެ ހިތަށް އަރައިިފައިބަމުން ދެއެވެ. އިސްތިރިކޮށް ނިންމުމަށްފަހު ހެދުން ތަށް އަލަމާރީގައި އަތުރާލާފައި ޒޭން އަށް މެސެޖެއް ކޮށްލާނަމޭހިތާ ފޯން ނަގައި ބަލައިލި އިރު ފޯނަށް މެސެޖެއް އައިސް އިންތަން ފެނުމުން އަވަހަށް އެ މެސެޖް ބަލާލިއެވެ. ” ލަޔާ ވަރަށް ބޮޑަށް ސޮރީ ދެންމެ މިހޭލެވުނީ ކިހިނެއްވީ؟ ހާދަވަރަކަށް ގުޅާފައި …. ކަމެއް ނެތިއްޔާމުން މިގެއަށް ޖައްސާލަބަލަ.. އެބައޮތް ވަރަށް ބޮޑު ވާހަކައެއްވެސް ބުނަންވެފައި…” ޒޭން ފޮނުވި މެސެޖްގައި މިހެން ލިޔެފައި އޮތުމުން ލަޔާލީ ހައިރާންވިއެވެ. އަދި ނިކަން އަވަސް އަވަހަށް މަގުމައްޗަށް ނުކުމެ ޓެކްސީ އަކަށް އެރިއެވެ. ޒޭންގެ ގެއަށް ދިއުމަށެވެ. އިރުކޮޅެއްވީތަނާ ކާރު އައިސް މަޑުކޮށްލީ ޒޭންގެ ގޭގެ ދޮރުމައްޗަށެވެ. ކާރު ޑްރައިވަރ އަށް 25 ރުފިޔާ ދިއްކޮށްލުމަށްފަހު ލަޔާލީ ކާރުން ފޭބިއެވެ. ޒޭން ދިރިއުޅެނީ 10 ބުރިއަށް ހަދާފައިވާ ގެއެއްގެ 9 ވަނަ ފަންގިފިލާގައެވެ. ޒޭން އުޅެނީ އެކަންޏެވެ. އޭނާގެ މުޅި އާއިލާ ދިރިއުޅެނީ އޭނާގެ އުފަން ރަށް ކަމަށްވާ އައްޑުއަތޮޅު ސ. ފޭދޫގައެވެ.
ލަޔާލީ ލިފްޓަށް އަރާ ނުވައަކަށް އޮބާލިއެވެ. އަދި 9 ވަނަ ފަންގިފިލާއަށް ލިފްޓް ހުއްޓުމާއި އެކު ލަޔާލީ ލިފްޓް އިން ނިކުމެގެން ގޮސް ޒޭން އުޅޭ އެޕާޓްމެންޓް ދޮރުގައި ބެލް ޖެހިއެވެ. ނަމަވެސް ޒޭންގެ ޙަބަރެއްނުވުމުން އަނެއްކާވެސް ލަޔާލީ ބެލް ޖަހާލިއެވެ. އިރުކޮޅަކަށް ހަށަމްބަނދެގެން ހުރުމަށްފަހު ދޮރު ނުހުޅުވުމުން ތަޅުގައި ހިފާލިއެވެ. ” އަހަ… ދޮރުވެސް މިހިރީ ހުޅުވާފައި ޒޭން މީ ކޮންކަހަލަ މީހެއްތަ؟ ދޮރުވެސް ހުޅުވާފައިތަ ބަހަށްޓަނީވެސް ” އެވަގުތު ލަޔާލީ އަށް ބުނެވުނެވެ.
ގެއަށް ވަންއިރު ތަނެއް ދޮރެއް ނޭނގެއެވެ. އަދިރިކަމުންނެވެ. ” ޒޭން… ޒޭން….. ޒޭން….. ކޮންތާކުތަ؟ ” ނަމަވެސް އެއްވެސް މީހެއްގެ ހިލަމެއް ނުވިއެވެ. އެކަމަކު މަޑު މަޑު މިއުޒިކެއްގެ އަޑުއިވެމުން ދެއެވެ. އަތްދަބަހުން ފޯންނަނގާ އަލިކޮށްލަން އުޅެނިކޮށް އަތުން ފޯނުވެއްޓި ވީނުވީއެއް ނޭގުނެވެ. ބިރުން ހުރެ ތަންތާގައި އަތްހާކަމުން ދަނިކޮށް އެއްޗެއްގައި އަޅައިގެންފައި ވެއްޓިއްޖެވެ. ބިންމަތީގައި ޖެހުމާއި އެކު ލަޔާލީ ފުންމައިގެން ތެދުވެއްޖެއެވެ. ” ޒޭން…. ޒޭން… އަހަރެން ބިރުގަންނުވަން ޒޭން ކޮށްގެން އުޅޭ ކަމެއްދޯ މީ….. ” ލަޔާލީ މިހެން ބުނިވަގުތު ފަހަތުން އޭނާގެ ގައިގައި މީހަކު އައިސް ބައްދާލަމުން ލަޔާލީގެ ކަންފަތް ކައިރީގައި މަޑުމަޑުން ބުނެލިއެވެ.. ” ހެޕީ ބާރތު ޑޭ ލަޔާ” ހަމައެއާއެކު ކުއްލިއަށް އެކިދިމަ ދިމާއިން ބޮކިތަކެއް ދިއްލުނެވެ. އެވަގުތު އެތާނގައި އީމާ އަދި ލޫކަސް ވެސް ތިބިތަން ލަޔާލީ އަށް ފެނުނެވެ. ” ހެޕީ ބާރތު ޑޭ ލަޔާ….” މިހެން ބުނެ އެންމެންވެސް އޭނާގެ ގައިގައި ބައްދާލިއެވެ.. ލަޔާލީ އަށް ހުރެވުނީ ހަމަ ބުނާނެވެސް އެއްޗެއް ނޭނގިފައެވެ. އުފަލުން ފޮޅިފައެވެ. އެކިދިމަ ދިމާލަށް ނަޒަރުހިންގައިބަލާލިއެވެ. އެޕާރޓްމަންޓް އޮތީ އޭނާ އެންމެ ގަޔާވާ ނޫކުލައިގެ ފުއްޕާހަންތަކުން ފުރާލާފައެވެ. އެހިނދު އެންމެންގެ މޫނުމަތިން ފެންނަމުން ދިޔައީ އުފާވެރިކަމާއި ހިނިތުންވުމެވެ. ހާއްސަކޮށް ޒޭންއެވެ. އެވަގުތު ލަޔާލީ އަށް އުފަލުންގޮސް ރޮވުނެވެ…. އޭނާއަށް އަގައިން ބުނެވުނީ އެންމެ ބަހެކެވެ. ” ތެންކިޔޫ ” މިއެވެ. ޒޭން ރޮވިފައި ހުރި ލަޔާލީ އޭނާގެ ގަޔާ ކައިރި ކޮށްލަމުން ބުންޏެވެ. ” ލަޔާ… ޕްލީސް ޑޯންކް ކްރައި…. މިހާ އުފާވެރި ރެއެއްގައި ލަޔާ ރޯތަން ބަލާކަށް ބޭނުމެއްނޫން.. ” ޒޭން މިހެންބުނިވަގުތު ”’ އޭ ބާރތްޑޭ ގާލް …. މިއަދު ހާދަވަރަކަށް ރުޅިއައިސްފައި ހުރީ…” ހިނިގަނޑެއްޖަހާފައި އީމާ ބުނެލިއެވެ. ” ކޮން އިރަކު؟ ” ދެލޯ ބޮޑުކޮށްގެން ހުރެ ލަޔާލީ އީމާ ކުރެން އެހިއެވެ. ”
” ދެން ތިހުރިހާވާހަކައެއް ދައްކާނީ އެހެން ފަހަރަކުން ދޯ”” ޒޭން މިހެން ބުނެފައި ލަޔާލީ ގޮވައިގެން އެރީ ޓެރަހަށެވެ. ޓެރަހަށް އެރިއިރު އުޑުމަތި އޮތީ ބަނަކޮށް އަދި ކުޑަކޮށް ވާރޭ ކަނިވެސް ޖަހައިލަ ޖަހައިލައެވެ. ޒޭން ހުރީ ލަޔާލީ އަތުގައި ހިފަހައްޓައިގެންނެވެ. އިރުކޮޅެއްނުވަނީސް ވާރޭ ބޯކޮށްލިއެވެ. ޓެރެސްމަތީގައި ހަދާފައި ހުރި ކުޑަ އަސްކަނިކޮޅެއްގެ ދަށުގައި ނިވާވެގެން ޒޭން އާއި ލަޔާލީ ތިބި އިރު ޒޭން ހުރީ އޭނާގެ ވައަތުން ލަޔާލީގެ ބުރަކަށީގައި ހިފަހައްޓައިގެންނެވެ. ޖަހާ ކޮންމެ ވާރޭ ތިއްކަކުން ލަޔާލީގެ ގައިން ދަނީ ހީބިހި ނަގައިގެންނެވެ. ގުގުރަން ފެށުމާއި އެކު ލަޔާލީ އަށް ޒޭންގައިގަ ބައްދައިލެވުނެވެ. ” ޒޭން އަހަރެން ހީކުރީ ޒޭން އަހަރެން ދެކެ ރުޅިއައިސްގެންކަމަށް އަހަންނަށް ގުޅާވެސް ނުލީ…. ..” ލަޔާލީ މިހެންބުނުމުން ޒޭން އޭނާގެ ކަނައަތުން ލަޔާލީގެ މޫނުގައި ފިރުމާލިއެވެ. އަދި ބުންޏެވެ. ” ލަޔާލީ ދެކެ ރުޅިއައިސް ގެން ހުރުމަކީ ނުވާނެ ކަމެއް” އަދި މަޑު މަޑުން އިސްޖެހިފައިވާ ލަޔާލީގެ މޫނު އުފުލާފައި ނިއްކުރިއަށް ބޮސް ދިނެވެ. އެވަގުތު ލަޔާލީ އަށް ލޯ މަރައި ލެވުނެވެ.
” ލަޔާ…… އަހަރެން ބޭނުން ލާޔާ ގާތު ވާހަކައެއް ބުނަން… ވަރަށް ގިނަދުވަސް ވެއްޖެ ބުނަންވެގެން އުޅޭތާވެސް އެކަމަކު އަދިވެސް ނުބުނެވިގެން މިއުޅެނީ… ލަޔާ… އަހަރެން ލަ……” ޒޭންގެ ވާހަކަ މެދުކަނޑާލަން ޖެހުނީ އީމާ އަދި ލޫކަސް އެތަނަށް އައުމުންނެވެ. ” އޭ… ކޮންކަމެއް؟ ދެމީހުން އެކަނި އެކަނި..” ހިނިތުންވެފައި ހުރެ ލޫކަސް އަހާލުމުން ދެކޮޅަށް ބޯހޫރާލާފައި ” މާ ބޮޑު ކަމެއް ނުވޭ!!” މިހެން ބުނެފައި ލަޔާލީ ޓެރަހުން ފައިބައިގެން ދަނިކޮށް ކޮށިއަރައިގަތެވެ. އެވަގުތު ލޫކަސް ލަޔާލީގެ އަތުގައި ހިފުމުން ޒޭން ހުރީ ހިންހަމަ ނުޖެހިފައެވެ.. ” ލަޔާ ތެމިފައެއްނުން ތިހިރީ.. ހެދުން ބަދަލު ކުރަން ދާންވީނުން؟ އަހަރެން ލައިދީފާނަން” ލޫކަސް މިހެން ބުނުމުން ޒޭން ވަރަށް ހިތް ނުތަނަވަސް ވެފައިހުރެ ބޭއިޙްތިޔާރުގައި ބުނެލެވުނެވެ. ” އަހަރެން ގޮސްދާނަން އަހަރެން ލަޔާ ކައިރި ބުނަންޖެހޭ ވާހަކައެއްވެސް އެބައޮތް ….ލޫކަސް ދޭ އީމާ ގެއަށް ލައިދޭން މިހާރު ވަރަށް ދަންވެސް ވެއްޖެ އެއްނުން” މިހެން ބުނެފައި ޒޭން ލަޔާ ގޮވައިގެން ހިނގައިގަތެވެ.
ސައިކަލު ދުއްވަމުން ދިޔައިރު ލަޔާލީ ހިތާހިތުން ބުނެލިއެވެ. އަހަންނަށް މިވަނީ ކީއްބާއެވެ. ޒޭން އާއި އަހަންނާއި…….. ނޫން ނޫން ޒޭންއަކީ އަހަރެންގެ ހަމައެކަނި ރަހުމަތްތެރިއެއް.. އެމަކު މިރޭ ހިނގައިދިޔަ ކަންތައްތަކުން އީމާ އަށް އަހަރެން ދޭނީ ކޮންޖަވާބެއް …. ”ކީކޭ.. އެއްޗެކޭ ބުނިންތަ؟” ސައިކަލުދުއްވަން އިން ޒޭން ލަޔާލީ އެއްޗެކޭ ބުނިހެން ހީވެގެން އަހާލިއެވެ. ” ނޫން ނުކިޔަން އެއްވެސް އެއްޗެކޭ… މިވިސްނަނީ އީމާ އާއި ދޭތެރޭ ” ލަޔާލީ މިހެން ބުނުމުން ޒޭން އެހެންހެއްޔޭ ބުނެލިއެވެ. ލަޔާލީ ގެއަށް ލައިދީފައި އޭނާވެސް އަވަހަށް ދިޔައީ ގެއަށެވެ.
ލަޔާލީ ފެންވަރައިގެން ނިކުމެ ފިޔާތޮށި ކުލައިގެ ކުރު ސޯޓު ކޮޅަކާއި ކަޅު ކުލައިގެ އަތްކުރު ޓީޝާޓް ކޮޅެއްލައިގެން ރީތިވެގެން އެނދުގައި ނިދަން އޮށޯތެވެ. އެރޭ ނިދަން އޮވެގެންވެސް ލަޔާލީ އަށް ވިސްނެނީ ހަމަ ޒޭން އާއި ދޭތެރޭގައެވެ. ލޯ މަރާލާ އިރަށް ފެންނަނީ ޒޭން އެވެ. ހިވަނީ ކުރިމަތިން ސިފަވާހެންނެވެ. ހަމައެއްގޮތަކަށްވެސް ނިދޭ ގޮތެއް ނުވިއެވެ. ގުޅާލަންވެސް ހިތައް އަރައެވެ. ނަމަވެސް ފޯން ވީ ޒޭންގެ ގޭގައެވެ. އާދެވުނީވެސް ފޯން ނުލައެވެ.
މިއީ ދުވަހަކުވެސް ލަޔާލީ އަށް ވީ ގޮތެއްނޫނެވެ. ލަޔާލީ އަށް ހަގީގަތުގައި ވެސް ޒޭން ދެކެ ލޯބިވެވިއްޖެއެވެ. އެކަމަކު މިކަން ގަބޫލުކުރަން ލަޔާލީ ބޭނުން ނުވަނީއެވެ. ޖެހިލުން ވަނީއެވެ. ކުރިމަތިލާން ނުކެރެނީއެވެ.. އީމާ އަށްޓަކައެވެ.. ނަމަވެސް ލަޔާލީ ހަގީގަތާއި ކުރިމަތިލާން ބޭނުންވެއެވެ. މިހެން ވަރަށް ގިނަ އިރުވަންދެން ވިސްނަން އެނދުގައި ދެކޮޅު ދެކޮޅަށް އެނބުރި އެނބުރި އޮތުމަށްފަހު އިރުކޮޅެއްވީ ތަނާހެން ލަޔާލީ އަށް ނިދިއްޖެއެވެ.
ޖެހިގެންއައި ދުވަހު އޮފީހަށް ލަޔާލީ ދިޔައިރު ޒޭން ފެންނާކަށް ނެތެވެ. ލަޔާލީ އީމާ ގާތު އެހުމުން އީމާ މާއެދެވޭ ކަހަލަ ޖަވާބެއްނުދިނެވެ. ހުރީ ވެސް ވަރަށް ފާޑަކަށެވެ. ރޭ ވީ ކަންތަކާ ހިންހަމަ ނުޖެހިގެންކަންވެސް ވުން އެކަށީވެގެންވެއެވެ. މާޔޫސް ވެފައިހުރެ ގޮސް ގޮނޑީގައި އިށީނެވެ. އެވަގުތު ޒޭން އޮފީހަށް ވަދެގެން އަންނަތަން ލަޔާލީ އަށް ފެނުނެވެ. އަދި އޭނާ ކައިރީގައި ހުރި އޮފީސް ބޯއީ އަތަށް ސިޓީއެއް ދެމުން ކޮންމެވެސް އެއްޗެކޭ ބުނިކަން އިނގެއެވެ. އެކަމަކު ބުނީ ކީކޭ ކަމެއް ނޭނގެއެވެ. ޒޭން ލަޔާލީ އަށް ބަލައިލަމުން ގޮސް ކެބިން އަށް ވަނުމުން ލަޔާލީ ހިނިތުންވުމަކާއެކު އިސްޖަހާލިއެވެ. އިރުކޮޅެއްވީތަނާ އީމާ އައިސް ލަޔާލީގެ ކޮނޑުގައި ޖަހާލާފައި ބުންޏެވެ. ” ލަޔާ… މިއޮތީ ދެންމެ އޮފީސް ބޯއީ އަހަރެންގެ މޭޒުމަތީގައި ބާއްވާފައި ދިޔަ ސިޓީއެއް މީގެ ބޭރުގައި ޖަހާފައި މިއޮތީ ” ފްރޮމް ޒޭން” އީމާ މިހެން ބުނުމާއިއެކު ލަޔާލީ ވަގުތުން ސިޓީ އުރަ ކަނޑައި އެ ކިޔަންފެށިއެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
15 Comments!
Comments are closed.



Hummm thineskan loaibehthaaaa v v v v v v v v v shali ❤️️❤️️
V v v v reethi mibaives waiting….,,?
Vvvvv nice ingey ma sha allaah…..
I think hathareskan hen
Vv nice ….
Waiting for the next part … ☺
Thanks all?
Shiyaaaaa!!!!! It’s awesome.
U r a good story writer.
Thanks sweety ?
Vvvvvvvvv nice. 3vanabai kiyaahithun kemmadhuvefa miothee…..
Assluvess varahh reethi ( waiting for next part)
kn irakun next part up kuraany??
Konirakun next part up kuraveynee?
Kondhuvas thakehga upload vaani… vvvvvvvvvvvvv nice me story….
Avahah upload kohdhiba
Miry up kollaanan ingey….. thnks all?
3 vanabai upload kohfa mihaaru vaani