ކައިރީގައި އިންމީހާ ފެނި މެހެކްއަށް ލިބުނީ ހައިރާންކަމެވެ. މެހެކްގެ މޫނަށް ބަލަހައްޓައިގެން އިނީ އާހިލްއެވެ. “އަ..އާހިލް މިތާ ކީއްކުރަނީ”؟. “މިއުޅެނީ އަހަރެންގެ ވަރަށް ގާތްމީހަކު މިތާ އެމަރޖެންސީ އަށް ގެނެސްގެން”…
“ކާކު؟”. މެހެކް އަހާލިއެވެ. “އެއީދޯ، އެއީ….އޫމްމް…އެއީ އަހަރެން އެންމެ ލޯބިވާ ކުއްޖާގެ މަންމަ”.
އާހިލްގެ ނަޒަރު ތޫނެވެ. މެހެކްގެ ލޮލުތެރެއަށް ޖަމާވި ކަރުނައިގެ އަސަރެއް މިހާރަކު ނެތެވެ. އެކަމަކު އާހިލްގެ ޖުމްލައަށް ފަހު،ދެމީހުނަށް ތިބެވުނީ އެކަކު އަނެކަކާ ދިމާއަށް ބަލަހައްޓައިގެންނެވެ. “މަންމަ ކިހިނެއް؟، އަހަރެން ހުރީމޭ އެތާ މެހެކްމެން ޓެކްސީއަށް އެރީ އިރުވެސް، އެހެންވެ ފަހަތުން މިއައީ”. އަދިވެސް އާހިލް އިނީ މެހެކް އާއި ދިމާއަށް ވަރަށް ރީއްޗަށް ބަލަހައްޓައިގެންނެވެ. “ބޮޑުބޭބެ ނުކުތީމަ އިނގޭނީ، މަންމަ ފެނުނީމަ ރޮވޭވަރުން އެތެރެއަށް ނުވަދެ މިއިނީ”. މެހެކް އިސްޖަހާލަމުން ބުނެލިއެވެ.
“ނަ..ނަންބަރު ލިބިދާނެތަ؟، އާހިލް އިރުކޮޅަކު ވާހަކަ ނުދައްކާ އިނދެފައި އަހާލިއެވެ. މެހެކް އެއްޗެކޭ ނުބުނެ ބަލަހައްޓައިގެން އިނީއެވެ. ފުން ނޭވާއެއް ދޫކޮށްލުމަށްފަހު މެހެކްގެ ފޯންގެ “ކޯލް ޑައިލް” ބައިގައި އޭނާގެ ނަންބަރު ލިޔެލިއެވެ. މިކުރެވެނީ ރަނގަޅުކަމެއް ނުވަތަ ނޫންކަމެއް އޭނާއަކަށް ނޭނގެއެވެ. އާހިލްއަށް އެނަންބަރު ކިރިޔާ ނޯޓް ކޮށްލެވުނީއެވެ. ބޮޑުބޭބެ ނުކުމެ މެހެކް އަށް ގޮވާލިއެވެ. “މަންމަ އެބަ ގޮވާ ދަރިފުޅަށް”. މެހެކް އަވަސް އަވަހަށް އެތެރެއަށް ވަނެވެ.
އޭނާ ފެނުމާއެކު މަންމަ ތެދުވަން އުޅުނެވެ. މެހެކް ދުވެފައި ދިޔައެވެ. އަދި މަންމައަށް އެހީވިއެވެ. “ނުތެދުވޭ މަންމާ”. މެހެކް ލޯތްބާ އެކު ބުނެލިއެވެ. “ދަރިފުޅު ކީއްވެ އެތެރެއަށް ނުވަދެ ތިޔައިނީ؟ މަންމަ ވަރަށް ބޭނުން ދަރިފުޅު މަންމަ ގާތު އިންނަށް”.
“މަންމާ، އަހަންނަށް މަޢާފްކޮށްދީ، މަންމަގެ ބަލިހާލު ފެނި ދެރަވެ ރޮވޭވަރުން ނުވަދެވުނީ”. މެހެކް އަށް ރޮވޭގޮތްވިއެވެ. “މަންމަތީ އަހަރެންގެ ފުރާނައިގެ އެއްބައި”.
“އެއީ މަންމަ އެހެން ބުނެލި އެއްޗެއް ނޫން، އެހެން ނޫނަސް މަންމަގެ ދަރިފުޅު މިހާރު ތިއުޅެނީ މަންމަގެ ހުވަފެން ހަޤީޤަަަަތަކަށް ހަދާދޭކައްނު”. މަންމަ ދެލޯ މަރާލަމުން ބުންޏެވެ. “މަންމާ، މާގިނަ ވާހަކަ ދެއްކީމަ ވަރުބަލިވާނެ، އަރާމް ކޮއްލާ”.
އެރޭ ހުރިހާ ވަގުތެއް އޭނާ ހޭދަކުރީ މަންމަގެ ޙިދުމަތުގައެވެ، ފޫހިކަމެއް ނެތިއެވެ. އޭނާގެ ލޮލަކަށް ނިންޖެއް ނާދެއެވެ. އެހާވެސް އޭނާ މަންމަ ދެކެ ލޯބިވެއެވެ. ބޮޑުބޭބެ އެތަނަށް އަންނަން އުޅުމުން އޭނާ އެއްބަސް ނުވީ އެހެން ވެގެނެވެ. މަންމަގެވެސް އެދުމަކީ ވީހާވަރަކުން ބޮޑުބޭބެއަށް އުނދަގޫ ނުކުރުމެވެ.
ފަތިހު ހަތަރެއްޖެހީ އޭނާ އެގޮތުގައި އިންދައެވެ. އާދައިގެމަތިން ފޯން އެލާމްވާން ފެށިއެވެ. އޭނާ އަވަސް އަވަހަށް އެލާމް އޮފް ކޮށްލަން ފޯންނެގިއިރު ނުދަންނަ ނަންބަރަކުން ތިންފަހަރު ގުޅާފައި އޮތެވެ. އިތުރަށް މެސެޖެއްވެސް އޮތެވެ. “މަންމަގެ ހާލް ކިހިނެއް؟، ވަރަށް ހަނދާންވޭ”. މެސެޖްގައިވާ ކުރުއިބާރާތްކޮޅު ފެނުމުން އޭނާގެ ހިތް ތެޅިލިއެވެ. އާހިލްގެ މެސެޖެއްކަން އެނގުމުންނެވެ. “އަލްހަމްދުލިއްލާހި”. މެހެކް ވެސް ހަމައެހާމެ ކުރު ޖަވާބެއް ފޮނުވާލިއެވެ.
އެރޭ މެހެކްގެ ހިތުގައި އާހިލްއަށްޓަކައި ހާއްސަ ޤަދަރެއް ދެވުނެވެ. އޭނާގެ ލޯބިވާ މަންމައާ ދޭތެރޭ ވިސްނާނީ އޭނާ ދެކެ ކިހާ ލޯބިވާތީ ކަމަށް އޭނާއަށް ގަބޫލް ކުރެވުނެވެ. ބޭއިޙްތިޔާރުގައި އޭނާއަށް ހިނިތުން ވެލެވުނެވެ. އަދި މަޑު މަޑުން އެނދުގަަަަަަަަަަަަަަަަަަަަަަައިިިިިި ބޯ ޖަހާލައި ލޯ މަރާލިއެވެ.
އިރުއެރީވެސް އޭނާ އެގޮތުގައި އޮއްވައެވެ.މަންމަ ގެއަށް ފޮނުވާލިއިރު އަށެއް ޖަހައިފިއެވެ. ފޮނުވާލީ ހުންމައިތިރި ވުމުންނެވެ. އޭރު ބޮޑުބޭބެ ވެސް އަތުވެއްޖެއެވެ. “ކަމެއް ދިމާވެއްޖެނަމަ ދަރިފުޅު ގުޅާތި އިނގޭ”. އޯގާތެރި ކަމާއެކު މެހެކް ބޮލުގައި ފިރުމާލަމުން ބޮޑުބޭބެ ބުނެލިއެވެ.
މުޅި ދުވަސް މެހެކް ހޭދަކުރީ މަންމަ ހިތްހަމަޖައްސައިދިނުމުގައެވެ. އިރުއިރުކޮޅުން މަންމަ ގައިގައި ފިރުމާލައެވެ. ގަޑިން ގަޑިއަށް ބޭސްދެއެވެ. އެފަދަ ރަނގަޅު ދަރިއަކު ލިބުމުގެ ނިޢުމަތް ދެއްވީތީ ޒާހިދާ އޮތީ މާތްރަސްކަލާންގެއަށް ޙަމްދު ކޮއްލަ ކޮއްލައެވެ.
ރޭވިއިރު ކެއި ބޭހެއްގެ ސަބަބުން ޒާހިދާއަށް ވަރަށް އަވަހަށް ނިދުނެވެ. މެހެކް ވަރަށް ހިތްހަމަޖެހުނެވެ. މުޅިދުވަސް މަންމަގެ ޙިދުމަތުގައި ހޭދަވުމުންނެވެ. ފޯނާ ކުޅެލަ ކުޅެލަ އޭނާ އޮތީ ނިދި ގެއްލުމުންނެވެ. ވެފައިވާ ވަރުބަލީގައިވެސް އޭނާގެ ލޮލަކަށް ނިންޖެއް ނައެވެ. އެހެން އޮއްވައި ކުއްލިއަކަށް ފޯން ރިންގްވާން ފެށިއެވެ. ނުދަންނަ ނަންބަރެކެވެ. ފޯންގައި ސޭވްނުކޮށް އޮތް ނަމަވެސް އެއީ އާހިލްގެ ނަންބަރުކަން އިނގުނެވެ. “ހެލޯ”. މެހެކް މަޑުމަޑުން ބުނެލިއެވެ. “މަންމަ ކިހިނެއް؟”. އާހިލްގެ ރީތި އަޑުން ސުވާލުކޮށްލިއެވެ. މީހެއްގެ ހިތް ހޯދަން އެވަރުގެ މޮޅު މީހަކު ހުންނާނެބާއޭ މެހެކް ހިތަށް އެރިއެވެ. އަނެއްކާވެސް އޭނާ ފުރަތަމަ އެ އެހީ މަންމަގެ ވާހަކައެވެ. “މަންމަ ރަނގަޅު އަލްޙަމްދުލިއްލާހި، މިހާރު އޮތީ ނިދިފަ”. މެހެކް ހިނިތުންވަމުން ބުނެލިއެވެ. ދެން ދިޔައީ ހަމަހިމޭން ވަގުތުކޮޅެކެވެ.
“ދަންތަ ތިގޭ ކައިރިއަށް”. އާހިލް ވަރަށް މަޑުމަޑުން ސުވާލުކޮއްލިއެވެ. މެހެކް ދެކިލާހިތުން ކެތްމަދުވެފައިވާ ރާގެއްގައެވެ. އޭނާއަށް ނޭނގުމެއް ކަމަކު މެހެކްގެ ހާލުވެސް ހަމަ އޭނާއާ އެއްފަދައެވެ. މެހެކްވެސް އޭނާ ދެކޭހިތްވެއެވެ. ނަމަވެސް އޭނާ ވިސްނާލިއެވެ. އާހިލް އަކީ އިތުބާރު ކުރެވޭނެ ފަދަ މީހެއްބާއެވެ! ދެތިން ދުވަހުގެ ތެރޭގައި މީހަކު ދަސްވާނެބާއެވެ؟ އެސުވާލުތައް މެހެކްގެ ހިތުގައި އުފެދުނެވެ. “މެހެކް” . އެއްވެސް ޖަވާބެއް ނުލިބުމުން އާހިލް ގޮވާލިއެވެ.
“ކުޑަކޮށް ވިސްނާލާފައި ގުޅާލަންތަ؟”. މެހެކް އިތުރު ވަގުތު ބޭނުންވިއެވެ. އޭނާ ވިސްނިއެވެ. ހިތް އެކަމަށް އެދި އާދޭސް ކުރަނީއެވެ. “އޯކޭ ދިހަމިނެޓް ފަހުން އާދޭ”. އިރުކޮޅަކު ވިސްނުމަކަށްފަހު މެހެކް ފޮނުވީ ކުރު ޖަވާބެކެވެ.
ދިހަ މިނެޓް ހާއިރުފަހުން ، މެހެކް ބޭރަށް ނިކުމެލިއެވެ. “ބީޕް” މެހެކް ގެ ފޯނަށް އައީ މެސެޖް އެކެވެ. “ބިހައިންޑް ޔޫ”. މެސެޖްގަވަނީ އެހެނެވެ. މެހެކް އެނބުރިލިއެވެ. އަތްއޮޅާލާފައިވާ ކަޅު ގަމީހާއި ޖީންސްގައި އާހިލް ހުރިއިރު އޭނާ ފެންނަލެއް މާބޮޑަށް ރީތިހެން ހީވެއެވެ. މެހެކް ލަދުން އިސްޖަހާލިއެވެ. މަޑު ފިޔާތޮށި ކުލައިގެ ލިޕްސްޓިކުން ފެވިފައިވާ އޭނާގެ ރީތި ތުންފަތަށް ވެރިވެފައިވަނީ ލުއި ހިނިތުންވުމެކެވެ. އާހިލް ކަޅިޖަހާނުލައި ބަލަހައްޓައިގެން ހުރީއެވެ. “ހާދަ ރިއްޗޭ”. އާހިލް ތައުރީފް ކޮށްލިއެވެ. “މިވަގުތު މެހެކް ފެނުމުން މިހެން ނުބުނާނެ ދުލެއް ނުވާނެކަން ޔަގީން”.
“އާހިލް”. ފުން ނޭވާއެއް ބޭރުކޮށްލަމުން މެހެކް ގޮވާލިއެވެ. “އާހިލް އަހަރެން ވާހަކައެއް ބުނަން ބޭނުން”. ރީތި ހިނިތުންވުމެއް ފެންނަމުން ދިޔަ މޫނުމަތިން މިހާރު ފެންނަނީ މޮޅިވެރިކަމެވެ. “އާހިލް އަހަރެން… އަހަންނަށް ވެސް އާހިލް ދެކެ ލޯބިވެވިއްޖެ”.
އާހިލް ދެލޯ މަރާލިއެވެ. ވީ އުފަލުންނެވެ. ވާނީވެސް އެހެންތާއެވެ. އެލޯތްބައްޓަކައި މުޅި އުމުރު ޤުރުބާން ކުރަމުން އަންނަ ލޯބި ކާމިޔާބުވީ އެވެ. “ގަބޫލެއް ނުކުރެވުނު، މެހެކް އަހަންނަށް ލިބޭނެ ކަމަކަށް ހިއެއް ނުކުރަން، އަނެއްކާ ސަމާސާ އެއްތަ ތީ؟”.
“މީ ހަމަ ހަޤީީޤަތް”. މަހެކްގެ ހިތް ބާރު ބާރަށް ތެޅެމުން ދިޔައެވެ. އޭނާ ދެން ބުނަން އެއުޅޭ ޖުމްލައިން އާހިލް ހަދާނެ ގޮތަކާއިމެދު އޭނާ ޖެހިލުންވެއެވެ. އާހިލް ކުރި އާދޭހަށް އޭނާ އެއްޗެކޭ އޭރު ނުބުނީ އެހެންވެގެންނެވެ.
*ނުނިމޭ*
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
4 Comments!
Comments are closed.



haadha urey okus no excitment hama shotun shotah kudakoh dhikoh sifakurun reethi kollaba
Asluves kuru… ekam varah reethi mibai
Salhi v.. waiting for the next part
Sifakurun rangalhu.. miahvure sifakurun maa gina kuryma hadi..