Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ދީނީލޯބި

ޢަޞްރު (ވިހިވަނަ ބައި)

Jana 100 Stories10 Stories1K Comments500 Comments100 Comments100 Login500 Login
December 21, 2016 7 Mins Read
21 Comments

އެއީ ހުދުކުލައިގެ ހިލަކުނޑިން ފުރިފައިވި ދަންފުޅިއެކެވެ. އޭތި އަގުހުރި ހަދިޔާއަކަށް ވާންވީ ސަބަބެއް ވިސާމަކަށް އެއްގޮތަކަށް ވެސް ނޭނގެއެވެ. ހަމަ ގައިމުވެސް މިއަށްވުރެ އަގުބޮޑު އެއްޗެހިތައް ބައްޕަ އޭނައަށް ގަނެދީފައިވެއެވެ. އެހެނަސް އެ ސިއްރުވެސް މިއަދު ބައްޕައާއެކީ ވަޅުލެވިގެން ގޮސްފިއެވެ.

 

އެދުވަހު ގެއަށް ދިޔަ ގޮތަށް ވިސާމް އޭނަގެ އަނދިރި ކޮޓަރިއަށްވަދެ ދޮރު ތަޅުލިއެވެ. އަދި އަޑުން އަޑު ނަގައި ރޯންފެށިއެވެ. ބޭރުން އޭނަގެ މަންމަ އޭނައަށް ގޮވާ އަޑު އިވުނެއްކަމަކު އޭނަ އެއަށް އިޖާބަދޭ ކަހަލަ ޚިޔާލެއް ނުކުރިއެވެ. އެއަށްވުރެ ބޮޑަށް އޭނަވީ އޭނަގެ ބައްޕަގެ ހަނދާންތަކާއެކީ ހިތްދަތިވެފައެވެ. އެއީ އޭނަގެ ނަޒަރުން މުޅި ދުނިޔެއިން ވެސް އޭނަދެކެ އެންމެ ލޯބިވި ފަރާތެވެ. ބައްޕަ ދުވަހަކުވެސް އޭނަ ދެރަވާ ގޮތަކަށް ކަންތައް ކޮށްފައެއްނެތެވެ. ބައްޕަ އެހެން އެންމެނާއި ޚިލާފެވެ. މަންމަވެސް އޭނަ ކަމެއް ނުކުރުމުން އަޑުލައި ހަދާނެއެވެ. އެހެނަސް އޭނަ ބައްޕަ އެދޭ ކަމެއް ކުރަން އިންކާރު ކުރިޔަސް ބައްޕަ އަބަދުވެސް ލޯބިން އޭނައަށް ނަޞޭޙަތްތެރިވެފައިވެއެވެ. ނަމާދު ކުރަން އޭނަ އިންކާރު ކުރާ ކޮންމެ ފަހަރަކު ވިސާމް ނުދިޔައިއްޔާ ބައްޕަ ވަރަށް ދެރަވާނެ ކަމަށް ބުނާނެއެވެ. އަދި ސުވަރުގެއަށް ގޮސް އޭނައާއެކީ ކުރަން ބޭނުންވާ އެކި ކަންތައްތައް ތަފްޞީލުކުރަމުން އޭނަ ހައްލާލާނެއެވެ. ބައްޕަ އޭނަގެ އަތުގައި ހިފައިގެން ހިނގާފައި އެކި ފިހާރަތަކަށް ގޮސް ހޭދަކުރި އުފާވެރި ވަގުތުތައް ހަނދާންވެފައި ވިސާމަށް އިތުރަށް ރޮވުނެވެ.

 

ޝާހިދު މަރުވުމަށްފަހު ވިސާމަށް އައި ބަދަލުތައް އެންމެ ގާތުން ދުށް މީހަކީ ރަޝީދާއެވެ. އެހާ ޅަ ޢުމުރެއްގައި އޭނަގެ ދަރިފުޅު ނެގިމަޑުވެފައި ހުންނަ މަންޒަރު ދުށުމަކީ ރަޝީދާގެ ހިތަށް ކެތްވާވަރުގެ ކަމަކަށް ނުވިއެވެ. އޭނަ އިތުރަށް ހިތާމަކުރީ ގޭގެ ތެރޭގައި އުޅޭ އޭނަގެ ހަތަރު ބެއިންގެ ޢާއިލާތަކުގެ ދެމެދުގައި ދޭތެރެދޭތެރެއިން އުފެދޭ ކޯޅުންތަކުގެ ސަބަބުން ވިސާމަށް ހަމަޖެހުމުގެ ފުރުޞަތެއް ނުލިބޭތީވެއެވެ. ޝާހިދު ދުނިޔޭގައި ހުރިއިރު ޝާހިދުގެ އަތޮޅަށް ބަދަލުނުވެ ވެސް އެމީހުންނަށް ހިމޭންކަމާއެކީ އެގޭގައި އުޅެވުނެވެ. އެހެނީ ޝާހިދުގެ ޢަދުލުވެރިކަމުގެ ސަބަބުން އޭނަ އެ ގޭގެ ތެރޭގައި އުފެދޭ ކުދިކުދި މައްސަލަތައް އިންސާފުވެރިކަމާއެކީ ޙައްލުކުރެއެވެ. އަދި ބައެއް މައްސަލަތައް ޙައްލު ނުކުރެވުނަސް އޭނަގެ ކުޑަކުޑަ ޢާއިލާ ހިތްހަމަޖައްސައިދޭން އޭނަ ދަނެވެ. އެހެނަސް އެ ހަރުދަނާ ޝަޚުޞިއްޔަތު ނެތިދިޔުމުން ރަޝީދާއަށް އޭނަގެ ކުޑަ ދަރިފުޅާއެކީ އެގޭގައި އުޅެން ދަތިވިއެވެ. މީގެ ސަބަބުން ޝާހިދުގެ އަތޮޅަށް ބަދަލުވާންވެސް ރަޝީދާ ނިންމިއެވެ. އެހެނަސް އެ އަތޮޅުން ވިސާމަށް ތަޢުލީމު ޙާޞިލުކުރުމުގެ ފުރުޞަތުތައް ހަނިވެގެން ހިނގައިދާނެތީ އޭނަ އެގޮތަށް ކަންތައް ކުރަން ޖެހިލުންވިއެވެ. މާލެއަށް ދިޔުމުގެ ތަނަވަސްކަމެއް އޭރު އަތްމަތީގައި ނެތީތީ ހަތިޔާރު ބެހެއްޓުން ނޫންކަމެއް ރަޝީދާއަށް ނުކުރެވުނެވެ.

 

ބައްޕަ ނިޔާވުމަށްފަހު މަންމަ ފަންގިވިޔުމާއި ރޯނުވެށުމުގެ ވިޔަފާރިއެއް ފެށުމުން ވިސާމް ގިނަ ވަގުތުތައް އެކަނިމާއެކަނި ހޭދަކުރަން ޖެހުނެވެ. އޭގެ ސަބަބުން އޭނަ އެ ޅަ ޢުމުރުގައި ދުނިޔެމަތިން ފޫހިވާ ގޮތްވިއެވެ. ކޮންމެ ދިމާލަކަށް ބަލާލިޔަސް ބައްޕަ ހުރިނަމަ އެވެނި ގޮތަކަށްވެ މިވެނިގޮތަކަށް ނުވީހޭ އޭނަގެ ހިތަށްއަރައެވެ. ބައްޕަ ހުރިނަމަ އެހެން ކުދިންގެ މަންމަމެންހެން އޭނަގެ މަންމައަށް ވެސް އޭނައާއެކީ ވަގުތު ހޭދަކުރުމުގެ ފުރުޞަތު ލިބުނީހެވެ. ބައްޕަ ހުރިނަމަ އޭނަގެ ބޮޑުބޭބެމެންގެ ދެމެދުގައި އެހާ އަރައިރުންތައް ގިނަ ނުވީހެވެ. ބައްޕަ ހުރިނަމަ ސްކޫލްގައި އޭނައާއި އޭނަގެ އެކުވެރިންނާއި ދެމެދު މައްސަލައެއް ޖެހުމުން އޭނަ އެ ވާހަކަ ޙިއްސާކުރާނެ މީހަކު ހުރީހެވެ. މި ހުރިހާ ޚިޔާލުތަކާއެކީ ވިސާމް ކޮންމެ ރެއަކު ނިދަންދަނީ މާޔޫސްވެފައިވާ ހިތަކާއެކީގައެވެ. އޭގެ އަނެއްދުވަހު އޭނަ ހޭލަންޖެހެނީ ވެސް އެ މާޔޫސްކަމުގެ ތެރެއަށް ކަމަށްވުމުން ވިސާމް ހުންނަނީ އެއްވެސް ކަމެއް ކުރާހިތެއް ނުވެފައެވެ. ނަތީޖާއެއްގެ ގޮތުން އެހެން އަހަރުތަކާއި ޚިލާފަށް އެ އަހަރު ނިމިގެން ދިޔައީ އެންމެ ދަށުން ފާސްވި ކުދިންގެ ތެރޭގައި ވިސާމްގެ ނަން ފާހަގަވަމުންނެވެ. ރިޕޯޓު ދިން ދުވަހު އޭނަގެ މުދައްރިސުން އޭނަގެ މަންމަގާތު އެ ވާހަކަ ބުނުމުން މަންމަ ރޮއިރޮއިފައި އޭނަގާތު އެހެން ނުއުޅުމަށް ބުންޏެވެ. ބައްޕަ ނެތަސް ބައްޕަ އުފާވާނީ އޭނަ މޮޅު އަދި ރަނގަޅު ކުއްޖަކަށްވުމުން ކަމަށްބުނެ މަންމަ ނަޞޭޙަތްތެރިވިއެވެ. އެވާހަކަތައް އިވިފައި ޚުދު ވިސާމްވެސް ދެރަވިއެވެ. އޭނަ ހަމަ އެދުވަހު އޭނަގެ އުޅުން ބަދަލުކުރަން ޢަޒުމް ކަނޑައެޅީ ހަމައެކަނި ބައްޕައަށްޓަކައެވެ. ޤަވާޢިދުން ނަމާދުކޮށް ޤުރުއާން ކިޔަވަން ނިންމީ ބައްޕަ ބުނިހެން ފަސޭހަކަމާއެކީ ސިރާތު މަގު ހުރަސްކޮށް ބައްޕައާއެކީ ސުވަރުގެއަށް ވަނުމަށެވެ.

 

އެ އަހަރުގެ ފަހުކޮޅުގައި ވިސާމްގެ ފަރާތުން ފެނުނު އާ ބަދަލާއެކީ ރަޝީދާގެ ލޮލުން އުފާވެރިކަމުގެ ކަރުނަތައް ހިލުނެވެ. އުނދަގުލާއި އެކީގައި ވެސް ވިސާމް ފަތިސް ނަމާދަށް ތެދުވެ ކޮންމެ ނަމާދެއް އެ ނަމާދުގެ ވަގުތުގައި ކުރަމުން ދިޔަތަން ފެނިފައި ރަޝީދާއަށް ހުރެވުނީ ﷲ އަށް ޙަމްދުކުރާ ޙާލުގައެވެ. ވިސާމަކީ މުޅި ޙަޔާތްވެސް ހިދާޔަތުގެ މަތީގައި ވޭތުކުރާ ކުއްޖެއްގެ ގޮތުގައި ލެއްވުމަށް އެދި ރަޝީދާ ދުޢާކުރީ، އޭނަ ދެން އޭނަގެ ދަރިފުޅަށްޓަކައި އެ ރޮނގުން އިތުރުކަމެއް ކޮށްދޭން ނުޖެހޭނެ ކަމަށް ނިންމަމުންނެވެ.

 

ނަމަވެސް ފައިސާ ހޯދުމަށްޓަކައި އޭނަގެ މަސައްކަތުގައި މަޝްޣޫލުވެގެން ދިޔަ ރަޝީދާއަށް ނޭނގުނު ކަމަކީ، އޭނަގެ ދަރިފުޅުގެ ހިދާޔަތަށް ހުރަސްއަޅާނެ ފަރާތެއް އޭގެ އަނެއްއަހަރު އެގެއަށް ވަދެގެން އައި ކަމެވެ. ރަޝީދާގެ އެންމެ ދޮށީ ބޭބެގެ ދަރިފުޅު ކަމަށްވާ 16 އަހަރުގެ ރާއިފް މާލޭގައި ކިޔަވަން ހުރެފައި އެ އަހަރުގެ ކުރީކޮޅު ރަށަށްއައެވެ. ރާއިފާއި 9 އަހަރުގެ ވިސާމް މާ ގިނަ ދުވަހެއްނުވެ ގާތް އެކުވެރިންނަށްވެގެން ދިޔައެވެ. ގޭގެތެރޭގައި އުޅޭ އޭނައަށްވުރެ ކުޑަކުދިންނަށްވުރެ ވިސާމަށް ރާއިފް މާ ކަމުދިޔައެވެ. ރާއިފް އެގެއަށް އައިތާ މާ ގިނަ ދުވަހެއްނުވެ އޭނަގެ ބައްޕަ އެގޭގައި ޑިޝްއެއް ހަރުކުރުވިއެވެ. އޭނަ އޭނަގެ ކިޔެވުމުން މަތިން ފާސްވި ކަމަށްޓަކައި އޭނައަށް ދޭ ހަދިޔާއެއްގެ ގޮތުންނެވެ. ރަޝީދާ އެކަމާމެދު ނުރުހުންވިއެވެ. ފައިސާއިން ޢާއިލާގައި ތިބި މީހުންނަށް އެހީވުމުގެ ބަދަލުގައި އެފަދަ ކަމަކަށް އެ ހުރިހާ ފައިސާ ހޭދަކުރި ކަމަށްޓަކައެވެ. ޓީވީއިން ފެންނަން ފެށި އާ ޗެނަލްތަކެއްގެ ސަބަބުން ހިސާބަކަށް ކަންބޮޑުވެސްވިއެވެ. އޭގެ ނޭދެވޭ އަސަރުތައް ވިސާމަށް ކޮށްފާނެކަމުގެ ބިރު ހީވީތީވެއެވެ. އެހެނަސް ގޭގެތެރޭގައި އުޅޭ ކުޑަކުދިންގެ ސަބަބުން އެ ޓީވީއިން ގިނަ ވަގުތު ކާރޓޫން ހުންނަ ޗެނަލްތައް ޖެއްސިފައި ހުންނަ މަންޒަރު ފެނިފައި ރަޝީދާ މާ ބޮޑު އަޅައެއްނުލިއެވެ. އަދި ގޯސް އެއްޗެއް ފެނުނަސް އޭނަގެ ނަޞޭޙަތާއި އެއްގޮތަށް ވިސާމް އެ ބަލަން ނުއުޅޭނެކަމަށް ރަޝީދާއަށް ނިންމުނެވެ.

 

ރަޝީދާއަށް ހީވީ ރަނގަޅަށެވެ. އެއްރެއަކު ވަރަށް ދަން ގަޑިއެއްގައި އެންމެން ނިދި ފަހުން ރާއިފްގެ އެދުމަށް ވިސާމް އޭނައާއެކީ ޓީވީ ބަލަން އިށީނެވެ. އެންމެ ފުރަތަމަ އެމީހުން ބަލަންފެށީ މަޖާ ކަންތައް ސްޓޭޖްމަތިން ދައްކާލާ ޝޯއެކެވެ. އެ ޝޯ ނިމުމުން އައި ނިންޖާއެކީ ވިސާމް ނިދަންދާން ބޭނުންވިއެވެ. އެހެނަސް އޭނަ ދާން އުޅުމުން ރާއިފް އޭނަ ދިޔަނުދިނުމުން އޭނަ މަޑުކޮށްލިއެވެ. ރާއިފް ދެން ޖައްސާލީ އިނގިރޭސި ލަވަތައް ދައްކާ ޗެނަލެކެވެ. އެއާއެކު ފެނިގެން ދިޔައީ އިސްތަށިގަނޑު ދިގު ފިރިހެނަކު ބެރު ތަޅަން ހުރި މަންޒަރެވެ. އެ ފިރިހެންމީހާގެ ނޭފަތާއި ކަންފަތުގެ އެކި ދިމަދިމާލުން ތޮރުފައި އެއްޗެހި އަޅުވައި އޭނަގެ ގައިގެ އެތަން މިތަނުގައި ކުރެހިފައިވި ގޮތުގެ އިތުރުން އިވެމުން ދިޔަ ބާރު އަޑުގެ ސަބަބުން ވިސާމްގެ މެއަށް ނުބައި ގޮތެއްވިއެވެ. އެ އިޙްޞާޞާއެކީ އޭނައަށް ވާހަކަ ދެކެވުނެވެ.

 

“ރަފޫ އެހެން ތަނެއް ޖައްސަބަލަ. ބައްޕަ ބުނީ ތިކަހަލަ އެއްޗެހި އަޑުއަހާކަށް ނުވާނެއޭ.” ވިސާމް އޭނަގެ މައުސޫމްކަމާއެކީ އޭނަގެ ބައްޕަގެ ނަޞޭޙަތް ހަނދާކޮށްލަމުން ބުނެލިއެވެ. ރާއިފް ޗޮއްކަނޑާލިއެވެ.

 

“ޝާހިދުބެ ވެސް މިހާރު މިފެންނަމުންދާ ތުނބުޅި ދިގު މީހުންގެ ވާހަކަތައް އަޑުއެހިދޯ؟ ފޫހިވާ ޒާތެއްގެ ބައެއް ހުވާ! ހުސް ބޯދާ ވާހަކަތައް ދައްކާ މީހުން އެއީ.” ރާއިފް ޓީވީއިން ނަޒަރު ވަކިކުރުމެއްނެތި ނުރުހުންތެރިކަމާއެކީ ބުނެލިއެވެ. ރާއިފް ބުނި އެއްޗަކާމެދު ވިސްނަން އިނުމަށްފަހު ވިސާމަށް ވާހަކަ ދެކެވުނެވެ.

 

“އެކަމަކު ރަފޫ……..ބައްޕަ ބުނީ އެއީއޭ އެންމެ ރަނގަޅު މީހުން. އެ މީހުންގެ ބޭރުފުށުން އެ ފެންނަނީ އެ މީހުން ﷲ ދެކެ ލޯބިވާ މިންވަރޭ. އެ މީހުން ﷲ ދެކެ ލޯބިވާ މިންވަރުންނޭ ބޭރުފުށުން ވެސް އެ މީހުން ﷲ އެންގެވި ގޮތަށް އެ އުޅެނީ. ތިމަންނަ ވެސް އިރާދަކުރެއްވިއްޔާ ވާން ބޭނުންވަނީ އެކަހަލަ މީހަކަށެ…” ވިސާމްގެ ވާހަކަ ފުރިހަމަ ނުވަނީސް ރާއިފް ވާހަކަ ދެއްކިއެވެ.

 

“އެއީ އެއްވެސް ރަނގަޅު ބައެއްނޫން! ވިސާމް ދުވަހަކުވެސް ބައްދަލެއްނުވޭ އެކަހަލަ މީހަކާ. އެހެންވެ ތިހެން ތި ބުނަނީ. ރުޅިއައިސްފަ ނޫންގޮތަކަށް އެމީހުން ތިބޭތަނެއް ނުފެންނާނެ. އަބަދު އަބަދު މިވެނި ކަމެއް ޙަރާމޭ އެވެނި ކަމެއް ޙަރާމޭ ކިޔަކިޔާ ތިބޭނީ.” ރާއިފް އިހުނަށްވުރެ ބޮޑަށް ނުރުހިފައިހުރެ ބުނެލިއެވެ. ރާއިފްގެ ފަރާތުން ލިބުނު ޖަވާބުން ވިސާމަށް ދެން އިތުރަށް ވާހަކަ ދައްކާކަށް ނުކެރުނެވެ. އޭނަ އިރުކޮޅަކު އިންގޮތަށް އިނދެފައި ކޮޓަރިއަށް ދާން ހިނގައިގަތެވެ. އެހެނަސް ކޮޓަރިބަރި ހުންނަ ގޯޅިއަށް އެޅުނު ވަގުތު ރުޅިއައިސްފައި ހުރި އޭނަގެ މަންމަ ފެނިފައި ވިސާމް ހުއްޓުން އެރިއެވެ. ރަޝީދާ ވަގުތުން ވިސާމްގެ އަތުގައި ހިފައި ދަމަމުން ގޮސް ކޮޓަރިއަށް ގެންދިޔައެވެ. އެއަށްފަހު އެ ރުޅީގައި ހުރެ ރާއިފްއާއެކީ ނުއުޅުމަށް ބުނެފިއެވެ. ވިސާމް އެއްޗެކޭ ބުނަން އުޅުމުން ރަޝީދާ ބުނިހާ ވެސް އެއްޗަކީ ރާއިފްއަކީ ގޯސް ކުއްޖެއް ކަމަށެވެ. އޭނަ ދައްކަނީ ދޮގު ވާހަކަތަކެއް ކަމަށެވެ. އެ ދޮގު ވާހަކަތައް ހަނދާން ނައްތާލަން ބުނުމަށްފަހު ރަޝީދާ ވިސާމް ކޮޓަރިއަށް ދޫކޮށްލާފައި ދިޔައެވެ. ވިސާމަށް އެ ހުރިގޮތަށް ހުރެ މަންމަ ބުނި ވާހަކަތަކާމެދު ވިސްނާލެވުނެވެ. މަންމަ ހިތަށް ރާއިފް ކުއްލިއަކަށް ގޯސްވީ ކީއްވެހޭ ހިތަށްއެރިއެވެ. އެއީ ރާއިފް އެ ބުނާ ތުނބުޅި ދިގު މީހުންނާ ބެހޭ ގޮތުން ގޯސް ވާހަކަތަކެއް ދެއްކީމަ ހެއްޔެވެ؟ އެހެނަސް ރާއިފް އެ ބުނީ ތެދަކަށް ވެސް ވެދާނެ ނޫންހެއްޔެވެ؟ ﷲ މަތިން އެންމެ ގިނައިން ހަނދުމަކުރާ މީހުންނަކީ ބައްޕަ ބުނިފަދަ ރަނގަޅު ބަޔަކަށް ނުވެވެސް ހިނގައިދާނެ ނޫންހެއްޔެވެ؟ ބައްޕައަށް ވެސް އޮޅިފައި އޮވެދާނެ ނޫންހެއްޔެވެ؟ އޭނަ ދަނެގެން ބައްޕަ ދުވަހަކުވެސް އެފަދަ މީހަކާ ބައްދަލުކޮށްފައެއްނުވެއެވެ.  ހިތަށް ވެރިވަމުން ދިޔަ ނިމުމެއްނެތް ސުވާލުތަކާމެދު ވިސާމަށް އެތައް އިރެއްވަންދެން ވިސްނުނެވެ. އެހެނަސް ރާއިފް އެ ބުނި ކަހަލަ މީހަކާ އޭނަ ބައްދަލު ނުވަނީސް އޭނައަށް ރަނގަޅު ޖަވާބެއް ނުލިބޭނެކަން އޭނައަށް އެނގުންވިއެވެ. ހަމަ އެއާއެކު އެފަދަ މީހަކާ ބައްދަލު ކުރެވިދާނެ ގޮތަކާމެދު ވިސާމް ވިސްނަން ފެށިއެވެ. އެކަހަލަ މީހުން ފެންނަމުން ދަނީ ވަރަށް ވެސް މަދުންނެވެ. މުޅި މި ރަށުގައި ވެސް އުޅެނީ އެކަހަލަ ތިން މީހުންހެން އޭނައަށް ހީވެއެވެ. އޭނަ ކޮންމެ ގޮތެއް ހަދާފައި ވެސް މަގުމަތިން ވެސް އެކަހަލަ މީހަކާ ދިމާވެއްޖެނަމަ އެ މީހަކާ ބައްދަލުކުރަން ނިންމަމުން އެރޭ ނިދާލިއެވެ.

 

މަންމަ ދެއްކި ވާހަކަތައް މުޅިން ޤަބޫލު ނުކުރިއެއްކަމަކު ވިސާމް އޭނަގެ މަންމަގެ ބަސްއެހޭތޯ ބެލިއެވެ. އަދި އޭގެ އަނެއްދުވަހުން ފެށިގެން ރާއިފާއި ދުރުދުރުން އުޅެވޭތޯ ބެލިއެވެ. އެހެނަސް އެރޭ ވިސާމް ނިދަން އޮތްވާ ރާއިފް އޭނަގެ ކޮޓަރިއަށް އައިސް އޭނައަށް ގޮވާލިއެވެ. އަދި ވިސާމް ހޭލުމުން އޭނައާއެކީ އައުމަށް ބުނެލީ ޓީވީއިން ވަރަށް ރީތި އެއްޗެއް ދައްކާ ވާހަކަ ބުނަމުންނެވެ. ވިސާމް ނޫނެކޭ ބުނަން އުޅެފައިވެސް ކުޑައިރުކޮޅަކަށޭ ބުނެލީ ޓީވީ ބަލަން ބޭނުންވި ވަރުންނެވެ. މަންމަ އުފާ ކުރެވޭތޯ އޭނަ މުޅި ދުވަސް ހޭދަކުރީ ޓީވީއިން ކާރޓޫނެއްވެސް ބެލުމެއްނެތިއެވެ. އެހެނަސް އޭނަގެ އެ ހިތްވަރު ބަލައި ގަތުމެއްނެތި މަންމަ މުޅި ދުވަސް މަސައްކަތުގައި ހޭދަކުރުމުން އޭނަގެ މަންމަ އުފާ ކުރުމަކީ ނާދިރު ކަމެއްހެން އޭނައަށް ހީވާންފަށައިފިއެވެ. މަންމަގެ ބަސް ހަނދާން ނައްތާލަމުން ރާއިފާއެކީ އެހާ ފަސޭހައިން ދެވުނީ އެހެންވެއެވެ.

 

އިސްޖަހައިގެން ހުރެ ސިޓިންގް ރޫމަށް ގޮސް ފަތްޖެހި ގޮނޑިއެއްގައި އިށީނދެ އިސްއުފުލާލި ވަގުތު ފެނުނު މަންޒަރުން ވިސާމްގެ ދެލޯ ބޮޑުވިއެވެ. އެއީ އޭނަ ދުވަހަކުވެސް ދުށްފަދަ މަންޒަރެއްނޫނެވެ. ނަމަވެސް މާ ގިނައިރެއް ނުވެ އޭނައަށް ދެލޯ މަރާލަމުން ލޯމަތީގައި އެއްއަތް އަޅާލެވުނީ ބޭއިޚްތިޔާރުގައެވެ.

 

“ރަފޫ ތީތި ނިވާލާ. ތިއީ ގޯސް އެއްޗެއް.” ބާރަށް ތެޅެމުން ދިޔަ ހިތަކާއެކީ ވިސާމަށް އެހެން ބުނެވުނީ ނުތަނަވަސްކަން އެކުލެވިފައިވި އަޑަކުންނެވެ.

 

“ޕިސް ޕިސް ޕިސް……..ވިސާމެކޭ މުސްކުޅި ކާފައެކޭ ތަފާތެއްނެތް. ހުސް ގޯސް ގޯސް ކިޔަކިޔާ ތި ހުންނަނީ. ބަލަ ވިސާމް މިއީ އަހަރުމެން ވެސް ކުރަންޖެހޭ ކަންތައްތަކޭ މި ފެންނަނީ.” ރާއިފް ވިސްނައިދޭން އުޅޭފަދަ ގޮތަކަށް ބުނެލިއެވެ.

 

“ނޫން ތިއީ އަހަރުމެން ކުރާނެ ކަންތައްތަކެއްނޫން!” ވިސާމް އަޑަށް ބާރުލާފައި އެހެން ބުނެލުމާއެކު ރާއިފް ހިނިގަނޑެއްޖަހާލިއެވެ. ވިސާމަށް ޙައިރާންވެފައި އޭނަގެ ލޯމަތިން އެއްއަތް ނަގައި ރާއިފަށް ބަލާލެވުނެވެ. ރާއިފް އޭނަގެ ހިނިގަނޑު މައިތިރިކުރަމުން ވިސާމަށް ތޫނު ނަޒަރެއް އަމާޒުކޮށް ޙަމްދަރުދީގެ ރާގަކަށް ވިސާމަށް ހާދަ ނޭނގެއޭ ބުނެލިއެވެ. އެއަށްފަހު އެ ޢުމުރުގައި ވިސާމަށް ތަފްޞީލު އެނގެން ނުޖެހޭ އެތައް ވާހަކައަކުން ރާއިފް ވިސާމްގެ ކަންފަތް ފުރުވައިފިއެވެ. ކުރީކޮޅު ވިސާމް ޖެހިލުންވިއެއްކަމަކު ރާއިފްގެ ވާހަކައިގެ މެދުތެރެއިން އޭނައަށް އެ ވާހަކަތައް އަޑުއަހަން ހުރެވުނީ ޝައުޤުވެރިކަމާއެކީގައެވެ. ރާއިފް ސިފަކުރަމުން ދިޔަ ކޮންމެ ވާހަކައެއް އޭނަގެ ލޯމަތިން ފެންނަމުން ދިޔަހެން އޭނައަށް ހީވިއެވެ. ރާއިފް އެ ވާހަކަތައް ހުއްޓާލުމުން ވިސާމްގެ ހިތުގައި ޝަކުވާއެއް ވެސް އުފެދުނެވެ. ނަމަވެސް އެރޭ ރާއިފް އޭނަ ދޫކޮށްލީ އާފުރުމަށްފަހު ތިމަންނަ ނިދިއައިއްސިއޭ ބުނެ ޓީވީ ނިވާލަމުންނެވެ. ރާއިފް ލޯ މައްޗަށް ގެއްލުނު ވަގުތު ވިސާމްގެ ހިތުގައި ނޭނގޭ ބިރުވެރިކަމެއް އުފެދިފައިވިއެވެ. ރާއިފް އެ ދެއްކި ވާހަކަތަކަކީ އޭނައަށް އިވެންޖެހޭ ވާހަކަތަކެއް ނޫންކަމަށް އޭނަގެ ހިތް ބުންޏެވެ. އެހެނަސް ރާއިފް އެންމެ ފުރަތަމަ ބުނި ވާހަކަތައް ހަނދާންވެފައި އެއީ ދޮގެކޭ އޭނަގެ ހިތަށްއެރިއެވެ. އަދި ބިރުނުގަތުމަށް އޭނަގެ ހިތަށް ވިސްނައިދިނެވެ. އެހެނަސް އޭނަގެ ހަމަޖެހުން ގެއްލިފައިވި ހިތުގެ ސަބަބުން އޭނައަށް އެރޭ ނިދޭގޮތެއްނުވިއެވެ.

 

އޭގެ އަނެއްދުވަހުގެ ރޭ ވެސް ވިސާމް ނުނިދިފައި އޮތްވާ ރާއިފް އޭނައަށް ގޮވާލިއެވެ. ވިސާމަށް ޖެހިލުންވުމަކާއެކީ ވެސް ރާއިފްގެ ފަހަތުން ދެވުނީ ދާ ހިތުންނެވެ. ނަމަވެސް ރާއިފް ޓީވީ ހުޅުވާލިތަނާހެން ވިސާމަށް ދެލޯ މަރާލެވުނެވެ. ރާއިފް އެރޭ ވެސް ޖަހާލީ މަލާމާތުގެ ހިނިގަނޑެކެވެ.

 

“ކިހިނެއްވީ؟ ގަޓެއް ނެތީތަ ބަލަން؟” ރާއިފް ރާގަކަށް އެހެން ބުނެލުމާއެކު ވިސާމް ނޫނެކޭ ބުނެ ދެލޯ ހުޅުވާލިއެވެ. އެހެނަސް އެ މަންޒަރުތަކަށް ނަޒަރު ހުއްޓުމުގެ ކުރިން އޭނައަށް ދެންވެސް ވާހަކަ ދެކެވުނެވެ.

 

“އެކަމަކު ރަފޫ…….މިއީ ނުބައި ކަމަކަށްވެއްޖެއްޔާ މަލާއިކަތުން މި ވާހަކަ ނުބައި ކަންތައްތަކުގެ ތެރޭ ލިޔުއްވާނެ. އޭރުން އާޚިރަތުގައި…….” ވިސާމަށް އެހެން ބުނެލެވުނުތަނާހެން ރާއިފް ޗޮއްކަނޑާލިއެވެ.

 

“އަދި އާޚިރަތް އޮތީ ކޮންތާކު؟ އެއީ ކައިރި މުސްތަޤްބަލެއްގަ ވާނެކަމެއްހެން ވިސާމަށް ހީވޭތަ؟ މިހާރު އަހަރުމެން މިގޮތަށް އުޅުނަސް އަދި އަހަރުމެން ފަހުން ރަނގަޅުވާނީއޭ. ޖަސްޓް ޗިލް އެންޑް އެންޖޯއި ބްރޯ!” ރާއިފް ބުނެލިއެވެ. ވިސާމްގެ ހިތަށް ކުޑަވެސް ލުއެއް ލިބުނީ ރާއިފްގެ އެ ވާހަކައިންނެވެ. އޭނައަށް ބައިވަރު ވަގުތު އެބައޮތްކަމުގެ ޚިޔާލުންނެވެ. އެ ޚިޔާލާއެކީ އޭނަ އެރޭ ޝައިޠާނާގެ ވަސްވާސްތަކަށް އަމިއްލަ ނަފްސު ދޫކޮށްލަން ނިންމިއެވެ. ބައްޕަ ދެއްކި ސުވަރުގޭގެ ވާހަކަތަކަށްވުރެ ބޮޑަށް ރާއިފް ދައްކަމުން ދިޔަ މަންޒަރުތަކުން އޭނައަށް ލިބޭ ލައްޒަތުގެ ބޮޑުކަމުންނެވެ. އެހެންނޫނަސް އޭނަ ބޭނުން ދުވަހަކުން އޭނައަށް އަނެއްކާވެސް ބައްޕަ އެ ބުނި ސުވަރުގެއަށް ދެވޭނެ މަގަށް އަނބުރާލެވިދާނެކަމަށް ވިސާމްގެ ހިތް ބުންޏެވެ. އެހެނަސް ވަކި ހިސާބަކުން އެ ހިތުގެ މައްޗަށް އޭނައަށް އޮތް ބާރު ގެއްލިދާނެކަމަށް ވިސާމް ހިއެއްނުކުރެއެވެ.

 

އެ ބާރު ގެއްލެމުން ދިޔަކަން ވިސާމަށް އެނގުންވީ އޭނަގެ ލޮލަށް އެ ހުތުރު މަންޒަރުތައް ފެންނަން ފެށިތާ މާ ގިނަ ދުވަހެއްނުވެ އޭނަ ލަދުކުޑަވާން ފެށުމުންނެވެ. އޭނަ އަޅުކަންތައްތަކުން މުޅިން ވެސް ދުރުވެގެން ދިޔަ ގޮތުންނެވެ. އެކަމާމެދު މަންމަ އެއްޗެހި ގޮވިއެއްކަމަކު އެއިން އޭނަގެ ހިތަށް އެއްވެސް އަސަރެއް ނުކުރާ ގޮތުންނެވެ. ބޮޑެތި މީހުންގެ ކުރިމަތީގައި ވެސް އެއްވެސް ޖެހިލުމެއްނެތި ހުތުރު ބަސްތައް ބޭނުން ކުރެވެން ފެށި ގޮތުންނެވެ. މަންމަ އެކަމާމެދު ވެސް ރުޅި އިސްކުރުމުން މަންމައާއި ދިމާލަށް ވެސް ފާޅުގައި އެއްޗެހި ގޮވެން ފެށުމުންނެވެ.

 

“މަ ބޭނުން ގޮތަކަށް މަ ވާހަކަ ދައްކާނީ!” އެދުވަހު ވިސާމް ޢާއިލާގެ އެހެން ބައެއް މެންބަރުންގެ ވެސް ކުރިމަތީގައި ރަޝީދާއާއި ދިމާލަށް ބުންޏެވެ. އެފަދަ ގޮތަކަށް ވިސާމް ފުރަތަމަ ފަހަރަށް އޭނައާއި މުޚާތަބު ކުރުމުން ރަޝީދާއަށް ހުރެވުނީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. އޭނައަށް ފަސްދީފައި ދާން ހިނގައިގަތް ވިސާމަށް ވެސް ހުރެވުނީ ދެންމެ ކަންތައް ކުރެވުނު ގޮތް ޤަބޫލުކުރަން ވެސް ދަތިވެފައެވެ. މަންމައާއި އެގޮތަށް ވާހަކަ ދެކެވުމުން ވިސާމް ހިނދުކޮޅަކަށް ދެރަވެސްވިއެވެ. އެހެނަސް މާ ގިނައިރެއްނުވެ އޭނަ ބެނުންވާ ގޮތަށް ވާހަކަ ދެއްކުމަކީ އޭނަގެ ޙައްޤެއްކަމަށްބުނެ ޝައިޠާނާ އޭނަގެ ހިތުގައި އެ ޢަމަލު ޒީނަތްތެރި ކުރިއެވެ.

 

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Jana

100 Stories10 Stories1K Comments500 Comments100 Comments100 Login500 Login

Other Articles

Previous

ހިތް އެކީ ދެވިއްޖޭ….27

Next

ހުރީ ވެވިފާ ބާކީ… (އެގާރަވަނަ ބައި)

Next
December 21, 2016

ހުރީ ވެވިފާ ބާކީ… (އެގާރަވަނަ ބައި)

Previews
December 21, 2016

ހިތް އެކީ ދެވިއްޖޭ….27

21 Comments!

  1. Jana says:
    December 21, 2016 at 7:56 pm

    Assalam’alaikum. varah dhera eba vey jana ah mihaarakah ais vaahakaige baithah kurukoh adhi lahun genesdheveythy. ekamattakai kiyuntheringe arihun maafah edhen. 🙁 miaffahu thankolheh avahah adhi dhigukoh genesdheveytho balaanan In Sha Allah. Vaahaka genesdhey gothaamedhu rangalhu kuran jehey kameh kiyuntherinnah faahanga vanya ekan jana ah angaala dhinun edhen.

    1. SEYM says:
      December 21, 2016 at 11:09 pm

      JANA GE THIYA LOABIVAAGE LOIBAH UPDATE KOHDHEEBA……..PLX EVAAHAKA V V V KIYALAAHITHUN MIHURY……. PLXXXX……….

    2. Jana says:
      December 22, 2016 at 1:13 pm

      SEYM: Subhanallah haadha varakashey e vaahaka kiyaa hithun thi ulheny. hehe….ekamaku seym, Jana eythi eggothakavves up kuraa hitheh nuvey. Ey jana thankolheh moya dhuvaskolhegga liyevunu vaahaka eh. namunves engeyne kanneynge ekan. Jana e vaahaka up kuran beynun nuvaa sababuthah baivaru. e hurihaa sababeh bunedheyn vejje nama jana ah mithaanga mazumooneh liyevidhaane. Ekamaku maigandu eh sababu bunefaanan. E vaahakaiga ulhey anhen kujjaage e hunnany aslu varah damaging character eh. Jana e kujja sifa kohdheefa hury dheeny kujjegge gothuga. Adhi fudheyvarakah ladhuvethives kujjegge gothuga. Ekamaku e kujjaage hithugai vany faahish gulhumeh zeenaitheri vefa. Adhi mulhi vaahaka ah balaaliyya e kujja ah e kamudhaa eh firihenakaa kairivun e kujjaa ge hithugai rangalhu kamakah vany. Ekamaku aslu muslim anhen kujjegge character aky ey eh noonennu dho seym? E vaahaka kiyaairu kiyuntheringe visnun ves e gothah badhaluvumaky ekasheegenvaa kameh. Ey mihaaru ves aharumenge thereyga onna visnumeh. aharumennah heevaa kahala deenuge baeh kanthahthakaa eggothah ulhefa anebbai kanthah dhookolliyas rangalhu vaane ey. Ekamaku ey aharumen efadha ulhumakun tawba vaan jehey fadha ulhumeh. e msg mihaaru jana ge vaahaka thakun jana foarukohdheyn mi masakkaiy kurany.
      Khudhu jana ves kureega hury e kahala visnumeh. namaadhu koffa Quran kiyavaafa ein dhiriulhumah evves badhaleh nayas ey massala eh noonakamah heekury. Ehenve egothah e vaahaka liyevifa othy. Ekamaku vaki hisaabakun beynumeh nuvi Allah engevi gothah noony dhiriulhumuge evves kameh kuraakah. Ehenve Jana liyaa vaahaka thakun ves badhaleh thiya kiyuntherinnah thiya fennany. 🙂
      Jana ge e vaahaka kiyaafa mihaaru mi liyaa vaahaka thah kiyaa kiyuntheringaathu jana bunelan beynun vany thiya kiyuntheringe loamathin thi fennany jana kuri Hijra ekey. 🙂 varah dhigu adhi dhathithakun furigenvi raasthaa akah fahu mihaa hisaabah mi aee. mi aadhevunu manzil kureega ulhunu andhirigandah vure maa reethi. mi manzilah aadhevunyma hama eggothakavves fahaiy ves balaahitheh nuvey. Bunelan beynumy thiya kiyuntherinves Allah attakai fiyavalheh alhaifi nama thiya kiyuntherinnahvves ihsaas kureveyny mifadha hiyhama jehumekey. Allah ruhivodigenvaa kanthahthakah amilla hithugai ves loabi othumun e libey ufaaverikamaky sifa kohdheyn dhathikameh. Jana nubunan Jana mihiry thiya kiyuntherinnahvvure maa iman kan varugadha haalathegga ey. Aharumen emmennah ves faafa kureveyne. Aharumen emmenves komme dhuvahaku Hijra kuran jehey. Komme dhuvahaku Allah aai gaai vumah fiyavalheh alhan jehey. E gothah masakkaiy kureema Allah aharumennah hidhaayaiy ithuru kuravvany. Maai Allah alhamen emmennah hidaayaiy ithuru kohdhevvaashi. Ameen! 🙂

  2. Raiya says:
    December 21, 2016 at 8:01 pm

    V.rythi masha allah

    1. Jana says:
      December 22, 2016 at 1:14 pm

      Alhamdhulillah! (All praise and thanks belong to Allah) 😀

  3. umee says:
    December 21, 2016 at 8:01 pm

    mi prt haada kurey
    ekam reethi
    next prt dhigu kohlaathi JANA

    1. Jana says:
      December 22, 2016 at 1:17 pm

      dhigu kureveytho balaanan In Sha Allah. Alhamdhulillah! 😀

  4. Ukhthaa says:
    December 21, 2016 at 8:13 pm

    Nice…ma sha Allah.?

    1. Jana says:
      December 22, 2016 at 1:17 pm

      Alhamdhulillah! 😀

  5. Kudakamana says:
    December 21, 2016 at 8:36 pm

    Hey jana, aslu vez miadhu v kuru mi part! Mi part up veytho mendhurufas veefahun iru iru kolhaa balailevey! N al hamdh lillah, miothy athujehifa, masha allah v reethi mi part ves…

    1. Jana says:
      December 22, 2016 at 1:21 pm

      varah varah bodah maafah edhen ekamattakai kudakamana. Maai Allah kudakamana ge vaguthugai barakaaiy lavvaashi kudakamana mi vaahaka attakai thi heydhekuri vaguthuthakattakai. Ameen! 😀 Alhamdhulillah! 🙂

  6. Kudakamana says:
    December 21, 2016 at 8:39 pm

    Jana keehvetha mihaarakah ais mi part thah lasvefa kuruvaa goiy mivanee! Ekam dhen anna part thah dhigu kolla dhehchey!

    1. Jana says:
      December 22, 2016 at 1:23 pm

      plotah kudhikudhi badhalthah gennamun mi liyany. ehenvyma ingey kudakamana? 🙂 jana ekan rangalhu kureveytho balaanan In Sha Allah.

  7. Kudakamana says:
    December 21, 2016 at 8:42 pm

    Ey jana! Alhugandu Viber ves use eh nukuran! Dhen me thoahche jana aa meet vaan oiy gothakee!!!!

    1. Jana says:
      December 22, 2016 at 1:24 pm

      Innaa lillaahi dhen kihineh hadhaany? 🙁 kudakamana athuga phone eh oveytha?

  8. Shaa says:
    December 22, 2016 at 12:14 am

    its ok Jana.. next time dhigu kohlani koh ok.. story varah reethi ??

    1. Jana says:
      December 22, 2016 at 1:25 pm

      Jazakallah Khairan for the support Shaa 🙂 <3 Alhamdhulillah! 🙂

    2. Jana says:
      December 22, 2016 at 1:26 pm

      FB Post:

      There are 2 parts to each and every one of us. A part that wants to do good deeds and protect itself from the harms of this world and the next, and a part that wants to rebel and do whatever it wants by breaking the rules. In Surah Ash-Shams, Allah lets us know that those of us that try and purify our nafs by recognizing when it tells us to do something wrong and staying away from it, are the successful.

      https://www.youtube.com/watch?v=5JTglNrp34s

    3. Jana says:
      December 22, 2016 at 1:26 pm

      FB Post:

      We must appreciate the effort that people make to become better human beings. Especially the little ones around us that we look after. Because if we don’t, that very lack of appreciation will lead them to a place we never wanted them to be

  9. Jana says:
    December 22, 2016 at 1:29 pm

    FB Post:

    It’s not just a little boy who could lose his iman over time. Each and every single one of us is in danger of losing that precious gift if we don’t take care of it. In Surah Al-Hadid, Allah paints a picture of the Day of Judgement, where the believers describe to the hypocrites about how the hypocrites had lost their iman.
    “The hypocrites will call to the believers, “Were we not with you?” They will say, “Yes, but you afflicted yourselves and awaited and doubted, and wishful thinking deluded you until there came the command of Allah. And the Deceiver deceived you concerning Allah.” Surah Al-Hadid, ayah 14

    https://www.youtube.com/watch?v=DNC3y9rJI9c

  10. Ekko says:
    December 23, 2016 at 6:11 pm

    Jana konirakun up kuranii v kiyaahithun mihurii?

Comments are closed.

Next Episodeޢަޞްރު (އެކާވީސްވަނަ ބައި)←


All Right Reserved!