“އަންޖޫދާ އަބްދުއްސައްތާރު… އަހަރެން ކުރާނީ އެންމެ ސުވާލެއް… އެ ސުވާލަށް ތެދަށް ޖަވާބު ދީ……………………..” އަންޖޫދާގެ ލޮލަށް ބަލަހައްޓައިގެން ހުރެ ރާހުލް ބުނެލިއެވެ. “އަހަރެން ދެކެ ލޯބިވޭތަ؟”
އަންޖޫދާ ސިހިފައި ރާހުލްއާ ދިމާއަށް ބަލާލިއެވެ. އެވަގުތު އޭނާގެ ދެލޮލުން ފައިބަމުން ދިޔަ ކަރުނަތަކަށް ވެސް ހުއްޓުމެއް އައެވެ. ވަގުތުން އޭނާ އެ އިން ތަނުން ތެދުވެ ރާހުލްއަށް ފުރަގަސްދިނެވެ.
“ޖަވާބުދީބަލަ…” ރާހުލްވެސް ތެދުވެލަމުން އެހެން ބުނެލީ ތަންކޮޅެއް ބާރަށެވެ. އޭނާ ލައިގެން ހުރި ފެހި އަތްދިގު ގަމީސް ވާރެއާ ތެމިފައިވިއެވެ. އެ ފިރިހެންވަންތަ ހަށިގަނޑުގައި ގަމީސް ތަތްވެފައި ހުރީ ހިތްގައިމު ގޮތަކަށެވެ. އޭރު ފިނިވެގެން ގޮސް އެ ހަށިގަނޑުގައި މަޑު ތުރުތުރެއް އުފެދިފައިވިއެވެ.
“ރާހުލް.. ދޭ ގެއަށް… ނަޝްފާ ހުންނާނެ މިހާރު އިންތިޒާރުގަ…” އަންޖޫދާ މަޑުމަޑުން ބުނެލިއެވެ. ރާހުލް ދެެކެ ކިތަންމެ ލޯބިވިޔަސް އޭނާ އެވާހަކަ ހާމަކުރާނީ ކޮން ދުލަކުން ހެއްޔެވެ؟
“ތީ އަހަރެން ކުރި ސުވާލުގެ ޖަވާބެއް ނޫން..” ހަރަން ބަނދެލަމުން ރާހުލް މަޑުމަޑުން ބުނެލިއެވެ.
“އެއަށްވުރެ ކުރިން އަހަރެން ސުވާލެއްކޮށްލަންތަ؟” އަންޖޫދާ އެހެން އަހާލުމުން ރާހުލް އެެންމެ ރަނގަޅޭ ބުނެލިއެވެ.
“ރާހުލް ނަޝްފާ ދެކެ ލޯބިވޭތަ؟” އަހަން ނާހަން ހުރެފައި ވެސް އަންޖޫދާ އަހާލިއެވެ. ދެލޯ މަރައި ފިއްތައިގެން އޭނާ ހުރީ ރާހުލް ދައްކަން އެއުޅޭ ވާހަކައަކީ އޭނާއަށް އަޑުއަހަން ފަސޭހަ ވާހަކަތަކެއް ނޫންކަން ޔަޤީންވާތީއެވެ.
“އާނ.. ނަޝްފާ އަކީ އަހަންނަށް ލިބުނު އެންމެ ބޮޑު ނަސީބު..” ރާހުލް ވަގުތުން ބުނެލިއެވެ. އަންޖޫދާއަށް އެވަގުތު މޭގައި އަތް އަޅާލެވުނެވެ. ރާހުލް ނަޝްފާ ދެކެ ލޯބިވާކަން އެނގުނު ނަމަވެސް ރާހުލްގެ ދުލުން އެވާހަކަ އަޑު އިވުމުން އޭނާގެ ހިތަށް ހާދަ ތަދެއް ވެއްޖެއެވެ. މޭގައި އަތް އަޅައިގެން ހުރެ އޭނާއަށް ގުދުވެވުނެވެ. އަދި އަޑުން އަޑު ނަގައި ރޮއިގަނެވުނެވެ. ރާހުލްއަށް އޭނާއާ ދިމާއަށް ބަލަހައްޓައިގެން ހުރެވުނީ ހަދާނެގޮތް ހުސްވެފައެވެ. އޭނާ ނަޝްފާ ދެކެ ލޯބިވާ ވާހަކަ ބުނުމުން އަންޖޫދާ އެހާ ދެރަވީ ހެއްޔެވެ؟
“ދެން ރާހުލް ދާންވީނު ނަޝްފާ ކައިރިއަށް! އަހަރެން ކައިރީ ކީއްކުރަން ތި ހުރީ؟ އޭނ! ދާން އުޅޭ!” އިރުކޮޅެއް ފަހުން އަންޖޫދާ ރާހުލްއާ ދިމާއަށް އެނބުރުނެވެ. އަދި ރާހުލްގެ މޭގައި އަތް އަޅާފައި ދުރަށް ކޮއްޕާލިއެވެ. ރޮމުން ގިސްލަމުން އޭނާ ވާހަކަ ދެއްކިއިރު ރާހުލްގެ ހިތުގެ އެންމެ ހިމަ ނާރަށް ދަންދެން އަސަރުކުރިއެވެ. އޭނާ އަންޖޫދާގެ ދެކޮނޑުގައި މަޑުމަޑުން ހިފަހައްޓާލިއެވެ. ނަމަވެސް އަންޖޫދާ ވަގުތުން އޭނާގެ އަތް ފޮޅުވާލިއެވެ.
“އަތް ނުލާތި! ދާން އުޅޭ! އަހަރެން ކައިރިއަށް ތިއަންނަނީ ކީއްވެތަ؟ އަހަރެންގެ ލޮލު ކުރިމައްޗަށް ބޮޑު ފުރޭތައެއްހެން ފާޅުވަނީ ކީއްވެތަ؟ ދާށޭ….! ނަޝްފާ ކައިރިއަށް ދޭ!” ދެރަވެފައި ހުރިވަރުން އަންޖޫދާއަށް ކިޔޭ ނުކިޔޭ އެއްޗެއް ވެސް ނޭނގުނެވެ. މިޔަދު އޭނާގެ ހިތުގައި ވަރަށް ބޮޑަށް ޖެހިއްޖެއެވެ. މިއޮއް ހުރިހާ ދުވަހަކު ހިތްވަރުކޮށްފައި މިޔަދު އޭނާގެ ހިތް ފަޅައިގެން އެދިޔައީ ކީއްވެކެން ޚުދު އޭނާއަކަށް ވެސް ނޭނގުނެވެ.
“އަންޖޫ.. ޕްލީސް.. ހުއްޓާލަބަލަ… ހަމަޖެހިބަލަ..” ރާހުލް އަންޖޫދާ ހަމައަކަށް އެޅޭތޯ ކިޔަމުން ދިޔައެވެ.ނަމަވެސް ރާހުލް އެހެން ބުނުމުން އަންޖޫދާ ބާރު ބާރަށް ހޭން ފެށިއެވެ.
” ހަހަހަ .. އަސްލު ބުނަންތަ؟ އަހަރެން ބިރުގަނޭ ރާހުލް ދެކެ ފުރޭތައަކަށް ވުރެ ބޮޑަށް! ފުރޭތަ ފެންނަ ކޮންމެ ފަހަރަކު ހިތް ބިރުގަންނާނީތާ..! އެކަމަކު ރާހުލް ފެންނަ ކޮންމެ ފަހަރަކު ހިތް ފަޅައިގެންދާހާ ވަރުވޭ!” އަންޖޫދާ ގެ ވާހަކަ ފެށުނީ ހިނިގަނޑަކުން ނަމަވެސް އެންމެ ފަހު ޖުމްލަ ބުނިއިރު އަނެއްކާވެސް އޭނާއަށް ގިސްލެވެން ފެށިއެވެ.
“އައި ހޭޓް ޔޫ ރާހުލް! އައި ހޭޓް ޔޫ!” ރާހުލްގެ މޭގައި ތަޅައިގަންނަމުން އަންޖޫދާ ކިޔަމުން ދިޔައެވެ. ރާހުލްވެސް އަންޖޫދާ ހުއްޓުވާކަށް ނޫޅުނެވެ. ސީދާ އަންޖޫދާގެ މޫނަށް ބަލަހައްޓައިގެން އޭނާއަށް ހުރެވުނީއެވެ. ރޮމުން ރޮމުން އަންޖޫދާ ހުރި ދިމާއަށް ތިރިވުމުން އޭނާ ދެއަތުން މޫނުގައި ފިރުމާލިއެވެ. އަދި ތިރިވެ އަންޖޫދާގެ ތުނި ހަށިގަނޑުގައި އޭނާގެ ބާރުގަދަ ދެއަތް ވަށާލިއެެވެ. ނަމަވެސް އަންޖޫދާ އުޅުނީ ރާހުލް ދުރަށް ކޮއްޕާލާށެވެ. އެވަގުތު ރާހުލް ކުރިއަށް ވުރެ ބާރަށް އެ ހަށިގަނޑުގައި އޮޅުލައިގަތެވެ. އެތަށް އިރަކު ދުރުވާން ތެޅުމަށްފަހު އެެންމެ ފަހުން އަންޖޫދާގެ ހަށިގަނޑު ހިމޭންވިއެވެ. އޭނާވެސް ރާހުލްގެ ހަށިގަނޑުގައި ދެއަތް ވަށާލިއެވެ. އެއަތުގެ ހިމާޔަތައް އެ ހިތް އެދޭތާ ކިހާ ދުވަހެއް ވެއްޖެ ހެއްޔެވެ؟
ބޯވާރޭގެ ތެރޭގައި ދެމީހުން އެތައް އިރަކު އެގޮތަށް ތިބިއިރު ދެމީހުންގެ ލޮލުން ވެސް ހޯސްލާފައި ކަރުނަ ފައިބަމުން ދިޔައެވެ. ދެ ހިތުގެ ތެޅުމުގެ އަޑު އެކަކު އަނެކަކަށް އިވެމުން ދިޔައެވެ. ހަމައެގޮތަށް ދެމީހުން އެކަކު އަނެކަކު ދެކެ ވާ ލޯބިވެސް އެކަކު އަނެކަކަށް އިހުސާސްވަމުން ދިޔައެވެ. އެތައް ދުވަހަކަށްފަހު އެދެހިތަށް ވެސް ހަަމަޖެހުމެއް ލިބުނުކަމުގެ އިހުސާސްކުރެވެމުން ދިޔައެވެ.
** ** **
ކޮޓަރީގެ ކުޑަދޮރު ކައިރީގައި ވާރޭގެ ތެރެއަށް ނަޒަރު ހުއްޓާލައިގެން ހުރި ރިޝްކާގެ މޫނުމަތިން ފެންނަނީ މާޔޫސްކަމެވެ. އިރުކޮޅަކު އެހެން ހުރުމަށްފަހު އޭނާ ކުޑަ ދެ އަތް ވާރޭގެ ތެރެއަށް ދިއްކޮށްލިއެވެ. ފިނިފިނި ވާރޭގެ ތިކިތައް އެއަތުގައި ބީހިލުމުން އޭނާގެ ހިތަށް ކުޑަ ހަމަޖެހުމެއް ލިބުނު ކަހަލައެވެ.
ކޮޓަރި ދޮރު ހުޅުވާލި އަޑަށް ރިޝްކާ އެނބުރި ބަލާލިއެވެ. ހަރަން ބަނދެލައިގެން ހުރި އާމިނާ ފެނުމުން އޭނާއަށް އެ ދިމާއަށް ދުއްވައިިގަނެވުނީ ބޭއިޚްތިޔާރުގައެެވެ. އޭނާ ގޮސް އާމިނާގެ އުނަގަނޑުގައި ބާރަކަށް ބައްދާލިއެވެ. އޭރު އެ ކުޑަ ދެލޮލުން ކަރުނައިގެ ތިކިތައް ފާޅުވާން ފަށައިފިއެވެ.
ކުއްލިއަކަށް ރިޝްކާ އައިސް އޭނާގެ ހަށިގަނޑުގައި ބެއްދުމުން އާމިނާ ސިހުންވިއެެވެ. ދެބުމަ ގޮށް ޖަހާލަމުން އޭނާ ރިޝްކާ ދުރުކުރަން މަސައްކަތް ކުރިއެވެ. ނަމަވެސް ރިޝްކާ އޭނާގެ ގައިގައި ކުރިއަށް ވުރެ ބާރަށް ހިފަހައްޓާލިއެވެ.
“މާމާ… މާމާ… ރިޝްކޮ ބޭނުމެއް ނޫން އެހެން ބައްޕިއެއް… ޕްލީސް މާމާ.. މަންމި ކައިރީ ބުނޭ ރިޝްކޮ ބޭނުމެއް ނޫނޭ.. މަންމިއަކަށް ނޭނގެ ރިޝްކޮ ދެރަވާކަމެއް.. މާމާ ޕްލީސް..” ރޮމުން ރޮމުން ރިޝްކާ ވާހަކަ ދެއްކުމުން އާމިނާގެ ހަރަކާތްތަކަށް ހުއްޓުމެއް އައެވެ. ރިޝްކާ އެފަދަ ގޮތަކަށް ރޮމުން ދާ ތަން އޭނާއަށް ފެނުނު މިއީ ފުރަތަމަ ފަހަރެވެ. އެ ގިސްލުމުގައިވި އާދަޔާ ޚިލާފު އަސަރެއްގެ ސަބަބުން އޭނާގެ ހިތުގެ ހިނގުންވެސް ހިނދުކޮޅަކަށް މަޑުޖެހުނެވެ.
“މާމާ! މަންމި ކީއްވެތަ އެހެން އެހަދަނީ…؟ މާހިން ސާރ އަކީ ރިޝްކޮގެ ޕްރިންސިޕަލް… މާހިން ސަރ ރިޝްކޮގެ ބައްޕައަށް ހަދަން މަންމި އުޅެނީ… ރިޝްކޮއެއް ބޭނުމެއް ނޫން.. ޕްލީސް މާމާ..” ރިޝްކާގެ ރުއިން ކުރިއަށްވުރެ ވެސް ބާރުވިއެވެ. ހަދާނެގޮތެއް ނޭނގިފައި ހުރި އާމިނާ ތިރިވެލުމަށްފަހު ރިޝްކާ ނަގާ އުރާލިއެވެ. އަދި ހިނގާފައި ގޮސް ރިޝްކާ އެނދުގައި ބޭންދިއެވެ.
“މާމާ! ކީއްވެ އެއްޗެކޭ ނުބުނަނީ؟ މާމަ ބުނެފިއްޔާ މަންމިއެއް ނުކުރާނެ… މާމަ ތީ މަންމިގެ މަންމައެއްނު..؟ ރިޝްކޮ ވެސް ނުކުރަން މަންމި ނުކުރާށޭ ބުނާކަމެއް… މާމަ ބުނެބަ މަންމި ކައިރީ…” ރިޝްކާ ގިސްލަމުން ވާހަކަ ދެއްކިއެވެ. އާމިނާ ރިޝްކާގެ މޫނަށް ފުންކޮށް ބަލާލިއެވެ. އެ ދޮން މޫނުމަތިން ހިތާމަވެރިކަން ނޫން އެއްޗެއް ނުފެނެއެވެ. ދެލޯކައިރި ދުޅަވެ ރަތްވެފައިވީއިރު ނޭފަތައް ވެސް ވަނީ މަޑު ފިޔާތޮށި ކުލައެއް އަރާފައެވެ. ދެލޮލުން ހުއްޓުމެއް ނެތި ކަރުނަ ފައިބަމުން ދިޔައިރު ނޭފަތުންވެސް ކުޑަކޮށް ފެން ފައިބާފައިވިއެވެ. އެ މަންޒަރު ފެނުމުން އާމިނާގެ ހިތަށް ކުރީ ތަފާތު އަސަރެކެވެ. ރިޝްކާ އެހާ ދެރަވެފައި ހުއްޓާ އޭނާ ދުވަހަކުވެސް ނުދެކެއެވެ. މާހިން އާ އަންޖޫދާގެ ކައިވެނި ހަމަޖެއްސުން އެއީ ރަނގަޅު ގޮތެއް ބާއޭ އޭނާ ފުރަތަމަ ފަހަރަށް އަމިއްލަ ނަފްސާ ސުވާލުކޮށްލިއެވެ. މާހިންގެ ނަމްބަރު ހޯދައި އޭނާ އެ ނަމްބަރާ ދިމާއަށް ބަލަހައްޓައިގެން ހުރީ ކަންބޮޑުވެ ހުރެއެވެ.
** ** **
ވާރޭ ހުއްޓާލި ނަމަވެސް ޖައްވަށް ވެރިވެފައި ވަނީ ތެތް ފިނިކަމެވެ. ކަޅުވިލާތައް އިރު އޭގެ ޤައިދުން މިންޖުކޮށްދިން ހިނދު އިރު އޮއްސެން ކައިރިވެއްޖެއެވެ. އާޓިފިޝަލް ބީޗްގެ ބެންޗެއްގައި ރާހުލް އިންއިރު އޭނާގެ ކޮނޑުގައި ބޯ އަޅާލައިގެން އަންޖޫދާ އިނެވެ. ދެމީހުންގެ ހިތުގައިވާ އުދާސްތަކާ ޝަކުވާތައް އެކަކު އަނެކަކާ ހިއްސާކޮށް ނިމުން އިރު ދެމީހުންގެ ހިތަށްވެސް އުފަލާ ހިތްހަމަޖެހުން ލިބިފައިވިއެވެ. އަންޖޫދާއަށް އަނެއްކާވެސް އޭނާގެ ދިރިއުޅުމުގައި ފުރިހަމަ ކުލަ ޖެހިއްޖެކަމުގެ އިހުސާސްކުރެވިގެން ދިޔައެެވެ. މިހާރު އޭނާ ކަންބޮޑުވަނީ އެންމެ ކަމަކާ މެދުގައެވެ. އޭނާ ރާހުލްގެ ކޮނޑުން ބޯ ހިއްލާލައި ރާހުލްގެ މޫނަށް ބަލާލިއެވެ. އެވަގުތު ރާހުލް ލޯތްބާއެކު ހިނިތުންވެލިއެވެ.
“ރާހުލް… އަހަރެން ކަންބޮޑުވަނީ ނަޝްފާ އާ މެދުގަ..” އަންޖޫދާ މަޑުމަޑުން ބުނެލިއެވެ. އެއާއެކު ރާހުލްގެ މޫނުމަތީގައިވި ހިނިތުންވުން ފިލައިގެން ދިޔައެވެ.
“އެހެންވެތަ މިއޮއް ހުރިހާ ދުވަހަކު އަހަރެންނަށް ހަގީގަތް ނުކިޔާދީ ހުރީ؟ ތި ހީކުރާ ވަރަށްވުރެ ނަޝް މާ އަންޑަސްޓޭންޑިންގ ވާނެ…” ރާހުލް ވިސްނުމެއްގައި ހުރެ ބުނެލިއެވެ.
“އެކަމަކު ވެސް… ނަޝްފާ ދެރަވާނެއްނު؟” އަންޖޫދާ އަހާލިއެވެ. އެ މޫނުމަތިން ފެންނަނީ ހާސްކަމާ ކަންބޮޑުވުމެވެ. އެވަގުތު ރާހުލް އަންޖޫދާގެ ދަތްދޮޅީގައި ހިފާލިއެވެ. އަދި ވާހަކަދައްކަން ފެށިއެވެ.
“އަންޖޫ.. ނަޝް އަށް އިނގޭނެ ކުރިންވެސް އަދި މިހާރުވެސް އަހަރެން ބޮޑަށް ލޯބިވަނީ އަންޖޫ ދެކެކަން… އެކެން އެނގިހުރެ އޭނާ އަހަންނާ އިނީވެސް… އަންޖޫއާ ގުޅުނަސް އަހަރެން އޭނާއަށް ދެރަގޮތެއް ނަހަދާނަމޭ… އަހަރެން ބޭނުން އަންޖޫ އާ ދެއަންބަށް އިންނަން.. ވީހާވެސް އަވަހަކަށް… އަހަންނަށް ދެން އަންޖޫދާ ދުރުގައެއް ނުހުރެވޭނެ…” ރާހުލް ވާހަކަ ދެއްކީ އަންޖޫދާއަށް ވިސްނައިދޭން އުޅޭފަދަ ގޮތަކަށެވެ. ނަމަވެސް އަންޖޫދާގެ ލޮލުގައިވި ކަންބޮޑުވުން އަދިވެސް ފިލައިގެން ނުދިޔައެވެ.
“އަހަރެންވެސް ބޭނުމޭ ރާހުލްއާ އިންނަން… އެކަމަކު ނަޝްފާ އެއްބަހީޔާ އަހަރެންނަށް ކެރޭނީ..” އަންޖޫދާ އެހެން ބުނެލުމުން ރާހުލް އެ ހަށިިގަނޑު ގެނެސް އޭނާގެ ގައިގައި ލައްކޮށްލިއެވެ. އަދި ނަޝްފާއާ ވާހަަކަ ދައްކާނެ ކަމުގައި ބުނެލިއެވެ.
ލަސްވާން ފެށުމުން ދެމީހުންވެސް އެތަނުން ދާން ހިނގައިގަތެވެ. ރާހުލް ލައިގެން ހުރި އެއްޗެހި ވެސް ތެތް ވެފައި ވުމާއެކު އަންޖޫދާމެން ގެއަށް އައިސް ތެތް އެއްޗެހި ބަދަލުކުރުމަށް އޭނާ އެދުނެވެ. ރާހުލް ވެސް އެކަމާ އެއްބަސްވިއެވެ. ރާހުލްގެ އަތުގައި ހިފައިގެން އަންޖޫދާ ގެއަށް ވަދެގެން އައިއިރު ސިޓިންގރޫމްގައި އާމިނާއާ ރިޝްކާގެ އިތުރުން މާހިން ވެސް އިނެވެ. އަންޖޫދާ ނުތަނަވަސްވެފައި ހުރެ ރާހުލްގެ އަތުން ކުއްލިއަކަށް ދޫކޮށްލިއެވެ. ނަމަވެސް އާމިނާއާ މާހިންއަށް ރީއްޗަށްވެސް އެމަންޒަރު ފެނުނެވެ.
“މަންމީ! ބައްޕީ!” ރިޝްކާ ދުވަމުން ކަހަަލަ ގޮތަކަށް އައިސް އެ ދެމީހުން ގައިގައި އޮޅުލައިގަތެވެ. “ޗީ.. މަންމިއާ ބައްޕިއާ ތެތް…” މޫނަށް ވައްތަރެއް ޖައްސާލަމުން އެހެން ބުނެލާފައި ރިޝްކާ ދުރަށް ޖެހެލިއެވެ.
“ކޮންގްރާ ދެމީހުނަށްވެސް!” މާހިން ތެދުވެގެން އައިސް ރާހުލްގެ ކޮނޑުގައި ޖަހާލަމުން ބުނެލީ ފުޅާ ހިނިތުންވުމެއްގައި ހުރެއެވެ. ރާހުލްއާ އަންޖޫދާ ހައިރާންވެފައި މާހިންގެ މޫނަށް ބަލަން ހުއްޓެވެ.
“އެހެންވީމަ އަންނަ ހަފްތާ ކައިވެންޏަށް ރެޑީވޭ އިނގޭ… ކައިވެނީގެ ހުރިހާ ޚަރަދަކާ އަހަރެން ހަވާލު..” މާހިން ޖޯޝާއެކު ބުނެލިއެވެ.
“އެކަމަކު މާހިން..” ރާހުލް ވާހަކަ ދައްކަން ފެށުމުން މާހިން އެވާހަކަ މެދު ކަނޑާލިއެވެ.
“ކޮން އެކަމަކު އެއް ކިޔާކަށްތަ؟ އަހަރެން ކޮށްދޭން މިއުޅޭ ކަންތައް ބަަލައިނުގަނެފިއްޔާ ވަރަށް ދެރަވާނެ އިނގޭ… ރައްޓެއްސެއްގެ ގޮތުގައި ދެކެންޏާ ހަމަ އެކްސެޕްޓް ކުރަން ޖެހޭނީ!” މާހިން ހަރަން ބަނދެލަމުން މަޖާގޮތަކަށް ބުނެލިއެވެ. އަންޖޫދާއަށް ބަލާލެވުނީ އާމިނާއާ ދިމާއަށެވެ. އެވަގުތު އާމިނާވެސް ހީލާފައި ބޯ ޖަހާލި ގޮތުން އޭނަ ހައިރާންވިއެވެ. އާމިނާ އޭނާ އާ ރާހުލް ގުޅެން ހަމަ އެއްބަސްވީ ހެއްޔެވެ؟
“އެކަމަކު ކިހިނެއް؟ މާހިން.. އަހަރެމެންގެ ކައިވެނި..ކެންސަލްކޮށްލީތަ؟” އަންޖޫދާ އުނދަގުލާއެކު ސުވާލުކުރިއެވެ.
“އަންޖޫ ހައިރާންނުވެބަލަ.. އަންޖޫމަންމަ އަހަންނަށް އިރުކޮޅެއް ކުރިން ގުޅާފަ ބުނީ ވާހަކައެއް ދައްކަން އައިސްދީބަލާށޭ… ދެން އަހަރެން އައީމަ ބުނީ ރިޝްކާ ރޮނީއޯ އަހަރެން އަންޖޫ އާ އިންނަން އުޅޭތީ… އެހެންވީމަ އަންޖޫމަންމަ ބޭނުންވަނީ މި ކައިވެނި ކެންސަލް ކުރާށޯ.. އަންޖޫމަންމައަށް ވެސް އިނގެއޯ އަންޖޫ ލޯބިވަނީ ރާހުލް ދެކެކަން.. ” މާހިން އެވާހަކަ ދެއްކިއިރު އާމިނާ އިނީ އިސްޖަހާލައިގެންނެވެ. އަންޖޫދާ އާމިނާ ގާތަށް ދެތިން ފިޔަވަޅު އަޅާލީ މާހިން އެ ދައްކާ ވާހަކަ ޤަބޫލުނުކުރެވޭ ހާލުގައެވެެ. އޭނާއާ މާހިންގެ ކައިވެނި ގަދަކަމުން ހަމަޖެއްސީވެސް އާމިނާއެވެ. ދެން އާމިނާ އެހާ ފަސޭހައިން އެ ކައިވެނި ކެންސަލްކޮށްލީ ކީއްވެހެއްޔެވެ؟
“މަންމާ..” އަންޖޫދާ މަޑުމަޑުން އާމިނާއަށް ގޮވާލިއެވެ. އެއާއެކު އާމިނާ އިސްއުފުލާ އޭނާއާ ދިމާއަށް ބަލާލިއެެވެ. އެ ދެލޯ ފެންކަޅިވެފައިވާތަން ފެނި އަންޖޫދާވެސް ދެރަވިއެވެ.
“ދަރިފުޅާ މަންމައަށް މާފުކުރޭ… މަންމަ ދަރިފުޅުގެ ހުރިހާ އުފާތަކެއް ފޭރިގަތީ… މީ އަސްލު މަންމަ ކިޔުން ހައްގުވާ ވަރު މީހެއްވެސް ނޫން.. މަންމައަށް މާފުކުރޭ..” ކުރެހިފައިވާ އަޑަކުން އާމިނާ ވާހަކަދެއްކުމުން އަންޖޫދާ ގޮސް އާމިނާ އިން ދިމާ ކައިރީ ކުޑަކަކޫ ޖަހައިގެން އިށީނެވެ. އޭރު އޭނާގެ ދެލޯވެސް ފުުރިގެން ބަންޑުންވަނީއެވެ.
“މަންމަ ތިހެން ނުބުނޭ.. މަންމަ ކޮންމެ ކަމެއް ކުރިޔަސް އަހަރެން މާފުކުރާނަން…” އަންޖޫދާ އާމިނާގެ ދެއަތްތިލައިގައި ހިފާލަމުން ބުނެލިއެވެ. އަދި އާމިނާގެ ދެލޯ ލޯތްބާއެކު ފުހެލަ ދިނެވެ. މަންޒަރު ބަލަން ހުރި ރިޝްކާ ވެސް އިނީ ފެންކަޅިވެފައެވެ.
ދެން އެގޭތެރޭގައި ހިނގާ ދިޔައީ އުފާވެރިކަމުގެ ވަގުތުކޮޅެކެވެ. އާމިނާ ރާހުލްއާ ވެސް ވާހަކަދެއްކީ ރީތިކޮށެވެ. ރާހުލް އަންޖޫދާއާ އިންނަން ބޭނުންވަނީ ނަޝްފާއާ ދެއަންބަށް ކަމަށް ބުނުމުން ވެސް އާމިނާ އެކަމާ އެއްބަސްވިއެވެ. އަންޖޫދާގެ އުފަލައްޓަކާ މިޔަދު އޭނާ ހުރީ ކޮންމެ ކަމެއް ވެސް ކުރަން ތައްޔާރަށެވެ.
ރާހުލް އޭނާ ލައިގެން ހުރި ތެތް އެއްޗެހި ބޭލުމުން އަންޖޫދާ އެއެއްޗެހި ދޮވެ، ހިއްކާ ބަޔަށް ލިއެެވެ. އަދި އިސްތިރި ކާތާ އެއެއްޗެހި ހިއްކައިދިނެވެ. އޭނާ އެއެއްޗެހި ހިފައިގެން ކޮޓަރިއަށް ވަތްއިރު ރާހުލް ހުރީ ހަމައެކަނި ތުވާލި އެނދެގެންނެވެ. ރާހުލްގެ ހަށިގަނޑު އެހާ ހާމަކަންބޮޑު ގޮތަކަށް ފެނުމުން އަންޖޫދާގެ މޫނަށް ޖަންބު ކުލަ އަރައިގެން ދިޔައެވެ. ރަކި ހިނިތުންވުމަކާއެކު އޭނާ ރާހުލްގެ އެއްޗެހި ދިނުމަށްފަހު އަވަސް އަވަހަށް ބޭރަށް ނިކުތެވެ. މަންޒަރު ބަލަން ހުރި ރާހުލްގެ މޫނުމަތީގައިވީ ލާނެތް ހިނިތުންވުމެކެވެ.
އަންޖޫދާމެން ގެއިން ނިކުންނަންދެން މާހިން އުޅުނީ މޫނުމައްޗަށް ހިނިތުންވުމެއް ވެރިކޮށްގެންނެވެ. ނަމަވެސް އެގެއިން ނިކުމެވޭއިރަށް އެ ހިނިތުންވުން ފިލައިގެން ދިޔައީ ހަލުވިކަމާއެކީގައެވެ. އެއްވެސް އިޚްތިޔާރަކާ ނުލާ އޭނާގެ ދެލޯ ފެންކަޅިވެގެން ދިޔައެވެ. ހަމަޖެހެން މަސައްކަތްކުރަމުން އޭނާ ދެލޯ ފުހެލިއެވެ. އަދި އެދިމާ މަގުމަތީގައި ހުރި އޭނާގެ ސައިކަލަށް އަރާ ދުއްވާލިއެވެ. ދުނިޔޭގެ ކަންތައް ހިނގަނީ އަބަދުވެސް މިގޮތަށެވެ. ކަމެއްގެ ސަބަބުން އެއްބަޔަކަށް އުފަލެއް ލިބިއްޖެނަމަ އެކަމުގެ ސަބަބުން އަނެއްބަޔަކަށް ދެރައެއް ލިބެއެވެ. އެންމެން އުފާވާ ގޮތަކަށް އެއްކަމެއް ވެސް ނުވާނެއެވެ. އަންޖޫދާއާ ރާހުލްގެ ހަޔާތައް އުފާވެރިކަން އައި ނަމަވެސް އެކަމުގެ ސަބަބުން މާހިންގެ ހިތް ވަނީ ކުދިކުދި ވެފައެެވެ. އަންޖޫދާގެ ލޯބިލިބޭނެ ކަމަށް އޭނާ ކިހާ އުންމީދެއް ކުރި ހެއްޔެވެ؟ އޭނާ ރާހުލްއާ އަންޖޫދާ ގުޅުވަން މަސައްކަތް ކުރީ އެންމެ ސަބަބަކަށްޓަކައެެވެ. އެއީ އަންޖޫދާ އުފަލުގައި ބެހެއްޓުމެވެ. ލޯބިވާ މީހާ އުފަލުގައި ހުރިއްޔާ ތިމާއަށް ވެސް އުފަލުގައި އުޅެވޭނަކަމަށް ބުނެ އުޅޭ ނޫން ހެއްޔެވެ؟
** ** **
އެނދުގައި އޮތް ނަޝްފާއަށް އިރުއިރުކޮޅާ ފޯނާ ދިމާއަށް ބަލައިލެވެއެވެ. ގަޑިން ރޭގަނޑު 10 ޖެހިއިރުވެސް ރާހުލް ގެއަށް ނާންނާތީ އޭނާގެ ހިތް ނުތަނަވަސް ވެފައިވިއެވެ. މިހާރު އޭނާއަށް ދެތިން ފަހަރަކު ރާހުލްއަށް ގުޅަންވެސް ގުޅިއްޖެއެވެ. ނަމަވެސް ރާހުލްގެ ފޯނު އޮންނަނީ ނިވާލާފައެވެ. ދެފަރާތައް ފުރޮޅި ފުރޮޅި އޮއްވައި މީހަކު ކޮޓަރި ދޮރު ހުޅުވާލުމުން އޭނާ ސިހިފައި ފުންމައިގެން ތެދުވިއެވެ. ކޮޓަރި ތެރެއަށް ވަތް ރާހުލް ފެނުމުން އޭނާ ދުވެފައި ގޮސް ރާހުލްގެ ހަށިގަނޑުގައި އޮޅުލައިގަތެވެ.
“ކޮންތާކުން ތިއައީ؟ ހާދަ ލަސްވީ.. ތީ ރިޝްކާ ލާން ދިޔަ މީހާއެއްނު؟ ކޮބާ ފޯނު؟ ފޯނު ނިވާލާފަ އޮތީ ކީއްވެތަ؟ އަހަރެން ހީކުރީ ރާހުލްއަށް ކަމެއްވީ ކަމަށް…” ނަޝްފާ އެ ހުރި ގޮތަށް ހުރެ ފައްޗަކަށް އަމުނާލިއެވެ. އެ މޫނުމަތިން ކަންބޮޑުވުމުގެ އަސަރުތައް ފާޅުވެފައި ހުއްޓެވެ. ރާހުލް ނަޝްފާގެ ދެކޮނޑުގައި ހިފައި ދުރަށް ޖައްސާލިއެވެ. އަދި އެ މޫނަށް ފުންކޮށް ބަލާލިއެވެ. އޭނާ ނާންނާތީ ނަޝްފާ އެހުރީ ކިހާ ކަންބޮޑުވެފައި ހެއްޔެވެ؟ ނަޝްފާ އޭނާއާމެދު ކިހާ ވިސްނާ ހެއްޔެވެ؟ އޭނާއާ އަންޖޫދާގެ ގުޅުން އެނގިއްޖެނަމަ ނަޝްފާގެ ހިތަށް ކުރާނެ އަސަރު އޭނާއަށް އަންދާޒާކޮށްލެވުނެވެ.
“ނަޝް… ދެން ތިހާ ކަންބޮޑު ނުވެބަލަ… ފޯނު ވާރެއާ ތެމިގެން ހަލާކުވީ… މިއައީ އަންޖޫދާ އާ ވާހަކަ ދައްކާފައޭ…” ރާހުލް ނަޝްފާގެ އަތުގައި ހިފައިގެން ގޮސް އެނދުގައި އިށީއްނަމުން ބުނެލިއެވެ. ރާހުލްގެ މޫނުމަތިން ހަމަޖެހުމުގެ ކުލަވަރު ފެނުމުން ނަޝްފާ ވެސް ހަމަޖެހުމުގެ ނޭވައެއް ދޫކޮށްލިއެވެ.
“އަންޖޫ އެންމެފަހުން ނިންމީ އެ ކައިވެނި ނުކުރާ ގޮތަށް ދޯ؟ ރިޝްކާ ވަރަށް އުފާވާނެ ދޯ؟” ނަޝްފާ ހިނިތުންވެ ހުރެ ވާހަކަދެއްކިއެވެ. ރިޝްކާއަށް ލިބޭ ކޮންމެ އުފަލަކީ އޭނާގެ ވެސް އުފަލެއްކަމުގައި އޭނާ ދެކެއެވެ. އޭނާ އަކީ ރިޝްކާގެ ކުޑަ މަންމަ ވިއްޔާއެވެ. ނަޝްފާގެ ވާހަކައަށް ރާހުލް ހިނިތުންވެލަމުން ބޯ ޖަހާލިއެވެ. އެއާއެކު ނަޝްފާ ރާހުލްގެ ކޮނޑުގައި ބޯ އަޅާލިއެވެ.
“ނަޝް… އަހަރެން ބޭނުން އަންޖޫއާ އިންނަން… ދެއަންބަށް…” ދެއަތް ދެއަތާ މޮޑެމުން ރާހުލް އެހެން ބުނެލީ ޖެހިލުންވެހުރެއެވެ. އިވުނު ވާހަކައާ މެދު ޔަޤީންނުވެ ހުރެ ނަޝްފާއަށް ކޮޅަށް ތެދުވެވުނެވެ. އަދި ރާހުލްއާ ދިމާއަށް ބަލާލީ ދެލޯ ބޮޑުކޮށްލަމުންނެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
24 Comments!
Comments are closed.







Hey guys… miothy mi bai ves up kurevifa ?
Tell.me how u think about this
Liaa.. Tnyt up kohdhyba.. Plx plx plx xx
Alhey nash ah ehn nuhadhaa.. Hiy halaaku vedhaaneehnu. V nice
Honestly vr racist story e.. Nashfa kalhu vefa huthuru v ma eyna a dhera goi hadhany n eyna dheke loabivaane myhaku nethi dhari e nethy.. Vr vr vr vr foohi vejje mihaaru story kiyan
Rahul and Anjoodhaa gulhunyma story vr kada.. Nashfa and Rahul dhuru nukuraathi ehn noony Nash baaky vaane.. I know how it feels 🙁
liaa.. v reethi.. hama habeys waiting next part of this story. thankolheh avahah upkodheyne kamah ummeedhu kuran v kiyaakitun mihiri
Racist v amilla hiyaalu… dhiriulhumugai hus dhon meehuntha thibeny…hus reethi pareen tha thibeny… hama egothah kalhas dhonas dharin ves nulibidhaane dhw… firimeeha dhe anbah inanee kommehem amibeeha huthureematha… ajaibeh… racist oo
kada ..mulhin kada .. Raahul haadha goahey .. Nashfa eyna ah kihaa rangalhu .. konme kameh konme gothakah viyeh kamaku ginafaru lobi libeny reethi meehunah.. kithanme hihchas hageegai vaani hageegathah .. madhu faharaku hadi kuhjakah loabi libenykee .. keehkuraany mee dhuniyeyga aadha .. salaam raahul ah.
Aslu vx.. I agree with you..
I don’t agree with you manje… Dats wat you keep in your mind.. Doubts in your mind could misguide you..
Vvvv salhi… V happy anjoo ah Rahul libuny ma.. Nd Rahul ah anjoo libunyma.. Anjoo aa dhe anbah inas Nashfa will alwz be rahul ge first wife ashennu… Nw it seems fair enough.. Anjoo ah rahul nulibunnama anjoo ah vxx kiha beinsaaf.. Rahul dheke loabi vy iruvx eyna aa dhurah dhan jehuny.. Anekka rishko ah balive in iruvx hurihaa buraeh ekani ufuly.. Eha v myhunge malamaiy raddhu very.. Dhen anekka loabi nuva myhaka innan jehumun kiha dhera vane anjoo.. 🙁 Even she deserves happiness.. After a long time she is gonna get complete love from rahul nd her mom.. Rahul ah vx first love liben e ulheny.. Nashfa vx ufaluga bahattanekamah rahul e bunany.. Nw only it seems fair enough… Liaa don’t change the plot bcz of some people’s thoughts.. 🙂
Wow.!! Ur thoughts are so nice.. I agree with you pop..
Salhi.. Waiting
Hmm.. You have a great point
Dhe anban inumaky furathama abimeeha ah beywafa theri wuntha?… firihenakah 4 abin hudha .. ragalhu gothugaa hama hama kammathy gengulheveynama… did he say he love nashfa… thi meehunge boa sakaraathy
Rahul kurinsure Anjoodhaa dheke loabivey mihaaru ehery dhari e vx libifa dhn emyhun marry kohfihyya Rahul aka dhemyhunaka hama hamako kanthake nukohdheveyne.. So Nash hama baaky vaany.. Eyna kihaa dhera vaane eyna ge kurimathy Rahul r Anjoodhaa eky Emyhun ge dhari govaigen ulheythan fenunyma.. Eyna a feel vaany eyna ge nukulhedhun therikan
4 anbinna marry kuriyas anjoodhaa dhenn ves dhoonukohlaane kameh kihineh ingeyny.. kurin ves eyna mom bunegen hama dhookohly dhw.. raahul and anjoodha ekuga ulhun iruga nashfa hama hury dhw happy koh.. ekam anjoodha hama eyna mom ge bahah rahul dhookohly so anjoodha ah rahul ehaa salhi eh noon
and raahul ves bunefi dhw bodah loabi vany anjoodha dheke ey dhw.. so kihineh fair koh dhaany.. nashfa ah kudhin nulibey iruga ekan ehn vyma nashfa ves dhera vaane.. mi dhn hiyaaly vaahaka vyma gosdhaane unfair koh but real life ga this won’t work migothah..
Faire vany kanthah kuraagothun… hatharu anbin gengulhey iru ves thafaathu viya nudhygen… hurihaa emenah dharin libeytha… gina faharah meehun inany ves dharin nukibrythy dhw ammugithehga…. u guys should go and marry rahul i guess anjoodhage badhaluga eyrah hama hama vaane…lol
narrow minded people. disgusting
Rahul n anju a perfect couple n thay hav a complete family n no nyd of waste things. . So keep that nash away from their family… liaa plx make her die
Hii guys… Liaa ah mirey up kureveykah nei… maadhan iraadha kurevviyaa up kohdheynan…
Liaa.. Koba tha!?? Waiting ingey.. Upkohlaba avahah
No!!! Dats so sad.. Anyway waiting