އޭނާގެ މޫނަށް ލޭތަށް ބުރުއްސައިގެން ދިޔައިރު ދުރުގައި ހުރި ރިއުމާން އަނގަމަތީގައި އަތް އަޅައިގެން ހުރެ ބިންމައްޗަށް ތިރިވިއެވެ. ޒުބޭރު ހިތްފުރޭ ވަރުވުމުން ކަޓަރު ދުރަށް އެއްލާފައި ހިންދެމިލަމުން، ކުރިމަތީގައި ލެއިން ތަތްތެޅިފައި އޮތް ހާޖަރާއަށް ނަޒަރު ހުއްޓާލިއެވެ. “ބޮޑު އުނދަގުލެއް ކަހަލަ މީހެކޭ!” ޒުބޭރު މިހެން ބުނެފައި މޫނުމަތީގައި ވީ ލޭތަށް އެއަތުން ފޮހެލިއެވެ.
ދެލޯ ހުޅުވާލަމުން އަތަށް ނަޒަރު ހުއްޓާލިއިރު އެ އަތުގައި މިހާރު އެއްވެސް ލެއެއް ނެތެވެ. އޭރު ކައިރީގައި އޮތް ފޯނު އެލާމު ވަމުން ދިޔައިރު ޒުބޭރު ސޯފާއިން ތެދުވެ އެކިކޮޅު ކޮޅަށް ނަޒަރު ހުއްޓާލިއެވެ. އެފެނުނީ ހުވަފެނެއްކަން ޔަޤީން ވުމުން އޭނާ ފުން ނޭވާއެއް ލަމުން ގަޑި ބަލާލިއިރު ދޭއް ޖަހަނީއެވެ.
މިކަން މާގިނަ ދުވަހު ކުރިއަށް ގެންދަން ހަދައިގެން ފަޅާއަރައިފިއްޔާ ކަންތައް ގޯސް ވެދާނެތީ ޒުބޭރު އިތުރު ވިސްނުމަކަށް ދާން މަޖުބޫރުވިއެވެ. ރިއުމާން އަވަހަށް މާލެ ފޮނުވާލައިގެން ވެސް މީހުން ކިޔާ އެއްޗެހި ހުއްޓުވަން އެބަޖެހެއެވެ.
ހެނދުނުގެ ނާސްތާ ތައްޔާރު ކުރަމުން ދިޔައިރު ހާޖަރާ ހުރީ ފުން ވިސްނުމަކަށް ގެއްލިފައެވެ. ރިއުމާން މާލެ ފޮނުވާ ވާހަކަ ޒުބޭރު ދެއްކީން ސުރެ އޭނާއަށް އެނޫން ކަމާކާ ނުވިސްނެއެވެ. “މަންމާ.. ރޮށި އަނދަނީ ތިޔޮއް.” ރިއުމާންގެ އަޑަށް ހާޖަރާ ސިހިފައި އަވަހަށް އަދަމުން ދިޔަ ރޮށި ފުށުން ޖެހިއެވެ. އޭރު ރިއުމާން ތައްޓަށް ރިހަ އަޅަމުން ދިޔައިރު ޒުބޭރު އަދި ނުނިކުމެއެވެ.
“ދަރިފުޅާ.. މަންމަ ވާހަކައެއް ދައްކާލަން ވެއްޖެ.” ހާޖަރާ ދެވިސްނުމެއްގައި ހުރެފައި ބުނެލިއެވެ. އޭރު ރިއުމާން ރިހަ ތަށި ހިފައިގެން ތެދުވެ ހާޖަރާއަށް ސަމާލު ދިނެވެ. “ބައްޕަ އެބަ ކިޔާ ޓެސްޓުތައް ނިމުނީމަ ރިއުމާން މާލެ ފޮނުވަން.” ހާޖަރާ މިހެން ބުނުމާއި އެކު ރިއުމާންގެ މޫނުމަތި އުޖާލާ ވެގެން ދިޔައެވެ. އޭނާއަށް އެވާހަކަ ޤަބޫލު ކުރަން ނުކެރިފައި ދެވަނަ ފަހަރަށް ސުވާލު ކޮށްލެވުނެވެ.
“ހޫމް.. އެކަމު މަންމަ އެހައި ހިތްހަމައެއް ނުޖެހޭ..” ހާޖަރާ މިހިސާބަށް ބުނިތަނާ ރިއުމާން އޭނާގެ ވާހަކަ މެދުކަނޑާލިއެވެ. “ހިތްހަމައެއް ނުޖެހެޔޭ؟ އެކީއްވެ؟ މަންމަ ބޭނުންވަނީ މުޅި އުމުރު ދުވަހު އަހަރެން މި ބަންދުގައި ބަހައްޓަންތަ؟” ރިއުމާން ހިތްހަމަނުޖެހިފައި ހުރެ ބުނެލިއެވެ.
“އެހެންނެއް ނޫން.. ދަރިފުޅު ކިހިނެތް އެކަނި މާލެ ގޮސް އުޅޭނީ.. ރަށުގައި މަންމަމެން މިތިބީއެއްނުން..” ހާޖަރާ މިހެން ބުނުމާއި އެކު ރިއުމާންއައި ރުޅީގައި އަތުގައި އޮތް އުދުޅި ސިންކު ތެރެއަށް އެއްލާލިއެވެ. “ނޫޅެއް.. ވަރަށް ދުވަހު އެއްޗެކޭ ނުބުނެ ކެތްކޮށްފިން. އަހަރެންގެ މުޅި އުމުރު މިދަނީ އެ ބައްޕަގެ ވަކިދަށު ވެގެން.. ދެން ނުވާނެ. މަންމައަށް އަހަރެންނަށް ކޮންކަމެއް ކޮށްދެވުނީ؟ އެއްވެސް ކަމެއް ކޮށްދެވުނުތަ. އަހަރެން މި ހުންނަނީ މިތަނުން ނުނިކުމެ ވެގެން.. އާނ ދެން މިހާރު މަންމަ ވެސް ބޭނުންވާނީ އަހަރެން މިގޭގައި ބަހައްޓަން. އޭރުންނުން ގިނައިން ފައިސާ ލިބޭނީ ދޯ.” ރިއުމާންގެ ވާހަކައިން ހާޖަރާ ހައިރާން ވިއެވެ.
“ފައިސާއޭ؟ ރިއުމާން ކީކޭ ތިކިޔަނީ؟” ހާޖަރާ އަހާލިއެވެ. “އޯ.. މިހާރު އެއްވެސް ކަމެއް ނޭނގޭ ކަމަށްތަ ތިހެދެނީ.. އެންމެ ކުޑައިރުން ސުރެ ވެސް ބައްޕަ އަނިޔާ ކުރާކަން އިނގޭ.. އެކަމު އޭރު ވެސް އެކަމެއް ނުހުއްޓުވި. ނުބުނާތި ކަމެއް ނުކުރީ ފަޞީހަތް ވެދާނެތީއޭ.. ނޫނީ ބައްޕަ ކަމެއް ކޮށްފާނެތީއޭ. ވަކި މިހާރު މަންމަ އަހަންނަށް އެހިވެދާނެ ކަމަކަށް ނުދެކެން. އަހަރެން ބޭނުން މާލެދާން. އެވެސް ބައްޕަ އަމިއްލައަށް ފެނިގެން ފޮނުވާއިރު.. މިކަން ހުއްޓުވަން އުޅެފިއްޔާ ތިއީ އަހަރެން މަންމަ ކަމަކަށް ނުދެކޭނަން.” ރިއުމާން މިހެން ބުނުމުން ހާޖަރާ އަތް ދަމާފައި ރިއުމާންގެ ކަންކަށި މަތީގައި ޖެހިއެވެ.
“ރިއުމާން! ތިފާޑަށްތަ މިހާރު އަހަންނާ ވާހަކަ ދައްކަން ޖެހެނީ..” ހާޖަރާ ހުރީ ރުޅިއައިސް ރަތްވެފައެވެ. ނަމަވެސް ރިއުމާން މިއަދު ވަކި ދޫކުރާކަން ނެތެވެ. “ދެން ކީކޭ ވަކި ބުނަންވީ.. މަންމައަކު އަމިއްލަ ދަރިއަށް މިފަދަ ގޮތެއް ހަދާނެތަ؟” ރިއުމާންގެ މިހެން ބުނުމުން ހާޖަރާއަށް ދިފާޢުގައި ވަކި ބުނާނެ އެއްޗެއް ނޭނގުނެވެ.
****
މާލެ ފަސްގަނޑުގައި ފައި ޖެހުމާއި އެކު ރިއުމާން ފުންނޭވާއެއް ލިއެވެ. މަންމަ ކިތަންމެ ނުރުހު ކަމުގައި ވިޔަސް ބައްޕަ އޭނާ މާލެ ފޮނުވީއެއެވެ. އެ ކޮންމެހެން އޭނާއަށް ރަނގަޅަށް ނޫންކަން ރިއުމާންއަށް އިނގެއެވެ. ބައްޕަ އެކުރާ ކަންތައް ފަޅާ އަރާފާނެތީ އެކަމުގެ ބިރު ހީވެގެން ރިއުމާން ފޮނުވާލީއެވެ.
އަތް ދަބަސް ކޮނޑުގައި އަޅުވާލައިގެން ރިއުމާން ފޮށި ހިފައިގެން ޕޭމަންޓް ކައިރީގައި މަޑުކޮށްލިއެވެ. އޭރު މާލޭގެ ކާރުބާރު ގިނަ މަގުތަކުގައި ދުއްވާ އެއްޗެހި މަދެއް ނުވެއެވެ. “ރިއުމާން..” އޭނާގެ ނަން މީހަކު ގޮވާލުމުން ރިއުމާން ފަސްއެނބުރި ބަލާލިއިރު ދުރުގައި ޒުވާން ފިރިހެނަކު ހުއްޓެވެ.
“މުހައްމަދުބެ؟” ރިއުމާން ޔަޤީން ކޮށްލަން އަހާލިއެވެ. “އާނ.. ރިއުމާން ނުފެނިގެން މި ހޯދަނީ ވެސް ހިނގާ ގެއަށް ދަމާ. މަންމަ މިހާރު ސައި ހަދާއެބަ ރިއުމާން އަންނަން ވާއިރަށް.” މުޙައްމަދު މިހެން ބުނެފައި ފޮށި ހިފައިގެން އެތަނުން ކާރަކަށް އެރުވިއެވެ. ކާރުގެ ފަހަތު ސީޓުގައި އިން ރިއުމާން ބޭރުން ފެންނަމުން ދިޔަ މަންޒަރު ތަކަށް ގެއްލިފައި އިނެވެ. ބޮޑެތި އިމާރާތް ތަކާއި މީހުންނާއިގެން މުޅި މާލެ އޮތީ ތޮއްޖެހިފައެވެ.
ކާރު ގޮސް މަޑުކޮށްލީ މަގެއްގެ ކަންމައްޗަށްށެވެ. ރިއުމާން ކާރުން ފައިބައިގެން މުޙައްމަދުގެ ފަހަތުން ކުރިމަތީގައި އޮތް ހަނި ގޯޅީއެއްގެ ތެރެއިން ލާފައި އަދި ގޮސް އިތުރު ގޯޅިގަނޑެއް ތެރެއަށް ވަނެވެ. އެތަނުގައި އެކި އިމާރާތްތަށް ހުރިއިރު ރިއުމާންމެން ކަނާތުން އެޅި ގޯޅީގައި ހުރީ މުޙައްމަދުމެން އުޅޭ އިމާރާތެވެ. އެތަނުގެ ތިން ފަންގިފިލާ ހުރިއިރު ހަނި ސިޑިއަކުން އަރައިގެން ރިއުމާން ގޮސް ތިންވަން ފަންގިފިލައިން ހުއްޓުނެވެ.
އޭރު އެތަނުގެ ބޭރުގައި ކުޑަ ބެލްކަންޏެއް ހުރި އިރު މުޙައްމަދު ފޮށި ހިފައިގެން ގޭތެރެއަށް ވަނެވެ. ރިއުމާން ފައިވާން ބޭލުމަށްފަހު އެތެރެއަށް ވައިން އިރު ދޮރު ކައިރީގައި ތިން އަހަރަށް ދާ ކުޑަ އަންހެން ކުއްޖެއް އިން އިރު ދުރުގައި ކުޅެން ފަސް އަހަރު ފިރިހެން ކުއްޖެއް އިނެވެ. އޭނާ ކައިރީގައި އިން އެހެން ކުޑަ ފިރިހެން ކުއްޖެއް ފިރުކެމުން ރިއުމާން ކައިރިއަށް އައެވެ.
އިށީނދެގެން އިނދެ އުރަން އަތް ނެގުމުން ރިއުމާން ހިނިތުން ވެލާފައި އެ ކުޑަކުއްޖާ އުރާލިއެވެ. “މިއީ ރިއުމާން ދޯ..” ކުޑަ ތައްޓެއް ހިފައިގެން އައި އަންހެނަކު މިހެން ބުނުމުން ރިއުމާން ހިނިތުންވެލިއެވެ. “އަހަރެން މިއީ ނާޒް.. ތިއީ މިގޭ އެންމެ ކުޑަ ބޭބީ ނޫހް.. އާދެ މަންމި ކައިރިއަށް.” ނާޒް އަތްދިއްކޮށް ލުމުން އެކުއްޖާ އަވަހަށް އެދިމާއަށް ވެއްޓި ގަތެވެ.
“ރިއުމާން.. އަވަހަށް އާދޭ ސައިބޯން..” ބަދިގެ އިން ނިކުއިން މުޙައްމަދުގެ މަންމަ ފާތުމަ ބުނެލިއެވެ. އޭރު ރިއުމާންގެ ފޮށި ގެންގޮސް ގޭގައި ހުރި ދެކޮޓަރީން ކުރެ އެއްކޮޓަރިއަށް މުޙައްމަދު ވެއްދިއެވެ. “ފާތުމައްތަ ދޯ.. މަންމަ ބުނި.” ކާމޭޒު ކައިރީ ގޮނޑީގައި އިށީނދެލަމުން ރިއުމާން ބުނެލިއެވެ.
“އާނ.. ހާޖަރާއެއީ އަހަރެންގެ ވަރަށް ދުވަސްވީ ރައްޓެއްސެއް. ތިރަށަށް ނުގޮސްލާތާ ނިކަން ޒަމާން ވެއްޖެ. އެއީ އަހަރެންގެ ދޮށީދަރި މުޙައްމަދު އިނގޭ.. ދެން ނާޒްއެއީ އޭނާގެ އަނބި. މިތީބީ ހުސް އެމީހުންގެ ދަރިން. ދެން އަދި އުޅޭނެ ދެ ކުދިން. ނަދާއާއި ހަމްނާ. ނަދާ ވީ އޭނަ ރައްޓެހި ކުއްޖެގެ ގެއަށް ގޮސް.. އަނެކަކު އަދި ހެނދުނު އޮފީހަށް ދިޔަ ގޮތަށް ނާދޭ. ކީއްކުރާނީ ދޯ” ފާތުމަ ވާހަކަ ދައްކަމުން މޭޒުމަތީގައި ސައިތައްޓެއް ގެނެސް ބެހެއްޓިއެވެ.
“ރިއުމާން ޖެހޭނީ ސިޓިން ރޫމުގައި މިތާ ނިދަން.. ދެން މިގެ މާ ބޮޑެއްނޫން.. އެހެންވީމަ މިކަހަލަ ގޮތެއް ހެދޭނީ.. ހަމްނާ ވެސް ނިދާނީ މިތަނުގައި.. ރިއުމާން ހިތްހަމަ ނުޖެހެންޏާ ފާތުމައްތައާއި އެކީ ކޮޓަރިއަށް ވެސް ދެވިދާނެ. އެކަމު ނަދާ ހިތްހަމަ ނުޖެހި ދާނެތީ. އެއީ ވާ ދަރިއެއް.” ފާތުމަ މިހެން ބުނުމުން ރިއުމާން ހީލިއެވެ.
“ނޫނޭ.. އަޅުގަނޑަށް މައްސަލައެއްނެތް ކޮންމެ ތަނެއް ވިޔަސް.” ރިއުމާން ސައި ބޮމުން ވާހަކަދެއްކިއެވެ. ކޮންމެ ހާލެއްގައި އުޅެގެން ވިޔަސް އޭނާ އަމިއްލަ ދިރިއުޅުން އާރަސްތު ކުރަން ނިންމިއެވެ. މާޒީގެ ކަންތައް ފޮރުވާ އާ ފެށުމަކު ދިރުއުޅުމައިގެން ކުރިއަށް ދާން ރިއުމާން ކަނޑައެޅީ މީގެފަހުން އެބައްޕަގެ ނުލަފާ ހިޔަނި އެދިރިއުޅުމަށް އެޅުނަ ނުދިނުމަށްށެވެ.
****
މާލެއައިތާ މާގިނަ ދުވަހެއްނުވެ މުޙައްމަދުގެ އެހީގައި ރިއުމާންއަށް ވަޒީފާއެއް ލިބުނެވެ. ވިޔަފާރި މުދާ އެތެރެ ކުރާ ކުންފުންޏެއްގައި އޭނާ މަސައްކަތް ކުރަމުން ދިޔައީ ރިސެޕްޝަނެއްގެ ގޮތުންނެވެ.
ރަނގަޅު މުސާރައެއް ލިބޭއިރު ރިއުމާން ހުރީ ވަޒީފާއާއި ދޭތެރޭ ހިތްހަމަ ޖެހިފައިއެވެ. ލިބޭ މުސާރައިން އެއްބައި ރަށަށް ފޮނުވި ނަމަވެސް އެކަން ކުރަނީ ކޮންމެހެން ޒުބޭރު ބުނީމައެއް ނޫނެވެ. އޭނާ ވެސް އަމިއްލަ މަސައްކަތުން ލިބޭ ފައިސާއިން ކޮންމެ ވެސް ވަރެއް މަންމަމެންނަށް ދޭން ބޭނުން ވެއެވެ.
“ރިއުމާން.. ރިއުމާން ޕްލީޒް ހިނގާބަ މިރޭ ދާން.” ބެލްކަންޏަށް ނިކުއިން ނަދާ އާދޭސް ކުރާ ރާގެއްގައި ބުނެލިއެވެ. “ނޫން.. ފާތުމައްތަ ބުންޏެއްނުން ބޮޑު މީހެއްނެތި ދާނެކަމެއް ނެތޭ.. ހަމަ ޓީވީ އިން ވެސް އެ ޝޯ ފެންނާނެ ދޯ.” ބެލްކަނީގައި އިން ގޮނޑިއެއްގައި އިށީދެލައިގެން އިން ރިއުމާން ބުނެލިއެވެ.
“ބަޓް އިޓްސް ނިއު އިޔާ ޝޯ.. ހަވާ ވެސް އަރުވާނެ.. ޔޫ އާ ސެވެންޓީން.. ޔޫ އާ ޓޫ އިޔާޒް އެލްޑާ ދެން މީ” ނަދާ މަސައްކަތް ކުރީ ރިއުމާން އެކަމާއި އެއްބަސް ކުރެވޭތޯއެވެ. “ހަމްނާއްތަ ކައިރި ބުނެބަ.. ޝީ ކެން ގޯ ވިތް ޔޫ.” ރިއުމާން ނުދާން ބަހަނާ ދައްކަމުން ދިޔައެވެ.
“އިޔު ނޯ. ދޮންތަ ގޮސްފިއްޔާ ދެން ހުންނާނީ ކައިރީގައި ވިއްދާފައި. އެހެންނޫނަސް ޝީ ހެޒް އޮފީސް ވޯކް.. މިހާރު ވެސް އެއިނީ ލެޕްޓޮޕް ހުޅުވައިގެން. ނާޒް ދައްތަ އެއުޅެނީ ބޭބީޒްއާއި ހެދި.. ދެން ހުރީ ރިއުމާން އެކަނި.. ކަމް އޯން ލެޓްސްގޯ.. ނަދާގެ ސްކޫލް ފްރެންޑްސް ވެސް ދާނެ.” ނަދާ ގޮތް ދޫކުރާކަށް ނޫޅުނެވެ.
ރިއުމާން ވިސްނާލަން އިނދެފައި ގޮތެއް ނިންމިއެވެ. “މައްސަލައެއްނެތް.. އެކަމަކު ފިރިހެން ކުދިން ނުގެންދެވޭނެ.” ރިއުމާން މިހެން ބުނުމުން ނަދާ އުފަލުން އޭނާ ގައިގައި އޮޅުލާގަތެވެ. “އޯކޭ. އޯކޭ.. ތޭންކްސް.. މަންމާ. މަންމާ ރިއުމާން ދާނަމޯ.” ނަދާ ގޭތެރެއަށް ވަންނަމުން ވާހަކަދެއްކިއެވެ.
****
ޝޯ އޮންނަ ސަރަހައްދަށް ކާރު ގޮސް މަޑު ކޮށްލުމުން ރިއުމާން ފައިސާ ދީފައި ނަދާއާއި އެކު ކާރުން ފޭބިއެވެ. އޭރު ޝޯއަށް ވަންނަން ދިގު ކިއުއެއް އޮތްއިރު ނަދާ އޭނާގެ އަތުގައި ހިފައިގެން އެދިމާއަށް ހިނގައިގަތެވެ. “މައީ..ހޭއި މިއައީނުން.” ނަދާ ގޮސް އެތަނުން ކުއްޖެއްގެ އަތުގައި ހިފާލަމުން ބުނެލިއެވެ.
އޭރު އޭނާ ކައިރީގައި ފަނަރަ އަހަރުގެ ފަސް އަންހެން ކުދިން ތިބިއިރު އެކުދިން ވެސް ތިބީ ނަދާ ހެން ގަޔަށް ބާރު ކުރު ހެދުންތަކެއް ލައިގެންނެވެ. “އޯކޭ ސޯ ދިސް އިޒް މައި ސިސްޓަރ.. ދެން ފާޑަކަށް ސިސްޓާރ ރިއުމާން.. ރިއުމާން ދިސް އިޒް މައި ކޫލް ފްރެންޑްސް..” ނަދާ މިހެން ބުނުމުން ރިއުމާން އެކުދިންނަށް ހިނިތުންވެލިއެވެ. މިޒަމާނުގައި މިއުމުރުގެ އަންހެންކުދިން އެގޮތަށް ގްރޫޕް ހަދާފައި ބޭރަށް ދާން އެމީހުންގެ މައިންބަފައިން ހުއްދަ ދޭކަމަށްޓަކައި ވެސް ރިއުމާން ހައިރާންވިއެވެ.
ކިއު އެތަށް އިރަކު ތިބުމަށްފަހު ޝޯ އޮތް ހިސާބަށް ވެދެގެން ގޮސް ނަދާމެން ބައި ހަދާލާފައި އެތަނުގައި މަޑު ކުރިއެވެ. މީހުން ގިނަކަމުން ރިއުމާން ހުރީ ހާސްވެފައެވެ. ބޯ ދިގުކޮށްފައި ތިބޭ ޕާޓޭއިންނާއި އެކި ކަހަލަ މީހުން ގައިގައި ހޭކިފައި ދާއިރު އޭނާ ހިތުގައި ބިރުވެރިކަން އުފެދުނުވެ. މުޅިތަން ފުދޭވަރަކަށް އަނދިރިވެފައި ވީއިރު ސްޓޭޖުގައި ދިއްލާފައި ހުރި އަލިން ނޫނީ އެހިސާބަށް އަލިކަމެއް ނުވެއެވެ.
ޝޯ ފެށިގެން ކުރިއަށް ދާވަރަކަށް މީހުން ފޯރިގަދަ ވާލެއް އިތުރުވެއެވެ. ނަދާމެން ފޯރީގައި ލަވަ ކިޔަމުން ދިޔައިރު ރިއުމާން ހުރީ އެކަމުގައި ބައިވެރިވާ ހިތް ނުވެފައެވެ. ކުއްލިއަކަށް އެމީހުން ފަހަތުގައި ޕާޓޭ ބޮޑު ގުރޫޕެއް އައިސް މަޑުކޮށްލިއެވެ. އެމީހުން ހޯއް ގޮވާ ތުމުންފުމެ އެކި ގޮތްގޮތަށް ނަދާމެންނާއި ދިމާ ކުރަމުން ދިޔައެވެ.
“އެސްކިއުޒް.. ދުރުގައި ހުރެބަލަ..” އެންމެފަހުން ނަދާއަށް ކެތްނުވެގެން އެތަނުން އެކަކާއި ދިމާއަށް މިހެން ބުނުމުން އެމީހާ ލާނަތް ގޮތަކަށް ހޭންފެށިއެވެ. “އޯ.. ރުޅިއައީތަ. އާދެބަލަ ތި ރުޅިމަޑު ކޮށްލަ ދީފާނަމޭ.” އެމީހަކު މިހެން ބުނެފައި ނަދާގެ އަތުގައި ހިފުމުން ރިއުމާން އަވަސް އަވަހަށް އެއަތް ފޮޅާލިއެވެ.
“އޭ މީކާކުތަ؟ ތީނައަކާއި ނުބެހެމެއްނުން ދޯ.” އެމީހާ ރިއުމާންއަށް ލޯ އަޅާލަމުން ބުނެލިއެވެ. “އޭނަ ގައިގައި އަތް ނުލާ.. ހިނގާ މިތަނުން ދާން.” ރިއުމާން ތަންކޮޅެއް ބާރަށް މިހެން ބުނެފައި ނަދާގެ އަތުގައި ހިފައިގެން އެތަނުން ދުރަށްދާން ހިނގައި ގަތެވެ. ނަމަވެސް އެ ގުރޫޕުން ދެތިން މީހަކު ރިއުމާންމެން ކުރި ބެއްދިއެވެ. “ހާދަ ރުޅި ގަދަ ކުއްޖެކޭ ދޯ މިއީ.. އަހަރުންނާއިއެކު ނަށާލާފައެއްނުން ދާން ވާނީ..” އެތަނުން އެކަކު މިހެން ބުނެފައި ރިއުމާންގެ އަތުގައި ހިފައި ނަށަން ފެށިއެވެ.
“ދޫކުރޭ! ދޫކުރާށޭ!!” ރިއުމާން އައިސްފައި ހުރި ރުޅީގައި ނިކަންބާރަށް އޭނާގެ މޭގައި އަޅައި ކޮށްޕާލިއެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
18 Comments!
Comments are closed.



Varah reethi masha allah.. waiting for the next part
finally riuman got some guts!
wow varah reethi mi part ves
Sifakurun varah reethi. dhen kon irakun tha loabi ge baeh anaani. riuman ah boyfriend eh nulibeytha? where is. ayaadh?
Story varah salhi. Ekam haadha lahey up vaaley
varah reethi vaahaka eh mi ee. feney varah kudhin faadu kiyaafa hunathan. aslu mi site ga 18+ story eh ga ekhaka scene hunayaa kamu dhani. mi vaahaka v ma kamu nudhiyai. keekurani. anyways faadu kiyumaki kuru erumeh. and mi site ga society ge mi kahala massala akah vaahaka eh liyaathi varah ufaavejje. mi kahala vaahaka thakun kudhinan ibrathe libi mi kan sirrun nukuraan v hama.
Vvvv reethi but haadhahaa kurey mi part dhoonyaa. Next part dhigu kohla dheche. Dhen avahah up kohdheche. Vvv nice ma sha allaah……
interesting…?
v v reethi. MASHA ALLAH . next part avahah up kurahchey layaa…
mioy reethi vaahaka kiyaa hithun konme dhuvahakuhehn beley up vefa in tho ekmhaada lahey mivaahaka up kuraa leh … mi ha lahun up vanna kiya meehaaves foohi vaane .. kiyun therinahves ihuthiraam kuran vaane dhw
U r right XU n miadhu Mee tues. miadhu up kohdhehchey story layaal..n waiting
Haadha lahey story upvaaleh .n this story enme lahun up vany.so it’s better to read another.um sorry but I have to tell mihaar me 6 vana dhuvas story up nukuraatha .but um waiting 4 u r story
Please tell me when will you up this story.layaal
kada maa slow”’ nuvahyaa ehen meehakah story liyan havaalu kohbala
Layaal.mihaar maagina dhuvas vejje.kiyun therin ves foohi vaavaru Thi kurany.Dhen avahah upload koh dheeba mi story.
hey dear varah salhi ingey alhey lil bit update avas kohladhyba
hi all. so it’s been a while again. i didn’t upload because i wanted to complete the story and start updating. and you all have been waiting.. alhey. that’s so nice. anyways i’m still writing the story so hopefully on january i’ll start updating and there won’t be any delays. sorry. you guys must be thinking she does this all the time. hehe. i know. sorry igey loves. you will get to read it once it’s fully completed. don’t hate me please ?
Love ❤️
okey dear, kehmadhuvefa mihaaru mihiry 🙂