Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ތާޝާ (24ވަނަ ބައި)

Ifaau Level 210 Stories
December 13, 2016 4 Mins Read
17 Comments

“އަހަރެން ރިޒާނާ މަރާލާނަން!” އައިސްފައި ހުރި ރުޅިން އަހަރެންނަށް ބުނެވުނީ ހަމައެކަނި އެހެންނެވެ. އަހަރެންނަށް ވެފައިހުރި ގޮތުން އެންމެންވެސް ތިބީ ވާނުވާ ނޭންގި ހައިރާންވެފައެވެ.

“ކިހިނެއްވީ؟” އިޔާޒް އަހަރެން ކައިރިޔަށް ޖެހިލާފައި އަހައިލިއެވެ. އަހަރެން ވީގޮތް ކިޔާދިނުމުން އެންމެންވެސް ތިބީ ހަމަ ބުނާނެ އެއްޗެއްވެސް ނޭންގިފައެވެ.

“އެހެންވެތަ ތާޝާ ވަޅިއެއް ހިފައިގެން ތިހުރީ؟ މަންމަ މަރާލަން؟” އިޝާން މިހެން ބުނެލުމުން އަހަރެން ތާޝާއަށް ބަލައިލީމެވެ. ތާޝާ ހުރީ ވަޅިއެއް ހިފައިގެންނެވެ. އިޝާން މިހެން ބުނުމުން އެންމެންނަށް އެކީ ހެވުނެވެ.

“މި އެއްޗެއް ކޮށަންހުރެފަ އައީ!” މިހެން ބުނެލުމަށްފަހު ތާޝާ އަނެއްކާވެސް ކާކޮޓަރިއާ ދިމާއަށް މިސްރާބު ޖެހިއެވެ. ތާޝާ ދިއުމުން އަހަރެން ސޯފާ މައްޗައް ވެއްޓިގަތީމެވެ.

“ދެން ކިހިނެއް ހަދާނީ؟ އަދި އަހަރެން ވަޒީފާއިން ވަކިކުރިކަން މަންމަމެނަށް އިނގިއްޖިއްޔާ އަހަރެންގެ ދުވަސް އެދިޔައީ!” އަހަރެން ވަޒީފާއިން ވަކިކުރިކަމެއް އިޔާޒް، އިޝާންގެ އިތުރުން ތާޝާ ފިޔަވައި އޮފީހުގެ ބޭރުން އެކަކަށްވެސް ނޭންގޭނެއެވެ. އަހަރެން އެވާހަކަ ގޭމީހުން ކައިރީ ބުނެފިނަމަ އެތައް ސުވާލެއްކޮށް އަހަރެންގެ ބޯގޮއްވާލާނެއެވެ. އަދި މަންމަ އަހަރެން މަސައްކަތެއް ނުކޮށް ހުންނަނަމަ ވަރަށް ޝަކުވާ ކުރާނެކަން އަހަރެންނަށް ޔަގީނެވެ. މިވަގުތު އަހަރެންގެ ބޮލުން ދުން އަރަމުންދާހެން ހީވާން ފަށައިފިއެވެ.

“ޓްރައި ކޮށްބަލަ އަދިވެސް! އެޔައްވުރެ މާ ރަގަޅު ވަޒީފާއެއް ލިބިދާންނު…” އިރުކޮޅަކު ހިމޭނުން އިނުމަށްފަހު އިޝާން ބުނެލިއެވެ.

“ޓްރައި ކުރާތާ ކޮން ދުވަހެއް… ލިބެން ވެއްޖެ އެއްނު ދެން!” އައި ރުޅިން އަހަރެން ކައިރީ އޮތް ކުޝަން ނަގާ އަތުކޮޅަށް ހޫރާލީމެވެ.

“އޭ އެއްޗެހި އުކައިގެން މައްސަލަ ހައްލެއް ނުވާނެއޭ!” އިޝާން އަނެއްކާވެސް ބުނެލިއެވެ. އަހަރެން ބޮލުގައި ދެއަތުން ހިފަހައްޓައިލީމެވެ.

“އަހަރެން ވަރަށް ބޭނުން ތާޝާއާ ކައިވެނި ކުރަން ވީހާވެސް އަވަހަށް.. އަހަރެން ބޭނުން ވަރަށް ބޮޑު ޕާޓީއެއްވެސް ބާއްވަން… ސޭވްވެފަ އެއްނެތް އެވަރަކަށް… ވަޒީފާއެއް ވަރަށް ބޭނުން!” އެއިން ގޮތައް އިނދެ އަހަރެން ބުނެލީމެވެ. އާނ އެކެވެ. އަހަރެންނަކީ ކިޔަވައި ނިމި ވަޒީފާއަށް ދާން ފެށީއްސުރެ އަމިއްލަ ފައިމައްޗައް ތެދުވެ، އަމިއްލަޔަށް ހުރިހާ ކަމެއް ކުރާ މީހަކީމެވެ. އެހިސާބުން އަހަރެންގެ ހުރިހާ ހަރަދެއް އަހަރެން ބަލަހައްޓަމުން އައީ އަމިއްލަ މަސައްކަތުން ލިބޭ ފައިސާއިންނެވެ. އަމުދުން ކައިވެނީގެ ހަފްލާފަދަ ބޮޑު ޚަރަދެއް ކުރަންޖެހޭ ކަމެއް ކުރަން ބޭނުންވަނީ އަމިއްލަ ފައިސާއިންނެވެ.

“މާޒް އަހަރެމެން މީ ކޮން ބަޔެއް ދެން؟ މާޒް ބޭނުންވީމަ މާޒްގެ ބައްޕަވެސް ހަމަ ދޭނެ އެއްނު! އަސްލު އެކަމާ ތި ރުޅިގަދަވަނީ…” އިޔާޒް އަހަރެންގެ އަތް ބޮލުން ނައްޓުވާލަމުން ބުނެލިއެވެ.

“އާނ އެހެންވެ ވަޒީފާއެއް އެވަރަކުން ނުލިބިގެން ތި އުޅެނީ!” އިޝާންވެސް އިޔާޒްގެ ހިޔާލަށް ތާއީދުކޮށް ބުނެލިއެވެ.

“އެކަމަކު އަހަރެންނަކީ ހުރިހާ ކަމެއް އަމިއްލަޔަށް ކުރާ މީހެކޭ! އަހަރެންގެ ކައިވެނީގެ ހުރިހާ ކަމެއް އަހަރެން ކުރަން ބޭނުމީ އަމިއްލަ ފައިސާއިން…” އަހަރެން ބޭނުންވާގޮތް ބުނެލީމެވެ. އެވަގުތު ތާޝާވެސް އައިސް އަހަރެމެން ކައިރީ އިށީނެވެ.

“ފަހުން ދޭ ގޮތައް…..” “އަހަރެން ނޫޅެން ދަރަނިވެރި ވާކަށް އިނގޭ!” އިޔާޒްގެ ޖުމްލަ އަހަރެން މެދުކަނޑައިލީމެވެ. އަހަރެންނަކީ އެއްއިރެއްގައިވެސް ދަރަންޏަށް މީހުންއަތުން އެއްޗެހި ހޯދާ މީހެއްނޫނެވެ. ވީއިރު މިވަރުގެ ބޮޑު ކަމަކަށް އެހާ ބައިވަރު ފައިސާ ދަރަންޏަށް ހޯދަންވީ ކީއްވެގެން ހެއްޔެވެ؟

“މާޒް ހާލަތައް ވިސްނާފަ…” އިޝާންއާއި އިޔާޒް އަހަރެންނަށް ވަރަށް ވިސްނާދެވޭތޯ އުޅުނެވެ. ނަމަވެސް އަހަރެންގެ ހިތެއް އެކަމަކާ އެއްބަހެއް ނުވިއެވެ. އަހަރެން އެއްބަސް ނުވުމުން އެންމެ ފަހުން ދެމީހުން އެވާހަކަ ހުއްޓައިލިއެވެ. އިޔާޒް ގެޔަށް ދިޔައީ މާޔާ ގުޅުމުންނެވެ. އިޔާޒް ދިއުމުން އިޝާންވެސް ދިޔައީ ކައިގެން ކޮޓަރިއަށެެވެ. އަހަރެންވެސް ކައިގެން ދިޔައީ ފެންވަރާލާށެވެ.

އަނެއްދުވަހު ހެނދުނު އަހަރެން އަނެއްކާވެސް ތައްޔާރު ވަމުން ދިޔައީ މިއަދު އޮތް އެހެން އިންޓަވިއު އަކަށް ދާށެވެެ. މިހާރު އެތައް ތަނަކަށް އިންޓަވިއުއަށް ދެވިއްޖެއެވެ. އަދި ހަމަ ވަޒީފާއެއް ލިބޭ ގޮތެއް ނުވެއެވެ. އިންޓަވިއުއަށް އަހަރެން ދިޔައީ އަމިއްލަ ފަރާތެއް ހިންގާ ކުންފުންޏަކަށެވެ. ކޮންމެ ތާކަށްވެސް އަހަރެންދަނީ ވަރަށް އުންމީދާއި އެކުއެވެ. ނަމަވެސް ޖަވާބެއް ނުލިބި ލަސްވާވަރަކަށް އަހަރެންގެ އުންމީދު ކުޑަވެގެންދެއެވެ. މިއަދުވެސް އަހަރެން މިއައީ ވަރަށް އުންމީދާއި އެކުއެވެ. އެއޮފީސް ތެރެއަށް ވަދެ އަހަރެން ހަމަޖެހިލީ އިންޓަވިއުއަށް އައި އެހެން ކުދިންތައް ކައިރީގައެވެ. އެތާ ތިބި ހުރިހާ ކުދިންގެ މޫނަށް ވަކިވަކިން އަހަރެން ބަލައިލީމެވެ. އެންމެންގެ މޫނުމަތިންވެސް ހާސްކަމާއި ނުތަނަވަސްކަން ފެންނަމުންދިޔައެވެ. އަހަރެން ވަރަށް ހަމަޖެހިލައިގެން އިނީމެވެ. މިހެން އިންދައި އަހަރެންނަށް ގޮވައިލުމުން އަހަރެން އިންޓަވިއު ކުރާ ކޮޓަރިޔަށް ވަނީމެވެ. އަހަރެން ވަތްއިރު އަންހެނަކު އަނެއްފަރާތައް އެނބުރި ފައިލެއް ހިފައިގެން އިނެވެ. އަހަރެން ކައިރީ ހުރި ގޮނޑީގައި އިށީންދެ ހަމަޖެހިލީމެވެ.

“އަހްމަދު މާޒް ރަމީޒް!” އެއަންހެންމީހާ އަހަރެންގެ ނަން ކިޔާލުމުން އަހަރެންނަށް ސިހުމެއް ލިބުނެވެ. ވަގުތުން އަހަރެން ކޮޅަށް ތެދުވީމެވެ. ގޮނޑީގައި އިން ރިޒާނާ އަހަރެންނަށް ފެންނާނެހެން އެނބުރެލިއެވެ.

“ހަހަހަހަ އެންމެފަހުން ވަޒީފާޔަށް ސަލާން ޖަހަން މަގޭ އޮފީހަށްވެސް އައީތަ؟” ވަރަށް ހަމަޖެހިލާފައި ރިޒާނާ ބުނެލިއެވެ. އަހަރެންގެ ރުޅިގަނޑު ފަޅައިގެންދާން އުޅުނެވެ.

“ބުނަން… މަ ބޭނުމިއްޔާ ކަލޭ އަތުން ތާޝާ ވެސް އަތުލެވިދާނެ! އެކަމަކު އެއަންހެނާ ދެކެން އަހަރެން ބޭނުންނުވާތީ އިހަށް ކަމެއް ނުކޮށް މިހުންނަނީ!” ހަމަ އެއިން ގޮތައް އިނދެ ރިޒާނާ ބުނެލިއެވެ. އަހަރެންވެސް މީ މޮޔައެކެވެ. މިއީ ރިޒާނާގެ ކުންފުންޏެއްކަން އަހަރެންނަށް ކުރިން އިނގެއެވެ. ނަމަވެސް ވަޒީފާއަކަށް ފެންބޮވައިގަނެފައި ހުރިލެއް ބޮޑުކަމުން މިއީ ރިޒާނާގެ ކުންފުންޏެއްކަން އަހަރެންނަށް ރޭކާނުލީއެވެ. އެކަމަކު ދެން ކުރާނެ ކަމެއް ނެތެވެ. މިހާރު މިހުރީ މިތަނަށްވެސް އާދެވިފައެވެ. މިތަނުގައި ހިނގާނީ ރިޒާނާގެ ބާރެވެ. އެހެންކަމުން އަތުންފައިން ގޯހެއް ހެދިދާނެތީ އަހަރެން އެނބުރިދާން ހިނގައިގަތީމެވެ.

“މާޒް! އަހަރެން މާޒްއަށް މިވަޒީފާ ދީފާނަށް…” އަހަރެން ހުއްޓުންއެރީ ރިޒާނާ ވަރަށް ލޯބިން މިހެން ބުނެލުމުންނެވެ. އަހަރެން ރިޒާނާއާއި ވީފަރާތައް އެނބުރެލީމެވެ.

“ވަރަށް ބޭނުންދޯ؟” ހިނިގަނޑެއް ޖަހާލަމުން ރިޒާނާ ބުނެލިއެވެ.

“ބުނަން.. މަގުމަތިވިޔަސް މަށެއް ކަލޭގެ ފައިބުޑަކަށް ނާންނާނަން…” ދަތްކުނޑި ވިކާލާފައި އަހަރެން ބުނެލީމެވެ.

“ތިހުރީ އައިހެއްނު!” ވަރަށް ހަމަޖެހިލާފައި ރިޒާނާ ބުނެލިއެވެ. އަހަރެންހުރީ ކަންފަތުން ދުން އަރާވަރު ވެފައެވެ.

“ނޭންގުމަކުން އާދެވުނީ… ދެން އަހަރެން ނުފެންނާނެ…” އަހަރެން ހަމަ އެރާގުގައި ބުނެލީމެެވެ. ރިޒާނާ ފާޑަކަށް ހޭންފެށިއެވެ. އަހަރެން މުށްކަވާލީމެވެ.

“ކަލޭ ހީނުކުރައްޗޭ އަހަރެންގެ ވަޒީފާ އަތުލައިގެން ތިހެން ހެވިފަ މާގިނަދުވަހު އުޅެވޭނެޔޭ! އަދި ރޯން ޖެހޭނެ.. އަމިއްލަ ދަރީގެ ފައިބުޑަށް ވެއްޓެންވެސް އަންނާނެ!” އަހަރެން މިހެން ބުނެލުމަށްފަހު ދާން ހިނގައިގަތީމެވެ. ނަމަވެސް ކުއްލިއަކަށް އެއްޗެއް ހަނދާން ވެގެން އަހަރެން އަނެއްކާވެސް ފަހަތަށް އެނބުރެލީމެވެ.

“އަހަރެން މިއުޅެނީ ތާޝާއާ ކައިވެނި ކުރަން!” ހަމަޖެހިލާފައި އަހަރެން މިހެން ބުނުމުން ރިޒާނާގެ މޫނުމަތި ބަނަވެގެން ދިޔައެވެ.

“ތީ ގޯހެއް!” ރިޒާނާ އަވަސް ފިޔަވަޅުގައި ހިނގާލާފައި އައިސް އަހަރެންގެ ކުރިމަތީ ހުއްޓެލިއެވެ.

“ކީއްވެގެން؟ އަހަރެން ތާޝާދެކެ ލޯބިވޭ.. އިންފެކްޓް އޭނަވެސް އަހަރެން ދެކެ ލޯބިވޭ… ސޯ؟” އަހަރެން ކޮނޑުއަރުވާލަމުން ބުނެލީމެވެ.

“މާޒް އަމިއްލަޔަށް ބޮނޑިޔެއް ބޯހިތުން ތިއުޅެނީ! ޝީ އިޒް އަ ސްލަޓް!” ރިޒާނާ އަޑަށް ބާރުލާފައި ބުނެލިއެވެ. އައި ރުޅިން އަހަރެން ރިޒާނާގެ ދެކޮލުގައި ހިފާ ބާރުކޮށްލީމެވެ. އަހަރެންގެ އަތުން ސަލާމަތްވާން ރިޒާނާ ތެޅެން ފެށިއެވެ. އަދި ދެއަތުން އަހަރެންގެ އަތް ނެއްޓުވޭތޯ މަސައްކަތް ކުރަމުންދިޔައެވެ.

“އަމިއްލަ ދަރިޔާ ދިމާއަށް ތިހާ ހުތުރު ބަހުން މުޚާތަބު ކުރާ މީހަކަށް އޮތީ ކޮން އުފަލެއް؟ އަހަރެންގެ ހަޔާތުގައި ތިވަރުގެ ނުބައި މީހެއް ނުދެކެން.. ހަމަ ހަގީގަތުގަވެސް އަހަރެން ރިޒާނާދެކެ ރުޅިއަންނަ ވަރަކަށް އެކަކު ދެކެވެސް ރުޅިއެއް ނާދެ! ދެން ތާޝާއާއި ދިމާއަށް އެފަދަ ގޮތަކަށް އެއްޗެއް ބުނެފިއްތާ ދަތްކޮޅު އުފުރާލާނަން!” ވަރަށް މަޑުން އެހެން ނަމަވެސް އަޑަަށް ބާރުލާފައި އަހަރެން މިހެން ބުނުމަށްފަހު ރިޒާނާގެ ކޮލުން އަތް ނައްޓުވައިލީމެވެ. އެޔާއިއެކު ރިޒާނާ އަމިއްލަ އަނގަމަތީ އަތްއަޅައިލިއެވެ. އަދި ފުން ނޭވާތަކެއް ލާން ފެށިއެވެ. ދެން އަހަރެންނަށް ފެނުނީ ހާސްވެފައި ރިޒާނާ މޭޒުމަތިން އެއްޗެއް ހޯދާތަނެވެ. ދުވެފައި ގޮސް މޭޒުގެ ވަތްގަނޑުތައް ހުޅުވަންފެށިއެވެ. އޭރުވެސް ރިޒާނާ ފުން ނޭވާތަކެއް ލަމުންދިޔައެވެ. އެހާހިސާބުން ކަމެއް ގޯސް ވެއްޖެކަން އަހަރެންނަށް ހީވަން ފެށިއެވެ. އަހަރެންވެސް ހާސްވާންފެށިއެވެ. އަނެއްކާ އަހަރެންގެ ސަބަބުން ރިޒާނާގެ ސިއްހަތައް ގެއްލުމެއް ލިބިދާނެއެވެ.

“ކޯންޗެއް ތި ހޯދަނީ؟” ހާސްވެފައި ހުރިވަރުން އަހަރެންނަށް އަހައިލެވުނެވެ.

“އަހަރެންގެ….” މިހެން ބުނުމަށްފަހު ރިޒާނާ އެއްޗެހިތައް ހާވަމުން ދިޔައެވެ. ރިޒާނާގެ ނޭވާގެ އަޑު އަހަރެންނަށް އިވެމުންދިޔައެވެ. ކުއްލިއަކަށް ފައިލެއްގެ ދަށުގައި އޮތް އިންހޭލާ ނަގާ އަނގަޔަށް ޖަހަން ފެށިއެެވެ. އެހާ ހިސާބުން ރިޒާނާ ހަމަޔަކަށް އެޅުނެވެ. ރިޒާނާ ހަމަޔަކަށް އެޅުމުން އަހަރެން ކައިރީ ހުރި ފެންތަށި ދިއްކޮށްލީމެވެ. ހަމަ އެއާއި އެކު ރިޒާނާ ފެންތަށި އެއްނޭވައިން ހުސްކޮށްލިއެވެ. ރިޒާނާ އެއްކޮށް ހަމަޔަކަށް އެޅުމުން އަހަރެން ދާން ހިނގައިގަތީމެވެ. ނަމަވެސް އަހަރެން ހުއްޓުންއެރީ ރިޒާނާ އަހަރެންގެ އަތުގައި ހިފާ ހުއްޓުވީމައެވެ.

“ހަމަ ހަގީގަތުގަވެސް އަހަރެންދެކެ ލޯތްބެއް ނުވޭތަ؟” ރިޒާނާ އަހަރެންގެ މޫނަށް ބަލައިލަމުން ބުނެލިއެވެ. ވަގުތުން އަހަރެން އަތް ފޮޅުވައިލީމެވެ.

“މޮޔަވީތަ؟ މުސްކުޅި ވާވަރަކަށް ޒުވާންކުދިން ފަހަތުން ތިއުޅެނީ ކީއްވެގެން؟” އަހަރެން ދެލޯ ހަނިކޮށްލަމުން ބުނެލީމެވެ.

“ލޯބިވާތީ…” ރިޒާނާ މަޑުމަޑުން ބުނެލިއެވެ. ވީފޫހިން އަހަރެން އެތަނުން ދާން ހިނގައިގަތީމެވެ.

“މާޒް.. އަހަރެން މާޒްއަށް ވަޒީފާ ދޭނަމޭ! މާޒް ބޭނުމިއްޔާ މުޅި ކުންފުނިވެސް މާޒްގެ ނަން މައްޗައް ބަދަލުކޮށް…….” ރިޒާނާ ވާހަކަ ދައްކަދައްކާ ހުއްޓައި އަހަރެން އެތަނުން ބޭރަށް ނިކުތީމެވެ. ދެންމެ ވީކަންތަކުން މުޅި ދުވަސް ޚަރާބުވީއެވެ. ހިނގުން ބާރުކޮށްލަމުން އަހަރެން ރިޒާނާގެ އޮފީހުން ނިކުންނަން ދިޔައީމެވެ. އޮފީސްތެރެއިން ނިކުމެ ނިކުމެ ހުއްޓައި އަހަރެން މީހެއްގެ ގައިގައި ލައިގަތެވެ. އެފަދަ ކަމަކަށް ނުވިސްނާ ހުއްޓައި އަހަރެން ގައިގައި ޖެހިފައި ކުރިމަތިން އައި މީހާ ވެއްޓުނެވެ. ލިބުނު ސިހުމުން އަހަރެން އަވަސް ކޮށްލާފައި އެމީހާގެ އަތުގައި ހިފާ ނެގީމެވެ. އެވަގުތު އެމީހާގެ މޫނު ފެނިފައި އަހަރެންނަށް ކުޑަ ހައިރާން ކަމެއް ލިބުނެވެ. އަހަރެން ފެނުމުން އެމީހާވެސް ކުޑަކޮށް ސިހިފައި އަހަރެންނަށް ބަލަން ހުއްޓެވެ. (ނުނިމޭ)

 

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ifaau

Level 210 Stories

Story writing is one of the best thing I wanna do always. Thank you all❤ Check me out in Facebook- Iphaa / Instagaram- iiiphoooo

Other Articles

Previous

ޢަޞްރު (ސޯޅަވަނަ ބައި)

Next

ހިތް އެކީ ދެވިިއްޖޭ.. 10

Next
December 13, 2016

ހިތް އެކީ ދެވިިއްޖޭ.. 10

Previews
December 13, 2016

ޢަޞްރު (ސޯޅަވަނަ ބައި)

17 Comments!

  1. Ifaau says:
    December 13, 2016 at 6:36 pm

    Sorry for the late post. I was out of my island that’s why I couldn’t write the story. Just to upload quickly, this part may be too short. But surely next part will be longer than this. And next part will be uploaded tomorrow. Sorry for everything. Enjoy this part and do leave a comment after reading this.??

  2. Akoo says:
    December 13, 2016 at 6:40 pm

    Haadha dhuvahaka fahuey thaashaa mi fenunee dho… Vvv reethi.

  3. Akoo says:
    December 13, 2016 at 6:42 pm

    Anekkaa kaakubaa efenunee maaz ah?

  4. Avy says:
    December 13, 2016 at 6:45 pm

    Reethi

  5. Maai says:
    December 13, 2016 at 6:47 pm

    Kaakubaa? Kaakubaa? Anekaa maazge biteh tha? Alhey waiting next part avaskodhehchey plees.

  6. QueenBee says:
    December 13, 2016 at 6:53 pm

    Finally vaahaka miothee. yaaaaaaay!!!! Alhey kaaku anekkaa Ilyaas tha miaee? Haha Maai maaz ge bitakaves hama vedhaane dhoa.

  7. Ifaau says:
    December 13, 2016 at 6:55 pm

    Haha. Maadhan ingeyne kaakukan eiy. Keiy kohllaa dhn. Thank you all❤

  8. Maukko says:
    December 13, 2016 at 7:20 pm

    Salhi

  9. Sweetie says:
    December 13, 2016 at 7:21 pm

    Uzuru gaboolukoffin. Maafuves koffin. Netx partah inthizaaruves ebakuran. As usual mibaives varah reethi.

  10. Ssss says:
    December 13, 2016 at 7:29 pm

    Wow

  11. Moon says:
    December 13, 2016 at 7:33 pm

    Reeeeeeeeeeeeeeeeethiiiiiii

  12. ?mixoo says:
    December 13, 2016 at 7:45 pm

    sooo nice.

  13. ? says:
    December 13, 2016 at 8:06 pm

    eii kaakubaa anekkaa dhooooo. waiting

  14. Maari says:
    December 13, 2016 at 10:15 pm

    Salhi.. Waiting for next part..

  15. Shee says:
    December 13, 2016 at 10:17 pm

    Reethi

  16. Fink says:
    December 13, 2016 at 10:29 pm

    Alhey kaaku baa dhooo. Maadhan v hedhunu jeheyne up kohlan ingey ifaau….

  17. Almaa says:
    December 14, 2016 at 6:23 am

    Haadha dhuvaheh kohlaafa thi up kury v nice mi part vx

Comments are closed.

Next Episodeތާޝާ (25ވަނަ ބައި)←


All Right Reserved!