Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އިންތިހާއަށް އާދޭސް 15…

kamana Level 310 Stories500 Comments100 Comments
December 6, 2016 3 Mins Read
13 Comments

“ބޭބީ ހީނުކުރަން ގުޅާލާއިރަށް އަންނާނެކަމަކަށް…” މޯންޑޭގެ ތަނަވަސް މޭމަތީގައި ބޯއަޅާލަމުން ޝީރީން އެ ހަށިގަނޑުގައި ބައްދާލިއެވެ. “ހީވޭތަ ނާންނާނެހެން… ތީ އަހަރެންގެ ޖާނާ ފުރާނައެއްނު… އައި ލަވް ޔޫ އޭ… މިހާރު ވަރަށް ލޯބި އެނގޭ…” ޝީރީންގެ ހާމައަށް އޮތް ބުރަކަށީގައި ފިރުމާލަމުން މޯންޑޭ ޝީރީންގެ އެ ކަނދުރާގައި ވަސްގަނެލިއެވެ. އަދި ހީލިކަރިވާލީ އިތުރަށް އެ ވަގުތުކޮޅަށް ފުރިހަމަކަމެއް ގެނައުމަށެވެ. ދެން އިވިގެން ދިޔައީ މުޅި ކޮޓަރިން ދެ ޒުވާނުންގެ ހުނުމުގެ އަޑެވެ.

“ދަރިފުޅާ ދާންވީނު ފެންވަރާ ރީތިވެލައިގެން އަންނަން… މަންމަ މަޑުކުރާނަމޭ ދަރިފުޅު އަންނަންދެން..” އަޔާނާ ބާއްވާފައިވާ އެނދުގެ މަގަތުގައި އިށީދެގެން ފުންވިސްނުމެއްގައި ހުރި މަނިކު ސިހުނީ ޝިޔާމާ އެތައްފަހަރަކު ގޮވުމުންނެވެ. “ނޫން މަންމާ… މަންމަ އެކަނި އިންނާނެ ކަމެއްނެއް…. އަޅުގަނޑު ދާންވާއިރަށް މަންމަ ގޮސްލަންވީނު… ޔާޔާއަށް ކާއެއްޗެއްވެސް ގެންނަންޖެހޭނެ…” މަނިކު އިސްތަށިގަނޑުގައި އަތް ހިންގާލަމުން ޝިޔާމާއާއި ވާހަކަދެއްކީ ބޮލަށް ބަރުވާހެން ހީވުމުންނެވެ. ލައިލާގެ ފަހަތުން ނަދީމް ނުކުތީއްސުރުން މަނިކުގެ ހިތުގައި ވަނީ ނޭނގޭ ބިރުވެރި ކަމެއް އުފެދިފައެވެ. ވޭތުވެދިޔަ ދެއަހަރު ތެރޭގައި ލައިލާއާއި ގަޔާވާ ވާހަކަ ބުނަން ކިތަންމެ ފަހަރަކުވެސް މަނިކުވަނީ މަސައްކަތް ކޮއްފައެވެ. އެހެންނަމަވެސް ކޮންމެފަހަރަކުވެސް ޖެހިލުންވަނީ އެ ދެމެދުގައި އޮންނަ ގާތް ގުޅުން ހީނަރުވެދާނެތީއެވެ.

ޖެހެންމުންދިޔަ ފިނި ފިނި ވައިރޯޅިން ކޮންމެ މީހެއްގެވެސް ހިތް އުފާކޮއްދޭނެއެވެ. ހަވީރުގެ ވަގުތަށް އަޅާފައިވުމުން ބީޗްގައި މޫދަށް އެރި އުޅޭމީހުން ދިޔައީ ގިނަވަމުންނެވެ. ވެއްޔާ ކުޅެން ތިބޭ ކުޑަކުދިންގެ ހުނުމުގެ އަޑުން ކޮންމެ މީހެއްގެ ތުންފަތުގައިވެސް ހިނިތުންވުމެއް ފަވާލެވޭނެކަން ގައިމެވެ. އެހެންނަމަވެސް މިއިން ކަމެއްގެ ހިލަމެއް ނުވެ އިން ލައިލާ އިނީ ފުންވިސްނުމަކަށް ގެއްލިފައެވެ. ކުއްލިއަކަށް ލައިލާ ސިހުނީ އަތުގައި އޮތް ފޯނު ރިންގްވާން ފެށުމުންނެވެ.

“ދަރިފުޅާ ލައިލާ ކޮން އިރަކުން ހޮސްޕިޓަލްއަށް އަންނާނީ… މަންމަ ގެއަށް ދާންވެގެން.. މަނިކު އެކަނި ކޮއްލާފައި ނުދާންވެގެން..” ޝިޔާމާ ލައިލާއަށް ގުޅީ މަނިކުއަށް ނޭނގިއެވެ. ” ޝިޔާމައްތާ ވަރަށް ކައިރީގައި މިހުރީ… ނުވާނެ އެނގޭ ގިނަ އިރެއް..” ފޯނު ކަންފަތާ ވަކިކޮއްލަމުން ލައިލާ ހަށިގަނޑު ސީދާ ކޮއްލިއެވެ. ފުންނޭވާއެއް ފަޒާތެރެއަށް ދޫކޮއްލަމުން ލައިލާ ހިނިތުންވެލީ މިހާ ހަމަޖެހިލުމަށެވެ.

………..

“މޯންޑޭ ދެން ނަހަދައްޗޭ އެހެން….. މޯންޑޭ ނުގުޅީމަ ވަރަށް ބިރުގަތް…” ގަޔަށް ހެނދުން މަހާލަމުން ޝީރީން ދިޔައީ ވާހަކަ ދައްކަމުންނެވެ. “ސޮރީ އޭ ބޭބީ… ބޭބީ އަސްލުވެސް މިހާރު ހާދަ ރީޗޭ… މާ ލޯބި ލިބެނީ ދޯ…. ” ފުރަގަހުން އައިސް ޝީރީންގެ ގައިގާ ބައްދާލަމުން މޯންޑޭ އެހީ މަސްތީ ރާގުންނެވެ. “ނޭނގެ.. އަނެއްހެން ނުބަލަން… ހީވަނީ ވިހޭ ފަހުންހެން… ކުރިއަށް ވުރެއް ފަލައެއްނު..” ޝީރީން ވާހަކަ ދައްކަމުން ދިޔައިރުވެސް މޯންޑޭ ދިޔައީ ލޯބީގެ ކުދި ކުދި ގޯނާ ކުރަމުންނެވެ. “ދެން… ހެހެހ ހުއްޓާލާ… ދެން އެއްޗެހި ލައިގެން އަވަހަށްދޭ… މިގެއަށް މީހުން އަންނަން އުޅޭނެ މިހާރު… ވަރަށް ލޯބިވޭ އެނގޭ…” މޯންޑޭގެ ކަރުގައި ދެއަތުން ވަށާލަމުން ޝީރީން މޯންޑޭގެ ހަށިގަނޑުގައި ބައްދާލިއެވެ.

……

“ދަރިފުޅާ އަޔާނާ ކިހިނެއް މިހާރު…. މަންމަ ޝީރިންއަށް ގުޅާ ގުޅާވެސް ފޯނު ނުނެގި… ގޭގަ ދޯ ވީ..” ސަމްސިއްޔަ ދިޔައީ ސުވާލަކަށް ފަހު ސުވާލެއް ކުރަމުންނެވެ. “އަޔާނާ ރަނގަޅު.. އެކަމަކު އަދިވެސް ޓެސްޓްތަށް ހަދާ ނުނިމޭ…. ޝީރީން ކައިރީގައި ގެއަށް ދާށޭ ބުނީ މިތާގަ އަޅުގަނޑު އިންނާނެތީވެ.. ހުރިހާ އެންމެނަށް މިތާގަ ނުތިބޭވޭނެއެއްނު..” މަނިކުގެ އަޑުގައިވާ މާޔޫސްކަން ސަމްސިއްޔައަށް ފާހަގަވިއެވެ. މަނިކު އަޔާނާ ދެކެވާ ލޯބި ސަމްސިއްޔައަށް ވަނީ ނުލާހިކު ގާތުން ފެނިފައެވެ. “ދަރިފުޅާ ހިތްވަރު ކުރަންވާނެ… އިރާދަ ކުރެއްވިއްޔާ ދެރަގޮތެއް ނުވާނެ.. ބައްޕަ ބުނެފި މިހާރު މާލެ ދާ ވާހަކަ.. ހީވަނީ މި ހަފްތާ ތެރޭގަ ދެވޭނެހެން… އަބަދު އަޔާނާގެ ވާހަކަ ދައްކަނީ.. ދަރިފުޅާ ހިތްވަރު ކުރައްޗޭ..” މަނިކުއަށް ހިތްވަރު ދިނުމުގެ އެތަށް ބަސްތަކެއް އަމުނާލުމައްފަހު ސަމްސިއްޔަ ފޯނުބޭއްވީ އަވަހަށް މާލެ އަންނާނެ ކަމުގެ ހަބަރު ތަކުރާރުކޮށް ބުނަމުންނެވެ.

“އެއްޗެއް ކައިގެންތަ ތީނީ…. އާދޭ ކާން.. މިއައީ ހެދިކާ ގަނެގެން…” މަނިކުގެ ބުރަކަށީގައި މީހަކު ފިރުމާލުމުން ބަލާލިއިރު ފެނުނު ސޫރުއިން މަނިކުގެ ހިތް އުފަލުން ނަށާލިއެވެ. އަވަސް އަވަހަށް ލައިލާ ބުނި ގޮޑީގައި އިށީނީ ލައިލާގެ އެދުމަށެވެ. “ލައީ ކައިފިންތަ…” ލައިލާގެ އަތުގައި ހިފާލަމުން މަނިކު އަހާލީ ވަރަށް ލޯބިންނެވެ. “ނޫން… މަނިކުއާއި އެކު ކާން މިއައީ… ޔާޔާއަށް އެއްޗެއް ދީފިންތަ…” އަޔާނާގެ އަތުގައި ހިފާލަމުން ލައިލާ އަހާލިއެވެ. “އާން.. ޖޫސް ބޮއިގެން އެއޮތީ… މަންމަ ކައިރީގައި ބުނިން ބަތްޕެން ކޮޅެއް ގެންނަން،…، ދިޔައީތަ މިހާރު… “ޝިޔާމާ ފެންނަން ނެތުމުން މަނިކު އަހާލިއެވެ. “ގޮއްސި… ދެންވެސް ކައިބަލަ.. ޔާޔާ ހޭލަންވާއިރަށް މަނިކުވާނެ ގައިގަ ވަރު ޖައްސަން…ހެހެހ” ލައިލާ މިއަދު އެހެން ދުވަސް ދުވަހަށް ވުރެއް ވާހަކަ ގިނަކަން މަނިކަށް ފާހަގަ ވިއެވެ. “ލައީ….” ލައިލާގެ އަތުގައި މަނިކު ހިފުމުން ލައިލާ މަނިކަށް ބަލާލީ ކިހިނެއްވީހޭ އަހާލާ ފަދަ ގޮތަކަށެވެ. “ލައީ ދެރަވެފަތަ ތީނީ…” މަނިކު އެހެން އެހެމުން ލައިލާ ބޮޑު ކޮއްގެން އިން ދެލޮލުން އިސާހިތަކު ކަރުނައިގެ މުތީތަށް ގިނަވާންފެށީ ސިކުންތު ކޮޅެއްގެ ތެރޭގައެވެ. “ލައީ ނުރޮއެބަލަ… ލައީ ރޮންޏާ އަހަރެން ކިހާ ދެރަވާނެ… ” ލައިލާ ގެނެސް މަނިކުގެ ކޮނޑުމަތީ ބާއްވާލަމުން މަނިކުބުނެލީ މާނަފުން އިބާރާތްތަކެވެ. “ލައީ އަހަރެން ހާދަ ހިތައް އަރައޭ ޝީރީންގެ ބަދަލުގަ ލައީ ހުރި ނަމައޭ…” މަނިކުގެ ކޮނޑުމަތިން ލައިލާއަށް ތެދުވެވުނީ ކުއްލިއަކަށެވެ. ލައިލާގެ ދެލޮލުގައި ވީ ކަރުނަތަށްވެސް އެވަގުތަށް ހުއްޓުންއައި ކަހަލައެވެ.

ނުނިމޭ….

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

kamana

Level 310 Stories500 Comments100 Comments

Other Articles

Previous

ވާލޯބި އެނގޭނަމަ… 27

Next

އަދިވެސް ވަރަށް ލޯބިވޭ…… ( 1 ވަނަ ބައި)

Next
December 6, 2016

އަދިވެސް ވަރަށް ލޯބިވޭ…… ( 1 ވަނަ ބައި)

Previews
December 6, 2016

ވާލޯބި އެނގޭނަމަ… 27

13 Comments!

  1. kamana says:
    December 6, 2016 at 5:59 pm

    Heyy guyxx i knw varah dhuvas fahunkan mi up vy. N i ptomise dhn nuvaane kann. Maadhan vx insha allah part eh genes dheynan. Please guyxx forgive me. ?

  2. Anonymous says:
    December 6, 2016 at 6:07 pm

    vv reethi ekam v kuru ehaalaskohfa up kuraairu dhigukohgenesdheynama haadha inthizaaru kuraa vaahakaeh mee keevetha ehaalasvanee

    1. kamana says:
      December 6, 2016 at 6:38 pm

      Maadhan vx part eh genesdheynan insha allah?

  3. Lai says:
    December 6, 2016 at 6:14 pm

    Hhmmm hmmm welcome welcome back. N kamana lov congra. ? Dhn chuhty vx nimunynu dhw knme dhuvahaku genesdhehchey please ?

    1. kamana says:
      December 6, 2016 at 6:39 pm

      Thnk yu?

  4. Aimsithu says:
    December 6, 2016 at 6:16 pm

    Owk owk kamanaaa.. nuroe bala dhen Kamehb dhimaa v dho vaahaka las v..
    Varah reethi mi partves

    1. kamana says:
      December 6, 2016 at 6:40 pm

      Heheh dheravane dhw my readers rulhi aisfaanethy varah dhera vefa mihunnany. Thnk yu sithu for waiting ?

  5. Booooo says:
    December 6, 2016 at 6:26 pm

    Mihaa dhuvaskoffaves haadha kurukoh. Next part thankolheh dhigukphlachchey.

    1. kamana says:
      December 6, 2016 at 6:41 pm

      yes insha allah maadhama part eh genesdhynan thnk u?

  6. Nn says:
    December 6, 2016 at 8:04 pm

    Dhamakun badi eh

  7. ?mixoo says:
    December 6, 2016 at 8:19 pm

    good work kamana…
    Dhan avahah up kurahcheyy..

  8. Appy says:
    December 7, 2016 at 8:16 am

    Haadha inthixaareh kurevihjey

  9. Addu manje says:
    December 7, 2016 at 11:12 am

    Finally mi vaahaka ves kiyaalan libijje.. Thank you kamana!! 🙂

Comments are closed.

Next Episodeއިންތިހާއަށް އާދޭސް 16…←


All Right Reserved!